އޯގާވީ ހިތަކުން…26
ޗެކިންއަށް ވަނުމުގެ ކުރިން އީނާ ފަޒްލާގެ ގައިގައި ބައްދާލީ ބާރަކަށެވެ. ޢާއިލާ ދޫކޮށްފައި ދާންވުމުން އީނާގެ ހިތުގައި އަޅަމުން ދިޔަ ވޭން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. އެއަށްވުރެ ބޮޑަށް އޭނައަށް އަސަރުކޮށްފައިވަނީ ފަހުފަހަރަށް ވިޔަސް އަލްޔަސް އޭނައާ ބައްދަލުކޮށްލަން ނައީީތީއެވެ. ހިތް ޝަކުވާތަކުން ފުރިފައިވާއިރު އޭނަ ހުރީ ހިސާބަކަށް ރުޅިވެސް އައިސްފައެވެ. ފަޒްލާ އީނާގެ ބުރަކަށީގައި ފިރުމާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ”ނުރޮއި… މަންމަމެން ނެތަސް މުނީރާ އާންޓީ އީނާއަށް އެންމެންގެ ލޯތްބާއި އަޅާލުން ދޭނެ….” ފަޒްލާއަށް ވާހަކަ ދެއްކުނީ ކުރެހިފައިވާ އަޑަކުންނެވެ.
”ޓޭކް ކެއާރ…” ދައްކަން ކިތަންމެ ވާހަކަތަކެއް ހުރި ކަމުގައި ވިޔަސް ފަޒްލާ އެޖުމްލައިން ނިންމާލިއެވެ. އޭނަ އީނާގެ ނިތަށް ބޮސްދެމުން ކަރުނަތައް ފޮހެލަ ދިނެވެ. ޝިޔާޢުގެ މޫނުމަތިންވެސް ހިތާމައިގެ ކުލަވަރުތައް ފާޅުވަމުން ދިޔައެވެ. އެންމެނާއި ވަދާއުގެ ސަލާމްކޮށްލަމުން އީނާ ބަލައިލީ ރޫޔާއަށެވެ. އޭނަ ލަސް ފިޔަވަޅުތަކެއްގައި ގޮސް ރޫޔާއާއި ޒަލަފް ކައިރިއަށް ހުއްޓުނެވެ.
”ވެޑިންގްއަށް އަންނާނަން އިނގޭ…” ރޫޔާގެ އަތުގައި ހިފާލަމުން އީނާ ބުންޏެވެ. ރޫޔާ ބޯޖަހާލަމުން ހިނިތުންވެލިއެވެ. ”ހޭވް އެ ސޭފް ޖާރނީ…” ރޫޔާ ބުންޏެވެ. ޒަނާއާއި އީނާ އެކީގައި ހިނގައިގަތެވެ. ޒަލަފްގެ އުނަގަނޑު ދެއަތުން ވަށާލަމުން ރޫޔާ ފުންނޭވާއެއް ލިޔެވެ. އޭނަ ހުރީ ކަރުނަތައް އޮއްބާލައިގެންނެވެ. ފިނިވެފައިވާ ރޫޔާގެ އަތްތިލައަށް ފިތާލަމުން ޒަލަފް ރޫޔާގެ ތުނި ހަށިގަނޑުގެނެސް އޭނަގެ ހަށިގަނޑާއި ތަތްކޮށްލިއެވެ.
އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ ކުލަވަރުތަކެވެ. އީނާއާއެކު ގޭގެ ދިރުންވެސް ދިޔައީއެވެ. ދެން ގެއަށް ވެރިވެގެންދާނީ މަރުގެ ހިމޭންކަން ކަން ނޭގެއެވެ. ފަޒްލާ އަވަސް އަވަހަށް ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. އީނާ ލޮލުގެ ކޮޅަށް ގޮސް ގެއްލެންދެން ފެންކަޅިވެފައި ބަލަހައްޓައިގެން ޝިޔާޢުއަށް ހުރެވުނެވެ. އީނާއަކީ އޭނަގެ ހިތުގެ ވިންދެވެ. އީނާގެ ހިނިތުންވުމުން އޭނައަށް ދިރުން ގެނެސްދެއެވެ. އެލޯބި ހިނިތުންވުން ދުވަސްކޮޅަކަށް ވިޔަސް ނުފެންނާނެތީ އޭނަ ދެރަވީ އިންތިހާއަށެވެ.
