Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރަސްތާ2 ހަތްވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 18, 2019 8 Mins Read
4 Comments

ފޯނު ކަންފަތުން ނައްޓާލާފައި ނާފިއު ފުން ނޭވައެއް ދޫކޮށްލިއެވެ. ނަވާރް ހުރިތަން އެނގުމާއެކު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެމީހުން ގާތަށް އެނބުރި އައުމަށްވުރެ ނަވާރްއަށް ރަނގަޅުވާނީ ދީނާމެންގޭ ހުރުކަން ނާފިއުއަަށް އެނގެއެވެ. އެހެންވެ ނަވާރް ގެންނާކަށް ކޮންމެހެން އޭނާއަށް ނޫޅެއެވެ. އެހެނަސް ނަވާރްގެ ހާލުބަލައި އޭނާއަށް ވީ ވަރަކުން ނަވާރްއަށް އެހީވެދޭނެއެވެ. ނަވާރް ދިޔަތަނަކާ ބެހޭ ގޮތުން ހަމްދާ ސުވާލު ކުރުމުން ނޭންގެއޭ ބުނެ ނަވާރް ހުރިތަން ހަމްދާއަށް ނާފިއު ސިއްރުކުރިއެވެ.
****

ނަވާރް ކިއެވުމުގެ ކަންކަން މާލޭ ސްކޫލަކަަށް ވަރަށް ފަސޭހައިން ބަދަލުވިއެވެ. ދީނާއާ އެއް ސްކޫލަކުން ޖާގަ ލިބުމުން ނަވާރް އުފާވިއެވެ. އޭނާއަށް ކޮންދިން ކަންތަކަށް ދީނާގެ މައިންބަފައިންނަށް ނަވާރް ޝުކުރު އަދާކުރިއެވެ. އެމީހުން އެއީ އެއްވެސް ކަމެއް ނޫން ކަމަަށް ބުންޏެވެ. ހަގީގަތަކީ ނަވާރް ސްކޫލްގެ ކަންތައް އެހާ ފަސޭހައި ހަމާޖެހުނީ ނާފިއު ކޮށްދިން މަސައްކަތުންނެވެ. އެކަން ނަވާރްއަށް އެނގެން ނާފިއު ބޭނުންނުވީއެވެ. ދެދުވަސް ގޭގައި މަޑުކޮށްފައި ބުދަ ދުވަހު ދީނާއާއެކީ ނަވާރް ސްކޫލަށް ދިޔައެވެ. މުޅިން އާތަނަކަށް ދެވޭތީ ނަވާރް ޖެހިލުންވިނަމަވެސް ދީނާ ހުރުމުގެ ސަބަބުން ކުޑަހަޖެހުމެއް ލިބުނެވެ.
ފުރަތަމަ ދުވަހަށް ވިއަސް ދީނާގެ ސަބަބުން ނަވާރްއަށް އާއެކުވެރިން ލިބުނެވެ. ކޮންމެ ކުއްޖަކުވެސް ހިނިތުންވެލާފައި ސަލާން ކޮށްލައެވެ. އާކުއްޖެކޭ ކިޔާފައި ޓީޗަރުންވެސް އެއްވެސް ދުރުކަމެއް ނުގެންގުޅުއެވެ. ފުރަތަމަ ދުވަހުވެސް ނަވާރް ސްކޫލްގެ އާ މާހައުލަށް ހޭނުނެވެ.

