Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިއާ….07

riya Level 2100 Comments10 Stories
May 14, 2014 3 Mins Read
17 Comments

ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ޔުނިވަރސިޓީއިން ކައިއާ ފެނުމުން ޔާނިސް ދުރުގައި ބަލަންހުރެއެވެ. ކައިއާ ނުރުހޭތީ ކައިރިއަށްގޮސް ވާހަކަ ދައްކާކަށް މަސައްކަތެއްނުކުރެއެވެ. ޔާނިސް ކްލާސްތަކަށް ދިޔަނަމަވެސް ފިލާވަޅަށް ދޭންވާ ސަމާލުކަންވެސް ނުދެވެއެވެ. ނަވީންމެން ކިތަންމެ ވަރަކަށް އެކަން ހަނދާން ނައްތާލުމަށް ބުނި ނަމަވެސް އިއްޔެވީ ކަމެއްހެން ޔާނިސްއަށް އެކަން އުނދަގޫކުރަމުންދިއައެވެ. ޔާނިސްގެ މިޒާޖަށްއައި ބަދަލާއެކު ނަވީންއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ އެކަމަކީ އޭނާގެ ހިޔާލުގެ މަތިން ކުރިކަމަކަށްވާތީއެވެ. ރާއިން އާއި ލޫތުއަށް ނޭނގުނަސް، އެކަމުގެ ހަގީގަތް ނަވީންއަށް އެނގޭތީއާވެސް އެކުގައެވެ.

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވެގެންދެއެވެ. އެއްމަސްދުވަސް ފާއިތުވެގެން ދިޔައިރު ޓެސްޓް ފެށުމަށް ދެތިން ދުވަހަށްވެއްޖެއެވެ. ޔާނިސްވެސް ހިތްވަރާއެކު ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރިއެވެ. މަންމަގެ އުއްމީދުތައް ފުރިހަމަ ކުރުމުގައި އަތުކުރިއޮޅާލިއެވެ. މާއްދާއަކަށްފަހު މާއްދެއް ނިމެމުންގޮސް ޓެސްޓް ނިމުމާއެކު ޔާނިސްއަށް ކައިއާ ގެއްލިއްޖެއެވެ. ލިބުނު ޗުއްޓީގައި މާލެ ދިއައީއެވެ. ޔާނިސްވެސް މާލެ ދާން ބޭނުންވިއެވެ. މިނޫނީ ރާއްޖެއިން ބޭރަށް އައިފަހުން އެނބުރި ދިއުމަށް ބޭނުންވި ފަހަރެއް ނާދެއެވެ. ހިތްކިތަންމެ ބޭނުންވި ކަމުގައިވިޔަށް އަމިއްލައަށް ގެއަށްވަދެލުމުން ލިބޭ ހިތްދަތިކަމުން އެނބުރިދިއުމަށް ބޭނުންނުވަނީއެވެ. ޗުއްޓީއަށްފަހު ކައިއާ އަލުން އެނބުރިއަންނާނެތީއާއެކު ދިއުމުގެ މާބޮޑު ބޭނުމެއްވެސް ޔާނިސްއަށް ނުފެނުނީއެވެ.

ޔާނިސްއަށް އަމިއްލަމީހެއްގެ އޮފީހުން ވަޒީފާލިބި ވަޒީފާ އަދާކުރަންފެށިއެވެ. އޭރު ޔުނިވަރސިޓީގެ ޗުއްޓީގެ ދުވަސްތައްނިމި އަލުންއާ ސެމިސްޓަރއެއްގެ ކިޔެވުން ފެށިއްޖެއެވެ. ޔާނިސްގެ ކިޔެވުން ނިމިފައިވިޔަސް ޔުނިވަރސިޓީއަށް ގޮސް ކައިއާ ފެނޭތޯ ޔާނިސް މަސައްކަތްކުރިއެވެ. އެންމެ ފަހުން ކައިއާ އުޅުނު އެޕާޓްމަންޓަށް ނަވީންވެސް ފޮނުވިއެވެ. ހުދާގެ ފަރާތުން ކައިއާ އެނބުރިނާންނާނެކަން އެނގުމާއެކު ކުރަމުންދިޔަ އުއްމީދުތައް ފުނޑުފުނޑުވެގެން ދިޔައެވެ. ލޫތުއާއި ރާއިން ހިތްވަރުދިނެވެ. އަދި ކައިއާ މަތިން ހަނދާންނައްތާލުމަށްފަހު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށްއެދުނެވެ. ވަގުތު ފަރުވާއަކަށް ވާފަދައިން ދުވަސްތައް މާޒީއާ އެކުވަމުން ދިޔަވަރަކަށް ކައިއާގެ ހަނދާންތަކުން ޔާނިސްއަށް ދުރުވެވުނެވެ. އަންހެންކުއްޖަކާ ގުޅުމެއް ނުބޭއްވި ނަމަވެސް ޔާނިސްގެ ކުރީގެ މަޖާ މިޒާޖު އަނބުރާ ލިބުމުން ރާއިންމެން ތިބީ ހިތްހަމަޖެހިފައެވެ.

