Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 06

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 15, 2019 12 Mins Read
32 Comments

” އިކާން… ” ގޭގެ އެކި ތަންތަނަށް ނަޒަރު ހުއްޓަމުންދިޔަ ޔަނާލްއަށް އާކިފްގެ ދުލުން އިކާންގެ ނަން އިވުނު ވަގުތު އެއްވެސް އިޚްތިޔާރަކާނުލައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް ދޮރާއި ދިމާލުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އޭނައަށް ދެން ބަލައިލެވުނީ ތަންކޮޅެއް ފަހަތުން އެއްފަރާތެއްގައި ހުރި އާކިފްއަށެވެ. އޭރު އާކިފް ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ފޯނު ކަންފަތުގައި ޖަހަލަނީއެވެ. އާކިފްގެ އެއަމަލުން އޭނައަށް އިކާންގެ ކޯލެއް އައީކަން ޔަނާލްއަށް ނަގައިގަނެވުނެވެ. ފުން ނޭވައެއް ދޫކޮށްލަމުން އޭނާ އަނެއްކާވެސް ވަށާއިގެން އެތަނަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ދެންމެ އޭނައަށް އެވީ ގޮތަކާއިމެދު ޔަނާލްގެ ހިތުގައި ސުވާލު އުފެދުނެވެ. ނުވެސް ދަންނަ މީހެއްގެ ނަން އިވިގެން އޭނައަށް އެފަދަ އިހުސާސެއް ކުރެވެންޖެހޭ އެއްވެސް ސަބަބެއް ޔަނާލްގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ސަބަބު ނޭނގުނު ނަމަވެސް އޭނައަށް ކޮންމެވެސް އިހުސާސެއް ކުރެވުނެވެ. ނަން އިވުމާއެކު އެމީހަކު ފެންނަން ހުރިތޯ ބޭއިޚްތިޔާރުގައި ބަލައިލެވޭނީ ކޮންމެވެސް ކަމެއްވީމަ ނޫން ހެއްޔެވެ؟ ސިކުނޑީގައި އުފެދިގެން ޚިޔާލެއްގެ ސަބަބުން ޔަނާލްގެ ހަމަޖެހުން ނެތިގެން ދިޔައެވެ. އޭނާ ބޭނުންވީ އެޚިޔާލުތަކުން ދުރަށް ދާށެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު ޔަނާލް އޭނަގެ ފުރިހަމަ ސަމާލުކަން މަސައްކަތަށް ދިނެވެ. ދިމްނާ އާއި ވާހަކަތަކެއް ދެއްކުމަށްފަހު ޔަނާލް އެގެއިން ނުކުތުމަށް މިސްރާބުޖެހިއެވެ. އޭރު އާކިފް އެގޭގެ އެއްފަރާތުގައި އޮންނަ ބަގީޗާގައި ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަން ހުއްޓެވެ. ޔަނާލް އެދިޔަ ގޮތަށް ގޮސް ޕިކަޕުގައި ތިބި އޭނަގެ ސްޓާފުންނަށް އެއްޗެހިތައް ބޭލުމަށް އެންގިއެވެ. އެއާއެކު ސްޓާފުން އެއްޗެހިތައް ބާލާ އެގޭތެރެއަށް ގެންދިއުމައިގެން ކުރިއަށް ދިޔައެވެ.

ކެބިންގައި ކުރިއަށް އޮތް ގެސްޓް ހައުސްގެ ޕްރޮޖެކްޓާއި ބެހޭ ލިޔުންތަކެއް ބަލަން އިކާން އިނެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ މޭޒު މަތީގައި އަތުރާލެވިފައިވި ކަރުދާސްތަކަށެވެ. ޖީބުގައި އޮތް ފޯނު ނަގައި އިކާން މިކާލްގެ ނަންބަރަށް ގުޅާލިއެވެ. ލަސްތަކެއްނުވެ މިކާލް ފޯނަށް ޖަވާބުދިނުމާއެކު އިކާން އޭނަގެ ކެބިންއަށް އައުމަށް އެދުނެވެ. މިކާލް ކެބިންއަށް ވަނުމާއެކު އިކާން ހިނިތުންވެލަމުން އޭނަގެ ކުރިމައްޗަށް ވާނޭހެން ހުރި އެގްޒެކެޓިވް ގޮނޑިއަށް އިޝާރާތްކޮށް އިށީނުމަށް ބުންޏެވެ. މިކާލް އިށީނުމާއެކު އެކަރުދާސްތައް މިކާލް އާއި ކައިރިކޮށްލުމަށްފަހު އޭނާ ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމައިގެން ކުރިއަށް ދިޔައެވެ. ސީރިޔަސްކަމާއެކު ދެޒުވާނުންވެސް ވާހަކަ ދެއްކުމުގައި ތިއްބެވެ. އެތައްއިރަކު އެޕްރޮޖެކްޓާއި ބެހޭގޮތުން އެދެމެދުގައި ވާހަކަ ދެއްކުމަށްފަހު ވާހަކަތައް މެދުކަނޑާލީ އިކާންގެ ފޯނު ރިންގުވުމުންނެވެ. ” ހަލޯ ބައްޕާ… ” ފޯނު ނަގާ އިކާން ބުނެލިއެވެ. އެއާއެކު އެކޮޅުން އާކިފް ބުނި އެއްޗަކަށް އެއްބަސްވުމުގެ ގޮތުން އާއެނކޭ ބުނެ އެފޯނު ކޯލު ކުރުކޮށްލިއެވެ. ” ކިހިނެއްވީ… ކީކޯ ބޭބެ ބުނީ… ” އިކާން ފޯނު ބޭއްވުމާއެކު މިކާލް ބުނެލިއެވެ. ” ޕާޓީގެ ތައްޔާރީތައް ދާގޮތެއް ބަލާލަންދައްޗޭ ބުނީ… ބައްޕަ ކްލައިންޓަކާ ވަރަށް މުހިއްމު ބައްދަލުވުމެއް އިނދޭ މިއަދު… ޕާޓީގެ ކަންކަން ދާގޮތް ބަލައިލަން ގޮސްލައްޗޭ ބުނީ… ހިނގާ ދާން މިހާރު ގޮސްލަން… ޕްރޮޖެކްޓާ ބެހޭގޮތުން ތަންކޮޅެއް ފަހުން އަނެއްކާވެސް ވާހަކަ ދައްކާލާނީ… ” އިކާންގެ އެދުމުގެ މަތިން މިކާލް އޭނައާއެކު ދިއުމަށް ހިނގައިގަތެވެ. ދެމީހުން އެކުގައި އޮފީހުން ނުކުމެ އިކާންގެ ކާރުގައި ހަވޭލިއަށް ދިޔުމަށް މިސްރާބުޖެހިއެވެ.

އެއްޗެހިތައް ބޭލުމާއެކު މީޓީންގައި ވާހަކަ ދެކެވުނު ފަދައިން މަސައްކަތްތައް ބަހާލައިގެން ކުރިއަށް ގެންދަން ފެށިއެވެ. އެއްބަޔަކު ޑެކޮރޭޝަންސް އައިގެން ކުރިއަށް ދިޔައިރު އަނެއްބަޔަކު ލައިޓެނިންގެ ކަންކަމައިގެން އުޅެއެވެ. މަދު ސްޓާފުންކޮޅެއް ނަމަވެސް އެންމެން އެކީގައި އެމީހުން މަސައްކަތް ކުރަމުން ދަނީ ނުހަނު ފުރިހަމަކޮށެވެ. ޔަނާލްގެ އޭނަގެ ސްޓާފުންގެ މަސައްކަތްތައް ކުރިއަށްދާގޮތް ނުހަނު ގާތުން ބަލަމުން ދިޔައެވެ. ރަނގަޅު ކުރަންވީ ކަންކަން ކިޔައިދެމުން ދިޔައިރު އެކަމާ އޭނަ ނުހަނު ގަޔާވާކަން ހާމަވެގެންދެއެވެ. ޔަނާލް އޭނަގެ އަތްދަބަހާއި ގެންގުޅުނު ނޯޓު ފޮތް އެތަނުގައި ހުރި ކުޑަ ވަށް މޭޒުގައި ބެހެއްޓުމަށްފަހު އެއްފަރާތެއްގައި ހުރި ހަރުގަނޑު އިތުރު މުވައްޒަފެއްގެ އެހީތެރިކަމާއެކު ގެނެސް ކުޑަދޮރުތަކާއި ގާތްކޮށްލިއެވެ. ” ޔަނާލް މޭމް… އަޅުގަނޑު ތިމަސައްކަތްކުރާނަން… މޭމް މަޑުކޮށްލަންވީނު… ” އެވަގުތު ތަންކޮޅެއް ދުރުގައި ގެ ޒީނަތްތެރުކުރަން އުޅުނު މުވައްޒަފަކު އައިސް ބުނެލިއެވެ. ” ނޫނޭ… މީ އެހާ ބޮޑު ކަމެއްނޫނެއްނު… އައި ކޭން ޑޫ ދިސް… އޭރުން އަވަސްވެސް ވާނެއެއްނު… ” ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޔަނާލް އެހެން ބުނެ ގޭތެރެ ޒީނަތްތެރިކުރުމަށް އެމީހުން ބޭނުންކުރަމުންދާ ހުދާއި މަޑު ފިޔާތޮށި ކުލައިގެ އޯކިޑްމާ ހިފައިގެން ހަރުގަނޑަށް އެރިއެވެ. ޔަނާލްގެ ނިންމުމަށް ތާއީދު ކުރަމުން ދެންތިބި ދެމުވައްޒަފުންވެސް އެމީހެއްގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ހަރުގަނޑަށް އަރާ ހުރި ޔަނާލް ފުޅާ ކުޑަދޮރުތަކުގެ ކާޓެއިންތައް ރަނގަޅުކޮށްލަމުން ކާޓެއިންތަކުގެ މެދަށްވާނޭހެން އޭނަގެ އަތުގައި ހުރި މާތަކުން މާބޮނޑިއެއްހެން ހަރުކޮށްލިއެވެ. އެއަށްފަހު ހަރުގަނޑުން ފައިބައި އޯކިޑް މާފަތިތަކުން ދެމާފަތި ހިފައިގެން އަނބުރާ ހަރުގަނޑަށް އަރާ އެހަރުކުރުމައިގެން އުޅުނެވެ.

