Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެރޭ ލިބުނު ފިނިފެންމާ – 8

Reesh Level 110 Stories
April 11, 2013 3 Mins Read
10 Comments

” ރާއިން އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ” ނާލީ ބޭނުންވަނީ އެވިޔާނުދާ ނާފިޒު އަކީ އެއީ ކަން ރާއިން އަށް އަންގާށެވެ.
” ރާއިން ނާ.. ނާފިޒު” ނާލީ އަށް ނާފިޒު ގެ ނަންވެސް ބުނެވުނީ އެހާ އުނދަގުލުންނެވެ.
” ކީކޭ ނާފިޒު އަނެއްކާ ކީއްކުރީ… ނާލީ ބުނޭ ”
” ރާއިން ނާފިޒު އަކީ……….. ” ނާލީގެ ޖުމްލަ ފުރިހަމަ ކުރެވުމުގެ ކުރިން ރާއިންގެ ފޯން ރިންގުވާން ފެށިއެވެ.
ފޯނު ބޭއްވުމަށްފަހު ރާއިން ބޭރަށްދާން ތައްޔާރު ވިއެވެ.
” ދޫނީ. ވަރަށް މުހިއްމު ކަމެއް ޖެހިގެން މިދަނީ. ދެން އެ ނާފިޒު މަތިން ހަނދާން ނުކުރޭ އެއްގޮތަކަށްވެސް. ފަހުން އަހަރެން އައިސްފަ އެވާހަކަ ދައްކާނީ އިނގޭ ” ނާލީ އަށް އިތުރަށް އަލުން އެވާހަކަ ފައްޓާކަށް ނުކެރުނެވެ. އެކަމަކުވެސް ކޮންމެ ގޮތަކުންވެސް މިރޭ ރާއިން އަށް އެކަން އޮޅުން ފިލުވަދޭން ނާލީ ނިންމިއެވެ.
ރާއިން ދިއުމުން ނާލީ ނުކުތީ ފެންފުޅިއެއް ބަލައެވެ. އާދައިގެ މަތީން ރޭގަނޑުގެ ވަގުތު ތަކުގާ ގޭތެރޭ އަބަދުވެސް ވަރަށް ފަޅުވާނެއެވެ. ފެންފުޅި ހިފައިގެން ކޮޓަރިއަށް ދިޔަ ވަގުތު ސިޓިންގ ރޫމްގަ ތިބި ފަޒީލާމެންގެ އަޑު ނާލީއަށް އިވުނެވެ. ނާފިޒު އިށީނދެ އިންގޮތުން ރީތިކޮށް ނާލީ ފެނެއެވެ. އެކަމަކު ފަޒީލާ އަކަށް ނާލީ އެއް ނުފެނެއެވެ.
” އަހުމަދު ކީއްވެތަ އަބަދު އަހަންނާ ތިހާ ދުރުގަ ތިއުޅެނީ. އަހަރެންވެސް ދެރަވެއޭ ” ފަޒީލާ ޝަކުވާ ކޮއްލިއެވެ.
” ފަޒީ ދެން ތިހާ ޝަކުވާ ނުކޮށްބަލަ. އެބައޮތޭ ވަރަށް އުފާވެރި ހަބަރެއްވެސް ” ނާފިޒު ލާނެއް ގޮތަކަށް ނާލީ އަށް ބަލާލަމުން ފަޒީލާ އާ މުހާތަބް ކޮށް ބުނެލިއެވެ. ނާލީ އަށް އެކަން އެނގުނުވެސް މެއެވެ.
” އަހަރެން މިހާރު ނިންމައިފިން އެއްކޮށް ދެން ފަޒީ ކައިރި ހުންނަން. އެކަމަކު ފަޒީއަށްވެސް އިނގެއެއްނު ހާނިސާ ވަރިކުރެވެން ނޯންނާނެކަން. އެއީ އެކަނިމާއެކަނި ހުރި މީހެއް. އަހަރެން އެކަމަކުވެސް ލޯބިވަނީ ފަޒީ ދެކެ. އެކަމަކު އިންސާނިއްޔަތަށްޓަކާވެސް އަހަރެން ބޭނުން ހާނިސާ އަށް އެހީތެރިވާން. އެހެން މީހަކަށް ދެރައެއް ދީފަ އަހަރެން ވަކި ކިހިނެތް އުފަލުގަ އުޅޭނީ. ” ނާފިޒު ހުރިހާ ކަމެއް އޮޅުވާލަމުން ދިޔައީ އޮމާންކަމާ އެކުއެވެ. ނާފިޒުގެ ހަގީގަތް ނޭނގޭ މީހަކު ހީކުރާނީ އެއީ ހާދަ ރަނގަޅު މީހެއް ކަމަށެވެ.
