Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 63

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 31, 2019 9 Mins Read
129 Comments

“އަހަރެންގެ މަންމަ… މަންމަވެސް ނިޔާވީތަ؟” ހައިޒަލް ނޭވާލުމެއްނެތި އަވަސްގޮތަކަށް ސުވާލުކުރިއެވެ. އޭނައަށް އިނގިފައިވާގޮތުން އޭނަ އެއްލާލައިފައި މަންމަ ފިލީއެވެ. އަލްހާން އޭނައަށް ބުނެދިން ގޮތަކީ އެއީއެވެ. އޭނަގެ ދޮންބެ އަލްހާން އޭނަގެ މައިންބަފައިންގެ މަރުގެ ހަބަރު މިހާތަނަށްވެސް ސިއްރުކުރީ އޭނައަށް ލިބިދާނެ ހިތާމައަކަށް ވިސްނާފައިކަމަށް ހިތް އޭނަައަށް ވިސްނައިދިނަސް ހައިޒަލްގެ ހިތުގައި ސުވާލު އުފެދުނީ ސަބަބެއްނެތިއެއްނޫނެވެ. އެހެންވާނަމަ އޭނަގެ މަންމައާއި ބެހޭގޮތުން އަލްހާން އެހާބޮޑު ދޮގެއް ހެދީ ކީއްވެގެން ހެއްޔެވެ؟

“ހޫމް.. އަޒްހާން އަންކަލްއާއި ހައިލާ އާންޓްގެ ހަށިގަނޑު އައިޑެންޓިިފައިވެސް ނުކުރެވޭވަރަށް ފިހިފައި އޮތީ… ޔޫވަރ ދަ އޮންލީ ވަން ހޫ ސަވައިވްޑް…” ޒިވާން ވާހަކަދެއްކިއިރު ލޯތެމޭގޮތްވީ ހައިޒަލް ހިތަށް ކުރާނޭ އަސަރުކޮންމެވެސް ވަރަކަށް އިހުސާސް ކުރެވިފައެވެ. ޒިވާންއަށް އެހާ ތަފްސީލުކޮށް އެވާހަކަތައް އިނގުނީ ބައްޕަ އަފްޒަލްގެ ފަރާތުންނެވެ. އަފްޒަލްއާއި އަޒްހާނަކީ ވިޔަފާރީގެ ގާތް ދެއެކުވެރިންނެވެ.

ހައިޒަލް އިސްޖަހާލައިގެން އިނދެފައި ނޭފަތް ދަމާލިއެވެ. އެލޮލުން އެންމެ ކަރުނަތިއްކެއް ނަޔަސް އެހިތަށްވެފައިވާވަރުވީ ހާމައަށެވެ. ހުރިހާކަމެއް ހާމަވެގެންދިޔައިރު މަންމައާއި ބައްޕަވަނީ އޭނަ ގޮވާލިޔަސް އަޑުނީވޭހާ ދުރުގައެވެ. މިހުރިހާ ދުވަހު އޭނައާއި ވަކިވެފައިވާކަމަށް ހިތް ބުނަމުންދާ ފަރާތަކީ ދޮންބެއެއްނޫނެވެ. އޭނަގެ އުފަން ބައްޕައެވެ. މަންމަގެ ގުރުބާނީގެ އަގުވަޒަންކުރުމުގެ ބަދަލުގައި އޭނައަށް ނޭނގުމެއްގައި ހުރެ މަންމަ ކުށްވެރިކުރެވުނީއެވެ. މަންމަ ބޮލުގައި އިލްޒާމްއަޅުވާ ނަފްރަތުގެ އޮށް ހިތުގެ ތެރޭގައި އިންދުނީއެވެ. ކަށްވަޅުގައި އޮތް މަންމަގެ މައްޗަށް އަލްހާން އޭނަގެ ހިތް ނުބައި ކުރުވީއެވެ.

ހައިޒަލްގެ ދުނިޔެ ފުޑުފުޑުވެގެންދިޔަ ހަގީގަތާއިއެކުވެސް ދުނިޔެއާއި ކުރިމަތިލާން އަޒުމްކަނޑައެޅިއެވެ. ވަގުތު ފާއިތުވެފައިވާއިރު މިއަދު އޮތީ ދުނިޔެދޫކޮށްފައިވާ ފުރާނަތަކަށް ހެޔޮދުއާކޮށްދީ އެމީހުންގެ ހައްްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. މަންމައާއި ބައްޕައާއިއެކު ހަޤީގަތް ވެލީގެދާނުގައި ވަޅުލެވިގެންދިޔުމަށް އޭނަ ދުލެއްނުކުރާނެއެވެ. މަންމައާއި ބައްޕަގެ މަރަކީ ބައެއްގެ އަތެއްނެތި ހިނގާދިޔަކަމެއްކަމަކަށް ހައިޒަލް ޤަބޫލެއްނުކުރެއެވެ. މަރުހޫމް ދެފުރާނައަށް އޭނަ އިންސާފުހޯދައިދޭނެއެވެ. އަޒްހާންއާއި ހައިލާގެ ހަމައެކަނި ނިޝާނުގެ ގޮތުގައި ދުނިޔެއާއި ކުރިމަތިލައިގެންނެެވެ.

*** *** *** *** *** ***

އިރުއޮއްސެމުންދިޔައިރު އުޑުމަތި އޮތީ ރަތްކުލައިގައެވެ. އުދަރެހާއި ދިމާލުން އެ ކުލަ ވަކީން ގަދަވެ ކަނޑަށް ލޭފައިބަމުންދާފަދައެވެ. ދޫނިތައް އޭގެ ހާލިތަކަށް މިސްރާބުޖަހަންމުންދިޔަ ވަގުތުކޮޅުު މަޔާންއާއި ހައިޒަލް ތިބީ ހައިޒަލްގެ ކާރުގެ ތެރޭގައެވެ. އުދަރެސް ރަންގުކުލަމުންދިޔަ ކުލަތަކަށް ނަޒަރު ހުއްޓާލައިގެން ހައިޒަލް އިންއިރު މަޔާން ހިމޭންވެފައި އިނީ ހައިޒަލްގެ ފަރާތުން ބަހެއް އިވޭނޭކަމަށެވެ.

“ޔާން.. ދެއަރ އަރ މައި ޕޭރެންޓްސް…” ހައިޒަލް ބޭރަށް ފެންނަމުންދިޔަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ބުނެލުމާއިއެކު މަޔާންއަށް ހައިޒަލްއާއި ދިމާލަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ.

“އޭ.އެޗް.ފިނޭންޝިއަލްއަކީ ބައްޕަ އުފެއްދި ކުންފުންޏެއް… އެ ލެޓަރސްތަކުން ރިފްރެޒެންޓްކުރަނީ އަހަރެމެންގެ ކުޑަ އާއިލާ… އޭ އަޒްހާން… އެޗް… ހައިލާ.. ހައިޒަލް… ބައްޕަ ނިޔާވުމާއިއެކު ޑޭޑް އެ ކޮމްޕެނީއާއި ހަވާލުވީ… ދޭއަރ ބްރަދަރސް.. ޑޭޑްއަކީ އަސްލު އަހަރެންގެ އަންކަލް… ދޮންތައަކީ ކަޒިން ސިސްޓަރ… ” އަވިއައިނަކުން ހައިޒަލްގެ ލޯނިވާކޮށްލައިފައިވާއިރު އިރުގެ އަލިން އެމޫނަށް ވެރިކޮށްލައިފައި ރަންކުލައިގައި އެ މޫނު ފެންނަނީ ހިތްތައް ޒަހަމްކޮށްލާހާ ފުރިހަމަކޮށެވެ. ތުންފަތްމަތީ ހިނިތުންވުމުގެ އަސަރެއްނުވާއިރު ހިތާމައިގެ ތަސްވީރެއްފަދައެވެ.

“މަންމައާއި ބައްޕަ ދުނިޔޭދޫކުރީ އަހަރެން ސަލާމަތްކުރަން އުޅެނިކޮށް… މިހުރިހާދުވަހު އެހެން ބަޔަކަށް މަންމައާއި ބައްޕަ ކިޔައިގެން އުޅުނުއިރު އަހަރެންނަށް ނޭނގުނު… އެކަމަކު އަހަންނަށް ހުރިހާކަމެއް އިނގެންހުރީމަ ނައިޓްމެއަރސްގެ ގޮތުގައި މިވީހާތަނަށްވެސް އެހަނދާންތައް އުނދަގޫކުރީ… އައި ފީލް ހޮޕްލެސް… ހަޤީގަތުގައި މަންމައާއި ބައްޕަގެ މާގިނަ ހަނދާންތަކެއް އަހަންނާއިއެކުއެއް ނެތް… އަހަންނަށް ހުރިހާކަމެއް މިއިނގުނީ މާލަހުން… މިއަދު ކުރެވޭނޭކަމަކަށް އޮތީ އެމީހުންނަށް އިންސާފުހޯދައިދިނުން… ޔާން… ޕްލީޒް… އަހަރެންގެ މަންމައާއި ބައްޕަަައަށް އިންސާފުހޯދައިދީ… އަހަރެންގެ ހިތް ބުނޭ އެމީހުންނަށް އެހެން ހެދި މީހަކު ހުންނާނެއޭ…” ހައިޒަލް މަޔާންއާއި ދިމާލަށް ބަލާލިވަގުތުކޮޅު މަޔާން ބޯޖަހާލިއެވެ.

