Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އަދު ރޮނީއޭ ނުދާށޭ – 19 ވަނަ ބައި –

Aathu Level 110 Stories
April 13, 2013 4 Mins Read
9 Comments

ޙަފްލާ ފެށިގެން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް އެވޯރޑް ދިނުން އޮތެވެ. މިގޮތުން ލަޔާއަށްވެސް އެންމެ ޚިދުމަތްތެރި މުވައްޒަފުގެ އެވޯރޑްގެ އިތުރުން އޮފީހަށް ރީތިނަން ހޯދައިދޭ މުވައްފު ކަމުގައި ވެސް އެވޯރޑް ލިބުނެވެ. އެއީ ލަޔާއަކީ އަބަދުވެސް އެހެންތަންތަނުން އޮންނަ ވާރކް ޝޮޕްތަކުގައާއި ކުޅިވަރު މުބާރަތް ތަކުން އޮފީސް ކުރިއަރުވަން މަސައްކަތްކުރާ ކުއްޖެކެވެ.
ލަޔާ ސްޓޭޖް މައްޗަށް އަރާ ކޮންމެ ފަހަރަކު ޝަހުމްއަށް ލަޔާއާއި ދިމާއަށް ކަޅި ހުއްޓާނުލައި ބަލަހައްޓައިގެން އިނދެވެއެވެ. އެއިން ކޮންމެ ފަހަރަކު އޭނާއަށް އެ މޫނަށް ބަލަން އިނދެވެނީ ޝައުޤުވެރިވެފައި އިންލެއް ބޮޑުކަމުންނެވެ. އޭރުވެސް އޭނާގެ ހިތް ބުނަމުން ދިޔައީ އެއީ އޭނައާއި ގުޅުމެއްހުރި ފަރާތެއްކަމެވެ.
މިކަންތައް ކުރިއަށް ދިޔައިރު ކުޅު ދިޔާ ވާ ވަރުގެ މީރު ކެއުންތަކަށް އިންޞާފް ކުރެވެމުން ދިޔައެވެ. ތިންސްތޭކައެއްހާ މޭޒު އެ ބޮޑު ހޯލްގައި ބެހެއްޓިފައި ވީއިރު ކޮންމެ މޭޒެއްގެ ވަށައިގެން ހަތް ވަރަކަށް މީހުންނަށް އެ މޮޅެތި ކެއުންތައް ރީތި ޑިޒައިންތަކުންވީ ތަށިތަކުން ކެއުމުގައި ތިއްބެވެ.
އެކި އައިޓަމް ތައްކުރިއަށް ދާއިރު ދޭތެރެއަކުން ބޮޑުބެރާއި މުނި ފޫހި ފިލުވުމުގެ ކަންތައްވެސް ދެއެވެ. “އައިމާ ޑިޒައިންނގ” ގެ މުވައްޒަފުންގެ އެކި ހުނަރުތައް ސްޓޭޖްމަތިން މެހެމާނުންގެ ހިނިތުންވުން ގެންނަން މޮޅެވެ. ލަޔާއާއި އަދި ހަ އަންހެން ކުދިން ސަޕްރައިޒެއްގެ ގޮތުގައި އައިޓަމެއް ހުށަހަާލަދޭން ތައްޔާރުވެފައިވެއެވެ.ސަޕްރައިޒް އައިޓަމް ބަލާލާ ހިތުން އެންމެން ތިބީ ކެތްމަދުވެފައެވެ. އަދި އެ ހޯލްތެރެއިން އެއް އަޑަކަށް އައިޓަމް ގެނެސްދިނުމަށް ގޮވަމުންދެއެވެ. އަޑު ހުއްޓުނީ ފަރި އަންހެން ކުދިން ކޮޅެއް ދިގު ހެދުންތަކެއްގައި އައިސް އެތަނުގައި ހުއްޓިލުމުންނެވެ. “ލޯބީގެ ލަޔާޤަތު ވީ ޙާޞިލް” މިލަވައިގެ ރިމިކްސް އަށް ހަދާފައި އޮތް ލަވަޔަކަށް ފަރި ޙަރަކާތްތަކެއް ދައްކަމުން އެކުދިން ދިޔައެވެ. ޝަހުމްއަށް އޭނާގެ ލޯމަތިން ލަޔާ ގެއްލުނު ސަބަބު އެނގުނީ ސްޓޭޖްމަތިން ލަޔާ ފެނުމުންނެވެ. ހަތް ކުދިންވެސް ވަރަށް ފުރިހަމައަށް ޑާންސް ކޮށްލިއެވެ. ދެން ބޮޑުބެރު އައިޓަމަކަށްފަހު ހަފްލާ ނިމޭނޭކަން ޢިއުލާން ކުރެވުނެވެ.އެތަނުން ގިނަ ބަޔަކު އެ ލަވަޔަށް ނަށަން އެރިއެވެ. ޒައިންއަށް ނީނދެވިގެން ޝަހުމް ގޮވައިގެން އެރިތަން ފެނިގެން ލަޔާއަށްވެސް ހީލަ ހިލާ އިނދެވުނެވެ.
