Skip to content
އެސްފިޔަ

ޑައިރީ….. 02 ( ދެވަނަބައި )

މާދަމާ އަކީ އަހަރެން އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. މަންމަގެ އެދުމުގެ މަތިންނެވެ. މިހިތާމަތަކާ ދުރަށްދެވޭތޯއެވެ. އެކަމަކު ދާހިތެއްވެސް ނެތެވެ. ޝާހިދުގެ ސަބަބުންނެވެ. މަންމަމެން ކިތަންމެ ގަބޫލަސް އަހަރެންނަކަށް ޝާހިދަކާ ނުރުހެވޭނެއެވެ. ޝާހިދަކީ ކިޔަވައިގެން ހުރި މުއްސަނދި އާއިލާއެއްގެ ކުށްޖެއްކަމުން މަންމަބޭނުންވަނީ އަހަރެން ޝާހިދާ ގުޅޭށެވެ. ޝާހިދުވެސް އަހަރެންނާ ވަރަށްގަބޫލެވެ. އޭނާގެ އަމަލު ތަކުންނާއި ވާހަކަތަކުން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޝާހިދު އަބަދުވެސް އުޅޭނީ އަހަރެމެންގެ ގޭގައެވެ. އަހަރެންނަށް މިހާރު މިހުރެވުނީ ދެކަފިވެފައިވާ މަގެއްގެ ކޮޅަށް އާދެވިފައެވެ. އެއްކޮޅުގައި ސަމާހުއެވެ. އަހަރެންގެލޯތްބެވެ. އަނެއްކޮޅުގައި ޝާހިދާއި މަންމައެވެ. ދާނީކޮން ކޮޅަކަށް ހެއްޔެވެ؟ ސަމާހު ކައިރިއަށް ހެއްޔެވެ؟ އޭރުން ދުނިޔެވެސް އަހަރެންނަށް މަލާމާތް ކުރާނެކަންނޭންގެއެވެ. އޭނާ އެފަދަ ހުތުރު ގޮތަކަށް ބޭވަފާތެރިވީމައެވެ. އަނެއްކޮޅުގައި ޝާހިދާއި މަންމައެވެ. އެހެންވެސް ހެދޭކަށް ނެތެވެ. ޝާހިދު ދެކެ ލޯބިނުވާތީއެވެ. އެކަމަކު މަންމަ ކައިރިއަށް ހިނގައްޖެއްޔާ ޝާހިދުކައިރިއަށް ފޮނުވާނެކަން ޔަޤީނެވެ. ނަމަވެސް މިއަދު ކަމެއްކޮށްދިނަސް ކޮށްދޭންހުރި މީހަކީ މަންމައެވެ. އެހީވާންވެސް ހުރީ ހަމަ މަންމައެވެ. އެހެންކަމުން މަންމަގެ ބަސް ޤަބޫލުކުރަން މިއަދު މަޖުބޫރެވެ.
މިފަދަ ތަފާރު ހިޔާލުތަކަކަށް ގެއްލިފައި ވިރާޝާ އޮންނަތާ ކިތަންމެ އިރެއްވެއްޖެއެވެ. އޭނާ ވިސްނަވިސްނާފައި ރޮނީއެވެ. މިހާރު ވިރާޝާގެ ދެލޯ ރަތްވެއްޖެއެވެ. އެރީތި ދެލޯ ދުޅަވާން ކައިރިވެއްޖެއެވެ. މުޅިބާލީސް ވަނީ ކަރުނުން ތެމިފައެވެ. ދެލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ގަޑިން މެންދަމުން އަލިވެ ދެގަޑިބައިވިއިރުވެސް އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ތެދުވެރި ލޯބިވާ ހަމަކޮންމެ މީހަކަށްވެސް އެކަމުގެ ރަހަލިބެނީ ހަމަ މިހާ ހިތިކޮށްބާއޭ ވިރާޝާގެ ހިތަށް އަރަމުން ދިޔައެވެ.
ވިރާޝާއަށް ނިދުނުއިރު ފަތިހު ހަތަރެއްޖަހައިވިއެވެ. ކުއްލިއަކަށް އޭނާއަށް ސިހިގެން ހޭލެވުނީ ފޯނު ރިންގްވާންފެށި އަޑަށެވެ. ވިރާޝާ ގަޑި ބަލާލިއެވެ. އެއިރު ފަސްގަޑި ބައިވެ ބޮޑުވެއްޖެއެވެ. އޭނާތެދުވެގެންގޮސް ފޯނު ނެގިއެވެ. ހަމަނެގުމާއެކު ފޯނު ކެޑިއްޖެއެވެ. ވިރާޝާ ގާތައްއައީ ފާޑެއްގެ ރުޅިއެކެވެ. އޭނާ ރުޅިއައިސްގެން ފޯނު ހޫރާނުލީ ހަމަކިރިޔާއެވެ. އަނެއްކާވެސް އޭނާގޮސް އެނދުގައި އޮށޯތެވެ. ދެފަރާތަކަށް ފުރޮޅިލާފައި ތެދުވިއެވެ. ކޮޓަރިން ނުކުމެގެން ތިރިއަށް ފޭބިއެވެ. މަޑު މަޑު ހިނގުމެއްގައި އައިސް އެންމެ ތިރީބުރީގެ ސިޓިންރޫމްގައި މަޑުކޮށްލުމަށްފަހު، އެތަނުގެ ބޭރުން މާގަސްތައް ހައްދާފައިވާ ސަރަހައްދަށް ނުކުމެ އެތާހުރި އުނދޯއްޔެއްގައި އޮށޯވެލިއެވެ. ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ދޮރާށީގައި މީހަކު ޓަކިދީފިއެވެ. އަދި ދެތިން ފަހަރަކު ބެލްވެސް ޖަހައިފިއެވެ. ވިރާޝާ ގޮސް ގޭގެ މައި ދޮރާށި ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ލިބުނީ އަޖައިބެއްކަހަލަ ހައިރާންކަމެކެވެ. ކުރިމަތީގައި އިސް އޮބައިލައިގެން ހުރީ ސަމާހެވެ………..( ނުނިމޭ )

Comments (8)

  1. Rose

    ވަރަށް ރީތިވާނެ ހެން ހީވަނީ… އެކަމް މާކުރީ..

  2. Ǒreva Simão

    ދެން ފުދޭވަރެއް ވޭ

  3. ބަބްލީ

    ސަޅި

  4. ބަބްލީ

    ތަންކޮޅެއް ދިގުކޮށް ގެނެސްދިނިއްޔާ އަދި މާ ސަޅިވާނެ!!!!!!!!

  5. pinky

    ހާދަ ކުރޭ… ވެއިޓިންގް ފޯ ދި ނެކްސްޓް ޕާޓް.. ރީތި ވާނެހެން ހީވޭ

  6. greeknee19

    3 ވަނަ ބަޔައް އިންތިޒާރު ކުރަން..ސަޅި 🙂

  7. ޒާރާ

    މާ ކުރީގެނެސްދޭލެއް ތަންކޮޅުއް ދިގުކޮއްލަބާ…

  8. jammu

    maa kuri waahaka
    btw nice ?

Comments are closed.