ހަވޭލިގެ ބޮޑު ގޭޓު ކުރިމައްޗަށް ހުއްޓާލި ކާރުން އިކާން އާއި މިކާލް ފޭބިއެވެ. ރަސްމީ ހެދުމުގައި ދެޒުވާނުންވެސް ފެންނަލެއް ނުހަނު ފުރިހަމައެވެ. އިކާން ކަނޑު ނޫކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިއިރު މިކާލް ހުރީ މަޑު ޕީޗް ކުލައެއްގެ ގަމީހަކާއި ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައެވެ. ދެޒުވާނުންގެ ކަރުގައިވެސް ކަޅު ކުލައިގެ ހިމަ ޓައިއެއް އަޅާފައިވެއެވެ. މިކާލްއަށްވުރެ އިކާންގެ ހަންގަނޑު އަލިވެ އިސްކޮޅު ދިގުވެފައި ކަސްރަތީ ހަށިގަނޑެއް ލިބިފައިވެއެވެ. އެހެނަސް ދެޒުވާނުންނަކީވެސް އަންހެން ކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ދެޒުވާނުންނެވެ. ފެންނަ ކޮންމެ އަންހެން ކުއްޖަކަށްމެ އެދެޒުވާނުންނަށް ތަޢުރީފުކުރެވޭނެކަން ގައިމެވެ. ދެޒުވާނުން އެކުގައި ހިނގާލާފައި ގޮސް ދޮރުމަތީ މަޑުކޮށްލިއެވެ. އެމީހުންގެ ނަޒަރު އެކި ކޮޅުކޮޅަށް ދަތުރުކޮށްލުމާއެކު ޕާޓީގެ ތައްޔާރީތަކުގައި ހަރަކާތްތެރިވަމުންދިޔަ ފަރާތްތައް ފެނިގެން ދިޔައެވެ. އެންމެންވެސް ތިބީ އެބައެއްގެ މަސައްކަތައިގެންނެވެ.

އެއްލި ކަޅިއަކުން ބޮޑު ދޮރާއި އެންމެ ކައިރީގައި ހުރި ކުޑަދޮރު ކައިރީ ހަރުގަނޑަށް އަރާހުރި ޔަނާލް އިކާންގެ ލޮލުގައި އަޅާއިގަތެވެ. ކަޅު ކުލައިގެ އަތް ކުރު ޓޮޕަކާއި ސްކިނީގައި ހުރިއިރު ޓޮޮޕްގެ މަތިން ކަކުލާ ހަމައަށް އަންނަ ޝިފޯން ފޮތީގެ މަޑު ނޫކުލައިގެ އަތްދިގު ޖެކެޓް ސްޓައިލްގެ ހެދުމެެއް ލައިފައިވެއެވެ. ބަލާލަން ނުހަނު ހިތްގައިމެވެ. ލޮލުގެ ވަށާއިގެން އަޅާފައިވި އައިލައިނާ އާއި ތުންފަތުގައި ޖައްސާފައިވި ފިޔާތޮށި ކުލަ ފިޔަވައި އިތުރު އެއްވެސް މޭކަޕެއް އެދޮން މޫނުގައި ނުވެއެވެ. މައުސޫމްކަން އެކުލެވިފައިވި އެމޫނުމަތިން ގަޔާވެގެންހުރެ މަސައްކަތްކުރާކަން ހާމަވާން ހުއްޓެވެ. މާފަތިތައް ހަރުކުރެވުމާއެކު ޔަނާލްގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. ޔަނާލްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ނޭނގުމެއްގެ ތެރޭގައި އިކާންއަށްވެސް ހިނިތުންވެލެވުނެވެ. މާފަތިތައް ހަރުކުރުމަށްފަހު ހަރުގަނޑުން ފައިބަން އުޅުނު ޔަނާލްއަށް ފައި އެޅުނު ގޮތަކުން ވެއްޓެން ދިޔައެވެ. އެވަގުތު ޔަނާލްގެ ހިތް ނުތަނަވަސްކަމުން ފުރިގެން ދިޔައެވެ. ހިތަށްވެރިވި ނުތަނަވަސްކަމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އެދެލޯ މަރާ ބާރުކޮށްލެވުނެވެ. މާބޮޑަށް ނުތަނަވަސްވުމުން ހަޅޭއްލަވައިގަންނާކަށްވެސް ޔަނާލްއަކަށް ނޭނގުނެވެ.

ޔަނާލް ހަރުގަނޑުން ވެއްޓެންދިޔަ މަންޒަރު ފެނި އިކާންއަށް ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ދެވުނެވެ. ވެއްޓެންދިޔަ ޔަނާލްއަށް ބާރުގަދަ އަތެއްގެ އިހުސާސްކުރެވި ފަހަތުން އެމީހެއް ކަރުގައި ކަނާއަތުން ވަށާލެވުނުއިރު ވާއަތުން އެމީހެއްގެ ގަމީހުގައި ބާރަށް ހިފަހައްޓާލެވުނެވެ. އިކާންއަށް އެހާ ގާތުން ޔަނާލްގެ ރީތި މޫނު ފެނި މިފަހަރުވެސް ބަލަހައްޓާއިގެން ހުރެވުނެވެ. ދެލޯ މަރާ ތަގުޅިކޮށްގެން އޮތްއިރު އެމޫނުގެ މައުސޫމުކަން ދެގުނަވެފާވެއެވެ. ތުންފަތުގައި މަޑު ތުރުތުރެއް އެކުލެވިފައިވީއިރު ހިތް ބިރުގެންފައިވި ވަރު މޫނުމަތިންވެސް ހާމަވެއެވެ. ” ޔަނާލް… ” އިކާން މަޑުމަޑުން ޔަނާލްގެ ނަމުން ގޮވާލިއެވެ. އެހިނދު ކަންފަތައް އިވިގެންދިގެންދިޔަ އަޑާއެކު ޔަނާލްގެ ހުރިހާ ހަރަކާތެެއް ހުއްޓުނުފަދައެވެ. ތުންފަތުގެ ތުރުތުރު އެޅުން ހުއްޓި ތަގުޅިކޮށްލެވިފައިވި ދެލޮލަށް ދުލެއްދެވުނެވެ. ލާން އުޅުނު ނޭވާވެސް ހުއްޓުމަކަށް އައިފަދަ އިހުސާސެއްކުރެވުނެވެ. މައްޗަށް ލެނބިފައިވި ދިގު އެސްފިޔަތައް ލަސްލަހުން ދުރުކޮށްލަމުން ޔަނާލް ދެލޯ ހުޅުވާލިއެވެ. އެއާއެކު އިކާންގެ ތޫނު ދެލޮލާ އޭނަގެ ނަޒަރު ބައްދަލުވިއެވެ. ސިކުންތުކޮޅަކަށް ދެމީހުންގެ ނަޒަރު ސީދާވެގެން ދިޔައިރު ދެހިތުގެ ތެޅުންވެސް ބާރުވެފައިވެއެވެ. އިކާންގެ އަތުގެ ތެރެއިން މިންޖުވުމަށް ޔަނާލް ހަރަކާތްކޮށްލުމާއެކު މާބުލްސްތަކުގެ މަތީގައި އިކާން ޔަނާލް ބެހެއްޓިއެވެ. ހަމައެވަގުތު ޔަނާލް އަވަސް އަވަހަށް އިކާން އާއި ދުރުވެލަން އުޅުނެވެ. އެއާއެކު ޔަނާލްގެ އަތަށް ވާންވެގެން ދިޔައެވެ. ދެމީހުނަށްވެސް ޔަނާލްގެ އަތަށް ނަޒަރު ހުއްޓާލެވުނެވެ. ޔަނާލްގެ އަތުގައި އަޅާފައިވި ހުދުކުލައިގެ ބްރޭސްލެޓް އިކާންގެ ގަމީހުގެ ގޮށެއްގައި އަޅާއިގަނެފައިވި މަންޒަރު ފެނި ޔަނާލްއަށް ހާސްކަމާއެކު އިކާންގެ މޫނަށް ބަލައިލެވުނެވެ. ” އައިމް ސޯ ސޮރީ… ” އިކާންގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުމާއެކު ޔަނާލް އަވަސް އަވަހަށް މަޢާފަށް އެދެމުން ބްރޭސްލެޓް ނައްޓުވާލެވޭތޯ ބެލިއެވެ.