” އިނގެއޭ. އެހެންވެއޭ އަހަރެން އަހުމަދު ދެކެ އެހާ ލޯބިވަނީ ވެސް. ދެން މިކޮޅުގަ އެއްކޮށް ހުންނަން ނިންމީމަ އަހަރެން ވަރަށް އުފާވެއްޖެ ” ފަޒީ އަހުމަދު ގެ އަތުގަ ހިފާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ނާލީ އިތުރަށް އެތާ މަޑުކުރަން ނަހަދާ ދިޔަ ގޮތަށްގޮސް ވަނީ އަމިއްލަ ކޮޓަރި އަށެވެ.
ކޮޓަރިއަށް އައި ނަމަވެސް ނާލީއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހައްތަހާވެސް ވިސްނެނީ ނާފިޒުގެ ވާހަކަ ދައްކާނެ ގޮތަކާ މެދުއެވެ. ކޮންމެ ގޮތެއްވިޔަސް ރާއިން އަށް ކިޔާދޭން ނާލީ ބޭނުމެވެ.
ރާއިން ކޮޓަރިއަށް ވަން އިރުވެސް ނާލީ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ނާލީގެ މޫނުމަތިން އޭނަ ހާސްވެފަ ހުރިވަރު ރާއިން ދެނެގަތެވެ. ރާއިން ފެނުމާއެކު ނާލީ އައިސް ރާއިންގައިގަ އޮޅުލައިގަތެވެ.
” ހޭ ދޫނީ. ކިހިނެތްތަވީ. ޕްލީޒް ބުނެބަލަ ” ރާއިން ނާލީގެ މޫނުގަ ދެއަތުން ހިފަހައްޓާލަމުން އަހާލިއެވެ.
” ރާއިން.. އާދެބަލަ އަވަހަށް ތިރިއަށް ” ފަޒީލާގެ ހަޅޭކުގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ތިރިއަށް ދާން ދުއްވައިގަނެވުނީ ވީގޮތެއް ނޭނގޭތީއެވެ. ތިރިއަށް ފޭބުމާއެކު ފެނުނީ ސިޑިން ތިރިއަށް ވެއްޓިފަ އޮތް އާރިފާ އެވެ. އާރިފާގެ ނިތްކުރި ވަނީ ފަޅައިގެން ގޮސްފައެވެ. ފައިބަމުން ދިޔަ ލޭގެ ސަބަބުން އާރިފާގެ މޫނު ލެއިން ފޯވަމުން ދިޔައެވެ.
” މަންމާ ” ރާއިން އަށް ވީގޮތްވެސް ނޭނގުނެވެ. ނާލީއަށްވެސް ވީ އެވަރެވެ.
” ފަޒީ އަވަހަށް ހިނގާ މަންމަ ހޮސްޕިޓަލަށް ގެންދަން. އެންބިއުލެންސް އަށް މަޑުކޮށްގެން ނުވާނެ މިކަމެއް ” ނާފިޒު ހީވަނީ ރަނގަޅުކަމުން އެހެން ކަމެއް ހެންނެވެ. މަންމަ ނަގާ އަތްދަނޑި މައްޗަށް ލައިގެން ޓެކްސީ އަށް އެރުވިއެވެ. ނާލީ އާ ރާއިން ދިޔައީ ސައިކަލް ގައެވެ.
އެމަޖެންސީ ރޫމުގަ އޮތް އާރިފާ ގާތު އެންމެން ތިއްބެވެ. ނަސީބަކުން މާބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ. ނިތްކުރިން ފަޅައިގެން ދިޔަ ތަނުގަ ވަނީ ބޭސްއަޅާފައެވެ. ކަނާތު ފަޔަށްވެސް ވަނީ ތަދުވެފައެވެ. ދުވަސްކޮޅަކު އަރާމް ކޮއްލުމުން ރަނގަޅުވެދާނެ ކަމަށް ޑޮކްޓަރ ބުނުއްވިއެވެ.
މަންމަ ގޮވައިގެން އެންމެންނަށް ގެއަށް އާދެވުނު އިރު ދޭއްޖަހާ ބޮޑުވެއްޖެއެވެ.
” މަންމާ ކީއްވެތަ ވެއްޓުނީ ” ރާއިން އަހަން ބޭނުންވެފަ ހުރި ސުވާލު އަހާލިއެވެ.
” އެނދުގަ އޮށޯންނަމުން އާރިފާ ބުންޏެވެ.
” ނޭނގެ މަންމަ ފައި ހަމަ ކައްސާލީ. ދެން މިކަމާ ނުވިސްނާ ދޭ ތިކުދިންވެސް ދޭނިދާލަން. އެކަމަކު މަންމައަށް ވަރަށް ރަނގަޅު ނާލީ ދަރިފުޅު މަންމަ ކައިރި މިރޭ ނިދާލަން އޮތިއްޔާ. މިފަޔަށް ވަރަށް ތަދުވޭ އެހެންވީމަ ” އާރިފާ އެދުނު އެދުމަށް ނާލީ ވަގުތުން އެއްބަސްވިއެވެ.
