Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…25

މުތާ/ ސ.ހިތަދޫ Level 210 Stories
May 11, 2014 7 Mins Read
13 Comments

”ވަޓް! …މެރިއޭޖްއާ ހަމައަށް ގޮސް ކިހިނެއްވީތަ އަނެއްކާ؟ އީނޫ ބުނީމެއްނު އެއީވަރަށް ރަގަޅު ކުއްޖެކޭ… ” ޒަނާއަށް ބުނެލެވުނެވެ. ޒަނާ އިނާއަށް ބަލައިލިވަގުތު ކަރުނަ ފޮހެލިތަން ފެނި ދެރަވި އެވެ. އޭނައަށް ނޭގި ބޮޑުކަންތައް ގަނޑެއް ހިނގައިފިއެވެ. އީނާ ފަދަ ހިތްވަރުގަދަ ކުއްޖަކު ބޮޑުކަމެއް ނުވަނީސް ނުރޯނެއެވެ.

”ޒީ އާދެބަލަ އަހަންނާއެކު…” ރޫޔާ ޒަނާގެ އަތުގައި ހިފާލަމުން ބުންޏެވެ. ޒަނާ ބޯޖަހާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ރޫޔާއާއި ޒަނާ ދިޔައީ ބެލްކަންނަށެވެ. ރޫޔާ ހުރިހާ އެއްޗެއް ކިޔައިދިނުމުން ޒަނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނަ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ”އަޅޭ ހާދަ ދެރަގޮތެކޭ ތިވީ… އީނޫ ރަގަޅުތަ؟….” ޒަނާ ސުވާލުކުރިއެވެ. ހިތާހިތުން އަލްޔަސްއާ ދިމާއަށް އޭނަ ވަރަކަށް އެއްޗެހި ކިޔާލައިފިއެވެ. ދުވަހަކު އަލްޔަސްއަށް އުފަލެއް ނުލިބޭނެހެން ބަދުދުޢާ ކުރެވުނު އަދަދެއް ނޭގެއެވެ. އީނާގެ އުފާވެރިކަން ނަގާލާފައި އެފިރިހެނާ ހީކުރަނީ އުފަލުފައި އުޅެވިދާނެކަމަށް ހެއްޔެވެ؟ ފިލްމުތަކުގައި އުޅޭ ”ވިލަން” އަކުދެކެ ރުޅިއަންނަ ވަރަށް އޭނަ އަލްޔަސްދެކެ ނަފްރަތުކުރަން ފެށިއެވެ. ދުވަހަކު ބައްދަލު ވެފައި ނުވާއިރުވެސް މެއެވެ.

”މިހާރު ރަގަޅުވަމުން އެދަނީ…. އެކަމަކު އަދިވެސް އަލްޔަސް މަތިން ހަނދާން ނައްތާލާކަށް އީނޫ ބޭނުމެއް ނުވޭ، އަހަރެން ވިސްނައިދިނަސް އަޑެއްނާހާ….” ރޫޔާ ބުންޏެވެ. ”އީނޫ ވަރަށް ލޯބިވޭ އެއަލްޔަސްދެކެ، އަލްޔަސްގެ ވާހަކަ ދައްކާއިރު އަޑުން އެކަން ފާހަގަކުރެވޭ….” ޒަނާ ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތު ޝިޔާޢު އިއްވާލި ޚަބަރަކުން އީނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން އޭނައަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. އޭނައާއި މަޝްވަރާ ކުރުމެއްނެތި އެހާ ބޮޑު ނިންމުމެއް ބައްޕަ ނިންމެވުމުން އީނާގެ ހިތުގައި ޖެހުނެވެ. ނަމަވެސް އެނިންމުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. މިވީހާތަނަށް އޭނަ މަންމައާއި ބައްޕަގެ ނިންމުމަކާ ދެކޮޅު ހަދާފައެއް ނުވެއެވެ. އޭގެ ފަހަތުގައި ކޮންމެވެސް ކަމެއް ސިއްރުކުރެވިފައިވާނެކަން ގައިމެވެ.

”ފުރުމުގެ ކަންތައް ހަމަޖެހިފައިވަނީ، ދަރިފުޅުމެން ބަލާ ރަޖްވާންގެ ދެމަފިރިން ދާނެ، ޒަނާގެ ޓިކެޓްވެސް ވަނީ ނަގާފަ، މާދަމާ މެންދުރު ދޭއްޖަހާއިރު ޗެކިން އޮތީ….” ޝިޔާޢު އިތުރުކޮށްލިއެވެ.

