Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ހަތަރުވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 11, 2019 6 Mins Read
12 Comments

ޝްޝްޝް. ޝާރިމް ކަހަލަ މީހަކަށްޓަކައި އައިރާގެ އަގުހުރި ކަރުނަތައް ހުސްނުކުރޭ” ޔާޒް ނުހަނު އޯގާތެރިކަމާއެކު އައިރާގެ ކަރުނަތައް ފުހެދިނެވެ. އައިރާ ޔާޒްގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން ދުވަހަކުވެސް އޭނާގެ ހަޔާތުން ޝާރިމްއަށް ޖާގަ ނުދޭން ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.
މެންދުރުފަސް އެކީ ޔާޒް އުޅުނީ އައިރާއާއެއްކޮށެވެ. އައިރާމެން ގެއިން މެންދުރު ކައިގެން ދެމީހުން ބޭރަށް ދިޔައެވެ. ސައިކަލުގައި މުޅި ހުޅުމާލޭގައި ދުއްވާފައި ޔާޒް އައިރާ ގޮވައިގެން އައިސްކްރީމް ބޯންދިޔައެވެ.
އައިރާ އައިސްކޯން ހިފައިގެން ހުޅުމާލެ ބީޗް ތެރެއަށްވަނެވެ. ޔާޒްވެސް އައިރާ ފަހަތުން ވަނެވެ. އައިރާ ގޮސް އިށީނީ ކިރިޔާ ރާޅު ނުޖެހޭ ހިސާބު ދޮންވެލިގަނޑުމަތީގައެވެ. ދޮންވެލިގަނޑާ މޫދު ފެނުމާއެކު ކުއްލިއަކަށް ޔާޒް ނަވާރް މަތިން ހަނދާންވިއެވެ. ނަވާރްގެ ޚިޔާލު ތަކުން އޭނާގެ މުޅި ސިކުނޑި ގައިދުކޮށްލިއެވެ. ކުރިއަށްދާން ނޭންގިފައި ހުރެވުނެވެ.
ވާހަކަ ދައްކާ ދައްކާ ޔާޒްގެ ޚަބަރެއް ނުވުމުން އައިރާ ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު އެއް މިޔައަކަށް ހިނިތުންވެލައިގެން އެއް ދިމާލަކަށް ގެއްލިފައި ޔާޒް އިނެވެ. އައިރާގެ ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. “ހޮއެހޮއެ ކާކުގެ ޚިޔާލެއްގަ؟” ޔާޒްގެ ކަންފަތް ދޮށުގައި ލާނެއް ގޮތަކަށް އައިރާ ބުންޏެވެ. ޔާޒް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އައިރާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުރިއަށް ހިނގައިގަތެވެ.
***
ދެތިން ހަތަރު ފަހަރު އަލްޔަސްގެ ކުޅުން އަލައިކާ ބެލިއެވެ. ފަހަކަށް އައިސް އެފެންވަރުގައި ކުޅެލާ ކުޅުންތެރިން ވަރަށް މަދެވެ. އަލްޔަސްގެ މޮޅު ކުޅުމުން އަލައިކާ ހައިރާންވިއެވެ. އަލްޔަސް ކުރިން ކުޅެފައި ހުރި މެޗުތައްވެސް އަލައިކާ ބެލިއެވެ. ކޮންމެ މެޗަކުންވެސް އަލްޔަސްގެ ކުޅުން ކުރިއަރާތަން ފެނެއެވެ. އެއް މެޗުގައި ހަދާ ގޯސް މަދުން ނޫނީ ތަކުރާރުނުވެއެވެ. އަލްޔަސް ލީގުގައި ކުޅޭތާ އަހަރެއްވެފައިވާއިރު ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ނާރަނީ ކީއްވެބާއޭ އަލައިކާގެ ހިތަށް އެރިއެވެ. ޔޫއާން ބުނިފަދައިން އަލްޔަސްއަކީ އާރާޝް ކަހަލަ ‘ސެލެބްރިޓީ”އެއްގެ ދަރިއަކަށް ނުވުމުންކަން އަލައިކާއަށް ވިސްނުނެވެ.
