Skip to content
އެސްފިޔަ

ހަޔާތް

ަދުވަހަކީ އުޑުމަތި ސާފު ، ރީތި ދުވަހެކެވެ. ޖެހޭ ފިނި ރޯޅިން ހިތަށް ހަމަޖެހުން ލިބެއެވެ. މި ފަދަ ހިތްގައިމު ދުވަހެއް ލިބެނީ މަދު ދުވަހަކު އެވެ.
ސިޔާޒާ އޮތީ ކޮންމެވެސް ޙިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. އޭނާ ގެ މޫނު މަތިން ސިފަވަނީ މާޔޫސީ ކަމެވެ.
ސިޔާޒާ އަކީ ލ.ފޮނަދޫ އަށް އުފަން ، އިބްރާހިމް އާއި ސަކީނާ އަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅެވެ. ނަމަވެސް ސިޔާޒާ ވަރަށް ކުޑައިރު ސަކީނާ ވަނީ ނިޔާވެފައެވެ. ސިޔާޒާ މަންމަ ނިޔާވުމުން ސިޔާޒާ ގެންގުޅެ ބޮޑުކުރީ ސިޔާޒާގެ ބޮޑުދައިތައެވެ.
ސިޔާޒާ އަކީ މަޑުމައިތިރި ބަސްމަދު ކުއްޖެކެވެ. ދިގު އިސްކޮޅެއް ހުންނަ ، ހިމަ ހަށިގަނޑެއްގެވެރި، ދޮން ރީތި ކުއްޖެކެވެ.
ރަށުގެ ގިނަ ފިރިހެން ކުދިންގެ ހިތުން ޙާއްސަ މަޤާމެއް ދެވިފައިވާ ކުއްޖެކެވެ.
ސިޔާޒާ އުޅެނީ ރަށު ސުކޫލް ގުރޭޑް 10 ގައެވެ. މިއީ ސިޔާޒާގެ އެންމެ ފަހު އަހަރެވެ.އިމްތިޙާން ކައިރިވަމުން ދާ ވަރަކަށް ހިތަށް އުނދަގޫ ތަކެއްވަމުންދޭ އެވެ. އިމްތިޙާނުން ފާސްނުވެދާނެތީއެވެ. ނަމަވެސް ސިޔާގެ ހުވަފެނަކީ އިމްތިޙާނުން ރަނގަޅު ފާހެއް ލިބުމެވެ.
ސިޔާޒާ އަށް ޙިޔާލީ ދުނިޔެއިން ހޭލެވުނީ ބޮޑުދައިތަ އައިސް ގޮވާލުމުންނެވެ ދަރިފުޅާ ކޮން ކަމަކާތަ މާ ފިކުރު ބޮޑުވެފަތި އޮތީ؟ ބޮޑުދައިތަ ވަރަށް ލޯބިން ސިޔާޒާ ގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. ބޮޑުދައިތާ! މި ވިސްނަނީ އިމްތިޙަނާ މެދު. ސިޔާޒާ ތެދުވެލަމުން ބުނެލިއެވެ. އެކޮޔެ! ދެން އެވަރަށް ނުވިސްނާ ﷲ އިރާދާކުރެއްވިއްޔާ ދަރިފުޅު ފާސްވާނެ! ދެން އަވަހަށް ހިނގާ ސައިބޮން ދާން! ސިޔާޒާ އަވަހަށް ބޮޑުދައިތަ ފަހަތުން ބަދިގެ ދޮށައް ދިޔައެވެ.
ސިޔާޒާ އޮތީ އެނދުމަތީގަ ފޮތެއް ހިފައިގެން ކިޔަންށެވެ. ކުއްލިއަކަށް ސިޔާޒާގެ ފޯން ރިންގް ވާން ފަށާއިފިއެވެ. ފޯން ބަލާލިއިރު ނުދަންނަ ނަމްބަރެކެވެ. ސިޔާ އަޅާނުލާ ފޮތް ކިޔަން ފަށާފިއެވެ. އަނެއްކާވެސް ފޯން ރިންގް ވާން ފެށުމުން ފޯން ނަގާފަ ހަލޯ އޭ! ބުނެލިއެވެ

Comments (5)

  1. މީއްކޮ

    ރީތި ވާނެ ކަމަށް އުއްމީދު ކުރަން…. އެކަމު ތަންކޮޅެއް ކުރީ…… ދެވަނަ ބައިގައި ދިގު ކުރާނެ ކަމަށް ހީކުރަން……..

  2. ޕިންކީ ފުރެންޑް

    މާބޮޑަށް ކުރީ ވަރައް ރީތި ވާނެކަމަށް އުންމީދު ކުރަން

  3. Anonymous

    ޔާނާ
    ރީތީ ވާނެ ކަމަށް އުއްމީދު ކުރަން… ސިފަކޮށްދޭއިރު މަދުން ނަމަވެސް އެކުލަވައިލަގެން ލިޔެލީމަ އިތުރަށް ފުރިހަމަކަން ގެނެސްދޭނެ…..

  4. pinky

    ހާދަ ކުރުކޮށް.. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް

  5. pinky vaahaka kiyaameehaa

    nice

Comments are closed.