Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ފަނާވެދަންދެން… 7

xaaahy Level 110 Stories
May 10, 2014 7 Mins Read
12 Comments

‘ އަރްޝީއަށް ކޮންމެވެސް ބަދަލެއްއަންނަން ފަށައިފި….ބުނޭ އަހަރެން ކައިރީ…….” ޒައިދު ގަދަކަމުންއަރްޝީގެ ކޮނޑުގަ ހިފާ އޭނަގެ ކައިރިއަށް ދަމާލިއެވެ.
” އަހަންނަށް އެއްވެސް ބަދަލެއް ނާދޭ…ހުރިހާ ބަދަލެއްވެސް އައީޒައިދުގެވިސްނުމަށް……ތިއީ އިތުބާރު ކުރާލެއް ކުޑަކަން…..ޒައިދުއަހަންނާއި ދޭތެރޭ ތިހެން ވިސްނަން ޖެހޭތަ؟” އަރްޝީ ހުރީރުޅިގަދަވެފައެވެ.
” އަދި މިވީހާ ތަނަށް ނުހުންނާނެ އަރްޝީ އާއި ދޭތެރޭ ނުބައިކޮންވިސްނާފައެއް……އެކަމަކު އަހަރެންނަށް ހީވަނި އަރްޝީ އަހަންނަށްނުބައިކޮން ވިސްނަން މަޖުބޫރު ކުރާހެން……މިރޭ ޕާރޓީން އަހަރެންނަށްފެނުނީ ކޮންކަންތައްގަނޑެއް….ބަލާ ކޮންމެ މީހަކަށްވެސް ހީވާނެ އަރްޝީރައްޓެހިވެގެންއުޅެނީ ނަބީހް އާއިއޭ….” ޒައިދު އަރްޝީއަށް ފުރަގަސްދީއަނެއް ފަރާތަށް އެނބުރުނެވެ.
” އަހަރެމެން ރައްޓެހިވެގެން އުޅުނޭ ކިޔާފަކަ ނުޖެހޭނެ މުޅި ޕާރޓީތެރެއަކު އަތުގަ ހިފައިގެން އުޅޭކަށް….ޒައިދު އެހެން އުޅެން ބޭނުންވިއަސްއަހަރެން ބޭނުމެއް ނޫން އެހެން ވާކަށް….މުޅި ރަށުގަ ޒައިދު އާއިއަރްޝީގެ ވާހަކަ ދައްކާ އަޑުއަހާކަށް…” އަރްޝީ ދުރަށް ހިނގައިގަތެވެ.

އަރްޝީ އާއި ޒައިދު ހިނގައިގަތީ ދެމަގަކުންނެވެ. ދެމީހުން އެކަކުއަނެއްކަކުގެ މޫނަށް ބެލުމެއްނެތިއެވެ. ޒައިދުގެ ހިތުގަ ގަދަ އަލިފާނެއްއަދަމުން ދިޔައެވެ. ހީވަނީ އެ އަލިފާނުގެ އާވިން އޭނަގެ މެއާއި ހިތްއަންދާލާހެންނެވެ. ޒައިދުގެ ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުންފޮހެލުމަށްފަހު އަރްޝީއަށް ބަލާލިއެވެ. ފަސްއެނބުރި ބެލުމެއްނެތި ހިނގަމުންދިޔަ އަރްޝީއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ޒައިދު ކުރިއަށްހިނގައިގަތެވެ.

