Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 13, 2019 10 Mins Read
14 Comments

އެ މަންޒަރު ފެނުމުން އިޝާމްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. ނަޒްހާގެ ބަދަލުގައި ނައިހާގެ އަތުގައި ހިފައިގެން ހުންނަން އިޝާމް ބޭނުން ވިއެވެ. އެ ވޭނުގައި ނައިހާއަށް އެހީވެދީ އެންމެ ކައިރީގައި ހުންނަން ބޭނުން ވިއެވެ. ނައިހާއަށް ބަލަން ހުރެފައި އިޝާމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ނާޔާ، ދަރިފުޅު ނުސްރާއަށް ގުޅާލާފަ ބުނެދީބަލަ ދޮންތަ ގޮވައިގެން ހޮސްޕިޓަލަށް ދާ ވާހަކަ” ނަރީމާ އެ ވަގުތު ބުންޏެވެ.

އިޝާމްއަށް ފަހަތަށް ޖެހިލެވުނެވެ.

“މަންމާ، އަހަރެންވެސް ބޭނުން ދާން” ނައިހާއާ އެކު ނަރީމާ ޓެކްސީއަށް އަރަނިކޮށް ނާޔާ ބުންޏެވެ.

“ނާޔާ، އަދި އިހަށް މަޑުކޮށްލާ އިނގޭ، ހޮސްޕިޓަލަށް ގޮއްސަ އަދި ގެންދަން ޖެހޭ އެއްޗެހިވެސް ހުންނާނެ، ތުއްތަ ގުޅާނަން އެއްޗެހި ގެންދަން ވީމަ، އޭރުން ނާޔާ ތުއްތުބޭމެންނާ ތިއްތައާ އެކީ އަންނާނީ. މިހާރު ގޮއްސިއްޔާ އަނެއްކާ އެއްޗެހި ބަލާ އަންނަން ޖެހޭނީ” ކަންބޮޑުވެފައި ހުރި ނާޔާގެ ބޮލުގައި ފިރުމާލަމުން ނަޒްހާ ބުންޏެވެ.

“ތުއްތަ ގުޅާނަން އިނގޭ، އެހާ ކަންބޮޑު ނުވޭ ދެން، އިރާދަ ކުރެއްވިއްޔާ ދޮންތަ ވަރަށް އަވަހަށް ވިހާނެ” ކައިރީގައި ހުރި ނޫރާގެ އަތުގައި ހިފާލާފައި ނަޒްހާ ޝާދުއާ އެކީ ސައިކަލަށް އެރިއެވެ.

ސޯފާގައި އިސް ޖަހައިގެން، ދެ އަތުން ބޮލުގައި ހިފަހައްޓާލައިގެން އިން އިޝާމް ކައިރީ ނާއިލް އިށީނެވެ.

“އިޝާމް…” ނާއިލް ގޮވާލުމުން އިޝާމް ބަލާލިއެވެ.

“ދާންތަ ތި އުޅެނީ؟” އިޝާމް އަހާލިއެވެ.

“ނޫން، ނަޒް ގުޅީމަ ދާނީ” ނާއިލް ޖަވާބު ދިނެވެ.

“އަހަރެން…” ހިތަށް އަރަމުން ދިޔަ އެއްޗެއް ދުލާ ހަމައަށް ގެންނަން އިޝާމްއަށް އުނދަގޫ ވިއެވެ. ނައިހާއާ މެދު އިޝާމް ކަންބޮޑުވެ ހާސްވެފައި ހުރި ވަރު، އެ މޫނުން ނާއިލްއަށް ފެނުނެވެ.

“ހާސް ނުވޭ…” އިޝާމްގެ ކޮނޑުގައި ހިފާލަމުން ނާއިލް ބުނި އިރު، ކޮއްކޮއާ މެދު ނާއިލްވެސް ހުރީ ކަންބޮޑުވެފައެވެ.

“ގެޔަށް މި ދަނީ… ނާއިލް ގުޅައްޗޭ” އިޝާމް ތެދުވެފައި، އެހެން ބުނެފައި ނިކުތެވެ.

ނައިހާމެން ހޮސްޕިޓަލަށް ދިޔަތާ ގިނަ އިރެއް ނުވެ ނުސްރާއާ ސުޖާއުވެސް ދިޔައެވެ. ޔަޒާންއަށް އާދެވުނީ ގަޑިއެއްހާ އިރު ފަހުންނެވެ.

ނުވައެއް ޖެހި އިރު ހޮސްޕިޓަލަށް އައި ނަމަވެސް އެރޭ ދަންވަރު ތިނެއް ޖެހި އިރުވެސް ނައިހާ ނުވިހައެވެ. ދޭއް ޖަހަން އުޅެނިކޮށް ނަޒްހާ ދިން ލިސްޓުގައިވާ އެއްޗެހި ހަމަ ކޮށްގެން ނޫރާއާ ނާޔާއާ ނާއިލްއާ ލައިލާވެސް އައެވެ. ނައިހާމެން އައިތާ ބައިގަޑިއެއްހާ އިރު ފަހުން ނަވާފްއާ ޝާލިޔާ އައިސްފައި، ޝާލިޔާ ވަރުބަލި ވާން ފެށުމުން ނަރީމާ އެތައް ފަހަރަކު ބުނި ފަހުން، ނަވާފް ޝާލިޔާ ގޮވައިގެން ގެޔަށް ދިޔައީ ބާރަ ޖެހި ފަހުންނެވެ.

ފަތިސް ނަމާދަށް ބަންގި ގޮވި އިރު ނައިހާ ކައިރީގައި ހުރި ނަރީމާ ނިކުތުމުން ނުސްރާ ވަނެވެ. ނާޔާއާ ނޫރާ އަދި ލައިލާއާ ނާއިލްވެސް ގެޔަށް ދިޔުމަށް ނަރިމާ ބުނީ ރޭ އެކަކުވެސް ނުނިދާ ހުރުމުންނެވެ.

“ދޭބަލަ ދަރިފުޅުމެން ކުޑަކޮށް ނިދާލާފަ އަންނަން، ދޮންތަ ވިހާ އިރަށް މަންމަ ގުޅާނަމޭ. ނަޒްހާއާ ޝާދުވެސް ދާންވީނު؟ މަންމައާ ބައްޕައާ އަދި ޔަޒާންއާ ނުސްރާއާ ސުޖާއުވެސް މި ތިބީނު؟ ކަމެއް ޖެހިއްޖެއްޔާ ގުޅާނަން” ނަރީމާ ބުންޏެވެ.

ނަރީމާ އެތައް ވަރަކަށް ކިޔައިގެން އެންމެން ދާން އެއްބަސް ވިއެވެ. ވަރުބަލި ވެފައި ތިބި ނަމަވެސް އެންމެންވެސް ނަމާދު ކޮށްލައިގެން އައިސް އަނެއްކާވެސް ގޮނޑިތަކުގައި އިށީނެވެ.

