Skip to content
އެސްފިޔަ

ވީމޭ ތިޔަ އިންތިޒާރުގައި..5

ހިނގަމުން ފާލަމާ ހިސާބަށް އާދުވުނު ރިޔާޝަށް ލޯންޗަށް އެރި ރަޔާ ފެނުނެވެ. ނަމަވެސް އޭނަ ރަޔާ ހުއްޓުވާކަށް ނޫޅުނެވެ. އެފަދަ ހިތްވަރެއްވެސް ރިޔާޝްގެ އެވަގުތު ނެތުމުންނެވެ. މުޅި އެރޭ ރިޔާޝް ހޭދަކުރީ ރަޔާއާ މެދު ވިސްނާށެވެ. ގަޑިން 4.30 ވީ އިރުވެސް ރިޔާޝް އޮތީ ނިތްކުރި މަތީ އަތް ބާއްވާލައިގެންނެވެ. “އަނެއްކާ ރަޔާ އަހަރެމެންނާ ދުރަށް ގޮއްސިއްޔާ؟” ރިޔާޝް އޭނަގެ ހިތަށް ވަން ނުބައި ހިޔާލުން ފުންމައިގެން ތެދުވެވުނެވެ.

ނަމަވެސް އެ ހިޔާލު ހިތުން ނެރިލަމުން ރިޔާޝް ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ރިސޯޓަށް އައީ އެ އާއިލާ އެކު އެކީގައެވެ. ނަމަވެސް ރަޔާ އެކަނި ފުރައިގެން ދިއުމުން މަންމަގެ ސުވާލުތައް ކުރިމަތިވާނެކަން ރިޔާޝަށް އިނގެއެވެ. ރަޔާދެކެ ކުޑަކޮށް ހިތްހަމަވެސް ނުޖެހެވުނެވެ. އެދެމީހުން ދޭތެރޭ ހިނގައިދިޔަ ކަމެއް ހަމަ ހައްލުވެސް ކުރަންވާނީ ދެމީހުންނެވެ. އެކަން އެހެން މީހުންނަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. ރަޔާ އެގޮތަށް ކަންތަށް ކުރުމުން ރިޔާޝް އޭނާގެ މަންމައަށް ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނިއެވެ. ދެކޮޅަށް ހިނގަ ހިނގާ އެތައް އިރަކު ރިޔާޝް ހުއްޓެވެ.

ގަޑިން މެންދަމު 2ޖެހީއެވެ. ފޮށިދަމަމުން ފުރާ މީހުންގެ މާލަމަށް ވަދެގެން ރަޔާ ހިނގައިގަތެވެ. ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން އޭރުވެސް ކަރުނަ އާދެއެވެ. އޭނާއަށް މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމެއް ނޭނގި ހިނގަމުންދިޔައީ ޗެކިން ކައުންޓަރާ ދިމާއަށެވެ. އެއާއިލާއާ ދުރަށް ދާން ހިތް ނޭދުނަސް އޭނާ އެދަނީ ހިތް އެބަޔަކަށްޓަކައި އޭނާ އެންމެ ލޯބިވި މީހުންނަށް ދީފައެވެ. ނަމަވެސް ރިޔާޝް ކުރިމަތީ އޭނާއަށް އުޅެން ފަސޭހަ ނުވީއެވެ. ރިޔާޝްގެ އެ ޖާދުވީ ދެލޮލުން އޭނާއަށް ސިހުރެއް ހަދައިފައިވީކަހަލައެވެ. އޭނަގެ ހިތުގައި ހުޅުކޮޅެއް ރޯވެ އަނދައިގެންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއަދު އޭނާ އެދަނީ އެހުރިހައިކަމެއް ދޫކޮށް ދާށެވެ. ކެތްކުރަން ދަތިވިޔަސް އާހަޔާތެއް ވޭތުކުރުމުގެ ނިޔަތުގައެވެ. އެކަކަށްވެސް ނޭނގި އޭނާ ދަތުރަށް ފުރައިފިއެވެ. ފްލައިޓް ނައްޓައިލި އިރު އޭނާގެ ނޭވާ ހިފެހެއްޓުނެވެ. ހިންދިރުވައިލަން އުނދަގޫވެފައި އިނެވެ. އަލިކޮޅު ކޮޅު ގެއްލެމުންގޮސް އިސާހިތަކު ވައިގެ ތެރެއިން އަރަންވާ ހިސާބަށް ބޯޓު އަރއިފިއެވެ.

