Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 05

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 11, 2019 10 Mins Read
17 Comments

ފޯނު ސްކްރޯލް ކުރަމުންދިޔަ އިކާންގެ ހަރަކާތްތައް ފެނުނު ފޮޓޯއަކުން ކުއްލިއަކަށް ހުއްޓުނެވެ. ފުރަތަމަ ސިކުންތުގައި ދެލޯ ބޮޑުވެގެން ދިޔައިރު އިކާންގެ މޫނު މަތީގައިވީ ގަބޫލުކުރަންދަތިވެފައިވި އަސަރުތަކެކެވެ. އެދެލޮލުގައި އެތައް ޝަކުވާއެއްވީއިރު މަޑުމަޑުން ދެބުމަ ގޮށްޖެހެމުން ގޮސް އެދެލޮލުގައިވި އަސަރު ރުޅިއަށް ބަދަލުވަމުން ދިޔައެވެ. އޭރު އަތުގައިވި ފޯނަށް ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ.

ފޯނުގައިވި ތަސްވީރަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އިކާން އޭނަގެ ފޯނުގެ ކޮންޓެކްޓްސް ހުޅުވާލާ ދިގު ނަންބަރަކަށް ޑައިލްކޮށްލިއެވެ. އޭރު އެމޫނު މަތީގައިވީ އިންތިހާ ދަރަޖައިގެ ސީރިއަސްކަމެވެ. ފޯނުގެ ރިންގު ކެނޑުނުއިރުވެސް އެކޮޅުން ކޯލަކަށް ޖަވާބެއް ނުދިނެވެ. ކެތްތެރިކަން ކުޑަވެފައިވި ފަދައިން އިކާން ދެވަނަ ފަހަރަށްވެސް އެނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ލިބުނީ ހަމަ އެއްޖެވާބެކެވެ. ނަފްސަށް ވެރިވެފައިވި ރުޅި އާއި ނުތަނަވަސްވެރިކަމުގެ ސަބަބުން އިކާންއަށް ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި އަތުން ޖަހާލެވުނެވެ. ތިންވަނަ ފަހަރަށް އެނަންބަރަށް ގުޅަމުން އިކާން ސޯފާއިން ތެދުވެ ހަލުވިކަމާއެކު ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އަމިއްލަ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެވެސް އިކާން ދެފަހަރަކު އެނަންބަަރަށް ގުޅިއެވެ. ކުރީ ތިންފަހަރާ ޚިލާފަށް އެދެފަހަރުވެސް އެކޮޅުން ފޯނު ކަނޑާލަނީއެވެ. އެއާއެކު އިކާންގެ ރުޅިގަނޑު އިތުރަށް ގަދަވާގޮތްވިއެވެ. ” ވައި… ވައި… ކަމޯން ޕިކް އަޕް ދަ ފޯން… ޕިކް އަޕް… ” ދެވަނަ ފަހަރަަށް ކަނޑާލުމުންވެސް އެނަންބަރަށް ޑައިލްކޮށްލައިގެން ހުރެ ދެކޮޅަށް ދެކޮޅަށް ހިނގަމުން އިކާންއަށް ބުނެލެވުނެވެ.

” އިކާން މޮޔަވީތަ… ކީއްވެތަ ފޯނު ނުނަގާއިރު ތަކުރާރުކޮށް ތިގުޅަނީ… އަހަރެން ވާހަކަ ދައްކަން ބޭނުންނޫންވީމައެއްނު ފޯނު ނުނަގަނީ… ” ހިނގަ ހިނގާހުރި އިކާންގެ ހިނގުން ކުއްލިއަކަށް ހުއްޓުނީ އެކޮޅުން އިވިގެންދިޔަ އަންހެން ކުއްޖެއްގެ ނުރުހުމުގެ ބަސްތަކުންނެވެ. ” އާނ… އަހަރެން މޮޔަވެއްޖެ… ހަމަ ރަނގަޅަށްވެސް މަލް އަހަރެން މޮޔަކުރުވައިފި… އެފްބީގަ އެއީ ކޮންކަމެއް… މަލްގެ އަތުގަ… ރިންގް… އެއީ… ކާކު… ” ވާހަކަ ދައްކަންފެށި އިކާންއަށް ވަކި ހިސާބަކުން ވާހަކަ ދެއްކުންވީ އުނދަގޫކަމަށެވެ. އޭނައަށް މިހާރުވެސް ހީވަނީ އެތަސްވީރު އޭނަގެ ލޯ މަތީގައި ސިފަވާހެންނެވެ. ހިނިތުންވެލައިގެން ހުރި އަންހެން ކުއްޖާގެ އެދޮން އަތުގެ ކަށި އިނގިލީގައި ޒުވާނެއްގެ ދެއަތުން ރިހި އަނގޮއްޓިއެއް އަޅުވާލަދޭ އެތަސްވީރުން އިކާންގެ ހިތަށް ތަދުވަމުން ދިޔައެވެ. އެޒުވާނާގެ މޫނު ފެންނަންނެތްއިރު ފެންނަނީ ހަމައެކަނި އެޒުވާނާގެ ދެއަތާއި ފައިގެ ބައެކެވެ. ފެންނަފެނުމަށް ހީވަނީ އެޒުވާާނާ އިނީ އެއްފައި މައްޗަށް ތިރިވެހެންނެވެ. ” ވީ އަރ އެންގޭޖްޑް… އިކާންއަކަށް ނޭނގޭނެ އެއީ ކާކު ކަމެއް ބުންޏަސް… ޕްލީޒް އަހަންނަށް އިތުރަށް ޑިސްޓަރބްނުކުރޭ… އަހަރެން ކުރިންވެސް ބުނިހެން… އިޓްސް އޯވަރ… ” ލޮލުގެ ކުރިމަތީގައި އެތަސްވީރު ނިއުޅެމުންދިޔަ ހިނދު އަނެއްކާާވެސް އެއަންހެން ކުއްޖާގެ އަޑު އިވިގެން ދިޔައެވެ. ” ހައު ކުޑް ޔޫ ސޭ ދެޓް ސޯ އީޒިލީ… ހައު ކުޑް ޔޫ ޑޫ ދެޓް މަލް… ” ދަތްކުނޑި ވިކާލައިގެން ހުރެ އިކާންއަށް މަޑުމަޑުން ބުނެލެވުނެވެ. އޭރު އަނެއްކާވެސް އެއަންހެން ކުއްޖާގެ ބަސްތަކުން އިކާންގެ ހިތުގައިވި ޒަޚަމްތައް ފުންވެގެން ދިޔައެވެ. އެންމެ ލޯބިވާ ފަރާތް އެހެން މީހަކާއެކު ވުމަށް އެދޭނީ ފަހެ ކާކު ހެއްޔެވެ؟ އެމަންޒަރުތައް ދެކެން ހިތަށް ކެތްވާނީ ކިހިނެއް ހެއްޔެވެ؟