ނަމާދުކޮށްގެން ޔަޒާން ކެންޓީނަށް ގޮސް އެންމެންނަށް ކޮފީއާ ސޭންޑްވިޗް ގެނެސްދިނެވެ. ނަރީމާއަށް ދިއްކޮށްލި ތަށީގައި ހިފަމުން ޔަޒާންއަށް ހިނިތުންވެލި ނަމަވެސް އާދިލް ޔަޒާންއާ ދިމާއަށް ބަލާވެސް ނުލިއެވެ. ނައިހާއާ ޔަޒާންގެ މެދުގައި ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް، އެ ވަގުތު ޔަޒާން ހުރީ ނައިހާއާ މެދު ކަންބޮޑުވެފައި ކަން ނަރީމާއަށް އެނގެއެވެ.

ދުވަހަކުވެސް ކަމަކާ މެދު ކަންބޮޑު ނުވާ ވަރަށް އެ ދުވަހު ޔަޒާން ކަންބޮޑު ވިއެވެ. ނައިހާއާ މެދު ޔަޒާންގެ ހިތުގައި ލޯތްބެއް ނުވެއެވެ. ނަމަވެސް އެ ދުވަހު ނައިހާއާ މެދު ޔަޒާން ކަންބޮޑު ވަމުން ދިޔައީ ނުވިހާ ލަސް ވަމުން ދާތީއެވެ. އެހާ ވޭނުގައި ނައިހާ އެ އުޅެނީ ޔަޒާންގެ ދަރިއަކު އުފަން ކުރުމަށް ޓަކައެވެ.

ބަލިވެ އިނދެ، ކުރީކޮޅު ނައިހާ އުޅުނު ގޮތް ޔަޒާންއަށް ވަނީ ފެނިފައެވެ. ހޮޑުލެވިލެވި ވަރުބަލި ވެގެން ނުތެދުވެވިފައި ނައިހާ އޮންނަން ޖެހުނު ދުވަސްވެސް ދިޔައެވެ. ކާ އެއްޗެއް ނުކެވިގެން އުޅުނު އިރު، ވަކި އެއްޗެއް ބޭނުން ވެގެން ޔަޒާން ކައިރީ ނައިހާ ބުނުމުން އެކަމާ އަޅާނުލާ ޔަޒާން ހުރީ ކިތައް ދުވަހު ހެއްޔެވެ؟ އެންމެ ފަހުން ނައިހާއަށް ބޭނުން ވާ އެއްޗެހި ހޯދައިދިނީ ޔަޒާންގެ މަންމައެވެ. ނޫން ނަމަ ނައިހާ މެން ގޭ ކޮންމެވެސް މީހެކެވެ.

ޔަޒާންގެ އަޅާލުމާ އެހީ އެ ދުވަސްކޮޅު ނައިހާއަށް ބޭނުން ވާނެ ކަން އެނގޭ އިރުވެސް ޔަޒާން އަޅައެއް ނުލައެވެ. ނައިހާގެ ބަނޑުގައި އޮތީ ޔަޒާންގެ ދަރިއެއް ނަމަވެސް އޭރު އެއީ ޔަޒާންއަށް މުހިންމު ކަމަކަށް ނުވިއެވެ.

ނަމަވެސް ބަނޑުގައި ރިއްސައިގެން ހޮސްޕިޓަލަށް ގެނައި ފަހުން ޔަޒާން ނައިހާއާ، އަދި ލިބެން އުޅޭ ދަރިފުޅާ މެދު ހާސް ވަނީއެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދޭތޯ ދުޢާ ކުރެވެނީއެވެ. ނައިހާއާ މެދު ކުރިން ކަންތައް ކުރެވުނު ގޮތާމެދު ވިސްނެނީއެވެ. އަމިއްލަ ނަފްސަށް މަލާމާތް ކޮށް ކުށްވެރި ކުރެވެނީއެވެ.

ނައިހާ ލޯބި ލޯބި އަންހެން ކުއްޖަކު ވިހެއީ ހޮސްޕިޓަލަށް ގެނައިތާ ސާދަ ގަޑި އިރު ފަހުން، އެ ދުވަހުގެ އެގާރަ ގަޑި ތިރީހުގައެވެ. ނައިހާ ވިހޭ އިރު ކައިރީގައި ހުރީ ނަރީމާއެވެ. ވަރުބަލިވެފައި އޮތް ނަމަވެސް ދަރިފުޅު ފެނުމާ އެކު ފާއިތުވި ސާދަ ގަޑިއިރުގެ ވޭން ނައިހާ ހަނދާން ނެތުނު ފަދައެވެ. ދަރިފުޅުގެ މޫނުގައި ބޮސް ދިން އިރު ނައިހާގެ ލޮލުން ކަރުނަ އައެވެ.

ނައިހާ ވިހެއުމާ އެކު ނަރީމާ ގުޅުމުން ނައިހާމެން ގޭ އެންމެންގެ އިތުރުން، ޔުސްރާއާ ނަވީންއާ ޔާނިއުވެސް އައެވެ.

ފުރަތަމަ ފަހަރަށް ދަރިފުޅު އުރާލެވުމުން ޔަޒާންއަށްވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. ދުވަހަކުވެސް އެ ދަރިފުޅަށް ދެރަ ގޮތެއް ނުހެދުމަށް އަމިއްލަ ނަފްސަށް ވަޢުދުވެވުނު އިރު، ނައިހާއާ މެދު ޔަޒާން ކަންތައް ކުރި ގޮތުން ނަރީމާއާ އާދިލްއަށް ލިބޭނެ ހިތްދަތިކަން ފުރަތަމަ ފަހަރަށް ޔަޒާންއަށް އިހުސާސް ކޮށްލެވުނެވެ.

ފަހަރަކު މީހަކު ބޭބީ އުރާލުމުން، ނަރުހާ އެކު ނަރީމާ ބޭބީ ގޮވައިގެން އަނެއްކާވެސް ވަނެވެ. ނައިހާ ކޮޓަރިއަށް ބަދަލު ކުރެވުނީ ދެ ގަޑިއެއް ހާ އިރު ފަހުންނެވެ. ކޮޓަރީގައި ނައިހާއަށް ހަމަޖެހިލެވުމުން ނަރީމާއާ އާދިލް، އަދި ޔަޒާންއާ ނުސްރާއާ ސުޖާއުވެސް ގެޔަށް ދިޔައެވެ.

ނައިހާ ހޮސްޕިޓަލުގައި އޮތް އިރު، ޔަޒާންވެސް ގިނަ ވަގުތު ހޭދަ ކުރީ ހޮސްޕިޓަލުގައެވެ. އެ ކޮޓަރީގައި މަޑު ކުރުމުގެ ބަދަލުގައި ޔަޒާން އިންނަނީ ބޭރުގައެވެ. މީހުން މަދު ވަގުތުތަކުގައި ކޮޓަރިއަށް ވަދެ ދަރިފުޅު ހޭލާ އޮތިއްތާ އުރާލައިގެން، އެހެން ނޫން ނަމަ ދަރިފުޅަށް ބަލަހައްޓައިގެން ހުންނަނީއެވެ. ނައިހާއާ ޔަޒާންގެ މެދުގައި ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫން ވާހަކައެއް ނުދެކެވެއެވެ.

