ސްކޫލްގެ ކައިރީގައި ކާރު ޕާކްކުރުމަށްފަހު ނިޝާން ކާރުން ފޭބިއިރު ވެސް ބައެއް ބެލެނިވެރިން ފުޓުބޯޅައިގައި ބައިވެރިވާ ކުދިން ގޮވައިގެން ސްކޫލުން ދަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ނިޝާން އެމީހުންނަށް ބަލަމުން ބަލަމުން ސްކޫލްގެ ގޭޓުން ވަދެގެން ދިޔައެވެ. އެއަށްފަހު މަޑުކުރުމެއްނެތި ސްކޫލްގެ ކަނާތްފަރާތުން ފެންނަން އޮތް ގްރައުންޑާއި ދިމާލަށް މިޞްރާބުޖެހީ ލަޔާންމެން ޢާއްމު ގޮތެއްގައި ކުޅެ އުޅޭ ތަނަކީ އެއީ ކަމަށްވެފައި އެދިމާލުން ލަޔާންމެންގެ ކޯޗުވެސް ފެނިގެން ދިޔުމުންނެވެ. ދުރުން އެ މަންޒަރު ފެންނަމުން ދިޔައިރު […]
އަހަރެން ކުރި ބެލުމެއްނެތި ބާރަށް ދުވަނިކޮށް ކުރިމތީގަ ހުރި މީހާގެ މޭމަތީގައި ޖެހި ބިންމައްޗަށް ވެއްޓުނެވެ…. އަހަރެންގެ ފައި މަށައިގެން ދިޔައެވެ. ނަމަވެސް ހިއްވަރު ކޮއްލާފައި ކޮޅަށް ތެދުވީމެވެ. “ބައްޕާ…. ނުވެސް ބުނެ އެންނު ތިއައީ ރޭގަ ގުޅީމަވެސް ބުނީ ނާދެވޭނެޔޯ ރަށަކަށް” ކުރިމަތީގައި ހުރީ އަހަރެންގެ ލޯބިވާ ބައްޕައެވެ. އެޔެއް މިޔެއް ބެލުމެއްނެތި އަހަރެންގެ ބައްޕަ ގައިގައި އޮޅުލަިގަތީމެވެ. ފަޔަށް ތަދުއިހުސާސްވެސް ނުވާކަހަލައެވެ. އަހަރެންގެ ލޯބިވާ ބައްޕަ އަހަރެންނަށް މި ފެނުނީ އަހަރެއްހާ ދުވަސް ފަހުންނެވެ. […]
ފޯނު ކަންފަތުން ނައްޓާލާފައި ނާފިއު ފުން ނޭވައެއް ދޫކޮށްލިއެވެ. ނަވާރް ހުރިތަން އެނގުމާއެކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެމީހުން ގާތަށް އެނބުރި އައުމަށްވުރެ ނަވާރްއަށް ރަނގަޅުވާނީ ދީނާމެންގޭ ހުރުކަން ނާފިއުއަަށް އެނގެއެވެ. އެހެންވެ ނަވާރް ގެންނާކަށް ކޮންމެހެން އޭނާއަށް ނޫޅެއެވެ. އެހެނަސް ނަވާރްގެ ހާލުބަލައި އޭނާއަށް ވީ ވަރަކުން ނަވާރްއަށް އެހީވެދޭނެއެވެ. ނަވާރް ދިޔަތަނަކާ ބެހޭ ގޮތުން ހަމްދާ ސުވާލު ކުރުމުން ނޭންގެއޭ ބުނެ ނަވާރް ހުރިތަން ހަމްދާއަށް ނާފިއު ސިއްރުކުރިއެވެ. **** ނަވާރް ކިއެވުމުގެ […]