” އިކާން… ކުރިންވެސް ބުނިހެން އަހަންނަށް ބުނެވޭނީ ސޮރީއޭ… އަހަރެންގެ ހިތް ބޭނުންވަނީ އެހެން ފަރާތެއް… އިތުރަށް އަހަންނަށް އުނދަގޫނުކުރުން އެދެން… ” އެކޮޅުން ބުނަން ބޭނުންވި އެއްޗެއް ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އިކާން ފުން ނޭވައެއް ދޫކޮށްލަމުން ދެލޯ މަރާލިއެވެ. އޭނާ އެހާ ފަސޭހައިން އޭނަގެ ލޯބި ދިޔަކަ ނުދޭނެއެވެ. ދެލޯ ހުޅުވާލަމުން އަނެއްކާވެސް އެނަންބަރަށް ގުޅަން މަސައްކަތްކުރިއެވެ. އެނަންބަރަށް ގުޅޭގޮތް ނުވުމުން ނަންބަރު ބްލޮކް ކޮށްލީކަން އިކާންގެ ސިކުނޑިއަށް ވިސްނުނެވެ. ހިތްހަމަނުޖެހުނު ވަރުން އަތުގައި އޮތް ފޯނު ސޯފާ މައްޗަށް އެއްލާލިއެވެ. އެއްއަތުން އަނެއް އަތަށް ގޮށްމުށުގެ ހަމަލާއެއް ދެމުން ސޯފާގައި އިށީންދެ އިކާން އޭނަގެ ފަން އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލިއެވެ. އެވަގުތު ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި ވާސް އިކާންގެ ލޮލުގައި އަޅާއިގަތެވެ. ރަތްކުލައިގެ ފިނިފެންމަލާ ސަންފްލާވަރ ވާސް ފުރެންދެން ޖަހާފައިވީއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. އިކާން މަޑުމަޑުން އޭނަގެ އަތް ހަރަކާތްކުރަމުން ގެންގޮސް އޭގެން ސަންފްލާވަރއެއް ނަގައި އެއަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު މާޒީވެ ގޮސްފައިވި ދުވަހެއްގެ ހަނދާން އޭނަގެ ސިކުނޑީގައި ޓަކިދިނެވެ.

އެއީ މެލޭޝިޔާގައި ކިޔަވަން އުޅުނު ފަހު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އޭރު އިކާން މަލްހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިންއަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކުޑައިރުއްސުރެ ދެމެދުގައިވި އެކުވެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައިރު ދެހިތުގައިވެސް އެކަކު އަނެކަކަށްޓަކައި އިންތިހާއަށް ލޯބިވެއެވެ. ދެފަރާތުގެ އާއިލާގެ ދެމެދުގައިވި ޒަމާންވީ އެކުވެރިކަމުގެ ގުޅުމާއެކު އެދެމީހުންގެ ގުޅުމަށް މައިންބަފައިންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔެވެ. ދެމީހުންވެސް މަތީ ތައުލީމު ހާސިލުކުރަމުން ދިޔައީ މެލޭޝިޔާގެ ޔުނިވާސިޓީއަކުންނެވެ. ކިޔެވުމުގައި ހޭދަވި އަހަރުތަކުގައި އެކަކު އަނެކަކާއެކު އެތައް ވަގުތެއް ހޭދަވެ ގުޅުން އިތުރަށް ވަރުގަދަވަމުން ދިޔައެވެ. އެހެނަސް އެކަން އެންމެ ފަހު އަހަރުގައި ބަދަލުވެގެން ދިޔައެވެ. ދެމީހުން އެކުގައި ހޭދަކުރެވޭ ވަގުތުތައް މަދުވެ އެދެމެދުގައިވި ގުޅުން ހީނަރުވަމުން ދިޔައެވެ. އެކަން ރަނގަޅު ކުރުމަށް އިކާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މަލްހާގެ އެކި ބަހަނާތަކާއި ޝަކުވާތަކުގެ ސަބަބުން ކާމިޔާބުވާ ގޮތެއްނުވިއެވެ. އޭނައަށްވުރެ އެހެން ކަންކަން މަލްހާއަށް މުހިއްމުވެފާވާފަދައެވެ. އެހެނަސް އިކާން ކެތްތެރިކަމާއެކު ދުވަސްތައް ހޭދަކުރަމުން ދިޔައީ މަލްހާއަށްޓަކައި އެހިތުގައިވި ފުން ލޯތްބެއްގެ ސަބަބުންނެވެ. މަލްހާގެ ހިތްހަމަޖައްސައިދީ އެހިތް އެދޭ ގޮތަށް ކަންތައްތައް ކޮށްދެމުންނެވެ.

މަލްހާއަށް ގެނުވި ބަދަލާއެކު އިކާންގެ ހިތަށް ލިބިފައިވި މާޔޫސްކަން އެކީހެން ފިލައިގެން ދިޔައީ ދުވަސްތަކަކަށްފަހު މަލްހާ އަމިއްލައަށް ބައްދަލުކުރަން އެދުމުންނެވެ. އޭގެ ކުރިން ބައްދަލުކުރެވިފައިވަނީ ގިނަ ފަހަރަށް އިކާންގެ އެދުމުގެ މަތިންނެވެ. ލޯގަނޑު ކުރިމަތީހުރެ ފުރިހަމައަށް ތައްޔާރުވެގެން އެނދުމަތީގައި އޮތް މަލްހާއަށް އެންމެ ކަމުދާނެފަދަ ސަންފްލާވަރ މާބޮޑި ހިފައިގެން އިކާން އޭނަގެ ކޮޓަރިން ނުކުތެވެ. އިކާން އުފާވެރިކަމުން ފުރިފައިވި ހިތަކާއެކު މަލްހާ އުޅޭ ގެއަށް ދިޔުމަށް ސައިކަލުގައި މިސްރާބުޖެހިއެވެ. އޭނާ ދިޔައިރު އާދައިގެ މަތިން އެމީހުން ވާހަކަ ދައްކަން ތިބޭ އެގޭގެ ބަގީޗާގެ ބެންޗުގައި މަލްހާ އޭނަގެ އިންތިޒާރުގައި އިނެވެ. މިތަން ފެނި އިކާންގެ ހިތުގައިވ އުފާވެރިކަން ދެގުނަވެގެން ދިޔައެވެ. އިކާން އައިސް މަލްހާގެ ކުރިމަތީގައި ހުއްޓުމާއެކު ބެންޗުގައި އިށީންދެ އިން މަލްހާ ކޮޅަށް ތެދުވެ އިކާންގެ މޫނަށް ނަޒަރު ހުއްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެމޫނުން އިކާންއަކަށް އެއްވެސް ކަމެެއް ނަގައެއްނުގަނެވުނެވެ. ”ކިހިނެއްވީ ބޭބީ… މާބޮޑު ވާހަކައެއް ދައްކަން އޮތީތަ ހާދަ ފުން ނޭވައެއް ތިދޫކޮށްލީ… ” މަލްހާ މޫނު މައްޗަށް ވެއްޓިފައިިވި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން އިކާން ވާހަކަ ދެއްކިއެވެ. އެހިނދު މަލްހާ އޭނަ ހުރި ފިޔަވަޅުން ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. މަލްހާގެ އެއަމަލުންނާއި މޫނު މަތީގެ އަސަރުތަކުން ވޭތުވެދިޔަ ދުވަސްތަކާ ވަކި ބަދަލެއް އައިސްފައިނުވާކަން އިކާން ދެނެގަތެވެ.