ޝެރީން އައި ބަދަލުން ފާއިޤް ހައިރާންނެއް ނުވެއެވެ. ޝެރީންގެ ހިތުގެހާލަތު އެނގޭއިރުވެސް ފާއިޤް ބޭނުންވަނީ އޭނަގެ ނަމާއި އިއްތަޒަށް ލިބިދާނެހުތުރުނަމުން ސަލާމަތްވާށެވެ. ޝެރީންގެ ކޮޓަރިއަށް ސަލޫމް ވަނެވެ. އެނދުގަރޯން އޮތް ޝެރީންގެ ބޮލުގަ ފިރުމާލާ ހުއްޓާލުމަށް އެދުނީ ވަރަށްލޯބިންނެވެ.
” ޝެރީން ރޯންޖެހޭ ވަރުގެ ކަމެއް ޕާރޓީ ތެރޭ ހިނގައިފިތަ؟” ސަލޫމްޝެރީންގެ ކޮނޑުގަ ހިފާ ތެދުކޮއްލަމުން އަހާލިއެވެ. އެނދުގަ އިށީންނަމުންޝެރީން ސަލޫމް އާއި ތަންކޮޅެއް ދުރަށްޖެހިލިއވެ. ” އަހަރެމެން ކައިވެނީގެވާހަކަ ބައްޕަ އިޢުލާން ކުރީމަ އަހަރެން ހީކުރީ ޝެރީންއުފާކަމަށްވާނި…..ޝެރީން ނުވޭ ދޯ އުފަލެއް….” ސަލޫމް ބަލާލީ ސީދާޝެރީންގެ މޫނަށެވެ. ދޭނި ޖަވާބެއް ނޭނގި ޝެރީން އިރުކޮޅަކު އިނެވެ. މުޅިމާލެއަށް އެމީހުންގެ ކައިވެނީގެ ވާހަކަ އިއުލާން ކުރުމުގެ ކުރިން ސަލޫމްއާއި ވަކިވެވުނު ނަމަ މީހުންގެ ތުންތުންމަތިން ކިޔާނެ އެކައްޗެއްވެސްނޯންނާނެއެވެ. ޝެރީންގެ ތުންފަތް ތުރު ތުރު ލައިގަތެވެ. ހިތުގަފުނިޖެހެމުން ދިޔަ ޝަކުވާތައް އެއްފަހަރާ ބޭރުކޮއްލަން ބޭނުންވިއެވެ.
” ސަލޫމް އަށް ހުރިހާ ހަޤީޤަތެއް އެނގޭނެހެން ހީވަނި…..” ޝެރީން ވާހަކަދެއްކީ ވަރަށް މަޑުންނެވެ. ” ނޫން…..މީހެއްގެ ހިތަށް އަރާހާ އެއްޗެއްއަހަންނަކަށް ނޭނގޭނެ…….” ސަލޫމް ބޭނުންވަނީ ޝެރީންގެ ދުލުން ހރިހާއެއްޗެއް އަޑުއަހާށެވެ.
” އަހަރެން ސަލޫމް އާއި އިންނަން ބޭނުންނުވާ ވާހަކަ ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟” ޝެރީން ދެލޯ މަރާލާ އެސްފިޔަތައް ބާރުކޮއްލިއެވެ.
” ޤަބޫލު ކުރާނަން…..އަހަންނަށް އިޙްސާސްވޭ ޝެރީން އަހަރެން ދެކެލޯބިނުވާކަން……އެކަމަކު އަހަރެން ދުވަހަކުވެސް ޝެރީން ދޫކޮށެއްނުލާނަން……އަދި އެހެންމީހަކާއި އެކު އުފަލުގަ އުޅޭތަން ދެކޭކަށްވެސްބޭނުމެއް ނޫން…….” ސަލޫމް ހީލިއެވެ.
” އެއީ ކީއްވެ؟ ސަލޫމް އަށް އެނގި ހުރެ އަހަރެން މިނިވަންކަމާއި އެކުދޫކޮއްލަން ބޭނުން ނުވަނީ ކީއްވެ؟” ޝެރީން އަހާލީ ހައިރާންވެ އިނދެއެވެ.
” އެއީ އަހަރެން ޝެރީން ދެކެ ލޯބިވާތީ…..އަހަންނަށް ޔަޤީން ޝެރީންއަހަންނާއި އެކު އުޅެންފެށުމުން ލޯބިވާނެކަން…ޝެރީންއަށް އިޙްސާސްނުވެދާނެ އަހަރެން ލޯބިވާވަރު….އަހަރެން ދުވަހަކުވެސް ޝެރީން ގެއްލޭކަށްނޭދެން…ހަރުކަށި ގޮތް ގެންގުޅެވޭތީ ފަހުން ދެރަވިއަސް އެގޮތް ބަދަލުނުކުރެވިގެން މިއުޅެނީ ޝެރީން ގެއްލިދާނެކަމުގެ ބިރަށް….އަހަރެންއަބަދުވެސް ޝެރީންއަށް ފާރަލަން…” ސަލޫމްގެ ޖުމްލަތަކުން ޝެރީންގެހިތަށް ހީވަނީ ތޫނު ތީރުތަކެއް ހަރާލާހެންނެވެ.
” މަލީހާއަށް އެދުވަހު ޝެރީން ޒައިދު ކައިރީ ދެއްކި ވާހަކައަޑުއިވުން….އަހަރެންނާއި ބައްޕަ ކައިރީ އެވާހަކަ ބުނީމަލީހާ….އަހަރެމެން ދެމީހުން އަވަހަށް ނިންމީ ޝެރީން ގޮތެއް ނިންމުމުގެކުރިއަށް ކައިވެނި ރަސްމީކޮށް އިއުލާންކުރަން….ޝެރީން ބީވެދާކަށްއަހަރެން ބޭނުމެއް ނޫން….އައި ލަވްޔޫ ޝެރީން…އައި ގޮޓް މޭޑް އިން ޔުރާލަވް…” ސަލޫމް ޝެރީންގެ އަތުގަ ހިފާ އޭނަގެ ކައިރިއަށް ދަމާލިއެވެ.
” އެހެން މީހަކާ ޝެރީން އާއި ގުޅުމެއް އޮތްކަން އެނގޭ ދުވަސް އެއީއެމީހެއްގެ ފަހު ދުވަސް…އަހަރެން ޝެރީންގެ ލޯބި ހޯދުމަށް މީހެއްގެ ފުރާނަދުއްވާލާކަށްވެސް ފަހެއް ނުޖެހޭނެ….އެކަން ހަނދާންކުރާތި…” ސަލޫމްގެނިޔަފަތިތައް ޝެރީންގެ އަތްތިލައަށް ވައްދާލިވަގުތު ޝެރީންއަށް ވީތަދުންރޮއިގަނެވުނެވެ. ޝެރީންގެ ކޮޓަރިން ސަލޫމް ނިކުމެގެން ދިޔައީ ޝެރީންރޮއްވާލުމަށްފަހުއެވެ.

