ހިތް ނުރޮއްވާ… (23)
ރިހާގެ އަޑަށް ސިޓިން ރޫމްގެ ދޮރާއި ދިމާލަށް އެންމެންހެން ބަލާލިއެވެ. އޭރު ރިހާ އައިސް ވަންނަނީއެވެ. ރިހާގެ ފަހަތުން މީހަކު އަންނަހެން ހީވުމުން އެންމެންގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން އެމީހަކު ހުއްޓުމުން އެހިސާބަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން މޫނުއެނގޭ ވަރެއް ނުވިއެވެ. އެނގެނީ އަންހެން ކުއްޖެއް ކަމެވެ. ފަހަތުން އައި ރިއާ ހުއްޓުނުކަން އެނގުމުން ރިހާ އަނބުރާލާފަ ރިއާ ގާތަށް ގޮސް ހުއްޓުނެވެ. ރިއާ ބުނީ ޖެހިލުންވަނީ ކަމުގައެވެ. ރިހާ ހާސް ނުވުމަށް ބުނެ ރިއާ އަތުގަ ހިފައިން އެތެރެއަށް ހިނގައިގަތެވެ. ނަސީމާ ތުނބުގަ ޖައްސަން ނެގި ސައިތަށި އަތުން ދޫވެގެން ވެއްޓުނީ ރިހާ އަތުގަ ހިފައިން އައި ރިއާ ފެނިއެވެ. ފެންކަޅިވެފައިވާ ދެލޮލާއި އެކު އިންތަނުން ތެދުވެވުނު އިރުވެސް ނޭނގުނެވެ.
ދެން އެ ދަރިފުޅު ފެނުމުގެ ނަސީބު ނެތްކަމަށް ނިންމައިން ތިބި ދަރިފުޅު ފެނުމުން ނަސީމާ އެކޭ އެއްގޮތަށް ނަސީރުވެސް ހުރީ ހުރި ތަނުން ގުޑިލަން ނޭނގިފައެވެ. އަދި އުފަލުން ހޭންވީކަމެއްވެސް ނުވަތަ ރޯންވީ ކަމެއްވެސް ނޭނގިފަ ރިއާ އަށް ބަލަހައްޓައިން ތިބެވުނީއެވެ. ހޭލާ ހުއްޓަ ފެންނަމުން ދާ ހުވަފެނަކަށް އެމަންޒަރު ނުވުމަށް އެދިއެދިއެވެ. “ނިހާ” ފެންކަޅިވެފައިވި ދެލޮލާއި އެކު މަންމަގެ އަތުތެރެއަށް އަންނާށޭ ބުނާފަދަ ގޮތަކަށް ނަސީމާގެ ދެ އަތް ރިއާ އާއި ދިމާލަށް އުފުލާލަމުން ނަސީމާ ބުންޏެވެ. ނިހާ އޭ ބުނުމުން ފުރަތަމަ ރިއާ ހުރީ ހުރީއެވެ. ނަމަވެސް އުމުރު ދުވަހު ހަނާގެ ރަހުމެއް ނެތް އަނިޔާތަކަށް ކެތް ކޮށްކޮށް މައެއްގެ ލޮތްބާއި ކުލުނަށް ފެން ބޮވައިގެންފައި ހުރި ރިއާ ބޭއިޙްތިޔާރުގައި މަޑުމަޑުން ނަސީމާ އާއި ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. އަދި ގޮސް ނަސީމާގެ އަތު ތެރެއަށް ވަދެ އެ މަންމަގެ ގައިގައި ބާރަށް ބައްދާލިއެވެ. ބުނާކަހަލައެވެ. ދެން ދުވަހަކުވެސް ރިއާ ދޫކޮށް ނުލާށެވެ. ނަސީމާގެ ކޮނޑުގައި ބޯ އަޅަލައިން އޮތް ރިއާ ބޯ ހިއްލާލާ ފަސް އެނބުރި ބަލާލީ ރިއާގެ ކޮނޑުގައި މީހަކު އަތްލުމުންނެވެ. ރިއާ ބަލާލި އިރު ދާދި ގާތުގައި ނަސީރު ހުއްޓެވެ. “ދަރިފުޅާ” ރިއާގެ މޫނުގައި ދެއަތުން ހިފާލަމުން ނަސީރު އޭނާގެ ދަރިފުޅަށް ގޮވާލިއެވެ. ރިއާވެސް އެއީ އޭނާގެ ބައްޕަކަން ވަގުތުން ދެނެގަތެވެ.
