Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ހަވަނަބައި)

shan
May 8, 2014
6 Mins Read
37 Comments

ކައިލް ކޮޓަރި ދޮރު ހުޅުވާލައިފައި ވަދެގެން އައީ އަހަރެންނަށް މަންމަ ބުނި އެއްޗެއް ޤަބޫލް ނުކުރެވިގެން މަންމަގެ މޫނަށް ބަލަހައްޓައިގެން އޮއްވައެވެ. ކައިލް އަހަރެން ސަލާމަތްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ރަނގަޅުވާނީވެސް އަހަރެން މަރުވިއްޔާއެވެ. އަހަރެންނަށް އެއްފަހަރު މަންމަގެ މޫނަށް އަނެއް ފަހަރު ކައިލްގެ މޫނަށް ބަލަމުން ދިޔައީމެވެ. މަންމަގެ މޫނުމަތިން އުފާވެރިކަން ފެންނައިރު ކައިލްގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ކުއްލިއަކަށް އަހަރެންގެ ހިތުގައި ގޮތް ނޭގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. މަންމަ މިހާ ހަމަޖެހި ހިނިތުންވެފައި މިއިންނަނީ ކީއްވެގެންބާއެވެ؟

“..ދަރިފުޅާ.. ދެން އަރާމްކޮށްލާ..” މަންމަ އަހަރެންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. “..މާބޮޑަށް ކަންކަމާ ނުވިސްނާތި.. ހުރިހާކަމެއްވެސް މަޑުމަޑުން ހަމަޔަކަށް އެޅިދާނެ..”

މަންމަ އިންނަނީ ހިނިތުންވެފައެވެ. އެންމެ ސިކުންތުކޮޅަކަށްވެސް އެހިނިތުންވުން ފިލައިގެނެއް ނުދެއެވެ. މަންމަ ހިނިތުންވާންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. މިރޭ ހިނގާދިޔަ އެއްވެސް ކަމެއް މަންމަގެ ހަނދާނުގައި ހުރިހެނެއްވެސް ހިޔެއްނުވެއެވެ. އަހަރެންގެ ދިރިއުޅުމަށް ޒަލްޒަލާއެއް އައިސްފައިވާކަން މަންމައަށް ނޭގެނީހެއްޔެވެ؟ ނޫނީ އެހުރިހާ ކަމެއް ނުވާކަމަކަށް ހަދާލައިގެން ހިނިތުންވުމެއް ދައްކައިގެން އިންނަނީ ހެއްޔެވެ؟

“..މަންމަ ދެން މިދަނީ ނިދާލަން..” މަންމަ އެނދުން ތެދުވަމުން ކައިލްގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. “..ދަރިފުޅުމެން ދެން ނިދާލާ..”

މަންމަ ކޮޓަރިން ނުކުމެގެން ދިޔައިރުވެސް އަހަރެންނަށް އޮވެވުނީ ވިސްނާށެވެ. މަންމައަށް މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެގެން ހެއްޔެވެ؟ މަންމައަށް ކައިލްގެ ހަޤީޤަތް އެނގިފައި އޮތްހެން ހީވެސް ނުވެއެވެ. ދެން މިހުރީ ކައިލްއެވެ. އަހަރެންނަށް ކައިލްގެ މިލާ މޯޅިވެފައިވާ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ކައިލް މިހާ މަޑުމޮޅިވެ ދެރަވެފައި މިހުންނަނީ ކީއްވެގެންބާއެވެ؟

ކައިލް މަޑުމަޑުން އެނދު ކައިރީ ދެކަކޫ ޖައްސާލަމުން އިށީނީ ކުށްވެރިޔަކު ފަދައިންނެވެ. އަދި އަހަރެންގެ އަތްތިލަ އޭނާގެ ދެއަތުގެ ތެރެއަށްލާ ފިއްތާލަމުން ތުންފަތާ ކައިރިކޮށްލިއެވެ. އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކައިލްގެ ތުންފަތް އަހަރެންގެ އިނގިލި ތަކުގައި ޖެހުމާއެކު އަހަރެންގެ ހަށިގަނޑު ތެރޭ ކަރަންޓްގެ އޮޔެވަރެއް ދަތުރުކޮށްލިއެވެ. އެޔާއެކު އަހަރެންނަށް ދެލޯ މަރާލެވުނެވެ. ހުރިހާކަމެއްގެ މަތިން ހަނދާންނެތި ހިޔާލީ ފުންކަނޑަކަށް އަހަރެން ގެނބިގެންދިޔައެވެ.
އަހަރެންނަށް ކައިލް މަޑުމަޑުން ގިސްލާއަޑު އިވެމުންދިޔައެވެ. އަހަރެންގެ އަތްތިލައަށް ފިނިކަމެއް އިޙްސާސްކުރެވެމުން ދިޔައެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމާއެކު އަހަރެން އަތުގައި ހިފަހައްޓައިލައިގެން އިން ކައިލް ގިސްލަމުންދިޔަ މަންޒަރު ފެނިފައި ލިބުނީ އިތުރު ޚައިރާންކަމެކެވެ.

“..އައި އޭމް ސޮރީ.. ސޮރީ..” ކައިލް ބެދިފައި އަޑަކުން ބުނެލިއެވެ. “..ރިއަލީ ރިއަލީ ވެރީ ސޮރީ..”

