ކޮޓަރީގެ ކުޑަދޮރު ކައިރީ އިން ޝެލީއަށް ވާރޭ އޮއްސިގަތް ތަން ފެނުމުން އެދުމަތީ ބާއްވާފައޮތް ބުރުގާހ ހިފައިގެން ސިޓިން ރޫމަށް ނުކުތީ މަންމަ ގާތުން ހުއްދަ ހޯދައިގެން ވާރެއާ ތެމެން ނުކުތުމުގެ ބޭނުމުގައެވެ.މުޅި ފެންޑާ ފަރުމާ ކޮއްފައިވަނީ އެންމެ ޒަމާނީ ފެންވަރަށެވެ.ށެލީ ފެންޑާޔަށް ނުކުމެގެން އަައި އިރު ސޯފާ ގޮނޑީގައި ޝިމާޒު ލެޕްޓޮޕާ ކުޅެން އިނެވެ. ޝެލީ މަޑުމަޑުން އައިސް ޝިމާޒު ކައިރީ އިށީނދެ އިނދެ ކަރުކެހިލިއެވެ. އެހެމް …އެހެމް.. ކިހިނެތްވީ ށެލީ؟ ވާރެއާ ތެމެން ދޯ… ދަރިފުޅާ… ބައްޕަ ހިތްހަމަ ނުޖެހޭކަން ދަރިފުޅަށޤ އެނގެ އެއް ނު…. ދެން ކީއްވެ ތި އަހަނީ؟ ށޭލީޔަށް އެނގެޔޭ މަންމަ ހުއްދަ ދިނަސް ބައްޕަ ހުރީމަ ށެލީ ނުފޮނުވާނެ ކަން .. ބައްޕާ ޕްލީ………ޒް. އެލީ އެލެން ބުނެލީ ކޮންމެ އަކުރަވަށް ވެސް ދަމާފައެވެ. ދަރިފުޅާ އަބަދުވެސް.. ތިހެން ހަދާ ބައްޕަ ހައްދާލަނީ… ހުމ…. ދޭ ދެން މިފަހަރު .. އެކަމު އަވަހަށް އަންނާތި… ބަދިގެއިން ނުކުމެގެން އައި އާލިޔާ އައީ ފެންޑާޔަށް ވަދެގެން އައީ ފިރިމީހާޔާ ދަރިފުޅު ކުޑަ ދެކުދިން ހެން ޒުވާބުކުރާތަން ފެނިފައެވެ. މަންމާ … ދެން ތިހާވަރަށޤ ނުހީބަ.. ޝެލީ ޔާ ބައްޕަޔަށޤ އެނގެޔޭ ކީއްވެކަން މަންމަ ތި ހެނީ… އިހަށް ޝޭލީ މިދަނީ ބޭރަށް … ޝެލީ ދުވަމުން ބޭރަށް ނުކުތެވެ. އެލީ ބޭރަށް ނުކުތުމުން ބޭރުގަ ތިބި ކުދިން ދުވަމުން ގޮސް އެލީ ގާތަށް ދިޔައެވެ.ދައްތި އައީދޯ.. އާނ ހިނގާ މަގަށް މިހާރު މަގުގަ ނޫޅޭނެ އެކަކުވެސް.. އާނ ހިނގާ ދައްތީ.. ޔޭ…ޝެެލީ މަގަށް ނުކުތް ގޮތަށް އެއްކޮއް ތެމުނެވެ. އަދި ކުދިންނާ އެކީ ކުޅެން ފެއްޓިއެވެ.އެހެން އިނުމަށް ފަހު ވާރޭގެ ތެރެއައް ދެއަތް ދިގުކޮއްގެން ދެލޯ މަރައިގެން ޝެލީ އިނީ ވާރޭގެ ދުނިޔޭގަ އެވެ. ********************************************* ކާރުގެ ލޯގަނޑުން ފެންނަމުން އެދާ ކުއްޖާ ޔާ ދިމާޔަށް ކިޅިޖަހައި ނުލައި ބަލަން ޝަހުދާންއަށް އިނދެވުނެވެ.ޝަހުދާން އަށް ކާރުން ބޭރަށް ނުކުމެވުނެވެ. އިޙްތިޔާރުން ބެރުގައެވެ. އަދި އެ މަޑު ފިރިހެންވަންތަ ހިނގުމުގައި ގޮސް ޝެލީގެ ގައިގައި ބައްދައިގަނެވުނެވެ. […]
އެގޭ ދޮރު ހުޅުވިއެވެ. ވަގުތުން އަހަރެންގެ އަނގަ ބަންދުވިއެވެ. ކަރުތެރެއަށް ތޫނު އެއްޗެއް ހަރާލި ފަދައެވެ. “ރަ..ރައިހާން!!!” އަހަރެން ދިޔައީ ސިއްސައިގެނެވެ. ކުރިމަތީގައި ހުރީ ރައިހާން ނޫން ދެވަނަ މީހެއްނޫނެވެ. މީ ހަގީގަތެއް ކަމާމެދުވެސް އަހަރެންނަށް އަދިވެސް ޝައްކެވެ. އެހެންތާ ވާނީވެސް.. އަހަރެންނަށް އިތުރު ބަހެއް ނުބުނެވެނިކޮއް އަހަރެންނަގެ އަތުގައި އޮތް މަންމަގެ ފޯނަށް ލަޔާ ގުޅަން ފެށިއެވެ. “ބީބީ ފައިނަލީ އައިއޭމް ހިއަރ. ” އަހަރެންނަށް ދެވަނަ ސިހުމެއް ލިބުނީ ފޯނުން ވާހަކަ ދައްކަމުން އެގެއިން […]