”މިރޭ ހެދުންތައް ޕެކްކުރީމަ ގަޑިއަށް ތައްޔާރުވެ ނިމޭނީ، ރިނީ އާއި މަންމަ، ޕެކްކުރަން އެހީވެދޭނަން….” ފަޒްލާ ގަދަކަމުން ހިނިތުންވެލިއެވެ. ”ކިތައް ދުވަހަށްތަ ދަނީ؟…” އީނާ މަންމައާއި ހަތަރުކަޅި ހަމަކޮށްލަމުން އެހިއެވެ. ”ހަމަސް ދުވަހަށް….” ފަޒްލާ ޖަވާބު ދިނެވެ. ހަމަސް ވަންދެން އީނާ ނުފެންނާނެތީ އޭނަ ދެރަވެފައިވާ ވަރު ބަޔާންކޮށެއް ނުދެވޭނެއެވެ. މުނީރާ އީނާއަށް މަޔެއްގެ ލޯތްބާއި އަޅާލުން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތް އިރުވެސް އޭނަގެ ހިތުގައި ނޭގޭ ބިރެއް އުފެދިފައި ވެއެވެ. ނުވެސް ދަންނަ ގައުމަކަށް ހުރި ހަމައެކަނި އަންހެން ދަރިފުޅު ފޮނުވަން އޭނަގެ ހިތް ކިތަންމެ ފަހަރަކު ދެކޮޅު ހަދައިފިއެވެ. އީނާއަކީ އޭނަގެ ދެލޮލުގެ ނޫރެވެ. އަލްޔަސްގެ ސަބަބުން މީހުންނަށް އިތުބާރުކުރުން ވަނީ އުނދަގޫކަމަކަށް ވެފައެވެ.

މައިމޫނާ އާފަލު ޖޫސްތަށި ތުނބުގައި ޖައްސާލި ގޮތަށް އިނީ ހުއްޓުން އަރާފައެވެ. އޭނަގެ ތަބީއަތު ގޯހުން ގޯހަށް ދިޔައެވެ. މިމީހުން މިއުޅޭނީ އޭނައަށްވުރެ އެއްފިޔަވަޅު ކުރީގައެވެ. އަނެއްކާ ފަޒްލާއަށް ޝައްކުވަނީ ހެއްޔެވެ؟ މިހާރަކަށް އައިސް ފަޒްލާ އޭނައާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކައެވެ. ބޭބެވެސް ހުންނަނީ އޭނަދެކެ ރުޅިއައިސްފައެވެ. ގޭގައި ހުއްޓަސް އޭނަ ވެފައިވަނީ ނެތް މީހަކަށެވެ. ވެނިޝިންގް ކްރީމް ލާފައި އެންމެންގެ ލޯތަކަށް ގެއްލިފައިވާ ކަހަލައެވެ. ރޫޔާވެސް އުޅެނީ އޭނައާ ދުރުންނެވެ. ވާހަަކަ ދައްކަނީ މަދުފަހަރަކުއެވެ. މައިމޫނާ އީނާއާ ދިމާއަށް ކަޅި އަޅާލަމުން ވަރަކަށް އެއްޗެހި ކިޔާލިއެވެ.

”ފްލެއިޓް ގެއްލިއްޖެއްޔާ ރަގަޅީ…” މައިމޫނާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. އޭނަ ހުރީ އުމެއިރާ ދެކެ ހިތްހަމަ ނުޖެހިފައެވެ. އީނާ މޮޔަކުރަން އޭނަ ރާވަމުން ދަނިކޮށް އެރޭވުން ފަސްކުރަން ބުނީ އުމެއިރާއެވެ. އީނާ ސަލާމަތްވުމުގެ ޒިންމާ ނަގަން ޖެހޭނީ އުމެއިރާއެވެ. މައިމޫނާ އެންމެނަށްވުރެ ކުރިން ކެއުން ނިންމާލާފައި ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ބަންލާފައި ކޮޓަރީގެ ދޮރުލައްޕަމުން އޭނަ އުމެއިރާގެ ފޯނަށް ގުޅާލިއެވެ. ތިން ފަހަރު ގުޅިއިރުވެސް ފޯނެއް ނުނެގިއެވެ.

”މަށަށް ލަނޑު ދިނީކަން ޔަޤީނޭ… ފޯނުވެސް ނަގާކަށް ނޫޅޭ ވިއްޔާ…” މައިމޫނާ ކުދި ކިޔަން ފެށިއެވެ. އުމެއިރާ އޭނައަށް ކިތަންމެ ފަރަކު އެހީވެދީފައި ވިޔަސް އެކަން ހަނދާނުން ފޮހެވިއްޖެއެވެ. އޭނަ ހުއްޓާލުމެއްނެތި ގުޅަން ފަށާއިރަށް އުމެއިރާ ފޯނު ނަގައިފިއެވެ.

”ތަނެއްގަ ރޯވީތަ؟…” އުމެއިރާއަށް އަހާލެވުނެވެ.

”ހޫމްމްމް، އަހަރެން ގައިގަ ރޯވެގެން މިއުޅެނީ، އުމޭގެ ސަބަބުން އެ އީނާ ސަލާމަތްވެއްޖެ، އޭނަ އެއުޅެނީ މާދަމާ ފުރަން….” މައިމޫނާގެ އަޑުގައިވި ރުޅިވެރިކަން އުމެއިރާއަށް ފާހަގަ ކުރެވުނެވެ.

”ތީއޭ މޫނީގެ މައްސަލައަކީ ކެތްތެރިވާން ނޭގޭ، އީނާ މޮޔަކުރަން ބޭސްދިނިއްޔާ ދެމީހުންގެ ރޭވުން ފަޅާއަރާނެ، އޭރުން އެންމެނަށް އިނގޭނެ، ރަގަޅަށް ހުރި މީހަކު ކުއްލިޔަކަށް މޮޔަވީމަ ޝައްކުނުކުރާނީ ކާކު؟ އަނެއްކޮޅުން އެޔަދާން ވެސް އެބަހުރި، އޭނަ ހުއްޓާ އެފިޔަވަޅު އަޅައިފިނަމަ ދެމީހުން ދާން ޖެހޭނީ ޖަލަށް! މޫނީއާ ތިގޭ މީހުންގެ ދެމެދުގައި މައްސަލަ ޖެހިފައިވާ ދަނޑިވަޅެއްގައި އީނާއަށް ގެއްލުމެއް ވެއްޖެއްޔާ ޝައްކުގެ ނަޒަރު ފުރަތަމަވެސް އަމަޒުވާނީ ކާކާށްކަން ވިސްނާލަބަ، އޭރުން ހުރިހާކަމެއް ފަޅާއަރާނެ…. ފަޒްލާއަކީ ވިސްނުން ތޫނު މީހެއް، އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި… މޫނީ މީ އުފާކުރަންވީ ވަގުތު، ދެން ދުވަހަކު އެ އީނާއާއި އަލްޔަސް ނުގުޅޭނެ…. އޭނަ ސަލާމަތްވިޔަސް ދުވަހަކު އުފަލުގައި ނޫޅެވޭނެ…” އުމެއިރާ ވިސްނައިދިނެވެ.

”އެކަމަކު އޭނަ ސަލާމަތްވާކަށް އަހަރެން ބޭނުމެއްނޫން!…” މައިމޫނާ އަދިވެސް ގޮތް ދޫކުރާކަށް ގަސްދެއް ނުކުރިއެވެ.

”މަށަށް ފެންނަނީ އީނާގެ ލަގެޖްތެރެއަށް ޑްރަގްސް އަޅަން…” މައިމޫނާ އިތުރުކޮށްލިއެވެ. ސިކުނޑީގެ ކަނެއްގައި ޓަކިދިން ޚިޔާލަކުން އޭނަގެ މޫނު އުޖާލާ ވެއްޖެއެވެ. މައިމޫނާ ހިނިތުންވެލިއެވެ. އޭރުން ޖަލުގެ ތޭރިތަކުގެ ތެރޭގައި އީނާ ތެޅިތެޅި އޮންނާނެއެވެ.

”މޫނީ ތީ މޮޔައެއްތަ؟ ކިތައްފަހަރު އަހަރެން ބުނާނީ ޕާޓޭންނާ ޑީލްކުރުމަކީ ރަގަޅުކަމެއް ނޫނޭ… އެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ، ނޫރާލްގެ ސަބަބުން ކުރީފަހަރު ސަލާމަތްވީވެސް….” އުމެއިރާ ފާޅުގައި އެކަމާއި ދެކޮޅު ހެދިއެވެ.

”އެހާފަސޭހައިން އަހަރެން އީނާ ދޫކޮށެއް ނުލާނަން، އޭނަގެ ސަބަބުން ރޫޔާ އެހުންނަނީ އަހަރެންދެކެ ރުޅިއައިސްފަ….” މައިމޫނާ ކިތަންމެ މަޑުން ވާހަަކަ ދެއްކިކަމުގައި ވިޔަސް އެއަޑުގައިވަނީ ރުޅިވެރިކަމެވެ.

”މޫނީ ރުޅި ފިނިކޮށްބަލަ….” އުމެއިރާ ވިސްނައިދެމުންގޮސް ވަރުބަލިވާން ކައިރިވެފައި ވަނިކޮށް މައިމޫނާ އެޚިޔާލު ދޫކޮށްލައިފިއެވެ. އަތުގައި ފައިސާފޮތްޗެއްގެ މިންވަރުވެސް ނެތްއިރު އުޅެންޖެހީ ބަލައިގެންނެވެ. އަނެއްކޮޅުން ފަޒްލާ އީނާގެ ލަގެޖްތައް ބަލައިފިއްޔާ ރަގަޅަސްވެސް އޭނަ ބޭޒާރުވެދާނެއެވެ. އޭރުން ސަލާމަތްވުމުގެ ދޮރުތައް ބަންދުވާނެއެވެ. އޭނަ ޖަލަށް ދާން ޖެހިއްޖެނަމަ ވާނެގޮތެއްވެސް އެނގެނީކީ ނޫނެވެ. އުމެއިރާ ބުނިހެން ފަޒްލާއަށް ސަމާލުވާން ޖެހޭނެއެވެ.

އުމެއިރާ ފުން ނޭވާއެއް ދޫކޮށްލަމުން ނިއްކުރީގައި ފިރުމާލިއެވެ. މައިމޫނާގެ މިޒާޖުން އޭނަ ބިރުގަންނަން ހިސާބަށް ކަންތައް ހިނގައްޖެއެވެ.