ދެދުވަސް ވެގެން ދިޔައިރުވެސް ތާނިޔާގެ ޚަބަރެއް ނުވުމުން އަލްޔަސް ކަންބޮޑުވިއެވެ. ތާނިޔާއަށް ބޮޑުކަމެއް ވީއޭ ހިތާ އަލްޔަސް ތާނިޔާމެންގެއަށް ދިޔައެވެ.
ތާނިޔާގެ މަންމަ ދޮރު ހުޅުވުމާއެކު އަލްޔަސް ހިނިތުންވެލާފައި ތާނިޔާ ކޮބައިތޯ އެހިއެވެ. ތާނިޔާ ގޭގައި ނެތޭ ބުނުމާއެކު ފަނޑު ހިނިތުންވުމަކާއެކު އަލްޔަސް ދިޔައެވެ. މާޔޫސީ ކަމާއެކު ސައިކަލަށް އަރާފައި ދުއްވާލަން އުޅެނިކޮށް ފޯނު ރިންގްވާން ފެށިއެވެ. ސްކްރީނަށް އަރާފައި އިން އަލައިކާގެ ނަން ފެނުމުން އަވަހަށް އަލްޔަސް ޖަވާބުދިނެވެ. “އަލްޔަސް މިރޭ އެއިޓް ފިފްޓީންެއަށް. އެމްއޭ ރެސްޓޯރަންޓަށް. މްމްމް މިގަޑީ ބިޒީ ނޫނިއްޔާ ތަނަކަށް ގޮސްލަން އާދެވިދާނެތަ؟” އަލްޔަސް ފޯނު ކަނޑާލާފައި މިސްރާބުޖެހީ އަލައިކާ ބަލާ އޮފީހަށް ދާށެވެ. ފަސްވަރަކަށް މިނެޓު ތެރޭ އަލްޔަސް ހުރީ އަލައިކާ އޮފީސް ދޮރުމަތީއެވެ. ބޮޑު ފައިލެއް ހިފައިގެން އަލައިކާ އައިސް ސައިކަލަށް އެރިއެވެ. އަލައިކާ އެދުނީ އޭނާ ބުނާ ފިހާރައަކަށް އޭނާއާއެކު ގޮސްދިނުމަށެވެ. އަލްޔަސް އެއްވެސް ދެކޮޅު ހެދުމެއްނެތި ސައިކަލުދުއްވާލިއެވެ.
ސައިކަލު ބަހައްޓާފައި އަލައިކާއެކީ އަލްޔަސް ވެސް ފިހާރަައަށްވެނެވެ. ބޮޑު އެފިހާރައިގައި މުޅިންހެންވެސް ހުރީ އަންނައުނެވެ. ގޭތެރޭއުޅޭއިރު ލާ އަންނައުނުން ފެށިގެން އެންމެ ރަސްމީ ހެދުމާއި ޒަމާނީ ހެދުންވެސް ހުއްޓެވެ. އަލައިކާ ކައުންޓަރަށް ގޮއްސައި ފައިލްގައި އޮތް ގަނޑެއްް ނަގައި ކައުންޓަރުގައި އިން ކުއްޖާއަށް ދިނެވެ. އެގަނޑު ފަރުވާތެރިކަމާއެކު ކިޔާފައި އަލައިކާ ގާތު ކޮންމެެސް އެއްޗެކޭ ބުނުމުން އަލައިކާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.
“އަލްޔަސް ކަމް ވިތް މީ!” ފިރިހެނުންގެ އަންނައުނަށް ޚާއްސަކޮށްފައި ހުރިބަޔަށް އަލްޔަސް ގޮވައިގެން އަލައިކާ ދިޔައެވެ. އަލްޔަސް ފާޑަކަށް އަލައިކާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ހުރީވާނުވާ ނޭންގިފައެވެ. “އުމްމް. މިރޭގަ އޮންނަ އަލްޔަސްގެ އިންޓަވިއުއަށް ލާނެ އެއްޗެއް އަލްޔަސް މިތަނުން ޗޫޒް ކުރަންވީ” ހައިރާންވެފައި އަލްޔަސް އެތަނުގައި ހުރި ހެދުންތަކަށް ބަލާލިއެވެ. އޭނާއަކީ އެއްއިރެއްގައިވެސް މާ ސްޓައިލިޝް މީހެއް ނޫނެވެ. އިންޓަވިއުއަކާ ގުޅޭނެ ކަހަލައް އެއްޗެއް ނަގާކަށް ނޭންގޭނެއެވެ. އަލްޔަސް ބަލަހައްޓައިގެން ހުންނަން ފެށުމުން އަލައިކާ ދެފަރާތަށް ބޯ ހޫރާލިއެވެ. “އަލްޔަސް އަމިއްލައަށް ނުނަގަންނާ އަހަރެން ނަގައިދީފާނަން” އަލައިކާ ގޮސް ހުއްޓިލީ ސޫޓްތައް ހުރި ދިމާލުގައެވެ. ހުރިހާ ސޫޓްތަކަށް ނަޒަރެއް ދީފައި އަލްޔަސްއަށް ބަލާލިއެވެ. ލޯ ކުޑަކޮށް ހަނިކޮށްފާއި ޖެކެޓްތައް ހުރި ބަޔަށް ދިޔައެވެ. ނޫ ކުލައިގެ ލެދާރ ޖެކެޓަކާ ހުދު ކުލައިގެ ޓީޝާޓެއްގެ އިތުރަށް ހުދުކުލައިގެ ސްކިނީއެއް ނަގައި އަލްޔަސް އަތަށް އަލައިކާ ދިނެވެ. އެއަށްފަހު އަލްޔަސް އަތުގައި އަޅާނެ ކަޅު ކުލައިގެ ކަމަރުލީ ސްމާޓްވޮޗަކާއި ހުދު ކުލައިގެ ސްނީކާސް ބޫޓެއް ނަގައި ދިނެވެ. ކައުންޓަރަށް ގޮއްސައި އެއެއްޗިހި ދައްކާފައި އަލައިކާއާ އަލްޔަސް ނުކުތެވެ.
***
އަށެއް ޖެހިއިރު ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރި އަލްޔަސް ފެންނަމުން ދިޔައީ ނުހަނު ފުރިހަމަކޮށެވެ. ހިތާހިތުން އަލައިކާއަށް ތައުރީފު ކުރެވުނެވެ. އަލްޔަސް އެގޮތަށް ހުއްޓައި ޝިއުރާ އައިސް ވަނެވެ. އަލްޔަސް ފެނުމުން ލޯބިވާ ދަރިފުޅަށް ތައުރީފުގެ ބަހެއް އިއްވާނުލާ ނުހުރެވުނެވެ. މަންމަގެ ލޮބުވެތި ބަސްތަކުން އަލްޔަސްގެ ހިތްފުރުނެވެ. “މަމް ވިޝް މީ ލަކް. ވަރަށް ލޯބިވޭ” ގެއިން ނިކުންނަަމުން އަލްޔަސް އޭނާގެ މަންމައަށް ބުނެލިއެވެ. ޝިއުރާ ހިނިތުންވެލާފައި ބޯހާލިއެވެ.