އަހަރެންނަށް ކައިލްއަށް ބަލަން އޮވެވުނީ ބުނާނެ އެއްޗެއް ނޭގިގެންނެވެ. އޭނާ މާފަށް އެ އެދެނީ ކޮންކަމަކަށްކަމެއް އަހަރެންނަކަށް ނޭގެއެވެ. ޤައިމުވެސް އޭނާއަށް އުޅެވުނު ގޮތާމެދު ހިތާމަކޮށް ރޮއެ ނުހަދާނެކަން ޔަޤީނެވެ. އެހާ އަވަހަށް ހަތިޔާރު ބަހައްޓާފައި މާފަށް ނޭދޭނެކަން ޤައިމެވެ. އަދި އަހަރެން ދެކެ ފޫހިވާ މީހަކު އަހަރެންނަށް އަނިޔާއެއް ދެވިގެންވެސް ރޯނެ ހެނެއް ހިޔެއްނުވެއެވެ.

“..ދެން ދުވަހަކުވެސް އެހެނެއް ނޫޅޭނަން..” ކައިލް އަހަރެންނަށް ބަލާލިއެވެ. އެލޮލުތެރެއިން ކަރުނަ ފައިބަމުން ދިޔައީ ހިފެހެއްޓުމެއްނެތިއެވެ. “..ދުވަހަކުވެސް ލޫޝްއަށް ދެރަގޮތެއް ނަހަދާނަން.. އައި އޭމް ސޮރީ.. އަހަންނަށް މާފުކޮށްދީ..”

ކައިލްއަށް އުޅެވުނު ގޮތާމެދު ހިތާމަކޮށް ރޮއެ ހަދަނީއެވެ. މާފަށްވެސް އެދެނީއެވެ. އަހަރެންނަށް މިފެންނަނީ ހުފަނެއްބާއޭވެސް އެތަކެއް ފަހަރަކު ހިތަށް އެރިއެވެ. ކައިލްގެ ލޮލުން ފައިބަމުން އެދަނީ ހަޤީޤީ ކަރުނަ ހެއްޔެވެ؟ ހަޤީޤަތެއްކަމަށް ޤަބޫލްކުރަން އުނދަގުލެވެ.

“..ކައިލް..” އަހަރެން ކައިލްއަށް ގޮވާލަމުން އަތްދަމާގަތީމެވެ. ކައިލް ރޯމަންޒަރު ނުބަލަންވެގެން މޫނު އަނެއް ފަރާތަށް އަނބުރާލީމެވެ. ފެންނަމުންދަނީ ހަޤީޤަތްކަމަކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ. ކައިލްއަށް އިތުބާރުކުރަން އުނދަގޫވިއެވެ. ކައިލް އެއުޅެނީ ގޮތް ހުސްވެގެންނެވެ. މަންމަ ގުޅުން ކަނޑާލާނެ ވާހަކަ ބުނީތީ މޮޅު އެކްޓްތަކެއް ކުރަނީއެވެ.

“..ލޫޝް..” ކައިލް އަހަރެން އަތުގައި އަނެއްކާވެސް ހިފާލިއެވެ. “..ލޫޝް.. އަހަރެންނަށް އިނގޭ އިތުބާރު ކުރަން އުނދަގޫވާނެކަންވެސް.. އެހެންނަމަވެސް އަހަންނަށް އެއް ފުރުޞަތުދީ.. އަހަރެން އިޞްލާޙްވާނަން.. ލޫޝް ބޭނުންވާ ކަހަލަ ފިރިއަކަށްވާނަން.. ޖަސް ގިވް މީ ވަން ޗާންސް..”

ކައިލްއަށް މަޖުބޫރުވެގެން ނަމަވެސް އަހަރެން ކިބައިން މިހާއަވަހަށް މާފަށް އެދޭނެކަމަކަށް ހިޔެއްނުކުރަމެވެ. އަހަރެންނަށް ހީވެފައި އޮތީ އޭނާ އަހަރެންނާ ދިމާއަށް ބަލާވެސް ނުލާނެކަމަށެވެ. އަހަރެންދެކެ އަންނަ ރުޅި އާއި ފޫހި އިތުރުވެގެންދާނެ ރެޔަކަށް މިރޭ ވާނެކަމަށްވެސް ހީކުރެވުނެވެ. ނަމަވެސް ކައިލް އެއިނީ އޭނާގެ އުޅުން އިސްލާޙްކޮށް އަހަންނާއެކު އާފެށުމަކުން ފަށަން ތައްޔާރުވެގެންނެވެ. އަހަރެންގެ ފިރިމީހާ އަހަންނަށް ލިބެނީއެވެ. ކައިލްއަށް މާފުދީ މޮހެވެމުންދިޔަ ކާވެނީގެ ގޮށް ބާރުކޮށްލަންވީއެވެ. އެހެނަސް އެކަން ކުރުމަށް ފަސްޖެހެވެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އުފާނުވާންވީ ކީއްވެގެން ހެއްޔެވެ؟ ހާސްވުންތަކަކާއި ބިރުވެރިކަމެއް ހިތުގައި މިވަނީ ކީއްވެގެންހެއްޔެވެ؟ އަހަރެންނަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަމަށް ހިތް އެބަބުނެއެވެ. ކައިލްއަށް އިތުބާރު ނުކުރުމަށް ސިކުނޑި ވިސްނާއެބަދެޔެއެވެ.