އަލްޔަސްއަށް އާދެވުނުއިރު ކަނޑުގަދަވެ ފެރީގެ ހިދުމަށްވަނީ މެދުކެނޑިފައެވެ. ކައުންޓަރުގައި ހުރި މީހާއާއި އޭނަ ވަރަކަށް ޒުވާބުކޮށްލިއެވެ. ރުޅިއައިސް އޭނަގެ އަތުން ފައިން ގޯސްހެދޭހާ ހިސާބަށް ދިޔައެވެ. މޫނުގައި ފިރުމާލަމުން އަލްޔަސް ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އޭނަ ކުރި ކުށުގެ ސަޒާ މިއަދު އޭނައަށް ލިބިއްޖެއެވެ. މިދުނިޔެމަތިން އޭނަ އެންމެ ލޯބިވާ ފަރާތާއި ފަހުފަހަރަށް ބައްދަލުވުމުގެ ފުރުސަތުވެސް ނުލިބުނެވެ. ތަޤްދީރު އޭނައަށް ކެހިދީފިއެވެ. މި ވޭންތަކަށް ކެތްކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އީނާގެ މާފް އޭނަ ބޭނުމެވެ. މާފް ނުލިބޭހާ ހިނދަކު އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނައަށް ދިރުން ގެނެސްދިން އެލޯބި ހާސިލުކުރަން ބޭނުމެވެ. ނަމަވެސް ދެން ދުވަހަކުވެސް އީނާއާއި ބައްދަލުވުމުގެ ފުރުސަތެއް ލިބޭނެހެނެއް ހިޔެއް ނުވެއެވެ. އޭނަ ކުރި ކުށުގެ ސަޒާ ލިބުނީ ހިތްދަތި ގޮތަކަށެވެ. ތުނިކޮށްވެހެމުން ދިޔަ ވާރޭ ތެރޭން ހިނގާލާފައި ގޮސް އަލްޔަސް ކާރަށް އެރިއެވެ. އޭރު ދެލޮލުގައި ކަރުނަތިކިތައް ވިދާލަމުން ދިޔައެވެ. މިސްރާބު ގެއްލިފައިވާ މުސާފިރެއްހެން މަންޒިލެއް ނެތި އަލްޔަސް ކާރު ދުއްވާލިއެވެ.
”ކާއެއްޗެއް ކާލައިގެން ދާންވާނީ…..” ބޯރޑިންގް ޕާސްއަށް ބަލައިލަމުން ޒަނާ މިސްރާބު ޖެހީ ބާރގާ ކިންގްއަށް ދިއުމަށެވެ. ބާކީ ތިރީސް މިނެޓް އެބައޮތެވެ. އީނާ ވަކިއެއްޗެއް ނުބުނެ ޒަނާގެ ފަހަތުން ހިނގައިގަތެވެ.
ވާރޭ ތިކިތަކުން ފުސްކޮށްލާފައިވާ ބިއްލޫރިގަނޑުތަކަށް އީނާ ބަލަހައްޓައިގެން އިންއިރު އޭނަގެ ޚިޔާލުގައި ވަނީ އަލްޔަސް ނޫންދެވަނަ މީހެއް ނޫނެވެ. އަލްޔަސް އަންނާނެކަމަށް އޭނަ ހުރީ އުއްމީދުކޮށްގެންނެވެ. ނަމަވެސް އޭނަގެ އުއްމީދުތައް ވައިގެ ތެރެއަށް ބުރައިގެން ދިއުން ނޫންކަމެއް ނުވިއެވެ. ހިތަށް އިތުރު ޒަހަމްތަކެއް ލިބުން ނޫންކަމެއް ވެސް ނުވިއެވެ. ވާރޭގެ މަޑު ނާނާގެ ތެރޭން ފްލޭޓްތައް ލޭންޑްކުރާ އަޑު އިވިލަނީ ބޮޑު ފުރޭތަތަކެއްގެ ހަޅޭކުގެ އަޑުހެންނެވެ. އީނާ އޯޑަރުކުރީ ޖޫސްތައްޓަކަށެވެ.
އީނާގެ ހިމޭންކަން ޒަނާއަކަށް ކަމަކު ނުދިޔައެވެ. އޭނަ ހުއްޓާލުމެއްނެތި އެކިއެކި ސުވާލުތައް ކުރަން ފެށިއެވެ. އީނާ ބުނީ މަންމަ މަތިން މާބޮޑަށް ހަނދަންވަނީ ކަމަށެވެ. އީނާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަން ޒަނާ ދެން ދައްކަން ފެށީ ”ނައިޓިންގޭލް” ގޭގެ ރީތި ވާހަކައެވެ. ގޭގެ ބޮޑު ބަގީޗާ ފެނިއްޖެ ނަމަ އީނާ އާޝޯހުވެދާނެކަމަށް ބުނެލީ ލުއި ހުނުމަކާއެކުގައެވެ.
”ގެއަށް ގޮސް ޓުއާރއަކަށް ދާނީ…” އޯޑަރުކުރި ޖޫހާއި ސަބްމެރީން އައުމުން ޒަނާ އަވަހަށް ކާންފެށިއެވެ. އީނާ އެއްނޭވާއިން ޖޫސްތަށި ހުސްކޮށްލަމުން ސުޕާރީކޮޅެއް އަނގަޔަށް ލިއެވެ. ”ޒީ އަވަސްކޮށްބަލަ….” އީނާ ގަޑި ބަލާލަމުން ބުންޏެވެ. ”މިނިމުނީ…” ޒަނާ ފެންފުޅިން ކޯވަރެއް ބޯލަމުން ފެންފުޅި އަތްދަބަސް ތެރެއަށްލިއެވެ. ބިލަށް ފައިސާ ދައްކާލާލަމުން އީނާ އަވަސްވެފައިވާ ހިތަކާއެކު ގަޑި ބަލާލިއެވެ. އޭރު ތޫފާން މައިތިރިވެ ވާރޭގެ އަޑު ފަޒާތެރެއިން މުޅިން ކެނޑިގެން ހިނގައްޖެއެވެ.
