“ލުކް…އައިލީން..އެއީ..އެއީ އަހަރެން ގަސްތުގައެއްނޫނޭ..އަ…” އައިޝަމް ބުނަން އުޅުނު ޖުމުލަ ހުއްޓުނީ އައިލީންގެ އަތުގެ ހޫނު ހަމަލާއެއް އައިޝަމްގެ ކަންކަށިމައްޗަށް އެރުމުންމެވެ. ކަންކަށިމަތީގައި އަތް އަޅާލަމުން އައިޝަމް ހިނދުކޮޅެއްފަހުން އައިލީންއާ ދިމާލަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން އައިޝަމްގެ ކަންކަށި މައްޗަށް ނަގަމުންދިޔަ ދިލަވެސް އައިޝަމްއަށް އިހުސާސްނުވިފަދައެވެ.
* * * * * * * * * * * * * *
ދުވެފައިކަހަލަ ގޮތަކަށް ފާހަނައިން ނުކުންނަންދިޔަ އައިލީން ކައްސާލީ ފާހަނައިގެ ދޮރާ ފުދޭވަރަކަށް ކައިރިވީފަހުންނެވެ. އެވަގުތު އައިލީން ހަޅޭއްލަވައިގަތް އަޑު މުޅި ތަނުގައި ގުގުމާލައިގެންދިޔައެވެ. މަންޒަރުބަލަންހުރި އައިޝަމްއަށް އައިލީން ކައިރިއަށް ދެވުނުގޮތެއްވެސް ނޭންގުނެވެ. އައިލީންގެ އަތުގައި އައިޝަމްއަށް ހިފެހެއްޓުނުކަމެވެ. އެހެންނޫންނަމަ އައިލީންއަށް ވާނެގޮތް އަންދާޒާކޮއްލަންވެސް އައިޝަމްއަށް ދަތިވިއެވެ. ކުއްލިއަކަށް އައިޝަމް އައިލީން އޭނާއާ ގާތަށް ދަމާލިގޮތުން އައިލީންގޮސް މަތަވީ އައިޝަމްގެ މޭމަަތީގައި ޖެހިފައެވެ. އަދި އައިޝަމްއަށް އައިލީންގެ އެތުނި ހަށިގަނޑުގައި ދެއަތް ވަށާލެވުނީ އައިލީންއާމެދު ކަންބޮޑުވެގެންކަމެއް ނުވަތަ އެހިތުގައި އައިލީންއަށް އިހުސާސްތަކެއްވާތީކަމެއް ނޭންގުނެވެ.
އެވަގުތު އިއްބާންވެސް އަވަސް ހަރަކާތަކާއެކު ފާހަނައިގެ ދޮރުހުޅުވާލަމުން އެތެރެއަށް ދެމިގަތީ އައިލީންގެ ހަޅޭކުގެ އަޑުވުމުންނެވެ. ފެނުނު މަންޒަރަކުން އިއްބާން ދިޔައީ ދެލޯބޮޑުވެގެންނެވެ. އަންހެންކުއްޖަކާ ވާހަކަދައްކަން ކީއްކުރަން އަންހެންކުއްޖަކަށަ ބަލައިލަންވެސް ބޭނުންނުވާ އައިޝަމްހުރީ އައިލީން އެއަތުތެރެއަށް ލައިގެނެވެ.
ކުއްލިއަކަށް އައިލީން އައިޝަމްގެ އަތުތެރެއިން ވީއްލިގަންނަމުން ދުވެފައިކަހަލަ ގޮތަކަށް ފާހަނައިން ނުކުތެވެ.
“ޝިޓް…” ހިދުކޮޅަކު އައިލީން ނިކުތްދިމާލަށް ބަލަންހުރުމަށްފަހު މުއްކަވާލާފައި ފާރުގައި ދެތިން އެތިފަހަރު ވީއްލާލަމުން އައިޝަމް ބުނެލިއިރު އެދެލޮލުން ފާޅުވަމުންދިޔަ ރުވެރިކަމާއެކުވެގެން ކަންބޮޑުވުމުގެ އަސަރުވެސް ފާޅުވާންހުއްޓެވެ.
