އޯގާވީ ހިތަކުން…23
”ނޫރާލް…” މައިމޫނާ ކޮޓަރިއެއްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ހަރުކަށި އަޑަކުން ބުންޏެވެ. މިލަ ހަނދުވަރުގެ އަލިފެތުރިފައިވާ އެކޮޓަރިއަކީ އަލަށް ރާނަން ފަށާފައިވާ ތަނެކެވެ. ސިމެންޓި ބަސްދާތަކުން ކޮޓަރި ފުރާލާފައި ވާއިރު ރޯޅިތަކާއެކު ދުންގަނޑެއް ފެތުރިގަނެއެވެ. މަތިން ބަލާއިރު ތޮއްޖެހިފައިވާ މާލޭގެ އެކިތަންތަން ފެނެއެވެ. ޓްރެފިކް ޖެމްއަކާ ކައިރި ހިސާބަކަށް ވުމުން ދުއްވާތަކެތީގެ އަޑު ހިނދުކޮޅަކަށްވެސް ކެނޑިގެން ނުދެއެވެ. ގޮނޑިއަކަށް ބަނދެފައި އިން ނޫރާލްއަށް މައިމޫނާގެ އަޑު އިވުމާ އެކު ބަލާލެވުނެވެ. މިއީ މައިމޫނާގެ ރޭވުމެއްތާ އެވެ. ދޮގުހަދާފައި އޭނައަށް ތައްޔާރު ކުރި ތަންދަތުރަގައި ޖެހުނީ މިނަށްތުރެ ގަމާރުވީމަ އެވެ. މައިމޫނާއަށް ސަމާލުވާން ހުއްޓާވެސް އޭނަގެ މޮޔަކަމުން ކަރަށް މަޅިމަހާލެވިއްޖެއެވެ. މިތަނުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ މައިމޫނާ އެއުޅެނީ އޭނަ މަރާލަން ހެއްޔެވެ؟ އޭނަ ހައްޔަރުކުރި މީހުން ފެނުނަސް ބިރުން ހަލާކުވާހާ ވެއެވެ. ސަލާމަތްވާން އާދޭސްކުރަންވީ ހެއްޔެވެ؟
”ޒަލަފްއަށް ތީނަގެ ނުބައިކަން ހާމަކުރާނަން….” ނޫރާލް އޭނަގެ ވިސްނުން ބަދަލުކޮށް މައިމޫނާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާކަށް ގަސްދެއް ނުކުރިއެވެ.
”އެހެންތަ؟ ޒަލަފް ގަބޫލުކުރާނެތަ؟ ބަލަ ނޫރާލްއަށް ވުރެ ޒަލަފްއަށް މުހިންމުވާނީ ރޫޔާ! އަހަރެންމީ ރޫޔާގެ މަންމަ، ރޫޔާގެ މަންމަގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވާއިރު ޒަލަފް މަޑުން ހުންނާނެތަ؟ ބަލަ ޒަލަފް އިތުބާރުކުރާނީ އަހަންނަށް، ތީ ކާކު؟ އަނެއްކޮޅުން ހެއްކެއްގެ މިންވަރުވެސް ނުލިބޭނެ، ބުނަން ކަލޭގެ ތި ފޮނިބައި ދައްކަނީ އެހެންމީހުން ކުރިމަތީގަ، ތިމާވަރުގެ މީހެއް ނެތްކަމުގައި ހެދިގެން އުޅެމީހުން ސައިޒަށް ތިރިކުރަން އަހަރެން ދަންނަމޭ، މީގެ ފަހުން ޒަލަފްއާ ވައިއެޅޭ ހިސާބަކުން ފެނުނަސް ކަލޭގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނަން، މީ އަހަރެން ދޭ އެޑްވައިސްއެއްގެ ގޮތުގައި ބަލާތީ! ހީކުރީތަ އަހަންނަށް އެއްވެސް ކަމެއް ނޭގޭނެ ކަމަށް؟ ކަލޭ ޒަލަފްއަށް ބަލާގޮތުން ކާކަށް އެކަން ސިއްރުވާނީ؟ ވެލް ޓޫ ބޭޑް ޒަލަފްއަށް އެކަން ނޭގޭތީ، އެކަމުންވެސް ޔަޤީންވޭ ނޫރާލްތީ ބޭކާރު މީހެއްކަމަށް، ނޫރާލްއަށް އެންމެ ރަގަޅުވާނީ ޒަލަފްގެ ހަޔާތުން ދުރަށް ދިޔައިއްޔާ، އަދި ބުނަން، ނޫރާލް ސަލާމަތްވެގެން ގޮސް ހަޤީޤަތް ކިޔައި ދިނަސް ޤަބޫލުކުރާނެ އެކަކުވެސް ނުހުންނާނެ، ސްޕެޝަލީ ޒަލަފް، ޒަލަފް ލިބޭނީ ހަމައެކަނި ރޫޔާއަށް!…” މައިމޫނާ ރުންކުރުކަމާއެކު ބުންޏެވެ. އޭނަ އައިސްފައި ހުރި ރުޅިގަނޑު ބާލަން ބޭނުންވީ ނޫރާލްއަށެވެ. ސަބަބަކީ މިރޭ ޕާޓީ ދޫކޮށް އޭނަ މިތަނަށް އަންނަން ޖެހުނީ ނޫރާލްގެ ސަބަބުންނެވެ. އެހެންނޫނަންމަ އަވްޝަން ހުއްޓުވުނީހެވެ. އޭނަގެ ރޭވުން ”ބެކްފަރާޑް” ވުމުގެ ޒިންމާ ނަގަން ޖެހޭނީ ނޫރާލް އެވެ!