ހަތަރުގަޑިއިރުގެ ދިގު ދަތުރަކަށްފަހު ފްލޭޓް ކުއަލަ ލަމްޕޫރު އިންޓަރނޭޝަނަލް އެއާރޕޯޓަށް ތިރިކުރަން ދިޔައިރު ވާރޭގެ މިލިއަން ތިކިތަކުން ފޯކޮށްލާފައިވާ އުސްއިމާރާތްތަކަށް އިރުގެ ދަޅަތައް އެޅިފައިވާ މަންޒަރު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ދޫނިސޫފާސޫފިތައް އެސޮރުމެންގެ ގެތަކާދިމާލަށް ބައިބަޔަށް އުދުހިފައިދާއިރު މާހައުލުގެ ތެރޭގައި އަތްގަދަކޮށްލާފައި އޮތީ އެސޮރުމެންގެ އަޑުންނެވެ. އިރުގެ ދަޅަތަކުގެ ތެރޭން ދުރުދުރަށް ފެތުރިފައިވާ ވިއްސާރަދުނިތަކުން ލޮލަށް ފިނިކަން ގެނެސްދޭނެކަން ގައިމެވެ. ޤުދުރަތުގެ ފުރިހަމަ ތަސްވީރުތަކެކެވެ.
ޒަނާ އިނީ ފްލޭޓުން ފޭބޭނެ އިރެއްގެ އިންތިޒާރުގައެވެ. ފޫހިވެގެން ގޮސް އޭނަ މަރުވާވަރުނުވީ ކިރިޔާއެވެ. އީނާ އާއި ދެމީހުން ތަފާތު ސީޓުތަކެއްގައި ލައްވާލަމުން އަނގަތަޅާލާނެ މީހަކުވެސް ނުވީއެވެ.
”މައި ބެކް….” ފްލޭޓުން ފައިބަމުން ޒަނާ ބުންޏެވެ. އީނާ ހުރީ ފިނިވެގެން ގޮސް ގަނޑުހިފަން ކައިރިވެފައެވެ. ފިނިގަދަކަމުން އޭނަގެ މޫނު ހުދުވާން ކައިރިވިއެވެ. ދެންމެ ވާރޭ ވެހިފައި ވުމުން އެހާމެ ފިންޏެވެ. ރަންވޭގައި ހެދިފައިވާ ކުޑަ ފެންކޯރުތަކުގެ ތެރޭން ހިނގާލާފައި ގޮސް އެރައިވަލް ބަޔަށް ވަނުމުން އީނާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ހަށަން ބަނދެލަމުން އޭނަ ތުންފަތުގައި ދަތްއަޅާލިއެވެ. އެއާއެކު ކުރުނޭވާތަކަކާއެކު ހަމައަކަށް އެޅެން އޭނަ މަސައްކަތްކުރިއެވެ.
ޕާސްޕޯޓުގެ ކަންތައް ނިންމާލުމަށްފަހު ދެކުދިންނަށް ބޭރަށް ނިކުމެވޭވަރުވީ ވިހި މިނެޓް ފަހުންނެވެ. ބޭރަށް ނިކުތްނައިރަށް ޒަނާއަށް އޭނަގެ މަންމަ ފެނިއްޖެއެވެ.
ރަޖްވާންގެ ދެމަފިރިން އައިސް އީނާމެންގެ ކުރިމައްޗަށް ހުއްޓުނުއިރު މުނީރާގެ ދެލޮލުގެ ވިދުންވަނީ ގަދަވެފައެވެ.
”އީނާ…” މުނީރާ އީނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ޒަމާންތަކަކަށްފަހު އީނާ ފެނުމުގެ ނަސީބު ލިބުމުން އޭނަ ހުރީ ނުހަނު އުފާވެފައެވެ. މުނީރާއަށް ބަލައިލަމުން އީނާ ހިނިތުންވެލިއެވެ.
އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާއިރުވެސް މުނީރާގެ ރީތިކަމަށް ފަނޑުކަމެއް އައިސްފައި ނުވެއެވެ. އެއްވެސް ކްރީމެއް މޫނުގައި ހާކާފައި ނުވާއިރުވެސް ފެންނަނީ ޒުވާންކަމުގެ ކުލަވަރުތަކެވެ. އުނަގަނޑާހަމަޔަށް އަންނަވަރުގެ ބުރުގާގައި ރީތި ޑިޒައިނެއް ވާއިރު މުނީރާ ލައިގެން ހުރި ކަޅު ހެދުމުގައިވެސް ވަނީ ލޯތައް ދަމައިގަންނަ ފަދަ ރީތިކަމެކެވެ. މުނީރާއަކީ ފެޝަނަށް ލޯބިކުރާ މީހަކަށް ނުވިޔަސް ރަޖްވާން ގެނެސްދޭ ޑިޒައިނާރ ހެދުންތައް މަދުންނަމަވެސް އޭނަ ލައިހަދައެވެ. މުނީރާއާއި ރަޖްވާން އެކީގައި ފެންނައިރު ކޮންމެ މީހަކުވެސް ތައުރީފުކުރާނެއެވެ. ދެމަފަރިން އެހާވެސް ގުޅެއެވެ.
ރަޖްވާން އިޝާރާތްކޮށްލުމާއެކު ޑްރައިވަރަކު އައިސް ލަގެޖްތައް ކާރުގެ ޑިކީއަށް އަރުވަން ފެށިއެވެ. ”ބޭބެ ކޮބާތަ؟….” ޒަނާ ވަށައިގެން ހޯދާލަމުން ބުންޏެވެ. ”އޮފީހުގަވީ….” ޖަވާބު ދިނީ މުނީރާއެވެ.
”އަހަރެން ބުނީމަވެސް ނައި….” ޒަނާ ތުންކޮޅު ދަމާލަމުން ހަށަން ބަނދެލިއެވެ.
‘ޒަވާން…” ދިގު ފިޔަވަޅުތަކެއް އަޅަމުން އައި ޒުވާނާ ފެނުމުން އީނާއަށް މަޑުން ބުނެލެވުނެވެ. ޒަވާން އައިސް ހުއްޓުނީ އީނާއާ ކުރިމައްޗަށް ވާގޮތަށެވެ. ކަޅުކުލައިގެ ފަޓްލޫނުގެ ޖީބަށް އަތްކޮށްޕާލަމުން އޭނަ ހިނިތުންވެލިއެވެ. ގަޔަށް ހިފާލާފައިވާ ހުދުކުލައިގެ ގަމީހުގެ މަތިން ލާފައިވާ ކަޅުކުލައިގެ ޖެކެޓްގެ ސަބަބުން ޒަވާންގެ ޝަހުސިއްޔަތު ވަރުގަދަކަން ހާމަކޮށްދެއެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ތޫނުފިލިކަމުން އީނާއަށް އިތުރަށް އުނދަގޫވިއެވެ. ގަދަ ކަޅުކުލައިގެ ދެލޮލާއި ކުޑަކޮށް ދިގުވެލާފައިވާ ފަސް އިސްތަށިގަނޑުން ޒަވާންގެ ރީތިކަން އިތުރުކުރުވައެވެ. އެވަގުތު ސިކުނޑި ތޮރުފަން ފެށީ އަލްޔަސްގެ ހަނދާންތަކުންނެވެ. މިހާރަކަށް އައިސް ފެންނަ ކޮންމެ ފިރިހެނެއްގެ ސިފަ އަލްޔަސްގެ ސިފައާއި އެއްގޮތް ވެއެވެ. އޭނަ މޮޔަވަނީ ހެއްޔެވެ؟ ޒަވާން ސަލާމްކުރަން އަތްދިއްކޮށްލި އަތުގައި ހިފުމުގެ ބަދަލުގައި އީނާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. އޭނަ ހުރީ އެކަނިވެލަން ބޭނުން ވެފައެވެ.
”ލަހުން ތިއައީ….” ޒަނާ ޝަކުވާކޮށްލިއެވެ. ”މީޓިންގް ނިމުނުހާ އަވަހަކަށް މިއައީ، އީނޫ އަންނަ ޚަބަރު ލިބިފައިވުމުން އެހާވަރުން މިއައީވެސް، ހެޕީ ޓު ސީ ޔޫ….” ޒަނާގެ ކޮލުގައި ޒަވާން ހިފާލިއެވެ. އީނާ ހުރީ ވާހަކަ ދައްކަން ނޭގިފައެވެ. އޭނަގެ ދުލަކު ވާގިއެއް ނެތެވެ. އޭނަ ބޭނުންވަނީ އެކަނި ވެލާށެވެ.
”ބޮލުގަ ރިއްސަނީތަ؟…” މުނީރާ އަހާލިއެވެ. ޖަވާބު ދިނުމުގެ ގޮތުން އީނާ ބޯޖަހާލިއެވެ. ”އެހާ ދިގު ދަތުރެއްކޮށްފަ އައީމަ ބަލިވާނެ، ބޭސްކާލާއިގެން އަރާމުކޮށްލީމަ ރަގަޅުވެދާނެ….” މުނީރާ އޯގާތެރި އަޑަކުން ބުންޏެވެ. މުނީރާގެ ފަހަތުން ގޮސް އީނާ ކާރަށް އެރިއެވެ. ގެއާ ހަމައަށް ދެވެންދެން މުނީރާ ތަފާތު ވާހަކަތައް ދެއްކިއެވެ.
”ނައިޓިންގޭލް” އަކީ ބޮޑު ހަވޭލީއެކެވެ. ގޭގެ ގޭޓުން ފެށިގެން ޕޯޓިކޯއާ ހަމައަށްދާން އޮންނަ ދިގު ފުޅާ މަގުގެ ދެފަރާތުގައި އިންދާފައިވާ މަޑު ރަތާއި ފިޔާތޮށިކުލައިގެ މާގަސްތަކުން ދިރުން ގެނެސްދީފައި ވާއިރު ، މަގުގައި އަޅާފައިވާ ހަތަރެސްކަން ގާކޮޅުތަކުގެ ތެރޭން ފެހިކަން ގަދަ ކާރޕެޓް ގްރާސްތައް ބޯދިއްކޮށްލައިގެން ތިއްބެވެ. ބޮޑު ގޯތީގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލައިފިނަމަ މާޔޫސްވެފައިވާ ހިތްތަކަށް ދިރުން ގެނެސްދޭނެކަން ޔަޤީނެވެ. ބިންގަނޑު ހިސޯރުކޮށްފައިވާ ފެހި ވިނަތަކުގެ މައްޗަށް ފަތުރާލާފައި އޮތީ އަނބު، ޖަންބު އަދި އޮރެންޖް ގަސްތަކުގެ ފަތާއި މާތުގެ ދޫލަތަކެވެ. ކަލާ ލިލީސް، ބަޓަފްލައި ބުޝް، ސަމާރސްވީޓް، އެޒޭލިއާގެ އިތުރުން ލިލަކް މާގަސްތަކުން ބަގީޗާގެ ހިތްގައިމުކަމާއި ރޫހު އިތުރުކޮށްދެއެވެ. ގުލްޒާރުގެ ޖާދުވީ ހުވަނދުވަސް ނޭފަތުގެ ތެރެއަށް ވިރިގެންދަނީ ވަރުގަދަ ޑްރަގެއް ފަދައިންނެވެ. އަދި ހަމައެއާއެކު ޑިޒައިންތަކަށް ކޮށާލެވިފައިވާ ޝްރަބްތަކަށް ލޯތައް ދަމައިގަންނާނެއެވެ. ގަސްތަކުގެ ހިޔަލުގައި ވަކަރު ބެންޗްތަކެއް ވެސް ބަހައްޓާފައި ވެއެވެ.
ފެންޑާއަށް ހިޔާ ދީފައިވާ ބޮޑު ޖުމްހޫރީމޭވާގަސް މާތަކުން ފުރިބާރުވެފައި ވާއިރު ރަންކުލައިން ޕެއިންޓްވެފައި ހުރި މޭވާތައް ފެނެއެވެ. އޭގެ ލުއި ވަސް ބޮޑުކޮޓަރިއާއި ހަމައަށް ފެތުރިފައި އޮތެވެ.
އީނާގެ ކޮޓަރިއާއި ހަމައަށް ގެންގޮސް ދިނީ ޒަނާ އެވެ. ލަގެންޖްތައް ގެނައުމުން އީނާ ހެދުންތައް އަލަމާރިއަށް ލާން ފެއްޓިއެވެ. ރީތިވާ ސާމާނުތައް ރީތިވާ މޭޒުމަތީގައި އަތުރާލާފައި އީނާ ފުން ނޭވާތަކެއް ލިއެވެ. ނިތުގައި ވިދަމުން ދިޔަ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން އޭނަ ލޯމަރާލިއެވެ. އެވަގުތު މަންމައާއި ބައްޕަ މަތިން ހަނދާންވުމުން ރޮވޭގޮތް ވިއެވެ. އޭނަ ކަރުނަތައް ފޮހެލަމުން ފާޚަނާއާއި ދިމާއަށް ހިނގައިގަތެވެ.
ފެންވަރާލުމުން އަރާމުވިއެވެ. އަތް ދިގު ގަމީސް ކޮޅަކާއި ހުދުކުލައިގެ ޖިންސެއް ލަމުން އީނާ އައިސް އިށީންދެލީ ރީތިވާ މޭޒު ކުރިމަތީގައި ހުރި އުސް ގޮނޑީގައެވެ. ލުއި މީރުވަހެއް އެކުލެވިގެންވާ ލޯޝަނުގެ މީރުވަސް އޭސީގެ ފިނިކަން ރަސްކަން ކުރަމުން ދިޔަ ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ރީތިވެލައިގެން އީނާ ދިޔައީ ތިރިއަށެވެ. އޭނަ ހުރީ ގޭގެ ތަންތަން ބަލާލަންދާ ހިތްވެފައެވެ. ފެންވަރާލުމުން ބަރުބަލިކަން ފިލައިގެން ހިނގައްޖެއެވެ.
ޒަނާ ފެނޭތޯ ހޯދަމުން ގޮސް ބަދިގެއަށް ވަންއިރު ޒަވާން ހުރީ ކޮފީއެއް ތައްޔާރުކުރާށެވެ. އީނާ ފެންނައިރަށް ޒަވާން ހަނާ އަޅާލިއެވެ. އައިކޮޅަށް އަނބުރާލާފައި ދާން އުޅެފައިވެސް އެހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އެހެންނޫނަސް ޒަވާންގެ ފަރާތުން ކަމަކަށް އެދެން ވެފައި އެބައޮތެވެ.