***

”އީނޫއަށް އަހަރުމެންގެ ގޭ ފެނިއްޖެއްޔާ ފެއިންޓް ވެދާނެ. އިޓްސް ހިއުޖް، އަދި ބެކްޔާރޑްގަ ބޮޑު ޕޫލެއްވެސް އޮންނާނެ، ގާރޑެންވެސް ވަރަށް ބޮޑުވާނެ ސިންޕްލްކޮށް ބުނަންޏާ ކުޑަވަރެއްގެ ކާސްލްއެއް….” ޒަނާ ބޭނުންވީ އީނާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލާށެވެ.

”މެލޭއަށް ދެވުނީމަ އަހަރެން މަތިން ހަނދާންނައްތާ ނުލައްޗޭ…” ރޫޔާ ސަމާސާ ރާގަކަށް ބުންޏެވެ. އޭނަ ހުރީ ނުރޯން ހިތްވަރުކޮށްލައިގެންނެވެ. އީނާ ފުރަން އުޅޭތީ ރޫޔާ ހުންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އީނާ ދިޔުމުން އޭނަ އެކަނިވެރި ވެދާނެއެވެ. އީނާއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ސިއްރުތައް ހާމަކުރާނެ މީހަކުވެސް ދެން ނުހުންނާނެއެވެ.

”މައި ސްވީޓް ސިސް މަތިން ހަނދާން ނައްތާލެވޭނެތަ؟ އަހަރެން ދިޔައީމަ ރޫ ވަރަށް ބޮޑަށް ފޫހިވާނެ ދޯ؟ އެކަމަކު ޒީން ހުންނާނެއެއްނު އެންޓަރޓެއިންކޮށްދޭން….” އީނާވެސް އެކުވެރިންގެ ވާހަކައިގައި ބައިވެރިވިއެވެ. އޭރުވެސް އަލްޔަސްގެ ތަސްވީރު ސިކުނޑިން ފޮހެވިގެން ނުދެއެވެ. އިއްތިފާގަކުންވެސް އަލްޔަސްއާ ބައްދަލު ވުމުގެ ފުރުސަތެއް ދެން ނުލިބޭނެއެވެ. މާފަށް އެދި އެތައް ސަތޭކަ މެސެޖެއް އަލްޔަސް ފޮނުވާއިރު އޭނަގެ ހިތަށް ހާދަ ވަރަކަށް އަސަރުކުރެއެވެ. ކޮންމެ ފަހަރަކު ލޮލުން ކަރުނަތައް ނީރާލައެވެ. އަލްޔަސްއަށް މާފްދޭން އޭނަގެ ހިތްއެދި ރޮނީއެވެ. ނަމަވެސް އެއީ ވުން އެކަށީގެންވާނެކަމެއް ނޫނެވެ. ބިރުވެރި ހުވަފަނެއް ފަދައިން އެހާދިސާ އަދިވެސް އޭނައަށް އުނދަގޫކުރަމުން ދެއެވެ. ރޭގަނޑު ނިދޭކަމަކަށް ނުވެއެވެ. އެވަރުންވެސް އަލްޔަސްގެ ސޫރަ ބަލައިލަން އޭނަ ބޭނުމެވެ. އޭނަ މޮޔަވަނީ ހެއްޔެވެ؟ އެހެން ކުއްޖަކު ނަމަ ދެން އަލްޔަސްއަށް ބަލައިލަންވެސް ނޭދޭނެކަން ގައިމެވެ. ނަފްރަތު ކުރާނެއެވެ. ރުޅިވެސް އަންނާނެއެވެ.

”ޒީން؟…” ޒަނާ ހަށަން ބަނދެލަމުން ރޫޔާއަށް ބަލާލިއެވެ. ”ރޫގެ ބީއެފް…” އީނާ ބުނެލިއެވެ.

”ޕިސް ޕިސް، ނުވެސް ބުނަމެއްނު….” ޒަނާ ޝަކުވާކޮށްލިއެވެ. ”ހަނދާން ނެތުނިއްޔޭ، ދެން މާދަމާ މީޓްވާނެ ޒީންއާ….” ރޫޔާ އީނާގެ ފޮއްޓަށް ހެދުންތަކެއް އަޅަމުން ބުންޏެވެ. އެވަގުތު ފަޒްލާއާއި ރާނިޔާ ކޮޓަރިއަށް ވަނުމުން ތިން އެކުވެރިންގެ ވާހަކަތައް މެދުކަނޑާލައިފި އެވެ.

”ބޭނުންވާ ހުރިހާއެއްޗެއް ހަމައަށް އަޅައްޗޭ….” ފަޒްލާ ބުންޏެވެ.

