ޑައިރީ….. 01 ( އެއްވަނަބައި )
ހަމަދެންމެ އެއިވުނީ ގަޑިން މެންދަމު ބާރަޖެހި އަޑެވެ. ވިރާޝާ އަކަށް ނުނިދުނެވެ. އޭނާ ނިދޭތޯ ވަރައްމަސައްކަތް ކޮށްފިއެވެ. އެކަމަކުވެސް ކާމިޔާބުވާ ގޮތެއްނުވިއެވެ. ރަތްކުލައިގެ ފަނޑު އައްޔެއް ކޮޓަރިއަށް ވެރިވެފައި ވުމުގެ ސަބަބުން އިތުރަށް ވިރާޝާގެ ހިތް ބިރުގަނެ ހާސްކުރުވާފައިވެއެވެ. އޭނާ ބޯ އަޅައިގެން އޮތް ބާލީސް ވަނީ ތެމި ފޯވެފައެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު މުޅި ކޮޓަރި ތެރެއަށް ފެތުރިފައި ވެއެވެ. ވިރާޝާ ރޮއިރޮއި ހަލާކުވާން ކައިރިވެއްޖެއެވެ. އޭނާގެ ހިތް ހަލާކުވެއްޖެއެވެ. ސިކުނޑި ވަނީ ވަރުބަލިވެފައެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ.
ސަމާހަކީ ވަރަށް ގޮތެއްނެތް މީހެކެވެ. އެއީ ބޭވަފާ ތެރިއެކެވެ. ފަހަރެއްގައިވެސް އަހަރެންނަށް މިފަދަ ލަނޑެއް ދީފާނެކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. ކުރާނެ ކަމެއްނެތެވެ. އޭނާ ލޯބިވީ އަހަރެން ދެކެއެއްނޫނެވެ. މުދަލާއި ފައިސާ ދެކެއެވެ. އެކަމަކު އަހަރެން އޭނާދެކެ އިންތިހާއަށް ލޯބިވީމެވެ. ހިތާއިފުރާނައިންނެވެ . ނަމަވެސް ސަމާހު މިކަމެއް ނުދަތެވެ. އަހަރެން ސަމާހު ބުނިނަމަ ބުނިކަމެއް ކުރީމެވެ. އޭނާގެ ދުލުންބުނި ކޮންމެބަހެއް އަހަރެން ތެދުކުރީމެވެ. އެހާވެސް އަހަރެން ސަމާހުއަށް އިތުބާރުކުރީމެވެ.
އެކަމަކު މިއަދު އޭގެ އެއްވެސް އަގެއްނެތެވެ. ހުރިހާ ކަމެއް ނިމިއްޖެއެވެ. އޭނާ އަހަރެންނަށް ދެއްކީ އަވާމެންދުރެކެވެ. ލޯބިވެޔޭ ކިޔައިގެން ކުޅުނީ ޑްރާމާއެކެވެ. އެކަމަކު އޭނާގެ އެކްޓިން ހާދަމޮޅެވެ. ކުޑަކޮށްވެސް އަހަރެންނަށް ޝައްކުވިޔަވެސް ނުދިނެވެ. އެފަދަކަމަކަށް ވިސްނާލުމަށް ފަޅިސިކުންތެއްވެސް އޭނާ އަހަރެންނަށް ނުދިނެވެ. އެހާވެސް އޭނާ ކުޅަދާނައެވެ. އެކަމަކު މިއީ ދުނިޔެކަން، ހަނދާންނެތުނުކަން އެއީ އޭނާގެ ބަލިފައެވެ. އެވަރު އޭނާއަށް ހަމަ ނޭންގުނީބާއެވެ؟ ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަހޭ ބުނާއަޑު އޭނާއަށް ނީވެއޮތީވެސް ތޯއްޗެކެވެ.
ތިންއަހަރު ވަންދެން ކުޅުނު ޑުރާމާ ނިމިއްޖެއެވެ. ސަމާހު ބޭޒާރުވެއްޖެއެވެ. މުޅި އާއިލާއަށެވެ. އޭނާ ބޭނުމީ ފައިސާކަން ކުރިން ބުނެލިނަމަ އެވެސް އަހަރެން އޭނާއަށް ދިނީމުހެވެ. ކުރާނެކަމެއްނެތެވެ. މަންމަމެންގެ ބަސް ކުރިން ގަބޫލުކުރެވުނު ނަމަ ކިހާރަނގަޅުވީސް ހެއްޔެވެ. އޭރުވެސް މަންމަ ސަމާހުއަކީ ރަނގަޅުމީހެއް ނޫންކަމަށް ބުންޏެވެ. އެކަމަކު މަންމަގެ ބަސް ކަނޑާލައި އަހަރެން ސަމާހުގެ ފޮނިބަސްތަކަށް ހެއްލުނީމެވެ. އޭނާދެކެވީ ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް މިއަދު އޭނާއަކީ ކޮންކަހަލަ މީހެއްކަން އެގިއްޖެއެވެ. އެކަމަކު އަދިވެސް އަހަރެން އޭނާދެކެ ލޯބިވެއެވެ. ވަރައްބޮޑަށެވެ. އެހެންނަމަވެސް އަހަރެން އޭނާއަކަށް މާފެއް ނުކުރާނަމެވެ. އޭނާ އަހަރެންދެކެ ލޯބިނުވާއިރު އަހަރެން އޭނާއާހެދި އެވަރުން އުޅެންވީ ކީއްކުރަން ހެއްޔެވެ. އޭނާ އަހަރެންދެކެ ލޯބިވާނަމަ އެފަދަ ވިޔާނުދާ ކަމެއް ނުކުރީހެވެ. މިއަދު އަހަރެންނަށް، އެވިޔާނުދާ ގޮތެއްނެތް ސަމާހުއަށް ނަފުރަތު ކުރަން މަޖުބޫރެވެ.
މާދަމާއަކީ އަހަރެން އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. މަންމަގެ އެދުމުގެ މަތިންނެވެ. މިހިތާމަތަކާ ދުރަށް ދެވޭތޯއެވެ. އެކަމަކު ދާހިތެއްވެސް ނެތެވެ. ޝާހިދުގެ ސަބަބުންނެވެ. ……………… ( ނުނިމޭ )
5 Comments!
Comments are closed.

ރީތި ވާނެހެން ހީވޭ. އަނެއްބަޔަށް އިންތިޒާރުކުރަން
ވަރައް ރީތި ވާނެ ހެން ހީވަނީ… ވަރަށް ފުރިހަމަ ފުރަތަމަ ބައި ވެސް… ދެވަނަ ބަޔަށް އިންތިޒާރު ކުރާނަން…
ވަރައް ރީތި
ވަރައް ސަޅި…(:
too short… ekam v reathi