އެރޭ ޝެރީން އަކަށް ނުނިދުނެވެ. އޭނަގެ ނިކަމެތިކަމާއި މެދު ވިސްނާރޮވެނީއެވެ. އެ އަނިޔާވެރިކަމުން ސަލާމަތް ނުވެވޭނެކަން އެނގި ހުރެ ކުރެވޭނާކާމިޔާބު މަސައްކަތާއި މެދު ހިތާމަ ކުރެވެނީއެވެ. ޒައިދު ވެސް ނުދިނާއޮތީ ވިސްނުމެއްގައެވެ. އަރްޝީގެ ފަރތުން ފެންނަ ބަދަލުތަކުން ޒައިދުއަށްއަސަރު ކުރެއެވެ. އަރްޝީއަށް އެ ފަދަ ބަދަލެއް އަންނަންޖެހޭ ސަބަބެއްނުވިސްނޭތީ ޝައްކުތަކެއް ތެރޭ މުޅި ރޭ ހާދަކޮއްލެވުނީއެވެ. އަރްޝީގެހާލަކީވެސް ހަމަ އެފަދައެވެ. މަޖުބޫރުން ޒައިދު އާއި މެދު ކަންތައްކުރެވޭގޮތާއި މެދު ހިތާމަ ކުރެވެއެވެ. ޒައިދު ދެރަވާނެ ވަރު ހިތަށް އަރާ ކޮންމެފަހަރަކު އެހިތް ކުދ ކުދި ވެގެން ދެއެވެ. އެކަމަކު ޒައިދު އޭނަ އާއި ދުރަށްދާނީ އެހެން ކަންތައް ކުރުމުންކަން އެނގޭތީ އެހެން ހަދަން ޖެހެނީއެވެ.
ޒައިދު އާއި ޖެހިގެން ހުރި ކޮޓަރީގަ އޮތް ލީލާވެސް އޮތީ ވިސްނުމެއްގައެވެ.އިރާކޮޅުން ފެށިގެން ރުއިމުގެ ސަބަބުން ލީލާގެ ދެލޯވަނީ ރަތްވެދުޅަވެފައެވެ. އަދުހަމްގެ ބޭވަފާތެރިކަން ފެނި ލީލާއަށް ރޮވެއެވެ. އޭނަވީވަފާތެރި ލޯބީގެ އަގު ލިބެންޖެހޭނީ އެފަދަ ގޮތަކަށް ތޯއޭ ހިތަށް އަރާއަމިއްލަ ނަފްސާއި ޝަކުވާ ކުރެވެއެވެ. ޝާޒް ނެތްނަމަ އެވަގުތު ލީލާއަދުހަމްގެ ކައިރިން ވަރިއަށް އެދުނީހެވެ.

ފަތިސްވެ އަލިވާންފެށުމުން ގޮވަން ފެށި ކޮވެލީގެ އަޑުގަވަނީއުފާވެރިކަމެވެ. އެއްބަޔަކަށް އުފާވެރި ދުވަހަކަށް އަލިވިލުނުކަމުގައިވިއަސް އަނެއްބަޔަކަށް މިއަދަކީ ހިތާމަވެރި ދުވަހެކެވެ. ހެނދުނުޒައިދު އޮފީހަށް ވަތްއިރު އަރްޝީ މަސައްކަތެއްގަ އިނެވެ. ޒައިދު އަރްޝީގެކުރިމަތިން ދިޔައީ އަރްޝީ އާއި ދިމާލަށް ބަލައިވެސް ނުލައެވެ. ސައިނުބޮއިއައި ދުވަހެއްކަމުން ޒައިދު މިސްރާބު ޖެހީ ސައިކޮޓަރިއަށެވެ. އޭރު ކޮފީބޯން ނަބީހް އިނެވެ.
” ޒައިދު އަވަހަށް އާދޭ….” ކޮފީ މޭކަރުގަ ހުރި ކޮފީފޮދު ޖޯޑަކަށް އަޅައިދެމުން ޒައިދުއަށް ދައުވަތު ދިނެވެ.
” ރޭގަ ޕާރޓީ ކިހިނެއްތަ؟” ނަބީހް ކޮފީތަށިން ކޯވަރެއް ބޯލަމުންއަހާލިއެވެ. ” ނޭނގެ…ނަބީހް މެންނަށް ވަރަށް މަޖާކުރެވުނުހެން ހީވަނިދޯ….” ޒައިދު އެހެން ބުނީ ޖެއްސުމަށެވެ.
” އާން…..ވަރަށް މަޖާ…ސަލޫމް ފަހުން ވެއްދިކުއްޖާ…..އަމް.ކޮންނަމެއްތަ ކިޔަނީ….އަރްޝީ….ވަރަށް ރަނގަޅުމަންޖެއެއްހެން ހީވަނި…އެއީ ވަރަށް ފްރެންޑްލީ ކުއްޖެއް…ރޭގަ މަށަށްގުޅާލާފަ ބުނި ޕާރޓީއަށް ގެންގޮސްދޭން އަންނާށޭ….” ނަބީހް ފޮނިވެފައިއިނދެ ކިޔައިދެމުން ދިޔައެވެ. ޒައިދު ރުޅި ގަދަވިއެވެ. ކޮފީ ތަށިދުރުކޮއްލުމަށްފަހު ތެދުވެ ބޭރަށް ހިނގައިގަތެވެ. ނަބީހް އިނީ ޒައިދުއަށްއައި ބަދަލާއި މެދު ޙައިރާންވެފައެވެ.

