ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭން އީނާ ލޯމަރާލަމުން ފުންނޭވާއެއް ލިޔެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެފައި ވާއިރު ރަގަޅަށް ނުވެސް ނިދެއެވެ. އޭނައަށް ލިބިފައިވާ ފުން ހިތާމަތަކާ ދުރުވާން ބޭނުންވިޔަސް އެއީ ކުރެވޭނެ ވަރުގެ ކަމެއް ނޫންކަން އޭނަ ދަނެއެވެ. އޭނަގެ ހިތް އެދި ރޮނީއެވެ. އަލްޔަސްގެ އަޑު އަހާލަން ދެކަންފަތް ވަނީ ބޭޤަރާރު ވެފައެވެ. އެހެނަސް އޭނަގެ ހިތުގައި އުފެދިފައިވާ ޒަހަމްތަކުން ރޯވެގެންދަނީ ނަފްރަތުގެ ހުޅުކޮޅެކެވެ. އޭނަ އަލްޔަސްއަށް މާފް ނުދޭނެއެވެ. ނަމަވެސް އަލްޔަސް ފެންނަން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އެދެލޮލަށް މޮޔައެއް ފަދައިން ބަލަން ހިތް އެދި ގޮވަނީ ކީއްވެ ހެއްޔެވެ؟ އަލްޔަސް އޭނަ ނިކަމެތިކޮށްލުމުންވެސް ލޯތްބަށް ކުޑަވެސް ފަނޑުކަމެއް ނައީ ކީއްވެގެން ހެއްޔެވެ؟

އީނާއަށް ރަގަޅަށްވެސް ރޮވިއްޖެއެވެ. ރުޅި އިސްކުރަން ބޭނުމެވެ. އެހެނަސް އަލްޔަސްގެ ސޫރަ ކުރެހިގެންދާ ކޮންމެ ވަގުތަކަ ހިތް ފުށްކޮޅެއްހާ މަޑުވެގެން ދެއެވެ. ހިމަހޯލި އިނގިލިތަކުން މޫނު ފޮރުވާލި ހިނދު ކަރުނަތައް ހަލުވިކަމާއުގެ އިނގިލިތަކުގެ ތެރޭން ދެމިގެންފިއެވެ.

އީނާ އަޑުބޭރުވިޔަ ނުދިނުމުގެ ގޮތުން އަނގަ މަތީ އަތްއެޅިއެވެ. އީނާ ސިއްސައިގެން ދިޔައީ ހިމޭންކަމުގެ ތެރޭން ފޯނު ރިންގްވާން ފެށީމައެވެ. ރިންޓޯނަކަން ލާފައި އިން ލަވައިންވެސް އެއީ ކާކުކަން އޭނައަށް އެނގިއްޖެއެވެ. ފޯނަށް ޖަވާބު ދޭކަށް އޭނަ ބޭނުމެއް ނޫނެވެ. ފޯނު ކެނޑެންދެން ސްކްރީނަށް ބަލަން އިނދެފައި އީނާ ދެލޯ މަރާލިއެވެ. ދިގު އެސްފިޔަތަކުގެ ހިމަކޮޅުން ލާފައި އޮހިގަތީ ތާޒާ ކަރުނައެވެ. ފަސްފަހަރު ރިންގްވިއިރުވެސް އީނާ ޖަވާބު ދޭކަށް ނޫޅުނެވެ. އޭނަ އިނީ ހިސާބަކަށް ގަބުވެފައެވެ. ދެން އައީ މެސެޖެކެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކާއެކު އީނާ ފޯނު ނެގިއެވެ. އަވަހަށް މެސެޖް ހުޅުވާލަމުން އޭނަ ފުންނޭވާތަކެއް ލިއެވެ.

”އައިމް ސޮރީ….” މެސެޖުގައި ވިއެވެ. ފޯނު ދުރަށް އެއްލާލަމުން އީނާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. އޭނައަށް ކުރި އަނިޔާތަކަށް އެލަފުތަޒުން ދުވަހަކު ލުޔެއް ނުލިބޭނެއެވެ! އޭނަގެ ފައިބުޑަށް ވެއްޓި އަލްޔަސް އާދޭސް ކުރިޔަސް ހެވެވެ. އޭނަ އަލްޔަސްއަށް ހާދަ ވަރަކަށް އިތުބާރުކުރި ނޫން ހެއްޔެވެ؟ ހާދަ ވަރަކަށް ލޯބި ވިއެވެ. ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެން ކުއްޖާކަމަށް ދެކުނެވެ. އޭނަގެ އުފާތައް އަލްޔަސްގެ ދެއަތުން ނެތިކޮށްލާފައި މިހާރު މާފަށް އެދުމުގެ ބޭނުމެއް ނެތެވެ. އެރޭ އޭނަކުރި އާދޭސްތަކުގެ އަޑު އަލްޔަސްއަށް ނީވުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ދެލޮލުގައި ވި ސިހުމާއި ބިރުވެރިކަން ނުފެނުނީ ކީއްވެގެން ހެއްޔެވެ؟ އީނާ ކިތަންމެ ވަރަކަށް ރުޅި އިސްކުރަން އުޅުނުކަމުގައި ވިޔަސް އެއީ ކުރެވޭނެ ކަމެއް ނޫންކަން އޭނަ ރަގަޅަށް ދަނެއެވެ. ދެމީހުން އެއްތަން ވެއްޖެނަމަ ހަތިޔާރު ބަހައްޓަން އޭނައަށް މަޖުބޫރުވާނެ އެވެ. ނަފްރަތުވެވުން އޮތީ ވަރަށް ދުރުގައެވެ. އެލޯތްބަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ.