“ޑޭޑް… ވަޓްސް ގޮއިންގ އޯން؟” އަސަރުން ފުރިގެންވީ އެވަގުތުކޮޅުގެ ހަމަހިމޭންކަން ފޫ ދޫއްވާލަމުން އަޔާން ނަސީރަށް ގޮވާލާ ސުވާލު ކޮށްލިއެވެ. އެހެނީ ދެންމެ ރިހާ ގެނެސް ގެއަށްވެއްދި އަންހެންކުއްޖާ އާއި މެދު ނަސީރާއި ނަސީމާގެ އަމަލުތައް ހުރި ގޮތުން އަޔާންމެން ތިބީ މިވަނީ ކިހިނެތްކަން ނޭނގިފައެވެ. އެނގޭހާވެސް އެއްޗަކީ އެ އަންހެންކުއްޖާގެ ސޫރަ ރިހާ އާއި ތަފާތެއް ނެތްކަމެވެ. ނަމަވެސް ސިފަ ވައްތަރުވިއޭ ކިޔާފަ ނަސީރުމެން އެކުއްޖާއަށް ދަރިފުޅާ އޭ ކިޔަންވީ ކީއްވެ ކަމެއް އެމީހުނަކަށް ނޭނގުނެވެ. އެހެނީ ދިރާސާ ތަކުން ދައްކާ ގޮތުން ދުނިޔޭގައި އެކަކާއި ވައްތަރު އެތަކެއް ބަޔަކު އުޅެއެވެ.
ނަސީރަށް އޭނާގެ ދަރިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހުސް ސުވާލެވެ. އެސުވާލުތަކުގެ ޖަވާބު ދިނުމުގެ ކުރިން ނަސީރު ކުޑަކޮށް މީހާ ހަމަޔަކަށް އަޅުވާލިއެވެ. އަދި މާޒީގެ ޞަފްހާތަކުން ޞަފްހާއެއް އޭނާގެ ދަރިންނަށް އަދި އެތާ ތިބި އެންމެނަށް ސާފުވާނެހެން ކިޔައިދޭން ތައްޔާރުވިއެވެ. ނަމަވެސް އެއީ ނަސީރަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެހެން ކަމުން ނަސީރު ބަލާލީ ޒުބޭރަށެވެ. ޒުބޭރު ބޯ ޖަހާލީ ނަސީރަށް ހިތްވަރު ދޭ ކަހަލަ ގޮތަކަށެވެ. އެހެނީ ނަސީރުމެންގެ މާޒީގެ އެ ކަލު ދުވަސްތައް އެންމެން ގާތުން ދެކުނީ ޒުބޭރުމެންގެ ދެމަފިރިންކަމަށް ވުމުން ނަސީރަށް މިހާރު ކުރެވެމުން އެދާ އިޙްސާސް ވެސް އޭނާއަށް އެނގެއެވެ.