ވިއްސާރަ ދުވަހެކެވެ. ފަތިހު ވެހެން ފެށި ވާރޭ އަލިވާކަށް ނޫޅެއެވެ. ސިކުންތަކަށް ފަހު ސިކުންތަކަށް ތޫފާން ގަދަވެ އަވަސް މުސްތަގުބަލެއްގައި ވާރޭ ހުއްޓާލަފާނެހެން ހިޔެއްނުވެއެވެ. އުޑުމަތި ބައްދާލާފައިވާ ބޮޑެތި ކޮޅިގަނޑުތައް ފެނި މީހުން ބިރުގަންނަހާ ވެއެވެ. ބާރުބާރަށް ގުގުރައިގަންނައިރު ނާމާންކަން ވެރިވެގެން ދެއެވެ. މެދުކެނޑުމެއްނެތި ވެހެމުންދިޔަ ވާރެއާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ ދުއްވާތަކެތި ދުއްވަންވެސް އުނދަގުވާ ހިސާބަށް ވަނީ ގޮސްފައެވެ. މެންދުރުވާން ކައިރިވިއިރު އީނާ ހުރީ ފެންވަރާލައިގެން ތައްޔާރު ވާށެވެ. ވިއްސާރަ ދުވަހަކަށް ވުމުން ފްލޭޓަށް އަރަން އޭނަ ހުރީ ބިރުގެންފައެވެ. މިފަހަކަށް އައިސް ފްލޭޓްތަކަށް މައްސަލަތައް ދިމާވާވަރުން ފްލޭޓުން ދަތުރުކުރަން ވެސް އޭނަ ބިރުގަނެއެވެ.

ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން އީނާ ލޯގަނޑަށް ނަޒަރު ހުއްޓާލިއެވެ. ގުރާފެހިކުލައިގެ އަތްދިގު ޓީޝާޓާއި ހުދުކުލައިގެ ލެގިންސް އީނާގެ އަންހެންވަންތަ ހަށިގަނޑަށް ހިފާލާފައި ވާއިރު ހުދުކުލައިގެ ޝޯލްގެ ތެރޭން އީނާގެ ދޮން މޫނު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެރީތި ދެލޮލުގައި މަޑުރަތްކުލައެއް ވިޔަސް މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އޮމާން މޫނުގައި ކްރީމެއް ހާކާލާފައި ނުވާއިރުވެސް އަޖައިބުވާނެހާ ފުރިހަމައެވެ. އިރުކޮޅެއް ވަންދެން އީނާއަށް އޭނަގެ ސޫރައަށް ބަލަހައްޓައިގެން ހުރެވުނެވެ.

އީނާއަށް ދެން ބަލާލެވުނީ ރީތިވާ މޭޒުމަތީ އޮތް ފޯނަށެވެ. އޭނަ ފޯނު ނަގާ މެސެޖް ބައި ހުޅުވާލިއެވެ. ދެތިން ފަހަރު މެސެޖު ކުރަން އުޅެފައިވެސް އީނާ ފޯނު ބޭއްވިއެވެ. އޭނަގެ ސިކުނޑީގައި އުފެދިފައިވަނީ ވަރުގަދަ ހައިޖާނެކެވެ. އަލްޔަސްއަށް މެސެޖު ކުރަން ވީ ހެއްޔެވެ؟ އޭނަ ފުރަންއުޅޭ ވާހަކަ ބުނަންވީ ހެއްޔެވެ؟

ދެލޯމަރާލަމުން އީނާ ފުން ނޭވާއެއް ލިޔެވެ. ”އަހަރެން މިއުޅެނީ ފުރަން. ވަން ތާރޓީގަ ޗެކިންގް އޮތީ…” ތުރުތުރުއަޅަމުން ދިޔަ އަތަކުން އީނާ މެސެޖު ފޮނުވާލިއެވެ. އޭނަ އުއްމީދު ކުރީ އަލްޔަސްގެ މެސެޖެއް އަންނާނެ ކަމަށެވެ. ނަމަވެސް މެސެޖެއް ނައެވެ.

”ނުލަފާ ފިރިހެންގަނޑެއް… އައި ހޭޓް ހިމް….” އީނާ ތުން ފިއްތާލަމުން އެނދުމައްޗަށް ފޯނު އެއްލާލިއެވެ.

އީނާ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ލޮލުން ފޭދުނު ކަރުނަތައް ޓިޝޫއަކުން ފޮހެލިއެވެ. ”ރޮނީތަ؟….” އިވުނީ ރޫޔާގެ އަޑެވެ. ”ހޫމްމްމް، ރޫ މަތިން ވަރަށް ބޮޑަށް މިސްވާނެ….” ރޫޔާގެ ގައިގައި ބައްދާލަމުން އީނާ ބުންޏެވެ.

”މީ ޓޫ…” ރޫޔާ ނޭފަތް ދަމާލިއެވެ.

”ގުޅައްޗޭ…” ރޫޔާ ބުންޏެވެ. އޭނާ ރުއިން ކޮންޓްރޯލް ކުރިއެވެ. އީނާ ވަކި ޖަވާބެއް ނުދީ ކޮޓަރިން ނިކުންނަން ދިޔައެވެ. އީނާގެ ފަހަތުން ދިޔަ ރޫޔާ ހުއްޓުން އެރީ އެނދުމަތީ އޮތް އީނާގެ ފޯނު ފެނުމުންނެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނަ ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލަމާއެކު ރޫޔާގެ ނިތަށް ރޫތަކެއް ޖަމާވިއެވެ. އޭނަ އެހާވަރަށް ބުނީމަވެސް އީނާ އަލްޔަސްއަށް މެސެޖު ކުރީއެވެ.

