“ޝަވާ…” ޝާދީންގެ އިޝާރާތަކަށް ކެތްމަދުވެފައި ހުރި ޔަޒްދާންއަށް ދެއަތުން ބިއްލޫރިގަނޑުގައި ތަޅައިގަނެވުނެވެ. އެ ފިރިހެންވަންތަ އަޑު ޝާދީންގެ ކަންފަތާއި ހަމަޔަށް ނުފޯރިޔަސް އެ އަތުން ދޫކުރި ގޮށްމުށުގެ ހަމަލާތަކުގެ އަޑު ރީތިކޮށް އިވުނެވެ. ބިއްލޫރި ދޮރުފަތަށް ލައްކޮށްލައިގެން ހުރި ހަށިގަނޑަށް ގުނޑުންތަކެއް އައެވެ. ލޯމަރާތަގުޅިކޮށްލަމުން ޝާދީން ކަންފަތުގައި ގުގުމަމުންދިޔަ އަޑަށް ބީރު ކަންފަތެއް ދިނެވެ. ޔަޒްދާންގެ މަޤްސަދާއި ބޭނުންވެގެން އުޅޭ ކަންތައް ކިތަންމެ ރަނގަޅަކަށްވެސް އޭނައަށް އިނގެއެވެ. އެދެމެދުގައި އޮތް ގުޅުން އެހެން ހަރުފަތަކަށް ގެންދާން ޔަޒްދާން އިސްނަގާ ކޮންމެ ފަހަރަކީ އޭނަގެ މިލްކުވެރިކަމުން އޭނަގެ ހިތް ދޫވެގެންދާ ފަހަރެކެވެ. އޭނަގެ މޭގެ ތެރޭގައި ވިންދު ޖެހިޔަސް ހިތަކީ ޔަޒްދާންގެ ބާރުގެ ދަށުގައިވާ ގުނަވަނެކެވެ. ސިކުނޑި ހަނދާންކޮށްދެމުންދާ ހިތި މާޒީއާއި ހަޤީޤަތަށް ފަސްދެމުން އެ އަތުގެ ތެރެއަށް އެންމެ ފަހަރަކު ނަމަވެސް ވިރިގެންދާން އޭނަގެ ހިތްވެސް އެދެއެވެ. ޔަޒްދާންގެ ކޮންމެ އަމަލެއްގައި ބައިވެރިވާން ނަފްސު އޭނައަށް ބާރުއަޅައެވެ. ނަމަވެސް ކުރިއަށް އަޅާލެވޭ އެންމެ ފިޔަވަޅަކާއިއެކު ޔަޒްދާންއާއި ދުރަށް ނުދެވޭނޭ ފަދައަކުން އޭނަ ކަސްތޮޅުއެޅިދާނެއެވެ. އެހެންވާކަށް އޭނަ ބޭނުމެއްނޫނެވެ. ހިތުން ފުހެލަން ދަތިވިޔަސް ޔަޒްދާންއަކީ އޭނަގެ މާޒީއެވެ. އެދުވަސްތައް ހިތުގައި ފޮރުވާލަމުން ދެމިސްރާބަކަށް ދެޒުވާނުން ދިޔުމަކީ މިއަދު ދެމީހުންނަށްވެސް އެންމެ ރަނގަޅުވާނޭގޮތެވެ.
ހިނދެއް ހިނދަކަށް ވާރޭބޯކުރަމުންދިޔައިރު ވަޔާއިއެކު އަންނަ ކެރިގަނޑުގައި ފުރާޅު މަތީގައި ވާރޭ ތިކިތައް ޖެހިގަންނަ އަޑުއިވެނީ ހަށިގަނޑުން ހީބިހި ނަގުވާލާހާ ބަރުކޮށެވެ. ދޭތެރެއަކުން އަންނަ ބާރު ކޮޅިގަނޑުގައި ފުރާޅުތައްވެސް އެއްލާލަފާނެ ފަދައެވެ. ވައިގެ ރަހުމްކުޑަކަމަށް ކެތްނުކުރެވިގެން ގަސްތައްވެސް ހޫރެމުން ފުރާޅުމައްޗަށް ޖެހިގަންނަ އަޑުން ހިތްތައް ސިއްސުވާލައެވެ.
ދޮރަށް ލެގިލައިގެން ހުރެ އަމިއްލަ ނަފްސު ބާރުގެދަށަށް ގެންނަން މަސައްކަތްކުރަމުން ދިޔައިރުވެސް ޝާދީންއަށް ވިސްނެމުންދިޔައީ ޔަޒްދާންއާއިމެދުގައެވެ. ވެހެމުންދާ ވާރެއަށްވެސް ފަރުވާލެއްނެތި ޔަޒްދާން ކިތަންމެ އިރެއް ވާންދެންވެސް އެގޮތުގައި ހުރެފާނެކަމަށް އޭނަގެ ހިތްވެސް ބުނަމުންދާފަދައެވެ. ވާރޭއަކީ ޔަޒްދާންއަށް ޒަހަރަކަށްވުރެ ވިހަ އެއްޗެއްކަން އޭނައަށް ރަނގަޅަށް އިނގެެއެވެ. ފިނީގެ އަސަރު ގަދައަށްކޮށްފިނަމަ ޔަޒްދާން އަނބުރައިގަނެދާނެކަމުގެ ބިރުވެރިކަން ހިތުގައި ހިނގާލިނަމަވެސް ޝާދީން އަމިއްލަ ހިތުގައި އަޑު ނީވޭކަމަށް ހަދަމުން ހިލައަށްވުރެ އެ ހިތްހަރުކުރަން މަސައްކަތްކުރިއެވެ. އެގޮތުގައި ޔަޒްދާން ހުންނަތަން ދެކެން ބޭނުންނުވިޔަސް ޔަޒްދާންއާއިމެދު އޭނަ ވިސްނާކަން ހާމަވާފަދަ އަމަލެއްކޮށް އޭނައާއި ގާތަށް އައުމަށް ޔަޒްދާންއަށް އިތުރު ސަބަބެއް ދައްކާކަށް އޭނަ ބޭނުމެއް ނުވެެއެވެ.
ސިކުނޑީގެ ހަމަޖެހުން ނަގާލަމުންދިޔަ ވިސްނުމާއިއެކު އަމިއްލަ ހިތުގެ އަޑަށް ފަސްދީގެން ޝާދީންއަށް ހުރެވުނީ އިރުކޮޅެއްވާންދެންނެވެ. ވައިގަދަވަމުންގޮސް ވާރޭ ތޫފާނުގެ ކުލަ ހިޔާރުކުރަންފެށުމާއިއެކު ބެލްކަނީ ދޮރަށް ލެގިލައިގެން ހުރެފައި ޝާދީން ދުރަށްޖެހިލިގޮތަށް ދޮރުގައި ދަމާފައިވާ ފަރުދާ ހިއްލާލިއެވެ. ފިނީގެ އަސަރުކޮށްގެން ފުސްވަމުންދިޔަ ބިއްލޫރިގަނޑު ފުހެލަމުން ބިއްލޫރިގަނޑުގައި މޫނު ޖައްސާލިއިރު އަދިވެސް ޔަޒްދާން ހަމަ އެހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުއްޓެވެ. ބާރުބާރަށް އަންނަމުންދިޔަ ވަޔާއި އެކުވަމުންދިޔަ ވާރޭ ތިކިތަކުން ފަޒާގައި ހިފަމުންދިޔަ ފިނިކަން ހަށިގަނޑުގެ މައްޗަށް ގަދަވަމުންދާއިރު އެކަން އިހުސާސްވެސް ނުކުރެވޭފަދައެވެ. ހަށިގަނޑުގައި ތުރުތުރުލުންތައް އުފެދި ބިއްލޫރިގަނޑުގައި ޖައްސާލެވިފައިވާ އިނގިލި ކުރުގެޅެމުންދިޔައިރު އެ ނަޒަރު މިވަގުތުވެސް ސީދާވެފައިވީ ބިއްލޫރިގަނޑުގެ ފުރަގަހުން ސިފަވަމުންދާ ޝާދީންގެ ސޫރައަށެވެ. މަޑުމަޑުން ބިއްލޫރިގަނޑުގައި ޖައްސާލައިފައިވާ އަތްތިރިއަށްދޫކޮށްލަމުން ދެކަކޫމައްޗަށް ޔަޒްދާން ތިރިވިއެވެ. އެއަމަލުން އެހިތުގައި ޝާދީންގެ މައްޗަށް ދެގޮތެއްނުވެ ދެމިއޮތް ލޯބި އަންގައިދެމުންނެވެ.
އެވަގުތު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވީއިރު ބިއްލޫރިގަނޑުގައި މޫނުޖައްސާލައިގެން ހުރެފައި ޝާދީން ތުންފަތުގައި ދަތްއަޅާލިއެވެ. ރަތްވެފައިވާ ޔަޒްދާންގެ ލޮލާއި ކުލަފަޑުވަމުންދިޔަ މޫނު ފެނިފައި ޝާދީންގެ ހިތަށް އަސަރުކުރިވަރުން ލޮލަށް ކަރުނަ ގިނަވާން އުޅުނެވެ. ނޭނގިހުއްޓާ އޭނަގެ ހިތްވަރު އެއްފަހަރުން ދޫވެގެންދިޔައެވެ. ވަގުތުން ބެލްކަނީގެ ދޮރުކަހާލިގޮތަށް ޝާދީން ކުރިއަށްފިޔަވަޅެއްއަޅާލިއެވެ. ވަޔާއިއެކު ބުރުއްސަމުންދިޔަ ފެންތިކިތަކުން ބެލްކަނީގައި ދެމެމުންދިޔަ ކޯރުގައި ދެކަކޫ ޖަހައިގެން މައްޗަށް އިނދެފައި ޔަޒްދާން ތެދުވިއިރު އެދެލޯ ވިދައިގަތެވެ. ރަހުމެއްނެތި ވާރޭތެރެއަށް ޝާދީން ދޫކޮށްލައިފައި އޭނަ އެރޭ ދިޔަޔަސް ޝާދީން އެހާ ހިތިކޮށް މާޒީ ތަކުރާރުނުކުރާނެކަމަށް އޭނަ ޔަގީންވިއެވެ. އޭނަގެ ޔަގީންކަން ވަޔަށް ބުރައިގެންދިޔުމުގެ ކުރީން ޝާދީން އެކަން ތެދުކޮށްދިނީ އެ ހިތުގައި ޔަޒްދާންގެ މައްޗަށް ކޮންމެވެސް އިހުސާސްތަކެއްވާކަން ޔަގީންކޮށްދެމުންވެސްމެއެވެ.
“ޔަޒްދާން މިތަނުންދޭ… ޕްލީޒް… އަހަރެން އާދޭސްކޮށްފައި މިބުނީ….” ޝާދީންގެ ލޮލުގެ އަސަރު ދެގުނަކުރި ކަރުނަތަކާއިއެކު އެ ލޮލުގައިވީ އާދޭހެވެ. ޔަޒްދާންގެ ކުރިމަތީގައި އުޅޭހާ ދުވަހަކު އޭނަގެ ހިތުގެ ހާލު ސިއްރެއްނުވާނެއެވެ. ދުރުން އުޅުމަކީ ފަސޭހަކަމަކަށްނުވާނެއެވެ.
“ދާން…” ދެޒުވާނުންގެ ހަތަރުކަޅި ގުޅުވައިދިން ކުޑަ ހިނދުކޮޅަށްފަހު ޝާދީން ފަސްދިނުމާއިއެކު ބެލްކަނީގެ ދޮރުގެ ކުރިމައްޗަށް ވާގޮތަށް ހުރެފައި ޔަޒްދާން ޝާދީންގެ އަތުގައި ހިފަހައްޓާލިއެވެ. ހަރަކާތެއް ނުގެނެވެނީސް ޝާދީންގެ ދެކޮނޑުގައި ހިފާ ގެނެސް މޭގައި ޖައްސާލިގޮތަށް އެ ހިމަ އުނަގަނޑުގައި ދެެއަތްވަށާލިއެވެ. އެކުޑަބީހިލުމުންވެސް ދިރޭރަހަކޮޅެއްފަދައިން ޝާދީންގެ ހަށިގަނޑު ފިނިވެގެންދިޔައެވެ. ހަށިގަނޑުގައި ހުޅުކޮޅެއް ރޯކޮށްލައި ހިތުގެ ހިނގުން އަވަސްކުރުވާ ހިނދުކޮޅަކަށް ނޭވާ މެދުކެނޑިގެންދިޔައިރު ޝާދީން ފުންނޭވާއެއް ދަމާލަމުން ކަރުނަތައް ހުއްޓުވާލިއެވެ.
“ކީއްވެ ޝަވާ އަހަންނަށް މިހެން ހަދަނީ… ކީއްވެ އަހަރެންނާއި ދުރަށްދާން މަސައްކަތްކުރަނީ… ޝަވާ އަދިވެސް އަހަރެންދެކެ ލޯބިވެއެއްނު…” ކަންފަތްދޮށުގައި ޔަޒްދާންގެ އަޑު ޖެހުމާއިއެކު ޝާދީންގެ ލޯކުރިމައްޗަށް މާޒީ ނިވާއެޅިއެވެ. އެއީ މާޒީގައި އޭނަ ޔަޒްދާންއާއި ކުރިމަތިކުރުވި ސުވާލެކެވެ. އެދުވަހު އެސުވާލުގެ ޖަވާބު ޔަޒްދާން ދިނީ އަނިޔާވެރިކަމާއިއެކު އޭނަގެ ހިތްހަލާކު ކޮށްލަމުންނެވެ. އޭނަވީ މަތިވެރި ލޯތްބާއިމެދު ޝައްކު އުފައްދާ އޭނަގެ ބޮލުގައި ތުހުމަތެއް އަޅުވަމުންނެވެ. ކުށެއް ނުކުރާހާލުވެސް އޭނަ ކުށްވެރިކުރުމަށްފަހު ޔަޒްދާން އޭނަ ދޫކޮށްލައިފައިދިޔައީއެވެ. ދިރިހުރިހާ ހިނދަކު އޭނަގެ ލޮލުން ކަރުނަ ހުސްނުވާހާ ހިތާމަ ހިތަށްދީފައެވެ.
“އަހަރެންތަ ޔަޒްދާންއަށް ގޮތެއްހެދީ…. ކުރިކަމެއްކުރީ ޔަޒްދާންއެއްނޫންތަ؟ އަހަރެންގެ މުޅި ހިތް ޔަޒްދާންއަށް ދިނަސް އަހަރެންދެކެ ޔަޒްދާންވީ ލޯތްބަކީ ކަންފަތައް އިވޭ އެންމެ ބަހަކުން ހީނަރުވެގެން ދާހާ ބަލިކަށި ލޯތްބެއް… އެދުވަހު ދޫކޮށްލައިފައި ދިޔަ މީހަކު މިއަދު ތިއައީ ކީއްކުރަން…. އަހަރެން އެންމެ ބޭނުންވީ ވަގުތު ޔަޒްދާންއަށް އަހަރެން ގާތުގައި ހުރެވުނުތަ… ނޫން… އެދުވަހެކޭ އެއްފަދައިން މިއަދުވެސް އަހަރެންދޫކޮށްލާފައި ދޭ…. އަހަރެން އާދޭސްކުރަން… އަމިއްލަ ހާލައިގެން އަހަރެން އުޅުނުދީބަލަ….” ފަހު ޖުމްލައާއިއެކު ޔަޒްދާންގެ އަތު ތެރެއިން ފޮޅުވިގަތްގޮތަށް ޝާދީން ފަހަތަށް ފިޔަވަޅެއްއަޅާލިއެވެ. އޭރު ކޯތާފަތްމަތީން ކޯދުލަމުންދިިޔަ ކަރުނަތަކުން ޝާދީންގެ އިހުސާސްތައް ފާޅުވަމުންދިޔައެވެ. ހިތްހަލާކުވެފައިވާ އެލޮލުގެ އެންމެ ބަލާލުމަކުން ޔަޒްދާންގެ ހިތް އެތައް އެތިކޮޅުތަކަކަށްވެގެންދިޔައެވެ.
