އެރޭ ލިބުނު ފިނިފެންމާ – 9
ކުއްލިއަކަށް ނާލީ ސިއްސައިގެން ދިޔައީ މީހަކު ލޯމަތީ އަތްއެޅުމުންނެވެ.
” ކާކު.. ރާއިން ހާދަ އަވަހަކަށް މިއަދު ތިއައީ ” ނާލީ އަށް ކުރެވުނީ ކުއްހީއެކެވެ.
” ލޯބިވާ ފިރިމީހާގެ ބީހުންވެސް ނޭނގޭދޯ ” މަލާމާތް އެކުލެވޭ ގޮތަށް ނާފިޒު ބުނަމުން ނާލީގެ ލޯމަތިން އަތް ނެގިއެވެ.
” ކަލޭ ތީ ހާދަ ގޮތްކުޑަމީހެކޭ ދޯ. ލަދެއްވެސް ނުގަނޭތަ އަހަރެންނާ ކައިރިވާން ” ނާލީ އައިރުޅިން އިންތަނުން ތެދުވިއެވެ. އަވަހަށް ކޮޓަރިއަށް ދިއުމަށް ދާން ހިނގައިގަތް ވަގުތު ނާފިޒު ނާލީގެ އަތުގަ ހިފާ ސޯފާ މައްޗަށް ވައްޓާލިއެވެ.
” ނާފިޒު ތިވައްތަރަށް އުޅެންޔާ ފަޒީ ދައްތަ އަށް މިގޮވަނީ. ހީނުކުރައްޗޭ އަހަންނަށް ބުނަން ނުކެރިގެން ހުންނަނީ އޭ ” ނާލީ އަމުރު ކުރިއެވެ.
” ތިހާ ކެރެންޔާ ހަމަ ބުނަންވީ. ދެން ކިތަންމެ ވަރަށް ފަޒީ އަށް ގޮވިޔަސް މިގަޑިއަކު ނާންނާނެ މިތަނަކަށް ” ނާފިޒު ހީނގަތެވެ. ސޯފާ މަތިން ތެދުވަން އުޅުނު ވަގުތު ނާފިޒު ނާލީ އާ ގާތަށް ޖެހި ނުތެދުވެވޭނެހެން ދެފަރާތުން އަތް އަޅުވާ ކުރި ބެއްދިއެވެ.
” ނާލީ ތިހެން އަހަންނާ ދުރައްދާން މަސައްކަތް ނުކޮށްބަލަ. ހަގީގަތުގަވެސް އަހަންނަށް ނާލީ ވަރަށް ކަމުދޭ ” ނާފިޒު މަސްތީ ރާގަކަށް ބުންޏެވެ. ނާލީ ގަދަހަދަމުން ދަނިކޮށް ނާލީގެ ދެއަތް ނާފިޒުގެ ބާރުގެ ދަށަށް ގެނައުމަށްފަހު ނާފިޒު އުޅުނީ ނާލީގެ މޫނުގަ ވަސްގަންނާށެވެ. ކުއްލިއަކަށް ވީނުވީއެއް ނޭނގި ފެނުނީ ނާފިޒު ގެ މޫނުމަތީ މީހަކު ޖެހިތަނެވެ.
ނާލީ ވެސް ދިޔައީ ސިއްސައިގެންނެވެ.
” ކަލޭ ހީކުރަނީތަ އަންހެނުންނަކީ ވަރަށް ފިނޑި ބައެއްކަމަށް. އެހެން ހީނުކުރައްޗޭ. ތިގޮތަށް ހީކުރާނަމަ ތިއީ ކުރެވޭ ކުއްހީއެއް ” ނުޝޫ ކެރިހުރެ ނާފިޒު އާ ކުރިމަތި ލިއެވެ.
” ތީ އަދި ކާކު މިގެއަށް ވަދެ އަހަންނާ ކުރިމަތިލާން. އަހަރެން މީ ކާކުކަން އަދި ނޭނގިގެން ތިއުޅެނީ. ތިކުޅެވުނީ އަލިފާނާ ކަން ހަނދާންކުރާތި. ކަލޭ މި އަލިފާނުން އަންދާ ނުލިއްޔާ އަހަންނަކަށް އަހުމަދު ނާފިޒު އެއް ނުކިޔާނެ ” ނާފިޒު ނާލީ އާ ދިމާލަށް ލޯ އަޅާލުމަށްފަހު އަމިއްލަ ކޮޓަރިއަށް ގޮސް އަތުހުރި ބާރަކަށް ދޮރު ޖެހިއެވެ.
