Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ވާހަކައެއް! “ބަގީޗާ” ( 2 ވަނަ ބައި)

Ahmed Majdhee Level 1
April 21, 2013 2 Mins Read
9 Comments

(ކުރީ ބައިން ވާނުވާ ކިރިޔާ އިނގޭ ހިސާބުން ފެށިގެން)

އަހަރެން ނަގާ ސޯފާމަތީގައި ބޭއްވީވެސް އޭނައެވެ. އަހަރެން ކަޅި ޖަހައެއްނުލަމެވެ. އޭނަގެ މޫނަށް ބަލަހައްޓައިގެން އޮތުމުން ލިބެމުންދިޔަ ހިތްހަމަޖެހުމުގެ މަސްތުގައި އަހަރެން މުޅި ޖާން އޭނާއާއި ހަވާލުކޮށްލައިގެން އޮތީއެވެ.

އިސާހިތަކު، އޭނަ އަހަރެންގެ ނެޕީ ބަދަލުކޮށްލިއެވެ. އަހަރެންވެސް، މަންމަވެސް، ބޭބެވެސް، ގޭގަ ގެންގުޅޭ މަރީތާވެސް ، އަހަރެންގެ ބުޅާވެސް އޮތީ ހަމަހައިރާންވެފައެވެ. ބުޅާގެ މޫނަށް ބަލާލިއިރު ސިފަވެގެންދިޔައީ އަހަންނަށް ކުރެވެމުންދިޔަކަހަލަ އިހުސާސެއް އެއަށްވެސް ކުރާހެންނެވެ. މުޅި މޫނުގެ ހައިރާންކަމުގެ ކުރެހުން ހުރީ އެގޮތަށެވެ.

މަރީތާ ގެ މޫނަށް ބަލާލިއިރު އޭނާގެ މޫނުމަތިން ފެންނަށް ހުރީ ފަސޭހަ ގޮތްތަކެއް އޭނާގެ ބުރަ ދިރިއުޅުމަށް އަންނަން އުޅޭ ކަމުގެ އިހުސާސެއް އޭނާ ކުރަމުންދާކަމެވެ. މަންމަގެ މޫނަށް ބަލާލިއިރު މަންމަގެ މުޅި ދިރިއުޅުމުގައިވެސް ނުލިބިގެން އުޅުނު އަންހެން ދަރި ކުރިމަތީގައި އިންދަ ފެނުނުކަހަލަ އިހުސާސެއް ކުރާކަން އިނގެއެވެ.

ބޭބެގެ މޫނު މަތިން ފެނުނީކީ އަހަރެންނަށް އެހާ ހިތްފަސޭހަ މަންޒަރެއް ނޫނެވެ. ޔަޤީންކަމާއި އިތުބާރެވެ. މުސްތަޤުބަލަށް ހާއްސަ ކުރެހުމެއް ސިކުނޑީގައި ކުރަހަމުންދިޔަ ކަހަލައެވެ. އާއެކެވެ. އެއްކަލަ އޭނަ އަށް ބޭބެވެސް ހިތް ކިޔައިފިކަން އަހަންނަށް ޔަޤީންވިއެވެ.

ކޮންމެއަކަސް “ކުރިން ފަހުން، ފަހުން ކުރިން” ގޭމް ނަމަ ބޭބެ ޖެހޭނީ އެވިސްނުމާއި ދުރަށްދާށެވެ. އެހެނީ އަހަރެން އެއްކަލަ އޭނަޔާއި ގަޔާވީ “ފުރަތަމަ ނަޒަރުން”ނެވެ. އަހަރެން ނެގީ “ކުރިން”ނެވެ. ބޭބެގެ މޫނަށް އެކުލަވަރުތަށް މިއައީ ނެޕީ ބަދަލުކުރުމަކުންނެވެ. އެހެންނޫނަސް ހަމަ ނެޕީއެއް ބަދަލުކޮށްލާގޮތަކުން، މީހެއްގެ ވައްޓަފާޅިއެއް، މިޒާޖެއް ނުވަތަ ކަންކުރަން ދަންނަމިންވަރެއް ނޭނގޭނެއެވެ. ހަމަ ހެޓިކިޔާފަ އަހަރެން ދެއަތަށް ފުރޮޅުނުނަމަ އެހާފަސޭހައިން ނެޕީ ބަދަލުކުރާކަށް ނުކެރުނީހެވެ. އެއިރުން ބޭބެގެ މޫނުމަތިން އެކުލަތަށް އަހަރެންނަށް ނުފެނުނީހެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ. ވެވުނު އިޝްޤުގެ މަސްތެއްގައި ގައިބާރު ދޫވެފައި އަހަންނަށް އޮވެވުނީއެވެ.

