”ވަކިވީ އަސަރާ މަންޒަރު، ހިތަކުން ހަމަ ނުފިލާނޭ. ވޭނާއި ރިހުން އެކުވާ، މިހިތާމަ އާލާވާނޭ.” އިވެމުން ދިޔަ މަޑުމޮޅި ހިތާމަވެރި ލަވައިގެ ސަބަބުން އަހަރެންގެ ދެލޯ ތެންމަމުން ދިޔައިރު ބޯ އަޅައިގެން އޮތް ބާލީސްވެސް ދިޔައީ ހިނދެއް ހިނދަކަށް ފޯވަމުންނެވެ. ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ މިއީ އަހަރެން ކަރުނަ އަޅައި ރޯންވީ ވަގުތު ހެއްޔެވެ؟ ނޫނީ ހިތްވަރާއެކު ކޮޅަށް ތެދުވަންނަންވީ ވަގުތު ހެއްޔެވެ؟ މާތްކަލާކޯއެވެ. އަހަރެންނަށް މިއަދު މިވަނީ ކޮންފަދަ ހާލެއް ޖައްސަވާއި ހެއްޔެވެ؟ މިއީ […]
އޭގެ ފަހުން އަހަރެން އުޅެން ޖެހުނީ ހާލެއްގައެވެ. ސްކޫލް ނިންމާ ގޮތައް ޓްރެއިނިންގްއަށް ދާން ޖެހެއެވެ. ނަމަވެސް ‘ކިޔަވަން’ ޖެހެއެވެ. ޓްރެއިނިންގް ނިމުނީ ބަރާބަރު ފަސް އަހަރު ތެރޭގައެވެ. ނަމަވެސް އަހަންނަށް ހީވީ އެއް ގަރުނު ފާއިތު ވެގެން ދިޔަ ހެންނެވެ. ނުވީތާކަށް ޓްރެއިނިންގް ހަދަން ދާން ޖެހެނީ މީހުންނަށް ޝައްކެއްވެސް ނުވާނޭ ގޮތަށް ލޯންޗެއްގައި ކައިރި ރިސޯޓަކަށެވެ. ސްކޫލުގައިވެސް ކަންތައްތައް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އަލަށް ވަތް ފިރިހެން ކުއްޖާ ކިޔާން […]
އިންޓަވިއުއަށް ދާން ތައްޔާރުވަމުން ދިޔަ މަލްސާ ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު ތުންފަތުގައި ކުލަ ޖައްސަން ގެންގުޅުނު ލިޕްސްޓިކްގެ މަތި ޖަހާލަމުން ރީތިވާ މޭޒު މަތީ ބެހެއްޓިއެވެ. ދެން އޭނަ ބަލާލީ ރީތިވާ މޭޒުގެ ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށެވެ. ލުއި މޭކަޕްގެ އެހީގައި މަލްސާގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދީފައި ވެއެވެ. އަނދުނުން ފަވާލާފައިވި މުށިކުލައިގެ ދެލޮލުގައި ވަނީ ތަފާތު ވިދުމެކެވެ. ދޮން މޫނުންވެސް ފެންނަނީ ތާޒާ ކަމާއި […]
“މި ކަންތައް ފުލުހުންނާ ހަމައަށް ދާން ބޭނުން ނުވަންޏާ މިހާރު، ހަމަ މި ވަގުތު މި ގޭން ނިކުމޭ!” ވަސީމްއަށް ބަލާލަމުން ހުޒާމް ބުނެލިއެވެ. އިގެންނަށްވެސް ގަބޫލު ނުކުރެވިފައި ބަލަހައްޓާއިގެންްނެވެ. ގައިގައި ތިން ހަތަރު ފަހަރަށް ޖެހިއެވެ. ދިް އިންނަން ފެށުމުންނެވެ.ަދުއަށް ޝަނާޒް ދަސް ނުވީތީއެވެ. ނުމެްވ ރުޅި އައިސްފައި ހުރި ވަސީމް ނިހާންއަށް ބަލާލާފައި ބާރު ހިނގުމެއްގައި އެ ގެއިން ނިކުމެގެން ދިޔަ ގޮތަށް ގެޔަށް ވަނެވެ. ވަސީމްގެ ފަހަތުން ނިހާންއާ ނަވާޒްވެސް ދިޔައެވެ. “ކިހިނެއްތަ […]
މަލްސާގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔަ ރޭޝަމް އޭނަގެ ފޯނުނަގައި މަލްސާއަށް ގުޅަން އުޅުނު ވަގުތު ގޭގެ ބެލް ޖަހާލި އަޑު އޭނައަށް އިވުނެވެ. ކަންފަތުގައި ޖައްސާލަން އުޅުނު ފޯނު ތިރިކޮށްލަމުން ރޭޝަމް އަވަސްވެގަތީ ދޮރުހުޅުވުމަށެވެ. ދޮރުހުޅުވާލުމާއެކު ރޭޝަމްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ މަލްސާ ފެނުމާއެކުގައެވެ. ދުވަސްތަކަކަށްފަހު އެކުވެރިޔާއާއި ބައްދަލުވުމާއެކު ލިބުނު ހިތްހަމަޖެހުން ރޭޝަމްއަކަށް ސިއްރެއް ނުކުރެވުނެވެ. އޭނަ ވަގުތުން މަލްސާގެ ގައިގައި ބައްދާލީ ކުޑަ ހަޅޭކެއްގެ އަޑާއެކުގައެވެ. ”ދޮންތަމެން ދުވަހަކު ބޮޑެއް ނުވާނެ، ހީވަނީ ކުޑަކުދިންތަކެއް […]