“އަހަރެންނަށް މަޖުބޫރުވީ… ޝަވާގެ އުފަލަށްޓަކައި އެނޫންގޮތެއް އަހަންނަށް ނުފެނުނީ… އެކަމާއި އަހަރެން ހިތާމަނުކުރާ ދުވަހެއް އަހަރެންގެ ހަޔާތުން ފާއިތުވެގެން ނުދޭ… ޝަވާއާއި ނުލައި މިވީ ހަތަރުއަހަރުތެރޭ ދިރިހުރެމެ އަހަރެންގެ ހިތްވީ މަރުވެފައި… އަމިއްލަ ހިތަށްވެސް ދޮގުހަދައިގެން ދުރުގައި އުޅެން އަހަރެން މަސައްކަތްކުރީ… އެކަމަކު ދެން ކެތެއްނުވާނެ… އަހަރެން ޝަވާގާތަށް އެނބުރި އައުމާއިއެކު އަހަންނަށް ފަސްނުދީ…” ޔަޒްދާންގެ އަޑުގައިވީ އަސަރަކާއި އެލޮލުން އެއްވެސް ފޮރުވުމެއްނެތި ފާޅުވަމުންދިޔަ ވޭންތަކުން ޝާދީންގެ ހިއްސުތަކުގެ މަސައްކަތްކުރުންވެސް ހުއްޓާލިފަދައެވެ. ނަމަވެސް އެއިން އެންމެ ބަހެއް ޤަބޫލުކުރަން ޝާދީންގެ ސިކުނޑިވެސް ދެކޮޅުހެދިއެވެ. ވޭތުވެދިޔަ ހަތަރުއަހަރު ވޭނާއި އުދާހުގައި އޭނަ އުޅުނުއިރު އޭނައާއިނުލާވެސް ޔަޒްދާންގެ ދިރިއުޅުން ދިޔައީ ކުރިއަށެވެ. އެދިރިއުޅުމަށް އެތައް އަންހެންކުދިންނެއް އައިސްގޮސްވީ ތަން އޭނަ ދެކުނުއިރު މިއަދު ޔަޒްދާންގެ ބަސްތައް ޤަބޫލުކުރެވިދާނެ ހެއްޔެވެ؟
“އަަހަންނާއި ނުލާ ޔަޒްދާންގެ ހަޔާތަށް ކޮން ބަދަލެއް އައީ… އަހަރެން ނެތުމުގެ ފަޅުކަން ޔަޒްދާންއަށް އިހުސާސްކުރެވުނު ހިނދުކޮޅެއްވެސް އައިތަ… އަހަރެންގެ މަޤާމު ފުރާނެ އެތަށްކުދިންނެއް ޔަޒްދާންގެ ހަޔާތަށް އައެއްނު… މިއަދު އަހަރެން ނެތަސް ޔަޒްދާންދެކެ ލޯބިވާނެ މީހުން މަަދެއްނުވާނެ… އެހެންނޫނަސް އަހަރެންނަކީ ޔަޒްދާންދެކެ ތެދުހިތަކުން ލޯބިވާވަރަށްވުރެ މާބޮޑު ހީލަތްތެރިއެއްނު… ޔަޒްދާންގެ އިތުބާރު ނަގާލި ބޭވަފާތެެރިއެއްނު… އަހަރެންގެ ލޯތްބާއި މެދު އެހާ ނުބައި ޝައްކެއްކޮށްފައި މިއަދު ތިއައީ ކީއްކުރަން؟” ޝާދީން ފަހަތަށް ފިޔަވަޅުތައް ނަގަންފެށިއެވެ. އޭރު އެލޮލުން ޔަޒްދާންގެ މޫނަށް އަމާޒުކުރަމުންދިޔަ ޝަކުވާއާއި ވޭނުގެ ދިލަ ނަޒަރުން ޔަޒްދާންގެ ހިތް ކަތިލެވެމުންދިޔައެވެ. ދުލަކުން ކިޔާލަން ފަސޭހަޔަސް އެދުވަހު އެއިން ކޮންމެ ބަހެއް ބުނެލަން އޭނައަށް އުނދަގޫވީވަރު ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ.
“ޝަވާ…” ތަކުރާރުކޮށް ކަންފަތްދޮށުގައި ފަށްފަށްވެގެން އައި ޖުމްލަތަކާއިއެކު ޔަޒްދާންއަށް ގޮވާލެވުނެވެ.
“ޝަވާ ހީކުރަނީ އެއީ އަހަރެން މާނަކޮށްފައި ބުނި އެއްޗެއްކަމަށްތަ… ނޫން… އެދުވަހު އަހަރެންގެ ދުލުން ބުނި ކޮންމެ ބަހަކީ އަހަރެންގެ ހިތާއި ދެކޮޅަށް ބޭރުކުރި ބަސްތަކެއް… އަހަރެން ބޭނުންވީ ޝަވާ ދޫކޮށްލާނޭ ބަހަނާއެއް…. ސަބަބު ނުދެއްކޭފަދަ އިލްޒާމެއް… ޝަވާދެކެ އަހަރެން ލޯބިވީ ތިއީ އަލްހާންގެ ދަރިއެއްކަން އިނގިހުރެ… ތިނަމުގެ ފަހަތަށް އަންނަ އަލްހާންގެ ނަމުން އަހަރެންގެ ހިތުގައި ޝަވާގެ މައްޗަށްވާ އިހުސާސްތަކަށް ކުޑަ އުނިކަމެއްވެސް ނާންނާނެ… އެކަމަކު އަމިއްލަ ހިތަށްވެސް ދޮގުހަދާފައި އަހަރެން ޝަވާ ދޫކޮށްލީ… ލޯބިވިޔަސް އަހަންނާއި ދުރަށްދިޔަދިނީ… ލޯބި ހާސިލްކުރުމުގެ ބޭނުމުގައި ޝަވާގެ އުފާތަކަށް ހުރަސް އަޅަން ބޭނުންނުވާތީ… އަހަރެންގެ ހިތަށް ކުރާނެ އަސަރަކަށްވުރެ ޝަވާގެ ހިތަށް ލިބިދާނެ ވޭނަކާއި މެދު ވިސްނޭތީ… އަހަރެން ޝަވާދެކެވީ ލޯތްބަކީ ހުރިހާ އުފާތަކެއް ފަސްދަށަށްލާފައި ޤުރުބާންވާހާ މަތިވެރި ސާފު ލޯތްބަކަށްވީތީ…” ޔަޒްދާންގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަތަކާއިއެކު އެލޮލުގެ ތެރެެއަށް ފޭދެމުންދިޔަ ކުލަވަރުން އެދުލުން ބޭރުވަމުންދާ ކޮންމެ ބަހެއްގެ ތެދުކަން ހުރީ ހާމަވާށެވެ. ލޮލުގައި ޖާގަ ހަދަމުންދިޔަ ކަރުނަތަކަށް ނުކުޅަދާނަވާވަރުވެދާނެހެން ހީވިގެން ޔަޒްދާން ނޭފަތް އެތެރެއަށްދަމާލިއެވެ. ރަވައިގައި އިނގިލި ޖައްސާލިއިރު ދެތުންފަތުގެ ފާރުގެ ފޫއްދުވާލައިފައި ވޭނީ އާޙްތައް ބޭރުވިއެވެ. އެއީ އަދިވެސް އޭނަ ލޮލުން ކަރުނަ އޮހޮރާލާ މާޒީގެ ހިތި ހަނދާނެވެ. އުފާވެރި ޒުވާނެއްގެ ގޮތުގައި ދުވަސްތައް ގުނަމުންދަނިކޮށް އޭނައަށްވެސް ނޭނގި ކުރިމަތިވީ ތޫފާނުގެ ގަދަ ރޯޅީގައި އޭނަގެ ހިތުގެ މަންޒިލާއި ދުރަށް އަމާޒު ހިފަން މަޖުބޫރުވީ އޭނަ އެކަމަށް އުއްމީދުނުކޮށް ހުއްޓައެވެ. އަލަތު ލޯތްބާއިއެކު އޭނަގެ ހިތުގައި ޖަހާލި ވިންދުތައް އޭގެ ފޮނިކަމަށް ހާސިލްނުވަނީސް ކަނޑުވާލަން ޖެހުނީއެވެ. އަނިޔާވެރި ދުނިޔެ ދެހިތެއްގައި އުފެދުނު ލޯތްބަށް ހުރަސްއެޅީއެވެ.
ލަފްޒުތަކެއްގެ ގޮތުގައި ހާމަވަމުންދިޔަ އޭނަގެ ދިރިއުޅުމުގެ ހަޤީގަތުން ޝާދީންގެ ހަށިގަނޑުގެ ހިއްސުތަށް ކަނޑުވާލިއެވެ. ތިމަރަވިރުވާއަޅާލެވޭފަދައިން ކަންފަތަށް ފޯރަމުން އައި ކޮންމެ ވާހަކައަކާއިއެކު އޭނަގެ މޭގައި ދިލަ ރިހުމެއް އުފެދެމުން އައެެވެ. އެއިން އެންމެ ބަހެއްވެސް ޤަބޫލުކުރަން ސިކުނޑި ދެކޮޅުހެދިއިރު ޝާދީން ދެފަރާތަށް ބޯހޫރައިގަތެވެ. އޭރު އެރީތިލޮލުގެ ތެރެއަށް ގިނަވެގަންނަން އުޅޭ ކަރުނަތަކަށްވެސް ހުއްޓުމެއް އައިސްފައިވެއެވެ. އެ ބަސްތަކުން ކަރުނަތައްވެސް ގަނޑުފެންކޮޅުތަކަކަށް ހަދާލާފައިވާފަދައެވެ.
“ހައިއާއި ޝަލީއާއިމެދު ކަންތައްވީގޮތް އެންމެގާތުން ފެނުނީ ޝަވާއަކަށްނު… އެފަދަ ހާލަތަކަށް ޝަވާ ގެންދަން އަހަރެން ބޭނުންވީ… ފެށުނީއްސުރެ ޝަވާގެ ހުރިހާވެސް މީހަކީ ޝަވާގެ ބައްޕަ… ގަދަކަމުން ޝަވާގެ ބައްޕަގެ އަތުން ޝަވާ ޖަހައިގަންނަމީހަކަށްވާން އަހަރެން ބޭނުންނުވީ… އަހަރެންގެ ލޯބިން ޝަވާ މައިިންބަފައިންގެ ލޯބިން މަހުރޫމްކުރުމަކީ އަހަންނަށް ކުރަން ކެރޭވަރުކަމަކަށްނުވީ… އެދުވަހު އަހަރެން ޝަވާ ދޫކޮށްނުލިނަމަ… ޝަލީފަދައިން ޝަވާވެެސްވީހީ ލޯބިނުވާ ފަރާތެއްްގެ ހައްޤަކަށް.. މިއަދު ޝަވާ ހުރީހީ އެހެންމީހެއްގެ މިލްކެއްގެގޮތުގައި… އަހަންނަށް ޝަވާނުލިބުނަސް އެހެންމީހެއްގެ ހައްޤަކަށްވާކަށް ދުވަހަކު ދުލެއްނުކުރެވޭނެ… އެދުވަހެއް ފެނުމުގެ ކުރިން އަހަރެން މަރުވިޔަސް….” ޝާދީންގެ ހިތް ހަފުސްކުރަމުންދިޔަ ހަޤީގަތާއިއެކު ޔަޒްދާން ބޭރުކުރަމުންދިޔަ ވާހަކަތައް ފުރިހަމަވުމުގެ ކުރީން ޝާދީން އެކަމަށް ހުރަސްއެޅިއެވެ. ޔަޒްދާންގެ ދުލުން ބުނެލި އެންމެ ފަހު ޖުމްލަ ފުރިހަމަ ކުރުމުގެ ކުރީން ޝާދީން ދުވެލައިފައި އައިސް ޔަޒްދާންގެ އަނގަމަތީ އަތްއަޅާބާރުކޮށްލިއެވެ. ޔަޒްދާންގެ ދުލުން ނަފްރަތުގެ ބަސްތަކާއި އަނިޔާވެރި ބަސްތައް ޝަކުވާއަކާއިނުލާ އޭނާ އަޑުއަހާފާނެއެވެ. ނަމަވެސް އެފަދަ ބަހެއް އަޑުއަހާކަށް އޭނައަކަށް ކެތެއްނުވާނެއެވެ. ޔަޒްދާންއަކީ އަދިވެސް އޭނަގެ ހިތާއި ގުޅިފައިވާ ހިތުގެ ވިންދެވެ. ދިރިހުރުމުގެ މަޤްސަދެވެ.
ޝާދީންގެ ހިމަ އިނގިލިތައް އަނގަމަތީ އެޅިގެންދިޔަ ވަގުތުކޮޅު ޔަޒްދާން ޝާދީންގެ މޫނަށް އޭނަގެ ނަޒަރު ހުސްކޮށްލިއެވެ. އޭރު އެލޮލުން ކަރުނަ ހުސްވެފައިވިޔަސް ލޮލުގެ ތެރޭގައި ތެތްކަމެއްވިއެވެ. އެމުށިލޮލުގައިވީ އަސަރަކުން ހިލައަށްވުރެ ހަރުހިތްތައްވެސް ފޫއަޅުވާލާނެއެވެ. ނޭނގިނަމަވެސް އެލޮލާއި ނަޒަރު ހަމަވީވަގުތުކޮޅު އެހެންދިމާލަށް ކަޅިހިންގާލަންވެސް ޝާދީން ނުކުޅެދުނެވެ. ޔަޒްދާންގެ ލޮލަކީ އަބަދުވެސް އޭނައަށް މަގު އޮޅުވާލައި ހަތިޔާރެވެ. އެހެންފަހަރުތަކެކޭ އެއްފަދައިން ހިތް އޭގެ މަޤާމުން ވީއްލިގެންދިޔައީ ޝާދީންއަަށް އެކަމާއިމެދު ވިސްނާލާނެ ފުރުސަތެެއްވެސް ދިނުމެއްނެތިއެވެ. ޔަޒްދާންގެ ހޫނުނޭވާތައް މޫނަށް އެޅެން ދޫކޮށްލައިގެން ހުރުމަށްފަހު ބިރުވެރި ހުވަފެނަކުން ހޭލެވުނު ފަދައިން ކުއްލިއަކަށް ޝާދީން ލޯހުޅުވާލިއެވެ. އޭރު އެ މަޑުކުލައިގެ ކަޅީގެ ތެެރެއަށް ފޭދެމުންދިޔަ ޝުއޫރުތައް ތަފާތުވެފައިވިއެވެ. އެލޮލުން ޔަޒްދާންގެ މޫނަށް ދިން އަވަސް ނަޒަރަކާއިއެކު ޝާދީން ޔަޒްދާން މޭގައި އަތްއަޅާދުރުކޮށްލަމުން ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
“ނޫން…” ހިނދުކޮޅަކަށް ސިކުނޑި އޭނާގެ ލޯމައްޗަށް ދައްކާލި ކުލަނެތް ހުވަފެނުގެ މައްޗަށް ހަޤީގަތް ގަދަވެގެން އައި ވަގުތުކޮޅު ޝާދީންގެ އެސްފިޔަތައް ފޫދުއްވާލައިފައި އޮހިގަތް ކަރުނަތަކާއި ޔަޒްދާންއަށް ފަސްދިނެވެ. ޔަޒްދާންގެ ހިތް އެއްވެސް ފޮރުވުމެއްނެތި އޭނަގެ ކުރިމަތީ ހުޅުވާލުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލިއިރު އޭނަގެ ހަށިގަނޑުގެ ހުރިހާ ނާރުތަކެއް ބުރިބުރިވެގެންދިޔަފަދައެވެ. ދެވަނަ މީހެއްގ ބުނުމަކާއިނުލާވެސް އޭނައާއި ޔަޒްދާންއާއި ދެމެދުވާ ފަރަޤު ކިތަންމެ ރަނގަޅަކަށްވެސް އިހުސާސްވި ވަގުތުކޮޅެކެވެ. ޔަޒްދާންފަދަ އުޑުގައި ފިޔަޖަހަމުންދާ އަލިކަންގަދަ ތަރިއަކާއި މިއަދު އޭނަ އެކަށީގެންނެއް ނުވެއެވެ. އަލްހާންގެ ކުށާއިއެކު އޭނަގެ އިއްޒަތާއި ގަދަރުވެއްޔާއި މޮޑެވިއްޖެއެވެ.
“ޝަވާ…” ޝާދީންގެ އެ ހަރަކާތުން މާޔޫސްވީ ޔަޒްދާންއަށް ޝާދީންގެ ނަމުންގޮވާލެވުނެވެ. ހުރިހާކަމެއް އިނގުމަށްފަހު އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް އޭނަގެ އަތުގެތެރެއަށް ޝާދީން އަންނާނޭކަމަށް ޔަޒްދާން ހީކުރިއެވެ. މާޒީވެ ދުވަސްތައް ހަނދާންނެތޭވަރަށް ލޯބިދޭނޭ ފުރުސަތު ދޭނޭކަމަށް ހީކުރިއެވެ. ނަމަވެސް އެންމެ ހަރަކާތަކުންވެސް ޝާދީން އޭނަ މާޔޫސްކޮށްލައިފިއެވެ.
“ނޫން… އަހަންނަށް މިކަން ނޭނގުނުނަމަ މާރަނގަޅުވާނެ… މިކަން އިނގިގެން މިއަދު އެއްވެސްކަމެއް ބަދަލެއްނުވާނެ… ޔަޒްދާން ދޭ… އަހަންނާއި ދުރަށްދޭ… އަހަންނަކީ މިއަދު ޔަޒްދާންއާއި އެކަށީގެންވާ މީހެއްނޫން… ޔަޒްދާން ހައްޤުވަނީ މަންހަލް ފަދަ ކުއްޖެއް… އަހަރެންގެ އަތުގައި ދާންއަށް ދޭނެ އެއްވެސް އެއްޗެއްނެތް…” ޝާދީންގެ ލޮލަށް ބޮޑިވަމުން އައި އަދަދުނުވާހާ ގިނަ ކަރުނައާއިއެކު އެއަޑު ކުރެހިގެންދިޔައެވެ. އޭނައަށްވެސް ނޭނގި އޭނަގެ ދިރިއުޅުން ބަދަލުވެގެން ހިނގައްޖެއެވެ. އަލްހާންގެ ކުށުން ބަރުބާދުވީ އޭނަގެ ހަޔާތެެވެ. އޭނަގެ މައުސޫމްކަމާއިއެކުވެސް ދުނިޔެއަށް ފަޞީހަތްވެގެން ދިިޔައީއެވެ. ނުކުރާކުށަކުން ފަސްބައި ކަޅިވީއެވެ.