ތިރިއަށް ފައިބަމުން އަލްޔަަސް ތާނިޔާއަށް ގުޅާލިއެވެ. މިފަހަރުވެސް ތާނިޔާގެ ޖަވާބެއް ނުލިބުމުން ޓީވީ އިންޓަވިއުއަކަށް ދަނީ ކަމަށް ބުނެފައި މެސެޖެއް ކޮށްލިއެވެ.
***
އެމްއޭ ރެސްޓޯރަންޓަކީ އާރާޝްގެ ވިޔަފާރިތަކުން އެއް ވިޔަފާރިއެވެ. ފުޓުބޯޅަ ކުޅެމުން ޒުވާން ދުވަސްވަރުގައި އާރާޝް ވަނީ އަމިއްލަ ވިޔަފާރިތައް ފަށާފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި އާރާޝްގެ އެތައް އަމިއްލަ ފިހާރަތައް އެބަހުއްޓެވެ.
އެމްއޭ ރެސްޓޯރަންގެ މަތީ ބައިގައި ކެމެރާތަކާ ލައިޓްތައް ހިފައިގެން ސްޓާރ ޓީވީގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދިޔައެވެ.
ޓެރަސްއެއް ގޮތަށް ހަދާފައި އިން އެބައި ހިޔާނުކޮށް އޮތުމުން ވައިޖެހެމުން ދިޔައެވެ. އެތަނުގައި ރީތި ގޮތަކަށް ގަސް ހައްދާފައި ހުއްޓެވެ. ތަނުގެ މެދަށްވާ ގޮތަށް މުށި ކުލައިގެ ވަށް މޭޒަކާ މޭޒުގެ ދެފަރާތަށް ވާ ގޮތަށް ރަތްކުލައިގެ ސޯފާ ދެ ގޮނޑި ހުއްޓެވެ. މޭޒުމަތީގައި މާ ޓުކުރިއަކާ ބިއްލޫރި ދެތަށީ ހުއްޓެވެ.
ސޯފާގައި އިށީންދެލައިގެން އިން އަލައިކާގެ މޭކަޕް އައިރާ ކުރަމުން ދިޔައެވެ. އަލައިކާގެ ދޮން މޫނުގައި އާދައިގެ މޭކަޕެއް ކޮށްފައި ކަޅު ކުޑަ ބުރުގާ މަތިން ނޫކުލައިގެ ޝޯލް ރީތިގޮތަކަށް އައިރާ އަޅުވައިދިނެވެ. “ޔޫ ލުކް ޕާފެކް އޭޒް ޔޫޝުއަލް” ކުޑަ ލޯކޮޅަކުން އަލައިކާއަށް އަލައިކާގެ މޫނު ދައްކާލަމުން އައިރާ ބުންޏެވެ.
***
އެމްއޭ ރެސްޓޯރަންޓަށް ވަދެފައި އަލްޔަސް ވަށައިގެން ހޯދާލީ އަލައިކާ ފެންނަން ހުރިތޯއެވެ. އަލައިކާ ފެންނަން ނެތުމުން ފޯނުނަގައި އަލައިކާއަށް ގުޅަން އުޅުނެވެ. “އައްސަލާމް އަލައިކުމް. އަލްޔަސް އަޅުގަނޑަކީ ޔޫއާން. ސްޓާރ ޓީވީގެ ސީނިއަރ ސްޕޯޓްސް ނިއުސް ޖާނަލިސްޓް” ޔޫއާން ސަލާމަށް އަތް ދިއްކޮލަމުން އަމިއްލައަށް ތައަރަފުވިވެ. އަލްޔަސް ސަލާމަށް ޖަވާބުދީފައި ޔޫއަން ދިއްކުރި އާތުގައި ހިފިއެވެ.
ޔޫއާންއާއެކީ މައްޗަށް އެރި އަލްޔަސްއަށް ހުރެވުނީ އާޝޯޚުވެފައެވެ. އެތާ މަތީގައި ހުންނައިރު މާލޭގެ ރީތިތަންތަން ފެންނަމުން ދިޔައެވެ. ރީތިވަރަކަށް ވައިޖެހެމުން ދިޔައިރު ހިތްތަކަށް ހަމަޖެހުން ލިބެމުން ދިޔައެވެ. ޔޫއާންއާއެކީ ކުރަށް ދާން އަލްޔަސް ނެގި ފިޔަވަޅު ހުއްޓުނީ ސޯފާގައި އިށީންދެގެން އިން އަލައިކާ ފެނިފައެވެ.
އަލައިކާ ހުރީ މަޑުނޫކުލައިގެ ލޭސްފޮތިން ފަހާފައި އިން ހެދުމެއް ލައިގެންނެވެ. ލޭސް ފޮތީގެ ދަށަށް ހުދު ފޮތިގަނޑެއް ލާފައި ހުއްޓެވެ. އެއް ކަކޫ މައްޗަށް އަނެއް ކަކޫ ލައިގެން އިން އިރު ހެދުމުގެ ފަސްބައި ހުރީ ތަނބިކަށްޓަށް ވުރެ ތަންކޮޅެއް މައްޗަށެވެ. ތިރިން ހުދު ކުލައިގެ ސްކިނީއެއް ލާފައި އަރައިގެން ހުރީ މަޑު ނޫކުލައިގެ ތިރި ބޫޓަކަށެވެ. ހެދުމުގައި ހުރި ނުލަށް ވުރެ ކުޑަތަންކޮޅެއް ގަދަ ނޫކުލައިގެ ޝޯލްއެއް އަޅާފައި މޫނާ ނުހަނު ގުޅޭ މޭކަޕެއް ކޮށްފައި ހުރުމުން އަލައިކާގެ ރީތިކަން ދެގުނައެވެ. އަލައިކާގެ ހިނިތުންވުން ފެނިފައި މީހާކު ފިދާވާނެކަން ޔަގީނެވެ.
އަލްޔަސްއަށް ހީވީ އޭނާގެ ހިތްެއޭގެ މަގާމު ދޫކޮށްފައި ދާން އުޅޭހެންނެވެ. ފުރަތަމަ ފަހަރަށް އަލައިކާގެ ރީތިކަން އޭނާއަށް ފާހަގަވިއެވެ. ނޭންގި ތާނިޔާއާ އަލައިކާއާ އަޅައިކިޔާލެވުނެވެ. އެތައް ގޮތަކުން އަލައިކާ ތާނިޔާއަށްވުރެ ރީތިކަމަށް ހިތާހިތުން އެއްބަސްވެވުނެވެ.

