ކުށަކާ ނުލާ 19
ގަބޫލު ނުކުރެވިފައި އަޝްފާންއަށް އިނދެވުނީ މައިހާއަށް ބަލާށެވެ. އަޝްފާން އެއްޗެއް ނުބުނެ ގިނަ އިރުވާން ފެށުމުން މައިހާއަށް އުނދަގޫ ވިއެވެ.
“އަޝްފާން މިހާރު ބޭނުން ނުވަންޏާ އޯކޭ…” އިސް އުފުލާ އަޝްފާންގެ މޫނަށް ބަލަން ނުކެރިގެން މައިހާ މަޑުމަޑުން ބުނަން ފެށިއެވެ. ނަމަވެސް ކުރިއަށް ނުގެންގޮސް ހުއްޓާލީ މައިހާގެ އަތް ތިލައިގައި އަޝްފާން ހިފާލުމުންނެވެ.
“އަހަރެންގެ ހިތުގަ މައިއަށް އޮތް މަގާމު އަދި ބަދަލެއް ނުވޭ… ހިއެއް ނުވޭ ދުވަހަކުވެސް ބަދަލު ވާނެ ހެނެއް” އަޝްފާން ބުންޏެވެ.
ހިފަހައްޓައިގެން އިން ނޭވާ މައިހާއަށް ދޫކޮށްލެވުނެވެ. އަޝްފާން ޖަވާބެއް ނުދީ ގިނަ އިރު ވާން ފެށުމުން މައިހާއަށް ހީވީ އަޝްފާން މައިހާއާ މެދު ދެކެމުން އައި ގޮތް ބަދަލު ވީ ކަމަށެވެ. އިސްވެ ކައިވެނި ކުރަން ބޭނުން ވެގެން ބުނެވުނީތީ މައިހާ ލަދުގަތީ އެހެންވެއެވެ.
“އެކަމަކު އަހަރެން އެދެނީ މައި އަދި މަޑުކޮށްލަން… އަޔާޒްއާ މައިގެ ކަންތައް ނިމުނު ގޮތުން މިހާ އަވަހަށް މި ކަހަލަ ނިންމުމެއް މައި ނިންމިއަސް ފަހުން ހިޔާލު ބަދަލު ވެދާނެ، އަހަރެން ބޭނުމީ މައި އަދިވެސް ރަނގަޅަށް ވިސްނާލަން” އަޝްފާން ވާހަކަ ދެއްކީ މައިހާގެ އަތުގައި ހިފާލައިގެން އިނދެއެވެ.
“އަޝްފާން…” މައިހާ އެއްޗެއް ބުނަން އުޅުނު ނަމަވެސް މި ފަހަރުވެސް އަޝްފާން މައިހާ ހުއްޓުވިއެވެ.
“އަހަރެން މައި ދެކެ ވަރަށް ލޯބިވޭ، މައި ވިސްނާލާފަ ދޭ ޖަވާބު އަހަރެން ގަބޫލު ކުރާނަން… އެކަމަކު އަހަރެން ފުރަތަމަ ބޭނުމީ މައި ގެޔަށް ދާން، ބައްޕައާ ދެ މީހުން ސުލްހަ ވާން. މައި ވާނެ ބައްޕަ ކައިރިން މާފަށް އެދެން… ބައްޕަ ކޮންމެ އެއްޗެއް ބުންޏަސް ރުޅި އައިސްގެން ގެއިން ނިކުމެގެން ދިޔުން އެއީ މައިއަށް ކުރެވުނު ވަރަށް ގޯސް ކަމެއް… މަންމައާ އަހަރެން ވާހަކަ ދައްކާނަން، ބުނާނަން އެއްވެސް ވަރަކަށް މައިގެ ކަންކަމާ ނުބެހޭށޭ… ގެޔަށް ގޮސް ހަމަ ޖެހިލާފަ މައި ގޮތެއް ނިންމާނީ. ކިހިނެއް އެނގޭނީ، އަހަރެންގެ މަންމައާ އެއްތާކު އުޅެލާ އިރަށް އަހަރެން ދެކެ ފޫހިވެސް ވެދާނެއެއްނު؟” އަޝްފާންގެ ވާހަކަ ނިންމާލީ ސަމާސާ އަކުން ނަމަވެސް އެ ގޮތް މައިހާއަކަށް ކަމަކު ނުދިޔައެވެ.
“ނޫން… އަސްލުގަ ދައްތަ ދައްކަނީ ދޮގު ވާހަކައެއްވެސް ނޫން… އަހަރެންގެ ހިތް ދައްތައާ މެދު ސާފު ނޫން ވީމަ ތެދެއް ބުންޏަސް އަހަންނަށް އޭރު ހީވީ އަހަންނާ އަޔާޒް ދުރު ކުރަން ދައްތަ އުޅެނީއޭ… އަޝްފާންއާ އަހަރެންގެ ކައިވެނި ކުރުވަން ދައްތަ އަދިވެސް މަސައްކަތް ކުރަނީއޭ… އެރޭވެސް އަސްލު ދައްތަ ހިތް ހަމަ ނުޖެހުނީ އަޔާޒް އެހެން މީހަކާ އިނދެގެން ހުރި އިރުވެސް، އެހާ ލަސް ގަޑިއެއްގަ އަހަރެން އޭނައާ އެކީ އައިމަ… ކުށްހީއެއް ކުރެވުނީ ދައްތައަށް، އަހަރެންވެސް އައި ރުޅީގަ ވީ ގޮތް ސާފު ކޮށް ނުދީ ޒުވާބަކަށް ހެދީ… އަސްލު ފަހުން ދައްތަ ނުދައްކާ އަޝްފާންއާ ކައިވެނި ކުރާ ވާހަކައެއްވެސް… އަހަރެން މާ ބޯ ހަރު ވެގެން އުޅުނީ… ބައްޕަ ކައިރިން އެކަންޏެއް ނޫން، ދައްތަ ކައިރިންވެސް އަހަރެން މާފަށް އެދެން ޖެހޭ” އިސް ޖަހާލަމުން މައިހާ ވާހަކަ ދެއްކީ ކުރެވުނު ކުށް އިހުސާސް ކުރެވުމުންނެވެ.
“ދެން ހިގާ ގޮސް ޕެކް ކޮށްގެން ގެޔަށް ދާން، ދޯ؟” އަޝްފާން އަހާލުމުން މައިހާ ބޯ ޖަހާލިއެވެ.
ތިރީގައި މަޑު ކޮށްލުމަށް އަޝްފާން ކައިރީ ބުނެފައި މައިހާ މައްޗަށް އެރިއެވެ. އޭރު އަޔާޒް އިނީ ކާށެވެ. މައިހާ ވަނުމާ އެކު، ބެލްކަނީގައި ހުރި ނަދާ ގެއިން ނިކުތެވެ.