އޭނާ އެހުރީ ޝަހުމްއާއި ބައްދަލުކުރުމަށް ޖެހިލުންވެހުރެ ނަމަވެސް ތައްޔާރަށެވެ. އެހެންކަމުން އެ ލަވަ ނިމުމުން އެންމެން އެތަނުން ދިއުމަށް ނިކުންނަން ފެށި ވަގުތު ލަޔާ މޭ ތެޅިލިއެވެ. އެހެނަސް ޖެހިގެންއައި ސިކުންތުގައި އޭނާގެ ނަފްސު ހަމަޔަކަށް އެޅުވީ އެތަނުގައި އުޅުނު ވެއިޓަރެއް މެދުވެރިކޮށް ޝަހުމްއަށް އެ މެސެޖް ލިބޭނޭ ކަމުގައި ވިސްނާލަމުންނެވެ. ލަޔާ ހޯލުން ބޭރަށް ނިކުމެ އެތާނގައި ހަދާފައިވާ ރީތި ފެންގަނޑެއް ކައިރި އިށީނދެލިއެވެ. އޭރު ލަޔާއާއި ތަންކޮޅެއް ދުރުގައި އިން ޝަހުމްއެއް އޭނާއަކަށް ނުފެނެއެވެ.
“ރެޕެންޒެލް ހާދަ މޮޅޭ ދޯ ނަށާލަން” ލަޔާ ސިހުނީ ޝަހުމްގެ އަޑަށެވެ. އޭރު ޝަހުމް އެއް އަތް ޖީބަށް ޖަހައިގެންހުރެ މޮޑްލިންގ ހިނގުމެއްގައި ލަޔާގެ ކައިރިއަށް އާދެއެވެ. ލަޔާ އެހައި ފިނިވީ ވަގުތުކޮޅެއް އައިހެނެއް ހިޔެއް ނުވެއެވެ. ޝަހުމް އައިސް ހުއްޓުނީ ލަޔާއާ ފޫޓެއްހާ ދުރުގައެވެ.
“ހާދަ ބިރުން ތި ހުރީ..އެކަމަކު އެފް ބީ އިން ޗެޓް ކޮށްލާއިރު ހަމަ ހީވަނީ ވަރަށް ފަރިތަހެން” މިހެން ބުނެލަމުން ޝަހުމް ސަލާމަށް އަތް ދިއްކޮށްލިއެވެ.
“ޝަހުމް..އިނގޭ!” ލަޔާލް އޭނާއަށް ދިއްކޮށްލެވިފައިވާ އަތުގައި ހިފައލީ މަޑުންނެވެ.
“ތިހާ ބޮޑަށް ފިނިވީ ޝަހުމް ދެކެ ބިރުންތަ؟ މިއީ ޝަހުމްގެ ގޯސްޓެއްނޫނޭ..ހަމަ ރިއަލް ޝަހުމް..” ލަޔާ އަނގައިންވެސް ނުބުނެ ހުންނާތީ ޝަހުމް ބޭނުންވީ އެ އަޑު އަހާލުމަށެވެ. ޝަހުމް ބުނި އެއްޗަކުން ލަޔާއަށް ހެވުނެވެ.
“ލަޔާ އެއީ އަސްލު ނަން ދޯ..އޯކޭ ޓެލް މީ އޮނެސްޓްލީ..ކުރިން ލަޔާއާއި ޝަހުމް ދިމާވި ދޯ…މިބުނީ ޝަހުމް ލަންކާއަށް ދާން އުޅުނުއިރު..” ޝަހުމްގެ އެ ވާހަކައިން ލަޔާ ކުޑަކޮށް ސިހުން ނަމަވެސް ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ. އަދި މިއީ އެ މީހުންގެ ފުރަތަމަ ބައްދަލުވުން ނޫން ކަމާއި ފަޒާލްއާއި ލަޔާއާއި އޮންނަ ގުޅުމުގެ ވާހަކައެވެ. ލަޔާވާހަކަ ދައްކަމުން ދިޔައިރުވެސް އެ ހުންނަ ކަުޑަކުއްޖެއްގެ މިޒާޖު ޝަހުމްއަށް ފާހަގަވިއެވެ. އަދި