މަގުމަތީގައި ފުދޭވަރަކަށް މީހުން ގިނަ ވަގުތެކެވެ. ކާރޫބާރޫ ބޮޑު މަގުތަކުން އިވެމުން ދިޔައީ ބަރުގޮނުގެ އަޑެވެ. ކައިލަންގެ ކޭސް އާއި ބެހޭގޮތުން ފުލުހުންގެ ތަޙުޤީގަށް ބޭނުންވާ ބައެއް މަޢުލޫމާތު ދީފައި، ރައިން ފުލުހުންގެ އިދާރާއިން ނުކުތެވެ. އިރު އޮއްސުމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. ރައިން ސައިކަލަށް އަރައި ދުއްވާލިތަނައި، ފޯނު ރިންގްވާން ފެށިއެވެ. މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލާފައި، ޖީބުގައި އޮތް ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖައްސައިލި ރައިން ދިޔައީ ސިއްސައިގެންނެވެ.
********
“ނާބިހް އަމިއްލައަށް މަރުވީކީ ނޫން… ބަޔަކު އޭނަ މަރާލީ…” އިވުނީ ފިރެހެނެއްގެ އަޑެވެ.
ސްކްރީނަށް އަރާފައިވާ ނަންބަރަށް ރައިންއަށް އަވަސް ނަޒަރެއް ދެވުނެވެ. ގުޅާފައި އޮތީ ނުދަންނަ ނަންބަރަކުންނެވެ. އޭނަ އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އޭރުވެސް އެމީހަކު އެ ޖުމްލަތައް ތަކުރާރުކުރަމުން ދިޔަ އަޑު އިވެއެވެ.
“ތިކަން ފުލުހުންނަށް ރިޕޯޓުކޮށްފިންތަ؟…” ރައިންއަށް ސުވާލުކޮށްލެވުނެވެ.
ރައިންގެ ސުވާލާއިއެކު ފޯނުގެ އަނެއްކޮޅުން އިވުނީ ހޭން ފެށި އަޑެވެ. އެ އަޑު ބާރުކަމުން ރައިންއަށް ފޯނު ދުރުކޮށްލެވުނެވެ. އެމީހާ ހުނުން ހުއްޓައިލަންދެން ރައިންއަށް ޖެހުނީ އެއްޗެއް ނުބުނެ ކެތްތެރިވެގެން ހުންނާށެވެ. އޭނަ ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. އެކަމަކު ކަމުގެ ބާވަތުން ކެތްތެރިކަން އިސްކުރަން މަޖުބޫރުވީއެވެ.
“ފުލުހުންނޭ… ތިޔަ ބުނާ ފުލުހުންނަކީ މާ މާތް ބަޔެއް ކަމަށްތަ ތި ހީކުރީ…” އެމީހެއްގެ އަޑުގައިވީ ހަރުކަށިކަމެވެ.
“އަހަރެން ތި ފުލުހުންނަކަށް އިތުބާރެއް ނުކުރަން… ޙަޤީގަތް އެނގެން ބޭނުމިއްޔާ މިރޭ އެގާރަ ޖަހާއިރު، އަހަރެން މި ފޮނުވާ އެޑްރެހަށް އާދޭ…” އެމީހާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.
ފޯނު ކަންފަތުގައި ޖެހިގޮތަށް ރައިން އިރުކޮޅަކު ވިސްނަން އިނެވެ. އޭނަ ސިހޭގޮތްވީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. އަވަސްއަވަހަށް އޭގައި އޮތް އެއްޗެއް ކިޔާލިއެވެ.
“ހެންވޭރު މޫންލައިޓް…” މެސެޖުގައި އޮތެވެ.
**********
ޔުމާން އައިސް ކޮޓަރިއަށް ވަތްއިރު، އިރުއޮއްސި އަނދިރިވެއްޖެއެވެ. މުޅި މީހާ ހުރީ ދާހިއްލައި ފޯވެފައެވެ. އޭނަ މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައިވާ ކުޑަ އެނދުގެ ކައިރީގައެވެ. އެނދުގައި ލޯބިކޮށް ނިދާލާފައި އޮތީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.