މައިހާ ކޮޓަރިއަށް ވަދެ އެއްޗެހިތައް ފޮއްޓަށް އަޅާލިއެވެ. މައިހާ ގެނައި ގިނަ އެއްޗެހި ހުރީ ނުވެސް ނަގައެވެ. ފޮއްޓަށް އަޅަން އޮތީ ދެ ތިން ހެދުމާ، ރީތި ވާ އެއްޗެހި އެކަންޏެވެ. ފަސް ވަރަކަށް މިނަޓް ތެރޭ ފޮށި ހިފައިގެން މައިހާ ނިކުތެވެ.
“އަޔާ، ގެޔަށް ދާން މި އުޅެނީ” ކައި ނިމިގެން އަޔާޒް އަތް ދޮވެގެން އައުމުން މައިހާ ބުންޏެވެ.
“މައި ދާން ބޭނުން ވެގެން ވިއްޔާ އަހަންނަކަށް ނުހުއްޓުވޭނެއެއްނު” އަޔާޒް ބުންޏެވެ.
“އަޔާއަށާ ނަދާއަށް ވަރަށް ބޮޑަށް ތޭންކްސް. މި ގެޔަށް ނައި ނަމަ ނުވިސްނޭނެ ބައެއް އެއްޗެހި ވިސްނުނީ އަހަރެން މި ގެޔަށް އައިމަ… އަހަންނަށް ވިސްނުނު ހެން އަޔާއަށްވެސް ވިސްނޭނެ ކަމަށް ހީކުރަން” މައިހާ ބުންޏެވެ.
“މައި… ކުރީރޭ ވީ ގޮތުންތަ ދާން ތި އުޅެނީ؟” އަޔާޒް މައިހާ ކައިރިއަށް އައިސް އަހާލިއެވެ.
“ނޫން… އަޔާއާ މެދު އެއްވެސް ހިތް ބުރަ ކަމެއް ނެތް… އަޔާ ތީ ވަރަށް ރަނގަޅު މީހެއް، ވަރަށް ރަނގަޅު ފްރެންޑެއް. އަޔާގެ ފްރެންޑަކަށް އަހަރެން ވީ ހެން ކޮންމެސް ދުވަހަކުން ނަދާގެ ފްރެންޑަކަށްވެސް އަހަރެން ވާނެ ކަމަށް ހީ ކުރަން” މައިހާ ބުންޏެވެ. އަދި ފޮށި ބަހައްޓާފައި އަޔާޒް ގައިގައި ކުޑަކޮށް ބައްދާލާފައި އެހާ އަވަހަށް ދުރަށް ޖެހިލިއެވެ.
“ދަނީ” އެއް އަތް ހިއްލާލާފައި މައިހާ އެނބުރުނެވެ.
މައިހާ ނިކުމެ ދޮރު ލައްޕާލަން ދެން ބަލަން ހުރެފައި އަޔާޒް ކޮޓަރިއަށް ވަނެވެ. މައިހާ ދިޔުމުން ގޭތެރެ ކުއްލިއަކަށް ފަޅުވި ކަހަލައެވެ. މައިހާ ހުއްޓުވަން އަޔާޒް ހިތަށްވެސް ނާރައެވެ. ހިތުގައި އެކަމާ ޝަކުވާއެއްވެސް ނެތެވެ. ވާނެ ކަމަށް ނިންމައިގެން ހުރި ކަމެއް ފަދައެވެ. އަހަރުތަކެއް ވަންދެން އަޔާޒްގެ ހިތުގައި މައިހާއާ މެދު ވި އިހުސާސްތައް ބަދަލު ވީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް ކުރިން މައިހާއާ މެދު ދެކުނު ގޮތަކަށް މިއަދު އަޔާޒްއަށް ނުދެކެވޭ ކަން ޔަގީނެވެ. އެ ޚިޔާލާއެކު އަޔާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ގޭގައި އެކަނި ވުމުން އަޔާޒް ފޫހިވިއެވެ. ސިޓިންގްރޫމަށް ނިކުމެ ޓީވީ ހުޅުވާލި ނަމަވެސް ކަމުދާ ޕްރޮގްރާމަކާ ދިމައެއް ނުވިއެވެ. ނަދާ އަންނާނީ ކޮން އިރަކުން ބާއޭ ހިތާހިތާ ސުވާލު ކޮށްލެވުނީ ފޫހި ވީ ވަރުންނެވެ. ނަދާ އެކަނި ގޭގައި އިންނަ އިރު ކިހާ ފޫހި ވާނެ ހެއްޔެވެ؟ މުޅި ދުވަހު ކަހަލަ ގޮތަކަށް ނަދާ އިންނަނީ ގޭގައެވެ. މަންމަ ގެޔަށްވެސް ނުދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ހުދާމެންވެސް ގިނަގިނައިން އަންނާކަށް ނަދާ ބޭނުމެއް ނުވެއެވެ. އަމްދުން މައިހާ އައި ފަހުން އެ މީހުން ނާދެއެވެ. އަޔާޒްއާ ކައިވެނި ކުރި ފަހުން އަޔާޒްއާ އެކު ނަދާ ބޭރަށް ދިޔައީ ދެ ފަހަރުއެވެ.
އެ ކައިވެންޏަށް ފަހު ނަދާ އުޅެނީ ހާދަ އެކަނިވެރި ދިރިއުޅުމެކޭ އަޔާޒް ހިތަށް އެރިއެވެ. ނަދާއާ މެދު ވިސްނި ވަރަކަށް އަޔާޒްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އެ އަންހެން ކުއްޖާއަށް އަޔާޒް ދެމުން އެ ދަނީ ކިހާ ހިތްދަތި ކަމެއް ހެއްޔެވެ؟ ނަދާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އަޔާޒް ފަދައިން އެ ކައިވެންޏަށް ނަދާވެސް އެއްބަސް ވީ މަޖުބޫރު ވެގެންނެވެ.
ކުރީގެ ނަދާ މަތިން އަޔާޒް ހަނދާންވިއެވެ. އެއީ ކިހާ މަޖާ އަންހެން ކުއްޖެއް ހެއްޔެވެ؟ އަޔާޒްއާ ދިމާ ވެއްޖެ ނަމަ ދައްކާނެ ވާހަކަ ހުސްނުވެއެވެ. އެކި ކަންކަމާ އަޔާޒްއާ ދިމާކޮށް ސަކަރާތް ޖެހުމަކީ ނަދާގެ އާދައެކެވެ. ގޭތެރޭގެ ކަންކަމާ މެދު ހިތްހަމަ ނުޖެހުނަސް، މަންމަ އެއްޗެއް ބުނެގެން ދެރަ ވިޔަސް ނަދާ ގުޅަނީ އަޔާޒްއަށެވެ. އެ ހުރިހާ ކަމެއް ހިއްސާ ކުރަނީ އަޔާޒްއާއެވެ. މިވީ އަށް މަހެއްހާ ދުވަސް ތެރޭ ނަދާގެ ހިތަށް ތަދުވާ އެތައް ކަމެއް ދިމާ ނުވާ އެއް ދުވަސްވެސް ނުދާނެއެވެ. އަމްދުން އަޔާޒް އެ ގެޔަށް، ނަދާގެ ކުރިމައްޗަށް މައިހާ ގެނައުމުން އެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ނަމަވެސް އެ ހުރިހާ ކަމެއް ހިތުގައި ފޮރުވައިގެން ކެތްކޮށްގެން ނަދާ އެ ހުންނަނީއެވެ. ހިތަށް ކެތް ނުވުމުން ސިއްރުން ރޯލަނީއެވެ. އެކަން އަޔާޒްއަށް އެނގެއެވެ.