“ޝޭން…ކިހިނެއްތިވަނީ…ހަމަޖެހިބަލަ…ދެމީހުން ފާހަނައަށްވަދެ ތަޅާފޮޅީތަ…މޫނުމަތީގައި ތިހުރީ ކޮން ނިޝާނެއް…” އައިޝަމް ރުޅިވެރިކަމާއެކު އަނެއްކާވެސަ ގޮއްމުށުން ފާރުގައި ޖަހާލަން މަޅާލިއަތުގައި ހިފަހައްޓަމުން އިއްބާން އަހާލިއެވެ.
“ބެން…ދަނީ އިނގޭ ގެއަށް…ވަރަށް ބޮލުގަރިއްސާތީ މިއުޅެނީ…” އެކިއެކީހެން ނުކުންނަމުން އައިޝަމް ބުނެލީ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުންނެވެ. ހައިރާންވެހުރެ އިއްބާން އޯކޭއޭ ބުނުމާއެކު އަވަސްފިވަޅުތަކެއްނަގަމުން އައިޝަމް ކެބިންއިން ނުމެގެން ހިނގައްޖެއެވެ.
*********************
ކޮޓަރިއަށްވަންނަމުން ބަންލާފައި ދޮރުޖަހާލަމުން ކަރުގައި އަޅާފައިއޮތް ޓައީ އެއްއަތުން ދޫކޮއްލަމުން އައިޝަމްގޮސް ކޮޓަރިތެރޭގައި އިން ކަޅުކުލައިގެ ސޯފާތެރެއަށް ވެއްޓިގަތެވެ.
“ކީއްވެ އަހަންނަށް އެހެން ހެދުނީ…” އިސްތަށިގަނޑަށް އަތްމަހާލަމުން ވާންކޮއްލިއިރު އައިޝަމް ބުނެލީ ދެބުމަގޮއްޖަހައިގެން އިންދެއެވެ. އޭނާ ކަންބޮޑުވަނީ އައިލީންއާ ދެތެރޭގައި ވިސްނާލެވުމުންނެވެ. ދެމީހުންނަންވެސް އެކަންތައް ކުރެވުނީ އިހްތިޔާރުން ބޭރުގައެވެ. އައިޝަމް ހައިރާންވެސް ވިއެވެ. ދުވަހަކުވެސް އަންހެންކުއްޖަކާ އެގޮތައް ގާތްވާކަށް އައިޝަމް ހިތަކަށްވެސް ނާރުވައެވެ. ނަމަވެސް އައިލީންއާ އެގޮތަށް ގާތްވެވުނީ ކީއްވެބާއޭ އައިޝަމް ހިތަށް އެރިއެވެ. އިރުކޮޅަކު ދެބުމަ ގޮއްޖަހާލައިގެން ވިސްނަން އިނީ ކޯއްޗެއްކަމެއް ނޭނގެއެވެ. ފެނުނީ ބޯޖަހާލަމުން ފުންނޭވާއެއް ދޫކޮއްލިތަނެވެ. އައިޝަމް ނިންމީ މާދަމާ އޮފީހަށް ގޮސް އައިލީންއާ އެވާހަކަ ދެއްކުމަށެވެ.
“ދަރިފުޅާ…ކާން އަންނަން ވީނުން….ދޮންތަ ބުނި ދަރިފުޅު ބޮލުގައި ރިއްސާތީއޯ އުޅެނީ…ކާލާގެން އައިސް ނިދާލަބަލަ ކުޑަކޮށް…ތި ބޮލުގެ ރިހުން ލުއިވެދާނެ….” ކޮޓަރީ ދޮރުހުޅުވާލަމުން އައިރީން ބުނެލިއެވެ.
“ލައްބަ…މި ދަނީ…” އަވަސް އަވަހަށް އައިޝަމް އެއްބަސްވީ އޭނާ އެކަމާ ދެކޮޅު ހެދިއެއްކަމަކު އައިރީން ގަދަކަމުންވެސް އޭނާ ކާން ގެންދާނެކަން އެނގޭތީއެވެ.