ޝެރީންއަށް އަގީލް ގުޅީ މެންދުރުވީފަހުންނެވެ. އަގީލްގެ އަޑު ޖެހުމުންޝެރީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަކަން ޒައިދުއަށްފާހަގަވިއެވެ. ޒައިދު އެ ކެބިންގަ ހުރީ ފައިލުތަކެއް ހޯދަން އައިހެވެ.
” ކިހިނެއް ތިހެން ވާންވީކީ؟ އަހަރެން އިއްޔެ އޯޑަރދިނިން….ބަލިހަނދާނަކު ނޫން މިހެން މި ބުނަނީ……އެހެން މީހަކާޙަވާލުނުކޮށް ސީދާ އަހަރެން އޯޑަރ ދިނީވެސް……” ޝެރީން ބޮލުގައަތްފިރުމާލިއެވެ.
” އަގީލް އަހަރެން އެބަ ބަލަން ވީ ގޮތް….” ޝެރީން ފޯނު ކަނޑާލިއެވެ. ”ޒައިދު އަހަރެންގެ އަތަށް ދިއްކޮއްލަ ދީބަލަ ފޯނު ނަންބަރުތައް ނޯޓްކޮއްފައޮންނަ ޑައިރީ…..” ޒައިދު އެ ޑައިރީ ނަގާ ޝެރީންއަށް ދިއްކޮއްލިއެވެ.ނަންބަރެއް ހޯދުމަށްފަހު އެ ނަންބަރަށް ގުޅާލިއެވެ
” ކޮންއިރަކު އަހަރެން ކެންސަލްކުރީ؟” އެކޮޅުން ވާހަކަ ދެއްކި ކުއްޖާގެވާހަކަތައް ނުނިމެނީސް ޝެރީން ހަޅޭއްލަވައިގަތެވެ. އެކޮޅުން ވާހަކަ ދެއްކިހަފީޒާ ބުނީ ޝެރީން ދިން އޯޑަރ ކެންސްލްކޮއްފައިވާ ކަމަށެވެ. ” މެންދުރުވަގުތެއްގަ….ޝެރީން ގުޅާފަ މާ ގިނަ އިރެއްނުވެ ގުޅާފަ ބުނި ޝެރީން ދިންއޯޑަރ ކެންސަލް ކޮއްލާށޭ…..އަޅުގަނޑު ވަރަށް ސަބަބު އެހިން….އެކޮޅުންބުނީ ބޮސް ބުނުއްވައިގެންނޭ މި ގުޅީ….” ހަފީޒާ ކިޔައިދިނެވެ.
” ކޮންކުއްޖެއްކަން އެނގޭތަ؟” ޝެރީން ބޭނުންވީ އެއީ ކާކު ކުރިކަމެއްކަން ޔަޤީންކޮއްލާށެވެ.
” ސޮރީ މެޑަމް….އަޅުގަނޑު ނާހަން ކޮންކުއްޖެއްތޯއެއް…..ހަފީޒާ އެކޮޅުން ވާހަކަ ދެއްކިއެވެ.
” މައްސަލައެއްނެތް….އެކަހަލަ މާތަކެއް ވަރަށް އަވަހަށް ހުޅުމާލޭގަހުންނަ އަހަރެންގެ ފިހާރައަށް ޑެލިވާ ކޮއްދީ…..ހަތަރެއް ކުރިން ހުރިހާކަމެއް ހަމަޖެހެން ޖެހޭނެ….” ޝެރީންފޯނު ކަނޑާލިއެވެ. ޝެރީން އާއިދިމާލަށް ބަލަން ހުރި ޒައިދުއަށް ގޮވާލަމުން ޝެރީން ކަން ހިނގައިދިޔަ ގޮތްކިޔައިދިނެވެ.
” މީހަކު ގަސްތުގަ ކުރިކަމެއްކަމެއްހެން ހީވަނި….ނޫންތަ؟ އެހެންނޫންނަމަ ކެންސަލްކުރަން ގުޅާނެތަ؟” ޒައިދު ޝެރީންއަށް ވިސްނައިދިނެވެ.
” އަހަރެންނަށްވެސް އެނގޭ މީހަކު ކުރިކަމެއްކަން….ދެރަތަންކޮޅަކީއަހަރެންގެ އޮފީހުން އެކަން ކުރީ ކާކުކަން ނޭނގޭތީ…” ޝެރީން އައިސްފެންތައްޓެއް އަޅާލިއެވެ.

