Skip to content
އެސްފިޔަ

ހިތުގެ ގޮވުން 5

ކުއްލިއަކަށް  މީހަކު އަހާނާގެ އަތުގައި ހިފާ އޭނާ އާއި ދިމާއަށް އަބުރާ ލިއެވެ. އެއީ އަހާނާއަށް ދުވަހަކުވެސް ފެނިފައި ހުރި މީހެއް ނޫނެވެ. ނަމަވެސް އޭނާގެ އަގައިން ދުވި ނުބައި ވަހުން މަސްތުވާތަކެތީގެ އިސްތިޢުމާލު ކުރާ މީހެއްކަން އަހާނާއަށް އެގުނެވެ. އޭނާ އަހާނާގެ ހެދުމުގެ އަތް ކުރީގައި ހިފާ ދަމާ ލުމާއިއެކު އިރާގެން ދިޔައެވެ. ” ހެލްޕް… ހެލްޕް… ހެލް” އަހާނާ އެހީއަކަށް އެދި ގޮވަން ފެށުމުން އެމީހާ ގާތަށް ރުޅި އައިސްގެން އަހާނާގެ މޫނުގައި ބާރަށް ޖެއްސުމާއެކު އަހާނާގެ ހޭހުސްވިއެވެ.

*************************************

ޕާޓީއަށް ދާން ތައްޔާރުވެގެން ނުކުއި އަޔާންގެ ކަންފަތުގައި އަންހެން ކުއްޖަކު ހަޅޭކުގެ އަޑު ޖެހުނެވެ. އަޑު އައީ ކޮންދިމާއަކުން ކަން ނޭގިފަހުއްޓާ ދެވަނަފަހަރައް އަޑު އައިވުނެވެ. އަޔާން އަށް ބޭއިޚްތިޔާރުގައި އެދިމާއަށްދުއްވާދަނެވުނެވެ. އެތަނައް ދެވުނު އިރު އަޔާންއަށް ފެނުނު މަންޒަރުން ރުޅިއައެވެ. އޭރުވެސް އެޒުވާން އަންހެން ކުއްޖާ ދިޔައީ އެހީއައް އެދިގޮވަމުންއެވެ. މާލޭގެ މީހުން ނޫޅޭމަގަކައްވުމުން އެކުއްޖާގެ ރުއިމުގެ އަޑު އަހަނެ ވަކިއެކަކުވެސް ނެތެވެ. އެމީހަކު އަންހެން ކުއްޖާގައި ޖެހުމާއެކު އޭނާގެ ހޭހުސްވިއެވެ. އަޔާން އަށް މި މަންޒަރު ބަލަން ކެއްނުކުރެވުނެވެ. ބާރުދުވެލީގައި ގޮސް އެމީހާގެ ބޮލުގައި ދަގަޑަކުން ޖަހާ ހޭނައްތާލިއެވެ. އަޔާން އޭނާ ޓީޝާޓު މަތިން ލައިގެން ހުރި ޖެކެޓުން އެއަންހެން ކުއްޖާ ނިވާކޮއްލިއެވެ. އަދި ލުއި ފަތްޅެއްހެން އަަތްމައްޗައްލާ އަޔާންމެންގެ ގެއަށް ގެންދިޔައެވެ.

***********

އަހާނާއަށް ހޭވެރިކަންވީއިރު ހުރެވުނީ ގެއެއްގެ އެދުމަތީގައެވެ. އޭނާ ހޭނެތުމުގެ ކުރިން ހިންގިި ހާދިސާ ހަދާންވުމާއެކު ބިރުގައްނަގޮތްވިއެވެ. އަހާނާއަށް އެދުން ތެދުވެ ވަށާއިގެން ބަލާލެވުނެވެ. އޭނާއަށް ހުރެވުނީ ގެއެއްގެ ކޮޓަރިއެއްގައެވެ. އެތަން ޑިޒަން ކޮއްފައިވަނީ ކަޅާ ގަދަ ނޫކުލައިން ކަމުން އެއީ  ފިރިހެން ކުއްޖެއްގެ ކޮޓަރިިއެއްކަން އެގެއެވެ. ކުއްލިއަކަށް ދޮރުހުޅުވުނު އަޑުއިވުމުން ސިއްސައިގެން ގޮސް އަހާނާއަށް އެދުބިއްދޮށަށް ވަދެވުނެވެ.

*******

އިރު އޮއްސުނު އިރުވެސް އަހާނާ ގެއަށް ނައުމުން ހަނާ ކަންބޮޑުވިއެވެ. ކޮޓަރިއަށް ވަދެ އަހާން ކައިރީ އަހާނާއަށް ގުޅަން އެދުނެވެ. ” ތިއްތާ މަ ދޮންތައަށް ކިހިނެއް ގުޅާނީ ފޯނުގޭގަ ބަންދާފައޭ އެދިޔައީ…. މަ އައްޒާމާއެކު އަބައަންނަން ކައިރި ފިހާރަތައް ބަލާފަ” އަހާން ކޮޓަރިން ނުކުންނަމުން ބުނެލިއެވެ. ” މަޑުކުރޭ މަވެސް ދާނަން ” ޝިޔާ އާއި ކަައިރާވެސް ދާންބޭނުންވިއެވެ. ހަތަރު ކުދިން އެކުގައި އަހާނާ ހޯދުމައް ނިކުތެވެ.