” އިކާން… ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން… ” މިފަހަރު ވާހަކަ ދެއްކީ މަލްހާއެވެ. ”ހޫމް… ބުނެބަލަ…ބޭބީ ދައްކާާ ވާހަކައެއް ކަނުލާ އަޑުއަހަން މިހުރީ… ބިފޯ ދެޓް… ދިސް އީޒް ފޯ ޔޫ…. ” އިކާން ފުރިހަމަ ހިނިތުންވުމެެއް ހަދިޔާކުރަމުން އޭނަގެ އަތުގައި އޮތް ސަންފްލާވަރ މާބޮޑި މަލްހާއަށް ދިއްކޮށްލިއެވެ. ” އިކާން އައިމް ސީރިއަސް… ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން… ” އިކާން ދިއްކޮށްލި މާބޮޑި އެއްފަރާތްކޮށްލާ ފުރަގަސްދެމުން މަލްހާ ބުނެލިއެވެ. ”އޯކޭ… ޓެލް މީ… ” އިކާން އިރުކޮޅަކު ހުރުމަށްފަހު އެހެން ބުނެ އޭނަގެ ހުރިހާ ސަމާލުކަމެއް މަލްހާއަށް ހުއްޓާލިއެވެ. ” އިކާން… އަހަރެން ބޭނުމެއްނޫން ދެން އިތުރަށް މިގުޅުން ކުރިއަށް ގެންދާކަށް… ” މަލްހާ ބުނެލި އެއްޗަކުން އިކާން ހިމޭންވެގެން ދިޔައެވެ. ހިނދުކޮޅަކަށްފަހު އިވިގެން ދިޔައީ އިކާންގެ ހުނުމުގެ އަޑެވެ. ހައިރާންކަން އެކުލެވިފައިވި މޫނަކާއެކު މަލްހާ އިކާން އާއި ދިމާލަށް އެނބުރުނެވެ. ” މަލް… އަހަރެން ތަޅުވާލަން މޮޅު އިނގޭ… އައި ނޯ ޔުއަރ ޖޯކިން… ” ހިނިގަނޑު މައިތިރިކުރަމުން އިކާން ވާހަކަ ދެއްކިއެވެ. އޭރު މަލްހާގެ މޫނު މަތީގެ އަސަރުތައް ބަދަލުވަމުން ދިޔައެވެ. އޭނަގެ ދެބުމަ ގޮށްޖެހިފައިވީއިރު އެދެލޮލުގައިވެސްވީ ނުރުހުމެވެ.

” އިކާން… އައިމް ނޮޓް ޖޯކިން… އައިމް ސީރިއަސް… އަހަރެން ހަމަ އަސްލުވެސް ދެން މިގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއްނޫން… އަހަރެންގެ ހިތުން އެހެން މީހަކަށް އިކާންއަށް ދެވިފައިވި މަޤާމު ދެވިއްޖެ… އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ… ” ސީރިއަސްކަމާއި ނުރުހުން އެކުލެވިފައިވި އަޑުން މަލްހާ ބުނެލި ކޮންމެ ޖުމްލައަކާއެކު އިކާންގެ ހިތް ހުއްޓުނުފަދައެވެ. ވަގުތުން އޭނަގެ ހުރިހާ ހިއްސެއް ގަނޑުވެގެން ދިޔައެވެ. އަތުގައި އޮތް މާބޮނޑިވެސް އިޚްތިޔާރަކާނުލާާ ވިނަގަނޑު މައްޗަށް ވެއްޓުނެވެ. ހުއްޓުންއަރާފައި އިކާންއަށް މަލްހާގެ މުށި ކުލައިގެ ބޮޑު ދެލޮލަށް ބަލަން ހުރެވުނީއެވެ. އެދެލޮލުގައިވި އަސަރުން އެކަނިވެސް މަލްހާގެ ބަހުގެ ތެދުކަން އަންގައިދިނެވެ. ” މަލް… ބޭބީ… ބުނޭ ތީ ދޮގެކޭ… އަހަންނަށް އެނގޭ މަލް ލޯބިވަނީ އަހަރެންދެކެކަން… ” ހަރަކާތެެއްނެތިފައި ހުރި އިކާން ކުއްލިއަކަށް ހަމަހޭވެރިކަން ލިބުނު މީހެއް ފަދައިން އައިސް މަލްހާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. ” އޯ ގޯޑް އިކާން ޖަސްޓް ސްޓޮޕް އިޓް… ކުޑަކުއްޖެއްތަތީ ބުނީމަ ބުނާ އެއްޗެެއް އިކާންއަށް ނޭނގެނީ… އައި ޑޯންޓް ލަވް ޔޫ އެނީމޯރް… އަހަރެންނަށް އެހެން މީހަކުދެކެ ލޯބިވެވިއްޖެ… ” އިކާންގެ އަތް އޭނަގެ ކޮނޑުން ނައްޓުވާލަމުން މަލްހާ ބުނެލީ ހަރުކަށިކަމާއެކުގައެވެ. އެއާއެކު އަނެެއްކާާވެސް އިކާން ހިމޭންވެގެން ދިޔައެވެ. ރިހުން އެކުލެވިފައިވި ތޫނު ދެލޮލުން އިކާންއަށް މަލްހާގެ މޫނަށް ބަލަހައްޓާއިގެން ހުރެވުނެވެ. މަލްހާގެ އަމަލުތަކާއި ބަސްތަކުން އޭނަގެ ހިތުގައި ޒަޚަމްތަކެެއް އުފައްދައިފިއެވެ. އެޒަޚަމްތަކާއެކު އިކާންގެ ހިތުގައި މަޑު ރިހުމެއް އުފެދިފައިވެއެވެ.

