Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 10, 2019 7 Mins Read
19 Comments

އިޝާމް ފެނުމުން ނައިހާގެ ފިޔަވަޅުތައް މަޑު ޖެހިލި ނަމަވެސް، ނޫރާ ނައިހާގެ އަތުގައި ހިފާލުމުން ނައިހާ ގޮސް ގޮނޑިއެއްގައި އިށީނެވެ.

“އިޝާމް… ހިނގާ” ނާއިލް ގޮވާލުމުން އިޝާމް ސިހިފައި ބަލާލިއެވެ. އަދި އަވަހަށް ނާއިލްއާ އެކު ނިކުތެވެ.

ކައި ނިމިގެން ނައިހާ މައްޗަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން އެނދުގައި އޮށޯވެލިއެވެ.

“ދޮންތާ، އެއްޗެއް އަހާލަންތަ؟” ނާޔާ އެނދުގައި އިށީނދެ ނައިހާގެ ދެ ފައިތިލަ މޮޑެދޭން ފެށިއެވެ.

އަބަދު ރިއްސާފައި ހުންނަ ފައިތިލައަށް ލުއި ވާން ފެށުމުން ލޯ މަރާލަމުން ނައިހާ ބޯ ޖަހާލިއެވެ.

“ދޮންތަ ދެން އިޝާމްއާ އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކާނަންތަ؟” ނާޔާ އަހާލިއެވެ.

ނައިހާ ވިސްނާލިއެވެ. އިޝާމްއާ ވާހަކަ ދައްކަން ވީ ހެއްޔެވެ؟ ނޫނީ އިޝާމް އިސްވެ ވާހަކަ ދައްކަން ދެން ހުންނަން ވީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ދެމެދުގައި ކުރިން އޮތް ގުޅުމެއް މިހާރަކު ނެތެވެ. ނާއިލްގެ އެކުވެރިއެއްގެ ގޮތުން، ނުވަތަ ދަންނަ މީހެއްގެ ގޮތުން ވާހަކަ ދައްކާލުމަކީ ގޯހެއް ނޫނެވެ.

“ދޮންތާ…؟” ނައިހާ ޖަވާބެއް ނުދީ ގިނަ އިރު ވުމުން ނާޔާ ގޮވާލިއެވެ.

“ނޫން، ދެން ވާހަކަ ނުދައްކާކަށް ނޫން… ދައްކާ ކަހަލަ ސިޗުއޭޝަންއެއް ދިމާ ވެއްޖެއްޔާ ވާހަކަ ދައްކާނަން” ނައިހާ ޖަވާބު ދިނެވެ.

“ދޮންތަ މިހާރުވެސް އިޝާމް…” ނާޔާ ފަސް ޖެހެމުން ކުރަން އުޅުނު ސުވާލު ވިސްނިގެން ނައިހާ އަވަހަށް ވާހަކަ އޮޅުވާލިއެވެ.

“ވަރަށް ވަރުބަލި ވެއްޖެ މިރޭ، ދޮންތަ ބޭނުން ވަނީ ތަންކޮޅެއް އަވަހަށް ނިދާލަން” ނައިހާ ބުންޏެވެ.

އެ ވާހަކަ ދައްކަން ނައިހާ ބޭނުން ނުވާ ކަން ވިސްނި ނާޔާ އިތުރު ސުވާލެއް ނުކުރެއެވެ.

 

އެ ދުވަހުގެ ފަހުން އިޝާމް އެ ގެޔަށް އައުން ގިނަވިއެވެ. އެންމެ ދުވަހަކު އިޝާމް ނައިސް ހުއްޓަސް ނާއިލް ގުޅައިގެން ކޮންމެވެސް އެއްޗެއް ކިޔައިގެން އެ ގެޔަށް އިޝާމް ގެނެއެވެ. ލައިލާއަށް އެ ކަން ފާހަގަ ވެގެން ނާއިލްއާ ސުވާލު ކޮށްލީ އިޝާމްއާ ނައިހާގެ މާޒީ ނޭނގޭތީއެވެ. އެގޮތުން އެއް ދުވަހު ނައިހާގެ ކޮޓަރި ނިމި ފަރުނީޗަރު ގަންނަން ވުމުންވެސް ނާއިލް ގުޅީ އިޝާމްއަށެވެ. ފުރަތަމަ އިޝާމް ނުދާން އުޅުމުން އެކި އެއްޗެހި ކިޔައިގެން ނާއިލް އިޝާމް އެއްބަސް ކުރުވިއެވެ.

“ނާއިލް، އިޝާމް ނާންނަން އުޅުނަސް ނާއިލް ކީއްވެތަ ގަދަ ކަމުން އޭނަ ގެންނަން އުޅެނީ؟” ދޮވުނު އެއްޗެހި ފަތްޖަހަން އެނދުގައި އިން ލައިލާ ހިނި އައިސްފައި އަހާލީ ޝައްކެއް ވާތީއެވެ.

“ވަކި ކަމެއް ވެގެންނެއް ނޫން، އިޝާމް އައިމަ ވަރަށް ފޫހި ފިލާ، އެހެންވެ” ނާއިލް އާދައިގެ ގޮތަކަށް ބުންޏެވެ.

“ހާދަ ހީ ނުވެޔޭ، ނާއިލް ކޮންމެސް ކަމެއް ރާވައިގެން ދޯ ތި އުޅެނީ؟” ހިނި އައިސްފައި ލައިލާ އެހިއެވެ.

“ކޮން ކަމެއް؟” ލައިލާ ބުނި ގޮތުން ނާއިލް ލައިލާއަށް ބަލާލިއެވެ.

ލައިލާ ތެދުވެގެން އައިސް ނާއިލް ކައިރީގައި އިށީނެވެ.

“ނައިއާ އިޝާމްގެ މެދުގަ ކަމެއް ވޭތޯތަ ނާއިލް ތި އުޅެނީ؟ ނާއިލް ބޭނުން ވަނީތަ ނައި އިޝާމްއާ ގުޅެން؟” ލައިލާ އަހާލިއެވެ.

ނާއިލްއަށް ލައިލާގެ މޫނަށް ބަލާލެވުނެވެ. ކުރިން އިޝާމްއާ ނައިހާގެ މެދުގައި ވީ ކަންތައް ލައިލާއަށް އެނގޭ ނަމަ، އެ ދެމީހުން އަދިވެސް ލޯބި ވަނީ އެކަކު އަނެކަކު ދެކެ ކަން ލައިލާއަށް އެނގޭނެއެވެ. އެ ދެމީހުން ގުޅުވަން ނާއިލް އުޅޭ ސަބަބު ލައިލާއަށް އެނގޭނެއެވެ.

“ލައިއަށް އެނގޭތަ…؟ ކުރިން ނައިއާ އިޝާމް….” ނާއިލް ހުރިހާ ވާހަކައެއް ލައިލާއަށް ކިޔާދިނެވެ.

“އަސްލުވެސްތަ؟ އަޅެ… އިޝާމް ވަރަށް ދެރަ ވާނެ ދޯ؟ ދެން ކީއްވެ ނާއިލްމެން އެ ވާހަކަތައް ނައިއަށް ކިޔާ ނުދެނީ؟” ދެ މީހުން ވަކި ވާން ދިމާވި ކަންތަކުގައި އިޝާމްގެ ކުށެއް ނެތް ވާހަކަ ބުނުމުން ލައިލާ އެހިއެވެ.

“އިޝާމް ބޭނުން ނުވީ ނައި ކައިރީ އެ ވާހަކަ ބުނެގެން ނައި ދެރަ ވާން. އެހެންވެ އަހަރެން ބޭނުން ވަނީ މިހާރު އަލުން އެ ދެމީހުން ގުޅެން. ޔަޒާންއާ ނައި ދެ ވަނަ ފަހަރަށް އިންނާކަށް އެކަކުވެސް ބޭނުމެއް ނުވޭ. ނައި އަދި ލައިފްއެއް ފަށަން ޖެހޭ، އެހެން ވީމަ އިޝާމްއަށް ވުރެ ރަނގަޅު މީހަކު ދެން ކޮބާ؟” ނާއިލް ބުންޏެވެ.

“އާނ، ތިހެން ވުން އެންމެ ރަނގަޅީ” ލައިލާވެސް ނާއިލްގެ ޚިޔާލާ އެއްބަސް ވިއެވެ.

 

ޖެހިގެން އައި ހުކުރު ދުވަހު ނަރީމާ ވަރަށް ކިޔައިގެން ލައިލާއާ ނަޒްހާއާ ނާޔާއާ ނޫރާއާ އެކީ ނައިހާ ބާޒާރަށް ދިޔައީ ލިބެން އުޅޭ ދަރިފުޅަށް ބޭނުން ވާނެ އެއްޗެހި ގަންނާށެވެ. ކުރިން އެއްވެސް އެއްޗެއް ގަނެފައި ނެތުމުން އެ ދުވަހުގެ ހަވީރު އެކީގައި އެ ކުދިން ހޭދަ ކުރީ ބާޒާރުގައެވެ. ހަތަރެއް ޖެހި އިރަށް ނިކުތް ކުދިންނަށް ގެޔަށް އާދެވުނު އިރު އިރު އޮއްސިއްޖެއެވެ. އޭރު ފަޔަށް ތަދުވާ ވަރުން ނައިހާ ޝަކުވާ ކުރާތާ އިރުކޮޅެއް ވެއްޖެއެވެ. ގެޔަށް ވަން ގޮތަށް ނައިހާ ސޯފާގައި އިށީނެވެ.

“ނޫރާ، ދޮންތައަށް ވަރަށް ފިނިފިނި ފެންތައްޓެއް ގެނެސްދެއްޗޭ. ނާޔާ، ދޮންތަގެ ފައިތިލަ މޮޑެލަދީބަލަ ޕްލީޒް، ވަރަށް ތަދުވޭ އެބަ” ސޯފާގައި އޮށޯތް ގޮތަށް ލޯ މަރާލަމުން ނައިހާ ކޮއްކޮމެންގެ ފަރާތުން އެދުނެވެ.

“ގެނޭ، މަންމަ މޮޑޭލަދޭނަން” އެ ވަގުތު ކޮޓަރިން ނިކުތް ނަރީމާ އައިސް ނައިހާ ކައިރީ އިށީނދެފައި ނައިހާގެ ފައިތިލަ މޮޑޭދޭން ފެށިއެވެ.

“އާހ! ހާދަ ފަސޭހައޭ. މަންމަ މޮޑެލީމަ އަދި ވަކިން ފަސޭހަ” ނޫރާ ގެނެސްދިން ފެންތަށި ބޯލާފައި ނައިހާ ބުނެލިއެވެ.

“ހުރިހާ އެއްޗެއް ގަނެވުނުތަ؟” ހިނި އައިސްފައި އިނދެ ނަރީމާ އަހާލިއެވެ.

“ނޫން، ލިބާސްކޮޅަކާ ރުމާކޮޅަކާ ބާލީހާ އަދިވެސް ބައެއް އެއްޗެހި ނުގަނެވޭ” ނައިހާ ބުންޏެވެ.

“އެންމެ ފަހަރަކުން ހުރިހާ އެއްޗިއްސެއް ނުގަނެވޭނެއެއްނު؟ ދަރިފުޅު ކުރިން އެއްވެސް ކަމެއް ނުކޮށް ބެހެއްޓީވިއްޔަ” ނަރީމާ ބުންޏެވެ.

“އެކަމަކު ދެން އަހަންނަކަށް ނުދެވޭނެ މަންމާ. މަންމަ ގޮސްދޭންވީއެއްނު ދެން ހުރި އެއްޗެހި ގަނެދޭން؟ އެހެން ނޫނީ މި ތިބަ މީހުން ފޮނުވަންވީނު؟” ނައިހާ އެ ވަރަށް ހިނގާކަށް ބޭނުމެއް ނުވިއެވެ.

“ތެދެއް، ނަޒްހާއާ ނޫރާ މިރޭ ގޮސް ދެން ހުރި އެއްޗެހި ގަނެލާ އިނގޭ. ބާލީހު އުރަ ފަހަން ފޮތިކޮޅެއް ގަންނާނީ، މަންމަ ފަހާލަފާނަން. މިރޭވެސް ނުގަނެވުނު އެއްޗެއް ވިއްޔާ ވާނެ މާދަމާ ގަނެ ނިންމަން. މާދަމާ ނާޔާއާ ލައި ވާނެ ހެނދުނު ދާން. އަދި އެ އެއްޗެހިތައް ދޮވެލާ އިސްތިރިވެސް ކޮށްލަން ވާނެއެއްނު؟” ނަރީމާ އެކި ކަންތައް އެކި މީހުންނާ ހަވާލު ކޮށްލިއެވެ.

“އަހަރުންނަށް އެނގޭނެތަ ދޮންތައަށް ކަމުދާ އެއްޗެހި ގަންނަން؟” ނާޔާ އަހާލިއެވެ.

“ދޮންތައަށް ހެޔޮ ހުރިހާ އެއްޗެއްވެސް ހުދު ކުލައިން ގަންނަނިކޮށް” ނައިހާ ބުންޏެވެ.

“އެ ނިމުނީނު؟ މާދަމާ ނައިގެ ކޮޓަރީގެ ފަރުނީޗަރުވެސް ލިބޭނެ” ނަރީމާ ތެދުވިއެވެ.

“މަންމާ، އަދި ވާނެއެއްނު ކުޑަ އެނދަކާ ކަބަޑެއްވެސް ގަންނަން؟” ނައިހާ ނަރީމާގެ އަތުގައި ހިފާލާފައި ބުންޏެވެ.

“ދޮންބެއާ ތުއްތުބޭ ބުނީ އެ އެއްޗެހި ގަންނާނީ އެ މީހުންނޭ، މާދަމާ އެ އެއްޗެހިވެސް ލިބޭނެ. މަންމަ ހިތަށް އަރަނީ ހުރިހާ ކަމެއް ނުނިމެނީސް ދަރިފުޅު ވިހާފާނެޔޭ، ދެން ހިތްހަމަ ޖެހޭނީ ހުރިހާ ކަމެއް އަވަހަށް ނިންމާލެވުނީމަ” ނައިހާގެ ބޮލުގައި ފިރުމާލަމުން ނަރީމާ ބުންޏެވެ.