“ބޭނުމެއްނޫން ޑޭޑްގެ މައްޗަށް ހިތް ގޯސްކުރާކަށް… އެކަމް އަހަންނަށް ހަގީގަތް އިނގިގެން ސުވާލުކުރީމަވެސް ޑޭޑް ހެދީ ދޮގު… ކަށްވަޅުގައި އޮތް މަންމަގެ ބޮލުގައިވެސް ތުހުމަތު އެޅުވީ… މިވީހާތަނަށްވެސް އަހަރެންގެ ދިރިއުޅުން ބައްޓަންކުރަމުން އައީ އެމީހުން ބޭނުންވާގޮތަށް… އަނދިރީގައި ބަހައްޓައިގެން މިހިސާބަށް ގެނެސްފައި ލޯބިވެސް ފޭރިގަތީ… މަންމަގެ ލޯބި ނުލިބުނިތާ އަހަންނަށް ހަޔާތުގެ ބައިވެރިއެއްގެ ލޯބިވެސް ނުލިބުނު… ނައިނާގެ ފުރާނައިން ބިރުދައްކައިގެން އަހަންނަށް ޝަލީންއާއި ކައިވެނިކުރަން މަޖުބޫރުކުރީ… މުޅި ދުނިޔެވެސް ދެކޭނީ އަހަންނަކީ ލޯބި ހޯދަން ހަނގުރާމަކުރަން ނުކެރުނު ފިޑިއެއްގެ ގޮތުގައި… އެއްފަރާތުގައި އަހަރެންގެ ބައްޕަ އަނެއްފަރާތުގައި ނައިނާގެ ފުރާނަ.. އަހަރެންނަށް ދެކޮޅު ހަދަން ކެރޭނެތަ؟ ހަގީގީ ލޯބިވާނަމަ ލޯބިވާފަރާތުގެ ހަށިގަނޑުގައި ޒަހަމެއް ލެވޭތަން ދެކޭކަށް ބޭނުމެއްނުވާނެ… ނައިނާ ގެނބިގެން އުޅުނުތަން ފެނުމުން އަހަންނަށް ވީގޮތެއްވެސް ނޭނގެ… އެވަގުތު ނައިނާގެ ސަލާމަތާއިމެދު ކަންބޮޑުވީވަރުން ވަގުތުން އެއްބަސްވެވުނީ… އަހަރެންގެ ދުނިޔެއަކީ އެއީ… ހެޔޮހާލުގައި ނައިނާ ހުންނަތަން ދެކެމަށްވުރެ އަހަރެން ބޭނުންވާ ކަމެއްނުވާނެ…” ހިތުގެ ހާލަތު އެހެންމީހެއްގެ ކުރިމަތީ ހާމަކުރުމަކީ ހައިޒަލް މިހާތަނަށްވެސް ކުރިކަމެއްނޫނެވެ. ނަމަވެސް ފިރިހެނަކަށްވިޔަސް އޭނައަށް ކެތްކުރެވޭނީ ވަކި ދަރަޖައަކަށެވެ. ލޯބީގެ ދުނިޔެ އޭނާއަށް ދެއްކީ އަޙުވައެވެ. އޭނަގެ ބޭނުންވީ ދެފަރާތުގެ ލޯބިންވެސް ތަގުދީރު އޭނަ ވަކިކުރީއެވެ.

“މިހާރު ބޭނުން މި ދުނިޔެއިން ދުރަށް އައިސް އަހަރެންގެ ލޯބިވާ މީހުން ހޯދަން… ޔާން އަހަންނަށް އެހީވެދެއްޗޭ…” ހައިޒަލް މަޔާންއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭރު ހައިޒަލްމެން ތިބި ކާރާއި ޖެހިގެން ޕާރކްކޮށްފައި އޮތް ކާރުގައި އިން މިކްޔާލް އިނީ އޭނައަށް އިވުނު ވާހަކަތަކުން ބަސްހުސްވެފައެވެ. އެދެމެދުގައިވާ ދުރުކަން ނައްތާލަން ބޭނުންވެއޭ ބުނެ މިތަނަށް ގެނައިނަމަވެސް އެފަދަ ވާހަކަތަކެއް އިވިދާނޭކަމަކަށް ހިޔެއްނުކުރެއެވެ. އެއިން ކޮންމެ ވާހަކައަކުން ދިރުއުޅުމަކީ ހައިޒަލްއަށް ކިހާ ހިތި ކަމެއްކަން ހާމަވެގެންހިނގައްޖެއެވެ. އޭނައަށް މިހުރިހާ ދުވަހު ލޯމައްޗަށް ފެނުުނު މަންޒަރުތަކަކީ ހައިޒަލް ލޯ މައްޗަށް ދައްކުވާލި ހަގީގަތެއްނެތް ތަސްވީރުތަކެކެވެ. ހިތާމަތައް ވަންހަނާކުރަން ހައިޒަލް ކުޅަދާނަކަމުން އޭނަގެ ލޯމައްޗަށްވެސް އޮޅުވާލެވުނީއެވެ.

މަޑުމަޑުން ރަތްވިލާގެ ކުލަތައް ފުހެމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހައިޒަލް އިނދެ ހިނިތުންވެލިއެވެ. ނަމަވެސް އެހިތްދިޔައީ ހިތާމައިގެ ކަނޑަކަށް ގެނބި ޢަރަޤުވަމުންނެވެ. ބައެއްފަހަރު ހިތާމައަކީ ތިމާއަށް ހިތްވަރުދީ ކުރިއަށްދާން ހިތްވަރުދޭ ބައިވެރިއެކެވެ. ކުރިއަށް ފިޔަވަޅުތައް ނެގުމަށް މަގުފަހިކޮށްދޭ މަދަދުގާރެކެވެ. ހިތާމައިގެ ސަބަބުން ހިތްވަރުއެލުވައިލައިގެން ތިބެން ދުނިޔެ ތަނެއް ނުދެއެވެ. މިވަގުތީ މަންޒިލްގައި އޮތީ އިމްތިހާންތަކަށް ކެތްތެރިވެ އުއްމީދުތައް ހާސިލްކުރަން މަސައްކަތްކުރުމެވެ.

*** *** *** *** *** ***

ހައިޒަލް އަލްހާންގެ ކެބިންއަށް ވަދެލިއިރު އަލްހާން އިންނެވީ އިޝާރުއާއި އައްމާރުއާއި އެކު ކޮންމެވެސް ވާހަކައެއްގައެވެ. ހައިޒަލް ވަނުމާއިއެކު އެންމެންގެ ކަޅި ހައިޒަލްއާއި ދިމާލަށް ދަތުރުކުރިއެވެ. އަލްހާން ހައިޒަލް ގާތު ފަހުން އައުމަށް އެދެމުން އޭނަ ދައްކަވަމުންދިޔަ ވާހަކަަގައި އަލުން މަސްއޫލުވިއެވެ.

“އަލްހާން ކަލޭގެ ނުވާ ފިރިހެންދަރިދޯ…” ހައިޒަލް ދޮރުން ނިކުތްތަން ބަލަން އިނދެފައި އައްމާރު ބުނެލެއްވިއިރު އެބަސްތައް ކިތަންމެ ރީއްޗަކަށްވެސް ހައިޒަލް އިވުނެވެ. އެެއާއިއެކު ކެބިން ކުރިމަތީ މަޑުކޮށްލެވުނީ އައްމާރަށް އަލްހާން ދެއްވާ ރައްދެއް އަޑުއަހާލަން ބޭނުންވީވަރުންނެވެ.

“ތިއީ ދެން ކޮން ވާހަކައެއް…” އަލްހާންގެ އަޑުން ފާޅުވީ އެދެމެދުގައި ދެކެވެންފެށި ވާހަކައާއި ގަޔާނުވާކަމުގެ އަސަރެވެ.

“އަލްހާން ކިތަންމެ ނުވާކަމަށް ހެދިޔަސް ކަލޭގެ ގަހުގެ ކޭލެއްނޫންކަން ބަލާލައިފައިވެސް އިނގެޔޭ… އަޒްހާންއާއި ތަފާތެއްނެތްވިއްޔަ… ކަލޭގެ އުޅުން ލިބުނުކަމީ ނަސީބު… ދެން ރަނގަޅުތާ ނަމެއްގައި ފިރިހެން ދަރިއެއްވެސް ލިބުނީނު…” ކޮފީތަށިން ކޯވަރެއް އެތެރެކޮށްލަމުން އައްމާރު ހީނގަތެވެ. އޭރު އަލްހާންގެ މޫނަށް ވެރިވެގެންދިޔަ ކުލަވަރާއިއެކު އިޝާރު އައްމާރުގެ އަތުގައި ހިފަހައްޓާލެއްވިއެވެ. ހައިޒަލް ކަންފަތް ހުޅުވާލައިގެން ހުރެފައި ދުރަށް ހިނގައިގަތެވެ. ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލިނަމަވެސް ހައިޒަލްއަށް ނުހަނު ބޮޑުކަމެއް އިނގުނީއެވެ. ނަމަވެސް އަދި ވަގުތު ނުޖެހޭތީ އެކަން އެގޮތަށްވުމަށް މެދުވެރިނުވީއެވެ.

*** *** *** *** *** ***

ބަނަވިލާތަކުން އުޑުމަތި ބައްދާލައިފައިވާއިރު ދުނިޔެމަތި އޮތީ އަނދިރިކޮށެވެ. އިރުކޮޅެއްކުރިން ވާރޭ ހުއްޓާލިޔަސް ޖެހެމުންދިޔަ ބާރުވަޔަކަށް ބަދަލެއްނާދެއެވެ. މާސިންގާ ކަނޑުވެސް ރުޅިވެރިކަމާއިއެކު ކެކެމުންދިޔައެވެ. ކަނޑުން ނަގަމުންއަންނަ ހޮޅިރާޅުތައް އައިސް ގާތަކުގެ މައްޗަށް މުގުރާލާ އަޑުން ހިމޭންކަން ނަގާލައިފައިވެއެވެ.

“މާދަމާ ރަސްމީކޮށް އަހަރެން މިކޭސްއާއި ހަވާލުވާނަން އޭގެ ފަހުން މިކަން މިހާރު މިއޮއްހެން ސިއްރެއްގެ ގޮތުގައެއްނޯންނާނެ… މިހާރުވެސް ބޭރުތެރެއަށް ހަބަރުނުދާކަމެއް ނޭނގެ… އަހަރެމެންގެ ތެރޭވެސް އެބައުޅޭ ވަކިބަޔަކަށް މަސައްކަތްކޮށްދޭ އަތްތަކެއް… މިކޭސްގައި އަހަންނާއި އައިޒާންގެ އިތުރުން އިތުުރުބަޔަކުވެސް ހަރަކާތްތެރިވާނެ… އަހަރެން ސީދާ ހައިއަށް މައުލޫމާތު ދެމުންދާނަން…” ކަނޑުން ނަގައިމުން އައި ބިޔާ ރާޅުތަށް ބިންދާލާއިރު އުފެދެމުންދާ ބާނިތައް ނަޒަރު ހުއްޓާލައިގެން އިނދެ މަޔާން ވާހަކަދެއްކީ އޭނަގެ ގާތުގައި ބެންޗްގައި އިށީދެލައިގެން އިން ހައިޒަލްއާއިއެވެ.