ނޫރާލްގެ ދުލުގައި ތަޅެއް ލެވުނެވެ. މުޅި މީހާ ހުއްޓުމަކަށް އައިކަހަލަ އެވެ. މައިމޫނާ ބުނި ޖުމްލައާމެދު ފުންކޮށް ވިސްނާލެވުނެވެ. މައިމޫނާ އެބުނީ ތެދެކެވެ. މައިމޫނާގެ އަނދިރިފަރާތް ހާމަކުރަން އުޅުމުން އެންމެންގެ ނަފުރަތުގެ ލޯތައް އަމާޒުވާނީ އޭނާއަށެވެ. ފަރުދާގެ ނިވަލުގައި ހުރެ މައިމޫނާ ސަލާމަތްވާނެއެވެ. ޒަލަފްވެސް ރުޅި އަންނާނީ އޭނަ ދެކެއެވެ. ނޫރާލް ތުންފަތުގައި ދަތްއަޅާލަމުން އެސްފިޔަތައް ތިރިކޮށްލިއެވެ. ޒަލަފްދެކެ އޭނަ ލޯބިވިޔަސް އެއީ އޭނަގެ ނަސީބުގައި ލިބެން ނެތް ލޯތްބެކެވެ. ޒަލަފްއަކީ އެހެން މީހެއްގެ ހައްގެކެވެ. ޒަލަފް އޭނަ ދެކެނީ ކޮއްކޮއެއްގެ ނަޒަރުންނެވެ. ޒަލަފްއަށް މުހިންމުވާނީ ރޫޔާއެވެ. އޭނައަށްވަނީ އެކަން ފެނިފައެވެ. ދެން މިހާވަރުން ޒަލަފް ފަހަތުން ދުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މައިމޫނާއަށް އެވަނީ އޭނަގެ ސިއްރު ބޭޒާރު ވެފައެވެ. މައިމޫނާ ފަދަ ވިސްނުން ތޫނު މީހަކު ހުއްޓާ ޒަލަފް އޭނަގެ މިލްކަކަށްވުން އެއީ މުސްތަހީލު ކަމެކެވެ. ޒަލަފް ރޫޔާގެ ހައްގަކަށް ވާތަން ދެކެން ކެތްކުރެވޭނެ ހެއްޔެވެ؟
”އަހަންނަށް އެނގެޔޭ ކަލެއަށް ރަގަޅަށް ނުވިސްނޭނެކަން… ކަލޭ ކިތަންމެ ވަރަކަށް ޒަލަފް ހާސިލުކުރަން އުޅުނަސް އަހަރެން މިދުނިޔޭގައި ހުރިހާ ހިނދަކު އެކަން ވިޔަކަ ނުދޭނަން! މިމަސް ނިމުމުގެ ކުރިން ރޫޔާއާއި ޒަލަފްގެ ކައިވެނި ކުރެވޭނެ، ކަލޭ ޖެހޭނީ ދުރަށް ދާން!…” މައިމޫނާ ހަޅޭއްލަވައިގަތެވެ. އެއަޑަށް ނޫރާލް ދިޔައީ ސިއްސައިގެންނެވެ. މައިމޫނާ ބުމަ ކައިރިކޮށްލައިގެން ހުރިއިރު މޫނުމަތިން ފެންނަނީ ނުރުހުމުގެ ކުލަވަރުތަކެވެ. އެދެލޮލުން ނޫރާލް ނެތިކޮށްލަން ބޭނުންވާ ކަހަލައެވެ. ނޫރާލްއަށް ހިންދިރުވާލެވުނެވެ. ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ނޫރާލްއަށް ރޮވިއްޖެއެވެ.
”ފައިން، ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެއްނު، ފޭސް ދި ހެލް….” މައިމޫނާ ލޯއަޅާލިއެވެ. އޭނަ މި ކުނިކޮޅު އެއްފަރާތްކުރާނެއެވެ. މައިމޫނާ ކޮޓަރިން ނިކުންނަން ދިޔަ ވަގުތު ހަތަރު މީހަކު ކޮޓަރިއަށް ވަނުމާއެކު ނޫރާލްއަށް އަޑުން އަޑުނަގާފައި ރޮއިގަނެވުނެވެ. އޭނަ އާދޭސް ކުރިއެވެ. ސަލާމަތަށް އެދިއެވެ. ޒަލަފް އާއި ރޫޔާގެ ހަޔާތުން ދުރަށް ދާނެކަމަށް ވައުދުވެސް ވިއެވެ. ނަމަވެސް މައިމޫނާ އެހުރިހާ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ. އޭނަ ކޮޓަރިން ނިކުތްއިރު ވިހަކަންގަދަ ހިނިތުންވުމެއް ތުންފަތުގައި ކުޅެލަމުން ދިޔައެވެ. އޭނަ ދޭން ބެލީ ވީހާވެސް އަވަހަކަށް އެތަނުން ދެވޭތޯއެވެ. މިހާރު ޕޮލިހުން އަންނަން އުޅޭނެއެވެ. ބާރު ބާރަށް ހިނގާލާފައި ގޮސް އޭނަ ބޭރަށް ނިކުމެ ފުން ނޭވާއެއް ލިއެވެ. އޭނަ ހީކުރީ ވަރަށްވުރެ ފަސޭހައިން ސަލާމަތް ވެވިއްޖެއެވެ. އޭނަ ހީކުރީ ގުރޫޕު މީހުން ފައިސާ ހޯދަން އުޅޭނެކަމަށެވެ. ނަމަވެސް ނޫރާލްގެ އަވާގައި ޖެހި އެކަންވެސް ހަނދާނުގައި ހުރި ހެނެއް ހިޔެއް ނުވެއެވެ. މައިމޫނާ ޓެކްސީއަކަށް އަރަމުން އެމެއިރާއަށް ގުޅާލިއެވެ.
”މޫނީ، މަށަށް ހީވަނީ ޕްލޭން ވޯރކޮށްފިހެން، އެންމެން ހިނގައްޖެ ރެސްޓޯރެންޓް ދޫކޮށް….” އުމެއިރާއަށް އެވަރަށް ބުނެވުނުތަނާ ޑްރައިވަރު ގާތު ދާންވީތަން މައިމޫނާ ބުނެލިއެވެ. މައިމޫނާ އިނީ ގެއަށް ނުދެވިގެންނެވެ. ކާރުގެ ދުވެލި ބާރުކުރަން ބުނެވުނު އަދަދެއް ނޭގެއެވެ. އީނާގެ މޫނު ބަލައިލަން ހާދަ ބޭނުމެވެ. އެބޮޑު ދެލޮލުން ވަރަކަށް ކަރުނަ ފައިބާނެތާ އެވެ. އޭނަގެ ނަސީބު ހާދަ ގަދައޭ ހިތަށް އެރުމާއެކު މައިމޫނާ ”މާޝާﷲ” އޭ ކިޔާލައިފިއެވެ. އޭނަގެ އުފާތަކުގައި އެސްފީނާ ޖެހިދާނެތީ އެވެ.
ރޫޔާ އީނާ ގާތު އިށީންދެލައިގެން އިންއިރު ޢާއިލާ މެންބަރުންގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ހިތާމައިގެ އަސަރެވެ. އީނާއަށް އިނދެވުނީ ގަބުވެފައެވެ. މީހަކު ވާހަކަ ދެއްކިޔަސް ކަންފަތަކާ ހަމައަށް އަޑު ނުފޯރައެވެ. އޭނަގެ ސިކުނޑި ރަގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ރޫޔާ ނުރޯން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރިއެވެ. އޭނަ އެވާހަކަތައް ދޮގުކުރަން ބޭނުމެވެ. އަލްޔަސް އެފަދަ ދަށުދަރަޖައިގެ އަމަލެއް ކޮށްފާނެކަމާމެދު ހިތާއި ސިކުނޑި ދެކޮޅު ހަދައެވެ. ނަމަވެސް އީނާއަށް ލިބިފައިވާ އަނިޔާތައް ދޮގު ކުރެވޭނެ ހެއްޔެވެ؟ އެފުން ދެލޮލުން ކަރުނަ ދުވަހަކު ހުސްވާނެ ހެއްޔެވެ؟ އީނާއަށް ލިބޭނެ ވޭނާއި ހިތްދަތިކަން އޭނައަށް އިހުސާސް ކުރެވެއެވެ. އެންމެ ލޯބިވާ މީހާގެ ފަރާތުން އެފަދަ އަނިޔާއެއް ލިބުމުން ނަފްސާނީ ގޮތުންވެސް އަސަރުކުރާނެއެވެ. އަލްޔަސް ދެކެ އީނާ ވީ ލޯބި އޭނައަށް ވަނީ ފެނިފައެވެ. އޭނަގެ ދުޢާ އަކީ ވީހާވެސް އަވަހަކަށް އީނާ ރަގަޅު ވުމެވެ. އެދެލޮލުން ފައިބާ ކަރުނަތަކަށް ނިމުމެއް އައުމަށެވެ. އެރީތި ތުންފަތަށް ހިނިތުންވުން ވެރިވާ މަންޒަރު ދެކިލާށެވެ.