އިޝާ ލިބުނުފަހުން، އިވްޔާގެ ހަނދާންތަކާއި ދުރަށްދާން ޔުމާންއަށް ކޮންމެވެސް ވަރަކަށް ފަސޭހަވިއެވެ. އެދަރިފުޅަށް ދޭންވާ ލޯތްބާއި އަޅާލުން އެންމެ ފުރިހަމައަށް ނުދެވޭކަން އޭނަވެސް ޤަބޫލުކުރެއެވެ. އެކަމާއި ދެރަވެސްވެއެވެ. އެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. ބައްޕައެއްގެ ލޯބި އެދަރިފުޅުވެސް އިންތިހާއަށް ބޭނުންވާނޭކަން ޔުމާންއަށް އެނގެއެވެ. އެކަން އެނގި ހުރެވެސް، އޭނައަށް ފަރުވާކުޑަ ކުރެވެނީއެވެ.
އިޝާ އާއި ޚިލާފަށް ކައިލަންގެ ކޮންމެ ކަމަކަށް ޔުމާން ވަގުތު ހުސްކުރިއެވެ. ކައިލަންގެ ކޮންމެ ކަމެއް ކޮށްދޭން އޭނަ ހުންނަނީ ތައްޔާރަށެވެ. މީހަކު ބުނާކަށް ނުޖެހެއެވެ. ކޮންމެ ދުވަހަކު އެކީގައި އެތައް ވަގުތެއް ހޭދަކުރިއެވެ. އެއިން އެއްވެސް ކަމަކާއި ނަތާޝާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެ ހިތުގައި ވޭން ނާޅާތީއެއް ނޫނެވެ. އޭނަ ދެރަވެއެވެ. އެކަނި ހުރެ ރޯންވެސް ރޮޔެވެ. އެކަމަކު ޔުމާންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ޝަކުވާ ކުރަން ބޭނުން ނުވަނީއެވެ.
އިޝާގެ ބޮލުގައި ފިރުމާލުމަށްފަހު ޔުމާން ދޫކޮށްލީ ފުން ނޭވާއެކެވެ. ލައިގެން ހުރި ގަމީސް ހަށިގަނޑާއި ވަކިކޮށް، އެނދުމަތީގައި ބާއްވާލާފައި، އޭނަ ހިނގައިގަތީ ފާޚާނާއަށް ވަންނާށެވެ. ޔުމާން ތަޅުގައި ހިފާލިތަނައި، އެތެރެއިން ދޮރު ހުޅުވާލިއެވެ. ހަށިގަނޑު އަރި އަޅައިލަން އުޅުނެވެ. ދޮރުކަނީގައި އެއް އަތް ވިއްދައި، ހަށިގަނޑު ބެލެންސްކޮށްލި ނަމަވެސް، އަނެއް އަތް ގޮސް ޖެހުނީ، ފާޚާނާއިން ނުކުތް ނަތާޝާގެ މޭގައެވެ.
ނަތާޝާ ހުރީ ހުދުކުލައިގެ ތުނި ޓީޝާޓެއް ލައިގެންނެވެ. އުނަގަނޑުގައި އައްސާލާފައި އޮތީ، ކަކުލަށްވުރެ މައްޗަށް ހުރި ތުވާއްޔެކެވެ. ކަނދުރާ އާއި ހަމައަށް ކޮށާލެވިފައިވާ ބުޅި އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތަކުން، ލައިގެން ހުރި ޓީޝާޓު ތެންމަމުން ދިޔައެވެ.
“ސޮރީ…” ޔުމާން އަވަސްއަވަހަށް އަތް ތިރިކޮށްލިއެވެ.
ކުއްލިއަކަށް ޔުމާން ފެނުމުން ނަތާޝާ ފުރަތަމަ ހުރީ ހުއްޓުން އަރާފައެވެ. އެފަދަ ގޮތަކަށް ހުއްޓައި ޔުމާންއަށް ފެނުމުން ލަދު ގަނެފައެވެ. ޔުމާންއަކީ އަމިއްލަ ފިރިމީހާ ނަމަވެސް، ކައިވެންޏެއްގެ ހަޤީޤީ ފޮނި މީރުކަމެއް އޭނައަށް އިޚްސާސް ކުރެވިފައިވީ އިނގިލިން ގުނާލެވޭހައި މަދު ފަހަރަކުއެވެ.