އިރުގެ ރަން ދޯތި ތަކުން މުޅި ދުނިޔެ އަލި ކޮށްލާފިއެވެ. ހުދު ކުލައިގާ ހުރި ވިލާތަށް އޮރެންޖު ކުލައަށް ބަދަލު ކޮަށްލާފިއެވެ. މި ހުރިހާ ކަމަކުން ދޭހަވަނީ މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމެވެ. ގޮނޑުދޮށުގައި މި މަންޒަރަށް ނަޒަރު ހިންގާލައިގެން ކުޑަ ގަލެއްގައި އިށީނެ އިން އަންހެން ކުއްޖާ އަކީ ދުވަހަކުވެސް އުފަލެއް ނުލިބޭ ކުއްޖެއް ކަހަލަ އެވެ.ކަރުނައިގެ ރޮނގުތައް އެ ދޮން މޫނުގައި ހުރިތަން ފެންނަ މީހަކު ހަމްދަރުދީން ފުރޭނެވެ. ނަމަވެސް… މިއަދު އެ އަންހެން […]
“އަހަރެން ފަހަރެއްގައިވެސް ހިޔެއްނުކުރަން އައްމާރު ތިހާ ނުބައިވެދާނޭކަމަކަށް…. ކަލޭތީ އިންސާނެެއްތަ؟ އަހަރެން މިއަދު ލަދުގަނޭ ތިފަދަ މީހެއްދެކެ އަހަންނަށް ލޯބިވެވުނީތީ… ތިހާ ނުބައި މީހަކު އަހަރެންގެ ދަރީންގެ ބައްޕައަކަށްވީތީ… ތިހުރީ އަހަރެންގެ މުޅި ދިރިިއުޅުން ހަލާލުކޮށްލައިފައި… އަހަރެން ދަރިފުޅުގެ މުޅި ހަޔާތް ނަގާލައިފައި.. މިހުރިހާކަމަކަށްފަހުވެސް އަހަރެން ހުރީ ދެވަނަ ފުރުސަތެއްދޭން… އެކަމަކު އަމިއްލަ ސާބިތު ތިކޮށްދިނީ ތިއީ އެފަދަ ފުރުސަތެއް ހައްޤުވާވަރުގެ މީހެއްނޫންކަން… ހީނުކުރާތި ދެންވެސް އަހަރެން ކަލެއާއިއެކު އުޅޭނޭ… މިކަންތައް ދެން ނިމޭނީ ކޯޓުން…” ރުޅިވެރިކަމާއިއެކު […]
ހަވީރުގެ ވަގުތެވެ. އަހަރެންނާއި އަހަރެންގެ ދޮންތަ ދިޔައީ ހިނގާލާށެވެ. މަގުތަކުން ހިނގާފައި ދާއިރު ގިނަ މީހުން ލޯތައް އަމާޒު ވެފައިވަނީ އަހަންނާ ދިމާލަށެވެ. އަހަރެން ބައެއް ފަހަރު މީހުން ބަލާވަރުން ވަރަށް ރުޅި ވެސް އާދެއެވެ. ނަމަވެސް ކުރާނީ ކީއްހެވެ؟ މީ މިހާރު ދުނިޔޭގަ އާދައެވެ. * މީ މި ވާހަކައިގެ ޓްރެއިލަރ އެކެވެ. މި ވާހަކަ އަޅުގަނޑު ލިޔަން ގަސްތު ކޮށްފީމެވެ. ކިޔުން ތެރިންގެ ހިޔާލަކީ ކޮބާތޯ؟ އަޅުގަނޑު މި ވާހަކަ ކުރިޔަށް ގެންދަންވީތޯ، […]
ލޮތްބަކީ ކޮބާ ހެއްޔެވެ؟ އެކަކު އަނެކަކަށްޓަކައި ނިމިދިއުމެވެ. ތިމާ ލޯބިވާ މީހާގެ އުފަލައްޓައްޓަކައި ތިމާގެ ލޯބި ޤުރުބާން ކުރުމެވެ. އަދި މި ނޫންވެސް ލޯބޭގެ އެތަކެއް މާނަތަކެއް ވެއެވެ…… އޭގެތެރެއިން އަހަންނަކީ ލޯބީގައި ކެހިވެރިކަން ލިބިފަިވާ މީހަކީމެވެ… އެއާއެކު ޝަހުދާންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ. ****************************** މުޅި ކެބިންގެ ތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ.ހަމަ އެކަނި އިވިގެނ ދަނީ މަދު ގިސްލުމެއްގެ އަޑެވެ…… ގައިގަ ހުރި ހުރިހާ ވާގިއެއް ގޮނޑިއަށް ދޫކޮއްގެން ހުރި ޝަހުދާން ހިތާމައިގެތަސްވީރެއް ފަދަ އެވެ. އެ ދޮން މޫނު ވަނީ ރުއިމުގެ ސަބަބުން މިލާ މޯޅި ވެފަ އެވެ. އެ ރީތި ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތް ވެފަ އެވެ. ހިތް ފުރެންދެން ރޯލުމަށް ފަހު ވޮޝްރޫމަށް ވަދެ މޫނު ދޮވެ ލައިގެން ނުކުމެ ކުރަން ހަމަޖެހިފަިވާ މަސައްކަތް ކުރަން ފެއްޓިއެވެ. އިރުކޮޅަކުން ކެބިންގެ ދޮރުގައި މީހަކު ޓަކިޖެހި އެވެ. އެއާއެކު ޝަހުދާން ކަމްއިން އޭ ބުނެލުމުން އެތެރެއަށްެރެއަށް އަންހެން ކުއްޖަކު ވަދެގެން އައެވެ.ލައިގެން އިން ކަޅުކުލައިގެ ކަކުލަށްވުރެ މަތި ސްކާޓުންނާއި އާދައިގެ ޓޮޕުން ވައްތަރީ ރިސެޕްޝެނިސްޓަކާއެވެ.ސީ.އީ.އޯ ށަހުދާން …. ޔޫހޭވް އަ މީޓިން ރައިޓް ނައު.. ދެންމެ ސާރްގެ ބައްޕަ ގުޅާފަ ބުނުއްވީ ޗައިނާގެ އިންވެސްޓަރުން އެބަ ދުރުވެޔޯ މިކޮޅަށް.. ޝަހުދާން އަކީ ހުޅުމާލޭގެ މަޝްހޫރު އެއް ބިޒްނަސްމޭން ކަމަށްވާ ޝާމިން އަދި ޝިއުނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ެްއާނ މިދަނީ… ވެއިޓް … ޑޫ ޔޫ ހޭވް އެނީ އިންފޮމޭށަން އެބައުޓްނިއު ސެކްރެޓްރީ ؟ޔެސް ސާރ ޝީ ވިލް ކަމް ފޯރ ދަ އިންޓެވިއު ޓުމޯރޯވް…. އޯކޭ ދެން ޔޫކޭން ލީވް ނައު… އޯކޭ ސާރހޭވް އަ ގުޑް ޑޭ… އިރުކޮޅަކުން ފޯނު ހިފައިގެން ޝަހުދާން ލިފްޓަށް އެރީ މީޓިންގް ރޫމަށް ދިއުމުގެ ގޮތުންނެވެ. ******************************************* އަނދުންކުލައިގެ ވިލާތަކުން އުޑުމަތި ބައްދާލިއިރު އިރުގެ އެންމެ ދޯދިއެއްވެސް ފެންނާކަށް ނެތެވެ. އޭގެ ސަބަބުން ގިނަ މީހުންގެ ހިތްތަކަށް ފޫހިކަންވެރިކުރުވި ނަމަވެސް ޝެލީގެ ހިތަށް ހިތައް ލިބުނީ އުފާވެރިކަމެވެ. އިރުކޮޅަކުން ވާރޭ އޮއްސިގަތެވެ. *********************************** މީޓިން ނިންމާލުމަށްފަހު އޮފީހުން ނުކުމެގެން އައި ޝަހުދާން އަށް އަތުގަ އޮތް ފޯނު ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ސަމާލުކަމެއް ދެވިފައެއް ނެތެވެ.