އީނާއަށް ދެލޯ މަރާލެވުނު ވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑު އިވިފައި އޭނަ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ބާލާލެވުނު ހިނދު ސްވިޗްބޯޑާއި ދިމާއަށް އަތް ހިންގާލެވުނެވެ.

”ރިލޭކްސް މީ އަހަންނޭ…” ރޫޔާ ގަދަކަމުން ހިނިތުންވެލިއެވެ. އޭނަ ގެނައި ތަބަކު ސައިޑްޓޭބަލް މަތީ ބަހައްޓަމުން ރޫޔާ އީނާގެ މޫނަށް ބަލާލިއެވެ. އަދިވެސް އެމޮޅިވެރިކަން ފިލައިގެން ނުދެއެވެ. އެހިތާމައިގެ ތެރެއަށް ގެއްލި އީނާ ޑިޕްރެސް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ. ”ކޮފީ…” ރޫޔާ ކޮފީ މަގެއް ދިއްކޮށްލަމުން ބުންޏެވެ. އީނާ ހަރަކާތެއްވެސް ކޮށްނުލިތާންގައި ރޫޔާގެ މޫނަށް ބަލާވެސް ނުލިއެވެ. ވާހަކަދައްކަން ބޭނުންނުވަނީ ކަންނޭގެއެވެ. ހިތުގެ އުދާސްތައް އެކަކާއިވެސް ހިއްސާކުރަން ބޭނުން ނުވާކަހަލައެވެ.

”އީނޫ…” ރޫޔާ ގޮވާލިއެވެ. އީނާ އެސްފިޔަތައް ތިރިކޮށްލަމުން ނުރޯން ހިތްވަރުކުރިއެވެ. ހިތާމަތަކަށް ބަރުދާސްތުކުރާނެ ވަރެއް އޭނަގެ ހަށިގަނޑަކު ނެތެވެ. ދެލޮލުން ކަރުނަ ފައިބަމުން ގޮސް ފާރުވާ ހިސާބަށް ގޮސްފިއެވެ. ކޮޓަރިން ނިކުންނަން އޭނަ ފަސްޖެހެއެވެ. އެކަނިވެރިކަމާއި އަނދިރީގެ ތެރޭގައި ވަގުތުހޭދަކޮށްލަން މާބޮޑަށްވެސް ފަސޭހައެވެ. ހަމަހިމޭން މާހައުލުތަކުން އޭނައަށް ހަމަޖެހުން ގެނެސްދެއެވެ. އެހުރިހާކަމެއްގެ ތެރޭސްވެސް ނަމާދުކުރުމުން ލިބޭ ހިތްހަމަޖެހުމާއި ހާސިލުވާ އުފާތައް ގަލަމަކުން ބަޔާންކޮށެއް ނުދެވޭނެއެވެ.

”އައިމް ރެސްޕޮސްސިބްލް ފޯރ އޯލް ދިސް… އަހަރެން އީނޫއަށް ފޯސްކުރީ އަލްޔަސްއާއި ގުޅެން، އެދުވަހު އީނޫ ބޭނުންވި ގޮތަށް ކަންތައް ކުރިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް….” ރޫޔާއަށް އެހިސާބަށް ބުނެވޭއިރަށް އީނާ ބޮލުގެ އިޝާރާތުން ހުއްޓާލުމަށް ބުންޏެވެ.

”އަހަރެން އަލްޔަސްއާއެކު އެގެއަށް ނުދިޔަނަމަ މިހެން ނުވީސް، ބޮޑުދައިތަ ބުނީ ތެދެއް. އަލްޔަސްއަށް މާބޮޑަށް އިތުބާރުކުރެވުމުން މިހެން ކަންތައް މިވީ، އޭރުވެސް މިހާރުވެސް ރޫ ބޭނުންވީ އަހަރެން އުފަލުގައި އުޅޭތަން ދެކެން އެކަމަކު…..” އީނާ، ރޫޔާގެ އަތަށް ބާރުކޮށްލަމުން ބުންޏެވެ. ޖުމްލަ ފުރިހަމަކުރަން ފަސޭހަކަމަކަށް ނުވިއެވެ.

”އީނޫ މަންމަ ބުނި އެއްވެސް އެއްޗަކާމެދު ނުވިސްނަބަލަ، އިޓް ވޯޒް ނޮޓް ޔޯރ މިސްޓޭކް….” ރޫޔާ ރުޅިއައީ އަލްޔަސް ދެކެއެވެ. އީނާއަށް ލިބިފައިވާ ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނީ އަލްޔަސް އެވެ. ފަރުދާގެ ނިވަލުގައި ހުރި ނުލަފާ މީހެކެވެ. އޭނަ ހީކުރިހާ ރަގަޅު މީހަކަށް އަލްޔަސް ނުވިއެވެ. ކޮންމެ މީހެއްގެވެސް ފޮރުވިފައިވާ އަނދިރިފަރާތެއް ވާނެކަން މިއަދު ޤަބޫލުކުރަން ޖެހިއްޖެއެވެ. ދެން އީނާއާ ވައިއެޅޭ ހިސާބަކަށްވެސް އަލްޔަސްއަށް އައުމުގެ ފުރުސަތު އޭނަ ނުދޭނެއެވެ. ފުރަތަމަ ފަހަރު އެކަތި ފިޔަވަޅު އެޅިއްޖެއެވެ. ދެވަނަ ފުރުސަތެއް އަލްޔަސްއަށް ދުވަހަކު ނުދެވޭނެއެވެ.