” ކީއްވެ… ކީއްވެ މަލް… ކީއްވެ އަހަރެންގެ މަޤާމު އެހެން ފަރާތަކަށް ދެވެންވީ… ކީއްވެ އަހަރެންދެކެވީ ލޯބި ކުއްލިއަކަށް އެހެން ފަރާތެއްދެކެ ވެވެންވީ… މަލް ބޭނުންވާ ލޯބި އަހަންނަށް ނުދެވެނީތަ… މަލް ބޭނުންވާ ކަމެއް އަހަންނަށް ނުކޮށްދެވި އޮތީތަ… ޓެލް މީ… މަލް ސްޕޭސް ބޭނުމޭ ބުނީމަ ބޭނުންވާާ ސްޕޭސްވެސް ދިނީމެއްނު… ދެން ކީއްވެ… އަހަރެން ލޯބިވާވަރު މަލްއަށް އިހުސާސްނުކުރެވޭތަ… ” މަލްހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އިކާންއަށް އަސަރާއެކު ބުނެވުނެވެ. ” އޯ ގޯޑް އިކާން… ޕްލީޒް… ޓްރައި ޓު އަންޑަސްޓޭންޑް… އަހަރެން މިހާރު އިކާންދެކެ ލޯތްބެއްނުވެޔޭ… މިދިޔަ ދުވަސްތަކުގަ އިކާންއަށްވެސް ފާހަގަވާނެ އެކަން… ކުރިން އިކާން އާމެދު ކުރެވުނު އިހުސާސްތަކެއް އަހަންނަކަށް މިހާރަކު ނުކުރެވޭ… ލޯތްބެއްނުވޭ އިކާންދެކެއެއް… ބޭނުމެއްނޫން އިކާންއާއެކު އުޅޭކަށް… ސޯ އިޓްސް އޯވަރ… ” މަލްހާގެ ވާހަކަތައް މިފަހަރުވެސް އިވިގެން ދިޔައީ ހަރުކަށިކޮށެވެ. އިކާން އެއްޗެކޭ ބުނުމަށް މަލްހާގެ އަތުގައި ހިފުމުންވެސް އިކާންގެ އަތް ފޮޅުވާލާ އޭނަގެ އަތުން ވެއްޓުނު ސަންފްލާވަރ މާބޮޑީގެ މަތިން ބާރު ހިނގުމެއްގައި ގޮސް ގެއަށްވަންތައް ކަރުނައިން ފުސްވެފައިވި ދެލޮލުން ބަލަން އިކާާންއަށް ހުރެވުނީ ހަލާކުވެފައިވި ހިތަކާއެކުއެވެ.

މާޒީވެ ގޮސްފައިވި އެދުވަހުގެ ހަނދާނުން އިކާންއަށް ނުކުމެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުންނެވެ. އޭރު އޭނައަށް އިނދެވުނީ ކަރުނައިގެ ތެތްކަން އެކުލެވިފައިވި ދެލޮލުން އަތުގައި އޮތް ސަންފްލާވަރއަށް ބަލަހައްޓާއިގެންނެވެ. ސަންފްލާވަރ އަނބުރާ ވާސްގައި ޖެހުމަށްފަހު ދެލޯ ފޮހެލާ ހަމައަކަށް އެޅިލަމުން އިކާން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ” އިކް… ކީއްތަތިކުރަނީ… ހާދަ ވަރަކަށް ގޮވައިފީމޭ… ” ދޮރު ހުޅުވުމާއެކު ދޮރު ކުރިމަތީގައި ހުރި މިކާލް ވާހަކަ ދެއްކިއެވެ. ” ކަމެއް ނުކުރަން… މިކް މިގަޑީގަ ކީއްކުރަނީ… ” މިކާލްއަށް އެތެރެއަށް ވަނުމަށް ތަން ދައްކަމުން އިކާން އެއްފަރާތްވެލިއެވެ. ”އަހަރެން މިއައީ އެފްބީއިން ފެނުނު ފޮޓޯއަކުން ގޭގަ ނުހުރެވިގެން… އިކް މިއަދު ހަވީރުވެސް ނުބުނަމެއްނު… މަލްގެ ޕްރޮފައިލް ޕިކް ފެނިފަ ހަމަ ސަޕްރައިޒްވި… ދެމީހުން ރައްޓެހިވެގެން އުޅޭއިރުވެސް މީގެ ކުރިން ސޯޝަލް މީޑިއާގަ އެހާ އޯޕެންކޮށެއް ނޫޅެމެއްނު… ދެރައީ ދެން ފޮޓޯގެ އިކްގެ މޫނު ފެންނަން ނެތީމަ… ” ސޯފާގައި އިށީން މިކާލް ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. އެންމެ ފަހަރަކު ކުރިމައްޗަށް ބަލައިލި ނަމަވެސް އިކާންގެ މޫނު މައްޗަށް އަރާފޭބި ކުލަތައް ތަރުޖަމާކުރަން މިކާލްއަށް އެނގުނީހެވެ.

” ދެޓްސް ނޮޓް މީ… މޫނު ފެނުނަސް އެއީ އަހަރެން ކަމަކަށް ނުވާނެ… ” ފުންނޭވައެއް ދޫކޮށްލަމުން އިކާން ބުނެލިއެވެ. އެއާއެކު މިކާލް އޭނަގެ ނަޒަރު ފޯނުން ވަކިކޮށްލާ އިކާންގެ މޫނަށް ބަލައިލިއެވެ. ” ތިބުނީ… ” އިކާާން ބުނި އެއްޗެއް ސިކުނޑިއަށް ނަގައިނުގަނެވިފައި އިން މިކާލްއަށް ހައިރާންކަމާއެކު ބުނެވުނެވެ. ” މިބުނީ އެފޮޓޯގަ އެއީ އަހަންނެއް ނޫނޭ… އަހަރެމެންގެ ރިލޭޝަން ނިމުމަކަށް އައިސި… ” އިކާާން ދުރު ބަލައިލަމުން ހަޤީޤަތް ފުރަތަމަ ފަހަރަށް މީހެއްގެ ކުރިމަތީގައި ހާމަކުރިއެވެ. ” ވަޓް… އަރ ޔޫ ސީރިއަސް… ” ލިބުނު ޚަބަރާއެކު މިކާލްއަށް ސޯފާއިން ކޮޅަށް ތެދުވެވުނެވެ. ” އެކަމަކު… ހައު… ނުލާހިކު ސްމޫތުކޮށް އިކް އާ މަލްގެ ރިލޭޝަން ދިޔައީ… ކިހިނެއްވީ އެހިސާާބަށް ދާންޖެހުނީ… ” މިކާލް އަދިވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އިކާން އާއި މަލްހާގެ ގުޅުން އެންމެ ގާތުން ފެނުނު އެކަކަށް އޭނަ ވާނެއެވެ. އޭރު އެދެމެދުގައިވި އިންތިހާ ލޯބި ފެނި އޭނައަށްވެސް އެފަދަ ގުޅުމަކަށް އުއްމީދުކުރެވެމުން ދިޔައެވެ. އިކާން ފުން ނޭވައެއް ދޫކޮށްލަމުން ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު މިކާލްވެސް އިކާންގެ ފަހަތުން ހިނގައިގަތެވެ. ކުރު ގޮތަކަށް އެދުވަސްވަރު ކަންތައް ހިނގާދިޔަ ގޮތް އިކާން ކިޔައިދިނެވެ. ފުރަތަމަ ފަހަރަށް ކަންތައްތައް އެހެން މީހަކާ ހިއްސާކުރެވުމުން އިކާންގެ ހިތާއި ސިކުނޑިއަށް ލުއިވެގެން ދިޔައެވެ. ” އިކްވެސް ދެން އޭނަ މަތިން ހަނދާން ނައްތާލަންވީ… އިނގޭ އެއީ އުނދަގޫކަމެއްކަން… އެކަމަކުވެސް އެގޮތް ދެން ރަނގަޅުވާނީ… އޭނަ ބޭނުންނޫންވީމައެއްނު އެދިޔައީ އެހެން މީހެއްގެ ކައިރިއަށް… ފަހުން އަދި އޭނައަށް ރިއަލައިޒްވާނެ… އިކް ބަލަން ހުންނައްޗޭ… ތިކަމުގަ އިކްގެ މައްސަލައެއްނެތް… އެކަމާ ދެރަވާނެކަން ނެތް… އަދި އޭނައަށް ގުޅާނެވެސް ކަމެއްނެތް… މަލް ނޫޅޭ ވަރަކުން އިކް ކީއްކުރަން އުޅެންވީ… ތިބުނީނު ފަހުންވެސް އިކް މަސައްކަތްކުރީމޭ ހުރިހާ ކަމެއް ރަނގަޅުވޭތޯ… ބޭކާރު މަސައްކަތެއް ކުރާނެކަމެެއްނެތް… މަލް ބޭނުން ގޮތަކަށް އުޅެން ބަހައްޓާ… ” މިކާލްގެ ވާހަކަތައް ގަބޫލުކުރެވި އިކާން ބޯ ޖަހާލިއެވެ. އޭނަވެސް ދުވަސްތައް އެފަދަ ގޮތުގައި ބޭކާރުކުރާކަށް ބޭނުމެއްނޫނެވެ. މަލްހާއަށް އޭނަ އާއި ނުލާ ހުޅެވެންޏާ އޭނައަށްވެސް މަލްހާ އާއި ނުލާ އުޅެވެންޖެހޭނެއެވެ. ” އިކް… އެކަމަކު އަހަރެން ހިތަށް އަރަނީ ފެމެލީ… ” ވިސްނުމަކަށް ގެއްލިފައިހުރި މިކާލް ބުނެލިއެވެ. ” ތިކަމާ އެބަ އަހަރެންވެސް ވިސްނަން… މަލް އަހަރެމެންގެ ގުޅުން ނިމުމަކަށް ގެނައީ… އެހެންވީމަ އޭގެ އެކްޕްލެނޭޝަންވެސް ދޭންޖެހޭނީ މަލް… ރަނގަޅު ވަގުތެއްގަ މަންމަމެން ގާތު ބުނާނަން އަހަރެން… އަސްލު ދެފެމެލީވެސް އަހަރެމެންގެ ރިލޭޝަންއާމެދު ވަރަށް ހިތްހަމަޖެހިފަ ތިބީ… ނޭނގެ ކިހިނެއް ކަމެއް ރިއެކްޓުކުރާނީވެސް… ރަނގަޅު ވަގުތަކަށް މިބަލަނީ… ” އިކާން އޭނަގެ ވިސްނުން ހުރި ގޮތް މިކާލް އާއި ހިއްސާކުރިއެވެ. އިކާންގެ އެޚިޔާލަށް ތާއީދުކޮށް މިކާލްވެސް އެއްޗެކޭ ބުނެލިއެވެ. ދެއެކުވެރިން ވާހަކައިގައި ތިބުމަށްފަހު ގެއިން ނުކުތީ އިޝާ ނަމާދު ބަންގި ގޮވުމުން މިސްކިތަށް ދިޔުމަށެވެ.