ނަތާޝާ އިސްޖަހާލިއެވެ. ލަދުވެތިކަމުގެ މައްޗަށް ކުރިހޯދި ހިތާމައިގެ އިޚްސާސްތަކުން ދެލޮލަށް ޖަމާވީ ކަރުނައެވެ. ޔުމާންގެ އެ ދުރުކަން އޭނަގެ ކެތްތެރިކަން އިމްތިޙާންކުރާ ކަހަލައެވެ. އޭނައަކީ ޔުމާންގެ ޙަލާލު އަނބިމީހާއެވެ. ވީއިރު، ޔުމާން ބޭނުން ކޮންމެ ވަގުތަކު އޭނަގެ ގައިގައި އަތްލުމުގެ ފުރިހަމަ ޙައްޤުވެސް އޮންނާނެއެވެ.
ފާޚާނާއިން ނުކުތުމަށް ނަތާޝާ ކުރިޔަށް އަޅާލި ފިޔަވަޅާއިއެކު، ޔުމާން އެއްފަރާތަކަށް ޖެހިލިއެވެ. ޔުމާންއަށް ދެލޯ މަރާލެވުނީ ނަތާޝާގެ ގައިން ދުވި ޝަވަރޖެލްގެ މީރު ވަހުންނެވެ. ނަތާޝާ ގޮސް ޑްރެސިންގްޓޭބަލްގެ ކައިރީގައި ހުއްޓެންދެން ޔުމާން ހުރީ ބަލާށެވެ.
ޔުމާން ފާޚާނާއަށް ވަދެ، ފެންވަރައިގެން ނުކުތްއިރު، ނަތާޝާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އުއްޑުން އޮތްއިރު، ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮތް ގޮތުން ވަރަށް ބޮޑު ފިކުރެއްގައި ކަން ޔުމާންއަށް އެނގުނެވެ. ޔުމާން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. އޭނަ ނަތާޝާއަށް ބަލައިލީ އަލަމާރީގައި ހަރުކޮށްފައިވާ ލޯގަނޑުންނެވެ. އެ ހަމަހިމޭންކަން ހިތަށް އުނދަގޫކުރަން ފެށުމުން، ޔުމާންއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.
“އިޝާ ހާދަ އަވަހަށް މިރޭ އެ ނިދީ… ކައިގެންތަ އެއޮތީ؟…” ޔުމާން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
ޚިޔާލަކަށް ގޮސް ގެއްލިފައި އޮތް ނަތާޝާ ސިހުނީ ޔުމާން އައިސް ކުރިމަތީގައި ހުއްޓުމުންނެވެ. ޔުމާންގެ ފައިން ފެށިގެން މޫނާއި ހަމައަށް އޭނައަށް އަވަސް ނަޒަރެއް ދެވުނެވެ. ހަމައެކަނި ތުވާލިކޮޅުގައި އެ ކަސްރަތީ ރީތި ހަށިގަނޑު ހާމައަށް ފެނުމުން ނަތާޝާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އެ ހަށިގަނޑުގައި މަސްތައް އެތުރިފައިވާލެއް ތަރުތީބުކަމުން ބަލާބަލައި ފޫހިނުވެއެވެ. ފެންތިކިތައް އެ ހަށިގަނޑުގައި ދަތުރުކޮށްލާ މަންޒަރުން ހިތް އެކީގައި ވިރިގެން ފޭބިހެން ނަތާޝާއަށް ހީވިއެވެ.
“ކައިގެންތަ ތިއޮތީ؟…” ތިންވަނަ ފަހަރަށްވެސް ޔުމާން އޭނާގެ ސުވާލު ތަކުރާރުކުރިއެވެ.
ނަތާޝާއަށް ހޭވެރިކަންވީ ޔުމާން އެނދުގައި އިށީނދެލުމުންނެވެ. ޔުމާން އެހާ ކައިރީގައި އިށީނުމުން ނަތާޝާގެ ގައިގައި ހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. ހިތުގެ ތެޅުން ކުރިޔަށްވުރެ އިތުރުވިއެވެ. ނަމަވެސް އެއިން ކަމެއް ޔުމާންއަށް އެނގޭކަށް ނަތާޝާ ބޭނުމެއް ނުވިއެވެ. އެހެންވެ، އޭނަ އަވަސްއަވަހަށް ސީލިންގަށް ނަޒަރު ހުއްޓާލިއެވެ.
“އެހާ ކާހިތެއް ނެތް… ކާން ހަދަންވީތަ؟…” އެއްވެސް ޢަޞަރެއް ނެތް ގޮތަކަށް ނަތާޝާ ސުވާލުކުރިއެވެ.
