Skip to content
އެސްފިޔަ

ދީވާނާ ލޯބިން ވެއްޖޭ. . [11]

“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. .” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. . ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ އެތި!”ޝާޔާގެ ބުރަކަށީގައި އަތްއަޅާ ކޮށްޕަމުން ޝައިހާ ބޭރުކުރަމުން ދިޔަ ވިހަގަދަ ޖުމްލަތައް އަހަރެންގެ ހިތަށް ލޭޒަޚަމް ދެމުން ދިޔައެވެ. އޭރު ޝާޔާގެ ލޮލުން ލޭކަރުނަ އަންނަމުން ދިޔައިރު ޝައިހާގެ ވިހަ ޖުމްލަތަކުން އެހިތް ފަޅައިގެން ގޮސްފައިވާ ކަހަލައެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ.

“ޝައިހާ!. . ” އަހަރެންނަށް އައިސް ޝައިހާގެ އަތުގައި ހިފާ އަހަރެންނާއި ދިމާލަށް އަނބުރާލެވުނީ އަމިއްލަނަފްސު ކޮންޓްރޯލް ނުކުރެވިގެންނެވެ.

“ޝައިހާގެ އޮންނަނީ ކޮންކަހަލަ ރަހުމް ކުޑަ ހިތެއްތަ؟.. ހިތަށް އައިހާ އެއްޗެއް ގޮވާލާ އިރު އެއީ ޝާއިހާގެ ދައްތަކަންވެސް ނޭނގެނީތަ. . ؟ ޝާޔާގެވެސް އޮންނަނީ ހިތޭކޭ. .” އަހަރެންގެ ހިތަށް ކެތްނުކުރެވުނީއެވެ. އޭރު ޝާޔާ ނޫނެކޭ ބުނާހެން ބޯ ދެފަރާތަށް ހޫރާލިއެވެ.

“އެއީ މަގޭ ކޮންމެ މީހަކަސް، މަ އޭނަޔަށް ކޮންމެ ގޮތެއް ހެދިޔަސް، ތި އީ ކާކުތަ މަށަށް ނަސޭހަތް ދޭން. . އޭނ. . ” ޝައިހާ ރުޅިއައިސް ރަތްވެފައިވާ މޫނު ކުނިކޮށްފައި އަހަރެންގެ ގައިގާ އިނގިލިޖައްސާލަމުން ބުނެލިއެވެ. “ތީ އޭނަގޭ ކާކު އެނ މަށާ ބެހެން. . ؟” ޝައިހާގެ ކޮންމެ ބަހެއް ދިޔައީ އަހަރެންގެ ލޭ ހޫނުކުރަމުންނެވެ.

“އެއީ މަގޭ ލޯބިވެރިޔާ. . އެއީ ކަލޭ ކުޅެން ބަހައްޓާފަ ހުރި ބުދެއް ނޫން. . !!” އަހަރެން ޝައިހާގެ ގައިގާ ޖެހޭ ހިސާބަށް ކައިރިވެ އޭނާގެ ލޮލަށް ބަލަހަށްޓައިގެން ހިތުގައި ހުރި ހުރިހާ ޖަޒްބާތެއް ބޭރު ކުރަމުން ދިޔައީމެވެ. “ކަލޭމެން އޭނަޔަށް ހެދިހާގޮތެއް ހަދަން އޭނަ ހުންނަތާ ކިތަންމެ ދުވަހެއް. . އެކަމަކު މިހާރު އެދުވަސް ހިނގައްޖެ. . މިހާރު ޝާޔާ އަކީ އެކަނިވެރިއެއް ނޫން. .!! ދެންމީގެފަހުން ކަލޭމެން މީހެއް އޭނަ ގައިގަ އިނގިލިކުރި ޖައްސާލިޔަސް މަގޭ ހުރި ނުބައިކަން އަންގާލާނަން. .!!” އަހަރެން ދަތްކުނޑި ކިވާލާފައި ބުނި ގޮތުން ޝައިހާގެ ފައިކޮޅު ތުރުތުރު ލަމުން ދިޔައެވެ. އަހަރެން ރުޅިއައިސްފައި ހުރިވަރުން ކޮންޓްރޯލް ވަނީ ހަމަކިރިޔާއެވެ. އިތުރަށް ޝައިހާގެ އަނގައިން ބަހެއް ބޭރު ނުކުރިކަން އެއީ ކާކުގެ ނަސީބެއް ކަން ނޭނގެއެވެ. ޝައިހާގެ ގައިގާ ތުރުތުރެއް ލަމުން ދިޔައެވެ. އައިސްފައިވާ ރުޅިއާއި ގަނެފައިވާ ބިރުން ދެންމެ ދެންމެ ރޯން ފަށާފާނެ ކަހަލައެވެ. އޭރު ޝާޔާގެ ތުން ބިނދިއްޖެއެވެ. އެއީ ޝާޔާގެ ދިފާޢުގައި ފުރަތަމަ ފަހަރަށް މީހަކު ކޮޅައްތެދުވި ފަހަރު ކަހަލައެވެ.

“ހުނހް. . ބަލާނަން ކަލެއަށް ކިހާ ދުވަހަކު އުޅެވޭތޯ ތިހެން. . ” ޝައިހާ އެނބުރި ދަމުން ރަތްވެ ފެންކަޅިވެފައިވާ ލޯ ޝާޔާއަށް އަޅާލަމުން ދަތްކުނޑި ވިކާލާފައި އެހެން ބުނެފައި ދާންފަށައިފިއެވެ. އެއާއިއެކު ޝާޔާ ދުވެފައި އައިސް އަހަރެންގެ މޭތެރޭގައި ބޮނޑިވެލިއެވެ. އަހަރެންނަށް ޝާޔާގެ ގައިގާ ހިފަހައްޓާލާ އަހަރެންގެ އަތުގެ ޙިމާޔަތް ދިނީމެވެ. ޝާޔާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން އަހަރެންގެ ހުދުކުލައިގެ ޓީޝާޓް ތެމެމުން ދިޔައެވެ. އަހަރެން ޝާޔާ ގަޔާ ކުޑަކޮށް ދުރުކޮށްލާ ޝާޔާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަހަރެންގެ ބޮޑުވާ އިނގިލިން ފުހެލަދިނީމެވެ.