 

އެރޭ ބޭބީއަށް ބޭނުން ވާނެ ހުރިހާ އެއްޗެއް ނަޒްހާއާ ނޫރާ ހަމަ ކުރިއެވެ. އަނެއް ދުވަހު ނަރީމާ ބާލީހު އުރަވެސް ފަހާ ނިންމާލިއެވެ. ހަމަ އެ ދުވަހު ނާޔާއާ ނޫރާ އުޅުނީ ބޭބީގެ ހުރިހާ އެއްޗެހި ދޮންނާށެވެ. އެ ދުވަހު ޝާލިޔާވެސް އެ ކަންތަކުގައި ބައިވެރިވިއެވެ. އެ މީހުން އެކި ކަންކަމުގައި އުޅުނު އިރު ނައިހާ ބަލަން އިނެވެ. ނަޒްހާ ހަވީރު އައި އިރު ޝާލިޔާ އުޅުނީ ބޭބީގެ އެއްޗެހި އިސްތިރި ކުރާށެވެ.

“ނައިމެން ދޮންބެދައްތައަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟” ޝާލިޔާ ފެނުމުން ނަޒްހާ ހައިރާން ވެފައި ހުރެ ނަރީމާއާ ނައިހާ ކައިރީ އިށީނދެފައި އަހާލީ، ޝާލލިޔާގެ ފަރާތުން އާންމުކޮށް ނުފެންނަ ކަމެއް ފެނުމުންނެވެ.

“ނޭނގެ، ބޭބީގެ ކަންތަކުގަ ދޮންބެދައްތަ ވަރަށް އެބަ އުޅޭ” ނައިހާއަށްވެސް ޝާލިޔާއާ ދިމާއަށް ބަލާލެވެނީ ހައިރާންވެ ހުރެއެވެ.

“ކޮބާ ޝާދު؟” ނަރީމާ އަހާލިއެވެ.

“އަހަރެން ލާފަ އެ ދިޔައީ ޝާދު މަންމަ ބުނެގެން ކޮންމެސް އެއްޗެއް ގަންނަން. އެ ގެޔަށް ލާފަ އަންނާނެ” ނަޒްހާ ޖަވާބު ދިނެވެ.

“ސައި ބޯން ވީނު ދެން ހުރިހާ ކުދިން؟” ނަރީމާ ތެދުވަމުން ބުންޏެވެ.

އާނއެކޭ ބުނެފައި ނަޒްހާ ނަރީމާއާ އެކު ބަދިގެއަށް ވަނީ ސައި ހެދުމަށް އެހީ ވާށެވެ. އެ ވަގުތު ބެލް ޖަހާލި އަޑު އިވުމުން ދޮރު ހުޅުވަން ދިޔައީ ނައިހާއެވެ.

ދޮރުމަތީ ހުރި އިޝާމް ފެނިފައި ނައިހާގެ ވިންދު އަވަސް ވެލިއެވެ.

“ނާއިލް އުޅޭތަ؟” އިޝާމް އަހާލީ ނައިހާ އެއްޗެއް ނުބުނެ ހުރުމުންނެވެ.

“އެބައުޅޭ، ވަދޭ” އިޝާމް ވަންނަން ތަން ދައްކަމުން ނައިހާ ފަހަތަށް ޖެހިލިއެވެ.

އިޝާމް ވަން އިރު ނާއިލް ތިރިއަށް ފައިބަނީއެވެ.

“އިޝާމް، ރަނގަޅު ގަޑިއަށް ތި އައީ، އާދޭ އަވަހަށް ސައި ބޯން” ޖަގުގައި ސައި ގިރައިގެން ނިކުތް ނަޒްހާ، އިޝާމް ފެނުމުން ބުންޏެވެ.

“ތެދެއް، ހިނގާ ސައި ބޯން އިޝާމް. ނަޒް، ޝާދު ނާދޭތަ؟” އިޝާމްގެ ކޮނޑުގައި އަތް އަޅުވާލައިގެން ކާމޭޒާ ދިމާއަށް ނާއިލް ދިޔައެވެ.

“އެބަ އާދޭ އިރުކޮޅަކުން” ނަޒްހާ ބުންޏެވެ.

ޝާދު އައީ ނާއިލްއާ ނަވާފްއާ އާދިލްއާ އިޝާމް ސައި ބޯން ތިއްބައެވެ. އެ މީހުން ނިމުމުން ސައި ބޮއެގެން ކޮއްކޮމެންނާ އެކީ ނައިހާ މައްޗަށް އެރީ ނަޒްހާ ބުނެގެން ނައިހާގެ ކޮޓަރި ބަލާލަން ވެގެންނެވެ.

“މިރޭވެސް ޗޭންޖް ވާންވީނު މިތަނަށް” ނަޒްހާ ބުންޏެވެ.

“އަދި ލަހެއް ނުވެއެއްނު؟” ނައިހާ ގޮސް ކުޑަ އެނދު ކައިރީ ހުއްޓިލަމުން އެނދުގައި އަތް ޖައްސާލިއެވެ.

“ދެން ދިހަ ވަރަކަށް ދުވަސް ތެރޭ ނައިގެ ބޭބީ އައިސް އޮންނާނީ މި އެނދުގަ ދޯ؟” ނަޒްހާ އައިސް ނައިހާ ގައިގައި ބައްދާލަމުން ބުންޏެވެ.