“ދެން ކިހިނެތް ކަންތައް ކުރިއަށްދާނީ…” ނިއްކުރިމަތީ އިނގިލި އަޅާ އޮއްބާލުމަށްފަހު ދެފަރާތަކަށް އިނގިލި ހިންގާލަމުން ހައިޒަލް ސުވާލުކުރިއެވެ.

“އަހަރެމެންނަށް މިހާރުވެސް އެއް ސަސްޕެކްޓްވަނީ ހޯދިފައި… އެކަމަކު ސާބިތު ދަރަޖައަކަށް އެކަން ޔަގީންވުމަށްޓަކައި އިތުރު ހެކިތައް ހޯދަންއެބަޖެހޭ… އެހެންނޫނަސް އަހަރެންގެ ހިތެއް ނުބުނޭ މިއީ އެކަކު އެކަނިކުރިކަމެކޭ… މި ހާދިސާއާއި އެއްފަދަ އެހެން ހާދިސާތަކުގައިހެން އަހަރެން މިބަލަނީ އަދިވެސް އިތުރު ބައިވެރިން ތިބެދާނޭކަމަށް… ދެން.. އަހަރެން އެދެން އަހަރެމެންގެ މެދުގައި ބަދަލުކުރެވޭވާހަކަތައް ތިންވަނަ ފަރާތަކާއި ހަމަޔަށް ނުދިޔުމަށް… މިކްޔާލްގެ އިތުރުން އެހެން ފަރާތަކަށް… އަދި އަމިއްލައަށް އެއްވެސް ކަމެއް ނުނިންމުމަށް.. ބަދަލުހިފުމުގެ ރޫހުގައި ކަމެއްނުކުރުމަށް… ކުށްވެރިންނަށް އަދަބުދިނުމަކީ ކަމާއިބެހޭ ފަރާތުގެ އަތްމަތީ އޮތްކަމެއް….” މަޔާން ވާހަކަދެއްކީ ކުރީގެ ބައެއް ހާދިސާތަކުގެ ވާހަކަތަކާއި ގުޅުވާލަމުންނެވެ. އަދި އައްމާރުގެ ވާހަކަތައް ކިޔައިދިނުމުގެ ކުރިން ހައިޒަލްއަށް ނަސޭހަތްތެރިވިއެވެ. އެފަދަ ހާލަތެއްގައި ހަމައިން ނެއްޓިގެންގޮސް އަމިއްލަ އަތުން ގޯސްހެދޭތަން އަންނާނޭކަން މަޔާން ދަނެއެވެ.

އޭ.އެޗް.ފިނޭންޝިއަލްއާއި ސިލްކްއާއި ދެމެދު އޮތް ވާދަވެރިކަމާއިއެކު އައްމާރު އެފަދަ ކަމެއްކުރަން ޖެހުނުކަމަށް ވިސްނުނު ސަބަބާއި އަދި ރުހާމްގެ ފަރާތުން އިވުނު ވާހަކަތައް މަޔާން ތަފްސީލުކޮށް ކިޔައިދެވުނުއިރު ހައިޒަލްގެ އަތްމުށްކެވުނެވެ. އެދެލޮލުގެ ތެރޭ އަނދަންފެށި ހުޅުކޮޅާއިއެކު މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.

އޭނަ ޔޫއެސްއިން އައިފަހުން އައްމާރު އޭނައާއި ދިމާލަށް ބަލާގޮތް ތަފާތުވެފައިވާކަން ހައިޒަލްއަށް ފާހަގަކުރެވެއެވެ. ބްލޫސްގެ ފްލޯޓިން ހޮޓެލްގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ހަފްލާ އޮތްރޭ އައްމާރުގެ ނަޒަރު މުޅިންހެން ހުއްޓިފައިހުރީ އޭނާއަށެވެ. އެދެލޮލުން ފެނުނީ ރުޅިވެރިކަމާއިއެކު އުނދަގޫވެފައި ހުރިކަމުގެ އަސަރުތަކެވެ. ސަބަބު އޭނާއަށް އިނގުނީ އަދި ކިރިޔާއެވެ. އޭނަ އަޒްހާންއާއި ވައްތަރުވީމައެވެ. އޭނަ ބައްޕައާއި ވައްތަރުކަމަށް ކޮންމެ މީހަކުވެސް ބުނަނީ އަޒްހާންއާއި ގުޅުވާފައެވެ. އަޒްހާންގެ ވަސްދުނިޔެއިން ފުހެލުމަށްފަހު އައްމާރު މިހާރު އެހުރީ އަލްހާން ގާތުގައި ވިއްދާފައެވެ. އަމިއްލަ މަޤްސަދެއްގައި އައްމާރު ބައްޕަ ވާވައްދަނީއެވެ. ބަދަލުހިފުމުގެ ރޫހު އަދިއަދަށްދާންދެންވެސް އައްމާރުގެ ހިތުގައި އޮތީއެވެ. ބްލޫސްއަކީ ސިލްކުގެ އެކުވެރިއެއްނޫނެވެ. އައްމާރު ނަޒަރުގައި އެއީ ވާދަވެރިއެކެވެ.

“ޝަލީ އޯކޭވެއްޖެތަ؟” އެދެމެދުގައި ބަދަލުކުރެވުނު ވާހަކަތަކަށްފަހު ހައިޒަލް ވާހަކަދެއްކިއެވެ. ޖަވާބެއްގެ ގޮތުގައި މަޔާން ބޯހޫރާލިއިރު އެ މޫނުގައިވީ މާޔޫސްކަމެވެ.

“ޝަލީއަށް ޓައިމް ބޭނުންވާނެ.. މިހާރު އަމިއްލަައަށްވެސް ވިސްނޭ ޝަލީއާއިމެދު ކަންތައްކުރެވުނީ ކިހާ ހާރޝްކޮށްކަން… އެހެންވެ ޝަލީއަށް ޓައިމްދޭން މިހުރީ… ޝަލީ ކުޑަކޮށް ސްޓަބަންވާނެ…” މަޔާންގެ މޫނުމައްޗަށް ވެރިވިކުލަވަރުންވެސް އެއީ މަޔާން ބޭނުންވާގޮތް ނޫންކަން އިނގުނެވެ.

“ހައި ޓޭކް ކެއަރ އޮފް ހާރ.. ހައިއަށް ޓްރަސްޓްކުރަން… އަހަންނާއި ޝަލީގެ ވާހަކަ ބާއްވާފައި ބުނެބަލަ.. އަދިވެސް ނުވޭތަ ނައިނާއަށް ހަގީގަތް ކިޔައިދޭކަށް… ތިދެމީހުންގެ ގުޅުން ހަމަ ތިހެން ނިންމާލާނީތަ؟ ފުރަތަމަ ޖުމްލަތައް ބުނެލިއިރު އެމޫނުމަތިން ފާޅުވިއަސަރުތައް އެ ހިނިތުންވުމުން ފޮރުވާލަމުން މަޔާން ގާތްގޮތަކަށް އަހާލިއެވެ.

“ހުރިހާކަމެއް ނުނިމެނީސް ކިޔައިދޭން ބޭނުމެއްނޫން… ނައިގެ އެހުންނަ ޖެހިލުންކުޑަ ކެރެކްޓަރއާއިއެކު ހުރިހާކަމަކަށް އިންވޯލްވާން އުޅޭނެ… ނައިނާ މިކަމުގެ ތެރެއަށް ވައްދާކަށް ބޭނުމެއްނޫން… މިދުވަސްކޮޅު އަހަރެމެން ދެމީހުންގެ ގުޅުން މީހަކަށް ނޭނގުނިއްޔާ ރަނގަޅުވާނީ.. ދެން އަހަރެމެން ވަކިކުރެވޭނޭ މީހަކު ނާންނާނެ… އަހަރެންގެ ހައްޤު ހޯދަން އަހަރެން ތެދުވާނަން…” ހައިޒަލްގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއިއެކު ބުނެލިއެވެ. މަޖުބޫރުކުރުވައިގެންނާއި ބިރުދައްކައިގެން އޭނަ ލައްވާ ކަންތައްކުރުވި ދުވަސްތައް މާޒީވެ ދިޔައީއެވެ. ހަނދާންތަކާއެކު ކުރީގެ ހައިޒަލް އެނބުރިއައިރު އޭނަގެ އުސޫލްތަކަށްވެސް ބަދަލުއަތުވެއްޖެއެވެ. އޭނަ ކޮންމެފަދަ ގޮތަކަށްވެސް މިފަހަރު ނައިނާ ހާސިލް ކުރާނެއެެވެ. އަލްހާންއަކަށްވެސް ދެން އޭނަ ނުހުއްޓުވޭނެއެވެ. ހަގީގަތް ސިއްރުކޮށްގެން އޭނަގެ މައްޗަށް ބާރުފޯރުވައިގެން އަލްހާން ލައްކަ ދުވަހު އުޅެފިއެވެ. ބައްޕަގެ ހައިސިއްޔަތުން އޭނަ އަދިވެސް އަލްހާންއަށް އިހުތިރާމްކުރުމަކީ މުޅީން އެހެންކަމެކެވެ. އެކަމަކު ދެން އޭނަގެ ދިރިއުޅުމަށް އެއްވެސް މީހަކަށް ބާރުފޯރުވާ ގޮތެއް ނުނިންމޭނެއެވެ. ދިރިއުޅުމުގެ ހުންގާން ދެން އޮންނަންޖެހޭނީ އޭނަގެ އަތުގައެވެ.