ނައިހާއާ ބޭބީ ހޮސްޕިޓަލުން ދޫ ކޮށްލީ ދެ ދުވަސް ފަހުންނެވެ. އެ ދެ ދުވަހުވެސް ނައިހާއަށް ގުޅާލަން ބޭނުން ވި ނަމަވެސް އިޝާމް ކެތް ކުރިއެވެ. ނާއިލްގެ ފަރާތުން ނައިހާ އަދި ބޭބީގެ ޙާލު ރަނގަޅު ކަން އެނގުނު ނަމަވެސް އިޝާމްއަށް އިންތިޒާރު ކުރެވެނީ ނައިހާ ފެންނާނެ ވަގުތަކަށެވެ. އެހެން ނަމަވެސް އިޝާމް ހޮސްޕިޓަލަށް ނުގޮސް މަޑުކުރިއެވެ.

ނައިހާ ގެޔަށް ދޫކޮށްލުމުން ހަމަ އެރޭ އިޝާމް އެ ގެޔަށް ދާން ބޭނުން ވިއެވެ. ނަމަވެސް، އެ ދުވަހާ އެރޭ ނައިހާއަށް ގޮވާލަން އާއިލާގެ މީހުންނާ ރައްޓެހިން ދާނެކަން އެނގޭތީ އިޝާމް ނުގޮސް މަޑުކޮށްލީއެވެ. އިޝާމް ބޭނުން ވަނީ އެކަހެރިކޮށް ނައިހާއާ ބައްދަލު ކޮށްލާށެވެ.

ޖެހިގެން އައި ދުވަހު މެންދުރު ކުރީގެ ވަގުތެއްގައި އިޝާމް އެ ގެޔަށް ދިޔައީ، އިސްރާގެ އެހީ ހޯދައިގެން ނައިހާއަށާ ބޭބީއަށް ދޭނެ ރަނގަޅު ހަދިޔާއެއް ހިފައިގެންނެވެ.

ނާޔާއާ އެކު އިޝާމް ނައިހާގެ ކޮޓަރިއަށް ދިޔަ އިރު ނަރީމާ އުޅެނީ ބޭބީ ރީތި ކުރާށެވެ. އެނދުގައި އޮށޯވެލައިގެން ނައިހާ އެ މަންޒަރު ބަލަން އިން އިރު ޝާލިޔާވެސް އެތާ އިނެވެ.

“ދޮންތާ” ނާޔާ ގޮވާލުމުން އެންމެން އެ ދިމާއަށް ބަލާލިއެވެ.

“އިޝާމް! އާދޭ” ނަރީމާ ހީލަމުން އިޝާމްއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ.

ނައިހާ ތެދުވެ ހެޑްބޯޑްގައި ލެނގިލިއެވެ. އިޝާމް އައިސް އަތުގައި އޮތް މާ ބޮނޑިއާ ހަދިޔާ ނައިހާއަށް ދިއްކޮށްލިއެވެ.

“ޝުކުރިއްޔާ!” ނައިހާ ބުންޏެވެ.

“އިޝާމް އިށީނދޭ” އެނދު ކައިރީ ހުރި ކުޑަ ސޯފާއިން ތެދުވެފައި ޝާލިޔާ، އިޝާމް އިށީންނަން ތަން ދެއްކިއެވެ.

“މަންމަ އަންނާނަން ދަރިފުޅަށް ކޮންމެސް އެއްޗެއް ހިފައިގެން” ނަރީމާ ބޭބީ ރީތިކޮށް ނިމުމުން ކުޑަ އެނދުގައި އެ ތުއްތު ކުއްޖާ ބާއްވާލާފައި ނިކުތެވެ. ޝާލިޔާވެސް ނަރީމާގެ ފަހަތުން ދިޔައެވެ.

“ކިހިނެއް؟” އިޝާމް އަހާލިއެވެ.

“ރަނގަޅު” ނައިހާ ޖަވާބު ދިނެވެ.

އިރުކޮޅަކު ދައްކާނެ ވާހަކައެއް ނޭނގިފައި ދެ މީހުން ތިއްބެވެ. ކޮޓަރިތެރޭ އޮތް ހިމޭން ކަން ނައްތާލީ ބޭބީ ރޮއެލި އަޑުންނެވެ. ނައިހާ ތެދުވަން އުޅެނިކޮށް އިޝާމް އެކަން މަނާ ކުރިއެވެ.

“ނައިއަށް އޯކޭ ވިއްޔާ އަހަރެން ބޭބީ ނަގަންތަ؟” އިޝާމް އަހާލިއެވެ.

ނައިހާ ބޯ ޖަހާލިއެވެ.

އިޝާމް ތެދުވެގެން ގޮސް ކުޑަ އެނދުން ބޭބީ ނަގައިގެން އިރުކޮޅަކު އެ ތުއްތު މޫނަށް ބަލަން ހުއްޓެވެ.

“ނައިއާ ދޯ ވައްތަރީ؟” ނައިހާ އަތަށް ދަރިފުޅު ލައިދެމުން އިޝާމް އަހާލިއެވެ.

“އެންމެންވެސް ބުނަނީ ތިހެން” ނައިހާ ދަރިފުޅު މޭގައި ޖައްސާލަމުން ބުންޏެވެ.

“ނަމެއް ހޯދީތަ؟” އަނެއްކާވެސް އިށީނދެފައި އިޝާމް އަހާލިއެވެ.

“އަނުމް” ނައިހާ ބޯ ޖަހާލަމުން ނަން ބުނެދިނެވެ.

އަނެއްކާވެސް ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އެ ފަހަރުވެސް އެ ހިމޭންކަން ނަގާލީ އަނުމްގެ ރުއިމުގެ އަޑުންނެވެ. ނައިހާ ދަރިފުޅު މަޑުމަޑުން ހަލުވާލުމުންވެސް އަނުމް ކުކުރަމުން ދިޔައެވެ.

“އަހަރެން އުރާލަންތަ؟ ފަހަރެއްގަ ހިނގާލަނިކޮށް ހުއްޓާލަފާނެ” އިޝާމްއަތް ދިއްކޮށްލިއެވެ.

ނައިހާ ހައިރާން ވެފައި އިނދެ އިޝާމް އަތަށް ދަރިފުޅު ލައިދިނެވެ. ދެ އަތް މަތީ އަނުމް ބާއްވާލައިގެން އިޝާމް ކޮޓަރިތެރޭ ދެކޮޅަށް ހިނގާލިއެވެ. ގިނަ އިރެއް ނުވެ އަނުމްއަށް ނިދުނެވެ. އެ މަންޒަރު ބަލަން ހައިރާން ވެފައި ނައިހާއަށް އިނދެވުނީ، ކުޑަ ކުދިން ގެންގުޅެން އިޝާމް ފަރިތަ ކަމުންނެވެ. އިޝާމް އެ ކުއްޖާ ކުޑަ އެނދުގައި ބާއްވާލާފައި އައިސް އަނެއްކާވެސް ސޯފާގައި އިށީނެވެ.

