Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތް (ތިންވަނަ ބައި)

pinky sim Level 1
April 21, 2013 2 Mins Read
5 Comments

ނިހާމް ވަޤުތުގެ ބޭނުން ހިފިއެވެ. ދަނޑިވަޅު ބަލާފަ ސިޔާއިން ދިމާލަށް ހިނގާގަތެވެ.
*************************************
ޭއޭ! ނިހާމް ކޮންތާކަށް؟ ފައިސަލް ނިހާމް ހިނގާގަތުމުން އަހާލިއެވެ. ނުފެނޭތަ؟ އެއިނީއެއްނު މަގޭ ޖާން. ސިޔާ ކައިރިއަށް ގޮއްސަ މިއަންނަނީ މަޑުކުރައްޗޭ ތިތާ! ނިހާމް އަވަސް އަވަހަށް ސިޔާ ކައިރިއަށް ދިޔައެވެ. ހެލޯ! އޯކޭތަ މަމިތާ އިށީނަސް؟ ނިހާމް ސިޔާ ކައިރިއަށް ގޮސް އަހާލިއެވެ. އޯކޭ އެކަމަކު ތިކާކު؟ ކުރިއަކުން މި ރަށަކުން ނުދެކެން! ސިޔާ އެނުދަންނަ މޫނު ފެނުމުން ހައިރާންވެ ހުރެ އަހާލިއެވެ. ނޭނގުނުދޯ! އިއްޔެގަ ގުޅީމެއްނު. މި ނިހާމް. ތީތަ ނިހާމް އަކީ؟ އާނ މި. ސިޔާ އެކަނި މިތާ ކީއްކުރަނި؟ ނިހާމް ދެކޮޅު ބަލާލަފަ އަހާލިއެވެ. އެކަނިއެއްނު ފުރެންޑުން ތަކަކާ އެކީ އައިސްގެން މި އުޅެނި. ސިޔާ މޫދާ ދިމާލަށް ބަލާފަ ބުނެލިއެވެ. ނިހާމް މިތާ ކީއްތިކުރަނި؟ ސިޔާޒާ އަހާލިއެވެ. ފިނިކޮށްލަން އަތިރިއަށް ނިކުންތަނާ ސިޔާ ފެނުނީމަ މިއައީ. ސިޔާ މިރޭ މީޓް ކޮށްލެވިދާނެތަ؟ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން. މިރޭ 9 ޖަހާއިރު މިތަނަށް އާދެ! އަހަރެން ސިޔާއަށް އިންތިޒާރު ކުރާނަން. ނިހާމް މިހެން ބުނެލާފަ ހިނގާގަތެވެ. ނިހާމް ދިޔުމުން ސިޔާއިނީ އެކަމާ ވިސްނަންށެވެ. އަނެއްކާ ނިހާމް ބުނަން އެއުޅެނީ ކޮން ވާހަކައެއް ބުނަންބާއެވެ. މި ޙިޔާލުގަ އިންދާ ސިޔާގެ ކުލާސްކުދިން އައިސް ސިޔާ ގަޔަށް ފެންޖެހިއެވެ. ސިޔާވެސް ފޮތް އެއްލާލަފަ އެމީހުންގެ ފަހަތުން ދުއްވާގަތެވެ. ކޮބާ ކާމިޔާބުވެއްޖެތަ؟ ނިހާމް ދިޔުމުން ފައިސަލް އަހާލިއެވެ. މިރޭ ގަޑިކިޔާގެން މި އުޅެނިީ ނިހާމް ހިނގާގަންނަމުން ބުނެލިއެވެ. ނިހާމް ބުނަންތަ ވާހަކައެއް؟ ސިޔާއަށް ނަމަނަމަ ދެރައެއް ނުދޭތި އެއީ ވަރަށް ނިކަމެތި ކުއްޖެއް! މަގޭ ވަރަށް ގާތް ކުއްޖެެއް. ފައިސަލް ނިހާމް ކޮނޑުގަ އަތްލާފަ ބުނެލިއެވެ. ފައި އަހަންނަށް ސިޔާ ވަރަށް ކަމުދޭ! މަ ނުޅެމޭ ސިޔާއަކަށް ދެރައެއް ދޭކަށް. ނިހާމް މިހެން ބުނެލާފަ ގޭތެރެއަށް ވަނެވެ.
*********************************
ގަޑިން 8:30 ބައިވެެއްޖެއެވެ. ދެން އިނީ ބާކީ 30 މިނެޓެވެ. ސިޔާ ގަޑިއަަށް ބަލާލަފަ ސިޓިންރޫމަށް ނިކުތެވެ. އެކަކުވެސް ފެންނަކަށް ނެތުމުން ސިޔާ ބަދިގެ ދިމާލަށް ހިނގާގަތެވެ. އޭރު ބަދިގޭގަ ބޮޑުުދައިތަ އުޅޭއެވެ. ބޮޑުދައިތަ އެންމެ ރަނގަޅުތަ ބޭރަށް ދިޔަޔަސް ފުރެންޑަކާ އެކީ ތާކަށް ދާންވެގެން. ސިޔާ ބޮޑުދައިތަ ގައިގަ ބައްދާގަންނަމުން ބުނެލިއެވެ. ހޫނ މީ ދޯ މާ ލޯބިން މި އުޅޭ ކަމަކީ.އެންމެ ރަގަޅު އެކަމަކު އަވަހަށް އަންނާތި! ބޮޑުދައިތަ ދިމާކޮށްލަމުން ބުނެލިއެވެ. ސިޔާ ތެންކިޔޫ އޭ ކިޔާފަ އަވަހަށް ބޭރަށް ދުއްވާގަތެވެ. ހިނގަމުން ދިޔައިރުވެސް ސިޔާ ހިތަށް އަރަމުން ދިޔާއީ ނިހާމް ބުނަން އުޅޭ ވާހަކަޔާ މެދުގައެވެ. ސިޔާ ދެކޮޅުން ބަލަމުން، ހިނގަމުން އެތަނަށް ދެވުނު އިރު ގަޑިން 8:55 ވެއްޖެއެވެ. ސިޔާ އެތަނަށް ދިޔައިރު ނިހާމްއެއް ފެންނަކަށް ނެތެވެ. ސިޔާ އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން 9:00 ޖަހާފިއެވެ. ސިޔާ އެތާގަ ނިހާމްގެ އިންތިޒާރުގަ މަޑުކޮށްލިއެވެ. “ޕޯއް” ނިހާމް ހަޅޭއްލަވަގަތުމުން ސިޔާ ދިޔައީ ސިއްސާގެންނެވެ. ނިޙާމްދޯ! ކިރިޔާއެއްނު ބިރުން ހަލާކުނުވީ! ސިޔާ މޭގަ އަތްއަޅާފަ ބުނެލިއެވެ.
ހިނގާދޯ މިތާ އިށީންނަށް ނިހާމް ސިޔާގެ އަތުގަ ހިފާފަ ވެލިގަނޑުގަ އިށީންނަށް ބުނެލިއެވެ. ނިހާމް ޔާ ސިޔާ ވެލިގަނޑު މަތީ އިށީނެވެ.
. ދެން ބުނެބަލަ ކޮން ވާހަކަ އެއް ބުނަންތަ ތި އުޅެނީ؟ ސިޔާ އަވަހަށް އަހާލިއެވެ. އަހަރެން ބުނަން މިއުޅެނި އަހަރެންނަށް ސިޔާ ކަމުދާ ވާހަކަ. އަހަރެންނަށް ސިޔާ ގުޅިދާނެތޯ އަހަން ވެގެން. ސިޔާ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެން ހިތުގާ ޙާއްސަ މަޤާމެއް ދެވުނު. އައިލަވުޔޫ ސިޔާ. ނިހާމް ސިޔާގެ އަތުގަ ހިފާފިތާލަމުން ބުނެލިއެވެ. އަހަންނަށް ނިހާމް ފެނުނިީ އެއްމެ ދުވަހަކު ކިހިނެއް ދެން ލޯބީ ގޮތުން ގުޅެވެނީ؟. އަހަންނަށް ނިހާމް ތީ ކާކު ކަމެއްވެސް ނޭނގެ! ސިޔާ ނިހާމް ދިމާލަަށް ބަލާލަފަ ބުނެލިއެވެ. އިނގޭ ތިކަންވެސްް އެކީގަ އުޅުނީމަ އެެއްނު ދަސްވެސްވާނީ. އަހަރެން ބުނެލަން އޮތީ އަހަރެން ސިޔާއަކަށް ދުވަހަކުވެސް ދެރައެއް ނުދޭނަމޭ. އަހަރެން ސިޔާއަށް ޓައިމް ދޭނަން ވިސްނަން. ސިޔާ ވިސްނާފަ ޖަވާބެއްދީ. ރަނގަޅު ޖަވާބެއް ދޭނެ ކަމަށް އުއްމީދުކުރަން. މިހެން ބުނެލިތަނާ ނިހާމްގެ ފޯން ރިންގްވާން ފެށިއެވެ.
(ނުނިމޭ)