”ކޮފީ ބޯލަބަ… އަހަރެން ހުންނާނެ އާ ސީރީޒްތަކެއް ހޯދާލާފަ، ދެމީހުން އެކީގަ ބަލާލީމަ ފޫހިފިލާނެ….” ކޮފީ މަގު ދިއްކޮށްލަމުން ރޫޔާ ހިނިތުންވެލިއެވެ. އީނާ އެކަނި ވުމުގެ ފުރުސަތެއް އޭނަ ދެން ނުދޭނެއެވެ. އީނާ ކޮފީމަގުން އެތިފޮދެއް ބޯލިއެވެ. ކަޕަޗީނޯގެ މީރުވަސް ނޭފަތުގެ ތެރެއަށް ދެމިގެން ދިޔައީ ވަސްގަދަ ސެންޓެއްގެ ސިފައިގައެވެ.

ރޫޔާ އޭނަގެ ކޮޓަރިއަށް ދިޔައީ ދުވެލާފައެވެ. އިރުކޮޅެއް ނުވަނީސް އޭނައައީ ލެޕްޓޮފް ހިފައިގެންނެވެ. އީނާ ގަދަކަމުން ހިނިތުންވެލަމުން ރޫޔާއަށް ބަލާލިއެވެ. އޭނަ ހެއްވާލަން ރޫޔާ ހާދަ ވަރަކަށް މަސައްކަތް އެބަކުރެއެވެ. ކޮންމެ ހަރަކާތަކުންވެސް ސިފަވަގެންދަނީ އޭނަދެކެ ލޯބިވާ މިންވަރެވެ.

ފުރަތަމަވެސް ދެމީހުން ބަލަން ފެށީ ”ދި މެންޓެލިސްޓް” އެވެ. އީނާ ސްކްރީނަށް ނަޒަރުހުއްޓާލައިގެން އިންކަމުގައި ވިޔަސް އޭނަގެ ހިޔާލުގައި ވަނީ މުޅިން އެހެން ކަންތައްތަކެކެވެ. ރޫޔާއަށް މިކަން ފާހަގަ ކުރެވުނެވެ.

”ޔޫ މިސް ހިމް ރައިޓް؟….” ރޫޔާއަށް އަހާލެވުނެވެ. އޭނަގެ ރާގު ވަނީ މުޅިން ބަދަލުވެފައެވެ. އެފިރިހެނާއާމެދު އީނާ ވިސްނާކަށް ނުޖެހޭނެއެވެ. އަލްޔަސް އީނާގެ މަތިން ވިސްނިނަމަ އެފަދަ ކަމެއް ކުރަން ނޫޅުނީހެވެ. އީނާވި ލޯތްބަށް ޤަދަރު ކުރީހެވެ.

އީނާގެ ހިމޭންކަމުން ރޫޔާއަށް ޖަވާބު ލިބިއްޖެއެވެ. އޭނަ ބުމަ ކައިރިކޮށްލަމުން އީނާއަށް ވިސްނައިދޭން އުޅެގަތެވެ.

”އީނޫ، އަލްޔަސްއާ މެދު ވިސްނާނެކަމެއް ނެތޭ. އަލްޔަސް އީނޫ ދެކެ ލޯބިވިނަމަ އެހާ ދަށުދަރަޖައިގެ އަމަލެއް ހިންގަން ނޫޅުނީސް، ދޮންބެއަށް ނާދެވުނުނަމަ ނޭގޭ ވާނެ ގޮތެއް ވެސް….” ރޫޔާ ބުންޏެވެ. އީނާ ވަކިއެއްޗެއް ނުބުނެ ހިނގައިގަތީ ފާޚަނާއާއި ދިމާއަށެވެ. ރޫޔާ ކަންބޮޑު ވިއެވެ. އީނާ އޭނަދެކެ ހިތްހަމަ ނުޖެހުނީ ހެއްޔެވެ؟ ރޫޔާއަށް އެވަގުތު އެއްކަމެއް ސާފުވިއެވެ. އަދިވެސް އީނާ އަލްޔަސްދެކެ ލޯބިވެއެވެ. އެހުރިހާ ކަމެއް ހިނގިއިރުވެސް އެހިތް ބަދަލެއް ނުވެއެވެ. ތެދުވެރި ލޯތްބަކީ އެއީ ހެއްޔެވެ؟ އަނިޔާވެރިޔަކާމެދު ވިސްނުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

ގިނައިރުވާން ފެށުމުން ރޫޔާ ދެތިން ފަހަރު ޓަކި ޖަހާލިއެވެ. ”އީނޫ…. ދޮރު ހުޅުވަބަލަ، އައިމް ސޮރީ….” ރޫޔާގެ އަޑު ކުރެހުނެވެ. ނާޒުކު ދަނޑިވަޅެއްގައި ދައްކަން ނުޖެހޭ ވާހަކަތަކެއް ދެކެވިއްޖެއެވެ. އެވާހަކަތަކުން އީނާއަށް އަސަރު ކުރާނެކަން އެނގުމުން ރޫޔާ ދެރަވިއެވެ. ”އީނޫ…” ރޫޔާ ޓަކިދެމުން ބުންޏެވެ. އީނާ ދޮރުހުޅުވާލިއިރު ހުރީ މޫނު ދޮވެލައިގެންނެވެ. އެތައްހާސް ފެންތިކިތައް ދޮން މޫނުގައި މޫތި ތަކެއް ފަދައިން ވިދާލައެވެ. ރަތްވެފައިވާ ދެލޮލުގައި ވަރުބަލިކަން ވިޔަސް މޫނުމަތިން ތާޒާކަން ފެނެއެވެ. އީނާ ތުވާލި މޫނުގައި ޖައްސާލަމުން ބުނީ އެނައާއެކު ބަދިގެއަށް ދިއުމަށެވެ. އައިސްކްރީމް ކާންށެވެ. ޑިޕްރެސްވުމުން އީނާ ފުރަތަމަވެސް ޚިޔާރުކުރަނީ ފޮނިތަކެއްޗެވެ. ނުބައި އާދަޔަކަށް ވިޔަސް އޭނައަށް އޭގެން ލިބެނީ އުފަލެވެ.