“..ކައިލް އަހަރެންދެކެ ލޯބި ނުވެއެއްނުން.. ކައިލް ލޯބިވަނީ ޔުމްނު ދެކެއެއްނުން..” އަހަރެން ކައިލްއާ ދިމާއަށް ބަލާވެސް ނުލާ އޮތްގޮތަށް އޮވެ ބުނެލީމެވެ. “..ޔުމްނުއާ އިންނާކަށް ބޭނުމެއް ނުވެތަ؟..”

އަހަރެން ބޭނުންވީ ކައިލްގެ ތެދުވެރިކަން ބަލާލާށެވެ. އޭނާ ޔުމްނުދެކެ ލޯބިނުވާކަމަށް ބުނެފިނަމަ މިފެންނަ ހުރިހާ ކަމަކީ ހަޤީޤަތެއްނޫންކަމަށް ޤަބޫލްކުރެވުނީއެވެ.

“..އަހަރެން ޔުމްނުދެކެ ލޯބިވަން..” ކައިލް މަޑުމަޑުން ބުނެލި އަޑުއިވުނެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. “..އެހެނަސް ޔުމްނުއާ އިންނާކަށް މިހާރު ބޭނުމެއްނޫން.. އަހަރެން ބޭނުންވަނީ ލޫޝް..”

“..ކީއްވެ ކުއްލިއަކަށް އިންނަން ބޭނުންނުވީ..” ސަބަބު އެގުންނަމަވެސް އަހަރެން އެސުވާލްވެސް ކުރީމެވެ.

“..ޔުމްނުއަކީ އަހަރެން އުންމީދުކުރިކަހަލަ އަންހެނެއްނޫން..” އަހަރެންނަށް އިވިގެން ދިޔައީ އަހަރެންގެ ހިތުގައި އޮތް ޖަވާބެއް ނޫނެވެ. “.. އަހަރެންނަށް މިރޭ ޔަޤީންކުރެވިއްޖެ ޔުމްނުކަހަލަ އަންހެނަކާ އެކީ އުޅިގެން އަހަރެންނަށް އެއްވެސް އުފަލެއް ނުލިބޭނެކަން.. ލިބުނަސް ލިބޭނީ ގެއްލުމެއް.. އޭނާއަކީ ރުޅި ކޮންޓްރޯލް އިން ނެއްޓޭ ނުރައްކާތެރި އަންހެނެއް..” ކައިލްގެ ދަލުގައި ޖެއްސުމަށް މޮޅުވާހަކައެއް ދައްކަން އުޅުމުން އަހަރެން ހިތުގައި ފޫހިކަމެއް އުފެދުނެވެ.

“..އޭނާ އުޅުނީ ލޫޝާގެ ފުރާނަ ދުއްވާލަން..” އަހަރެންނަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އަދި އެނބުރި ކައިލްގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ޔުމްނުގެ ފަހަތުން އެފެނުނު ހިޔަންޏަކީ ކައިލް ހެއްޔެވެ؟ ކައިލް ދެތުންފަތް ފިއްތާލަމުން ބޯޖަހާލިއެވެ.

“..ލޫޝް ޓައިލްސް ގަނޑުމައްޗަށް ވެއްޓުނު އިރު ނިތްކުރި މަތި ފަޅައިގެން ގޮސް ހުރިތަނުން ބައިވަރު ލޭތައްފައިބަމުން ދިޔަ..” ކައިލް އިތުރަށް އޮޅުންފިލުވާ ދިނެވެ. “. އެހެންވެ އަހަރެން ފޮތިގަނޑެއް ޔުމްނުއަތަށް ދިނުމަށްފަހު ލޫޝާގެ ނިތްކުރީގައި އައްސާލުމަށް ބުނަމުން އެއްޗެހި ލައިގެން ބޭރަށް ނުކުތީ އަވަހަށް ބޭސް ގަންނަންވެގެން.. އަހަރެން ބޭރަށް ނުކުތްފަހުން ފޯން މަތިން ހަނދާންވީ.. ފޯން އޮންނާނީ ކޮޓަރިގަ.. ނަސީބެއް ކަންނޭގެ ފޯން ބަލާދިޔުމުގެ ވިސްނުމެއް އައިކަންވެސް.. އަހަރެން ހިޔެއްނުކުރަން ޔުމްނު ރުޅިއައިސްފައި ހުރި ނަމަވެސް އެފަދަ ކަމެއްކޮށްފާނެކަމަކަށް.. އަހަރެން ދިޔައިރު އޭރު ޔުމްނު ޔުމްނު އޭރު ލޫޝާ ނޭފަތްމަތީ ފޮތިގަނޑެއް..” ކައިލްގެ ތުރުތުރު ލަމުންދިޔަ އަޑު ކުއްލިއަކަށް ހުއްޓުނީ ވާހަކަ ދައްކަން އުނދަގޫވި ވަރުންނެވެ. ކައިލްގެ ހިތުގެ އެންމެ ފުނަށް އެހާދިޘާގެ އަސަރުކޮށްފައިވާ ކަހަލައެވެ. އޭނާގެ ދެއިނގިލިން ލޮލަށް ފިތާލީ ނުރޯން ހިތްވަރުކުރަމުންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ކައިލް ވާހަކަ ދައްކަންފެށިއެވެ.