ކަރުނައިން މި ދެލޯ… ޝާއްކޮ ލަހުފާ އަކީ އެހެން ކުދިންނެކޭ އެއްފަދައިން ކިޔެވުމަށް މޮޅު ހިތަވްރުގަދަ ވަރަށް ކެރޭ 15 އަހަރުގެ އަންހެން ކުއްޖެކެވެ. ލަހުފާގެ މަންމައަކީ ލަހުފާއަށްޓަކައި ޖާނުން މާލުން ގުރުބާން ވާން ހުރި މައެކެވެ. ލަހުފާގެ މަންމަގެ އެންމެ ބޮޑު އެދުމަކީ ކިޔަވާ މޮޅުވެގެން ޓޮޕް ޓެން އެވާޑް ލަހުފާ ހާސިލް ކުރުމެވެ. ލަހުފާގެ މަންމަ ލަހުފާގެ އިތުރުން ދެ ދަރިން ތިބެއެވެ. އެއީ ނަދުހާ އާއި ޝައިހާއެވެ. ޝައިހާ ވަނީ މިހާރު […]
ހަސަން ވެސް އާނއެކޭ ބުނެ ފޯނު ބޭއްވިއެވެ. *.*.*.*.*.*.*.*.* މުނާ އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެެވެ. މުނާ ތެދުވެގެން ގޮސް އެންމެ ފުރަތަމަ ދިޔައީ ފާހަނަ އަށެވެ. ފާހަނައިން ނުކުމެ ބޮލުގަ ލުއި ހުޅި އެއްޖަހާލަމުން މުނާ ނުކުތީ ކޮޓަރިން ބޭރަށެވެ. އެއީ މަރީނާ ފަތިސް ނަމާދައް ހޭލިތޯ ބަލާލާށެވެ. މަރީނާ ހޭލައިން އުޅޭ ކަން އެނގުމުން މުނާ ކޮޓަރި އަށް ވަދެ ނަމާދު ކޮށްލިއެވެ. މުނާ ކުރާ ކޮންމެ ނަމާދެއް ފަހުގަ ޝައިމް […]
“ރިއާން!” ރާއިން އެއްލި ބޯޅަ އައިސް ޖެހުނީ ރިއާންގެ ގައިގައެވެ.”ކުޅޭއިރު ތަންތަނަށް ނުބަލާށޭ ރިއާނޫ!… ރާއިން އެވަރުންވެސް ބެލީ ރިއާން ރުޅި އަރުވާލެވޭތޯއެވެ. “ރާއިން. ރާއިންވެސް ވެއްޖެއްނު ކުޅޭއިރު ތަންކޮޅެއް ބަލައިލަގެން ކުޅެން!”. ރިއާން އަކީ މަޑުމައިތިރި މިޒާޖެއް ހުންނަ ކުއްޖެއް ކަމުން ބުނިލޭ މަޑުކަމުން ރާއިން ގާތަށް ހިނިއައެވެ. “އޯކޭ ދެން ހިނގާ ދާން ، މާދަމާ މެޗުން ވާނެ އަހަރުން މޮޅުވާން.” އަރާއިގެން އައި އިރާއެކު ކާޔާ އިނީ އަތިރިމަތީގައެވެ. އިރުއަރާ މަންޒަރު އަދި އިރުއޮއްސޭ މަންޒަރާކީ ކާޔާ އެންމެ ބަލާލަން ހިތްހަމަޖެހޭ ވަގުތެވެ. ކާޔާ ސިއްސާގެން ދިޔައީ ނީން ކާޔާ ސިއްސުވާލުމުންނެވެ. ކާޔާ ކީވެތަ އަބަދު މިތަނަށް މިގަޑީގައި އަންނަނީ ، އަހަރެން ކާޔާ ގެޔަށްވެސް ގޮއްސަ […]
