Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 01

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 1, 2019 9 Mins Read
57 Comments

އެއަރޕޯޓުގެ އެރައިވަލްސް ގޭޓުން ނުކުން ޒުވާނާއަށް ގިނަ އަންހެން ކުދިންގެ ލޯތައް އަމާޒުވެފާވެއެވެ. އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީގައި ހުރިއިރު ރީތި ވަރަކަށް ކޮށާލާފައިވި ބޮލުގެ އިސްތަށިކޮޅު ވަނީ ސްޕައިކް ޖައްސާފައެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެޒުވާނާގެ ފިރިހެންވަންތަކަން އިތުރުކޮށްދޭއިރު ދެލޯ ވަނީ ކަޅު ކުލައިގެ ރޭބަން އަވި އައިނަކުން ފޮރުވާލާފައެވެ. ކޮނޑުގައި ބެކްޕެކެއް އަޅުވާލައިގެން ހުރެ އަނެއް އަތުން ފޮށި ދަމަމުން އައި ޒުވާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ދުރުގައި އޭނަގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބި އޭނަގެ ކުޑަ އާއިލާ ފެނުމުންނެވެ. އެޒުވާނާގެ ނަޒަރު އޭނަގެ އާއިލާއަށް ހުއްޓުމާއެކު ލޮލުގައި އަޅާފައިވި އަވި އައިނު ނަގަމުން އޭނަގެ ހިނގުންވެސް އެދިމާލަށް ބަދަލުކޮށްލިއެވެ. ” އޯން ދޮންބޭ… އައި މިސްޑް ޔޫ ސޯ މަޗް… ” އެޒުވާނާ އައިސް ހުއްޓުމާއެކު އެތަނުގައި ހުރި އަންހެން ކުއްޖާ އެޒުވާނާގެ ހަށިގަނޑުގައި ބައްދާލަމުން ބުނެލިއެވެ. ” އައި މިސްޑް ޔޫ ޓޫ މައި ލިޓުލް ސިސް… ” އެޒުވާނާގެ ފިރިހެންވަންތަ އަޑުން އެހެން ބުނެ އެއަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ” އިކާން… ދަރިފުޅާ… ރަނގަޅުތަ…” އިކާން އޭނަގެ ހުރި ހަމައެކަނި ކޮއްކޮ ކިއާރާ ގަޔާއި ދުރުކޮށްލުމަށްފަހު ކައިރީގައި ތިބި އޭނަގެ މަންމަ އާއި ބައްޕައަށް ބަލައިލުމާއެކު އާކިފް ކުރިއަށް ޖެހިލާ އިކާންގެ ގައިގައި ބައްދާލަމުން އަހާލިއެވެ. ” އަޅުގަނޑު ރަނގަޅު… ބައްޕަ ރަނގަޅުތޯ… ” އިކާންވެސް ހިނިތުންވުމަކާއެކު އޭނަގެ ބައްޕަގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެވަގުތު އާކިފް ރަނގަޅު ކަމުގައި ބުނަމުން ދުރުވެލިއެވެ. ” މަންމަ ހާދަ އިންތިޒާރެއް ކޮށްފީމޭ ދަރިފުޅު އެއްކޮށް މަންމަމެން ގާތަށް އަންނާނެ ދުވަހަކަށް… ” އުފާވެރިކަމުގެ ކަރުނަތައް ޖަމާވެފައިވި ދެލޮލުން ލޯތްބާއެކު އިކާނަށް ބަލައިލާ ބޮލުގައި ފިރުމާލަމުން ހަފްޒާ ބުނެލިއެވެ. އޭރު އޭނަގެ ދެލޮލަށް ޖަމާވެފައިވި ކަރުނަތައް ދެލޮލުން ފައިބައިގަންފިއެވެ. ”މަންމާ… މިހާރު މިއައީ އެއްނު މަންމަ ކައިރިއަށް… މިފަހަރަކު ނުދާނަމޭ… ކިޔަވައި އެއްކޮށް ނިމުނީމަ ދެން މަންމަ ކައިރި އަބަދު ހުންނާށޭ މިއައީ… ” އިކާން އޭނަގެ ދެއަތުން ހަފްޒާގެ ކަރުނަތައް ފޮހެލައިދެމުން ވާހަކަ ދެއްކިއެވެ. އެއާއެކު ހަފްޒާގެ މޫނުމަތި ކުރިއަށްވުރެ އުފާވެރިވިއެވެ.

” މަންމާ… ދޮންބޭ… އިމޯޝަނަލް ޑްރާމާ ގެއަށް ގޮސް ކޮންޓިނިއު ކުރަމާ… އަޅުގަނޑު ދޮންބެއާ ވަރަށް ބައިވަރު ވާހަކަ ދައްކަން ބޭނުން… ޕްލީޒް ލެޓްސް ގޯ ހޯމް… ” ކިއާރާ މޫނަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނެލި ގޮތުން ތިން މީހުނަށްވެސް ހެވުނެވެ. އާކިފް ހިނގާށޭ ބުނުމާއެކު އެކުޑަ އާއިލާ އެކުގައި އެތަނުން ނުކުމެ ގޮސް ކާރަށް އަރައި އެމީހުންގެ މަންޒިލަށް ދިޔުމަށް ދަތުރު ފެށިއެވެ.

ކާރު އައިސް މަޑުކޮށްލީ ބޮޑު ގޭޓެއްގެ ކުރިމައްޗަށެވެ. އެވަގުތު ސެކިއުރިޓީންއަށް ތިބި ދެމީހުން ގޭޓު ހުޅުވާލުމާއެކު ކާރު ގޮސް އެގޭޓުން އެތެރެއަށް ވަނެވެ. ކާރު މަޑުކޮށްލުމާއެކު އިކާން ކާރުން ފައިބާ އެންމެ ފުރަތަމަވެސް ވަށާއިގެންވި މާހައުލަށް ނަޒަރު ހުއްޓާލިއެވެ. ކުރިމަތީގައި ރީތިކޮށް ފަރުމާކުރެވިފައިވި ބޮޑު ގެއެއް ހުރިއިރު ގޭގެ ކުރިމަތީގައި އޮތް ހުސް ޖާގައިގެ އެއްފަރާތުގައި ތަފާތު ވައްތަރު ވައްތަރުގެ މާމެލާމެލީގެ ބޮޑު ބަގީޗާއެއް އޮތެވެ. އެއްވަރަކަށް ކޮށާލެވިފައިވި ފެހި ދޫލައެއްފަދަ ވިނަގަނޑުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭއިރު ފެހިކަންގަދަ ފަތްތަކުގެ ތެރެއިން އެކި ކުލަކުލައިގެ މާތައް ފެންނައިރު އެމަންޒަރު ބަލާ ފޫހިނުވާނެހާ ހިތްގައިމެވެ. ގޭގެ އަނެއް ފަރާތުގައި ކޮފީ ބޯން ޚާއްސަ ހަޓެއް ހަދާފައިވާއިރު އެމީހުންގެ ވެހިކަލްތަކަށް ގަރާޖެއްވެސް ހަދާފައިވެއެވެ. އެފަރާތުގައިވެސް ރީތި ވިނަގަނޑެއް ވާއިރު އެކި ތަންތަންކޮޅުން ކުދި ފިޔާތޮށި ކުލައިގެ މާތައް ފެންނަން ހުއްޓެވެ. ” ދަރިފުޅާ އިކާން… އެތެރެއަށް ވަންނަންވީނު… ” އާކިފްގެ އަޑަށް އިކާނަށް ހަމަހޭވެރިކަންވިއެވެ. ހިނިތުންވެލަމުން އިކާން އެތެރެއަށް ވަންއިރު އޭނަގެ ފަހަތުން ކިއާރާގެ އިތުރުން ހަފްޒާވެސް ވަނެވެ. އާކިފްވެސް އިކާންގެ ދަބަހާއި ފޮށި ކޮޓަރިއަށް ލުމަށް އެގޭގައި އުޅޭ ޚާދިމަކަށް އެންގުމަށްފަހު އެތެރެއަށް ވަނެވެ.