“..އޭރު ޔުމްނު ލޫޝާ ނޭފަތްމަތީ ފޮތިގަނޑެއް އަޅައިގެން ލޫޝާ މަރަށް ތެޅޭހެން ތެޅެނީ.. އަހަރެންނަށް ނޭގެ ހުރެވުންތަންވެސް.. ވަގުތުން ޔުމްނު އަތުގަ ހިފާދުރުކޮށްލަމުން ބަލާލިއިރު ލޫޝާގެ އެއްވެސް ހަރަކާތެއް ނެތް.. އަހަރެން ހީކުރީ ލޫޝާ މަރުވީކަމަށް.. އެހެންވެސް އަވަސްއަވަހަށް ވަގުތުންވަގުތަށް ލޫޝާ ހޮސްޕިޓަލަށް ގެންދިޔައީ.. ގެންދިޔަފަހުން އެނގުނީ ލޫޝާ މަރުނުވާކަން.. ލޫޝާ އޮތީ ބިރުންގޮސް ހޭނެތިފަ.. ދެން ބޭސް އެޅުމަށްފަހު އަހަރެން ޑޮކްޓަރ ހުއްދައާއެކު ގެޔަށްގެނައީ.. އެހިސާބުން އަހަރެންނަށް ވިސްނުނީ ޔުމްނުއަކީ އަހަރެންނަށްވެސް ހުރި ނުރައްކަލެއްކަން.. އަހަރެން މަންމަމެން ރުއްސައިގެން ޔުމްނުއާ އިންނަމަވެސް ޔުމްނުގެ ރުޅި ކޮންޓްރޯލްއިން ނެއްޓޭކަހަލަ ކަމެއް ވެއްޖެނަމަ އެކަމުގެ ނުރައްކާ ކޮންމެ މީހަކަށް ކޮންމެ ފަދަ ވަގުތެއްގައި އައިސްފާނެކަން.. އަހަރެންނަށް ޔުމްނުއަށް ވުރެ އަހަރެންގެ އާއިލާ މުހިންމު.. އެހެންވެ ޔުމްނުއާ ވަކިވުމަށް ނިންމީ.. ދެންހުރީ ލޫޝް.. އަހަރެން އެއްވެސް އިރެއްގައި ލޫޝް ވަރިކޮށްލާކަށް ނުނިންމަން.. ވަރިކުރަން ހިތަށްވެސް ނާރާ.. އަހަރެން އުޅުނީ ޔުމްނުއާ ދެއަތްބަށް އިންނަން.. އަހަރެން ހިތުން ލޫޝްއަށްވެސް ޖާގައެއްދެވިފަވޭ.. ތީ އަހަރެންގެ ފުރަތަމަ ލޯބި.. އަހަރެންގެ ހަލާލު އަނބިމީހާ.. އަހަރެންގެ ދަރިފުޅުގެ މަންމަ.. ލޫޝް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަންވެސް އިޙްސާސްކުރެވޭ.. އަހަރެންނަށް ލޫޝްގެ ފަރާތުން ލޯތްބާ އަޅާލުން ލިބެމުންއައީވެސް.. ދެން ނޭގެ ކީއްވެކަމެއް ޔުމްނުގެ މައްޗަށް ހިތް ލެނބުނީ.. ޔުމްނު ފަރާތުން ލޯބި ލިބެންފެށީމަ ލޫޝްއާމެދު ފަރުވާ ކުޑަކުރެވެން ފެށުނީ.. އައި އޭމް ސޮރީ.. އެއީ އަހަރެންނަށް ހެދުނު ބޮޑު މިސްޓޭކެއް.. އަހަރެން ބޭނުން ރަނގަޅުވާން.. ލޫޝް ބޭނުންވާކަހަލަ ފިރިއަކަށްވާން ބޭނުން.. ހަމަ އެންމެ ފުރުޞަތެއްދީ..”

ކައިލްދެއްކި ވާހަކަތައް އަހަރެންނަށް ޤަބޫލްކުރެވުނެވެ. ޤަބޫލްނުކުރެވެންވީ ސަބަބެއްވެސް ނެތެވެ. ޔުމްނު އަހަރެން މަރާލަން އުޅުންކަން އަހަރެންނަށް ޔަޤީނެވެ. ޔުމްނުގެ ފަހަތުން މީހެއްގެ ހިޔަންޏެއްވެސް ވަނީ ފެނިފައެވެ. ކައިލް ބުނެފައިވަނީ ތެދުކަން އެމޫނުމައްޗަށް ބަލާލުމުންނާއި ލޮލުގައި އެވާ ކަރުނަތައް އެބަ ހެކިދެއެވެ. ނަމަވެސް ކައިލް ދެއްކި ވާހަކަތަކުން ޤަބޫލްނުކުރެވޭ ކަމެއްވެސް އެބަވެއެވެ. އަހަރެންކައިރީ އަހަރެން ވަރިކުރުމަށް ހިތަށްވެސް ނާރާކަމަށް ބުނިއިރު ކިނާން ނެތްނަމަ ވަރިކޮށްލީމުސްކަމަށް ކައިލް ޔުމްނު ކައިރީ ބުނެފައިވެއެވެ. އަހަރެން އެކަމާ ވިސްނާލުމުން އެނގުނީ އެއީ ޔުމްނު ހިތްހަމަޖައްސާލަދިނުމަށް ބުނެފައިވާ ވާހަކައެއްކަމަށެވެ.