“އިޝާމްއަށް އެނގޭތަ އެ ވަރުގެ ކުދިން ގެންގުޅެން؟” ނައިހާ އަހާލިއެވެ.

“ކުރިއަކުން ނޭނގޭ. އެކަމަކު އިސްރާ ވިހޭ ފަހުން އީޝަލްގެ ފަރާތުން ދަސްވީ” ހިނިއައިސްފައި އިނދެ އިޝާމް ޖަވާބުދިނެވެ.

“އެހެންތަ؟ އަހަރެން ހަނދާން އެބަ ހުރި އިޝާމް ކުޑަކުދިން އުރަން ބިރުން އުޅުނު ކަން” ކުރީގެ ހަނދާނެއް އާ ކޮށްލަމުން ނައިހާ ބުންޏެވެ. އެއާއެކު ދެ މީހުންނަށް އެކުގައި ހެވުނީ އެ ހަނދާން ވުމުންނެވެ.

“އާނ، ކުރީގަ ވަރަށް ބިރު ގަނޭ. ހިތަށް އަރަނީ އަހަރެން އުރައިގެން ހުއްޓާ ވެއްޓިދާނެޔޭ، އެހެން ނޫނީ އުރާލެވޭ ގޮތަކުން ތަދު ވެދާނެޔޭ” އިޝާމް ބުންޏެވެ.

“މިހާރު ވަރަށް ޕްރޯ ވެއްޖެ ދޯ؟ ފެމިލީއަށް ބޭބީއެއް އައިމަ ވާނެ އެހެން. ދޮންބެވެސް ވަރަށް ބިރުން ހުރެ އުރާލަނީ، އެކަމަކު ހީވަނީ ދޮންބެދައްތަ ވިހަން ވާ އިރަށް ފަރިތަވެދާނެ ހެން” ދުވަސްތަކެއް ފަހުން އެ ދެމެދުގައި އެފަދަ ގޮތަކަށް ވާހަކަ ދެކެވެން ފެށުމުން ނައިހާ އިނީ ހިތްހަމަ ޖެހިފައެވެ.

އެ މަންޒަރު ބަލަން ދޮރުމަތީ ނަރީމާ ހުރި ކަމެއް އެކަކަށްވެސް ނޭނގެއެވެ. ލޮލުން ކަރުނަ ފޮހެލަމުން ނަރީމާ ފަހަތަށް ޖެހިލިއެވެ.

“މަންމާ… ކިހިނެއް ވީ؟” ނަރީމާއާ އެކު އައި ނާޔާ އަހާލިއެވެ.

“އެ ދެކުދިން އެކީގަ އެހެން ފެނުނީމަ… މަންމަ ހިތަށް އެރީ ނައިހާ ފުރަތަމަވެސް އިޝާމްއާ އިން ނަމައޭ… އެކަމަކު ނައިހާގެ މޮޔަ ކަމުން… ދެންވެސް ދެ ކުދިންނަށް ވިސްނިގެން ކުރިއަށް ދާނެ ނަމަ…” ނަރީމާ ބުންޏެވެ.

“ދެ މީހުންވެސް އޭރު ތަންކޮޅެއް ޔަންގް ވީމަ ނުވިސްނުނީ ކަންތައް ކުރަން ވީ ގޮތް. މިހާރު ވިސްނޭނެ. މަންމަ ދެރަ ނުވޭ” ނަރީމާގެ އަތުގައި ނާޔާ ފިރުމާލިއެވެ.

“އައްދޭ، މަންމަގެ ކުޑަކުޑަ ނާޔާވެސް މިހާރު ބޮޑު ވެއްޖެ ދޯ!” ނާޔާގެ ބޮލުގައި ފިރުމާލަމުން ނަރީމާ ހިނިއައިސްފައި ބުންޏެވެ.

ބަޔަކު އެ މީހުންނަށް ބަލަން ތިބި ކަން ނޭނގި ނައިހާއާ އިޝާމް ވާހަކަ ދައްކަމުން ދިޔައެވެ.

“އިސްރާ ވިހޭ އިރު އެހާ ގިނަ އިރެއް ނުވޭ، ގާތްގަނޑަކަށް ފަސް ގަޑި އިރު ވީ” ނައިހާ ހޮސްޕިޓަލަށް ދާން އުޅުނު ރޭ މަތިން ހަނދާން ވެފައި އިޝާމް ބުންޏެވެ.

“އެކި މީހުން ތަފާތު ވާނެއެއްނު؟ އިސްރާ ވަރަށް ނަސީބު ގަދަ އެހާ އަވަހަށް ވިހެއީމަ. އެކަމަކު އެންމެން އެހެންނެއް ނުވާނެ” ނައިހާ އެނދުގައި ހަމަ ޖެހިލިއެވެ.

“ހިތަށް އަރާ ކިހިނެއް ބާއޭ ތިން ހަތަރު ފަހަރު އެ ވޭނަށް ކެތް ކުރަނީ” އިޝާމް ބުނެލީ ވިސްނުމެއްގައި އިނދެ ކަހަލަ ގޮތަކަށެވެ.

“އެ ވަގުތު ކިތަންމެ އުނދަގޫ ވިޔަސް ދަރިފުޅުގެ މޫނު ފެންނަ އިރަށް އެ ހުރިހާ ކަމެއް ހަނދާން ނެތޭ” ނައިހާ ބުނެލިއެވެ.

އިޝާމް ނައިހާގެ މޫނަށް ބަލާލިއެވެ. ބަލިވެ އިނުމުން ކުރިއަށް ވުރެވެސް ދޮންވެ، ކުޑަކޮށް ހަށިގަނޑު ފޮސްވެލާފައި ހުރި ނަމަވެސް އެ ރީތި ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހީވަނީ ކުރިއަށް ވުރެވެސް އެ ރީތިކަން އިތުރުވެފައި ވާ ހެންނެވެ. މޫނުމަތިން ވަރުބަލި ކަމެއް ފެންނަން ހުރި ނަމަވެސް އެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ.

އިޝާމްގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ހިތަށް އަރަމުން ދިޔަ އެއްޗެހިންނެވެ. ކުރީގެ ހަނދާންތައް ހިތުގައި އާ ވެގެން ދިޔުމުންނެވެ.

އެ މޫނުގައި ދެ އަތުން ހިފާލަން އިޝާމް ބޭނުން ވިއެވެ. ދެ އަތުގެ ތެރޭ އެ ހަށިގަނޑު ފޮރުވާލަން ބޭނުން ވިއެވެ. ނަމަވެސް އެ ހައްގު މިއަދު އިޝާމްއަށް އެބަ އޮތް ހެއްޔެވެ؟ ނައިހާގެ ހިތުން، އަދި ޙަޔާތުން އިޝާމް އެދޭ މަގާމު އަލުން އިޝާމްއަށް ލިބިދާނެ ހެއްޔެވެ؟

“ނައި…” އިޝާމްއަށް ގޮވާލެވުނެވެ.