އޭނަ މިވަގުތަށް ހިމޭންވެލައިގެން މިހުރީ އޭނައަށް ހަޤީގަތް އިނގުނުކަން އެއްވެސް މީހަކަށް އަންގަން ބޭނުންނުވާތީއެވެ. އަދި ދުވަސްކޮޅަކު ހަނދާންނެތްކަމުގެ އެކްްޓްކޮށްލައިގެން އޭނައަށް ހެޔޮއެދޭ ފަރާތްތަކާއި އޭނަގެ ފަރާތުން ފައިދާ ނަގަން އުޅޭ ފަރާތްތައް ދެނެގަންނަން ޒިވާން ދިން ހިޔާލަކީ ދެވަނަނެތްފަދަ މޮޅު ހިޔާލެކެވެ.

“ޝަލީއާއިމެދު ހާސްނުވޭ.. ޝީ ވިލް ބީ ސޭފް އިން މައި ހޭންޑްސް… އަހަރެންވެސް ޓްރައިކުރާނަން ޝަލީއާއި ޓޯކްކުރެވޭތޯ…” އެވަގުތު މަޔާން ދުރަށް ހުއްޓާލައިފައި ނަޒަރު ހައިޒަލްގެ މޫނަށް ބަދަލުކޮށްލިއިރު ހިނދުކޮޅަކަށްނަމަވެސް ޔާން އޭނަގެ ވުޖޫދަށް އައީހެން ހައިޒަލްއަށް ހީވިއެވެ. ބައެއްފަހަރު މަޔާންގެ މޫނުން އޭނައަށް ޔާންގެ ސިފަ ފެނެއެވެ. އޭނަ ހަނދާންތަކުން އެންމެ ބޮޑަށް ހަނދާންހުންނަ ފަރާތަކީ ޔާންއެވެ. އަދިވެސް މަންމައާއި ބައްޕަގެ މާގިނަ ހަނދާންތަކެއް ހައިޒަލްގެ ސިކުނޑިއަކަށް ނާދެއެވެ. ނަމަވެސް މަންމައާއި ބައްޕަގެ ސިފަ ހަނދާންހުރެއެވެ.

މަޔާން އެދުނީ ޝަލީންއާއި އެވާހަކަ ނުދެއްކުމަށެވެ. ޝަލީންއަށް އަމިއްލަ ނިންމުމެއް ނިންމަން ވަގުތު ދިނުމަށެވެ. ޝަލީން އޭނަގެ ގާތަށް އަންނާނޭކަމަށް މަޔާން އުއްމީދުކުރެއެވެ. އެދެހިތުގައި ލޯބިވާއިރު އަދި އެދެހިތް ގުޅޭނެއެވެ. މަޔާންގެ ދުއާއަކީ އެއީއެވެ.

*** *** *** *** *** ***

“1998ވަނަ އަަހަރު ހިނގާދިޔަ އޭ.އެޗް.އިންޑަސްޓްރީޒް އަލިފާނުގެ ހާދިސާގެ މައްސަލަ އަލުން ބަލަން ފަށައިފި… 21 އަހަރު ފަހުން މިމައްސަލަ ބަލަން ފެށީ މިހާދިސާގައި ޝައްކުކުރެވޭ ބައެއް ކަންތައްތައް ހުރުމުންކަމަށް މައުލޫމާތު ލިބޭ…” އެމް.އެޗް ޗެނަލްގެ މެންދުރު ހަބަރު ގެނެސްދެމުންދިޔައިރު ހަބަރުގެ ތެރެއިން މަޔާންގެ އިންޓަރވިއުއެއް ދައްކަމުންދިޔައެވެ. އެތައް ނޫސްވެރިންތަކެއްގެ ކުރިމަތީ ހުރެ ކޭސްއާއި ހަވާލުވެގެންހުރި ފަރާތުގެ ހައިސިއްޔަތުން މަޔާން ވާހަކަދައްކަމުންދިޔައެވެ.

ކަންފަތުގައި ފޯނު ޖައްސަވާލައްވައިގެން ރޯޒްވުޑް މޭޒްގެ ކުރިމަތީ ކުރާލިކަޑުއްވަމުން ގެންދެވި އައްމާރުގެ ނަޒަރުވަނީ ކެބިންގެ ފާރުގައި ހަރުކޮށްލެވިފައިވާ ޓީވީއަށް ހުއްޓިއެވެ. އެ މޫނުމަތިން ފާޅުވަމުންދާ ރުޅިވެރިކަމާއިއެކު ގޭނިގެންދާހާ ބާރަށް ދަތްކާރުވައިލައްވައިގެން ހުންނެވިިއިރު ފޯނުގައި ހިފަހައްޓަވައިގެން ހުންނެވިއަތަށް ބާރުވަމުންދިޔައެވެ.

“ބޮޑު އަގުދީފައި އަަހަރެން ކަލޭމެން ބަހައްޓާފައި ތިތިބެނީ މަށަށްލިބޭ ލާރިގިނަވެގެންތަ؟ އޭނ… އެފިރިހެނާ ހުރެފައެއްނޫންދޯ މިކަންބަލަން އެފެށީކީ… ކިހިނެތްވެފައި ކަލޭމެން ތިބީ… އަހަންނަށް މިހާރު ހަބަރުތައް ލިބެންޖެހެނީ ޓީވީ ޗެނަލްތަކުންތަ؟ އޭނ…” އެކޮޅުން ފޯނު ނެގުމާއިއެކު އައްމާރު ހަޅޭލަވައިގެންނެވީ އަޑުއަހަން ހުންނަ މީހެއްގެ ކަންފަތުގެ ތޫރި ފަޅައިގެންދާހާ ބާރަށެެވެ. އެކޮޅުން ދައްކާ ވާހަކަ އަޑުއެހުމެއްނެތި ކަންފަތުން ފޯނު ދުރުކޮށްލިގޮތަށް ފާރުގައި ހަރުކޮށްފައިވާ ޓީވީއާއި ދިމާލަށް އައްމާރު ފޯނު ހޫރާލެއްވިއެވެ. ފޯނު ޓީވީގެ ސްކްރީންގައި ޖެހިފައި ބިންމައްޗަށް ފައިބައިގެންދިޔައީ ސްކްރީންގައި އެތައް ކޫރުމެއް އަޅުވާލައިފައެވެ. އެވަރުންވެސް އައްމާރުގެ ރުޅި ފިނިވެލައްވާ ގޮތެއްނުވިއެވެ. މޭޒުމަތީ ބައިންދާފައިވާ ބިއްލޫރި ނޭމް ޕްލޭޓްއިން ޖަހާ ޓީވީގެ ސްކްރީން ތަޅާލިއެވެ.

“އައްމާރު ކިހިނެތްވެގެންތަ މިއުޅެނީ… ކުއްލިއަކަށް…” އެވަގުތު ކެބިންއަށް ވަތް އަލްހާން ވާހަކަދެއްކިއިރު ހުއްޓުމެއް އައީ ބިންމަތީގައި ދޫލައެޅިފައިވާ ބިއްލޫރިކޮޅުތަކަށް ނަޒަރު ހުއްޓިފައެވެ. އޭރު އައްމާރު ހުންނެވީ އުޅަބުށި މޭޒުގައި ވިއްދަވާލައްވައިގެން ދެއަތުން އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލައްވައިގެންނެވެ.

“މަގޭ އަތުން މަރުވާނޭގޮތެއް ނޭނގިގެން…” އައްމާރު އިސްއުފުލާލައްވާ ބަލާލިއިރު އެ ވަރުގަދަ ބުމަވަނީ ގޮށްޖެހިފައެވެ.

“ހުވާމިބުނީ މަގޭ އަތުން މީހަކު މަރުވަންޏާ އޭނަ މަރުވާނެ… މަގޭ ވަރު ނޭނގިގެން އެއުޅެނީ… މިޙުރާންގޮތަށް މައިތިރިކޮށްލަންވީ…” ރުޅިންގޮސް އައްމާރުގެ ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދުނެވެ.

“އައްމާރު މައިތިރިވެބަލަ… ކުރިންވެސް ކޭސް ނަގައެއްނު.. ވަކި ހިސާބަކުން ދޫކޮށްލަންދޯ ޖެހެނީ މިފަހަރުވެސް އެވަރުވާނީ… ކަމެއް އިނގިގެންނެެއް ނޫން އެއުޅެނީ… އައްމާރާއި ދެކޮޅަށް ތެދުވަން ފަސޭހައެއްނުވާނެކަން ނޭނގޭމީހަކު ނުހުންނާނެ… ތެޅިފޮޅިގަނެގެން ނިކުންނަ ނަތީޖާ ރަނގަޅެއްނުވާނެ…” ހިމޭންވެފައިވާ އަލްހާންއަށް ނަޒަރެއްދެމުން އިޝާރު އައްމާރުގެ ރުޅި ފިނިކުރަން ވާހަކަދެއްކިއެވެ. އޭރު އަލްހާން ބަހެއް ބުނުމެއްނެތިވެސް ހުރީ ހިޔާލަކަށް ގެއްލިފައެވެ. ހައިޒަލްއަށް ހައިލާއަކީ ކާކުކަން އިނގުނު ހިސާބުން އެހިތުގެ ތެރޭ ބިރުވެރިކަމެއް އުފެދިއްޖެއެވެ. ކިތަންމެ ބޭނުންނުވިޔަސް އޭނައަށް މިހާރު ތާއަބަދުހެން އެކަމާއިމެދު ވިސްނަން ޖެހިފައިވެއެވެ. ހައިޒަލްގެ ކަންފަތައް އިތުރު އަޑުތަކެއް ފޯރާ ދުވަހެއްވާނީ އެދެެމެދުގައި ހަނގުރާމައެއް ފެށޭނޭ ދުވަހަށެވެ. މިކޭސް އަލުން ނެގުމަކީ ނުބައި ފާލެކެވެ. ހައިޒަލްއާއި އަޒްހާންގެ ގުޅުން މުޅިދުނިޔެއަށް ފާޅުވެގެންދާނެއެވެ. ހަގީގަތް ފާޅުވުމާއިއެކު އޭނަގެ ހައްޔަރުގެ ދަށުން ހައިޒަލް ވީއްލިގެންދާނެއެވެ. މިހާރުވެސް ހައިޒަލް ހިމޭނުންހުރިނަމަވެސް އެހިތުގައި އޭނަގެ ހިތުގައި ދެކޮޅުވެެރިކަން އުފެދިފައި އޮންނާނޭކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

*** *** *** *** *** ***

އިރުގެ ހޫނުން ދުނިޔެ މާލަމުންދިޔައިރު ޖެހެމުންދާ ފިނިވައިރޯޅިތަކުން ފަޒާގައިވާ އުދާސްކަން ކުޑަކޮށްދެމުންދިޔައެވެ. ރެސްޓޯރެންޓްގެ ޓެރެސްމަތީ ހާމަ ވައިގެ ތެރޭ މަޔާންއާއި އައިޒާން ތިިބިއިރު ދެ ޒުވާނުން އިންތިޒާރުކުރަމުންދިޔައީ މޭޒުކައިރީގައި އިން ޒިޔާމް ވާހަކަދައްކާނޭ ވަގުތަކަށެވެ. ޒިޔާމް އިސްޖަހާލައިގެން އިންއިރު އެދެޒުވާނުންގެ ނަޒަރުތައް ޒިޔާމްގެ މޫނަށް ހުއްޓެމުންދިޔައެވެ.