ލިބިފައިވި ހާސްކަމުގެ ސަބަބުން ޔަނާލްއަށް އެކަން ކާމިޔާބުވާ ގޮތެެއްނުވިއެވެ. ނޭވާ އަވަސްވެފައިވީއިރު އަތުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ. ”ޔަނާލް…” އެކަން ފާހަގަވި އިކާން މަޑުމަޑުން ޔަނާލްގެ ނަމުން ގޮވާލިއެވެ. އިކާންގެ މަޑުމައިތިރި އަޑުއިވުމާއެކު ޔަނާލް އިސްއުފުލާލަމުން އިކާންގެ މޫނަށް ބަލައިލިއެވެ. ޔަނާލްގެ އެމޫނު މަތިން އެވަގުތުވެސް އިކާންއަށް ސިފަވީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ” ރިލޭކްސް… ލެޓް މީ ޑޫ ދިސް… އޯކޭ… ” މަޑުމައިތިރިކަމާއެކު އިކާން މިހެން ބުނެލަމުން ހިނިތުންވެލިއެވެ. ޔަނާލް މަޑުމަޑުން ބޯ ޖަހާލަމުން ބްރޭސްލެޓުން ދޫކޮށްލިއެވެ. އިކާން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބްރޭސްލެޓް އޭނަގެ ގަމީހުގެ ގޮށާ ވަކިކޮށްލިއެވެ. އެއާއެކު ޔަނާލް އަވަހަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލިއެވެ. ” ސޮރީ… ” އިކާން ބަލައިލުމާއެކު ދެވަނަ ފަހަރަށްވެސް ޔަނާލް މަޢާފަށް އެދުނެވެ. އިކާން ހިނިތުންވެލަމުން މަޑުމަޑުން ބޯ ޖަހާލިއެވެ.

ވަށާއިގެން ތިބި މީހުންގެ ނަޒަރުތައް އެދެމީހުނަށް އަމާޒުވެފައިވާކަން އިނގުނީ އަދިކިރިޔާއެވެ. އިކާން އާއި ޔަނާލް ބަލައިލުމާއެކު އެންމެންވެސް އެމީހެއްގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. މިކާލް ލާނެއް ހިނިތުންވުމެެއް ވެރިކުރުވައިގެން ހުރި ތަން ފެނުމުން އިކާން މިކާލްއަށް ބަލައިލާ ދެބުމަ ގާތްކޮށްލިއެވެ. އިކާންގެ އެހަރަކާތާއެކު މިކާލް ވަގުތުން ދުރު ބަލާލިއެވެ. އެހެނަސް އޭނަގެ ތުންފަތުގައިވި ލާނެއް ހިނިތުންވުން ފިލައިގެން ނުދެއެވެ.

ޔަނާލް އިސްޖަހައިލައިގެން ހުރުމުން އިކާން އޭނަގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި މަޑުމަޑުން ކަރުކެހިލިއެވެ. އިކާން ބޭނުންވި ފަދައިން ޔަނާލް އިސްއުފުލާލާ އިކާންއަށް ބަލައިިލިއެވެ. ” އައިމް އިކާން… ބައްޕަ ބިޒީކޮށް އުޅޭތީ ޕާޓީގެ ކަންކަން ދާގޮތް ބަލަން ހަވާލުކުރީމަ މިއައީ… ކިހިނެއް މަސައްކަތްތައް ދަނީ… ” އިކާން ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލަމުން ވާހަކަ ދެއްކިއެވެ. ”މަަސައްކަތްތައް އަވަސް ސްޕީޑެއްގަ ކުރެވެމުން ދަނީ… އެރޭންޖްމެންޓްސް އާ ޑެކަރޭޝަން އަދި ލައިޓެނިން މިއަދު ހަވީރުވާއިރަށް ނިންމާލެވޭނެ… ކޭޓަރިންގެ މެނޫ އާކިފްއާ ވާހަކަ ދައްކާފަ އަޅުގަނޑު އެންމެ ހިތްހަމަޖެހޭ ބައަކަށް ހަވާލުކޮށްފަވާނީ… އޮން ޓައިމްއަށް ކާތަކެތިވެސް އަންނާނެ… އަޅުގަނޑު އެހުރިހާ އެއްޗެއްވެސް ޕާސަނަލީ ޗެކްކުރާނަން… އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގަޑިއަށް ހުރިހާ ކަމެއްވެސް ނިންމާލާނަން… ” ކުރެވެމުންދިޔަ މަސައްކަތްތަކަށް ނަޒަރު ހުއްޓާލަމުން ޔަނާލް އިކާންއަށް މަސައްކަތްތައް ކުރިއަށްދާގޮތް ކިޔާލަދިނެވެ. އިކާން ޔަނާލްގެ ވާހަކަތައް ބޯ ޖަހާލިއެވެ. އޭރު މިކާލްވެސް އެދެމީހުންގެ ގާތަށް އައިސް މަޑުކޮށްލަނީއެވެ. ކުޑަ ވަގުތުކޮޅަކު މަސައްކަތުގެ ވާހަކައިގައި ތިބުމަށްފަހު މިވަގުތަށް ގޮސްލަނީ ކަމުގައި ބުނެ އިކާން އާއި މިކާލް ދިއުމަށް ހިނގައިގަތެވެ. އެދެމީހުން ގޮސް ލޮލުގެ ކޮޅަށް ގެއްލުމާއެކު ޔަނާލް ފުން ނޭވައެއް ދޫކޮށްލިއެވެ. ހީވީ އެހުރިހާ އިރު އޭނާ ހުރީ ނޭވާ ނުލާހެންނެވެ. ”ނާލް…. އެއީތަ ނާލް މިއަދު ބުނި ޒުވާނާއަކީ…” ލާނެއް ހިނިތުންވުމެއްގައި ހުރެ ދިމްނާ އައިސް އެހެން ބުނެލުމާއެކު ޔަނާލް ހޫމް ލައްވާލިއެވެ. ”ވަރަށް ގުޅޭ ދެމީހުން… ހެހެހެ… ” ލުއި ހުނުމަކާއެކު ދިމްނާ ދިމާކުރާފަދަ ގޮތަކަށް އެހެން ބުނެލުމުން ޔަނާލް ކުޑަކޮށް ލޯ އަޅާލިއެވެ. ”ހަމައަސްލުއޭ ނާލް… ދެންމެ މަންޒަރުތައް ފެނުނު މީހަކަށްނަމަ މިހެން ބުނެވޭނެ… ” ދިމްނާ އަނެއްކާވެސް ބުނެލިއެވެ. ” ދިމް… ތިކަހަލަ ސަމާސާތައް އަހަރެންނަށް އެއްވެސް ވަރަކަށް ކަމަކުނުދޭ އިނގޭ… ޕްލީސް ސްޓޮޕް އިޓް އެންޑް ލެޓްސް ކޮންޓިނިއު އަވަރ ވޯކް… ” ކުޑަކޮށް ހިތްހަމަނުޖެހިފައި ކަހަލަ ގޮތަކަށް ޔަނާލް އެހެން ބުނުމުން ދިމްނާ ވަގުތުން މަޢާފަށް އެދި އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

