Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތް (ދެވަނަ ބައި)

pinky sim
April 17, 2013
2 Mins Read
2 Comments

ސިޔާޒާ އޮތީ އެނދުމަތީގަ ފޮތެއް ހިފައިގެން ކިޔަންށެވެ. ކުއްލިއަކަށް ސިޔާޒާގެ ފޯން ރިންގްވާން ފަށައިފިއެވެ. ފޯން ބަލާލިއިރު ނުދަންނަ ނަންބަރެކެވެ.ސިޔާ އަޅާނުލާ ފޮތް ކިޔަން ފަށާފިއެވެ. އަނެއްކާވެސް ފޯން ރިންގްވާން ފެށުމުން ފޯން ނަގާފަ ހަލޯ އޭ! ބުނެލިއެވެ.
**********************************
ތި ސިޔާތަ؟ އެކޮޅުން ވާހަކަ ދެއްކި ފިރިހެނަކު އަހާލިއެވެ. އާނ މި ސިޔާ! އެކަމަކު ތީ ކާކު ކަމެއް ނޭނގުނު! ސިޔާ ހައިރާންވެ ހުރެ އަހާލިއެވެ. މީ ނިހާމް. އެކަމަކު ހީވަނީ މީ ކާކު ކަމެއް ސިޔާއަކަށް ނޭނގޭނެހެން. އެކަމަކު އަހަރެން ސިޔާ ދަންނަން. ނިހާމް ބުނެލިއެވެ.
ކިހިނެއް އަހަރެން ދަންނަނީ؟ ސިޔާ އަށް އެއަޑަކީ ކުރިން އިވިފައިވާ އަޑެއް ނޫން ކަމުން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
މަށަކީ މިރަށު މީހެއްނޫން! މިރަށައް މިއައީ އިއްޔެގަ. ސިޔާ ފެނުނީ ސުކޫލުން އަންނަނިކޮށް. އަހަންނަށް ސިޔާ ވަރަށް ކަމުދޭ! ނިހާމް އެއްކޮލުން ހީލާފަ ބުނެލިއެވެ. އެކަމަކު އަހަންނެއް ނުދަންނަން! ކިހިނެއް ނަންބަރ ހޯދީ؟ ސިޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. މިހާރު ނަންބަރ ހޯދުމަކީ އުނދަގޫ ކަމެއް ނޫނެއްނު.ނިހާމް ބުނެލިއެވެ.ނުދަންނަ މީހުންނާ ވާހަކަ ދެއްކުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫން ދެން ބާއްވަނީ. މަޑުކޮށްބަލަ ސިޔާ. ވާހަކަ ދެއްކީމައެެއްނު އިނގޭނީވެސް. އަނެއްކާ ސިޔާ ރުޅި އައީތަ؟ ސިޔާ ފޯން ބާއްވަން އުޅެނިކޮށް ނިހާމް އަހާލިއެވެ. އާނ ދެން އޯކޭ ފިލާވަޅު ދަސްކުރަން މި އުޅެނީ. ސިޔާ ހިތްހަމަނުޖެހި ހުރެ ބުނެލިއެވެ. އޯކޭތަ މަ ގުޅިޔަސް؟ އޯކޭ އެކަމަކު އެހާ ގިނައިން ނުގުޅާތި! ސިޔާ އަވަސް އަވަހަށްަ ފޯން ބޭއްވިއެވެ.
ނިހާމް އުފަލުން ހުރެ ފޯނަށް ބޮސްދިނެވެ. އެވަޤުތު ނިހާމް ގެ އެކުވެރި ފައިސަލް ކޮޓަރިއަށް އައިސްވަނެވެ. މާ އުފާވެފަ ކިހިނެއްވީ؟ އަނެއްކާ ސިޔާ ސެޓްވީތަ؟ ފައިސަލް ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ. ނޫން މި އުޅެނި ސެޓްކުރަންވެގެންނު. ނިޙާމް އެނދުމަތިން ތެދުވެލަމުން ބުނެލިއެވެ. އޭ! މަ ނަންބަރ ދިން ވާހަކަ އަނެއްކާ ސިޔާ ގާތު ބުނީތަ؟ ފައިސަލް ދެލޯ ބޮޑުކޮށްލާފަ އަހާލިއެވެ
ކަމޯން ފައި މަ ދެން އެހާ ޅައެއްޗެއް ނަހަދާނެއެއްނު! ހިނގާދޯ ކޮފީއަކަށް. ނިހާމް ހިނގާގަންނަމުން ބުނެލިއެވެ. ސިޔާ އާއި ފައިސަލް އުޅެނި އެއް ކުލާހެއްގައެވެ. ނިހާމްއަކީ މާލެއަށް އުފަން ކުއްޖެކެވެ. ނިހާމް ފޮނަދޫއަށް އައީ ޗުއްޓީ ހޭދަކޮށްލަންށެވެ، ފައިސަލް އާއި ނިޙާމް ގެ ބޭބެގެއަކީ ދެ އެކުވެރިންނެވެ. ފައިސަލްގެ ބޭބެ މަސައްކަތް ކުރަނީ ނިހާމްގެ ބޭބެއާ އެއް އޮފީހެއްގަ، މާލެގައެވެ.
*****************************
ދުވަހަކީ ހޫނުގަދަ ދުވަހެއް ކަމުން ސިޔާ އާއި ސިޔާ ގެ ކުލާސްކުދިން މޫދަށް އެރިންވެގެން ދިޔައެވެ. މޫދަށް ގޮސް އެންމެން ވެގެން ފައިތަޅާ ކުޅެން ފެށިއެވެ. ނަމަވެސް ސިޔާ މާ ދުރުގަ ގަހެއްގެ ބުޑުގަ ފޮތެއެ ހިފާގެން ކިޔަން އިނެވެ. އެވަޤުތަކީ ނިހާމް އާއި ފައިސަލްމެން އަތިރިމައްޗަށްނިކުތް ވަޤުތުކަމުން ނިހާމް ލޮލުގަ ފޮތެއްހިފާގެން އިން ސިޔާ ފެނުނެވެ. ނިހާމް ވަޤުތުގެ ބޭނުން ހިފިއެވެ. ދަނޑިވަޅު ބަލާފަ ސިޔާއިން ދިމާލަށް ހިނގާގަތެވެ.
(ނުނިމޭ)

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

pinky sim

Other Articles

Previous

ޑައިރީ….. 01 ( އެއްވަނަބައި )

Next

އެރޭ ލިބުނު ފިނިފެންމާ – 10

Next
April 18, 2013

އެރޭ ލިބުނު ފިނިފެންމާ – 10

Previews
April 17, 2013

ޑައިރީ….. 01 ( އެއްވަނަބައި )

2 Comments

  1. ނަޒާ says:
    April 17, 2013 at 7:42 pm

    ހާދަ ކުރުކޮށް.. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް

  2. ޓާއީ says:
    April 19, 2013 at 12:29 pm

    ސަޅި… އެކަމަކު ހާދަ ކުރޭ

Comments are closed.

All Right Reserved!