ރޭގަނޑު ދިހައެއް ޖެހިއިރުވެސް ޔަނާލް އޭނަގެ ކޮޓަރީގެ އެއްފަރާތުގައި ބެހެއްޓިފައިހުރި މޭޒު ކައިރި އޮފީހުގެ މަސައްކަތެެއްކުރަން އިނެވެ. އޭނަގެ ވޭވީ ސްޓައިލްގެ ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލެވިފައިވީއިރު ކުރުކޮށް ކޮށާލެވިފައިވި އިސްތަށިކޮޅުތައް މޫނުގެ ދެފަރާތުގައި ބޮސްދެމުން ދިޔައެވެ. އޭނަގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވާއިރު ފުރިހަމަ ސަމާލުކަން ދެވިފައިވަނީ މޭޒުމަތީގައި އޮތް ކަރުދާސް ގަނޑަށެވެ. ދެއިނގިލި ދޭތެރޭގައި ފަންސޫރު ތަޅުވާލަ ތަޅުވާލަ އިންއިރު އޭނަގެ މޫނު މަތިން އެކަރުދާސް ގަނޑުގައި ވީ އެއްޗަކާމެދު ވިސްނަނީކަން ހާމަވެއެވެ. ” ނާލް… ނުވޭތަ ނިދާކަށް އަދިވެސް… ދޮންތަވެސް ގޮސްފި ނިދަން… މަންމަވެސް މިދަނީ ދެން އޮށޯންނަން… ” ކޮޓަރީގެ ދޮރުމަތީ އައިސް ހުއްޓުނު ޔުސްރާ އެހެން ބުނި އަޑަށް ޔަނާލް ފަސްއެނބުރި ދޮރާއި ދިމާލަށް ބަލައިލިއެވެ. ” މަންމަ ދޭ ނިދަން… އަޅުގަނޑު މިއަދު ހަވީރު ނިދާލީމަ އަދި ނިންޖެއް ނާދޭ… އިރުކޮޅަކުން ނިދާނީ… ” ޔަނާލްގެ ޖަވާބު އިވުމުން އެންމެ ރަނގަޅު ކަމުގައި ބުނެ ޔުސްރާ އޭނަގެ ކޮޓަރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ.

ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އިށީންދެ އިން ޔަލްވީގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ މަޑުމަޑުން އޭނަގެ ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅަމުންދިޔަ ގޮތުން ކޮންމެވެސް ކަމަކާ ޚިޔާލުކުރަނީކަން ބަލައިލި މީހަކަށް ދެނެގަނެވޭނެއެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން ދަނީ އޭނަ ހިތްއެދޭފަދަ ޚިޔާލުތަކެެއްކަން ދޭހަވަނީ ތުންފަތަށް ވެރިވެފައިވި ހިނިތުންވުމުންނެވެ. ކަނދުރާ އާއި ހަމައަށް ކޮށާލެވިފައިވި އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު މިނިވަންކަމާއެކު ދޫކޮށްލިއެވެ. ޑްރެސިން ޓޭބަލްގެ ކައިރިން ދުރަށް ޖެހިލުމަށްފަހު ނިދާބޮކި ޖައްސާލާ ޔަލްވީ ގޮސް އޭނަގެ އެނދުގައި އޮށޯތެވެ. މަޑު ކުއިލްޓު އޭނަގެ ގައިމަތީގައި އަޅާލާ ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަލްވީ ދެލޯ މަރާލިއެވެ. ”ވިޝާލް…” އެވަގުތު ޔަލްވީގެ ދެތުންފަތް ފޫއަޅުވާލަމުން ނުކުތީ ވިޝާލްގެ ނަމެވެ. އެވަގުތުވެސް އޭނަގެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ ވިޝާލްގެ ޚިޔާލުތަކެވެ. އެސޫރަ ދެކެލުމަށް ޔަލްވީގެ ހިތް ވަނީ ކެތްމަދުވެފައެވެ. ވަޒީފާ ލިބޭނޭކަމަށް ޔަލްވީ ވަރަށް އުއްމީދުކުރެއެވެ. އޭރުން ކޮންމެ ދުވަހަކުމެ ވިޝާލްގެ ސޫރަ ދެކެލުމުގެ ނަސީބު ލިބޭނެތާއެވެ. އެއީ އޭނަގެ ހިތަށް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހިތާއިހިތުން ވަޒީފާ ލިބޭތޯ ދުޢާކޮށްލަމުން އެޚިޔާލުތަކުން އެއްފަރާތްވެލާ ނިދާލުމަށް ޔަލްވީ އަވަސްވެގަތެވެ.