ލީލާގެ ފޯނަށް އަދުހަމް ގުޅީ ޝާޒް ރީތިކުރަން ހުއްޓައެވެ.
” ކިހިނެއްވީ؟” ލީލާގެ ރާގު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން އަދުހަމްއަށް ނަގައިގަނެވުނެވެ.
” ކަމެއް ވީތަ؟ ލީލާ ބަލީތަ؟” އަދުހަމް ޝައްކެއްގެ މަތީގަ ހުރެއަހާލިއެވެ. ”’ އަހަރެން ބައްޔެއް ނޫން …” ލީލާ ރުންކުރުގޮތަކަށްބުނެލިއެވެ. ” މިރޭ އަހަރެން ދާ ވާހަކަ ބުނަން މިގުޅީ…….ލީލާ އުފަލެއްނުވޭތަ؟ އަދުހަމް އަހާލިއެވެ. ލީލާ ދެލޯ މަރާލަމުން ހިތްވަރު ނެރެބުނެލިއެވެ. ” އަހަރެން ކީއްވެ އުފާނުވަންވީ އަދުހަމް ކަހަލަ ފިރިއެއްލިބުނީމަ…”އަދުހަމް ޝައްކެއްގެ މަތީގަ ހުރެ ފޯނު ބާއްވާލިއެވެ. މިރޭއަދުހަމް އަންނާތީ ލީލާ ރާވާލިއެވެ. އަދުހަމްގެ ދުލުން އަދުހަމްބޭވަފާތެރިވާކަމަށް އެއްބަސްކުރުވަން ލީލާ ބޭނުންވެއެވެ. ލީލާ މިހުރިހާދުވަހު އަދުހަމް ކުރާ އަނިޔާއަށް ކެއްތެރިވި ނަމަވެސް އެހެން އަންހެނެއްގެދާނުގަ އުފާކުރާކަން އެނގުމުން ކެތެއް ނުވާނެއެވެ. އަދުހަމްއަށް ޖެހޭނީގޮތް ދޫކުރާށެވެ. ނޫނީ ލީލާ ދޫކޮއްލާށެވެ.

އޮފީސް ނިމޭ ގަޑިކަމުން ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ އެމީހެއްގެމަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށްފަހު ގެއަށް ދެވޭތޯއެވެ.އަރްޝީވެސް ސަލޫމް ހަވާލު ކުރި މަސައްކަތްތައް ނިންމާލާފަ ސަލޫމްގެ ކެބިންއިން ނިކުތް އިރު އެ ކެބިންއަށް ޝެރީން ވަންނަނީއެވެ. އަރްޝީ ހޭންޑްބޭގްހާވަމުން ގޮސް ފޯނު ނެގި ވަގުތު ފޮޓޯ ގަނޑެއް ވެއްޓުނު ކަމެއް އަރްޝީއަކަށްނޭނގެއެވެ. ވެއްޓިފައި އޮތް ފޮޓޯގަނޑު ނަގާ އަރްޝީއަށް ދިނުމަށް ޝެރީންހިނގައިގަތް އިރު އަރްޝީ އޮފީހުން ނިކުމެ ނަބީހްގެ ސައިކަލަށް އަރަނީއެވެ.

އެ ފޮޓޯގަނޑަށް ޝެރީން ބަލާލިއެވެ. އެއީ އެއްބައި ވީދާލާފަ އިންފޮޓޯއެކެވެ. އޭގައިވަނީ އަންހެނަކާ ދެ އަންހެން ކުދިންނެވެ. އަރްޝީއަށްފަހުން ދޭނީ އޭ ހިތަށް އަރާ އެ ފޮޓޯގަނޑު ޝެރީން ލީ އޭނަގެ ދަބަހަށެވެ.
” މީހަކު ހޯދަނީތަ؟” އޮފީހުން ނިކުތް ޒައިދުއަށް ޝެރީން ދޮރުމަތީ ހުރިތަން ފެނުމާއި އެކު އަހާލެވުނެވެ.
” އުހުން….ސަލޫމް އަންނަންދެން މި ހުންނަނީ….” ޝެރީން ޖަވާބު ދިނެވެ.ޝެރީން އާއި ޒައިދު އެކީ ހުޅުވުނު ދޮރާއި ދިމާލަށް ބަލާލެވުނެވެ.ކުރިމަތީގަ ހުރި ސަލޫމް ފެނި ޝެރީން ޖެހިލުންވެސް ވިއެވެ. އިސްއޮބާލަމުންއެންމެންނަށްވުރެ ކުރިން ކާރަށް އެރުމަށް ހިނގައިގަތެވެ.