ފިރިހެންވަންތަ ހިނގުމުގައި ގޮސް ފެރާރީ ކާރު ކައިރީ މަޑުކޮއްގެން ހުރި ޝަހުދާންއަށް ދިޔައީ މަގުމަތިން ހިނގަމުން ދިޔަ ގިނަ ަނހެނ ކުދިންގެ ނަޒަރުތަކެއް އަމާޒުވަމުންނެވެ.އެ އަންހެން ކުދިން ހިތާހިތުން ހިތާހިތުން ޝަހުދާން އަށް ތައުރީފް ކުރަމުން ދިޔަ ނަމަވެސް ފިރިހެން ކުދިން ދިޔައީ ހަސަދައިގެ ނަޒަރުން ޝަހުދާން އަށް ބަލަމުންނެވެ.ވާނީވެސް އެހެންތާއެވެ. ލައިގެންހުރި ކަޅުކުލައިގެ ކޯޓުފަޓުލޫނާ ،އަރައިގެން އިން ކަޅު ބޫޓާ ޒަމާނީ އައިނުގައި ޝަހުދާން ފެންނަލެއް ވަރަށް ރީއްޗެވެ. ފޯނު ޖީބަށް ލުމަށްފަހު ދުރުބަލާލި ޝަހުދާން ސިހުނީ އެހާ ގިނަ އަންހެންކުދިން އޭނަޔާ ދިމާޔަށް ބަލައިގެން ތިބުމުންނެވެ. ނަމަވެސް އިތުރަށް އެންމެ ބަހެއް ވެސް ހިތަކަށް ނާރައެވެ.ހީވަނީ އެކަމަށް އާދަ ވެފަހުރި މީހެއް ހެންނެވެ.އިރުކޮޅަކުން ފޯނެއް […]
އަޔާޒާއި މަލާކް ރަޝިޔާއަށް ފުރަން އޮތީ ޖެހިގެން އަންނަ ހޮނިހިރު ދުވަހު ކަމަށްވުމުން އޭގެ ކުރިން އައި ހުކުރު ދުވަހު ދެމީހުން ވެސް ހޭލަމޭލައަށް އުޅެމުން ދިޔައީ ދަތުރަށްޓަކައި ހުރިހާ އެއްޗެހި ހަމަ ކުރުމުގައެވެ. ވޭތުވެ ދިޔަ ދެތިން ދުވަހުގައި ދެމީހުން ގޭތެރޭގައި އުޅުނުއިރު ވެސް އެދެމެދުގައި ފެނިގެން ދިޔަ އެކުވެރިކަމުން ވަސީމާއަށް މަލާކާއި ވަކިން ސުވާލުކުރެވުނެވެ. އޭނަ މަލާކާއި ދެއްކި ވާހަކައަށްފަހު މަލާކާއި އަޔާޒް ވަކިވެދާނެކަމުގެ ބިރު ވަސީމާއަށް ހީވެފައި އޮތުމުންނެވެ. އެހެނަސް…… “އަޔާޒްއާ […]
” އިކާން… ” ގޭގެ އެކި ތަންތަނަށް ނަޒަރު ހުއްޓަމުންދިޔަ ޔަނާލްއަށް އާކިފްގެ ދުލުން އިކާންގެ ނަން އިވުނު ވަގުތު އެއްވެސް އިޚްތިޔާރަކާނުލައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް ދޮރާއި ދިމާލުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އޭނައަށް ދެން ބަލައިލެވުނީ ތަންކޮޅެއް ފަހަތުން އެއްފަރާތެއްގައި ހުރި އާކިފްއަށެވެ. އޭރު އާކިފް ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ފޯނު ކަންފަތުގައި ޖަހަލަނީއެވެ. އާކިފްގެ އެއަމަލުން އޭނައަށް އިކާންގެ ކޯލެއް އައީކަން ޔަނާލްއަށް ނަގައިގަނެވުނެވެ. ފުން ނޭވައެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް […]