Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ސާދަވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 10, 2019 9 Mins Read
27 Comments

އަލައިކާއާ ޒެވިޔަންގެ ގުޅުމަށް އެއް މަސްވީ ދުވަހަކީ ފުޓުބޯޅަ ސީޒަން ފެށުނު ދުވަހެވެ. ކަން ދިމާ ކުރިގޮތުން ފުރަތަމަ މެޗު ކުޅެން ޖެހުނީ އަލްޔަސް ކުޅެން ޖެހުނީ އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށެވެ. މެޗުގެ ޕްރީޝޯގައި އެނަލިސްޓުން އެވާހަކަ ނުހަނު ގަދަޔަށް ދެއްކިއެވެ. ކޯޗު އަކްމަލްގެ ދަށުން ކުޅޭ ޓީމުގެ ފުރަތަމަ އެގާރާގައި ޔޫސުފްއާއި އަލްޔަސް ހިމެނުމުންނެވެ. އިދިކޮޅަށް ކުޅޭ ޓީމުގައި ތިބި ކުޅުންތެރިންނަށް އަލްޔަސް ވަރަށް ރަނގަޅަށް އިނގޭނެ ކަމެވެ.
މެޗު ފެށުނީންސުރެ ސަޕޯޓަރުންގެ އަޑު ނުކެނޑެއެވެ. ކޮމެންޓޭޓަރުންވެސް ވަރަށް ފޯރީގައި ކޮމެންޓްރީ ދެމުން ދިޔައެވެ. މެޗުގެ ފުރަތަމަ ކޮޅުގައި އަލްޔަސް އަދި ޔޫސުފްގެ ވެސް އެންމެ މޮޅު ކުޅުން ފެނިގެން ނުދެއެވެ. އެދެކުޅުން ތެރިންގެ ފަރާތުންވެސް މިސްޕާސްތައް ގިނަވާން ފެށިއެވެ. ބެންޗުގައި އިން އަކްމަލް އެދެކުޅުންތެރިންނަށް ގޮވާ ރަނގަޅުކުރަން އެދުނެވެ. ނަމަވެސް އެކަންތައް ރަނގަޅެެއް ނުކުރެވުނެވެ. ނަތީޖާއެެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިދިކޮޅު ޓީމުން ހިތްގައިމު ލަނޑެއް ޖެހިއެވެ. ދެވަނަ ހާފަށް ނުކުތްއިރު ސަޕޯޓަރުންގެ ނުރުހުމާ އަލްޔަސްއަށް ކުރިމަތިލާން ޖެހުނެވެ. އެކަމުގެ ސަބަބުން އަލްޔަސްގެ ސިކުނޑި މެޗުތެރެއަށް ވައްދަން އުނދަގޫވިއެވެ. އެންމެ ފަހުން މެޗުގެ ހަތްދިހަ ވަނަ މިނެޓުގައި އަކްމަލް ޖެހުނީ އަލްޔަސް ބަދަލު ކުރާށެވެ. އަލްޔަސް ބޭލިފަހުންވެސް މާ އެދެވޭ ކުޅުމެއް އޭނާގެ ޓީމަކަށް ނުދެއްކުނެވެ. ޔޫސުފްއަށް ހުސްކޮށް ލަނޑު ޖަހަން ލިބުނު ދެފުރުސަތުވެސް ވީ ބޭކާރެވެ. މެޗު ނިމިގެން ދިޔައީ އެކެއް ސުމަކުން އަކްމަލްގެ ޓީމު ބަލިވެގެންނެވެ.
ބޮޑު ހޭދައެއްކޮށްފައި ގެނައި ދެކުޅުންތެރިންނަށް ތަފާތު ނުދެއްކުނީ ކީއްވެގެންތޯ އަކްމަލްއާ ސުވާލު ކުރެވުނެވެ. އެއަށް ވަކި ޖަވާބެއް ނުދީ އަކްމަލް ބުނީ ހުރިހާ ކުޅުންތެރިންނަށްވެސް މިއަދުގެ މެޗުގައި ރަނގަޅަށް ނުކުޅެވުނީ ކަމަށެވެ. ސަޕޯޓަރުންގެ އިތުރަށް ޓީމުގެ ބައެއް ކުޅުންތެރިންގެ ނުރުހުންވެސް ޔޫސުފްއާ އަލްޔަސްއަށް އަމާޒުވިއެވެ. އޭގެ ސަބަބުން ނަފްސާނީ ގޮތުންވެސް ދެކުޅުންތެރިންނަށް އަސަރު ކުރިއެވެ. އެކުދިން ހިތްހަމަ ޖައްސާދިނުމުގެ ގޮތުން އަކްމަލް ހިތްވަރުގެ ބަސްތައް ބުނި ނަމަވެސް ދެކުދިންވެސް ތިބީ މާޔޫސްވެފައެވެ. ފުރަތަމަ ގޭމް ވީކްއަށް ފަހު އިންޓަނޭޝަނަލް ބްރޭކް އޮންނާނެއެވެ. އަކްމަލް ބުނީ ބްރޭކަށްފަހު އަންނައިރު ޓީމް އިތުރަށް ރަނގަޅު ކުރާނީ ކަމަށެވެ.

ބަލިވުމުން ޔޫސުފްގެ މޫޑް އެއްކޮށް ހުރީ ސަކަރާތްވެފައެވެ. ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމުން އޭނާއަށް އެކަން ބަލައިގަތުންވީ އުނދަގޫ ކަމަކަށެވެ. ހިތްމަރުވެފައި އޮތް މީހެއް ފަދައިން އެނދުގައި އޮއްވާ އާރާޝް އައިސް ވަނެވެ. އާރާޝް ޔޫސުފްއަށް އެތައް ނަސޭހަތެއް ދިނެވެ. ކޮންމެ ކަމެއް ކުރާ މީހެއް ކަމުގަައިވީ ނަމާވެސް ގޮންޖެހުންތަކާ ކުރިމަތި ވާނެ ކަމަށް ބުންޏެވެ. ޚާއްސަކޮށް އަލަށް ކުޅެން އަރާ ޒުވާން ކުޅުންތެރިންނަށް ފާޑު ކިއުންތައް އަމާޒުވާލެއް ގިނަވާނެ ކަމަށް ޔޫސުފް ބުންޏެވެ. ސަޕޯޓަރުންގެ އުއްމީދާ އެއްވަރަށް ވާސިލްވުމަށް ކުޅުންތެރިން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ. އެއް މެޗުން ބަލިވުމުން ހިތްވަރު އެލުވާލާ ރުއިމުގެ ބަދަލުގައި ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅަށް ކުޅުމަށް އަޒުމު ކަނޑައަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ. ކާމިޔާބު ކުޅުންތެރިއަކަށް ވެވޭނީ ފާޑުކިޔުންތަކާ ފުރައްސާރަތަކާވެސް ކުރިމަތިލައިގެންނެވެ. ދުނިޔޭގެ ނަން މަޝްހޫރުކަން ލިބިފައިވި ކުޅުންތެރިންނަކީވެސް ކެރިއަރުގެ ކޮންމެސް ހިސާބަކުން ގޮންޖެހުންތަކާ ކުރިިމަތި ލާން ޖެހިފައިވި މީހުންނެވެ. ފާޑުކިޔުންތައް އަމާޒުވެފައި ތިބި ބަޔަކެވެ. ނަމަވެސް އެއިން ހިތްވަރު ލިބިގެން އެމީހުން ވަނީ ކުރިއަރާފައެވެ. ދުނިޔެ ނުދެކޭފަދަ މޮޅު ކުޅުންތެރިންނަށް ވެފައެވެ. ކްރިސްޓިއާނޯ ރޮނާލްޑް އަދި ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނަކީ ކިތަންމެ ޒަމާނެއް ވީނަމަވެސް އެމީހުންގެ ވާހަކަ މީހުން ދައްކާނެ ކުޅުންތެރިންނެވެ. ފަނަރަ އަހަރަށް ވުރެ ގިނަ ދުވަހު ފުޓުބޯޅައިގައި ރަސްކަން ކުރި ދެކުޅުންތެރިންނެވެ. އޭގެ ފަހަށް ބަލައިފިނަމަ އެމްބާޕޭ، އާރާޝް ކްރިސްޓަން ޕުލިސިކް، މޭސަން މައުންޓްމެން ފަދަ ކުޅުންތެރިންނަކީ ރޮނާލްޑޯއާއި މެސީއަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނެވެ. މާއިޒްއާ އަހުސަމް އަދި އަކްމަލްގެ ނަންވެސް އެ ލިސްޓުގައި ހިމެނޭނެއެވެ. ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރުން ކަމަށްވާ އިކާ ކަސިއަސް އަދި ބުފޮންމެންގެ ތައުރީފު ލިބުނު ގޯލް ކީޕަރަކަށް އަކްމަލް ވެގެން ދިޔައެވެ. އެލިސަން ބެކާ ފަދަ ކީޕަރުން ބެންޗުގައި ތިބެން ޖެހުނު ފެންވަރުގެ ކީޕަރަކަށް އަކްމަލް ވެސް ވެގެން ދިޔައެވެ. އެކުޅުންތެރިން އެހިސާބަށް ދިޔައިރު ތަފާތު ގޮން ޖެހުންތަކާ ކުރިމަތި ލާން ޖެހުނެވެ. ނަސްލީ ތަފާތު ކުރުން ތަކާ ވެސް ކުރިމަތިލާން ޖެހޭ ފަހަރު މަދެއް ނޫނެވެ. އެހެންނަމަވެސް އެއިން ކޮންމެ ކަމަކާ ކެރިގެން ކުރިމަތިލާ ދުނިޔޭގެ މަޝްހޫރުކަން ހޯދިއެވެ. ފާޑުކިޔާމީހުންނަށް ވުރެ އެމީހުން ދެކެ ލޯބިވާ މީހުން ގިނަވިއެވެ.
ހަގީގަތުގައި ފުޓުބޯޅައަކީ ކުޅިވަރަކަށް ވުރެ ބޮޑު އެއްޗެކެވެ. ހިތާހިތުގެ ގުޅުމެކެވެ. އެމީހެއް ސަޕޯޓްކުރާ ކުލަބަކަށްޓަކައި އެއްބަޔަކު ޖާނާ މާލުން އެހިވާ ކުޅިވަރެކެވެ. ޓީމަށް ނުވަތަ ކުޅުންތެރިއަކަށް އަނިޔާއެއް ނުވަތަ ހިތާމައެެއް ލިބިއްޖެނަމަ އެކަމުގައި އެންމެން ބައިވެރިވިއެވެ. ހަމައެފަދައިން ކާމިޔާބީއެއް ލިބިއްޖެނަމަހީވެސް ހުރިހާ ސަޕޯޓަރުން އޭގައި ބައިވެރިވެއެވެ. ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިއްވަރާ ލޮތްބެވެ. އެ ލޯބި ހޯދަން ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ.

ވޯލްްޑް ކަޕް ކޮލިފައިން އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގެ ސްކޮޑް އެކުލަވާލިއިރު އަލްޔަސްއާ ޔޫސުފް ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ކޯޗަށާއި އެދެކުޅުންތެރިންނަށް އަމާޒުވިއެވެ. ލީގުގެ ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށްބަލާފައި އެދެކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ހައްގު ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުން ދިޔައެވެ. ތުހުމަތުގެ އިނގިލިތައް އާރާޝްއަށް ދިއްކުރެވެމުން ދިޔައެވެ. ޔޫސުފް ގައުމީ ޓީމުގައި ހިމެނުނީ އާރާޝްގެ ނުފޫޒުން ކަމަށް އަޑު ފެތުރެން ފެށިއެވެ. އަސްލެއް ނެތް އެ ތުހުމަތު ތަކުގެ ސަބަބުން ޔޫސުފް ގައުމީ ޓީމާ ގުޅެންވެސް ބޭނުން ނުވިއެވެ. ނަމަވެސް އާރާޝްއާ މާނީގެ އިތުރުން އަކްމަލް މާއިޒް އަދި އަހުސަމްގެ އެތައް ނަސޭހަތަކަށް ފަހު ޔޫސުފް ގައުމީޓީމާ ގުޅެން އެއްބަސްވިއެވެ. ޔޫސުފްއަށް ދިމާވެފައިވި އުނދަގޫ ހާލަތުގައި ޔާޒް އައިރާ އަދި އަލައިކާގެ އެހީތެރިކަން ވެސް އެންމެ ފުރިހަމަ ގޮތުގައި ލިބުނެވެ. ނަވާރްގެ ފަރާތުންވެސް ހިތްވަރުގެ ބަސްތައް ލިބުނެވެ.

ސަޕޯޓަރުންނާ އެއްވަރަށް އާއިލާ ތެރެއިން ފާޑު ކިއުންތައް އަލްޔަސްއަށް އަމާޒުވިއެވެ. މަންމަ ފިޔަވާ ހިތްވަރުގެ ބަހެއް ބުނެލާނެ މީހަކުވެސް ނެތެވެ. ބައްޕަގެ ފަރާތުން ހިތްމަރުވާފަދަ އެތައް ބަސްތަކެއް އޭނާއަށް އަޑުއިވުނެވެ. ތާނިޔާވެސް އޭނާއަށް ހިތްވަރު ދިނުމުގެ ބަދަލުގައި ފާޑުކީއެވެ. އަލްޔަސްގެ ސަބަބުން ތާނިޔާއަށް ވެސް ނުރުހުމުގެ ބަސްތައް އަމާޒުވުމުން އެކަމާ ހިތްހަމަ ނުޖެހުނެވެ. ތާނިޔާގެ ކެރިއަރަށް އަސަރު ކޮށްފާނެކަމުގެ ބިރަށް އަލްޔަސް އެންމެ ބޭނުންވީ ވަގުތު ތާނިޔާ އޭނާއާ ވަކިވިއެވެ. އަދި ސޯޝަލް މީޑިއާގައި އެދެމީހުން ރުޅިވީކަމަށް ބުނެފައި ޕޯސްޓެއް ކުރިއެވެ. އަލްޔަސް ހީކުރީ ތާނިޔާގެ އެ އަމަލުން އޭނާ ދެރަވާނެ ކަމަށެވެ. އެހެނަސް އޭގެ ބަދަލުގައި ހީވީ ބޮޑު ބުރައަކުން ސަލާމަތްވެވުނުހެންނެވެ.
އަލްޔަސްގެ ހާލު ވިސްނި އަކްމަލް ވަކިން އަލްޔަސްއާ ބައްދަލުކޮށްފައި ހިތްވަރުދީ ހެދިއެވެ. އަކްމަލްގެ އުއްމީދީ ބަސްތަކުން އަލްޔަސްއަށް ހިއްވަރެއް ލިބުނެވެ.
އަލްޔަސް އެންމެ ބޭނުންވީ ވަގުތު ތާނިޔާ އަލްޔަސް ދޫކޮށްލުމުން އަލައިކާ ތާނިޔާދެކެ އިންތިހާއަށް ރުޅިއައެވެ. އެ ޕޯސްޓްގެ ކޮމެންޓްގައި ތާނިޔާއާ ދިމާއަށް އެއްޗިހި ކިޔަން އަލައިކާ ބޭނުންވިއެވެ. ޒެވިޔަންއާ ރަށްޓެހިވެގެން އުޅުނު ނަމަވެސް އޭނާގެ ހިތްވަނީ އަލްޔަސްއަށް ދެވިފައެވެ.
މެޗު ކުޅުމުގެ ހަފްތާއެއް ކުރިން ގައުމީ ޓީމު ރިސޯޓެއްގައި ކޭމްޕް ކުރިއެވެ. އެ ރިސޯޓަކީ ފުޓުބޯޅަ ޓީމުތައް ކޭމްޕްކުރަން ޚާއްސަކޮށް ހަދާފައި އޮތް ރިސޯޓެކެވެ. ޓްރެއިނިން ދެދަނޑުގެ އިތުރަށް ޖިމްއާއި އެހެނިހެން ވަސީލަތައް އެތަނުގައި ހުރެއެވެ.
ބައްޕައާ ބޮޑުބޭބެމެންގެ ނަސޭހަތް އަޑު އަހައިގެން ޔޫސުފް ޓްރެއިނިން ތަކުގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކަމުން ދިޔައެވެ. އޭނާގެ އަމާޒަކަށް ހެދީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައަށް އެރުމެވެ. އެކަން ހިތުލައިގެން ޔޫސުފް އޭނާގެ ސަތޭކަ ޕަސެންޓް ދީގެން މަަަސައްކަތް ކުރިއެވެ.
ޔޫސުފްއެކޭ އެއް ފަދައިން އަލްޔަސްވެސް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްނުލާ އޭނާގެ ހުރިހާ ސަމާލުކަމެއް ޓްެރެއިނިންއަށް ދިނެވެ. މަގްސަދަކީ ބައްޕައާ އާއިލާ އަދި ތާނިޔާއަށްވެސް އޭނާއަކީ މޮޅު ކުޅުންތެރިއެއްކަން އަންގަންށެވެ. ޚާއްސަކޮށް ބައްޕާގެ ބަސްތައް ދޮގު ކުރަންށެވެ. އެނާ އެތަނަށް އައި ފަހުން އަލައިކާ ކުރި ހިތްވަރުގެ ދެތިން މެސެޖަކީ އޭނާގެ ހިތްވަރު ކަމުގައި ބެލިއެވެ. މަންމަ އޭނާއަށްޓަކައި ދެކުނު ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުން އަމާޒަކަށް ހެދުނެވެ. މަންމަ އަދި ކޮންމެސް އެއްދުވަހަކުން އޭނާގެ މުޅި އާއިލާވެސް އެމީހަކަށްޓަކައި ފަޚުރުވެރި ވާ މީހަކަށް ވުމަށްޓަކައެވެ.

މެޗު ކަވަރު ކުރަން ލިބުނު ފުރުސަތު ދޫކޮށްފައި އަލައިކާ އެދުނީ އެދުވަހު އޭނާގެ އާއިލާއާއެކި މެޗު ބެލުމުގެ ފުރުސަތު ދިނުމަށެވެ. ޔޫއާން އެކަމާ އެއްބަސް ނުވުމުން އޭނާއަކީ އަކްމަލްގެ ދަރިފުޅުކަން އަލައިކާ ހާމަކުރިއެވެ. އިތުރު އެހެން މުވައްޒަފަކަށް އެކަން ނޭންގުމަށްވެސް އަލަައިކާ އެދުނެވެ. އަނގަތަށް މިނަށް ހުޅުވައިގެން ހުރި ޔޫއާން އެކަމާ އެއްބަސްވިއެވެ. މި އޮށް ހުރިހާ ދުވަސްވީ އިރުވެސް އަންގާނުލާ އެކަން ފޮރުވައިގެން އަލައިކާ އުޅުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.

ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރި ނަވާރް އެކި ގޮތްގޮތަށް ރަތްކުލައިގެ ޝޯލް އަޅަމުން ދިޔައެވެ. ދެތިން ގޮތަށް އަޅައިގެންވެސް ހިތްހަމަޖެހޭ ގޮތަކަށް އޭނާއަކަށް ނޭޅުނެވެ. އެނދުގައި އޮށޯވެގެން އޮތް ދީނާ ނަވާރް އުޅޭ ގޮތުން ހީލަހީލާ އޮތެވެ. ނަވާރްއަށް ޝޯލް ނޭޅިގެން އުޅުނުު ހާލު ފެނި އެންމެ ފަހުން އެނދުގައި ނޯވެވިގެން ދީނާ ތެދުވިއެވެ. ނަވާރް އަތުން ޝޯލް އަތުލާފައި ރީތިގޮތަކަށް އަޅާއިދިނެވެ. ބޮލަށް ނުޖަހާ އަރަބި ކުދިން އަޅާ ގޮތަށެވެ. ކަޅު އަބާޔާއާއެކު އެގޮތަށް ޝޯލް އެޅުމުން ނަވާރް ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ރަތްކުލައިގެ ޝޯލް ތެރެއިން އޭނާގެ ދޮން މޫނުފެންނަލެއް ނުހަނު ހިތްގައިމެވެ. މޭކަޕާ ނުލާވެސް އޭނާގެ ރީތިކަން ފަނޑެއްނުވެއެވެ. “މިރޭ ބޯޅައަށްވުރެ ޔޫސުފް ބަލާނީ ނަވާއަށް ކަންނޭންގެ!” ނަވާރްގެ ކޮލުގައި ހިފާލަމުން ދީނާ އެހެން ބުނުމާއެކު ނަވާރްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަޔަށް ވައްތަރެއް ޖައްސާލަމުން ދީނާ އެބުނީ ކީކޭކަން ފަހުމުނުވާކަމަށް ހެދުނެވެ. “ކޮންމެހެން ނޭންގޭކަމަށް ހެދޭނެކަމެއް ނެތް. ޔޫ ލައިކް ހިމް އެންޑް ހީ ލައިކްސް ޔޫ. އަލްދައްތައާއެކީ މިރޭ މެޗު ބަލަން ދާން އެއްބަސް ވީވެސް އަސްލު ޔޫސުފް ކުޅޭތީނު” ދީނާ އެއް ލޯމަރާލަމުން އެހެން ބުނުމާއެކު ނަވާރް ލަދުން ހަލާކުވާވަރުވިއެވެ. ދީނާގެ ވާހަކަތައް ދޮގު ކުރުމުގެ ގޮތުން ނޫނެކޭ ކިޔާ ދެފަރާތަށް ބޯހޫރާލިއެވެ. ދީނާގެ ދިމާކުރުންތަކުން ސަލާމަތްވުމަށް ލަސްވެއްޖެޔޭ ކިޔާ އަވަހަށް ދާން ނުކުތެވެ.

ރާއްޖޭގެ އެންމެ ބޮޑު ސްޓޭޑިއަމް ވަނީ މީހުންނިން ފުރިފައެވެ. ދަނޑުގެ އެއްފަޅީގައި ރީންދޫކުލައިން ސަޕޯޓަރުން ޒީނަތްތެރިވެގެން ތިބިއިރު، ބޮޑުބައި އޮތީ ރަތްކުލައި އިންނެވެ. ދިވެހި ސަޕޯޓަރުން ގައިގެ ކޮންމެސް އެއް ތަންކޮޅެއްގައި ނަމަވެސް ރަތް ކުލަ ޖައްސާފާ ހުއްޓެވެ. އެއްބައި ސަޕޯޓަރުން ބޮލުގައި ރަތްކުލައިގެ ހެޑް ބޭންޑް އަޅާފައި ތިބިއިރު އަނެއްބައި މީހުން ގައުމީޓީމު ޖާޒީ ލައިގެން ތިއްބެވެ. މެޗު ފެށުމުގެ ބައިގަޑިއިރު ކުރިންވެސް ސަޕޯޓަރުން ދަނޑަށް ވަދެ ފޯރިނަގަމުން ދިޔައެވެ. ރާއްޖޭ ސަޕޯޓަރުންނެކޭ އެއް ވަރަށް ރާއްޖެއާ ދެކޮޅަށް ކުޅޭ އޮސްޓްރޭލިއާގެ ސަޕޯޓަރުންވެސް ފޯރިނަގަމުން ދިޔައެވެ. މެޗު ބެލުމަށްޓަކައި ގިނަ އަދަދެއްގެ އޮސްޓްރޭލިއާ ރައްޔިތުން ވަނީ ރާއްްޖެ އައިސައެވެ.
ރާއްޖޭގެ ފުރަތަމަ އެގާރަ އިއުލާން ކުރިއިރު އަލްޔަސް އަދި ޔޫސުފްވެސް ފުރަތަމަ އެގާރާގައި ހިމަނާފައެއް ނުވެއެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ތަޖުރިބާކާރު ދެކުޅުންތެރިންނާއި ޒެވިޔަން ވަނީ ހިމަނާފައެވެ. އަލްޔަސްއާ ޔޫސުފް ފުރަތަމަ އެގާރައިން ނުފެނުނު ކަމުގައި ވިއަސް މެޗުގެ ކޮންމެސް ހިސާބަކުން ފެންނާނެކަމަށް އެނަލިސްޓުން ބުނަމުން ދިޔައެވެ.

އަލައިކައާ ނަވާރް އަދި އައިރާ ތިބީ މެޗު ރީއްޗަށް ފެންނަ ހިސާބުގައެވެ. އެތިން ކުދިން ތިބަތަނުގެ ގޮތުން ދަނޑުގައި ތިބި ކުޅުންތެރިންނަށްވެސް އެކުދިން ފެންނާނެއެވެ. ޔާޒްވެސް އައިސް އައިރާއް ޖެހިގެން އިން ގޮނޑީގައި އިނެވެ. އައިރާ ހިތްހަމަ ނުޖެހުނެއް ކަމަކު ވަގުތުގެ ގޮތުން އަޅާނުލައެވެ.
އާރާޝްގެ ހިތް ވަނީ އަވަސްވެފައެވެ. މެޗުގެ ކޮންމެސް ހިސާބަކުން ޔޫސުފް ފެންނާނެ ކަމުގެ އުއްމީދު ކުރެވެމުން ދިޔައެވެ. އެ ދަރިފުޅަށާއި ޓީމަށް ކާމިޔާބު ދެއްވުން އެދި ދުޢާ ކުރެވުނު އަދަދެއްވެސް ނޭންގެއެވެ. އާރާޝް އެކޭ އެއްފަދައިން މާނީގެ އުއްމީދަކީވެސް އެއީއެވެ.

ރެފްރީގެ އެންގުމަށް ދެޓީމުގެ ކުޅުންތެރިންވެސް ދަނޑަށް ނުކުތެވެ. އޮސްޓްރޭލިއާގެ ކުޅުންތެރިން ފެންނަމުން ދިޔައީ ދިވެހި ކުޅުންތެރިންނަށްވުރެ ޖާނުން ވަރުގަދަކޮށެވެ. އިސްކޮޅުން ދިގުވެފައި ހަށިގަނޑުވެސް ވަރުގަދައެވެ.
ރާއްޖޭގެ ގައުމީ ސަލާން ޖަހަން ފެށި ވަގުތު ސަޕޯޓަރުންނާއި ކުލުން ތެރިންވެސް ފޯރީގައި ކިޔަމުން ދިޔައެވެ. ގައުމީ ސަލާން ކިޔަމުން ދިޔަ ވަގުތު ލޭ ހޫނުވެ ހީބިހި ނަގަމުން ދިޔައެވެ.
ބެންޗުގައި ތިއްބެއް ކަމަކު އަލްޔަސްއާ ޔޫސުފްގެ ވެސް ލޭކެކެމުން ދިޔައެވެ. މޭމަތީގައި އަތް އަޅައިގެން ގައުމީ ސަލާން ކިޔަމުން ދިޔައިރު ތަފާތު އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. ގައިން ހީބިހި ނަގަމުން ދިޔައިރު ލޯލިތައް ކޮޅަށް ޖެހެމުން ދިޔައެވެ. ގައިގައި ހިނގަމުން ދިޔަ ލޭހޫނުވެ ގައުމީ ރޫހު އާލާވަމުން ދިޔައެވެ. ރަތްކުލައިގެ ގައުމީ ޖާޒީ ލީންސުރެ ތަފާތު އިހްސާސެއް ކުރެވެމުން ދިޔައެވެ. މުޅިން އާ ޖޯޝާއި ފޯރިއެއް ވަނީ ޖެހިފައެވެ.

ރެފްރީ ކަށިގަނޑު ފުމުމާއެކު ބޯޅަ ކައިރީ މަޑުކޮށްލައިގެން ތިބި އޮސްޓްރޭލިއާ ދެކުޅުންތެރިން ކުޅުން ފެށިއެވެ. ހަމަޖެހިލައިގެން ފަހަތުގައި ބޯޅަ ގެންގުޅުމަށްފަހު ފުރަތަމަ ދެމިނެޓު ތެރޭ ނުރައްކާތެރި ހަމަލާއެއް އުފެއްދިއެވެ. ނަމަވެސް ރާއްޖޭގެ ފަހަތަށް ކުޅެމުން ދިޔަ ޒުވާން ޑިފެންޑަރު ހުޝިޔާރު ކަމާއެކު އެބޯޅަ ކޯނަރަކަށް ބޭރުކޮށްލިއެވެ. އޮސްޓްެރޭލިއާގެ ކޯނަރު ނެގި ގަޑީ ޒެވިޔަން ފިޔަވާ ދެން ތިބި ހުރިހާ ކުޅުންތެރިން ތިބީ އޭރިއާ ތެރެއަށް ވަދެއެވެ. އޮސްޓްރޭލިއާ ކުޅުންތެރިޔާ ނެގި ކޯނަރު ގޯލު ރޮނގުމަތިން ކީޕަރު އަތަށް ނެގިއެވެ. ސައްޕެއް ޖަހާ ކީޕަރު ކުރިއަށް ފޮނުވާލި ބޯޅަ ލިބުނީ ޒެެވިޔަން އަށެވެ. ނަމަވެސް ބޯޅަ މަތަ ނުކުރެވިގެން އުޅެނިކޮށް އޮސްޓްރޭލިއާ ކުޅުންތެރިޔާ ޒެވިޔަން އަތުން ބޯޅަ އަތުލިއެވެ.

އަލައިކާ އަޑުގެ ނެތްތަނަށް ޒެވިޔަންއޭ ކިޔާ ހަޅޭއްލަވައިގަތެވެ. ޒެވިޔަން ބަލާ ނުލާ މާމޮޅަށް މަތަ ކުރަން ހަދައިގެން ބޯޅަ ގެއްލުމުން އަލައިކާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަވާރް ދެލޯ ބޮޑުކޮށްގެން ރުޅިން ރަތްވެފައި ހުރި އަލައިކާއަށް ބަލާލުމުން އެއީ މެޗެއް ބަލާގަޑީ އަލައިކާ އަބަދުވެސް އުޅޭ ގޮތް ކަމަށް އައިރާ މަޑުމަޑުން ނަވާރް ގާތު ބުންޏެވެ. “ނަވާރް ތިތާ އިންދަ ކާލަންވެސް އަލައިކާ ޖެހިލުމެއް ނުވާނެ މެޗު ބަލަން އިނދެފަ!” އައިރާގެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން ޔާޒް ސަމާސާއެއް ކޮށްލިއެވެ.
އޮސްޓްރޭލިއާ ކުޅުން ތެރިން ކައިރިން ބޯޅަ ހޯދުން ރާއްޖޭ ކުޅުންތެރިންނަށް ވީ އުނދަގޫ ކަމަކަށެވެ. ބޯޅަ ނުލިބުމުން މާޔޫސްވެ ކުޅުންތެރިން ރުޅިގަދަ ވާން ފެށިއެވެ. ރާއްޖޭ ކުޅުންތެރިންގެ ނުތަނަވަސް ކަމުގެ ފައިދާ ނަގާ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ހުއްޓާ ގަތްގާތު ދެލަނޑު ޖަހައިގެން، ދެލަނޑުގެ ލީޑެއް އޮސްޓްރޭލިއާ އިން ނެގިއެވެ. ދިވެހި ސަޕޯޓަރުންގެ އަޑު މަޑުވެ ދަނޑުގައި އޮސްޓްރޭލިއާގެ އަޑު ގަދަވިއެވެ.

ރެފްރީ ކަށިގަނޑު ފުމުމާއެކު އައިރާ އަތުގައި ތަޅައިގަނެފައި އަލައިކާ ރޯންފެށިއެވެ. ޓީމުގެ ކުޅުމާ މެދު އެއްވެސް ގޮތަކަށް އޭނާ ހިތްހަމައެއް ނުޖެހުނެވެ. މިހާރު ގޮސް ކޯޗު ގާތު ޔޫސުފްއާ އަލްޔަސް އަރުވަން ބުނަން ހިތަށް އެރިއެވެ.

“ނުންނު ބަލާބަ އަލްކޮ އުޅޭގޮތް. އެއީ ހަމަ ނުންނު އުޅުނު ގޮތް. އިސްރާ މަގޭ އެހެރެ އަންހެންދަރި އައިރާ ހަލާކުކޮށްލާނެ މިރޭ” ތަންކޮޅެއް މަތީގައި ހުރި ގޮނޑިބަރީގައި ތިބި އިޝްމާމެންނަށް އަލައިކާމެން ރީއްޗަށް ފެނެއެވެ. އަލައިކާ އެއުޅެނީ ހަމަ މާނީ އުޅުނު ގޮތަށެވެ. އަލައިކާ އުޅޭ ގޮތުން މަޖާވެފައި އެވާހަކަ އިޝްމާ ދެއްކިއެވެ. “މަގޭ ދަރީގެ ބޮލެއް ނެތީމައެއްނު ގޮސް އަލްކޮ ގާތު އިށީންނާނީވެސް މެޗެއް ބަލަން” އިސްރާވެސް މަޖާވެފައި ބުންޏެވެ.