”އައި ކާންޓް ބިލީވް ދިސް…” މައިމޫނާ ބޮޑުކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އޭނަ ހުރީ އީނާގެ ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސްލާނެ ފުރުސަތެއްގެ އިންޔިޒާރުގައެވެ. ”ހުއްޓާލާ!…” ޝިޔާޢު ހަރުކަށި އަޑަކުން ބުންޏެވެ.
”ކީއްވެ؟ މިރެއަކު އަހަރެން މަޑުން ނުހުންނާނަން… މިކަމުގެ ފަހަތުގައި އީނާގެ އަތެއްވެސް ވާނެ، އީނާތީ ނުވިސްނޭވަރުގެ ކުޑަ ކުއްޖެއްތަ؟ ހިލޭ ފިރިހެނަކާއެކު އޭނަގެ ކޮޓަރިއަށް ވަންނަން ތީ މޮޔައެއްތަ؟ ޒަމާން މިވަނީ ބަދަލުވެފައި، މީހަކަށް އިތުބާރުކުރިޔަސް ތީދެން ބޮޑުވަރު، ތަސައްރަފު ނުފުދޭ ކުޑަކުއްޖެއް ނޫނޭ ތީ… ލޯބިވިޔަސް ކޮންމެކަމެއްގައިވެސް ހައްދެއް އޮންނާނެ” މައިމޫނާ އަޑަށް ބަދަލުގެންނަމުން ބުންޏެވެ. އޭނަ ބޭނުންވަނީ އަނދަން ފަށާފައިވާ އަލިފާންގަނޑަށް އިތުރަށް ތެޔޮއަޅައި ބޮނޑުކޮށްލާށެވެ.
”ދެން އެންމެ ލަފުޒެއްވެސް ބޭރުނުކުރާތި!…” ދަރިފުޅުގެ ދިފާއުގައި ނިކުތީ ފަޒްލާއެވެ. ޝިޔާއު އިނީ ހިމޭންވެފައެވެ. އެއީ މައިމޫނާއަށް ލިބުނު ފެހި ސިގްނަލެކެވެ. ޒަހަމްތައް ފުންކޮށް އެންމެންގެ ނަފްރަތުގެ އަމާޒަކަށް އީނާ ހަދަން އޭނައަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
”ކީއްވެ؟ އަހަންނަށް އެނގޭ ފަޒްލާއަށްވެސް ޤަބޫލުކުރަން ދަތިވާނެކަން، ޓްރުތް އިޒް އޯލްވޭސް ބިޓާރ، އަހަރެން ފުރަތަމަވެސް ބުނީމެއްނު އަލްޔަސްއާއި އީނާ އުޅެނީ ރަގަޅަކަށް ނޫނޭ، އެކަމަކު އަހަރެންގެ ވާހަކަތަކަށް އިތުބާރުކުރީ ކާކު؟ މިފަހަރުވެސް ނުބައިވާނީ އަހަރެން، އެންމެންގެ ނަޒަރުގައި އަހަރެންމީ ނުބައި މީހާ، ސުޕަރވިލަން، އަހަރެން ކިތައް ފަހަރު ވިސްނައިދޭން އުޅުނިން، އެކަމަކު ފަޒްލާއަށް އެކަން މުހިންމު ކަމަކަށް ނުވި، މިދުވަސް އަންނާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އޮތީމަ އެހާވަރުން ހުއްޓުވަން އުޅުނީވެސް، އެކަމަކު އަހަރެން މޮޔައަކަށް ހަދާލާފަ އެންމެން އީނާއަށް ހިތްވަރު ދިނީ، އެކަމުގެ ހިތިނަތީޖާ މިއަދު މިފެންނަނީ، އަހަންނަށް ހެޔޮ ހަޅޭއްލަވާ ގެއިން ބޭރަށް ލިޔަސް، އީނާގެ އަތެއް މިކަމުގައި ނެތި އަލްޔަސް ވެސް ކުރިއަކަށް ނުދާނެ…” މައިމޫނާ ދެމުބަ ކައިރިކޮށްލިއެވެ.
