Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (އަށާރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 9, 2019 11 Mins Read
22 Comments

ފޯނަށް ލިބުނު މެސެޖު ބެލުމުގެ ޝައުޤެއް އޭނަގެ ހިތުގައި އެއްގޮތަކަށް ވެސް ނެތުމުން އަޔާޒްގެ ކާރު ގޮސް ކާރަށް ވައްދާލެވުނު ވަގުތުވެސް އޭނައަށް ހުރީ އޭތި ނުފެނިއެވެ. ބޭސްފިހާރައިން ގެއަށް އައި އެ ދަތުރުގެ ބޮޑުބައިގައި އޭނައަށް އިނދެވުނީ އެދުވަހު އޭނައާއި މަލާކާއި ދެމެދު ހިނގި ވަގުތުކޮޅުތަކުގެ މަތިން ހަނދާންކޮށް ހިނިތުންވެވިފައެވެ. އެކަމާމެދު އަޔާޒަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ މައުވާގެ މަތިން ވެސް ހަނދާންވަމުން ދިޔައީތީވެއެވެ. އެހެނަސް އެކަން އެގޮތަށް ނަހަދަން އޭނަ ނިންމީ އޭނަ ވަކި މަލާކާއިމެދު ލޯބިވެރިއެއް ނޫނީ އަނތްބެއްގެ ގޮތުގައި ވެސް ނުދެކޭކަމަށް ހިތާހިތުން ކިޔަމުންނެވެ. އަދި ރާއްޖެތެރޭ ‘ދަށް’ ފެންވަރުގެ ކުއްޖަކާމެދު އޭނައަށް އެގޮތަށް ދެކުމަކީ ވެސް ނާދިރު ކަމެއްކަމަށް އަޔާޒް އަމިއްލަ ނަފްސުގާތު ބުނެލައިފިއެވެ. ވީއިރު މަލާކްގެ ޚިޔާލުތައް މިގޮތަށް ކުރެވުނަސް އޭނަ ހާސްވާންވީ ސަބަބެއްނެތެވެ.

 

އެހެންކަމުން އަޔާޒް ލިފްޓުން ފޭބުމަށްފަހު އެދުވަހު ދެވަނަ ފަހަރަށް އެމީހުން އުޅޭ ގެއަށް ވަދެގެން ދިޔައީ ހަމަޖެހިފައިވި ހިތަކާއި އެކީގައެވެ. ހަމަ އެހިނދު އަޔާޒްގެ ކޮޓަރިން ނިކުތް ވަސީމާއަށް އެ މޫނުމަތިން ފެނުނު އާރޯކަން ފެނިފައި ވަސީމާއަށް ވެސް ހިނިތުންވެލެވުނީ އުއްމީދުން ފުރިގެން ދިޔަ ހިތަކާއި އެކީގައެވެ.

 

“މިހާރު ނިދިފަ މަލާކް އޮތީ….ވަރަށް ވަރުބަލިވެފަ ހުރިހެން ހީވަނީ. އަސްލު ހިއެއްނުކުރަން މަލާކް މިހާ ބަލިވެދާނެ ކަމަކަށް…މަލާކަށް ޖެހިފަ ހުރި ބަލީގެ ސަބަބުން ކަންނޭނގެދޯ އެއީ؟” ވަސީމާ ސުވާލުކުރިއެވެ. އަޔާޒް ހިނިތުންވުމަކާއެކީ ބޮޑުމަންމަ ކައިރިއަށް އައިސް ތުންފިއްތާލަމުން ބޯޖަހާލިއެވެ. ބޮޑުމަންމަ ދެން އަޔާޒް ބަލާނަންދޯއޭ ބުނެލުމުން އަޔާޒް ދެވަނަ ފަހަރަށް ވެސް ބޯޖަހާލުން ނޫންކަމެއް ނުކުރިއެވެ. ބޮޑުމަންމަ އޭނައާއި ދިމާލަށް ޒާތަކަށް ހީލާފައި ދިޔަގޮތުން އަޔާޒްގެ ގާތަށް ހިނިއައެވެ. އޭނަ ގޮސް މަލާކާއި ކައިރިވާނެ ކަމަށް ބޮޑުމަންމަ ހީކުރަނީތޯ ހިތް ބުނުމުންނެވެ. ބޮޑުމަންމަ ދިޔުމުން އަޔާޒް ކޮޓަރިއަށް ވަންނަން ދިޔައީ އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބޯހޫރުވާލަމުންނެވެ.

 

ކޮޓަރިއަށްވަދެ މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ފަސްއެނބުރި ވަގުތުން މަލާކަށް ގޮވައި ބޭސްދޭން އަޔާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެދިމާލަށް ބަލައި މަލާކްގެ ނަމުން ގޮވަން އުޅުނު ވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުންއެރިއެވެ. ދެލޯ މެރިފައި އެނދުމަތީގައި އެއޮތް އަންހެން ކުއްޖާއަކީ ކާކުކަން ވެސް އަޔާޒް ހިނދުކޮޅަކަށް ހަނދާންނެތުނެވެ. އޭނަގެ ހިތަށް ލޮޅުމެއް އައީ އެ މޫނުމަތިން ފެނުނު ރީތިކަން އެ ހިތާއި ކުޅެލުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ގޮތަކުން އޭނައަށް އެ ސޫރައަށް ތަޢުރީފު ކުރެވުނެވެ. އޭނައަށް މަލާކް ނިދިފައި އޮތް މަންޒަރު މި ފެނުނީ ފުރަތަމަ ފަހަރަށްކަން އެނގުންވީ އެއަށްފަހުއެވެ.

 

މަންޒަރު ބަލަން ހުރެފައި މަލާކްގެ ނަން ހިތަށް ވެރިވުމުން އޭނައަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނެވެ. ހަމަ އެއާއެކު އަޔާޒް ދެބުމަ ކައިރިކޮށްލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެހެން ނޫނަސް ނިދަން އޮންނައިރު ރީތި ނުވާނީ ކޮން ޒުވާން އަންހެން ކުއްޖެއްތޯ ހިތާހިތުން ކިޔަމުން އަޔާޒް މަލާކާއި ދިމާލަށް ދާންފެށިއެވެ. މަލާކްގެ އެނދު ކައިރިއަށް ގޮސް މަޑުކޮށްލަމުން އަނެއްކާވެސް އޭނައަށް ގޮވާލަން އުޅުނެއްކަމަކު އަނެއްކާވެސް އަޔާޒްގެ ދުލުގައި ތަޅުއެޅުވިގެން ދިޔައީ މަލާކްގެ މޫނުމަތިން ފެނުނު އަސަރުންނެވެ. ދެލޯ މަރައިގެން ނިދިފައި އޮތެއްކަމަކު އެ މޫނުމައްޗަށް ވެރިވެފައިވީ އުދަގުލެއްވެގެން އުޅޭ ފަދަ އަސަރެކެވެ. ނިދުމުގެ ކުރިން ތަދު އިޙްސާސް ކުރެވެމުން ދިޔައިރު އެ މޫނުމައްޗަށް ވެރިވެފައިވި އަސަރު އެހާއިރު ވީއިރުވެސް ނުފިލާ ހުރި ފަދައެވެ. އެ މަންޒަރު ފެނިފައި އަޔާޒް ދެންވެސް ހަނދާންވެގެން ދިޔައީ އޭނަ މަލާކްގެ އެ ބައްޔާއިމެދު ދިރާސާ ކުރިއިރު ފެނުނު ވާހަކަތަކެވެ. އެ ވާހަކަތަކާއެކީ މަލާކްގެ އެމްއާރްއައި ސްކޭން މަތިން ވެސް ހަނދާންވުމުން އެ ވާގޮތް އަޔާޒަށް ސާފުކޮށް ދޭހަކުރެވުނެވެ. މަލާކަށް އޭނަގެ މޫނުމައްޗަށް ވެރިވާ އަސަރުތަކަށް ވެސް ބާރު ފޯރުވޭނީ ވަކި ވަރަކަށްކަން އޭނައަށް އެނގުންވިއެވެ. ހަމަ އެއާއެކު މަލާކްގެ ބާރެއް ނެތް މިންވަރު ހިތަށް ގެނެވުމުން މަލާކަށް އެހީވާން އޭނަގެ ހިތުގައި އޮތް އެދުން ބޮޑުވިއެވެ. އެވަގުތުން ވަގުތަށްވެސްމެއެވެ. އެކަމަށްޓަކައި އަޔާޒް ކުރުފައި މައްޗަށް ތިރިވީ ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. ހަމަ އެހިނދު ހަނދަންވީ ގޮތްވެސް އޭނަގެ ސިކުނޑި ވަގުތުން ކިޔައިދީފިއެވެ. އެކަން އެގޮތަށް ކުރުމުން މަލާކްގެ މޫނު އެވަގުތު ބަދަލުވެގެންދޭތޯ ވެސް ބަލަން ޑޮކްޓަރެއްގެ ޙައިސިއްޔަތުން އޭނަ ކެތްމަދުވިއެވެ. އެހެން ކަމުން އޭނަ ބޭސްކޮތަޅު އެނދުމަތީގައި ބޭއްވުމަށްފަހު މަލާކްގެ މޫނާއި ދިމާލަށް އޭނަގެ އަތް ގެންދިޔައެވެ. އޭނައަށް ވީހާވެސް މަޑުމަޑުން ގޮސް މަލާކްގެ ނިތުގައި ޝަހާދަތް އިނގިލި ޖައްސާލީ މަލާކް ސިއްސައިގެން ހިނގައިދާނެތީ ވަރަށް ވެސް ބޮޑު ނުތަނަވަސްކަމެއްގައި ވެސް ހުރެއެވެ. އޭނަގެ މަޤްޞަދަކަށްވެފައިވީ އޭނަ މި ބަލާ ‘ބަލިމީހާއަށް’ އިތުރު އުދަގުލެއް ނުވެ އޭނަގެ ފަރުވާ އެ ބަލިމީހާއަށް ފޯރުކޮށްދިނުމެވެ. އެކަން އެގޮތަށް ކުރުމުގައި އޭނަ ނާކާމިޔާބުވެއްޖެނަމަ އޭނަގެ ނާޤާބިލިއްޔަތުކަން އޭނައަށް އިޙްސާސް ކުރެވޭނެއެވެ.