އެހައި ކައިރިން ލަޔާ ފެނުމުން އެއަންހެން ކުއްޖާގެ ރީތިކަންވެސް ޝަހުމްއަށް ފާހަގަވީ އަދި ކިރިޔާއެވެ. ލަޔާގެ ވާހަކަތައް އަޑުއަހާފައި ކޮންމެވެސް ވަރެއްގެ ހިމޭންކަމެއް ޝަހުމްއަށް އައިކަން ލަޔާއަށް އިނގުނެވެ. އެއީ ނީޒާގެ މަތިން މިސްވުމުންކަން ޔަޤީނެވެ. ޝަހުމް ހަމަ ޖެހެން މަސައްކަތްކުރަމުން އަނެއްކާވެސް މަޖާވެލިއެވެ. އެފްބީގައި ވާހަކަ ދައްކާހެން އެކަކު އަނެކަކާއި ސަމާސާ ކުރަންތިއްބެވެ.
ލަޔާ ގެއަށް އައީވެސް އޭނާގެ ކާރުގައި ޝަހުމްއާއި އެކީގައެވެ. ފަހުން ޝަހުމް ބުނެގެން ޒައިން އެގޭ ކައިރިއަށް އައިސް ޝަހުމް ގެއަށް ގެންގޮސްދިނެވެ. ލަޔާއާއި ޝަހުމް ވަކިވިއިރު ދުވަހަކުވެސް ނުފެންނަފަދަ ހިތްހަމަޖެހުމެއް ޝަހުމް އަދި ލަޔާގެ ފަރާތުން ފެނެއެވެ.
ލައިޝާގެ ޙާލު މިރޭ މުޅިން ރަނގަޅެކޭވެސް ނުބުނެވޭނެއެވެ. ފައިގައި ރިހޭ ވަރާ އެއްވަރަށް އެ މަންޖެއަށް ވިސްނަން ޖެހިފައިވީ ކަންތައް މާ ބޮޑެވެ. ނާހިލް އެވަރަަށް އޭނާދެކެ ލޯބި ވާކަމަށްބުނެ، މިހާރު އެހައި ފަސޭހައިން އޭނާގެ އަތްމައްޗަށް ލައިޝާ ލިބުމުން ދޫކޮށްލަންވީ ކީއްވެ ހެއްޔެވެ؟ އެއަށްވެސް ހަމަ ކިޔަނީ ލޯބި ހެއްޔެވެ؟ އަނެއްކޮޅުން ނާހިލްއަށް މިއަދު ލައިޝާގެ ހިތުގައި އޭނާއަށް ޓަކައިވާ ލޯބިވެސް ފެންނާނެއެވެ. އަމިއްލައަށް ބޭޒާރުވީ ކަމުގައި ހީވުމުން ކަންބޮޑު ވީވަރުން ޝަހާދަތް އިނގިިލީގައި ދައިގެން އޮތެވެ.
ފަޒާލް މާލެއަށް އެއްކޮށް އަންނަން އުޅޭ ޚަބަރު ވެގެން ދިޔައީ ޝަހުމް އަދި ލަޔާއަށްވެސް އުފާވެރިކަމެއް ލިބުނުކަމެއްކަމެވެ. އެފްބީއިން އެވާހަކަ ސްޓޭޓަސްގައި ޖެހިތަނުން ލަޔާއަދި ޝަހުމްވެސް މޮޅެތި ރޭވުން ރަވައިލީ ފަޒާލްއަށް އެދެމީހުންގެ ފަރާތުން ސަޕްރައިޒެއް ދިނުމަށެެވެ.
ހޮނިހިރު ދުވަސް ވީ ލައިޝާގެ އޮފް ދުވަހަށެވެ. ޖެހިގެން އައި ދުވަހުވެސް އޮފީހަށް ނުނިކުންނަން ހިތުލައިގެން އޮތެވެ. ފައިގައި ރިއްސާކަމުގެ ބަހަނާގައެވެ. ލަޔާ އަށް ލައިޝައާއި ދިމާވީ ހޮނިހިރު ދުވަހުގެ މެންދުރު ކެއުމުންނެވެ. ދޮންތީވެސް ބޮޑުވެއްޖެއޭ ކިޔައިގެން ދިމާކޮށް ހެދިއެވެ. ދެކުދިން ސަކަރާތްގަނެ ހަދާތަން ބަލަންތިއްބާ ގޭގެ ފޯން ރިންގް ވާން ފެށިއަޑު އިވުމުން ފާއިގާގޮސް ފޯނު ނެގިއެވެ.