”ހީ ޓްރައިޑް ޓު ރޭޕް ހާރ….” ރޫޔާއަށް ނީނދެވިގެން ބުނެވުނެވެ. މަންމަ އެދައްކާ ވާހަކަތަކުން ގޭތެރޭގެ ހާލަތު އިތުރަށް ގޯސްވުން ނޫންކަމެއްވެސް ނުވާނެއެވެ. އަވްޝަން އޭނަގެ ރުޅިގަނޑު މަތަކުރަން ފުންނޭވާތަކެއް ލިއެވެ. މަންމައާއި ބައްޕަ ނެތްނަމަ އޭނަ ރަގަޅު ރައްދެއް ދިނީހެވެ.
”ރޭޕް ކޭސް ހައްދުފަހަނައަޅާފައިވާ ޒަމާނެއްގައި ހިލޭ ފިރިހެނަކާއެކު އޭނަގެ ކޮޓަރިއަށް އީނާ ދިޔައީ ކީއްވެތަ؟ އީނާއަކީ ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫނޭ، އީނާއަށް ހުރިހާކަމެއް ހުއްޓުމުގެ ބާރު އޮތް، ކީއްވެ އެގޭގަ އެކަކަވެސް ނޫޅޭ ވަގުތެއްގައި އަލްޔަސްއާއެކު އޭނަގެ ކޮޓަރިއަށް ދިޔައީ؟ ރަގަޅު ނިޔަތެއްގެ ފަޅުގެއެކަށް ދެލޯބިވެރިން ވަންނާނެތަ؟….” ޝިޔާއު އާއި އަވްޝަންގެ ހިމޭންކަމުގެ ފައިދާ މައިމޫނާ ނެގިއެވެ. އޭނަގެ މަގްސަދަކަށްވީ އެންމެންގެ ހިތް ކިލަނބުކޮށްލާށެވެ. ނަމަވެސް އެއީ މައިމޫނާއަށް ފަސޭހަކަމަކަށް ނުވިއެވެ.
އީނާއަށް އިތުރަކަށް ކެތެއް ނުވިއެވެ. އޭނަ ދުވެލާފައި ގޮސް ކޮޓަރިއަށް ވަނުމުމާއެކު ރޫޔާ ވެސް ދިޔައެވެ. އީނާ އެކަނި ދޫކޮށްލަން އެހާ ރަގަޅު ދަނޑިވަޅެއް ނޫންކަން އޭނައަށް އެނގެއެވެ.
”ޗީ، މައިމޫނާގެ ވިސްނުން ތިހުރިގޮތާ މެދު އަހަރެން ހިތާމަ ކުރަން! މީހުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުން ނޫންކަމެއް ކުރާކަށް މައިމޫނާއަށް ނޭގޭކަން މިރޭ އަހަންނަށް ޔަޤީންކުރެވިއްޖެ، ދަވްލާހް ވެސް މައިމޫނާ ދޫކޮށްލަން މަޖުބޫރުވީ ތި ނުބައި ވިސްނުމުގެ ސަބަބުން… މީގެފަހުން ތިދުލުން އީނާގެ ނަންވެސް ބޭރުކޮށްގެން ނުވާނެ! އަހަންނަށް ޔަޤީންކަން އެބައޮތް އީނާގެ ކުށެއް މިކަމުގައި ނެތްކަމަށް…” ޝިޔާޢުގެ ހަރުކަށި އަޑު ގުގުމާލިއެވެ. އޭނަ ވަރަކަށް ކެތްކޮށްފިއެވެ. ދެން އީނާގެ ނަން ކިލަބުވާފަދަ އެންމެ ލަފްޒެއްވެސް އަޑުއެހުމުގެ ކުޅަދާނަކަމެއް ލިބިފައި ނެތެވެ.
މައިމޫނާގެ ދުލުގައި ތަޅުލެވުނެވެ. ޝިޔާއުގެ ބާރު ހަޅޭކުގެ އަޑުން އޭނަ ސިހުނެވެ. ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނު ހިނދު އޭނަ ބިރުންގޮސް ހަލާކުވާހާވިއެވެ.
”ރާނިޔާ ކޮބާތަ؟…” ފަޒްލާއަށް އަހާލެވުނެވެ. އަވްޝަން ބަހެއްވެސް ބުނުމެއްނެތި ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. އަވްޝަންގެ ފަހަތުން ފަޒްލާ ދިޔަ އެވެ.