“އިނގޭތަ އަހަރެން ތިކޭސްގައި މަސައްކަތްކުރަންފެށީ ހާދަ ބޭނުންވެގެނޭ… އެތައްބައެއްގެ މަރު.. އެކަމަކު އަހަންނަށް ލިބުނީ ކޯއްޗެއް… ހުރި ވަޒީފާގަނޑުންވެސް ދަށްވީ… ހުރިހާކަމެއް އޮޅުން ބޮޅުންކުރިމީހުން އެތިބީ މަތީ މަޤާމްތައް މިލްކުކޮށްގެން… ހޫނުކަން އިނގުމަށްފަހު އިތުރަށް އަލިފާނާއި ކުޅޭކަށް ނެތީން… އޭރުން ހަލާކަށް ވެއްޓޭނީ އަހަރެން… މަޔާން ބުނަން.. އަމިއްލަ އަތުން ކައްވަޅު ކޮންނަން ނޫޅޭ…” ޒިޔާމް އެއްނޭވާއިން ބުނެލުމަށްފަހު ގޮނޑި ދުރުކޮށްލައިފައި ދާން ހިނގައިގަތެވެ.

“އާރގް…” މަޔާން ވަގުތުން އަނގަޔަށް ވައްތަރެއް ޖައްސާލައިފައިވާ ގޮނޑިތެރެެއަށް ވެއްޓިގަނެ އަތާއި ފަޔާއި ތަޅުވައިގަތެވެ.

“ބްރޯ އިޓް ވޯންޓް ބީ އީޒީ…” އައިޒާން އިނީ ވަރުބަލިވެ ކަރުއެލުވައިލައިގެންނެވެ. މަޔާން ކޭސް ނެގިފަހުން އަދި އަލިމަގެއް ނުފެންނެއެވެ. އެމީހުންނާއި އެއްބާރުލުން ދޭނޭ ބަޔަކު ނުފެނުނުއިރު ފުރަތަމަވެސް މިފެނުނީ މިކަން ފަސޭހަނުވާކަމުގެ ކޮޅުމައްޗެވެ.

“ގިވްއަޕްއަކީ އަަހަރެންގެ ޑިކްޝަނަރީގައި އޮންނަބަހެއްނޫން… ތެދުފޮރުވައިގެން ކިހާ ދުވަހަކު ތިބެވޭތޯ ބަލާނަން… ޒާން އައްމާރު ޓްރެކްކުރެވޭނޭގޮތެއް އޮތްތޯ ބަލާ… އޭނަ ދާތަންތަނާއި ބައްދަލުކުރާމީހުން ހުރިހާ މައުލޫމާތެެއް އަހަރެން ބޭނުން… އޭނަގެ ޓްރާންސްފަރ ރިކޯޑްސް.. އިންސިޑެންޓް ހިނގުމުގެ ކުރިން ފެށިގެން…” މަޔާން ވިސްނުމެއްގައި އިނދެގެން ކިޔާލިއެވެ. ހަގީގަތާއި ހަމަޔަށް ވާސިލްވާން އޮތް ރާސްތާ އުނދަގުލަސް މަޔާން ހުރީ އެހާ ފަސޭހައިން ބަލިގަބޫލުކުރާގޮތަކަށް ނޫނެވެ. އައްމާރުގެ ހިޔަންޏަށް ފާރަވެރިވާންޖެހުނަސް އޭނަ އެކަންވެސް ކުރާނެއެވެ.

*** *** *** *** *** ***

ނައިނާ ބްލޫސްއާއި ދުރަށްދާން ނިންމައިގެން ހުއްޓަސް ފަހުވަގުތު އެގޮތަކަށް ކަންތަކެއްނުކުރެވުނެވެ. ވަކިހިސާބަކުން އޭނަގެ ވަރުގަދަ އަޒުމްގުޑާލީއެވެ. އޭނަގެ ހިތްވެސް އޭނައާއި ދެކޮޅުހެދީއެވެ. މިފަހަރުވެސް ހިތާއިދެކޮޅަށް ތެދުވަން ނައިނާ ނުކުޅެދުނީއެވެ. ބްލޫސްއާއި ވަކިވާން ނިންމައިގެން ހުރެފައިވެސް އަލުން ވަޒީފާއަށް ނިކުންނަން ފެށީ ހައިޒަލްއާއި ދުރަށް ދާނޭ ހިތްވަރު ނުލިބިގެންނެވެ. ހައިޒަލްގެ ސޫރައަކީ ނައިނާ ހިތަށް އަނިޔާދޭ ހަންޖަރަކަށްވިޔަސް ނައިނާއަށް ފަރުވާލެއްނެތެވެ. އެ ސޫރަ ނުދެކި އުމުރުގެ ބާކީބައި ހޭދަކުރާކަށް ހިތެއް ނޭނދުނެވެ. ނަމަވެސް ހައިޒަލްއާއި ވީހާވެސް ދުރުން އުޅެން ނައިނާ ނިންމިއެވެ. އޭނަގެ ހިތް މަގާމުން ދޫވެގެންދާން އޭނައަށް ފުރުސަތެއް ނުދެވޭނެއެވެ. ދުވަސްތައް ފާއިތުވެ އޭނައާއި ހައިޒަލްގެ ދިރިއުޅުމަށް އެހާ ބޮޑު ބަދަލެއް އައިރު އޭނައަށް މިވަނީ ހަޤީގަތް ޤަބޫލުކުރަންޖެހިފައެވެ.

*** *** *** *** *** ***

ކޮނުނުހެން ފަސްގިނަވާނެއޭ ބުނާ އުސޫލުން އޭ.އެޗް.ފިނޭންޝިއަލްގެ ކޭސްއާއިއެކު މަޔާންގެ ކުރިމަތީ އައްމާރުގެ އެތައްކަމެއް ފެންމަތިވެގެންދިޔައެވެ. ހުރިހާކަމެއް ހާމަވަމުންދިޔައީ ފުލުފުލުގައެވެ. ހައްތަހާވެސް ނުފޫޒު ބޭނުންކޮށްގެން އައްމާރު ހިންދާލައިފައިވާ މައްސަލަތަކެވެ. ނުހައްޤުން ކުށެއް ނެތް ފަރާތްތަކަށް އަދަބުލިބިގެން ނިމިފައިވާ މައްސަލަތަކެވެ. މަޔާން ސިއްރިއްޔާތުގައި އެ މައްސަލަތަކުގެ ފުނަށް ފީނަން ފެށީ އެއްވެސް ފަރާތަކަށް އަންގާލުމެއްނެތިއެވެ. އައްމާރު ހައްޔަރުކުރެވޭވަރަށް ހެކި ލިބިފައިވީނަމަވެސް މަޔާން ކެތްތެރިވެލީ އޭ.އެޗްގެ ކޭސްއަށް އެދެވޭވަަރަށް ހެކިތައް ނުލިބޭތީ އައްމާރު އެކަމުން ބޯ ދަމައިގަންނާނޭކަން ޔަގީންވާތީއެވެ. އޭނަ އައްމާރުގެ ބޮލަށް މަޅިގަނޑު މަހާލާނީ ކަރަށް ވާންވާވަރަށެވެ. ދެވަނަ ފަހަރަށް ބޯދަމައިގަންނަން ނުކެެރޭ ގޮތަށެވެ.

*** *** *** *** *** ***

މިރޭ މާލެއިން ކަރަންޓް ކެނޑިފައިވުމުން މަގުތަކުގައިވަނީ ކައްވަޅުފަދަ އަނދިރިކަމާއި ހިމޭންކަމެވެ. ދުއްވާ އެއްޗެހީގެ ހިލަމެއްވެސް ނެތި ބޮޑެތި މަގުތައް ފަޅުވެފައިވެއެވެ. ބްލޫސްގެ އިމާރާތުގައިވާ އިމަރޖެންސީ ލައިޓްއިން މުޅި އިމާރާތަށް މަޑު އަލިކަމެއް ވެރިވެފައިވާއިރު ހިސާބަކަށް މަގުމައްޗަށްވެސް އެ އަލިކަން ފޯރާފައިވެއެވެ.

