އެލީޝާ ބުނަން އުޅުނު އެތި ޔުއާންއަށް ދޭހަވާން މާ ގިނައިރެއް ނުނެގިއެވެ. ޔުއާން ފުންމައިގެން ތެދުވުމަށް ފަހު ހަމަ އަސްލަށްވެސްހޭ އަހާލިއެވެ. އެލީޝާ ފުޅާ ހިނިތުންވުމެއް ދެމުން ބޯޖަހާލިއެވެ. ”ޔެސް…..ޔެސް…. އައެމް ގޮނަ ބީ އަ ޑޭޑް……އައެމް ގޮނަ ބީ އަ ފާދާރ….” ޔުއާން ހަޅޭއްލަވައިގަންނަމުން އެލީޝާގައި ބައްދާލިއެވެ. ޔުއާންގެ އަޑަށް ނިދާފައި އޮތް ސަދަފްވެސް ހޭލިއެވެ. ޔުއާން ސަދަފް އޭނާގެ އެދުން ނަގައިގެން އެލީޝާ ކައިރިއަށް އައެވެ. ”ސަދަފް ބޭބެއަކަށް ވަނީ…. މީ މިހާރު ބިގް […]
މީހުން ބުނާތީ އަހަމެވެ. މީހެއްގެ ގޮތް އެނގޭނީ އެމީހަކާ އެކީ އެއް ތަނެއްގައި ދިރިއުޅެން ފެށުމުންނެވެ. މި ބުނުމަށް އަހަރެން މާބޮޑު ސަމާލު ކަމެއް ނުދެމެވެ. އަހަރެން އުޅެ ބޮޑުވީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ ގޮތުގައެވެ. ހަމަ އެހެންމެ، އަހަރެމެންނާ އާއިލާގެ އެހެން މީހުންނާ މާ ބޮޑު ގުޅުމެއް އެއް އިރެއްގައިވެސް ނޯވެއެވެ. އެކި މީހުން އެކި ތަންތާނގައި އުޅޭ އިރު ވާނީ ވެސް އެކަހަލަ ގޮތެކެވެ. ކޮންމެއަކަސް ބުނަން މިއުޅޭ ވާހަކައަކީ، އަހަރެން […]
” މެދިޔަކަމެއް ވެނިމުނީ… އެނގޭތަ.. ނައިރާގެ ހުރޭ ހަތަރު އަހަރުގެ އަންހެންކުއްޖެއް… އަހަރެންގެ ކާފަ ދަރި ބަލާލާހިތުން ހުރެވެނީއެއްނޫން.. ނައިރާ އަހަރުމެންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް އަހަރެން އޭނައަށް މާފުކޮށްފިން.. މިވަގުތު އޭނައަށް އަހަރުމެންގެ އެހީތެރިކަން ވަރަށް ބޭނުންވޭ.. އޭނައަށް މިހާރު ހުންނާނީ ވިސްނިފަ.. މައިންބަފައިންގެ ބަސްނާހާ ކުރާ އެއްވެސް ކަމަކުން ފައިދާއެއް ނުވާނެ ކަން މިހާރު އޭނައަށް އެނގޭނެ..” ނާޝިދު ވަރަށް ޔަގީން ކަމާއި އެކު ބުނެލިއެވެ. ” އެހެންވީއިރު ހިނގާ އަވަހަށް ނައިރާ […]
”ގިޔާން… މަޑުކޮށްބަލަ…” ހަލުވިކޮށް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ތިރިއަށް ފައިބަމުން ދިޔަ ގިޔާންއަށް މަލްސާ ގޮވާލިއެވެ. ނަމަވެސް އައިސްފައި ހުރި ރުޅީގެ ސަބަބުން މަލްސާގެ އަޑަށް ގިޔާން އިޖާބައެއް ނުދިނެވެ. އޭނަ އިހުނަށްވުރެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ”ގިޔާން!…” ތަންކޮޅެއް ބާރަށް މަލްސާއަށް ގޮވާލެވުނެވެ. އޭނަވެސް އަވަސްއަވަހަށް ސިޑިން ފޭބިއެވެ. ގިޔާންއާއި އެއްހަމަ ކުރެވުނީ އިމާރާތުގެ މައިދޮރުން ގިޔާން މަގަށް ނިކުންނަން އުޅެނިކޮށެވެ. ސިޑިއާއި މައިދޮރާއި ދެމެދު އޮންނަ ހިމަ ކޮރިޑޯން ދުވެލާފައި ދިޔަ މަލްސާ ހިފީ ގިޔާންގެ […]
“ނަންނާ، ހިނގާ ދާން” ކުއްލިއަކަށް ޒައިނާގެ އަތުގައި ހިފާ ޝަނާޒްއާ ދުރަށް ޒައިނާ ގެންދަމުން ނިހާން ބުނެލި އިރު އެ އަޑުގައިވީ ހަރުކަށި ކަމުން ޒައިނާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފަހަތަށް އެނބުރި އަތުން ހަނާ އަޅާލަމުން ޒައިނާ ދިޔަތަން ބަލަން ހުރި ޝަނާޒްގެ ލޮލުން ކަރުނަ އައެވެ. ދެ އަތުން ލޯ ފޮހެލަމުން ޝަނާޒް ޝަބާއަށް ބަލާލިއެވެ. “ދޮންތާ… އެހެން ފަހަރަކުން އަނެއްކާ އަންނާނީ، އިހަށް ހިނގާ ގެޔަށް ދާން…” ޝަނާޒް އެދުމުން ދެކޮޅު […]