“ޔާނީ… ޔާނީ……ޔާނީ…..ޔާނީ” ޔާނާގެ އަޑާއެކު ޔާނިސްއަށް ކައިއާގެ ހިޔާލުތަކުން ދުރުވެވުނެވެ.

“ވަޓް ހެޕަން…. ތަނެއްގަ ރޯވީތަ؟” ޔާނާގެ ބާރު އަޑުއިވުމުން ޔާނިސްވެސް ބާރަށް ބުނެލިއެވެ.

“ނޫނޭ… ކަމެއްވާނުވޭ…… ނިދަންވިޔަސް ތީ ބޮޑުވަރު…. ޔާ ބުނީމެއްނު މެއިލްކުރައްޗޭ ފޮޓޯތައް…. މިހާރު މޮމްރުޅިއައިސްގެން އެތިވަރުވެސް ގޮވާލައިފި…. ޔާނީ ހާދަ ޓްރަސްޓް ކޮށްފައޭ އެހެންބުނީ…. ޔާނީއަށް މޮމްގެ ގޮތްއެނގޭއިރުވެސް……” ޔާނާއަށް ހުރީ ރޮވޭގޮތްވެފައެވެ. ބުނާގަޑިއަށް ކަންތައްތައް ނުވުމުން އެތިވަރު ގޮވައިގަތުން އެއީ ނަދީމާގެއާދައެވެ. އެހާއަވަހަށް އެރުޅިގަނޑު ފިލައިގެންވެސް ދާނެއެވެ. ޔާނާއަކީ ނަދީމާ ބުނާކަމެއް ވަގުތުން ނިންމާ ކުއްޖަކަށްވުމުން އެރުޅިއާއި ކުރިމަތިލާންވުމުން މާބޮޑަށް ދެރަވީއެވެ.

“ހެ..ހެ..ހެ އެވަރުކަމަކާތަ ތިރޮނީ… މޮމް ކައިރީ ބުނެފާނަމޭ ޔާނާގެ މިސްޓޭކެއްނޫނޭ އެއީ…. އޭރުން ނިމުނީމު…. ހެޕީ” ޔާނިސް ކުޑަކުއްޖަކު ފަދައިން ޔާނާ ރުއްސަން މަސައްކަތްކުރިއެވެ.

“ދެން އޯކޭ އޭ… އެކަމަކު މިހާރު ހަމަ މެއިލް ކޮށްދޭންވީ….. އެން ޔޫ ހޭވް ގިވްމީ ފެރާރީ ޗޮކްލެޓްސް….” ޔާނިސްގެ އަތަށް ލެޕްޓޮޕް ގެނެސްދެމުންބުނެލިއެވެ.

“އޯކޭ ޑަން…. އެކަމަކު މޮޑެލްކުރާ ކުދިން ޗޮކްލެޓްކޭމަ ފިގާ ގެއްލޭނެއެއްނު” ޔާނިސް ބޭނުންވީ ޔާނާ ރުޅިއަރުވާލާށެވެ.

“ތިހެން ނުބުނެ ބުނެބަލަ… ނުދޭނަމޭ…. އަދިވެސް މެއިލް ކުރަން ނޫޅެ ތިއިންނަނީތަ…..ޕްލީޒް ހަރީ އަޕް” ޔާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“އެތާ މޭޒުމަތީގަ އޮންނާނެ ފޮޓޯ ސީޑީ… ގެނެސް ދީބަލަ” މޭޒާ ދިމާއަށް އިޝާރާތްކޮށްލަމުން ޔާނިސް ބުނެލިއެވެ. ޔާނާ އަވަސް އަވަހަށް ސީޑީ ގެނެސް ޔާނިސްގެ އަތަށް ލައިދިނެވެ.