“ދަރިފުޅާ…އަންނަނީއޭ..މި ހަފްތާ…މަންމައަށް އަނެއްކާ ކޮން ސަޕްރައިޒެއް؟…” ފާއިގާގެ އަޑު ވަރަށް ބާރަށް ކާ ކޮޓަރީގައި މެންދުރު ކާން ތިބި މީހުނަށް އިވުނު ހިނދު، އެއީ ޝާފީގެ ފޯނެއްކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. ލަޔާ ފުންމައިގެން ތެދުވެ ފޯނާއި ދިމާއަށް ދިޔައެވެ. އެއީ ޝާފީގެ ބެސްޓް ފްރެންޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެކުދިން އެހައި ގާތެވެ. އަދި އެހާމެ ތޮޅެވެސް ހަދައެވެ. ގޭގެ އެހެންމީހުންނަށް އެދެކުދިންގެ ކަންތައްވެފައިވަނީ ޖޯކަކަށެވެ. އެހެނީ ކޮންމެ ކަމަކާއި ދެމީހުން އަރާރުން ވިއަސް ގޭ އެކަކުވެސް އަޅައެއްނުލާނެއެވެ.
“ޝާފީ އަނެއްކާ މިގެއަށް އެތެރެކުރެވޭ ވަރުގެ ސަޕްރައިޒެއް ނޫނީ ނުގެންނައްޗޭ ބޮއްތައަށް. އެކަމު ލަޔާއަށްވެސް ކޮންމެސް އެއްޗެއް ގެނެސްދޭން ޖެހޭނެ..”ލަޔާ ފާއިގާ އަތުން ފޯނުގެ އަތްގަނޑު ހޯދައިގެން ޝާފީއާ ތޮޅެލިއެވެ. ޝާފީ އަންނަކަމީ ގެއަށް ވަރަށް ބޮޑު އުފަލެއްވެސް ލިބޭ ކަމެކެވެ. އާއިލާގެ ހުރިހާ މެމްބަރުން ހަމަވާއިރު އެ ލިބޭ ހިތްހަމަ ޖެހުން އެ އާއިލާއަށް ލިބެނީ ވަރަށް މަދު ފަހަރަކުއެވެ. މިގޮތަށް ޝާފީ މާލެއަންނަ އިރަކުއެވެ.
ޒޫނާއާއި ޑޮކްޓަރ ނާފިޒް އެދެމީހުންގެ ދެފަރާތު އާއިލާއަށް ނާހިލްގެ ކައިވެނީގެ ޚަބަރު ދިނުމުގައި އަވަދިނެތި އުޅެމުންދާއިރު، އެކަކަށްވެސް ނެގިމަޑުވެފައި ހުންނަ ނާހިލްއެއް ނުފެނެއެވެ. ރާއްޖެން ބޭރުގައި އުޅޭ އެމީހުންގެ އާއިލާގެ މީހުންނަށްވެސް އާދެވޭނެހެން ކައިވެނީގެ ތާރީޚް ކަނޑައެޅީ އެހެންވެގެންނެވެ. އޭޕްރިލް މަހުގެ ސަތާރަ ވަނަ ދުވަހަކީ ނާހިލްގެ އުފަންދުވަސް ކަމަށްވެފައި، އެއީ އެދެމީހުންގެ ލޮލުގެ ކޮއި ފަދައިން ލޯބިވާ ހަމައެކަނި ފިރިހެން ދަރިފުޅަށްވީމައެވެ. ނަމަވެސް މިކަމަކުން ނާހިލްއަށް އެއްވެސް އުފަލެއް ނުލިބެއެވެ. އޭނާ ހީކުރަނީ މީ ލައިޝާ އެނަގެ ކިބައިން ބަދަލު ހިފުމަށް ނިންމި ނިންމުމެއް ކަމުގައެވެ. ނޫންނަމަ ނާހިލް ދެކޮޅުހެދި ދަނޑިވަޅުގައި އެހާ ފަސޭހައިން ލައިޝާ ކައިވެންޏަށް އާބަހެއް ނުބުނާނެއެވެ. މިފަދަ ޚިޔާލު ތަކަކަށް ގެއްލިފައި އިންދައި އޭނާ ސިހުނީ ޒަވުޝް އައިސް ފަހަތުން އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ.
“އުނހޫ…މި ކުއްޖާ ދޯ.. މީހަކު މަޑުން ތަނެއްގައި އިނަ ނުދޭތި!..މިހާރު ކިހިނެއްވީ؟” ސިއްސައިގެން ދިޔަވަރުން ނާހިލް ޒަވުޝްއަށް ލޯ އަޅާއިލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