“ޔޫ ޑޯންޓް ހެވް ޓު ކްރައި އެނީ މޯރ. . އައި ވިލް އޯލްވޭސް ބީ ދެއަރ ފޯރ ޔޫ. . އައި . . ލަވް . . ޔޫ” އެތިން ލަފްޒު ދުރުދުރުގައި އަތުރާލަމުން ޝާޔާގެނެސް އަހަރެންގެ މޭގައި ބޮނޑިކޮށްލީމެވެ. ދެހިތުން ވަޢުދުތަކާއި އަހުދުތައް ވަމުންނެވެ. ދުވަހަކުވެސް ދޫކޮށްނުލުމަށެވެ. މުޅިއުމުރަށްވެސް ދެގޮތެއް ނުވެ އެލޯބި ދިނުމަށެވެ. ޝާޔާގެ ނިޔަނެތި ތުންފަތަށް ވެރިވެފައިވާ ފަނޑު ހިނިތުންވުން އާޝޯހު ކޮށްލާހާ ޗާލެވެ. އަހަރެންގެ މޫނު ޝާޔާގެ މޫނާއި ކައިރިކޮށްލެވުނީ ހިތުގައި ދަޢުރުކޮށްލި ލޯބީގެ ފުން އިޙްސާސަކުންނެވެ. ޝާޔާ އިސްއުފުލައިލީ އެފަދަ ބީހިލުމަކަށް އެދޭ ޙާލުގައެވެ. އަހަރެންގެ ތުންފަތް ޝާޔާގެ ތުންފަތާއި ކައިރިވަމުން ދިޔައެވެ. ކުރުވަމުންދިޔަ ފޮނިއިޙްސާސްތަކުގެ މަސްތީކަމުގައި ޝާޔާގެ ލޯމަރައިލީ ދަޢުވަތެއްފަދައިންނެވެ. ދެތުންފަތް ބީހިލިވަގުތު ކަރަންޓުގެ ބިޔަރާޅުތައް އެ މަސްތީ އޮއިވަރުގައި އަހަރެން ގަންބާލައިފިއެވެ.

ފަހަތުން ބައެއްގެ އަޑު އިވޭހެން ހީވެގެން ތެޅިގަނެފައި ދެމީހުންނަށް ދުރުވެވުނެވެ. އޭރު އަނެއްކޮޅުން ހީނ ސަމާސާކުރަމުން ގުރޫޕެއް އާދެއެވެ. ނަސީބަކުން އެމީހުންނަކަށް އަހަރުމެންނެއް ނުފެންނާނެއެވެ. އޭގެތެރެއިން މެދަށް ހުރީ ޒާނިޝް އެވެ. އަހަރުމެންނާއި އަރާ ހަމަވުމުން ދިމާކުރަން ފަށައިފިއެވެ.

“އައްދޭ. . ! މީ ދޯ ސިއާންބެ މިކުރާކަމަކީ ބަކުރުބެ މެންގެޔަށް ސައިބޯން ގޮސް. . ހަހަހަ. . އަދި ކިރިޔާ ނު މި އެނގުނީ. . ” ރިޔާ ދިމާކޮށްލަމުން ހިނިގަނޑެއް ޖަހާލިއެވެ. ޒާނިޝް ވެސް ހުނުމުގައި ބައިވެރި ވެފައި އަހަރުމެންނާއި ކައިރިވެލިއެވެ.

“ޝޯންގެ ޕްރިންސެސް. . ޔޫ ލުކް އެޑޯރަބަލް. . ” ޒާނިޝް ޝާޔާގެ އަތްތިލަ އުފުލާލާ ދޮނެއްދެމުން ބުނެލިއެވެ. ޝާޔާގެ ދޮން މޫނު މަތީގައި ޖަންބުކުލައެއް ފެވިގެން ދިޔައެވެ. އަހަރެންގެ ރަހުމަތްތެރިންގެ ފަރާތުން ލިބެމުންދިޔަ ގާތްކަމާއި ޚާއްސަކަމުން ޝާޔާހުރީ އިންތިހާއަށް އުފާވެފައިކަން އަހަރެން ޝާޔާގެ މޫނަށް ބަލައިލުމުން ފާހަގަ ކުރެވުނެވެ.

“ހޭ ތިޔެއް ނޫނޭ. . ހިނގާ ކާން ދަމާ. . ވަރަށް ބަނޑުހައި. .” ޝިޔާމް ބަނޑުގައި އަތް އުނގުޅާލަމުން ބުނެލިގޮތުން އަސަރުވެސް ކުރިއެވެ. ހިނިގަނޑެއް ޖަހާލަމުން އަހަރުމެން ބަނޑަހަ ޖަހާފައިވާ ތަނާ ދިމާލަށް ދާން ހިނގައިގަތީމެވެ. ޝާޔާގެ އަތުގައި ހިފައިގެން އެހާ މިނިވަންކޮށް ހިނގާލަން ލިބުމުން އަހަރެންގެ ހިތް މޭގެތެރޭގައި ނަށާލަ ނަށާލާ އޮތެވެ.

އަހަރުމެންނަށް ދެވުނުއިރު ކެއުންފެށިގެން ކުރިއަށް ދަނީއެވެ. ދޯނިން އައިއިރު ބޭނުނު ލައްޓިތަކުގައި މަސްބަތް ވެސް ކައްކާފައި ހުއްޓެވެ. މުޙައްމަދުބެ މެން ބާނައިގެން އައި ބޮޑު ދެ ފަނިހަނދި ފިހެލާފައި އޮތެވެ. ކައްކާލައިފައި ހުރި ކުކުޅުތައް ފެނިފައި އަހަރެންގެ ބަނޑު ކުކުރާލައިފިއެވެ. ކުޅުދިޔާވެއްޖެއެވެ. ޕާސްތާވެސް ތައްޔާރުކޮށްލާފައިވަނީ ވަރަށް ފުރިހަމައަށެވެ. އަހަރެން އަވަހަށް ތައްޓެއް ހިފައިގެން ލެފި ވައްތަރަކުން އުނދުޅިއެއް އަޅާލައިފީމެވެ. އޭރު ތަށި ފުރިގެން ބަންޑުން ނުވަނީ ކިރިޔާއެވެ. އޭރު އަހަރެންގެ ތަށި ފެނިފައި ޝާޔާ ލޯބޮޑުކޮށްލާފައި ބަލައިލީ ހިނިއައިސްފައެވެ. އަހަރެންނަށް ބަލާލެވުނީ އަޔާން އާއި ޒާނިޝް އަށެވެ. އެދެމީހުންގެ ހާލު އަދި ބޮޑެވެ. އެއްތަށި ފުރާ އަޅައިގެން އަނެއް ތައްޓަށް ވަކިން ކުކުޅާއި ފިހުނު މަހާ އަޅާފައިވާ އިރު އެހާ އެއއްޗިހި އަޅާނީ ކޮންތާކަށް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އޭރު ރަނާ އާއި ރިޔާވެސް ހީނ ހީނފައި އެދެމީހުންގެ ފަހަތުން އާދެއެވެ.