“މީ ނިހާ…” ނަސީރު އެންމެނަށް ބަލާލަމުން ފުރަތަމަ ނިހާ އެއީ ކާކުކަން ބުނެދިނެވެ. “ރިހާ އާއި ނިހާ އަކީ އެއްމާބަނޑު ދެބެން… އެއީ ރިހާމެނަށް ހަތްދުވަސް…” ނަސީރު ހުއްޓަމުން ބުނަމުންދިޔަ ޖުމްލަ މެދުކަނޑާލީ ނިހާއެވެ. “އަ… އަޅުގަނޑަށް ކިޔަނީ ރިއާ” ނިހަ ފުރަތަމަ ފަހަރަށް ނަސީރުމެންގެ ކުރިމަތީގައި އަނގައިން ބުނަންވުމުން ކުޑަކޮށް ޖެހިލުންވެ ހުރެ ނަސީރަށް ބަލާލަމުން ބުންޏެވެ. ނިހާގެ ވާހަކައިން ނަސީމާ އަދި ނަސީރުގެވެސް ތުންފަތް މައްޗަށް ހިނތުންވުމެއް ވެރިވެގެން ދިޔައެވެ. “ދަރިފުޅާ…” ނަސީމާ ވަރަށް ލޮތްބާއި އޯގާތެރިކަމާއެކު ނިހާއަށް ގޮވާލަމުން ނިހާއަށް ބުންޏެވެ. “ދަރިފުޅުގެ އަސްލު ނަމަކީ ނިހާ… މިއަދާ ހަމައަށް ތީ ރިއާ ކަމުގަ ވިއަސް ތީ މަންމަމެންގެ ނިހާ… މަންމަ ބޭނުމެއްނޫން ދެން އެއްގޮތަކަށްވެސް މާޒީވި ދުވަސްތަކުގެ ހިޔަނި ދަރިފުޅުގެ ދިރިއުޅުމަށް އެޅޭކަށް. އެހެންވެ ދެން ދަރިފުޅުވެސް ރިއާ މަތިން ހަނދާން ނައްތާލާފަ ނިހާއަށް ވާންވީ. މަންމަގެ ނިހާއަށް.” ނަސީމާގެ ބަސް ޤަބޫލުކޮށްފީމޭ ބުނާކަހަލަ ގޮތަކަށް ނިހާ ބޯޖަހާލިއެވެ. ނަސީރު އަލުން އޭނަ ނިންމާލި ހިސާބުން އަޔާންމެނަށް ނިހާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.
އެއީ ރިހާ އާއި ނިހާއަށް ހަތްދުވަސް ފުރުނު ދުވަހެވެ. އެހެންކަމުން ގޭތެރޭގައި އެންމެން މެންދުރު ނަމާދަށް ފަހު އޮންނަ ނަންކިއުމުގެ ހަފްލާއަށް ގޭތެރެއާއި އަދި ކެއުން ތައްޔާރު ކުރުމަށް އެކި ކޮޅުކޮޅަށް ހޭލަމޭލަ ވަމުން ދިޔައެވެ. މެންދުރުވެގެން އައިއިރު ލޯބި ލޯބި އެ ތުއްތު ދެ އަންހެން ކުދިން ތިބީ ނަންކިއުމުގެ ހަފްލާއަށް ވަރަށްވެސް ރީތިކޮށް ތައްޔާރުކޮށްލާފައެވެ. އަދި ގޭގެ މެދުގެ ތެރެއިން ހިޔާކޮށްފައިވާ އުނދޯލިގެ ހުންނަ ތަނުގައި އެ ދެކުދިން ކުޑަ އެނދުގައި ބާއްވާލާފަ އޮތް އިރު ފެންނަ ކޮންމެ މީހެއްގެވެސް ހިތް އެކުދިންނަށްޓަކައި ލޯބިން ފުރެއެވެ. ޒުބޭރުވެސް އެކި ކަންކަމުގަ އުޅެމުން އައިސް ކެމެރާއެއް ހިފައިން އެކުދިން ގާތުގަ މަޑުކޮށްލިއެވެ. އެ ދުވަސް ކޮޅަކީ ޒުބޭރަށް ފޮޓޯ ނެގުމުގެ ފޯރި މާގަދައަށް ހިފާފަ ހުރި ދުވަސްވަރެއް ކަމުން ޒުބޭރު ދާ ކޮންމެ ތާކަސް ދަނީ އޭނާގެ ކެމެރާ ހިފައިންނެވެ. އަދި ކުޑައެނދު ކައިރީ އިން ނަސީމާ ގާތު މިއައީ ރީތި ފޮޓޯގަނޑެއް ނަގާށޭ ބުނެ ފޮނިދައްކާލަމުން ތުއްތު ތުއްތު ރިހާ އާއި ނިހާ ޒުބޭރުގެ ކެމެރާގައި ގައިދު ކޮށްލިއެވެ. ރިހާއަށް ނަސީރުމެންގެ ކޮޓަރިން ފެނުނު ކުޑަ ލަކުޑި ފޮށިތެރެއިން ފެނުނު ތަސްވީރަކީ އެދުވަހު ޒުބޭރު ނެގި ފޮޓޯއެވެ. އެ ދުވަހު އެ ފޮޓޯ ނަގާފަ ޒުބޭރު އެ ފޮޓޯ އެއްވެސް މީހަކަށް ނުދޭނަން ކުމުގަ ބުންޏެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ޒުބޭރު އެ ފޮޓޯ ނަސީރުމެންގެ ދެމަފިރިންނަށް ދިނީ އެ މީހުނަށް އޭގެ ބޭނުން މާ ބޮޑުކަން އެނގޭތީއެވެ.
އަމާން އޮމާންކޮށް މެންދުރުގެ ކެއުމުގެ ސިފައިގައި ކުރިއަށް ދިޔަ އެ ހަފްލާ ނިމުމަކާއި ގާތްވެފަ ވަނިކޮށް ތަނަށް ނުތަނަވަސްކަމެއް ވެރިވެގެން ދިޔައެވެ. އެންމެންގެ މުނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ނަސީމާ އިނީ ރޮވިފައެވެ. ނަސީމާ ދެކުދިން ގާތު އިނދެފަ އެކުދިންނަށް ނިދިފަ ތިބިމުން ފާޚާނައަށް ގޮސްލާފަ އައިސް ކުޑަ އެނދުގަ ދެކުދިން ތިބި ގޮތެއް ބަލާލި އިރު އޮތީ އެންމެ ކުއްޖެކެވެ. ރިހާއެވެ. ނިހާ އެއް ނެތެވެ. ފުރަތަމަ ނަސީމާ ހީކުރީ ގެއިން މީހަކު ނިހާ ހޭލެވިގެން ރޯތީ އުރާލައިން މަސަލަސް ކުރަން އުޅެނީ ކަމަށެވެ. ނަމަވެސް އެންމެން ކައިރީ އެހި އިރުވެސް ނިހާ ނެގި މީހަކު އެތާކު ނެތެވެ. އެވަގުތުން ފެށިގެން ނަސީރުމެން ނިހާ ހޯދަން މަސައްކަތް ފެށިއެވެ. އެހެން އުޅުމުގެ ތެރޭގައި ކުޑަ އެނދު ކައިރީގައި ވެއްޓިފަ އޮތް ފަށުފުލެއް ނަސީރަށް ފެނުނެވެ. އެއީ މަޑު ނޫކުލައިގަ ކުކުޅު ބިސް ބުރަށް އޮތް ފަށު ފުލެކެވެ. ވަގުތުން ނަސީރަށް އެއީ ކާކުގެ އެއްޗެއްކަން އެނގުނެވެ. އަދި އޭނާގެ ދަރިފުޅު ވަގަށް ގެންދިޔަ މީހަކީ އެއީ ކަމުގައި ނަސީރުގެ ހިތް ބުނަމުން ދިޔައެވެ. އެންމެ ފަހުން ރުޅިއައިސްގެން ދަތްކުޑި ވިކާލެވުމާއެކު ނަސީރަށް އެނަން ދުލުން ބޭރުކޮށްލެވުނީ އިޙްތިޔާރަކާއި ނުލައެވެ. “ހަނާ!” އެ އަޑު ކައިރީގައި ރޮވިފައި ހުރި ނަސީމާއަށް ވެސް އިވުނެވެ. ހަމައެވަގުތު ނަސީރުގެ އަތުގައި އޮތް ހަނާގެ ފަށު ފޫ ވެސް ފެނުނެވެ. ހަނާގެ ހިޔަނި ދެން ނަސީމާގެ އެ އުފާވެރި ޢާއިލައަށް ނޭޅޭނެ ކަމުގަ ހީކޮށްގެން ހުރި ނަސީމާގެ ހިތްވެސް ބުނަމުން ދިޔައީ ނަސީރުގެ ހިތް ބުނަމުން ދިޔަ ވާހަކައެވެ. އެއީ ހަނާގެ ކަމެއް ކަމުގައެވެ.