ރޯމާ އޮތީ އަރޫންގެ މޭގައި ބޯއަޅައިގެން ނިދާފައެވެ. ފުން ނިންޖަކަށް ގެނބިފައެވެ. އިރުއަރަން މިއުޅެނީ ކިހައިވަރެއްގެ ދުވަހަކަށްކަން އެމީހުންނަށް ރޭކާވެސް ނުލައެވެ. ފަތިސް ނަމާދު ކޮށްގެން އާދައިގެ މަތިން ރޯމާ އިނީ ކިޔަވާލުމުގެ ނިޔަތުގައެވެ. އޭނާގެ ހިތުގައި އެހެން ދުވަސްތަކާ ޚިލާފަށް ބިރުވެރިކަމެއްވިއެވެ. ރަޔާއަށް ގުޅަން ހިތަށް އެރިއެވެ. ނަމަވެސް އިސްކަންދެވުނީ ރިޔާޝަށެވެ. ފޯނު ރިންގުވުމާއެކީ ރިޔާޝް ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލުމާއެކު ރޯމާ ވާހަކަދައްކަން ފެށިއެވެ. “ނަމާދު ކޮށްފިން؟ ނުކުރަންޏާ އަވަހަށް ތެދުވޭ…؟” ރޯމާ އެހެން ބުނުމާއެކު ނިދި ބަރު އަޑުން ރިޔާޝް ނޫނެކޭ މިހޭލެވުނީއޭ ބުނެލިއެވެ. ފޯނު ކަނޑާލަމުން ރޯމާ ރަޔާއަށް ނުގުޅީ ރަޔާ ވެސް އުޅޭނީ ހޭލާކަމަށް ބަލަމުންނެވެ. އޭނާ ހަމަޖެހިލައިފައި  ޤުރުއާން ކިޔަވަންފެށިއެވެ.

ހޫނު ފެންތިކިތަކުން ރިޔާޝްގެ ފުޅާ ހަށިގަނޑު ތެންމަމުންދިޔައެވެ. ނިދީގެ ކަންފުޅެއްވެސް އޭނާގެ ލޮލަކު ނެތެވެ. ފާރުގައި އަތް އަޅުވާލައިގެން އޭނާ ހުރީ ރަޔާގެ ހިޔާލަކަށް ގެއްލިފައެވެ. ރަޔާ މާލެ ދިޔުމުން ރިޔާޝްގެ ހިތްބިރުގަނެފައިވީ ކީއްވެކަމެއް ނޭނގެއެވެ. އިސްޖަހައިގެން ހުރެ ހިތްހަމަޖެހޭވަރަށް ބޮލަށް ފެންއެޅިއެވެ. ތުވާލި ގައިގައި ހާކަމުން ރިޔާޝް ނުކުމެ ހިގައިގަތީ އޭނާގެ ފޯނާދިމާއަށެވެ. ފޯނު ފެނުމުން ސްކްރީނަށް އަރައިފާ ހުރި ނޮޓިފިކޭޝަންތަކަށް ބަލަމުން ދިޔައެވެ. ކުށްލިއަކަށް ލޮލުގައި އަޅައިގަތީ ރަޔާ މެސެންޖާރ އިން އޭނާއަށް ފޮނުވައިފައި އިން ދިގު މެސެޖެކެވެ.

ބޮލަށް ކުޑަ ލޮޅުމެއް އައިހެން ހީވެ ރިޔާޝް އެނދުގައި އިށީނދެލިއެވެ. އޭނާ މެސެޖް ކިޔަން ފެށީ ފުންނޭވާއެއް ލަމުންނެވެ.