“އަހަރެންގެ ހިތުގައި އެންމެ ފުރަތަމަ ޝަވާއަށް ވިންދެއް ޖަހާލިއިރުވެސް ޝަވާގެ ބައްޕައަކީ ކުށްވެރިއެއް… މީހަކީ ނޭނގުނަސް ކުށްވެރިއަކުވާނީ ކުށްވެރިއަކަށް… ދުނިޔެއަށް އެކަން ފާޅުވުމާއި ނުވުމުގެ ތަފާތަކީ ކޮބާ… މީހުން ކިޔާނެ އެއްޗިއްސަކަށް އަހަރެން ނުވިސްނަން… ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އެދުވަހު އަހަރެން ނުވީ ބަދަލެއް މިއަދަކު ނުވާނެ… ޝަވާ ޕްލީޒް… އަހަރެން ޝަވާގެ އަތުންއެއްވެސް އެއްޗެއް ބޭނުމެއްނޫން… ޝަވާގެ ލޯބި ލިބެނިކޮށް އަހަންނަށް ފުދޭނެ… އަހަރެންގެ ހިތްއެދޭ ހަމައެކަނި ފަރާތަކީ ތިއީ… އެހެންމީހުންނަށްޓަކައި މަންހަލް ހަޔާތަށް ގެނަޔަސް އަހަރެންގެ ހިތުން ޝަވާ ހޯދި ޖާގައަށް ބަދަލެއް ނާދެ… އަހަރެން އިތުރަށް އިމްތިހާނުނުކޮށް އަހަރެން ކައިރިއަށް އާދޭ… އެހުރިހާ ދުވަސްތަކެއް ހިތުން ފުހެވޭވަރަށް ލޯބިދޭން އަހަރެން މިހުރީ…” ޝާދީންގެ ލޮލުގައި ވިދަންފެށިކަރުނަތައް ދެކެންހުރެފައި ޔަޒްދާން ތުންފަތުގައި ދަތްއަޅާބާރުކޮށްލިއެވެ. އެ ރީތިލޮލުން ކަރުނައެެއް އޮހުމަކީ އޭނަ އެންމެ ބޭނުންނުވާނޭ ކަންތަކެވެ. ޝާދީންގެ ހުރިހާ ހިތާމައަކާއި ކަރުނަތަކެއް އޭނައާއި ހަވާލުކުރާނެނަމައެވެ. ބަދަލުގައި އޭނަގެ ހުރިހާ އުފަލަކާއި މުޅި ދިރިއުޅުން ދޭން ޖެހުނަސް އޭނަގެ ފަރުވާލެއްނެތެވެ.
“އަހަރެން އަމިއްލަ ނަފްސުދެކެވެސް މިއަދު ފޫހިވޭ… އަމިއްލަ ނަފްސަށްވެސް ނަފްރަަތުކުރަން… އެހެންމީހަކަށް ލޯބިދޭހާ ހިތްވަރެއް އަހަރެން ގަޔަކު ނެތޭ… ލޯބިލިބޭނޭކަމަށް އުއްމީދުކުރުމަކީ ދެން ނުކުރާނޭކަމެއް… މިވީހާތަނަށްވެސް އަހަރެން ލޯބިވި ކޮންމެމީހެއްގެ ފަރާތުން ލިބުނީ ހިތާމަ… އިތުރަށް އެ ވޭންތައް ތަހައްމަލުުކުރާކަށް ބޭނުމެއްނޫން… އަހަރެންދެކެ ލޯބިވާނެ ފަރާތަކަށް މިއަދު އަހަރެން ބޭނުމެއްނުވޭ… މިހުރިހާ ދުވަހު އުޅުނުގޮތަށް ދެންވެސް އަހަންނަށް އުޅެވޭނެ…” ކަރުނައިން ފޯވެފައިހުރި ހާލު ގިސްލަމުން ޝާދީން ބޭރުކުރަމުންދިޔަ ބަސްތަކާއިއެކު ޔަޒްދާންއަށް އިސްޖަހާލެވުނެވެ. އެއިންކޮންމެ ބަހެެއް އޭނައަށް ނިސްބަތްވަމުންދިޔައިރު ޔަޒްދާންއަށް ކުށްވެރިކަން އިހުސާސްކުރެވުނެވެ. ލޯބިވާކަމަށް ދައުވާކުރިޔަސް އޭނައަށްވެސް ޝާދީންއަށް ދެވުނީ ވޭނެވެ. ލޯބިން ފިރުމާލަންވީ ދުވަހު އެ ހިތުގައި ފިލައިގެންނުދޭނޭ ޒަހަމްތަކެއް ލައްވާލެވުނީއެވެ.
“އެދުވަސް އަނބުރާގެނެވޭތޯ ކުރަން ޖެހުނުކޮންމެކަމެއް އަހަރެންކުރާނަން… ހެޔޮނުވާނެ… އަހަންނާއި ދުރަށްދާން ނޫޅޭ… ޝަވާގެ ހިތަށް އޯގާވެދޭނޭ ފުރުސަތެއް އަހަންނަށްދީ… އަހަރެން އާދޭސްކުރަން… އަހަރެންގެ އެކަނިކޮށްލަން ނޫޅޭ… ޝަވާ އަދިވެސް އަހަރެންދެކެ ލޯބިވަމެއްނު… ބުނެބަލަ…” ޔަޒްދާން ޝާދީންގެ މޫނުގައި ހިފަހައްޓާފައި އެލޮލާއި ހަތަރުކަޅި ހަމަކުރުވިއެވެ. ޔަޒްދާންގެ ތޫނު ދެލޮލުން އޭނަގެ ދެލޯ އެކްސްރޭކޮށްލަން އުޅުނުވަގުތު ޝާދީން ވަގުތުން ދުރުބަލާލިއެވެ.
“އެހުރިހާކަމަކަށްފަހުވެސް ލޯބި ބަދަލުނުވާނެކަމަށް ޔަޒްދާން ހީކުރަނީތަ؟ ހީކުރަނީތަ އެހާ އަނިޔާވެރިކޮށް ކަންތައްކުރުމަށްފަހުވެސް އެންމެ ބަހަކުން އަހަރެން ޔަޒްދާންގެ އަތުގެ ތެރެއަށް ވިރިގެންދާނޭ… އެދުވަހު އަހަރެންދޫކޮށްލައިފައި ދިޔައިރު މާދަން ނުދާނެކަމުގެ ކޮން ޔަގީންކަމެއް އަހަންނަށް އޮތީ… ކޮން އިތުބާރެއްް ޔަޒްދާންއަށް މިއަދު ދެވޭނީ… ހަނދާން ނައްތާލާ ޔަޒްދާން.. ހަނދާން ނައްތާލާ އަހަރެން މަތިން…” ޝާދީންގެ ކޯތާފަތުގައި ޖައްސާލެވިފައިވާ ޔަޒްދާންގެ ފިިނި އަތްތިލަ ނައްޓުވާލަމުން ޝާދީން ފަހަތަށް ޖެހުނެވެ. ޔަޒްދާންގެ ދުލުން ބޭރުވި ހަޤީގަތާއިއެކު ހުރިހާ ރިހުންތަކެއް ދޫކޮށްލުމަށްފަހު ހިތް ޔަޒްދާންއާއި ދިމާލަށް ދީލައިލިޔަސް ޝާދީން ބޭރުފުށުން ދައްކާލީ އެހެން ކުލަވަރެކެވެ. ތަންކޮޅެއްކުރީން އެކަން އިނގުނުނަމަ އޭނަ ހިތުން ރުހުމުން ޔަޒްދާންގެ އަތުތެރެއަށްދާނެއެވެ. ނަމަވެސް މިހާރު މާލަސްވެއްޖެއެވެ. ވަގުތު އެދެމެދުގައި ދުވަހަކު ހުރަސްނުކުރެވޭނެހާ ބޯފާރެއް ރާނައިފިއެވެ.
“އިނގިހުރެ އަމިއްލަ ހިތަށް ޝަވާ ދޮގުހަދާ އޮޅުވާލަނީ ކޮންކަމެއް ބަދަލުވާނެކަމަށްތަ؟ ތިދެލޮލުން ހުރިހާކަމެއް ސާފުކޮށް އިނގޭ… ޕްލީޒް… ކުށްވެރިކަމާއި ނަފްރަތުގެ އަލިފާނުން އަމިއްލަ ދިރިއުޅުން ހަލާކުކޮށްނުލާ…. އަހަންނަށް ފުރުސަތެއްދީ… ޝަވާ އަހަރެންދެކެވާ ލޯބީގެ ހައްޤުގައި ނަމަވެސް…” ޔަޒްދާން ވާހަކަދެއްކި ގޮތުންވެސް ޝާދީންގެ ބަސްތަކުން އަސަރުކުރިވަރު ހާމަވިއެވެ. ލޮލުގެ ތެރޭ ސައިލުދެމެމުންދިޔަ ކަރުނައިގެ ކޯތާފަތްމައްޗަށް ބަންޑުވެގަތުމުގެ ކުރީން ޔަޒްދާން މުށްކަވާފައި އޮތް އަތްތިލަ އަނގަމަތީ އަޅާ ބާރުކޮށްލިއެވެ. ދެލޯ ތަގުޅިކޮށްލަމުން ފުންނޭވާއެއް ފަޒާއަށް ދޫކޮށްލިއެވެ.
“ބުނެބަލަ ޝަވާ މިހާރު އަހަރެންދެކެ ލޯބިނުވަނީތަ؟ އަހަރެންގެ ލޮލަށް ބަލާފައި ބުނެބަލަ…” ދެޒުވާނުންވެސް ބަހެއް ނުކިޔާ ހޭދަވެގެންދިޔަ ހަމަހިމޭންކަމުގެ ސިކުންތުކޮޅަކަށްފަހު ޔަޒްދާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޝާދީންގެ ދަތްދޮޅީގައި ހިފާ އިސްނެގުވިއެވެ. ޔަޒްދާން ލޮލާއި ހަތަރުކަޅި ހަމަކުރުވިއިރު އެލޮލުގައިވީ އަސަރަކުން ޝާދީން އެލޮލުގެ ތެރެއަށް ގަންބާލިއެވެ. ޝާދީންއާއިއެކީގައި ހޭދަވި މަދު ދުވަސްކޮޅުގައި އަބަދުވެސް ލާނެތްކަމާއި އުފާވެރިކަން ނަށަނަށާ ހުންނަ ލޮލުގެ ތެރެއިން ފެނުނީ ހާސް ހިތާމައެވެ. އެދެލޮލުގައިވާ ހުސްކަން ފެނި ޝާދީންގެ ހިތުގައި ރިއްސާލިއެވެ. ލޯބިވާވަރު ހާމަކުރަން ކިތަންމެ ފަހަރަކު ހިތްއެދުނެވެ. ޔަޒްދާން މޭގާއި ބޯއަޅާ ލޯބިވާ ވާހަކަ ބުނަން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް ހިތުގެ އެދުންތަކަށް ޝާދީން ފުރަގަސްދެމުން އޭނަގެ ފަހުގެ ނިންމުން ނިންމިއެވެ.
ހަށިގަނޑުގައި ހުރި ހިތްވަރުލާފައި ޔަޒްދާންއާއި ހަތަރުކަޅި ހަމަކުރިއިރު ޝާދީންގެ ލޮލުގައި ކަރުނަނެތަސް ހިތް ކަރުނައަޅާ ރޮމުންދިޔައެވެ. ކުރެވެން އުޅެވޭކަމުގެ ބޮޑުކަމާއި ފަހުން އެކަމުން ލިބިދާނެ ނަތީޖާއާއި ހިތާމަކުރަންޖެހިދާނެ ވަރު ތަކުރާރުކޮށް އޭނާގެ ނަފްސު އޭނާއަށް ހަނދާންކޮށްދިނަސް ޝާދީން ހުރީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅާކަހަލަ ގޮތަކަށްނޫނެވެ.
“އަހަރެން ޔަޒްދާންދެކެ… ލޯތްބެއް…. ނުވޭ…” ޔަޒްދާންގެ ލޮލާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ޝާދީންގެ ދުލުން އެބަސްތައް ބޭރުވީ ކެނޑިކެނޑިގެންނެވެ. އަސަރެއްނެތި އެ ބަސްތައް ބުނެލަސް ބޭނުންވިޔަސް ދޫވެސް އެކަމަކަށް އެއްބާރުލުމެއްނުދިނެެވެ. ލޮލަށް ގިނަވާން ފެށި ނުކިޔަމަންތެެރި ކަރުނަތައް ޔަޒްދާންއަށް ފެނުމުގެ ކުރީން ޝާދީން ދުރުބަލާލިއެވެ. ޔަޒްދާންގެ ކުރިމަތީ އެންމެ ސިކުންތުކޮޅަކަށްވެސް ހުންނާނެ ހިތްވަރުނެތިގެން ޝާދީން ދުރަށް ހިނގައިގަތެވެ. އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާނުލެވެނީސް އިވުނު އަޑުފަށްގަނޑާއިއެކު ސިހިފައި ފަސްއެނބުރި ބަލާލެވުނުގޮތަށް ހަޅޭލަވައިގަނެވުނެވެ.
މާބްލްސްތަކުގެ މައްޗަށް އުއްޑުންވާހެން ޔަޒްދާން ވެއްޓިފައި އޮތްއިރު އެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ޓައިލްސްމަތީގައި ޖެހިފައިވާ ދެއަތުގެ އިނގިއްޔެއްހާ މިންވަރުވެސް ހަރަކާތްކޮށްނުލާ ހިމޭންވެފައި އޮތްއިރު މޫނު އޮތީ އެއްއަރިއަކަށް ވާގޮތަށް އައިސް މާބްލްމަތީ ޖެހި ބާރުވެފައެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުގެ ނަޒަރު ޝާދީންއަށް އަމާޒުކޮށްލައިގެން އެސްފިޔަ ޖަހާލުމެއްވެސް ނެތި އޮތްތަން ފެނިފައި ޝާދީންގެ މެއަށް ފިނިގަނޑެއް އަރައިގެންދިޔައެވެ. ވަޔާއިއެކު ވިއްސަމުންދިޔަ ފެންތިކިތައް އެ މޫނުމަތީގައި ވިދަމުންދިޔައެވެ.
“ދާން…” ސިކުނޑިއަށް އައި ކުއްލި ލޮޅުމުގައި ހަށިގަނޑުގެ ހަރަކާތް ހުއްޓިގެންދިޔަ ވަގުތުކޮޅަކަށްފަހު ޝާދީން ދުވެލައިފައި އައިސް ދެކަކޫ ޖަހާ ޔަޒްދާން ކައިރިއަށް ތިރިވިއެވެ. ޔަޒްދާންގެ ބޯނަގާ އުނގަށްލީގޮތަށް ނޭފަތާއި ދިމާލުން މޫނުގައި އަތްޖައްސާލި ބާރުމިނުގައި ޝާދީންއަށް އަތް ދަމައިގަނެވުނެވެ. އެ މޫނުމައްޗަށް ވެރިވެގެންދިޔަ ކުލަވަރާއިއެކު ޝާދީން ދެވަނަ ފަހަރަށްވެސް އެ ހަރަކާތް ތަކުރާރުކުރިއެވެ. އެއާއިއެކު އަތްދަމައިގަތް ބާރުމިނުގައި ބޯހޫރާގަތްއިރު އެ ރީތި ލޮލުން ކަރުނަ ނީރާލައިފައިވިއެވެ.
“ދާން… ނޫން… ނޫން… ލޯހުޅުބަލަ… އަހަންނަށް ބަލާބަލަ… ދާން އަހަރެން މޮޔަވެދާނެ… ޕްލީޒް މިގޮތަށް އަހަރެން އިމްތިހާނުނުކުރޭ… އައި ލަވް ޔޫ…” މެޔަށް ފޭދިގެންދިޔަ ގަދަ ރިހުމާއިއެކު ނޭވާވެސް ހައްޓާއި ވަކިވެގެންދިޔަ ވަގުތުކޮޅަކަށްފަހު ޝާދީން ރޮއެގަންނަމުން ޔަޒްދާންގެ މޭމަތީގައި ބޯއަޅާލިއެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން ބޭނުންވިޔަސް އޭނަގެ ސިކުނޑިވެސް އޭނައަށް ވިސްނައިދެމުންދިޔައީ އެންމެ ނުބައިގޮތަށެވެ. ކެތްކުރަން ދަތިވެ އަޑުވީއްލާ ޝާދީންއަށް ރޮއެގަނެވުނެވެ.
ޝާދީންގެ ކަރުނައިގެ ފިނިކަން ޓީޝާޓްގެ ތެރެއިން އިހުސާސްވެގެންދިޔުމާއިއެކު ޔަޒްދާން މަޑުމަޑުން ލޯހުޅުވާލިއެވެ. އެ ތުންފަތްމައްޗަށް ވެެރިވެގެން އައި ހިނިތުންވުމާއިއެކު ބޯދަށަށް އަތްލައްވާލަމުން ޔަޒްދާން ހަމަޖެހިލިއެވެ.
“ތިވަރަށް ނުރޮއެބަލަ… އަހަރެން އަދި މަރެއްނުވެޔޭ… މަރުވިޔަސް ކަށްވަޅުގައިވެސް ނޯވެވޭވަރަށް ޝަވާ ރޯނަންދޯ… ތޭންކްސް ކޮންފެސްކުރީތީ… ލަވް ޔޫ ޓޫ…” ޔަޒްދާންގެ އަޑުއިވުމާއިއެކު ޝާދީން ފުންމައިގެން ތެދުވީ ހަށިގަނޑުގައި ކައްޓެއް ޖެހުނުފަދައަކުންނެވެ. ގަބޫލުނުކުރެވޭފަދަ ނަޒަރަަކުން ޔަޒްދާންއާއި ދިމާލަށް ބަލާލިގޮތަށް މާބްލްސްމަތީ އިނދެފައި ޝާދީން ތެދުވިއެވެ. ޝާދީންއަށް ފިޔަވަޅެއް ނެގުމުގެ ކުރިން ޔަޒްދާން ހުށިޔާރުކަމާއިއެކު ތެދުވެ ޝާދީން ގެނެސް އެއަތުގެ ތެރެއަށްލިއެވެ.