ހެމުން އައިރާއާ ވާހަކަ ދައްކަމުން ދިޔަ އަލައިކާއަށް ހުނުން ހުއްޓާލެވުނީ ސިޑިކައިރީގައި ކަޅިވެސް ޖަހާ ނުލާ އެނާއަށް ބަލަން ހުރި އަލްޔަސް ފެނުމުންނެވެ. އަލްޔަސްގެ ތޫނު ނަޒަރު އަމާޒުވެފައި ހުރިކަން އެނގުމާއެކު އަލައިކާގެ ކޯތާފަތަށް ޖަންބުކުލަ އަރަައިގެން ދިޔައެވެ. އިސްޖަހާލަމުން ތުންފަތުގައި ދަތް އަޅާލެވުނީ ކީއްވެ ކަމެއް ޚުދު އަލައިކާއަކަށްވެސް ނޭންގުނެވެ.
އަލައިކާއާ އަލްޔަސްއަށް ބަލަން ހުރި އައިރާގެ ތުންފަތް މަތީ ލާނެއް ހިނިތުންވުމެއް ދުވެލިއެވެ. ތަންކޮޅެއް ދުރަށް ޖެހިފައި އަލައިކާއާ އަލްޔަސް އަރާހެން ފޮޓޮއެއް ނެގިއެވެ. އެފޮޓޯ ނަގާ ވަގުތުން ފޮނުވާލީ ހަތަރު ކުދިން ތިބޭ ވައިބާ ގުރޫޕަށެވެ.

ޔޫއާން ކަރުކެހިލުމާއެކު އަލްޔަސް ކުރިއަށް ހިނގައިގަތެވެ. ނުވާކަމަކަށް ހެދެމުން ގޮސް އޭނާއަށް ޚާއްސަކޮށްފައި ހުރި ގޮނޑީގައި އިށީނެވެ. އަލްޔަސް އިށީނުމާއެކު އައިރާ ގޮސް އޭނާ ގާތު ހުއްޓިލައި އަތުގައި އޮތް މޭކަޕްސެޓުން އަލްޔަސްގެ މޫނުގައި މޭކަޕް ކުރަން އުޅުނެވެ. “ނޯނޯ. ވެއިޓް. ޑޯންޓް” އަލްޔަސް ގޮނޑިން ތެދުވެފައި ފަހަތަށް ޖެހެލީ ބިރެއް ފެނިގެން އުޅުނުހެންނެވެ. ގަބޫލު ނުކުރެވިފައި ހުރި ފަދައަކުން އައިރަ އެއްބުމަ ހިއްލާލާފައި އަލައިކާއަށް ބަލާލިއެވެ. އަލައިކާ ބަލާލީ ޔޫއާން އަށެވެ. ޔޫއާން ބޯޖަހާލުމާއެކު އައިރާ އަނގަޔަށް ވައްތަރެއް ޖައްސާފައި ދުރަށް ޖެހުނެވެ.
އައިރާ މަސައްކަރް ކުރަނީ ސްޓާރ ޓީވިގެ މޭކްއަޕް އާޓިސްޓެއް ގޮތަށެވެ. އެޗެނަލްއިން ގެންނަ ގިނަ ޕްރޮގްރާމްތަކަށް އަންނަ މެހޭމާނުންނާއީ ޕްރެޒެންޓަރުންގެ މޭކަޕް ކޮށްދެނީ އައިރާއެވެ. އައިރާގެ މަސައްކަތް ގިނަބަޔަކަށް ވަރަށް ކަމުދެއެވެ.
ފޯރިގަދަ އޮންލައިން ގޭމެއް ކުޅެން ޔާޒްއާ ޔޫސުފްގެ އިތުރުން އިޝަލް ތިބީ އެމީހުންގޭ ޓެރަސްގައެވެ. ގޭމުގެ އެންމެ ފޯރިގަދަވީ ވަގުތަށް ޔޫސުފްއާ ޔާޒްއަށް ވައިބާއިން މެސެޖެއް އައެވެ. ގޭމް ޕޯސްކޮށްފައި ދެމީހުން އެއްފަހަރާ މެސެޖް ބަލާލިއެވެ. “އޯ މައި ގޯޑް ދިސް އިޒް ހިމް” އަލްޔަސް ފެނުމުން އެއީ ޒެވިޔަންއާ އެއްކޮށް ރެސްޓޯރަންޓްގައި ހުރި ޒުވާނާކަން ޔޫސުފްއަށް އެނގުނެވެ. އެދެކުދިންނަށް އަލައިކާއާ އަލްޔަސްއާ އިންޓަވިއު އެއް އޮތްކަމެއް ނޭންގެއެވެ. އެދެމީހުން އެތިބީ އެމްއޭ ރެސްޓޯރަންގަކަން ފޮޓޮއިން އެނގެއެވެ. ގޭމް ނިއްވާލާފައި ދެޒުވާނުން އަވަސް ވެގަތީ އެމްެއޭއަށް ދާށެވެ. އިޝަލް ގޮވަ ގޮވާ އޮއްވައި ވަރަށް އަވަހަށް ތާކަށް ދާން ޖެހިއްޖެކަމަށް ބުނެފައި ޔޫސުފްއާ ޔާޒް ދުއްވައިގަތެވެ.
ޔާޒްގެ ސައިކަލު ފަހަތުގައި ޔޫސުފް އިނެވެ. އެންމެ ފުލް ސްޕީޑްގައި ދުއްވާފައި ގޮސް އެމްއޭ ކުރިމަތީ ޔާޒް ސައިކަލު މަޑުކުރުމާއެކު ޔޫސުފް ސައިކަލުން ފުންމާލީއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޔާޒްވެސް އެތާހުރި ގާޑް އަތަށް ސައިކަލު ޕާކު ކުރަން ދީފައި ޔޫސުފްް ފަހަތުން ދުއްވައިގަތެވެ.
“ސޮރީ ސާރ މައްޗަކަށް ނުދެވޭނެ. އެތާ ކަމެއް އެބައޮތް!” މައްޗަށް އަރަން އިންނަ ލިފްޓް ކުރިމަތީގައި ހުރި
ސްޓާރ ޓީވީގެ މުވައްޒަފު ޔާޒްއާ ޔޫސުފްއަށް ހުރަސް އެޅިއެވެ. “އައި އޭމް ޔޫސުފް ހަސަން އާރާޝް. ހަސަން އާރާޝްގެ ދޮށީ ދަރިފުޅު. ތިބޭފުޅާއަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެކަމަށް މި ބަލަނީ!” ޔޫސުފް އޭނާ ބޮލުގައި އިން ހޫޑް ތިރިކުރަމުން ބުނެލިއެވެ. އެމީހާ މާފަށް އެދިފައި ޔާޒްއަށާ ޔޫސުފްއަށް ލިފްޓަށް އަރަން ތަން ދެއްކިއެވެ.
ޓެރަސް އިންނަނީ އެމްއޭ ރެސްޓޯރަންގެ ދިހަވަނަ ފަންގިފިލާގައެވެ. ލިފްޓުން ދެވޭނީ ނުވަވަނަ ފަންގިފިލާއާ ހަމައަށެވެ. އެތަނުން މައްޗަށް އަރަން ޖެހޭނީ ސިޑިއަކުންނެވެ. ނުވަބުރިއަށް ހަދާފައި އެއިމާރާތުގެ ފުރަތަމަ ދެފަންގިފިލާއާއި ޓެރަސްއެއީ އެމްއޭ ރެސްޓޯރަންގެ ބައިތަކެވެ. ބާކީ ހުރިހާ ފަންގިފިލާތައް ހުންނަނީ ކުއްޔަށް ދީފައެވެ. އެބައިތަކުގައި ގިނައިން ހިންގަނީ އޮފީސްތަކެވެ.