” އަހަންނަށް މާފު ކުރޭ މަންމާ… ” ރޮއެ ގަނެވުމާއި އެކު ނައިރާއަށް ބުނެވުނެވެ. އެއަޑު އިވުމާއި އެކު ތަނބުގެ ބިއްދޮށުގައި ހުރި އާޔަންއަށް ތެޅިގަނެވުނެވެ. އާޔަން ބޭނުންވީ އަވަސްވީގޮތަކުން އެއަންހެންކުއްޖާގެ މޫނު ދެކިލުމަށެވެ. ” މަގޭ ދަރި…” ނައިރާ ދުރުކޮށްލުމަށްފަހު އޭނާގެ ދެކޯތާފަތާއި ނިތްކުރިއަށް ބޮސްދެމުން ޝާކިރާ ބުންޏެވެ. އެވަގުތުވީ އާޔަންއަށްވެސް ނައިރާގެ މޫނު ފެނުނު ވަގުތަށެވެ. ފަސްއަހަރަށް ފަހު ނައިރާގެ މޫނު ފެނުމާއި އެކު އާޔަންއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. މިކަހަލަ ގޮތަކަށް […]
ެ. ޔަނާލާއި އަތާއި އަތް ޖަހާލަމުން އުޝާ ދިޔައީ ސާރގެ އޮފީހަށެވެ. އުޝާ ގޮސް އެރީ ކުޑަ ލިފްޓަކަށެވެ. ލިފްޓް ހުޅުވުމުން އޭނާ ގޮސް ވަނީ ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ދޮރު ހުޅުވުމުންނެވެ. “އައްސަލާމު އަލައިކުމް ސާރ.” އެ އަޑަށް މޫނު މަތީ އަތް އަޅާލައިގެން އިން ޝާފިއު ސިހިފައި ބަލާލިއެވެ. އަދި އިށީނުމަށް އަތުން އިޝާރާތް ކޮށްލިއެވެ. ޝާފިއު ފުން ނޭވާއެއް ދޫ ކޮށްލިއެވެ. “އުޝާ. މިހާރު މިތާ މިހިރަ ގިނަ ކުދިންގެ ތެރެއިން […]
ސަމިއްތަ އަހަރެންނާއި އެކު ވަގުތު ހޭދަކޮށް ހަދައެވެ. އަހަރެންނަށް ކާންދީ ހަދައެވެ. ނިދެނީ ސަމިއްތަ ކައިރިގައި އޮއްވައެވެ. އެދުވަސްތަކުގައި ސަމިއްތަގެ ހިތްހެޔޮކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެގޮތުގައި ބޮޑު ޗުއްޓީ ހޭދަވި ގޮތްވެސް ނޭންގުނެވެ. އެއި އަހަރެންގެ ބައްޕަ ޗުއްޓީ ނިންމާފައި ރިސޯޓައް ދާން، ފުރި ދުވަހެވެ. *** ބައްޕަ ފުރުވާފައި، ސަމިއްތަ އާއި އެކު އަހަރެން ގެއައް އައީ މޮޅިވެރި ކަމާއި އެކުއެވެ. ސަމިއްތަ ހުރުމުން ދެން ބައްޕަ އަންނާނީ ވަރަށް ގިނަ ދުވަސް ކޮށްފައިއެވެ. ގާތް […]
ގަޑިން ފަތިހު ހަތަރެއް ޖަހަނީއެވެ. ގަޑީގެ ވާޖިބު އަދާކުރަމުން ދިޔައިރު ކިންގް ސައިޒުގެ ތަނަވަސް އެނދުމަތީގައި ނިދާލާފާއި އޮތް ޒުވާން ފުރައިގެ އަންހެން ކުއްޖަކު އަރާމު ނިންޖަކުން ނިދާލާފައި އޮތެވެ. އޭނަގެ ފަން އިސްތަށިގަނޑު ވަނީ މޫނުމައްޗަށް ތަރުތީބެއްނެތި އުކާލެވިފައެވެ. ގައިމަތީގައި އޮތް ބްލޭކެޓް އަޅައިގެން އޮތްގޮތުން ހީވަނީ އޭސީގެ ފިނިކަމުން ހީކަރުވައިގެންފައި އޮތްހެންނެވެ. ކޮޓަރީގައި ހުރި ފަރުނީޗަރު ތަކުންވެސް ދިރިއުޅުމުގެ ފެންވަރު ދޭހަވެގެންދެއެވެ. ތަނަވަސްކަމާއި ސާފުތާހިރުކަން އެ ކޮޓަރިތެރެއިން ފެންނަމުން ދިޔައެވެ. ކޮންމެ އެއްޗެއްވެސް އޭގެ […]