އީނާ ލަސް ފިޔަވަޅުތަކެއްގައި އައިސް ކޮފީ މެޝިން ކައިރިއަށް ހުއްޓިލިއެވެ. ޒަވާންގެ މޫނަށް ނުބަލާ ވޭތޯ އޭނަ މަސައްކަތްކުރިއެވެ. އެމޫނުން އޭނައަށް ސިފަވަނީ އަލްޔަސްއެވެ. އެސޫރައިންވެސް އޭނަގެ ނާޒުކު ހިތަށް އިތުރު އަނިޔާތަކެއް ލިބެއެވެ. ޒަވާންއާއި ވީހާވެސް ދުރުން އުޅެން އީނާ ގަސްދުކުރިއެވެ.
”ކޮފީ…” ޒަވާން ކޮފީތައްޓެއް ދިއްކޮށްލަމުން އީނާ ތަށީގައި ހިފެހެއްޓިއެވެ. އޭރު ޒަވާން ހުރީ ކެބިންއަކަށް ލެނގިލައިގެން އީނާގެ ހަރަކާތްތަކަށް ބަލާށެވެ. ކުރިން އޭނައާއި ބައްދަލުވެފައިވާ އިނާއާއި މިހާރު ފެންނަމުން މިދާ އިނާ ހާދަ ވަރަކަށް ތަފާތެވެ. މާލޭގައި އުޅުނިއިރު ދެމީހުންނަކީ ދެއެކުވެރިންނެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ ތަފާތު މަންޒަރެކެވެ. އީނާ މިވަނީ ބަދަލުވެފައެވެ.
”ފޮނި ކުއްޖެކޭ….” ޒަވާން ބުންޏެވެ.
”ބީއެފް ބުނީތަ ފިރިހެނުންނާ ވާހަކަ ނުދައްކާށޭ؟…” ލާނެތް ރާގަކަށް ޒަވާން ބުނި ޖުމްލައާއެކު އީނާ ކޮށިއަރައިފިއެވެ. ނުވީތާކަށް ދޫވެސް ފިހިއްޖެއެވެ. ތަށިއަތުން ދޫނުވީ ހަމަ ކިރިޔާއެވެ. ސިހިފައި އީނާއަށް ބަލައިލެވުނީ ޒަވާންގެ މޫނަށެވެ. ޒަވާން ހުރީ ބުމަ އަރުވާލައިގެންނެވެ. ”ވެލް އިޓްސް ނޯރމަލް… ކޮންމެ މީހަކު ވެސް ބޭނުންވާނެ އޭނަގެ ގާރލް ޕްރޮޓެކްޓްކުރަން…” ޒަވާން ބުނެލައިފިއެވެ. އީނާއަށް ބުނާނެ އެއްޗެއް ނޭގުނެވެ.
”ވާހަކަ ދައްކަބަލަ، އަހަރެން މީ ވިގަނިއެއް ނޫނޭ….” އީނާގެ ހިމޭންކަމުން ޒަވާންއަށް އުނދަގޫވިއެވެ. ”ކަމެއް ކޮށްދީފާނަންތަ؟….” ހިތްވަރުކޮށްލަމުން އީނާ ދިޔައީ އޭނަގެ މައުޟޫއަށެވެ. ނޭގޭ ސަބަބަކާ ހުރެ ޒަވާންއާ ވާހަަކަ ދައްކަން އޭނަ ޖެހިލުންވަނީ އެވެ. ”ކޮންކަމެއް؟….” ޒަވާން އެހި އެވެ.
”އައި ނީޑް އެ ސިމް….” ހިމޭންކަމަށްފަހު އީނާ ބުންޏެވެ. ޒަވާން ބޯޖަހާލަމުން މިރޭ އޭނަ އަންނައިރު ސިމެއް ގެނެސްދޭނެކަމަށް ބުންޏެވެ.
”އީނޫ ވެސް އަހަންނަށް ކަމެއްކޮށްދީފާނަން ތަ؟…” ޒަވާން އިސްތަށިގަނޑުގައި އަތްފުނާއަޅާލަމުން ބުންޏެވެ. އީނާ ބޯޖަހާލިއެވެ.
”ޖީއެފްއަށް ދޭން ރަގަޅު ގިފްޓެއް ބުނެބަލަ….” ޒަވާން ބުންޏެވެ. އީނާ ވިސްނާލިއެވެ. އޭނަގެ ހަނދާނަށް އައީ އަލްޔަސް އޭނައަށް ދިން ”ސްނޯ ގްލޯބް” އެވެ. އީނާގެ މެޔަށް ތަދުވިނަމަވެސް އޭނަ މޫނުމަތިން އެކަން ފާޅުވިޔަކަ ނުދިނެވެ. އޭނަ އައީ އެހުރިހާ ހަދިޔާތަކެއް ހިފައިގެންނެވެ.