“ދައްތާ. . އަހަރެންނަށް ޕާސްތާ ކޮޅެއް އަޅައިދީބަލަ. . އަދި ކުކުޅު ކޮޅެއްވެސް އަޅައިދެއްޗޭ. . ” މީހަކު މާލޯބިން ޝާޔާއަށް އެހެން ބުނިއަޑު އިވިގެން އަހަރެން އެނބުރި ބަލައިލިއިރު ޝައިހާ ހިނިތުންވެފައި ހުރިގޮތަކުން އަހަރެންގެ ހެޔަށް ގޮތްވީބާއޭ ހިތަށް އެރިއެވެ. މީގެ ދިހަ މިނެޓެއްހާއިރު ކުރިން މަރުވާތޯ ދުޢާކުރި ޝައިހާ މިހާރުއެހެރީ ދައްތަވެފައި ކިހިނެއްވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާޔާގެ ލޮލުން ކަރުނައިގެ މުތީތަށް ނީރާލިއެވެ. މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ. އެއީ ޙަޔާތުގައިވެސް ޝައިހާ ޝާޔާއަށް ދައްތާއޭ ކިޔާ ގޮވާލާ، އެހާ ހިތްހެޔޮކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރުކަން ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުން އަހަރެންނަށް ނަގައިގަނެވުނެވެ. ޝާޔާ ވަގުތުން ކަރުނަ ފުހެލަމުން ހިނިތުންވެލާފައި ގޮސް ތައްޓެއް ނަގައިގެން ޝައިހާ ބުނިހެން ކަންތައް ކޮށްދިނުމަށް އަވަސްވެގަތެވެ. އަހަރެންވެސް ޝާޔާއެހާ އުފާވެފައި ހުއްޓާ ފެނުމުން އުފާވިއެވެ. ޝައިހާ އާއި ދިމާލަށް ބަލާލަމުން އަހަރެން ހިނިތުން ވެލީމެވެ. ޝައިހާ ކަންތައް ކުރި ގޮތުން އުފާވެފައި ހުރެއެވެ. ޝައިހާވެސް ހިނިތުންވެލާފައި ޝާޔާ ގެނައި ތަށި ހިފައިގެން ދިޔައިރު އެއްވެސް ކަމެއް މީގެކުރިން ވެފައި ނުވާ ކަހަލައެވެ. ޝައިހާ ބަދަލުވެފައި ވާވަރު ފެނިފައި ޝާޔާ އުފަލުން އަހަރެންނަށް ބަލައިލީ އެކަން ފާހަގަ ކޮށްފައެވެ. އަހަރެންވެސް ޝައިހާ އަށް އައި ބަދަލުން އުފާވިއެވެ. ޝައިހާ އަށް ވިސްނުނީތީ އުފާކުރީމެވެ.

ޝާޔާއާއި އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީ ތަންކޮޅެއް ހަމަޖެހިލައިގެން ކާން އިށީންނާށެވެ. އަހަރެން ޝަޔާއާއި އަހަރެންގެ ކާތަށީގައި ހިފައިގެން ހުރިއިރު ޝާޔާ ހުރީ ދެއަތުން ދެ ކޯކުތަށި ހިފައިގެންނެވެ. ޝާޔާއާއި އެކުގައި އެހާ އެއްކޮށް ވަގުތު ހޭދަކުރަން ލިބުމުން އަހަރެންނަށް ބަޔާން ކުރަންވެސް ދަތި އުފާވެރި އިޙްސާސް ތަކެއް ކުރުވަމުން ދިޔައެވެ. ޝާޔާއާއި އެކުގައި އެހާ އުފާވެރިކޮށް މުޅި އުމުރު ހޭދަކޮށްލަން ލިބޭތޯ ހިތާހިތާ ދުޢާ ކޮށްލެވުނެވެ. ވަކިހިސާބަކަށް ދެވުނުއިރު އަޔާން މެން ފެނިއްޖެއެވެ. އެހެންކަމުން އަހަރުމެންވެސް ބޭނުންވީ އެމީހުންނާ ޖޮއިން ކޮށްލާށެވެ. އަޔާން އާއި ޒަނިޝް، އަދި ރަނާ އާއި ރިޔާ އިށީނދެގެން ތިބި ހިޔާގަނޑުގައި ޖައްސާލީމެވެ. އެހިސާބުން އިރުގެ އަލިން ވިދަވިދާ އޮތް މޫދު ފެންނަނީ ޖާދުވީ ގޮތަކަށެވެ. މަޑުރާގަކަށް ދޮންދޫނިތަށް އުދުހެމުން އެކި ކަވަކިޔަމުން ދިޔައިރު ކިތަންމެހާވެސް ހިތްގައިމެވެ. އެ ގުދުރަތީ ހިތްގައިމު މަންޒަރަށް ހިތަދޫކޮށްލައިގެން ތިބެ ކަމުން ދިޔައިރު އަހަރެންނަށް ޝާޔާއަށް އިރު އިރުކޮޅާ ބަލައިލެވެއެވެ. ޝާޔާ ހުރީ އަހަރެން ބަލާ ވަރުން ލަދުގަނެފައި ކަން އެނގުނެވެ. ރަނާ އަޔާން ގާގައި ކޮށްޓާލާފައި އަހަރެން ޝާޔާއަށް ބަލަން އިން މަންޒަރު ދައްކާލާފައި ދެމީހުންވެސް ހިނިގަނޑެއް ޖަހާލައިފިއެވެ. އަޔާން އަނގަފުރާ ކާއެއްޗިހި އަޅައިގެން ހިނިއައިސްފައި ހުރިތަން ފެނިފައި އަހަރެންނާއި ޝާޔާއަށް ވެސް ހެވުނެވެ.