އަޔާޒް ލޯ މަރާލުމާ އެކު، ރޮއެރޮއެ ރަތްވެފައިވާ ލޮލާ ދުޅަވެފައިވާ ނަދާގެ މޫނު ހިތަށް ސިފަ ވެގެން ދިޔައެވެ. އަޔާޒްގެ މެއަށް ފިތިގެން ދިޔަ ފަދަ އިހުސާސަކާއެކު ހިތަށް ތަދުވެލީ ކުރިން ދުވަހަކުވެސް އިހުސާސް ވެފައި ނުވާ ގޮތަކަށެވެ. މޭގައި އަތް އަޅާލަމުން އަޔާޒް ތެދުވެގެން ކޮޓަރިއަށް ވަދެ އެނދާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު ހީވީ، އެނދުގައި ނަދާ އޮތް ހެންނެވެ.
ނަދާ ގެޔަށް އައީ ދިހައެއް ޖަހަން އުޅެނިކޮށެވެ. އެހެންނާ އެ ގަޑީގައި އަޔާޒްއާ މައިހާ ތިބޭނީ ޓީވީ ބަލާށެވެ. ނަމަވެސް އެރޭ އެކަކުވެސް ސިޓިންގްރޫމްގައި ނެތުމުން ދެ މީހުން ވީ ތަނަކާ މެދު ހިތާހިތާ ސުވާލު ކުރަމުން ނަދާ ބެލްކަނީ ބަލާލިއެވެ. އެތެރޭން ތަޅުލާފައި ހުރުމުން އެތަނުގައި މީހަކު ނެތް ކަން އެނގުމުން ކޮޓަރިއާ ދިމާއަށް ނަދާ ދިޔައީ މަޑުމަޑުންނެވެ.
ނަދާ ވަން އިރު އަޔާޒް ފޯނު ހިފައިގެން ސޯފާގައި އޮތެވެ. ކޮޓަރިއަށް ވަދެ ބަލާލި އިރަށް މައިހާގެ އެއްވެސް އެއްޗެއް ނެތް ކަން ނަދާއަށް ފާހަގަ ކުރެވުނެވެ. ހިތުގައި ސުވާލު އުފެދުނު ނަމަވެސް ނަދާ އެއްޗެއް ނުބުނެއެވެ. ފާހާނާއަށް ވަދެ އެއްޗެހި ބަދަލު ކޮށްގެން އައިސް ނަދާ އޮށޯތުމުން އަޔާޒްވެސް ފޯން ބާއްވާފައި ސޯފާގައި ހަމަ ޖެހިލިއެވެ.
މައިހާ ދިޔައީ ކަން ނަދާއަށް ޔަގީން ވީ، އޭގެ ފަހުން ދެ ދުވަސް ވީ އިރުވެސް މައިހާ ގެއަށް ނާންނާތީއެވެ. މައިހާ ދިޔަ ވާހަކައެއް އަޔާޒް ނަދާ ކައިރިއަކު ނުބުނެއެވެ.
އަޝްފާންއާ އެކީ މައިހާ ގެޔަށް ވަން އިރު އައްބާސްއާ މަދީހާއާ އަޒާން ތިބީ ކާށެވެ.
“އަޝްފާން، އާދޭ ކާން، ބޭބެމެންވެސް ހަމަ މި ފެށީ” މައިހާއަށް ވުރެ ކުރިން އަޝްފާން ވަނުމުން، އައްބާސްއަށް ފުރަތަމަ އަޝްފާން ފެނުމުން ކާން ގޮވިއެވެ. އެއާއެކު، ފަހަތުން ވަން މައިހާ ފެނި އައްބާސްގެ ހަރަކާތް ހުއްޓުނެވެ.
“މައިހާ…” މަދީހާއަށް ގޮވާލެވުނެވެ.
މައިހާ ލަސްލަހުން އައިސް އައްބާސް ކައިރީގައި ހުއްޓުނެވެ.
“ބައްޕާ…” އައްބާސްގެ ކޮނޑުގައި އަތް ޖައްސާލަމުން މައިހާ ގޮވާލިއެވެ.
އިރުކޮޅެއް ވަންދެން އައްބާސް އަނގައިން ނުބުނެ އިނެވެ.
“އެއްޗެއް ބުނާ އިރަށް އަނެއްކާވެސް ރުޅި އައިސްގެން ދާންތަ ތި އައީ؟ އެހެން ވިއްޔާ މިހާރު ބުނެފަ ބާއްވާނީ، އަހަރުމެން ހިތް ހަމަ ނުޖެހޭ ގޮތް ގޮތަށް މައިހާ އުޅެންޏާ އެއްޗެހި ބުނެވޭނެ، މައިހާ ރުޅި އަޔަސް އެއްޗެއް ބުނަން ވާ ތާނގަ އަނގައިން ނުބުނެއެއް ނުހުރެވޭނެ” އައްބާސް ބުނެލިއެވެ.
“ދެން ނުދާނަން… ބައްޕަ އެއްޗެއް ބުންޏަސް ނުދާނަން… ސޮރީ!” އިސް ޖަހައިގެން ހުރެ މައިހާ މާފަށް އެދުނެވެ.
“އަހަރެން އެކަނި…؟” އައްބާސް އިސް އުފުލާ މައިހާއަށް ބަލާލިއެވެ.
“ދައްތަ، ސޮރީ… ދެން އެ ގޮތަކަށް ދައްތައަކާ ވާހަކައެއް ނުދައްކާނަން” މަދީހާގެ ކިބައިންވެސް މައިހާ މާފަށް އެދުނެވެ.
“އަޅާނުލާ… ދަރިފުޅު ގެޔަށް އައީތީ ދައްތަ ވަރަށް އުފާ ވެއްޖެ… ދެން އެހެން ރުޅި ހަދާފަ ގޮސްގެން ނުވާނެ… ބައްޕަ ވަރަށް ދެރަ ވެފަ ހުރީ މައިހާ ދިޔައިމަ. ދެ ކުދިންވެސް އިށީނދޭ ދެން ކާން” ތެދުވެގެން އައިސް މައިހާގެ ބޮލުގައި ފިރުމާލަމުން މަދީހާ ބުންޏެވެ.
