Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [14]

GuDuMeena Level 310 Stories500 Comments100 Comments
May 6, 2014 7 Mins Read
44 Comments

“އެންމެ ރަނގަޅު.. ޝާއިޤާ ތިހާ ގެންދަން ބޭނުންވީމަ ދެން މިފަހަރު ގޮސްލާނީ..” މުޙައްމަދުބެ އެހެން ބުނުމާއިއެކު ރަނާއާއި ރިޔާ ހީވީ އުފަލުން އުދުހިދާނެހެނެވެ. އަޔާން އާއި ޒާނިޝް އަދި ވަކިން އުފާވެފައި ތިބި ކަހަލައެވެ. އިޝީވެސް އިނީ އެކުދިން އުޅޭގޮތް ފެނި މަޖާވެފައެވެ.

“މަންމާ.. އަޅުގަނޑުވެސް އެބައޮތް ވާހަކައެއް ނަންގަނެލަން ވެފަ.. މިރޭ ދުރުވަން ވީނުންތޯ އަޅުގަނޑާއެއްކޮށް ރަށުތެރެ ބަލާލާ ކުޑަކޮށް ހިނގާލަން..” އަހަރެން އެހެން ބުނުމާއިއެކު އަޔާންމެން ކަރުކެހެން ފަށައިފިއެވެ. އަހަރެން ބުނަން އުޅޭވާހަކަ އަކީ ކޮބައިކަން އެމީހުންނަށް ނަގައި ގަނެވުނީއެވެ. އެއާއެކު އަހަރެން ކުޝަންއެއް އެއްލާ އަޔާން ގައިގާ ޖެހީމެވެ. އަހަރުމެން އެންމެން ތިބީ ކައިނިމިގެން ނިކުމެ ސިޓިންރޫމްގައެވެ. އާދަކާދައިގެ މަތިން މިރޭވެސް ގޭގައި އޮތީ ތާހުގެ ފޯރި ހިއްޕާލައިފައެވެ. މިރޭ އަދި ވަކިން ފޯރި ގަދައެވެ. އިޝީވެސް ރިޔާމެންނާ މިހާއަވަހަށް ރައްޓެހިވެއްޖެއެވެ. ހީނހީނފައި ކުޅޭއިރު ހީވަނީ ޗައިލްޑްހުޑް ފްރެންޑްސް ތަކެއް ހެނެވެ.

“އެންމެ ރަނގަޅު މިހާރު ދަރިފުޅަށް އެނގޭނެތާ މިރަށުތެރޭގަ ހިނގާ އުޅެން.. މަންމަވެސް މިހުންނަނީ ދަރިފުޅާ ވާހަކައެއް ދައްކާލަން ބޭނުންވެފައޭ..” މަންމަ ތެދުވެ ހިންދެމިލަމުން އެހެން ބުނެލިއިރު އެކަނި އެހާ ބޮޑުގެއެއްގައި އުޅެފައި އެހާ ހަލަބޮލި މާޙައުލަކަށް އާދެވުމުން މަންމަހުރީ ކުޑަކޮށް ބޭރަށް ނިކުމެލާ ވައިޖައްސާލަން ބޭނުންވެފައިކަން އަހަރެންނަށް އެނގުނެވެ.

އަހަރެންނާއި މަންމަ ނިކުތީ ބޭރަށް ދާށެވެ. އޭރު ޒާނިޝްގެ ފޯނަށް ކޯލެއް އާދެއެވެ.

“އައި ހެވް އަ ބޭޑް ފީލިންގް އެބައުޓަ ދިސް.. ޔޫ ބެޓަރ ކަމް ފާސްޓް..” ޒާނިޝް ފޯނަށް ބަލާލާފައި އެހެން ބުނެލުމުން އަހަރެންވެސް ބޯޖަހާލައިފައި ހިނގައިގަތީމެވެ.

“މަންމާ.. މަންމަ ބުނުއްވިހެން ޝައިހާ އަކީ ނަފްސާނީ ބަލިކުއްޖެއް.. ޝައިހާގެ ރުޅިގަދަކަމާއި ޖެހިލުން ކުޑަކަމުގެ އަސްލަކީ އެއީ..” އަހަރެން މަންމަ ކައިރީ އެހެން ބުނުމުން މަންމަ ވެސް ބަލައިލީ މަންމައަށްވެސް އެކަން އެނގެއޭ ބުނާ ކަހަލަ ގޮތަކަށެވެ. އަހަރުމެން ހިނގަމުން ދިޔައީ ބަނދަރުމަތީގައި ހަރުކޮށަފައިވާ ހިތްގައިމު ރަން ލައިޓްތައް ދަށުގައެވެ. ރަށުގެ މަލަމަތި އެހިސާބުން ފެންނަނީ ވަރަށްވެސް ހުވަފެނީ ގޮތަކަށެވެ.

“ދެން ކީއްވެ ފަރުވާ ނުކުރަނީ.. އެއީ ފަރުވާކޮށްފިނަމަ މުޅިންހެން ރަނަގަޅުވާ ކަމެއް.. ހަމަ އެހެން މީހުންނެކޭ އެއްގޮތަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ އެކަހަލަ ކުދިންނަށްވެސް..” މަންމަ އިސްދަށަށް ޖަހައިލައިގެން އިނދެ އެހެން ބުނިއިރު މަންމަގެ ސިކުނޑީތެރޭގައި ހައިޖާނުތަކެއް އުފެދިފައި ވާކަހަލައެވެ. އަހަރެންނަށް ހުރެވުނީ ކަޅިޖަހައިނުލާ މަންމަގެ މޫނުމައްޗަށް އަރާ ކުލަވަރު ބަލާށެވެ.

“ފަރުވާ ނުކުރެވިފައި އޮތީ ބަކުރުބެމެންގެ އެހާ ތަނަވަސްކަމެއް ނެތީމަ.. ބޭސްފަރުވާ ކުރެވެން އޮތީ ރާއްޖެއިން ބޭރުން.. އެހެންވެ ނުވެފަ އޮތީ..” އަހަރެން އެހެން ބުނުމާއިއެކު މަންމަ އަހަރެންނަށް ވައްކަޅިން ބަލައިލިއިރު މަންމަގެ މޫނުމަތިން އަހަރެންނަށް ކަމެއް ސިއްރުކުރަން މަސައްކަތް ކުރާކަން ދޭޙަވިއެވެ.