” ކިހިނެއްވީ މާވައްތަރަކަށް ހެވިފަ ހުރީ… ” ކާރާ ދިމާލަށް މިސްރާބުޖަހަމުން އިކާން މިކާލްއަށް ބަލާލާ ބުނެލިއެވެ. ” މާ ރޮމޭންޓިކް ސީންއެއް ފެނުނީމަ… ” ލާނެއް ހިނިތުންވުމަކާއެކު މިކާލް ބުނެލިއެވެ. ” އެއީ ތިހީކުރާ ކަހަލަ ކަމެއް ނޫން އިނގޭ… ދެޓްސް އޭން އެކްސިޑެންޓެއް… ” ކާރުގެ ދޮރުފަތް ހުޅުވާ އެތެެރެއަށް ވަންނަމުން ރައްދުގައި އިކާން ބުންޏެވެ. ” ހެހެހެ… އިނގިދާނެތާ ދޯ ވާގޮތެއް… މިފަހަރު އެކްސިޑެންޓަކުންވިޔަސް ފަހުން ހަމަ ބަދަލުވެދާނެތާ.. ” މިކާލް އެހެން ބުނެލުމުން އޭނައަށް ބަލާލާފާވެސް އިކާން އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި ގެސްޓް ހައުސް ޕްރޮޖެކްޓާއި ބެހޭގޮތުން އޭނާ ވާހަކަ ދައްކަން ފެށިއެވެ. މަޑު ދުވެެއްޔެއްގައި ދުއްވަމުންދިޔަ ކާރު ގޮސް މަޑުކޮށްލީ ދެބުރިއަށް ހުރި ރެސްޓޯރެންޓެއްގެ ކުރުމައްޗަށެވެ. ދެޒުވާނުން ކާރުން ފައިބައިގެން ގޮސް ރެސްޓޯރެންޓްގެ ދެވަނަ ބުރިއަށް އަރާ ހުސް މޭޒެއްގެ ކައިރީ އިށީނެވެ. އެއާއެކު ވެއިޓަރަކު އައުމުން ދެކަޅު ކޮފީއަށް އޯޑަރު ދިނެވެ. މެންދުރުގެ ނަމާދު ވަގުތު ޖެހެން އަދި ވަގުތު އޮތުމުން ދެޒުވާނުންވެސް ކޮފީއަކަށް އަރާލީއެވެ. ހިޔާވާނޭ ގޮތަށް ހަޓު ޖަހާފައި ހުރިއިރު ހާމައަށް ފެންނަން އޮތް މޫދުން ހިތްތަކަށް ހަމަޖެހުން ގެނުވައިދެއެވެ. ހާމައަށް އޮތް ކަނޑުން އަންނަމުންދިޔަ ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލާހިނދު އަރާމު އިހުސާސެއްކުރެވިގެންދެއެވެ. ދެޒުވާނުން ކޮފީ ބޮއެ ނިންމުމާއެކު ބިލު ދެއްކުމަށްފަހު ރެސްޓޯރެންޓުން ނުކުތެވެ. އޭރު މެންދުރު ނަމާދުގެ ބަންގީގެ އަޑުއިވެމުން ދިޔައެވެ. ބަންގީގެ މޫރިތި އާޔަތްތަކުގެ އަޑުއިވުމާއެކު ދެޒުވާނުންވެސް ކާރަށް އަރާ އަވަސްވެގަތީ މިސްކިތަށް ދިޔުމަށެވެ.

މެންދުރު އެއްގަޑި ފަނަރަ ހިނގިއިރުވެސް ޔަނާލްމެން އުޅެމުން ދިޔައީ މަސައްކަތުގައެވެ. އެންމެންވެސް ވަރުބަލިވުމާއެކު ބަނޑުހައިވެފައި ހުރުމުން ލަންޗް ބްރޭކަށް މަސައްކަތްތައް ހުއްޓާލިއެވެ. ބްރޭކަށް މަސައްކަތްތައް ހުއްޓާލުމާއެކު ދިމްނާ އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. އޭނައަށް މިހާރު މަންމަ ހުންނާނީ ރުޅިއައިސްފައިކަން އިނގެއެވެ. ހިތުގައި ބިރުވެރިކަމެެއް ވިނަމަވެސް އޭނަގެ ހިނގުން އަވަސްކުރެވޭތޯ ބެލިއެވެ. ދިމްނާ ގެއަށް ވަންއިރު އެކަކުވެސް ސިޓިމްރޫމުގައި ފެންނާކަށް ނެތެވެ. މަޑުމަޑުން ހިނގާފައި އައި ދިމްނާ ބަދިގެ ފަރާތަށް ނުކުންއިރު ނަފީސާ މެންދުރު ކާން ހަދަން އުޅެއެވެ. އޭރު އާޝާ ޖޯލިފަތީގައި ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަން އޮތެވެ. ”މަންމާ…” ދިމްނާ ބިރުން ހުރި ނަމަވެސް މަޑުމައިތިރިކަމާއެކު ނަފީސާއަށް ގޮވާލިއެވެ. ދިމްނާގެ އަޑުއިވުނު ނަފީސާ ނުރުހުންތެރިކަމާއެކު ދިމްނާއަށް ބަލައިލިއެވެ. މަންމަގެ ބަލައިލުމުގައި ހުރި ނުރުހުންތެރިކަން ފެނި ދިމްނާއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ” އަދި ކިރިޔާތަ ދިމްނާއަށް ގެއަށް އަންނަން ތިއިނގުނީ… އަހަރެން ނުބުނަންތަ ވަޒީފާގަ އުޅުނަސް ގޭގެ ކަންތައްތައްވެސް ގަޑިއަށް ނިންމަންޖެހޭނެޔޭ… އެކެއް ޖަހާއިރަށް ހުންނަންޖެހޭނީ މެންދުރަށް ކާން ހެދިފަ… ” ނުރުހުމާއެކު މަންމަ ބުނެލި ބަސްތަކުން ދިމްނާއަށް ހިންދިރުވާލެވުނެވެ. ”މިއަދު ވަރަށް ބިޒީކޮށް އުޅުނީމަ އަވަހަށް ނާދެވުނީ… އެންމެން މަސައްކަތްކުރާއިރު ކޮންމެ ދުވަހަކު އަވަހަށް ގެއަށް އަންނާކަށް ނުކެރޭނެއެއްނު… އެއީ ރަނގަޅު ގޮތެއް ނޫނެެއްނު މަންމާ… ” ދިމްނާ އިސްޖަހައިލައިގެން ހުރެ މަޑުމައިތިރިކަމާއެކު މިފަހަރުވެސް ވާހަކަ ދެއްކިއެވެ. ” ދިމްނާ ނުޖެހޭނެ ކޮންމެހެން މަށަށް ރަނގަޅު ގޮތް ކިޔައިދޭކަށް… ދިމްނާ ކައިރި ކުރިންވެސް ބުނެފަ އޮންނާނީ ވަޒީފާ އަދާކުރިއަސް ގޭގެ ކަންކަން ދިމްނާއަށް ކުރެވެންޖެހޭނޭ… އަޑުއިވިއްޖެތަ… ދެން ކޮންމެހެން ދެރަވާކަން ދައްކަން އަހަރެން ކުރިމަތީ ހުންނާނެކަމެއް… ތިއައި ތަނަކަށް ދިޔައިމަވީއެއްނު.. ” ނަފީސާގެ ދުލުން ބޭރުކުރަމުންދިޔަ ބަސްތަކުން ދިމްނާގެ ދެލޮލަށް ތާޒާތައް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ހިތުގައި ރިހުމެއް އެކުލެވިގެންވީއިރު އެރިހުން އޭނަގެ ދެލޮލުންވެސް ހާމަވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. މަންމައެއްގެ ދުލުން ކިތަންމެ ކުޑަ ނަމަވެސް ނުރުހުމުގެ ބަހެއް އަޑުއަހަން އެދެނީ ކޮން ދަރިއެއް ހެއްޔެވެ؟ ނުރުހުމާއެކު ބުނެލާ އެންމެ ބަހަކުންވެސް ހިތަށް އެތައް އަސަރެއްކުރުވައެވެ. ހިތުގައި ފުރިފައިވި ޝަކުވާތަކާއެކުވެސް އިތުރު އެއްޗެކޭ ބުނުމެއްނެތި ދިމްނާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އޭރު ދެލޮލަށް ޖަމާވި ކަރުނަތައް އިތުރަށް ކެތްނުވެގެން ކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފައިބަމުން ދިޔައެވެ.

މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަން ދިމްނާ ދޮރު ލައްޕާލާ ތަޅުލިއެވެ. އޭނަގެ އަތް ދަބަސް އެނދު މަތީގައި ބޭއްވުމަށްފަހު އެނދުގައި އިށީންދެ ދެއަތްތިލައިގެ ތެރޭގައި އެމޫނު ފޮރުވާލިއެވެ. މަޑުމަޑުން  ކޮޓަރި ތެރޭގައި ހިފާލީ ދިމްނާގެ ގިސްލުމުގެ އަޑެވެ. އެގިސްލުމުގެ އަޑުއިވުނު މީހަކަށް ދިމްނާގެ ހިތަށް ކޮށްފައިވި އަސަރު އިތުރަށް ބަޔާންކޮށްދޭކަށް ނުޖެހޭނެއެވެ. އެހާވަރަށް ވޭނާއި ހިތްދަތިކަން އެގިސްލުމުގައި އެކުލެވިފާވެއެވެ. ” ކީއްވެތަ މަންމާާ… ކީއްވެތަ މަންމަ އަބަދު އަހަރެންދެކެ އެހާ ރުޅިއަންނަނީ… އެންމެ ފަހަރަކުވެސް ކީއްވެތަ ލޯބިން ރީތިކޮށް ވާހަކަ ދައްކާނުލަނީ… އަހަރެންވެސް މީ މަންމަގެ ދަރިއެއްނު… މަންމަގެ ލޯތްބާ އަޅާލުން އާޝާއެކޭ އެއްފަދައިން އަަހަރެންވެސް ބޭނުންވާނެކަން ކީއްވެތަ މަންމައަށް ނުވިސްނެނީ… ” މޫނުގައި އަޅާފައިވި ދެއަތްތިލަ ދުރުކޮށްލަމުން ދިމްނާ ހިތުގެ ޝަކުވާތައް ކޮޓަރީގެ ހަތަރު ފާރުތެރޭގައި ހާމަކޮށްލިއެވެ. އެހަތަރު ފާރުތެރޭ އޭނަގެ ޝަކުވާތައް އަޑުއަހާނެ މީހަކު ނުހުންނާނެކަން އިނގިހުރެވެސް ދިމްނާއަށް އޭނަގެ ޝަކުވާތަކެއް ނުހުއްޓުނެވެ. ހިތުގެ ޝަކުވާތައް ކަރުނައިގެ ސިފައިގައި އޭރުވެސް ކޯތާފަތުން ތިރިއަށް ފައިބަމުން ދިޔައިރު އެރީތި ދެލޯ ވަނީ ދުޅަވެ ރަތްވެފައެވެ. އެވަގުތު އެނދު މަތީގައި އޮތް އަތް ދަބަހުން އޭނަގެ ފޯނު ރިންގުވާ އަޑު ދިމްނާއަށް އިވުނެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލާ ފުން ނޭވައެއް ދޫކޮށްލަމުން އަވަސް އަވަހަށް ދަބަސް ތެރެއިން ފޯނު ނެގިއެވެ. ” ހަލޯ ޔާލް… ” ފޯނު ނަގާ ދިމްނާ ބުނެލިއެވެ. ” ހަލޯ ދިމް… އަރ ޔޫ އޯކޭ… ” ދިމްނާގެ އަޑުން ތަފާތުކަމެއް ފާހަގަކުރެވުމުން ޔަލްވީއަށް އަހާލެވުނެވެ. ”ހެހެހެ… އައިމް އޯކޭ… ކިހިނެއްވީ ޔާލް މިގަޑީގަ ގުޅާލީ… ކަމަކުތަ… ” ދިމްނާ އޭނަގެ އިހުސާސްތައް އެއްފަރާތްކޮށްލަމުން ބުނެލިއެވެ. ” ހޫމް… އާދެބަ އަހަރެެން ގެއަށް… އަވަހަށް އަންނަންޗޭ… ” ޔަލްވީ އެހެން ބުނުމާއެކު ވަގުތުން ދިމްނާާ ކީއްކުރަންތޯ ސުވާލުކުރިއެވެ. ” ދެން އާދެބަލަ ދޯ ދިމް… އައިމަ އިނގޭނީ… އަވަހަށް އާދޭ… ” ޔަލްވީ ބުނެފި ގޮތެއްގައި ހިފަހައްޓާނޭކަން އިނގޭތީ ދިމްނާ އެންމެ ފަހުން ނަމާދުކޮށްލައިގެން އެބަދަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. ދިމްނާ ފާޚާނާއަށް ވަދެ މޫނުދޮވެލާ ވުޟޫކޮށް ހަދައިގެން ނުކުމެ ތައްޔާރުވެލިއެވެ. އެއަށްފަހު ނަމާދުކޮށްގެން އަތް ދަބަސް ހިފައިގެން އޮފީހަށް ދިއުމަށާއި އެކީ ޔަލްވީގެ ގެއަށް ދިޔުމަށް ގެއިން ނުކުތީ މިވަގުތު އިތުރަށް ގޭގައި ހުންނަން ބޭނުންނުވުމުންނެވެ.

އާދައިގެ މަޑު ހިނގުމެއްގައި ހިނގާފައި ގޮސް ލައިލެކްވިއުގެ ބޮޑު ދޮރާށި ހުޅުވާލަމުން ދިމްނާ އެތެރެއަށްވަނެވެ. އެއަށްފަހު ސަލާމް ގޮވާލަމުން ކުރިއަށް ހިނގައިގަތެވެ. އެވަގުތު ސިޓިންރޫމު ތެރެއިން ސަލާމް ބަލައިގަން އަޑުއިވުނެވެ. ދިމްނާ ގޮސް ސިޓިންރޫމު ދޮރު މައްޗަށް އެރިއިރު ތިން މީހުން އޭނައަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. ”ދިމް… ދެންވެސް ނުހުރެ އަވަހަށް އެތެރެއަށް ވަދެބަލަ… މި ދޮންތަ އަހަރެން މިތަނުން ތެދުވިޔަވެސް ނުދިން ދިމް ނާންނަނީސް… މިހާރު ބަނޑުހައިވެގެން މިހިރަ ހަލާކުވަނީ… ” ޔަނާލް ޔަލްވީއަށް ބަލައިލާ ކުޑަކޮށް ލޯ އަޅާލަމުން ބުނެލިއެވެ. ” އެއީ ތެދެއްތަ ޔާލް… ނާލް ކާންވެސް ނުފޮނުވަންތަ ތިއިނީ… ދެން ނާލް ކާން ފޮނުވަންވީނު އަހަރެން ކައިރި ތިބުނާ ކަމެއް ބުނެވޭނެއެއްނު… ” ހިނިތުންވެލައިގެން އިން ޔުސްރާއަށް ބަލައިލުމަށްފަހު ދިމްނާ އެތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ. ” ދިމް އެކަންޏަކަށް ނޫނޭ… އެއްކަމަކަށޭ ދެމީހުން މިގެނައީ… ” ޔަލްވީ އެދެމީހުނަށް ބަލައިލުމަށްފަހު ބުންޏެވެ.  ”އޯ ދޮންތާ ޕްލީޒް… މިގަޑީގަ އެއްވެސް ކަމެއް ނެތް ކުރެވޭކަށް… ވަރަށް މުހިއްމު އިވެންޓެގެ މަސައްކަތުގަ މިއުޅެނީ… ކައިގެން އަވަހަށް ދާންވެއްޖޭ… ” ޔަނާލް އަކުރުތަކަށް ދަމާލާފާ ބުނެލިއެވެ. ” ކައިގެނެއްނު ދަނީ… އެހެންވީމަ އާދޭ ކާން… ” ޔަލްވީ މިހެން ބުނެ ކާކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. ޔަލްވީގެ އެއަމަލުން ޔަނާލް އާއި ދިމްނާއަށް ހީވީ ޔަލްވީ އެކަމާ ހިތްހަމަނުޖެހުނީކަމަށެވެ. ” ދެން އަންނަންވީނު ދެމީހުންވެސް އަވަހަށް ކާން… ދިމްވެސް އާދޭ…” އެކަކުވެސް އޭނަގެ ފަހަތުން ނާންނާތީ ޔަލްވީ ކާކޮޓަރިއަށް ވަންނަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭރު ޔަނާލް އާއި ދިމްނާގެ މޫނު މަތީގެ ކުލަވަރު ފެނި ޔުސްރާ އިނީ އެތެރެއިން ހީލަހީލައެވެ.

ޔަނާލް އާއި ދިމްނާ އެކަކު އަނެކަކަށް ބަލައިލުމަށްފަހު ކާކޮޓަރި އާއި ދިމާލަށް މިސްރާބުޖެހިއެވެ. ” ދޮންތާ… ދޮންތަ ބުނާ ކަމެއް އޮފީހުން އައިއްސަ ކުރާނީ… މިވަގުތު އަވަހަށް ދިޔުން ވަރަށް މުހިއްމު… ވަރަށް ބޮޑު އިވެންޓެއްގެ ޕްލޭނިންއެއްގަ މިއުޅެނީ… އަވަހަށް ދާން… ” ވާހަކަ ދައްކަމުން އައި ޔަނާލްގެ ވާހަކަ ހުއްޓުނީ ކާކޮޓަރީގެ މޭޒުމަތި ފެނުމުންނެވެ. ކުކުޅާއި ފްރައިޑް ރައިސްގެ އިތުރުން ސެލެޑަކާއެކު ކީރް ތައްޔާރުކުރެވިފައި ހުއްޓެވެ. އޭރު ޔަލްވީ ފުރިޖުން ނެގި މިކްސް ފުރުޓް ޖޫސް ޕެކެޓުން ބިއްލޫރި ތަށިތަކަށް ޖޫސް އަޅަމުން ދިޔައެވެ. ” ހާދަ ސްޕެޝަލް ކެއުމެއް މިއަދު… މާ ޚާއްސަ ދުވަހަކީތަ… ” ޔަލްވީއަށް ބަލަހައްޓާއިގެން ހުރެ ޔަނާލް އަހާލިއެވެ. ” ހޫމް… ގެސް ވަޓް… ” ތަށިތަކަށް ޖޫސް އެޅުމަށްފަހު ފުރިޖަށް ޖޫސް ޕެކެޓު ލަމުން ޔަލްވީ ބުނެލިއެވެ. އަދި އެނބުރި އޭނާ ޔަނާލްއަށާއި ދިމްނާއަށް ފުޅާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” އޯހް ދޮންތާ… ޖޮބް ލިބުނީދޯ… ” ހިނދުކޮޅަކު ވިސްނަން ހުރުމަށްފަހު ޔަނާލްގެ ސިކުނޑި އޭނައަށް ދިން ސިގްނަލްއާއެކު ނުހަނު ފޯރީގައި ބުނެވުނެވެ. ” ޔެސް… އައި ގޮޓް ދި ޖޮބް… ” ޔަލްވީ އޭނަގެ ދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. ”އޯންން… ކޮންގްރޭޖުލޭޝަންސް ދޮންތާ… އައިމް ސޯ ހެޕީ ފޯ ޔޫ… ” ޔަނާލްއަށް ލިބުނު އުފަލުގައި ޔަލްވީގެ ހަށިގަނޑުގައި ބައްދާލަމުން މަރުހަބާ ކިޔުނެވެ. ދިމްނާވެސް އައިސް ނުހަނު އުފަލާއެކު ޔަލްވީއަށް މަރުހަބާކިޔެވެ. އޭރު ކާކޮޓަރީގެ ދޮރު މަތީގައި ހިނިތުންވެލައިގެން އެމަންޒަރު ދެކެން ޔުސްރާ ހުއްޓެވެ. ” ދެން ކާން ފަށަންވީނު އަވަހަށް… މިހާރު ލަހެެއްވެސް ނުވޭދޯ ނާލް… އަވަހަށް ދާންޖެހޭނެއެއްނު އިވެންޓުގެ މަސައްކަތްތައް ކުރަން… ” ޔުސްރާގެ އަޑަށް ތިން ކުދިންވެސް ދުރުވެލާ އަވަހަށް ކާން ފެށިއެވެ. ޔަނާލްގެ ކުޑަ އާއިލާއާއެކު އުފާވެރި ވަގުުތުކޮޅެއް ހޭދަކޮށްލެވުމުން ދިމްނާވެސް އިނީ ހަމަޖެހިފައެވެ.