އައްބާސްއާ ޖެހިގެން ހުރި ގޮނޑީގައި މައިހާ އިށީނެވެ. އަޝްފާން އިށީނީ އަޒާން ކައިރީގައެވެ.
“އަޝްފާންއާ އެކީތަ އައީ؟” އައްބާސް އަހާލިއެވެ.
“ލައްބަ” މައިހާ ޖަވާބު ދިނެވެ.
ކާން އިނދެފައި އައްބާސް، ހުރި ހަމަ އެކަނި ދަރިފުޅަށް ބަލާލިއެވެ. ކާން އިން ތައްޓަށް ބަލަން އިން އިރު މައިހާ އިނީ ތަށީގައި ހުރި ކާ އެއްޗެހި ހަލުވާށެވެ. އެހެން އިން އިރު މައިހާގެ ހިތުގައި އެ ވަގުތު ވީ ކީކޭ ކަން ނޭނގުނު ނަމަވެސް، އެ އިނީ ދެރަ ވެފައި ކަން އައްބާސްއަށް އެނގުނެވެ.
“ދަރިފުޅާ… ބައްޕަ މާފު ކޮށްފީމޭ… ދެން ތިހެން ނީނދެ ކާން ފަށާ…” މައިހާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު އައްބާސް ބުންޏެވެ. އެއާއެކު މައިހާއަށް ރޮވުނެވެ. ބައްޕަގެ ކޮނޑުގައި ބޯ ޖައްސާލާފައި، ރޮމުން އަނެއްކާވެސް މައިހާ މާފަށް އެދެން ފެށީ ކަންތައް ކުރެވުނު ގޮތުންނެވެ. މައިހާގެ ސަބަބުން އައްބާސް ބަލިވީތީއެވެ. ބައްޕަގެ ބަސް ނާހާ، ނުކިޔަމަންތެރި ދަރިއަކަށް ވެވުނީތީއެވެ.
“ދަރިފުޅާ، ދެން ހުއްޓާލާ، މިހާރު ބައްޕަ ރަނގަޅޭ… އަޝްފާން ކައިރީ އަހާބަލަ، ނޫނީ ދަރިފުޅު އަމިއްލައަށް ބައްޕަގެ ރިޕޯޓް ތަކާ އެއްޗެހި ބަލާބަލަ. ވެ ނިމިފަ ހުރި ކަންކަމާ ވިސްނާ ދެރަވެ ރޯކަށް ނުވާނެ، އޭގެންވެސް ފިލާވަޅެއް ލިބިއްޖެ ކަމުގަ ހީކޮށްފަ ދެން އެކަހަލަ ކަންތައް ތަކުރާރު ނުކުރީމަ ނިމުނީ… ބައްޕަ ހިތުގަ ދަރިފުޅާ މެދު އެއްވެސް ބުރަ ކަމެއް ނެތް… ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅު ތީ… ދެން ބުނެބަލަ، ބައްޕަގެ ހިތް ދަރިފުޅާ މެދު ގޯސް ވާނެތަ؟ ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ… ބައްޕައަށް އެނގޭ ދަރިފުޅުވެސް ބައްޕަ ދެކެ އެހާ ލޯބި ވާކަން… ދެން ނުރޮއެ، ހުއްޓާލާ” މައިހާގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފޮހެދެމުން އައްބާސް ބުންޏެވެ.
ރުއިން ހުއްޓާލެވުމުން މައިހާ އެންމެންނާ އެކީ ކާން ފެށިއެވެ.
“މަންމާ. މައިގެ ނިޔަފަތި ކަނޑައްޗޭ، އަހަރެންގެ އަތުން ހަން ދަމާލައިފި” އަޝްފާން ބުނެލީ ތަނުގައި އޮތް ހިމޭން ކަން ނައްތާލުމަށެވެ.
“ތެދެއް މަންމާ، މައި އައީމަ ދެން ހީވާނީ ބަސްނާހާ ބުޅަލެއް ގޭތެރޭގަ ގެންގުޅޭ ހެން. މިރޭ ކަނޑަން ވާނެ އެ ނިޔަފަތިތައް” އަޒާންވެސް އަޝްފާންއާ ބައިވެރި ވެގެން މައިހާއާ ދިމާކޮށްލިއެވެ.
“ދިމާ ކޮށްލާ މި ވަގުތު، ޗާންސެއް ލިބޭ އިރަށް ވިކާލާނަން، އަދި މި އަޒާންވެސް އަޝްފާންއާ އެއްބައި ވެއްޖެއެއްނު؟ އަތު ޖެހިއްޖެއްޔާ ނޮޅާލާނަން” މައިހާ ލޯ އަޅާލަމުން ބުނެލިއެވެ.
އައްބާސްއާ މަދީހާ، އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ. މައިހާ އައުމާ އެކީ ގޭތެރޭގެ ފަޅުކަން ފިލާދިޔައެވެ.
ކައި ނިމިގެން އައްބާސް ވަނީ ކޮޓަރިއަށެވެ. އަޝްފާންއާ އަޒާން ނިކުތީ ބޭރަށެވެ. މަދީހާއާ އެކު ބަދިގޭގައި، ތަށިތައް ނެގުމުގައި އެހީވެދިނުމަށް މައިހާ މަޑުކޮށްލިއެވެ.
“ދައްތާ، އަސްލުވެސް ސޮރީ… އެރޭ މާ ބޮޑަށް ރުޅި އާދެވުނީ… ދެން ނުވާނެ އެހެންނެއް. ދައްތަ ބުނި ހެން އަހަރެން މިހާރު އަޔާއާ ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމަކަށް ނުވެދާނެ. އެކަމަކު ދައްތަ ބުނެބަލަ، އަޔާއާ އަހަރެން ހަމަ އެކަނި ރައްޓެއްސެއް ގޮތަށް ވާހަކަ ދެއްކިއްޔާ އެއީ މައްސަލައެއްތަ؟ އެއީ ގޯސް ކަމެއްތަ؟ އަހަރެން ހުވާ ކުރަން، ދެން އަހަންނާ އަޔާގެ މެދުގަ އެ ކަހަލަ ގުޅުމެއް ނޯންނާނެ. އަހަރެން ބޭނުމެއް ނޫން އިނދެގެން އުޅޭ ދެ މީހުންގެ މެދަށް ވަންނާކަށް، އެ ކަން ވިސްނުނީ ތަންކޮޅެއް ލަހުން…” ތަށިތައް ދޮންނަން ސިންކު ކައިރީ ހުރި މަދީހާ ކައިރިއަށް އިތުރު ތަށިތަކެއް ހިފައިގެން އައިސް މަޑުކޮށްލާފައި މައިހާ ވާހަކަ ދެއްކިއެވެ.