“ފައިސާގެ ދަތިކަމެއް އޮވެގެން ފަރުވާ ލަސްކޮށްގެން ނުވާނެ.. އެކަމުގެ ހުރިހާ ޚަރަދެއް މަންމަ ހަމަޖައްސާނަން.. ފަރުވާ ލަސްކޮށްގެން ފަހުން ހަނދާނުން ނުފިލާވަރުގެ ލައްގަނޑެއް އެކުއްޖާގެ ޙަޔާތުގައި ޖެހުމަކީވެސް އެކަށީގެން ވާކަމެއް..” ޚިޔާލީ ދުނިޔެއަކަށް ގެއްލިހުރެ މަންމަ އެހެންބުނިއިރު މަންމަގެ ލޮލުން ފާއްދާލި ކަރުނައިގެ އަސަރު އަހަރެންނަށް ވަރަށް ރީއްޗަށް ފެނުނެވެ. އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް އިޙްސާސް ކުރެވުނެވެ. މަންމަގެ ހިތުގައި އެހާބޮޑު ވޭނެއް އަޅާކަމެއް މެދުވެރިވެފައި ވަނީ ބާއެވެ. މިއޮއްހާދުވަހު އަހަރުމެންނަށް ނޭނގޭ ކަމެއް ވަނީބާއެވެ. މަންމަ އެބުނި އެއްޗެއްގެ ފަހަތުގައި ފޮރުވިފައިވާ މާނައަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

“މޮމް.. އިޒް ދެއަރ ސަމްތިން ޔޫ ވޯންޓު ޓޯކް އެބައުޓް..” އަހަރެން މަންމަގެ އަތުގައި ހިފާ މަގަތަށް އަނބުރާލީމެވެ. އެއާއިއެކު މަންމަ ސިހިފައިކަހަލަގޮތަކަށް އަވަސް އަވަހަށް ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުން ގަދަކަމުން އިޙްސާސްތައް ފޮރުވާލިއެވެ.

“ނޫނޭ.. ނަތިން.. ދެން ދަރިފުޅު މަންމައާއި ޝާޔާގެ ގޭ މީހުންނާ ބައްދަލު ކުރުވާނީ ކޮންއިރަކުން..” މަންމަ އަހަރެންނަށް ހިނިތުންވެލީ ގަދަކަމުންނެވެ. މަންމަ ހިތުގެ ތެރޭގައި ފޮރުވާފައިވާ ވާހަކަތަކަކީ މަންމައަށް ވަރަށް އަސަރުތަކެއް ކުރުވާ ހަނދާންތަކެއްކަން ގައިމެވެ. އަހަރެން މަންމައަކަށް މަޖުބޫރެއް ނުކުރާނަމެވެ. މަންމަ އެވާހަކަތައް ކިޔައިދޭން ތައްޔާރުވީ ދުވަހަކުން އަހަރެންނަށް ކިޔައިދޭނެއެވެ. އަހަރެން އިންތިޒާރުކުރާނަމެވެ.

“އިރާދަކުރެއްވިއްޔާ މާދަން މީޓް ކޮށްދޭނަން..” އަހަރެންވެސް މަންމައަށް ހިނިތުންވެލީމެވެ. “އަޅުގަނޑުވެސް ހައްވާދައްތަ ކައިރީ ބުނިން ތިހެން.. ފައިސާގެ ކަންތައްތައް ހަމަޖައްސާލަދޭނަމޭ.. އެހެންވެ މޮމްކައިރީ އެވާހަކަ ދައްކާލަން މިއައީ.. ބަޓް ޔޫ އޯލްރެޑީ މޭޑްއަޕް ޔޯރ މައިންޑް..” މަންމަ އަހަރެންނަށް ހިނިތުންވެލިއެވެ. މަންމަގެ އަތުގައި ހިފާލައިގެން މިހާ ހިތްހަމަޖެހިލައިގެން ވާހަކަ ދައްކާނުލާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. އެހެންކަމުން އަހަރެންހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“ބައިދަވޭ މޮމް ބޯޓުގަތަ އައީ މިކޮޅަށް..” އަހަރެންގެ ހިތަށް އެވަގުތުއައި ސުވާލުކޮށްލީމެވެ. މަންމަ ބޯޓުކައިރިއަށް ގޮސްދޭށޭ ބުނެފައި މިރަށަށް އައީމައި އަހަރެން މިހުންނަނީ މަންމަ ހެދިގޮތެއް ނޭނގިފައެވެ.

“ބޯޓުން އެއްޗިހި ފޮނުވާފަ މަންމަ އައީ މަތިން.. ބޯޓު ލަފާގަޑިއަށް އާދެވޭ ވަރަށް މެންދުރުފަހުގެ ފްލައިޓަކުން އައީ.. ކުޅުދުއްފުށީގަ އެއަރޕޯރޓް އެޅީމަ ދެން މިކޮޅަށް އަންނަންވެސް ކިހާ ފަސޭހަ..” މަންމަ ވީގޮތް ސާފުކޮށްދިނެވެ. އެކިވާހަކަ ދެއްކުމުގައި ގެއާއި ހަމައަށް އާދެވުނުއިރު ތިބީ ހިތްހަމަޖެހި މޫޑް ރަނގަޅުވެފައެވެ.

“ހޭ ޔޫނޯ ވަޓް.. ޑެނީ އެން ނަޝީ.. ދޭ ހެވް މެސްޑް އަޕް..” ޒާނިޝް ހުރީ އެކަނިވެލާނެ އިރެއްގެ އިންތިޒާރުގައި ތޯއްޗެކެވެ. ނިދަން ކޮޓަރިއަށް ވަދެވުނުއިރު ބާރަ ވެސް ޖަހައިފިއެވެ. ޒާނިޝް ނަޝީގެ ވާހަކަ ދައްކަން ފެށީމައި އަހަރެންވެސް ކުޑަކޮށް ޝަޢުޤުވެރި ވިއެވެ. އަޔާންވެސް ލިބެން އުޅޭ ތާޒާ ޚަބަރު އަޑުއަހާލަން ކަންފަތް ދީގެން އޮތެވެ. “އައިރެން އެގުޅީ..”

“ޝީޒް ލައިކް ހާރ ބެސްޓް ފްރެންޑް..” އަހަރެން އިތުރުކޮށްލީމެވެ. އައިރެންގެ ޚަބަރެއް ވެއްޖިއްޔާ ކޮންމެވެސް ކަހަލަގެ ޙަޤީގަތެއް އޭގައި އެކުލެވިގެން ވާނެއެވެ. އައިރެންއަކީ ނަޝީއާއި އަހަރެން ރަހުމަތްތެރިވުމުގެ މާކުރިންސުރެ އަހަރެންގެ ރަހުމަތްތެރިއެކެވެ. ނަމަވެސް އަހަރެން ރާއްޖެއަށް އައިސް ނަމްބަރު ބަދަލުކުރިފަހުން އޭގެން އެއްވެސް މީހަކަށް އަހަރެންނާއި ނުގުޅޭނެއެވެ. އެހެންކަމުން އެއްޗެއް އަނަގާލަން ބޭނުންވިޔަސް ޒާނިޝް ނޫނީ އަޔާން މެދުވެރިކޮށް ނޫނީ އަންގައެއް ނުލެވޭނެއެވެ.

“ނަޝީ.. ޝީޒް ޕްރެގްނެންޓް..” ޒާނިޝްގެ ޖުމްލައާއި އެކު އަހަރެންގެ މޫނުމަތީގައި ހީވީ މީހަކު އެތިފަހަރެއް ވީއްލާލިހެންނެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެހެނެއް ނުވާނެއެވެ. އަހަރެން ނަޝީއާއި އެއްކޮށް އެކަހަލަ ގުޅުމެއް ނުހިންގަމެވެ. ނަޝީ އެދުވަހު އެހެން ބުނިނަމަވެސް އަހަރެންގެ ހިތެއް އެކަމަކާ އެއްބަހެއް ނުވެއެވެ. އެއީ އަހަރެންގެ ޙަޔާތުގައި މިހާތަނަށް އައި އެންމެ އަނދިރި ރެއެވެ. އެރޭގެ މަތިން ހަނދާން ނައްތާލައި އެހަނދާންތަކާއި ދުރަށްދާން މަސައްކަތްކުރި ވަރަކަށް އެހަނދާންތައް އަހަރެންގެ ފަހަތުން ބިރުވެރި ހުވަފެނެއްގެ ސިފައިގައި އަދިވެސް އަންނަނީހެއްޔެވެ؟ އަހަރެން ދާހިއްލަން ފަށައިފިއެވެ. ހާސްވާން ފަށައިފިއެވެ. އަރުތެރެ ހިކިއްޖެއެވެ. ވަގުތުން ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ފެންފުޅި އަނގަޔަށް އޮއްސައިލީމެވެ. ފެންފުޅި ހުސްވާން ކައިރިވިއިރު ވެސް ކަރުހިއްކުމެއް ނުފިލިއެވެ. އަހަރެންގެ ހަނދާނަށް އައީ ގްރެޖުއޭޝަންގެ މަހެއްހާދުވަސް ކުރީގެ ހަނދާންތަކެކެވެ.

ކިޔެވުން ނިމެން މަހެއްހާ ދުވަހަށް ކައިރިވިއިރު އަހަރެންނާއި އެއްކޮށް ކިޔަވައި އުޅުނު ހުރިހާ ކުދިންހެން އުޅުނީ އެކި ކުދިންނާއި ރައްޓެހިވެގެންނެވެ. ނަމަވެސް އަހަރެން ހިތްހަމަޖެހޭ ކަހަލަ ސިފަތަކެއް ހުރި، ހިތްކިޔާ ކަހަލަ ކުއްޖެއް އަހަރެންނަކާއި ދިމަލެއް ނުވިއެވެ.

އަޔާން އާއި ޒާނިޝް އަކީ މިޒާޖުގެ ގޮތުން އަހަރެންނާއި ވަރަށް ގުޅޭ ދެކުދިންކަމުން ޔުނިވަރސިޓީގެ އެހެން ދެޑިޕާޓްމެންޓެއްގައި ކިޔަވަމުން ދިޔަކަމުގައި ވިޔަސް ރަހުމަތްތެރިކަން އުފެދެން މާ ގިނަދުވަހެއް ނުނެގިއެވެ. އަޔާންގެ ކުޑަކޮށް އަންހެންކުދިންނާއި ފްލާޓް ކުރާކަހަލަ ގޮތެއް ހުއްޓަސް ޒާނިޝް ގެ އެބައި ތަންކޮޅެއް ކުޑައެވެ. ޒާނިޝް ތަންކޮޅެއް އެހެންމީހުންގެ ފީލިންގްސް ތަކަށް ރެސްޕެކްޓް ކުރާނެއެވެ. ތަންކޮޅެއް ސޮފްޓް ވާނެއެވެ. އަޔާން އަކީ މާލޭގެ މުއްސަނދި ޢާއިލާއެއްގެ ކުއްޖެއް ކަމަށްވިޔަސް ޒާނިޝް އޮސްޓްރޭލިޔާއަށް އައީ ލިބުނު ސްކޯލާޝިޕެއްގައެވެ. އަޔާން މެންގެ ފެމިލީއިން ވަނީ ޔުނިވަރސިޓީއާއި ކައިރި ހިސާބެއްގައި ތަނެއް ކުއްޔަށް ހިފައިފައެވެ. އެހެންކަމުން ވީކެންޑް ތަކުގައި އަހަރުމެން ތިންމީހުން އެގެއަށް ގޮސް މަޖާކޮށް ހަދަމެވެ. އާލިޔާ ދައްތައާއިވެސް ރައްޓެހިވީ އެހެން ގޮސް އުޅުމުގެ ތެރޭގައެވެ.

އަހަރެން އުޅެނީ ޔުނިވަރސިޓީ ކެމްޕަހުގައި ރޫމެއް ޝެއަރ ކޮށްގެނެވެ. ޑޭނީ އަކީ އޮސްޓްރޭލިއާގެ ރައްޔިތަކަށް ވިޔަސް ވަރަށް ހިތްހެޔޮ ވާނެއެވެ. ނަމަވެސް ޑޭނީގެ އަހަރެން އެންމެ ހިތްހަމަ ނުޖެހޭ ތަންކޮޅަކީ އޭނާގެ ސެކްސް ލައިފެވެ. ޑޭނީގެ ގާލް ފްރެންޑުން ދެއަތުގެ އިނގިލިތަކުންވެސް ގުނާލަން ފަސޭހައެއް ނުވާނެއެވެ. ކޮންމެ ރެއަކުވެސް އާ ޑޭޓެއް ގެންނާނެއެވެ. އެހެން ކަމުން ވަރަށް ގިނައިން ރޭގަނޑު އޭނައަށް ރޫމް ދީފައި އަހަރެން ޒާނިޝްގެ ރޫމަށް ދަމެވެ. އަހަރެން އޮތަކަސް ޑޭނީ އަށް މާބޮޑު މައްސަލައެއް ނޯވެއެވެ. ކުރާކަމެއް ކުރާކަށް ފަހަކަށް ނުޖެހޭނެއެވެ. އެހެން އުޅޭ އަންހެންކުދިންނަށްވެސް އެގޮތް އޯކޭ ވިއްޔާއެވެ. ނަމަވެސް އަހަރެން އެމަންޒަރުތައް ނުބަލަން ނިކުންނަނީއެވެ. އަހަރެން އޮސްޓްރޭލިޔާގައި ކިޔަވަމުން ދިޔަނަމަވެސް މަންމަގެ އަޅާލުމާއި ނަސޭޙަތް އަބަދުވެސް ލިބެއެވެ. ކޮންމެ ދުވަހަކުވެސް ގުޅައިގެން ވާހަކަ ދައްކާނެއެވެ. އެހެންކަމުން އަހަރެން ތަރުބިއްޔަތު ވެފައިވަނީ ހެޔޮނުބައި ވަކިކުރަން އެނގޭ މީހެއްގެ ގޮތުގައެވެ.

ވީކެންޑް ތަކުގައި އަޔާންމެންގެއާއި ތިންމޭލުހާ ހިސާބުގައި ހުންނަ ރެސްޓޯރަންޓަކަށް އަހަރުމެން ޑިނަރ ހަދާލަން ދަމެވެ. އެހިސާބަކީ ހިލްޓޮޕް އޭރިއާ އަކަށް ވެފައި ގުދުރަތީ ރީތިކަމުގެ މިސާލެކެވެ. ދުރަށް ފެތުރިފައިވާ ފެހިކުލައިގެ ވިނައާއި މާމެލާމެލީގެ ބަގީޗާތަކެވެ. ތަނުގެ ރީތިކަމާއި ޚިދުމަތްތަކަށް ބަލާއިރު އަގުހެޔޮވީމައި އަބަދުވެސް ދަނީ އެތަނަށެވެ. އަހަރެންނަށް ނަޝީ ފުރަތަމަ ފެނުނީ އެތަނުންނެވެ.

އެއީވެސް އެކަހަލަ ވީކެންޑެކެވެ. އަހަރެމެންތިބީ އޯޕެން އޭރިޔާގައި ހުރި ކުޑައެއްގެ ދަށުގައެވެ. މީހުން މަދު ހިސާބެއްކަމުން އަހަރުމެންގެ މަޖާ އަނގަތެޅުމުގައި މިނިވަންކަމުގެ ބޭނުން ހިފަމުން ދިޔައީމެވެ. އިރުކޮޅަކުން އަހަރުމެން ތިބި މޭޒާއި ޖެހިގެން ހުރި މޭޒަށް ޒުވާން ކުދިންކޮޅެއް އައެވެ. އޭގެތެރޭގައި ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ތިއްބެވެ. ހީވަނީ ކަޕްލްސް ތަކެއް ހެންނެވެ. ބަލާބެލުމަށް އެތާނގައިތިބީ އޮސްޓްރޭލިޔާގެ ބައެކެވެ. ވާހަކަ ދެއްކުމަގައާއި ހެނދުން އެޅުމުގައި ވަކި ތަފާތެއް ނެތެވެ. ނަމަވެސް އޭގެތެރޭގައި އިން އެއް އަނަހެން ކުއްޖަކީ ކިތަންމެ ހަމުގެ ކުލަ އަލި ކަމުގައި ވިޔަސް އޭޝިއާގެ ހިސާބެއްގެ ކުއްޖެއްކަން ޔަގީނެވެ. އިރުކޮޅަކުން އަހަރެންވެސް ވޮޝްރޫމަށް ދިޔައީ ޓޮއިލެޓެކަށް ވަދެލާށެވެ. އައި މަގުމަތީގައި މަންމަގެ ކޯލެއް އައެވެ. މަންމައާއި ވާހަކަދައްކަމުން ފޯނަށް ގެއްލިފައި އަންނަނިކޮށް މީހެއްގެ ގައިގާ ލައިގަތެވެ. އަހަރެން ބަލައިލި އިރު އަހަރެންގެ ގައިގާ ޖެހުނު ވެއިޓަރގެ އަތުގައި ހުރި ޑްރިންކްސްތައް ވަދެގެން އައި ކުއްޖެއްގެ ގަޔަށް ބަންޑުންވީއެވެ.

ވަގުތުން އަހަރެން ފޯނު ކަނޑާލައި މާފަށް އެދުނީމެވެ. އެއީ ދެންމެ އައިސް އިށީން ގުރޫޕްގައި ހުރި އަންހެން ކުއްޖާއެވެ. އެއަންހެން ކުއްޖާ ގޮވައިގެން ވޮޝްރޫމާއި ހަމައަށް ގެންދިޔައީމެވެ. ވަރަށް ހިތްހަމަ ނުޖެހިފައި ހުއްޓަސް އަހަރެން ފެނުމާއިއެކު ކަޅި ޖަހައިނުލާ ބަލަންފެށުމުން އަހަރެންގެ ހާސްކަންވެސް ކެނޑިގެން ހިނގައްޖެއެވެ. އަހަރެން އިސްވެ އިންޓްރޮޑިއުސް ވެލީމެވެ. ދިވެއްސެއް ކަން އެނގުމުން ކުރިއަށްވުރެ ބޮޑަށް ވާހަކަ ދެކެވުނެވެ.

“ބައިދަވޭ އަމް ޝޯން..” އަހަރެން ނަން ބުނެލީމެވެ.