 

އެހެނަސް އަޔާޒަކީ ނާޤާބިލިއްޔަތު ޑޮކްޓަރެއްނޫނެވެ. އެ ނާޒުކު ދަނޑިވަޅުގައި ވެސް އޭނަ ނުހަނު ވިސްނައިގެން މަލާކްގެ ނިތުގައި އިނގިލިން މަސާޖުކުރަން ފެށުމުން ވެސް މަލާކް ސިއްސައިގެނެއް ނުދެއެވެ. އެކަމާމެދު ފަޚުރުވެރިކަމުން އަޔާޒްގެ ހިތް ފުރިގެން ދިޔަ ހިނދު އޭނައަށް ހިނިތުންވެލެވުނެވެ. އެ ހިނދު އޭނައަށް ނޭނގުނު ކަމަކީ އެ ވީ އުފަލުގައި އޭނައަށް އޭނަގެ އިނގިލިތައް ހިންގެން ފެށީ އިހުނަށްވުރެ ހަލުވިކޮށްކަމެވެ. އެހެންނޫނީ އޭނަ އެހެން ހެދިޔަސް މަލާކްވީ ފުން ނިދީގެ ސަބަބުން މަލާކަށް ހޭނުލެވޭނެ ކަމަށް ހީކުރެވުނީއެވެ.

 

ނަމަވެސް ނިދީގައި އޮތް މަލާކަށް އޭނަގެ ނިތުގައި އެއްޗެއް ޖެހޭހެން އެވަގުތު ހީވިއެވެ. އެއާއެކު އޭނަގެ ހިތް އެންމެ ފުރަތަމަ ނުތަނަވަސްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ބުރަކަށްޓަށް ވަމުން ދިޔަ ތަދު އިޙްސާސް ކުރެވުމުން އޭނަ އޮތް ތަން ހަނދާންވެ މީގެ އިރުކޮޅެއް ކުރިން ބޮޑުމަންމަ ކޮޓަރިން ނިކުމެގެން ދިޔަ ހަނދާންވެސްވިއެވެ. އޭނައަށް ނިދުނުއިރު ކޮޓަރީގައި އެއްވެސް މީހަކު ނެތިއްޔާ އޭނައަށް މީހެއްގެ އިނގިއްޔެއްގެ އިޙްސާސް މި ކުރެވެނީ ކީއްވެތޯ ހިތް ސުވާލު ކުރި ވަގުތު އެ ހިތް ބިރުވެރިކަމުން ފުރިގެންއައެވެ. ނުބައެއްގެ އިންޒާރު އޭނަގެ ސިކުނޑި ދިނުމާއެކު މަލާކަށް ހަޅޭކަކާއެކީ ލޯ ހުޅުވާލަމުން ތެދުވެލެވުނެވެ. ހަމަ އެ ހިނދު އެފަދަ ކަމަކަށް ތައްޔާރުވެގެން ނެތް އަޔާޒަށް ވެސް ލިބުނު ސިހުމާއެކީ ހަޅޭއްލަވައިގަތް ހިނދު ކުއްލިއަކަށް ދުރުކޮށްލަން ޖެހުނު އަތުގެ ސަބަބުން ބިމަށް ތިރިވިއެވެ. ކުރު ނޭވައެއް ލެވުނު މަލާކަށް އަޔާޒާއި ދިމާލަށް ބަލާލެވުނީ ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލުގައެވެ. އެހިނދު އަޔާޒް މޭގައި އެއްއަތް އަޅައިގެން ބިންމަތީގައި އިށީނދެވިފައި އިންގޮތުން މަލާކަށް ބަލަހައްޓައިގެން އިނދެވުނެވެ. ކަންވީގޮތް ނަގައިގަންނަން އޭނައަށް ހިނދުކޮޅެއް ނެގިއެވެ. އޭނަގެ ނިތުގައި އިނގިލިތައް ޖެއްސީ އަޔާޒް ކަމާއި އޭނައަށް ކުއްލިއަކަށް ތެދުވެވުމުން އޭނައާއެކީ އަޔާޒަށް ވެސް ހަޅޭއްލަވަގަތް ހިނދު އަޔާޒް ވެއްޓުނީކަން އެނގުންވިއެވެ. އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔުމުން މަލާކްގެ ގާތަށް އައީ ނުލަފާ ހިންޏެވެ. އޭނަ ހިނިގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ދެތުންފަތް އެތެރެއަށް ވައްދަމުން ފިއްތާލަމުން އަނގަމަތީގައި އެއްއަތް އަޅާލިއެވެ. އެ ހިނދު އޭނަގެ ލޯމަތިން ލާނެތް ވިދުވަރެއް ފާޅުވަމުން ދިޔަ މަންޒަރު އަޔާޒަށް ފެނުނެވެ. މަލާކަށް އެއުޅެނީ ކިހިނެއްވާކަން އަޔާޒަށް އެނގުންވި ވަގުތަކީ މަލާކްގެ ބަޑި ފަޅައިގެން ގޮސް އޭނައަށް ހެވެން ފެށި ވަގުތެވެ. އެ ހިނދު އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއް ހިނދުކޮޅަކަށް ގެއްލުނުހެން އަޔާޒަށް ހީވިއެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިގެން ދިޔައީ މަލާކްގެ ހިނިތުންވުމަށެވެ. އަދި ރީތި ރާގެއް ފަދައިން އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ ހުނުމުގެ އަޑަށެވެ. މަންޒަރު ބަލަން އިނދެ އޭނައަށް ހިނިތުންވެލެވުނެވެ. ހަމަ އެ ހިނދު ދެންމެ އޭނައަށާއި މަލާކަށް އެކުއެކީގައި ހަޅޭއްލެވިގެން ދިޔަ ގޮތް އެނގުންވެގެން ދިޔުމުން އޭނައަށް ވެސް ހެވެން ފެށިއެވެ. ހަމަ އެ ހިނދު މަލާކް އޭނަގެ ހުނުން ކޮންޓްރޯލް ކުރަމުން ވާހަކަ ދެއްކިއެވެ.