އަލައިކާ ކޮޓަރިން ނުކުމެގެން ގޮސް އިޝްމާއާ އަކްމަލްގެ ކޮޓަރީގައި ޓަކި ދިނެވެ. އިޝްމާ ވަންނާށޭ ބުނުމުން އަލައިކާ އެތެރެއަށްވަނެވެ. އޭރު އަކްމަލްއާ އޭނާގެ ސާދައަހަރުގެ ފިރިހެން ދަރިފުޅު އިޝަލް ފީފާ ކުޅެން ތިއްބެވެ. އަލައިކާ ޓެބް ހިފައިގެން ގޮސް އިޝްމާ ގާތަށް އެނދަން އެރިއެވެ. “ދޮންތި އަދިވެސް ހާދަ ބޭބީއޭ. ހަމަ އަންނަ ގޮތަށް އައިސް މަންމަ ކައިރިއަށް އެނދަން އަރާނެ ކޮންމެ ފަހަރަކު” ޓީވީން ނަޒަރު ވަކިނުކޮށް އިޝަލް އަލައިކާއާ ދިމާކޮށްލިއެވެ. އަލައިކާ އިޝަލްއާ ދިމާއަށް ލޯއަޅާލިއެވެ. ތުން އަނބުރާލަމުން ތޫލިއަޑަކުން ޑެޑީއޭ ކިޔާ އަކްމަލްއަށް ގޮވިއެވެ. ގޭމް ޕޯސްކޮށްފައި ކިހިނެއްވީތޯ އަކްމަލް އެހިއެވެ. އިޝަލްއަށް އެއްބުމަ ހިއްލާލަމުން އަލައިކާ ޓެބްލެޓް ހިފައިގެން ސޯފާގައި ގޮސް އިށީނެވެ. “ޑޭޑް ޑޫ ޔޫ ނޯ ހިމް؟” އަކްމަލް ބޯޖަހާލީ އަލްޔަސްއަކީ އޭނާއަށް އެނގޭ ކުޅުންތެރިއަކަށްވީމައެވެ. އަލައިކާ އަލްޔަސްގެ ކުޅުން އަކްމަލްއަށް ދެއްކިއެވެ. އަލްޔަސްގެ ކުޅުން ބަލާފައި އަކްމަލްވެސް އަޖައިބުވިއެވެ. “ވޯވް. ކީއްވެތަ މި ކުއްޖާ މީހުންގެ ލޮލުގަ އަޅައިނުގަނެ މިހުންނަނީ؟ މެޗަކަށްފަހު މެޗެއްގަ އިމްޕްރޫވްވޭ އެބަ. ވޯކްރޭޓްވެސް އެހާ ހައި. މަގޭ ލޮލުގަވެސް މިސޮރުގެ ކުޅުން އެހާ އަޅައެއް ނުގަނޭ ކުރިންނެއް. އަލްކޮ ޔޫ އާ ޖީނިއަސް. ތޭންކްސް. ދެން އަންނަ ޓްރާންސްފާއެއްގެ އެންމެ ބޭނުންވަނީ މި ކުޅުންތެރިޔާ. އަލްކޮއަށް މިސޮރާ ބެހޭ ގޮތުން ލިބިފަ ހުރި ހުރިހާ އިންފޮމޭޝަންއާ ވީޑިއޯތައް ބައްޕައަށް ފޮނުވަދީ އިނގޭ”
ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި ފުޓުބޯޅަ ކެރިއަރު ނިންމާލުމަށްފަހު އަކްމަލް ކޯޗިންގެ ދާއިރާއަށްވަނެވެ. އަކްމަލް ހަވާލުވީ ނުރަނގަޅު ހާލަތެއްގައި އޮތް ހއ އަތޮޅުގެ ޓީމަށެވެ. ޒުވާން ކުޅުންތެރިން ތަކަކާއެކު ލީގުގައި ވާދަކޮށް ރަނގަޅު ނަތީޖާއެއް ނެރުނެވެ. އަލަށް ކޯޗިންގެ ދާއިރާއަށް ނުކުމެ ނެރެދިން ނަތީޖާތަކަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުގެ ތައުރީފު އަކްމަލްއަށް ލިބުނެވެ. ޓީމާއެކު ހޭދަކުރި ދުވަސްތަކުގައި ޒުވާން ކުޅުންތެރިންގެ އިހްތިރާމާ ލޯބި އަކްމަލް ވަނީ ހޯދާފައެވެ. އަދި ގިނަބަޔަކު ފާހަގަކުރާ ގޮތުގައި އަކްމަލްއަކީ ކުޅުންތެރިންނާ ގުޅިގެން ހިކުމަތްތެރި ކަމާއެކު މަސައްކަތް ކުރާ ކޯޗެއް ކަމެވެ.