ކައިގެން އަވަސް ހިނގުމެއްގައި ދިމްނާ އާއި ޔަނާލް މިސްރާބުޖެހީ އިކާމެންގެ ހަވޭލިއަށް ދިޔުމަށެވެ. ދިޔަ މަގުމަތީގައި ޔަނާލްއަށް ފޯނު ކޯލެއް އައެވެ. ފޯނަށް ޖަވާބުދީ ނިންމާލިއިރު ޔަނާލްގެ މޫނުން ހިތްހަމަޖެހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ” ކިހިނެއްވީ… ނާލް ވަރަށް ހިތްހަމަޖެހިފަހުރިހެން ހީވަނީ… ” ހިނިތުންވެލަމުން ދިމްނާ ސުވާކޮށްލިއެވެ. ” އާނ… ކާރު ރިޕެއަރކުރެވޭނެއޯ މާދަމާއަށް… މާދަމާ ކާރު ލިބޭނެއޭ ބުނަން އެގުޅީ… ” ޔަނާލް ނުހަނު ހިތްހަމަޖެހިފައިހުރެ ޖަވާބުދިނެވެ. ” ދިމް… އައިމް ސޮރީ… ” ހިނގަމުންދިޔަ ޔަނާލް މަޑުމޮޅިކަން ވެރިވެފައިވި އަޑަކުން ބުނެލިއެވެ. ” ސޮރީ… ފޯ ވަޓް… ” ދިމްނާއަކަށް ޔަނާލް މަޢާފަށް އެދެންޖެހޭ ވަރުގެ ކަމެއް އޮތްކަމަކަށް ނުބެލެވުނެވެ. ” އޭރު އި… އިކާންގެ ވާހަކަދެކެވުނު އިރު… ދިމްއަށް އިނގެއެއްނު އެފަދަ މައުޟޫތަކުގަ… އައި… އައި ޖަސްޓް ކާންޓް ކޮންޓްރޯލް… އަހަރެން ބުނަން ބޭނުންނުވިޔަސް ރޫޑުކޮށް ބުނެވޭ… އައިމް ސޮރީ… ” ޔަނާލް ވާހަކަ ދެއްކިއިރު އޭނައަށް އެވާހަކަ ދައްކަން އުނދަގޫވެފައިވީ މިންވަރު ދިމްނާއަށް އިހުސާސްކުރެވުނެވެ. ” އިޓްސް އޯކޭ ނާލް… އައި ކޭން އަންޑަސްޓޭންޑް… އެކަމްވެސް ހަމަ ބުނެވޭނީ ތިދެމީހުން އެކުގަ ފެންނައިރު ވަރަށް ގުޅެއޭ… ހެހެހެ… ” ލުއި ހުނުމަކާއެކު ދިމްނާ އެހެން ބުނުމުން މިފަހަރު ޔަނާލްއަށްވެސް ލުއިކޮށް ހިނިތުންވެލެވުނެވެ. އެހެނަސް ދާދި އަވަހަށް ޔަނާލް އެއަސަރުތައް ފޮރުވާލިއެވެ. އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީ ޔަނާލް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

އިވެންޓުގެ ތައްޔާރީތައް ނިންމާލުމަށްފަހު ދިމްނާއަށް ގެއަށް ދެވުނުއިރު ފަހެއްޖަހާ ބޮޑުވެެއްޖެއެވެ. އަތްދަބަސް ކޮޓަރިއަށް ލުމަށްފަހު ދިމްނާ މިސްރާބުޖެހީ ބަދިގެ ފަރާތަށެވެ. ކާކޮޓަރިއަށް ވަންއިރު މެންދުރު ކޭތަށިތައް ސިންކު ތެރޭގައި ހުރި ގޮތަށް ހުއްޓެވެ. ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ދިމްނާ ތަށިތައް ދޮންނަން ފެށިއެވެ. ތަށިތައް ދޮވެ މޭޒުމަތި ރީތިކޮށް ހަދާފައި ދިމްނާ ކާކޮޓަރިން ނުކުތެވެ. ހަވީރު ސައިހަދަން އުޅޭނެހާ ހިތްވަރުނެތުމާއެކު ދިމްނާ ގަސްތުކުރީ ހެދިކާކޮޅެއް ގަތުމަށެވެ. ކޮޓަރިއަށްވަދެ ރުފިޔާ ހިފައިގެން ނުކުން ދިމްނާއަށް ނުކުމެވުނީ ނަފީސާގެ ކުރިމައްޗަށެވެ. ވަގުތުން ނަފީސާ ކޮންތަނަކަށްތޯ ސުވާލުކުރިއެވެ. ” ސައިހަދަން އުޅެން މާ ލަސްވެފަ ހުރީމަ ޔުސްރާއްތަގެއަށް ހެދިކާކޮޅެއް ގަންނަން… ” އިސްޖަހާލައިގެން ހުރެ ދިމްނާ ޖަވާބުދިނެވެ. އިތުރު އެއްޗެކޭ ނުބުނެ ނަފީސާ ހިނގައިގަތުމުން ދިމްނާވެސް އަވަހަށް ގެއިން ނުކުތެވެ. ޔުސްރާގެ ގެއިން ހެދިކާ ގަނެގެން އައިސް އެތަކެތި މޭޒު މައްޗަށް ލުމަށްފަހު ދިމްނާ ކޮޓަރިއަށްވަނެވެ. އަދި އަޞުރު ނަމާދު ނުކުރެވޭ ހަނދާންވުމުން އަވަހަށް ފެންވާރާލައިގެން އައިސް ނަމާދުކޮށްލިއެވެ. ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމުގެ ސަބަބުން ދިމްނާ އެނދުގައި އޮށޯވެލިއެވެ. މަޢްރިބް ނަމާދުގެ ބަންގިގޮވަން އަދި ވަގުތުކޮޅެއް އޮތުުމުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަރާމުކޮށްލަން ދިމްނާ އޮތީއެވެ.

ޕާޓީގެ ތައްޔާރީތައް ފުރިހަމައަށް ނިންމިފަވޭތޯ ބެލުމުގައި ޔަނާލް އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައެވެ. ” ހަލޯ… ކިހާ ހިސާބެއްގަތަ… އަޅުގަނޑު ބުނި ގަޑިއަށް ހުރިހާ އެއްޗެއްވެސް ބޭނުން… ޕްލީސް ވަރަށް އަވަސްކޮށްލަދެއްވާ… ” ހާސްވެފައިހުރި ޔަނާލް ނުހަނު އަވަސް އަވަހަށް ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ” ނާލް… ރިލެކްސް… ހުރިހާ ކަމެއްވެސް ތައްޔާރުވާނެއޭ… ހަމައެކަނި ކޭޓަރިންގެ އެއްޗެހި ނާންނަނީ… ދޭއަރ އޮންދަ ވޭ… ސޯ ރިލޭކްސް… ” ފޯނު ކޯލު ކުރުކޮށްލި ޔަނާލްގެ ހާސްކަން ފެނި ދިމްނާ ބުނެލިއެވެ. ޔަނާލް ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން ބޯ ޖަހާލިއެވެ. މާގިނައިރެއްނުވެ އެމީހުންގެ އޯޑަރަށް ކޭޓަރިންގެ ތަކެތިވެސް އަތުވެއްޖެއެވެ. ޔަނާލް އިސްވެހުރެ ހުރިހާ އެއްޗެއް ބަލާ ޗެކުކުރަމުންދާ ވަރަކުން އެހެން ސްޓާފުން އެއްޗެހި މޭޒުމަތީގައި ތަރުތީބުކަމާއެކު އަތުރަމުން ދިޔައެވެ.