“ދައްތައަށްވެސް އެރޭ މާ ހަރުކަށިކޮށް ވާހަކަ ދެއްކުނީ… މައިހާއަށް ދެރަ ގޮތެއް ވާން ނޭދޭތީ އަޔާޒްއާ ވާހަކަ ދައްކާ ހެން ހީވެގެން ރުޅި އާދެވުނީ… ދެން އަޅާނުލާ، ދައްތައަށް އެނގޭ މައިހާ ދައްތަ ދެކެ ހިތް ހަމަ ނުޖެހެނީ އަބަދު އަޝްފާންގެ ވާހަކަ ދައްކާތީ ކަން… ދެން ނުދައްކާނަން. މައިހާ ދެން މި ގޭން ގޮސްގެން ނުވާނެ… އެކަހަލަ ކަމެއް ދެން ނުކުރާތި” މައިހާގެ ބޮލުގައި ފިރުމާލަމުން މަދީހާ ބުންޏެވެ.
ގެޔަށް ދިޔަ ފަހުން މައިހާއާ އާއިލާގެ މެދުގައި އޮތް ގުޅުން ރަނގަޅު ވިއެވެ. ވަކިން ޚާއްސަ ކޮށް މަދީހާއާ މައިހާގެ ގުޅުން ކުރި އަރައިގެން ދިޔައީ ހީވެސް ނުކުރާ ވަރަށެވެ. ކުރިންވެސް މަދީހާ، މައިހާއަށް ގޯހެއް ނޫނެވެ. އަށް އަހަރު ކުރިން، އައްބާސްއާ ކައިވެނި ކޮށްގެން އެ ގެޔަށް އައި ދުވަހުން ފެށިގެންވެސް މައިހާއާ މެދު މަދީހާ ކަންތައް ކުރަމުން އައީ އަމިއްލަ ދެ ކުދިންނެކޭ އެއް ގޮތަށެވެ. މަދީހާގެ އަންހެން ދަރިއަކު ނެތުމުން، އެކަން ފޫބައްދައި ދިނީ މައިހާއެވެ. އަމިއްލަ ބަނޑުން އުފަންވި އަންހެން ދަރިއެއް ފަދައިން މަދީހާ މައިހާ ދެކެ ލޯބި ވެއެވެ. މައިހާވެސް، މަންމަ ނުކީ ނަމަވެސް މަދީހާއާ މެދު ދެކެމުން އައީ މަންމައެއް ފަދައިންނެވެ.
ނަމަވެސް އެ ކަން ބަދަލު ވީ މަދީހާގެ ދޮށީ ދަރިފުޅު އަޝްފާން، މައިހާ ދެކެ ލޯބި ވާ ކަން އެނގުމުންނެވެ. މަދީހާ އެދުނީ އަޝްފާންއާ މައިހާގެ ކައިވެނި ކުރުވާށެވެ. އުފަން ދަރިއަކަށް މައިހާ ނުވި އިރު، މަދީހާ ބޭނުން ވީ ޅީ ދަރިއަކަށް މައިހާ ހަދާށެވެ. އެ ވާހަކަ އައްބާސް ގާތު ދެއްކީ މަދީހާއެވެ. އަޔާޒްއާ މައިހާ ކައިވެނި ކުރުމަށް އައްބާސް އެހާ ދެކޮޅު ވީ މަދީހާގެ އެދުމަށް މައިހާގެ ކައިވެނި އަޝްފާންއާ ކޮށްދިނުމަށް އައްބާސްވެސް ބޭނުން ވީތީއެވެ. ނުދަންނަ، ގޮތް ނޭނގޭ މީހަކާ، ހުރި ހަމަ އެކަނި ދަރިފުޅުގެ ކައިވެނި ކުރުމަށް ވުރެ އައްބާސްވެސް ބޭނުން ވީ އަޝްފާންއާ މައިހާގެ ކައިވެނި ކުރުވާށެވެ. އެ ކައިވެނި ކުރުވުމަށް ބާރު އެޅުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މަދީހާ ކުރިއެވެ. ގޯސް ނިޔަތެއްގައެއް ނޫނެވެ. އަމިއްލަ ދަރިއަކަށް މައިހާ ހެދުމަށް އެދެވުނު ވަރުންނެވެ. އަދި އަޝްފާންގެ ލޯބި ހޯދާދިނުމަށްވެސް ބޭނުން ވީތީއެވެ.
ކުރިން އަޝްފާން ވިސްނައި ދިނުމުންވެސް މަދީހާއަށް ގަބޫލެއް ނުކުރެވުނެވެ. އަޝްފާންއާ މައިހާގެ ގުޅުން ހީނަރުވެ، މަދީހާއާ މެދުވެސް މައިހާގެ ހިތް ކިލަނބު ވީ މަދީހާ އެ ވާހަކަ ދޫކޮށް ނުލުމުންނެވެ.
މަންމައަށް ނުވިސްނުމުންނާ، މައިހާ އަޝްފާންއާ ވާހަކަ ދެއްކުން ހުއްޓާލުމުން، ރާއްޖެތެރޭ ރަށަކަށް ވަޒީފާ ބަދަލުކޮށް، އެ ރަށަށް އަޝްފާން ދިރިއުޅުން ބަދަލު ކުރީ އޭގެ ދެ އަހަރު ކުރިންނެވެ. އޭގެ ފަހުން ކޮންމެ ހަ މަހަކުން އެއް ފަހަރު، ހަފްތާއަކަށް މާލެ އަންނަނީ އާއިލާއާ ބައްދަލު ކޮށްލާށެވެ.
އެ ފަހަރު އަޝްފާން އައި ފަހުން އަނެއްކާވެސް މަންމައަށް ވިސްނައި ދޭން އަޝްފާން މަސައްކަތް ކުރިއެވެ. މައިހާއަށް މަޖުބޫރު ކޮށްގެން އެ ކައިވެނި ކުރެވިއްޖެ ނަމަ މައިހާއަށްވެސް އަޝްފާންއަށްވެސް ހަމަޖެހުމެއް ނުލިބޭނެ ކަމާ، މައިހާއާ މަދީހާގެ ގުޅުން ދުވަހަކުވެސް ރަނގަޅު ނުކުރެވޭނެ ވަރަށް ގޯސް ވެދާނެ ކަމާ، އަދި އެންމެ ފަހުން އައްބާސްއާ މަދީހާގެ މެދުގައިވެސް އެކަމާ ދެބަސްވުން ހިނގާފާނެ ކަމުގައި އަޝްފާން ވިސްނައިދިނެވެ. އަޝްފާންގެ އުފާ އެދޭ ނަމަ މައިހާއާ އަޝްފާންގެ ކައިވެނީގެ ހުވަފެން ދުށުން ހުއްޓާލުމަށް އަޝްފާން މަންމަގެ ކިބައިން އެދުނީ އާދޭހާ އެކުއެވެ.