ކާރު މަޑު ދުވެލީގަ ދުއްވަމުން ދިޔައިރު ކާރުގެ ހިމޭންކަން ކަނޑާލާފަދަރީތި މަޑުމައިތިރި ލަވައެއް ޖަހާފައި ހުއްޓެވެ. ޒައިދު ކާރު ދުއްވަމުންދިޔައިރު ކުރިމަތީހުރި ކުޑަ ލޯގަނޑުން ބެލެނީ ފަހަތުގައި ތިބި ޝެރީން އާއިސަލޫމްއަށެވެ. ސަލޫމް ޝެރީންގެ އަތުގައި ހިފާލާ އިރަށް ޝެރީން އަތްދުރުކޮއްލާ ދުރަށް ޖެހިލާތަން ފެނުމުން ޒައިދުއަށް އެދެމީހުން ގުޅުމުގެހުރި ދުރުކަން އިޙްސާސްވެއެވެ.

ރޭގަނޑުގެ ވަގުތެވެ. ކުޑަދޮރު ހުޅުވާލައިގެން ބޭރު ބަލަން ހުރި ލީލާގެނަޒަރު ހުއްޓިފައިވަނީ އުޑުމައްޗަށެވެ. ރީތި ހަނދުވަރެއް ދީފައިވާއިރުވެސްގުދުރަތީ ރީތިކަމުން އެހިތަށް އެއްވެސް ވަރަކަށް އުފަލެއް އިހްސާސެއްނުކުރެވެއެވެ. ދޮރު ހުޅުވާލުމަށްފަހު އެ ކޮޓަރި ތެރެއަށް ވަތް އަދުހަމްފެނުމުން ލީލާގެ މޫނުމަތިން ފެންނަމުން ދިޔަ ފޫހިކަން އިތުރަށް ބޮޑުވެގެންދިޔައެވެ.
” ވަރަށް ވަރުބަލި ވެއްޖެ…..އާހް..” މޯޅިއަކަށް ދެމިލަމުން އަދުހަމްގެނައި ދަބަސް ސައިޑް ޓޭބަލް މަތީ ބަހައްޓާލިއެވެ. އެނދުގައި ނިދާފަ އޮތްޝާޒްގެ ނިއްކުރީގަ ފިރުމާލަމުން އަދުހަމް ގޮސް ވަނީ ފެންވަރާލުމަށެވެ. ލީލާއަވަސް އަވަހަށް އަދުހަމް ބެހެއްޓި ދަބަސް ހާވަން ފަށައިފިއެވެ. ހީވަނީއެއިން އެއްޗެއް ހޯދާހެންނެވެ. ފަހަރަކު ވަތްގަނޑެއް ހޯދަމުން ދަނިކޮންލީލާއަށް ރަންފަށެއް ފެނުނެވެ. އެ ފަށުގައި ހިތެއް ބައްޓަމަށްވާ ފުލެއްއިނެވެ. އެ ފުލުގަ އަތްޖައްސާލުމާއި އެކު ދެފަޅިއަށް ހުޅުވިގެން ދިޔައެވެ.އޭގައި އަދުހަމްގެ ފޮޓޯ އަކާއި ކުރީރޭ ފެނުނު އަންހެން ކުއްޖާގެ ފޮޓޯއެއްއިނެވެ.އަދުހަމް އާއި ކުރިމަތި ލާއިރު އެވަރުގެ ހެއްކެއްވެސް ފުދޭނެކަމަށްނިންމާ ލީލާ އެފަށް ގެނެސް ފޮރުވިއެވެ.

ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އަދުހަމްއަށް ކާން ދިނުމަށްފަހު ލީލާވެސްޝާޒްކައިރީ އޮށޯވެ ނިދާލިއެވެ. އެ ވަގުތުކޮޅުގެ ބޭނުން ހިފާ އަދުހަމްޖައުޒާ ކައިރިއަށް ދިއުމަށް ތައްޔާރުވެލިއެވެ. އޭނަގެ ދަބަސް ހާވާ އެ ފަށްފެނޭތޯ ބަލަން ފަށައިފިއެވެ. އިރުކޮޅު ކޮޅާ ނިދިފައި އޮތް ލީލާއަށްބަލާލަނީ ލީލާ ހޭލަފާނެތީ ބިރުން ހުރެއެވެ.
” އެފަށެއް ނުފެނުން….؟” އަދުހަމް ޖައުޒާ ގެނެސް މޭގަ ޖައްސާލަމުން ބުނެލިއެވެ.
” އަދުހަމްއަށް ނުގެނެވެނީ ކަންނޭނގެ…ވެދާނެ ބާއްވާ އާދެވުނީ ކަމަށް..”ޖައުޒާ ކުރިއަށް ވުރެ ބޮޑަށް އަދުހަމް އާއި ކައިރިވެލިއެވެ. އަދުހަމްވިސްނާލިއެވެ. އޭނަ ރަނގަޅަށް ހަނދާންވެއެވެ. އެ ފަށް ދަބަހުގެ ކުޑަވަތްގަނޑަށް ލީ އޭނަގެ އަތުންނެވެ. އެފަށް ކުއްލިއަކަށް ގެއްލެންވީކީއްވެބާއެވެ؟
” ލީލާ ނެގީ ކަންނޭނގެ.” ޖައުޒާއަށް ވިސްނުނު ގޮތް ކިޔައިދިނެވެ. ”ނޫނޭ….އޭނަ އަހަރެންގެ ދަބަހެއް ނުހާކާނެ…” އަދުހަމް ޔަޤީން ކަމާއިއެކު ބުނެލިއެވެ. ” އެހެން ކެވެލި ކޮޅެއް ހޯދައިދިން ގޮތަށް އެހެންފަށެއްވެސް ހޯދައިދެވިދާނެ…މަގޭ ލޯބި ޖައު ވިއްޔަ…” އަދުހަމްބުނެލިއެވެ.