ނައިހާ އިޝާމްއާ ދިމާއަށް ބަލާލިއެވެ.

“ޔަޒާން ބުނެފިއްޔާ އަދިވެސް އޭނަޔާ އިންނާނަންތަ؟” އިޝާމް އަހާލިއެވެ.

“ނޫން، އަހަރެން ބަލިވެ އިން ކަން އެނގުނީމަ، މި ދަރިފުޅަށް ޓަކާ އޭނައަށް ދިން ފުރުސަތުގެ ބޭނުން އޭނައެއް ނުކުރި، ދެންވެސް ނުކުރާނެ. އެހެން ވީމަ އަހަރެންގެ ހަޔާތުން އަނެއްކާވެސް ދުވަސްތަކެއް ބޭކާރު ކޮށްލާކަށް ބޭނުމެއް ނޫން. ދެން ޔަޒާންއަކަށް އެ ފުރުސަތެއް ނުދޭނަން” ނައިހާ ޖަވާބު ދިން އިރު އެ އަޑުގައި ޔަގީން ކަން ވިއެވެ.

އެ އަޑު އިވިފައި އިޝާމްއަށް ހިތާ ހިތުން ހެއްދެވި ފަރާތަށް ޝުކުރު ކޮށްލެވުނެވެ.

“ނައި…” އަނެއްކާވެސް އިޝާމް ނައިހާގެ ނަމުން ލަސްލަހުން ގޮވާލިއެވެ.

ނައިހާއަށް އިޝާމް ބުނަން އުޅޭ އެއްޗެއް އެނގުނު ކަހަލައެވެ. ހިތުގެ ތެޅުން އަވަސް ވެގެން ދިޔުމާއެކު ނައިހާއަށް އިޝާމްއާ ދިމާއަށް ބަލަން އިނދެވުނެވެ.

“އަހަރެން ވަރަށް ދުވަސް ވަންދެން ކެތް ކޮށްފިން… ވަރަށް މަސައްކަތް ކޮށްފިން އެއްވެސް އެއްޗެއް ނުބުނެ ހުންނަން… އެކަމަކު ދެން ނުހުރެވޭނެ… ނައި، އަހަރެން ބޭނުން ނައި، އަދިވެސް ބޭނުން… އަހަރެން ވަރަށް ލޯބިވޭ ނައި ދެކެ… އަހަރެން ބޭނުން ނައިއާ އިންނަން” އިޝާމް އެންމެ ފަހުން އެ ހިތުގެ އަޑު ނައިހާއަށް އިއްވާލިއެވެ.

ނައިހާގެ ލޮލުން ކަރުނަ އައެވެ. ލޯ މަރާލެވުނު ނަމަވެސް މެރިފައިވި އެސްފިޔަތަކުގެ ތެރެއިން ފޭދިގެން އެ ކަރުނަ ނައިހާގެ ކޯތާފަތުން ތިރިއަށް ދެމިގެން އައެވެ.

އެ އަޑު އަހަން ނައިހާ ބޭނުން ވެފައި ހުރީ ކިހާ ވަރަކަށް ކަމެއް ނައިހާއަކަށްވެސް ނޭނގެއެވެ. ދުވަހަކުވެސް ހިތަށް ނުލިބޭހާ ހަމަ ޖެހުން އެ ވަގުތު ނައިހާއަށް އިހުސާސް ކުރެވުނެވެ. އެއްޗެއް ނުބުނެވިފައި ނައިހާއަށް އެ ގޮތަށް ލޯމަރާލައިގެން އިނދެވުނެވެ.

“ނައި… އެއްޗެއް ބުނެބަލަ، ޕްލީޒް!” އިޝާމްގެ އަޑުގައި ވީ އާދޭހެވެ.

ނައިހާ އެއްޗެއް ނުބުނެ ލޯ ހުޅުވާލާފައި އިޝާމްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

އިޝާމް ސޯފާއިން ތެދުވެގެން އައިސް ނައިހާ ކައިރީ އިށީނދެފައި ނައިހާގެ އަތުގައި ހިފާލިއެވެ.

“ބުނެބަލަ ދެން، ވިލް ޔޫ މެރީ މީ؟” އިޝާމް އެހިއެވެ.

ނައިހާ ބޯ ޖަހާލިއެވެ.

އިޝާމް ދެ އަތުން ނައިހާގެ މޫނުގައި ހިފާލާފައި ނައިހާގެ ނިތްކުރީގައި ބޮސްދިނެވެ.

“އައި ލަވް ޔޫ!” އެ ވަގުތު ނައިހާ ބުނެލިއެވެ.

“އޯހ ނައި… އަހަރެން ތި އަޑު އަހަން އިންތިޒާރުގަ ހުންނަތާ ކޮން ދުވަހެއް؟ އައި ލަވް ޔޫ ޓޫ…” ދުރަށް ޖެހިލަމުން އިޝާމް ނައިހާގެ މޫނު ފޮހެދިނެވެ.

 

ދޮރުމަތީ ހުރި ލައިލާ އިރުކޮޅަކު މަޑުކޮށްލާފައި ދޮރުގައި ޓަކި ޖަހާލާފައި ދޮރު ބޮޑަށް ހުޅުވާލިއެވެ.

އިޝާމް އެނދުން ތެދުވެގެން ސޯފާގައި އިށީނެވެ.

“މަންމަ ބުނެގެން ނައިއަށް ކިރުތައްޓެއް ހިފައިގެން މި އައީ. އިޝާމްވެސް ކޮފީއެއް ބޯލަން ވީނު؟” ސޯފާ ކުރިމަތީ ހުރި ކުޑަ ބިއްލޫރި މޭޒުމަތީ ތަބައް ބަހައްޓާފައި ލައިލާ ބުންޏެވެ. އަދި ކިރުތަށި ނައިހާ އަތަށް ދީފައި ކޮފީ މަގު އިޝާމް އަތަށް ދިނެވެ.

ފެނުނު މަންޒަރާ މެދު އެއްޗެއް ނުބުނާނަމޭ ހިތަށް އަރުވައިގެން ހުރ ނަމަވެސް ލައިލާއަކަށް ނުހުރެވުނެވެ.

“ނޭނގޭ ކަމަށް ހަދައިގެން ހުންނަ ވަރަށް ވުރެ މާ އުފާވެރި މަންޒަރެއް ދެންމެ ފެނުނީ… ނައި، އަހަރެން ވަރަށް އުފާ ވެއްޖެ ނައިއާ އިޝާމް އެ ގޮތަށް ފެނުނީމަ. ނައިއަށް ބޭނުން ވަނީ އިޝާމް ކަހަލަ މީހެއް. އައިމް ސޯ ހެޕީ ފޮރ ޔޫ” ނައިހާ ކައިރީ އިށީނދެފައި ލައިލާ ނައިހާ ގައިގައި ބައްދާލިއެވެ.