ދެވަނަ ހާފަށް ނުކުތްއިރު ދިވެހި ޓީމު ނުކުތީ އާ އަޒުމަކާ ހިތްވަރަކާ އެކުގައެވެ. ހުރިހާ ކުޅުންތެރިންވެސް ސާތޭކަ ޕަސެންތް ދީގެން ކުޅެންށެވެ. އަމިއްލަ ދަނޑުގައި ކުޅޭއިރު އޮސްޓްރޭލިއާ އަކަސް ބްރެޒިލްއަކަސް ދިވެހިންނަކަށް ބޭނުން ގޮތެއް ނުހެދޭނެއެވެ. ކޯޗާއި ސްޓާފުންގެ އެތައް އުއްމީދީ ބަސްތަކެއްގެ ސަބަބުން ކުޅުންތެރިން ތިބީ ތަފާތު ޖޯޝް ފޯރިއެެއްގައެވެ.

ދެވަނަ ހާފްގައި ރާއްޖެއިން ފުދޭވަރަކަށް ރަނގަޅަށް ކުޅެމުން ދިޔައެވެ. ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔައެވެ. އޮސްޓްރޭލިއާގެ ޑިފެންސްލައިންއަށް ބާރު ކުރަމުން ދިޔައެވެ. ނަމަވެސް ތިން ދަނޑިން އެތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވެއެވެ. މާޔޫސްވީ ނަމަވެސް ކުޅުންތެރިން ހިއްވަރު އެލުވާ ނުލާ ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައެވެ. ނަމަވެސް ސަޕޯޓަރުންނާއި ޓީމުން ބޭނުންވާފަދަ ނަތީޖާއެއް ނުނެރެވެއެވެ.

ބެންޗުގައި ތިބެގެން ޖާޒީ ލައި އަލްޔަސްއާ ޔޫސުފް ތައްޔާރުވެލިއެވެ. ރަތް ކުލައިގެ ޖާޒީގައި ދެޒުވާނުންވެސް ފެންނަލެއް ނުހަނު ހިތްގައިެވެ. އަލްޔަސްގެ ދިގުފެވައި އޮތް ދަން އިސްތަށިގަނޑު މަތިން ހުދު ކުލައިގެ ހިމަ ބޭންޑެއް އަޅާފައި އޮތެވެ. ރަތްކުލައިގެ އަތް ދިގު ޖާޒީ އަލްޔަސްގެ ހަށިގަނޑާ ނުހަނު ގުޅެއެވެ.
މެޗުގެ ހަތްދިހަ ފަސްވަނަ މިނެޓުގައި އެއް ފަހަރާ ދެބަދަލް ކޯޗު ގެނައެވެ. ގައުމީ ޓީމަށް މުޅިން އަލަށް ކުޅޭ ޒުވާން ދެ ކުޅުންތެރިން ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުވިއެވެ. ޔޫސުފްގެ ނަން ގޮވުމާއެކު ދަނޑުގައި ތިބި އަންހެން ކުދިންގެ އަޑު ގަދަވިއެވެ.
އަލްޔަސް އެރުވުމާއެކު އަލައިކާގެ ހިތަށް އުފާވެރިކަން ލިބުނެވެ. މޫނުގައިވި ނުތަނަވަސްކަން ފިލާ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

އޮސްޓްރޭލިއާ ކުޅުންތެރިއެއް އަތުން ބޯޅަ އަތުލައިގެން ހަލުވިކަމާއެކު އަލްޔަސް ކުރިއަށް ދިޔައެވެ. އޭނާގެ ދެފަރާތުން ދެކުޅުންތެރިން ޖައްސާފަ ތިބި ނަމަވެސް އޭނާގެ ސްޕީޑް ބޭނުން ކޮށްގެން ދެކުޅުންތެރިން ގާތުން ރީއްޗަށް ނައްޓާލުމަށްފަހު ބޯޅަ ހިފައިގެން އަލްޔަސް ދެމިގަތެވެ. އޭރު ވައަތްފަރާތު އަރި މަތީގައި ހުސްކޮށް ޔޫސުފް އޮތެވެ. އަލްޔަސް ބޮލުން ހަރާކާތެއް ކޮށްލުމަށްފަހު ޔޫސުފްއަށް ބޯޅަދިނެވެ. މެއިން ކުޑަކޮށް ބޯޅަ މަތަކޮށްފައި އެނބުރިލާފައި ވައަތު ފައިން ހުރި ބާރެއް ލައިފައި ގޯލާ ދިމާއަށް ޔޫސުފް ބޯޅަ ފޮނުވާލިއެވެ. ކީޕަރު ބޯމަތިން ލާފައި ބޯޅަ އޮއްސިގެން ގޮސް ގޯލު ތެރެއަށް ވަނެވެ.
އާރާޝްއަށް ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަނެވުނެވެ. ޔޫސޫފް ގެ ފަރާތުން ފެނިގެން އެދިޔައީ ފެންވަރުގެ ލަނޑެވެ. އަލްޔަސްގެ ޕާސްވެސް އެހާ ހިތްގައިމެވެ.

ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމައިގަތެވެ. ޔޫސުފް ލަނޑުޖެހުމާއެކު އެންމެ ފުރަތަމަވެސް އައިސް އޭނާ ގައިގައި ބައްދައިގަތީ އަލްޔަސްއެވެ. ކުޅުންތެރިން ކިބައިން ސަލާމަތް ވެގެން ޔޫސުފް ސަޕޯޓަރުންނާ ދިމާއަށް އެނބުރިފައި އާރާޝް ގައުމީޓީމަށް ފުރަތަމަ ޖަހައިދިން ލަނޑަށްފަހު ހެދި ސެލެބްރޭޝަން ހަދާލިއެވެ. އެއާއެކު ސަޕޯޓަރުންގެ އަޑު އިތުރަށް ގަދަވިއެވެ.
ފުރަތަމަ ލަނޑަށް ފަހުވެސް ރާއްޖޭ ކުޅުންތެރިން ހަމަ އެއް އަޒުމާއި ފޯރިއެއްގައި ކުޅެމުމް ދިޔައެވެ. އަލްޔަސް ޔޫސުފް އަދި ޒެވިޔަން ހުއްޓުވަން އުނދަގުވާން ފެށިއެވެ.
ރާއްޖޭ ފަހަތުން ޑިފެންޑަރުކީ ދިގު ޕާސް ލިބުނީ ޔޫސުފްއަށެވެ. ޔޫސުފް ދެތިން ކުޅުންތެރިން ގާތުން ނެއްޓިފައި ކުޅުންތެރިއެއްގެ ފައި ދޭތެރެއިން ރީތި ޕާހެއް އަލްޔަސްއަށް ދިނެވެ. ހުސްކޮށް ހުރި އަލްޔަސް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ނަތީޖާ ހަމަހަކުރިއެވެ. ޔޫސުފް ގޮސް އަލްޔަސް ގައިގައި އޮޅުލައިގަނެފައި ބިންމައްޗަށް ވައްޓާލިއެވެ. ހުރިހާ ކުޅުންތެރިން އައިސް އެދެމީހުން ގަޔަށް އަރައިގަތެވެ.