“ދައްތާ. . އަހަރެންނަށް ގެނެސްދީބަލަ ކޯކް ތައްޓެއް. . ” ޝައިހާ އައިސް އަޔާން އިނުމުން މޫނު އަނބުރާލާފައި ދަމުން ބުނެލިއެވެ. ޝާޔާވެސް އަވަހަށް ބެލީ ޝައިހާގެ ފަހަތުން ގޮސް ޝައިހާ ބުނިގޮތަކަށް ކަންތައް ކޮށްދެވޭތޯއެވެ. ޝާޔާ ގޮސް ކޯކު ތައްޓެއް އަޅައިގެން ޝައިހާގެ ފަހަތުން ދިޔައެވެ. ޝައިހާ ހިނގަމުން ދިޔައީ މީހުން ތިބި ފަޅި ނޫން އަނެއް ފަރާތަށެވެ. ޝައިހާ މަޑުކޮށްލާނެ އިރެއްގެ އިންތިޒާރުގައި ޝާޔާ ކޯކުތަށީހިފައިގެން ދިޔައިރު ޝާޔާހުރީ އެހާ ދުރަށް ޝައިހާ އަނގައިން ނުބުނެ ދާތީ ކުޑަކޮށް ޖެހިލުންވެސް ވެފައެވެ. މީހެއްގެ ހިލަމެއްވެސް އެތަނަކު ނުވެއެވެ. ޝައިހާ އެހާދުރަށް ޝާޔާ ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޝާޔާގެ ހިތަށް އެކިއެކި ވަސްވާސްތަށް ވަންނަމުން ދިޔައެވެ. ނަމަވެސް ޝާޔާބެލީ ހަމަޖެހިލެވޭތޯ ބަލާށެވެ. ޝާޔާއަށް ޝާޔާގެ ކޮއްކޮ އެހާ ލޯބިން ކަމެއް ކޮއްދޭން އެދުނީމައި ޝާޔާގެ ހިތް އެކޮށްކޮއަށް ނުބައި ކުރަންވީ ކީއްވެގެންހެއްޔެވެ؟ ޝައިހާ މިހާރު ވަނީ ބަދަލުވެފައެވެ. ކޮއްކޮ މިހާރު ޝާޔާއަކަށް އަޑެއް ނުލައެވެ. އެއްޗިއްސެއް ކުކިޔައެވެ. ކަމަކު އެދެނީވެސް ހިނިތުންވެލާފައެވެ. އެކޮއްކޮއަށް ވިސްނުނީތީ ޝާޔާ ހިތާއި ހިތުން މާތްﷲ އަށް ޝުކުރު ދެންނެވިއެވެ. ޝާޔާ މިއޮށްހާ ދުވަހު ކުރަމުން އައި ދިގު އިންތިޒާރު އެންމެފަހުން ނިމުމަކަށް އައީއެވެ. ޝައިހާ ވަކިހިސާބަކަށް ދިއުމަށްފަހު މަޑުކޮށްލިއެވެ. ގޮނޑުދޮށުގައި އިށީނދެލިއެވެ. ޝާޔާ ޝައިހާ ކައިރީގައި ކޯކުތަށި ބަހައްޓާފައި ދާން އެނބުރުމާއިއެކު ޝާޔާގެ އަތުގައި ޝައިހާ ހިފަހައްޓާލިއެވެ.

“ދައްތަ އަހަރެން މިތާ އެކަނި ބަހައްޓާފަ ދާންތަ ތިއުޅެނީ. . އަހަރެންނާ އެއްކޮށް ދާން މަޑުކޮށްލަންވީނު. . ” ޝައިހާ ހިނިތުންވެލަމުން ޝާޔާކައިރީ އެދުނެވެ. ޝާޔާހެ ހިތްފުރިގެން ދިޔައީ ޝައިހާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުންނެވެ. ޝައިހާގެ އެދުމަށް މަޑުކޮށްލުމަކީ ޝާޔާއަށް ލިބޭނެ އުފަލެކެވެ. އެކޮއްކޮއަށް ކޮންމެފަދަ ކަމެއް ކޮށްދޭންވެސް ޝާޔާ މިހާރަކު ދެކޮޅެއް ނަހަދާނެއެވެ. ޝާޔާ އެކޮއްކޮ ދެކެ ނުލާހިކު ލޯބިވެއެވެ. މިއޮތްހާދުވަހު ކޮއްކޮގެ ފަރާތުން ޝާޔާއަށް ލިބެމުންދިޔަ ނުރުހުމާއި، މަލާމާތާއި، ހިތްދަތިކަން ޝާޔާގެ ހިތުން ފިލައިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޝާޔާ ހިނިތުންވެލާފައި އިށީނެވެ. ޝައިހާގެ ކައިރީގައެވެ. ޝައިހާގެ ޚިދުމަތުގައި އުފަލުން އަބަދުވެސް ކައިރީގައި ހުރުމަށް ޝާޔާބޭނުންވިއެވެ.

އެހިސާބުންވެސް މޫދު ފެންނަނީ އެހާ ހިތްގައިމުކޮށެވެ. ރަށުގެ އެހެން ހިސާބުތަކާއި ކުޑަކޮށް ތަފާތެވެ. މިހިސާބުގައި ގޮނޑުދޮށް ކައިރިން ފެށިގެން އޮންނަނީ ރަށުގެ ރީތި ނޫ ލިވާ ގުޅިފައެވެ. އެހާ ހިތްގައިމެވެ. އެކި ކުލަކުލައިގެ ނޫކުލައިން ޖަރީކޮށްލާފައި އޮންނަ އިރު ހިތްދަމައިގަންނަހާ ޗާލެވެ. ޝާޔާއަށް ލިބެމުންދިޔަ އުފާތަކާއިއެކު އައިސްފައިވާ ބަހާރުމޫސުމަށް އިތުރު ފުރިހަމަކަމެއް އެ މަންޒަރުން ގެނުވަމުންދިޔައެވެ.

އަހަރެންނަށް ޝާޔާގެ ޚަބަރެއް ނުވެ ލަސް ވުމުން ކަންބޮޑުވާން ފަށައިފިއެވެ. ކާކަށް ނީނދެވުނެވެ. އެންމެ ފަހުންތެދުވީ ކާތަށި ބަހައްޓާފައެވެ. އަހަރެން އަވަހަށް ބެލީ ޝާޔާ ވީހިސާބެއް ހޯދާށެވެ. އެކިމީހުން ކައިރީގައި ޝާޔާ އާއި ޝައިހާ ފެނުނުތޯ އަހަމުން ދަނިކޮށް ލަމްހާ އާއި ދިމާވެގެން އަހާލުމުން ރަށުގެ އެފަރާތައް ދަނިކޮށް ފެނުނުވާހަކަ ބުނުމުން ވަގުތުން އަހަރެން އެދިމާލަށް ދާން ހިނގައިގަތީމެވެ. ޝައިހާ އަނެއްކާ ޝާޔާގާތުން މާފަށް އެދެނީބާއެވެ. ޝައިހާއަށް ކަންތައްކުރެވުނު ގޮތް އިޙްސާސްވެ އިސްލާޙުވީ ބާއެވެ. އަހަރެންގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ކުއްލިޔަކަށް ޝައިހާ އަށް އައި ބަދަލުން އަހަރެންގެ ސިކުނޑީގެ ކަނެއްގައި ރިއްސާލިއެވެ.