“ދޮންބެ…އައި ރިއަލީ އެކްސެޕްޓް ޔޫ… ލަވް ޔޫ އެ ލޮޓް… ޕްލީސް ރަޔާ ހޯދަން ދޮންބެ ވެސް ޑޭޑް ވެސް ނޫޅެއްޗޭ.. ބިޒްނަސްގެ ހުރިހައި ޑޮކިއުމެންޓެއް ހުންނާނެ ރަޔާގެ ރޫމް ބެޑް މަތީ… ރަޔާ ބޭނުންވަނީ ދުވަސްކޮޅަކަށް އެކަނިވެލަން ސޯ ދާތަނެއް ނުބުނެވޭތީ ސޮރީ..އެން އައިމް ސޮރީ ފޯރ ވަޓް އައި ޑިޑް.. ދޮންބެ ގިލްޓީ ފީލް ނުވައްޗޭ.. ރަޔާ ރުޅިއެއް ނޫން..ބައި..އައިލް މިސް ޔޫ އޯލް….” އެ ކޮންވަޒޭޝަން އަށް ރިޕްލައި ކުރެވެން ނެތުމުން ދެން ފެނުނީ ރިޔާޝް ތެޅިގަނެފައި ރަޔާގެ ނަންބަރަށް  ގުޅާލިތަނެވެ.”ތިޔަ ގުޅުއްވި ނަންބަރ މިވަގުތުވަނީ ނިއްވާލާފަ..ފަހުން ގުޅުއްވުންވުން އެދެން. 3 ފަހަރު ގުޅުމުންވެސް އައީ އެއްޖަވާބެކެވެ. ސިކުންތަކަށް ފަހު، ސިކުންތެއް ރިޔާޝް ގެ ހާސްކަން އިތުރުވަމުންދިޔައެވެ. އޭނާ ދެން  ގޭގެ ފޯނަށް ގުޅައިލިއެވެ.

“ގުޑް މޯރނިން.. ” މަރީނާ ފޯނަށް ޖަވާބުދިނެވެ. “ކޮބާ ރަޔާ..؟ވެއަރ އިޒް ރަޔާ؟” ރަޔާގެ ވާހަކަ ރިޔާޝް އެއްސެވެ.އޭނާގެ ހިތުގެ ތެޅުން ބާރުވާން ފެށިއެވެ. ވިންދު އަވަސްވެ މީހާ ދާހިއްލާފައިވިއެވެ. “މެޑަމް ވެންޓް ސަމްވެއަރ.. ބުނި ދެން ނާނަނީއޭ..ވަރަށް ބޮޑަށް ދެރަވެފަ ދިޔައީ..ކޮއްކޮ އިނގޭތަ ދިޔަތަނެއް…؟؟” އޭނާ ގެ އަޑުން އޭނާވެސް ހާސްވެފައި ހުރިކަން އެނގެއެވެ.

ފޯނު ބާއްވާފައި ރިޔާޝަށް ތެޅިގަނެވުނެވެ. އޭނާ ދަބަހަށް އެއްޗެހި އަޅަންފެށިއެވެ. ދަބަސް ކޮނޑުގައި އަޅުވާލަމުން ނުކުމެގެން ދުއްވައިގަތެވެ. މަންމައަށް ގުޅައިފައި ކުއްލިއަކަށް ދާން ޖެހިއްޖެކަމަށް ބުނުމުން އިރުކޮޅަކުން އެމީހުންވެސް ދާނެކަމަށާ ދަމުން  ރަޔާވެސް ގޮވައިގެން ދާށޭ ބުންޏެވެ. ރިޔާޝްގެ ލޮލުން ހިތްދަތިކަމުގެ ކަރުނަ ނީރާލީ އޭނާގެ މަންމަ އެހެން ބުނުމުންނެވެ. ފައިގައި ހުރިބާރެއްލައިފައި ގޮސް ލޯންޗަށް އެރިއެވެ. 30މިނެޓްގެ ދަތުރެއްކަމުން އަވަސް އަރުވާލައިފައި އިން ރިޔާޝަށް އެ ދަތުރު ވަނީ ދިގުވެފައެވެ. އަވަސް ނޭވާތަކެއް ދޫކުރަމުން ރިޔާޝް އޭނާގެ ފޯނު ސްކްރީން ހުޅިވަލިއެވެ. އޭނާ ލައިފައި އިނީ ރަޔާ އާ އެކީ ނަގައިފައިއިން ސެލްފީއެކެވެ. “ރަޔާ…ކޮންތާކަށް ތި ދިޔައީ…؟؟؟އަހަރެން ދޫކޮށްފަ އަސްލަށްވެސް ދިޔައީތަ؟” ހިތާހިތުން ރިޔާޝް ބުނެލިއެވެ.އެއާއެކު، ރަޔާގެ ހިޔާލުތަކަށް އޭނާ ގެނބިގެންދިޔައީ އިޙްތިޔާރަކާ ނުލައެވެ. ހަމަޖެހިލައިގެން ގޮނޑީގައިވެސް އޭނާއަކަށް ނުއިށީނދެވުނެވެ. އޭނާގެ ހާސްވެފައިވާ މޫނު ފެނި ކައިރީގައި ތިބި ބައެއް މީހުންނަށްވެސް އެކަން ފާހަނގަވިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލެވެނީ އެވެ. އޭނާގެ ފޯނަށްވެސް ބަލާލެވެނީ އެވެ. އިޚްތިޔާރަކާނުލާ މޫނުވެސް ފޮހެލެވެއެވެ.