ރޭގަނޑުގެ ޝިފްޓާއި ހަވާލުވެގެން ހުރި ނައިނާ ކެބިންގައި އިނދެފައި ބޭރަށް ނިކުމެލީ މާބޮޑަށް ހޫނުވާން ފެށުމުންނެވެ. ރޭގަނޑުގެ ވަގުތުކަމުން ކޯރިޑޯވެސް އޮތީ ހުސްކޮށެވެ. މުޅި ކޯރިޑޯގައިވެސް ވަނީ އެންމެ ހުދު ބޮތްކެއްގެ ފަޑު އަލިކަމެވެ. ހުޅުވާލެވިފައިވާ ބެލްކަނިން ވަންނަމުންދިޔަ ރޯޅިތަކުން ކޯރިޑޯތެރެ ފިނިކުރަމުންދިޔައިރު ނައިނާގެ ފިޔަވަޅުތައް ބެހެއްޓީ ބެލްކަންޏާއި ދިމާލަށެވެ. ފިނިފިނި ވަައިރޯޅިތަކާއި ދުވަހުގެ ވަރުބަލިކަމާއި ނުތަނަވަސްކަން ހަވާލުކުރަމުން ނައިނާ ލޯމަރާލަމުން ރެއިލިންގައި ދެއަތުން ހިފާލިއެވެ. ކުޑަވަގުތުކޮޅަކު އެހެން ހުރެފައި ފިޔަވަޅުތަކުގެ އަޑުއިވިގެން ނައިނާ ލޯހުޅުވާ ބަލާލިއިރު ނައިނާއާއި ދާދިގާތުގައި ކަޔާން ހުއްޓިލީއެވެ. ނައިނާ ހިނިތުންވުންވެލިއިރު ކަޔާންގެ ނައިނާގެ މޫނަށް ބަލާލި ނަޒަރު އެހެން ރޭތަކާއި ތަފާތެވެ.

“ހަނދުވެސް ހާދަ ރީއްޗޭ މިރޭ…” ކަޔާން ބުނެލިއިރު ފަލަކުގައި ވިދަމުންދާ ހަނދުގެ ބަދަލުގައި އޭނާގެ ނަޒަރު ހުއްޓިފައިވާ ނައިނާގެ މޫނަށެވެ. ކަޔާންއަށް ފަލަކުގައިވާ ހަނދަކީ ނައިނާ ފަދައެވެ. ކަޔާން ބުނެލުމާއިއެކު ތަރިތައް ބަބުޅަމުންދިޔަ އުޑަށް ނަޒަރު ސީދާކޮށްލައިގެން ހުރެފައި ނައިނާ އިސްތިރިކޮށްލަމުން ބަލާލިއެވެ.

“ނައިނާ މިރޭ ބޭނުން ވާހަކައެއް ބުނަން…” ކަޔާން އަޑުން ހިސާބެއްގެ ޖެހިލުންވުމެއް ފާޅުވިއެވެ. އޭރު ނައިނާ ކަޔާންގެ މޫނަށް ބަލާލަމުން އެއްބުމައަރުވާލީ ކުރިއަށްދާށޭ ބުނާފަދަ ގޮތަކަށެވެ.

“ކަމޯން.. ކަޔާން… ކުރިންވެސް ކެން މަށާއި ޓޯކްކުރަންދޯ… މިރޭ ކިހިނެތްވެގެން ތިއުޅެނީ…” ކަޔާންގެ ޖެހިލުންވުން ފާހަގަކުރެވިފައި ނައިނާ ލުއިލުއިކޮށް ހީލިއެވެ. އެވަގުތު ކަޔާން ނައިނާގެ މޫނަށް ބަލާލަމުން ލޯމަރާބާރުކޮށްލިއެވެ. އިރުކޮޅެއްފަހުން ލޯހުޅުވާލިގޮތަށް ނައިނާއާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

“ނައި… އަހަންނަށް އިނގޭ ނައި ލޯބިވަނީ ހައިޒަލްދެކެކަން… ހައިޒަލްގެ ސަބަބުން ނައި ސަފަރކުރާކަންވެސް އިނގޭ… ހީޒް ޔުއަރ ފަސްޓް ލަވް… ހަނދާންނައްތާލަންވެސް އުނދަގޫވާނެ… އެކަމް ހީޒް މެރިޑް… ވަރަށް އަވަހަށް ބައްޕައަކަށްވެސް ވާނެ… ނައިނާއަށްވެސް އިނގެއެއްނު… ދެން ނައި ހަމަ ތިހެން ހައިޒަލްގެ އިންތިޒާރުގައި ހުންނާނީތަ؟” ކަޔާންގެ ވާހަކަތަކާއިއެކު ނައިނާގެ މޫނުމަތީގައިވީ ހިނިތުންވުން ވަގުތުން ފޭދިގެންދިޔައެވެ. އެއީ އޭނައަށްވެސް ޖަވާބު ނޭނގޭ ސުވާލެކެވެ. މާސިންގާ ކަނޑުގެ ފުންމިން ނޭނގޭފަދައިން އޭނަގެ ދިރިއުޅުން އޮޔާއި ވަޔާއިއެކު ދާނޭ މިސްރާބެއް ނޭނގެއެވެ. އޭނަ މިހުރީ ވަޔާއި އޮޔާއިއެކު އޭނަ ގެންދާ މަންޒިލަކަށް އޭނަގެ ހަޔާތް ދީލައިލައިގެންނެވެ. ދިރިއުޅުމުގައި އޭނާ ނިންމާނޭ ނިންމުންތަކެއް ނެެތެވެ.

“ނައި ހައިޒަލްއަށް އިންތިޒާރުކުރުމަކީ މިހާރު ބޭކާރުކަމެއް… ދިރިއުޅުމައިގެން ކުރިއަށްދިޔުމުގެ ފުރުސަތު ނައިނާއަށް އޮންނަންވާނެ…” ކަޔާން ވާހަކަދެއްކިއިރު ނައިނާ ތުންފަތުގައި ދަތްއަޅާލަމުން ދެލޯމަރާލިގޮތުން އެ ވާހަކަތައް އަޑުއަހަން ބޭނުންނުވާކަން ހާމަވިއެވެ. ކިތަންމެ މީހަކަށްވެސް ހުދު އޭނައަށްވެސް އެހެން ބުނެ އަމިއްލަ ހިތަށް ވިސްނައިދެވިދާނެއެވެ. ނަމަވެސް އޭނާގެ ހަށީގައި ނޭވާ ހިނގާހާ ހިނދަކު ހައިޒަލްއަށް އިންތިޒާރުކުރުން ހުއްޓައެއްނުލެވޭނެއެވެ.

“ނައި… ޕްލީޒް ބީ މައިން… އައި ލަވް ޔޫ… ހައިޒަލްގެ ލޯބި ހަނދާންނައްތާލާވަރަށް ލޯބިދޭނަން…” އެއީ ކޮންމެ ކުއްޖެއްވެސް އަހާލަން ބޭނުންވާނޭ ލަފްޒުތަކަށްވިޔަސް ނައިނާއަށް އެ ބަސްތައް އަޑުއިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. އޭނަގެ ކަންފަތްދަށުގައި ގުގުރިއެއް ޖެހިފަދައެވެ. ދެލޯބޮޑުކޮށް ލެވިގެންދިޔައިރު ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީއެވެ. އެވަގުތު ކޯރިޑޯއިން ހިނގާލައިފައި އައި ހައިޒަލްއަށް ސާފުކޮށް އެޖުމްލަތައް އަޑުއިވުނެވެ. ހައިޒަލްގެ ފިޔަވަޅުތައް ބިމަށް ތަތްވިއިރު ފާރަށް ލެގިލެވުނީ ގައިން ވަރުދޫވެދާނެހެން ހީވެގެންނެވެ. އެޖުމްލަތަކުން އޭނަގެ ހުރިހާ އުފަލެއް އަނދާއަޅިއަށް ހަދާލިއިރު ހައިޒަލްއަށް ބޯހޫރާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ކުށަކާ ނުލާ 18

Next

ލޯތްބެއްގެ ފެށުން 28

Next
August 1, 2019

ލޯތްބެއްގެ ފެށުން 28

Previews
July 31, 2019

ކުށަކާ ނުލާ 18

129 Comments!

  1. dhiraa wish says:
    July 31, 2019 at 1:13 pm

    dhuvas kolheh vehjje dhw suprise eh nudheveythaa.. ehenve miothy suprise akah dhigu ep eh genesdheefa.. ummedh kuran kamudhaane kaamah.. 64 vana bayah inthizaaru kohlaa

  2. Nai Naa says:
    July 31, 2019 at 1:19 pm

    Wow.. amazing.. thanks for the surprise.. v ufaa vejje aslu ves

    1. dhiraa wish says:
      July 31, 2019 at 9:28 pm

      thnks dear

  3. Nai Naa says:
    July 31, 2019 at 1:20 pm

    Yeyyy.. me first finally.. school in aissa mi balaalee.. monta ge story up kuritho but thanks dhiraa

    1. dhiraa wish says:
      July 31, 2019 at 9:30 pm

      welcome dear

  4. jijj says:
    July 31, 2019 at 1:26 pm

    I balaili iru ehvec kuhjehge comment neiy
    … Ekm maa ufaa vehje surprise part ehkiyaalan libunyma???..This part is outstandingg???..So curious to c wats gonna be happenn.Btw me second dhw..Luv ya so much ingeyy sissyy

    1. dhiraa wish says:
      July 31, 2019 at 9:32 pm

      thnks dear. luv u 2 darling

  5. DHONTHY says:
    July 31, 2019 at 1:44 pm

    Alheyyy dhiraa❤️❤️❤️???? v surprise vejje.. Kiyaalaafa comment kolaanan ingey dear

    1. dhiraa wish says:
      July 31, 2019 at 9:34 pm

      owk dear

  6. Juwai Ner says:
    July 31, 2019 at 2:01 pm

    Nahu Xaad Shixoo Izkaan Afeef

    1. dhiraa wish says:
      July 31, 2019 at 10:36 pm

      thankss dear

  7. Lady says:
    July 31, 2019 at 2:09 pm

    Thanks for the surprise…
    Keep it up

    1. dhiraa wish says:
      July 31, 2019 at 9:44 pm

      welcome dear

  8. DHONTHY says:
    July 31, 2019 at 2:12 pm

    Vvv reethi mi part ?????? dhen avahah nainaa au hageegai kiyaadheynveenu… V inthizaaru kurevey eba hanguraama fesheyne dhuvahakau?? Hehe.. Vaahaka hama v interesting ingey.. Adhi 1 apart upkolladheebal .. Pls

    1. dhiraa wish says:
      July 31, 2019 at 9:45 pm

      thnks dear.. i am trying my best

  9. Sshau says:
    July 31, 2019 at 2:21 pm

    Vry rythi mi part vs dhiraa ☺️?? Keep it up

    1. dhiraa wish says:
      July 31, 2019 at 9:46 pm

      thnks dear

  10. Meekkomee says:
    July 31, 2019 at 2:23 pm

    Vvvvv reethi ?????????? waiting for next part ?????? luv ur story so much ❤️❤️❤️❤️?