“ނޫނޭ… ނަތާ ނުކަންޏާ އަހަރެންވެސް ކާހިތެއް ނެތް… ބޭރަށް ގޮސްލަމާ؟…” އެނދުން ތެދުވަމުން ޔުމާން ބުންޏެވެ.
ނަތާޝާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޔުމާން ކުއްލިއަކަށް އޭނަދެކެ އެހާ ލޯބިން އުޅުމުގެ ފަހަތުގައި ކޮންމެވެސް ކަމެއް ވާނެކަން އޭނައަށް ކަށަވަރުވިއެވެ. އެއް ގޮތަކީ ޔުމާންއަށް ކަންތައް ކުރެވުނު ގޮތުން އެކަމާއި ދެރަވެ، މަޢާފަށް އެދެން ބޭނުން ވުމެވެ. އަނެއް ގޮތަކީ ޔުމާން ކުރި ކުށެއް ފޮރުވުމަށް އޭގައި މަތިޖެހުމެވެ. ނަތާޝާއަށް ބުރަވެވުނީ އޭނަގެ ދެވަނަ ވިސްނުމަށެވެ. ޔުމާން ލޯބިން އުޅެން ފެށުމުން، އުފަލަށްވުރެ ބޮޑަށް، އެ ހިތް ނުތަނަވަސްވީ އެހެންވެއެވެ.
ޔުމާން ތައްޔާރުވެލައިގެން އައި އިރުވެސް ނަތާޝާ އޮތީ އެހެންނެވެ. ފިކުރުތަކުގެ ތެރެއަށް ގޮސް ހުސްވެފައެވެ. ހިނިތުންވެލަން މަސައްކަތް ކުރަމުން ޔުމާން ގޮސް އޮށޯވެލީ އެނދުގައެވެ. ނަތާޝާ އެއްޗެއް ބުނާނޭކަމަށް އޭނަ ހީކުރިއެވެ. އެކަމަކު އެއްޗެއް ނުބުނިތަނުގައި ޔުމާން އާއި ދިމާއަށް ބަލައިވެސް ނުލިއެވެ.
“ނަތާގެ މޫޑު ނެތިއްޔާ ބޭރަށް ދިޔުމުގެ މާނައެއް ނެތް…” ކޮޓަރިތެރޭގެ ހަމަހިމޭންކަން ނަގާލީ ޔުމާންގެ އަޑުންނެވެ.
ނަތާޝާ ކުޑަކޮށް އެނބުރިލާފައި ޔުމާންއަށް ބަލައިލިއެވެ. އެ ދެލޮލުން ޔުމާންއަށް ފެނުނީ ރަތްކަމެވެ. ރޮއެފައި ހުރިކަން އެނގެނީ އެސްފިޔަތައް ތެމިފައި ހުރުމުންނެވެ.
“ނަތާ…” ޔުމާން ގޮވާލި ގޮތުންވެސް ކޮންމެވެސް ބޮޑު ވާހަކައެއް ފަށަން އުޅުނުކަން ނަތާޝާއަށް އެނގުނެވެ.
“މިއަދު ވީކަންތަކަށް މަޢާފަށް އެދެން ވަރަށް ބޭނުން… އައިމް ސޮރީ… ދެން އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް އަހަރެންގެ ފަރާތަކުން ތަކުރާރެއް ނުވާނެ…” ނަތާޝާގެ އަތް މަތީގައި ޔުމާން އޭނާގެ އަތް ބާއްވައިލަމުން ބުންޏެވެ.
ނަތާޝާ ރޮއެފައި ހުރިކަން އެނގުމުން ޔުމާން މާބޮޑަށް ދެރަވީއެވެ. އަމިއްލަ ނަފުޞު ކުށްވެރިކުރާ ޙާލު އޭނައަށް ނަތާޝާގެ މޫނަށް ބަލަހައްޓައިގެން އޮތުންވެސް ދަތިވިއެވެ.
“ޔުމާން… އަހަރެން ސުވާލެއް ކޮށްލިޔަސް އެންމެ ރަނގަޅުތަ؟…” ނަތާޝާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ. ޔުމާން ބުނި އެއްޗެއްގެ އަޑު އޭނައަށް ނުވެސް އިވޭ ކަހަލައެވެ. އޭނަ ޔުމާން އާއި ހަތަރުކަޅި ހަމަކުރީ އެމޫނުމަތީގެ ކުލަވަރު ތަރުޖަމާކޮށްލާ ފަދައިންނެވެ.