މައިމޫނާ ކޮޓަރިއަށް ދާން މިސްރާބު ޖެހިއިރު އޭނަ ހުރީ ހެވި ދިއްލިފައެވެ. އަވަހަށް އުމެއިރާއަށް ގުޅާފައި މި އުފާވެރި ޚަބަރު ދޭންވީއެވެ.
”ދަރިފުޅާ ރާނިޔާ ކޮބާތަ؟…” ފަޒްލާ އަވްޝަންގެ ބުރަކަށީގައި ފިރުމާލަމުން ސުވާލުކުރިއެވެ. އަވްޝަންއަށް އަސަރުކޮށްފައިވާކަން އޭނަ ދަނެއެވެ. ހުދު އޭނައަށްވެސް ލިބިފައިވަނީ ވަރުގަދަ ޝޮކެކެވެ. ލޮލުން ކަރުނަ ފޭބި އަދަދެއް ނޭގެއެވެ. އޭނަގެ ލޯބިވާ ދަރިފުޅު ހާދަ ވަރަކަށް އާދޭސްކުރާނެ ހެއްޔެވެ؟ އެދެލޮލުން ކަރުނަ ފައިބަމުން ގޮސް ވަނީ ރަތްވެ ދުޅަވެފައެވެ. ހަށިގަނޑަށް ލިބިފައިވާ ޒަހަމްތައް ފެނި އޭނަގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ވާހަކަ ދައްކަން އުޅުނީމަވެސް އީނާ އެންމެ ބަހެއްވެސް ބުނެލުނި ތާންގައި އޭނައާ ހަތަރުކަޅިވެސް ހަމަކޮށްލަން ފަސްޖެހުނެވެ. އީނާގެ ކުށެއް ނެތްކަން އޭނަ ދަނެއެވެ. ދަރިފުޅަށް އެވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. ވީހާވެސް އަވަހަކަށް ނަފްސާނީ މާހިރެއްގެ އެހީ ހޯދާންވީއެވެ.
”ގޭގަ…” އަވްޝަން ދިނީ ކުރު ޖަވާބެކެވެ. އޭނަގެ ރުޅިގަނޑު އަދިވެސް ފިނިވާގޮތެއް ނުވެއެވެ. އިރުއިރުކޮޅާ ސިފަވެގެން ދަނީ އެއް މަންޒަރު ތަކެވެ. ލޯބިވާ ކޮއްކޮއަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވި ވަގުތު އެކަންވެސް ކޮށްނުދެވުނެވެ. ދެން އޭނަގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެއަނިޔާވެރިޔާގެ ވަކިތަކުން އީނާ އެވަނީ ބަލިކަށިވެފައެވެ. ކޮއްކޮއަށް ލިބިފައިވާ ފުން ހިތާމަތަކުން އަރައިގަނެވޭނެކަމެއް ނޭގެއެވެ. އޭނަ އެނުލަފާ މީހާގެ ދުވަސް ދުއްވާލާނެއެވެ.
”ދަރިފުޅާ ޝާން، ރުޅި ފިނިކޮށްބަލަ، ރާނިޔާގެ ކުށެއް މިކަމުގައި އޮބައޮތްތަ؟، ރާނިޔާ އެއިނީ ދަރިފުޅުގެ ކުއްޖަކަށް ބަލިވެ، ދަރިފުޅުމެންގެ ދިގު އިންތިޒާރަށް ނިމުމެއް އައިސްފައި ވާއިރު މިހާރު ދަރިފުޅުގެ ލޯތްބައި އަޅާލުން ރާނިޔާއަށް ބޭނުންވާނެ މިންވަރު ދަރިފުޅަށް އިހުސާސް ނުކުރެވޭތަ؟… ރާނިޔާ ހުންނަނީ ދަރިފުޅުގެ އިންތިޒާރުގައި، ދޭ އެގެއަށް ގޮސް ރާނިޔާ ގޮވައިގެން އާދޭ… އަލްޔަސް ކުރި ކުށަށް ދުވަހަކު މާފު ނުލިބޭނެ…” ފަޒްލާ ވިސްނައިދިނެވެ.