ޒައިދު އެނދުގަ ފޫހިވެފައި އޮވެ އަރްޝީއަށް ގުޅަމުން ދިޔައެވެ. އަރްޝީ ފޯނުވެއިޓިންގަ ހުންނަތާވެސް އެއްގަޑި އިރަށް ވުރެ ގިނަ ވެއްޖެއެވެ. އަރްޝީޒައިދު އެވަރަށް ގުޅާއިރުވެސް އަޅާނުލާތީ ހިތްހަމަ ނުޖެހި ފޯނު ކޮޓަރިތެރެއަށް އެއްލާލިއެވެ. އޭނަގެ އެނދުގަ އޮތް އަރްޝީގެ ފޮޓޯ ލޯގަނޑުވެސްކޮޓަރި ތެރެއަށް އެއްލާލިއެވެ.

ޝެރީން ވިސްނަމުން ދިޔައީ ސަލޫމްގެ ކިބައިން ސަލާމަތްވާނެ ގޮތަކާއިމެދުއެވެ. ޝެރީންއަށް ވިސްނުނެވެ. އެ ވިސްނު ގޮތަކީ ރަނގަޅު ގޮތެއް ތޯބަލާކަށްވެސް ބޭނުމެއް ނޫނެވެ. އެހެން މީހުންގެ ނުރުހުންވުމާއި ރުޅިވެރިބަސްތައް އުމުރުގަ އަހަން ޖެހުނަސް މައްސަލައެއް ނެތެވެ. ޝެރީން އެނދުންތެދުވެ ގޮސް ފާއިޤް ކޮޓަރީގަ ޓަކި ޖަހާލިއެވެ.
” ދަރިފުޅާ ހާދަ ދަންވިފަހުން ތިއައީ..ނުނިދަންތަ؟” ވަގުތުގެ ގޮތުން ޝެރީން އެ ކޮޓަރި އަށް އައީތީ ފާއިޤް ޙައިރާންވިއެވެ.
” އަހަރެން މިއައީ އަހަރެން ނިންމި ނިންމުން ބައްޕައަށްއިއްވާލުމަށް..މިއަށް ބައްޕަ ކޮންމެ ޖަވާބެއް ދިނަސް އަހަރެންގެ ފަރުވާލެއްނެތް….” ޝެރީންގެ ޖެހިލުން ކުޑަކަމުން ފާއިޤް ހައިރާންވިއެވެ. ކިޔަންއިން ފޮތް ލައްޕާލަމުން އައިނު ނަގާ ޝެރީންއަށް ފަރުވާތެރިކަމާއި އެކުބަލާލިއެވެ.
” ކޮންކަމަކާ ނިންމުމެއް ތި ނިންމީ….” ފާއިޤް ސުވާލުން ފުރިގެންވާނަޒަރަކުން ޝެރީންއަށް ބަލާލިއެވެ. ” އަހަރެން ދިރުއުޅުމާއިބެހޭގޮތުން….މިއީ އަހަރެންގެ ދިރިއުޅުން.ގޮތް ނިންމާނި އަހަރެންއަމިއްލައަށް….” ޝެރީންގެ ވާހަކަތައް ހުރިގޮތުން ފާއިޤްއަށް ޝެރީންދައްކަން އުޅޭ ވާހަކަ ނަގައިގަނެވުނު ފަދައެވެ.
” ނޫން……ތި ކަހަލަ ކަންތައް ނިންމާ ވަރަށްވުރެ ޝެރީންގެ ސިކުނޑި އަދިމާ ޅަ…ދިރިއުޅުމަކީ ކިހާ ވަރުގަދަ ހަނގުރާމައެއްކަމެއް ޝެރީންއަށް އަދިނުވިސްނިދާނެ….” ފާއިޤް ޝެރީންގެ ކޮނޑުގަ ހިފާ ގެނެސް އެނދުގަބައިންދާލިއެވެ.
” ބައްޕާ ދިރިއުޅުމަކީ ހަނގުރާމައެއް ނޫން….އޮއިނެތް ފެންގަނޑެއްހާއަމާން އެއްޗަކަށްވެސް ދިރިއުޅުންވެދާނެ ….” ޝެރީން ބުނެލިއެވެ.
” އަހަރެން ސަލޫމް އަކާއި ކައިވެންޏެއް ނުކުރާނަން….މީހުން ކޮންމެއެއްޗެއް ކިޔަސް އަހަންނަށް ވަރިހަމަ…..” ޝެރީން ފާއިޤްގެ މޫނަށްބެލުމެއްނެތި ބުނެލިއެވެ. އަނގަ ހުޅުވުނު ގޮތަށް ހުއްޓުން އަރާފަ ފާއިޤްއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ބައްޕަ ކަމާލް ބޭބެ ކައިރީ ކޮންމެ އެއްޗެއް ބުންޏަސްވަރިހަމަ….އަހަރެން ހިތާ ދެކޮޅަށް ކިހިނެއް އުޅޭނި…” ޝެރީންއަނެއްކާވެސް ވާހަކަ ދެއްކިއެވެ. ” ސަލޫމްގެ ފަރާތުން ކޯއްޗެއް މަދުވާތީޝެރީން ތި ކަހަލަ ނިންމުމެއް ތި ނިންމީ….ފައިސާ އެބަހުރި..ތައުލީމްހާސިލް ކޮއްފަ ހުރި މުއްސަދި އުޅުން ހުރި ޒުވާނެއް އެއީ….” ފާއިޤްދެއްކީ ކުރިންވެސްދައްކާ ވާހަކައެވެ.