އަލައިކާ ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަތެވެ. އުފަލުން ގޮސް ހުރެވުނުތަންވެސް ނޭންގުނެވެ. އަޑުގެ ނެތްތަނަށް އަލްޔަސްއަށް ގޮވަމުން ދިޔައެވެ.

ސަޕޯޓަރުންގެ ތެރެއިން އަލައިކާގެ އަޑު އިވުނުހެން ހީވުމާއެކު އަޑު އައި ދިމާއަށް އަލްޔަސް ބަލާލިއެވެ. އޭރު ލޯބިކޮށް ހީލައިގެން އޭނާއަށް ބަލަން ހުރި އަލައިކާ ފެނުމުން އަލްޔަސްގެ ހިތް އޭގެ މަގާމު ދޫކޮށްފައި ދާން އުޅުނުހެން ހީވިއެވެ.

އޮސްޓްރޭލިއާ ކުޅުންތެރިން މާޔޫސްވެފައި ދަނޑުމަތީގައި ތިއްބެވެ. އަލްޔަސްއާ ޔޫސުފް ދަނޑަށް އެރި ހިސާބުން އެމީހުން އަތުން މެޗު ގެއްލިއްޖެހެން ހީވަމުން ދިޔައެވެ. ކުޅުންތެރިންގެ މެދުގައި އޮތް ރޫހު މަރުވެ މުޅިން މާޔޫސްވެފައި ތިއްބެވެ. ހީވީ މެޗު ނުނިމިގެން ތިބި ހެންނެވެ.

މެޗުގެ އިތުރު ވަގުތުގައި ރާއްޖެއަށް ހިލޭ ޖެހުމެއް ލިބުނެވެ. ޕެނަލްޓީ އެރީއާގެ ކުޑަ ތަންކޮޅެއް ބޭރުން ލިބުނު ހިލޭ ޖެހުން ފޮނުވާލަން ބޯޅަ ކައިރީ ހުއްޓިލައިގެން ތިބީ އަލްޔަސްއާ ޔޫސުފްއެވެ. ޔޫސުފް އުނގަނޑުގައި ދެއަތް ވިއްދައިގެން ހުރިއިރު އޭނާގެ ފަންއިސްތަށިގަނޑުގެ އެއްބައި ނިއްކުރި މައްޗަށް ވެއްޓިފައި އޮތެވެ. އިސްތަށިގަނޑުން ފައިބަމުން ދިޔަ ދާތިކިތައް މޫނުގައި ފިރުމަމުން ދެއެވެ. މޫނުމަތީގައިވީ ސީރިއަސްކަމެވެ. ފުން ނޭވާރަކެއް ލަމުން ދިޔައިރު ކޮނޑު ހިއްލެމުން ދިޔައެވެ.

ރެފްރީ ކަށިގަނޑު ފުމެލުމާއެކު ފުން ނޭވައެއް ލާފައި ޔޫސުފް ދުއްވައިގަތެވެ. އިދިކޮޅު ޓީމުގައި ފާރަށް އެތުރިގެން ތިބި ހުރިހާ ކުޅުން ތެރިން އެއްފަހަރާ ފުން މައިގަތީ ޔޫސުފް ބޯޅަ ފޮނުވާލީ ކަމަށް ހީކޮށެވެ. ނަމަވެސް ބޯޅައިގައި ފައިވެސް ޖައްސާނުލާ ޔޫސޫފް ދިޔައީއެވެ. ޔޫސުފްގެ ބަދަލުގައި އަލްޔަސް މަޑުން ގޮސް ތިރިން ފޮނުވާލި ބޯޅަ ހުރިހާ ކުޅުންތެރިންގެ ފައިދަށުން ލާފައި ގޮސް ގޯލް ކީޕަރު އަތުގައި ޖެހިފައި ގޯލް ތެރެއަށް ވަދެގެން ދިޔައެވެ.
ރީންދޫކާޑެއް ލީބޭނެކަން އެނގި ހުރެވެސް އަލްޔަސް ޖާޒީ ބާލާފައި ދުއްވައިގަތެވެ. އަލްޔަސްގެ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑު ހާމަވުނާއެކު އަންހެން ކުދިންތައް ހޯބޯ ލައްވަން ފެށިއެވެ.
އަލްޔަސް ޖާޒީ ބޭލުމާއެކު އުފާފާޅު ކުރަންވެސް ނޭންގިފައި އަލައިކާ ހުއްޓެވެ. މުޅި ކުއްޖާގެ ކޯތާފަތަށް ރަތް ކުލަ އަރައިގެން ދިޔައެވެ. އައިރާއާ ނަވާރް ގޮވާލުމާއެކު ހަމަހޭވެރިކަން ލިބުމުން ފުންމައިގަތެވެ.

ވިނަގަނޑުމަތީ އުޑުފައިން އިށީންދެލައިގެން އިން ކޯޗު ފުންމައިގެން ތެދުވެ ގޮސް ބެންޗުގައި ތިބި ކުޅުންތެރިން ގައިގައި އޮޅުލައޮގަތެވެ. ލިބުނު އުފާވެރިކަމެއްގެ ބޮޑު ކަމުން ކުޑަ ކުއްޖެއް ފަދައިން ފުންމަ ފުންމާފައި އުޅެވުނެވެ.

އަލްޔަސް މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން އުފާވެފައި ހުރި މިންވަރު ހާމަވެގެން ދެއެވެ. ދެލޯ މަރާ ބާރުކޮށްލަމުން ދެއަތް އުފުލާލާ ހަޅޭއްލަވައިގަތެވެ. އޭނާގެ ލޮލުން ކަރުނައިގެ އަސަރުވެސް ކޮންމެސް ވަރަމަށް ފާޅުވާން ހުއްޓެވެ. ޔޫސުފް އައިސް ބައްދާލުމާއެކު އަލްޔަސް ޔޫސުފްއަށް ޝުކުރު އަދާކުރިއެވެ.

އަކްމަލްއަށް އުފަލުން ހުރެވޭތަންވެސް ނޭންގެއެވެ. އަލްޔަސްއާ ޔޫސުފް އެދެކުދިންނަށް ފާޑުކީ މީހުންނަށް ރަނގަޅު ރައްދެއް އެދެކުދިން އެދިނީއެވެ. އެކުދިން ގައުމީ ޓީމަށް ނެގުމުން އެކަމާ ރުޅި އައިސްގެ ނުރުހުން ފާޅު ކުރި ސަޕޯޓަރުންނަށް އެކުދިންގެ ފެންވަރު ސާބިތުކޮށްދީފިއެވެ. އެދެކުދިންނަށްޓަކައި އަކްމަލް އުފާކުރިއެވެ.