ޕާޓީ ފެށުމުގެ ކުރިން އިކާން ހަވޭލިއަށް އައިސް ވަނެވެ. ހުދާއި މަޑު ފިޔާތޮށި ކުލައިގެ ފޮތިންނާއި އޯކިޑްމާތަކުން މުޅިތަން ވަނީ ނުހަނު ފުރިހަމައަށް ޒީނަތްތެރިކުރެވިފައެވެ. ހުދު ކުލައިގެ ކުދި ބޮކިފަތިތަކުންނާއި ޗާންދަލިއާގެ އަލިން މުޅިތަންވަނީ ހުދުކުލައިން ދިއްލާލެވިފައެވެ. ސިޓިންރޫމުގެ އެބޮޑު ހޯލުގެ އެކި ތަންތަނުގައި މޭޒުތައް ޖަހާފައިވީއިރު އެއްފަރާތުގައި ހުރި ދިގު މޭޒުގައި ކާތަކެތި ބެހެއްޓިފާވެއެވެ. މުޅިތަންވެސް ވަނީ ނުހަނު ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ސްޓާފަކާ ވާހަކަ ދައްކަމުންދިޔަ ޔަނާލްއަށް އެވަގުތު އިކާންގެ ނަޒަރު ހުއްޓުނެވެ. ކަކުލުން ތަންކޮޅެއް ތިރިއަށް އަންނަ މަޑު ފިޔާތޮށިކުލައިގެ އަތްދިގު ބޮޑީކޮން ހެދުމުގައި ޔަނާލްގެ ރީތިކަން އިންތިހާއެވެ. ހެދުމުގެ މޭމަތިން ފެށިގެން ހުރަހަށް ކުދިކުދި ރޫތަކެއް ހުރުމުން އެހެދުން ފެންނަލެއް ނުހަނު ފުރިހަމައެވެ. ބޮލުގެ އިސްތަށިގަނޑު މެދުން ކަފިކޮށްލެވިފައިވީއިރު ކުރު އިސްތަށިކޮޅުތައް މޫނުގެ ދެފަރާތުގައި އިރުއިރުކޮޅުން ފިރުމާލައެވެ. ޔަނާލްގެ ސިފަތަކުގެ ތެރެއިން އިކާން އެންމެ އަޅާއިގަންނަ އެއްސިފަޔަކީ ޔަނާލްގެ ވޭވީ ސްޓައިލްގެ އިސްތަށިގަނޑެވެ. ސްޓާފާ ވާހަކަ ދައްކަން ހުރި ޔަނާލް އެންމެ ފަހުން އޭނަގެ ފިޔާތޮށި ކުލައިގެ ތުންފަތަށް ވެރިކޮށްލި ހިނިތުންވުން ފެނި އިކާންގެ ހިތަށް ނޭނގޭ ފިނިކަމެއް ލިބިގެން ދިޔައެވެ. ސްޓާފާ ވާހަކަ ދެއްކުމަށްފަހު ދާން އެނބުރުނު ޔަނާލްއަށް އިކާން އޭނައަށް ބަލަހައްޓާއިގެން ހުރިތަން ފެނި ހުއްޓުން އެރިއެވެ. ސިކުންތުކޮޅަކަށް ދެމީހުންގެ ނަޒަރު ބައްދަލުުވެގެން ދިޔަ ވަގުތުކޮޅަކަށްފަހު ފުރަތަމަ ނަޒަރު ބަދަކޮށްލީ ޔަނާލްއެވެ.

” ޔަނާލް… ” ފަސްއެނބުރި ދާން ހިނގައިގަން ޔަނާލްގެ ހިނގުން ހުއްޓުނީ އިކާންގެ އަޑުއިވިފައެވެ. އިކާާން އާއިވީ ފަރާތަށް ޔަނާލް އެނބުރުނުއިރު އިކާންގެ ފިޔަވަޅުތައް މިސްރާބުޖަހާފާވަނީ އޭނައާ ދިމާލަށެވެ. އިކާން ފުރަތަމަވެސް ޕާޓީގެ ތައްޔާރީތައް ވަރަށް ފުރިހަމަކަމަށް ބުނެލިއެވެ. އޭނަގެ މަސައްކަތާމެދު އިކާން ހިތްހަމަޖެހުމުން ޔަނާލް ހިނިތުންވެލަމުން ޝުކުރުއަދާކުރިއެވެ. އެވަގުތު އިތުރު ވާހަކައެއް އެދެމެދުގައި ދެއްކޭނެގޮތް ނުވީ އިކާންއަށް ފޯނުކޯލެއް އައުމުންނެވެ. ” އެކްސްކިއުޒްމީ… ” އޭ ބުނެ ޖީބުގައި އޮތް ފޯނު ނަގަމުން އިކާން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އުފާވެރިކަން އެކުލެވިފައިވި މޫނަކާއެކު އިކާން ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ފަސްވަރަކަށް މިނިޓު ފޯނު ކޯލުގައި ހޭދަކުރުމަށްފަހު އެކޯލު ކުރުކޮށްލިއެވެ. ފޯނު ޖީބަށް ލަމުން ފަސްއެނބުރުނު އިކާންގެ ކުރިމަތީގައި އައިސް ހުއްޓުނު ޒުވާނާ ފެނި އިކާންގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. ” ދާން… ބްރޯ… ކިހިނެއް މިތަނުގަ… ދެންމެ ފޯނުން… ” ހައިރާންކަންމަތީގައިވި އިކާންއަށް ވާހަކަ ދެއްކުނީވެސް ކެނޑިކެނޑިގެންނެވެ. ” ހައު ވޯޒް ދި ސަޕްރައިޒް އިކް… ” ހިނިތުންވެލަމުން އިކާންގެ ކުރިމަތީގައި ހުރި ދާނިޝް އިކާން އާއި ސަލާމްކޮށްލަމުން ބައްދާލިއެވެ. ” ދާން… އައިމް ސޯ ހެޕީ ޓު ސީ ޔޫ… އެކަމަކު ނުވެސްބުނެލާ… މިކޮޅުގަ ކީއްކުރަނީ… ” އިކާން އެއްފަހަރާ ދާނިޝްއާ އެތައް ސުވާލެއް ކުރިމަތިކުރުވިއެވެ. ” ދާން އައީ ބައްޕަ ބުނެގެން… މިކާލްގެ ފަރާތުން އިނގުނީ ކުޑަ ކަމަކު މިތައި ކައިރި ރަށެއްގަ ދާން ހުރިކަން… ދަރިފުޅަށް ސަޕްރައިޒެއް ދޭން މިއަށްވުރެ ރަނގަޅު ގޮތެއް ބައްޕައަކަށް ނުވިސްނުނު… އެއްދުވަހަށް މިރަށަށް ދާން އައީ ބައްޕަގެ އެދުމުގެ މަތިން… ބައްޕައަށް އިނގޭ ދާން އަކީ ދަރިފުޅުގެ ވަރަށް ގާތް އެކުވެރިއެއްކަން… އަދިވެސް ދުވަސްވީ އެކުވެރިކަން ދަރިފުޅުމެން ދެމެދު އޮންނަކަން… ” ގޭޓުން އެތެރެއަށް ވަން އާކިފް އިކާން އާއި ދާނިޝްގެ ގާތުގައި މަޑުކޮށްލަމުން ވާހަކަ ދެއްކިއެވެ. ދުވަސްތަކަކަށްފަހު އެކުވެރިޔާއާ ބައްދަލުވުމުން ދެއެކުވެރިންގެ މޫނުމަތީގައިވެސްވީ އުފާވެރިކަމެވެ.