އެދޮންމޫނަށް ރަތްކުލަވެރިފައިވެއެވެ. ދެލޯވެސް ހީވަނީ ރަތްކަމުން ލޭއަރައިފައިވިހެންނެވެ. ހުދު ފޮނުއަރުވަމުން ލޯންޗް ފަޅަށް ވަންއިރު ރިޔާޝަށް ހުރެވުނީ ކޮޅަށެވެ. އެންމެ ފުރަތަމަ ލޯންޗުން ފޭބީވެސް އޭނާއެވެ. ޑްރައިވަރ ޖެހިގެން އިން ސީޓަށް ބަދަލު ކުރަމުން ރިޔާޝް ކާރު ދުއްވާލިއެވެ. ފުލް ސްޕީޑުގައެވެ. މަގުތަކުގައި ދުއްވަމުންދިޔަ އުޅަނދުތަކުން ނައްޓަމުން ރިޔާޝްދިޔައިރު ޑްރައިވަރު އިނީ ފާޑަކަށް ބިރުގަނެފައެވެ.

އެއަރޕޯޓަށް ގޮސް ވަންއިރު ރިޔާޝް މާނޭވާލެވެއެވެ. ޑްރައިވަރ އިމްރާންވެސް ރިޔާޝްގެ ފަހަތުން ގޮސް ކައުންޓަރު ކައިރިޔަށް މަޑުކޮށްލިއެވެ. ރިޔާޝަށް އޭނާ ބޭނުންވީ މައުލޫމާތު ސާފު ކުރެވޭގޮތެއް ނުވިއެވެ. ރަޔާ ދިޔައީ ކޮންތާކަށްތޯ ބަލަން އޭނާ އެކި ގޮތްގޮތުން އެތާ އިން ކުއްޖާއާ ސުވާލު ކުރިއެވެ. ނަމަވެސް އޭނާ ކިޔައެއް ނުދިނެވެ. އޭނާ ބުނިގޮތުން މިހާރު އިންނަ ގަވާއިދުގެ ދަށުން މީހުންނަށް މައުލޫމާތު ނުދެވޭކަމަށެވެ. ރިޔާޝް އެއަންހެން ކުއްޖާދެކެ އިންތިހާ ރުޅިއައެވެ. އޭނާެ މަސައްކަތް ކާމިޔާބު ނުވުމުން އޭނާ ނުކުމެގެން އައެވެ.

ދެތިން އެތިފަހަރު ކާރުގައި އަޅައިލިއެވެ. އަތް ފަޅައިގެން ދިއުމުންވެސް ރިޔާޝްއަކަށް ހަމަހޭވެރިކަން ނުވިއެވެ. އޭނާ ހުރީ ވަރަށް ރުޅިގަދަވެފައެވެ. އިމްރާންވެސް ހުރީ ފައިބަމުންދިޔަ ލޭތަކަށް ބަލަން ގޮތް ހުސްވެފައެވެ. އޭނާއަށް ރިޔާޝް ރުޅިއައިސްފައި ހުރި ވަރު ފެނީ ކައިރިވާން ނުކެރިފައި ހުރެ ގެއަށްދާން އެދުނެވެ. މަޑުމަޑުން ކާރުން ފޮތިގަނޑެއް ނަގައި ދިއްކޮށްލިއެވެ. ރުޅިގަދަވެފައި ހުރި ރިޔާޝް އެ ފޮތިގަނޑު ނަގައި އޭނާގެ އަތުގައި އޮޅާލިއެވެ. އޭނާ އެހެރީ ތަދު އިހުސާސް ވުމަށްވުރެ ބޮޑު ވޭނެއްގައެވެ. ނަމަވެސް ރިޔާޝް އިމްރާންގެ ފަހަތުން ބަސްއަހާ ކުއްޖެއް ފަދައިން ކާރުގެ ފަހަތު ސީޓަށް އެރިއެވެ.