ގޭތެރެއަށް ވަދެފައިވެސް އިކާންއަށް ފަރާތްފަރާތަށް ބެލެން ފެށުނެވެ. ހުދު ކުލައިން ކުލަލެވިފައިވި އެބޮޑު ގޭގައި ފަރުނީޗަރުތައް ވަނީ ކަޅާއި ހުދު ކުލައިންނެވެ. ތަނަވަސް ސިޓިންރޫމުގައި ބޮޑު ސޯފާ ސެޓެއް ތަރުތީބުކަމާއެކު ހުރިއިރު ކުރިމައްޗަށް ވާނޭހެން ބޮޑު ފަތި ޓީވީއެއް ފާރުގައި ހަރުކުރެވިފާވެއެވެ. އެންމެ ބޮޑަށް އަޅާއިގަންނަނީ ސީލިންގުގެ މަތީގައި އިން ޗާންދަލިއާއެވެ. އެބޮޑު ޗާންދަލިއާއިން އެތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މައްޗަށް އަރަން އެއްފަރާތެއްގައި ބޮޑު ސިޑިއެއްވާއިރު މަތީގައި ހުރީ ކޮޓަރިތަކެވެ. ހަފްޒާގެ އެދުމަށް އޭނަގެ ފަހަތުން އެންމެން ގޮސް ކާކޮޓަރިއަށް ވަނެވެ. އޭރު އެދިގު ކާމޭޒު މަތީގައި ތަށިތައް ތަރުތީބުކުރުމުގައި ދެ ޚާދިމުން ހަރަކާތްތެރިވެއެވެ. ” ހުރިހާ ކަމެއް ނިމުނީތަ… ” ހިތްހެޔޮ ހިނިތުންވުމެެއް ހަދިޔާކުރަމުން ހަފްޒާ އަހާލުމާއެކު ޚާދިމަކަށް ހުރި ބިދޭސީ އަންހެން ކުއްޖާ އާއި މެދު އުމުރުގެ އަންހެން މީހާ ބޯ ޖަހާލިއެވެ. އެއާއިލާއަށް ކެއުމަށް ފުރުސަތު ދެމުން އެދެމީހުން ކާކޮޓަރިން ނުކުތެވެ. އެންމެން އެކުގައި އައިސް ގޮނޑީގައި އިށީނެވެ. މޭޒުމަތި ފުރާލެވިފައި ވަނީ ތަފާތު ވައްތަރު ވައްތަރުގެ ކާތަކެތިންނެވެ. ހުސްވެސް އިކާންއަށް ކަމުދާ ތަކެއްޗެވެ. އާއިލާއާއެކު މެންދުރުގެ ކެއުން ނިންމާލެވުމުން އިކާންގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ކައި ނިންމައިގެން ސިޓިން ރޫމުގައި އިކާން އާކިފްއާއެކު ވާހަކަ ދައްކާލުމަށް މަޑުކޮށްލިއިރު ހަފްޒާ އާއި ކިއާރާ ގޮސް ވަނީ އިކާންގެ ކޮޓަރިއަށެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެމައިންވެގެން އިކާންގެ އަންނައުނުތައް ތަރުތީބުކަމާއެކު އަލަމާރީގައި ބެހެއްޓިއެވެ. އެމަސައްކަތް ނިންމާލުމަށްފަހު އެެދެމީހުންވެސް ގޮސް ސިޓިން ރޫމުގައި މަޑުކޮށްލިއެވެ.

ދަތުރަށްފަހު ވަރުބަލިކަން އިހުސާސްކުރެވުމާއެކު އިކާން ބޭނުންވީ އަރާމުކޮށްލަން ދާށެވެ. މާގިނައިރު ނުކޮށް އިކާން ގޮސް ކޮޓަރިއަށް ވަނެވެ. ހުދު ކުލައިން ކުލަ ލައިފައިވި އެތަނަވަސް ކޮޓަރީގައި ވަނީ އަޅި ކުލައިގެ ފަރުނީޗަރުތަކެވެ. އަޅި ކުލައިގެ ބޮޑު ސޯފާއެއް ހުރިހިރު އޭގެ ކައިރީގައި މަޑު އަޅިކުލައިގެ ކާޕެޓެއް އަޅާފައިވެއެވެ. ސޯފާގެ މެދުގައި ބިއްލޫރި ވަށް މޭޒެއް ހުރިއިރު މޭޒު މަތީގައި ބިއްލޫރި ފެން ޖަގެއްގެ އިތުރުން ފެންބޯ ތައްޓެއްވެސް އިނެވެ. ކިންގް ސައިޒް އެނދުގައި އަޅި އާއި ހުދު ކުލައިގެ ރީތި ބެޑްޝީޓެއް އަޅާފާވާއިރު ބާލީސްތައްވެސް ހުރީ ގުޅޭނޭހެން އެދެކުލައިންނެވެ. މަޑުމަޑު އަޅި ކުލައިގެ ބްލޭންކެޓް އެނދުގައި އަޅާފައިވުމުން އިތުރަށް ފުރިހަމަކޮށްދެއެވެ.

އިކާން ކޮޓަރި ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ބެލްކަންޏާއި ދިމާލަށް ހިނގައިގަތެވެ. ބެލްކަނީގެ ހުދު ދޮރު ފޮތިތައް ކަހާލާ ބިއްލޫރި ދޮރު އެއްފަރާތްކޮށްލަމުން އިކާން ބެލްކަންޏަށް ނުކުތެވެ. ގަދަ މުށި ކުލައިގެ ޕޮޓްތަކުގައި އިންދާފައިވި ގަސްތަކުގައި އެކި ކުލަކުލައިގެ މާތައް ފޮޅިފައިވުމުން އެތަން އެއްވަސްވެފައިވަނީ އެމާމެލާމެލީގެ މީރު ވަހުންނެވެ. ބެލްކަނީގެ ރެއިލިން ކައިރި ހުއްޓިލާ ތިރިއަށް ބަލައިލުމުން ތިރީގައިވި ރީތި ބަގީޗާވެސް އިކާންއަށް ފެނުނެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އިކާން ކޮޓަރި ތެރެއަށްވަނެވެ. ސްކިނީގެ ޖީބުގައި އޮތް ފޯނު ނަގައި ޗާޖަރަށް ޖަހާލުމަށްފަހު އެނބުރުނު ވަގުތު ސައިޑް ކަބަޑު މަތީގައި އިން ބިއްލޫރި ވާސްއަށް ޖަހާފައިވި ސަންފްލާވަރތައް އޭނަގެ ލޮލުގައި އަޅާއިގަތެވެ. އޭގައި ސަންފްލާވަރގެ އިތުރުން ލައިލެކްމަލާއި ފިނިފެންމާތަކެއްވެސް ހުއްޓެވެ. ބަލާބެލުމަށް ނުހަނު ހިތްގައިމެވެ. އިކާންގެ ނިތައް ރޫތައް ޖަމާވެގެން ދިޔައިރު އެމޫނުމަތީގައިވީ ބުނެދެން ނޭނގޭފަދަ އަސަރުތަކެކެވެ. ހިސާބެއްގެ އުނދަގޫ ކަމެއް އިކާނަށް އިހުސާސްވުމާއެކު އެވާސް އެތަނުން ނަގައި ގެންގޮސް ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި ވަށް މޭޒު މަތީގައި ބެހެއްޓިއެވެ. އަދި އެމޭޒު މަތީގައި އިން ބިއްލޫރި ފެން ޖަގާއި ފެންބޯ ތަށި ގެނެސް ސައިޑް ކަބަޑު މަތީގައި ބެހެއްޓިއެވެ. އެއަށްފަހުވެސް އިރުކޮޅަކު އެސަންފްލާވަރތަކަށް ބަލަން އިކާން ހުއްޓެވެ. އެހެން ހުރުމަށްފަހު ތުވާލި ހަރުގައި އިން ތުވާލި ހިފައިގެން އިކާން ގޮސް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން އައިސް އެނދުގައި ޖައްސާލުމާއެކު ވެފައިހުރި ވަރުބަލިން އިކާންގެ އެސްފިޔަތަކަށް ބަރުވެ ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.