****
މަގުމަތިން ފޮށި ދަމަމުން އައި ޔޫސުފްއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެމުން ދިޔައެވެ. ކަޅު ސްކިނީއަކާ ރަތްކުލައިގެ ހޫޑިއެއް ލައިގެން  ހުރިއިރު އޭނާގެ ދެލޯ ވަނީ އެންމެ ފެންވަރުގެ އަވި އައިނަކުން ފޮރުވާފައެވެ. މީހުންގެ ނަޒަރުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޔޫސުފް ގޮސް ކާޑު ޖަހައިގެން ދޮރާށިން އެތެރެއަށްވަނަވެ.
ޔޫސުފް ގެއަށް ވަނުމާއެކު މާނީއާ މިންހާ ހީވީ އޭނާ ކާލަންއުޅުނު ހެންނެވެ. އާރާޝް ހަމަޖެހިލައިގެން ސޯފާގައި އިށީންދެގެން ހެވިފައި އިނެވެ. “ދަރިފުޅު އަންނާނެ އިރަކަށް ހާދަ އިންތިޒާރުކޮށްފީމޭ. އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ މައި ބިއުޓިފުލް ލިޓްލް ބޯއި” ޔޫސުފްގެ ނިއްކުރީގައި މާނީ ބޮސްދިނެވެ. މާނީގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަމުން ދިޔައެވެ. “މޯމް އައި ލަވް ޔޫ. މަންމަގެ ހެލްޕް ނުލިބުނު ނަމަ މިހާ ހިސާބަކަށް ނާދެވުނީސް” މާނީ ގައިގައި ބައްދާލަމުން ޔޫސޫފް ބުންޏެވެ.
ޔޫސުފް ކޮޓަރިއަށް ވަދެ ފޮށި ކޮޓަރީގެ އެއްފަޅީގައި ބަހައްޓާފައި ޔޫސުފް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ތަނަވަސް އެ ބޮޑު ކޮޓަރިގައި ވަނީ ނޫ ކުލަ ލާފައެވެ. ކޮޓަރީގެ އެއްފަރާތުގައި ކަޅު ކުލައިގެ ބޮޑު އަލަމާރިއެއް ހުރިއިރު އަލަމާރީގެ ކުރިމައްޗަށް ވާގޮތަށް ކިންގް ސައިޒްގެ ބޮޑު އެނދެއް ހުއްޓެވެ. އެނދުގެ އެއް ފަރާތެއްގައި ސައިޑް ޓޭބަލް ބަހައްޓާފައި ހުއްޓެވެ. ކޮޓަރިން ނިކުމެވޭގޮތަށް ކުޑަ ބެލްކަންޏެއްވެސް ހުއްޓެވެ. ބެލްކަނީގެ ދޮރުގައި ހުދުކުލައިގެ ދޮރުފޮތި ދަމާފައި ހުއްޓެވެ. ކޮޓަރީގެ ފާރު ތަކުގައި އެކި ކުލަބުތަކުގެ ލޯގޯއާ މަޝްހޫރު ކުޅުންތެރިންގެ ޕޯސްޓަރުތައް ހަރުކޮށްފައި ހުއްޓެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އެނދުގައި ޖެހުމާއެކު ޔޫސުފްގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރުނެވެ.
****
ސްކޫލުން އައިސް ނިދިގޮތަކަށް ނަވާރްއަށް ހޭލެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އަވަހަށް ތެދުވެގެން އަސުރުނަމާދުކުރިއެވެ. ސިޓިން ރޫމަށް ނުކުތްއިރު އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ހަމްދާ ފެންނަން ނެތުމުން ފުން ނޭވައެއް ދޫކޮށްފައި ނަވާރް ގޮސް ބަދިގެއަށް ވަނީ ބަނޑުހައިވެފައި ހުރުމުން އެއްޗެއް ކާށެވެ. ތަށްޓަކަށް ބަތާ ރިހަ އަޅައިގެން އައިސް މޭޒުމަތީ ބައިންދާފައި ފެންއަޅައިގެން ނަވާރް އިށީނެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ނަވާރް އާންމުކޮށް ކާވަރަށްވުރެ ގިނައިން