“ހެ ހެ ހެ… މިއޮތީ ނުބައި ސީޑީއެއް ގެނެވިފަ…” ޔާނިސް އޭގައިވާ ފޮޓޯތައް ހުޅުވައިގެން ބަލަން އިނދެބުނެލިއެވެ.

“ކައިއާ…. ވަޓްސް ރޯންގް ވިތްޔޫ ޓްޑޭ….” ޔާނާ އަމިއްލައަށް އަޑުއަވޭވަރަށް ބުނެލިއެވެ. އަދި ފޯނުން ކައިއާގެ ނަންބަރު ހޯދާލުމަށްފަހު ޑައިލްކޮށްލަމުން ފޯން ކަންފަތުގައި ޖަހާލިއެވެ.

“ކައި…. ވެއަރ އަރ ޔޫ” ޔާނާ އެހެން ބުނެލިއަޑަށް ޔާނިސް ފަރުވާތެރިކަމާއެކު ޔާނާއަށް ބަލާލިއެވެ.

“އޯކޭ މިދަނީ ތިކޮޅަށް…. ވަރަށްބިޒީތަ މިގަޑި” ޔާނާ ފޯން ބޭއްވުމަށްފަހު ޔާނިސްއާއި ދިމާއަށް އެނބުރުނެވެ.

“ފޮޓޯ ސީޑީ ނަގަން މިދަނީ…. މޮމްއަށް ގެންގޮސްދާފައި އަންނާނީ…” ޔާނާ ނިކުންނަން ދަމުން ބުނެލިއެވެ،

“ހޭ ވެއިޓް އަ މިނިޓް… ޔާ ތިހިރީ ޓަޔާޑް ވެފައެއްނު… ޓޭކް ސަމް ރެސްޓް… އައި ކޭން ގޯ އެން ޕިކް އިޓް… ޔާ އަށްއެގޮތް އޯކޭތަ؟” ޔާނިސް ބުނެލިއެވެ.

“ތެންކްސް…. އެހެންވީއިރު ޔާ މިދަނީ ރެސްޓްކޮށްލަން….” ޔާނާ ނިކުމެގެން ދިއުމުން ޔާނިސް ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. ތާޒާ ވެލައިގެން ނިކުތް ޔާނިސް ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެއްލިއެވެ. އަދި ސެންޓްގެ ވަހުން މުޅިތަން އެއްވަސްކޮށްލަމުން ނިކުތް ޔާނިސް ޝަހުދު ނަމުން ގޮވާލިއެވެ. ދެފަހަރު ގޮވާލަންވާއިރަށް ޝަހުދު އައިސް ހުރީ ކުރިމަތީގައެވެ.

“ތާކަށް ދުރުވަންވީތޯ” ޔާނިސް ތައްޔާރުވެގެން ހުރިތަން ފެނުމުން ޝަހުދު ބުނެލިއެވެ.

“ހިނގާ އެފް ޑީ އައިއަށް ގެންގޮސްދޭން” ޔާނިސް ޝަހުދުއަށް އޮޅުންފިލުވައިދިނެވެ.

“އަޅެ ކޮބާތަ މަގޭ ފޮޓޯ ސީޑީ… މިތަނަށް އެހެންމީހަކު ވަދެފިތަ… ނުހުންނާނެ ބަހައްޓާތާކު އެއްވެސް އެއްޗެއް..” ކައިއާ ކުދިކިޔަމުން ކައިއާ ސީޑީ ހޯދުމައިގެން އުޅެއެވެ. އެއީ ރިނީ އެތަނަށް އައިވަގުތެވެ.

“ކައިއާ ހާދަވަރަކަށް ތިހޯދަނީ ކޯޗެއްތަ؟” ރިނީ ގޮނޑިއެއްގައި އިށީންނަމުންބުނެލިއެވެ.

“ސީޑީއެއް…. ވަރަށް ކުރީގެ ޕިކްތަކެއް ހުންނާނީވެސް އޭގަ” ކައިއާ އެހެންބުނުމުން ރިނީއަށް އަނގަމަތީގައި އަތްއެޅުނީ ހިތަށްއެރި އެއްޗަކުންނެވެ.