އިންޓަވިއު ފެށުމުގެ ކުރިން ކުރެވޭނެ ސުވާލުތައް ކުޑަ ގޮތަކަށް އަލަައިކާ އަލްޔަސްއަށް ކިޔާދިނެވެ. މުޅިންވެސް ކުރެވޭނީ އަލްޔަސްގެ ކެރިއާރ ބެހޭ ގޮތުންކަން އަލައިކާ ބުންޏެވެ. ކެމެރާތަކާ ލައިޓްތައް އަލައިކާއާ އަލްޔަސްއާ ދިމާއަށް ހުއްޓުނެވެ. ޔޫއާންގެ އެންގުމަށް އަލައިކާ ފެށިއެވެ. ނޫސްވެރިއަކަށް ވިއަސް އެގޮތަށް ކެމެރާ ކުރިމަތީގައި އޭނާ ކުރާ ފުރަތަމަ މަސައްކަތަކީ އެއިއެވެ. ކިތަންމެ ހަމަޖެހިގެން ހުރިކަމަށް ހެދިގެން ހުއްޓަސް އޭނާ ހުރީ މުޅިން ފިނިވެފައެވެ. އައުމުގެ ކުރިން މާނީއާ އެއްކޮށް އަލައިކާ ފަރިތަކުރިއެވެ. ލައިވްކޮށް ދައްކާ ޕްރޮގްރާމަކަށް ނުވިއަސް އަލައިކާ ޖެހިލުންވިއެވެ.

މައްޗަށް އަރައިގެން އައި ޔާޒްއާ ޔޫސުފް އައިރާއަށް ފެނުމުން ހައިރާންވެފައި ހުރެ ސިޑިއާ ދިމާއަަށް ދިޔައެވެ. އެދެމީހުން އެތާ ކީއްކުރަނިތޯ ހައިރާންކަމާއެކީ ގޮސް ސުވާލު ކުރިއެވެ. “އަލް އެއްކަލަ ސޮރާއެކީ ” ނުތަނަވަސްވެފައި ކަހަލަ ގޮތަކަށް ޔާޒް ބުނުމުން އައިރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ސާބަސް ދެމީހުންނަށް. އެދެމީހުން އެތިބީކީ ޑޭޓަކަށް އައިއްސަ އެއްނޫނޭ. އެއީ ފުޓުބޯޅަ ކުޅޭ ސޮރެއް. ޖޮބްގެ ކަމަކު އައިސަ އެތިބީ. ސާބަސް އިނގޭ. ބަޓް އައި ތިންކް ޝީ ލައިކްސް ހިމް” އެންމެ ފަހު ޖުމްލަ ބުނެލިއިރު އައިރާގެ ނަޒަރު ހުރީ އަލައިކާއާ އަލްޔަސް އަށެވެ. އަލައިކާ ނިމެންދެކަށް ޔާޒްއާ ޔޫސުފް މަޑުކުރިއެވެ. އައިރާވެސް ބޭރުގައި އެދެެމީހުންނާއެކީ މަޑުކުރިއެވެ.