ޔުމާން މަޑުމަޑުން ބޯޖަހާލިއެވެ. އެއްއަތް ބޯދަށަށް ލައްވާފައި އަތުގެ ބާރުގައި މަޑުމަޑުން ބޯ ހިއްލައިލިއެވެ. ނަތާޝާގެ ވާހަކަ އަޑުއެހުމަށް ތައްޔާރުވެއްޖައީމޭ ބުނާ ފަދައިންނެވެ. ނަތާޝާ ދޫކޮށްލީ ފުން ނޭވާއެކެވެ. ޔުމާންގެ މޫނަށް ބަލަން އޭނަ އިރުކޮޅަކު އޮތެވެ. ހީވީ ކުރަންޖެހޭ ސުވާލުގެ ބޮޑުކަމުން އެ ވާހަކަ ދައްކަން ނުކެރިގެން އުޅޭހެންނެވެ.
“ނާބިހްގެ ކަންތައް ޔުމާންއަށް އެނގުނީ ކިހިނެތް؟…” ނަތާޝާ އޭނާގެ ހިތަށް އުނދަގޫކުރަމުންދިޔަ ސުވާލުކުރިއެވެ.
ޔުމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދާކަށް ފަޅި ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ދެންމެ ފެންވަރައިގެން އައި ނަމަވެސް ނިތްކުރިމަތިން ދާހިއްލައިލީ ހިނދުކޮޅެއްގެ ތެރޭގައެވެ. ޔުމާން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެއްޗެއް ބުނަން އުޅުނުހެންވެސް ހީވިއެވެ. އިރުކޮޅަކު އެހެން އޮވެފައި، ޔުމާން ތެދުވިއެވެ. ބާރުބާރަށް ހިނގާލާފައި ގޮސް ކޮޓަރިން ނުކުތެވެ.
ނަތާޝާގެ ހިތް، ޝައްކާއި ވަސްވާސްތަކުން ފުރެމުން ދިޔައެވެ. ނައިރާ އާއި ޔުމާން ގުޅުމެއް އޮންނަނީ ހެއްޔެވެ؟ ނޫނީ ނާބިޚް އާއި ނައިރާގެ ކަންތައް ފަޅާއެރުމުން އައި ރުޅީގައި ޔުމާންއަށް ގޯހެއް ހެދުނީ ހެއްޔެވެ؟ ނާބިހް މަރުވުމުގެ ފަހަތުގައި ޔުމާންގެ އަތެއް ވަނީ ހެއްޔެވެ؟ ވިސްނަމުންދިޔަ ވަރަކަށް ނަތާޝާގެ ބޮލުގެ ރިހުން އިތުރުވާން ފެށިއެވެ. މަޑުމަޑުން އިވެންފެށި ވޭނީ ގިސްލުމުގެ އަޑު ގަދަވެ، އިސާހިތަކު ކޮޓަރީގެ ހަމަހިމޭންކަން ގެއްލުނެވެ.
********
ރައިން ގެއަށް އައިރު، ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ހިތް ބިރުގަންނަމުންދިޔައީ ކީއްވެކަމެއް އޭނައަކަށް ނޭނގުނެވެ. ގޭތެރެއަށް ވަދެގެންދިޔައިރު، އިޔާނީ ގޮވާލިކަންވެސް ރައިންއަކަށް ނޭނގުނެވެ. އިވްޔާ ހުރީ އިސްތިރިކުރި އެއްޗެހިތައް އަލަމާރީގައި އަޅުވާށެވެ. ރައިން ކޮޓަރިއަށް ވަނުމުން ދޮރާއި ދިމާއަށް ބަލައިލާފައި ކުރަން ހުރި މަސައްކަތާއިގެން މަސްޢޫލުވިއެވެ. ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ރައިން ގޮސް ހުއްޓުނީ އިވްޔާގެ ފުރަގަހުގައެވެ. އެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ. އެތައް އިރެއް ވީއިރުވެސް، ވަކި އެއްޗެއް ނުބުނެ، ރައިން އެ ހުރިގޮތަށް ހުއްޓެވެ. ހީވަނީ އިވްޔާ އާއި ވަކިވާންޖެހޭތީ ދެރަވެގެން އުޅޭހެންނެވެ.