“ސީޑީ ރޮމްގަތަ އިންނާނީ… އަނެއްކާ ދެސީޑީ އޮޅުނީބާ…. ތީގަ އިން ސީޑީގަ ހުރި ޕިކްތައް ބަލާލަބަލަ…” ރިނީ އެހެން ބުނުމާއެކު ކައިއާ އެސީޑީގައިވާ ފޮޓޯތައްބަލާލިއެވެ. ވީވެސް ރިނީ ބުނިގޮތަށެވެ.

“ކައިއާ އައި އޭމް ސޮރީ… އެހާ ރީތި މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން… މޫނަށް ބަލަން ހަދައިގެން ވީގޮތަ…އަޅެ ކައިއާއަށް އޭނަ ރީއްޗެއް ނޫންތަ؟” ކައިއާގެހިތުގައި އުފެދިފައިވާ ތޫފާންގެ ހާލު ނޭނގިހުރެ ރިނީ ވާހަކަ ދައްކަމުންދިޔައެވެ.

“އެހެރަ ސަޅި ބޮޑީއެއް…. އަދި އެންމެ ރީތީ އޭނަގެ ދެލޯ…. ފެއިންޓްވާވަރުވޭ…” ރިނީ މަޑުމަޑުން އިނދެއަމިއްލައަށް ވާހަކަ ދައްކަމުންދިއައެވެ.

“ރިނީ ސްޓޮޕް އިޓް އެން ލީވް ނައު… އައި އޭމް ބިޒީ” ކައިއާ އެހެން ބުނުމުން ރިނީ އަވަހަށް ނިކުމެގެން ހިނގައްޖެއެވެ.

“ކީކޭ ހިތަށްއަރައިގެންތަ އޭނާ buy alphabolin methenolone enanthate primobolan depot with uk shipping އެއުޅެނީ…. އެންމެ ފެނިލުމަކުންވެސް ހަމަޖެހުންނަގާލައިފި…. އެހާދުވަސްކޮށްފަ ފެނުނީމަވެސް އެއިހްސާސްތައް… އަދިވެސް ބަދަލެއްނާދޭ… އޯގޯޑް…. އަހަރެން ކިހެނެއް ހަނދާނީ….” ކައިއާގެ ދެލޯ ތެމެންފެށިއެވެ.

“ރިނީ… އައި ޓޯލްޑް ޔޫ ޖަސްޓް ލީވްމީ އެލޯން” ދޮރު ލެއްޕުނުއަޑާއެކު ދޮރަށް ފުރަގަސްދީގެންހުރި ކައިއާ ބުނެލިއެވެ.

“ވަޓް ދަ….” ފުރަގަހުން ކައިއާގެކޮނޑުގައި އަތް ޖައްސާލުމާއެކު ކައިއާ ރުޅިއައިސްގެން ބުނެބުނެ ހުރި ބަސްތައްވެސް ހުއްޓުމަކަށްއައީ އެނބުރުނުއިރު ގައިގަ ޖެހޭނުޖެހޭ ހިސާބުގައި ހުރި ޔާނިސް ފެނުމުންނެވެ. ހަތަރުކަޅިހަމަވެގެން ދިޔައިރު ޔާނިސްއަށް ކައިއާގެ ފެންކަޅިވެފައި ދެލޯ ފާހަގަ ވެގެންދިޔައެވެ. ކައިއާ އަވަހަށްއިސްޖަހާލިއެވެ.

“މީ ޔާނާ ފޮނުވައިގެން….” ޔާނިސް ކައިއާއާ ދުރަށްޖެހިލަމުން ބުނެލިއެވެ. ކައިއާ މޭޒާމަތިން ސީޑީ ނަގައި ޔާނިސްއަށް ދިއްކޮށްލިއެވެ. ޔާނިސް ގަސްތުގައި ސީޑީގައިހިފީ ކައިއާގެ އިނގިލިތަކާއެކުގައެވެ. އެވަގުތު ކައިއާ އަވަހަށް އަތްދަމައިގަތެވެ.

“ކައި…. ކޭން ޔޫ ޖަސްޓް ޖިވްމީ ފައިވް މިނިޓްސް” ޔާނިސް ވާހަކަ ދެއްކީ މަޑުމައިތިކޮށެވެ.