ކެވުނެވެ. ކައިނިމިގެން ތަށިތައް ދޮވެފައި ކޮޓަރިއަށް ދާންވެގެން ހަމްދާމެން ކޮޓަރި ދޮރުމައްޗަށް އެރިވަގުތު ހަމްދާއާ ނާފިއު ޒުވާބުކުރާ އަޑުއިވުނެވެ. ގޯސްކަމަކަށް ވިއަސް ނަވާރް ދޮރުގެ ކައިރީ ކުޑަކޮށް ނިވައިވެގެން އަޑުއަހަން ހުއްޓެވެ. ކަންފަތަށް އިވުނު ބަސްތަކުން ނަވާރްގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. ބޮލަށް އެނބުރުން އަރައިގަނެގެން ވެއްޓެން އުޅޭހެންވެސް ހީވިއެވެ. “ބުނަން ނާފިއު އަހަރެން ލޯބިން ކަންތައްކޮށް ދޭކަށް އެނަވާރް އެއީ އަހަރެމެންގެ ދަރިއެއްވެސް ނޫން. އަހަންނަކަށް ނޭންގުނު ނާފިއު އޭނާއާމެދު ތިހާ ކަންބޮޑުވަނީ ކީއްވެކަމެއް!”
ނަވާރް ކަންފަތް ދޮށުގައި ތަކުރާރުކޮށް ގުގުމަމުން ދިޔައީ ހަމްދާގެ ބަސްތަކެވެ. އޭގެ ފަހުން ނާފިއުއާ ހަމްދާއާ ދެމެދު ދެއްކި އެއްވެސް ވާހަކައެއް ނަވާރްއަކަށް ނީވުނެވެ. ބޮލުގައި އަތް އަޅައިގެން އިނދެ ނަވާރް ބެލީ އެތަނުން ދެވޭތޯއެވެ. ނަވާރްއަށް އޭނާގެ ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. ބިންމައްޗަށް ތިރިވި ގޮތަށް އަޑުން އަޑު ނަގައި ރޮއެ ގަނެވުނެވެ. ބުނެދޭން ނޭންގެ ރިހުމެއް އޭނާ ހިތުތެރޭގައި ވިއެވެ. އެތައް ހާސް ފަހަރަކު ހިތް ފޮތިފޮތި ވާހެން ހީވިއެވެ.
****
އިރުއޮއްސެން ފެށިއިރު ވާރޭ ވެހެން ފެށި ގޮތަށް ހުއްޓާނުލައެވެ. ހަވީރު ގެެއަށް އައިސް ނިދިގޮތަށް ޔޫސުފްެއަށް ހޭލެވުނީ މާނީ ގޮވުމުންނެވެ. ރަނގަޅަށް ނިދި ހަމަނުވާތީ ޔޫސުފް އަދިވެސް ބޭނުންވީ ނިދާށެވެ. އެހެނަސް މަޣްރިބް ނަމާދުނުކޮށް ހުރުމުން ކަންނެއްވެފައި ވެސް ތެދުވިއެވެ.
މަޣްރިބާއި އިޝާކޮށްގެން އަނެއްކާވެސް ޔޫސުފް އެނދަށް އެރިއެވެ. ބާލިސް ދަށުގައި އޮތް ފޯނު ނަގާބެލިއިރު ޔާޒް އަލައިކާ އަދި އައިރާގެ އެތައް މިސްޑް ކޯލް ތަކެއް ހުއްޓެވެ. ވަގުތުން މުޅި މީހާގެ ނިދިފިލައި ޔާޒްއަށް ގުޅާލިއެވެ.
ޔާޒް އެދުނީ އަލައިކާމެން ބަޔަށް ދިއުމަށެވެ. ޔޫސުފް ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން މާނީގާތު ބުނުމަށްފަހު އަލައިކާމެން ބަޔަށް ދިޔައެވެ.
ބެލް ޖެހުމާއެކު ދޮރުހުޅުވީ އިޝްމާއެވެ. ހިނިތުންވެލާފައި އެތެރެއަށް ވަންނަން ބުންޏެވެ. އަދި ޔޫސުފްގެ ކުޅުމަށް ތައުރީފުކޮށްލިއެވެ. ޔޫސުފް ރަކިވެފައި ޝުކުރު އަދާކުރިއެވެ. އަލައިކާމެން ތިބެނީ އަލައިކާގެ ކޮޓަރީގައިކަން އެނގޭތީ ޔޫސުފް އަލައިކާ ކޮޓަރިއަށް ދިޔައެވެ. ޓަކި ޖަހާލައިފައި އަލައިކާ ވަންނަން ބުނުމުން ޔޫސުފް ވަނެވެ.