” ރާއިން ދޭ ނިދާލަން. އަހަރެން މަންމަ ކައިރި މިރޭ މަޑުކޮށްލާނަން ” މިހުރިހާ ކަމެއް ހިނގަމުން ދިޔަ ވަގުތުވެސް ނާފިޒުގެ ދެލޯ އަބަދުވެސް އަމާޒު ކުރެވިފަ ވަނީ ނާލީ އަށެވެ.
މިވަގުތު އަނެއްކާ ރާއިން އާ އެވާހަކަ ދެއްކުން ރަނގަޅުވާނެ ކަމަށް ނުފެންނާތީ ނާލީ ވެސް އޮށޯތީ އެވެ.
ހުކުރު ދުވަސްކަމުން ނާލީ އާ ފަޒީލާ އާ ދެމީހުން ތަންކޮޅެއް އަވަހަށް ހޭލިއެވެ. ސައިގެ ކަންތައް ނިންމާލުމަށްފަހު ރާއިން އާ އަހުމަދު އާ ދެމީހުން ދިޔައީ މަސްކޮޅެއް ހޯދާލާށެވެ. އެހެންކަމުން ނާލީވެސް އުޅުނީ ކޮޓަރި ތެރެ ސާފުކޮށްލާ ހަމައަކަށް އަޅުވާލާށެވެ.
ނާލީ ކިތަންމެ ރީތިކޮށް ކޮޓަރި ތެރެ ބެލެހެއްޓި ނަމަވެސް ރާއިން ހުންނާނީ އެއްޗެއް ޖެހުނު ތަނަކަށް އުކާލާފައެވެ. އަބަދު ޖެހޭނީ ތަރުތީބު ކުރާށެވެ. ކޮޓަރި ސާފު ކުރަމުން ދިޔައިރު ނާލީގެ ހިތަށް ނާފިޒުގެ ލާނެއްބެލުން ތަސައްވުރު ކުރެވެމުން ދިޔައެވެ. ނާފިޒުގެ ނުބައި ވިސްނުމުގައި ރަނގަޅަށްވިއްޔާ ކޮންމެވެސް ރޭވުމެއް ވާނެ ކަމެވެ. ނޫނީ އަނެއްކާ ނާލީއަށް ހީވާގޮތް ބާވައެވެ. ނާފިޒުގެ އުޅުން ބަދަލުވެދާނެ ބާވައެވެ. ނާފިޒު ހަގީގަތުގަވެސް ފަޒީލާ ދެކެ ލޯބިވަނީ ބާވައެވެ. އެހެންކަމަށްވާނަމަ ނާލީ ދައްކާ ވާހަކައެއްގެ ސަބަބުން ފަޒީލާގެ ދިރިއުޅުން ހަލާކުވެދާނެ ބާވައެވެ. ވިސްނި ވަރަކަށް ނާލީއަށް ހަދާނެ ގޮތް ހުސްވަމުން ދިޔައެވެ. ރާއިން ގާތު ބުނެފިއްޔާ މަޑަކުން ނުހުންނާނެކަން ނާލީއަށް އިނގޭތީއެވެ. ފަހަރެއްގަވެސް ނާލީގެ ސަބަބުން މިއާއިލާގެ ހަމަޖެހުން ގެއްލޭކަށް ނާލީ ބޭނުމެއް ނޫނެވެ.
ނާލީ މެންދުރަށް ކެއްކުމުގެ މަސްއްކަތުގައި މަސްއޫލުވެގެން އުޅެމުން ދިޔައެވެ. އާރިފާ އޮތީ ކޮޓަރީގަ އޮންނަން ޖެހުމުން ފޫހިވެފައެވެ. އެކަމަކުވެސް ނާލީގެ ގޮތް ދޫނުކުރުމުގެ ސަބަބުން އާރިފާ އަށް ޖެހުނީ ގޮތްދޫކޮށް އަރާމް ކުރާށެވެ. ނާލީ ކަހަލަ ދަރިއަކު ލިބުނީތީ އާރިފާ އިންތިހާ އަށް އުފާ ކުރެއެވެ.
އާއްމުކޮށް ކޮންމެ ހުކުރު ދުވަހަކު ރާއިން ވިލިގިއްޔަށް ދާނެއެވެ. އޮފީސް ކުދިންނާއެކު ވޮލީ ކުޅުމަށެވެ. އެހެންކަމުން ނާލީވެސް ފެންވަރާލާ ރީތިވެލައިގެން ސިޓިންގރޫމް ގަ އިށީނީ ޓީވީ ބަލާލާށެވެ. ނާފިޒު މިގޭގަ އުޅުނު ނަމަވެސް ނާފިޒުގެ ފަރާތުން އުނދަގުލެއް ކުރިމަތި ނުވާތީ ނާލީ ގެ ވިސްނުމަކު އެކަމެއް ނެތެވެ. އާރިފާ އަށް ނިދިފަ އޮތުމުންނާއެކު ނާލީ އިނީ ވަރަށް ފޫހިވެފައެވެ.
ކުއްލިއަކަށް ނާލީ ސިއްސައިގެން ދިޔައީ މީހަކު ލޯމަތީ އަތްއެޅުމުންނެވެ.
( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