    1. Meekkomee says:
      July 31, 2019 at 6:01 pm

      Whn is next part

    2. dhiraa wish says:
      July 31, 2019 at 9:47 pm

      thnks dear… insha allah will upload it soon

  11. Aby. says:
    July 31, 2019 at 2:24 pm

    Wow. Thanks… Vvv ufaavejje… Unmmmmmah..??

    1. dhiraa wish says:
      July 31, 2019 at 9:52 pm

      thnks dear

  12. Dream says:
    July 31, 2019 at 3:03 pm

    Hama rovijje. Diraa mi part maa reethi. ????????????????????????????????
    ?????naina kairi bunee noonekey bunaashey. Other wise hai ge hiy halaaku vaane.plz. best of luck to the next. Waiting ingey. When is the next part.?????????????????❤?????????????????????????????????????????☺??????☺???????????????????? once again all the best.

    1. dhiraa wish says:
      July 31, 2019 at 9:51 pm

      thnks dear. its up to nai dww… nai ah abadaku nuhureveyne ehnu hai ge inthixaaraku eh vx… love means have to take some risks dww… lets ccc

  13. Qwerty says:
    July 31, 2019 at 3:04 pm

    Balaalaafaves heekuree that’s yesterday’s part kamah,dhen checkeh jahaaleehama,and was really surprised.!? Thank you dhiraa, story is awesome, kyp it up…….?????

    1. dhiraa wish says:
      July 31, 2019 at 9:54 pm

      thnks dear

  14. Re says:
    July 31, 2019 at 3:06 pm

    Hai,Don’t ever forgive that alhaan and raihana, they played with your lyf,now it’s time hai play with them and put them behind bars. Story varah varah reeeethio

    1. dhiraa wish says:
      July 31, 2019 at 9:55 pm

      thnks dear… hai hadaa ehcheh vx balamaa dww

  15. me says:
    July 31, 2019 at 3:19 pm

    ♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤
    ♡❥♡❥♡❥♡❥♡❥♡❥♡❥♡❥♡❥♡❥♡❥♡❥
    ……………………………………………………….. . ރީތި ވަރަށް

    1. dhiraa wish says:
      July 31, 2019 at 9:57 pm

      thnks

  16. belle says:
    July 31, 2019 at 3:21 pm

    Adhi mi story ge kithah parts ebain tha?

    1. dhiraa wish says:
      July 31, 2019 at 10:00 pm

      liyamun daa vaahaka eh veema kithah part kan baakee inee bunan adi undagoo.. bt mihaaru midanee ninmumaa dimaalah..

  17. Anonymous says:
    July 31, 2019 at 3:23 pm

    Tнïร ïร ʝบรт พ๑พ… вεαบтïƒบℓ. H๑ρε т๑ รεε α ทεพ ραят ร๑๑ท.
    ??????

    1. dhiraa wish says:
      July 31, 2019 at 10:02 pm

      hehehe thnks dear.. insha allah will upload soon

  18. Haizal's says:
    July 31, 2019 at 3:26 pm

    Ohhh.. bring the jealous and protective hai again.. it will be fun.. love triangle ehge fehtumeh…
    Dhn alhe shalee and mayaan okey kohla bala sis..
    Please

    and yeap like always mi bay vx vrh vrh reethi
    Dhn oeh bayah inthizaaru
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. dhiraa wish says:
      July 31, 2019 at 10:02 pm

      thnks dear…. dhiraa keeh kuranee ehvarehge bwwharu kudin kolheh miulhenee mi stry ga…

  19. ? says:
    July 31, 2019 at 3:28 pm

    ✿❀✿❀ ?‌?‌?‌?‌?‌?‌?‌?‌? ✿❀✿❀

    1. dhiraa wish says:
      July 31, 2019 at 10:03 pm

      thnks dear….

  20. kolaveri says:
    July 31, 2019 at 3:37 pm

    ? ??? ? ? ???
    ? ? ? ? ? ??
    ??? ??? ? ???

    1. dhiraa wish says:
      July 31, 2019 at 10:06 pm

      oww thnks dear

  21. kolaveri says:
    July 31, 2019 at 3:39 pm

    ? ??? ? ? ???
    ? ? ? ? ? ??
    ??? ??? ? ???

    1. dhiraa wish says:
      July 31, 2019 at 10:10 pm

      thnks dear

  22. kolaveri says:
    July 31, 2019 at 3:40 pm

    ? ??? ? ? ???
    ? ? ? ? ? ??
    ??? ??? ? ???

    Nice story

    1. dhiraa wish says:
      July 31, 2019 at 10:12 pm

      thnks dear

  23. Hihihi says:
    July 31, 2019 at 3:50 pm

    ʇı sәʌol ʎllɐʇo⊥
    ˙lnɟıʇnɐәB
    Waiting for next part diraa love

    1. dhiraa wish says:
      July 31, 2019 at 10:31 pm

      thnks

  24. Aanaa says:
    July 31, 2019 at 4:03 pm

    Vv salhiey mibaaves
    Thanks dhiraaa next part ge inthixaaruga,,

    1. dhiraa wish says:
      July 31, 2019 at 10:37 pm

      thnks dear

    2. dhiraa wish says:
      July 31, 2019 at 10:38 pm

      thankss dear

  25. Anonymous says:
    July 31, 2019 at 4:04 pm

    ?Ⓜ??♿?♿♿♿?????????????????????㊙??㊗?????????????????????????????????? ______$$$$$$$$$$$
    ____₩$$$$$$$$$$$$$$$$$$$mivarun fudeybethr??

    1. dhiraa wish says:
      July 31, 2019 at 9:59 pm

      hehehehehe……fudi ithuru vaane ehnu… thnks dear

  26. azker says:
    July 31, 2019 at 4:17 pm

    Thank uuuuuuuu??????♥️♥️♥️♥️♥️♥️♥️♥️

    1. dhiraa wish says:
      July 31, 2019 at 9:58 pm

      welcome dear

  27. AMAAN says:
    July 31, 2019 at 5:10 pm

    vvv rythi mi part ves…. hai aa nai aaa dhemyhun gulhuvabala avahah…..

    1. dhiraa wish says:
      July 31, 2019 at 9:57 pm

      thnks dear… nai noolhe ey goih dookuraakah.. dhiraa v try kurameynai cnviss kuran.. hai ge bass gabool nukuraa meehaku dhiraage bass gabooleh nukuraane ehnu

  28. Lam says:
    July 31, 2019 at 5:26 pm

    I want to ask something
    Who is kayaan ?

    1. dhiraa wish says:
      July 31, 2019 at 10:41 pm

      kayaan is a staff who works with naina.. kuree baeh parts thakugaves ihnaane kayaan ge dhethin baeh

  29. ZelluYaan says:
    July 31, 2019 at 5:46 pm

    WOW.. <3..

    1. dhiraa wish says:
      July 31, 2019 at 10:40 pm

      thnks

  30. Ziyaa says:
    July 31, 2019 at 6:29 pm

    Vvvvvv reethi kone part eh vess kiyan comment nukurias vv enthizaru kuran thankolheh avass kohl adhering

    1. dhiraa wish says:
      July 31, 2019 at 10:41 pm

      thnks dear

  31. Nonni says:
    July 31, 2019 at 7:19 pm

    It’s an amazing story?? I just love this??? n this is my fav story I’ve ever read. Dhiraa u r so talented Maashaa Allah. May God bless you. I LOVE YOU?????

    1. dhiraa wish says:
      July 31, 2019 at 9:56 pm

      thnks so much dear….. happy to hear tht…. luv u too darling

  32. ? says:
    July 31, 2019 at 7:49 pm

    | [ ]
    | ❤️ | |
    | [______]

    1. dhiraa wish says:
      July 31, 2019 at 10:49 pm

      thnks

  33. ? says:
    July 31, 2019 at 8:03 pm

    (◕‿◕✿)

    1. dhiraa wish says:
      July 31, 2019 at 10:48 pm

      thnks

  34. Erey says:
    July 31, 2019 at 8:39 pm

    ☔☔☔☔☔☔☔☔☔☔☔
    Waiting is hard. ☂️☂️☂️☂️
    Waiting is painful. ?️?️?️
    Waiting is crazy ?️?️?️
    But Waiting is worthwhile
    For stories like this
    Stories which are enchanting
    Stunning, admiring, mesmerising……….
    ⛱️⛱️⛱️⛱️⛱️⛱️?⛱️⛱️⛱️⛱️

    1. dhiraa wish says:
      July 31, 2019 at 10:46 pm

      heheh thnks dear… adi wait kohlaa

  35. Storyreader says:
    July 31, 2019 at 8:41 pm

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    ?Need more surprises?

    1. dhiraa wish says:
      July 31, 2019 at 10:47 pm

      thankss dear.. keep waiting for more surprises

  36. Fan of Dhiraa says:
    July 31, 2019 at 8:48 pm

    ???????????
    Mohabbat barsa dena tu, dhiraa’s surprise aaya hai
    ???????????
    Story aur readers milne ka mausam aaya hai
    ???????????

    1. dhiraa wish says:
      July 31, 2019 at 9:53 pm

      hehehehhe.. thnks dear

  37. Anonymous says:
    July 31, 2019 at 8:55 pm

    Hope u will
    ?
    ?
    ?️?️®️T
    ?