“ނަޝީ.. އެކްޗުއަލީ އަމް ސޮރީ.. އައި ޝުޑްބީ މޯރ ކެއަރފުލް.. ކުޑަކޮށް ބޫޒް ކޮށްލައިގެން ހުރީމަ ވީގޮތެއް..” ނަޝީ އިސްވެ އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. އެއީ އަލްކަހޯލިކް ޑްރިންކެއް ބޮއެގެން ހުރިވާހަކަ ޖެހިލުމެއް ނެތި ބުނެލުމުންނެވެ. ދިވެއްސަކަސް އަލްކަހޯލިކް ޑްރިންކްސް އެއްޗިއްސަކީ ބޭނުން އިރަކު ބޯލަން ލިބެންހުންނަ އެއްޗިއްސައް ވީތީ އޮސްޓްރޭލިޔާގައި އެއީ ވަރަށް އާދައިގެކަމެކެވެ. އެކަމަކު އެއީ އަހަރުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ޚިލާފް ކަމަކަށް ވުމާއިއެކު ފުރަތަމަ އިމްޕްރެޝަން އިންވެސް އަހަރެން ކުޑަކޮށް ފޫހިވާގޮތް ވިއެވެ. އެރޭ އަހަރަމެން ދެމީހުން ވަރަށް ވާހަކަ ދައްކަން ތިބީމެވެ. ނަޝީއަކީ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެއްކަމުން ނަޝީގެ ވާހަކަތަކުގައި ޖެހިފައި އަހަރެންނަށް ވަރަށް އިރު ހުރެވުނެވެ. ނަޝީ އާއި އެކުގައި ތިބީ ފްރެންޑުން ކޮޅެއް ކަމަށް ބުންޏެވެ. ނަޝީ އަކީ ރާއްޖޭގެ މުއްސަނދިއާއިލާއެއްގެ ކުއްޖެއްކަމާއި ނަޝީ އުޅެނީ އަހަރެން އުޅޭ ޔުނިވަރސިޓީގައިކަން އެނގުނެވެ. ނަމަވެސް މީގެ ކުރިން ފެނުނު ހަނދާނެއް ނުވެއެވެ. އަޔާން އާއި ޒާނިޝް ވެސް ނަޝީ ދިއުމުން އަހަރެންނާއި ވަރަށް ދިމާކޮށް ހެދިއެވެ.

ޖެހިގެން އައިހަފްތާގައި އައިރެން އާއި ޔުނިވަރސިޓީ ތެރެއިން ދިމާވެގެން ނަޝީގެ ވާހަކަ ދެއްކިއެވެ. އެނގުނު ގޮތުގައި ނަޝީއަކީ އައިރެންގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އަދި ނަޝީއަށް އަހަރެން ކަމުގޮސްގެން އެވާހަކަ އޮތީ އައިރެން ކައިރީގައި ދައްކާފައެވެ. ނަމަވެސް އަހަރެންނަކަށް ނަޝީއާއިދޭތެރޭގައި އެކަހަލަ ގޮތަކަށް ނުދެކެވުނެވެ. އެހެންކަމުން އަހަރެންބެލީ އެކަމާއި އަޅާނުލުމަށެވެ. ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ ކަމަށެވެ. ނަމަވެސް ނަޝީވީ އަހަރެން ހީކުރި ކަހަލަ ކުއްޖަކަށް ނޫނެވެ. އެއަށްވުރެ މާ ޕާރސިސްޓެންޓެވެ. އަހަރެން ދެކޭ ގޮތް ބުނުމުންވެސް އަހަރެންނާއި ބައްދަލު ކުރަން ބޭނުންވެގެން އުޅުނެވެ. ލަވް އެޓް ފަސްޓް ސައިޓް އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް ނަޝީ އަހަރެމެންގެ ބައްދަލުވުން ސިފަކުރީ އެކަހަލަ ގޮތަކަށެވެ. ނަޝީ އަހަރެންނާއި ހުންނަވަރުން އަޔާން އާއި ޒާނިޝްވެސް ނަޝީއަށް ޗާންސެއް ދޭން ފެންނަކަމަށް ބުންޏެވެ. ނަމަވެސް އަހަރެން އިންކާރު ކުރީމައެވެ. އަހަރެންގެ ހިތުގައި އެކަހަލަ އިޙްސާސެއް ނެތި ގުޅުން ކުރިއަށް ގެންދެވިދާނެއޭ އަހަރެންގެ ހިތެއް ނުބުނެއެވެ. އަންހެން ކުއްޖެއްގެ އިޙްސާސްތަކާއި އެކަހަލަ ގޮތަކަށް ކުޅެލާކަށް އަހަރެން ބޭނުން ނުވީއެވެ.

ނަމަވެސް މާގިނަދުވަހަކު ހިފަހައްޓައެއް ނުލެވުނެވެ. ކިޔެވުން ނިމެން ހަފްތާއަކަށް ވެފައިވަނިކޮށް ނަޝީގެ އެދުމަށް އަހަރެން ނަޝީއަށް ފުރުޞަތެއްދިނީމެވެ. ޑޭޓެކެވެ. އަހަރެން ބޭނުންވީ ނަޝީއާއި ބެހޭގޮތުން އިތުރަށް އޮޅުންފިލުވާށެވެ. އަހަރެމެން ދިޔައީ ފުރަތަމަ އަހަރުމެން ބައްދަލުވި ރެސްޓޯރަންޓަށެވެ. އެރޭ ނަޝީ ލާފައިހުރި ހެނދުމުން ނަޝީގެ ރީތިކަން އިތުރުކަމަށް ދައްކައެވެ. ނަޝީއަކީ ވަނާތައް ފުރިހަމަ ބައްޓަން ރީތި ކުއްޖެކެވެ. ނަޝީލާފައި ހުރި ހެނދުމުން އެކަން އަހަރެންނަށް ދައްކާލަން ބޭނުންވެފައި ހުރިކަން އެނގެއެވެ. ނަޝީ އެރޭ ފެނުނު ކޮންމެ މީހެއްވެސް ނަޝީގެ އަންހެންވަންތަ ރީތި ހަށިގަނޑަށް ތަޢުރީފުކުރާނެއެވެ. ނަޝީ ހިނގާފައި ދިޔައިރު ސޮނިވެއްޓިފައި ބަލަން ތިބި މީހުންވެސް އަހަރެން ދުށީމެވެ. އަހަރެންވެސް ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ނަޝީ ބައެއްފަހަރު އަރިވެލާ ގުދުވެލާ ހަދާއިރު އަހަރެންނަށް ވެސް ނަޝީގެ ބޮޑުބައި ހާމަވެފައިވާ ފުރިހަމަ މޭމައްޗަށް ބަލައިލެވެނީ ބޭއިޚްތިޔާރުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވާލާ ސިކުނޑި ހަމައަކަށް އަޅުވާލަން އަހަރެން ވޮޝްރޫމަށް ދިޔައީމެވެ.