ކާކޮޓަރީގައި ހަރަކާތްތެރިވަމުންދިޔަ ދިމްނާގެ ހަރަކާތްތައް ނުހަނު އަވަހެވެ. ސިންކު ކައިރީގައި ހުރެ ޕްލާސްޓިކް ކުޑަކުޑަ ތިން ތަށި ދޮވެލިއެވެ. އެއަށްފަހު ފުރިޖުން ފިޔާކޮޅަކާއި ލުނބޮއެއްގެ އިތުރުން މިރުހެއް ނަގައި ދޮވެލުމަށްފަހު ކޮންމެ އެއްޗެއްވެސް ވަކިވަކިން ތައްޓަކަށް ކޮށާލިއެވެ. އެއެއްޗެހި ކޮށާ ނިންމާލާފާ ތަށިތަކުގައި މަތި ޖަހަމުން މޭޒު މަތީގައި ތަށިތައް ރީތިކޮށް ތަރުތީބުކޮށްލިއެވެ. ފްރިޖުން ފެން ފުޅިއަކާއި އޮރެންޖު ފަނިފުޅިއެއް ނަގައި ހަތަރު ތައްޓަކަށް އެޅުމަށްފަހު އެފުޅިތައް ފްރިޖަށްލާ މޭޒު މަތީގައި ހުރިހާ އެއްޗެއްވެސް ހަމައަށް ހުރިތޯ ފަހު ފަހަރަށް ބަލައިލިއެވެ. މޭޒު މަތީގައި އެންމެ ފަހުން ކޮށި އެއްޗެހީގެ އިތުރުން ބަތް ތަނބަކަކާއި ގަރުދިޔަ ބޯތައްޓެއްގެ އިތުރުން ކޮށާފައި ހުރި ވަޅޯމަސް ތައްޓެއްވެސް ހުއްޓެވެ. ހުރިހާ އެއްޗެއް ހަމައަށް ހުރުމާއެކު ފުން ނޭވައެއް ދޫކޮށްލަމުން ދިމްނާ ކާކޮޓަރިން ނުކުމެ ގޮސް ގޭތެރެއަށް ވަނެވެ. އެގޭގައި ބަދިގެއާއި ކާކޮޓަރި ހުންނަނީ ގެއާއި ވަކިންނެވެ.

ގޭގެ ސިޓިން ރޫމަށް ވަންއިރު ނަފީސާ ސިޓިން ރޫމު ސޯފާގައި ކޮންމެވެސް ސިޔަސީ ޕްރޮގްރާމެއް ބަލަން އިނެވެ. ” މަންމާ… ކާން ހަދާފަ އެހެރީ…” ނަފީސާ ކައިރި އައިސް ހުއްޓެމުން މަޑުމައިތިރިކަމާއެކު ދިމްނާ ވާހަކަ ދެއްކިއެވެ. އެއްވެސް އަސަރެއްނެތް ގޮތަކަށް ދިމްނާއަށް ބަލައިލުމަށްފަހު ނަފީސާ ސޯފާއިން ތެދުވެގެން ގޮސް އެއްފަރާތުގައި ހުރި ކޮޓަރިއެއްގައި ޓަކި ޖަހާލިއެވެ. ” ދަރިފުޅާ އާޝާ… އާދެ ކާން ދާން… ” ދޮރުގައި ޓަކި ޖަހަމުން ނަފީސާ ގޮވާލިއެވެ. ކޮނޑު ކެނޑި ވައްތަރުގެ ޓީޝާޓަކާއި ކަކުލުން ތަންކޮޅެއް މައްޗަށް އަންނަވަރުގެ ސޯޓެއްގައި ހުރި އަންހެން ކުއްޖެއް އެތެރެއިން ދޮރު ހުޅުވާލަމުން ނުކުތެވެ. ކޮނޑާއި ހަމައަށް އަންނަ ފަން އިސްތަށިކޮޅުގައި ވަނީ މަޑު މުށި ކުލައެއް ޖައްސާފައެވެ. ” ދަރިފުޅާ އާޝާ… އާދޭ އަވަހަށް ކާން… މިހާރު ބަނޑުހައިވެފައެއްނު ހުންނާނީވެސް… ” ކޮޓަރިން ނުކުން އާޝާއަށް ބަލައިލަމުން އަނެއްކާވެސް ނަފީސާ ބުނެލިއެވެ. ”ދިމްނާ ދެންދުވަހަކުން މިއަށްވުރެ އަވަހަށް ކާން ހަދަންވާނެ… މިހާރު އެހެރަ ދޭއް ޖަހާ ބޮޑުވީ…” ދިމްނާއަށް ބަލައިލުމެއްނެތި ނުރުހުންތެރި ރާގެއްގައި އެހެން ބުނެ ނަފީސާ ކާކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އާޝާވެސް މޫނަށް ވައްތަރެއް ޖައްސާލަމުން ދިމްނާއަށް ބަލައިލުމަށްފަހު ނަފީސާގެ ފަހަތުން ހިނގައިގަތެވެ.

އެހުރިހާއިރު އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ސޯފާތައް ކައިރި ހުރި ދިމްނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ހިންދިރުވާލެވުނީވެސް ނުހަނު އުނދަގުލުންނެވެ. އޭނަގެވެސް އޮންނަނީ ހިތެކެވެ. އެހިތަށްވެސް އަސަރުކުރެއެވެ. އޭނައަކީވެސް އާޝާއެކޭ އެއްފަދައިން އެމަންމަގެ ދަރިއެކެވެ. އޭނައަށްވެސް އެމަންމަގެ ލޯތްބާއި އަޅާލުން ބޭނުންވެއެވެ. މަންމަގެ ފަރާތުން ފެންނަ ދުރުކަމުން އޭނަގެ ހިތަށް ފުން އަސަރުތަކެއް ކުރެއެވެ. ވަޒީފާއަށް ދަމުން ގޭގެ ހުރިހާ މަސައްކަތެއްވެސް ކުރަންޖެހެނީ އޭނައަށެވެ. އެވަރުންވެސް މަންމަ އޭނަ އާއި ރީތިކޮށް އަނގައިން ބުނެނުލާއިރު ރުހުމުގައި ބަލައިވެސްނުލާނެއެވެ. މިއަދުވެސް ކާން ހެދުނުލެއް ލަސްކަމުން މަންމަ އެހުރީ ހިތްހަމަނުޖެހިފައެވެ. ގޭތެރެ ފޮޅާ ސާފުކުރަން އުޅުމުން މިއަދު ކާން ހެދުންލެެއް ލަސްވީއެވެ. އެވަރުވެސް މަންމައަކަށް ނުވިސްނުނެވެ. ނޫނީ ވިސްނަން ބޭނުންވެސް ނުވީއެވެ. ދުވަހަކުވެސް ކައިފިންތޯވެސް އަހާނުލައެވެ. ނަފީސާގެ ހިތުގައި ދިމްނާއަށްޓައި އެއްވެސް ކުލުނެއް ނުވަތަ އޯގާތެރިކަމެއް ނުވާފަދައެވެ. އެންމެ ކުޑައިރުއްސުރެވެސް ނަފީސާ ދިމްނާ އާއިމެދު ކަންތައް ކުރަމުން ދަނީ އެފަދަ ގޮތަކަށެވެ. އަބަދުވެސް އާޝާ އާއި ދިމްނާއާދެމެދު ތަފާތުކުރެއެވެ. އެހެނަސް ނުރުހުމުގައި ނަފީސާއަށް ދިމްނާ އެންމެ ބަހެއްވެސް ބުނެނުލައެވެ. އެހުރިހާ ކަމަކަށް ކެތްކުރަމުން އެކަނިވެރިކަމާއެކު ދުވަސްތައް ހޭދަކުރަމުން އެދަނީ ކިހާ ކެތްގަދަވީމަ ހެއްޔެވެ؟

ލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު ދިމްނާ ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ. އަމިއްލަ ހާލާމެދު ވިސްނާ ކިތަންމެ ވަރަކަށްވެސް އޭނާ ހިތާމަކުރެއެވެ. އެހިތާމަތަކަށް ނިމުމެއް ދެއްވާތޯ އަބަދުމެ އެހިތް އެދެއެވެ. އެހެނަސް ކުރާނީ ކީއްހެެއްޔެވެ؟ އެވަގުތެއްގެ ހާލަތަށް ޝުކުރުކޮށް ކެތްތެރިވުން ނޫން އިތުރު ގޮތެއް އަހަރެމެން އިންސާނުންނަކަށް ނުވެއެވެ. ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން އައިސް ދިމްނާ މެންދުރު ނަމާދުކޮށްލިއެވެ. ނަމާދުކޮށްލައިގެން ނިކުންއިރު އެއްވެސް މީހަކ ފެންނަން ނެތުމުން ނިދަން ވަދުނީކަން ދިމްނާއަށް އެނގުނެވެ. މެންދުރު ކައިގެން ނިދުމަކީ ނަފީސާ އާއި އާޝާގެ އާދައެކެވެ. ކައިގެން ގޮސް ނިދާ ގޮތަކަށް ދެމީހުންވެސް ހޭލާނީ ހަވީރު ސައިބޯށެވެ. ދިމްނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް ކާކޮޓަރިއަށް ވަނެވެ. ކައިގެން ތަށިތައް ނެގުމަށްފަހު ހަވީރުގެ ސަޔަށް ކޮންމެވެސްް އެއްޗެއް ތައްޔާރުކުރުމަށް އޭނާ އަވަސްވެގަތެވެ.

ކުޑައިރުކޮޅެއް ކުރިން ސާފުކޮށް އޮތް އުޑުމަތި ވަނީ މިހާރު ވަރަށް ބޮޑަށް ބަނަކޮށްލާފައެވެ. ހަފަރާތުން އައި ކަޅު ވިލާތަކުން އުޑުމަތި ބައްދާލުމާއެކު ވާރޭގެ ބޮޑު ތިކިތަކުން ދުނިޔެ މައްޗަށް ހަމަލާދިނެވެ. މޫސުމަކީ އޭގެ ޒާތުގައި ކިތަންމެ އަވަހަކަށްވެސް ބަދަލުވެދާނެ އެއްޗެކެވެ. އަހަރެމެން އިންސާނުންގެ ދިރިއުޅުންވެސް ހަމަ އެފަދައެވެ. ދިމާވާ ކަމެއްގެ ސަބަބުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައިވެސް އެމީހެއްގެ ދިރިއުޅުން އެފުށްމިފުށަށްޖެހިގެން ދެއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުފަލާއި ހިތްހަމަޖެހުމުގައި ދުވަސް ހޭދަކުރަމުން ދިޔަނަމަވެސް މަދު ސިކުންތުކޮޅެއްގައި އެކަން ބަދަލުވެދެއެވެ. މުޅި އުމުރަށް ކަރުނަ އަޅާ ރޯންޖެހޭ ފަހަރުވެސް އާދެއެވެ. ހަޔާތަށް ގެނުވި އެތޫފާނުގައި ވަޔާ ބެހިގެން ދާއިރު ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. ހިތުގައި ކިތަންމެ ޝަކުވާއެއް ވިނަމަވެސް މާޒީވެ ގޮސްފައިވި ކަމެއް ބަދަލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ހިތާމައަކީ އެކަންކަން މާޒީވެ ގޮސްފައިވި ނަމަވެސް އެމީހެއްގެ ހިތާއި ސިކުނޑިން އެހަނދާންތައް ފޮހެނުލެވޭކަމެވެ. އަދިވެސް ތާޒާކަމާއެކު ކުލަ މަންޒަރުތަކެއް ފަދައިން ލޯކުރިމަތީގައި އެމަންޒަރުތައް ސިފަވާކަމެވެ. ދުވަހަކުވެސް އެހިތި ހަނދާންތަކުން މިންޖުވުމެއްނެތް ފަދައިންނެވެ.

ކޮޓަރީގެ ކުޑަދޮރު ހުޅުވައިގެން ވެހެމުންދިޔަ ބޯ ވާރެއަށް ބަލަހައްޓާއިގެން ޔަނާލް ހުއްޓެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި ބަގީޗާގައިވި ގަސްތަކާއި އެގަސްތަކުގައި ފޮޅިފައިވި މާތައް ހީވަނީ އެވަގުތުކޮޅުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަހެންނެވެ. ޔަނާލްގެ ނަޒަރު އެދިމާލަށް ހުއްޓިފައިވީ ނަމަވެސް އޭނަގެ ޚިޔާލީ ވާފަށް ގުޅިފައިވަނީ މީގެ އަހަރުތަކެެއް ކުރީގެ ހަނދާނަކާއެވެ.

ޔަނާލް އޭނަގެ ގާތް ރަހުމަތްތެރިއެެއްކަމަށްވާ ރަފާ އާއި ބައްދަލުކޮށްލުމަށްފަހު އެގެއިން ބާރު ހިނގުމެއްގައި ނިކުމު އަވަހަށް ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ހިނދެއް ހިނދަކަށް އުޑު މަތީގައި ބޯވަމުންދިޔަ ވިލާތަކުން ދުނިޔެ މަތި އަނދިރިކުރުމުގައި ކާމިޔާބު ހޯދަމުން ދިޔައެވެ. ރަފާގެ އެދުމުގެ މަތިންވެސް އޭނާ ކުޑަ ނުލައި އެގެއިން ނުކުތީ ގެއަށް ދެވޭނެކަމަށް ހީކޮށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ވާރޭ ވެެހެން ފެށިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޔަނާލް ތަންކޮޅެއް ދުރުގައި ހުރި ފިހާރައެއްގެ އަސްކަނި ދަށަށް ވަނެވެ. އެވަރުންވެސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. އޭރު އެފިހާރަވެސް ހުރީ ބަންދުކޮށްފައެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ގެއަށް ނުދެވޭނެތީ ޔަނާލް އަސްކަނި ދޮށުގައި މަޑުކޮށްލައިގެން ހުއްޓެވެ. ގޭ މީހަކަށް ގުޅާލެވޭނީވެސް ފޯނު ގެނެވުނު ނަމަތާއެވެ. އޭނާ ގެއިން ނުކުތީ ފޯނު ޗާޖަރަށް ޖެހުމަށްފަހުއެވެ. އަސްކަނި ދޮށުގައި ހުރެ ޔަނާލް މަގުގެ ފަރާތް ފަރާތަށް ނަޒަރު ހުއްޓާލިއެވެ. މަގުމަތިންވެސް ފެންނަނީ ދެތިން މީހެކެވެ. ހަވީރުގެ ވަގުތަށް ވިނަމަވެސް ވެހެމުންދިޔަ ބޯވާރެއިން ސަލާމަތްވުމަށް ގިނަމީހުން އެމީހެއްގެ ގޭގެ ހިޔާވަހިކަން އިޚްތިޔާރުކުރީއެވެ.