ޝައިހާ ކައި ނިމުމަށްފަހު ޝާޔާއަށް ބަލާލާފައި ހިނިތުންވެލިއެވެ. އެއަށް ފަހު ކޯކުތަށި ބޮއެ ނިންމާލަމުން ތެދުވިއެވެ. މަޑުމަޑުން ގޮނޑުދޮށަށް ފައިބާ ކޭތަށި އަތުކޮޅަށް ހޫރާލައިފިއެވެ. އެމަންޒަރު ބަލަން ހުރި ޝާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތަށި ދޮންނަށް ޝާޔާ އަތަށް ދިންނަމަވެސް ދޮވެދިނީސް ވިއްޔާއެވެ. މީހެއްގެ ތައްޓެއް އެހެން އެއްލާލާކަށްވެސް ނުވާނެ އެއްނުންހެއްޔެވެ؟

” އޫޕްސް. . އަޅެ އެއީ މީހެއްގެ ތައްޓެއް ދޯ މަށަށް މިއެއްލާ ލެވުނީ. . އަޅެ ދައްތާ އަހަރެންނަށް އެ ތަށިނަގައިގެން ދޮވެލައިގެން ގެނެސްދޭންވީއެއްނު. . ޕްލީޒް. . ” ޝައިހާ ޝާޔާގެ އަތުގައި ހިފާލާފައި ދެރަވެލާފައި ބުނިގޮތުން ޝާޔާވެސް ދެރަވިއެވެ. ކޮއްކޮއަށް ނުވިސްވޭ ވަރުން ވެސް ކުރާނެ ކަމެއްނެތެވެ. ޝައިހާ އެހެން ބުނެފައި ހިނގައި ގަތުމުން ޝާޔާބެލީ އެތަށި އަތުޖެހޭތޯއެވެ. ކޮއްކޮ އެހާ ލޯބިން އެދުނީތީ އެކަން ކޮށްދޭން ޝާޔާ ކޮންމެހެންވެސް ބޭނުންވިއެވެ. ޝާޔާ މަޑުމަޑުން މޫދަށް އެރެން ފެށިއެވެ. މާ ދުރަށް ނުދެވެނިސް ފުންވަމުން ފުންވަމުން ގޮސް މެޔާއި ހަމައަށް ފެން އަރައިފިއެވެ. އެނބުރި ބަލައިލިއިރު ޝައިހާ ދަނީއެވެ. އެހެންކަމުން ޝާޔާ ބޭނުންވީ އެތަށި ހިފައިގެން އަވަހަށް ދާށެވެ. އޭރު ތަށި އަތުގައި ޖެހެން ކައިރި ވެއްޖެއެވެ. ފޫޓެއްހާހިސާބަށް ކައިރި ވެއްޖެއެވެ. ޝާޔާ ކުރިޔަށް ދެން އަޅާލި ފިޔަވަޅާއެކު ފުން ވިލުގެ ތެރެޔަށް ޝާޔާގެ ފައި ދޫވިއެވެ. އެހައިހިސާބުން އެއްގަމަށް ދާން ކުރިމަސައްކަތް ދިޔައީ ފެނަށެވެ.

އަހަރެންނަށް ޝައިހާ އެކަނި އަންނަތަން ފެނުމާއިއެކު ދެލޯ ބޮޑުވިއެވެ. އޭރު ޝައިހާގެ މޫނުމަތީގައި ވިހަ ހިނިތުންވުމެއް ހުއްޓެވެ.

“ކޮބާ ޝާޔާ. . ؟” އަހަރެން އަހައިލީ ހާސްވެފައި ހުރެގެންނެވެ.

“މަށަކަށް ނޭނގެ. . ކަލޭމެންނާއި އެއްކޮށެއްނު އުޅުނީ. . ” ޝައިހާގެ މޫނުމަތިން ފެންނަންހުރި މަކަރުވެރި ވިހަ ހިނިތުންވުމާއިއެކު އަހަރެންގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. އައި ރުޅިން ދަތްކުނޑިވިކައިލެވުނު ނަމަވެސް އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއާއިއެކު އަހަރެން ދުއްވައިގަތީ ޝާޔާއަށް ކަންތައް ވަމުންދާނެގޮތް އެނގުމުންނެވެ. އަހަރެންގެ ހިތުގައި އަހަރެންނަށް ހުވަފެނުން ފެނުނު ކޮންމެ މަންޒަރެއް ބިރުވެރި ހަރުފަތަކެއްހެން ވިހަލަމުން ދިޔައެވެ. ފައިގާ ހުރި ހުރިހާބާރެއް ލާފައި އަހަރެން ދުވެފައި ދިޔައިރު ކަންބޮޑުވެ ހާސްވެ އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަހަރެންގެ ކޯތާފަތްމަތި ތެންމަމުން ދިޔައެވެ.

ޝާޔާއަށް ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. ފަތަން ނޭނގޭތީއާއިއެކީ ހަތަރެސްފައިން ސަލާމަތް ވުމަށް އެދި ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވަމުން ދިޔައެވެ. ޝާޔާއަށް ފެންނަހިސާބުގައި އެއްވެސް މީހަކު ނެތެވެ. ޝާޔާ އަޑުގެ ކޮޅަށް ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް ޝާޔާގެ އަނގައިން އަޑެއް ނުނިކުތެވެ. ނޭވާލާން ކުރިމަސައްކަތުން އަނގައާއި ނޭފަތަށް ވަންނަންފެށީ ލޮނެވެ. ކޮށިއަރާ ފުއްޕާމޭ ފުރެމުން ދިޔައިރު ޝާޔާގެ މޫނުމައްޗަށް އަނދިރިވަމުންދިޔައެވެ. އެއަނދިރިކަމުގެ ތެރެއަށް ޝާޔާދަމައިގަނެވުނެވެ.

އަހަރެންނަށް ޝާޔާ އާއި ހަމައަށް އާދެވުނުއިރު ޝާޔާ އަތުން ފެންމަތީގައި އޮތުމަށް ކުރަމުންދިޔަ މަސައްކަތް ބޭކާރުވެ ޝާޔާގެ ހަރަކާތްތައް ހިމޭންވަނީއެވެ.