***
ތާއިފްގެ އަތުގެ ހޫނު އެތިފަހަރެއް އަލްޔަސްގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައިރު ކުލްޘޫމް ހުރީ ދެރަވެ އިސްޖެހިފައެވެ. އޭނައަށް ލިބުނު ދެފިރިހެން ދަރީންގެ ތެރެއިން އޭނަ އެންމެ ބޮޑަށް ލޯބި ދީގެން ބޯޑުކުރި ދަރިފުޅު އޭނަގެ އިސް ލަދުން ތިރިކޮށްލަން މަޖުބޫރުކޮށްފިއެވެ. ތިން ކުދިންގެ ތެރޭންވެސް އެންމެ ބޮޑަށް ލޯބިދީގެން ބޮޑުކުރި ދަރިފުޅު އެކުރި ކުށަށް ދުވަހަކު މާފެއް ނުލިބޭނެއެވެ. ދެން ފަޒްލާމެންނާ ހަތަރުކުޅި ހަމަކުރަން ލާހިކެއް ނޫނެވެ. އެންމެ މިނެޓެއްގެ ތެރޭގައި ދެއާއިލާގެ ގުޅުން ބަރުބާދުވެގެން ހިނގައްޖެއެވެ. އެކަމުގެ ނޭދެވޭ އަސަރު ރާނިޔާގެ ދިރިއުޅުމަށްވެސް ކުރާނެއެވެ.
”ތީ އަހަރެންގެ ދަރިއެއް ނޫން، ހަމަ މިހާރު މިގެއިން ނިކުމެގެންދޭ! ކަލޭގެ ސޫރަ ވެސް ދެކެން ބޭނުމެއް ނޫން، އަޑު އިވިއްޖެތަ؟ ނިކުންނާށޭ!….” ތާއިފް ދަތްތަކަށް ބާރުލަމުން ބުންޏެވެ. ތާއިފްގެ ލޮލުން ކަރުނަތިކިތައް ވިދިކަމުގައި ވިޔަސް ހިތާމައަށްވުރެ ބޮޑަށް އެމޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ފަސް ފަހަރު އަލްޔަސްގެ ކޯތާފަތްމަތީގައި ޖެހިއިރުވެސް އަލްޔަސް ހުރީ ހުރި ފިޔަވަޅު މަތީގައެވެ. ކުށްވެރިޔަކު ފަދައިން އިސްޖަހާލައިގެން ހުރިއިރު އޭނަގެ ހިތަށް ކޮށްފައިވާ އަސަރުތައް ސާފުކޮށް މޫނުމަތިން ފާޅުވެއެވެ. އީނާގެ ތަސްވީރު ފަޅި ސިކުންތުކޮޅަކަށްވެސް ސިކުނޑިން ފޮހެވިގެން ނުދެއެވެ.
”ބައްޕާ…” ރާނިޔާއަށް އިތުރަށް ކެތެއް ނުވިއެވެ. އޭނަ އަލްޔަސްގެ ދިފާއުގައި ތެދުވުނެވެ. ކުލްޘޫމް ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. ބާރުގަދަ ނަގޫރޯޅިއެއް އަރާ ގުޅުންތަކުގެ ވާފަށް ކަނޑާލައިފިއެވެ. ހިތާމައިގެ ބޯފަރުދާތަކުން އާއިލާގެ އުފާވެރިކަމަށް ހުރަސް އަޅައިފިއެވެ.
”އަދިވެސް ހުރީތަ؟ ބަލަ އަޑެއް ނީވޭތަ؟…” ތާއިފް ހަރުކަށި އަޑަކުން ބުންޏެވެ. އޭނަ ރުޅިގަނޑު މަތަކުރަން ކުރެވުނުހާ މަސައްކަތެއް ކުރިއެވެ. އަލްޔަސްގެ ސަބަބުން އޭނައާއި ޝިޔާއުގެ ޒަމާންވީ އެކުވެރިކަމަށް ވެސް ލޮޅުންތަކެއް އަރައިފިއެވެ. ކުށެއްނެތް މައުސޫމް ކުއްޖެއްގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައްޖެއެވެ.
”ތާއިފް…” ކުލްޘޫމް ދެފަރާތަށް ބޯހޫރާލަމުން ބުންޏެވެ. އަލްޔަސް އޭނައާ ވަކިވެގެން ދާތަން ބަލަން ނުހުރެވޭނެއެވެ. އަލްޔަސް މިގެއިން ނިކުމެގެން ދާނީ ފަހެ ކޮންތަނަކަށް ހެއްޔެވެ؟ ތާއިފް ވަކި އެއްޗެއް ނުބުނެ ހުރުމަށްފަހު ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
”މަންމާ…” އަލްޔަސް އަށް ބުނެވުނެވެ. ކުލްޘޫމްއަށް އެއަޑު އިވިފައި ވީގޮތެއް ނޭގުނެވެ. މައިލަގޮނޑިއަށް ކެތެއް ނުވިއެވެ. ނަމަވެސް އޭނަ އިހުސާސްތައް ފޮރުވަން ކާމިޔާބު ހޯދިއެވެ.