އައިރާއާ ޔާޒް ފޯނާ ކުޅެން އެނދުގައި ތިއްބެވެ. އަލައިކާ އިނީ ލެޕްޓޮޕް ހިފައިގެން ކޮންމެސް އެއްޗެއް ލިޔާށެވެ. ޔޫސުފް ވަނުމާއެކު އެންމެންގެ ސަމާލުކަން އޭނާއަށް ދިނެވެ. އައިރާ އެނދުން ތެދުވެގެން ދުވެލާފައި އައިސް ޔޫސުފްގެ ދެކޮލުގައި ހިފައިގަތެވެ. “އޯނނ ޔޫސީ. ކޮންގްރާ” “އައިރާ ސްޓޮޕް ކޯލިން މީ ޔޫސީ” ޔޫސުފް އައިރާއާ ދިމާއަށް ކަޅި އަޅާފައި އައިރާގެ އަތް ދުރުކުރިއެވެ. އޭނާ ހަނދާން ހުންނަން ފެށީންސުރެ އައިރާ އޭނާއަށް ކިޔަނީ ޔޫސީއެވެ. ކުޑައިރު އެހެން ގޮވުމުން އުފާވިއަސް ފަހަކަށް އައިސް އޭނާ ގާތަށް ރުޅިއާދެއެވެ. އައިރާއަށް އެކަން އެނގޭތީވެ އޭނާ ރުޅި އަރުވަން އެހެން ކިޔަނީއެވެ. ޔޫސުފް މޫނަށް އެރި ކުލަވަރުން އައިރާއަށް ހެވުނެވެ. “މިހާރު ޔޫސުފްވެސް އެއޮަށް އައީ. ދެން ތިބުނަން އުޅޭ އެއްޗެއް އަވަހަށް ބުނެބަ!” ލެޕްޓޮޕް ލައްޕާލުމަށްފަހު ހުރިހާ ސަމާލުކަނެއް އޭނާގެ އެކުވެރިންނަށް އަލައިކާ ދިނެވެ.
އައިރާ ފުންނޭވައެއް ދޫކޮށްފައި ޔާޒްއަށް ބަލާލިއެވެ. ޔާޒް ބޯޖަހާލަމުން އައިރާ އަތުތެރެއަށް އޭނާގެ އަތް މަހާލިއެވެ. ފާޑަކަށް އަނގަ ހުޅުވިފައި ޔޫސުފްއާ އަލައިކާ އެމަންޒަރު ބަލަން ތިއްބެވެ. “ތި ދެމީހުން ޑޭޓް ކުރަނީތަ؟” މޫނަށް ވައްތަރެއް ޖައްސައިގެން އިނދެ އަލައިކާ އަހާލިއެވެ. ޔާޒްއާ އައިރާ އެއްފަހަރާ ނޯއޭ ބުންޏެވެ. “އައި އޭމް ސިންގަލް. ޝާރިމްއާ ބްރޭކް އަޕް ވީ މިއަދު. އައި ބްރޯކް އަޕް” ކުޑަކޮށް ހިނިތުންވެލަމުން އައިރާ ބުންޏެވެ. އަލައިކާއާ ޔޫސުފްއާ އެއްފަހަރާ ފައިނަލީއޭ ބުންޏެވެ. “ސިސީ ޔޫ ޑީޒާރވް ސަމްވަން ބެޓާރ ދޭން ހިމް. އައި އޭމް ރިއަލީ ހެޕީ ފޯރ ޔޫ!” ޔޫސުފް ކުޑަކޮށް އައިރާ ގައިގައި ބައްދާލިއެވެ. ހަގީގަތުގައި އެމީހުން އެކަކުވެސް ޝާރިމްއާއެކީ އައިރާ އުޅޭކަށް ބޭނުނެއްނޫނެވެ. އައިރާ އަމިއްލައަށް ވިސްނިގެން ޝާރިމްއާ ދުރުވޭތޯ އިންތިޒާރުކޮށްގެން ތިބީއެވެ.
“ޓްރީޓް އޮންނަން ވާނެ އިނގޭ. ސިންގަލް ވީމަ!” އައިރާ ކޮނޑަށް އަތް ވައްޓައިގެން އިނދެ އަލައިކާ އެއްލޯ މަރާލިއެވެ. ޔާޒް މެރޭ ދާން ހިނގާށޭ ބުނުމާއެކު ވާރޭއެބަ ވެހެޔޭ ޔޫސުފް ބުންޏެވެ. “ކާރުގަ ދާން ހިނގާ މަޖާވާނެ. ކުޑަކޮށް ތެމިލައިގެން އަންނާނީ” އައިރާ ނިކަން ފޯރިއާއެކު ބުންޏެވެ. އަލައިކާ ކުޑަކޮށް ވިސްނަން އިނެވެ. “އުމް. އައި ކާންޓް ގޯ. އެބައޮތް ރިޕޯޓް އެއް ނިންމަން” ކުޑަކޮށް ތުންދަމާލަމުން އަލައިކާ ބުންޏެވެ. “އޯހޯ އަލް ކޮންމެހެން އެކްސްކިއުޒް ދައްކާނެ ކަމެއްނެތް ހަމަ އަހަރުންނާއެކީ ދާން ޖެހޭނީ. އައިސަ ތިލިޔާ އެއްޗެއް ލިޔޭ. ހަމަ މިހާރު ދޭ ރެޑީވާން” އަލައިކާ ނުދާން އުޅުމުން ޔޫސުފް ވަގުތުން އިންކާރުކުރިއެވެ. ޔޫސުފްއައި އެއްބައިވެގެން ޔާޒްއާ އައިރާވެސް ކިޔަން ފެށުމުން އަލައިކާ ދާން އެއްބަސްވިއެވެ. އެންމެން ނިކުތުމުން އަލައިކާ ތައްޔާރުވަން ފެށިއެވެ. ކަކުލާހަމައަށް އަންނަ ފިޔާތޮށި ކުލައިގެ ހެދުމަކާއެކު ކަޅު ސްކިނީއަކާ ކަޅު ޝޯލެއް އަޅައިގެން ތައްޔާރުވިއެވެ. ލޮލުގައި އަނދުން ފިޔަވާ އިތުރު މޭކަޕެއް ނުކުރެވެއެވެ. ހިތްހަމަ ޖެހޭ ގޮތަށް ޝޯލް އޮޅާލެވުމުން ގަޔަށް ސެންޓުކޮޅެއް ޖަހާފައި އަލަމާރީގައި އަޅުވާފައި އިން ކުޑަ އަތްދަބަސް ކޮނޑުގެ ހުރަހަށް އެޅައިގެން ކޮޓަރިން ނިކުތެވެ.
އިޝަލް ޔޫސުފްއާ އެތައް ސުވާލެއް ކުރިއެވެ. އިޝަލްއެކޭ ނޫސްވެރިއެކޭ ތަފާތެއް ނެތެވެ. އިޝަލް ކުރާ ބައެއް ސުވާލުތައް މަޖާކަމުން ޔާޒްއާ އައިރާއަށް ހެވެއެވެ.
އަލައިކާ ނިކުތުމާއެކު އިޝަލް ސުވާލުކުރުން ހުއްޓާލިއެވެ. ޔޫސުފްއާ އަނެއް ދެކުދިންވެސް ސޯފާއިން ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތެވެ. “މަންމާ އައިރާމެންނާއެއްކޮށް ބޭރަށް މިދަނީ” ބަދިގޭގައި އުޅުނު އިޝްމާއަށް އަޑުއިވޭވަރަށް ބުނެފައި އަލައިކާވެސް ނިކުތެވެ.
ޔާޒް އެންމެންނަށް ވުރެއް ކުރިން ތިރިއަށް ފޭބީ ގަރާޖުން ކާރު ނަގަންށެވެ. ތިރިއަށް ފޭބިއިރު ނަވްޔާއާ މާއިޒް ލިފްޓްކައިރީ ތިއްބެވެ. އެދެމީހުން ނުފެންނަ ކަމަށް ހަދާފައި ޔާޒް ދާންއުޅުނެވެ. އެހެނަސް މާއިޒް ގޮވާލުމާއެކު މަޑުކުރަން ޖެހުނެވެ. “ދަރިފުޅާ މިއަދު އެއާޕޯޓުން އައިސް ގެއަށް ވަދެލާފައި ނިކުތް ގޮތަށް އެއްފަހަރުވެސް ގެއަށް ނާދޭ. މަންމަ ގުޅީމަ އެންމެ ކުޑަމިނުން ފޯނުވެސް ނުނަގާ. މެސެޖަކުންނަމަވެސް ކޮންތާކުތޯ ހުރީ ބުނާނަމަ މަންމަ ކަންބޮޑެއް ނުވާނެއްނު!” މާޔޫސްކަމާއެކު ނަވްޔާ ބުންޏެވެ. މާއިޒްވެސް ނުރުހިފައި ޔާޒް ގާތު އުޅޭތަނެއް ބުނެލަން އެންމެ ރަނގަަޅުވާނެ ނޫންހެއްޔޭ ބުންޏެވެ.
ސިޑިން ފައިބައިގެން އައި އައިރާ، އަލައިކާ އަދި ޔޫސުފްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ކުށްވެރިއެއް ފަދައިން ޔާޒް އިސްޖަހައިގެން އިނެއް ކަމަކު އޭނާގެ ހިތަށް ކަހިރުވަކެކޭވެސް ހިތަށް ނާރާނެކަން އެތިން ކުދިންނަށް އެނގެއެވެ.