މަދީހާ އަޝްފާންގެ ވާހަކަ ގަބޫލު ކުރިއެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް މަދީހާ އެދެނީ މައިހާ އެނބުރި ގެޔަށް އައުމެވެ. އެއްޗެއް ނުބުނި ނަމަވެސް އައްބާސްގެ ހިތުގެ ހާލުވެސް މަދީހާއަށް ސިއްރެއް ނުވެއެވެ. އައްބާސް އެހާ ވަރަށް ބަލި ވީވެސް މައިހާ ދިޔުމުން އެކަމާ ވިސްނާތީ ކަންވެސް މަދީހާއަށް އެނގެއެވެ. މައިހާ ގެޔަށް ގެނެސް ދިނުމަށް މަދީހާ އަޝްފާންގެ ކިބައިން އެދުނީ، އެކަން ކުރެވޭނީ އަޝްފާންއަށް ކަން ޔަގީން ވާތީއެވެ. ލިބިފައި ވި އަންހެން ދަރިފުޅު ގެއްލިގެން ދާން ނޭދޭތީއެވެ.
މައިހާ ދިޔަ ނަމަވެސް ނަދާ ކަންތައް ކުރާ ގޮތެއް ބަދަލެއް ނުވެއެވެ. އަޔާޒް ފެންނަ ހިސާބަކަށް ނުގޮސް ވޭތޯ ބަލައެވެ. ފޫހި ވިޔަސް އެކަނި އިންނަނީ އަޔާޒްގެ ކުރިމައްޗަށް އަރަން ބޭނުން ނުވާތީއެވެ. މައިހާ ދިޔަތާ ހަފްތާއެއް ވީ ތަނާ ރީމާމެން އަނެއްކާވެސް ފުރިއެވެ. ނަދާ ހައްތަހާ އެކަނި ވިއެވެ. ކުރިއަށް ވުރެ ގިނައިން ހުދާއާ ރިދާ އާދެއެވެ. ގިނަ ފަހަރު އެ މީހުންނަށް އައުމަށް ދައުވަތު ދެނީ އަޔާޒްއެވެ. ބައެއް ފަހަރު ނިހާލްވެސް އެ މީހުންނާ އެކީ އާދެއެވެ. އާތިފްވެސް، އާދައިގެ މަތިން ހަފްތާއަކު އެއް ފަހަރު އާދެއެވެ. އަސްނާމެންވެސް ދޭތެރެއަކުން ނަދާއަށް ގުޅާލާފައި އާދެއެވެ.
ދުވަހެއް ދުވަހަކަށް އަޔާޒްގެ ހިތް ދިޔައީ ނަދާއާ މެދު ބަދަލު ވަމުންނެވެ. އަބަދު ހެން އަޔާޒްއަށް ނަދާއާ މެދު ވިސްނެއެވެ. ނަދާ ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ ނަދާގެ ކުށެއް ނެތި، ނަދާއާ މެދު ކަންތައް ކުރެވެމުން އައި ގޮތުންނެވެ.
މައިހާ ދިޔުމުން ވާހަކަ ދައްކާލާނެ މީހަކު ނެތި ގޭތެރެ މުޅިން އަޑު މަޑުވިއެވެ. ފުރަތަމަ މައިހާ މަތިން ހަނދާން ވި ނަމަވެސް ފަހުން އެކަންވެސް ވީ އަޔާޒްގެ ހިތާ ސިކުނޑިއަށް ލުޔެއް ލިބުނު ކަމަކަށެވެ. މައިހާ އެ ގޭގައި ހުރުމުން ނަދާގެ ހިތަށް އެ ކަމުން އަނިޔާ ވާނެކަން އަޔާޒްއަށް އެނގެއެވެ. ހިތަށް ހަމަ ޖެހުމެއް ލިބުނީ އެ ހިތްދަތިކަމުން ނަދާއަށް ސަލާމަތް ވެވުނީތީއެވެ.
ނަދާއާ ވާހަކަ ދައްކަން އަޔާޒް ބޭނުން ވެއެވެ. ނަމަވެސް އެ ފަދަ ފުރުސަތެއް ނަދާ ނުދެއެވެ. އަޔާޒްއަށް ފިލައިގެން އުޅޭހެން އެއް ގެއެއް ތެރޭގައި ނަދާ އުޅޭތީ ގޮވާލަންވެސް އަޔާޒްއަށް ނުކެރެނީއެވެ. ގޮވާލިޔަސް ބުނާނީވެސް ކީކޭ ހެއްޔެވެ؟ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟
ކަންތައް އެ ހިސާބަށް ދިޔައީ އަޔާޒްގެ ސަބަބުން ކަމަށް އަޔާޒް މިއަދު ގަބޫލު ކުރެއެވެ. ނަދާ ބުނީ ތެދެކެވެ. ކައިވެނީގެ ވާހަކަ ފުރަތަމަ ދެއްކީ އާތިފްއެވެ. ވަގުތުން އަޔާޒް އެއްބަސް ވިއެވެ. ނަދާއާ ހަމައަށް އެ ވާހަކަ ދިޔައީވެސް އަޔާޒް އާނއެކޭ ބުނުމަށް ފަހުއެވެ. ނަމަވެސް ނަދާ އެ ކައިވެންޏަށް އެއްބަހެއް ނުވެއެވެ. އަޔާޒްއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަދާ ކިތައް ފަހަރު އަޔާޒްއަށް ގުޅި ހެއްޔެވެ؟ ކިތައް މެސެޖް ކުރި ހެއްޔެވެ؟ ނަމަވެސް އަޔާޒް ހެދީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަވެސް ނަދާއަކީ ކުށްވެރިއެއް ކަމުގައި ނިންމާ، ދިފާޢުގައި އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދިނީއެވެ.
ނަމަވެސް މިއަދު އަޔާޒް ބޭނުން ވަނީ ކުރީގެ ނަދާއެވެ. އަބަދު އަޔާޒްއާ ސަމާސާކޮށް، އެކި ވާހަކަ ދެއްކުމުގައި ވަގުތު ހޭދަ ކުރި އަޔާޒްގެ އެކުވެރިޔާއެވެ. ކަމެއް ބޭނުން ވެއްޖެ ނަމަ ޖެހިލުމެއް ނެތި އަޔާޒްއަށް ގުޅާ އަންހެން ކުއްޖާއެވެ. އަޔާޒް ފޫހި ވެއްޖެ ނަމަ ގުޅައިގެން ނުވަތަ ނަދާމެން ގެޔަށް ގޮސްގެން ނަމަވެސް އަޔާޒްއާ އެކީ ވަގުތު ހޭދަ ކުރަމުން އައި ނަދާއެވެ.