“ކިހިނެތްވީ؟…” އިވްޔާގެ ހިތް ނުތަނަވަސްވިއެވެ.
“ޝްޝްޝް… މިހެން ހުރެދީބަލަ…” އިވްޔާގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލަމުން ރައިން ދެލޯ މަރާލިއެވެ.
“އުމުރު ހުސްކޮށްލަން ބޭނުންވަނީ މި އަތުގެ ތެރޭގައި…” ރައިންގެ އަޑުގައި ރިހުމުގެ ޢަޞަރުވިއެވެ.
“އަހަރެން އެބަ ވަރަށް ބިރުގަނޭ… ޕޮލިހުން އެއްޗެއް ބުނީތަ؟… ކައިކްއަށް ދެރަގޮތެއް ވަނީތަ؟..” ރައިން އާއި ދިމާއަށް އެނބުރެމުން އިވްޔާ ސުވާލު ކުރިއެވެ.
އިވްޔާ ހާސްވީކަން އެނގުމުން ރައިން އަވަސްއަވަހަށް ހިނިތުންވެލިއެވެ. އެއަށްފަހު އިވްޔާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލަމުން ނިތްކުރީގައި ބޮސްދިނެވެ. ދެން ފާއިތުވެގެން ދިޔައީ ލޯބީގެ ފޮނިފޮނި ވަގުތުކޮޅެކެވެ. އެކަކު އަނެކެއްގެ އަތުގެ ތެރޭގައި ހޭދަވި އެ އުފާވެރި ވަގުތުކޮޅު ނިމުނުއިރު، އިވްޔާގެ ނުތަނަވަސްކަން އެކީގައި ފިލައިގެން ގޮސްފިއެވެ.
ގަޑިން ދިހަގަޑި ބައިވީއިރު، ރައިން ހުރީ ތައްޔާރުވެލައިގެންނެވެ. ކަޅު ރަތްކުލައިގެ ގޮޅިޖެހި އަތްދިގު ޓީޝާޓަކާއި، ކަޅު ފަޓުލޫނުގައި ރައިން އޭނާގެ އުމުރަށްވުރެ، ޒުވާންކަމަށް ދައްކައެވެ. އިވްޔާ ހާސްވެދާނެތީ ރައިން ބުނީ އެކުވެރިޔަކާއި ބައްދަލުކުރަން ދަނީކަމަށެވެ. ރައިންއަށް ނޭނގުނުކަމީ، އިވްޔާގެ ހިތުގައި ޝައްކުގެ އޮށެއް އިންދާލެވުނުކަމެވެ.
ހެންވޭރު މޫންލައިޓް ގެ ހުންނަ މަގަށް ވަދެވުމާއިއެކު، ރައިންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެއިން ހިސާބަކުވެސް މީހަކު ފެންނަން ނެތްއިރު، މަގުވެސް އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ސައިކަލު ޕާކިން ޒޯނުގައި ބެހެއްޓުމަށްފަހު، ފަހަރަކު ގެއެއްގެ ނަން ބޯޑަށް ބަލަމުން ރައިން ކުރިޔަށް ދިޔައެވެ. ވަކި ހިސާބަކަށް ދިޔަ ތަނައި ފަހަތުން މީހެއްގެ ހިލަން ވެގެން ފަސް އެނބުރި ބަލައިލައިފިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.





Salhi first dhw
Yess dear first.. congratulations thank u so much dear
yey… me first dhw mifaharu vx… kiyaafa cmnt eh kohlaanan ingey…
mi part vx vrh rythi masha allah… keep it up… ??? eyshge kurin story ehge name akah eynuny nu ‘ keiy kuraanan ummeedhugaa ‘. eii song eh ge thankolheh tha?
Emm second dho mifaharu.. thank u so much dear. Noon dear song akun noon name choose kohlaafa innaanee.
Yeyyyy meendhee up vefa dhw.. V inthixaaruga hutta mi up vee. Me 1st dhw.. Kiyaalaafa adhi comment kollaanan ungey dear ??
No dear first eh noon mifaharu.. ok dear will wait.. thank u so much.
Woww eysh??? vrh Reethi mi prt vx… Mashallah ????????? waiting curiously for the nxt prt… Lysm???
Thank u so much dear.. keep waiting.. ly2
Salaam All..
Here is the 7th part of Kafun vevifaa.. unmeedhukuran kamudhaane kamah..