“ނާޔާ ދޮންތީ. މާއިޒް ދޮންބޭ. ކޮންތާކަށް ގޮސްލަނީ؟” އަނެއް ދެކުދިންނަށް ވުރެއް ކުރިން އަލައިކާ ގޮސް ނަވްޔާމެންނާ ވާހަކަ ދެއްކިއެވެ. “މާމަމެން ގެއަށް ދާން ކަމަށް. އަލްކޮންތާކަށް ދާން މާރީތި ވެލައިގެން؟” ނަވްޔާ ދެރަވެފައި ހުރި ނަމަވެސް ބޭބެގެ ދަރިފުޅަށް އެކަން ނުދައްކަން ވެގެން ހިނިތުންވެލާފައި ވާހަކަ ދެއްކިއެވެ. “މިއީ އެންމެންއެކީ ބޭރަށް ގޮސްލަނީ!” އަލައިކާ ޔޫސުފްއާ އައިރާއަށް ނަޒަރެއް ދިނެވެ. “އައިރާވެސް އެބައުޅެން ދޯ. އަނހާ ޔޫސުފް. ދޮންބެދައްތަ އަދި މިއުޅެނީ ޔޫސުފްއަށް މަރުހަބާ ކިޔަން ނުދެވިގެން” ޔޫސުފް ފެނުމާއެކު ފުޅާ ހިނިތުންވުމަކާއެކު ނަވްޔާ ބުންޏެވެ. މާއިޒް ގޮސް ޔޫސުފްގެ ކޮނޑަށް އަތް ވައްޓާލާފައި ‘މައި ލިޓްލް ޗެމްޕް’އޭ ބުނެލިއެވެ.
ޔާޒް އަނގައިން އަޑެއް ނެރިފައި ކަޅި މައްޗަށް ހިންގަމުން ގަރާޖުން ކާރު ނެރެން ހިނގައިގަތެވެ.
ނަވްޔާއާ މާއިޒްއަށް ހިނިތުންވެލާފައި ޔާޒް ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އައިރާ ދިޔައެވެ.
“ޔާޒް” އައިރާ ގޮވާލިގޮތުން އޭނަ ދައްކަން އައި ކޮން ވާހަކައެއްކަން ޔާޒްއަށް އެނގުނެވެ. “އައިރާ ޕްލީޒް. އިތުރަށް މަގޭ މޫޑް ޚަރާބުކުރަން ނުހަދާ!” ނުރުހުންތެެރިކަމާއެކު ޔާޒް ބުންޏެވެ. އައިރާ އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންކަން އިޚްތިޔާރު ކުރީ އެރޭ އެންމެ ރަނގަޅު ގޮތަކީ އެވާހަކަ ނުދެއްކުން ކަމަށް ވާތީއެވެ.
****
ވެހެމުން ދިޔަ ބޯ ވާރޭގައި ފުދޭވަރަކަށް ބާރަށް ޔާޒް ދުއްވަމުން ދިޔައެވެ. ޔޫސުފްއާ އަލައިކާ ކޮންމެސް ކަމަކާ ތޮޅެލަ ތޮޅެލާ ތިއްބެވެ ކުރީ ސީޓުގައި ހުރި އައިރާ އަނގައިން ނުބުނެ ބޭރަށް ނަޒަރު ހުއްޓައިގެން ހުއްޓެވެ. “ޔޫސުފްއާ އަލް ތިއުޅެނީ ދޮންތިއާ ދޮންބެގެ ލަވް ސްޓޯރީގެ ސީޒަން 2 ޖައްސަންތަ؟” އަލައިކާއާ ޔޫސުފް ހުއްޓާނުލާ ޒުވާބު ކުރަމުން ދާތީވެ މަަޖާވެފައި ޔާޒް އެހިއެވެ. ދެމީހުން އެއް ފަހަރާ ނޯވޭއޭ ބުނެ އަނގަޔަށް ގޮތެއް ހަދާލިއެވެ. އެދެމީހުން ޖެއްސި ވައްތަރުފެނިފައި ހިތްހަމަ ނުޖެހިގައި ހުރި އައިރާއަށްވެސް ހެވުނެވެ. އަދި ޔާޒް އެބުނީ ތެދެއްހެން ހާދަ ހީވެއޭ ކިޔާ ދިމާކުރަން ފެށިއެވެ.
****
ރެސްޓޯރަންޓްގެ އަސްކަނިދަށު ހުއްޓިލައިގެން ހުރި އަލްޔަސް އަތުކުރީ ގަޑިއަށް ނަޒަރެއް ދިނެވެ. އަށްގަޑިބައިވާއިރު އަންނަން ކިޔާފައި އަދިވެސް ޒެވިޔަން ނާދެއެވެ. އޭނާ ވާރޭ އެންމެ ބޯކޮށްލި ވަގުތުވެސް ޒެވިޔަން ބުނުމުން އައީއެވެ. ޗޮކެއް ކަނޑާފައި އަލްޔަސް ފޯނު ނަގާފައި ޒެވިޔަންއަށް ގުޅާލިއެވެ. ޒެވިޔަން ފަސް މިނެޓޭ ބުނުމުން އަވަސް ކުރާށޭ ކިޔާފައި އަލްޔަސް ފޯނު ކަނޑާލިއެވެ. ފޯނަށް ނަޒަރު ހުއްޓައިގެން ހުރި އަލްޔަސްއަށް އިސްއުފުލާލަށް މަޖުބޫރުވީ މީހާކު އޭނާގެ ނަމުން ގޮވާލުމުންނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނަމަވެސް..ތިޔަ ހަނދާނޭ ވަނީ – 3 –