“އިޝާމް، އެންމެންނަށް ވުރެ ކުރިން އަހަރެން އިޝާމްއަށް ފެމިލީއަށް މަރުހަބާ ކިޔަން. ކުރިން އެހެން ވިޔަސް ދެ މީހުން ގުޅެން އޮތިއްޔާ އެކަން ވާނެ” ލައިލާ ބުންޏެވެ. އަދި ދެ މީހުންނަށް އެކަނި ވެލާނެ ފުރުސަތު ދެމުން ކޮޓަރިން ނިކުންނަން ދިޔައެވެ.

“ތުއްތުބޭދައްތާ، އިހަށް ނުބުނައްޗޭ” ނައިހާ ލައިލާއަށް ގޮވާލާފައި އެދުނެވެ.

ބޯ ޖަހާލާފައި ލައިލާ ނިކުތެވެ.

“އަހަރުމެންނަށް އަބަދުވެސް ވާ ގޮތް ދޯ؟ ފުރަތަމަ ފަހަރުންވެސް ކޮންމެސް މީހަކަށް އެބަ ފެނޭ” ހިނި އައިސްފައި އިޝާމް ބުންޏެވެ.

“އެހެންނު ވާނީ، މި ގޭގަ އުޅޭނީ ހުސް ސްޕައި ކުރާ މީހުން ވިއްޔަ” ސަމާސާ ރާގަކަށް ނައިހާ ބުންޏެވެ.

“ދެން ދަނީ. އަދި އަންނާނަން” ކޮފީތަށި ހުސްކޮށްލާފައި އިޝާމް ބުންޏެވެ.

ނައިހާ ބޯ ޖަހާލިއެވެ.

އިޝާމްއަށް ނުނިކުމެވެނީސް ނޫރާ އައިސް ވަނެވެ.

“އިޝާމް! ދަނީތަ؟” ނޫރާ އަހާލިއެވެ.

އިޝާމް ބޯ ޖަހާލާފައި ނިކުތެވެ.

“ވަރަށް ގިނަ އިރު ވެއްޖެތަ އިޝާމް އައިތާ؟ ކީކޭ ބުނީ؟ ބޭބީ އުރާލިތަ؟” ނޫރާ އައިސް ނައިހާ ކައިރީ އިށީނދެފައި ސުވާލުތަކެއް ކޮށްލިއެވެ.

“ސާބަސް! ތީ ރިޕޯޓަރެއްތަ؟” ހެމުން ނައިހާ އެހިއެވެ.

“ދެން ބުނެބަ ދޮންތާ. އިޝާމް އެއްޗެއް ބުނިތަ؟” ނޫރާ އަނެއްކާވެސް އެހިއެވެ.

“ނުބުނޭ އެއްޗެއް. އޭނަ އައީ އަނުމްއަށް ގޮވާލަން” ނައިހާ އޮށޯވެލިއެވެ.

“އަނުމް! އެ ނަންތަ ކިޔަނީ؟” ނޫރާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

“މިއަދު މުޅިންވެސް ސުވާލުން ވާހަކަ ދައްކަން އުޅޭ ދުވަހެއްތަ؟ އެ ނަން ކިޔާނެތީއެއްނު އެހެން މި ބުނީ؟” ނައިހާ ބުންޏެވެ.

ކުޑަ އެނދުގައި އޮތް އަނުމްއަށް ބަލަން އިރުކޮޅަކު ހުރެފައި އެ ކުއްޖާ ހޭ ނުލައިހެން ނޫރާ ޝަކުވާ ކުރަން ފެށިއެވެ. އިރުކޮޅެއް ނުވެ ނާޔާވެސް އައިސް ހަމަ އެ ޝަކުވާ ކުރަން ފެށިއެވެ.

 

އޮފީހުން އައި ގޮތަށް ޝާލިޔާ ނައިހާގެ ކޮޓަރިއަށް އައެވެ. އޭރު އަނުމް އުރާލައިގެން ލައިލާ ހުއްޓެވެ. ނޫރާއާ ނާޔާއާ ނަޒްހާއާ ނަރީމާވެސް އެތާ އިނެވެ.

“ލައި، ދީބަ އަހަރެން އުރާލަން” ޝާލިޔާ އިށީނދެފައި ބުންޏެވެ.

“ދޭ ހިތެއް ނުވޭ، އެކަމަކުވެސް އެންމެން އުރާލަންވެސް ދޭން ވާނެއެއްނު ދޯ ދޫނީ؟” އަނުމްގެ މޫނުގައި ބޮސް ދީފައި ލައިލާ، ޝާލިޔާ އަތަށް އެ ކުއްޖާ ދިނެވެ.

“ލައި ވަރަށް ބޭބީ ބޭބީ ދޯ؟ އަހަންނަށް ހީވަނީ ގިނަ ދުވަހެއް ނުވެ ލައިވެސް ހެޕީ ނިއުސް ދީފާނެހެން” ޝާލިޔާ ހިނި އައިސްފައި ލައިލާއާ ދިމާކޮށްލިއެވެ.

“އާނ، މަންމަވެސް ހިތަށް އަރާ ތިހެން” ޝާލިޔާގެ ސަމާސާގައި ނަރީމާވެސް ބައިވެރިވިއެވެ.

“އެ ނިއުސްގެ އިންތިޒާރުގަ މި ހުންނަނީ. ހަމަ ލިބޭ އިރަށް ޝެއަރ ކުރާނަން” ރަކިވެފައި ހުރެ ލައިލާ ބުނެލިއެވެ. އެއާއެކު އެންމެން ހޭން ފެށިއެވެ.

“ދެން އެންމެ ބެސްޓް ވާނީ ދޮންބެދައްތައާ، ތުއްތުބޭދައްތައާ ތުއްތަ ފުލު ފުލުން ވިހޭމަ. ދޯ މަންމާ؟” ނާޔާ އިނދެފައި ބުނެލިއެވެ.

“އުހުނ، އަހަރެން އަދި ނުވޭ ވިހާކަށް. ބޭބީއެއް އުރާ ހިތް ވަންޏާ ތިއޮތީއެއްނު އެންމެންގެ ފުށްގަނޑު” ނަޒްހާ އަވަސް އަވަހަށް ބުންޏެވެ.

“ތިހެން ބުންޏަސް، ކިތަންމެ ލޯބި ވިޔަސް އަމިއްލައަށް ކުއްޖަކު ވިހެއުމަކީ ވަރަށް ތަފާތު ކަމެއް. އެކަން އެނގޭނީ ކުއްޖަކު ލިބުނީމަ” ނަރީމާ ބުންޏެވެ.

“އާނ، މިހާރުވެސް އިންތިޒާރު ކުރެވޭ ބޭބީ އުރާލެވޭނެ ދުވަހަކަށް” ޝާލިޔާ ބުނެލިއެވެ.

