Skip to content
އެސްފިޔަ

ރާސްތާ ސީޒަން2 (ޝަޚުސިއްޔަތްތަކުގެ ތައާރަފު)

ޔޫސުފް:

ޔޫސުފްއަކީ މާނީއާ އާރާޝްގެ ދޮށީ ދަރިފުޅެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި އާރާޝް ފަދައިން ގިނަ މީހުންގެ ސަމާލުކަން  ޔޫސުފްއަށް ވެސް ލިބިގެން ދެއެވެ. އާރާޝް ފަދަ ކާމި ޔާބު ޝަޚްސިއް ޔަތަކަށް ވޭތޯ  ޔޫސުފް މަސައްކަތް ކުރެއެވެ.

ޔާޒް:

ނަވްޔާއާއި މާއިޒްގެ ދޮށީ ދަރިފުޅު ޔާޒް ސަބަބުތަކަކާ ހެދި އޭނާގެ މަންމައާ ބައްޕައާ މެދު އޮންނަ ގުޅުން ރަނގަޅެއް ނޫނެވެ. ބޮޑުވެގެން އައިރު  ޔާޒް ގެންގުޅުނީ މާ ރަނގަޅު އެކުވެރިންނެއް ނޫނެވެ.  މާއިޒް ފަދައިން  ޔާޒްއަކީވެސް އަންހެން ކުދިންގެ ހިތްތައް ލަންބުވާފަދަ ރީތި ސޫރައެއްގެ ވެރި ޒުވާނެކެވެ.  އުމުރުން ވީހާ ދުވަހަކަށް ވުރެ ގިނަ ލޯބިވެރިން  ޔާޒް ގެންގުޅުނެވެ. އެހެނަސް  ޔާޒްއަށް ހަގީގީ ލޯބި ވެވެނީ އޭނާ އެންމެ ހީނުކުރާ ކުއްޖާދެކެއެވެ.

އަލް ޔަސް:

އަލްޔަސްއަކީ ރާއްޖޭގެ އަރަމުން އަންނަ ޒުވާން ފުޓުބޯޅަ ކުޅުންތެރި ޔެކެވެ. އަލްޔަސްގެ ބުރަ މަސައްކަތުން ކޯޗުންނާ ދިވެހިންގެ ލޯބި ހޯދައެވެ. އެހެނަސް އެމީހެއްގެ ލޯބި އެންމެ ބޭނުންވި ފަރާތުގެ ލޯބި ހޯދަން އަލްޔަސް ނުކުޅެދެއެވެ.

އަލައިކާ:

އިޝްމާއާ އަކްމަލްގެ ދަރިފުޅު އަލައިކާ މާނީ ފަދައިން ވެގެން ދަނީ ކުޅިވަރު ނޫސްވެރިޔަކަށެވެ. ބައްޕަ އަކްމަލް އަދި ދެބޮޑު ބޭބެއިން ކަމަށްވާ މާއިޒްއާއި އާރާޝްގެ އިތުރަށް އޭނާގެ ދެބެއިންގެ ދެދަރި ޔޫސުފްއަކީވެސް ފުޓުބޯޅަ ކުޅުންތެރިންނަށް ވުމުން އަލައިކާގެ ހިތުގައި ފުޓުބޯޅައަށް ޚާއްސަ ލޮތްބެއް އުފެދިގެން ދެއެވެ. ފުޓުބޯޅަ ޚަބަރުތައް ކަވަރު ކުރަން އުޅުމުގެ ތެރޭގައި އަލައިކާއަށް ކުޅުންތެރިއެއް ދެކެ ލޯބިވެވެއެވެ.

އައިރާ:

އިސްރާއާއި އަހުސަމްގެ ދޮށީ ދަރިފުޅު އައިރާއަކީ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. އިސްރާ ފަދައިން އައިރާގެ ލޯބީގެ ހަޔާތް ފެށިގެން ދަނީ ހިތްދަތިކޮށެވެ. އެތައް ފަހަރަކު ހިތް ކުދިކުދިވެގެން ދެއެވެ. އެހެނަސް އުންމީދު ނުކޮށް ހުއްޓާ އައިރާގެ އަތުގައި އޭނާދެކެ ލޯބިވާ ޒުވާނަކު ހިފައެވެ. އެ އަތުގައި ހިފައިގެން ކުރިއަށް ދެވޭތޯ އައިރާ މަސައްކަތް ކުރެއެވެ. ނަމަވެސް ކުރީގެ ލޯބިވެރި ޔާގެ އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.

ނަވާރް/ އިސްރާ:

އުމުރުން އަށާރަ އަހަރުވާ ފަހުން ނަވާރްއަށް އޭނާގެ ހަގީގަތް އެނގެއެވެ. ބަލާ ބޮޑު ކުރީ އަމިއްލަ މައިން ބަފައިން ނޫންކަން އެނގުމާއެކު ހިތް ކުދި ކުދިވެގެން ދެއެވެ. ނަވާރް އޭނާގެ އަސްލު މައިންބަފައިން ހޯދަން މަސައްކަތް ކުރެއެވެ. އެ މަސައްކަތުގައި އުޅެނިކޮށް އޭނާއަށް ނުހަނު ހެޔޮއަދި ރަނގަޅު އެކުވެރިން ލިބިގެން ދެއެވެ.

މިއީ މި ވާހަކައިގެ މައިގަނޑު ޝަޚްސިއްޔަތު ތަކުގެ ކުޑަ ތަޢާރަފްއެކެވެ. އިންޝާﷲ މި ޝަޚްސިއްޔަތުތަކާ އެކު ރާސްތާ ސީޒަން ދޭއް  ކިއުންތެރިންނާ ހަމައަށް އަންނާނެއެވެ. އިންތިޒާރުކޮށްލަށްވާ………….

Comments (5)

  1. jiji

    Oh season two feshy dhw..yey…sis thaaraf habeys ingey..plx avahah season 2 ge first part genesdhehchey… I m really happy to meet you after a long time….Btw me finstead dhw..ly??♥?

  2. Meekkomee

    season two feshynyy dhee finally yesssh lysm siss cant wait to read it ly

  3. Daisy quinn

    Owwwn…kiyaaa curiously waiting….

  4. Taehyung ??

    OMG SEASON 2 can’t wait for the first ep 1 !!
    Season 1 gothahh salhi vaanehh kamahh umeedhu kuraan
    ????????????????????????

  5. Nayaa

    OMG… Season 2 fashanee dhw.. Super curious to knw.. Kn iraku fashanee.. I ah varah reethi ALAIKA’ that name. ?????????

Comments are closed.