***********************
“ދޮންތާ….އަހަރެން ގޮވަގޮވާވެސް އައިލީން ކޮޓަރީ ދޮރެއް ނުހުޅުވި…ދޮންތަގޮސް އޭނައަށް ގޮވާބަލަ…މަށަކަށް ނުވާނެ..” ލީޝާ ބުނެލީ ސޯފާގައި އިށީނދެގެންއިން އޭނާގެ ދައްތަ ލައިކާއަށް ގޮވާލަމުންނެވެ. ލީޝާގެ އާއިލާ މާލެއައީ މީގެ ހަފްތާއެއް ކުރިންނެވެ.
“އޯކޭ…މިދަނީ…” ސޯފާ ތެރެއަށް ވެއްޓެގަތް ލީޝާއަށް ބަލާލުމަށްފަހު ލައިކާ ބުނެލީ ހިނިތުންވެލަމުންނެވެ.
ލައިކާއަށް ލިބިފައިވަނީ ކަޅުކުލައިގެ ދެލޮލާއި ރީތި ހަށިގަނޑެެކެވެ. ލައިކާއަށް ލިބިފައިވަނީ އިސްކޮޅުން ދިގު ހަށިގަނޑެއް ނޫނެވެ. ނަމަވެސް ކުރެކޭވެސް ނުބުނެވޭނެއެވެ. ހަމުގެ ކުލަ އަލިއިރު ލައިގެންހުރި ކަޅުކުލައިގެ ދޫ ޖިލްބާބުންވެސް އެ ހަށިގަނޑުގެ ރީތި ބައްޓަން ފާހަގަވެއެވެ.
“ލީޝް…މަށަކަށް ނުވާނެ…ކޮބާ ޔާން…އޭނާއަށް އެކަނި މިކަންވާނީ…”
އައިލީންގެ ކޮޓަރީ ދޮރުގައި ތަޅާތަޅާ އަތްވާޅުވީއްސުރެ އައިލީން ދޮރުނުހުޅުވުމުން ލައިކާ ބުނެލިއެވެ.
“ޔާންބެ ދޮ….ކޮޓަރީގަ ކަންނޭގެ…” ލީޝާ ބުނެލީ ޓީވީއިން ދައްކަމުންދިޔަ ޝޯ އަކަށް ވަރަށް ޝައުގުވެރިކަމާއެކު ބަލަމުންނެވެ.
“ކީކޭ ލައި….” ކޮޓަރީ ދޮރުހުޅުވާލަމުން އަޔާން އަހާލީ ނިދިމޫނަކާއެކުއެވެ. އަޔާން ދޮރުހުޅުވާލުމާއެކުހެން ލައިކާއަށް ދޮރާ ފުރަގަސް ދެވުނީ ހަމައެކަނި ޖިންސެއްގައި ހުރި އަޔާން ފެނިފައެވެ. ލައިކާގެ އެހަރަކާތުން އަޔާންގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ.
“މި އުޅެނީ ލީން ކޮޓަރީ ދޮރުނުހުޅުވައިގެން…..ލީޝްވެސް ގޮވައިފި…އަހަރެންވެސް…އެކަމު ލީން ދޮރެއް ނުހުޅުވި…އެހެންވެ މި ގޮވާލީ…” އެހުރި ގޮތަށް ހުރެ ލައިކާ ބުނެލިއެވެ. އެވަގުތު އަޔާންގެ މޫނުމަތިން ކަންބޮޑުވުމުގެ އަަަރު ފާޅުވެގެން ދިޔައެވެ. އައިލީންއަކީ ކަމަކާ ދެރަވެގެން ނުވަތަ ކަމަކާ ކަންބޮޑުވާނަމަ އެގޮތައް ކަންތައްކުރާ ކުއްޖެއްކަން އަޔާން ދަނެއެވެ. އަވަސް ހަރަކާތަކާއެކު ގަޔަށް ޓީޝާޓެއް މަހާލަމުން އަޔާންގޮސް އައިލީން ކޮޓަރީ ދޮރުގައި ޓަކިޖަހާލިއެވެ.