ހަނާ އަކީ ނަސީރާއި ނަސީމާގެ އުފާވެރި ދިރިއުޅުމުގެ ހަމަޖެހުން ނަގާލި ފަރާތެވެ. ހަނާ ގެނެވުނީ ނަސީރުމެންގޭގަ ގެންގުޅޭ ކުއްޖެއް ގޮތުގައެވެ. ނަސީމާއަށް ގޭތެރޭގެ ކަންކަމުގަ އެހީތެރިވެދީ ހެދުމަށެވެ. ނަމަވެސް ހަނާއަށް ހަނާގެ ފެންވަރު އޮޅި އޭނާގެ ސާހިބު މީހާއަށް ކަޅިއަޅަން ފެށުނީއެވެ. ހަމައެކަނި މުއްސަނދިކަމާއި ފައިސާގެ ބޭނުމުގައެވެ. ނަސީރު ދެކެ ލޯބިވާ ކަމަށްބުނެ ނަސީމާ ގޭގަ ނޫޅޭ ވަގުތުތަކުގަ ނަސީރަށް އެކި ގޮތްގޮތުން ގޯނާކޮށް ހަނާގެ ކަންތައްތައް މާ މައްޗަށް ދާން ފެށުމުން ނަސީރު ހަނާ އެގެއިން ނެރެލީއެވެ. ނަސީރަކީ ރަށުގެ މީހުން ދަންނަ މީހަކަށް ވުމުން ހަނާގެ ޙަބަރު ރަށުތެރޭގައި ވަރަށްވެސް އަވަހަށް ފެތުރި މުޅި ރަށުގައި ހަނާ ބަދުނާމުވީއެވެ. އޭގެ ބަދަލުގަ ނަސީރުމެންގެ ދިރިއުޅުމުގެ ހަމަޖެހުން ނަގައިގަންނަން ހަނާ އަޒުމް ކަނޑައެޅިއެވެ. އެހެންކަމުން އެފަދަ ދަނޑިވަޅަކަށް ހަނާ ބަލަބަލަ ހުއްޓަ ރިހާގެ ދެބެން ނަސީރުމެނަށް ލިބުނެވެ. އެޙަބަރު ލިބުމުން އެއީ ނަސީރުމެންގެ ކިބައިން ބަދަލު ހިފުމަށް ރަގަޅު ފުރުޞަތެއް ކަމުގަ ހަނާ ދެކުނެވެ. އެހެން ކަމުން ނަންކިޔުމުގެ ޙަފްލާގެ ތެރެއިން އޭނާ ނަސީރމެންގެ ގެއަށް ވަދެ ދަނޑިވަޅު ބަލައި ނިހާ ގޮވައިން ހަނާ ފިލީއެވެ. އަދި އެވަގުތު ކައިރި ރަށަކަށް ދިއުމަށް ފުރި މަސް ދޯންޏަކަށް އަރައިން އަވަހަށް އެރަށުން ހަނާ ފުރީއެވެ. ނަސީރުމެންނަށް އެކަން އެނގުން އިރު ވަގުތު ފާއިތުވެއްޖެއެވެ. އެދުވަހު އެ މަސްދޯނި ދިޔަ ކަމަށް ބުނި ރަށަށް ގޮސް ވެސް ހޯދިއެވެ. ނަމަވެސް އޭރު އެ ރަށުގަވެސް ހަނާއެއް ނެތެވެ. އެއަށްފަހު ނިހާ ހޯދަން އެމީހުން ކުރަމުން އައި މަސައްކަތް އެތަކެއް އަހަރުވަންދެން ނަސީރުމެން ކުރިއެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބުނެވެ.