 

“އައި…އައި އޭމް ސޯ ސޮރީ. ހެހެހެ…” މަލާކަށް ދެންވެސް ހުއްޓުމެއްނެތި ހެވުނީއެވެ. އޭނައަށް ރޮވެން ފަށައިފިނަމަ ހުއްޓަން އުދަގޫވާ ފަދައިން ހެވެން ފަށައިފިނަމަވެސް އެ ހުއްޓުމަކަށް ގެނައުމަކީ އެހާމެ އުދަގޫކަމެކެވެ. އެކަމަށްޓަކައި މަލާކް އަމިއްލަ ނަފްސު ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެ ހިނދު ވެސް އޭނަ ހުނުން ހުއްޓުވޭތޯ އެތައް މަސައްކަތެއް ކުރަމުން ގެންދިޔައެވެ. މީހަކު މިއުޅެނީ ވެއްޓިގެން ކަމާއި މި ވަގުތުކޮޅުގެ ސީރިއަސްކަން އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. އެހެނަސް ދެންމެ ކަންތައްވީ ގޮތް ތަކުރާރުކޮށް އޭނަގެ ސިކުނޑި ހަނދާންކޮށްދެމުން ދިޔަ ގޮތުން މަލާކް އެކަމުގައި ކާމިޔާބުވުން ނާދިރު ކަމަކަށްވިއެވެ.

 

“ކޮން ކަމަކަށްޓަކައި ސޮރީ ތިބުނަނީ؟” އަޔާޒް ޓައިލްސް މަތީގައި އޭނަގެ ދެއަތް ވިއްދައި މަލާކަށް މި ވަމުންދާ ގޮތާއިމެދު ވިސްނަމުން އަހާލިއެވެ.

 

“ހެހެ…އަހަރެން ސިއްސައިގެން ދިޔައީމަ އަޔް…ޔާޒްވެސް ސިއްސައިގެން ދިޔައިމަ…އަޔާ.ޒް ވެސް ވް..ވެއްޓުނީމަ. އަދި..ހެ….މި ގަޑީގަ ހެވޭތީ..ހެހެހެ…..” މަލާކަށް ހުއްޓުމެއްނެތި ހެވުނެވެ. އެ ހިނދު އޭނަ ހުއްޓަން ކުރަމުން ދިޔަ މަސައްކަތް އޭނަގެ ލޯމަތިން ވެސް ދޭތެރެދޭތެރެއިން ފާޅުވަމުން ދިޔައެވެ. އަޔާޒް އެ މަންޒަރަށް ފަރުވާތެރިކަމާއެކީ ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“ސޮރީ ޤަބޫލުކުރެވޭނީ ކޮންމެވެސް ކަމެއް ކޮށްދީގެން.” އަޔާޒް އޭނަގެ އަތް ބިންމަތިން ނަގައި ސީދާވެލަމުން ބުނެލިއެވެ.

 

“ކް…ކޮންކަމެއް؟” މަލާކް އެހެން ބުނެލި ހިނދުވެސް ހުނުން މައިތިރިކުރަން އޭނަ އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. އޭނައަށް ބާރު ނުފޯރުވޭ އެ ޤައިދުގައި ވަނިކޮށް ކުއްލިއަކަށް އަޔާޒް ކަކޫ މައްޗަށް ތެދުވެ އޭނައާއި ކައިރިއަށް ޖެހިލަމުން އޭނަގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އެ ހިނދު މެއަށް ފިނިވެގެން ދިޔަ މަލާކް އޭނަ ހޭންޖެހެންވީ ހުރިހާ ސަބަބެއްގެ މަތިން އެއްފަހަރާ ހަނދާން ނެތުނެވެ. ކަންވީ ގޮތް ނަގައިގަނެވުނު ވަގުތު އަޔާޒްގެ މޫނުވީ އޭނަގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެ ހިނދު އަޔާޒްގެ ގައިން ދުވަމުން ދިޔަ ސެންޓު ވަހެއްގެ ސަބަބުން މަލާކްގެ މޭތެރޭގައި ނުތެޅި އޮތް ބައެއް ތެޅެން ފެށިހެން ހީވިއެވެ. ދުވަހަކުވެސް ނުކުރެވޭ އިޙްސާސްތައް ކުރެވެން ފެށި ވަގުތު މަސްތެއްގެ ތެރެއަށް އޭނަ ގެއްލެން ފެށިހެން މަލާކަށް ހީވިއެވެ.

 

އޭނަގެ އެ ޙަރަކާތުގެ މުރާދުވެސް ޙާޞިލުވެގެން ދިޔުމުން އަޔާޒަށް މިފަހަރު ހިނިތުންވެލެވުނީ އެއްމިޔަކަނުންނެވެ. އޭނަ ބޭނުން ގޮތަކަށް އޭނައަށް މި ކުއްޖާއާއި ކުޅެވިދާނެތާއޭ އޭނަގެ ހިތް ބުންޏެވެ. އެ ޚިޔާލުން އޭނަގެ ހިތް ހިސާބަކަށް ބިރުވެސްގަތެވެ. ކުރިމަތީގައި ހުރި ކުއްޖާގެ މައްޗަށް އޭނައަށް ފޯރުވޭނެ ބާރު ހިތަށް ގެނެވެމުންނެވެ. އެހެނަސް ހަމަ އެވަގުތުން އެވަގުތަށް ވެސް އަޔާޒަށް އަމިއްލަ ނަފްސާއި ވަޢުދުވެވުނެވެ. އޭނައަށް މި ކުއްޖާއާއިމެދު އެނގިފައިވާ މަޢުލޫމާތުގެ އެހީގައި އެ ކުއްޖާއަށް އެއްވެސް ކަހަލަ ދެރައެއް ނުދިނުމަށެވެ. އަދި ބަދަލުގައި އޭނައަށް ވެވުނުހާ މިންވަރަކުން އެކުއްޖާއަށް އެހީވުމަށެވެ.

 

އަޔާޒް އޭނަގެ ޚިޔާލުތަކުގައި ވަނިކޮށް ފިނިވެފައިވި މަލާކް ދެލޯ މަރައި އިސްޖަހާލި މަންޒަރު ފެނިފައި އޭނައަށް މަލާކްގެ އަތުން ދޫކޮށްލެވުނެވެ. މިވަގުތު މަލާކަށް ކުރެވެމުން ދާނެ އިޙްސާސްތައް އެނގުންވުމުން އޭނައަށް ކަރުކެހިލަމުން މަލާކާއި ދުރުވެލެވުނެވެ. އެ ހިނދު މަލާކް އިސްއުފުލާލަމުން އަޔާޒަށް ބަލާލީ ހަމައަކަށް އެޅެން މަސައްކަތް ކުރަމުންނެވެ.

 

“ސޯ ވަޓް އައި ވޯޒް ސޭއިންގް…..ސޮރީ ޤަބޫލުކުރެވޭނީ ކަމެއް ކޮށްދީގެން. މަލާކަށް އަހަންނަށްޓަކައި ކޮށްދެވޭނެ ކަމެއް އެބައޮތް.” އަޔާޒް އެހެން ބުނެލީ ހަމަ ޙަޤީޤަތުގައި ވެސް އޭނައަށް މަލާކްގެ އެހީ ހޯދިދާނެ ކަމެއްގެ މަތިން ހަނދާން ކުރަމުންނެވެ.

 

“ކޮންކަމެއް؟” މަލާކް އެނގެން ބޭނުންވެފައި ހުރިވަރުން ދެންމެ ކުރެވުނު އިޙްސާސްތަކުގެ މަތިން ވެސް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. ޖަވާބުގައި އަޔާޒް މަލާކަށް ހިނިތުންވުމެއް ދައްކާލިއެވެ.

 

މަލާކަށް ކޮށްދެވޭނީ ކޮންކަމެއްކަން މަލާކަށް ކިޔައިދިނުމަށްފަހު އަޔާޒް ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އެ ނިކުމެގެން ދިޔަ ގޮތަށް އޭނަ ދިޔައީ ދޮންބެ ކޮބައިތޯ ބެލުމަށެވެ. ކަންދިމާކުރި ގޮތުން އޭނަ ނިކުތްތާ މިނެޓްތަކެއްގެ ތެރޭގައި ދޮންބެ ދެކުދިންނާއެކީ ގެއަށްއައެވެ. އެއަށްފަހު ދެބެއިން އެކީގައި މަޝްޣޫލުވެގެން ދިޔައީ ދެބެއިން ވެގެން ހުޅުމާލޭގައި ފަށަން އުޅޭ ބޮޑު ގަރާޖެއް ހުޅުވައި ގަރާޖުގެ ޚިދުމަތްތަކުގެ ވާހަކަ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެވޭނެ ގޮތަކާއިމެދު މަޝްވަރާ ކުރުމުގައެވެ. މިގޮތުން ހަވީރުގެ އެ ވަގުތު ވެސް ހުޅުމާލެއަށް ގޮސް، އެމީހުންނަށް ލިބިފައިވި ބިމުގައި ހަދާފައި ހުރި ގަރާޖު ބަލައި އެތަނަށް ގެނެސްފައި ހުރި ކާރުތައް ބަލައި، އޭގެތެރެއިން ސެކަންޑް ހޭންޑް ކާރުތައް ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތަކާމެދު އެމީހުން މަސައްކަތަށްޓަކައި ގެނެސްފައި ތިބި މީހުންނާއި ވާހަކަ ދެއްކިއެވެ. އެދެމީހުން މާލެއަށް އަނބުރާ އައީ ޢިޝާ ނަމާދަށް ވެސް ފަހުގައެވެ. ގަރާޖު އިޝްތިހާރު ކުރުމާމެދު ވާހަކަ ދެއްކުމަށްޓަކައި އެމީހުންގެ ވިޔަފާރިތައް އިޝްތިހާރު ކުރުމުގައި އިސް ދައުރެއް އަދާކުރާ މާރކެޓިންގް މެނޭޖަރު ކަމަށްވާ މަޒުހަރު ގެއަށް ގެނެވޭނެ ވާހަކަ ގެއަށް އައި މަގުމަތީގައި ދޮންބެ ހަނދާންކޮށްދިނެވެ.