ނަޝީގެ ސެކްސް އެޕީލް ފެނި އަހަރެންގެ އަމިއްލަ ނަފްސުގެމައްޗަށް އޮތް ބާރު ގެއްލިދާނެހެން ހީވާން ފަށައިފިއެވެ. އެހެންކަމުން އަހަރެން ބޭނުންވީ އަވަހަށް ކެމްޕަހަށް ދާށެވެ. ދެތިންފަހަރަކު އަތްގޮށިފުރާ ފެން މޫނަށް ޖަހާލަމުން އަހަރެން ހަމަޖެހިލީމެވެ. އެއަށްފަހު މޫނުފުހެލައިގެން ދިޔައިރު ނަޝީހުރީ އަހަރެން ނައިސްގެން ލަސްވެފައިކަން އެނގެއެވެ. ދެވުމާއިއެކު އަހަރެން އަވަހަށް އަހަރެންނަށް ގެނައި އައިސްކްރީމް ސޮޑާ ތަށި ދަމާލައިގެން ދާން ބޭނުންވާ ވާހަކަ ބުނީމެވެ. ނަޝީ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރެނަމަވެސް ދާން ނިކުތެވެ. އޭރު އަހަރެންގެ ބޮލަށް ކުޑަކޮށް އެނބުރުން އަރާކަހަލަ ގޮތެއް ވާން ފަށައިފިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ދާން އުޅުނީމެވެ. ނަޝީ އަހަރެން ޑްރޮޕް ކޮށްދޭންބޭނުން ވުމުން އަހަރެން ކާރަށް އަރައި ހަމަޖެހިލީމެވެ. މަޑުމަޑުން އަހަރެންގެ ބޮލަށް ލުއިވާން ފަށައިފިއެވެ. މަންޒަރުތައް އިތުރަށް ރީތިވެ ފެންނަ ކޮންމެ އެއްޗެއްގައި މަސްތީކަމެއް އެކުލެވެން ފަށާއިފިއެވެ. އަހަރެންނަށް ނަޝީއަށް ބަލައިލެވުނީ ބޭ އިޚްތިޔާރުގައެވެ. ނަޝީ އެނބުރުނު ވަގުތާއި އަހަރެންނަށް ބަލައިލެވުނު ވަގުތާއި ވީ އެއްވަގުތަކަށެވެ. ނަޝީގެ ބޮލުން ފެށިގެން ފަޔަށް އަހަރެންނަށް ބަލައިލެވުނީ ހިތުގައި އެރީތިކަން ދެކިލުމަށް އެދެވުނު އެދުމަށް އަހަރެންގެ ސިކުނޑި ކުރަމުންދިޔަ ހަނގުރާމަ ފިނިވެ ހިތަށް ކާމިޔާބު ވުމުންނެވެ. އެންމެ ބަލާލުމަކާއިއެކުވެސް މުޅިޖިސްމުގައި ހުޅުރޯކުރުވައިފިއެވެ. ނަޝީ އަހަރެންނަށް ބަލައިލަމުން ބޮޑުބައި ހާމަވެފައިވާ ބައްޓަން ރީތި ދެފައި ދުރުކޮށްލީ ދަޢުވަތެއްފަދައިންނެވެ. އޭރު ގެއެއްގެ ގޭޓް ކައިރިޔަށް ކާރު މަޑުކޮށްލައިފިއެވެ. އެއާއިއެކު ގޭޓް ހުޅުވައިދެވުނެވެ. ގޯތިތެރެއިން ކާރު ގޮސް ގޭގެ ޕޯޓިކޯއަށް މަޑުކޮށްލެވުމާއިއެކު ނަޝީ ފައިބައިގެން އަހަރެން ގެ އަތުގައި ހިފައިގެން ބޮޑުދޮރު ހުރަސް ކޮށް ދާން ފެށިއެވެ. ހަނި ގޯޅިއަކުން ގޭގެ އަނެއްފަރާތަށް ދެވުނެވެ. ސިއްރު ސިއްރުން އަހަރެންގެ އަތުގައި ހިފައިގެން ނަޝީ އަނެއްއަތުގެ ޝަހާދައިނގިލި އަނގަމަތީގައި އަޅައިގެން ވަދެގެން ދިޔައިރުގައި އަހަރެންނަށް ހުރެވުނީ މަޖާވެފައެވެ. ނަމަވެސް އޭރު އަހަރެންނަށް މަންޒަރުތައް ފެންނަނީ ހުވަފެނެއްގެ ސިފައިގައެވެ. ކެނޑި ކެނޑިގެންނެވެ.

އަހަރެން ވެއްދުނީ ބޮޑު ކޮޓަރިއަކަށެވެ. ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައިވާ ފެންވަރުރަނގަޅު ރީތި އެނދު ފެނުމާއިއެކު އަހަރެން ބޭނުންވީ އެއެނދުގެ މަޑުކަމުގެ ތެރެއަށް ގެނބިގެންދާށެވެ. އެއާއިއެކު ގޮސް އެނދުތެރެއަށް ވެއްޓިގަނެވިއްޖެއެވެ. އޭރު އެނދާއި ދިމާލަށް ފަރިހިނގުމެއްގައި އަންނަމުންދިޔަ ނަޝީއަށް އަހަރެންގެ ލޯހުއްޓާލެވިފައި އޮތްއިރު ނަޝީގެ މަސްތުން ފުރިފައިވާ ދެލޮލުގެ ދަޢުވަތަށް ހިތާހިތުން މަރުހަބާކިޔެމުންދިޔައެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއ އެކު ލޮލަށް ދިޔައީ ބަރުވެ މަންޒަރު ކެނޑެމުންނެވެ. އަހަރެންގެ ޖިސްމުގައި ހުޅުރޯކުރަމުން މަޑުހިނގުމެއްގައި ކައިރިވަމުން އައި ނަޝީގެ ހެނދުން ކޮނޑުން ނައްޓާލުމާއިއެކު ބިމަށް ވެއްޓިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. އެއާއިއެކު އަހަރެންގެ ސިކުނޑިއަށްވެސް ކުރަމުންދިޔަ ހަނގުރާމަ ނާކާމިޔާބުވެ ހޭވެރިކަން ގެއްލިއްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ވާހަކަމަޖާލޯބި