“ދެން މާ ގިނަ ދުވަހެއް ނުވާނެ. ނޫރާ، ހިނގާ މަންމައާ އެކީ ސައި ހަދަން” ޝާލިޔާގެ އަތުގައި ފިރުމާލަމުން ނަރީމާ ނޫރާއަށް ގޮވާލާފައި ތެދުވިއެވެ.

ނޫރާއާ އެކު ނާޔާވެސް ދިޔައެވެ.

“ނައި، ވިހިޔައެވެ. ދް ދިޔައެވެ. ެއުމުގެ އެކްސްޕީރިއެންސް ޝެއަރ ކޮށްލަދީބަލަ، އަހަރެން ބޭނުން ވާ ގޮތްތައް ކޮންމެސް ވަރަކަށް އެނގެން” ނޫރާއާ ނާޔާ ދިޔުމުން ޝާލިޔާ އެދުނެވެ.

“ތެދެއް ނައި، އަހަރެންވެސް ބޭނުން އަޑު އަހާލަން” ލައިލާވެސް އެ ވާހަކައަށް ޝައުގުވެރި ވިއެވެ.

ނައިހާ ހުރިހާ އެއްޗެއް ކިޔާދިނެވެ. ލައިލާއާ ޝާލިޔާއާ ނަޒްހާ ޝައުގުވެރި ކަމާއެކު އަޑު އަހަން ތިއްބެވެ. ޝާލިޔާ އެކި ފަހަރު އެކި ސުވާލުޏެވެ. “ލިޔާގެ އަތުގައި ފިރުމާލަމުން ނަރީމާ ބުންޏެވެ. ތަފާތު ކަމެއް. ް” ޗާލިޔާ ހިނި އައިސްފައި ލައިލާއާ ކޮށްލައެވެ. ހުރިހާ ސުވާލަކަށް ނައިހާ ޖަވާބު ދެމުން ދިޔައެވެ.

“ދޮންބެދައްތަ ބިރު ގަނޭތަ؟” ނައިހާ ކިޔައިދީ ނިމުމުން ޝާލިޔާގެ އަތުގައި ހިފާލާފައި ލައިލާ އަހާލިއެވެ.

“ކުޑަކޮށް ބިރުވެސް ގަނޭ، އެކަމަކު އެގްޒައިޓްވެސް ވޭ… ދެން ލައިއާ ނަޒްވެސް އުޅެބަލަ ޕްރެގްނަންޓް ވާން، އޭރުން އަހަންނާ އެކީ ހުރިހާ ކަމެއް ޝެއަރ ކޮށްލެވޭނެއެއްނު” ޝާލިޔާ ބުންޏެވެ.

“އިނީއްސުރެ ތި ކަމާއެއްނު މި އުޅެނީ، އަދި ކާމިޔާބު ނުވަނީ” ރަކިވެފައި އިނދެ ލައިލާ އެހެން ބުނުމާ އެކު ދެން ތިބި ތިން ކުދިން ހޭން ފެށުމުން އެ ހުނުމުގައި ލައިލާވެސް ބައިވެރިވިއެވެ.

“ނަޒް ނުވިސްނަންތަ ބޭބީއެއް ހޯދާކަށް؟” ޝާލިޔާ އަހާލިއެވެ.

“އަދި މާ އަވަހެއްނު؟ ފުރަތަމަ އަހަރެން ބޭނުމީ ޝާދުއާ އެކީ އެންޖޯއި ކޮށްލަން، ބޭބީއެއް ހޯދާނީ ދުވަސްކޮޅެއް ފަހުން” ނަޒްހާ ބުންޏެވެ.

ކޮންމެ ދުވަހަކުވެސް ނުސްރާއާ ސުޖާއު، އަދި ޔުސްރާގެ އާއިލާއާ ޔާނިއުވެސް ނައިހާއަށް ގޮވާލަން އާދެއެވެ. ޔާނިއު އައުމުން ޔާނިއުއާ ވާހަކަ ދައްކާލާނެ ފުރުސަތު ނާޔާއަށް ލިބެއެވެ. ގޭ އެހެން މީހަކަށް ނޭނގި، އެ ދެކުދިންނަށް ފުރުސަތު ހޯދާދެވޭތޯ ނައިހާއާ ނޫރާ ބަލައެވެ. ގޭ މީހުން ކައިރީ އެ ދެމެދުގައި ވާ ގުޅުމުގެ ވާހަކަ ބުނަން ނާޔާ ބޭނުން ވި ނަމަވެސް، ނައިހާއާ ޔަޒާންގެ މެދުގައި ކަންތައް ވީ ގޮތުން އެ ވާހަކަ ބުނަން ނުކެރެނީއެވެ. ނާޔާގެ އެދުމަށް ޔާނިއުވެސް އެ ކަން އަދި ސިއްރެއްގެ ގޮތުގައި ބޭއްވީއެވެ.

 

ނައިހާ ގެޔަށް އައި ފަހުން ޔަޒާން ނައިސް ހުރެފައި އައީ އަނުމްއަށް ނަން ކީ ދުވަހުއެވެ. އެ ދުވަހުވެސް އައީ ނަރީމާ ގުޅާފައި އައުމަށް އެދުމުންނެވެ. ނަން ކިޔަން ކެއްކުމުގައި ނަރީމާއަށް އެހީ ވުމަށް ނުސްރާވެސް އައިސް އުޅުނެވެ. މެންދުރު ވީ އިރު ހުރިހާ ކަމެއް ނިންމާފައި ނަމާދުން އައިސް އާދިލްއާ، ނަވާފްއާ، ނާއިލްއާ އަދި ސުޖާއުއާ، ޔާނިއުއާ ޔަޒާން އުޅުނީ ބޮނޑިބަތް ބެހުމުގައެވެ. ހަވީރު ގޭތެރެ ހަލަބޮލި ވެފައި އޮތީ އާއިލާއާ ރައްޓެހިން އައިސްގެންނެވެ. ބޮނޑިބަތް ބަހަން އުޅެފައި ޔަޒާން ދިޔަ ގޮތަށް އައީ ނަރީމާ ގުޅާފައި ކާން އަންނަން އެދުމުންނެވެ.

މަޣްރިބް ނަމާދު ކޮށްގެން ޔަޒާން އައިސް ބެލް ޖަހާލުމުން ދޮރު ހުޅުވީ ނާޔާއެވެ.

“މަންމާ، ދޮންތަބޭ އައިއްސި” ޔަޒާންއަށް އިށީނުމަށް ބުނެފައި ނަރީމާގެ ކޮޓަރި ހުޅުވާލާފައި ނާޔާ ބުންޏެވެ.

“ދޮންތަ ކައިރީވެސް ބުނެލާ ދޮންތަބޭ އައި ވާހަކަ” ނަރީމާ ބުންޏެވެ. ނާޔާ މައްޗަށް އަރާ ބަލާލި އިރު އަނުމް އޮތީ ނިދާފައެވެ. މުޅި ދުވަހު ހެން އަނުމް ގޮވައިގެން ތިރީގައި އިނދެފައި ނައިހާ ކޮޓަރިއަށް އައީ އިރު އޮއްސުނު ފަހުންނެވެ. އޭރު ވަރުބަލި ވެގެން ނައިހާއަށްވެސް އޮތީ ނިދިފައެވެ.