 

މަޒުހަރު އެރޭ އަޔާޒްމެންނާއި ބައްދަލުކުރަން އެމީހުންގެ ގެއަށް އައީ ކުރިން ވާހަކަ ދެކެވިފައިވި ފަދައިން 8 ޖެހި ވަގުތެވެ. އަޔާޒްގެ ދެބެއިންނާއި އެކީގައި މަޒުހަރު ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނީ ގަރާޖުގެ ޚިދުމަތްތައް އިޝްތިހާރު ކުރުމަށްޓަކައި މަޒުހަރު ހަދާފައި ހުރި ޕޯސްޓަރުތައް ދެއްކުމަށެވެ. ސޮފްޓްވެއާރއެއްގެ އެހީގައި ލެޕްޓޮޕް އެގޭގެ ސްމާޓް ޓީވީއާ ކަނެކްޓް ކުރެވިފައިވުމުން ލެޕްޓޮޕް ސްކްރީނަށް މަޒުހަރު އަޅުވަމުން ދިޔަ މަންޒަރުތައް ޓީވީއިން ފެންނަމުން ދިޔައެވެ. ނިޝާން މަޒުހަރު ހަދާފައިވި އާދައިގެ ޕޯސްޓަރުތަކަށް ބޯޖަހަމުން ދިޔައީ ނުހަނު ގަޔާވެގެން އުޅޭ ފަދައަކުންނެވެ. އެހެނަސް ހަމައެކަނި ކާރެއްގެ ފޮޓޯއެއްގެ ފުރަގަހަށް ރަތް ކުލައެއް އެރުވި ޒާތެއްގެ ފޮންޓަކުން ‘ކާރ ރިޕެއާރ’ އޭ ޖެހިފައިވި ޕޯސްޓަރަށް އަޔާޒަށް ބަލަން އިނދެވުނީ ހިތްހަމަނުޖެހިފައެވެ. އޭނައަށް ދޭތެރެ ދޭތެރެއިން ފަހަތް ބެލެމުން ދިޔައީ މީހަކަށް އޭނަ އިންތިޒާރު ކުރަމުންދާ ފަދައަކުންނެވެ. އޭނަ ތިންވަނަ ފަހަރަށް އެގޮތަށް ބަލާފައި އަނެއްކާ ކުރިމައްޗަށް ބަލާލަން އުޅުނު ވަގުތު އޭނަގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް އަޔާޒް އެދިމާލަށް ނަޒަރު ހުއްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮރުމަތިން މަލާކް ފެނިގެން ދިޔުމުން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

 

މަލާކް ކޮޓަރީގެ ދޮރު ހުޅުވާލުމުން ސިޓިންގް ރޫމުގެ ސޯފާގައި ތިބި ތިން ފިރިހެނުންގެ ނަޒަރު އޭނައަށް އަމާޒުވެގެން ދިޔުމުން މަލާކް ހިސާބަކަށް ޖެހިލުންވާ ގޮތްވިއެވެ. އެހެނަސް އަޔާޒްގެ ދޮންބެއާއި ދެން ހުރި އޭނައަށް ބީރައްޓެހި ފިރިހެން މީހާ ޓީވީއިން ފެންނަމުން ދިޔަ ޕޯސްޓަރަށް އަނެއްކާވެސް ސަމާލުކަން ދެމުން ވާހަކަ ދައްކަން ފެށި ގޮތުން އޭނައަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަޔާޒް އޭނައަށް ބަލަން އިނދެފައި ދުރު ބަލާލި ހިނދު ހިނިތުންވެލީކަން އެނގުންވި ހިނދު އޭނަ ހިތްހަމަޖެހުނީކަމެއް ނޫނީ ހިތްހަމަޖެހުން ނެތުނީކަމެއް މަލާކަށް ޔަޤީނެއް ނުކުރެވުނެވެ. އޭނަ ކޮޓަރިން ނިކުންނަން ދިޔައީ އެކަމާމެދު ވިސްނަމުން މިއަދު އޭނައާއި އަޔާޒާއި ދެމެދު ހިނގައިދިޔަ ކަންތައްތަކާއިމެދު ޚިޔާލުކުރަމުންނެވެ. އަޔާޒް ކުއްލި ގޮތަކަށް އޭނަ ކައިރި ކުރި ގޮތުން އޭގެ މާނަ ނަގަންވީ ގޮތް މަލާކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ.

 

ކޮންމެ ގޮތެއްވިޔަސް އޭނަ މިވަގުތު ކޮޓަރިން މި ނިކުތީ އަޔާޒް އޭނައަށް އެދުނު ކަމެއް ކޮށްދިނުމަށެވެ. އަޔާޒް އޭނަގެ މަޢާފު ޤަބޫލުކުރާނީ ކޮންކަމެއް ކޮށްދިނުމުންތޯ އެހުމުން އަޔާޒް ތަފްޞީލީ ޖަވާބެއް ދިނެވެ.

 

“އަހަންނާ ދޮންބެ މިއުޅެނީ ހުޅުމާލޭގަ ގަރާޖެއް ހުޅުވަން. ވަރަށް ބޮޑު އިންވެސްޓެއް ކޮށްގެން މިކަން މިކުރަނީ. އެހެންވީމަ އަސްލު ބޭނުން ވަރަށް ރަނގަޅަށް މާރކެޓްކޮށްލަން. އެކަމަކު އަހަންނަށް ކަމަކު ނުދޭ މި އަހަރު ތެރޭގަ އަހަރުމެންގެ ފިހާރަތައް މާރކެޓް ކުރަން އުޅޭ ސޮރު. އޭނަ ހަދާ އިޝްތިހާރުތައް ލޮނު މަޑު ކަމުން ކަންނޭނގެ ފިހާރަތަކުން މި އަހަރުތެރޭގަ އެހާ ލޮސްވެސް ވަނީ. އަހަރެން ބުނެބުނެ ދޮންބެ އަހަރެންގެ ބަސް ޤަބޫލެއް ނުކުރޭ. އަހަރެން ބިޒްނަސް ނުކިޔަވައޭ ކިޔާފަ. ދެން އަލުން ފެންވަރު ހުރި މާރކެޓިންގް މެނޭޖަރަކު ހަޔާރ ކުރަންވީމަ ވެސް އިތުރު ލޮސްތަކެއްވުން އެކަށީގެންވޭ. ސޯ…..މިސް މަރިޔަމް މަލާކް…ޔޫ ހޭވް ޓު ސޭވް ދަ ޑޭ…މިރޭ އަންނާނެ އެ މާރކެޓިންގް މެނޭޖަރު މިގެއަށް. އޭނަ އައިއްސަ އިޝްތިހާރުތައް ދެއްކީމަ އެއަށް ފާޑު ކިޔާލާ. މައްސަލައެއްނެތް ޕްރޮފެޝަނަލްކޮށް ނުކުރިޔަސް. ހަމަ ވަކި ސަބަބެއް ނުދައްކާ މަލާކް އެ އިޝްތިހާރު ލައިކްވާނީ އެހެން ގޮތަކަށް ހުރީމައޭ ބުނެ ވާހަކަ ދައްކާލާ. މަލާކް ބުނާ އެއްޗެހި ރީޒަނެބްލް ނުވިޔަސް ދޮންބެއަށް ނުކެރޭނެ ގެއަށް އައިއްސަ ހުރި އާ ކުއްޖަކު އެހެން ބުނީމަ ދެބަސްވާކަށް…ޕްލަސް ހީ ބިލީވްސް ޔޫ އާރ ގުޑް އެޓް އިޓް.” އަޔާޒް ބުންޏެވެ. މަލާކް ދެވަނަ ވިސްނުމެއްވެސް ނެތި އެކަން ކޮށްދިނުމަށް އެއްބަސްވީ އެއީ އޭނައަށް ނުހަނު ރަނގަޅަށް ކުރެވިދާނެ ކަމެއްކަން ޔަޤީން ކުރެވުނީތީވެއެވެ. އަދި މިއީ އޭނައަށް ލިބިފައިހުރި ހުނަރު ދައްކާލުމަށް އޭނައަށް ލިބުނު ފުރަތަމަ ފުރުޞަތުކަން އެނގުންވުމުން ވެސްމެއެވެ.