“ލީން…ދޮރު ހުޅުވަބަލަ….” އަޔާން އެހާވަރަށް ގޮވުމުންވެސް އައިލީން ދޮރުނުހުޅުވުމުން އަޔާން ބުނެލީ ދޮރުގައި އެތިފަހަރެއް ވީއްލާލަމުން ނުހަނު ބާރަށެވެ. އޭރު އެތާގައި ލީޝާގެ އިތުރުން ލައިކާވެސް ހުރީ ކަންބޮޑުވެފައެވެ. ލީޝާގެ މަންމައާ އައިލީންގެ މަންމަވެސް ބޭރައްގޮސް ވާތީ ގޭތެރެއިން އެމީހުންގެ ހިލަމެއްނުވެއެވެ.
ކުއްިއަކަށް ބެލްޖަހާލި އަޑުއިވުމުން ލީޝާގޮސް ދޮރުހުޅުވާލިއެވެ. ފެނުނު ސޫރައަކުން ލީޝާގެ ދެލޯ ބޮޑުވެ އަނގަހުޅުވުނެވެ. ލީޝާގެ މޫނަށް ވެރިވި ކުލަވަރު ބަލާލުމެއްނެތި އައިލީންގޮސް މަޑުކޮއްލީ ކޮޓަރީ ދޮރުކައިރިއަށެވެ. އޭރުވެސް އަޔާންދިޔައީ ދޮރުގައި ތަޅަމުން ދޮރުހުޅުވުމަށް އެދެމުންނެވެ. މިޔަދު އައިޝަމްއާއެކު ބޭއިހުތިޔާރުގައި އެ އަމަލުގައި ބައިވެރިވެވުމުން ބޯހާސްވެ ކަންބޮޑުވެފައި ހުރި އައިލީން ގާތަށް ހިނިއައެވެ.
“ދޮންބޭ…ކީއްތި ކުރަނީ….” އަޔާންއާ ލައިކާވެސް ސިއްހިގެން ދިޔައީ ފަހަތުން އައިލީންގެ އަޑު އިވިފައެވެ.
“ލީން….” އަޔާންއަށް އައިލީންއާ ދިމާލަށް އެނބުރެމުން ގޮވާލީ ކަމެއް ހަނދާންކިއްދިންފަދަ ގޮތަކަށެވެ.
“އޯވްހް…..ސޮރީއޭ ދޮންބޭ….އަވަސް ކުރަންވެގެން ދޮރު ތަޅުލާފައޭ ދެވުނީ….ދެން ނުވާނެ…ސޮރީ..” އަވަސް އަވަހަށް އައިލީން ބުނެލީ ކަމެއް ހަނދާނަށް އައިފަދަ ގޮތަކަށެވެ.
“ހޫމްމްމްމްމް…..” އައިލީންގެ އިސްތަށިގަނޑު ހާވާލަމުން އަޔާން ބުނެލިއެވެ. އައިލީން ބެލީ އަޔާންމެން ކުރިމަތީގައި ހަމަޖެހިލައިގެން އުޅެވޭތޯއެވެ.
“ދޮންބޭ…ދަނީއޭ ކޮޓަރިއަށް…ވަރަށް ވަރުބަލިވެފަ މިހުރީ..” އަޔާން ބޯޖަހާލުމާއެކުހެން އައިލީން ކޮޓަރިއަށް ވަނެވެ. ފާހަނައަށްވަދެ ތާޒާވެލައިގެން ނުކުމެ އެނދުގައި އޮށޯވެލަމުން ދެލޯމަރާލީ ވެފައިވާ ވަރުބަތްޔެއްގެ ސަބަބުންނެވެ. ލޯމަރާލުމާ އެކުވެސް އައިލީންއަށް ފެނުނީ އެ މަންޒަރެވެ. ދެލޯމަރާ ބާރުކޮއައިގެން އޮއްވާ ނިދީގެ ފުންކަނޑަކަށް އައިލީން ގެނބުނެވެ.