ޔަނާލް އަސްކަނި ދޮށުގައި މަޑުކޮށްލައިގެން ހުއްޓާ ދުވެފައި އައި ޒުވާނެއްވެސް އެތަނުގައި މަޑުކޮށްލިއެވެ. އެޒުވާނާވެސް ހުރީ ފުދޭވަރަކަށް ބޮޑަށް ތެމިފައެވެ. މޫނު މަތީގައި އަތް ހާކާލަމުން ކުޑަކޮށް އިސްޖަހާލައިގެން ހުރެ އެޒުވާނާ ބޯ ދެފަރާތަށް ހޫރާލިއެވެ. އެއާއެކު ތެމިފައިވި ބޮލުގެ ފަން އިސްތަށިކޮޅުގައި ހަރުލާފައިވި ފެންތައް ޔަނާލްގެ ދޮން މޫނަށް އަމާޒުވިއެވެ. ޔަނާލްއަށް އަނގައިން އަޑެއް ލައްވާލެވުމާއެކު ލިވާން އިސް އުފުލާލަމުން އެދިމާ ބަލައިލިއެވެ. އެވަގުތު ލިވާންގެ މަޑު މުށި ކުލައިގެ ކަޅި އާއި ޔަނާލްއަށް ހަތަރު ކަޅި ހަމަކޮށްލެވުނެވެ. ޔަނާލްއަށް ލިވާންގެ އެފުން ދެލޮލަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. ” އޯހް… އައިމް ސޯ ސޮރީ… ގަސްތުގައެއްނޫން… ” ޔަނާލަށް ބަލަހައްޓާއިގެން ހުރެ ލިވާން ބުނެލިއެވެ. ” އިޓްްސް އޯކޭ… ” ލިވާންގެ އަޑަށް ހަމަހޭވެރިކަންވި ޔަނާލް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓާލަމުން މަޑުމަޑުން ބުނެލިއެވެ. ޔަނާލް އާއި ތަންކޮޅެއް ދުރުުގައި ލިވާންވެސް ހުއްޓިލިއެވެ. ދެމީހުންގެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވުނު ނަމަވެސް ސިއްރު ސިއްރުން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. އޭރުވެސް ހުއްޓާނުލައި ވާރޭ ވެހެމުން ދިޔައެވެ.

ގިނައިރު އެފިނީގައި ހާމަ ތަނެއްގައި ހުރުމުގެ ސަބަބުން ޔަނާލް ހުރީ ނުހަނު ބޮޑަށް ހީކަރުވާފައެވެ. މަޑު ތުރުތުރެއް އޭނަގެ ހަށިގަނޑަށް ވެރިވެފާވީއިރު ޔަނާލް ހުރީ މެއާއި ދިމާލުން ދެއަތް ހުރަސްކޮށްލައިގެންނެވެ. ” ހާއި… އައިމް ލިވާން… ތިހިރީ ވަރަށް ހީކަރުވާފައެއްނު… ޓޭކް ދިސް… ” ކަޅު ކުލައިގެ އަތްކުރު ޓީޝާޓުގެ މަތިން ލައިގެން ހުރި މަޑު ނޫ ކުލައިގެ ޖިންސު ފޮތީގެ ޖެކެޓެ ބާލާ ޔަނާލަށް ދިއްކޮށްލަމުން ލިވާން ވާހަކަ ދެއްކިއެވެ. ޔަނާލް އޭނައަށް ބަލަހައްޓާއިގެން ހުރުމުން ދެވަނަ ފަހަރަށްވެސް ޖެކެޓުގައި ހިފުމަށް ލިވާން އެދުނެވެ. ” ޔަނާލް… ” ޖެކެޓުގައި ހިފަމުން މަޑުމަޑުން ޔަނާލް އޭނަގެ ނަން ބުނެލިއެވެ. ލިވާން ހިނިތުންވުމެއް ހަދިޔާކޮށްލުމުން ޔަނާލްވެސް ހިނިތުންވެލަމުން ޖެކެޓުލިޔެވެ. އެއާއެކު އަނެއްކާވެސް ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ. ” ތޭންކްސް… ” ވެހެމުންދިޔަ ވާރޭ މަޑުމަޑުން ތުނިވަމުން ގޮސް އެއްކޮށްހެން ހުއްޓާލުމާއެކު ޔަނާލް ޖެކެޓު ބާލާ ލިވާންއަށް ދިއްކޮށްލަމުން ޝުކުރު އަދާކުރިއެވެ. ޖެކެޓުގައި ހިފަން އުޅުނު ލިވާން ގަސްތުގައި ހިފީ ޔަނާލްގެ އަތުގައެވެ. އިސްޖަހައިލައިގެން ހުރި ޔަނާލަށް ސިހިފައި އިސްއުފުލާލަމުން ލިވާންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އެމޫނު މަތީގައިވި އަސަރުތައް ދެނެގަތުމަށް ޔަނާލް ނުކުޅެދުނެވެ. ލިވާންގެ ތޫނު ނަޒަރުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޔަނާލްގެ ދޮން މޫނަށް ޖަންބުކުލަ ވެރިވެގަތެވެ. މަޑުމަޑުން އޭނަގެ އަތް ލިވާންގެ އަތުގެ ތެރެއިން މިނިވަންކުރިއެވެ.

” ނާލް… ނާލް… ފޯނު ރިންގުވަނީނު… ފޯނު ނަގާބަ… މުހިއްމު ކޯލަކަށްވެސް ވެދާނެއެއްނު… ” ޔަނާލްގެ ކޮޓަރީގެ ދޮރުމަތިން ހިނގާފައިދިޔަ ޔަލްވީއަށް ރިންގުވަމުންދިޔަ ޔަނާލްގެ ފޯނުގެ އަޑުއިވި ވާހަކަ ދެއްކިއެވެ. މީގެ އަހަރުތަކެއްގެ ކުރީގެ ހަނދާނަކުން ޔަނާލްގެ ސިކުނޑި ހިސާރުކޮށްލާފައިވަނިކޮށް ހަމަހޭވެރިކަންވީ ޔަލްވީގެ އަޑުންނެވެ. ” ހޫމް… ” ޔަނާލް ހަމަޖެހެން މަސައްކަތްކުރަމުން ހަމައެކަނި ހޫމް ލައްވާލިއެވެ. އަދި ގޮސް އެނދުމަތީގައި އޮތް ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. ޔަނާލް ފޯނު ނެގުމުން ޔަލްވީވެސް އިތުރަށް މަޑުނުކޮށް ގޮސް ކޮޓަރިއަށް ވަނެވެ. ޔަނާލް މަޑުކޮށްލައިގެން ހުރީ އެކޮޅުން ދައްކާ ވާހަކަތައް އަޑުއެހުމަށެވެ. ”ސަރ… ޑޯންޓް ވޮރީ… އަޅުގަނޑު ހުރިހާ ކަމެއްވެސް އެރޭންޖުކުރާނަން… ހުރިހާ ކަމެއްވެސް ތައްޔާރުވެފަ މިހާރު ހުރީ… އެކަމަކުވެސް މާދަމާ މީޓިން ފެށުމުގެ ކުރިން އަޅުގަނޑު ޕާސަނަލީ ގޮސް އެރޭންޖްމެންޓްސް ހުރިގޮތް ޗެކްކޮށްލާނަން… އެންމެ ރަނގަޅުތޯ… ” އެކޮޅުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ޔަނާލް ބުނެލިއެވެ. އަދި މާގިނަ އިރުތަކެއްނުކޮށް އެހިސާބުން އެފޯނު ކޯލު ނިންމާލިއެވެ. ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު އަނެއްކާވެސް ޔަނާލް ގޮސް ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޔަނާލް ކުޑަދޮރު ލައްޕާލިއެވެ. އަދި މަޑު ހިނގުމެއްގައި ކޮޓަރިން ނިކުމެ ގެއިން ނުކުތުމަށް މިސްރާބުޖެހިއެވެ. ބޯކޮށް ވެހެމުންދިޔަ ވާރެއަށް ބަލަހައްޓާއިގެން ހުރުމަށްފަހު މިފަހަރު ޔަނާލް އެވާރޭގެ ތެރެއަށް ނުކުތެވެ. އެއާއެކު ފިނިފިނި ވާރޭގެ ފެންތިކިތަކުން ޔަނާލްގެ ލޫޅާފަތި ހަށިގަނޑު ތެތްމާލިއެވެ. މަޑު ހިނގުމެއްގައި ގޮސް ގޭގެ ބޮޑު ދޮރާށި ހުޅުވާލާ ޔަނާލް މަގުމައްޗަށް ނުކުތެވެ. އޭނަގެ މިސްރާބަކަށްވީ ގެއާއި މާދުރުނޫން ހިސާބެއްގައި އޮންނަ އަތިރިމައްޗެވެ.