ފޯނުން ނަންބަރަކަށް ގުޅަމުން ބޭރަށް ނުކުން ޔަނާލްއަށް އިކާން އާއި އާކިފްގެ ގާތުގައި މަޑުކޮށްލައިގެން ހުރި ޒުވާނާ ފެނި ހަރަކާތްތައް ހުއްޓުމަކަށްއައެވެ. ” ދާނިޝް… ” މަޑުމަޑުން ޔަނާލްގެ ދެތުންފަތް ދޭތެރެއިން ދާނިޝްގެ ނަން އިވިގެން ދިޔައެވެ. ދާނިޝް ފެނުމާއެކު ހަނދާންކުރަން ބޭނުންނުވާ މާޒީގެ އެތައް ހަނދާނަކުން ޔަނާލް ވަށާލިފަދައެވެ. ހިތަށްވެރިވި ސޫރައާއެކު ޔަނާލްއަށް ދެފިޔަވަޅު ފަހަތަށް އަޅާލަމުން ފަސްއެނބުރި އެތެރެއަށް ވަނުމަށް ހިނގައިގަނެވުނެވެ. އޭރު އެހިތުގެ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. މޫނުމަތީގައިވި ގޮތް ނޭނގޭ އަސަރުތަކާއެކު ޔަނާލްގެ މޫނުން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ފާހަގަވިހެން ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ2 ހަވަނަބައި

Next

ވަޢުދު (ވިހިވަނަ ބައި)

Next
October 16, 2019

ވަޢުދު (ވިހިވަނަ ބައި)

Previews
October 15, 2019

ރާސްތާ2 ހަވަނަބައި

32 Comments!

  1. ifoo says:
    October 15, 2019 at 9:53 pm

    Salaam dear readers… Here is the 6th part of Loabivan Yaaraaey… Hope all will like this part too… Feel free to comment your views… What do you guys think will happen next??? Next part In Sha Allah Friday night ga… Keep waiting dear readers… Maadhama ge vaguthehga In Sha Allah last part ge comment thakah reply kohlaanan… Love you all n thankyou soooooo much dear readers ifoo ah thidhey support ah… Good night all…

  2. Maayu says:
    October 15, 2019 at 11:32 pm

    ifoo dear hows you?? Srry maayu bxy kamun hama comment kohllan vx time eh nuhoadheyyy.. Ehn story thah gothah mi story vx vvvvv nice ingeyyy.. Baaky baithah v kiyaalaahithun mihunnanyy.. Lotss of lurrv and best wishes ingeyyy…..

    1. ifoo says:
      October 22, 2019 at 2:25 pm

      He’llo maayu ❤️❤️❤️… I missed your comments dear ❤️❤️❤️???… V v v ufaavehje mi story vx kiyaalaafa comment eh kohlyma ???… Thankyou sooooooooo much maayu ❤️❤️❤️??????… Hope to see ur comment more often dear ???… Much more loves from me dear ❤️❤️❤️??????…

  3. Dhaan says:
    October 16, 2019 at 12:34 am

    Vaahaka varah reethi. If u don’t mind can i ask u how u find names for the characters?

    1. ifoo says:
      October 22, 2019 at 2:32 pm

      Dhaan ❤️❤️❤️… Anehkaa ifoo ge story ga ulhey dhaan tha mee??? Hehhe… Don’t mind please ???… Thankyou soooooo much ❤️❤️❤️???… Character ah names choose kurany e character akah enme gulheyne kahala name eh visnaafa… Ifoo like vaa names thah ifoo ge story ga beynun kurany ???… It’s my imaginations… Hope to see ur comment more often ???…

  4. Kairaa says:
    October 16, 2019 at 6:08 am

    Wowwww….mi part hama habeys…..vvvvvv reethi mi part vx……..

    1. ifoo says:
      October 22, 2019 at 2:33 pm

      Kairaa ❤️❤️❤️… Thankyou soooooo much ❤️❤️❤️??????… V v v ufaavehje ???…

  5. Makku says:
    October 16, 2019 at 7:30 am

    Wowwwwwwwwwwww the story is amazing. Varah rythi. Ifoo keep it up. You can be a great great writer. Lysm ???

  6. Makku says:
    October 16, 2019 at 7:30 am

    Wowwwwwwwwwwww the story is amazing. Varah rythi. Ifoo keep it up. You can be a great great writer. Lysm ???

    1. ifoo says:
      October 22, 2019 at 2:34 pm

      Awwwwnn❤️❤️❤️???… Thankyou soooooo much ❤️❤️❤️??????… It means a lot for me ???… V v v ufaavehje ???… Much more loves from me makku ❤️❤️❤️??????…

  7. Kylie says:
    October 16, 2019 at 7:56 am

    Speech less… Mi part vx v v salhi….????. Waiting fr nxt……. LYSM ?????

    1. ifoo says:
      October 22, 2019 at 2:36 pm

      Kylie ❤️❤️❤️… Thankyou soooooo much ❤️❤️❤️??????… It means a lot for me ???… V v v ufaavehje ???… Much more loves from me makku ❤️❤️❤️??????…

  8. Shy-her says:
    October 16, 2019 at 8:21 am

    OMG….neyge bunaane ehcheh vx….. Hama ehaa Reethi…… Curiously Waiting fr nxt part………

    1. ifoo says:
      October 22, 2019 at 2:39 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️???… It means a lot for me ???…

  9. Shamjaleeebalee says:
    October 16, 2019 at 8:26 am

    Wowwwww…..mi part vx hama habeys……..your a great story writer eh ingey shamjaleeebalee dhekey gothuga……

    1. ifoo says:
      October 22, 2019 at 2:39 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️???… It means a lot for me ???… V v v ufaavehje ???…

  10. Maisha maii says:
    October 16, 2019 at 3:08 pm

    Wow?… Varah reethi mi part ves????❤… Curiously waiting for next part

    1. ifoo says:
      October 22, 2019 at 5:12 pm

      Thankyou soooooo much Maisha maii ❤️❤️❤️??????… V v v ufaavehje ???…

  11. Aisher❤️❤️❤️ says:
    October 16, 2019 at 3:40 pm

    Shamjaleeebalee bunigothah… ifoo warah molhu vaahakha liyan. ❤️❤️❤️❤️vvvvvvv rythi mi part ves.. Whn next part.. I am waiting for the next part….

    1. ifoo says:
      October 22, 2019 at 5:13 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much Aisher ❤️❤️❤️??????… V v v ufaavehje ???… It means a lot for me ???… Much more loves from me dear ❤️❤️❤️??????…

  12. Fortnite says:
    October 16, 2019 at 4:11 pm

    Yaarabbee dhen kihinehbaa vaanee?? Ifoo liyaa vaahaka egga dhen vaane gotheiy guess kollumakeeves fortnite au kureveyne kameiy noon.. Ehaa ves molhau ifoo konme episode evves thi ninmaalanee.. Sosun maaves haadhahaa budhdhi gadhaey.. Hehe.. Hama v molhu thi Sosun maa.. Fortnite ves beynun ifoo kahala molhu liyuntheriakau vaan.. But liyaahitheiynuvey.. Kiyaahiyvanee.. Hehe.. Evaru kameh vedhaane dhw ifoo.. And this episode is really very interesting.. Hama aharunge anga thanminau hulhuvaavarukurey eba.. You are really talented ingey.. Proud of you.. I appreciate your work.. Kaamiyaabu dhuvasthakakau edhen.. Wish you the very best of luck.. And fortnite is waiting for the next episode.. Good luck ifoo,, good bye and love you so so so so much..

    1. ifoo says:
      October 22, 2019 at 5:17 pm

      Awwwwwwwwn ❤️❤️❤️??????… Thankyou sooooooooo much Fortnite ❤️❤️❤️??????… Ifoo ah hama bunaane ehchehvx neynge Fortnite ge comments kiyaalaafa ???… V v v ufaavehje ingey ❤️❤️❤️???… It really encouraged me a lot ???❤️❤️❤️… I’m soooooo happy to see ur comment ???… Once again thankyou soooooo much dear Fortnite ❤️❤️❤️??????… Much much more loves from me dear ❤️❤️❤️??????…

  13. maai says:
    October 16, 2019 at 7:18 pm

    ?????????????????????????????????? love this story.???????????????????????????? i❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ u….
    IFOO???????????????????? speachless ..??
    dhen nyhge bunaane ehcheh…so i will give u a clap ?????????
    your big fan maai

    1. ifoo says:
      October 22, 2019 at 5:18 pm

      Awwwwwwwwn ❤️❤️❤️??????… That’s so sweet of you dear ???❤️❤️❤️… Thankyou soooooo much maai ❤️❤️❤️??????… It means a lot for me ???… Much much more loves from me dear ❤️❤️❤️??????…

  14. Lamko says:
    October 17, 2019 at 4:54 pm

    Wwooow hama habeys ….keep it up …..waiting for nxt part

    1. ifoo says:
      October 22, 2019 at 5:20 pm

      Lamko ❤️❤️❤️… Thankyou soooooo much ❤️❤️❤️??????… It means a lot for me ???…

  15. Naju says:
    October 17, 2019 at 10:08 pm

    As usual mi partvx hama v salhi ??????? Keep up the good work dear ?????????

    1. ifoo says:
      October 22, 2019 at 5:21 pm

      Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️??????… It means a lot for me ???…

  16. MariyamSaula says:
    October 19, 2019 at 8:19 am

    Where is next part? Curiously waiting

    1. ifoo says:
      October 22, 2019 at 5:22 pm

      I have uploaded the next part ???… Sorry for the delay ???…

  17. ifoo says:
    October 20, 2019 at 9:47 am

    Dear readers… I’m really very sorry… Ifoo ge family member eh balivegen storyge masaikah nukurevunyma upkoh nudhevuny… As soon as I finish next part upkohladheynan In Sha Allah…

  18. Kim says:
    October 23, 2019 at 6:36 pm

    Ifooo….adhi vx up kohlevey goi nuvey thrrrrr????????

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 07←


All Right Reserved!