އައިލީން ބަލަހައްޓައިގެންހުރި ދިމާލަށް އައިޝަމްވެސް ބަލާލުމާއެކު އެކަޅުކަންގަދަ ބުމަގޮއްޖަހާލެވުނެވެ. އޭރު އައިލީންހުރީ ގަބޫލުކުރަން ދަތިވެފައިވާހާލު ކަޅިޖަހާނުލައި ކުރިމައްޗަށް ބަލަހައްޓައިގެނެވެ. ___________________________________ އޭނާގެ ކުރިމަތީގައި ހައިރާންކަމުން ފުރިގެންވި ނަޒަރަކުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އެހުރީ އިތުރު ދެވަނަ މީހެއްނޫނެވެ. ކައިރާ އާއި ކައިޒިލްއެވެ. ދެއަހަރުފަހުންވެސް ކައިޒިލް ފެނުމުން އައިލީންއަށް ދެނެގަނެވުނީ ކައިޒިލްގެ އަޅިކުލައިގެ ދެލޯފެނުމުންނެވެ. އަދި ޔަގީންކަން އިތުރުވީ ކައިރީގައިހުރި ކައިރާ ފެނުމުންނެވެ. އައިލީންއަށް ކައިޒިލް ވަކިކުރަން އެނގުނެއްކަމަކު ކައިޒިލްއަށް ބޮޑެތިބަދަލުތަކެއް އައިސްފައިވާކަން އެ ސޫރައަށް ބަލާލުމުންވެސް އެނގޭހާއެެެވެ. […]
ގޭގެ ފަހަރަކު ކޮޓަރިއެއްގެ ދޮރުގައި ތަޅަމުން، ކައިލަން ދިޔައީ ނައިރާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަމުންނެވެ. މުޅި އެގޭގައިވެސް އިތުރު މީހަކު ނެތް ވަގުތެކެވެ. ކައިލަން އަނެއްކާވެސް ދުވެފައި އައީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. އެވަގުތު ނައިރާގެ ކޮޓަރިން ނުކުމެގެން ކޮންމެވެސް މީހަކު ދުވެފައި ދިޔަތަން އޭނައަށް ފެނުނެވެ. އެމީހެއްގެ ފަހަތުން ދާން އުޅެފައިވެސް، ކައިލަންގެ ޚިޔާލު ބަދަލުވިއެވެ. އެ ނަޒަރު ހުއްޓުނީ ނައިރާގެ ކޮޓަރި އާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އެތެރެއިން ނައިރާގެ […]
އިސާހިތަކު ލޮލުން ކަރުނަ ނިރާލީ އެދުވަސްތަށް ހަނދާން ވުމުންނެވެ. ހުރިހާ އިހްސާސެއް އެއްވެ ރުޅި އިސްކުރަން ނެގީ މަދު މިނިޓު ކޮޅެކެވެ. *** “އޭތް!! އަޝޫ ހިނގާ ބަލަ އަހަރެން ގެއަށް ލައިދޭން.. ރީމް ނުދާނަންތަ؟” އައިނާ އަޝްހާ ކައިރީ ބުނެލުމަށްފަހު ، އޮޅުން ފިލުވާލީ ރީމާ ގެއަށް ދޭތޯއެވެ. “އާން.. އަހަރެން ދާނީ ނަވްޝާ ކައިރިއަށް ވަދެލާފައި. އެއީ ވެސް އަހަރެންގެ ބެސްޓް ފްރެންޑެއްނު؟ އަދި އޭނަ އަށް ވެސް މިފްރެންޑް ޝިޕް އަންގަންޖެހޭނެ. ނަވްޝާ […]
އަލްވިން ފާހަނައިން ނުކުތްއިރު ކޮޓަރީގައި އެކަކުވެސްނެތެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަހަށް ތައްޔާރުވެލިއެވެ. “އަލްވިން؟؟؟” ނަވާލްގެ އަޑު ބޭރުންއައެވެ. ” އާނ، ކީކޭ؟” އަލްވިން، އަތުގެ އިނގިލި ތަކުން އޭނާގެ ފަން އިސްތަށިގަނޑުގައި އަތްކާތުލަށްފަހު ޖަވާބުދިނެވެ. ” ކޮބާ އަދިވެސް ނުނިމެނީތަ؟ ” ” ނޫނޭ މިނިމުނީ ” ބޮޑީސްޕްރޭ ފުޅިން ގަޔަށް ބޮޑީސްފްރޭ ބުރުވާލުމަށްފަހުގައި ކޮޓަރިން އަލްވިން ނުކުތެވެ. ނަވާލް އާއި އެއްކޮށް އަލްވިން ގޮސް ދެން ވަނީ ކާގެއަށެވެ. އޭރު ހަލީމާ އަވަދިނެތި ސުފުރާމަތި […]