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

އޯގާވީ ހިތަކުން…23

Next

ދީވާނާ ލޯބިން ވެއްޖޭ. . [15]

Next
May 7, 2014

ދީވާނާ ލޯބިން ވެއްޖޭ. . [15]

Previews
May 6, 2014

އޯގާވީ ހިތަކުން…23

44 Comments!

  1. GuDuMeena says:
    May 6, 2014 at 8:02 pm

    Good evening all readers. .
    Heekuran mi part aky vx thi hurihaa kiyun therinnakah kamudhiya part akah vaane kamah. . 😉
    I knw u all r surprised abt the new. . its all getting more intense dont u think?. . ehehehe..
    and again faahaga kurevey kahala massala eh ovejjiyya plx let me knw. . Zoo. . u will right
    😉
    find me on facebook http://www.facebook.com/llGuDuMeenall

    1. zoodaan says:
      May 7, 2014 at 2:25 pm

      heheh….hama best..kurin buni kanthah ragalhu koffa huree…booz aee koacheh kan ves egijje..hehe..keep it up..:)

  2. ummi says:
    May 6, 2014 at 8:08 pm

    V inthizaaru ga huhta thi up kuree thanks dear 🙂

    1. GuDuMeena says:
      May 6, 2014 at 8:32 pm

      Thanks Ummi. .

  3. Shiu says:
    May 6, 2014 at 8:19 pm

    noway….this can’t be true….alhe ehen nahadhabala GuDu…shayaage heart break varne ehnu ekan ingey ..dhuvahakun…BTW thankx avahah up koh dhinyma..vvv salhi n interesting mi partvx….waiting for next part..

    1. GuDuMeena says:
      May 6, 2014 at 8:33 pm

      eheneh nu vaany sean koggen ulhey kamakun. . 😉 ehehe thankew Shiu

    2. Shiu says:
      May 6, 2014 at 8:43 pm

      a shoan gasthugaeh nunehnu dhw..nashy hardha gohey dhw..drinkx alchol also..dhn eyna nukuraanee konkameh…wot’ll happen next….I cant wait yaaar..n shoange mom have secretx…..some connections to shaihaa..alhe tommorw avahah varnama dhw….ur alwyx welcome 🙂

  4. ummi says:
    May 6, 2014 at 8:21 pm

    Haadha kurey mi baii..

    1. GuDuMeena says:
      May 6, 2014 at 8:35 pm

      ehehe. . Ummi. . ehaa dhigu inthizaarakah fahuga kiyaalan libuny ma thi kuru v. . its 1600 words plus so aslu GuDu ah kuruhrn hiyeh nuveye. . 😉 Btw thanks Ummi

    2. ummi says:
      May 6, 2014 at 9:46 pm

      Ya dhww… gudu…. 🙂

  5. bookworm says:
    May 6, 2014 at 8:29 pm

    kihineh thi hedhy? then shon ge kalhu past ais gen shaaya ge life ves halaaku vedhane :/ do something gudu. let the past go 😀 and give them a chance. just loving this more n more. enjoyed to the max<3 keep it up. ur the best

    1. GuDuMeena says:
      May 6, 2014 at 8:38 pm

      ehehehe. . Kalhu Past comes with thrills. . hahaha it is going to be more interesting ey Buddy. . lets see what truth does the story reviel. . 😀 im so excited too

  6. Uma says:
    May 6, 2014 at 8:48 pm

    …neyvaa hifattaalain indhe kiyaa nimmaly mi…*takes a deep breath* Oh emm gee !!seriously this can’t be happening

    1. GuDuMeena says:
      May 6, 2014 at 9:00 pm

      hahahaha. . . Control Uma. . dnt u get a heartattack. .! 😉 ehehe Thanks Uma. . <3

  7. GuDuMeena says:
    May 6, 2014 at 9:03 pm

    ehehehe. . Mom mihadhaa ethi fahareh vx engidhaanetha dhw. . and i knw Dude u’ll read all the parts kan 😉 ehehe Thanks NishanTey. . Gud Nyt

  8. Naza says:
    May 6, 2014 at 9:42 pm

    HOOOOOO :O haadha ehn kahala twist eh thigenaee…….alhe dhn shone ge kuhjakah noon dhw nashy baliwe inyky…dhn shone ge mamma ge kn secret eh baa??? warah curious mihaaru….awahah mi curiosity dhuru kuran tmrw nite awahah annaane nama……dhn gud nite hurihaa kudhinnahwes 🙂

    1. GuDuMeena says:
      May 6, 2014 at 10:04 pm

      mifaharu migennany varah ehen kahala twisteh. . Gaaigandakah Story ge INTERMISSION ah mi annany. . 😉 thanks Naza. .

  9. liuu says:
    May 6, 2014 at 9:51 pm

    gudu bro……..kihinei thi hedhy??????????????????hrt broke nuvy hama kiriyaa………shaayaa n shon dhuru nukurachey………plx….plx…:O :O :O …dh dhn………kihinei vaantha mi ulheny…nxt prt ga ingeynetha vaan mi ulhey gothei?????vvvvvvvv kiyaa hiyy vejje nxt prt……..

    1. GuDuMeena says:
      May 6, 2014 at 10:07 pm

      ehehehe. . Liuu. . next part ga vx varugadha surprise thah ebathibi filaaa. . 😉 u’ll like every word in it. . jst kuda kuda inthizaareh. .

  10. GuDuMeena says:
    May 6, 2014 at 10:08 pm

    Gud Nyt all. . 😀 mihaaru mi nimeny 15th part liye. . so will c uw guys tomorrow night <3

  11. maee says:
    May 6, 2014 at 10:22 pm

    gudu.keeh thi kury shon lavva???..kn vahakaeh ba shon ge mom a sirru kurany?? dhn miharu eha avahah kulhuduffusheega airport vx elhy dw!!nice…maee mennah vx v.faseyha vane eyrn..Gud nyt

    1. GuDuMeena says:
      May 7, 2014 at 12:18 am

      dhen konme faharaku Maee rashah dhaan v ma GuDu kairyga bunelaa eyrun Ticket Ok kollaaanan Kulhudhuffushi Airpor ah dhaan. . 😉 ehehehe. .