އިކާން އާދައިގެ މަޑު ހިނގުމެެއްގައި އައިސް އޭނަގެ ގެއަށް ވަނެވެ. ޖިމަށް ގޮސްފައި އައުމުގެ ސަބަބުން މުޅި މީހާ ވަނީ ދަލުން ފެންވެރިފައެވެ. އެދޮން މޫނުގައި މުތީތަކެެއް ފަދައިން ދާތިކިތައް ވިދަމުން ދިޔައެވެ. ގެއަށް ވަން އިކާންގެ ލޮލުގައި ގޭގެ އެއްފަރާތުގައި ހުރި ހަޓް ދޮށުގައި އިން ކިއާރާ ފެނުނެވެ. މަޑުމަޑުން އިނދެ ކޮފީ ބޮމުން ދިޔައިރު ކިއާރާގެ ނަޒަރު ހުއްޓިފައިވީ އަތުުގައި އޮތް ފޯނަށެވެ. ކިއާރާއަށް އުނދަގުލެއްކޮށްނުލާ އިކާން ހިތްހަމައެއްނުޖެހުނެވެ. ލާނެއް ހިނިތުންވުމެއްގައި ހުރެ އިކާން ކިއާރާގެ ގާތަށް މިސްރާބުޖެހިއެވެ. އޭނައަށް ފަސްދީގެން އިން ކިއާރާއަށް މިއިން އެއްވެސް ކަމެެއްގެ ހިލަމެއްނުވެއެވެ. އިކާން މަޑު ހިނގުމެއްގައި ގޮސް ކިއާރާގެ ފަހަތުގައި ހުއްޓި ހުރެ ސިއްސުވާލިއެވެ. ކުއްލިއަކަށް އިވިގެންދިޔަ އިކާންގެ އަޑުން ކޮފީ ޖޯޑު މޭޒު މަތީގައި ބައިންދަން އުޅުނު ކިއާރާގެ އަތުން މޭޒުމައްޗަށް ކޮފީ ވެރުނެވެ. ކިއާރާއަށް ވީގޮތުން އިކާންއަށް ހެވުނެވެ. ” ދޮންބޭ… ” ދެބުމަ ގޮށްޖަހައިލައިގެން އިނދެ ކިއާރާ ދެލޯ އަޅާލަމުން އިކާންއަށް ގޮވާލިއެވެ. ” އަޅުގަނޑުގެ ފޯނުވެސް ކިރިޔާއެއްނު… ” ހިތްހަމަނުޖެހުމާއެކު ކިއާރާއަށް ބުނެވުނެވެ. ” އޯކޭ ސޮރީ… ދޮންބެ ހަމަ ކިއާއަށް ކުޑަކޮށް އުނދަގޫކޮށްލާހިތްވީއޭ… ހާދަވަރަކަށް ފޯނަށް ގެެއްލިފަ ތިއިނީ… ކާކަށްތަ މާވަރަކަށް ތިމެސެޖު ކުރަނީ… ދޮންބެއަށް އަންގާވެސް ނުލާ ކަމެއް ކުރަނީތަ ކިއާ… ” ކިއާރާގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީންނަމުން އިކާން ބުނެލިއެވެ. ” ނޫން… ދެން ދޮންބެއަށްވެސް އިނގޭނެދޯ އަޅުގަނޑު އަދި އެފަދަ ކަމެެއް ނުުކުރާނެކަން… އަދި ބޭނުމީ ހަމަ ކިޔަވަން… ދޮންބެ ބުނެބަލަ… ދޮންބެ ކޮންދުވަހަކުންތަ މަލްދައްތަ އެއްކޮށް މިގެއަށް ގެންނާނީ… އޭރުން އަޅުގަނޑުވެސް ފޫއްސެއްނުވާނެ ގޭގަ… ” ކިއާރާގެ ވާހަކަތަކުން އިކާންގެ މޫނުމަތި މިލައިގެން ދިޔައެވެ. އެހެނަސް ދާދި އަވަހަށް އިކާން އޭނަގެ މޫނުގެ ކުލަވަރު ބަދަކޮށްލިއެވެ. ” އެކަމާ އަދި ނުވިސްނަން..، އަދި ކިރިޔާއެއްނު ބައްޕަގެ ބިޒްނަސްއަށް މިޖޮއިން ކުރެވުނީ… ފުރަތަމަ ބިޒްނަސްގެ ތެރޭގަ އުޅެލަން ބޭނުންވަނީ… އެއަށްފަހު އެކަމާމެދު ވިސްނުން އޮތީ… ” އިކާން ހަމަޖެހިލަމުން ބުނެލިއެވެ. އެއަށްފަހު ކިއާރާގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީ އޮފީހަށް ދާން ތައްޔާރުވާން ދަނީ ކަމުގައި ބުނެ އިތުރަށް މަޑުކުރުމެއްނެތި އިކާން އެތަނުން ދިޔައެވެ.

އާދައިގެ މަތިން މިއަދުވެސް މަގުމަތި ފެންނަނީ ނުހަނު ހަލަބޮލިކޮށެވެ. ދުއްވާ ތަކެތީގެ އިތުރުން ހިނގާބިގާވެ އުޅޭ މީހުންވެސް އެހާ ގިނައެވެ. ސުކޫލަށާއި އޮފީސްފަދަ ތަންތަނަށް ދިޔުމަށް ހަލުވިކަމާއެކު ކޮންމެ މީހަކުވެސް މަސައްކަތްކުރެއެވެ. ބައެއް މީހުން ޓެކްސީއެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބެއެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ތަންކޮޅެއް ލަހުން ހޭލެވުނު ޔަނާލްވެސް އެހެން ދުވަސްދުވަހާ ޚިލާފަށް ހަލުވި ފިޔަވަޅުތަކެެއްގައި ހިނގަމުން ދިޔައެވެ. އޭނަގެ އަމިއްލަ ކާރުވެސްވީ ދިމާވި މައްސަލައެއް ހައްލުކުރުމަށްޓަކައި ބަޔަކާ ހަވާލުކުރެވިފައެވެ. ޓެކްސީއެއްގެ އިންތިޒާރުގައި މަޑުކޮށްފިނަމަ އިތުރަށް ލަސްވާނެތީ ޔަނާލް ހިނގާފައި އަންނަން ނިންމީއެވެ.