އެރޭ ލިބުނު ފިނިފެންމާ – 7

Next

ހިތް އަދު ރޮނީއޭ ނުދާށޭ – 19 ވަނަ ބައި –

Next
April 13, 2013

ހިތް އަދު ރޮނީއޭ ނުދާށޭ – 19 ވަނަ ބައި –

Previews
April 10, 2013

އެރޭ ލިބުނު ފިނިފެންމާ – 7

10 Comments!

  1. isha says:
    April 12, 2013 at 11:39 am

    ައަޅޭ ނާލީ އަށް ގޮތެއް ނަހަދައްޗޭ…..

  2. އިނާ says:
    April 13, 2013 at 1:08 am

    ވާހަކަ ވަރަށް އިންޓްރެސްޓިން

  3. މަޒީ says:
    April 13, 2013 at 1:27 am

    އަޅޭ ނެކްސްޓް ޕާރޓް އަވަހަށް އަޕް ކޮށްށް ދީބަ..

  4. ރަޒްނާ says:
    April 13, 2013 at 1:36 am

    ވަރަށް ވަރަށް އިންޓްރެސްޓިން. ކާންޓް ވެއިޓް ފޮރ ދި ނެކްސްޓް ޕާރޓް. އަވަހަށް އަޕްކޮށްދީބަ ޕްލީސް…

  5. admin says:
    April 13, 2013 at 8:51 am

    ވާހަކަ ވަރަށް ސަޅި 🙂

  6. Reesh says:
    April 14, 2013 at 9:12 am

    އިޝާ، އިނާ، މަޒީ، ރަޒްނާ އެންޑް އެޑްމިން އަށް ވަރަށް ބޮޑައް ތެންކިޔު

  7. ނަޒާ says:
    April 14, 2013 at 2:25 pm

    ނެކްސްޓް ޕާރޓް އަވަހަށް އަޕް ކޮށްށް ދީބަ..

  8. Anonymous says:
    September 11, 2013 at 4:00 pm

    ރީތި ވަރަށް

  9. mai says:
    September 22, 2017 at 4:38 pm

    nice

  10. shaa says:
    January 19, 2018 at 6:16 pm

    Gud

Comments are closed.

Next Episodeއެރޭ ލިބުނު ފިނިފެންމާ – 9←


All Right Reserved!