މެޗު ނިމިގެން ދިޔައީ ފަހަތުން އަރައި ތިނެއް ދޭކުން ދިވެހި ރާއްޖެ މޮޅުވެގެންނެވެ. ގިނަބައެއްގެ ތައުރީފު ޔޫސުފްއާ އަލްޔަސްއަށް ލިބެމުން ދިޔައެވެ. އަދި އެދެކުޅުންތެރިންގެ ހުނަރަށް ފާޑު ކިޔުނީތީ ގިނަބަޔަކު މާފަށް އެދިފައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަން ފެށިއެވެ.
މެޗު ނިމުމާއެކު ނޫސްވެރިންގެ ކެމެރާތަކުގެ އަމާޒަކަށް އަލްޔަސްއާ ޔޫސުފް ވިއެވެ. ރާއްޖެއިން ޖެހި ތިން ލަނޑަކީވެސް އެދެކުދިންގެ ބައިވެރިވުމުން ޖެހި ތިން ލަނޑެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނޭނގި ވެވުނު ލޯބި 3

Next

އެދިގެން ތި ލޯތްބަށް 11

Next
November 10, 2019

އެދިގެން ތި ލޯތްބަށް 11

Previews
November 10, 2019

ނޭނގި ވެވުނު ލޯބި 3

27 Comments!

  1. Kiyara says:
    November 10, 2019 at 5:29 pm

    Salam all. Here’s is 14th part of rastha season 2. Baeh kudhinnah mi part kamu nudhaane maa football vefa othyma. Ehenmavamaves mi vaahakaiky football vaahaka akah vyma hama football bai genesdhiny eyge ithurah mi Thursday ga national team match eh othumaa ekygaya eku. Hurihaa kudhinnah ves mi bai kamudhaane kamah ummedhu kuran. Next part friday ga In Sha Allah.

  2. jiji says:
    November 10, 2019 at 6:03 pm

    Me first thaaa???

    1. Kiyara says:
      November 10, 2019 at 10:02 pm

      Yesss dear

  3. Naaa? says:
    November 10, 2019 at 6:19 pm

    Awwww ?v lwbi stry .maasha allah.lysm❤❤

    1. Kiyara says:
      November 10, 2019 at 10:02 pm

      Thanks dear♥️ ly2

  4. kujjaa says:
    November 10, 2019 at 7:25 pm

    Vvvvvv reethi
    mi part ves
    alhey kiyaa haadha molhey vaahaka liyaan masha allah
    kiyaa ah kithah aharutha
    I really want to meet you hehe

    1. Kiyara says:
      November 10, 2019 at 10:03 pm

      Thanks dear♥️ hehe ehentha.

  5. Hazuuuu says:
    November 10, 2019 at 8:03 pm

    I love this story❤❤❤
    Becoz i love football
    U ves football dheke like vey dhw
    Hama sifa vey dhadu mathi vaahaka kiyaa iru
    Love this story raasthaa 1 and 2

    1. Kiyara says:
      November 10, 2019 at 10:05 pm

      Thanks dear♥️i don’t like football, i lurrrrrrrrrrvvvvvv football.

  6. Meekkomee says:
    November 10, 2019 at 11:28 pm

    Wow ???? that was awesome ??v Reethi waiting for the next part ???? luv yeahhh ❤️??

    1. Kiyara says:
      November 11, 2019 at 3:46 pm

      Thanksss dear♥️♥️Ly2

  7. ?? says:
    November 10, 2019 at 11:46 pm

    Mi story miee v thaffathu story eh….wowwwwww…I just laaav itt…..it’s awesome….mi story ga hurihaa kameh himanaafaivaathyy..that’s the main reason..I mean abt relationships game and many moreee..anyway u have the talent to write stories….the way u describe….huhhhhh….Hama heevanyy kurimathin e manzaruthah fennahennn….like mi part in dhadumatheega v kanthaithah…. I’ve only one thing to sayyy…that’s I just love this..

    1. Kiyara says:
      November 11, 2019 at 3:48 pm

      Shukuran dear. Varah ufaavehjje dear ge comment fenifa♥️

  8. Kairaa says:
    November 11, 2019 at 9:16 am

    Vvv reethi mi part vx….i just luv this story….vvvv furihama???????????varah kiyaalahithun kiyaakiyaa huhtaa nimuny vx…..vvvv reethi mi part ingey……❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️and whn nxt….waiting……ly kiya

    1. Kiyara says:
      November 11, 2019 at 3:49 pm

      Thankssss dear♥️ ly2

  9. samra says:
    November 11, 2019 at 12:11 pm

    Masha allah.v reethi mi part vx

    1. Kiyara says:
      November 11, 2019 at 3:50 pm

      Thankssss dear♥️

  10. ?Shifna? says:
    November 11, 2019 at 3:04 pm

    Mihaaru heevanee suport kureveyhn. Vrh reethi mi part vx. When next?? Waiting….

    1. Kiyara says:
      November 11, 2019 at 3:53 pm

      Thankssss dear♥️ hihihi next Friday ga In Sha Allah

    2. Danger says:
      November 11, 2019 at 8:42 pm

      Asluves.. ma halheyh levin alyas and yoosuf ey kiyaafa.. maves rulhi ai zeviyan dheke.. hama ekani alaika eh noon ruee.. aharen huree meyfalhaafa hih nukunnna hisaabuga.. ehaa bodah support kurevunu.. thanks kiyaa.. adhives mikahala football parts genesdheccheyy.. i also luuuuuuuvvvvvv football

    3. Kiyara says:
      November 11, 2019 at 9:30 pm

      Hehehehe. Danger thy varah bodu football fan eh tha. Kiyara mi balany vyhaaves ginain kiyuntherin foohi nuvaane gothakah football match thah himanan. Khasaa koh national team ge match thah. Mihen ulhelaafa bodu match akaa dhimaa kohffa egothah genesdheveytho mi balany. Varah ufaavey hurihaa readers ge faraathun libey support ah ♥️

  11. Yanaa says:
    November 11, 2019 at 5:46 pm

    Varah???Varah???Reethi?Maa sha allah????Curiously????waiting???For??the???Next????part??❤❤❤❤❤❤❤❤❤❤❤Lysm sis

    1. Kiyara says:
      November 11, 2019 at 9:18 pm

      Thanskkkkks dear♥️ly2

  12. Imkko says:
    November 11, 2019 at 9:44 pm

    V reethi mi baives dear …. love this part two …… curiously gonna wait for the next part … all the best … keep it up … love this story dear ❤❤

    1. Kiyara says:
      November 11, 2019 at 11:13 pm

      Thanksssss imkko♥️♥️

  13. ނަންނެތް says:
    November 12, 2019 at 8:02 am

    futuboalha kulhen Kiyara hadha molhey!

  14. NauSh says:
    November 15, 2019 at 6:40 pm

    miadhu friday ehnu

Comments are closed.

Next Episodeރާސްތާ2 ފަނަރަވަނަބައި←


All Right Reserved!