އެރޭ ނިދަން އުޅެއުޅެވެސް ނުނިދުނެވެ..އާދުވަހަކަށް އިރުއެރީ އަހަރެން އެނދުގެ އެއްފަރާތަކަށް ފުރޮޅިފައި އަނެއްފަރާތަކަށް ފުރޮޅެނިކޮށެވެ.. 10 ޖަހާލި ކަންހާއިރު ތެދުވެގެން ގޮސް ލޯގަނޑުން މޫނު ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.. އަހަރެންގެ ލޯކައިރި ކަޅުވެފައި ހުރުމުން އަހަރެންނަށް ހަޅޭލަވާގަނެވުނެވެ.. އެ އަޑަށް މަންމަ އައިސް ކީއްވީތޯ އެހިއެވެ.. އަހަރެން ވީ ގޮތް ބުނުމުން މަންމަ ބޯ ހޫރަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ.. މިއަދު މީ ރައިހާން އާ ފައިހާ ކައިވެނި ކުރާ ދުވަހެވެ… ކައިވެނި ޕާޓީ އޮންނަނީ […]
މިވާހަކަ އަކީ ކުރިންވެސް އަޅުގަނޑު މިސައިޓްގައި ގެނެސްދޭން ފަށައިފައިވާ އެހެނަސް ގެނެސްދިނުން މެނދުކެނޑިފައިވާ ވާހަކައެކެވެ. އެހެންކަމުން ބޮޑެތި ބަދަލުތަކަކާއި އެކު އަލުން މިވާހަކަ ގެނެސްދެން އަޅުގަނޑު ގަސްދު ކުރަމެވެ. ވާހަކަ ގެނެސްދިނުން މެދުކެނޑުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު މާފަށް އެދެމެވެ. އަދި އިންޝާﷲ މެދުނުކެނޑި މިވާހަކަ ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. ވާހަކަ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަމެވެ. …………………………………………………………………………………………………………………………………………………………………. ” އާޔަން.. އާޔަން.. ކޮންތާކު ފިލާ ތިއޮތީ” ބަދިގެއާއި ދިމާއާށް އަންނަމުން […]
5ވަނަބައި އަހަރެން ސިއްސައިގެން ދިޔައީ އާޒިމް އަހަންނާއި ދިމާއަށް އެބުރިލުމަށްފަހު އަހަރެންގެ އަތަށް ރަތްކުލައިގެ އަތްކުރު ތުނި ތުނި ނައިޓީއެއް ދިނީމައެވެ. އޭނާ އެދުނީ އެލައިގެން އައުމަށެވެ. އެ ތުނި ކަމުން އަހަރެން ހުރީ ލާން ނުކެރިފައެވެ. އެހެންނަމަވެސް އަޒީމް ކުރުނުކޮށް ކިޔަން ފެށުމުން ފާހާނައަށްގޮސް އެނައިޓީ ލައިގެން ނިކުތީމެވެ. ނައިޓީ ތުނިނުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު އެއްކޮށްހެން ހުރީ ފެންނާށެވެ. “ބޭބީ ހާދަ ލޮއެތްބޭ.. އަހަރެން ބޭނުން މިހާރުމިވަގުތުވެސް ބޭބީ އަހަރެންގެ މީހަކަށްހަދަން..އަހަރެން ބޭނުމެއްނޫން އަހަރެންގެ […]
“ޝަޓްއަޕް….ޖަސްޓް ޝަޓްއަޕް..” ކުއްލިއަކަށް ކޮޅަށްތެދުވަމުން މޭޒުމަތީގައި މުއްކެވިފައިވާ އަތުން ނިކަން ބާރަށް ޖަހާލަމުން ބުނެލިއިރު ޔުނާން ހުރީ އެ ނުރައްކާތެރި ރުޅީވެރިނަޒަރުން ޒޯހަންއާ ދިމާލަށް ބަލަހައްޓައިގެނެވެ. އެ ރީތި ދެލޮލުން އަލިފާންކަނި ބުރަމުންދާފަދައެވެ. ދެން ޔުނާން ކޮއްލިކަމަކުން އެންމެން ހައިރާންވިއެވެ. ޔައިޝް އާއި ޔާއިން ފިޔަވައެވެ. ޒޯހަން އާ ހަތަރުކަޅި ހަމަކޮއްލައިގެން ހުރިއިރު އެ ރުޅިވެރިނަޒަރު ފެނި ޒޯހަން ވެސް އެސްފިޔަތައް ތިރިކޮއްލިއެވެ. ދެން ކުއްލިއަކަށް އެއްޗެއް ތެޅިގެންދިޔަ އަޑުފަށްގަނޑަކުން އެންމެން ހައިރާންވިއިރު ދެލޯބޮޑުވިއެވެ. ޔާއިޝް އާއި […]