ކެމެރާ ނިއްވާލުމާއެކު އަލައިކާ އަދި އަލްޔަސްއަށް އެއްފަހަރާ ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދެމީހުންނަށް އެއްފަހަރާ އެހެން ހެދުމުން ދެޒުވާނުންނަށްވެސް އެކީ ހީލެވުނެވެ.
“އަލް. ވަރަށް ސަޅި އިނގޭ. އަލްޔަސް ވަރަށް ބޮޑަށް ޝުކުރިއްޔާ ބިޒީކޮށް އުޅެމުންވެސް އައިސް ދިނީމަ” އަލްޔަސްއަށް ޝުކުރު އަދާކޮށްފައި ޔޫއާން ދިޔައީ އެތަނުން އެމީހުންގެ އެއްޗިހިތައް ނަގަންށެވެ.

“ޔޫ ލުކް ބިއުޓިފުލް ޓުނައިޓް!” ޔޫއާން ދިއުމުން އަލްޔަސް އަލައިކާއަށް ތައުރީފުކޮށްލިއެވެ. އަލައިކާ ރަކިކޮށް ހިނިތުންވެލަމުން އަލްޔަސްއަށް ޝުކުރު އަދާކުރިއެވެ. އަދި އަލްޔަސްވެސް ވަރަށް ހޭންޑްސަމްއޭ ބުނެލިއެވެ. “ތޭންކްސް ޓު ޔޫ!” އަތުން ހަރަކާތެއް ކޮށްލަމުން އަލްޔަސް ބުނެލި ގޮތުން މިފަހަރުވެސް އަލައިކާއަށް ހެވުނެވެ.

އަލްޔަސް އެއްލި ކަޅިއަކުން ބޭރުގައި ހުރި ޔޫސުފް ފެނުނެވެ. ވީ ފޫއްސާއެކީ އަލްޔަސްއަށް އަނގައިން އަޑެއް ލައްވާލިއެވެ. “އެހެރީ ޔޫސުފް ދޯ! އާރާޝްގެ ދަރި. ހުއް އާރާޝްގެ ރެސްޓޯރަންޓް ވީމަ އޭނަ އަންނާނެތާ! އައި ހޭޓް ހިމް. މާފޮނި ކަމުން ދެން އާރާޝްގެ ދަރިއަށް ވީމަ ފޮނިވެސް ވާނެތާ އަހްގާގް” އަލައިކާ އަކީ ޔޫސޫފްއާ އާރާޝްގެ ކާކުކަން ނޭންގި ހިތުގައިވި އެއްޗިހި އަލްޔަސް އާލާއިކާއާ ހިއްސާކުރިއެވެ. އަލައިކާ ހިނިތުންވެލަމުން އެހެން ހެއްޔޭ ބުނެލިއެވެ. އަލައިކާ އުޅުނީ އަލްޔަސް އޭނާގެ އެކުވެރިންނަށް ތަޢާރަފުކޮށްދޭށެވެ. އެހެނަސް އަލްޔަސްގެ ވާހަކަ ހުރިގޮތުން ޚިޔާލުބަދަލުވީއެވެ.
ފަނަރަ މިނެޓުވެގެން ދިޔައިރުވެސް އަލައިކާ ނުނިކުތުމިން ޔޫސުފްއާ ޔާށް އެތެރެއަށް ވަންނަން ދިމާކޮށްލިއެވެ. އައިރާ ނުރުހިފައި ގޮވާލުމާއެކު ދެމީހުންވެސް މަޑުވިއެވެ. އެތާ ބޭރުގައި މަޑުކުރަން ދެމީހުން ގާތު ބުނުމަށްފަހު އައިރާ އެތެރެއަށް ވަނެވެ. “އައި އޭމް ފައިން. ބައްޕައަށް ވުރެ އެދެމީހުންގެ ކަންތައް ބޮޑު. ބުނޭ މަޑު ނުކުރިއަސް އޯކޭއޭ.” އެދެމީހުން އެތެރެއަށް ވަންނަން އުޅުނު ވާހަކަ އައިރާ ބުނުމުން އަލައިކާ ބުންޏެވެ.