އެވަރަށް ކިޔައިދީފައި ނަސީރުގެ ވާހަކަ މަޑު ޖައްސާލިއެވެ. އޭގެ ފަހުން ކަންވެ ދިޔަ ގޮތްވެސް ނަސީރު ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް އޭނާ އެކަމެއް ނުކުރާނެއެވެ. އެހެނީ އެވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތެވެ. ވާނެހާވެސް ކަމަކީ އެންމެންގެ ކުރިމަތީގައި ނަސީމާގެ އަގުވެއްޓުމެވެ. އެހެނީ ދަރިފުޅު ގެއްލުމުގެ ހިތާމައިގައި ނަސީމާ މުޅިން ބަދަލުވީއެވެ. ރިހާ ކިތަންމެ ވަރަކަށް ރުއި ނަމަވެސް ނަސީމާއަށް އެއަޑު އިވޭ ކަމަކަށް ނުވެއެވެ. ނަސީމާ ރިހާ ދެކެ ލޯބި ނުވަނީއެއް ނޫނެވެ. ނަމަވެސް ރިހާ ފެންނަ ކޮންމެ ފަހަރަކު ނަސީމާގެ ސިކުނޑީގައި އެބުރިގަންނަނީ އޭނާ އަތުން ބީވެ ދިޔަ ދަރިފުޅުގެ ހަނދާންތަކެވެ. އެހެންކަމުން އެ ހިތާމައަށް ލުއެއް ހޯދަން ނަސީމާ ކުރިކަމަކީ ރިހާއާއި ވީހާވެސް ދުރުން އުޅުމެވެ. އެހެންކަމުން ނަސީރަށް ޖެހުނީ ރިހާގެ ކަންކަން ބަލަހައްޓަން މީހަކު ހޯދާށެވެ. އެ ގޮތުން ހައްވައްތަ އެގޭގައި ރިހާ ބެލުމަށް އައީއެވެ. ނަސީމާގެ ގާތުގައި ގާތުންދޭ ވަގުތު ނޫނިއާ ރިހާއެއް ނޯވެއެވެ. އެކަމާއި ނަސީރު ހިތާމަ ކުރެއެވެ. ނަސީރަށް ނިހާގެ ހަނދާން ނުވަނީކީ ނޫނެވެ. ނަމަވެސް އޭނަ އެކަމާއި ކުރިމަތިލީ މުޅިން ތަފާތުކޮށެވެ. ނަސީރު ރިހާއަށް މަންމަ އާއި ބައްޕަގެ ލޯބި ދިނުމަށް މަސައްކަތް ކުރިއެވެ. ރިހާގެ ހުރިހާ ކަމެއް އަބަދުވެސް ހުންނަނީ ރަގަޅަށް ވަގުތުން ވަގުތަށް ކުރެވިފަތޯ ނަސީރު ކިތަންމެ ބުރަކޮށް އުޅެމުންވެސް ބަލައެވެ. މަންމަ ހޯދުމަށް ރޯ ކޮންމެ ފަހަރަކުހެން ރިހާ އުރާލައިން ހުރެ މަސަލަސް ކުރަނީ ނަސީރެވެ. ނަސީމާ އޭނާގެ އެހެން ކުދިން ގާތު ވަގުތު ހޭދަ ކުރާއިރު ބާކީވެ އެކަނިވެ ހިތްދަތިވެފަ އިންނަ ރިހާ ފެންނަނީ ނަސީރަށެވެ. އެއިން ކޮންމެ ފަހަރަކު ނަސީރުގެ ލޮލުން ކަރުނަ ހިލެއެވެ. ނަމަވެސް ހިތްވަރު ކުރަނީ ރިހާއަށް ޓަކައެވެ. ނިހާ ފަދައިން ރިހާ ގެއްލިދިއުމަށް ނަސީރު ނޭދޭތީއެވެ. މިހުރިހާ ކަމަކާ ހުރެ އަބަދުވެސް ނަސީރަށް ރިހާ ވަނީ ޙާއްސަ ވެފައެވެ.