    1. dhiraa wish says:
      July 31, 2019 at 9:49 pm

      insha allah dear

  38. Rai says:
    July 31, 2019 at 9:01 pm

    Saabahey thikuraa hihvarah.I’m proud of you dhiraa sis.When next part

    1. dhiraa wish says:
      July 31, 2019 at 9:49 pm

      thnks dear.. insha allah soon

  39. Me says:
    July 31, 2019 at 9:32 pm

    Keehvetha ehaa lahun upkurany

    1. dhiraa wish says:
      July 31, 2019 at 9:55 pm

      sry dear.. i am trying my best to upload soon… insha allah will upload soon

  40. E says:
    July 31, 2019 at 9:34 pm

    Keehvetha ehaa lasvany story upvaadheh

    1. dhiraa wish says:
      July 31, 2019 at 9:49 pm

      sry dear…. dhiraa ah time veevarakun dhiraa up kohdein eba.. n dhiraa try mi kuranee atleast deduvahun ehduvahu up kureveythww…

  41. Jeon Jungkook says:
    July 31, 2019 at 9:37 pm

    Alhey please tomorrow night ga next part up kohdheythi Plxxx. ????
    It’s awesome ??????????

    1. dhiraa wish says:
      July 31, 2019 at 9:48 pm

      i am trying dear…. thnks

  42. Naxoo says:
    July 31, 2019 at 11:25 pm

    Mivaahaka kiyaa iru handhaan vany Legend of the blue sea ga Le Min Ho mama gelligen faadehge kaaehcheh meeruvegen ulhey handhaan, egothah haizal ahvess Hama naina gena sandwich hailaa thayaarukuraa meeruvegen Hama eh seen eh copy, bt that is not a problem ????

    1. dhiraa wish says:
      July 31, 2019 at 11:45 pm

      thankss dear.. dear thihen buneema faahaga mivee ves.. legend of blue sea belithaa varah dhuavasvehjje.. e series ge ethankolhu fenifa eh noon e scene genesfa eineekee.. hama liyunu vaguthu ai idea eh.. and haizal ah sandwich ge raha familiar vee

  43. Aff says:
    July 31, 2019 at 11:59 pm

    Wow suprise… Thanks dhira nme best writer thy …??

    1. dhiraa wish says:
      August 1, 2019 at 11:31 pm

      Thankss dear.. im really happy to hear that

  44. Hai says:
    August 1, 2019 at 12:37 am

    Surprise varah surprising hama ekm ahdhihyoai thiyoh vee gotheh haizal ah alheyyy and criminals ves kuda golheege dhuvasthah kurimathi vaan eh ulheny Saabas igey dhira??? shaleen ge part eh neh mi baiga aslu main characters ge kuda bayeh viyas komme part eh ga himaanaalun kihineh vaane?keep it up dhiraa avas aruvaaalafa nunimahchey Hama thihen readers ge hihthah thalhuvaalahchey???♥️

    1. Zell says:
      August 1, 2019 at 1:27 pm

      Maun character akee haizal ehnu?? Dhiraa.. shalee eii main character tha

    2. dhiraa wish says:
      August 1, 2019 at 11:35 pm

      Hehehe.. kuhverinah adhabu dhey hithun haige keih therikan kudavanee dhw… shalee ge part eh varah avahah ahnaanee hai thibuni thankolhaai medhu visnaanan ingey thankss for the idea

    3. dhiraa wish says:
      August 1, 2019 at 11:38 pm

      Zell.. meega ulhey main 4 characters.. haizal naina shaleen and mayan.. enme important character akee haizal vaahaka bodah binaavaanee haizal ge mahchah

  45. Xaaan says:
    August 1, 2019 at 8:30 am

    Masha Allah mi partves vvvvvvvvvvvvvvvvvvvvvvvv reethi v furihama thnx dhiraa waitin next part

    1. dhiraa wish says:
      August 1, 2019 at 11:40 pm

      Thankss dear.. next part up kohlaafa ihnaanee

  46. Suha says:
    August 1, 2019 at 9:06 am

    When is the next part!?!?!???

    1. dhiraa wish says:
      August 1, 2019 at 11:42 pm

      Mihaaru upkohlaafa ihnaanee

  47. ®¥N says:
    August 1, 2019 at 10:57 am

    V ves Reethi

    1. dhiraa wish says:
      August 1, 2019 at 11:44 pm

      Thankss dear

  48. Eekko 11 says:
    August 1, 2019 at 11:00 am

    V.reethi I’m proud of you thikahala vaahaka eh genes dheythy. I love this story mihaaru Hama nuhurevey comment nukoshah.?????????????v loabi ey vaahaka alhey I am gonna faint because of this story ???. Dhiraa haadha molhey may allah protect you from devil eyes. Dhiraa ly and tc. Next part Ava’s kodheeba waiting curiously

    1. dhiraa wish says:
      August 1, 2019 at 11:45 pm

      Thankss dear… varah ufaavey thihaa support vaathee.. thee dhira eh dhey varah bodu hiyyvareh

  49. nanaa says:
    August 1, 2019 at 11:02 am

    noon dhiraa haixal N nainaa noony nugulhuvaathi plx plx ?????ehen noony vaahaka hadi vaane ??
    ehen vejjeyyaa hai ah varah hart vaane dhoa???
    dhiraage hurihaa vaahaka eh ves vvvvvv reethi????

    1. dhiraa wish says:
      August 1, 2019 at 11:49 pm

      Thanks dear.. hai amihla ah huregen amihla nafsah hurt kuranyya dhira keehkuraanee.. next part kiyaalabala nai buni ehjeh balaalan

  50. Noora says:
    August 1, 2019 at 12:52 pm

    Plx nai..yes nubunaa thi..hi jealous kuran shey kiyaafa yes bunegn story olhun bolhun vaany…plx plx dont say yes

    1. dhiraa wish says:
      August 1, 2019 at 11:52 pm

      Hai ehnu ulhenee nai jealouskuran.. next part kiyaalabala naina bunaa ehjeh balaalan

  51. Pretty girl says:
    August 1, 2019 at 2:10 pm

    Are you a boy or girl .what is your name. and this part is nice goodbye waiting for the next part

    1. dhiraa wish says:
      August 2, 2019 at 9:19 am

      i am a girl… my name is dhiraa… thnks……. next part up kohlaafa inaanee

  52. Eeko says:
    August 1, 2019 at 3:48 pm

    Dhiraaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!

    1. dhiraa wish says:
      August 1, 2019 at 9:07 pm

      alhey darooooo haada baarakashey thi govaalanee… dhiraa mihuree ey

  53. Eeko says:
    August 1, 2019 at 3:49 pm

    Dhiraaaaaaaaaaaaaaa!
    Whr r u deaaaaarryyyy!

    1. dhiraa wish says:
      August 1, 2019 at 9:08 pm

      alhey daroo dhiraamihureenu…. dhiraa v bxy koh miulhenee

  54. naizal says:
    August 1, 2019 at 4:17 pm

    nai plx plx don’t say yes to kiyaan ???plx nai???plx nai??? love you

    1. dhiraa wish says:
      August 1, 2019 at 11:47 pm

      Dear thiulheny kayaan ge hiyy halaaku kohlaakahnu.. next part kiyaalabala nai buni ehjeh balaalan

  55. Reesh says:
    August 1, 2019 at 4:23 pm

    dhiraa sis 64 miry up kuraanetha ???????????????????????????????????????????????????????????????????

    1. dhiraa wish says:
      August 1, 2019 at 11:50 pm

      Up kohlaafa ihnaanee dear

  56. Anonymous says:
    August 1, 2019 at 4:28 pm

    ????????????????????????????????????????????????????????????????????????????????????????????????

    1. dhiraa wish says:
      August 1, 2019 at 11:53 pm

      Wow.. thankss dear

  57. ⭐ says:
    August 1, 2019 at 4:50 pm

    D ashing
    I dealistic
    R ealistic
    A wesome

    That’s how I define your name Dhiraa dear, your story is lovely.

    1. dhiraa wish says:
      August 1, 2019 at 11:55 pm

      Dear right now im speechless.. thanks dear.. so happy to hear such wonderful words

  58. A says:
    August 1, 2019 at 4:55 pm

    ????⭐?⭐?⭐?⭐?⭐?⭐?⭐?⭐?⭐?⭐????Story habeys?⭐?⭐?⭐?⭐?⭐?⭐?⭐????⭐?⭐?⭐????⭐?⭐?⭐?⭐?⭐?⭐Hurihaa stars thah Dhiraa ah?⭐?⭐????⭐?⭐?⭐?⭐?⭐?⭐?⭐?⭐?⭐??????⭐?⭐

    1. dhiraa wish says:
      August 1, 2019 at 11:56 pm

      Alheyy.. mulhi galaxy dhira ah dheefa ehnu miothy… thank you so much dear

  59. Shh says:
    August 1, 2019 at 4:58 pm

    ….Waiting………………………………..
    Waiting………………………………..
    …………………………………. Waiting
    ……………….. Waiting………………
    ………I’ll be right here waiting for you……………………………….

    1. dhiraa wish says:
      August 1, 2019 at 11:57 pm

      Thankss dear for waiting patiently.. next part upkohlaafa ihnaanee.. enjoy reading

  60. Crazyreader says:
    August 1, 2019 at 5:03 pm

    ??????????
    inteha Ho Gayi Intezaar Ki
    ??????????
    Aayi Na Kuchh Khabar Mere Yaar Dhiraa Ki
    ???????????
    yeh Hamein Hai Yakeen Bewafaa Woh Nahin Phir Wajah Kya Hui Intezaar Ki
    ???????????

    1. dhiraa wish says:
      August 2, 2019 at 12:00 am

      Waawaa.. thankss dear

  61. Crazy reader says:
    August 1, 2019 at 5:07 pm

    **** Hume this story se pyar kithnaa ye hum nahi jaante****
    Koba story aneh part mirey kiyaaleveyne dho?

    1. dhiraa wish says:
      August 2, 2019 at 12:01 am

      Thankss dear.. yes aneh part up kohlaafa ihnaanee

  62. ja says:
    August 1, 2019 at 7:42 pm

    its just beautiful <3

    1. dhiraa wish says:
      August 2, 2019 at 12:02 am

      Thankss dear

  63. Himi says:
    August 1, 2019 at 7:50 pm

    Ooh salhi

    1. dhiraa wish says:
      August 2, 2019 at 12:03 am

      Thankss dear

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 64-1←


All Right Reserved!