“އަޅެ، ދޮންތަ އަވަހަށް ވިހާ ނަމަ ދޯ!” ނޫރާއާ ނާޔާވެސް އައިސް ކައިރިވެލިއެވެ.

ހަތަރު ކުދިން ނިކުތް އިރު ސޯފާގައި ލައިލާއާ ނާއިލްއާ އިޝާމްއާ ޝާދު ތިއްބެވެ. އެ މީހުން ކައިރީ އެންމެން އިށީނދެ އެކި ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅަކު އެހެން ތިބެފައި، ފަހަރަކު ބަޔަކު ދަމުން ގޮސް ނައިހާއާ އިޝާމް އެކަނި ވިއެވެ.

އެތާ ތިބީ އިޝާމްއާ ނައިހާ އެކަނި ކަން އިހުސާސް ވުމުން ނައިހާއަށް އެކި ދިމާ ބަލާލެވުނެވެ.

“ނައި… ކިހިނެއްތަ؟” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު އިޝާމް އަހާލިއެވެ.

“ރަނގަޅު” ނައިހާ ދިނީ ކުރު ޖަވާބެކެވެ.

“ކޮން އިރަކު ވިހަނީ؟” އިޝާމް އަހާލިއެވެ.

“ދެން ބާކީ އިނީ ދިހަ ދުވަސް” ނައިހާ ބުންޏެވެ.

ދެން އިތުރަށް އިޝާމް ވާހަކައެއް ނުދެއްކިއެވެ. އިސް ޖަހއިގެން އިން ނައިހާގެ މޫނަށް ބަލަން އިނީއެވެ.

“އިސްރާ ކޮބާ މިހާރު؟ އިސްރާގެ ބޭބީ ވަރަށް ބޮޑުތަ؟ ކޮން ނަމެއް ކިޔަނީ؟” ނައިހާ އެހެން އިނދެފައި އަހާލިއެވެ.

“އެބައުޅޭ، އީޝަލްއަށް ދެ އަހަރު” އިޝާމް ބުންޏެވެ.

އަނެއްކާވެސް ދެ މީހުންގެ މެދަށް ހިމޭން ކަން ވެރިވިއެވެ.

“ނައި… މިހާ ދުވަސް ވަންދެން ކީއްވެ ޔަޒާންއާ އިނދެގެން އުޅުނީ؟ ކީއްވެ ކުރިން ދެ މީހުން ވަކި ނުވީ؟ ނައިގެ މަންމަމެން ކައިރީ ކީއްވެ ޔަޒާންގެ ހުރިހާ ވާހަކައެއް ނުބުނީ؟” އިޝާމްއަށް ނީނދެވިގެން ހިތުގައި ހުރި ސުވާލުތައް އެއްފަހަރާ ކޮށްލިއެވެ.

ނައިހާ އިޝާމްގެ މޫނަށް ބަލާލިއެވެ.

“ޔަޒާންއާ އެހެން އަންހެނަކާ ގުޅުމެއް އޮންނަ ހެން ހީވެގެން އެހީމަ އޭނަ ދެކޮޅު ހެދީ، އެހެން ވިޔަސް ގަބޫލެއް ނުކުރެވުނު، ދެން މަޑު ކުރީ ހެކި ލިބެން ދެން، ހެކި ލިބުނުހާ އަވަހަށް ވަރި ވާން ބޭނުން ވެގެން ބުނިން، ގެއަށްވެސް އައިން، އެކަމަކު އޭރު މަންމަމެން ކައިރިއަކު ނުބުނަން. އެ ފަހަރު ގެއަށް އައިސް ހުއްޓަ އެނގުނީ ބަނޑުބޮޑު ކަން، އެހެންވެ އަނެއްކާވެސް ޔަޒާންއަށް ފުރުސަތެއް ދިނީ ލިބެން އުޅޭ ދަރިފުޅަށް ޓަކާ. އެކަމަކު އޭނައަކަށް އެ ފުރުސަތުގެ ބޭނުން ކުރާކަށް ނޭނގުނު. އޭގެ ފަހުން ދެން މީ…” ނައިހާ ކިޔާދިނެވެ.

“ނައި… އޭރުވެސް ބުނެދޭން ވަރަށް ބޭނުން ވި… އެކަމަކު… އެރޭ އަހަރެން…” ދެ މީހުން ވަކި ވުމުގައި އިޝާމްގެ ކުށެއް ނެތް ކަން ނައިހާއަށް ބުނެދޭން ބޭނުން ވި ނަމަވެސް އިޝާމްއަށް ފަސް ޖެހެވެނީ، އެ ކަންތައް އެނގުމަށް ފަހު ނައިހާ އަމިއްލަ ނަފްސު ކުށްވެރިކޮށްފާނެ ހެން ހީވާތީއެވެ. ފެނުނު މަންޒަރު ގަބޫލުކޮށް އިޝާމްގެ ވާހަކަ އަޑު ނޭހުނީތީ އެކަމާ ދެރަވާނެތީއެވެ.