Next

ލޯބިވަން ޔާރާއޭ 05

Next
October 11, 2019

ލޯބިވަން ޔާރާއޭ 05

Previews
October 10, 2019

ނަމަވެސް..ތިޔަ ހަނދާނޭ ވަނީ – 3 –

12 Comments!

  1. Kiyara says:
    October 11, 2019 at 4:33 am

    Salam readers. November 13ge fahun genasdheynamey bunnas mi episode liyevunyma hithah ery up kohlaany ey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Kury episode thakah comments kuri kudhinnah varah bodah thanksss. Mi episode ves fudhey varakah kuruvaane. Ekamahtakai readers ge kibain varah bodah maafah edhe. Next part genes dheveyny kon irakun kameh neynge. Mi dhuvas kolhu regular koh nugensdhevidhaane. Ehen namaves December in feshigen week aku 2days noony 3daysga regular koh genesdheynan In Sha Allah. Kiyuntheringe faraathun alhugandah dhevaa support ah varah bodah shukuriyya. ♥️??

  2. Mal? says:
    October 11, 2019 at 8:20 am

    Vara reethi mi part ves nd me first dho

    1. Kiyara says:
      October 11, 2019 at 11:30 pm

      Thanks mal and congraa

  3. Inaa says:
    October 11, 2019 at 9:20 am

    Vahaka v reeethi.annekaa vas mikiyan fesheeee ingey dhan emmme part vas vattaanulaa kiyaann .vvvvv rreeeethi.thanx kiyara

    1. Kiyara says:
      October 11, 2019 at 11:31 pm

      Thanks inaa. Varah ufaavehjje alun kiyan feshyma ummedhu kuran vaahaka nimen dhen ves kiyaane kamah adhi kamudhaane kamah ves

  4. unknown says:
    October 11, 2019 at 9:23 am

    Varah reethi…Maa sha Allah..waiting for the next part..

    1. Kiyara says:
      October 11, 2019 at 11:32 pm

      Thanks unknown.

  5. Kairaa says:
    October 11, 2019 at 10:12 am

    Varah reethi mi part vx……waiting for the nxt part………lysm

    1. Kiyara says:
      October 11, 2019 at 11:32 pm

      Thanks kaira. Ly2

  6. Imkko says:
    October 11, 2019 at 9:55 pm

    V reethi mibaives …. Best of luck in future dear …. Curiously waiting for the next part ????

    1. Kiyara says:
      October 11, 2019 at 11:32 pm

      Thanks imkko♥️

  7. CuTe gIrL says:
    October 12, 2019 at 10:24 am

    Nice

Comments are closed.

Next Episodeރާސްތާ 2 ފަސްވަނަބައި←


All Right Reserved!