“އަދިވެސް ބުނާނަންތަ އަހަރެންދެކެ ލޯތްބެއްނުވެޔޭ… ސޮރީ ރޮއްވާލެވުނީމަ… އެކަމަކު އެ ނޫންގޮތަކަށް ޝަވާގެ ދުލުން ތެދުބޭރުނުވާނެކަން އިނގޭ…. އާދޭ އަހަރެން ކައިރިއަށް އަހަރެން އަދިވެސް އިންތިޒާރުކުރާ ލޯތްބަކީ ތީ…” ޔަޒްދާން ޝާދީންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިގޮތަށް ކަންފަތުގައި ތުންފަތްޖައްސާލިއެވެ. އެއާއިއެކު ޝާދީން ޔަޒްދާންގެ އަތުން ވީއްލިގަތް ބާރުމިނުގައި ވައިސޫރި އެއްފަދައިން ދުން ޖަހާފައި ގޮސް ކޮޓަރިން ނިކުތެވެ.
ތެތްވެފައިވާ އިސްތަށިގަނޑުގައި އިނގިލިތަކުން އަތްފުނާއަޅާލަމުން ގޮށްމުއްކަވާފައި ޔަޒްދާންއަށް ބެލްކަނީގެ ދޮރުގައި ޖަހާލެވުނެވެ. ތުންފަތުގައި ދަތްއަޅާބާރުކޮށްލެވުނުއިރު އެ ލޮލުން ފެނުނީ ކެތްކުރަން ދަތިވެގެން އުޅޭ ފަދަ އަސަރުތަކެވެ. ޝާދީންގެ ފަރާތުން ލިބުނު ކުޑަ އުއްމީދުކޮޅަށްފަހުވެސް އުއްމީދުގެ ހުޅުކޮޅު ކަނިވެގެން ގޮސްފިއެވެ. ޝާދީންއަށް އޭނަ އިންތިޒާރުކުރަންވީ ކިހާ ދުވަހަކަށް ހެއްޔެވެ؟ އޭނަގެ ލޯބިން ޝާދީންގެ ގަނޑުފެންގަނޑަކަށްވެފައިވާ ހިތް ވިރުވާލެވޭނޭކަމުގެ ޔަގީންކަން ހިތަށް ލިބިފައިވިޔަސް ޝާދީން އެ ފުރުސަތު އޭނައަށް ދީފާނެބާވައެވެ؟ މާޒީގެ ވެގެންދިޔަ ކަންތަކުގެ ބަދަލު ޝާދީން ހިފަން ގަސްތުކޮށްގެން ހުރީ އެންމެ ހިތަށްތަދުވާގޮތަށެވެ. އަމިއްލަ އަތުން ޝާދީންގެ އިތުބާރުނަގާލެވުނުއިރު އޭނައަށް ޖެހިފައިމިވަނީ އާފެށުމަކުން ފަށާށެވެ. އެ ހިތް މިލްކުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާށެވެ. ޔަޒްދާން އިންތިޒާރުކުރަނީ ޝާދީން އަލުން އޭނަގެ ގާތަށް އަންނާނެ ދުވަހަކަށެވެ. ޝާދީންގެ ހިތް އަނބުރާ އޭނައަށް ދޭނޭ ދުވަހަކެވެ. އެހިތުގެ ދުއާއަކީ ޝާދީން މިލްކުވުމެވެ.
*** *** *** *** *** ***
އުޑުމައްޗަށް އެއްވެފައިވާ ވިލާތަކުގެ މަތިމައްޗަށް ބޯވިލާތައް އެއްވަމުން ވާރޭ ބޯކުރަމުންދިޔައީ މިއިން އިރަކު ނުހުއްޓާނޭ ފަދައަކުންނެވެ. ރޭގަނޑުގެ އަނދިރިކަން ފުންވަމުންދިޔައިރު ފިނިކަން ގަދަވަމުންދިޔައެވެ. ހޫނު ފެނުން ފެންވަރައިލައިގެން ބޯހެދުމެއްގެ ތެރެއަށް އެރިގެން ބާރތްރޫމްތެރެއިން ނިކުތުމާއިއެކު ނައިނާގެ ތުނި ހަށިގަނޑު ގަޑުފެންގަނޑަކަށްވީފަދައެވެ. ހަށިގަނޑު ތުރުއަޅައިގަތީ ހުރިހާ ކަށިކޮޅެއްވެސް ގަނޑުވެގެންދިޔަ ފަދައަކުންނެވެ. ދެއަތްމެޔާލައި ބޮޑިކޮށްލައިގެން ހުރެ ކޮޓަރިއަށް ނިކުތުމާއިއެކު ނައިނާގެ ދެބުމަގޮށްޖަހާލެވިއްޖެއެވެ. ވަގުތުން އޭނާގެ ނަޒަރު ދަތުރުކުރީ ކޮޓަރިއަށް ވަދެވެން އިންނަ ދޮރާއި ދިމާލަށެވެ. އެވަގުތު ވަޔާއިއެކު ހިއްލެމުންދިޔަ ބެލްކަނީގެ ދޮރުފޮތިގަނޑު ފެނިފައި ހައިޒަލް ކޮޓަރިއަށް ވަދެގަތްގޮތް ދެނެގަންނާކަށް ނައިނާއަކަށް ސައިންޓިސްޓެއްގެ ސިކުނޑިއަކަށް ބޭނުމެއްނުވިއެވެ. ވިންޓަރ ބްރީޒްގެ ދެވަނަ ފަންގިފިލާރގައި ޖެހިގެން ޖެހިގެން ކޮޓަރިތައް ހުންނައިރު އެއްކޮޓަރިން އަނެއް ކޮޓަރިއަށް ދެވޭގޮތަށް ގުޅުވާލެވިފައިވާ ބެލްކަނިތަކަކީ އެ ފަންގިފިލާ އެންމެ ރީތިކޮށްލާ ބައެވެ. ބެލްކަނިތަކުގެ ދޭތެރެތަކުގައި ހުންނަ ދޭތެރެ ކުޑަކަމާއިއެކު ތިރި ރެއިލިން މަތިން ޖެހިގެން އިންނަ ބެލްކަންޏަށް ފުންމާލުމަކީ ދާދި ފަސޭހަކަމެކެވެ. އަދި ހައިޒަލްގެ ކޮޓަރިއާއި ނައިނާއަށް އުޅެން ލިބިފައިވާ ކޮޓަރި ޖެހިޖެހިގެން ހުންނާތީ ހައިޒަލްއަށް ނުހަނު ފަހިފުރުސަތުތަކެއް ލިބިފައިވެއެވެ.
“ބެބްސް ހީކަރުވަނީތަ… އާދޭ ހަގްއެެއްދޭނަން….” ހައިޒަލް ޑްރެސިންޓޭބަލްއަށް ލެގިލައިގެން ހުރެފައި ހަށިގަނޑު ސީދާކޮށްލިގޮތަށް ނައިނާއާއި ދިމާލަށް އަތްދަމާލުމާއިއެކު ނައިނާ ކަޅިއަޅާލައިފިއެވެ.
“ހައި މަޖަލެއްނޫނޭ… އެވަރަށް ރޫމްއަށް ނުވައްނައްޗޭ ބުނެފައި އޮއްވާވެސް… މިރޭ މީ އެންމެން ބެލްކަނިން ކޮޓަރިއަށް ވަންނަ ރެއަކީތަ؟” ހައިޒަލްގެ ގެކަމަށްވާތީ ހައިޒަލް ބާރުގަދަކުރާނެކަން އިނގިހުރެވެސް ނައިނާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
“ޓެލްމީ… އަހަރެން ނޫނީ ކާކު މިރޭ މިގޮތަށް މިކޮޓަރިއަށް ވަނީ…” ނައިނާގެ ފަހު ޖުމްލައާއިއެކު ހައިޒަލް ޓްރެސިންޓޭބަލް މައްޗަށް އަރާ އިނދެފައި ފުންމާލިގޮތަށް ނައިނާއާއި ދިމާލަށް ބަލާލީ ނުހަނު ސީރިޔަސް ނަޒަރަކުންނެވެ. އޭރު ހޯލްޑަރުގައި ތުވާލި އަޅުވަންވެގެން ހައިޒަލްއަށް ފަސްދީގެން ހުރެފައި ނައިނާ ފަސްއެނބުރިބަލާލީއެވެ. އެއާއިއެކު ހައިޒަލްގެ މޫނަށް ޖައްސާލައިގެން އިން ވައްތަރު ފެނިފައި ނައިނާއަށް ހުނުން ހިފަހައްޓާލަން ޖެހުނެވެ. ހައިޒަލް ދަތްތައް ކާރުވައިލައިގެން އިންއިރު އެ މީހެއް ހޯދައިގެން އެމީހެއްގެ މޫނުގައި ބޮޑިއެއްއަޅަން ތައްޔާރަށް އިންހެން ހީވިއެވެ.
“ކާކުބާ މިރޭ މިކޮޓަރިއަށްވަނީ… އާނ މިކްޔާލް… ދެން މިގޭގެ ކައިރީގައި މިއުޅޭ ނިޔާނުބެވެސް… ދެން… ދެން…” ޝަހާދަތް އިނގިލިން ކޮލުގައި ޖަހަމުން ކަމަކާއި ވިސްނަމުންދާހެން ނައިނާ ވާހަކަދައްކަމުންދިޔައިރު ދޭތެރެއިން ވަައްކަޅިން ހައިޒަލްއާއި ދިމާލަށް ބަލާލައެވެ.
“ނައިނާ….” ހައިޒަލް ރާގެއްލާފައި ނައިނާގެ ނަމުންގޮވާލަމުން އެ މޫނަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. އެއާއިއެކު ނައިނާއަށް އަޑުވީއްލާ ހީގަނެވުނެވެ.
“ސާބަހޭ މިސްޓަރ ޖޭ…. އަހަންނަށް ބުނެވުނުތަ މިކޮޓަރިއަށް މީހަކު ވަތްވާހަކަ… ދޮންތަ ކޮޓަރިއަށް ޔާން ސަރގެ ބްރޯ ދަނިކޮށް ފެނުނު ވާހަކައޭ މިބުނީ…” ހައިޒަލްގެ މޭގައި އަތްއަޅާ ކުޑަކޮށް ފަހަތަށްވާގޮތަށް ކޮއްޕާލަމުން ނައިނާ ދެފަރާތަށް ބޯހޫރާލިއެވެ. ވާރޭ އެންމެ ބޯކޮށްލިވަގުތު ބެލްކަނީގެ ދޮރުލައްޕާލަން ނައިނާ ބެލްކަންޏަށް ގާތްވީ ވަގުތު ނައިނާގެ ބެލްކަނި ހުރަސްކޮށް ޔަޒްދާން ޝާދީންގެ ކޮޓަރި ބެލްކަންޏަށް ފުންމާލީއެވެ. އެ ކޮޓަރި ބެލްކަނި ދޮރުކުރިމައްޗަށް ޔަޒްދާން ހުއްޓުނީ އޭނަ އެގޮތުގައި ހުއްޓައެވެ.
“ވަޓް… އަހަރެންގެ ދޮންތައާއި ޔަޒާ… އަހަރެންގެ ކޮޓަރީގައި ހުރެފައި ގެއްލުނު މީހާ ދިޔަތަން އިނގުނީނު… މިހުރިހާ ދުވަސް ވީއިރު އަަހަރެން ގާތުނުވެސް ބުނެ… ހުރެބަލަ ނިކަން..” ހައިޒަލްއަށް ލިބުނު ފޯރީގައި ބެލްކަނި ދޮރާއިދިމާލަށް ހިނގައިގަތެވެ. ޝާދީންއާއި ޔަޒްދާންގެ ސިއްރު އޭނައަށް ފަޅައިއަރައިފިކަން އަންގަން އޭނަ ބޭނުމެެވެ. އެކަން ސިއްރުކުރީތީ ޝަކުވާކުރަންވެސްމެއެވެ.
“ސާބަސް ހައި… ކިއުރިއޯސިޓީ އައިސްގެންއުޅެން ކުޑަކުއްޖެއްނޫންދޯ… ދޮންތަމެންނަށް ޓައިމްކޮޅެއްދީބަލަ…” ހައިޒަލް ބެލްކަނި ދޮރާއި އަރާހަމަވަނިކޮށް ނައިނާ ފަހަތުުން އައިސް ހައިޒަލް ހިފަހެއްޓިއެވެ. ޔަޒްދާންއާއި ޝާދީންއާއި ދެމެދު އޮތީ ހައިޒަލް ހީކުރާވަރަށްވުރެ ނާޒުކްގުޅުމެއްކަން ލޮލަށް ފެނުނު އެންމެ މަންޒަރަކުންވެސް އޭނައަށް ދެނެގަނެވުނެވެ. ޔަޒްދާންގެ މޫނުމަތީން ފެނުނު އަސަރުތަކަކީ ލޯބީގައި މަގުގެއްލި މާޔޫސްވެފައިވާ މުސާފިރެއްގެ މޫނުން ނޫނީ ނުފެންނާނޭ އަސަރުތަކެވެ. އެ އަސަރުތައް ނިވާއަޅަނީ އެދެމެދުގައިވީ ލޯބީގެ ހީނަރުކަމަށެވެ.
“އެހެންތަ… ހިނގާދޯ އަހަރެމެންވެސް ޓައިމީކޮޅެއްހޯދަން… މިގެއަށް އައިފަހުން މިކުއްޖާ ލޮލަށް ފެނިނުލާ… މަތިމަތިން ހަތް ތަންޑު އަޅައިގެން އޮތަސް އަހަރެން ވަންނަން ބޭނުމިއްޔާ ނުވަންނާނެ ގޮތަކީ ނެތްގޮތެއް އިނގޭ… ޑޯންޓް އަންޑަރ އެސްޓިމޭޓް މީ…” ހައިޒަލް ލާނެތްގޮތަކަށް ހީލުމަށްފަހު ނައިނާއާއި ހަތަރުކަޅި ހަމަކޮށްލިގޮތަށް ނައިނާގެ އަތުގައި ހިފައި ގާތަށް ދަމައިގަތްގޮތަށް މެޔަށް ލައްކޮށްލިއެވެ.
“ހައި މޮޔަވެބަލަ….” ނައިނާ އަޅާލުމަށްފަހު ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ.
އެއާއިއެކު ހައިޒަލް ނައިނާއާއި ގާތަށް ފިޔަވަޅުތައް ނަގަންފެށިއިރު ނައިނާ މަޑުމަޑުން ފަހަތަށް ޖެހެންފެށިއެވެ. އެނދުކައިރީގައި ހުރި ގޮނޑީގައި އަޅައިގެންފައި ވެއްޓެން ދިޔަވަގުތު ނައިނާއަށް ހައިޒަަލްގެ މުލައްދަނޑީގައި ހިފާލެވުނެވެ. ދެމީހުން އެކީކަހަލަގޮތަކަށް އެނދުމައްޗަށް ވެއްޓުނުވަގުތު ހައިޒަލްއަށް އޮވެވުނީ ނައިނާގެ ގައިމަތީގައި ކަހަލަގޮތަކަށެވެ. ހައިޒަލްގެ ގައިދޮށުވެފައި އޮތް ނައިނާގެ އަތްތިލަ ނަގަމުން އެ ހަކަތައިގެ ހަށިގަނޑު އުފުލާލިއެވެ. ވަގުތުން ފުރުސަތުގެ ބޭނުން ހިފަމުން ނައިނާ ދުރަށް ފޮރޮޅިގަތެވެ. އެވަގުތު ހައިޒަލްގެ ދެއަތުން ނައިނާ ވަށާލިގޮތަށްގެނެސް އޭނަގެ ހަށިގަނޑުގައި ޖައްސާލީ އެދެމެދަށް ވައިރޯޅިއަކަަށްވެސް ވަދެވޭނެ ޖާގައެއްދިނުމެއްނެތިއެވެ.
“ހައި… ދޫކޮށްބަލަ… މީހަކު އައިސްދާނޭ… ހައިގެ މަންމައަށް ފެނިދާނެ….” ހައިޒަލްގެ އަތުތެރޭގައި އެގޮތަށް އޮންނަން ހިތްއެދުނަސް ހައިލާއަށް ފެނިދާނެކަމުގެ ބިރަށް ނައިނާގެ ހިތް ތެޅިފޮޅުނެވެ. ހައިލާއާއި ހަމަޔަށް އެގުޅުން ގެންދަން އޭނަ އަދި ތައްޔާރެއްނޫނެވެ.
“ނެއިން ހީކުރީ މަންމައަށް ނޭނގޭކަމަށްތަ… ޑައިމެންޑްވޭލީގައި އުޅުނުއިރުއްސުރެ މަންމައަށް އިނގޭކަމަށްވަނީ… އަހަރެމެން މީޓްކުރާކަން… އަހަރެމެން ބްރޭކްއަޕްވެގެން ނެއިން ހިތާމަކުރިކަން… ނެއިންގެ ކަންތަކޭ… މަންމަ މަށަށް ލެކްޗަރެއްވެސް ދީފި… އެހެނެއްނުވާނީ މަންމަ ނެއިންދެކެ ދަރިއެއްވަރަށް ލޯބިވޭވިއްޔަ….” ހައިޒަލް ނައިނާގެ ކޮނޑުމަތީ ދަތްދޮޅިއަޅުވާލައިގެން އޮވެ ވާހަކަދައްކަމުން ދިޔަވަރަކަށް ނައިނާގެ މޫނު ރަތްވަމުންގޮސް ބާލީހުގައި މޫނު ފޮރުވާލިއެވެ. ހައިލާއަށް އެކަންތައް އިނގޭ ހާލު ހައިލާގެ ކުރިމައްޗަށް އެރުމަކީ އޭނައަށް ލާހިކުކަމެއްނޫނެވެ. އާނިޔާގެ ދަރިފުޅުގެ ގޮތުގައި މިލީނާމެންނާއި ބައްދަލުކުރިދުވަހުވެސް އެކަން ހައިލާއަށް އިނގިފައި އޮތްކަމަކަށް އޭނަ ހިޔެއްނުކުރެއެވެ.
“ހެހެ… ކާކު ބްލަޝްވަނީ… ނުރަސްމީކޮށް މަށާއި އެންގޭޖްކުރެވިފައި އިނގޭ މިހާރު ތިހުރީ….” ނައިނާ ކުއްލިއަކަށް ހިމޭންވީގޮތް ފެނި މަޖާވެގެން ހައިޒަލް ނައިނާ އިތުރަށް ލަދުގެންނެވިއެވެ.
ނައިނާ ރަކިވިޔަސް އެކަން ނުދެއްކިއެވެ. ރުޅިވެރިކަން ދައްކާލުމަށްފަހު ހައިޒަލްގެ ބުރަކަށީގައި ބާލީހުން ތަޅައިގަތީ ހައިޒަލް ނުވެސް ވިސްނާ އިންދައެވެ. ޕިލޯ ފައިޓްއަކަށްފަހު ނައިނާއަށް ގަދަނުވެވުނުއިރު އެންމެފަހުން ދާން ޖެހުނީ ހައިޒަލްގެ އަތުތެރެއަށެވެ. އެވަރުންވެސް ނައިނާ ގަދަދައްކާފައި ދުރަށްދާން މަސައްކަތްކުރިއެވެ.
“އައުޗް… ނައިނާ މިއުޅެނީ ހާދަ ވައިލްޑްވެގެނޭ ދެން… އަދަބެއްދޭންވީދޯ…” ހައިޒަލް އަނގަޔަށް ގޮތެއް ހަދާލިއެވެ. އެއާއިއެކު ނައިނާ އެއަތުތެރޭ ގައިދުކޮށްލިގޮތުން ނައިނާއަށް އިތުރަށް ގަދައެއް ނުދެއްކުނެވެ. ހައިޒަލްގެ ދެލޮލަށް ބަލާލެވުނު ގޮތަކުން ނައިނާ ހިމޭންވާން މަޖުބޫރުވިއެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން ނައިނާ އެލޮލުގެ ތެރެއަށް ގަންބާލުމުގައި ހައިޒަލް ކާމިޔާބު ހޯދީއެވެ.
*** *** *** *** *** ***
ކުށުގެ ތުހުމަތުގައި އިޝާރު ހައްޔަރުކުރެވިގެންދިޔުމާއިއެކު މިޑޯވިއު މުޅީންހެން ހިމޭންވެގެންދިޔަފަދައެވެ. އިޝާރުގެ ކުށްތައް ހަތިޔާރަކަށްވެގެން އެންމެންގެ ހިތުގައި ފުން ޒަޚަމްތަކެއް ލައްވާލިއެވެ. އިޝާރު ހައްޔަރުކުރެވުމާއިއެކު ކޮޓަރި ތަކުގައި ބަންދުވެ އެންމެންހެން ހިތާމަކުރަމުންދިޔައިރު އާއިލާގެ އެހެން މެންބަރުންގެ ހާލު ބަލާލާފަދަ ހިތްވަރެއް އެކަކަށްވެސް ނުލިބުނެވެ.
ހިތާމައިގެ ވަގުތުވެސް ކެތްތެރިކަން އިސްކޮށްގެން އެންމެނާއި އެންމެ ގާތުން އުޅުނީ ލައިޝާއެވެ. ބަލިވެއިނުމުގެ އުނދަގޫތަކާއިއެކުވެސް ލައިޝާ ހިތްވަރަށް ތެދުވެ ގޭތެރޭގެ ކަންކަން ބޮއްސުންލައިގެން ދިޔަޔަނުދީ ބަލަހައްޓަންފެށިއެވެ. އިޔާނާގެ ހާލަތުވިސްނޭތީ އޭނަގެ ހާއްސަ ސަމާލުކަމެއް އިޔާނާއަށް ދެވިފައިވެއެވެ. ރެޔާއި ދުވާލު އޭނަގެ ހިދުމަތަށް ލައިޝާ ހުސްވެގެން ހުންނަތަންދެކެން އިޔާނާ ދެރަވެސްވެއެވެ. ލައިޝާ ބަލިވެއިންއިރު ލައިޝާލައްވާ އެއްވެސް މަސައްކަތެއްކުރުވުމަކީ އިޔާނާ ބޭނުންވާގޮތެއްނޫނެވެ. ނަމަވެސް ހުދު އޭނަވެސް ވަނީ އެހެންމީހެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ. ފާޅުވެގެންދިޔަ އިޝާރުގެ އަނދިރިފަރާތާއިއެކު އޭނަގެ ދުނިޔެ އަނދިރިވެގެން ހިނގައްޖެއެވެ. ލޯބިވާ ފިރިމީހާގެ ކުށްވެރިކަން ހާމަވެގެންދިޔުމަކީ އިޔާނާއަށް ކެތްނުކުރެވޭފަދަ ހިތާމައަކަށްވެގެންގޮސްފައިވެއެވެ. ދަރީންގެ ފަރާތުން ލޯތްބާއި އެހީތެރިކަން ނުލިބޭނެނަމަ އޭނަ ހިތާމައިގެ ކަނޑަކަށް ގެނބިގެންދާނެތާ ކިތަންމެ ދުވަހެކެވެ. ކިރިޔާވެސް އެތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވާ ސަބަބަކީ އޭނަގެ ލޮލުގެ ނޫރުކަމުގައިވާ ދަރީންނެވެ.
ފާއިތުވަމުންދިޔަ ކޮންމެދުވަހަކީ ފުން އަނދިރިކަމަކަށް ޝަލީންގެ ހަޔާތް ގެނބެމުންދިޔަ ދުވަހެކެވެ. އޭނަގެ ނަފްސުގެ މައްޗަށް ގަދަވަމުންދިޔަ ހޫނުކަމާއި އުދާހުން ދުުރުވެލުމަށް ގޭގެ ހަތަރުފާރުން ނިކުމެ މަސައްކަތުގައި ޝަލީންގެ ސިކުނޑި ހައްޔަރުކުރިއެވެ. އަމިއްލަ މަސައްކަތުގައި މަސްއޫލުވެގެން އުޅެން މަސައްކަތް ކުރިޔަސް ޝަލީންގެ ސަމާލުކަން ދެވިފައިވީ މީހުންގެ ފަރާތުން ފާހަގަވަމުންދިޔަ ތަފާތު ކަމަށެވެ. ކިތަން ބޭނުންނުވިޔަސް މީހުންގެ ކުދިކިޔުންތައް އަޑުއަހަން އޭނަގެ ދެކަންފަތް ހުޅުވާ ލެވިފައިވެއެވެ. ކުއްލިއަކަށް އޭނަގެ މައްޗަށް ހުއްޓެމުންދިޔަ ތަފާތު ނަޒަރުތައް ބަލައިގަންނާނޭ ގޮތެއް ޝަލީންއަކަށް ނޭނގުނެވެ. އެ ހުރިހާ ކަމަކާއި ކުރިމަތިލެވޭވަރަށްވުރެ އޭނަގެ ހިތް ބަލިކައްޓެވެ. ލޯބީގެ ހަޔާތުން އޭނައަށް ކުރިމަތިލާން ޖެހިފައިވާ ނާކާމިޔާބީ އަބަދުހެން ހަތިޔާރަކަށްވެގެން އޭނައަށް އަނިޔާދޭން އުޅޭއިރު ހަމަޖެހުމުގެ ޒައްރެއްވެސް އިހުސާސްވުމުން އޭނަވަނީ މަޙުރޫމްވެފައެވެ. ދޫތަކުން ވިހަކޮށްފައި ބަހުގެ ސިފައިގައި އެއްލަމުންދާ ހަންޖަރުތަކުން އޭނާގެ ހިއްސުތައް ކަނޑުވާލައިފައިވެއެވެ. ދިރިއުޅުމުގެ އޮމާން އަމާން ދަތުރު ހަލަބޮލިވެގެންދިޔައީ އެންމެ އުންމީދުވެސް ނުކުރާފަދައަކުންނެވެ. މިކަމަށް އޭނާ ކެތްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭނައަށް ނޭނގި ހިނގާދިޔަ ކުށެއްގެ ޒިންމާ އޭނަ ނަގަންޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟
*** *** *** *** *** ***
ކީޓޮޕް ހޮސްޕިޓަލްގެ އެންޓްރެންސް ކުރިމައްޗަށް ކާރު ހުއްޓާލައިގެން އިނދެ މަޔާން ޝަލީންއަށް އިންތިޒާރުކުރިއެވެ. ވަގުތުގެ ދެމެމުންގޮސް ކެތްކުރަން ދަތިވާވަރުވުމުން މަޔާން ކާރުން ފޭބިއެވެ. އެވަގުތު އެންޓެރެންސްއިން ނިކުމެގެން އައި ޝަލީން ފެނުމާއިއެކު މަޔާން ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅެފައިވެސް ކާރަށް ލެގިލައިފިއެވެ. ޝަލީން އިސްޖަހާލައިގެން ހުރެ ވަކިހިސާބަކަށް އައިސްފައި މަޔާން ފެނުމާއިއެކު ތުންފަތުގައި ދަތްއަޅާލަމުން ދުރަށް ހިނގައިގަތެވެ. އެއާއިއެކު މަޔާންގެ މޫނުމަތީވީ ހިނިތުންވުން ފިލާ ތަފާތު ކުލަވަރެއް ވެރިވެގެންދިޔައިރު ދުވެލައިފައި ގޮސް ޝަލީންއާއި އަރާހަމަކުރިއެވެ. އެވަރުންވެސް ޝަލީން ކުރިއަށްދާން ފެށުމުން މަޔާން ޝަލީންގެ އަތުގައި ހިފެހެއްޓިއެވެ.
“ޝަލީ ވައި އާރޔޫ ޑުއިން ދިސް… އެތަށްދުވަހެއްފަހުން އަހަރެމެންނަށް ގުޅުމުގެ ފުރުސަތު ލިބުނުއިރު މިގޮތަށް ކަންތައްނުކޮށްބަލަ.. ޕްލީޒް…” މަޔާންގެ އަޑުގައިވީ އާދޭހާއިއެކު މަޔާންއާއި ދުރަށްދާނޭ ހިތްވަރު ނުލިބިހުރެ ޝަލީން ހިތްދަތިގޮތަކަށް ލޯމަރާލިއެވެ.
“ސަބަބު ޔާންއަށްވުރެ ރަނގަޅަށް އިނގޭނީ ކާކަށް…” ކަރުނަތައް ހުއްޓުވަން ނުކުޅަދާނަވީ ވަގުތުކޮޅު ޝަލީން އެއްހަމައެއްގައި އަޑު ބަހައްޓަން މަސައްކަތްކުރިއެވެ.
“އަހަރެން ލަދުގަނޭ… ދުނިޔެ އަހަންނާއިމެދު ދެކޭނީ ކިހިނެތް… ހައި … އަހަރެން… އަހަރެންގެ ކުށެއްނެތްކަން ޤަބޫލުކުރަން ހުރީ ކާކު…” ޝަލީންގެ ލޮލުން ކޯތާފަތްމައްޗަށް ފައިބައިގެންދިޔަ ކަރުނަތަކާއިއެކު އެއަޑު މަޑު ގިސްލުމެއްގެ ތެރެއަށް އޮބިގެންދިޔައެވެ. އެއާއިއެކު އެލޮލުން ބަލާލީގޮތުން މަޔާން ދުވަހަކު ހިތުގައި ނުޖެހޭވަރަށް ހިތުގައި ޖެހުނެވެ. ރީތިކަމުގައި ދެވަނައެއް ނުވާ ލޮލުގައި ދިރުމެއްނެތެވެ. ރީތިކަމަށް ކަރުނައިގެ ސިފައިގައި ހިތާމަ ނިވާއަޅާފައިވެއެވެ.
“ޝަލީ ޕްލީޒް… އަމިއްލަ ނަފްސު ކުށްވެެރިނުކުރޭ… ޝަލީންގެ ނަމުގެ ފަހަތަށް އިޝާރުގެ ނަން އައުމަކީ އިޝާރު ކުރި ކުށުގެ ޒިންމާ ޝަލީ ނަގަންޖެހޭ ސަބަބެއްނޫނޭ…” ޝަލީންގެ ލޮލާއި ނަޒަރު ހަމަވީވަގުތު އެލޮލުގައިވީ ކަރުނަތަކުގެ ބާރުން މަޔާންގެ ލޮލުން ކަރުނަ އޮހޮރާލިިއެވެ.
“ތިއީ ޔާން ޤަބޫލުކުރާގޮތް…. އެހެންމީހުން ދެކެނީ ކިހިނެތް…. މުދަލާއި ފައިސާގެ ބޭނުމުގައި އަމިއްލަ ބައްޕަގެ ރޭވުމަށް އެއްބާރުލުން ދިން ބައިވެރިއެއްކަމަށް… އެރޭވުމުގެ ދަށުން ހައިޒަލްގެ ދިރިއުޅުމަށް ވެރިވެގަތީކަމަށް… މީހުން ކިޔާ އެއްޗެހި އަޑުއަހާ އަހާ އަހަރެން މޮޔަވެދާނެ… އެމީހުންނަށް އަހަރެންގެ ހިތް އިނގެނީތަ؟ އަހަންނަށް ނޭނގި ހިނގާދިޔަ ކަމެއްގައި އަހަރެން ކުށްވެރިވާންޖެހޭ ސަބަބަކީ ކޮބާ؟” މަޑުމަޑުން ޝަލީންގެ ހަތަރުކަޅި މަޔާންގެ މޫނާއި ހަމަވެގެންދިޔަ ވަގުތުކޮޅު ޝަލީންގެ ލޮލުން ޝަކުވާއާއި ވޭނެވެ. ދުލުން ބޭރުވާ ބަސްތަކުގެ ވިހަކަން ޒަހަރަކަށްވުރެ ގަދަކަން ބަސްބުނާމީހާއަށް އިނގޭނަމައެވެ. ހައްޤުނޫން ބަދުނާމްތަކަކުން އޭނަ ބަންނަމުންދާއިރު އެހިތަށް ކުރާނެ އަސަރު އިންސާނަކަށް ނުވިސްނެނީ ހެއްޔެވެ؟
“ޝަލީ… މީހުންގެ ދުލުގައި އެކަކަށްވެސް ނުހިފޭއްޓޭނެ… އަހަންނަކަށްވެސް… އެކަމަކު އަހަރެން ޔަގީންކަމާއިއެކު ބުނަން މިހިނގާދިޔަ ހުރިހާކަމަކަށްފަަހުވެސް އަހަރެންގެ ހިތުގައި ޝަލީއަށް ދެވިފައިވާ މަޤާމަކަށް ބަދަލެއްނާދެ… ތިއީ އަދިވެސް އަހަރެން އެންމެ ލޯބިވާ ޝަލީން… އެކަމަށް ދުވަހަކުވެސް ބަދަލެއްނާންނާނެ…” މަޔާންގެ އަޑުގައިވީ ޔަގީންކަމުންވެސް ޝަލީންގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. މަޔާންއާއި އޭނަ އެކަށީގެންނުވާކަމަށް އަމިއްލަ ނަފްސުވެސް އޭނައަށް ވިސްނައިދެމުން ދުރަށްދާން ބާރުއަޅަނީއެވެ. މަޔާންގެ މަސައްކަތަށް އޭނަގެ ސަބަބުން ހިޔަނިއެޅޭކަށް އޭނަ ނޭދެއެވެ. އެދެމެދުގައިވާ ސާފު ތާހިރު ލޯބި އެހެންމީހުން މާނަކުރާނީ މުޅީން އެހެންގޮތަކަށެވެ.
“ނޫން… އަހަންނާއިއެކު މަޔާން ހަލާކަށް ގެންދާކަށް ބޭނުމެއްނޫން… އަހަރެމެންގެ ގުޅުމެއް އޮތްކަން މީހުންނަށް އިނގޭ ހިސާބުން ދެން ކަންފަތަށް އިވޭ ވާހަކަތައް މާ ހަޑިވާނެ… އެހެންވާކަށް އަހަރެން ބޭނުމެއްނޫން… އަހަރެން މިއަދު ޔާންއާއި އެކަށީގެންނެއްނުވޭ… އަހަރެން ނޫން އަންހެންކުއްޖަކު…” ޝަލީންގެ ޖުމްލަ ފުރިހަމަކުރުމުގެ ކުރީން މަޔާން ހަރުކަށިކަމާއިއެކު ޝަލީންގެ ނަންކިޔާލިއެވެ. އޭރު އެ ވަރުގަދަ ބުމަ ކައިރިކޮށްލެވިފައިވާއިރު ކަރުގެ ނާރުތަކަށް ވާންކޮށްލައިފައިވެއެވެ.
“އަހަރެން ޝަލީދެކެ ލޯބިވީ އިޝާރުގެ ދަރިއެއްކަން އިނގިހުރެޔޭ… އޭރުވެސް އިޝާރަކީ ކުށްވެރިއެއް… ކަނޑުގައި ކުރިޔަސް ދުނިޔޭގެ ލޯތަކަށް ސިއްރުންކުރިޔަސް ކުށެއްވާނީ ކުށަކަށް… މީހުން ބުނާނެ އެއްޗަކާއިމެދު ނުުވިސްނަބަލަ ޝަލީ… އަބަދާއި އަބަދު ތިކަމާއިމެދު ވިސްނަންޏާ ދެމީހުން ހަމަޖެހިގެން އުޅޭނީ ކިހިނެތް… ޝަލީ ކުށްވެރިކުރަނީ އެމީހުންގެ ވިސްނުމުގެ ހަނިކަމުންނޭ… އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާއިރު ވިސްނަންޖެހޭ އިތުރުކަމެއް އޮންނާނެތަ؟ ޕްލީޒް ބޭބީ… އަހަންނާއިމެދު ވިސްނަބަލަ…” މަޔާންގެ އަޑުގައިވީ ހަރުކަށިކަން މަޑުމަޑުން ކެނޑެމުންގޮސް އޯގާތެރިކަމާއިއެކު ވާހަކަދައްކަމުންގޮސް ޝަލީންގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ.
“ތިއީ ޔާންއަށް ހީވާގޮތް… ޔާންގެ މައިންބަފައިންވެސް މިއަދު އަހަރެން ބަލައެއްނުގަންނާނެ… ކޮންމެ މަންމައަކުވެސް ބޭނުންވާނީ ރީތި ނަމެއް ހޯދައިދޭނެ ދަރިއެއް…. އަހަރެން ނުކުރާކުށަކުން އަހަރެންގެ ފަސްބައި ކިލަނބުވީ… ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެން ދިރިއުޅޭނީ މި ލަޤަބާއިއެކު…. އަހަރެން ދޫކޮށްލައިފައިދޭ… އަހަރެންގެ މިދިރިއުޅުން އެހެންމީހަކާއި ހިއްސާކުރާކަށް އަހަރެން ބޭނުމެއްނުވޭ…” ޝަލީންގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަތަކާއިއެކު ހިނދުކޮޅެއްވަންދެން އޭނަގެ ފުރާނަފަދަ ލޯބިވެރިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ދުރަށް ދުއްވައިގަތެވެ. ޒުވާން އުމުރުގައި އޭނަގެ ހިތުގައި ޖަހަންފެށި ވިންދުތައް ކަނޑުވާލާ މުޅި އުމުރަށް އެ ލޯބި ކަފުންކޮށްފައެވެ. އަމިއްލަ ހިތުގެ އެދުމަށް ފުރަގަސްދީ ހިތްހަލާކުކޮށްލަމުންނެވެ. އިޝާރުގެ ދެއަތުން ކުރި ކުށް ކަޅުވިލާގަނޑަކަށްވެ އޭނަގެ ދިރިއުޅުމަށް ނިވާއަޅައިފިއެވެ. މަންޒިލާއި ދާދި ގާތްވެފައިވަނިކޮށް މަންޒިލާއި ދުރަށް ހުންގާން ހިފަން އޭނައަށް މަޖުބޫރުކޮށްފައެވެ.
*** *** *** *** *** ***
މެންދަންވަމުންދިޔަވަރަކަށް ދުނިޔެމައްޗަށް ވެރިވެފައިވާ ހިމޭންކަން ފުންވަމުންގޮސް ގަހެއްގެ ފަތެއްހާ ހިސާބުވެސް ހީރިލާ އަޑުނީވެއެވެ. ދަންވަރުގެ އަރާމް ނިދިން މުޅި ފަޒާވެސް ނިދާފައިވާފަދައެވެ. ވައިރޯޅިތައް ހިނދި ބިއްލޫރިކޮޅެއްހާ ސާފުކޮށް އުޑުމަތި އޮތްއިރު އަޅިފުސްކުލައިގެ ކުދި ވިލާކޮޅުތައް ހަނދުގެ ކުރިމައްޗަށް ހުރަސްވަމުންދިޔައީ ހަނދުގެ އަލިކަމުން ދުނިޔެ މަޙްރޫމްކުރަމުންނެވެ.
އޭސީގެ ފިނީގައި ކިލްޓްތެރޭގައި ފޮރުވިގެން އޮތް އާލިއާގެ ލޯހުޅުވިގެންދިޔުމާއިއެކު އޭނަ އޮތް ފަރާތް ނޫން އަނެއް ފަރާތަށް ފޮރޮޅިލިއެވެ. އެއާއިއެކު ހުސްކޮށް އޮތް އެނދުގެ އަނެއްފަރާތް ފެނިފައި އާލިއާގެ ހަށިގަނޑު ކޮޅަށް ޖެހިގެންދިޔައެވެ. ސައިޑްޓޭބަލްމަތީ އޮތް ފޯނަށް އަތްފޯރުވާލިގޮތަށް އޭނަގެ ނަޒަރު ދަތުރުކުރީ ކޮޓަރިން ނިކުމެވެން އިންނަ ބެލްކަންޏާއި ދިމާލަށެވެ. ލައިޓްތައް ނިއްވާ ބޯފޮތިތަކަށް ދާންދެން ދަމާލެވިފައިވާ ބެލްކަންޏާއި ދިމާލަށް ބަލާލި ވަގުތުކޮޅަކަށްފަހު ގައިމަތީގައި އޮތް ކިލްޓް އެއްފަރާތްކޮށްލަމުން އާލިއާ އެނދުން ފޭބިއެވެ. ކަންނެތް ފިޔަވަޅުތަކެއްގައި ހިނގާފައި އައިސް ފާހަނައިގެ ދޮރު ހުޅުވާލިއެވެ. އެއްވެސް އަލިކަމެއްނެތި އަނދިރިކަމަށް ގެނބިފައިވާ ފާހަނަ ފެނުމާއިއެކު އާލިއާގެ މޫނުމަތީން ފެނުނީ ސުވާލުގެ ކުލަވަރުތަކެވެ.
ކަމަކާއި ވިސްނުން ހިންގާފަދަގޮތަކަށް ފާހަނައިގެ ދޮރަށް ލެގިލައިގެން ހުރެފައި ހޯލްޑަރުގައި އިން ރޯބްނަގާ މަހާލިގޮތަށް އާލިއާ ކޮޓަރިން ނިކުމެ ސިޑިން ފައިބަންފެށިއެވެ. ދަންވަގުތެއްކަމުން މުޅި ސިޑިބަރިއާއި ތިރީގައި އޮތް ލިވިންރޫމްގައިވެސް ވަނީ އެންމެ ބޮތްކެއްގެ ފަޑުއަލިކަމެވެ. މުޅި ލިވިންރޫމް އަޑެއްބަޑެއް ނެތި ހިމޭންވެފައި އޮތްއިރު ސިޑިއާއި އެންމެ ގާތަށް ހުރި ކޮޓަރީގައި ޖަހާފައިވާ މިޔުޒިކްގެ އަޑު މަޑުމަޑުން އިވިލަ އިވިލާ ހުއްޓެވެ. ރެއިލިންގައި ހިފަހައްޓައިގެން ހުރެ އެ ކޮޓަރިއާއި އަރާހަމަވުމާއިއެކު އާލިއާއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. އެ ކޮޓަރިއަށް ހުއްޓިފައިވާ ނަޒަރު އެއާއި އިންވެގެން ހުރި ކޮޓަރިއަށް ދަތުރުކުރިވަގުތުކޮޅު އާލިއާގެ މޫނުން ތަފާތު އަސަރެއް ފެނިލިއެވެ. ތުންފަތުގައި ދަތްއަޅާލިގޮތަށް އޭނަ ދުރުބަލާލިއެވެ. އިހުނަށްވުރެ ފިޔަވަޅުތަކަށް ބާރުލަމުން އޭނަ ސިޑިން ފައިބަންފެށިއެވެ.
ލިވިންރޫމްގައިވާ އަނދިރިކަމުގެ ތެރެއިންވެސް ހުޅުވާލެވިފައިވާ ދޮރު އާލިއާގެ ލޮލުގައި އަޅައިގަތީ ދޮރުގެ ދޭތެރެއިން ނިކުންނަމުންދިޔަ އަލިކަމުން ލިވިންރޫމްތެރެއަށް ހިސާބަކަށް އަލިވެފައިވާތީއެވެ. އެއީ ލިވިންރޫމްގެ މެދުން ޕާރޓިޝަންތަކެއް ޖަހައިގެން ވަކިކޮށްލެވިފައިވާ ބައެވެ. އެބަޔަކީ ގެއަށް އަންނަ މެހެމާނުންނާއި ބައްދަލުކޮށް ވާހަކަދައްކާލަން ތިބެން އައްމާރު ހާއްސަކޮށްފައިވާ ތަންކޮޅެކެވެ. އާލިއާގެ ހިތުގައި ސުވާލު އުފެދުނީ އެހާ ދަންގަނޑިއެއްގައި އެބައި ހުޅުވާފައި ހުންނަން ޖެހޭ ސަބަބެއް ނުވިސްނިފައެވެ. ހުޅުވާލެވިފައިވާ ދޮރުގެ ދޭތެރެއިން ދެމީހަކުގެ އަޑުއިވޭހެން ހީވެފައި އާލިއާގެ ފިޔަވަޅުތައް އެކޮޓަރިއާއި ދިމާލަށް ބެހެއްޓިއެވެ. އެބަޔާއި ކައިރިވަމުންދިޔަވަރަކަށް އެކަކު އަޑަކީ އައްމާރުގެ އަޑުކަން އާލިއާއަށް ފާހަގަކުރެވުނެވެ. ފާރުގައި އަތްޖައްސާލަމުން ދޮރުގެ ދޭތެރޭގެ ކުރިމައްޗަށްވާގޮތަށް އާލިއާ ހުއްޓުނެވެ. ވަށައިގެން ވަށްބުރެއްހެން އަތުރާފައިވާ ސޯފާތަކުގެ މެދުގައި ދޮރާއި ކުރިމަތިވާނެހެން އައްމާރު އިންއިރު ކޯޓްފަޓްލޫނުގައި އިން ފިރިހެންމީހާ އިނީ އައްމާރުއަށް ކުރިމަތިލައިގެން ދޮރާއި ފުރަގަސްދީގެންނެވެ. އެދެމެދުގައި ކޮންމެވެސް މުއާމަލާތެއް ހިނގަނީކަން ޔަގީންވެފައި އާލިއާ ދޮރާއި ކައިރިއަށް ލެފިލިއެވެ.
“އަހަރެން މާދަން ފުރައިގެންދާނަން… ދެން އެނބުރި އަޔަސް އަންނާނީ މިކަންތައްގަނޑު ހިނދިގެންދާހާ ދުވަސްކޮށްފައި…. އެހާތަނަށް އަހަރެންގެ ހުރިހާކަމެއް ރަނގަޅަށް ބަލަހައްޓާތި… އަހަރެން ހައްޔަރުވެއްޖެއްޔާ… ރީހާން… ކަލެއަށް ލިބޭނެ ދެރަވެސް ވަކި ކުޑައެއްނުވާނެކަން ހަނދާންކުރާތި….” ނިއްކުރިމަތީ ކަނާއަތުގެ ދެއިނގިލި ހިންގައި ހިންގައި އިނދެފައި ރީހާންއާއި ދިމާލަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. އަލްހާންއާއި އިޝާރުގެ ކަންތަކަށްފަހު އެއްވެސް މީހަކަށް އިތުބާރުކުރުމަކީ އޭނަ ކުރާނެކަމެއްނޫނެވެ. ނާކާމިޔާބު ތުންފަތްމައްޗަށް އޭނަ އަންނަންޖެހުނީ މީހަކަށް އިތުބާރުކުރުމުގެ ސަބަބުންނެވެ.
“ހާސްނުވޭ އައްމާރު… އަަހަންނަށް އިތުބާރުކުރޭ…. ފިޑިވެ ފަހުވަގުތު ހަތިޔާރު ބަހައްޓާނޭމީހެއްނޫން އަހަންނަކީ… މާދަމާ ޤައުމުން ބޭރުވުމަށްފަހު ހުރިހާކަމެއް އަހަރެންގެ އަތްމައްޗަށް ދޫކޮށްލައި… ހަމަޖެހިލައިގެން ޗުއްޓީ ހަދާލައިފައި އާދޭ… އައްމާރު އަންނަންވާއިރަށް ދޮންކަޅުވަކިނުވާހެން ކަންކަން ނިންމާލާނަން…” ރީހާންގެ މޫނުމަތީން ފެނުނީ އަބުއިކަމެވެ. އަމިއްލަ ނަފްސާއިމެދު ބޮޑާވެވިފައިވާ އަސަރުތަކެވެ.
“ތިއީ މޮޅުވާހަކައަކަށްވިއްޔާ ވާނެގޮތްވެސް އެންމެ ރަނގަޅަށް އިނގޭނީ ކަލެއަށް… އަދި އެއްވާހަކަ… އަހަރެން ބޭނުމެއްނޫން ރައިހާން ހައްޔަރުގައި ހުންނާކަށް… އެއީ އޭނަ ކުރިކުށަކަށްވިޔަސް ނުކުރާކަމަކަށް ހަދައިގެންވިޔަސް އޭނަ ސަލާމަތްކުރޭ… އެ މަޔާންއާއި އޭނަގެ މީހުން ހީކުރަނީ ކީކޭކަމަށްތަ؟ އޭނަ ކިތަންމެ ވަރަކަށް ތެޅިބޭލިޔަސް އެ މަރުވެފައިއޮތް އަޒްހާން އާދޭތަ؟ އެ އަންހެންކުއްޖާއަކީ އިއްފަތްތެރި ކުއްޖަކަށް ވޭތަ؟ އަހަންނާއި އިޝާރާއި އަލްހާނާއިވެގެން އަޒްހާން މަރާލީ… އެކަމަކު އަހަރެން ކުރި ކަމަކަށްވެސް ނުވާނެ… ސާބިތެއްވެސްނުވާނެ…” އައްމާރުގެ އަޑުގައިވީ ނުރައްކާތެރިކަމާއިއެކު އޭނަގެ ހިތުގެ ތެރޭގައި އޮތް ސިއްރު އޭނައަށްވެސް ނޭނގި އާލިއާގެ ކުރިމައްޗަށް ނަގާއެއްލާލިއެވެ. ކަންފަތަށް އިވުނުއަޑަކުން އާލިއާގެ ކަންފަތްމަތީ މީހަކު ބާރު އެތިފަހަރެއް ވީއްލާލިފަދައެވެ. ބަސްބުނާހާ ހިނދު ބޯމަތީގައި އޮތް އުޑުކުދިކުދިވެގެން ބޮލަށް ފައިބައިގަތްހެން ހީވިއިރު އަނބުރައިގަނެދާނެހެން ހީވެގެން އާލިއާއަށް ފާރުގައި ޖައްސާލެވިފައިވާ އަތަށް ބާރުކޮށްލެވުނެވެ. އޭނައަށް ހީވަނީ އައްމާރުގެ އެ ޖުމްލަތައް ކަންފަތްދޮށުގައި ތަކުރާރުވަމުންދާހެންނެވެ. އެއިން ކޮންމެފަހަރަކު އޭނަގެ ހިތުގައި ހިފައި ލަތްކެއް ޖަހާ ފަދައެވެ. ނޭނގިހުއްޓާ ލޮލަށް ބޮޑިވެގެންދިޔަ އަދަދުނުވާހާ ކަރުނަތަކާއިއެކު އަރުތެރެއިން ގިސްލުމުގެ އަޑުބޭރުވެގެން ހިނގައިދާނެެއަތީ އާލިއާ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. ހާމަވެގެން މިދިޔައީ ކޮންފަދަ އަނދިރި ސިއްްރެއްހެެއްޔެވެ؟ އެންމެ ޖުމްލައަކުން އޭނަގެ ދިރިއުޅުމަށް އައްމާރު ތޫފާނެއް ގެނައީއެވެ. މިހުރިހާ ދުވަހު ބައިވެރިޔާގެ އަނދިރިފަރާތް އޭނައަށް ނޭނގި އޮތީ ކީއްވެހެއްޔެވެ؟ މަޔަކަށްވެހުރެ މައުސޫމްކަމުގެ ނިވަލުގައި ދަރިފުޅު ކުޅެމުންދިޔަ ކުޅިވަރު އޭނާއަށް ރޭކާވެސްނުލީ ކީއްވެ ހެއްޔެވެ؟ ލޯމަރައިލައިގެން ހުރެ އޭނަ ފިރިމީހާއާއި ދަރިފުޅަށް ކުރި އިތުބާރުގެ ނާޖާއިޒް ފައިދާ އެދެމީހުން ނެގީ އެންމެ ނުބައިގޮތުގައެެވެ.
އާލިއާ އެންމެހިނދުކޮޅަކުވެސް އިތުރަށް މަޑުނުކޮށް ބާރުބާރަށް ސިޑިން އަރައިގެންދިޔައީ އިތުރަށް ދެކެވެންފެށި ވާހަކަތަށްވެސް އަޑުއަހާނެހާ ހިތްވަރު ނެތިގެންނެވެ. އިތުރަށް އަޑުއަހަން އޮތީވެސް ކޮން އެއްޗެއް ހެއްޔެވެ؟ ހަޤީގަތް ފާޅުވެގެންދިޔައީ އައްމާރުގެ ދުލުންނެވެ. އެހެންމީހެއްގެ ދުލުން އެވާހަކަތައް އަޑުއިވުނުނަމަ އޭނަ ސުވާލުކުރީހެވެ. ޝައްކުކުރީހެވެ. ނަމަވެސް އައްމާރު އޭނަގެ ދުލުގެ ބާރު ކަނޑުވާލައިފިއެވެ.