އަހަރެން އުރާލައިގެން މަންމަދިޔައީ މައްޗަށެވެ. ކޮޓަރީ އެނދުމަތީގައި އިށީނުމަށްފަހު ބާލީހެއް މައްޗަށް އަހަރެންލައި ދެކޮޅަށް ހަލުވަމުން ” ހޫންންން… ހޫންންން” އޭ އެކި ޒާތްޒާތަށް ކިޔަމުންދިޔައެވެ. މީގެ ކުރިންނަމަ އެއީ ނާނާއެވެ. އެހެނަސް ދެންމެ ފެނުނު އެ ޖިންސުއްލަތީފަށް ހިތްކީވަރުން އަދިވެސް ހަމަ އޮވެވުނީ ސިކުނޑިތެރެއަށް އޭނަލައި ފިއްތައިގެންނެވެ. ސިކުނޑި ކުޑަކަމުން މާގިނަ މީހެއް، ކަމެއް ،ވެއްދޭކަށް ޖާގައެއްނޯވެއެވެ.

މާގިނައިރުތަކެއްނުވެ ފެންނަންފެށީ ޗާލޫ ރީތި ނަލަ ހިތްގައިމު ބަގީޗާއެކެވެ. ގަސްތަށް ފުރިފައިއެވާ ރީތި ބަގީޗާގެ އެއްމެ ރީތިކަން ޔަގީން ކޮށްދެނީ މެދުގައި އެވާ ފެން ކޯރުންނެވެ. އެކި ޒާތްޒާތުގެ މާތަށް، އެކި ގަސްގަހުގައި ނިކަން ފަރިކޮށް ވާތީ ފެނެއެވެ. ގަސްގަހުގެ ފަތްތަކުގައިވާ ޝަބުނަމް ތިކިތަކަށް އިރުގެ ދޯދިތަށް އެޅި އެނބުރިދާ ގޮތުން މުޅި ބަގީޗާ އޮތީ ދިއްލާލައިފައެވެ. އެއްކަލަ ފެންކޯރުތޯއެވެ. ދައުރުވަމުންދާ ފެން އުފެދިގެން އެހެރަ އަންނަނީ ތަންކޮޅެއްދުރުން އުފެދިފައިވާ އާރަކުންނެވެ.

މިހިތްގައިމުކަން އިތުރަށް ސިފަކޮށްދޭހާއަހަރެން ކެތްގަދައެއްނޫނެވެ. ބަގީޗާތެރެއަށް ވަދެގަތީމެވެ. ފޮޅިފައިހުރި މާތަކުން ދުވާ މީރުވަހުން މުޅި ސަރަހައްދު އޮތީ އެއްވަސް ކޮށްލާފައެވެ. މަޑުމަޑު އަރާމު ނޭވާތަކެއްލަމުން އަހަރެން ކުރިޔަށްދިޔައީ ބިންމަތީގައި ހެދިފައިހުރި ކެހެރިތަކެއްފަދަ ވިނަތަށް މަތީގައެވެ.

ދުރުން ހިލަމެއްވެގެން ކޯރުގެ އައްސޭރިން އަހަރެން ހިނގަންފެށީ އެ ހިންވި ދިމާއަށެވެ. ގަހެއްގެ ނިވާފިލަންފެށިއިރު ފެނިގެންދިޔައީ އެއްކަލަ އޭނައެވެ. އޭނަ އިނީ ކޯރުގެ ފެންގަނޑާ މަޑުމަޑުން ކުޅެލަކުޅެލައެވެ. އަހަރެން ހުރިކަމެއް އޭނަޔަކަށް ނޭގެނއެވެ. އަހަރެންގެގަޔަށްފިނިގަނޑެއް އަރައިގަތެވެ. އޭނަޔާ ކައިރިއަށް ދާނީތޯ، ނޫނީ އެމަންޒަރު ބަލަން ދުރުގަ ހުންނާނީތޯ ވިސްނަންހުރެފަ، ނިންމުނީ އޭނަ ކައިރިއަށް ދާށެވެ. މަޑުމަޑުން ގޮސް އޭނަފަހަތުން އިށީނީމެވެ.