**************************
އަރާމު ނިންޖެއްގައި އޮތް ލޫން ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ތަޅައިގަތް އަޑުއިވިފައެވެ. ދުވެފައިކަހަލަ ގޮތަކަށްގޮސް ދޮރުހުޅުވާލިއިރު ލޫންގެ ލޮލާ ނިދި ވަކިވެފައިވެއެވެ.
“ދޮރު ތަޅުލައިގެން ދެފައި ދަމާފައި ނިދަންތަ ތިއޮތީ….މަ ކިހާއިރެއްވެއްޖެ ކަލެއަށް ގޮވާތާ….އަން….ގޮސް ތަރުކާރީ ކޮޅަކާ އެއްޗެހި ގަނެގެން އާދޭ…” ލޫން ދޮރުހުޅުވާލުމާއެކުހެން ރުޅިންފުފިފައިހުރެ ޒާހިރާ ބުނެލީ ލޫންގެ މޫނުމައްޗަށް ސަތޭކަރުފިޔާ ހޫރާލަމުންނެވެ. އަދި އޭނަގެ ކޮޓަރިއަށްގޮސް ބަންލާފައި ދޮރުޖަހާލިގޮތުން ގެވެސް ގުޑައިގެން ދިޔަފަދައެވެ.
ފެންވަރައިގެން ނުކުމެ އެއްޗެހިލައިގެން ބޮލުގައި ހުޅިއެއް ޖަހާލަމުން ލޫން ކޮޓަރިންނުކުތެވެ. އަދި އަވަސް ފިޔަވަޅުތަކެއްނަގަމުން ގޭންނުކުތެވެ. ހަނިމަގަށް އެޅުމާއެކުހެން ލޫންގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލެވުނުފަދައެވެ. އެތާ އެތިބީ އޭނާއަށް އުނދަގޫ ކުރާ ޕާޓޭ ގުރޫޕެވެ. ނަމަވެސް އިސްޖަހާލަމުން އަވަސް ފިޔަވަޅު ތަކެއްނަގަމުން ލޫން ކުރިއަށް ހިނގައިގަތެވެ. އެމީހުން ތުބުންފުމެމުން ދިޔައެއްކަމަކު ގަޔަށް އަތްލަން ނޫޅުމުން ލޫންއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ނަމަވެސް އެކަން އެއްގޮތަކަށް ނޯންނާނެކަން އެނގުމުން އެ ހިތް ތެޅިލިއެވެ.
މަޖީދީ މަގަށް ނުކުތްއިރު ތުނިކޮއް ވާރޭ ވެހެމުންދިޔައެއްކަމަކު ލޫން އަޅައެއްނުލިއެވެ. މަގުމައްޗަށް ނަޒަރެއް އެއްލިވަގުތު ފެނުނު މަންޒަރަކުން ލޫންގެ ހިންގުން ހުއްޓި މުޅި މީހާ ގަބުވިއިރު ހީވަނީ ބޮޑު ބިރެއް ފެނުނުހެންނެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. އިއްބާންއެވެ. ދެން ފެނުނު މަންޒަކުން ހީވީ ލޫންގެ ހިތް މިލިޔަން އެތިކޮޅުތަކަށް ކުދިކުދިވެގެން މުޅިތަނަށް ވިހުރިން ދިޔަހެންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.








Vv reethi
Thanks lovly girl..??
Me first…. story hama habeys… exam otheema nukiyumee… sorry… then in part ah inthizaaru kuraanan… best of luck to u malko…
Thanks vernon…
Ohh..E ok vaany exam ehnu dhw..good result eh libyne kamah ummeedhu kuran vernon…and sorry nubunaany ingy..thanks.??❤♥
Salaam readers..
Sorry ingy mihaa lahun up koalevuneema…
BTW readers ah kihineh heevanee?
loon ah evii kihineh baa dhw.?
readers ahves heevaa ehch bunelahcy…
Soo mal ummeedhu kuran hurihaa kiyin therinnahves mi part kamudhaane kamah…kiyaalaafa comment eh koalahcy….feel free to comment your viwes…
thanks ingy thihaa supportive veema hurihaa kiyuntherinves..