ނާލީ ރޮމުން ރޮމުން ނުޝޫގެ ގައިގަ ބައްދާލިއެވެ.
ނުޝޫ ނާލީ ގޮވައިގެން ދިޔައީ ނާލީގެ ކޮޓަރި އަށެވެ. އެތައް އިރެއްވަންދެން ނުޝޫ ވާހަކަ ދައްކައިގެން ނާލީ ހަމައަކަށް އެޅުނެވެ.
” ނުޝޫ އަހަރެން ބިރު ގަންނަނީ އެ ނާފިޒު ނުޝޫ އަށް ގޮތެއް ހަދާފާނެތީ ” ނާލީ ހާސްވެ އިނދެ ވާހަކަ ދެއްކިއެވެ.
” ނާލީ ދެން އެކަމާ ނުވިސްނާ އެހާބޮޑައް. އަހަންނަކަށް ކަމެއްނުވާނެ. އެކަމަކު ކަންތައް ތައް މާގޯސްނުވަނީސް ރާއިން އަށް ހުރިހާ ވާހަކައެއް ކިޔާދޭތި ” ނުޝޫ އިނީ ވަރަށް ހަމަޖެހިފައެވެ.
ނުކުމެގެން ދަމުން ނުޝޫ ނާލީ އާ ދިމާލަށް ބަލާލާ ހިނިތުން ވެލިއެވެ.
ރާއިން ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. އައިގޮތަށް އައިސް މަންމަ ކައިރި މަޑުކޮށްލުމަށްފަހު ދުވެފަ ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ.
” ހޭ ނޫނީ ކިހިނެތްވީ. ބަލިވީތަ ” ނާލީ ހީކުރީ ރާއިން ގާތު ނާފިޒު ވާހަކައެއް ދެއްކީ ކަމަށެވެ. ނާލީއަށް ކަމެއްނުވާކަން އެނގުމުން ރާއިން އަށް ހަމަޖެހެވުނެވެ. އައިތަނުން މިއަދު ނާލީ އަބަދު ކޮޓަރީގަ އުޅޭ ވާހަކަ މަންމަ ބުނުމުން ރާއިން އަށް ހީވީ ނާލީ ބަލިވީ ކަމަށެވެ.
ރާއިން ފެންވަރައިގެން ނުކުތްއިރުވެސް ނާލީ އިންގޮތަށް އެނދުމަތީ އިނެވެ. ރާއިން ތައްޔާރުވެލައިގެން ސަމާސާ ކޮއްލުމުގެ ގޮތުން ނާލީ ގާތަށް އައިސް އުނދަގޫ ކުރަން ފެށިއެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ނާލީ މާބޮޑު ސަމާލުކަމެއް ނުދިނުމުން ރާއިން ވަރަށް ހައިރާންވިއެވެ.
” ނާލީ ނުބުނަން ތިއުޅެނީ. ޔަގީން ކޮންމެވެސް ކަމެއްވެއްޖެކަން ” ރާއިން ބުންޏެވެ.
” ރާއިން އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް ” ނާލީ ބުންޏެވެ. ނާލީ ބޭނުންވާހަކައެއް ދެއްކުމުގެ ހުއްދަ ރާއިން ވަގުތުން ދިނެވެ. އަދި އަބަދުވެސް ނާލީ އެގޮތަށް އަހާތީ އެކަމާ ޝަކުވާވެސް ކުރިއެވެ.
” ރާއިން ފަޒީ ދައްތަގެ ފިރިމީހާ.. ”
” ކީކޭ އަހަރެންގެ ފިރިމީހާ އޭ ކިޔައިގެން އަނެއްކާ ކޮން ވާހަކައެއް ނާލީ ތިދައްކަނީ ” ފަޒީލާގެ އަޑައް ނާލީ ދިޔައީ ސިއްސައިގެންނެވެ.
” ސޮރީ ޓަކިވެސް ޖަހާނުލާ ވަދެވުނީމަ. ދެން ބުނެބަލަ ކީކޭތަ ތިކިޔަނީ” ފަޒީލާ އެނދުމަތީ އިށީންނަމުން ހިނިއައިސްގެން އިނދެ ވާހަކަ ދެއްކިއެވެ.