 

އެހެންކަމުން އެމީހުން ޓީވީއަށް އަޅުވާލެވިފައިވި އިޝްތިހާރާއިމެދު ވާހަކަ ދައްކަމުން ދިޔަ ވަގުތު މަލާކް ވެސް އިތުރަށް ކުރިއަށް ދަމުން އެއަށް ނަޒަރު ހުއްޓާލީ ނުހަނު ޝައުޤުވެރިކަމާއި އެކީގައެވެ. މިފަހަރު ޓީވީއަށް އަޅުވާލެވިފައިވި އިޝްތިހާރުގައި ދުވާލު ވަގުތެއްގައި ތާރު މަގުމަތީގައި ބޭއްވިފައި އޮތް އަޅިކުލައިގެ އާދައިގެ ގޮތަކަށް އޮތް ކާރެކެވެ. އެ މަންޒަރު އެގޮތަށް ހުރިއިރު ކާރު ހަދައިދޭ ވާހަކަ ތިރީގައި ލިޔެވިފައިވިއެވެ. މަލާކް އެއަށް ބަލަން އިންދާ ނިޝާން މީތި ވަރަށް ސަޅިއޭ ބުނެލި ގޮތުން މަލާކަށް ނިޝާނާއި ދިމާލަށް ހިތްހަމަނުޖެހިފައި ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ނިޝާނާއި މަޒުހަރު އެމީހުންގެ މަޝްވަރާ ނިންމާލަން އުޅުނުހެން ހީވި ވަގުތު މަލާކަށް ވާހަކަ ދެކެވުނެވެ.

 

“މީތި އަދި އިތުރަށް ސަޅި ކުރެވިދާނެ ގޮތްތައް އެބަހުރި!” މަލާކަށް އަވަސްއަވަހަށް އެހެން ބުނެލެވުނީ ހަމަ ނުހުރެވުމުންނެވެ. އެހިނދު ނިޝާނާއި އަޔާޒްގެ އިތުރުން އޭނަގެ ލެޕްޓޮޕް ލައްޕާލަން އުޅުނު މަޒުހަރަށް ވެސް މަލާކާއި ދިމާލަށް ބަލާލެވުނެވެ. އެ ތިން މީހުންނަށް ވަކިވަކިން ބަލާލި ހިނދު ހިތަށް ވެރިވި ޖޯޝާއެކީ ހިތުގެ ތެޅުން އަވަސްވެ އޭނަގެ އަތާއި ފައިން ވެސް ތުރުތުރެއް ހިނގާލިހެން މަލާކަށް ހީވިއެވެ. އެހެނަސް އޭނަ ހިތްދެރަ ނުކޮށް ވާހަކަ ދެއްކިއެވެ.

 

“ކާރު މިހާ ކައިރިން ފޮޓޯ ނެގުމުގެ ބަދަލުގަ ދުރުން ނަގާފަ ހުރި ފޮޓޯއެއް ރީތިވާނެހެން ހީވަނީ. ކާރުގެ އެއްފަރާތުން ފެންނަހެން ހުރުމުގެ ބަދަލުގަ މަގުން ދުއްވާފަ އަންނައިރު ކުރިމަތިން ނެގިފައި ހުރި ފޮޓޯއަކުން ގިނަ ކަސްޓަމާރސް ގެ އެޓެންޝަން ލިބޭނެ. ޕްލަސް ޒުވާން ކުދިންނަށް ކަމުދާނެފަދަ ވީހާވެސް ފަހުގެ ކާރ މޮޑެލްއެއް ޗޫޒްކުރުން މުހިއްމު މަލާކް ދެކޭގޮތުގަ. މީގެ އިތުރުން ބޭރު ޤައުމެއްގެ ލޮކޭޝަނެއް ޗޫޒްކުރުމުގެ ބަދަލުގަ ހަމަ މާލޭގެ ރީތި ލޮކޭޝަނެއްގެ ފޮޓޯ ނަގާފަ ހުރިއްޔާ ވެސް ކަސްޓަމަރުންނާ އެ އިޝްތިހާރު އިތުރަށް ރިލޭޓް ކޮށްދެވޭނެ. އެފަދަ ލޮކޭޝަނެއްގަ ހަދާއިރު ކާރުގެ ކައިރިން ކޮންމެވެސް ރިލޭޝަންޝިޕެއް ދައްކާފަ ޓަޗިންގް ކޯޓްއެއް ހެދިއްޔާ ވެސް އެފެކްޓިވް ވާނެ. މިސާލަކަށް ކުޑަކުޑަ ފެމިލީއެއް ދައްކާފަ ‘ހޭވް ދަ ޑްރީމް ލައިފް ޔޫ ވޯންޓް’ ކަހަލަ ކޯޓްއެއް އޮތިއްޔާވެސް ކާރު ގަތުމަށް އިތުރު ހިތްވަރެއް އެދެވެނީ. އަދި އަދި…..އަލަށް ބިޒްނަސްއެއް ފަށަންޏާ ޕްރޮމޯޝަނެއް ޖެއްސީމަ ސަޅިވާނެހެން މަލާކަށް ހީވަނީ. މިސާލަކަށް ވަކި ވަރަކަށް ޑިސްކައުންޓެއް ކަނޑައަޅާފަ މި އިޝްތިހާރުތަކުގެ ތެރެއިން އެ ޑިސްކައުންޓްގެ ވާހަކަ އެކި ގޮތްގޮތުން ދެއްކިދާނެ….” މަލާކް އެ ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދިން އިރު އޭނައަށް ހުރެވުނު ތަންވެސް އޭނަ ހަނދާން ނެތިފައިވިއެވެ. އޭނަގެ ވާހަކަތައް އަޑުއަހައި ނިމުނުއިރު އެތާތިބި ތިން ފިރިހެނުން ތިބީ އޭނައަށް ބަލަހައްޓައިގެން ބަސް ހުއްޓިފައެވެ. އެމީހުން އޭނައަށް ބަލަން ތިބިގޮތް ފެނިފައި މަލާކް ޖެހިލުންވުމަކާއެކީ ހިނިތުންވުމެއް ދައްކާލިއެވެ. މަޒުހަރާއި ދިމާލަށް އޭނަ ބަލާލީ އެ ހިނިތުންވުމާއެކީ ކަމަށްވިޔަސް މާ ގިނައިރެއް ނުވެ މަލާކަށް އެހެން ދިމާލަކަށް މޫނު އަނބުރާލެވުނެވެ. އެ ހިނދު ދިގު ސޯފާގައި އިން ނިޝާންގެ އެފަރާތުގައި އިން އަޔާޒް ނޫންކަމަށް ހަދާފައި އޭނަ އުރައިގެން ހުރި ދެއަތުގެ ތެރެއިން އެއްއަތުން ބޮޑުވާ އިނގިލި ދައްކާލިއެވެ. އެ ހިނދު މަލާކަށް ފުރިހަމައަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.

 

“އަމް….މަޒުހަރު ދެން ދާންވީއެއްނުދޯ؟ އަހަރުމެން ވިސްނާނަން ތި އިޝްތިހާރުތަކާމެދު ހަދަންވީ ގޮތަކާމެދު އަދި ފަހުން. ދެން ގޮސްލިޔަސް އެންމެ ރަނގަޅު.” ނިޝާން މަޒުހަރަށް ހިނިތުންވުމެއް ދައްކާލަމުން ބުނެލިއެވެ. މަޒުހަރު ހިނދުކޮޅަކަށް ހުރެފައި ބޯޖަހާލަމުން އޭނަގެ ލެޕްޓޮޕް ލައްޕާލިއެވެ. އަދި އޭނަގެ ލެޕްޓޮޕް ދަބަހަށް ލައި އެ ދަބަސް ހިފައިގެން ގެއިން ނިކުންނަން ދިޔައީ ދެން ވެސް އޭނަ ނުހިނގޭ ކުއްޖެއްގެ ކުރިމަތީގައި ނާޤާބިލުވެގެން ދިޔަކަން ޤަބޫލުކުރަން ދަތިވެގެން އުޅޭ ފަދައަކުންނެވެ. މަޒުހަރު ދިޔުމާއެކު ނިޝާން ކޮޅަށް ތެދުވިއެވެ. ނިޝާން މަލާކާއި ކުރިމަތިލީ ހިނދު އަޔާޒް ވެސް ތެދުވެލިއެވެ. ނިޝާން މަލާކަށް ބަލަން ހުރެފައި ހިނިތުންވެލިއެވެ.