Varah Varah kamu dhiya…
Thank u so much Neha
Wow Wow Wow amazing… Just amazing…. Number one story… Best story I have ever read…. Nothing more to say… It’s gorgeous fantastic… Speech less… Kiyaane nukiyaaane ehcheh vec dhulakah nai… Hadhaha reehchey…Sissy neha ah vec dhas kohdheyn v ehnu stry liyan… Whn nxt Curiously waiting… Avahah up kohlahchey… Ekm sis ah venyaa inge.. LYSM SISSY..
?MY FAV WRITER ?
❤️❤️LOABI LAOBI EYSH SIS ❤️❤️
Awwww… Neha u r very very sweeeet.. vvv happy vehje cmnt kiyaalaafa.. one of the best cmnt… means a lot..
Mihaa sweeet cmnt eh kiyaalevuneema v motivate vehje… Thank u so much dear.. I would love to help… next part In Sha Allaah liyevunuhaa avahah upkohladheynan.. ly2 dear.. keep waiting..
…sweet Neha…
…sweet comment..
Rainah gotheh nuhadhaathi….
Vaahaka v reethi waiting waiting…
Thank u so much Shaain dear. Hingaa dho Rain ah vaagotheh balamaa.. keep waiting
Eysh dhooniii haadha molhey???..hehe..mi bai vx v v rythi ingey..kon irakun tha next…waiting ingey❤❤❤???♥♥♥..Keep it up n ly??????
Thank u so much jiji.. means a lot.. In Sha Allaah liyevunuhaa avahah next part ves genesdheynan.. keep waiting dear… ly2 dear…
Wow vvvv salhi. ♥️♥️♥️♥️♥️♥️ Mi part hama vvv interesting.. V loabi sifakohdhinunves. Yumaan nd nathaa gulhidhaanehen i heevefa kihinehbaa evee.???????????? Yumaan ge kommes andhiri faraatheh vaaheh v eba shakku kurevey. Ehen noonnama evarah meehaa haas vegen nuvaanethaa . ??????????????? ? Rain uljey goiy v sweet. Ivya dheke ehaa loabivey.. Anekka emmeehunge dhiriuhumah kihineh vaanbaa eulhenee ?????????????? Dhen innabain v bodu ehcheh ingigen dhaanehen heevanee ????????????????? Kiyaahithun hama. Keiy nuvey. Mi part ge sifakohdhinun v molhu ingey. ????????????????Eysh vareh hama neiy. Thee hama ????????????????????? Keep it up. Lysm ??????????????? Waiting for the next part. ????????????????????????????????????????
Thank u so much dear. Varah ufaavehje story kamudhiyaeema
މާޝާﷲ ވަރަށް ބޮޑަށް ޝައުގުވެރިވެވިއްޖެއެވެ ވަރަށް ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ. ކޮންމެ ޖުމުލައެއްވެސް އެހާ ފަށުވިއެވެ.ސިފަކޮށްދިނުން ހާދަ ރީއްޗެވެ. އެހާމެ ޝައުގުވެރިއެވެ. ކިޔަމުންދާއިރު ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައެވެ. ސުވާލުތަކުން މި ހިތް ފުރާލާފައެވެ. އެހެނަސް ޝަކުވާއެއްނެތެވެ. ގަބޫލުކުރަމެވެ. އެއީ އޭޝްގެ މޮޅުކަމާއި ގާބިލްކަމެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.
Thank u so much dear. Varah ufaavehje story kamudhiyaeema
Kn irakun 8 part up koh dheyneee…
Miadhu mee 23 ..haadha lahun thi up kohladhenee
New part in sha Allaah today upvaane keep waiting dear . Thank u
Maasha Allaah varah reethi mi part ves
Thank u so much dear. Varah ufaavehje story kamudhiyaeema
Masha allah sissy
Appreciate your work just love it
And may allah bless u
And may u be a successful person in future
Thank u so much dear. Varah ufaavehje story kamudhiyaeema
i am confused. Yumange dhariehtha kailan aky?
Eysh ge Fevifaa thinanvey mibithugaa story kiyaaleema mi story ge characters thah v bodah ingeyne. E story aa gulhuvaalaaafa innaanee mi story
i am confused. Yumange dhariehtha kailan aky?
Eysh ge Fevifaa thinanvey mibithugaa story kiyaaleema mi story ge characters thah v bodah ingeyne. E story aa gulhuvaalaaafa innaanee mi story