ފަޒްލާ ހުރިހާ ފޮއްޓެއް ހުޅުވާލާ ރަގަޅަށް ޗެކްކުރިއެވެ. ސާމާނުތައް ހަމައަށް ހުރިތޯ ބެލިއެވެ. އުމެއިރާގެ ނަސޭހަތުގައި ހިފުނުކަން ނަސީބެކޭ އެވަގުތު މައިމޫނާގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ މިއަދު އޭނަ ބޭޒާރުވީސްކަން ކަށަވަރެވެ. ފަޒްލާ އަކީ ވިސްނުން ތޫނު މީހެކެވެ. ފަޒްލާގެ ތޫނު ދެލޮލުން ސްކޭން ނުކުރާނެ ތަނެއް ނޯންނާނެއެވެ. ފަޒްލާ ފޮށިތަކުގެ ޒިބްތައް ދަމާލަމުން ހިންދެމިލިއެވެ.

”މައިމޫނާ ނުދަންތަ؟…” ފަޒްލާ އެހިއެވެ.

”މިއުޅެނީ ބޮލުގަ ރިއްސާތީ… އަނެއްކާ ވިއްސާރަ ދުވަހެއް…” މައިމޫނާ ބަހަނާއެއް ދައްކާލިއެވެ.

”އެހެންވިއްޔާ ގޭގެ ހުރިހާ ޒިންމާއެއް މައިމޫނާއަށް…” ފަޒްލާ ބުންޏެވެ. މައިމޫނާ ހޫމްމް އަޅުވާލަމުން ގޮސް ސޯފާގައި ޖައްސާލިއެވެ. ޓީވީ ހުޅުވާލަމުން އޭނަ ޓީވީގެ ސްކްރީނަށް ދެލޯ ތަތްކޮށްލިއެވެ. ”ހުއް، އަދި ހެވިފައޭ ބިޗް އެހުރީ… ފްލޭޓް ވައިގެ ތެރެއަށް ގޮވައިފިއްޔާ ރަގަޅު….” މައިމޫނާ ފޫޅަށް އިވޭނެހާ މަޑުން ބުނެލިއެވެ.

”އީނޫ އާދެބަލަ އަހަންނާއެކު….” އީނާގެ އަތުގައި ރޫޔާ ހިފަހައްޓާލިއެވެ. ”ކިހިނެއްވީ؟…” އީނާއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ.

”މީ ކޮންކަމެއް؟ ކީއްވެތަ އޭނައަށް މެސެޖު ކުރީ؟ އޭނަ އައިސްފިއްޔާ ބޮޑު ހަމަނުޖެހުން ގަނޑެއް ހިނގާފާނެ ކަމާމެދު އީނޫ ވިސްނާނުލަންތަ؟…” ރޫޔާ ފޯނު ދެމުން ބުންޏެވެ. އީނާ އަވަސް އަވަހަށް ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ތިރީސް މިނެޓް ވީއިރުވެސް އަލްޔަސް ރިޕްލައި ނުކުރިއެވެ. އީނާ ދެބުމަ ކައިރިކޮށްލަމުން އަތްދަބަހުގެ ތެރެއަށް ފޯނު ލިއެވެ.

”އޭނަ ރިޕްލައި ނުކުރާނެ، އީނޫ ޓްރައިޓު އަންޑަސްޓޭންޑް، އޭނަ އީނޫއަށް ހާދަ ވަރަކަށް ހާޓްކޮށްފިޔޭ، ހީ ކިލްޑް ޔޫ ފްރޮމް އިންސައިޑް، ދެން އޭނަދެކެ ލޯބިވަނީ ކީއްވެތަ؟ އައި ކާންޓް ބިލީވް ދިސް!…” ރޫޔާ ބުންޏެވެ.

އީނާގެ ދޫހަރަކާތެއް ނުކުރިއެވެ. ރޫޔާގެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންވިއެވެ. އެހެނަސް ދުލުން އެންމެ ބަހެއްވެސް ބޭރުކޮށް ނުލެވުނު ތާންގައި ނޭވާލާންވެސް އުނދަގޫވިއެވެ. އަލްޔަސްގެ ހަނދާންތައް ސިކުނޑިން ނެރެ އެއްލާލަން އޭނަ ހާދަ ވަރަކަށް މަސައްކަތްކޮށްފި އެވެ. ނަފްރަތުގެ ހުޅުކޮޅު ނިވުނުތާ ކޮންދުވަހެއް ހެއްޔެވެ؟ އޭނަގެ ހިތުގައި އުފެދިފައިވާ ވޭންތަކަށް ކެތްކުރަން ނުހަނު އުނދަގުލެވެ. އެވޭނުގައި އޭނަ މަރުވެދާނެއެވެ. ފަހަރެއްގައި އޭނައާއި އަލްޔަސް ގުޅެން ތަޤުދީރުގައި ނެތީކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނަގެ ހިތުގައި އަލްޔަސްގެ ހަނދާންތައް ފޮރުވިފައިވާނެ އެވެ.