ޔޫސުފްއާ ޔާޒް ގެއަށް ދިއުމުގެ ބަދަލުގައި ކާން އެރިއެވެ. އެތަނުގެ ވީއައިޕީ ބައިގައި ތިބީ އެދެމީހުން އެކަންޏެވެ. އެމީހުން އެތާ ތިބިތާ އިރުކޮޅެއް ފަހުން އައިރާވެސް އައެވެ. ކާއެއްޗިއްސަށް އޯޑަރުނަގާފައި ވެއިޓަރު ދިއުމުން ޔޫސުފްއާ ޔާޒް އައިރާއަށް ބަލާލިއެވެ. “ވަޓް؟” ޔޫސުފްއާ ޔާޒް ބަލަން ތިބި ގޮތުން ފެންތަށޖން ކޯވަރެއް ދަމާލާފައި އައިރާ އެހިއެވެ. “ކީއްވެ އަލުން ޝާރިމްއާ ގުޅުނީ؟” އައިރާ މޫނު މަތީގައިވި ސަމާސާވެރިކަން ވަގުތުން ސީރިއަސް ވެގެން ދިޔައެވެ. އެސުވާލާ ކުރިމަތި ލާން ޖެހޭނެކަން ކުރިންވެސް އައިރާއަށް އެނގެއެވެ. “ލޯބިވާތީ!” ދުރަށް ނަޒަރު ހިންގާލަމުން އަބަދުވެސް އޭނާ ދޭ ޖަވާބު މިފަހަރުވެސް ދިނެވެ. “އާހް. ލޯބިވާތީއޭ ކިޔާފަ އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާ ވަރުގެ ނުވިސްނޭ ކުޑަކުއްޖެއްތަ ތީ؟” ޔާޒް ބެލީ އައިރާއަށް ވިސްނައިދެވޭތޯއެވެ. ލޯބީގެ ނަމުގައި އައިރާ އަމިއްލަ ދިރިއުޅުން އަލިފާން ގަނޑެއްގެ ތެރެއަށް ވައްޓާލާތަން ބަލަން ހުރުމަކީ އޭނާއަށް ކެއްވާނެކަމެއް ނޫނެވެ. އައިރާ ޖަވާބެއް ނުދީ އިސްޖަހައިގެން އިނެވެ. ޔާޒް ކުރި ސުވާލުގެ ޖަވާބަކީ އައިރާއަށް ވެސް ނޭންގޭ އެއްޗެކެވެ.

އަލްޔަސް ގެއަށް އަންނަން ދެން ނުނިދާ ޝިއުރާ އިނެވެ. އަލްޔަސް އައިސް ވަނުމާއެކީ އިންޓަވިއު ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށޭ ދިޔައީ އަލްޔަސް ބުނީ ފުޅާ ހިނިތުންވުމަކާއެކީއެވެ.

އަލްޔަސް ކޮޓަރިއަށް ވަދެފައި ފޯނު ބަލާލީ ތާނިޔާގެ މެސެޖެއް އޮތްތޯއެވެ. މާޔޫސީ ކަމާއެކު އަލްޔަސް އެނދުމައްޗަށް ފޯނު ހޫރާލީ ތާނިޔާގެ މެސެޖެއް އައިސްފައި ނެތުމުންނެވެ.

ނިދަން އަރާ އޮތް އަލައިކާއަށް ވިސްނެމުން ދިޔައީ އަލްޔަސްއާ މެދުގައެވެ. އަލްޔަސްގެ ތޫނު ނަޒަރުތަކުން އޭނާގެ ނާޒުކު ހިތަށް އަސަރުތަކެއް ކުރަމުން އެބަދެއެވެ.
އަލްޔަސްއާ ދިމާވިތާ ގިނަ ދުވަހެއް ނުވިއެއް ކަމަކު އަލްޔަސްއަށް އިތުބާރު ކުރެވެން ފެށިއްޖެއެވެ. ފިރިހެނަކަށް އޭނާއާ އެންމެ ގާތްކޮށް އުޅެނީ ޔޫސުފްއާ ޔާޒްއެވެ. މިހާރު އަލްޔަސްވެސް އެ ލިސްޓަށް އަރާފިއެވެ. އަބަދުމެހެން އަލައިކާއަށް އެދެވެނީ އަލްޔަސް ގާތުގަ ވުމަށެވެ. އެސޫރަ ނުފެނިއްޖެނަމަ އެހިތުގެ ހަމަޖެހުން ނަގާލައެވެ. އަލްޔަސްގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު ރަކިހިނުތުންވަމަކާއެކު އަލައިކާ އޭނާގެ މޫނު ބާލީހަކުން ފޮރުވާލިއެވެ. މާނީ ބުނި ފަދައިން ހަމަ ރަނގަޅަށްވެސް އޭނާއަށް އަލްޔަސް ކަމުގޮސްފިއެވެ. އެހިތަށް ޒިވާން ދިން އަނިޔާގެ ފަރުވާއަކީ އަލްޔަސް ކަމަށް އަލައިކާއަށް ނިންމުނެވެ. އަލްޔަސްގެ ބަހުންނާއި އަމަލުންވެސް ފެންނަނީ އަލައިކާއާ އަލްޔަސްވެސް ގަޔާވާކަމެވެ.

ބޭރުގައި އުޅެ އުޅެފައި އައިސް ތާނިޔާ ފޯނު ބެލިއިރު އަލްޔަސްގެ މިސްޑްކޯލްއަކާ މެސެޖެއް އިނެވެ. ކަންނެއްކަމާއެކު މެސެޖް ހުޅުވާލިއެވެ. ތާނިޔާ އެނދުމައްޗަށް ވެއްޓިގަނެފައި އަލްޔަސްއަށް ދިގު މެސެޖެއް ފޮނުވާލިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މާބުރަކޮށް އުޅުމުން ފޯނަށް ޖަވާބު ނުދެވުނީ ކަމުގައި ބުންޏެވެ. އަދި މާދަން ކޮންމެސް ގަޑިއަކުން ދެމީހުން ދިމާވަން އެދުނެވެ.
މެސެޖް ފޮނުވާފައި ތާނިޔާ އެނދުގައި ހަމަޖެހިލިއެވެ. އަލްޔަސްއަކީވެސް އާންމުން ދަންނަ މޫނަކަަށް ވާން ގިނަދުވަސްތަކެއް ނެތެވެ. އެދެމީހުންގެ ލޯބި އާންމުންނާ ހިސާބަށް ގޮސްފު ނަމަ ދެމީހުންނަށްވެސް ބޮޑު މަޝްހޫރު ކަމެއް ލިބިގެންދާނެއެވެ. ތާނިތާ މިހާރު އެންމެ ބޭނުންވަނީ އަލްޔަސްއާ އެނާގެ ލޯބި އެންމެންނަށް އަންގާށެވެ. އޭރުން އެދެމީހުންގެ ޖޯޑަށް އަމާޒުވާ ކެމެރާ ތައް ގިނަވާނެއެވެ. ކުރިއަށް ވުރެ މަޝްހޫރުކަން ތާނިޔާއަށް ލިބޭނެއެވެ. އެންމެންގެ ލޯބި އިތުރުވެގެން ދާނެއެވެ.