”ސްނޯ ގްލޯބް…” އީނާ އައިސްއަލަމާރި ހުޅުވާލަމުން ފެންފުޅިއެއް ނެގިއެވެ. ދޫ ފިހިފައިވުމުން އޭނައަށް އުނދަގޫވަނީ އެވެ. ރަގަޅަށް ކެވިއްޖެއްޔާވެސް ރަގަޅެވެ.
”ވޯރކް ކުރާނެތަ؟….” ޒަވާން ޔަޤީންކޮށްލަން އަހާލިއެވެ. ”ހޫމްމްމް…” އީނާ ހޫމް އަޅުވާލިއެވެ.
”ތޭންކްސް….” ޒަވާން ބުނެލިއެވެ، އަދި މަޑުކުރުމެއްނެތި ދާން ހިނގައިގަތެވެ. އީނާ އައިސްއަލަމާރިއަށް ލެނގިލަމުން ނަޒަރު ހިންގާލީ ކުޑަދޮރުން ބޭރަށެވެ. މަޑުމަޑުން ދުނިޔެ އަނދިރިކަމުގެ ތެރެއަށް ގެނބެން ފެށީއެވެ. އޭނަގެ މާޔޫސްކަން އިތުރުވެ ހިތަށް އުނދަގޫކުރަން ފެށިއެވެ. ސިމް ލިބުމުން އަލްޔަސްއަށް ގުޅަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ.
”އީނޫ…” ބަދިގެއަށް ވަން ޒަނާ ގޮވާލިއެވެ. ”މަންމަ އެބަ ގޮވާ…” ޒަނާ އިތުރުކޮށްލިއެވެ.
ޒަނާގެ ފަހަތުން އީނާ ހިނގައިގަތެވެ. ތަނަވަސް ކޮރިޑޯން ހިނގާލާފައި ގޮސް ޒަނާ ކޮޓަރިއެއްގެ ދޮރު ހުޅުވާލިއެވެ. ސޯފާގައި އިށީންދެލައިގެން އިނދެ ޤުރުއާން ކިޔަވަމުން ދިޔަ މުނީރާ އީނާގެ އަތަށް އޭނަގެ ފޯނު ދިއްކޮށްލިއެވެ. ”ފަޒޫ އެބަ ގުޅާ….” މުނީރާ ބުނެލިއެވެ. މަންމަގެ އަޑު އިވުމުން އީނާއަށް ރޮވިއްޖެއެވެ. މަންމައާއި ވާހަކަ ދައްކަންމުން އީނާ ހިނގައިގަތީ ގޭގެ ބަގީޗާއާއި ދިމާއަށެވެ.
ފަނިފަކުސައިގެ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައިރު ނާމާންކަމެއް އެއަޑުގައި އެކުލަވިފައި ހުއްޓެވެ. އޮރެންޖާއި ފެހިކުލައިގެ ބައްތިތަކުގެ ދޯދިފަތްތައް ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް ފަނޑު އަލިވަރެއް ދީފައި އޮތެވެ. ފެންޑާއާއި ތަންކޮޅެއް ދުރުގައި އޮތް މަސްފެންގަނޑު ކައިރިއަށް ހުއްޓިލަމުން އީނާގެ ސަމާލުކަން ހުއްޓުނީ އެތަނަށެވެ. އޮމާން ފެންގަނޑުގެ ތެރެއަށް އެޅިފައިވާ ހަނދުގެ ރީތި މަންޒަރު އިރުއިރުކޮޅާ މަސްތަކުގެ މޫވްމެންޓްތަކުން މުގުރިގެންދެއެވެ. އެންމެންނާއި ވާހަކަ ދައްކާލަމުން އީނާ ފޯނު ކޯލް ކުރުކޮށްލިއެވެ. އޭރު އީނާގެ މޫނުމަތިން ހަމަޖެހުމުގެ ވިދުންތައް ފެނެއެވެ.
ފެންޑާއާއި އަރާހަމަވީތަނާ އައިނައިގޮތެއް ނޭގި ހުއްޓުނު ޒުވާނާގެ މޭގައި ޖެހިފައި އީނާގެ ފައިއަރިއަޅާލުމުން އޭނައަށް ހިފާލެވުނީ އެޒުވާނާގެ ޓީޝާޓުގައެވެ. ހުޝިޔާރުކަމާއެކު އޭނަ އީނާގެ އުނަގަނޑު ދެއަތުން ވަށާލަމުން ސަލާމަތްކޮށްދިނެވެ. ދެލޯމަރާ ތަގުޅިކޮށްލައިގެން އޮވެފައި އީނާ އެޒުވާނާގެ އެތުގެ ތެރެއިން ނިކުންނަން އުޅެގަތެވެ. އަލިވަރުގެ ތެރޭން އޭނާގެ މޫނު ފެންނަވަރު އީނާއަށް ވިއެވެ. ނުވެސް ދަންނަ މީހަކަށް ވުމުން އީނާއަށް ތެޅިގަނެވުނެވެ. އޭނަ ދެން ގަތީ ބިރެވެ.