ކުށްކުރެވޭނީ އިންސާނުންނަށްކަމަށް އަހަރެން ޤަބޫލްކުރަމެވެ. ކުށެއް ނުކުރެވޭ އިންސާނަކު ނޫޅޭނެއެވެ. އެހެންކަމުން ކުށެއްކުރެވުމުން އެކުށަށް މާފަށް އެދިއްޖެނަމަ މާފްކުރުމަކީވެސް ނެތްކަމެއް ނޫނެވެ. ކައިލް އިޞްލާޙްވާން ހުރިއްޔާ އަހަރެން އެފުޞަތު ކައިލްއަށް ދޭނަމެވެ. ނަމަވެސް މައްސަލައަކީ އިތުބާރެވެ. ގެއްލިޖެ އިތުބާރު ހޯދުމަކީ އުނދަގޫކަމެކެވެ. ނަމަވެސް އެއީ ނުވާނެކަމެއް ނޫނެވެ..

“..އަހަރެން ކައިލްއަށް މާފުކޮށްފިން..” ކައިލް ހިނިތުންވެލިއެވެ. “..ކައިލްއަށް އިނގޭނެ މިހުރިހާކަމެއް މިގޮތަށްވީމަ އަހަންނަށް ކައިލްއަށް އިތުބާރުކުރަން އުނދަގުވާނެކަން.. ކައިލް ޖެހޭނީ އެއިތުބާރު އަނބުރާ ހޯދަން..”

“..އަހަރެން ލޫޝްގެ އިތުބާރު ހޯދާނަން.. މީ އަހަރެން ވާ ވަޢުދެއް..” ކައިލް ތެދުވެ އެނދުގައި އިށީންނަމުން ދެއަތް ފުޅާކޮށްލާފައި އެއަތުގެ ތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ. އަހަރެން އުފަލުންހުރެ ކައިލްގެ އަތުގެތެރޭގައި ބޮނޑިވެގަތީމެވެ. ކައިލްވެސް އަހަރެންގައިގާ ބާރަށް ބައްދާލަމުން ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެންދިޔަ ހިނދު އުފާވެރިކަމުގެ ކަރުނަތިކިތަކެއް ލޮލުން ނީރާލައިފިއެވެ.

“..ޑޯންޓް ކުރައި ބޭބީ..” ކައިލް އަހަރެން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނީ ލޯތްބާއެކުއެވެ. އަދި އެނދުގައި އަހަރެން ބާއްވާލަމުން އަހަރެން ގާތުގައި އޮށޯތެވެ. އަހަރެން ކައިލްގެ ކޮނޑުމަތީ ބޯ އަޅާލީ ލަދުންއޮވެއެވެ. ކައިލް އަހަރެންގެ އުނަގަނޑުގައި ހިފާލަމުން ގަޔާ ކައިރިކޮށްލިއެވެ. ދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެހާ ގާތަށެވެ. އެތަކެއް ދުވަސްތަކަކަށްފަހު ފިރިމީހާގެ ހިމާޔަތް ލިބުމުން އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުންކަހަލަ އިޙްސާސެއް ކުރެވެމުންދިޔައެވެ.
**************
ޔުމްނު އަހަރެން ކައިރީ މަޑުމަޑުން އިށީނެވެ. އެވަގުތު އަހަރެން މަޑުމަޑުން ލޯހުޅުވާލަން މަސައްކަތްކުރުމާއެކު އަނގަމަތީ ފޮތިގަނޑު އަޅާނިވާކޮށްލިއެވެ. ޔުމްނު ފޮތިގަނޑު ނޭފަތާއެކު ނިވާކޮށްލަމުން ބާރުކޮށްލީ އަތުގަ ހުރި ބާރެއްލައިފައެވެ. އަހަރެންނަށް ނޭވާނުލެވިގެން ތެޅިފޮޅެ ގަނެވުނެވެ. ޔުމްނުގެ އަތްނައްޓުވާލަން މަސައްކަތްކުރަމުން ލޯހުޅުވާލި ހިނދު ދުރުގައި އެމަންޒަރު ބަލަން ހުރި ކައިލް ފެނުނެވެ. ކައިލް ހެވިފައި ހުރެ އަހަރެންނާ ކައިރިވެލަމުން އަތުގައި އޮތް ވަޅި ޔުމްނު އަތަށް ދިއްކޮށްލިއެވެ. ޔުމްނު ބަލާކަށްނުހުރެ އަހަރެންގެ މެޔަށް ވަޅިޖެހިއެވެ.

އަހަރެންނަށް ސިހިފައި ހޭލެވުނީ މަންމައަށް ގޮވާލަމުންނެވެ. އޭރު މުޅިމީހާ ދަލުން ފޯވެފައިވާއިރު މާނޭވާ ލެވެއެވެ. ހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައެވެ. ބިރުންހުރެ ކައިލް ކޮބާތޯ ބަލާލިއިރު އެނދުގައި ކައިލް ނެތުމުން އިތުރަށް ބިރުގަތެވެ. ވަށައިގެން ނަޒަރު ހިންގާލި ހިނދު ބެލްކަންޏަށް ނުކުންނަދޮރު ހުޅުވިފައި ހުރިތަން ފެނުނެވެ.

“..ކައިލް..” ކައިލްއަށް ގޮވާލަމުން އެނދުންތެދުވީމެވެ. މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ދޮރާ ހަމައަށް ދެވުނުއިރު ކައިލް ވާހަކަ ދައްކާ އަޑުއިވުނެވެ.