“އަހަރެން ބުނީމެއްނު އަހަރެން އިޝާމްއަށް މާފު ކޮށްފީމޭ؟ އަހަރެންގެ ހިތުގަ އިޝާމްއާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތް” ނައިހާ އިޝާމްގެ މޫނަށް ބަލާލަމުން ބުންޏެވެ.

“ކީއްވެ؟” އިޝާމް އަހާލިއެވެ.

ނައިހާ ޖަވާބެއް ނުދީ އިނެވެ.

“ނައި، ކީއްވެހޭ؟ އަހަރެން ކުށެއް ކުރި އިރުވެސް ކީއްވެ އަހަންނަށް މާފު ކުރީ؟” އިޝާމް އެ ސުވާލުގެ ޖަވާބު ބޭނުންވިއެވެ.

ދެންވެސް ނައިހާ ޖަވާބެއް ނުދީ އިނެވެ.

“ނައި، އަހަރެން ބޭނުން އެ ސުވާލުގެ ޖަވާބު” އިޝާމް ބުންޏެވެ.

“ޖަވާބު އެނގޭނެ އިޝާމްއަށް” ނައިހާ އެހެން ބުނެފައި ތެދުވެގެން ކޮޓަރިއަށް ވަނެވެ.

“ނައި…” އިޝާމްއަށް ދެ އަތުން ބޮލުގައި ހިފަހައްޓާލަމުން ބުނެވުނެވެ.

ނާއިލް އެ ވަގުތު ކޮޓަރިން ނިކުތެވެ.

“ނާއިލްމެން ތި އުޅެނީ ރާވައިގެންތަ؟ އަހަންނާ ނައި ވާހަކަ ދައްކާތޯތަ؟” ނާއިލް ފެނުމުން އިޝާމް އަހާލިއެވެ.

“ގޯހެއްތަ އެއީ؟” ނާއިލްވެސް ކޮށްލީ ސުވާލެކެވެ.

“އެއީ ނައި ބޭނުން ވާ ގޮތް ނޫނިއްޔާ ތީ ގޯހެއް” އިޝާމް ބުންޏެވެ.

“ނައި ބޭނުން ވާ ގޮތް އެއީ” ނާއިލް ބުނެލިއެވެ.

އިޝާމްގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ.

“ނައި ބުނީތަ؟” އަވަސަ އަވަހަށް އިޝާމްއަށް އަހާލެވުނެވެ.

“ނުބުންޏަސް އެނގޭ އެކަން. އެނގޭ ދެ މީހުންނަށް ވާހަކަ ދެއްކޭނީ ނައި ވިހެއުމަށް ފަހު ކަން. އެކަމަކު އަހަރެން ބޭނުން ވަނީ އިޝާމްގެ ކުށެއް ނެތް ކަން ނައިއަށް ބުނެދޭން” ނާއިލް ބުންޏެވެ.

“ނޫން… އެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތް. އެއީ މާ ކުރީގެ ކަންތައް” އެ ވާހަކަ އަލުން ދައްކާކަށް އިޝާމް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

“އިޝާމް… އަހަންނަށް އެނގޭ ތި ދެ މީހުންވެސް އަދިވެސް ލޯބި ވަނީ އެކަކު އަނެކަކު ދެކެ ކަން. ނައިއަށް ކުރެވުނު ކުށްހީއަކުން އޭރު ވަކި ވާން ޖެހުނަސް، މިހާރު މި އޮތީ ދެ މީހުންނަށްވެސް އެހެން ޗާންސެއް ލިބިފަ. ނައި ނުބުނާނެ އެއްޗެއް، އިޝާމް ޖެހޭނީ ޓްރައި ކުރަން” ނާއިލް ބުންޏެވެ.

“ނާއިލް ވިސްނިންތަ ދަރިފުޅުގެ ބައްޕައާ އަލުން ގުޅެން ނައި ބޭނުން ވެދާނެ ކަމަށް؟” އިޝާމް އަހާލިއެވެ.

“ނޫން، ނައި ބޭނުމެއް ނުވޭ ދެން ޔަޒާންއާ ގުޅޭކަށް” ނާއިލްއަށް އެކަން ޔަގީން ވެއެވެ.

އިރުކޮޅަކު އެއްޗެއް ނުބުނެ ބުރެފައި އިޝާމް ތެދުވިއެވެ.

“ދަނީ ދެން، ބަންގި ގޮވަން ކައިރި ވެއްޖެ މިހާރު” ނާއިލްގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި އިޝާމް ދިޔައީއެވެ.