މެންދުރު ނިދިގޮތަށް އިކާނަށް ހޭލެވުނީ ފަހެއް ޖަހަން އުޅެނިކޮށެވެ. އޭރު ފޮތިގަނޑު ކަހާލާފައިވި ބެލްކަނީގެ ބޮޑު ދޮރުން ވާރޭ ވެހެމުންދިޔަ މަންޒަރު ފެންނަމުން ދެއެވެ. އެނދުން ތެދުވެ އިކާން ބެލްކަނީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ. ވެހެމުންދިޔަ ވާރެއަށް ބަލަހައްޓާއިގެން ހުރިއިރު އިކާންގެ ތުންފަތުފައިވީ ހިނިތުންވުމެކެވެ. ވާރޭވެހޭ ފިނި މޫސުމަށް އޭނަ ނުހަނު ލޯބިކުރެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ޤައުމުން ބޭރުގައި ކިޔަވަން ހޭދަކުރެވުމުން މިފަދަ ކަމެއް ތަޖުރިބާކޮށްލަން ލިބުނީ މަދު ފަހަރަކުއެވެ. އިކާން އަލަމާރި ކައިރިއަށް ޖެހިލާ އަލަމާރިން ޓީޝާޓެެއް ނަގައި ބޮލަށް މަހާލަމުން ކޮޓަރިން ނުކުތެވެ. އޭނާ ބޭނުންވަނީ ވެހެމުންދިޔަ ފިނި ވާރެއިން ފުރިހަމަ ހަމަޖެހުން ލިބިގަންނާށެވެ. އިކާން ކޮޓަރިން ނުކުންއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ލައިގެން ހުރި އަޅި ކުލައިގެ ސޯޓުގެ ޖީބަށް އަތް ޖަހާލައިގެންހުރެ އިކާން ގެއިން ނުކުތެވެ.

ހިނގަމުންދިޔަ އިކާން ގޮސް އަތިރިމަތީގައި މަޑުކޮށްލިއެވެ. އޭރުވެސް މެދުކެނޑުމެއްނެތި ވާރޭ ވެހެމުން ދިޔައެވެ. އެހެނަސް ކުރިއަށްވުރެ ވާރޭ ވަނީ ތުނިކޮށްލާފައެވެ. އަތިރިމަތީގެ އެކި ހިސާބު ހިސާބަށް ނަޒަރު ހިންގާލި އިކާންގެ ލޮލުގައި ރާޅުޖަހާ ހިސާބުގައި މޫދަށް ކުރިމަތިވާނޭހެން ހުރި އަންހެން ކުއްޖާ އަޅައިގަތެވެ. އިރުއިރުކޮޅުން ގޮނޑުދޮށަށް ބީއްސާލާ ރާޅުތައް ދަނީ އެއަންހެން ކުއްޖާގެ ދޮން ފައިތިލައިގައި ބޮސްދީފައެވެ. ކަޅު ކުލައިގެ އަތް ކުރު ޓީޝާޓަކާއި ސްކިނީގައި ހުރި އެއަންހެން ކުއްޖާ ފެނި އިކާންއަށް ބޭއިޚްތިޔާރުގައި އެދިމާލަށް ހިނގައިގަނެވުނެވެ. އެއަންހެން ކުއްޖާގެ މޫނު ބަލައިލުމުގެ ޝައުޤުވެރިކަން އޭނަގެ ހިތުގައި އުފެދުނީ ކީއްވެ ކަމެއް އިކާންކަށް ނޭނގެއެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އިކާން އެއަންހެން ކުއްޖާގެ ފަހަތުގައި ހުއްޓިލިއެވެ.

މާޒީގެ އެކި ޚިޔާލުތަކުން ސިކުނޑި ފުރި ބާރުވުމާއެކު ޔަނާލްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެއާއެކު ދެލޮލަށް ގިނަވެފައިވި ކަރުނަތައް ދިގު އެސްފިޔަތައް ފޫއަޅުވާލަމުން ފައިބައިގަތެވެ. ދެލޮލުން ފޭބި ކަރުނަތައް ވެހެމުންދިޔަ ވާރޭގެ ފެންތިކިތަކާއި އެކުވެގެން ޔަނާލްގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. މާޒީގެ ހަނދާންތަކުން ނަފްސަށް ވެރިވެފައިވި އުދާސްކަމުގައި ހުއްޓާ ޔަނާލްއަށް ސިހުން ގެނުވީ ފަހަތުން އޭނަގެ ކޮނޑުގައި މީހަކު އަތްއެޅުމުންނެވެ. ދެލޯ ހުޅުވާލަމުން ޔަނާލް ފަސްއެނބުރި ބަލައިލިއެވެ. އެއާއެކު އޭނަގެ ކުރިމަތީގައި ހުރި ނުދަންނަ ޒުވާނާ ފެނި ޔަނާލް އިތުރަށް ސިހިގެން ދިޔައެވެ. ސިހުނުވަރުން އޭނައަށް އެޒުވާނާގެ އަތްވެސް ފޮޅުވާލެވުނެވެ. އެޒުވާނާގެ ތޫނު ދެލޮލުން އޭނައަށް ބަލަހައްޓާއިގެން ހުރުމުން ޔަނާލްއަށް ކޮންމެވެސް ވަރެއްގެ އުނދަގޫ ކަމެއް އިހުސާސްކުރެވުނެވެ. ދެބުމަ ކައިރިކޮށްލައިގެން ޔަނާލްއަށް ހުރެވުނީ މިނުދަންނަ ޒުވާނާ އޭނަގެ ކައިރިއަށް އަންނަ ޖެހުނު ސަބަބަކާމެދު ވިސްނާލުމަށެވެ.

އިކާންއަށް ކަޅިޖަހާނުލާ އޭނަގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލަން ހުރެވުނެވެ. ސިކުނޑީގެ ކޮންމެވެސް ކަނަކުން އެސޫރަ ދެކުނު ހަނދާނެއްވެއެވެ. އެހެނަސް އޭނައަށް އެކަން މާރަނގަޅަށް ހަނދާން ވާގޮތެއް ނުވިއެވެ. ވެހެމުންދިޔަ ވާރޭގެ ފެންތިކިތައް އެއަންހެން ކުއްޖާގެ ދޮން މޫނުގައި ބޮސްދެމުން ދިޔައިރު އެއްވެސް މޭކަޕެއްނުވާއިރުވެސް އެމޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ފިޔާތޮށި ކުލަ އަރާ ތުނި ދެތުންފަތާއި ބައްޓަން ރީތި ކުޑަ ނޭފަތެއް ލިބިފަވާއިރު ހިމަ ދިގު ބުމައިން އެދޮން މޫނު އިތުރަށް ފުރިހަމަކޮށްދެއެވެ. ކަޅުކަންގަދަ ކަޅިއެއް ލިބިފައިވި އެބޮޑު ދެލޮލުގައި ސިހުމެއްވާއިރު އެސިހުމަށްވުރެވެސް ބޮޑަށް އިކާންއަށް ފާހަގަވީ އެދެލޮލުގައިވި ވޭނީ ރިހުމެވެ. ދެލޮލުގައި ރަތްކަމެއް އެކުލެވިފައިވުމުން ރޮއެފަވާކަން ހާމަވެއެވެ. އަލަށް ދިމާވި މިއަންހެން ކުއްޖާގެ ދެލޮލުން ފެނިލި ވޭނާއި ރިހުމުން އެކުއްޖާ އެކުރަމުންގެންދާ ފުންމިން ނޭނގޭ ހިތާމަ ދެނެގަތުމަށް އެއަންހެން ކުއްޖާ އާއިމެދު އިކާންގެ ހިތުގައި ޝައުޤުވެރިކަން އުފެދިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހާސިލް ވުމަށް އެދި 21