ސައި ތައްޔާރުކުރުމުގައި އުޅުމަށްފަހު ސިޓިން ރޫމު ކުނިކަހާ މޮޕްލައި ނިންމާލި ޔަލްވީ ހިންދެމިލިއެވެ. އޭނާ ފޯނު ހިފައިގެން ނުކުމެ ގޯތިތެރޭގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޮށޯތެވެ. އޭރު ބަގީޗާގެ ގަސްތަކަށް ފެންދިނުމުގައި ޔުސްރާ އުޅެއެވެ. ފޯނުން ފޭސްބުކަށްވަދެ އޮތް ޔަލްވީގެ ފޯނަށް ކޯލެއްއައެވެ. ފެނުނު ނަންބަރުން ޔަލްވީގެ ނިތައް ރޫތައް ޖަމާވިއިރު ދެވަނަ ސިކުންތުގައި ފުންމައިގެން ޖޯލިން ތެދުވިއެވެ. އިންޓަވިއުގެ މަތިން ހަނދާންވި ޔަލްވީގެ ހިތުގައި ނުތަނަވަސްކަމާއި އެއްވަރަށް އުފާވެރިކަމެއްވިއެވެ. އޭނައަށް އުއްމީދުކުރެވެމުން ދިޔައީ އެއީ އޭނަ ކުރި އިންޓަވިއުގެ ނަތީޖާ ލިބިގެންދާނެ ކޯލަކަށް ވުމެވެ. ފޯނު ކެނޑުމުގެ ކުރިން ޔަލްވީ އަވަހަށް ފޯނު ކޯލަށް ޖަވާބުދިނެވެ. ތިންވަރަކަށް މިނެޓަށް ދެމިގެންދިޔަ ފޯނު ކޯލު ނިންމާލި ޔަލްވީ އުފަލުން ގޮސް ކުޑަކޮށް ފުންމާލިއެވެ. އެވަގުތު އުފަލުން ގޮސް އޭނައަށް އަނގައިން އަޑެއްވެސް ލައްވާލެވުނެވެ. ޔަލްވީގެ އަޑަށް ގަސްތަކަށް ފެންދޭން ހުރި ޔުސްރާވެސް ހައިރާންކަމާއެކު ބަލައިލިއެވެ. ” ދަރިފުޅާ ޔަލްވީ… ކިހިނެއްވީތަ ތި ފުމެނީ… ” ވާނުވާ ނޭނގިފައިހުރި ޔުސްރާއަށް ފެންހޮޅި ބާއްވަމުން ތަންކޮޅެއް ބާރަށް އަހާލެވުނެވެ. އެއާއެކު ޔަލްވީ ދުވެފައި ގޮސް ޔުސްރާގެ ގައިގައި ބައްދާލިއެވެ. ” މަންމާ… ވަޒީފާ ލިބުނީ… ” ޔަލްވީ އެހުރި ގޮތަށްހުރެ ބުނެލިއެވެ. ” ހަމަތެދެއްތަ ދަރިފުޅާ… އަލްޙަމްދުﷲ… މަރުހަބާ ދަރިފުޅާ… ވަރަށް އުފާވެއްޖެ މަންމަ… ” ޔަލްވީ ގަޔާ ދުރުކޮށްލަމުން ޔުސްރާ ބުނެލިއެވެ. ” މާދަމާ ނުކުންނަން ބުނީ…” ޔުސްރާގެ މޫނަށް ބަލަހައްޓާއިގެން ހުރެ ހިނިތުންވުމަކާއެކު ޔަލްވީ ބުނެލިއެވެ. ” މަންމަ ނުބުނައްޗޭ ނާލް ކައިރި… މެންދުރު ކާން އައިމަ ބުނާނީ… އަޅުގަނޑު ފޮނި އެއްޗެއް ތައްޔާރުކޮށްލާފަ ބަހައްޓާނީ… ” ޔަލްވީ ހަމަ އެހިނިތުންވުމުގައި ހުރެ ބުނެލިއެވެ. ޔުސްރާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

ޔަނާލް ދިމްނާ އާއި އަދި އިތުރު ކުއްޖަކާއެކު ކާރުގައި އައިސް ބޮޑު ގެއެއްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އޭރު އޭނަގެ އެހެން ބައެއް ސްޓާފުން އިވެންޓަށް ބޭނުންވާ ތަކެތި ހިފައިގެން އައިސް ލޮރީގައި ތިއްބެވެ. ޔަނާލްގެ ފަހަތުން ދިމްނާމެންވެސް ކާރުން ފޭބިއެވެ. އެމީހުން ފޭބިތަނާ އެގޭގެ ބޮޑު ގޭޓް ހުޅުވާލަމުން އެތެރެއަށް ނިކުން އާކިފް އޭނައާއެކު އައުމަށް އިޝާރާތްކުރިއެވެ. ޔަނާލް އިސްވެ ހުރެ ކުރިއަށް ހިނގައިގަތެވެ. ލޮރީ ކައިރީގައި އެހެން ސްޓާފުން ޔަނާލްގެ އިޝާރާތަކަށް މަޑުކޮށްލައިގެން ތިއްބެވެ. ކުރިއަށް ހިނގަމުންދިޔަ ޔަނާލް އާއި އާކިފް އާދެމެދު ވާހަކަތައް ދެކެވެމުން ދިޔައެވެ. އެމީހުން ގޮސް އެގޭގެ އެތެރެއަށް ވަނެވެ. ޔަނާލް ވަށާއިގެން އެގެއަށް ނަޒަރެއް ދިނެވެ. ތަނަވަސް ބޮޑު ލިވިންރޫމެކެވެ. ބޮޑު ސިޑި ބަރިއަކުން މައްޗަށް އެރެން ހުރިއިރު މަތީގައި ވަނީ ސްޓޯރޫމަކާއެކު ރެސްޓް ރޫމްތަކެެއްކަން އާކިފްގެ ވާހަކަތަކުން ޔަނާލްއަށް އެނގުނެވެ. ލިވިންރޫމުގެ މަތީގައިވި ބޮޑު ޗާންދަލިއާއިން އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ.

އެގެކީ އާކިފްގެ ބައްޕައަށް ލިބިފައިވި ބިމެކެވެ. އާކިފްގެ ޅަދުވަސްވަރު ހޭދަކޮށްފައިވަނީ އެގޭގައެވެ. އާކިފްގެ ބައްޕަ ދުނިޔެ ދޫކުރުމުގެ ކުރިން ހުރި ހަމައެކަނި ދަރިފުޅުގެ ނަން މައްޗަށް އެގެ ވަނީ ރަޖިސްޓްރީކޮށްދީފައެވެ. މައިންބަފައިންގެ ވަކިވެ ދިޔުމަށްފަހު އާކިފް އޭނަގެ އަމިއްލަ ބިމެއްގައި ގެ އަޅާ މިހާރު ދިރިއުޅެނީ އެހެން ގެއެއްގައެވެ. މައިންބަފައިންގެ ފަރާތުން އޭނައަށް ލިބުނު ގެ މިހާރު އެވަނީ ރަނގަޅު ފެންވަރަކަށް ހަދާ މިފަދަ އެކިއެކި ހަފްލާތައް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަނަކަށް ހަދާފައެވެ. އެބޮޑު ތަނަވަސް ލިވިންރޫމު އެކަމުގެ ހެއްކަކަށް ފުދެއެވެ. އާއިލީ އެކުވެރިކަމުގެ ނުވަތަ ވިޔަފާރި އާއި ގުޅުންހުރި އެކި ޕާޓީތައް ބޭއްވުމަށް އެތަން ވަރަށް ފުރިހަމައެވެ. ދިގު މުއްދަތަކަށް ނުވަތަ ދުވަސްކޮޅަކަށް ނަމަވެސް އެކި ކަންކަމުގައި ޒިޔާރަތްކުރާ ގާތްމީހުންނާއި އެކުވެރިން ތިބުމަށްވެސް އެމީހުން ހަމަޖައްސަނީ އެގޭގައެވެ. ޔަނާލްއަށްވެސް އެތަން ނުހަނު ކަމުދިޔައެވެ. އޭނާ ބޭނުންވާފަދަ ގޮތަކަށް އެތަން ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްލެވޭނެއެވެ. ”އިކާން… ” ގޭގެ އެކި ތަންތަނަށް ނަޒަރު ހުއްޓަމުންދިޔަ ޔަނާލްއަށް އާކިފްގެ ދުލުން އިކާންގެ ނަން އިވުނު ވަގުތު އެއްވެސް އިޚްތިޔާރަކާނުލައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ2 ހަތަރުވަނަ ބައި