 

އެރޭ ނައިހާ ގިނަ ވަގުތު ހޭދަ ކުރީ ވިސްނުމުގައެވެ. ދެވަނަ ފަހަރަށް ޔަޒާންއާ ކައިވެނި ކުރާކަށް ނައިހާ ބޭނުމެއް ނޫނެވެ. މުސްތަގްބަލާ މެދު ވިސްނޭ ކޮންމެ ފަހަރަކު ނައިހާއަށް ސިފަ ކުރެވެނީ އިޝާމްއާ އެކުގައި ހޭދަ ކުރާނެ ދިރިއުޅުމެކެވެ. ނަމަވެސް އެއީ ދެން ވެދާނެ ކަމެއް ހެއްޔެވެ؟ އެހެން މީހެއްގެ ދަރިއަކާ އެކު އިޝާމްއަށް ނައިހާ ގަބޫލު ކުރެވިދާނެ ހެއްޔެވެ؟

އެ ހިސާބަށް ވިސްނުން ދިޔުމާ އެކު އެ ފަދަ ޚިޔާލުތައް ހިތުން ނެރެލަން ނައިހާ މަސައްކަތް ކުރެއެވެ. އެހާ ހިސާބަށް ވިސްނާކަށް ނައިހާ އަދި ބޭނުމެއް ނޫނެވެ.

އަނެއް ދުވަހު ހެނދުނު ޝާލިޔާ އޮފީހަށް ދިޔަ ގޮތަށް ގަޑިއެއްހާ އިރުވެސް ނުވަނީސް ގެޔަށް އައީ އޮފީހުގައި ހުއްޓާ އަނބުރައިގަނެގެން ވެއްޓިގެންނެވެ. ހަމަ އެ ދުވަހު އެޕޮއިންޓްމެންޓް ހަދާ ޑޮކްޓަރަށް ދެއްކުމުން އެނގުނީ ޝާލިޔާ ބަލިވެ އިން ކަމެވެ. އެހެންނާ އަބަދުވެސް އެންމެންނާ ވަކިވަކީން އުޅޭ ނަވާފް އެ ދުވަހު އުޅުނީ އެންމެންނާ އެކީ އުފާ ކުރުމުގައެވެ. ދެވަނަ ކާފަ ދަރިފުޅު ލިބެން އުޅޭތީ އާދިލްއާ ނަރީމާވެސް ވީ އުފަލުގެ ކޮޅެއް ނެތެވެ. އެ ދުވަހު ގެޔަށް އައި ގޮތަށް ޝާލިޔާ އުޅުނީ ނައިހާ ކައިރީގައެވެ. ބަލިވެ އިނުމުން ވާ އެކިއެކި ކަންތަކުގެ ވާހަކަ ދައްކަން ދެ ކުދިން ނައިހާގެ ކޮޓަރީގައި ތިބި އިރު އެމީހުން ކައިރީ ލައިލާވެސް އިނެވެ.

 

ނައިހާ އާ ކޮޓަރިއަށް ބަދަލުވީ އެ ދުވަހުއެވެ. ފުރަތަމަ ރޭ އެކަނި ނިދަން އުނދަގޫ ވުމުން އެރޭ ނައިހާ ކައިރީ ނޫރާ އޮތެވެ. އަނެއް ދުވަހު ނައިހާއަށް ހޭލެވުނީ އުނަގަނޑުމައްޗަށް ތަދުވާތީއެވެ. ހޭލި ގޮތަށް ނޫރާ ކައިރީ ބުނެގެން ނަރީމާއަށް ގޮވިއެވެ. ޑޮކްޓަރަށް ދެއްކުމުން ނައިހާ ގެޔަށް ފޮނުވާލީ އެއީ އަދި ވިހަން އަންނަ ރިހުން ނޫން ކަމަށް ބުނެފައެވެ.

ނައިހާގެ ބަނޑުގައި ރިއްސަން ފެށީ އޭގެ ދެރޭ ފަހުންނެވެ. އޭރު އެ ގޭގައި އިޝާމްވެސް ހުއްޓެވެ.

ނަރީމާއާ އާދިލްއާ ނަޒްހާއާ ޝާދުއާއެކު ހޮސްޕިޓަލަށް ދާން ނައިހާ ފޭބި އިރު ސިޓިންގރޫމްގައި ނާއިލްއާ އެކު ހުރި އިޝާމް ފެނުމުން ނައިހާއަށް ހުއްޓިލެވުނެވެ. ހަމަ އެ ވަގުތު އެރި ރިހުމާއެކު ނަޒްހާގެ އަތުގައި ހިފާ ބާރުކޮށްލަމުން ނައިހާއަށް ލޯ މަރާލެވުނެވެ.

އެ މަންޒަރު ފެނުމުން އިޝާމްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. ނަޒްހާގެ ބަދަލުގައި ނައިހާގެ އަތުގައި ހިފައިގެން ހުންނަން އިޝާމް ބޭނުން ވިއެވެ. އެ ވޭނުގައި ނައިޙާއަށް އެހީވެދީ އެންމެ ކައިރީގައި ހުންނަން ބޭނުން ވިއެވެ. ނައިހާއަށް ބަލަން ހުރެފައި އިޝާމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ2 ސާދަވަނަބައި

Next

ވަޢުދު (ހަތާވީސްވަނަ ބައި)

Next
November 12, 2019

ވަޢުދު (ހަތާވީސްވަނަ ބައި)

Previews
November 10, 2019

ރާސްތާ2 ސާދަވަނަބައި

19 Comments!

  1. jiji says:
    November 10, 2019 at 8:47 pm

    Alhey I was waiting for thiss????????????????..me first dhw..kiyaafa comment eh kohlaanan ingey sis????????????❤❤❤❤❤❤

    1. Moya says:
      November 10, 2019 at 9:15 pm

      Adhis nukiyey tha

  2. Mar Sha Marsha says:
    November 10, 2019 at 8:47 pm

    Sorry for not uploading yesterday, iyye 12 rabeeul awwal kan handhaan nethuny. So here’s part 11. Kiyaalaafa comment kolladheythi ingey, n next part on Wednesday.