  12. happy tootoo says:
    May 6, 2014 at 10:29 pm

    oh em jee :O GuDu kihineh thi hedhy ? Nashy goas kann :/ vai anheneh huwa
    shaya aa shon aa gulhuvahche , , this part is awesome
    best of luck gudu ! you’re going very well

    1. GuDuMeena says:
      May 7, 2014 at 12:20 am

      ehehe thanks Happy Tootoo. . 🙂

  13. ishaa says:
    May 6, 2014 at 11:08 pm

    Gudu I think there is a mistake in first paragraph because shaiga I mean shoan’s mom is requesting to go Australia not Aisha … But I’m not sure…this part was fabulous..I think now only the actual game began..by the waiting to the next part

    1. GuDuMeena says:
      May 7, 2014 at 12:27 am

      Hah. . Finally. . Thankew Ishaa. . it has been hiding under my nose mioh haa iru vandhen. . 😀 2 parts ga vx GuDU ah faahaga nukurevi in thankolheh thi faahaga kohla dhinee. . so thatnkew v.much ingey Ishaa. . 🙂

  14. GuDuMeena says:
    May 7, 2014 at 12:24 am

    Ohw Aisha. . i have to say sorry. . Actualy this is a love story and so there will be some matured contant. . and these love stories are nt suitable for ages below 14.. 🙁 im trying my best to keep it minimal i mean Adult contant..
    so READER DISCRETION IS ADVICED
    😉

    1. REEE says:
      May 7, 2014 at 5:59 pm

      Yeah, I’m SIXTEEEEEEEEEEN 😀

  15. aisha says:
    May 7, 2014 at 12:38 am

    🙁
    v nice

    1. GuDuMeena says:
      May 7, 2014 at 8:03 pm

      🙂

  16. luvly grl says:
    May 7, 2014 at 1:30 am

    oh nooooo… nehy gudu aisa math karna dude… shoan is a nice guyss.. mirey grl ah heart attack eh jehien ulhefa a dhiyaee. i cn imagine hw shaayaa will fyl…. dhn gudu plxx shaayaa n shoan gulhuvaba.. nashy farah dhey!!!! huvaa mibuny grl ah fenihjehyaa hama nolhaalaanan.. eha nubai kudhin ves rajjeyga ulhey dhw beyrah kiyavan gos… huh… anyways waiting fr the nxt part… hope tht nashy get a gud punishment… n shon aa shaayaa aa gulhuvaane kamah… 🙁

  17. me says:
    May 7, 2014 at 1:37 pm

    Finally effaharaa two parts kiyaalevijje… Itx really awesome… Net connection nethyma late v…

  18. me says:
    May 7, 2014 at 1:40 pm

    Thanks for the lurvly story… ☺☺ v miss vi kury reyge part… Adhivx me he comments he half fennany..

  19. naj says:
    May 7, 2014 at 2:55 pm

    aslu sean kuri kamakun noon ehn evyy
    gudu kuri kamakun 😛
    mi part ehaa reehcheh noon 😛
    u know why
    maa dhn ……..
    u knw WHAT I MEAN RIGHT
    EYY DHOGEH
    V REETHI MI PART VX
    🙂
    REUGA NET NETHYY MA
    DHN ME MI KIYAA LEVUNYY
    NAJ VESS DHEEVAANA LOABIN VEHJE MI PART KIYAAFA
    HEHEHE
    BEST OF LUCK 😉

  20. leen says:
    May 7, 2014 at 3:51 pm

    ގުޑޫ ބުނެބަލަ ނޫނީ އެހެން ކުއްޖެއްވެސް ބުނެބަލަ ލާރާ ގެ ބޭނުންވަނީ ޔާރާ ވާހަކަ އިން ނާނެ ތަނެއް ނޫނީ އެ ވާހަކަ ކުއްޖަކު އަތުގައި ސޭވް ކޮއްފަ އިނިއްޔާ ލީން އަށް ލިބިދާނެތަ؟؟؟؟؟
    plxxxxxx
    leen mi vaahaka ah cmmnt nukuriyakas gavaidun mi storyy kiyan
    v reethi mi storyy 🙂

  21. nayaal says:
    May 7, 2014 at 3:59 pm

    hama busy vegen miulheny, coment nukurevigen,,soryy GuDu,, 🙁 ehen noonasd mipart and mi vaahaka very nice 🙂

  22. some one says:
    May 7, 2014 at 4:49 pm

    haadha englishey, meehun dhahka vaahaka english viyas vaahakaige terein gennan jeheyny dhivehi koh dhw i think

  23. shai says:
    May 7, 2014 at 5:58 pm

    yap dhivehi is important gina faharah bas nethigen dhaan medhuveri vaa sababbeh mi eii alhgadu men ves ladu ganey dhivehi abs mihar mi haa dhera kohlaathy aslu hageegathuga alhugadhumen ah neynegey aslu dhivehin vaahaka dhahkan but anyway story v v v salhi waiting for the nxt pat shaaya ah ehn nahadhahchey

  24. GuDuMeena says:
    May 7, 2014 at 8:08 pm

    Thankew Lovely Grl, Me , Naj, Leen,Nayaal, SOme One, and Shai. . GuDU vx balaanan veehaa vx bodah english words dialog thereyga noony nugenes veytho. . aslu english kollan ehaabodah jehuny e kudhinge background ai style enme reethikoh genesdheyn vegen. . bt characters like Riya Rana Mohamed be and Aishaa Sis Hawwa sis Bakurube Shaya evves varakahhen hama nulan english words. . ANW dhen huri baithakuga ebai rangalhu kolleveytho balaanan. . 🙂
    BTW GuDu ah Time nethuneema GuDu konme kujjakah vakin comment koh nulevuny. . Sory for that. . i’ll see u latr. .
    Gud nyt

  25. shue says:
    May 7, 2014 at 11:00 pm

    wow… v kiyaaa hithun kiyaa vaahaka eh mee… komme part eh ves kiyamun dhaairu hama sifa kurevey….:Gudu… thanks mihaa reethi vaahaka eh upload kohdheythee 🙂 M

  26. sem says:
    May 7, 2014 at 11:14 pm

    v vaanuvaa neyge mi ppart ga

  27. Shifff says:
    May 13, 2014 at 9:30 am

    nw ishy ves ai dhw gudu… dhn hama v nice story eh

  28. ziaan says:
    August 1, 2014 at 2:51 pm

    nice story brow

  29. shau says:
    October 1, 2015 at 9:25 pm

    i love this storyy

Comments are closed.

Next Episodeދީވާނާ ލޯބިން ވެއްޖޭ. . [15]←


All Right Reserved!