*******

އަޔާން ކޮޓަރިއަށް ވަނުމާއެކު އެއަންހެން ކުއްޖާ ބިރުން އެދުދަށަށް ވަނެވެ. ” ބިރުނުގަނޭ އަހަރެން ކަމެއް ނުކުރާނަމޭ.. އަހަރެންގެ ނަމަކީ އަޔާން އަޔާން.. އެމީހާ ތިކުއްޖާއަށް އެއްވެސް ކަމެއް ނުކުރެވޭ… އޭނާވީ ޖަލުގަ…އަޔާން އެކުއްޖާ ބިރު ގަނެފައި ހުރިކަން އެގުމުން ބުނެލިއެވެ.” އަހަރެން ބޭނުމީ ގެއަށް ދާން…” އަންހެެން ކުއްޖާ ބުންޏެވެ. ” މީނީ އަހަރެންގެ ފޯނު ތިކުއްޖާ ބޭނުން މީހަކަށް ގުޅާ” އަޔާން އޭނާގެ ފޯނު ދިއްކޮއްލިއެވެ. ” އަހަރެންގެ ނަމަކީ އަހާނާ” އަހާނާއަށް އަޔާން އެއީ ކާކުކަން އެގުމުން ތާރަފުވެލިއެވެ. އަދި ފޯނުނަގާ އަހާންއަށް ގުޅާ އޭނާ ހުރިތަން ބުނެލިއެވެ.

******

އަހާން އޭނާ ފޯނު ރިންގުވާން ފެށުމުން ފޯނު ނެގިިއިރު ގުޅީ އަހާނާއެވެ. އަވަހައް އެންމެން ގުޅާ އަހާނާ ފެނުނު ވާހަކަ ބުންޏެވެ. އަހާންއަށް އަހާނާ ބުނިތަނަށް ދެވުނުއިރު އޭނާ ހުރީ ނޫޑުލިސް ކޮތަޅެއް ހިފައިގެންނެވެ. އަވަސް ހިގުމުގައި އަހާނާ އަހާންގެ ސައިކަލު ފަހަތައް އެރިއެވެ. ދެމީހުން ގެއާއި ހަމައަށް ދެވުމާއެކު ހަނާ ކުދިކިޔަން ފެއްޓެވެ. ” ރައްޓެއްސަކު ފެނުމުން ވާހަަކަ ދައްކަން ހުރެވުނީ” އަހާނާ ބުންޏެވެ.  ލަސްވެފައި ވުމުން ކައިރާމެން ގެއަށް ދިއުމަށް ބުނެ އަހާނާ ކޮޓަރިއެއް ވަނެވެ. އަހާނާގެ މި ހަރަކާތުން ހައިރާންވެފައި ހުރެ ޝިޔާ ގެއަށް ދާން ނިކުތެވެ. 

ނުނިމޭ

Comments (24)

  1. nanaa

    vvvv salhi…❤️ me first thrrrrr????❤️❤️❤️
    waitingggg☺️☺️

    1. Aly
      nanaa

      Yeah u first… And thanks ?

  2. Kairaa

    Varah reethi mi part vx………whn nxt part……waitinggg☺️☺️☺️☺️☺️☺️

    1. Aly
      Kairaa

      Thanks kairaa

  3. Beautym

    Wow… Varah reethi❤?. Waiting for next??

  4. Jasmine

    Varah Reethi masha allah waiting 4 next part

  5. Kylie

    Varah reethi igey dear… ???Keep it up…??? Nxt part thankolheh dhigu kohlachey.???… Waiting for nxt part.❤️❤️❤️❤️..

    1. Aly
      Kylie

      Thanks Kylie… Yeah I’ll try

  6. Lamko

    Yeahhh this part is nice… ??I’m waiting for nxt part

    1. Aly
      Lamko

      Thanks Lamko ?

  7. jiji

    Love this part???…when next dear???

    1. Aly
      jiji

      Thanks jiji?

  8. Meekkomee

    Varah Reethi ingyy mi part ves ❤️❤️❤️❤️????? whn is next part ????? waiting for it ????? lysm

    1. Aly
      Meekkomee

      Thanks Meekkomee ?..

  9. ULA?

    OMG….varah salhi mi part vx???….. Whn next part dear…..Keep up your good work…..?????❤️❤️❤️❤️❤️❤️❤️??????????????????????

    1. Aly
      ULA?

      Thanks ULA ?

  10. Daisy quinn

    V.reethimi part…..Aly keep up the good work.. ???????????

    1. Aly
      Daisy quinn

      Thanks Daisy quinn

  11. Aly

    Assalam alaikum readers… Aly ge test feshigen ulheythyve next part thankolheh lasvaane.. Hurihaa readers ah Vrh bodah sorry… Have a nice day everyone ?

  12. Nayaa

    V salhi and keep it up baby girl.. Lyssssm. Whn is the next part?? Masha allah v molhu aly dhooni. ??????????????????????

  13. Insher

    Whn next??????

  14. Cutie❤️??

    Waaaaaaauuuu? I love this♥️♥️♥️♥️ haadha reeecheyyyyy❤️❤️❤️ Aly you are very talented ingeyyy???? This storyy is beautifull? waitting for next part?? avahah up kohlahcheyy♥️♥️♥️♥️TC

  15. Shamla

    Waaaauuuuuu????? l love this❤❤haadha reecheyyyyy this story is beautifull
    Watting for nexy part

  16. ???

    Kobaa next part???

Comments are closed.