 

“އަހަރުމެން ވިސްނާނަން މަލާކް ތި ދިން ޚިޔާލުތަކާމެދު. ވަރަށް ރީތި އައިޑިއާސްތައް އެބަހުރި މަލާކްގެ. ކުރިން މާރކެޓިންގް ކިޔަވަން ފަށާފަތަ ހުރީ ޔުނިވާރސިޓީ ލެވެލްއެއްގަ؟” ނިޝާނަށް އެހެން އަހާލެވުނީ ޤަބޫލުކުރަން ދަތިވުމުންނެވެ. އަޔާޒަށް ވެސް އެ ސުވާލުގެ ޖަވާބަށް އިންތިޒާރު ކުރެވުނީ އޭނަ ހީކުރިވަރަށްވުރެ މޮޅު ޖަވާބުތައް މަލާކް ދީފައިވުމުންނެވެ.

 

“ހެހެ….އަދި ޙަޔާތުގަ ވެސް ޔުނިވާރސިޓީއެއްގަ ފިޔަވަޅެއް ނާޅަން. އެކަމަކު މާރކެޓިންގްއާ ބެހޭގޮތުން ވަރަށް ގިނަ ފޮތްތައް ކިޔާފަ ހުރީމަ އެނގެނީ.” މަލާކް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އެހެންތަ؟ އެންމެ ރަނގަޅު. އަހަރުމެން މަލާކް ކައިރިން ވެސް އައިޑިއާސްތައް ހޯދާނަން އަހަރުމެންގެ އެޑްތަކަށް….އެންމެ ރަނގަޅުތަ؟” ނިޝާން ބުނެލިއެވެ. މަލާކް އެ ވާހަކައަށް ބޯޖަހާލީ އުފަލާއި އެކީގައެވެ. އެއާއެކު ނިޝާން ފަހު ފަހަރަށް ހިނިތުންވެލަމުން އެތަނުން ދިޔައެވެ. އެހިނދު މަލާކް ދުރު ބަލަން އިންދާ އަޔާޒް އޭނަގެ ފަހަތުން އައިސް ގޮނޑީގެ އަތްގަނޑުގައި ހިފައި އަނބުރަން ފެށުމުން މަލާކަށް ސިހުމެއް ލިބުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެއީ އަޔާޒްކަން އެނގުންވުމުން މަލާކަށް ހީލެވުނެވެ. އަޔާޒް މަލާކްގެ ގޮނޑި ދުއްވަން ފެށި ގޮތަށް ހުއްޓާލީ އެމީހުންގެ ކޮޓަރީގެ މެދާއި ހަމައަށް ދެވުމުންނެވެ. ގޮނޑި މަޑުޖައްސާލާފައި އަޔާޒް ގޮސް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އަނެއްކާވެސް މަލާކްގެ ކައިރިއަށް ދިޔައީ ތަކުރާރުކޮށް ‘ތެންކިއު’ އޭ ކިޔަމުންނެވެ. އަޔާޒް އެހެން ކިޔުނު ގޮތުން މަލާކަށް ހެވުނެއްކަމަކު އަޔާޒް އައިސް އޭނަގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވުމުން މަލާކްގެ ހުނުން ހުއްޓުމަކަށްއައެވެ. އޭނަގެ ހުނުން އެހާ ފަސޭހައިން ހުއްޓުމަކަށް އައި ގޮތުން މަލާކަށް ޙައިރާންކަމެއް ލިބުނެވެ. އެއީ ކީއްވެތޯ އޭނަގެ ހިތަށްއެރިއެވެ. އޭގެ ޖަވާބު ނޭނގުނެއްކަމަކު މަލާކަށް އެނގުނުހާ ވެސް ކަމަކީ އަޔާޒްގެ އެ ޙަރަކާތުން ވެސް މިއަދު އަޔާޒް އޭނައާއި ކައިރިވި ގޮތް އޭނައަށް ތަކުރާރުކޮށް ޚިޔާލުކުރެވެމުން ދިޔަކަމެވެ. އެ ޚިޔާލާއެކީ އޭނަގެ ސިކުނޑިއަށާއި ހިތަށް ވެރިވެގެންދަނީ މުޅިން އާ އިޙްސާސްތަކެވެ. އޭނަގެ ހުނުން ހުއްޓިގެން ދަނީ އެ އިޙްސާސްތައް ދޭހަކުރަން އޭނައަށް ނޭނގުމުން ކަންނޭނގެއެވެ. މަލާކް ވިސްނުމެއްގައި ވަނިކޮށް އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ނުވެސް ބުނަމެއްނު ތިއީ ޕްރޮފެޝަނަލް މާރކެޓިންގް މެނޭޖަރެކޭ؟ އެ ނޫންނަމަ މިރޭ މިކަން ނުކޮށް ދޮންބެ ކައިރި މަލާކް ހަޔާރ ކުރުމަށް ވަގުތުން ބުނީމުސް.” އަޔާޒް ބުނެލިއެވެ.

 

“ބުނީމެއްނު؟ އަހަރުމެން ފުރަތަމަ ބައްދަލުވި ދުވަހު؟ އަހަރެން އަސްލުވެސް މަންމަގެ ޕްރޮޑަކްޓްސްތައް މާރކެޓް ކޮށްދިނީމޭ. 4 ޔިއާރސް އޮފް އެކްސްޕީރިއެންސް!” މަލާކް 4 އިނގިލި ދައްކައި ދެބުމަ އަރުވާލަމުން ބުނެލިއެވެ. އެއާއެކު އަޔާޒް އަޖާއިބުވެގެން އުޅޭފަދައަކުން އަނގަ ހުޅުވައި އަނގަމަތީގައި އެއްއަތް އަޅާލި ގޮތުން މަލާކަށް ދެންވެސް ހެވުނެވެ. އެހެނަސް އަނެއްކާވެސް އެ ހުނުން އިތުރަށް ގޯސްނުވެ ލަސްލަހުން ހުއްޓިގެން ދިޔައެވެ.

 

“އައި ޓެލް ޔޫ މަލާކް….ޔޫ ވުޑް ޑޫ އަމޭޒިން ތިންގްސް! އަހަރެން އަހަންނަށް ވީ ވަރަކުން މަލާކަށް ޗާންސްތައް ހޯދަދޭނަން. އެ ޗާންސްތަކުގެ ބޭނުން ހިފައިގެން ތި ހުނަރު އިތުރުކުރޭ. ޑޯންޓް ލޫޒް އިޓް ފޯ އެނީތިންގް!” އަޔާޒް ބުނެލިއެވެ. އޭނައަށް އެހެން ބުނެލެވުނީ ހިތުގެ އަޑިން މަލާކަށް ކާމިޔާބު މުސްތަޤްބަލަކަށް އެދެމުންނެވެ. އަޔާޒްގެ އެ ބަސްތައް އިވިފައި މަލާކަށް ލުއި ހިނިތުންވުމަކާއެކީ އޭނައަށް ބަލަން އިނދެވުނެވެ. އޭނައަށް އެ ޒާތަށް ހިނިތުންވެވެމުން ދިޔައީ އޭނަގެ ސިކުނޑިއަށް މަސްތެއް ވެރިވެފައިވި ފަދައަކުންނެވެ. މަލާކަށް އަޔާޒްގެ އެ ވާހަކައަށް ބޯޖަހާލެވުނީ ވެސް އެ ހިނިތުންވުމުގައި ހުރެއެވެ. އޭނަގެ މޫނުމަތި އެވަގުތު ފެނިފައި އޭނަ އުޅެނީ އާވާރާވެގެންހެން އަޔާޒަށް ހީވެދާނެކަމުގެ ބިރުވެސް މަލާކްގެ ހިތުގައި އުފެދުނެވެ. އަޔާޒް އެކަމާމެދު ސުވާލެއް ކޮށްފާނެއޭ ހިތަށްއެރި ވަގުތަކީ އަޔާޒްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށި ވަގުތެވެ. އެއާއެކު މަލާކް އުއްމީދު ކުރި ގޮތާއި ޚިލާފަށް އަޔާޒް ވަކި އޭނަގެ ސޫރައަށް ގެއްލުމެއް ނެތި އޭނަގެ ފޯނު ނަގަން އަވަސްވިއެވެ.