އާތުވާހަކަލޯބި

Share Article

Follow Me Written By

Aathu

Level 110 Stories

Other Articles

Previous

އެރޭ ލިބުނު ފިނިފެންމާ – 8

Next

ލޯބި ލިބުމުން….

Next
April 13, 2013

ލޯބި ލިބުމުން….

Previews
April 11, 2013

އެރޭ ލިބުނު ފިނިފެންމާ – 8

9 Comments!

  1. isha says:
    April 13, 2013 at 8:00 pm

    ވަރަށް ވަރަށް ސަޅި…އައި ލަވް އިޓް…:)

  2. އޭންޖެލް says:
    April 13, 2013 at 8:02 pm

    ވ.ވ.ވރީތި.. ހެހެ ހަބޭސް.. އިންތިޒާރު ކުރަނިކޮށް އަޕް މިވީ.. ވަރަށް އިންޓްރެސްޓިންގ ވާނެހެން އެބަ ހީވޭ… ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް

  3. pinky says:
    April 14, 2013 at 12:54 pm

    އޯސަމް.. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް

  4. ޓާއީ says:
    April 14, 2013 at 1:36 pm

    ހާދަ ކުރޭ… އެކަމަކު މިބައިވެސް ވ ވ ވ ސަޅި

  5. xee says:
    April 14, 2013 at 6:44 pm

    ވވވވވވވވވވވވވވވވވވވވވވވވވވވވ ސަޅި…އާތު ހެޔޮނުވާނެ ދެން ކިޔުންތެރިން ތިވަރަށް ނުތަޅުވަބަލަ……ޕްލީލީލީލީޒްޒްޒްޒްޒްޒްޒް………

  6. ފާތުން says:
    April 16, 2013 at 11:57 am

    ހާދަ ލަހޭ އަޕްވާލެއް

    1. insurswebsite.com says:
      March 7, 2014 at 7:02 pm

      That’s a smart way of thinking about it.

    2. female-owned says:
      September 22, 2014 at 8:43 pm

      That’s a creative answer to a difficult question

  7. އާތު says:
    April 30, 2013 at 6:20 pm

    ޒީ ތިވަރަށް ކިޔަންޏާ އަނެއްބައި އަވަހަށް އަޕް ކުރަން މަސައްކަތް ކުރާނަން

Comments are closed.

Next Episodeހިތް އަދު ރޮނީއޭ ނުދާށޭ – 20 ވަނަ ބައި –←


All Right Reserved!