“..ބުނެފީމެއްނުން މަށަށް އުނދަގޫ ނުކުރާށޭ.. ދެން ކަލޭ މަށަށް ގުޅާފިޔާ މަމީ ނުބައި ނުލަފާ މީހެއްކަން އަންގާލާނަން.. ހަނދާންކުރާތި..” ކައިލް އެހެން ބުނަމުން ފޯން ކަނޑާލަމުން އެނބުރިލުމާއެކު އަހަރެން ފެނުމުން ކޮންމެސް ވަރެއްގެ ސިހުމެއްލިބުނެވެ. ނަމަވެސް ވަގުތުން ހިނިތުންވެލަމުން ހަމަޖެހިލިއެވެ.

“..ޔުމްނު…” ކައިލް ބުނެލިއެވެ. އަހަރެން ބޯ ޖަހާލީ ޔުމްނުކަން އެނގެޔޭ ބުނަންވެގެންނެވެ. އޭނަގެ އުނދަގޫ އަހަރުމެންނަށް ފޯރާނެކަން އަހަންނަށް މާކުރިންވެސް އެނގެއެވެ. ކައިލް ހެއްލިގެން އެމަޅީގައި އަލުން ނުޖެހުނިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

“..ކިހިނެއްވީ ހޭލެވުނީ..” ކައިލް އެހިއެވެ.

“..ކަމެއްނުވެ.. ހަމަ ހޭލެވުނީ..” އަހަރެން ކަމެއް ނުވާކަމަށް ބުނެ އޮޅުވާލީ  އަހަރެން ކައިލްއަށް ޝައްކުކުރާކަން ނާންގަންވެގެންނެވެ. ހުވަފެނަކީ ބިލާހެއްކަމަށް ޤަބޫލްކުރަމެވެ. ނަމަވެސް އަހަރެންނަށް އެހުވަފެން އެގޮތަށް ފެނުމުގެ ފަހަތުގައިވެސް ކޮންމެވެސް ހިކުމަތެއްވާނެއެވެ. ފަހަރުގައި އެއީ ކައިލްއަށް ސަމާލުވުމަށް ލިބުނު އިންޒާރަކަށްވެސް ވެދާނެއެވެ.
************
އަހަރެންނަށް ހެނދުނު ހޭލެވުނީ 09 ޖަހަން އުޅެނިކޮށެވެ. އަވަސްއަވަހަށް ތެދުވަނިކޮށް މަންމަ ކޮޓަރިއަށް ވަންނަމުން އަމުރުވެރި ރާގެއްގައި ނުތެދުވުމަށް ބުންޏެވެ. ނަމަވެސް މަންމަ ހުރީ އުފާވެފައެވެ. މަންމަ ފަހަތުން ކިނާންވެސް ކޮޓަރިއަށް ވަނެވެ. މަންމަ އުފާވެފައި ހުންނަ ސަބަބު އަހަރެންނަށް އެގިއްޖެއެވެ. ކައިލްވަނީ މަންމައަށްވެސް ހުރިހާ ވާހަކައެއް ކިޔާދީ މަންމަ ކިބައިންވެސް މާފަށް އެދިފައެވެ.

“..މަންމީ.. ކޮއްކޮ މަންމިއަށް ޑިސްޓާބް ނުކުރީ ޑެޑީ ބުނީމަ..” ކިނާން ދުވެފައި އައިސް އެނދަށް އެރިއެވެ. “..ޑެޑީ ބުނީ މަންމި ބަލިއޭ.. ބަސްއަހައްޗޭ..”

“..އެހެންތަ މަންމި ގެ ޕްރިންސް..” އަހަރެން ކިނާން ގަޔާލާ ބޮނޑިކޮށްލީމެވެ. މަންމަ އައިސް އަހަރެން ބޮލުގައި ފިރުމާލިއެވެ.

“..ކީއްވެތަ ގޮވާނުލީ..” އަހަރެން މަންމަގެ މޫނަށް ބަލާލަމުން އެހީމެވެ.

“..މީ ދަރިފުޅު އަރާމުކުރާ ދުވަސް..” މަންމަ ބުންޏެވެ.

“..ގުޑް މޯނިން ލޫޝް..” ކައިލް ތަބަކެއް ހިފައިގެން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެމޫނުމަތިންވެސް ފެންނަނީ ތާޒާކަމެވެ. އުފާވެރިކަމެވެ. އެނދުކައިރީ ހުރި ސައިޑް ޓޭބަލްމަތީ ތަބަށް ބަހައްޓަމުން އަހަރެންނާ ކައިރިކޮށްލިއެވެ. ތަބަށް ތެރޭގައި ހުރީ ހެނދުނުގެ ނާސްތާއެވެ. ހުނިލީ ރޮއްޓާއި މަސްހުންޏެވެ. ޖޫސްތައްޓަކާއި ފެންތައްޓެއްވެސް ހުއްޓެވެ. އަހަރެންނަށް ކައިލްގެ މޫނަށް ބަލާލެވުނެވެ.

“..ދެން މީ ކޮންކަމެއް..” އަހަރެންނަށް ބުނެވުނެވެ. “..ކައިލް އޮފީހަށްވެސް ނުދަންތަ.. އަހަރެން މިތަނުން ހިރިނުލެވެހާ ބައްޔެއް ނޫނޭ..”