 

އަޔާޒް ކޮޅަށް ތެދުވެ އޭނަގެ ޖިންސްގެ ޖީބުން ފޯނު ނަގައި ބަލާލިއެވެ. އެ ހިނދު ފޯނުގެ ސްކްރީނުން ފެނުނު ނަމަކުން އޭނަގެ ސިކުނޑިއަށް ވެރިވި ކަންބޮޑުވުމާއި ނުތަނަވަސްކަން އޭނަގެ އުފަލުން ނަށަމުން ދިޔަ ހިތުގެ މައްޗަށް ބާރު ހޯދިއެވެ. އިސާހިތަކު އޭނަގެ ހިނިތުންވުން ފިލައިދިޔައެވެ. އޭނައަށް ވަގުތުން ފޯނާއެކީ އެތެރެއަށް ދެވެން އުޅުނެވެ. އެހެނަސް އެއްލި ކަޅިއަކުން މަލާކް ފެނިފައި ވާހަކަ ދެކެވުނެވެ.

 

“މަލާކް….އަހަރެން އެބައަންނަން އިރުކޮޅަކުން…މުހިއްމު ކޯލެއް.” އަޔާޒް އޭނަގެ ފޯނު ދައްކާލަމުން ބުނެލިއެވެ. މަލާކަށް ވެސް މިފަހަރު ބޯޖަހާލެވުނީ ހިނިތުންވުމެއް ނެތިއެވެ. އެއާއެކު އަޔާޒް ގޮސް އެތެރޭގެ ކޮޓަރިއަށް ވަންނަންދެން މަލާކަށް ބަލަން އިނދެވުނެވެ.

 

އަޔާޒް ގޮސް ކޮޓަރިއަށްވަދެ އެނދުމަތީގައި އިށީންނަމުން އަނެއްކާވެސް ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. ސްކްރީނުގައި އޮތީ މައުވާގެ ނަން ނޫން އެހެންނަމެއް ނޫނެވެ. މައުވާއާއި އޭނަގެ ގުޅުން އައިސްފައިވި ހިސާބު ހަނދާންކޮށްލަމުން އަޔާޒަށް ފުން ނޭވައެއް ދޫކޮށްލިއެވެ. މިވަގުތު އޭނައާއި މައުވާއާއި ދެކެވިގެންދާ ވާހަކައިން އޭނައަށް އަނެއްކާވެސް އޭނަގެ ކުރީގެ ލޯބިވެރިޔާ ލިބިދާނެކަމާމެދު އަޔާޒަށް ޔަޤީނާއި ގާތްކުރެވުނެވެ. އެ ޚިޔާލުން އޭނަގެ ހިތް ކުރިން އުފާވީވަރަށް އުފާނުވިކަން އަޔާޒަށް ފާހަގަވިއެވެ. އެއީ ކީއްވެކަމާމެދު ފަހުން ވިސްނަން ނިންމަމުން އަޔާޒް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ މައު….” އަޔާޒް ދެލޯ މަރައިގެން ހުރުމަށްފަހު ލޯ ހުޅުވާލަމުން ބުނެލިއެވެ.

 

**

 

‘ސަންރައިޒް’ ގެ ޢިމާރާތުން ނިކުތް މަޒުހަރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހިގެން އުޅޭ ފަދަ އަސަރެކެވެ. އޭނަ ހީކުރީ އޭނަގެ ބޮޑުދައިތައެއް ކަމަށްވާ އަޒީޒާ މެދުވެރިވެގެން އޭނައަށް މި ލިބުނު ވަޒީފާގައި ނުހަނު ގިނަ ދުވަސް ވަންދެން އޭނައަށް ހުރެވިދާނެކަމަށެވެ. އޭނަ ހިތުން އޭނަ އެ މަސައްކަތް ކުރަމުން ދިޔައީ ވެސް ނުހަނު ރަނގަޅަށެވެ. ކުރިން އެ މަޤާމުގައި ހުރި މާރކެޓިންގް މެނޭޖަރުގެ ޚިޔާލުތައް ހޯދައިގެން އޭނަ އެކަން ކުރީ ނުހަނު ގަޔާވެގެންނެވެ. އަދި އަމުދުން ސަންރައިޒްގެ ފިހާރަތަކުގެ ތެރެއިން އެއްފިހާރައިގެ ވެރިއަކީ އެ މާރކެޓިންގް މެނޭޖަރުގެ ސަބަބުން އޭނަ ދެކެ ފަރިތަ މީހެއްވެސްމެއެވެ. އެހެނަސް މިރޭ އެ ދިމާވި ނުހިނގޭ ކުއްޖާގެ ސަބަބުން އޭނަ ޚިޔާލުކުރި މުސްތަޤްބަލު ޚަރާބުވާން އުޅޭހެން ހީވުމުން ޢުމުރުން ޒުވާން މަޒުހަރު ހުރީ ތަބީޢަތް ގޯސްވެފައެވެ. އޭނަ ޢިމާރާތުގެ ކައިރީގައި މަޑުކޮށްގެން ހުއްޓާ އޭނަގެ ފޯނު ރިންގުވާން ފެށުމުން މަޒުހަރު ފޯނު ނެގީ ގުޅަނީ ކާކުތޯ ވެސް ނުބަލައެވެ.

 

“ހެލޯ….” މަޒުހަރު ވަރުދޫވެގެން އުޅޭފަދައަކުން ބުނެލިއެވެ.

 

“ކޮބާ މަޒުހަރު ކިހިނެއްތަ؟” އެކޮޅުން އިވުނު ބަރު އަޑުން އެއީ އެއްކަލަ ފިހާރައިގެ ވެރިމީހާކަން އެނގުންވުމުން މަޒުހަރަށް ދެލޯ ބޮޑުކޮށްލަމުން ސީދާވެލެވުނެވެ.

 

“ހެހެހެ….ރަނގަޅު…” މަޒުހަރު އޭނަ ރަނގަޅުކަން ދައްކަން މަސައްކަތް ކުރަމުން ބުނެލިއެވެ.

 

“މަޒުހަރު ހެދި އިޝަތިހާރުތައް ނިޝާންމެނަށް ކަމުދިޔަތަ؟” އެކޮޅުން ސުވާލުކުރެވުނު އަޑުއިވުނެވެ.

 

“އަ..އާނ….ވަ..ވަރަށް ކަމުދިޔަ.” މަޒުހަރު ބުނެލިއެވެ.

 

“ހެހެހެ….ތިކޮޔާ ދޮގު ހަދައިގެން ލިބޭނެ ވަކި ފައިދާއެއް ނޯންނާނެދޯ؟ ވާހަކަ ދައްކާ ގޮތުން ވެސް ދޮގު ހަދާކަން އެނގޭނެވިއްޔާ….ކިހިނެއްވީ؟ ނިޝާންއަށް ވެސް ކަމުނުދިޔައީތަ މިފަހަރު؟” އެކޮޅުން ސުވާލުކުރެވުނެވެ.

 

“ނޫނޭ….ނިޝާނަށް ކަމުދިޔަ. އެކަމަކު ފާޑެއްގެ ނުހިނގޭ އަންހެން ކުއްޖަކު އަނގަ ބޭނީމަ ހުރިހާ ކަމެއް ޚަރާބުވީ.” މަޒުހަރު ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

 

“ނުހިނގޭ ކުއްޖެކޭ؟” އެކޮޅުން އަހާލި އަޑު އިވުނެވެ.

 

“އާނ….ކޮންމެވެސް މަލާކްއެކޯ. އަމިއްލަ ނަން ކިޔާފަ ވާހަކަ ދެއްކީ. ވާހަކަ ދެއްކި ގޮތުން ހީވީ 10 އަހަރު ވަންދެން މި ދާއިރާގަ އުޅެފަ ހުރީހެން.” މަޒުހަރު ކިޔައިދިނެވެ. އޭނަ އުއްމީދު ކޮށްގެން ހުރީ އަނެއްކާވެސް އެކޮޅުން އޭނައަށް ހިތްވަރު ލިބޭނެ ފަދަ ބަސްތަކެއް އިވިގެންދާނެ ކަމަށެވެ. އެހެނަސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ކުއްލިއަކަށް އެ ފޯނު ކެނޑިގެން ދިޔުމުން މަޒުހަރަށް ސިހުމެއް ލިބުނެވެ. ޤަބޫލު ނުކުރެވިފައި އޭނައަށް ތަކުރާރުކޮށް ހެލޯއޭ ކިޔާލެވުމުން ވެސް އެކޮޅުން ޖަވާބެއް ނުލިބުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ލޯބިވަން ޔާރާއޭ 04

Next

ބުނެދޭށޭ ރުހެމޭ 79

Next
October 9, 2019

ބުނެދޭށޭ ރުހެމޭ 79

Previews
October 8, 2019

ލޯބިވަން ޔާރާއޭ 04

22 Comments!

  1. Anne says:
    October 9, 2019 at 5:45 pm

    Love the way the story unfolds.
    Always waiting for the new part

    1. Jana says:
      October 11, 2019 at 5:16 pm

      hehe…that’s the one thing i’ve been working on for the past few years Anne. To be able to gradually unfold the secrets in the story. I’m particularly happy with how i am able to do that in this story but i still feel that i can do better 🙂 Alhamdhulillah! (All praise and thanks belong to Allah) <3

  2. sama says:
    October 9, 2019 at 5:57 pm

    Vv Reethi mi Part Ves
    thankolheh Lahy up kuraaleh
    but good luck
    hehe
    anyways
    when next part

    1. sama says:
      October 9, 2019 at 5:58 pm

      And I’m first dho

    2. Jana says:
      October 11, 2019 at 5:17 pm

      sama mee midhuvaskolhu emme effective koh jana ah vaahaka genesdheveyne rate ingey? miavvure avas kuran vejjeyya hama nuliyevifa onnaany. hehe….Alhamdhulillah! Next part sunday ga In Sha Allah <3 ^_^
      Sama second.

  3. jiji says:
    October 9, 2019 at 6:16 pm

    ?Me second dhw..will comment after reading ingey

    1. jiji says:
      October 10, 2019 at 10:34 am

      malaak ge aslu dad kahneyge dhw eyaky…Ehnve hen hyvany foanu kandaaly.. anyways story hama obi ingey jana dearrr..I’m waiting for the next <3

    2. Jana says:
      October 11, 2019 at 5:18 pm

      ey malaak ge bappa hentha jiji ah heevany? balamaa dho. hehe…In Sha Allah next part sunday ga 🙂

  4. Thihu says:
    October 9, 2019 at 8:17 pm

    Me 4th dhw.. Vrh salhi ??

    1. Jana says:
      October 11, 2019 at 5:19 pm

      Labba Thihu 😀 Alhamdhulillah! <3 🙂

  5. Flower says:
    October 9, 2019 at 8:47 pm

    Baleege hageegai hoodhaafa hurikan faahaga kurevey mibai vex v reethi mi vaahakaige sababun cerebral palsy akee konkahala bayyeh kan meehunah ingigendhaanekamah ummeedhu kurevey meehunge medhuga maa aanmu bayyeh noon v ma

    1. Jana says:
      October 11, 2019 at 5:32 pm

      Flower dhanna meehaku cerebral palsy hunnanytha? 🙂 hunnanya mi vaahaka hissa kohladhehchey. eyrun varah bodu encouragement akah vegen dhaane In Sha Allah.
      Aslu jana ahves kureega heevefa othy varah rare condition eh kamah cerebral palsy aky. ekamaku jana doctor akaa vaahaka dhakkaaleema e khiyaalu badhaluvy. e doctor buni gothuga emme rashakun ves cerebral palsy ge 50 cases fenifa hury. visiting doctor akah emme rashakun 50 cases fenuniyya fudheyvarakah significant dho? jana kahala ehaa meehun nudhanna meehakah ves personally engey cerebral palsy ge 4 case. ADHD aa autism haa common nuvedhaane. ekamaku aharumen heekuraahaa madheh ves noon. jana kureege comment egga kiyaidheefa hunnaane keevvekan cerebral palsy aa beheygothun ehaavarah nuiveny. gina faharu hama diagnose nuve hunnany. hama ekani ufanvaairu ves faiga ‘massala’ hunna kudhin ge gothuga label vefa thibeny. ekamaku mi vaahakain jana dhakkuvaidheyn beynunvany ey hama ekani faige massala eh noonkan. aslu e bali hunna kudhinnah ves mi alaamaaiythah engunyma amilla nafsah kuraa ithubaaruves hunnaany. ehen noony heevaany dheythere dheytherein sissaigen dhiyumaa baeh harakaaiythah nugenevumaky ekudhinge naaqaabil kamuge sababun vaakamehhen. eyge badhaluga ey bayyegge sababun vaakamekkan engi madumadun rangalhu kurevidhaane kamehkan engunyma ekudhinnah varah bodu hiyvvareh libigen dhaane In Sha Allah. ehenveema aslu mi vaahaka cerebral palsy huri zuvaan kudhin ge ithurun cerebral palsy huri kudhinge beleniverinnaa hama ah ves mi vaahaka foarukohdheyn beynunvany. ekamkuga thiya kiyuntherin jana ah eheevedheyne kamah ummeedhukuran In Sha Allah 🙂

      *sorry for long comment*

  6. ®@@ñ! says:
    October 9, 2019 at 10:13 pm

    Varah reethi mi part vx ♥️♥️♥️?? alhey miadhu thankolheh laa v dhw Ehnyya up kuraa varah vure…….. Anyway v ufaavejjeh up v …..

    1. Jana says:
      October 11, 2019 at 5:39 pm

      hehe….jana baeh dhuvasdhuvahu haveeruves up kuramey ingey. 😀 ey eyge kuree dhuvahu beynunvaa hisaabah nuliyevi othiyya. abadhuves balan veehaaves avahakah up kureveytho In Sha Allah. Alhamdhulillah! <3

  7. Xaaan says:
    October 10, 2019 at 10:34 am

    Masha Allah mipartves vvvvvvvvvvvv reethi waiting next part

    1. Jana says:
      October 11, 2019 at 5:42 pm

      Alhamdhulillah! 😀 next part sunday ga In Sha Allah 🙂

  8. Lilly says:
    October 10, 2019 at 12:41 pm

    Ayaz malaak ah dhera eh nudheichey….Ayaz mauva mathin hadhaan nahthaalaafa Malak dheke loabi vevey nama dhw…mauvaa ge hageegei avahah ayaz ah ingi bala….Ayaaz are malaak dhuru nukuruvaathi ingey..Mi part varah reethi..Maa sha Allah…Waiting for the next part

    1. Jana says:
      October 11, 2019 at 5:45 pm

      Dho dho? ekamaku ehaa faseyhain mi Ayaz Mauva mathin handhaan nahthaalaanehen Lilly ah heeveytha? balamaa dho In Sha Allah? 😀 Next part sunday ga In Sha Allah <3

  9. Jasmine says:
    October 11, 2019 at 2:02 pm

    Masha allah mi part ves varah furihama next part avahah up kohlachey

    1. Jana says:
      October 11, 2019 at 5:46 pm

      Alhamdhulillah! In Sha Allah next part sunday ga 🙂

  10. Jana says:
    October 11, 2019 at 5:52 pm

    Assalaam’alaikum. Jana varah bodah maafah edhen midhuvaskolhu hurihaa comment thakah reply nukureveythy. thankolheh kurin kommeves eh kiyuntheriaku jana aai vaahaka dhakkaalan beynunvaa vaahaka oiy comment akahves reply nukurevi oiy kan handhaanvy miadhu. aammukoh varah busy koh ulhemun comment thah kiyaalany ves. ehenve migothah mi dhimaavy.

    Anyways jana aa vaahaka dhakkaalan beynunvaa kiyuntheriaku huriyya jana ah mail kollun edhen.

    mail id: [email protected]

    komme reaku effaharu jana mail check kuraanan In Sha Allah. 🙂

    ehen noony mi page ah msg kureema ukhtheh viyya jana reply kuraanan In Sha Allah. 🙂

    https://www.facebook.com/Asr-1445208739121696/?ref=bookmarks

  11. Shaanee says:
    January 27, 2020 at 1:54 pm

    masha allah v vreethi mibai ves

Comments are closed.

Next Episodeވަޢުދު (ނަވާރަވަނަ ބައި)←


All Right Reserved!