ރޫޔާއަށް ޒަލަފް ގުޅާފައި ދިން ޚަބަރަކުން ރޫޔާ ދެރަވިއެވެ. ގުރޫޕަކުން ނޫރާލްއަށް އަނިޔާކުރުމުން އެމަރޖެންސީގައި ފަރުވާދެމުންދާކަމަށް ބުންޏެވެ. ރޫޔާ ނޫރާލްދެކެ ރުޅިއައި ކަމުގައި ވިޔަސް އެފަދަ ބޮޑު އަނިޔާއެއް ލިބުމުން އޭނަގެ ހިތަށް އަސަރުކުރިއެވެ. ނޫރާލް ފަކީރުގެ ހާލާމެދު ވިސްނާލެވުނެވެ. އެކުއްޖާގެ މުޅި ދިރިއުޅުން ބަރުބާދުވީ އެވެ. ކުށެއްނެތް ކުއްޖަކަށް އެވަރުގެ ބޮޑު އަނިޔާއެއް ދޭނީ އިންސާނިއްޔަތު ވަންތަކަން ނެތް ބައެކެވެ. ރޫޔާ ހޮސްޕިޓަލަށް ދާން ނިކުތްއިރު މައިމޫނާ ބޮޑުކޮޓަރިން ނިކުންނަނީއެވެ. ”މިގަޑީގަ ކޮންތަނަކަށް ދާން ތިއުޅެނީ؟…” މައިމޫނާ ގަޑިބަލާލަމުން ބުންޏެވެ.

”ހޮސްޕިޓަލަށް…” ކުރުގޮތަކަށް ރޫޔާ ކިޔައި ދިނެވެ. އީނާ އައިސްކްރީމް ތައްޓެއް ހިފައިގެން ކޮޓަރިއަށް ވަންތަން ބަލަން ހުރެފައި މައިމޫނާ އެތެރެއިން ހީލިއެވެ. ”އަހަރެންވެސް ދާނަން، ކުރީދުވަހި ޒަލަފްއާއެކު އައިކުއްޖާގެ ވާހަކަތަ ތިދައްކަނީ؟….” މައިމޫނާ ނޭގޭ ކަމަށް ހެދުނެވެ. ރޫޔާ ބޯޖަހާލިއެވެ.

ދެމީހުންނަށް ހޮސްޕިޓަލަށް ދެވުނުއިރު ނޫސްވެރިންގެ އިތުރުން ޕޮލިހުންވެސް ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ. ޕޮލިހުން ފެނުމުން މައިމޫނާ ބިރުގަންނަ ގޮތްވިއެވެ. އޭނަ ބޭޒާރު ވެދާނެކަމުގެ ބިރަށެވެ. އޭނަ ހިތްވަރުކޮށްލާފައި ކުރިއަށް ދިޔައެވެ. ފިލަން އުޅެފިނަމަ ޝައްކުވެދާނެތީ އެވެ.

”ވަރަށް ބޮޑަށް ދެރަވެއްޖެ….” މައިމޫނާ ރޮޒެއިނާގެ ކޮނޑުގައި އަތްބާއްވާލަމުން ބުންޏެވެ. ”ކޮންބަޔަކު ކުރިކަމެއްކަން އެނގިއްޖެތަ؟…” މައިމޫނާ ގަދަކަމުން ލޮލަށް ކަރުނަ ގެނައެވެ.

”އެންމެން ހައްޔަރުކުރެވިއްޖެ، އެކަމަކު… އެކަމަކު ނޫރާލް ސަލާމަތްވާނެކަމުގެ އުއްމީދެއްނެތޭ ޑޮކްޓަރުން ބުނަނީ، އަނިޔާތަކުގެ ސަބަބުން ނޫރާލްގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފައިބާފައިވާ ކަމަށް ޑޮކްޓަރުން ބުނަނީ….” ރޮޒެއިނާއަށް ރޮވިއްޖެއެވެ. މައިމޫނާ ހަމަޖެހިލަމުން ޕޮލިހުންނަށް ކަޅިއެއް އުކާލިއެވެ. ގުރުޕްމީހުން ހައްޔަރުކުރެވިއްޖެޔާ އޭނަގެ ހަޤީޤަތް ބޭޒާރުވުމުގެ ފުރުސަތެއް ނޯންނާނެއެވެ. ނޫރާލްއަކީ ނުރައްކަލެއް ނޫނެވެ. ސަލާމަތްވިޔަސް ނޫރާލްއަށް ތެދު ހާމަކުރަން ނުކެރޭނެއެވެ. ރަގަޅީ ނޫރާލް މަރުވެއްޖެއްޔާއެވެ. އޭރުން ގުރޫޕްމީހުންގެ މައްޗަށް މީހަކު މަރާލި ކަމުގެ ދައުވާ އުފުލޭނެއެވެ. މަރުގެ ހުކުމް އައުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ. ދާއިމަށް އޭނަގެ ސިއްރު ފޮރުވިދާނެއެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ނާޝްތާ ކުރިއަށް ދިޔައިރު މިއަދު މައިމޫނާ ފެންނަން ނެތެވެ. ހެނދުނުހެނދުނާ ނަލަހެދިލައިގެން އޭނަ ދިޔަތަނެއްވެސް ނޭގެއެވެ. މިއަދު ޢާއިލާގެ މެންބަރުންގެ ފަރާތުން އީނާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. މައިމޫނާ ނެތްކަން ނަސީބެކޭ ފަޒްލާގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ މިހާ އޮމާންކޮމާއެކު ނާޝްތާ ކުރިއަށް ނުދިޔައީހެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރީހެވެ. ފަހަރަކު މީހަކު ކާމޫޒު ދޫކޮށްދާން ފެއްޓިއެވެ. ފަޒްލާ ހުރީ އީނާއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބިގެންނެވެ. އޭނަ އީނާއާއެކު ދިޔައީ ޓެރެސްއަށެވެ.

ވިއްސާރަ ދުވަހަކަށް ވުމުން އުޑުމަތި އޮތީ ބަނަކޮށެވެ. ވާރޭގެ ހިމަކަނި ތަކާއެކު މަޑު ނާނާގެ އަޑު ފަޒާގައި ގުގުމާލާފައި ވާއިރު ޓެރެސްގެ ހިމޭންކަން ނަގާލަމުން ދިޔައި އުނދޯލި ހެއްލޭ އަޑުންނެވެ. ތަފާތު މާތަކުގެ ވަސް އެކުވެގެން އައިސް ފަތުރާލާފައި ވަނީ ސިކުނޑިތައް ތާޒާކޮށްލާނެފަދަ މީރު ވަހެކެވެ. އޯރކިޑްގެ ތަފާތު ކުލަތަކުގެ މާތައް ފަރިވެފަލިގެން ތިބިއިރު ޕޮޓްތަކުގައިވާ ބައެއްގަސްތަކުގެ މާތަށް މޯޅިވެފައިވާ މަންޒަރު ފެނެއެވެ.

”މިއަދު ޔަދާން އަންނާނެ….” ފަޒްލާ ދުރުދުރުން ފެށިއެވެ. ”ކީއްކުރަން؟….” ވާރޭގެ ޖާދުވީ މަންޒަރަށް ނަޒަރު ހުއްޓާލަމުން އީނާ އެހިއެވެ.

”އިނޫގެ ޗެކަޕެއް ހަދާލަން…” ފަޒްލާ ޖަވާބު ދިނެވެ. އީނާ ހޫމްމްމް އަޅުވާލިއެވެ. ފަޒްލާ އޭނަގެ ދަރިފުޅުގެ އަތުގައި ހިފާލަމުން އިތުރު ވާހަކަތަކެއް ދައްކަން ބޭނުންވިއެވެ. ނަމަވެސް އީނާގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އޭނައަށް މަޖުބޫރުވީ ހިމޭންކަން ހިޔާރު ކުރާށެވެ.

ޔަދާން އަންނަން ވާއިރަށް އީނާ ހުރީ ތައްޔާރުވެލައިގެންނެވެ. މަންމަ އެވަރުން އެކަމަށް އެދުމުން ނޫނެކޭ ބުނަން ނުކެރުނީއެވެ. މަންމަ އޭނައަށް ގެއްލުމެއް ވެދާނެތީ ބިރުން ހުރިވަރު ހާމަކޮށްދެނީ އެދެލޮލުންނެވެ. ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދަން ނިންމީވެސް އެހެންވެގެންނެވެ. ހިތާމަތަކުގެ ތެރެއަށް ގެނބި އޭނަ އަރަގުވެދާނެކަމުގެ ބިރު މަންމަގެ ހިތުގައި އޮތީމައެވެ. މައެއްގެ ލޯތްބަކީ ދުވަހަކު ނިމުމެއް ނުވާ ލޯތްބެވެ. އެލޯބީގެ ފަހަތުގައި ފޮރުވިފައިވާ ވޭން އީނާއަށް އިހުސާސް ކުރެވެއެވެ. އެންމެން އޭނަގެ ކުރިމަތީގައި ޕްލާސްޓިކު ހިނިތުންވުން އަޅުވާލައިގެން ތިބޭއިރު އޭގެ ފަހަތުގައިވާ ހިތާމަތައް އޭނައަށް ސިއްރު ކުރެވިދާނެކަމަށް ހީކުރަނީ ހެއްޔެވެ؟

ޔަދާން އީނާ ގޮވައިގެން ފުރަތަމަ ދިޔައީ ކްލިނިކަށެވެ. އޭނަ ބޭނުންވާ ޓެސްޓްތައް ހައްދާލަމުން ދެން އޭނަ ދިޔައީ ސަލްޓަން ޕާކަށެވެ. ހިތްފަސޭހަ މާހައުލެއްގައި އޭނަ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. ޔަދާންގެ ކޮންމެ ސުވާލަކަށް އީނާ ޖަވާބު ދިންއިރު ތެދު ހާމަކުރަން އިސްކަން އޭނަ ދިނެވެ. ގައިދުވެފައިވާ ކަޅުކޮޓަރިން ބޭރަށް ނިކުމެވޭނީ ޔަދާންގެ އެހީއާއެކުގައެވެ. ފުރަތަމަ ދުވަހުވެސް ޔަދާންގެ ހިތްހެޔޮކަން އީނާއަށް ފާހަގަ ކުރެވުނެވެ. އިރުކޮޅެއްވަންދެން އެތާންގައި ތިބުމަށްފަހު ދެމީހުން މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. ބޭރަށް ނިކުތްތަނާ ސައިކަލެއްގައި ދިޔަ އަލްޔަސް ފެނި އީނާގެ ހިތަށް ވީ ގޮތެއް ނޭގުނެވެ. ވަށައިގެންވާހާ މަންޒަރުތަކެއް ގަނޑުވެ އޭނައަށް ސިފަކުރެވުނީ ހަމައެކަނި އަލްޔަސްއެވެ. އެފަދަ ދެވަނެއްނުވާ ފިރިހެންވަންތަކަމެވެ. އަވިއައިނަކުން ދެލޯ ފޮރުވާލާފައި ވުމުން އެތޫނު ދެލޯ ފެނުމުގެ ނަސީބެއް ނުލިބުނެވެ. އީނާ އިސްދަށަށް ޖަހައިލަމުން ޔަދާންއާއެކު ގޮސް ކާރަށް އެރި މަންޒަރު އަލްޔަސްއަށް ފެނުނެވެ. އޭނައަށް ކުޑަވަރެއްގެ ޝޮކެއް ލިބުނު ވަގުތު ކުރިމައްޗަށް އެރި ސައިކަލެއްގައި ނުޖެހުނީ ކިރިޔާއެވެ.

”ބަލައިގެން ނުދުއްވޭތަ؟….” ދެވަނަ ސައިކަލު ދުއްވަން އިން މީހާ ހަޅޭއްލަވައިގަތެވެ. އަލްޔަސްއަށް ބަލާލެވުނީ ކާރާއި ދިމާއަށެވެ. އޭރު ކާރު ޖެހިގެން އޮތް ގޯޅިއަށް އޮބާލައިފިއެވެ. އީނާ އިނީ ކާރުގެ ފަހަތު ލޫވާރ އިން އަލްޔަސްއަށް ބަލާށެވެ. އެމަދު ވަގުތުކޮޅުގެ ތެރޭގައިވެސް އޭނަގެ ރުޅި ދުވެ ފިލީ ކޮންތަނަކަށް ކަމެއްވެސް ނޭގެއެވެ.

އެއްހަފްތާ ފަސް….

”އީނާއަށް ބޮޑު ކަމެއް ވެފައެއް ނެތް. މަޑުމަޑުން އެދަނީ ރިކަވާރވަމުން، އަހަރެން ދިން ބޭހުގެ އަސަރު އެބަކުރޭ…. މިވަގުތު އީނާއަށް އާއިލާގެ ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވާނެ، މާލޭގެ ހަލަބޮލި މާހައުލާ ދުރަށް ދިޔައީމަ ފަހަރެއްގަ އެހާދިސާއާ ދުރަށްދާން ފަސޭހަ ވެދާނެ، ދުވަސްކޮޅަކަށް އީނާ ރާއްޖެއިން ބޭރަށް ފޮނުވާލަން އަހަންނަށް ފެންނަނީ…..” ޔަދާން ވާހަކަ ދެއްކީ ޝިޔާޢުއާ އެވެ. ކާރީގައި ފަޒްލާގެ އިތުރުން އަވްޝަންވެސް ހުއްޓެވެ. އެޖުމްލައިން އެންމެންގެ ހިތުގައި ގަނޑުފެން އަޅާލަދިނެވެ. ސިއްރުން މިވާހަކަތައް އަޑުއަހަން ހުރި މައިމޫނާ ތުން ދަމާލިއެވެ. އީނާ މޮޔަކުރަން އޭނަ ރާވަމުން ދަނިކޮށް މިވީ ހާދަ ދެރަ ގޮތެކެވެ. ދެވަނަ ހަމަލާދިނުން މާބޮޑަށް ލަސްކުރެވުނީތީ އޭނަ ހިތާމަ ކުރިއެވެ. އެހާދިސާއަށްފަހު ރޫޔާއާއި އީނާގެ ގުޅުމަށް ބަދަލެއް ނައިތާންގައި އިތުރަށް އެގުޅުން ވަރުގަދަވުން ނޫންކަމެއް ވެސް ނުވިއެވެ. ކުޑަ އުފަލެއް ހާސިލުވިކަމުގައި ވިޔަސް އޭނަގެ ރޭވުން ބޮއްސުންލައިފިއެވެ. ބޭސްތައް ބަދަލުކުރަންވީ އެވެ. އުމެއިރާ ހޯދައިދިން ބޭސްތައް ބަހައްޓާފައި ޔަދާން ދީފައި ހުރި ބޭސްތައް އުކާލަން ވީއެވެ. އެހާ ފަސޭހައިން ސަލާމަތްވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.

”ރަޖްވާން…” ޝިޔާޢުއަށް ބުނެލެވުނެވެ. އީނާ ރަޖްވާންމެންގެ ޢާއިލާ ގާތަށް މެލޭޝިޔާއަށް ފޮނުވާލަންވީއެވެ. ރަޖްވާންއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އީނާއަށް ފުރިހަމަ ރައްކާތެރިކަމައި ހިމާޔަތް އެގެއިން ލިބޭނެކަމުގެ ޔަޤީންކަންވެސް އެބައޮތެވެ. އަނެއްކޮޅުން ރަޖްވާންގެ އަންހެން ދަރިފުޅު ޒަނާއާއި އީނާއަކީ ދެރަހުމަތްތެރިންނެވެ.

”އީނާ އެކަނި ނުފޮނުވޭނެ….” ފަޒްލާ ދެކޮޅުހެދިއެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު އެހާ ދުރަކަށް ނުފޮނުވޭނެއެވެ. އޭނައަށް ފެންނަ ހިސާބުގައި އީނާ ނެތިއްޔާ އެހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތަށް ވެރިވެގެންދާ ބިރުވެރިކަން ފޮހެވިގެން ނުދެއެވެ. އަލްޔަސްގެ ސަބަބުން އޭނަ މީހުންނަށް އިތުބާރުކުރަން ދޫކޮށްލައިފިއެވެ. އީނާއަށް ފުރިހަމަ ރައްކާތެރިން ލިބޭނަކަމާމެދު ޝައްކަވެ.

”އަހަރެންވެސް ބޭނުންވެގެންނެއް ނޫނޭ އީނާ ފޮނުވަނީ…. އީނާއަކީ އަހަރެންގެވެސް ދަރިއެއް، އީނާއަށް ފުރިހަމަ ރައްކާތެރިކަން ލިބެން ނެތް ތަނަކަށް އަހަރެން ފޮނުވާނަންތަ؟ އަހަރެން އީނާދެކެ ލޯބިވާ މިންވަރު ރަގަޅަށް އިހުސާސް ކުރެވޭނެ އެކަކު ފަޒޫ ތީ، ރަޖްވާންގެ އަންހެނުން މުނީރާއަކީ ނުލާހިކު ރަގަޅު މީހެއް، މުނީރާ އީނާ ބަލާނެ އަމިއްލަ ދަރިއެއް ފަދައިން، ފައިސާ ބޭނުންވަންޏާ އެމީހުން ބުނިވަރަކަށް ފޮނުވިދާނެ….” ޝިޔާޢު ބުންޏެވެ. ފަޒްލާ ފުންކޮށް ވިސްނާލަމުން އެއްބަސް ވިއެވެ. ޝިޔާއު އެދެއްކީ ތެދު ވާހަކަ ތަކެވެ. މުނީރާގެ ހިތްހެޔޮކަމާއި އޯގާތެރިކަން އޭނައަށް ވަނީ ފެނިފައެވެ. މައްސަލައަކީ މުނީރާގެ ފިރިހެން ދަރިފުޅު ރިޒްއާން އެވެ.

މައިމޫނާގެ ބޮލަށް އުޑުވެއްޓުނު ކަހަލައެވެ. އޭނަގެ ދެބުމަ ގޮށްޖެހުނެވެ. އީނާ މަލޭޝިޔާއަށް ގޮސްފިނަމަ އޭނަގެ އަތުގެ ތެރޭން ސަލާމަތްވާނެއެވެ. ނުވީތާކަށް އެދަނީ މުއްސަނދިބަޔެއްގެ ގެއަށެވެ. އުފަލާފައި އަރާމުގައި އީނާއަށް އުޅެވޭނެތާއެވެ. ރީތި ތަންތަން ބަލާން ދެވޭނެއެވެ. މައިމޫނާ ހަސަދަވެރިވިއެވެ. އެނަސީބު އީނާގެ އަތުން ނިގުޅައިނަންނަން އޭނަ ނިންމިއެވެ. ނަމަވެސް އޭނަ އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ރޭގަނޑުގެ ވަގުތެވެ. އީނާއާއި ރޫޔާ ކޮޓަރީގައި ތިބީ ފިލްމެއް ބަލާށެވެ. މަޑުމަޑުން އީނާ ރަގަޅުވަނުން އަންނާތީ ރޫޔާ އުފާވެއެވެ. ދޭތެރެއަކުން ފުން ހިޔާލަކަށް އީނާ ގެއްލިފައި ހުންނަތަން އޭނައަށް ފެނެއެވެ. އަދިވެސް އަލްޔަސްގެ ހަނދާންތަކާއި ދުރަށް ނުދެވެނީކަމަށް ވެދާނެއެވެ. އީނާގެ ހިތުން ދެވަނަ މީހަކަށް ޖާގައެއް ނެތެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެކުދިން އެކީއެއްފަހަރާ އަޑުއައި ދިމާއަށް ބަލާލިއެވެ. ”ޒަނާ…” އީނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ ދުވެލާފައި ގޮސް ޒަނާގެ ގައިގައި ބައްދާލިއެވެ. ”ތިހާ ބާރަށް ހަގްކުރަންޏާ އަހަރެންގެ ގައިގެ ކަށިތައް ބިންދައިގެން ހިނގައިދާނެ…” ޒަނާ ލުއި ހުނުމަކާއެކު ބުންޏެވެ.

”ކޮބާތަ އީނޫގެ ފިއުޗާރ ހަޒްބެންޑް؟ އެކުއްޖާގެ ނަންވެސް ނުބުނަމެއްނު، ލަކީ މެންގެ ފޮޓޯ ދައްކަބަލަ، ދެމީހުންގެ ފޮޓޯގަނޑެއްގެ މިންވަރުވެސް އަޕްލޯޑްނުކުރާނެ….” ޒަނާ ދިމާކޮށްލިއެވެ. އެޖުމަލްއާއެކު އުފާވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުނެވެ. ކޮޓަރިއަށް ވެރިވެގެން ދިޔައީ މަރުގެ ހިމޭންކަމެވެ. ރޫޔާއަށް ބަލާލެވުނީ އީނާގެ މޫނަށެވެ. މޮޅިވެރިކަމުގެ ފަރުދާތައް އަނެއްކާވެސް އީނާ ވަށާލިއެވެ.