“..މިއަދު މީ ލޫޝް އަރާމްކުރާ ދުވަސް.. މާގިނަ ވާހަކަ ނުދައްކާ މަޑުމަޑުން އިނދޭ..” ކައިލް ރޮށިކޮޅެއް ނައްޓާލަމުން މަސްހުނި ކޮޅަކާއެކު އަހަރެންގެ އަނގަޔާ ކައިރިކޮށްލިއެވެ. އަހަރެން އަނގަ ނުހުޅުވާ އިނުމުން ބުމަ އަރުވާލަމުން އަނގަ ހުޅުވަން ބުންޏެވެ. އަހަރެން ކައިލްއާ ދިމާއަށް ލޯ އަޅާލަމުން ރޮށި ކޮޅު އަނގަޔަށް ލަމުން މަންމައަށް ބަލާލިއިރު މަންމަ ހުރީ ފެންކަޅިވެފައެވެ. އަހަރެންވެސް ކުޑަކޮށް ފެންކަޅިވިއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.

“..އަހަރެން މިއަދުން ފެށިގެން މިހުރީ ޗުއްޓީގަ..” ކައިލް އަނެއްކާވެސް ރޮށިކޮޅެއް ދިއްކޮށްލަމުން ބުނެލިއެވެ. “..އަދި ލޫޝްއަށް ދޭން އެބައޮތް ވަރަށްބޮޑު ސަޕްރައިޒްއެއްވެސް..”

“..ކޯއްޗެއް.. ކޮން ސަޕްރައިޒް އެއް..” އަހަރެންނަށް އެހުނެވެ.

“..ބުނީމަ ސަޕްރައިޒް ސަޕްރައިޒަކަށް ނުވާނެދޯ.. މިގޭ ސިޓިންގ ރޫމްގަ އެބައިން އެސަޕްރައިޒް.. އަވަސްކޮށްލާ..” ކައިލް ޖޫސްތަށި އަހަރެންގެ ތުންފަތުގައި ޖައްސާލަމުން ބުނެލިއެވެ.

“..ކޮއްކޮވެސް ނުބުނާނަން އިނގެ ޑެޑީ..” ކިނާންވެސް އަނގަމަތީ އަތް އަޅާލަމުން ބުނެލީ އެސަޕްރައިޒްއެއް އޭނަގެ އަނގައިން ބޭރުވެދާނެތީ ކަންނޭގެއެވެ. އަހަރެން ގާތަށް ހިނިއައެވެ. މަންމައާއި ކައިލްވެސް ހޭންފެށިއެވެ.

އަހަރެން ސައިބޮއެ ނިމުމާއެކު ކައިލް މޭޒު ދުރުކޮށްލަމުން ގޮސް ދޮރު ހުޅުވާލިއެވެ. އަދި އަތުގެ އިޝާރާތުން އެތެރެއަށް އައުމަށް އެދުނެވެ. އަހަރެންނަށް ޔަޤީންކުރެވުނީ ސިޓިން ރޫމްގައި އިނީ ކޮންމެވެސް މީހެއްކަމެވެ. އެއީ ކާކުކަން ބެލުމުގެ ޝަޢުޤުވެރިކަމެއް އުފެދިގެން ދިޔައެވެ.

“..ސަޕްރައިޒް..” ކުއްލިއަކަށް އެމީހަކު ކޮޓަރި ދޮރުމައްޗަށް އަރަމުން ފިރިހެން ވަންތަ ބަރު އަޑަކުން ބާރަށް ބުނެލިއެވެ.

“..ލޫޠު..” އަހަރެންނަށް ލިބުނު ހައިރާންކަމާއެކު ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shan

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [15]

Next

އޯގާވީ ހިތަކުން…24

Next
May 8, 2014

އޯގާވީ ހިތަކުން…24

Previews
May 7, 2014

ދީވާނާ ލޯބިން ވެއްޖޭ. . [15]

37 Comments

  1. aishath says:
    May 8, 2014 at 8:57 am

    V nyc mi part ves..waiting for the next…

    1. nishan says:
      May 8, 2014 at 9:18 am

      thank you aisha 🙂

  2. shy says:
    May 8, 2014 at 9:45 am

    Konirakun 7 bainereny avahah nerehc v v reethi plx bunebaa konirakun

    1. nishan says:
      May 8, 2014 at 11:03 am

      in shaa allah next week ga 🙂 thannk yu shy.. keep reading..

  3. aisha says:
    May 8, 2014 at 10:51 am

    awahah next part nere dheeba…..v v v vsalhi hurihaa part eh ws…lurv it

    1. nishan says:
      May 8, 2014 at 11:09 am

      ehaa lahen nuvaane inge .. next week ga up koh dheynan.. thank yu aisha.. 🙂

  4. Chompii says:
    May 8, 2014 at 11:08 am

    Loved this part! Whose this looth now ??

    1. nishan says:
      May 8, 2014 at 11:13 am

      looth ei kaaku kan next part in engeyne.. inthizaaru kohllaa.. thank yu chompii..