ކައި ނިމިގެން ނަރީމާ ބުނުމުން ޔަޒާން މައްޗަށް އަރާ ނައިހާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ދޮރު ހުޅުވީ ނާޔާއެވެ. އޭރު ނައިހާ ވީ ފާހާނާގައެވެ. ޔަޒާން ވަނުމުން ނާޔާ ނިކުމެ ދޮރު ލައްޕާލިއެވެ.

ނައިހާ ފާހާނާއިން ނިކުތް އިރު އަނުމް އުރާލައިގެން ޔަޒާން ހުއްޓެވެ.

“ރޮވެނީ” ނައިހާ ފެނުމުން ޔަޒާން ބުންޏެވެ.

އެ ދުވަހު ނަގާފައި ހުރި ބުއްފުޅި ހިފައިގެން އައިސް ނައިހާ އަނުމް ގޮވައިގެން އެނދުގައި އިށީނެވެ.

“ކޮޅަށް ނުހުރެ އިށީނދެބަލަ” ސޯފާއަށް އިޝާރާތް ކޮށްލަމުން ނައިހާ ބުންޏެވެ.

ޔަޒާން ޖީބުން ސިޓީ އުރައެއް ނަގާ މޭޒުމަތީ ބޭއްވިއެވެ. ނައިހާ ބަލާލާފައިވެސް އެއްޗެއް ނުބުނެއެވެ.

“އިތުރަށް ބޭނުން ވަންޏާވެސް ބުނައްޗޭ” ޔަޒާން ބުންޏެވެ.

“އަހަރެން ބުނަން ޖެހޭތަ؟” ނައިހާ އެހިއެވެ.

“ނައި… އަހަންނަށް އެނގޭ ނައި ރުޅި އަންނާނެ ކަން. އަހަރެން ކަންތައް ކުރީކީ ރަނގަޅަކަށް ނޫންކަން ގަބޫލު ކުރަން. އަހަރެން ބޭނުން ނައިގެ ކިބައިން މާފަށް އެދެން” ފަސް ޖެހިފައިވެސް ޔަޒާން ބުންޏެވެ.

“ޔަޒާން ކީކޭ ބުނަން ތި އުޅެނީ؟” ނައިހާ އަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވީރާނާވެފައިވީ ޙަޔާތް މަގޭ – 15

Next

މަޢާފް (އެއްވަނަ ބައި)

Next
November 14, 2019

މަޢާފް (އެއްވަނަ ބައި)

Previews
November 12, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ – 15

14 Comments!

  1. Mar Sha Marsha says:
    November 13, 2019 at 4:17 pm

    Hi all, miothy part 12. Mibaives kiyaalaafa comment kollahchey. Mi bai thankolheh dhigu vaane. Part 13 on Sunday. ❤️❤️??

  2. Mar Sha Marsha says:
    November 13, 2019 at 4:54 pm

    Evves kujjehge athuga Marsha ge “kushakaa nulaa” ehkoh othiyyaa Marsha ah mail kohdhevidhaanetha? Lap in e vaahaka nuhulhuvigen miulheny ? my mail is
    [email protected]

  3. Kairaa says:
    November 13, 2019 at 5:09 pm

    Achaaaaaaa….????????finally ishaam and naihaa going to marry dhw….????????haadha reehchey❤️❤️❤️❤️❤️❤️❤️❤️❤️❤️alhey haadha reehchey mi bai vx….❤️❤️❤️❤️❤️❤️mi vaahaka kiyaa iru kiyaa varakah vaahakaa ga vaa goi kairaa ah sifa vey???????????alhey vvvvv reethi mi vaahaka……and im happy that ishaam and naihaa gulhunyma????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️alhey heevanee varah cute couple eh henn….❤️❤️❤️❤️❤️owwwwn❤️❤️❤️❤️alhey haadha reehchey maashaa allah…..??????????marsha your very talented maashaa allah…..and i dont know what to say….and im speechless….❤️❤️❤️???????❤️❤️❤️❤️❤️❤️❤️?????AND ME FIRST DHW….luv u marsha sis???❤️❤️❤️❤️

  4. Dheenu? says:
    November 13, 2019 at 5:12 pm

    Vrh salhi…. ??

  5. Aisher❤️❤️❤️ says:
    November 13, 2019 at 5:36 pm

    Wowwww…. Varah rythi Mi part vs.. ????I ah Mi stry kiyaa laa iru Hama heevany kurimathyga vaa kantah takehhen❤️❤️❤️❤️ Ishaam n naihaa eulheny marry kuran dhw.. Maashaa Allah varah rythi Mi stry ??????????

  6. Meekkomee says:
    November 13, 2019 at 7:33 pm

    Woww;) varah varah reethi…… Waiting 4 next part…..luv this story so much….lyssm;)

  7. FIROO says:
    November 13, 2019 at 7:35 pm

    WOW…… NICE STORY

  8. ®@@ñ! says:
    November 13, 2019 at 9:41 pm

    Alhey haadha reehchey…. Masha ur really talented…… Keep up the gud work….. ♥️♥️♥️???

  9. Maisha maii says:
    November 13, 2019 at 9:55 pm

    Maasha Allah???… Varah reethi mi part vx????… Ishaam and naihaa gulhunee dhw☺☺☺… Alheyyyy?????????… Mi story dhaagoiy haadha haa vx furihama eyy?????????… I really love this story??… Btw waiting for the next part???

  10. Kylie says:
    November 14, 2019 at 10:08 am

    V reethi mi part vx.????…..waiting fr nxt…..???? LYSM marsha sis??

  11. magnumm says:
    November 14, 2019 at 3:46 pm

    I think this is the very first comment of meh on ur stry????hehe..v v v v habeys story gendhaa goiyy????OMG ishaam n naihaa ge wedding soon ahnany????lolluuuu…actually you knw imma curious ngeyyy ur stry kiyaa iru????it’s fantastic really???hehe….umm u r mizamaanah fit vaa kahala madhu writers ge therein a writer u r???try to comment adhi ves insha allah???love mo???

  12. Mar Sha Marsha says:
    November 14, 2019 at 6:31 pm

    Owwwnnn, so happy to c all these lovely comments. Glad that u like the story. Rangalhu kollan jehey kanthahves faahaga kolla dhehchey readers. Love u all ❤️❤️

  13. ރިފާ says:
    November 15, 2019 at 4:17 pm

    varah salhi….I love this story….

  14. Djjdjdjdjdjdjddjdjdjdj says:
    November 16, 2019 at 11:02 pm

    ???????Maadan kihaa irakun next part up kohla deveyneee………………?????? Anyway Mi story Varah salhi…………….. ??????This is one of my favourite story in esfiya…………… ❤️❤️❤️❤️❤️❤️❤️?????

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 13←


All Right Reserved!