އީނާއަށް ކުރެވުނު އަވަސް ހަރަކާތާއެކު ދެމީހުންވެސް އެކީއެއްފަހަރާ ވެއްޓުނީ ވިނަގަނޑު މައްޗަށެވެ. ވިނަގަނޑާއި އެޒުވާނާގެ ހަށިގަނޑާ ދެމެދުވެ ފިތިގެން ދިއުމުން އީނާއަށް ހަޅޭއްލަވައިގަނެވުނެވެ. އީނާ ދެލޯ ބޮޑުކޮށްލިއެވެ. އީނާ ބިރުގެންފައިވާވަރު އަންދާޒާ ކުރެވުމުން އެޒުވާނާ ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ތެތްވެފައިވާ ވިނަގަނޑުމަތިން އަނެއްކާވެސް ކައްސާލައިފިއެވެ. ނުރައްކާތެރި ދަރަޖައަކަށް ދެމީހުންގެ މޫނުވެސް ކައިރިވިއެވެ. އީނާ ތެދުވާން އުޅުމުން ބޮސް ދެވުނީ އެޒުވާނާގެ ތުންފަތަށެވެ. ސިކުންތެއްވެސް ނުވަނީސް އީނާ ދުރަށް ޖެހިލައިފިއެވެ.
”ނަޒްޔަކް… ތީ ކޮންކަމެއްތަ؟….” ޒަވާން ލޯމަތީގައި އަތްއަޅާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. ނަޒްޔަކް އީނާއާ ދުރަށް ޖެހިލަމުން ތެދުވެ ހިންދެމިލިއެވެ. ވައިރޯޅީގެ ބާރުމިނުގައި ތެދުވެ އީނާ ދުއްވައިގަތެވެ. އޭނަ ހުރީ ރުޅިއައިސްފައެވެ.
”އިޓް ވޯޒް އޭން އެކްސިޑެންޓް، އެ ކާކުތަ؟…. މައިޑެއްތަ؟….” ނަޒްޔަކް ބުނި ޖުމްލަ ސާފުކޮށް އީނާއަށް އަޑު އިވުނެވެ. ފަސްއެނބުރި ބަލާލުމެއްނެތި އީނާ ގޮސް ކޮޓަރިއަށް ވަނެވެ. އެތައްފަހަރު މޫނު ދޮވެލަމުންވެސް އީނާ ހިތްހަމަ ޖެހޭވަރެއް ނުވިއެވެ. ކޮންމެ ފަހަރަކު އެމަންޒަރު ސިފަވެގެންދެއެވެ.
”ބޮޑުކަމެއް، އަންހެން ކުއްޖަކު ފެންނައިރަށް ޖެހޭނެ ތަތްވާން، އާރގްގް….” އީނާ ދެދަތްފިލަ ޖައްސާބާރުކޮށްލިއެވެ. އޭނަ ރުޅިއައިސް އެތެރެއިން އަނދަނީއެވެ. ނަޒްޔަކް ގަސްދުގައި ކުރިކަމެއްކަން ޔަޤީނެވެ. އެނަންދެކެ ވެސް ރުޅިއައީ އިންތިހާއަށެވެ. އެހާދިސާ ފޮހެލެވޭނެނަމައޭ އީނާގެ ހިތަށް އެރިއެވެ. ނުވީތާކަށް ޒަވާންއަށް ވެސް އެމަންޒަރު ފެނިއްޖެއެވެ. ޒަވާން ހީކުރާނީ ގޯސްކޮށެވެ.
(ނުނިމޭ)
9 Comments!
Comments are closed.
I changed the name or rizvan to zavaan, dhen anebai sat ga upkohladeynan, inshaaallah 🙂 , kudhakoh busy vima lasmivi, nxt week in feshigen kurin buni schedule ah upkohladeynan inshaallah <3
noo wayy
nazyak aa eenu nugulhuvaathi
e dhemyhun gulhihjej yaa v hadi vaane
n eenu gulhen jeheynyy alyas aa
n maimoona ge hagee gaiyy engeyny kon irakun tha
n muthaa
adhi kithah part left eba io tha
adhi vx varah gina part ebahurfi tha
v nice mi part vx
v beuatiful n amxing 😉
keep it up 🙂
Nazyak e ee alyas ge dhonbe nick dw….I guess e noo marry kuran ulhey ni dn Nazyak aa..n again maimoona ah bolheh…he he …update soon ingey…nw its v interesting. ..can’t wait for the next part. ..love your story
next part kn irakuntha kiyaa hithun nuhurevey.anyway v nice mi part ves
Nazyak is alyas ge dhonbe tha?…curious vejje.. upload soon next part..
oooops..salhi ingey…kihineh ba vaan miulheny…alyas ah ena nulibeynee kanneynge….so so so nice mi va goi..but alyas..
v salhi alhe alyas ah dhera goiyvany tha ehn vehjeyah shai ah roveyne kahnenge
Very nice speechless
interesting move 🙂 poor maimoona….:P