އަލްޔަސްގެ ހަނދާންތަކާއި ދުރަށްދާން އީނާ މަސައްކަތްނުކުރަނީ ކީއްވެ ހެއްޔެވެ؟ އަލްޔަސް ފޮނުވާ މެސެޖުތަކަށް ރިޕްލައި ނުކުރިކަމުގައި ވިޔަސް ގަވައިދުން މެސެޖުތައް ކިޔައެވެ. ނަންބަރު ބްލޮކްނުކުރަނީވެސް އެހެންވުމުންނެވެ. އަލްޔަސް ދީފައިވާ ހަދިޔާތައްވެސް ގަވައިދުން ބަލާނެއެވެ. ފިރުމާނައެވެ. އީނާ އަލްޔަސްދެކެ ރުޅި އަންނަން އުޅުނުކަމުގައި ވިޔަސް އެއީވުން މުސްތަޙީލުކަމަކަށްވަނީ ވެފައެވެ. ކޮންމެފަހަރު ދެމީހުން އެކުގައި ހޭދަކޮށްފައިވާ ވަގުތުތައް ރީތި ފިލްމެއްގެ ސިފައިގައި ލޯކުރިމަތިން ސިފަވެގެން ދެއެވެ. އެރީތި ފިލްމަށް ހުރަސް އަޅަނީ އެރޭގެ ބިރުވެރި ހަނދާންތަކުންނެވެ. އަލްޔަސްގެ އަޑު އަހަން އީނާގެ ކަންފަތް ހުންނަނީ ސަމާލުވެގެންނެވެ. އެހެނަސް އެއީވުން އެކަށީގެން ވާނެކަމެއް ނޫންކަން އޭނަ ދަނެއެވެ. ކޮލެޖުން ވަކިވިފަހުން އަލްޔަސްއާއި ދިމާވުމުގެ ހުރިހާ ދޮރެއް ބަންދުވީއެވެ.

”ދެއި ބްރޯކް އަޕް…” ރޫޔާ ބުންޏެވެ.

(ނުނިމޭ)

 

 

11

13 Comments

 1. މުތާ/ ސ.ހިތަދޫ

  May 8, 2014 at 3:15 pm

  hey all, new schedule date, dhen story upvaani konme, tuesday, thursday and saturday ga inshaallah, dhen story ah comment kuraa hurihaa kudhinah vvvvvvv bondhah shukuriyaa, your infinite support cheers me up 😀

 2. jiji

  May 8, 2014 at 3:46 pm

  V reethi mi part ves avahah upload kohdehchey

 3. nayaal

  May 8, 2014 at 4:25 pm

  mi part ves very nice,, mihaaru saturday nais gen mi innany:) hehe

 4. naxy

  May 8, 2014 at 5:03 pm

  vv nice… TN kolheh avahah up kurahchey next part

 5. sem

  May 8, 2014 at 7:33 pm

  Salhi..dn hageegai haama kuruva

 6. aish

  May 8, 2014 at 8:56 pm

  Vvvv rythi…ekam vaahaka vv kuru XD

 7. shai

  May 8, 2014 at 9:17 pm

  v salhi inaa alyas dhuru nukurahchey plx plx dhn kushehneh dhemeehun dhuru kuryma kihineh vaany

 8. lily

  May 9, 2014 at 11:12 am

  Mutha ge hithakun hama nufilaane a ekiga kiyaalan libeyni kon dhuwahakutha ??? 5 parts kiyaalevuni.. mi stry vx v nyc.. keep it up

 9. Haxu

  May 9, 2014 at 6:39 pm

  eyyyyyy mi vany kihiney alyas fakyrah ehen hadhan heyo nuvaanennu.. alhe alyas docter akah dhahkaigen vefa huri gotheh balaaba.. maimoonaa ge plan ehkn work kuri aku nudheythi plxx. ehen nonama haxu akah vx ketheh nuvaane alyas dhera vefa hunnathan balaakah.. 🙁 vv salhi mi part vx aiting 4 nxt part.. lily mutha buny hithakun hama nufilaane vaahaka foythehge goyhuga viykan nereyne kamah..

 10. Nix ie

  May 9, 2014 at 10:18 pm

  hai muthaaa!!! hows u dear????
  mi vani kihinehtha??????? haadha dhera gotheh mi vani? mihaaru maimoonaa beynun vaa goi dho hus mivani??????? v foohi ahen v ma.een n alyas ah vaa goi dh???? muthaa thihen nuhadha bala,e maimoonaa gandu bust vaani kon dhuvahakuntha???????????? nooral ah ves v goi dho? kithanme hithaama veri viyas varah interesting ingey,dhen mi huree 25vana partge inthizaarugai, dhen ba e ba e tvgc have a lovly night

 11. fan

  May 10, 2014 at 2:18 pm

  Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi

 12. Tho

  May 11, 2014 at 2:13 am

  Today is sunday and still the story havent uploaded as per the new schedule ..:/

 13. ainth

  March 26, 2015 at 9:29 pm

  vvvvv salhi

Comments are closed.