Next

ރާސްތާ2 ދެވަނަބައި

Next
October 1, 2019

ރާސްތާ2 ދެވަނަބައި

Previews
October 1, 2019

ހާސިލް ވުމަށް އެދި 21

57 Comments!

  1. ifoo says:
    October 1, 2019 at 9:17 am

    Salaam dear readers ❤️❤️❤️???… Hws u all??? Hope all are doing great ???❤️❤️❤️… After a long break I’m back with my third story ???… Ummeedhukuran ifoo ge mi vaahaka vx hurihaa kiyuntherinahvx kamudhaane kamah ???❤️❤️❤️… Kurinvx libunu fadha support eh libeyne kamah ummeedhukuran ???… Mi Story In Sha Allah knmes week ehge Sunday, Tuesday and Friday ga up kohdheynan ???… I will try my best to upload the parts regularly ???… Ekamaku vx kanthahthah dhimaavaa gothakun parts thah genesdhinun lasvedhaane… Hope all will understand… Enjoy reading… N please leave a comment ???❤️❤️❤️… Love you all my readers ❤️❤️❤️???…

    1. Anonymous says:
      October 1, 2019 at 5:29 pm

      OMG yuh r backkk ????…. Story Varah Varah rythi… My love kolhu…. ???varah miss vi luv mathin… When next…..

    2. ifoo says:
      October 1, 2019 at 7:19 pm

      Yeah Im back Anonymous ???… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️???… Keep waiting dear… Next part In Sha Allah Friday ga ???… Story will be uploaded on SUNDAY, TUESDAY and SATURDAY In Sha Allah ???…

  2. I.s.H.a says:
    October 1, 2019 at 9:40 am

    Reethi

    1. I.s.H.a says:
      October 1, 2019 at 12:44 pm

      Me first dhw. Vv loabi kurin comment dhigu nukkolevuny school intaval gadi v ma. First dhw. Hama speachless kurin ves liyunubvaahkathakaa ehvarah mi story hma great. Have nice days

    2. ifoo says:
      October 1, 2019 at 7:31 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️???… Keep waiting dear ???…

  3. jiji says:
    October 1, 2019 at 9:41 am

    Alhey u came back dhw ifooo???????…so happy…feshun vrh vrh rythi…waiting for the next part ingey???

    1. jiji says:
      October 1, 2019 at 9:42 am

      ?N me first tha

    2. Ma says:
      October 1, 2019 at 12:34 pm

      Last

    3. ifoo says:
      October 1, 2019 at 7:33 pm

      Jiji ❤️❤️❤️… I’m so happy to see ur comment ???… Yeah I’m back ???… Thankyou soooooo much ❤️❤️❤️???… Keep waiting dear ???… Next part In Sha Allah Friday ga ???…

  4. Kylie says:
    October 1, 2019 at 10:21 am

    Me second dhw…. ❤️❤️❤️v salhi first part… Huriha parteh mihaa furihama vaane kamah ummeedhu kuran ???

    1. ifoo says:
      October 1, 2019 at 7:34 pm

      Thankyou soooooo much ❤️❤️❤️???… Keep waiting dear ???…

  5. Ziver says:
    October 1, 2019 at 11:05 am

    Maa shaa allah..Varah reethi ??
    Can’t wait for next part!!??

    1. ifoo says:
      October 1, 2019 at 7:35 pm

      Thankyou soooooo much ziver ❤️❤️❤️???… Keep waiting dear ???…

  6. Eekko 11 says:
    October 1, 2019 at 11:40 am

    Awesome ifoo missed you too much I was waiting for your story and finally haha it’s just awesome as always love you very very much ifoo mi part ves varah reethi hope next part varah avahah up kollaane kamah I’m so so so happy you are back… I really missed your story and you❤️? haadha bodah happy vejje ey new story akaa eku baddhalu veema…… And story Hama habbu ingey…. Sorry kureege 2 vaahaka ah comment nukurevuneema but I will try my best to comment this story so so so curious to see and know what happens next…… And name thah choose koffa hurileh varah loabi ingey ifoo dear….. Good luck with your new story…. This story as habbu as always hama Dhen vaane goiy dho…..how could I leave to read a story like this….. And once again good luck dear…… Lysm????

    1. ifoo says:
      October 1, 2019 at 7:38 pm

      Awwwwnn ❤️❤️❤️???… Thankyou sooooooooo much Eekko 11 ❤️❤️❤️???… V v v ufaavehje ingey ???❤️❤️❤️… It means a lot for me… Keep waiting dear n hope to see ur comment in upcoming parts ???… Much more loves ❤️❤️❤️???…

  7. !y@@d# says:
    October 1, 2019 at 11:57 am

    Vrh reethi and dhigu veema ithurah furihama

    1. ifoo says:
      October 1, 2019 at 7:40 pm

      Thankyou soooooo much ❤️❤️❤️???…

  8. Daisy girl says:
    October 1, 2019 at 12:23 pm

    Dear girl… Welcome back ❤️❤️❤️❤️❤️. The most talented author is back….damn!!! I’m crazy ????????… your story poped up in screen always make mi day…. your story nethiyma esfiya AHH nuves vannan (not all days regular koh nuvann) thank you….❤️❤️❤️❤️❤️❤️
    Btw the story is niceee
    Cover pic new one?

    1. ifoo says:
      October 1, 2019 at 7:50 pm

      Awwwwnn ❤️❤️❤️???… I’m so happy to see ur comment Daisy girl ???… V v v ufaavehje ❤️❤️❤️… Thankyou soooooo much dear ❤️❤️❤️???…

  9. nawAAR says:
    October 1, 2019 at 1:05 pm

    cover pic ga e thiby kon bayeh
    storyyy vvvvvvv reethi speechless

    1. ifoo says:
      October 1, 2019 at 7:52 pm

      Thankyou soooooo much dear ❤️❤️❤️???… V v v ufaavehje ???… Cover pic ga aee Yaumi gautam and pulkit samrat ???…

  10. Kairaa says:
    October 1, 2019 at 3:44 pm

    Wowwwwww…varah reethi mi part vx……when next part….

    1. ifoo says:
      October 1, 2019 at 7:54 pm

      Kiaraa ❤️❤️❤️… Thankyou soooooo much dear ❤️❤️❤️???… Next part In Sha Allah Friday ga ???… Keep waiting ???…

  11. @Ikleel says:
    October 1, 2019 at 5:16 pm

    Hey…!!! Dear ifoo…!!! Hwx you…?? ❤❤????..Welcome back after a long time…❤❤????..We missed you alot..❤❤????..This part is just awesome…❤❤????..Furathama part vex hama ehaa furihama…masha allah..❤❤????… v happy to be a ur readear…Vrh ufaa vejje enburi aissa vex feshun mihaa furihama ah genesdhiny thy…❤❤????..Hope kuriah huri part thah vex mihaa furihama ah genesdheyne kamah..❤❤????..Feshun vrh vex reethi hama..❤❤????…And find one mistake “vanee kamah” jahan jehey thanuga vadhunee kamah jehifa iny…So up kuraa iru check kohfa imlaa kuh filuvaafa upload kurun rangalhu vaane hen heevany..❤❤????…E thankolhu noony hama habeys feshumeh..❤❤????…Looking forward…❤❤????..Really appriciated your hard work…❤❤????..Cover pic is just awesome..❤❤????…Keep it up dear..❤❤????..Wish you all the best..❤❤????..Much loves dear…❤❤????…Waiting for next part..I am really excited..❤❤????…Finally the most talented author is back…!!! ❤❤????