ފަތިސް ނަމާދުކޮށްގެން ހޫނު ކޮފީއެއް ގިރައިގެން ނަވާރް ނިކުތީ ކޮޓްރީގައި އިން ބެލްކަންނަށެވެ. ކޮފީ ޖޯޑުން ފަހަރަކު ކޯވަރެއް ބޮމުން ދިޔައިރު ނަވާރް ހުރީ ފުންވިސްނުމަކަށް ގެއްލިފައެވެ. އަމިއްލަ މައިންބަފައިން ހޯދާން އެންމެ ފުރަތަމަ އަޅަންވީ ކޮން ފިޔަވަޅެއް ކަމެއް ނަވާރްއަކަށް ނޭންގެއެވެ. އަމިއްލަ މައިން ބަފައިންނާ މެދު އެހިތުގައި ޝަކުވާ އުފެދިގެން ދިޔައެވެ. ހަމްދާ ފަދަ އަންހެނެއްްގެ އަތް މައްޗަށް އޭނާ ދޫކޮށްލަން އެމީހުންނަޝް ކެރުނީވެސް ކިހިނެއް ހެއްޔެވެ. ދެން އޭނާއަށް ވިސްނުނީ އެންމެ ނުބައި ކޮށެވެ. އެހެން ހިތަށް އެރުމާއެކު އަތުގައި އޮތް ކޮފީ ޖޯޑު އަރިވެގެން ދިޔައެވެ. އޭނާއަށް ނުހިފެހެއްޓުނު ނަމަ ޖޯޑުވެސް ތިރިއަށް ވެއްޓުނީހެވެ.

ޕްރެކްޓިސްއަށް ދާން ނުކުމެ ހުރި ޔޫސުފްގެ ބޮލަށް ހޫނު އެއްޗެއް އެޅުމާއެކު އޭނާއަށް އަޑެއް ލައްވާލެވުނެވެ. ކޮފީގެ މީރުވަސް ނޭފަތުގައި ޖެހުމުން އެއީ ކޮފީކަން ޔޫސުފްއަށް އިނގުނެވެ. އޭނާ ބޮލަށް ކޮފީ އެޅީ ކާކުތޯ ބަލަން ޔޫސުފް މަތި ބަލާލިއެވެ.

ނަވާރް ތިރި ބަލާލިއިރު އެތާހުރި ޔޫސުފް ފެނުމުން ތުން ފަތުގައި ދަތް އަޅާލެވުނެވެ. އޭނާގެ ސަބަބުން ޔޫސުފް ބޮލަށް ކޮފީ އެޅުމުން ހަގީގަތުގައިވެސް ނަވާރް ދެރަވިއެވެ. ތިރިއަށް ގޮސްފައި މާފަށް އެދެންވެސް ބޭނުންވިއެވެ. އެހެނަސް ޔޫސުފް ރުޅިވެރިކަމާއެކު މައްޗަށް ބަލާލި ގޮތުން ނަވާރްއަށް އަވަހަށް އެތެރެއަށް ވަދެވުނެވެ.

“ބައްޔެއްނު. މީދެން ކިހާ ދެރަކަމެއް. މިވަރު އަންހެނަކާ އަދި ނުޖެހޭ. އިނގިދާނެތާ މަށަށްވެސް އިނގޭނެ ދެން ހަނދާނެ ގޮތް!” ރުޅި އައިސް ރަތްވެފައި ހުރެ ޔޫސުފް އެނބުރި މައްޗަށް އެރިއެވެ.

މާނީ އިނީ މިންހާއަށް ސައިދޭށެވެ. އާރާާޝް ސޯފާގައި ލެޕްޓޮޕުން ކޮންމެސް މަސައްކަތެއް ކުރަން ހުއްޓެވެ. ތިން މީހުންނަށްވެސް ސިހުން ލިބުނީ ބާރަކަށް ގޭ ދޮރުހުޅުވާފައި ވަން ޔޫސުފް ފެނުމުންނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބި ނުވެވުނުނަމަ -1-

Next

މޮޔަ ހިތް މަގޭ… 3

Next
October 19, 2019

މޮޔަ ހިތް މަގޭ… 3

Previews
October 18, 2019

ލޯބި ނުވެވުނުނަމަ -1-

4 Comments!

  1. §HåĂĶĶÓ says:
    October 18, 2019 at 12:00 pm

    First dhw kiyaafa commenteh kuraanan

  2. Kiyara says:
    October 18, 2019 at 12:00 pm

    Salam all herw is the seventh part of rastha season 2. Hope u all enjoyed reading. Next part will be uploaded as soon as i finish writing.

  3. Kairaa says:
    October 18, 2019 at 12:38 pm

    V reethi mi part vx…

  4. Mrs. Chocolate says:
    October 18, 2019 at 1:06 pm

    Story is awesome.. Keep it up.. Waiting for next part…

Comments are closed.

Next Episodeރާސްތާ 2 އަށްވަނަބައި←


All Right Reserved!