ސިއްސައިގެން ދާކަހަލަގޮތަކަށް ތެޅިގަނެފަ އޭނަ އަހަންނަށް ބަލާލިއެވެ. ލައިގެން އިނީ ތުނި ހެދުމެއްކަން ޔަގީންވީ އޭނަ އެނބުރިލި ވަގުތުގައެވެ. އަހަރެންގެ ނަޒަރުގައި އެކަން ހުއްޓުންއެރި ވަގުތުކޮޅެއްދިޔައެވެ. އެހެނަސް އުމުރުގެ ގޮތުން މާބޮޑުވަރެއް ވިޔެކޭ ނުބުނާނަމެވެ.

ދެންއައި ވަގުތުތަކުގައި، މިކަހަލަ މާހައުލެއްގައި މިކަހަލަ ހާލަތެއްގައި މިފަދަ ރީތި ކުއްޖަކާއި އެކު ވަގުތު ހޭދަކުރާނެގޮތް ނޭނގޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ކުރިންވެސް ފާހަގަކުރިގޮތަށް ލޯބީގެ ވާހަކަތަކުގައި މިފަދަ ހާލަތްތައް އައުމުން ދެލޯބިވެރިން ކުރާ ހަމަ ވަރަށްގިނަކަންތައްތައް އެދިޔަ ވަގުތު ތަކުގައި ހިނގިއެވެ. މިކަންކަން ބޮޑަށް ރަނގަޅުވާނީ އަމިއްލައަށް ސިފަކޮށްލިއްޔާއެވެ. އެހެނަސް އަހަރެންގެ އުމުރުގެމަތިން ހަނދާންނައްތާ ނުލައްޗެވެ.

ދެންއިވެންފެށީ ބަޑި ޖަހަންފެށިއަޑެވެ. އެކިދިމަދިމާލުން ޖަހަމުންދިޔަ ބަޑީގެ އުންޑަތަށް އެކިފަހަރު އަހަރުމެންދެމީހުންގެ ކައިރިންދާ އަޑުވެސް އިވެއެވެ. ގަންނާންކުރެއްވި ބިރުން ދެމީހުން ދުއްވައިގަތީމެވެ. ހޭލެވުނީ ގަޑަގަޑަ އަޅާފައި ދުވަނިކޮށެވެ.

ހޭލައި ބަލާލިއިރު ބޭބެ އިނީ އަހަރެންގެ ގޭމް އަޅުވައިގެން ކުޅޭށެވެ. އަރައިގަތް ރުޅިން ދަތްކުނޑި ވިކާލިގަޑިގައި ނެޕީއަށް ދުއްވާލެވުނީ ދިގު ހީހެކެވެ. (ނުނިމޭ)

Tags:

މަޖާލޯބި

Share Article

Follow Me Written By

Ahmed Majdhee

Level 1

I can be my self as long as you are your self

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 11

Next

ހަޔާތް (ތިންވަނަ ބައި)

Next
April 21, 2013

ހަޔާތް (ތިންވަނަ ބައި)

Previews
April 20, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 11

9 Comments!

  1. Rose says:
    April 21, 2013 at 1:28 pm

    ހީހީ ހަލާކު…. އިބާރާތް ކޮށްފަ އިން ގޮތް ވ ވ ވ ރީތި…

  2. ޓާއީ says:
    April 21, 2013 at 3:19 pm

    ާއާޗާ… ލޯބި…..

    1. news says:
      September 23, 2014 at 8:15 am

      That’s an inventive answer to an interesting question

    2. affordably within says:
      September 24, 2014 at 8:54 pm

      Haha, shouldn’t you be charging for that kind of knowledge?!

  3. ސަޅި says:
    April 21, 2013 at 5:29 pm

    ވަރަށް ކްރިއޭޓިވް..

  4. ކާކު.... says:
    May 22, 2013 at 11:47 pm

    ހަމަ ހަބޭސް……

  5. ލިލީ says:
    August 18, 2013 at 5:18 pm

    ހަހަހަހަ…ހަމަ ހެވެނީ

  6. mysterious girl says:
    April 21, 2014 at 7:36 pm

    hehe
    mashahves hees levijje

  7. friend says:
    December 20, 2014 at 1:48 pm

    va nuva hama eh gothakah ves ney ge. ekamu faHu peragraph vara maja he he halaaku vi. no halaaku vi name mi comment nukure vey ne. dhoa

Comments are closed.



All Right Reserved!