Next

ރާސްތާ 2 ފަސްވަނަބައި

Next
October 12, 2019

ރާސްތާ 2 ފަސްވަނަބައި

Previews
October 11, 2019

ރާސްތާ2 ހަތަރުވަނަ ބައި

17 Comments!

  1. Muslim says:
    October 11, 2019 at 10:07 pm

    Me first dhw? kiyaafa comment kohlaanan!

  2. ifoo says:
    October 11, 2019 at 10:10 pm

    Salaam dear readers… Here is the fifth part… Hope all will like this part too… Sorry for the late update… afternoon ga upkohlan ulhuny bt maa bxy v ma nuvy… next part In Sha Allah tuesdayga… cause next two days I will be super bxy… Hope all will wait… leave a comment after reading… thank you all for the support and love…

  3. maai says:
    October 11, 2019 at 10:12 pm

    hii ifoo darala…maai ah adhi mi fenuny…kiyaalafa big big colourful conmnet eh kollanan ingey….❤❤❤
    your big fan maai

  4. Muslim says:
    October 11, 2019 at 10:20 pm

    Before i start praising this part i wanna say ITS OKAY ey for late update ey… u dnt have to be sorry…. Becoz the story is……Simply woww!!!!! Ma Sha Allah! Mi bai vx as usual v reethi… !sifakurunthakaa ibaaraai’kurunthah vx v furihama…. Its simply AWESOME!!!! i am simply speechless….Just the way all ur stories are perfect mi bai vx v v v v v reethi…. Dhen neyngey bunedheykah hageegathuga vx.. ehaa furihama… hehehe…. Muslim v angagadha dho????? Ifoo sis ge story reethi kamun moya v kanneyngey dho????? hehehhe!!!! Anyways….. mi part v reethi…. And may Allah make u a successful writer and may he make fulfill all ur dreams….. Ameen!! AND last thing…. am curiously waiting for next part and……. LYSM and the story as well

  5. Mal? says:
    October 11, 2019 at 10:30 pm

    Vara reethi ??

  6. Kylie says:
    October 11, 2019 at 10:31 pm

    Me third dhw….. V reethi mi part vx…. Waiting fr nxt dear…. Keep it up!!!

  7. Shuha says:
    October 12, 2019 at 7:26 am

    Vvvv reethi mi part ves………when Next part…………..

  8. Jdnfjfjfndjnf says:
    October 12, 2019 at 9:14 am

    Konba etha cover pic ga ethibee

  9. Lamko says:
    October 12, 2019 at 9:25 am

    Woow hama habeys ey buneveynee… good ifoo keep it up…..whn next part

  10. Mimmi ❤️ says:
    October 12, 2019 at 10:11 am

    Wow speechless.. Keep it up <3

  11. CuTe gIrL says:
    October 12, 2019 at 10:24 am

    Wow. Vvv reethi

  12. maai says:
    October 12, 2019 at 10:59 am

    masha allah…..??????????????????????????
    speachless…i am just speachless ??????????????????
    your are best current writer in this site
    ????????????????????????????????
    sifa kurinthah ves hama habeys…haadha molhey ifooo…ifoo akee hama v talented author eh..????????????????????????????????????
    mi part kiyaali iru hama heevy kausty zindagi kaii ge scene eh fenunuhen…ikaan ge bai kiyqafa hama v dheravi….haadha molhey ifoo…. whole story is just amazing..???????????????????????
    i appreciate your hard work..????????????????????
    ????LOVE U IFOO??????
    ????????????????
    ?????????⚘⚘⚘???????????????????
    your big fan maai

    1. Kattey says:
      October 12, 2019 at 1:37 pm

      Not kausti. ???? Kasauti inge fuhkolhu..

  13. Fortnite says:
    October 12, 2019 at 1:33 pm

    Hi dear.. Fortnite kiyaaleemu mi part miadhu hendhunu.. But busy veema e gadeega comment nukurevuny inge.. Now its time to comment.. Pis pis pis mioh ulhey hunaruveri gaabiliyyathu maleh dhw.. Hama bunaane echcheiy neyngi ajaabuvefa meenee.. V salhi ingey mi bai.. Past ge bodu baeiy innaane dhw mi storyga..?? Can’t wait for that.. Sifakurun ves hama obi.. Ibaaraaiy kurunves hama obi.. And Dhivehi bahuge hama thah rangalhau beynunkuraatheeve fortnite v hiyhama jehey ingey ifoo.. Ifoo ge eba huri mi dhaairaain kuriah dhaan hunaru.. Insha Allah you will and you can do it.. Good luck ifoo jaaneman.. Hehe.. Fortnite mee thankolheiy majaa mizaajege meeheh ehenveema majaa vegen gos keedhaane konme fadha echcheiy ves.. Ifoo fortnite au liyevey ekahala echchissau maa bodau alhainulaathi ingey.. Wish you all the very best of luck dear.. Hoping that we are good friends.. And ifoo you can call me shai.. Good luck dear.. Mwah

  14. Maisha says:
    October 12, 2019 at 1:51 pm

    Wow?????… Varah reethi mi bai ves.?. Waiting for next????❤????❤….

  15. Naju says:
    October 12, 2019 at 3:01 pm

    Wow ❤❤❤ Mi partvx v v v v rythi ingey ??????????? l just love it ??????????? I can image each n every scene in it ??????????

  16. @Ikleel says:
    October 14, 2019 at 7:43 pm

    Wow..!! ❤❤????…Speechless..!! ❤❤????..Mi part vex vrh vrh reethi…❤❤????…Your doing a amazing job ifoo..❤❤????..Sifa kurun thah vrh salhi..Obinoavey hama..❤❤????…Story dhigukoh genesdheythy vrh kamadhudhey aslu..❤❤????…Kaaku baa dhw e aee…!! Let see dhw kaaku thoa e ee..❤❤????..Keep it up dear…❤❤????…Wish you all the best..❤❤????…Hope kuriah huri baithah vex mihaa furihama ah genesdheyne kamah…❤❤????..I will support you always dear..❤❤????…Much loves..❤❤????..

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 06←


All Right Reserved!