“ޝާޔާ.. !!” އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. މުޅި ރަށަށް އަޑު އިވޭ ވަރަށެވެ. އެއާއިއެކު އެންމެ ސިކުންތެއްވެސް ލަސްނުކޮށްލާ އަހަރެން ފަތައިގަތީ އަޑިއަށް ދަމުންދިޔަ ޝާޔާގެ ހަށިގަނޑު ނަގާށެވެ. ޝާޔާގެ އަތުގައި ހިފުމާއިއެކު ދަމާ މައްޗަށް ގެނެސް ކަރުގައި އެއްއަތުން ވަށާލާ ހިފަހައްޓައިގެން އަނެއްއަތުން އެއްގަމަށް ޖަހަމުންދިޔައީމެވެ. ގޮނޑުދޮށާއި ކައިރިކަން ނަސީބެކެވެ. ޝާޔާގެ ނޫވެފައިވާ މޫނު ފެނުމާއިއެކު އަހަރެންގެ ހިތްފަޅައިގެން ދިޔައެވެ. ދިރުން ނެތިފައިވާ ދެއަތުގައި ހިފައިގެން ތަންކޮޅެއް މައްޗަށް އަރުވާފައި އަހަރެން ޝާޔާ ބަންޑުން ޖަހާލީމެވެ. ޝާޔާގެ މޫނު އެއްފަރާތަކަށް އަނބުރާލަމުން ޝާޔާގެ ބުރަކަށްޓަށް ފިތަންފެށީ ފުއްޕާމޭގެ ތެރޭގައި ތަށިވެއފައިވާ ލޮނުތައް ބޭރު ކުރާށެވެ. ގައިގަ ހުރި ހުރިހާ ބާރެއްލާފައި އަހަރެން ފިތަމުން ދިޔައިރު އަނގައިންނާއި ނޭފަތުން ހޯސްލާފައި ލޮލު ފައިބަމުން ދިޔައެވެ. އެއަށްފަހު އުއްޑުން ޖަހާލާ އެންމެފުރަތަމަވެސް އަހަރެން ޝާޔާއަށް އަނގައިން އަނގަޔަށް ނޭވާ ލައިދިނީމެވެ. ރެސްކިއު ބްރެތް ގެ ފަސް ބޮޑު ނޭވާ ލައިދިނުމަށްފަހު ޝާޔާގެ މެޔަށް ފިތަން ފެށީމެވެ. ނޫވެފައިވާ ޝާޔާގެ ދިރުމެއްނެތް ހަށިގަނޑު އަހަރެންގެ ލޯކުރިމަތީގައި ފެންނަމުން ދިޔައިރު އަހަރެންގެ ހިތް ކުދިކުދިވެ ލޮލުން ފައިބަމުންދިޔައެވެ.

“ސަމްބޮޑީ. . ހެ. . ލް. . ޕް. . ” އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު އަޔާންމެން އަހަރެން ފެނިފައި ދުވެފައި އަންނަތަން ފެނިއްޖެއެވެ. ޒާނިޝްމެން ފެނިފައި އަހަރެންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ޝާޔާއަށް ސީ.ޕީ.އާރު ދެމުން ދިޔައީމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (106)

  1. GuDuMeena

    Thanks Again to all who wished me in My 23rd Birthday. . 😀 and i am so glade to see u guys again with a new episode after two days. . 😀 So. . hope u all likes this part too. . and plz dnt get too mad at me after reading this part. . 😉 Shaiha is a violent one. . beware. .

    1. nayaal
      GuDuMeena

      🙂 23rd Happy birthday GuDuMeena:)

      From: Nayaal
      To: GuDuMeena

    2. GuDuMeena
      nayaal

      Thanks Nayaal. . 😀 hw was ur Little Maid event. . 😉 hope u enjoyed a lot

    3. nayaal
      GuDuMeena

      Varah majaa,, haassakoh reygandu,, Yess varah majaa kurevunu ingeytha dhiyaiy nolhivaramah 🙂

    4. nayaal
      nayaal

      U konrasheh? My h.dh kulhudhuffushi

    5. nayaal
      GuDuMeena

      maadhamaa school ah dhaanmidhany nidhan bye bye GuDu 🙂

    6. GuDuMeena
      nayaal

      GuDu dhen G.Dh.Vaadhoo kamah balaa. . 😀 good to hear that u had so much fun.. 😀

    7. shine
      GuDuMeena

      gudu…vaahakaeh bunantha…..first peraonge gothuga liyaairu…..emeehaku neiythanehga vaakameh kiyaadheykah neygeyne dho….misaalakah shaaya aa shaihaa ekani thibi v kameh siaan akah neygeyne dho….ebai genaeema third peraon ah badhaluvey dho eba….ehen vma abadhuves first personge gothuga liyeveytho balaa ingey…eyrun v salhivaane

    8. GuDuMeena
      shine

      Thats v.true Shine.. aslu ehen liyan jeheyny vx.. bt ehaadhisaa reethikoh gennanyaa ebajehey Sean ah neyngi e hingi kanthah thah vx gennan.. ehen ve mi part ga 3rd person + 1st person vefa miothy kudakoh.. bt next part ga engeyne kihinehkan evaahaka ehen kiyaadheyn enguny. . 🙂

    9. shakko shamy
      GuDuMeena

      yh 😉

  2. shihko

    V salhi.. 🙂

    1. GuDuMeena
      shihko

      🙂

    2. shakko shamy
      shihko

      dhow;)!

    3. shakko shamy
      shihko

      wow nice..

  3. shihko

    Happy birthday

    1. GuDuMeena
      shihko

      Thanks Shikko. .

  4. nayaal

    happy birthday gudu.. varah nice mipart.. ekamu rovije shaayaa ah vygothun:( shaayaa ah avas shifaa akah edhemun mi cmment ninmaalaanan,, hehe 🙂

    1. GuDuMeena
      nayaal

      Oh no Nayaal nu rohchey. . GuDu vx mihury Shaaya ah v gothun v.dheravefa. .

  5. shai

    wow hama dream seedhaa vytha??? what a nice story…. salhi dhn maadhan rey dho anehkaa kiyaalan libeyny… gudu v salhi gey… eyru shai buny haadhisaa gehnan neyngey vaahaka

    1. nayaal
      shai

      kon rasheh shai?

    2. GuDuMeena
      shai

      Thanks Shai.. mihaaru Time nethyma fahun adhi kiyaadheynan Shai ah haadhisaa gennan rangalhu gotheh..

  6. lonely grl

    shaaya ah eng ingey thr??? anw mi part vx nyc aekam v dhera vehje shaaya ah mi v gothun. gws shaaya 🙂

    1. GuDuMeena
      lonely grl

      thanks Lonely Grl. . 🙂

  7. shyshyshy Esfiya – Dhivehi Vaahaka shySite ވާހަކަ ހުށައަޅުއްވާމަގޭ ވާހަކަތައްއެހެނިހެންބިރުވެރިމަޖާލޯބިފުރަތަމަ ޞަފްހާ ލޮގިން ކުރައްވާ Google+FacebookTwitterMySpace ދ

    Happy b’day

    1. GuDuMeena
      shyshyshy Esfiya – Dhivehi Vaahaka shySite ވާހަކަ ހުށައަޅުއްވާމަގޭ ވާހަކަތައްއެހެނިހެންބިރުވެރިމަޖާލޯބިފުރަތަމަ ޞަފްހާ ލޮގިން ކުރައްވާ Google+FacebookTwitterMySpace ދ

      Thanks. . 🙂

  8. veera

    S

  9. veera

    Shaaya dhera gothe nuhadhachy gudu eme neyvaa hifahathaalhan gehey hisaabuhn mirey thinimaaly mipart vx v nice .23rd happy b day GuDu.gud nyt

    1. GuDuMeena
      veera

      Thankew Veera. . 🙂

  10. MAL

    HAPPY BIRTHDAY GUDU…. mi part v v v reethi ingey 🙂 .. plx do sumthing to shaiha.. i jux HATE her.. waiting for next part ingey

    1. GuDuMeena
      MAL

      Owk Mal gotheh hadhaalana ingey. .