”އީނޫ އަލްޔަސްއަށް މާފް ކުރާނަންތަ؟ އާފްޓާރ އެވްރީތިންގް ހީ ޑިޑް؟….” ރޫޔާ ކުރި ސުވާލަށް ޖަވާބު ދޭކަށް އީނާއަކަށް ނޭގުނެވެ.

”ޖަވާބު ދީބަލަ….” ރޫޔާއަށް ނުހުރެވިގެން އަހާލެވުނެވެ. ”ނޭގޭ…” އީނާ ލޮލުން ފޭދުނު ކަރުނަތައް ފޮހެލަމުން އެތެރެއަށްދާން ދުއްވައިގަތެވެ. ރޫޔާއަށް ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނެވެ. އޭނަ ސިހުނީ މަންމަ ގޮވަން ފެށީމައެވެ.

ވާރޭގެ މިލިއަން ތިކިތައް ފުރާޅުގައި ބޮސްދޭއަޑުން ފަޒާގައި ކުޅެލަމުން ދިޔައީ ސޮފްޓް މިޔުޒިކެކެވެ. ކުޑަދޮރުގެ ފޮތިތައް ދަމާލާފައި ވުމުން ކޮޓަރިއަށް ފެތުރިފައި އޮތީ ކަނު އަނދިރިކަމެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވާކަހަލައެވެ. ހިމޭންކަމުގެ ތެރޭން ފޯނު ރިންގްވާ އަޑަށް އަލްޔަސްއަށް ހޭލެވުނީ ސިހިފައެވެ. ކަންނެތް ގޮތަކަށް ލޯހުޅުވާލަމުން އަލްޔަސް ފޯނަށް ޖަވާބު ދިނެވެ. ގުޅަނީ އޭނަގެ ބޭބެއެވެ. އަލްޔަސް ފޫހިވެފައި ހުރެފައިވެސް ވާހަކަ ދެއްކިއެވެ. މިހާރަކަށް އައިސް އޭނަ އެކަކާވެސް ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. ގެއަށް އޭނަ އަންނަނީ ހަމައެކަނި ނިދަންށެވެ. އަލްޔަސް ފޯނު ކޯލް ކުރުކޮށްލަމުން ފޯނު ބާއްވަން އުޅެނިކޮށް އީނާ ފޮނުވާފައިވާ މެސެޖު ފެނުމުން ތެޅިގަނެވުނެވެ. ފަނޑު ހިނިތުންވުމަކާއެކު އަލްޔަސް މެސެޖު ހުޅުވާލިއެވެ. އެރީތި ދެލޮލުގެ ވިދުން އިންތިހާއަށް ގަދަވިއެވެ. ނަމަވެސް އެއީ ވަގުތީ އުފަލަކަށް ވިޔެވެ. މެސެޖު ކިޔާލުމުން އޭނަގެ ހިތަށް ތޫނު ކަށިތަކެއް ހަރާލެވުނު ހެންހީވިއެވެ. އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެތައްސަތޭކަ މެސެޖެއް ފޮނުވިއިރުވެސް އީނާ ޖަވާބެއް ނުދީ ދެން އެފަދަ މަސެޖެއް ފޮނުވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނަ ދެރަކުރަން ހެއްޔެވެ؟ ބަދަލު ހިފަން ހެއްޔެވެ؟ ކުރެވުނު ކުށަށް އޭނަ ވަރަކަށް މާފަށް އެދެފިއެވެ. އަލްޔަސް ދެއަތުން މޫނު ފޮރުވާލަމުން ފޯނު ހޫރާލިއެވެ.

އަލްޔަސް ފުންނޭވާތަކެއް ލަމުން ސައިޑްޓޭބަލް މަތީ ހުރި ގަޑިއަށް ނަޒަރު ހިންގާލިއެވެ. އެއްގަޑި ވިހިވަނީ އެވެ. ފަހުފަހަރަށް ވިޔަސް އީނާގެ މޫނު ދެކިލަން އޭނަ ބޭނުމެވެ. ބަޔަކު ރުޅިއަޔަސް އޭނައަށް ހެވެވެ. އަލްޔަސް ފެންވަރާލައިގެން ނިކުމެ ކަޅު ޖިންސަކާއި ހުދުކުލައިގެ ޓީޝާޓެއް ބޮލުން ވައްޓާލަމުން އަވަސްވެގަތީ ފެރީ ޓާރމިނަލްއަށް ދިއުމަށެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އޮބިނޯންނަހާ ވެއެވެ.