މިއަދު އަޔާޒް ނަދާ ބޭނުން ވަނީ ހަމަ އެކަނި އެކުވެރިއެއް ގޮތުގައެއް ނޫނެވެ. މިއަދު ނަދާގެ ފަރާތުން އަޔާޒް ބޭނުން ވަނީ ހަޔާތުގެ ބާކީ ބައި އެކުގައި ހޭދަ ކުރާނެ ބައިވެރިއެކެވެ. އެކުގައި ރެއާ ދުވާލު ހޭދަ ކުރާނެ ލޯބިވެރިއެވެ. ހިތުގައި ވާ ހުރިހާ އެއްޗެއް ހިއްސާ ކުރާނެ ފަރާތެކެވެ. ނަމަވެސް އަޔާޒް އެދުނު ނަމަވެސް އަޔާޒްގެ ހަޔާތުން އެ ފަދަ މަގާމެއް ނަދާ ބޭނުން ވެދާނެ ހެއްޔެވެ؟
އަޔާޒްއަށް ރަނގަޅަކަށް ނޫނީ ދުވަހަކުވެސް ނަދާ އެއްޗެއް ނުބުނެއެވެ. ނަދާ ވަރިކުރަން ބުނީވެސް މައިހާއާ ގުޅުމަށް އަޔާޒްއަށް ފުރުސަތު ދޭށެވެ. ހަމަ އެހެން، ދެއަނތްބަށް މައިހާއާ ކައިވެނި ކުރިޔަސް ނަދާ މައްސަލައެއް ނުޖައްސާނެ ކަމަށް ބުނީވެސް މައިހާއާ އަޔާޒް ވަކިވުން ނަދާ ނޭދޭތީއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އަޔާޒް އައީ ރުޅިއެވެ. ނަދާއާ ދިމާއަށް ކީ އެއްޗެއްސެވެ. ކޮންމެ ފަހަރަކުވެސް ނަދާ ވާހަކަ ދައްކަނީ އަމިއްލަ އެދުމަށް ކަމަށާ، އާތިފްގެ ކުރިމަތީ އަޔާޒްގެ ކުށް ދައްކަން މަސައްކަތް ކުރަނީ ކަމަށް ބުންޏެވެ.
ކުރިން ނަދާ ހުރީ އެ ކައިވެނި ދަމަހައްޓަން މަސައްކަތް ކުރާށެވެ. ނަމަވެސް ނަދާ އެހެން ބުނި ރޭ އަޔާޒް ނަދާއާ މެދު ކަންތައް ކުރީ ކިހާ އިހާނެތިކޮށް ހެއްޔެވެ؟ ނަދާ ބުނި ބަހުގެ މާނަ އަޔާޒް ނެގީ ކިހާ ހުތުރުކޮށް ހެއްޔެވެ؟ އެރޭ ނަދާއަށް އަޔާޒް ދޭން އުޅުނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟
އެ ހުރިހާ ކަމަކަށް ފަހުވެސް ނަދާ އަޔާޒްއާ އެކު އުޅެން ބޭނުން ވެދާނެ ހެއްޔެވެ؟ އަޔާޒްއަށް މާފު ކޮށްފާނެ ހެއްޔެވެ؟ އެންމެ ކުޑަ މިނުން އަޔާޒްގެ އެކުވެރިކަންވެސް ދެން ނަދާ ބޭނުން ވެދާނެ ހެއްޔެވެ؟
ހިތާ ސިކުނޑީގައި ޚިޔާލުތައް ގިނަވެ ކެތް ނުވާ ހިސާބަށް ދިޔުމުން އަޔާޒް ތެދުވެގެން ބެލަކްނަޏަށް ނިކުތެވެ. އެތާ އެލުވާފައި އޮތް ޖޯލި ފެނުމުންވެސް ހިތަށް އުނދަގޫ ކޮށްލީ ނަދާގެ ހަނދާނެވެ. މައިހާ އެ ގޭގައި ހުރި ދުވަސްތަކުގައި އެ ތަނަކީ ނަދާގެ ޖާގައެވެ. އަޔާޒްއާ މައިހާއަށް ފިލަން ނަދާ އައިސް އިންނަނީ އެ ޖޯލީގައެވެ. މެންދުރުގެ ހޫނު ގަދަ ވަގުތަށް ވިޔަސް ނަދާއަށް އެންމެ ރައްކާތެރި ތަނަކީ އެއީ ކަހަލައެވެ. އިރުކޮޅަކު ޖޯއްޔަށް ބަލަން ހުރެފައި އަޔާޒް އައިސް އޭގައި އޮށޯތެވެ. ގައި ދަށުން އެއްޗެއް ޖެހޭ ހެން ހީވެގެން ބާލީސް ނަގާ ބަލާލި އިރު އޮތީ ވީދާލާފައި އޮތް ވާހަކަ ފޮތެއްގެ އެއް ފަޅިއެވެ. އެއަށް ބަލާލުމާއެކު އެއީ އަޔާޒް ނަދާއަށް ގަނެދިން ފޮތެއް ކަން އަޔާޒްއަށް އެނގުނެވެ. ފޮތް މޭމަތީ ބައްވާލަމުން އަޔާޒް ޖޯލީގައި އޮށޯވެ ލޯ މަރާލިއެވެ. އެހެން އޮވެ އަޔާޒްއަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ސިހިފައި ހޭލެވުނީ މޭމަތީ އޮތް ފޮތް ވެއްޓުމުންނެވެ.
އަޔާޒް ތެދުވެ ފޯނުން ގަޑި ބަލާލިއެވެ. ދަންވަރު ތިނެއް ޖެހީއެވެ. މޯޅިއަކަށް ދެމިލާފައި އަޔާޒް ކޮޓަރިއަށް ވަދެ އެނދުގައި ނިދާފައި އޮތް ނަދާއަށް ބަލަން ހުރެވުނެވެ. ނިދީގައި އޮވެ އަޔާޒްއަށް ކުރިމަތި ވާނެހެން ނަދާ ފުރޮޅިލިއެވެ. އެރޭވެސް ނަދާއަށް ނިދުނީ ރޮއެފައި ކަން އަޔާޒްއަށް އެނގުނީ ނަދާގެ މޫނުގައި ކަރުނައިގެ ނިޝާން ހުރުމުންނެވެ. އަޔާޒް އެނދުގައި ،ނަދާ ކައިރީ އިށީނެވެ.
“އައިމް ސޯ ސޮރީ ނަދާ…” މަޑުމަޑުން އަޔާޒް ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން، ކޮންމެސް ކުއްޖަކު ބުނެފަ އިން މާޝާ ސަޕްރައިޒް އެއްވެސް ނުދޭ ވާހަކަ، ހީވަނީ ނޫރާ ހެން، މިއޮތީ ސަޕްރައިޒް، ހީކުރަން ކުދިން އުފާ ކޮށްދެވިއްޖެ ކަމަށް، ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ އިނގޭ. ވިހި ވަނަ ބައި އިރާދަ ކުރެއްވިއްޔާ އަންގާރަ ދުވަހު ގެނެސްދޭނަން.