*** *** *** *** *** ***
ދަންވަމުން އައިރު މޫސުމް ރީތިކޮށް އޮވެފައި ވިއްސާރައިގެ ކުލަަވަރު ދައްކާލައިފިއެވެ. އުޑުމައްޗަށް އަތްގަދަކޮށްލި ބިޔަ ފަރުބަދަފަޅިވަރުތަކެއްފަދަ ވިލާތަކާއިއެކު ވައިރޯޅިތަށްވެސް ބާރުވިއެވެ. ގަސްތަކުގައި ވައިއަޅުވަމުންދިޔަ ނާމާން އަޑުން ފަޒާގައިވާ ހިމޭންކަމުގެ ފާރު ފޫދުއްވާލިއެވެ. ގަސްތައްވެސް ދެފަރާތަށް ތެޅެންފެށީ ވައިގެ އަނިޔާވެެރި ރަހުމުކުޑަ ހަމަލާތަކަށް ކެތްނުވެގެންނެވެ.
ސީލިންގުގައި ފިޔަފާހަގަނުވާހާ ބާރުމިނަށް އެނބުރެމުންދިޔަ ފަންކާގެ ވަޔަށް ކުޑަދޮރުގެ ފޮތިގަނޑު ހިއްލެމުންދިޔައެވެ. ވަޔާއިއެކު ފޮތިގަނޑު ހިއްލިގެންދާ ކޮންމެފަހަރަކު ވިދުވަރުގެ އަލިން ކޮޓަރިތެރެ އެކީއެކައްޗަކަށް އަލިވެގެންދެއެވެ. އެއިން ކޮންމެ ފަހަރަކު ކުޑަދޮރުން ފެންނަމުންދާ ގަސްތައް ބޯ ބަގީޗާ އަލިވެގެންދަނީ ދުވާލުގެ މަންޒަރެއްފަދައިންނެވެ. ކުޑަދޮރާއި ދިމާލަށް ލެބިފައިވާ ބަގީޗާގެ ބިޔަ ގަސްތަކުގެ ހިޔަނި ދޮރުފޮތިގަނޑަށް އެޅެމުންދިޔައީ ދިޔޯތަކެއް ފަދައިންނެވެ. އަނދިރީގެ ތެރޭގައި އިންސާނެއްގެ ފުރާނަ ޝިކާރަކޮށްލަން ދަހިވެތިވެފައިވާ މަޙްލޫޤުންތަކެއް ފަދައެވެ.
ހުދުކުލައިގެ ބެޑްޝީޓުން ފޮރުވާލައިފައިވާ އެނދުގައި އަޅާފައިވާ ހުދުކުލައިގެ ތުނި ފޮތިގަނޑުތެރޭ އޮތް ކުއްޖާގެ ދެކަކޫގެނެސް މޭގައި ޖައްސާލައިގެން އެއްއަރިއަކަށް އޮތްއިރު ބޮޑުކޮށްލެވިފައިވާ ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތަކުން ބާލީސް ފޯވަމުންދިޔައެވެ. ދަންވަރުގެ ވަގުތުވެސް ނިދީގެ ބަދަލުގައި އެލޮލަށް އަތްގަދަކޮށްފައިވަނީ ބިރާއި ސިހުމުގެ އަސަރުތަކެވެ. ވަޔާއިއެކު ހިއްލެމުންދާ ދޮރުފޮތިގަނޑާއި ދިމާލަށް ބަލަހައްޓައިގެން ހަރަކާތް ހުއްޓިފައި އޮތްއިރު ވާންކޮށްލެވިފައިވާ ދެތުންފަތުގެ ދޭތެރެއިން މަޑުމަޑު ގިސްލުމެއްގެ އަޑުބޭރުވަމުންދިޔައެވެ. ވިދުވަރުގެ އަލި ކޮޓަރިތެރެއަށް ކެނޑިގެންދާ ކޮންމެފަހަރަކު އެ ކަޅީގެ ތެރެއަށް ގަދަވެގެންދާ ބިރުވެރިކަމުގެ ކުލައާއިއެކު ހަށިގަނޑުގައި ރޫރޫއެޅުމެއް އުފެދެމުންދިޔައެވެ. މޫނުމައްޗަށް އެޅިގެންދިޔަ ވިދުވަރުގެ ގަދަ އަލިކަމާއިއެކު ދެލޯމަޅާ ތަގުޅިކޮށްލިގޮތަށް އެ އަންހެންކުއްޖާ ކޮޓަރިއަށް ވަދެވެން އިން ދޮރާއި ދިމާލަށް އެނބުރުނެވެ.
އެވަގުތު ތޫލިއަޑަކާއިއެކު ރޫމްގެ ދޮރުހުޅުވިގެންދިޔުމާއިއެކު ދޮރުމައްޗަށް ބިޔަ ހިންޏަށް އެޅިގެންދިޔައެވެ. ބަރުބޫޓެއްގެ ފިޔަވަޅުގެ އަޑާއިއެކު އެ ހިޔަނި އެ ކުއްޖާ އޮތް އެނދާއި ކައިރިވަމުން އައިވަރަކަށް ހަށިގަނޑަށް ނޭނގޭ ބާރެއް އައިފަދައަކުން އެ ކުއްޖާ ތެޅިފޮޅެންފެށިއެވެ. އޭރު ދެލޯބޮޑުކޮށްލައިގެން އޮވެ އަރުތެރެއިން ބިރުވެރިއަޑެއް ލައްވަމުންދިޔަގޮތުން އެ ކުއްޖާއަށް އެ މީހަކު އިނގެނީހެން ހީވިއެވެ.
“ރިލެކްސް މައިރާ…” އެނދާއި ދިމާލަށް ފިޔަވަޅެއްއަޅާލިގޮތަށް އެ ޒުވާނާގެ ބޮޑު އަތްތިލަ މައިރާގެ މޫނުމަތީ ބާއްވާލިއެވެ. އޭރު މައިރާގެ މޫނުމަތި ފެންވަރުވަމުންދިޔަ ބިރާއި ޖެހިލުންވުމުގެ ކުލަތައް ފެނި އެ ޒުވާނާ އެއްމިޔަކަނިން ހިނިތުންވެލިއެވެ. އޭރު ކަރުންއަޑުބޭރުނުވާ ހާލުވެސް އަނގަހުޅުވައި އަރުތެރެއިން އަޑުބޭރުކުރަން މައިރާ މަސައްކަތްކުރަމުންދިޔައެވެ.
“އަހަރެން މަތިން ހަނދާންކުރަނީތަ؟ ގެސްނޮޓް… އެންމެން އެއްވާވަރަށް ހަޅޭލަވަންދޯ ބޭނުންވަނީ… ޓޫ ބޭޑް… ރައިހާން އަޑުވެސް ދަމައިގަތީވިއްޔަދޯ… އިޒާއަށް އިންސާފު ހޯދަދޭހިތުން އުޅުނުމީހާއަށްވެސް މިޖެހުނީ އިޒާއަށް ޖެހުނު ހާލު… އެހެންވެގެނޭ ބުނަނީ ކުޅަނދުރު ހަތަޔަށް އޮއްގާނުލާށޭ… އެދުވަހު އަހަރުން ބުނިގޮތް ހެދިނަމަ މިހާ ދެރަގޮތެއް ނުވީހެއްނު މައިއަކަށް….” މޫނުމައްޗަށް ފެތުރިގެންދިޔަ ނުބައި ހިނިތުންވުމާއިއެކު އެޒުވާނާ ޗޮކެއް ކަނޑާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އެއާއިއެކު މައިރާގެ މޫނުމަތީ އޮތް އަތްތިލައިން އެ މޫނުގައި ފިރުމާލިއެވެ. އެއަމަލާއި ނުރުހުމުގެ ގޮތުން މައިރާ ބޯހޫރައިގަތުމާއިއެކު އެ ޒުވާނާ އަނެއް އަތުން މައިރާގެ ކަރުގައި ހިފާބާރުކޮށްލީ ނޭވާލާން ދަތިވާވަރަށެވެ.
“އަދިވެސް ގަދަކަން ދައްކަން އެބައުޅެއޭ… އަމިއްލަ ހައިސިއްޔަތު ދެނެގަނެގެން އުޅެބަލަ… ކަލޭގެ ނަސީބު ކަލެއަށް ތިހާލު ޖެހުނުކަމީ… އެހެންނޫންނަމަ މިއަދު އޮންނަން ޖެހޭނީ ބިމުގެ ހަފޫޓް އަޑީގައި… އިޒާ ގޮތަށް… ވީއިރު އުމުރުގެ ބާކީ އޮތްތަނަށް މައިތިރިވެގެން ހުރުން ބުއްދިވެރީ… އެނޫން ގޮތެއް ކަލެއަކަށް ނުވެސް ނެތްދޯ…” އެ ޒުވާނާ ވާހަކަދައްކަމުންދިޔަވަރަކަށް މައިރާގެ ކަރުގައި ވަށާލެވިފައިވާ އަތަށް ބާރުކުރަމުންދިޔައެވެ. އޭރު އެޒުވާނާގެ އިނގިލިތަކުގައި ހިފަހައްޓައިގެން އޮވެ ނޭވާނުލެވިގެން މައިރާ ތެޅިފޮޅެމުންދިޔައެވެ. މައިރާގެ ދެލޯބޮޑުވެ ނޭވާއަށް އެދި އަނގަ ތަންމިނަށް ހުޅުވެމުންދިޔައިރުވެސް ދޫކޮށްލުމުގެ ހިޔާލެއް އެޒުވާނާ ނުގެންގުޅެނެވެ. އޭނަގެ މޫނަށް ވެރިވަމުންދިޔަ ކުލަތަކުން ލޯމަތީން ތަމްސީލުވަމުންދަނީ ބަލާހިތްވާކަހަލަ މަންޒަރެއްހެން ހީވިއެވެ.
“އަހަރެންގެ އަތުން ކަލެއެއް ނުމަރާނަން… އެއީ އެއަށްވުރެ ބޮޑަށް ތި ހަށިގަނޑުދެކެ އަހަރެން ލޯބިވާތީ… އެކަމަކު ދެން ނުފެންނާނެދޯ… އެކަމު އަހަރެމެން މަތީން ހަނދާންނައްތާނުލައްޗޭ މައި… މިއީ އިންޒާރެއްކަމަށް ހީކޮށްލިއްޔާ ރަނގަޅީ…” މައިރާގެ ނޭވާ ވަކިވެދާނެހެން ހީވީވަގުތުކޮޅަކަށްފަހު އެ ޒުވާނާ ލުޔެއްދިންގޮތަށް ކަރުންދޫކޮށްލިއެވެ. އެއާއިއެކު ނުރައްކާތެރިކަމުން ފުރިގެންވާ ނަޒަރަކުން އިންޒާރުދޭފަދަގޮތަކަށް މައިރާގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން އެނދާއި ދުރަށް ޖެހެންފެށިއެވެ. ދޮރުހުޅުވާލި ބާރުމިނުގައި އެޒުވާނާ ރޫމްއިން ނިކުމެގެންދިޔައީ މައިރާ އެގޮތުގައި ބަލަހައްޓައިގެން އޮއްވައެވެ.
*** *** *** *** *** ***
އާދުވަހަކަށް އަރައިގެން އައި އިރާއިއެކު އެހެން ދުވަސްތަކާއި ހިލާފަށް އައްމާރުގެ ހަރަކާތްތައް އަވަސްވެފައިވެއެވެ. ތަނަވަސް ސްޓަޑީގެ ފާރުތައް ފޮރުވޭވަރަށް ޖަހާލައިފައިވާ ކަބަޑުތަކުގެ ދަމާލެވޭވަތްގަނޑުތަކަށް ދަމަމުން ވަތްގަނޑުގައިވާހާ ސާމާނެއް ބިންމައްޗަށް އަޅަމުންދިޔައިރު އެ ހަށިގަނޑުގެ ހަރަކާތްތައްވަނީ ހަލުވިވެފައެވެ. ވަތްގަނޑުތަކަށް ދަމަމުން ކޮންމެ ވަތްގަނޑެއްގެ އެންމެ ފުނާއިހަމަޔަށް ފާސްކުރަމުންދިޔައިރު އެއްޗެއް ނުފެނިގެން އުޅޭހެން ހީވިއެވެ.
އިރުކޮޅެއްވާންދެން އެމަސައްކަތުގައި ހުރުމަށްފަހު އައްމާރު ކަބަޑުތަކާއި ދުރަށް ޖެހިލިއިރު ކަރުދާސްތަކާއި އެހެނިހެން ސާމާނުތަކުން މާބްލްސްތައް ފޮރުވިފައިވެއެވެ. ކަބަޑުގެ ވަތްގަނޑުތައް ލައްޕާލުމެއްނެތި ހުރިއިރު ބައެއް ވަތްގަނޑުތައް ހުރީ ބިންމަތީގައެވެ. ބޫޓުގެ ކޮޅުން މާބްލްމައްޗަށް ވިހުރިފައިވާ ފޮޓޯތައް ހާވާލަމުން އައްމާރު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެއާއިއެކު އެންމެ ކައިރިއަށް ހުރި ކަބަޑަށް ގޮށްމުށުގެ އެތިފަހަރެއްދޫކޮށްލަމުން ނިއްކުރިން ކަބަޑުގައި ޖެހިއެވެ. އޭރު އޭނަގެ އަތްމުށްކެވިފައިވާއިރު މޫނުމަތިން ހާސްކަމާއި އެއްވަރަށް ރުޅިވެރިކަން ފާޅުވަމުންދިޔައެވެ. މަންޒިލާއި އެހާ ގާތްވަމުންދަނިކޮށް އޭނަގެ ރޭވުމަށް ހުރަސްއެޅީ ކާކުހެއްޔެވެ. އެމީހެއްގެ ފުރާނަ އޭނަ ދަމައިގަންނާނެއެވެ.
ނިއްކުރިމަތީގައި އަތްހިންގަން ހުރެފައި އައްމާރު ކަބަޑުގެ ވަތްގަނޑެއް ދަމާލިއެވެ. އެވަގުތު ސްޓަޑީއާއިދިމާލަށް ގާތްވަމުންދިޔަ ހީލްގެ ފިޔަވަޅުގެ އަޑާއިއެކު މާބްލްސްމަތީ ކޭއްތެމުން އައި ފޮރޮޅުތަކުގެ އަޑުއިވިފައި އައްމާރުގެ ހަރަކާތްތަކަށް ހުއްޓުމެއްއައެވެ.
“ތި ހޯދަނީ މިތަ؟” އައްމާރުއަށް ފަސްއެނބުރިބަލާނުލެވެނީސް ކަންފަތުގައި ޖެހުނު އާލިއާގެ އަޑާއިއެކު އޭނަގެ ހަށިގަނޑު ފިނިވެގެންދިޔައެވެ. ހިނދުކޮޅަކަށް އެސްފިޔަޖަހާލުމެއްވެސް ނެތި ހުރެފައި ފަސްއެނބުރި ބަލާލިއިރު އާލިއާ ހުރީ އައްމާރާއި ދެތިން ފިޔަވަޅު ދުރުގައި އައްމާރުގެ ޕާސްޕޯޓް ދައްކާލައިގެންނެވެ. އާލިއާގެ އަތުގައި އޮތް ޕާސްޕޯޓަށްވުރެ ކުރީން އައްމާރުގެ ނަޒަރުދަތުރުކުރީ އާލިއާގެ މޫނަށެވެ. އެ ތޫނުލޮލުގެ ނަޒަރު އައްމާރު ލޮލާއި ހަމަވެފައިވާއިރު އެ ބަލާލުމުގައި ގާތްކަމެއް ނުވެެެެއެވެ. ހިނދުކޮޅެއްވާންދެން ހުއްޓުންއަރާފައި ކަހަލަގޮތަކަށް ހުރެފައިވެސް އައްމާރު ހަލުވިކަމާއިއެކު އައިސް އާލިއާގެ އަތުން ޕާސްޕޯޓު ޖަހައިގަތްގޮތަށް ޖީބަށް ލިއެވެ.
“އައްމާރު ކީއްވެ؟ ކޮން އުފަލެއް ލިބޭނޭކަމަށް އެވަރުގެ ކަމެއް ކުރީ… އެހާ ނުބައިކަމަކަށް އަރައިގަނެ އެހާ ރަހުމްކުޑަ އަމަލެއްކުރަން އައްމާރަށް ކެރުނީވެސް ކިހިނެތް؟ އެންމެފަހަރަކުވެސް ވެރިއިލާހުގެ ހަޞްރަތުގައި ހުންނަން ޖެހޭނޭ ދުވަހާއިމެދު އައްމާރު ވިސްނާލިންތަ؟ އަހަންނާއި އަހަރެމެންގެ ދެކުދީންނާއި މެދު ހިޔާލުކޮށްލިންތަ؟” އާލިއާގެ ލޯ ފުރިގެންދިޔަ ކަރުނަތަކާއިއެކު ފޮށީގެ އަތްގަނޑުން ދޫކޮށްލިގޮތަށް އައިސް އައްމާރު ކުރިމަތީގައި ހުއްޓުނެވެ.