ފެރީއަށް އެރުމުގެ ކުރިން އީނާއަށް ވަށައިގެން ހޯދާލެވުނެވެ. އަލްޔަސްގެ މޫނު ފެނުމުގެ ނަސީބު ލިބޭތޯއެވެ. ރޫޔާ މިއަދު ކުރި ސުވާލަކުން އޭނަގެ ބޮލަށް ވަނީ ބަރުވެފައެވެ. އެސުވާލުގެ ޖަވާބު ދޭކަށް އޭނައަށް ނޭގެއެވެ. އަތްދަބަސް ގެނެސް މެޔާލާ ބޮނޑިކޮށްލަމުން އީނާ ފެރީއަށް އެރިއެވެ. ވާރޭ ހުއްޓާލާފައި ވިޔަސް ރޯޅިތަކުގެ އަޑުން މުޅި ފަޒާވަނީ ގުގުމާލާފައެވެ. ކަނޑު އެހާމެ ގަދައެވެ.

”އީނޫ އަވަސްކޮށްބަލަ…” ޒަނާ އީނާގެ އަތުގައި ހިފާ ދަަމައިގަތެވެ. ވިއްސާރަ ދުވަހަކަށް ވިޔަސް ފެރީ އޮތީ މީހުންތަކުން ފުރި ބާރުވެފައެވެ. މީހުންތަކުގެ ތެރެއިން ގޮސް އީނާ ސީޓެއްގައި އިށީނެވެ. އޭނަގެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. ހުޅުލެއަށްދާން ފެރީ ނައްޓާލިއިރުވެސް އީނާ އިނީ އުއްމީދެއްގެ މަތީގައެވެ. އެހެނަސް އަލްޔަސްއެއް ނައެވެ. އޭނަގެ އުއްމީދުގެ ހުޅުކޮޅު ނިވުނެވެ.

”ރޫ ބުނީ ތެދެއް… އައިލް ނެވާރ ފޮގިވް ހިމް….” އީނާ އަމިއްލަ ޒަމީރާ ވާހަކަ ދެއްކިއެވެ. ފެރީ އޭގެ ދަތުރުފެށިއެވެ. މާސިންގާ ރާޅުތަކުގެ ތެރޭން ފެރީ ދުއްވަމުން ދިޔައިރު އީނާ އިނީ ފަސްވަމުންދިޔަ މާލެއަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ކަޝްފު (އޮފިޝަލް ބްލާރބް)

Next

ކައިއާ….07

Next
May 14, 2014

ކައިއާ….07

Previews
May 10, 2014

ކަޝްފު (އޮފިޝަލް ބްލާރބް)

13 Comments!

  1. ummi says:
    May 11, 2014 at 6:03 am

    Wowww v reethiiii mi bai vess… alhe maimoona bust kohlabaa. Alyas ge kudheh neii kan angabaa plxx ..

    1. ummi says:
      May 11, 2014 at 6:04 am

      Kusheh*

  2. sem says:
    May 11, 2014 at 12:25 pm

    salhi..ekm ti hurihaa kameh falhaa araa iru onnay vaguthu faa ithu vefa hn hyvcany..

  3. sem says:
    May 11, 2014 at 12:25 pm

    salhi..ekm ti hurihaa kameh falhaa araa iru onnay vaguthu faa ithu vefa hn hyvcany..

  4. ސަކީ says:
    May 11, 2014 at 12:53 pm

    ވަރަށް ސަޅި

  5. pop gaal says:
    May 11, 2014 at 1:15 pm

    very nice mi part vexx
    next part avahahh genessdheythi 🙂

  6. shai says:
    May 11, 2014 at 1:22 pm

    v salhi dhn maimoona bust kohlaba alyas ah eynage loabi hoadhaba

  7. inaa says:
    May 11, 2014 at 9:58 pm

    aslukohves maimoona bust kohladhybaa…nd alyas aaa eena gulhuvahchey……….muthaa kihinehtha ehaa furihama ah boys sifakohdheny…….its amazing…..hithah araaaa real life ga ves egothah vaanamaey…….best of luck muthaa..

  8. Haxu says:
    May 12, 2014 at 3:27 pm

    alhe mi part ves haadha furi hama ey.. haxu ah yagyn alyas dhaane kan inaa dhekilan.. alyas u can do it.. alhe muthaa ehen myhaku vahdhaigen inoo ge life halaaku nukoh avahah emmenah hagygaiy ingi alyas aa dheytherey oiy nafrathu lwbah badhalu koh bala. ehenna dhen alyas ge reethi hashi gandu ves hunnaani anaroofa vefa.. eyrun v kapalhi vaaane.. btw waiting 4 the nxt part gud luk muthaa. love this story<3

  9. fan says:
    May 12, 2014 at 11:17 pm

    Just wow, u r doing it great, vihaves sifakurun ginakohlaba, dhen vvv avahah hageegah bust kohlaa, maa dhigu dhanman vejeyaa hadhi vedhaane,

  10. Special says:
    May 13, 2014 at 8:22 pm

    Ae muthaa Reethi v ma ehaa molhah boys sifakohdheveny. Muthaage Facebook page eh indheytha

  11. aneexx says:
    May 14, 2014 at 8:19 am

    v salhi.. haadha gina dhuvas eba vey update nuvaathaaa..

  12. shify says:
    May 14, 2014 at 9:32 am

    haadha las vany

Comments are closed.


All Right Reserved!