Share Article

Follow Me Written By

pinky sim

Level 1

Other Articles

Previous

ލޯބީގެ ވާހަކައެއް! “ބަގީޗާ” ( 2 ވަނަ ބައި)

Next

ދެ އެކުވެރިން

Next
April 21, 2013

ދެ އެކުވެރިން

Previews
April 21, 2013

ލޯބީގެ ވާހަކައެއް! “ބަގީޗާ” ( 2 ވަނަ ބައި)

5 Comments!

  1. pinky says:
    April 21, 2013 at 3:17 pm

    ނައިސް.

  2. Rose says:
    April 21, 2013 at 4:11 pm

    ރީތި ވާނެހެން ހީވަނީ…

  3. Ǒreva Simão says:
    April 21, 2013 at 4:43 pm

    ސަޅި.

  4. ބަބްލީ says:
    April 21, 2013 at 9:53 pm

    ވާހަކައިގެ ސްޕެލިންގ މައްސަލަ ހުރިކަން ފާހަގަކޮއްލަން…..އޯލްސޯ ޖުމުލަ ހަމަ ނުޖެހޭކަންވެސް…. ހޯޕް ޔޫ ވިލް ޑޫ ބެޓާ ނެކްސްޓް ޓައިމް…

  5. greeknee19 says:
    April 22, 2013 at 12:00 am

    ފައްކާ ވާހަކައެެއް…:)

Comments are closed.



All Right Reserved!