  11. bookworm

    waaaaaaaaaaau just awesome <3 mi shaiha then maa datha velaafa ais kuri nubai kameh dhw then. i hate her. waiting for the next part <3

    1. GuDuMeena
      bookworm

      ehehe. . yeah Brow. . mi shaihaa mihaarudhen ma bodashey e fuppany. . 😉

  12. me

    Roveny… Roveny hama…

    1. GuDuMeena
      me

      Ohw. . Me alhe nurai huttaalaa. . balaanan Shaihaa salaamai kureveytho. .

  13. liuu

    vvvvvvvvvvvvvvvvvvvv salhi…….nxt prt vvv kiyaa hithn mi hiry …..:) 🙂

  14. liuu

    vvvvv salhi 🙂 🙂 nxt prt vvv kiyaa hiyy vejje

    1. GuDuMeena
      liuu

      Haas nuvey Liuu Maadhan reyga kiyaalan libeyne. . 🙂

  15. leen

    gudu? shaaya ah kihineh thi hedhy..mulhin kadaehnu…pls kommehen hadhaafaves mi vaahakaiga shaaya ah vaahaka dhekkey gotheh hadhachey…nd siern aa shaaya gulhuvachey..dhn e shaiha gandah rangalhu …..landeh dheyn vaane..when is the next part gudu? i cnt even slyp at nyt mi vaahaka kiyaa hithun..nd happy belated b’day gudu

    1. GuDuMeena
      leen

      Thanks Leen. . Leen ge Coment kiyaafa shaiha ah vaahaka dhekkey goi vaane namaey hithah araa eba. . ekamaa visnaalaanan. . 😉 thanks Leen

  16. me

    Roveny.. Roveny hama…

  17. me

    Gws shaaya… Thithi koh liyedhinyma enormous thanks ehh.. You know what?? Me liyaa comments he half e fennany.. Y..?

    1. GuDuMeena
      me

      Ohw. . v.v.v.dherakameh thi v. . Me ge eoh Important coment ge ebbai fennanya eiy v.dherakameh. . any way thanks thihaa undhagulun vx comment kollythy. . 🙂

  18. me

    Me ah nudhy cake vx huskollaifin dhw now..

    1. GuDuMeena
      me

      ehehe. . Me ah dheyn Bro beyvi Cake kolhu Me nais lasvegen Meedhaa Kaalaifi. . 😉

  19. me
  20. tiilq

    DUgu meenaa ge mivaahaka vara reethi, ekamaku shaviyani liyanjehey thanthaa bodusheenu liyefai ebahuri. ekan rangalhu kollane kamah ummeedhu kuran

    1. GuDuMeena
      tiilq

      Tiilq Thankew ingey faahaga kohleema.. thats a mistake.. mihaaru innaane rangalhu kollaafa.. 🙂

  21. me

    Rulhi aisfi comment kurann..

  22. princess

    superb!!!! v touching..all the best.eargely waiting 4 the next part …gud98 ol……

    1. GuDuMeena
      princess

      Thankew Princess. .:)

  23. Naza

    haadha goahey shaihaa :/ warah foohi kuhjaagandeh dhn…….alheyy dhn shayaa maraa nulahchey…dhn roweny hama mihaaru……btw nice warah mi part wes 😀

    1. GuDuMeena
      Naza

      Thanks NAza. . 🙂 Shaihaa ah gotheh hadhaanan adhi. .

  24. zoodaan

    zoo furathama kiyaali iru innanee gaagaa fahun comment kollan balaali iru rthankolhu inee ragalhu …..kollaafa..salhi ingey…Alhe shaaya maru veetha..ehen nahadhaa gudu..eyrah shawn ge heart break vaani…dhen gudu kobaa b’day kihineh kihineh mi dhiyaee…zoo male’ ga hurinama gifteh dhineems…gudu heevani v busy koh ulhey kujjeh hen…ragalhahtha anekka mi bunee……and konthaaku gudu job kurani…??? are you a teacher…????

    1. GuDuMeena
      zoodaan

      ehehe Thanks Zoodan.. btw birthday dhiyaee hama bxy day eh gothah Labours day celebrate kuran civil servce gulhigen dhathuru dhiyaee. . GuDu aky Health Worker eh

    2. zoodaan
      GuDuMeena

      kon rashaku….

  25. zoodaan

    and mihaaru onnagothun CPR dheni 3faharu..kureega innagothun innanee 5 faharu..

  26. Haxu

    alhey noo nooon gudu shaayaa marai nilaathi.. eyrun vv hadi vaane mi story.. haxu ah eyruvx hy viye shaihaa maa dhahtha vegen ulhuneema vx e ulheni shaayaa ah lan’deh dheyn kan.. nulafaa anhenaa.. huh vv foohivey.. v salhi mi part ves waiting 4 nxt part gud luk.. <3

    1. GuDuMeena
      Haxu

      Shaihaa kihaa bo rangalhu. . 😛 BTW thanks Haxu

  27. aisha

    mihaaru engijje dhen hey araa iru vaahaka dhakkaane..:P…GUDu ah wife ah time dheveytha thihurihaa commnt ah reply vs kuran ebavey..hyvany hama thui anheneh hen..aslu kurin hykury hama anhen kujjeh kamah

    1. GuDuMeena
      aisha

      Thanks for the Comment Aisha.. Time aky hoadheema libey ehcheh. . 😉

  28. shooti

    This is perfect gudu

    1. GuDuMeena
      shooti

      Thanks Shooti. . 🙂

  29. me

    He he.. Me daa ey e kaalii… Ehn v ma owk eyy..

    1. GuDuMeena
      me

      Me Daa v ma ey kaan dhinee vx. . 😉

  30. Shai

    Happy birth day 🙂 .

    1. GuDuMeena
      Shai

      Thanks again 😉

  31. aisha

    omg
    v v v nice 🙂

    1. GuDuMeena
      aisha

      Thanks Aisha. . 🙂

  32. ummi

    V reethi mi bai ves.