“ކޮބާ ރަޔާ؟؟ތެދެއް ރަޔާ ދިޔައީތަ؟ ކޮންތާކަށް އޭނާ ދިޔައީ؟؟ކީކޭ މަރީނާ އެކިޔަނީ؟؟” ރޯމާގެ ސުވާލު ފަތި އޮއްސާލީ ގޭތެރެއަށް ވަދެގެންއައި ރިޔާޝްގެ ކުރިމައްޗަށެވެ. ދޭނެ ޖަވާބެއް ނޭނގިފައި ރިޔާޝް ހުރީ އޭނާގެ އަތުގައި ހިފައިގެންނެވެ. ރިޔާޝްގެ އަތުގައި ހިފާލަމުން ރޯމާ ބަލައިލީ ރިޔާޝްގެ ރތް ދެލޮލަށެވެ. އޭނާއަށް ރިޔާޝްގެ ހިތަށް އަސަރު ކޮށްފައިވީވަރު އެ ދެދޮލުން އެކަނިވެސް ހާމަވިއެވެ. ރިޔާޝް އޭޏާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ. ކެތްނުކުރެވިގެން ރޮވިއްޖެއެވެ. ވާނުވާގައި ތިބީ ރޯމާއާއި އަރޫނެވެ. ސިޓިންގްރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ އަރޫންވެސް ހުއްޓެވެ. “މަންމާ… ރަޔާ ބުނީ މިދުވަސް ކޮޅު އެކަނިވާންށޯ ބޭނުމީ…ތިމަންނަ ހުރި ތަނެއް ނުބަލާށޯ.. ނުހޯދައްޗޯ…އެކަމަކު …”

ކުރަކި އަޑަކުން ރިޔާޝް ވާހަކަދައްކަންފެށިއެވެ. ރޯމާ ރިޔާޝް ގެނެސް ސޯފާގައި ބޭންދިއެވެ. “މަރީނާ..ފަސްޓެއިޑްކިޓް ގެނެސްދީބަލަ…” ރޯމާ ރިޔާޝްގެ އަތުގައި އޮޅާފައި އޮތް ފޮތިގަނޑު ނެގިއެވެ. “ހުމމމ.. ދެން ކީއްވެ ރަޔާ އެދިޔައީ… ރޯމާގެ މޫނުމަތިން ހާސްކަން ނުފެނުމުން ރިޔާޝް ހުރީ ހަގީގަތް ބުނަން ޖެހިލުންވެފައެވެ. އެއްޗެކޭ ނުބުނެ ރިޔާޝް އިނީ އަތުގައި ފުދޭވަރަކަށް ރިއްސާތީއެވެ. މަރީނާ އޭނާއަށް ފެންތައްޓެއް ގެނެސް ދިނުމުން އޭނާ ފެންފޮދެއް ބޯލިއެވެ. އަރުތެރެ ހީވީ އެތައް ދުވަހެއް ނުކައި ހުރެފައި އެއްޗެއް ދިރުވައިލިހެންނެވެ.

ރޯމާ ރިޔާޝްގެ އަތުގައި ބޭސް އެޅުމަށްފަހު، ހަމަޖެހިލިއެވެ. “ދެން އޯކޭވާނެ..ދުވަސްކޮޅެކެއްނު ބުނީ.. ދުވަސްކޮޅެއްފަހުން އަންނާނެއްނު… ދެން ރިޔާޝް އެހައި ދެރަވަނީ ކީއްވެ؟” ރޯމާ އެއްފަހަރު އަރޫންއަށް އަނެއްފަހަރު ރިޔާޝަށް ބަލަމުން ވާހަކަދެއްކިއެވެ. ހީވާގޮތުން އޭނާވެސް އެއްޗެއް ފޮރުވަން އުޅޭހެން ހީވެއެވެ. “މަންމާ…ބޭނުން ނިދާލަން…” ރިޔާޝަށް އޭނާގެ މަންމަ ކައިރީގައި ރަޔާގެ ވާހަކަ ދައްކަން ފަސޭހައެއް ނުވިއެވެ. އޭނާ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަންނަންދެން ބަލަން އިން ރޯމާގެ ބަޑިފަޅައިގެންދިޔައެވެ. ދުވެފައި ގޮސް އޭނަވަނީ އޭނާގެ ކޮޓަރިއަށެވެ. “ރޯމް..އަހަރެން ބުނީމަ ދެން ނުރޮއެބަލަ.. ރަޔާ ދުވަސްކޮޅެކޭނު ބުނީ..؟ ދެން ކީއްވެ ރޯމް ތި ދެރަވަނީ…؟” އަރޫންވެސް ހުރީ ހައިރާންވެފައެވެ. ވެގެން އުޅޭގޮތް ހުދު އޭނާއަށްވެސް ނޭނގެއެވެ.