“މީހެއްގެ ކުޑަދަރިއަކަށް އެފަދަ ހާލެއް ޖެއްސިއިރު އަހަރެމެންގެ ދަރިއަކަށް އެފަދަ ކަމެއްވެއްޖެނަމަ އެ ކުދިންގެ ދިރިއުޅުމަށްވެދާނެގޮތެއް އައްމާރަށް ވިސްނޭތަ؟ ހައްޤުކަމަކާއިނުލާ އަންހެނެއްގެ ހަޔާތް ބަރުބާދު ކޮށްލިއިރު އަހަންނަކީވެސް އަންހެނެކޭ… އަމިއްލަ އަނބިމީހާގެ އިހުސާސްތައްވެސް އައްމާރަށް ނޭނގެނީތަ؟ މައުސޫމް އިންސާނަކު މަރާލުމަކީ ކިހާބޮޑު ފާފައެއްކަން ނޭނގޭތަ؟” އާލިއާ ރޮމުން އައްމާރުގެ މޭމަތީގައި ގޮށްމުށްކަވާފައިވާ ތަޅަން ފެށިއެވެ. މިވީހާތަނަށްވެސް އޭނަ އައްމާރުގެ ގަޔަށް އަތް އިސްކޮށްފައެއްނުވެއެވެ. ފިރިމީހާއާއިދިމާލަށް ބާރަށްބަހެއް ބުނެފައެއްނުވެެއެވެ. ނަމަވެސް އޭނަގެ ހަރުދަނާ އުސޫލްތައް މުގުރާލަން މިއަދު މަޖުބޫރުވެއްޖެއެވެ.
“މިހުރިހާ ދުވަހު ކުށަށް ފިލައިގެން އުޅެފައި ފާޅުވެދާނެއަތީ ފިލައިގެންދާން ތިއުޅެނީ… ތިހެން ހަދަން ހެޔޮވާނެތަ؟ މީހަކަށް ނޭނގުނަސް ތިއީ އައްމާރު ނުކުރާކަމަކަށްވާނެތަ؟ ހެއްދެވި ފަރާތަށް ބިރުވެތި ވެބަލަ… ދުނިޔޭގެ ލޯތަކަށް ފޮރުވާލެވުނަސް އެފަރާތަށް ވަންހަނާކުރެވިދާނެތަ؟ މިހުރިހާ އަހަރެއްވަންދެން މިނިވަންކަމުގައި އުޅުނުއިރު އައްމާރުގެ ލޮލަށް ނިދިއައިތަ… ނަފްސަށް ހަމަޖެހުމެއްލިބުނުތަ؟ އައްމާރު ހެޔޮނުވާނެ ތައުބާވެބަލަ… ﷲގެ ކޯފާއަށް ބިރުވެތިވެބަލަ….” އާލިއާގެ ކޯތާފަތްމަތީ ރޮނގުދަމަންފެށިި ކަރުނަތައް ފުހެލުމެއްނެތި އައްމާރުގެ އަތުގައި ހިފަހެއްޓިއެވެ. އައްމާރުގެ ލޮލާއި ހަތަރުކަޅި ހަމަކުރިއިރު އެލޮލުގައިވީ އާދޭހެވެ. އެލޮލުން ފެނުނު އަސަރުން އައްމާރުގެ ހިތް ބަދަލުވެގެންދާނެހެން ހީވި ވަގުތުކޮޅަކަށްފަހު އައްމާރު އާލިއާގެ އަތް ފޮޅުވާލިއެވެ.
“ނުވާނެ ތިކަމެއް… އަމިއްލައަށް އަމިއްލަ ހަލާކަށް ވެއްޓުމަކީ އަހަރެން ނުކުރާނޭކަމެއް… މިއަދު މިހިސާބަށް އައިސްފައި ހުރިހާކަމަކުން އަތްދޮވެލައިފައި މޮޔަޔަކުވެސް ނުދާނެ… އެހެންނޫނަސް އަހަރެން އިއުތިރާފުވިޔަސް ކަމެއް ބަދަލުވާނެތަ؟ ހައިޒަލްއަށް މޮޅުތަކެއްވާނެތަ؟ މަރުވެފައި އޮތް އަޒްހާންއާއި ހައިލާ ދިރިގެން އަންނާނެތަ… އޭނ” ރަހުމުގެ ކަންފުޅެއްވެސްނެތް އަދި ކުށް ޤަބޫލުކުރުމުގެ ހިޔާލެއްވެސް ނެތްކަން ހާމަވެގެންދިޔަ ޖުމްލަތަކާއިއެކު އާލިއާގެ ކެތްތެރިކަން ކޮޅުންލިއެވެ. ލޯފުރިބާރުވެގެންދިޔަ ކަރުނަތަކާއިއެކު އާލިއާ އަތްދަމާލިގޮތަށް ގައިހުރި ބާރުލައިފައި އައްމާރުގެ މޫނުމަތީގައި ޖެހިއެވެ. އޭރު އާލިއާއަށް ގިސްލެވެމުންދިޔައެވެ. އައްމާރު އެހާ ރަހުމްކުޑަވެދާނެކަމަކަށް ފަހަރެއްގައިވެސް އޭނަ ހިޔެއްނުކުރެއެވެ. އެހިތުގައި އިންސާނިއްޔަތުކަމެއްނުވާކަން ކިތަންމެ ރަނގަޅަކަށްވެސް އައްމާރު ހާމަކޮށްދީފިއެވެ.
ކޯތާފަތުގައި ނަގައިގަތް ދިލައާއިއެކު ކޮލުގައި އަތްޖައްސާލަމުން އައްމާރަށް އާލިއާއާއި ދިމާލަށް ބަލާލެވުނީ އާލިއާގެ އެއަމަލު ޤަބޫލުނުކުރެވިހުރެއެވެ. އޭރު އާލިއާގެ ކަޅި އައްމާރަށް ހުއްޓިފައިހުރިއިރު އެލޮލުން އަލިފާން ކަނިބުރަމުންދާފަދައެވެ. ކަރުނަ ވިދަމުން ދިޔަ ދެލޮލުން ހިތާމައާއި އެކުވެގެން ރުޅިވެރިކަން ފާޅުވަމުންދިޔައެވެ
“އަހަރެން ފަހަރެއްގައިވެސް ހިޔެއްނުކުރަން އައްމާރު ތިހާ ނުބައިވެދާނޭކަމަކަށް…. ކަލޭތީ އިންސާނެެއްތަ؟ އަހަރެން މިއަދު ލަދުގަނޭ ތިފަދަ މީހެއްދެކެ އަހަންނަށް ލޯބިވެވުނީތީ… ތިހާ ނުބައި މީހަކު އަހަރެންގެ ދަރީންގެ ބައްޕަކަށްވީތީ… ތިހުރީ އަހަރެންގެ މުޅި ދިރިިއުޅުން ހަލާލުކޮށްލައިފައި… އަހަރެން ދަރިފުޅުގެ މުޅި ހަޔާތް ނަގާލައިފައި.. މިހުރިހާކަމަކަށްފަހުވެސް އަހަރެން ހުރީ ދެވަނަ ފުރުސަތެއްދޭން… އެކަމަކު އަމިއްލަ ސާބިތު ތިކޮށްދިނީ ތިއީ އެފަދަ ފުރުސަތެއް ހައްޤުވާވަރުގެ މީހެއްނޫންކަން… ހީނުކުރާތި ދެންވެސް އަހަރެން ކަލެއާއިއެކު އުޅޭނޭ… މިކަންތައް ދެން ނިމޭނީ ކޯޓުން…” ރުޅިވެރިކަމާއިއެކު އާލިއާ ބޭރުކޮށްލި ޖުމްލަތަކާއިއެކު އެންމެ ވަގުތުކޮޅަކުވެސް އައްމާރުގެ ކުރިމަތީ އިތުރަށް މަޑުކޮށްލުމެއްނެތި އެއްއަތުން ފޮށިދަމަމުން ސްޓަޑީއާއިން ނިކުންނަން ހިނގައިގަތެވެ. އާލިއާ ނުރޯންވެގެން ކިތަންމެ ހިތްވަރެއްކޮށްގެން ހުއްޓަސް ރޮވުނެވެ. އައްމާރު ކޮންމެގޮތަކަށް ކަންތައްކުރިޔަސް އޭނަ އައްމާރުދެކެ ވަނީ ހަޤީޤީ ލޯތްބެވެ. އެ ލޯބީގެ ހައްޤުގައި އައްމާރަށް ދެވަނަ ފުރުސަތެއްދެން ދޭން އޭނަ ބޭނުންވިއެވެ. ނަމަވެސް އެފުރުސަތު ނަގާލީ އައްމާރު އަމިއްލައަށެވެ. އައްމާރުގެ އިންސާނިއްޔަތުކަން ހުރިވަރު ފެނުމަށްފަހު އޭނަދެން ދުވަހަކު އައްމާރު ކައިރިއަކަށް ނުދާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
89 Comments!
Comments are closed.






furathama kamakah vaahaka nugenesdhee lasvikamatakaa kiyuntheringe faraathun dhiraa varah bodah maafah edhen.. varah kuhli gothakah dhirage kaafa niyaavumaai eku dhira ah varah undhagoo dhuvaskolheh mi dhiyaee.. ekamuge therey exams ves mi feshunee.. ehenve ehves varkah comments thakah ves reply nudhevunee.. ummedhukuran hurihaa kudhinahves visneyne kamah.. dhen in part liyevunuhaa avahah up kohlaanan.. inthizaaru kuraane kamah ummeedhu kuran.. kuree part ah commnent kohli hurihaa kudhin nah shukuriya… haasakoh thi dhehvi support aaai loaibah
It’s ok bbe
Be brave and study igey
Vaahaka up vaane dhuvahakah in sha allah hama wait kuraanan
No hard feeling ❤️❤️
Thanks dear
Shixoo Izkaan Afeef Aminath Maurifa
Thanks dear
Haadha haadha haadha gina dhuvaheh fahunn?? v dhigu inthixaarah fahu….anyways thanks upload koddhinyma…v happy vejje????
Sorry dear exam dhuvaskolhu veema.. thanks darling
What a big surprise??????.. Eagerly waiting for the story.. At last.. This is one of the best story i have being reading. ??❤️❤️❤️❤️???
Thanks dear… im so so happy to hear that
No worries Dhiraa …. this cruel world… only few understand anything… People always see what you do wrong… Even if u done it once in your life… They are talking like as if they are the perfect ones here… But Duhhh… Nobody’s perfect… and dhiraa ah hama saabahey bunelan othyy… Exam thereyga vx vaahaka continue kuraathy v happy… You go girl… Just don’t listen to those who talk shit ???… Anyways love this storyyyyy ❤️❤️❤️???
Thanks dear for being so understanding.. insha allah with your love and support i will be going ahead
Innaa leillaahi vainnaa ilaihi raajioon….maaii allah dhira ge kaafa ge faafa fussavaa suvarugeyge dhaaimee niumaii minvaru kuravvaashi…aameen
Aameen
Masha Allah ❤️❤️❤️ sis mi part ves varah Reethi ingyy ???????? can’t wait for next part ???❤️❤️❤️❤️???? luv this story so much ???? LYSM ❤️❤️❤️❤️❤️????
Thanks dear
yh v dhera v miulhey baeh kudhin dhiraa ah ethi varu govaalaafa huryma..adhi rulhi vx ai..hageegaiy balaafa ehcheh kiyan rangalhu dhw…Dhiraa ge exam dhuvas kolhah vefaa dhiraa ge kaafa maruvithaa 40 dhuvas nuve ulhenikoh dhiraa ah vx upkuran undhagoo vaane dhw..Why can’t they understand…Kehtheri kamaaeku wait kuraanama….anyway mi part vx v v furihama masha allah..lysm??????❤❤❤
Thanks dear… aslu dhira ah inform ves kohnulevunee im sorry for that… its so nice to have such an understanding reader.. your the best jiji
Mairaa akee kaakutha? ?
izaage bestfriend n raihaan rape kohli gurl
Mairaa akee raihaan rape kuri kuhjaa.. mairaa ge ithuru details kuri huri baithakun igigendhaane
Varah loabi mi part ves waiting for next part thanx up kolleema I was waiting for it since the upload of previous part and well…….. Get well soon and hope you are fine now good luck for the next part and the other parts of this story ly?????????????✌️
Thanks dear
We understand u dear writer. Mi part up kohladhinyma varah bodah thanks. Kiyaalaafa comment eh kohlaanan insha allah. ?❤
Thanks dear
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice story??????? I love this story this is my favorite story ????????????????????thanks Shira sis we have no hard feeling we will always support you
Sorry dhiraa sis
Thanks dear
Alhamdhu lihllaah. Dhiraa ah story aaigen kuriah dhiyumuge hihvaru libuneethee ufaakuran. Dhiraa ah kehtherikan minvaru kurahvaa dhiriulhumugai kaamiyaabee edhen
Thank you so much dear
Raihan rape kolli kujja… Wc back dhira… Story v hama Habeys… I love it…keep it up… Nd all the v best for ur exams…tc
Thanks dear
Mi part ves vvvv reethi maasha allah. Keep it up dear. ?❤?❤
Thanks dear
V reethi mi part vx ♥️♥️??? waiting 4 the next part ……. Lysm♥️♥️♥️
Thanks dear
Aww thnq dhiraa dear for uploading this episode after being really buxy … v dheravi dhiraa ge kaafa maru v ma … dhiraa u r very strong n plz be strong alwys … n abt story v v v reethi story …. hurihaa thaneh ves v furihama … n i loved tht shaadheen ge bai v boda ….n the most important thing all the best in your exams … hope tht your exams will be successful n u will be a successful writer in the future …. love this story n love u dhiraa ❤❤❤❤
Thanks dear
Aslu v bodu suprise e mee …. komme dhuvahaku ves mi story upload vee tho balan …. mihaar neygeu kithah faharu kameh kuree ep keeves …. n im very proud of u dhiraa…dhiraa thikuraa hiyyvarah hama saabas …. dhiraa hama mikan vaane … n dhiraage kaafa a suvarugeyge dhaaimee niumai minvaru kuravaashi …..
Sorry for the delay dear… varah ufaavehjje vaahaka ah inthizaaru kureema
Maasha allah …. v furihama mi ep ves
… curiously waiting for the next part …
Thanks dear
How are you dear? Exam thereyga ves story genesdhineethy varah thanks.. it’s ok dhiraage exams nimmaafa story genesdhinas.. we will wait.. Now focus on ur studies ..much love <3
Fine alhamdhullihlah… exam veema varah limited time kolheh nagaigen mi liyanee.. thanks dear
Dhen inee last bai tha
Nooney dear… maa dhiguvanee dhw.. kudakoh kehkohlaa nimun varah gaaih vehjje
Yeyeyeye…??? dhiraa sis is back… alhamdhulilaah…sis i missed u so much…??? hope ur fine now ??
& plus this part is awesome…??? cant express in words that how much i enjoyed reading this part…?? keep it up sis…??? and lysm???
Thank you so so much dear
??????????I am Speechless Dhiraa ur such a brave girl. always be brave and see how u pass through the bstacles that u face in your life & the stry is obiness to the max as always ????????????????……. you can do it.??????????????……. Best OF luck for your exam… Do well LUV U #crazy ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ u can rock…. ????????????????
Thank you so sooo much dear for the colorful comment
Kon irakun 80 part………. Varah reethi mi part ves…………. Yey….. Dhiraa sis is back dw….. ????
Thanks dear
Nice
Thanks dear
Mi story ves hama obi!! I love it?? keep it up!!! Waiting for the next part❤️❤️❤️
Thanks dear
Alheyy dhiraa sis hama mi prt vx v perfect.. Lyssssm.. Shavaa and dhaan ge bai gina kohladhehcheyy.. Super curious to knw who is maira… Whn is the next part?? ? ? ? ? ? ?
Thanks dear… shavaa and dhaan ge part thah dhen kuriah othy… mairaa dhw.. highaa dhw mairaa akee kaakutho balamaa
މާލަހީ އަޕްޑޭޓް ކުރާލެއް
V gotheh neyngigentha hama thihen thi buny? You guys don’t have human sense ??
Maira aky kaaku thi vaahaka geh
Mairaa akee raihaan rape kuri kuhjaa.. ithuru details upcoming episodes in igigen dhaane
Maira aky kaaku thi vaahaka geh
Varh loabi vaahaka ey
………thanx dhira wish. ……
……………..?rippu?
Thanks dear
Knirakun next part…..can’t wait?❤️
Thanks dear
Can’t wait much longer nxt pari knirakun
Vrh reethi??❤️
Thanks dear
Pari*
Part*
Can’t wait to read next part………….. Dhiraa sis buneba… Kon irakun tha next part up kureveyny
Thanks dear
When is next part…… Waiting…??????????????????
Thanks dear
Mi Rey next part up kureveynetha…………. I can’t wait…????????
Thanks dear
Missed u a lot dhiraa…. Vahaka reethi
Thanks dear
Mi vaahaka mihaaru up nukuraneetha? Mihaaru writers akah hafthaa eh vaairuves vaahaka eh up ehnukurevey………………. ?????????????????????
Sorry dear
???? this is amazing deary…. #love it #curiously waiting for the next part.. keep going my dear ur relly blessed??????♥️♥️♥️♥️♥️♥️??????????♥️♥️
Thanks dear
Be patience readers….
Thanks dear
Aye vhk vvvvvvvvvvv salhi♥️✨? ……. dhn oii part avh up kohdheyne kmh unmeedhu kuran ???
Thanks dear
Awesome ??
Thanks dear
Nice
Masha Allah
Keep it up
,,,
..
??????
?
?
?
?
?
?
?
?
?
?
?
?
?
?
?
??
??
?
?
?
?
?
?
Haadha emoji ekey… thanks dear