    . Wish u a very happy birthday ..;)

    1. GuDuMeena
      ummi

      Ohw. . Thanks Ummi mihaa lahun vx wish kollythee. . 🙂

  33. Reesh

    ވަރަށް ރީތި! 🙂
    ގުޑޫ އެއްޗެއް ބުނެދެވިދާނެތަ؟ 🙁 މިއުޅެނީ ކޮމްޕް ސަކަރާތްވެގެން. ނޭންގެ އަސްލުވާގޮތެއްވެސް. ކޮމްޕްގެ ރައިޓް ސައިޑްތިރިއަށް އަރާފައިންނަނީ
    Windows 7′
    Build 7600
    This copy of window is not genuine’
    އެއްޗެއް އިންސްޓޯލްކުރެވުނީ ކަންނޭންގެދޯ؟ ބައެއްފަހަރު ކޮމްޕް ހުޅުވާފަ ހުއްޓަ ހަމަ ނިވެނީ ހުރެފަ. ކޮމްޕް ނިއްވަން އުޅޭގަޑީގަ އަރާ Please do not power off or unplug your machine. Installing update 1 of 125…
    ދެން އަނެއްކާ ހުޅުވާ ގަޑީގަ އަރަނީ Preparing to configure windows. Do not turn off your computer.
    މިކަން ރަނގަޅުކުރަން ހަނދާނެގޮތެއް ކޮންމެވެސް ކުއްޖަކުނަމަވެސް ބުނެދީބަ! ޕލޒ ޕލޒ ޕލޒ :'(

    1. Fayaa
      Reesh

      Genuine nun windows eh alhaafa ineema thihen thivanee , windows update onkohfa ineema thihen evani dhen jeheyni genuine kuran .. Add me on face book i will tell u , fb id faya

    2. GuDuMeena
      Reesh

      Startmenue> All Programes> Accesories> CMD[rightclick menue>open as administrator]>Type”SLMGR -REARM” hit ENTER
      Eiy Windows genuine kuraa comand eh try it. . 🙂

    3. Reesh
      GuDuMeena

      Gudu ragalheh nuvi 🙁 Ma beynunvanee meethi reemove kuranshey!
      Varah disappointed vefa meendhee! Start menu ah gossa shutdown ah dhaairuves innanee install updates and than shutdowns your computer.

    4. GuDuMeena
      Reesh

      Go to Control Panal and find Windows Update go to settings and Go to change stettings and from there u can choose never check for updates it will say (not recomanded) but u can choose and hit OK

    5. GuDuMeena
      Reesh

      also while typing comand just simply put
      SLMGR -REARM
      than enter
      Note: U MUST OPEN CMD AS ADMINISTRATOR

  34. Reesh

    I didnt see you on facebook.

  35. Fayaa

    Reesh turn off automatic windows updatr frm setting

  36. Reesh

    can u tell me here faya! ☺

  37. Reesh

    Hey can u tell me here! :/

  38. Reesh

    can u tell me step by step! btw sorry for disturbing u! 🙁

    1. Fayaa
      Reesh

      First u have to make genuine the windows using a crack softwear i hav the softwear if u hav a mail i can send it through mail ..

    2. GuDuMeena
      Fayaa

      No Need to do all the work Just simply Give a Comand. . and hope u knw the comand nw right?

  39. shaa

    mibaives v reethi. ekamakuvaa eyoh shaihaa eh dho enadhe haadha foohiveye.

    1. GuDuMeena
      shaa

      Aaan dhw Shaa. . e manje v.foni. .

  40. shue

    wow nice mi part ves… shaayaa ah dhera gotheh nuhadhahchey ingey……. waiting for the next part..

    1. GuDuMeena
      shue

      Owk Shue. . Balaanan mihaaru hadhaali varu dhen hadhaa nulaa veytho. . 😉 ehehe

  41. shooti

    Ohhhhhhhhhhh guddduuuu u r fabulous

    1. GuDuMeena
      shooti

      Thankew again Shooti. . 😉

  42. naj

    i hate u gudu…. shaaya ah ehen hedhyma…. faharehga shaaya marun salaamaiy vaanama i can forgive u
    otherwise no forgiving….. ok
    can i ask u smthing….. misaalakah kuhjehge faraathun varah rude cmmnt eh libihjehyaa gudu keekey bunaany…..BTW gudu buny shaiha ah rangalhu filaa valheh dheynameyy….. but shaiha ah hurihaa molheh libey gothah gudu storyyy thi liyanyy…. gudu shaaya salaamaiy kurahchey n shaaya ah vaahaka dheh key ne goi vexx hadhaa dheh chey … plxxxxxxx..
    how about this gudu…. misaalakah shaaya hey araa iru vaahaka dhehkey gothah hedhyma v reethi vaane …..
    ANW mi part vess rethi dhn…. hehehe
    u know what gudu i’m in love with sean :P… or dhn thibi dhemyhun dhn maa maja ii
    ehvx irehga serious eh nuvey
    i like funny n serious guys like sean 😛
    ?????????? gudu v rulhi gadha vaane th
    🙂

    1. GuDuMeena
      naj

      ehehehe. . Thanks Naj for the LONG Coment. . GuDu ah kithanme Rude koh Comenteh kuriyas GuDu balaigannaanee Open Mind akun. . if there is any truth in it..i’ll definitly accept it or else will just ignore. . ehehe Dhuniyeyga ulheyiru hurihaa molheh vx nulibeyne dhw. . n evves meehakah hurihaa enmenge ruhun nulibeyne dhw. . BTW GuDu aky v.funny mizaaj ehge meeheh.. bt Cerious vaan jehuneema hama ehaa cerious vaane. . ehehe Thankew again Naj

  43. Anonymous

    Gudu akee girl ettha boy ettha
    Hahaha…
    Vrh salhi ingey… But shaaya maraanulahche… Awesome story… Very entertaining.

  44. lol

    Gudu akee girl ettha boy ettha
    Hahaha…
    Vrh salhi ingey… But shaaya maraanulahche… Awesome story… Very entertaining.

    1. GuDuMeena
      lol

      Lol GuDu ge kureege comment thah kiyaaleema GuDU aai behey v.gina info libeyne. . n i am a boy 🙂

  45. Appy

    mi part vx vvvv salhi ingay…………Gudu!!!!! shaaya ah dhera gothey nahadha chayyy……………..waiting for next part………………

    1. GuDuMeena
      Appy

      Thanks appy will try

  46. Appy

    heyyy guduuuu mi part ga keeyve song ay nuliiii………….

    1. GuDuMeena
      Appy

      Aslu sng eh laakahala rom thankolheh naannaathy nuli. . and mi scene ai gulhey sng eh vx nufenunu. . so. . btw thanks Appy 😉

  47. nayaal

    GuDumeena asluves varah good me ah 😛 hehe

    1. GuDuMeena
      nayaal

      ehehe ehen tha. . Im so glade u said so. . ehehe bt kiyve yo Nayaal ah eha Gud iy. . 😉

  48. nayaal

    miadhu haadha foossey vaahaka ehup nuvaathy:( GuDu kon dhuvahakun 12 vana part up kohdheyny?

    1. GuDuMeena
      nayaal

      mireyga kohdheynan ingey Nayal. . 🙂

  49. masha

    wow v v v v v nice n v v v v interesting

Comments are closed.