Lve u all my readers…
Nyts..♥❤✨..
Its okey malko… i understand…
Thanks for understanding..??
Woww malkko mi part ves varah varah reethi ????????? whn is next part can’t wait ???? luv it ??? lysm
Awwn..thank meekko..next part insha allah varah avahah…lve ya..??..
V v sahali i just love it?. Waiting for the next part ??
Thanks shyshai…??..
Hama heski fakkaa.. curiously waiting Mal
Thanks lucifer..??
Ibbaan accident v thr?? Ehn nuhadhahchey…
Ehehe…nyge dhw…next part in engyne ingy…thanks..??
This story is awesome aslu up kuriiraa kiin dhn ekam phnga problemeh hurima commenteh nukurevunii….love the story?????
Awwwn…thanks vikku…e ok vany..vaahka reethi kan engueema varah ufaa vehje….thankss..?♥❤♥?
Wooow.. V reethi mi part vx..
Next part when…??
Thanka shiv…next part insha allah varah avahah…?
Cover ah aisham vec ithuru kohlaba.. Plx..
Ehehe…yeah…?
Ehves ryhcheh noon…i don’t know why u guys like this stry so much…it’s not nice…
EY Navya ah reethi noonas aharumennah reethi?????mal varrah reethi mi vaahaka?? I love it???❤️❤️❤️❤️
Can’t wait for next part. Vrh reethi mi part
Thanks sau..?
Kobaa tha next part.. ?
Kon part ehtha…28 tha…insha Allah varah avahah..
Wow… v habeys…So curious about dhen vaane gothakaa medhu?❤?♥
Thanks jiji..yeah…mal ves meenee varah curious vefa….balamaa dhw vaa gothehves..?
Malkkoooo this story is beautifull ???? mal haadha molhey ❤️❤️❤️❤️❤️ this is the best story I have read in my life times???????? varrah reethi❣️???❤️❤️❤️???????
Awwwwn…thanks….?
Adhi vx up kohlevey varei nuvey tha…??? Mihaaru 28 vana part kiyaa hithun hurevenee eh noon..?
Nenge up vefa thw belunee kihaa varakah kameii vx… ??
Awwwwwwn shivv….thanks ingy….up koalaadin….varah ufaavy thihaa support kuraateeve…?
I’m curious to read next part???????????????next part avahah up kohlahcheyy ???❤️❤️❤️❤️❤️
Yeshh cutie…up koalaafin..
Ibban ehn girl akaa ekkoh hurykamah vx vedhaane dhw. BTW vaahaka vrh salhi. Keep it up malkko☺️
Thanks…yeah…
Alheyy mal dhooni haadha perfect eii.. V habbu mi prt vx.. Waiting for the next prt.. Whn is the next part??? V curious vejje.. Comment nukuriyas I am a huge fan of yours and i read this story regularly.. ????????????????????????????.. Keep it up..
Awwwwn….varah ufaa vehje mal ge fan eh hurikan enguneema……and up koalaafin…..thanks…??
Hey mal…. Varah reethi mi part vx
Thanks mai..
Mal hangout ga profile ga inanee black pp eh tha. I want talk you.. Plx reply
Yeah..blcjk eh.
Black*
v rythi maasa allah Abaduves thikahala young dhivehi vaahaka liyaa kudhin ithuru vaash aameen❤❤??✨✨??
Awwwwn thanks….thikahala supportive kiyunterin ithuru kurahvaash…aameen.
Pis pis pis???mioh ulhey hunaruveri kujjeiy dhoa.. Ma hama ajaabuvejje.. Mal bunaakau molhu ingey. Hama finifenmaleiy.. Mal thee hama finifenmaa gahuga folhifa in finifenmaleiy… E gahun thi maa vakinuvaane kamau unmeedhukuran.. Adhi kiriyaa mi bai mi kiyailevunee.. Hama obi ingey.. And mal.. You can call me shai… OK dear.. Good luck malkolhuuuu ??????
Awwwn..thanks shai….??…varah bodhah…hama bunaane ehchves nyvifa meene…thanks???