“އެކަމު މިއަދު ބައްޕަ އާއި މަންމަގެ އިންތިޒާރުގެ ނިމުން އަތުވެއްޖެ.” ނަސީމާގެ ގާތުގައި އިން ނިހާއަށް ބަލާލާ ހިނިތުންވެލަމުން ނަސީރު ބުނެލިއެވެ. ނަސީރުގެ ދެލޮލުން ފެންނަން ހުރި އުފާވެރިކަމެވެ. “ބައްޕަމެނަށް ނުވިކަންތައް ރިހާ ކޮށްދިނީ…” އެހިސާބަށް ބުނެފަ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ނަސީރު ވަށައިގެން ހޯދާލިއެވެ. ވަށައިގެން ބަލާލި އިރު ހުރިހާ ލޯތަކެއްހެން ވަނީ ނަސީރުގެ ވާހަކައިން އަސަރު ކޮށްގެން ފެންކަޅިވެފައެވެ. ނަމަވެސް އެ އެންމެންގެ ތެރެއިންވެސް ނަސީރު ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. ރިހާއެވެ. ނަމަވެސް އެކުއްޖާގެ ހިލަމެއް އެ ތަނުގަނެތެވެ. “ރިހާ” ނަސީރަށް ރިހާ ނުފެނުމުން މަޑުމަޑުން ބުނެލެވުނެވެ. މިއަދު ނަސީރަށް ވެސް ފުރަތަމަ ފަހަރަށް ރިހާ ބާކީ ކޮށްލެވިއްޖެ ކަމުގެ އިޙްސާސް ކުރެވުނެވެ.
===(ނުނިމޭ)===
[facebook][tweet][Google][follow id=”Username” ]
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


Thank You everyone for your Love & support. 🙂
v reethi.. avahah anehbai up koh dheythi.
V sali plz next part update kodhee arvaha
Plz thankolheh avahah up kohdhyba. Story kiyaa hithun cant wait too long. Keep it up
alhe v kiyaa hithun indhaa e nimunee plx avahah up kohlladhehche cnt wait
Ma v madhun nuny vaahaka akah comment eh nukuran… Mee ma mihaa thanah kee emme reethi vaahaka thakuge therein eh vaahaka.. V furihama genes dheyleh.. Keep it up.. Eagerly waiting for next part
i think todays part it as little bit short… grl ah v rangalhu thankolheh dhigu koh genesdheynama… anyways i jst luv tis story.. waiting fr the next part… hp tht we cn get v soon to read the next part.
Raina e ee aslu niha eh noon dw..aslu niha tho balan d.n a hadhabala..im confused. ..btw v nice ..waiting for the next part. ..love your story so much
Next part avahah up kohdheeba …. mi Vaahaka v reethi….:)o
V nice but this part is so short
ވަރަށް ،ވަރަށް ރީތި. އަނެއްބައިވެސް އަވަހަށް ގެނެސްދޭތި. މިއަށްވުރެ ދިގުކޮށް.
v salhi anehbai ves v avahah genas dheythi
Haadha laswani v kiyahitun mihuri v reyti waahaka gud
KOBA ANEHBAA HAADHA LAHEY UP VAALEH DHW HAADHA INTHIXAAAREH EBAKUREVEY ANEHBAYAH
INTHIXAARU KUREVENY EH NOONEY KIYAA HITHUN AVAHAH UP KOHDHYBA V NICE STORY EH V AVAS