”ހީނުކުރާތި އަހަރެން އަލްޔަސްއަށް މާފް ދޭނެކަމަށް….” ކުލްޘޫމް ބާރުބާރަށް ހިނގާލާފައި ގޮސް ސިޑިއާ އަރާހަމަކޮށްލިއެވެ. އޭނަގެ މޭގައި އުފެދިފައިވާ ރިހުން ގަދަވެ މުޅި މީހާ ދަލުން ފެންވޭރޭހާ ވިއެވެ.
އަލްޔަސް މިސްރާބު ޖެހީ ގޭގެ ފެންޑާއާއި ދިމާއަށެވެ. ރާނިޔާ ގޮވާލުމުންވެސް މަޑުކުރުމެއްނެތި ދިޔައީއެވެ. ރާނިޔާ ސޯފާގައި ޖައްސާލަމުން ދެއަތުން މޫނު ފޮރުވާލިއެވެ. ހިތާމަތަކަށް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އަވްޝަން ގުޅަނުލިތާންގައި މެސެޖެއްވެސް ފޮނުވާނުލިއެވެ.
ރާނިޔާގެ ހިއްސުތައް ގަނޑުވެގެން ދިޔައީ ނުހަނު ގާތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. ކަރުނަތައް ފޮހެލަމުން ރާނިޔާ ބަލާލިއެވެ. އެފިޔަވަޅުތަކުގެ އަޑުންވެސް އެއީ ކާކުކަން އޭނައަށް އެނގިއްޖެއެވެ.
”ޝާން….” ރާނިޔާގެ އަޑުގައި މަޑު ތުރުތުރުލުމެއް ވިއެވެ. އަވްޝަން ފެނުމުގެ ނަސީބު ލިބުމުން ރާނިޔާގެ ލޮލަށް ތާޒާ ކަރުނަ ޖަމާވިއެވެ. މަންޒަރުތައް ފުސްވެގެން ދިޔައިރު ރާނީޔާއަށް ކަރުނައިގެ ތެރޭން ހިނިތުންވެވުނެވެ. އޭނަ އަވްޝަންގެ ގައިގައި ބައްދާލިއިރު ކުޑަ ހަމަޖެހުމެއް ލިބުނެވެ.
”އައިމް ސޮރީ…” އަވްޝަން ބުންޏެވެ. މަންމަގެ ވާހަކަތަކުން އޭނައަށް ވިސްނިއްޖެއެވެ. ކުށްކުރީ އަލްޔަސްއެވެ. އެކަމުގެ ސަޒާ ރާނިޔާއަށް ދިނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ރާނިޔާއަކީ އޭނަގެ ލޯބިވާ އަނބިމީހާއެވެ. އޭނަގެ ދަރިފުޅުގެ މަންމައެވެ. ރާނިޔާ އެކަނިކޮށްލާފައި ދެވުމުން އޭނަ ދެރަވިއެވެ.
”ޝާން…. އެވްރީތިންގް އިޒް ރުއިންޑް….” ރާނިޔާ ކަރުނަތައް އޮއްބާލަމުން ބުންޏެވެ. އޭނަ ހުރީ އީނާއާއި ބައްދަލުކުރަން ބޭނުންވެފަ އެވެ. އަލްޔަސްގެ ކުށެއް ނެތްކަމަށް އޭނަގެ ހިތް ބުނެއެވެ. އަލްޔަސްގެ ދެލޮގައިވާ ރިހުން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


haada kuree muthaa! alhey alyasah ehen nahadhaa pls.. mihaaru roven kairi vejje mi coment nimeyiruves neyge ruin huttaaleveynekameh uaaaauaaauaaauaaahhhhua 🙁 🙁
V reethi …. dhera vehje.. alyas ah ehn nahadhabaaaa 🙂
varah dhreavejje hageegay haamavaanee kondhuvahakuntha maimoona ah rangalhu bodineh libeyne
alhey v.kada miharu mi va goi..ena nd alyas dhuru nukurachey!!plx plx plx……dhn maimoona kuri kanthah bust vegen dhane dhuvahakah inthixaru kuran
Ow haadha dhera gothekey dhen eena ya alyas dhoru nukurahchey. …maimoona ge kanthah avahah bust vaanama
dhn alyas ah thi hen nahadhaaba eyna haadha dhera vaane mimoona ah ragalhu ladheh dheyn vehje ehnun mimoona bitch… i ‘ll kill u v avahah mahsala hahluvaane kamah uhmeedh kuran
v deravehjje…hageegai haama khba…hurihaakameh hama kah alhuvaign vioyas ina n alyas gulhuvaathi. plx.