” ތެދެކޭ ނާލީ. ކީކޭތަ ތިކިޔަނީ. ކިހިނެތްވީތަ އަހުމަދުބޭ ” ނާލީ ކިތަންމެ ބުނަން ބޭނުންވި ނަމަވެސް ފަޒީލާ ކުރިމަތީ ރާއިން ގާތު އެވާހަކަ ދައްކަން ޖެހިލުންވިއެވެ.
” އެންމެ ރަނގަޅޭ. ދެން އަޅާނުލާ. އަހަރެން މިއައީ އެހެން ވާހަކައެއް ދައްކަންވެގެން ” ނާފިޒު ގެއަށް އައުމުގެ ސަބަބުން ކުރިން މަޑުމައިތިރިކޮށް ހުންނަ ފަޒީލާ ގެ މިޒާޖަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އުފާވެރިކަން އެމޫނުމަތިން ހާމަވަމުން ދިޔައީ އިންތިހާ އަށެވެ.
” ހިނގާ މާދަން އެންމެން ދަތުރުދާން. ރާއިން އޮފީސް ބޮޑު މީހާގެ ފަޅުރަށަކަށް ކުރިން ފަހަރު އަހަރުމެން ދިޔައީމެއްނު. އެރަށް ކިހިނެތްވާނީ ” ނާލީ އެއްގޮތަކަށްވެސް ދާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ރާއިން ހީވަނީ އެހެން ކަމެއް ހެންނެވެ. ދަތުރޭ ބުނުމާއެކު އުފަލުން ނަށައިގަތެވެ. ނާލީ އުޒުރަކަށް ދެއްކީ މަންމަ ގާތު މީހަކު ހުންނަން ޖެހޭނެ ކަމަށެވެ. އެކަމަކު އެކަންވެސް ވީ ބޭކާރު ކަމަކަށެވެ. ފަޒީލާ ވަނީ އެކަންވެސް ހަމަޖައްސާ ނިންމާފައެވެ.
އިއްތިފާގުން ވެޑިންގ ޕާޓީ އަކަށް ދިއުމަށްފަހު ނުޝޫ ގެއަށް އަންނަން ޖެހުނީ އެކަނި މާއެކަންޏެވެ. ރައްޓެހި ކުއްޖެއްގެ ގޭގަ މަޑުކޮށްލާފަ އައުމުން ހުރި ބާރަޖަހާ ބޮޑުވެފައެވެ. ނުޝޫއަކީ އެއްވެސް ކަމަކާ މާބޮޑައް ޖެހިލުންވާ ކުއްޖެއް ނޫނެވެ. ނުޝޫ އަށް ނޭނގުނު ކަމަކީ މިއަދު ދިމާވި ކަންތަކުގެ ސަބަބުން މީހަކު ނުޝޫ އަށް ފާރަލަމުން ދިޔަ ކަމެވެ. ނުޝޫގެ ފަސް ފަހަތުން ކުރިއަށް ދިޔައީ ނާފިޒު ނޫން ދެވަނަ މީހެއްނޫނެވެ. ނާފިޒުގެ އިތުރުން އެހެން ދެމީހަކުވެސް ނާފިޒުގެ އިޝާރާތަށް ނުޝޫ ގެ ފަސްފަހަތުން ދިޔައެވެ.
މީހެއްގެ ހިލަން މަގުމަތިން ވަނީ ހާލަކުން ފަހަރަކުއެވެ. އަނެއްކޮޅުން ނުޝޫގެ ގެ ހުންނަ ހިސާބަށް ދެވުނު އިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ފެނުނީ ދެމީހަކު އައިސް ނުޝޫގެ އަނގަމަތީ އަތްއަޅާ ދެއަތް ފުރަގަހަށްލާ ހިފެހެއްޓި ތަނެވެ. ފޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެންމެ އަޑެއްވެސް ބޭރުކޮށް ނުލެވުނެވެ.
ދެމީހުންވެގެން ނުޝޫ ގޮވައިގެން އެރީ ކުރިމަތިން ހަދަންފަށާފަ ހުރި ފަޅު އިމާރާތަށެވެ. ގަދަކަމުން ދަމާފަ ކަހަލަ ގޮތަކަށް ނުޝޫ ގޮވައިގެން ހަތްވަނަ ބުރިއަށް އަރުވާ އަނގަތެރެއަށް ފޮތިގަނޑެއް ލެއްވުމަށްފަހު އޭގެމަތިން އަނެއްފޮތިގަނޑު އައްސާ ދެއަތްވެސް ފުރަގަހަށްލާ އެއްސިއެވެ. އެއަށްފަހު ޝީޓްމައްޗަށް އުޑުތިލަމަތިން ނުޝޫ ވައްޓާލިއެވެ.