    1. ifoo says:
      October 1, 2019 at 7:56 pm

      Hey… Thankyou soooooo much ❤️❤️❤️???… It means a lot for me ???… V v v ufaavehje ❤️❤️❤️???… Hope to see ur comment in upcoming parts ???… Once again thankyou soooooo much ???❤️❤️❤️…

  12. malsamalkkomal says:
    October 1, 2019 at 6:18 pm

    Wowww ifoo varah reethi hama speehless vehje whn next ly❤?.

    1. ifoo says:
      October 1, 2019 at 7:58 pm

      Thankyou soooooo much ❤️❤️❤️???… V v v ufaavehje ❤️❤️❤️???… Next part In Sha Allah Friday ga… Keep waiting ???…

  13. Beautym says:
    October 1, 2019 at 11:21 pm

    Wow???.. Varah reeeeethi…. ?Waiting for next part???❤❤❤❤❤❤❤❤

    1. ifoo says:
      October 4, 2019 at 11:31 am

      Beautym ❤️❤️❤️… Thankyou soooooo much ❤️❤️❤️???… It means a lot ???…

  14. Fortnite says:
    October 1, 2019 at 11:28 pm

    Hi ifoo. Fortnite kurinves keen ifoo ge vaahaka thah.. But this is my first comment to your story.. Stoty ge feshun vvvvv reethi.. Love it.. And kureege stories ves hama habbu ingey ifoo.. Khaassakoh inthizaaruga hunnaanamey loabin.. Aslu fortnite evaahaka enme kiyaa hiyvee eyga in cover pic fenuneema.. Jannath zubair and that guy i don’t know his real name but e drama ga eiy ahaan.. e dhekudhinge photo fenuneema aslu e vaahaka kiyaa hiyvee.. Dhen vaahaka reethikamun ajaibuvefa fortnite au indhevunee. Dhen ingunee dhn in vaahaka ves hama mihaa reethi vaane ey. Ehenve second vaahaka ves kiyaaleemu. E dhe vaahaka ves eiy hama fortnite au kiyunu love stories ge therein kiyunu enme reethi dhe vaahaka. Ifoo you are such a talented girl.. Aharumen kiyuntheringe anga bandhukollaa varu kurey eba mi ifoo.. Hehe.. Anyways its really a beautiful episode and ikaan that name is somewhat related to me.. not to me but my family.. Okay dear ifoo. Hoping that we will be good friends in public pr private or wherever. Baajjaveri reakau edhen..

    1. ifoo says:
      October 4, 2019 at 11:44 am

      Awwwwnn ❤️❤️❤️???… Thankyou soooooo much Fortnite ❤️❤️❤️???… V v v ufaavehje comment kiyaalaafa ???… It means a lot for me ???… Ithurah mi rogun kuriah dhiyumah hihvaru libihje ???… Hope to see ur comment more often ???❤️❤️❤️… Once again thanks a lot ???…

  15. Shaaha?? says:
    October 2, 2019 at 8:18 am

    Woow…. I love this story dear…. Whn next part ❤️❤️❤️❤️varah loabi first part vx

    1. ifoo says:
      October 4, 2019 at 11:47 am

      Shaaha ❤️❤️❤️… Thankyou soooooo much ❤️❤️❤️???… V v v ufaavehje ???… I have uploaded the next part ???…

  16. Kairaa says:
    October 2, 2019 at 8:21 am

    Yh ifoo….im waiting for next part…..hope next part vx varah reethi vaane kamah

    1. ifoo says:
      October 4, 2019 at 11:49 am

      Thankyou soooooo much ❤️❤️❤️???… V v v ufaavehje ???…

  17. Shuha says:
    October 2, 2019 at 8:44 am

    Mashaa Allah….. Varah reethi mi part ves…….

    1. ifoo says:
      October 4, 2019 at 11:49 am

      Shuha ❤️❤️❤️… Thankyou soooooo much ❤️❤️❤️???… V v v ufaavehje ???…

  18. Shaaha?? says:
    October 2, 2019 at 8:46 am

    Ifoo i love this story…… Best story ever ingey… good luck????

    1. ifoo says:
      October 4, 2019 at 11:48 am

      Shaaha ❤️❤️❤️… Thankyou soooooo much ❤️❤️❤️???… V v v ufaavehje ???…

  19. Aish says:
    October 2, 2019 at 11:00 am

    Varah reethi story so far??????. Looking forward for next chapter.???

    1. ifoo says:
      October 4, 2019 at 3:15 pm

      awwwn… thankyou sooooo much… It means a lot for me… v v v ufaavehje… hope to see ur comment more often…

  20. maai says:
    October 2, 2019 at 5:09 pm

    OOOOh my ifoo darling is back…..welcome back dear…. ifoo do u remember me….miss u bodu kn… ummedhu kuran mivaahakaves kuryvaahak ah vure rythivaanekamah…..love u so much

    your big fan maai

    1. ifoo says:
      October 4, 2019 at 3:19 pm

      Maai… ofcourse I remember you… thee ifoo ah enme support dhin eh reader ehnu… thankyou sooooo much… It means a lot for me… v v v ufaavehje comment kohleema…much more loves

  21. Mal? says:
    October 3, 2019 at 2:09 pm

    Vv reethi mi part ves and I’m so happy that u are back ?????

    1. ifoo says:
      October 4, 2019 at 3:21 pm

      Mal… Thankyou soooo much dear… It means a lot… hope to see ur comment more often…

  22. Awsome says:
    October 3, 2019 at 5:01 pm

    Ifooooo….ur bck❤❤❤❤
    Really missed❤❤
    Ifoo plx dhigu koh episod thr up kuraathi…kithah episod nerey nan thr jumla koh balaa laanama

    1. ifoo says:
      October 4, 2019 at 3:24 pm

      Yess dear I am back… I missed my readers too… Thankyou sooooo much dear… kithah episode kameh bunaakah neynge dear mee ifoo liyamundhaa vaahaka eh v ma… its a long story… hehe… hope to see ur comment regularly… much loves dear…

  23. Arishfa says:
    October 3, 2019 at 5:03 pm

    Vaahaka hama varah vx salhi….❤❤Ifooo…mi vaahakaa ah vx aiham eh genebàaa

    1. ifoo says:
      October 4, 2019 at 3:27 pm

      Thankyou soooo much dear… heheh… mi story ge characters ge name mihaaru vany final kurevifa… ifoo enme furathama genesdhin vaahakaiga ulheyne aiham eh…

  24. Jasmine says:
    October 3, 2019 at 5:43 pm

    Wow mi part ves hama amazing masha allah. Happy that you are back

  25. Kylie says:
    October 3, 2019 at 9:35 pm

    I think nxt part adhi Mi ah vure vs reethi vaane hn

    1. ifoo says:
      October 4, 2019 at 3:28 pm

      Thank you dear… Now next part upload kohfin… you can read it…

  26. Nawaa says:
    October 4, 2019 at 4:27 pm

    Cover pic ga ethiby mi stry ga ulhey character thaku therein kon bayeh

  27. Karam says:
    October 4, 2019 at 8:39 pm

    Meegey vaanuvaa Igeny author ekani hamanujehey vaahaka liyany

  28. Karam says:
    October 4, 2019 at 10:37 pm

    Meega yanaal athirimahchah Dhani geyga phone baahvaafa then aii scene ga eyna ah aii phone ah javaabu dheny and dhen Aii scene ga eyna advices Hury beach ga… Can’t understand what’s happening…. Hama gaimuves I don’t understand what’s going on in this story ????

  29. Naju says:
    October 5, 2019 at 9:00 pm

    Alhamdhulillah now story kiyaalevihje ???? Masha Allah v v v furihama rythi story eh mee ??????

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 02←


All Right Reserved!