  5. saamy says:
    May 8, 2014 at 12:33 pm

    Loosh ithubaaru kuriyas mashakah thi kail akah nukurevey ithubaareh e ee hama firihenunge vahtharu mamma gabool nuvyma molhu vaahakaeh hadhaaly ehn noonnama thi yumnu ah vuren kurin kail kanneinge loosh maraalaany Nishan keevvetha kail ehaa rangalhu meehakah thi edhy dhn v foohi kail dheke ekam vaahaka vv reethi

    1. nishan says:
      May 8, 2014 at 2:21 pm

      ehehe.. kykuraani dho hama kuhli akah vs meehakah heyo visnun dhehvafaane.. hama egothah kyle ah vs dhimaavi kamakun heyo visnifa kanneyge eyni .. nishan ulhunii kyle varah bad gola yakah hadhan ekam yumnu kuri kamakun kyle ah visnuneema kyle ragalhu kohlii hama .. ehehe.. 😛 thank yu foohi kameh nethi vaahaka kiyaali ma 😀 and thanx for the comment…

  6. GuDuMeena says:
    May 8, 2014 at 1:59 pm

    Thats so Touching. . u brought tears to my eyes. . eiy hama ufaa verikamuge karuna. . 😛 ehehe BTW this is AWESOME. . and hama e Looth aky kaakutho balaalaa hithun mi hureveny. . 🙂

    1. nishan says:
      May 8, 2014 at 2:26 pm

      adi gandakah fahu uss gandeh anna fadhain mi part ga miothy uss gandakaa lahvaalaafa.. ufaaveri kamuge karuna vs annaane ehenveema 😀 looth ei kaaku kan guess kureveyne kanneyge.. looshaa aa gulhun huri meeheh gaimuvs 😛 7th in engeyne kon gulhumeh kan emeehun ge othy.. tc and thanx for the comment..

  7. shai says:
    May 8, 2014 at 3:13 pm

    who is looth v salhi mi baives

    1. nishan says:
      May 8, 2014 at 4:57 pm

      Looth ei kaaku kan engeyne wait 😉 n thank yu shai

  8. aisha says:
    May 8, 2014 at 3:37 pm

    looth ei adigandeh genuvaane myheh..loosha ge kuryge konmes myheh kanneynge…dhen e aee e dhemafirinna heyo edhey kamah hedhigen

    1. nishan says:
      May 8, 2014 at 5:01 pm

      Ehehe.. May b looth e ee kuriyah oiy kanthakun salaamaiy kohdhey faraaiy kamah vs vedhaanun 😉

  9. maash says:
    May 8, 2014 at 3:52 pm

    mi bai vs hama v ryythi dhn anna bai kiyaalaa hithun hama mihuryy looth akyy kaaku thoa balaa hithun

    1. nishan says:
      May 8, 2014 at 5:02 pm

      Thank yu maash.. Soon I wil up next..

  10. den says:
    May 8, 2014 at 5:32 pm

    It’s really awsum.. I guess Looth aky looshge family myhehh..

    1. nishan says:
      May 8, 2014 at 6:45 pm

      Nice guess den 🙂 n thank yu

  11. den says:
    May 8, 2014 at 8:03 pm

    He he… You r most welcome dear…

  12. Mimmi says:
    May 8, 2014 at 8:13 pm

    Engihje looth eie kaaku kan. X boyfrend eh dhi. Looth eie loosh ge protector dho.. V v nice story

    1. nishan says:
      May 8, 2014 at 9:04 pm

      Hehe… Vedhaane hama x akah vs.. 🙂 Next part ininthizaaru kohlaa.. And thank yu..

  13. sem says:
    May 8, 2014 at 8:13 pm

    salhi…v intizaaru kureveye mi vaahaka yah..

    1. nishan says:
      May 8, 2014 at 9:06 pm

      Thank yu sem 🙂

  14. Ais says:
    May 8, 2014 at 9:11 pm

    V nice wait 4next part

    1. nishan says:
      May 8, 2014 at 9:20 pm

      Thank yu ais.. 🙂

  15. reen says:
    May 9, 2014 at 9:17 am

    vvv nice. who is loot kon irakun next part update vaanee

    1. nishan says:
      May 9, 2014 at 12:04 pm

      Next part feshey week ga up koh dheynan.. e part in engeyne loot ei kaaku kan.. Inthizaaru kohlaa!!! And thanks vaahaka kiyaalii thi 🙂

  16. Yashaa says:
    May 9, 2014 at 4:41 pm

    nice Nishan genes dhyfa oi goi… kail ge molhu act e kanneyge dw…….Alheyy kihinei mi v

    1. nishan says:
      May 9, 2014 at 7:15 pm

      Hehe Kyle act kuranii kamah vs vedhaane hama :p let’s c what will happen next.. Thank yu..

  17. Haxu says:
    May 9, 2014 at 6:35 pm

    haxu akah hiyeh nuvey kail mi rangalhu kamakaigen ulhey myheh henneh.. dhn knmr gothakah vx kyle rngalhu vejji aa kithanme haavx rngalhu.. hehe. waiting 4 nxt part.. gud luk n kyp it up <3

    1. nishan says:
      May 9, 2014 at 7:18 pm

      Haxu ah Kyle akah ithubaareh nukurevey dho :p ehen vaane esoru ulhun gothun.. 😀 thank yu

  18. Haxu says:
    May 9, 2014 at 11:32 pm

    ehehehehe.. aa ehena gehlunun ithubaareh alunneh hama gaimuves haxu eh nudheynan..:p ehehehe

    1. nishan says:
      May 10, 2014 at 12:32 am

      Ehehe.. Let’s c dhen.. Tc

  19. fary says:
    May 13, 2014 at 11:57 pm

    Asluves mivaahaka kiyaalaafa fary ah hama rovunu. Varah varah reethi mi vaahaka

    1. nishan says:
      May 14, 2014 at 8:07 am

      thank yu fary.. 🙂

Comments are closed.

All Right Reserved!