ދެމީހުން ހަމަޖެހިލިއިރު ތިންވަނަ މީހާވެސް އެދެމީހުންގެ މެދަށް އައިސްފިއެވެ. ސަލާމަތް ވުމަށް ތެޅި ފޮޅެމުން ދިޔަ ނުޝޫ އަށް އަނދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. އަނގައިން ބުނަން ބޭނުންވި ނަމަވެސް އަޑު ބޭރެއް ނުވިއެވެ. ނުޝޫގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައީ ސަލާމަތަށް އެދިއެވެ.
” ކަލޭ އަހަންނަށް ދިނީ ވަރަށް ކުޑަ އަނިޔާއެއް. އެކަމަކު ބުނަން. އަހަންނަށް ލިބޭ ކުޑަ އަނިޔާގެ ބަދަލު އަހަރެން ހިފާ ގޮތަކީ މިއީ” މިތަނަށް މިގަޑީ ނާންނާނެ އެކަކުވެސް. އަހަރުމެން ބޭނުންގޮތެއް ކަލެއަށް ހަދާލާނީ ” ވާހަކަ ދެއްކި މީހާގެ ސިފަ ނޭނގުނު ނަމަވެސް ކޮންމެވެސް ތާކުން އިވުނު އަޑެއްހެން ނުޝޫ އަށް ހީވިއެވެ.
އެމީހަކު އެދެމީހުންނަށް ކޮތަޅެއް ހަވާލު ކުރިއެވެ. ކޮތަޅު ފެނުމާއެކު އެދެމީހުންގެ ދެލޯ އުފަލުން ނަށައިގަތެވެ.
” އެކަމަކު ބުނަން. ބަސްޓް ވިޔަސް އަހަރެންގެ ނަން މިކަމުގެ ތެރެއަށް ނުވައްދާތި ” އެމީހަކު އެތަނުން ދިޔައެވެ. ދެމީހުން ނުޝޫ ގާތަށް ޖެހުނެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީލިއެވެ. އެމީހުން ކުރަން އުޅެނީ ކީއްކަން ނުޝޫއަށް އެނގުނު ކަހަލައެވެ. ސަލާމަތަށް އެދި ތެޅެންފެށުނީ ކުރިއަށްވުރެ ބާރުލާފައެވެ. އެކަމަކުވެސް އަނގައަށް ލައްވާފަ ހުރި ފޮތިގަނޑުގެ ސަބަބުން ނުޝޫ އަށް ނޭވާލާން އުނދަގޫވަމުން ދިޔައެވެ. ދެމީހުންގެ އަމަލްތައް ކުރިއަށްދިޔައީ ހީނުކުރާހާ އަނިޔާވެރިކޮށެވެ. ދެއަށް ފުރަގަހަށްލާ އައްސާފަ އޮތުމުގެ ސަބަބުން އަތުން ހަން މެށި ލޭއަންނަމުން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދޭނެ މީހަކު ނެތެވެ. ދެމީހުން ހިތްފުރޭވަރު ވުމުން ނުޝޫ ދޫކޮށްލާ ތެދުވިއެވެ. އޭރު ނުޝޫ ފަކީރުގެ ގައިގަ އެއްވެސް ފޭރާމެއް ނެތެވެ. ނޭވާލާން އުނދަގޫވެ ނޭވާ ހާސްވަމުން ދިޔައީ އިންތިހާ އަށެވެ.
މެންދަމުގެ ވަގުތެވެ. ނާލީ އަށް ހޭލެވުނީ ފޯން ރިންގުވާ އަޑަށެވެ.
( ނުނިމޭ )
5 Comments!
Comments are closed.
ގެނެސްދެވުނުލެއް ލަސްކަމުން ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން. ނެކެސްޓް ޕާޓް އިރާދަކުރެއްވިއްޔާ މާދަން ގެނެސްދޭނަން.
ައަވަހަށް އަނެއްބައި ގެންނަޗެ
ފާތުން އިރާދަކުރެއްވިއްޔާ މާދަން ގެނެސްދޭނަން އިނގޭ
ވ ވ ސަޅި ވާހަކަ
ތެންކިޔު ނަޒާ