Skip to content
އެސްފިޔަ

ލޯބި ލިބުމުން….

“ދަރިފުޅާ މާހިން…ތެދުވެބަލަ…”

ޒަރީނާ މާހިން އަަށް ގޮވަމުން ގޮސް މާހިންގެ ކޮޓަރީގެ ދޮރުފޮތިގަނޑު ކަހާލުމަށްފަހު އައިސް މާހިންގެ ގައިމަތީ އޮތް ރަޖާގަނޑު ހިއްލާލިއެވެ. އެވަގުތު ކޮޓަރިތެރެއަށް އެޅިފައިވާ އިރުގެ އަލި މާހިންގެ މޫނަށް އެޅުނެވެ.އަޅެ މަންމާ…ކުޑައިރުކޮޅެއް…ޕްލީޒް…އިރުކޮޅަކުން މި ތެދުވަނީއޭ.. ނިދާހޭލައިގެން އެނދުމަތީ އރުކޮޅާކު އޮވެފައި ނޫނީ މާހިން ނުތެދުވާނެއެވެ.އެއީ މާހިންގެ އެންމެ ކުޑައިރުއްސުރެ ވެސް އާދައެވެ. އެހެންކަމުން ޒަރީނާވެސް އޭނާގެ ފިރިމީހާ އޮފީހަށް ދިއުމުގެ ކުރިން ސައި ތައްޔާރު ކުރުމަށް ދިޔައެވެ.

ޒަރީނާ އަކީ މާލޭގެ ތަނަވަސް އާއިލާއެއްގެ ދެމަފިރިއަކަށް ލިބިފައި ހުރި ހަމައެކަނި ދަރިއެވެ. ޒަރީނާ އާއި ނިހާން ކައިވެނި ކުރިތާ އަހަރެއް ވެސް ނުވަނީސް ޒަރީނާގެ މަންމަ އާއި ބައްޕަ އިންޑިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ނިޔާވިއެވެ. އެއަށްފަހު ޒަރީނާގެ މައިންބަފައިން ގެ ވިޔަފާރި އާއި ހަވާލުވީ ޒަރީނާއެވެ. އަދި މިއަދު މުޅި ރާއްޖެއަށް މަޝްހޫރު އެއްވަނަ ކުންފުނީގެ ގޮތުގައި އެވަނީ ޒަރީނާ އާއި ނިހާންގެ ބުރަ މަސައްކަތުންނެވެ.

ޒަރީނާ އަކީ ކިތަންމެ މުއްސަދި ނަމަވެސް އެކަމާ ބޮޑާވެ ކިބުރުވެރިވާ މީހެއް ނޫނެވެ. ގޭތެރޭގެ މަސައްކަތަށް ނޯކަރުން ލާފައި ތިބި ނަމަވެސް ޒަރީނާ އަކީ އޭނާގެ ފިރިމީހާގެ ކަންކަން ނޯކަރުންނަކަށް ނުޖައްސައެވެ. އެހެންކަމުން މިއަދުވެސް ނިހާން އޮފީހަށް ދިއުމުގެ ކުރިން ސައި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. އަދި ނިހާން ސައިބޯން އައުމުގެ ކުރިން ސައި ހަދާ ނިންމާލިއެވެ.

އެއަށްފަހު ނިހާންގެ ގާތުގައި ސައިތައްޔާރު ކޮށް ނިމުނުވާހަކަ ބުނެފައި އަނެއްކާވެސް މާހިންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ޒަރީނާއަށް އެ ކޮޓަރިއާއި ހަމައަށް ނުދެވެނީސް މާހިން ކޮލެޖަށްދާން ތައްޔާރުވެގެން ނިކުތެވެ.

ތިންމީހުން އެކުގައި ސައިބޮއެ ނިމިގެން ނިހާން އޮފީހަށް ދިއުމަށްތަކައި ގެއިން ނިކުތެވެ. މާހިން ވެސް އޭނާގެ ބައްޕަގެ ފަހަތުން ކޮލެޖަށް ދާންވެގެން ނިކުތެވެ.

މާހިން އޭނާގެ ސައިކަލު ޒޯންގައި ޕާކް ކުރުމަށް ފަހު ކޮލެޖާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކޮލެޖު ދޮރުމައްޗަށް ޓެކްސީއެއް އައިސް މަޑުކޮށްލިއެވެ. އެ ޓެކްސީއިން ފޭބި ކުއްޖާއާއި ދިމާއަށް މާހިން ހައިރާން ކަމާއެކު ބަލަހައްޓައިގެން ހުރެވުނެވެ.

Comments (5)

  1. ޓާއީ

    ސަޅި

  2. ޓިންކަރ

    ރީތި ވާނެހެން ހީވަނީ… އެކަމް އަނެއް ޕާރޓް އަޕްވާނީ ކޮންއިރަކުބާ؟؟؟؟

  3. july

    vaahaka mihaa hisaabun nimuny tha…..

  4. mys and mahoo

    Very nice

  5. Jeyz

    I gave the first like to u akurym

Comments are closed.