  3. jijj says:
    November 10, 2019 at 9:24 pm

    Wow marshaa sissyyy???..mi part vx hama superb ngey???…v kiyaa hithun indha nimuny vx???..n kiyaa hithun kiyaalevuny vx???..hehe..hope next part miah vure vx dhiguvefa adhi miah vure furihama vaane kamah??????…I really appreciate ur work ngey marsha sis..umm waiting for the next???…Lysmm❤????

  4. jiji says:
    November 10, 2019 at 9:24 pm

    Wow marshaa sissyyy???..mi part vx hama superb ngey???…v kiyaa hithun indha nimuny vx???..n kiyaa hithun kiyaalevuny vx???..hehe..hope next part miah vure vx dhiguvefa adhi miah vure furihama vaane kamah??????…I really appreciate ur work ngey marsha sis..umm waiting for the next???…Lysmm❤????

  5. Kairaa says:
    November 10, 2019 at 9:28 pm

    Alhey vv reethi mi part vx…..hama habbu….waiting for the nxt part…and whn nxt…waiting…..waiting….

  6. Maisha maii says:
    November 10, 2019 at 10:25 pm

    Wow????.. Varah reethi mi part vx. And varah salhi story gendhaa goiy vx. Next part kiyaalaa hithun mihaaru vx mihiree. Ekam Wednesday ah wait kuraanan❤❤❤❤

  7. SARAH says:
    November 10, 2019 at 10:48 pm

    Its ok …… V reethi mi part vx♥️♥️♥️♥️??? ….. Waiting for next part…

  8. Kylie says:
    November 10, 2019 at 11:25 pm

    Mi part vx hama habeys ey buneveyny.???????…. Waiting fr nxt part..????….. LYSM dear sis… ??❤️??

  9. Meekkomee says:
    November 11, 2019 at 7:15 am

    Wow ??? varah reethi ingyy mi part ves??? waiting for the next part ???? lysm Marsha siss

  10. Dheenu? says:
    November 11, 2019 at 8:03 am

    Vrh salhi kiyaa hihthun indhaa nimuny nimun iru vx neygea ehaa concentrate kohgn kee…. Nexy part avahah up kuraane kamah uhmeedhu kuran nd best of luxk to you thi liyaa vahaka thakah I’m with you always… Actually i also love to write story ekm nukerey…. Marsha will you be my friend…. Kitheh yrs tha ???? Lysm…. Nd take care….

    1. Mar Sha Marsha says:
      November 11, 2019 at 6:45 pm

      Hi dear, liyaa hiy vaa nama hama liyan fashaa, kerigen kuriah dhey, InshaAllah kaamiyaabu vaane. N friend rqst eh fonuvaalaa fb in

  11. Eekko says:
    November 11, 2019 at 8:05 am

    Kuriyah vuren dhn in lart dhigu kohlahchey eyrun hama habeyse ??

  12. samra says:
    November 11, 2019 at 12:21 pm

    Wow.. sis hadha molhey Masha Allah..vvv reethi mi part ves??

  13. Mar Sha Marsha says:
    November 11, 2019 at 6:47 pm

    Thank u every one, v ufaa vey comments kiyaalaafa, vaahaka kuriah dhaa goiy rangalhu dho, plz keep reading n commenting ???❤️❤️❤️

    1. Maisha maii says:
      November 11, 2019 at 8:48 pm

      Yh… Vaahaka kuriyah dhaa goiy hama best.????? Mai enme favourite story thakuga mi story himeney???????… Vaahaka up veytho konme dhuvahaku vx beley???… I really love this story????… And Marsha haadha molhey?????… Mihaaru vx mihiree vaahaka next part kiyaalaa hithun kehmadhu vefa???

  14. Dheenu? says:
    November 11, 2019 at 8:31 pm

    Yes vahaka kuriuah dhaa goii hama best…. Marsha vx best ey dhn ehnma vahaka dhaany vx best koshehnu dhw ☺️…. ???

  15. Yanaa says:
    November 12, 2019 at 8:53 pm

    Varah varah reethi.????maa sha allah?????Curiously waiting for the next part???

  16. Haaaaa says:
    November 13, 2019 at 6:42 am

    Miadu kihaa irakun next part up kure veyny………………. Kiyaa hitun Kihaadera vefa…………….. Marsha Sis avahah next part up kohla dehchey…………..

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 12←


All Right Reserved!