ރީތިވާ މޭޒުކައިރި ވެއްޓިފައި އޮތް ގަނޑަކަށް ރޯމާ އިޝާރާތްކޮށްލިއެވެ. “ކޯއްޗެ؟” އަރޫން ގޮސް އެ ގަނޑޫ ނަގައިގެން ކިޔަންފެށިއެވެ. “ތި މަންމައާ ބައްޕަ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އަހރެންގެ މަންމާ… އަހަރެން މިދަނީ ފުރާނަ އެކަނި ހިފައިގެން… ހިތް ވަނީ ތިތާ.. ބުނެފައި މިދަނީވެސް ހާސްނުކުރަންވެގެން.. އަހަރެން ދެންއެދެނީ އެކަނި އުޅެން.. އަބަދުވެސް އަހަންނަށް ވެދިން ހުރިހައި ގުރުބާނީއަކަށް ޝުކުރުވެިވާނަން…ވަރަށް ލޯބިވޭ…ވަރަށް ބޮޑަށް ތޭނކްސް.. މަންމައާ ބައްޕަ އަހަރެން ހޯދަން ނޫޅެއްޗޭ.. އަހަރެންގެ ހެޔޮދުއާ އަބަދުވެސް ތިދެމީހުންނަށްވާނެ.. މީ މިހާރު ކުޑަ ކުޑަ ރަޔާއެއް ނޫން.. ދުވަހަކުވެސް ތި މަންމަޔާ ބައްޕަ ދެރަވާ ކަހަލަ ކަމެއް ނުކުރާނަން…ވަރަށް ހަނދާންވާނެ…އަބަދުވެސްލޯބިފާދަރިފުޅު..” ސިޓީ ކިޔާ ނިމުނު އިރު އަރޫންގެ ލޮލުންވެސް ކަރުނަ ވިދާލިއެވެ. ރޯމާއަށް ބަލައިލަމުން އަރޫންގެ އަތުތެރެއަށް ރޯމާ ގެނައެވެ. އަދި ބައްދާލިއެވެ……………………..ނުނިމޭ

 

Comments (15)

  1. jiji

    Me first dhw. .kiyaafa will comment ingey?❤

    1. jiji
      jiji

      ?❤?V v furihama masha allah

    2. Uhthoo
      jiji

      Thank yuh jiji ?❤️? miothee inthizaaruge feshumah aadhevifa.. dhn veemey inthizaaru dhn…????

  2. Meekkomee

    woww masha allah varah reethi mi storyy ves

    1. Uhthoo
      Meekkomee

      Thanks meekkomee ????

    2. Uhthoo
      Meekkomee

      Thanks dear ????

  3. Shiv

    When next part Uhthoo ?…
    Nice mi part vx.. Inthizaaruga mihireee next part ah..?

    1. Uhthoo
      Shiv

      Thankoo shiv dhn hama type kurevunu varakaum update kohdheynan inshallah ❤️?

  4. Anonymous

    Arghhhh… Adhi vec cover change kuraakah nuvey tha.. Adhi bunyehnu cover change kohlaanamey.. Varah foohi vey…

    1. Uhthoo
      Anonymous

      Dear.. foohivanyaa ehme rangalhu vaanee vaahaka nukiyyaa.. don’t act too much to support.. it’s a technical problems over here Nd changed cover pic nudhahkaa thee kurin in pic laafa eynee.. thanks for giving me points by commenting ??

  5. maii Beauty

    Varah reethi??…. Waiting for next part

    1. Uhthoo
      maii Beauty

      Thank yuh…

  6. Sher

    Mi part vx hama varah reethi? curiously waiting for next part. Luv u

  7. Sham

    When is next part….

  8. Uhthoo

    Yeah..thanks a loaat ?????❤️❤️❤️?? next part soon inshallah

Comments are closed.