Varah haasaru dhigu… Mikahala surprise nudhiniyyaa rangalhuvaanee…
Oh, lily ah kamaku nudhiya dho, 20 rangalhu vaane hen hyvany, thnx kiyaalyma
Wooooooowww❤️❤️❤️???varah salhi
Thnx shahu
Update vaan haadha ginadhuvas veyaaaa … plx plx avaha upkohdheybala ❤?❤?❤??❤❤❤??????❤?????
Thnx Ainth, balaanan mi faharu ves avas kolleveytho
Varah varah reethi vaahaka . Ekam thankolheh kuree adhives . Dhen liyaa bai dhigukoh la dhehchey ????
Thnx Sharu, mi bai ves myny dhigu kollaafa
Vrrrrrr reethi mi bai vx. Vaahaka kiyamunn dhaairu hiytha aranii dhenn vaanii kihineh baaeyy. Vrrrr thafaathu vaahaka eh. Next part update kuran nagaa konme dhuvahe feel vanii 1 aharu henn. Ehaa vx kiyaa hiyvve. U’r the best?♥️☺️☺️
Thnx Ainii,
Alah mi comment kolli. But i read ur story everyday. surprise varah salhi ingey.. Hope we get lot surprises from you in the future….Keep doing what you do..
Hehe, thnx Shaaa, let’s c dho
Dhuvahaku shukuru kuraakah neyngey kiyaa kudhinnakah.
Ekaku haadha lahey buniyya aneh meeha bunaane kurey.
Aneh meeha haasaru dhigey.
Ajaibu vedhaane meehaku
I agree. Emyhun vaahaka liyan feshyma ingeyny kihaa varehge kamehkan story liyumaky
Asluves…dhey miyhaku dheyn vee,kaamiyhaa kaniy balaigen nen noon ??auothers rulhi madey aslu kehtheri kan gadhaiy
It’s OK, baeh faharu vaane ehenve, no problem dears, thnx Anonymous, yaanii n rap monsta
Saabahey? rude comments nukoh vaahaka kamunudhanya nukiyaany..
Ehenya ehen writers liyaa vaahaka haftha aku dhe dhuvahu update kuriyas okay wait kurevey, thi varah rude nuveves comments kurevey dhen mihaaru kei nuvany kyhve??? Marsha liyaa story eh vymatha?? Or fav writer ahnuvyma??
Writers ge hama ekani kamaky vaahaka liyumeh noon..personal life job , studies and ehen kanthah ves hunnaane..
Learn to appreciate their work.. atleast don’t disrespect their hard work. Harsh words ah vure reethi koh bunyas getu vaane
Very true… Keep up the good work marsha sis❤️?
It’s OK yaanii n shahu, Ehen vaane baeh faharu, we write fully expecting positive n negative comments, no problem, thnx dears
Hey..enme wait kurevey eh vaahaka miee..varah varah reethi..aslu nadha aa ayaaz ge bai bodah ainama adhi varah reethivees kanneyge❤
Thnx zoya, next part ga balaanan ayaa n nadhaa ge bai bodah geneveytho
Thank u so much maash..
Realy its a surprise..
Today is my bday??
Thanks for the gift
Happy birthday ?
Ehentha, so rangalhu dhuvaheh ga dho surprise mi dhevuny! Happy b day dear!
Varah reethi varah ufaavejje ayaa ah visnunyma ..alhe mi baahaka hafuthaage 3dhuvahu genes dhybala ..ehaa avahah vaahaka nunihmahchey
*vaahaka
Thnx Ibsha, mi balany avas kolleveytho. Vaguthu v varakun balaanan 3 faharu upload kureveytho inge
Wow.. marsha. V salhi mi part vex. Next part ga nadhaa aa ayaaz ge bai bodu kohlahchey. ???????☺?☺????????????????????????????love your story. Waiting. Good luck for next.??????????????????
Thnx sleepy, yes, will do that
Vvvv salhi ingey mi part ves.. ? ? ❤️ ufaavejje sunday ah vure kurin up kohlleema thanxxxxx❤️?????… Next part ves avas kollachchey ingey ??????
Thnx Mary, yes, will try
Rude comments eii libey hihvareh kamugai balaigen kuriah dhey,Marsha ehchekey nubuneema e meehun rakivegen huhtaalafaane.
Any way story varah reethi
I don’t mind, konme kamehgaves feedback annaane + n – koh, it’s OK, thnx for the comment rai
Noon. Ayaa ah ehaa avahah maaf nukuraathi
Hehe, thnx wasy
Ma Sha Allah???…this part is beautiful as usual❤❤❤???..but i ah faahaga v thankolheh eynynu nadha ah dhedhuvas v iru vec maiha nufenna vhk..Nd maiha menah geyah dhevifa einy dhedhuvas fahunney thr liyevifa eyny sis ahh??????..Can u clear this to me plx!!..nd also im waiting fr the next.??????..KEEP GOING
Thnx jiji, e thankolhu clear vaa gothah edit kollaanan,
Varah reethi ??? waiting for the next part ???? one of my favourite ?❤️❤️❤️❤️❤️❤️???
Thnx so much meekkomee
Haasaru dhigiyeyy kiymanunn kiyanii kiivve baa?? kamudhaathii kanneyyge ???
It’s OK Ainii, thnx for reading
Yey thank you masha… love u vaahaka avahah genes dhineema.
Mi part vs v reethi ???????
Thnx Maiha
Anonymous
Some time u also saying like that…. e meehage khiyaalu dho e meehaku husha alhaaney
Thnx asham,
Yes, thii vrr bodu thedhe.Insaanunn naka neyngeyyne, miihaku kithanme rangalhaka kame kohdhinas agu vazann kuraaka. Thimaayaa medhu visnaahenn aneh kunnaa medhu visnaalunn rangalhu dhw…
Thnx Ainii, its OK dear
Mee mihar mi site ga emme kiyaahithun kiyey vaahaka akee…komme dhuvahaku up vaane namaey hithah araa ❤
Thnx shif, hehe, will try avahah genesdheyny
When next part you dhivehin liyefa in bai nuchal feney himi akah
Tuesday ga, thnx Himi
Dhen abadhu ehgothekehnun mivany mi vaahakaige main characters ayaa and nadha ge gina bayeh nuhureh huss liyunthakeh… kameh nuve mihaaru kon dhuvaheh abadhu filaa kulhe kulhe.. dhen thankolheh vaahaka dhehkun heyo nuvaaneh gina kohfa story ah kuda intersting kameh laabala.
Rude vanee eh noon. Hiyaalu bunelee..
Anehen vaahaka reethi
Things will change soon Loveleen, thnx for reading
Asluves Ainii. BTW stry varah salhi. Hope mikahala suprise ginaginain dheyne kamah. Suprise akah kihineh vaane ehdhubahu 2 vaahaka up kohleema. Mi suprise ves okey. BTW i am a big fan of yours❤❤
Hehe, asluves tha! ?? 2 vaahaka liyamey eh faharaa, but not on the same website, thnx dear
Nice keep it up marsha
Thnx nasmer