“ބޭނުމަކީ ކޮބާ؟” ކައިއާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ވާހަކަ ދެއްކިއެވެ. ހަގީގަތުގައި އޭނައަށް ވެސް އޭނަގެ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލު ކުރުމުގައިވަނީ ނުކުޅަދިފައެވެ.

“ކައި އެހާހިތްހަމަނުޖެހެންޏާ ދަނީ…. ސޮރީ” ޔާނިސް ސީޑީ ހިފައިގެން ނިކުންނަންދިޔައެވެ.

“ޔާނު…. ވެއިޓް” ޔާނިސް އެނބުރި ބަލާލުމުން ކައިއާ އެދުނީ އޮޅިގެން ގެންދެވުނު ސީޑީ ދިނުމަށެވެ.

“ކޮފީއަކަށްދާން ޕްރޮމިސްކުރޭ… އޭރުން ސީޑީ ލިބޭނީ” ޔާނިސް ފުރުސަތުގެ ބޭނުންހިފިއެވެ.

ނުނިމޭ

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

އޯގާވީ ހިތަކުން…25

Next

ބަރުބާދު (ހަތްވަނަބައި)

Next
May 14, 2014

ބަރުބާދު (ހަތްވަނަބައި)

Previews
May 11, 2014

އޯގާވީ ހިތަކުން…25

17 Comments!

  1. riya says:
    May 14, 2014 at 7:37 am

    ހުރިހާ ކުދިން ކިހެނެއްތަ؟؟ ރިޔާގެ ދަރިފުޅު ބަލިވެއުޅޭތީ އާ ބައެއް ނުގެނެސްދެވި މިގިނަދުވަސްވީ …. މިއަންނަ ހަފްތާއިން ފެށިގެން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތީގައި އާބައެއް ގެނެސް ދިނުމަށް މަސައްކަތްކުރާނަން….

    ރަނގަޅުކޮށްލަންޖެހޭ ކަމެއްވާނަމަ ފާހަގަ ކޮށްލަދޭތި އިނގޭ… ބާއްޖަވެރި ދުވަހަކަށް އެދެން

  2. ramy says:
    May 14, 2014 at 8:10 am

    riyage dharifulhah avas shifaa akan edhen

    1. Fayaa says:
      May 14, 2014 at 9:51 am

      Riyaa ge dhatifulhah avas sifaa akah edhen

    2. riya says:
      May 14, 2014 at 12:30 pm

      thanxs fayaa

    3. riya says:
      May 14, 2014 at 12:39 pm

      thanks ramy

  3. REEE says:
    May 14, 2014 at 9:43 am

    Varah reethi mibaives 😉 I’m Good. Riya ge dharifulhah avas shifaa akah edhen 🙂 tgc

  4. Fayaa says:
    May 14, 2014 at 9:53 am
  5. Naanu says:
    May 14, 2014 at 11:06 am

    Nice…. gws riyage baby

  6. riya says:
    May 14, 2014 at 12:43 pm

    thanxs hurihaa kudhinan ves,, specially comment kuri ramy,faya, reeen naane….. riyage dharifulhu mihaaru okk

  7. corrections. says:
    May 14, 2014 at 1:43 pm

    You have TO GIVE ME chocolates ***

  8. shai says:
    May 14, 2014 at 2:54 pm

    v salhi igey

  9. REEE says:
    May 14, 2014 at 3:10 pm

    Varah salhi! 🙂 Get well soon dharifulhah!

  10. irish says:
    May 14, 2014 at 3:34 pm

    Get wel soon riya ge child… waiting 4 da next part..

  11. hawwa says:
    May 17, 2014 at 9:35 am

    V nyc ingey mi part ves..

  12. irish says:
    May 21, 2014 at 9:48 pm

    Hadha laheyy upload vaagoi

  13. akial says:
    May 22, 2014 at 10:16 am

    …..!

    maashaa allaah is v nic. & i llike this stry…. bt maa llahee uplaod vaaleh……….
    shafaa kaallaah khair ur bby inshaa allaah……. vvvvvvvv reethi mivaahaka…..

  14. aysha says:
    May 26, 2014 at 11:48 pm

    Miwaahaka up veythoa konme dhuwahaku check kurevey hope u’ll up the new part soon

Comments are closed.


All Right Reserved!