” ފައިސާ ހުއްޓަސް ލޯތްބާއި އޯގާތެރިކަމެއްނެތް… ލޯތްބާއި އޯގާތެރިކަންނެތި ދިރިއުޅުމެއް ފަށައިފިއްޔާ ދިރިއުޅުންވެގެންދާނީ ބައްޕަ ތި ބުނިހެންހަނގުރާމައަކަށް…”
” ޝެރީން ކޮންތާކުން ތި ހުރިހާ އެއްޗެއް ދަސްކުރީ…މިއީ ކުޅޭ ފިލްމެއްނޫނޭ……ލޯބި ވެވޭނީ އެކުގަ އުޅެން ފެށުމުން..” ފާއިޤް ހިތްހަމަނުޖެހުނެވެ.
” އަހަރެންވެސް ބުނަން ބޭނުންވަނީ ތިހެން….މިއީ ކުޅޭ ފިލްމެއް ނޫންވާހަކަ. ލޯބި ވެވޭނި ކިތައް އަހަރު އެކުގަ އުޅެގެން.މިހާރު ފަސް އަހަރުވެއްޖެ…މިއަދު ނުވެވުނު ލޯތްބެއް މާދަމާ ވެވޭނެތަ؟ އަހަރެން މިތަނަށްއައީ ހަމައެކަނި ކައިވެނި ނުކުރާ ވާހަކަ ބުނަން…މި މައުޟޫއަށް ވާހަކަދައްކާ ބަހުޘް ކުރާކަށް ނޫން….” ޝެރީން ތެދުވެ ހިނގައިގަތެވެ.
”’ ޝެރީންގެ ތި ހުންނަނީ ޝެރީންގެ މަންމަ ގޮތްގަނޑު….ގޮތްދޫނުކުރުން…..ލޯބި އެއީ އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫން…….މިޒަމާނުގަ ފައިސާ އާ ނުލާ ނޫޅެވޭ އިރު ކޮންމެ މީހަކުވެސް ބަލާނެ ތިމާ އިންނަފިރިހެނަކީ ތިމާ ގެންގުޅެވޭ ފެންވަރު ހުންނަ މީހަކަށް ވޭތޯ….ކާކުފަންޖިފުޑި ގަނޑެއްގަ އުޅެންބޭނުންވާނި…..” ޝެރީން ކޮޓަރިން ނިކުންނަންއެޅި ފިޔަވަޅު ހުއްޓުވާލީ ފާއިޤް އެވެ.
” ބައްޕަ ދިރިއުޅުމުގަ އެކަނިވެރިކަން އިހްސާސް ކުރެވެނީ ބައްޕައަށްދިރިއުޅުމުގެ ބޭނުން ނޭނގޭތީ….ލޯތްބަކީ ކިހާ އަގުހުރި އެއްޗެއްކަންވިސްނޭ ދުވަހަކުން ބައްޕައަށް ވިސްނޭނެ ގޮތްދޫ ނުކުރެވުނިބައްޕައަށްކަން…ހަވޭލިއެއްގަ ބަންދުވެގެން އުޅުމަށްވުރެ ޖިފުޑި ގަނޑުގަހިތްހަމަޖެހިލައިގެން އުޅެވެންޏާ މާ ރަނގަޅު….” ޝެރީން ބާރަށް ދުވެފައިގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.

(ނުނިމޭ)

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…24

Next

ކަޝްފު (އޮފިޝަލް ބްލާރބް)

Next
May 10, 2014

ކަޝްފު (އޮފިޝަލް ބްލާރބް)

Previews
May 8, 2014

އޯގާވީ ހިތަކުން…24

12 Comments!

  1. xaaahy says:
    May 10, 2014 at 6:57 pm

    swry lahun up koh dhevunyy ma
    job ga mi dhuvas kolhu varah bxy
    ehn ve up nuvyy
    xaahy aky G.A villigilli kuhjeh
    hope i have answered ur question nayaal 🙂

    1. nayaal says:
      May 11, 2014 at 4:21 pm

      ehen dhow? 🙂 thanx rah bunyma 🙂 varah nice mi part.. sheryn thi hedhy hama rangalhah

  2. shai says:
    May 10, 2014 at 9:37 pm

    v salhi

  3. aish says:
    May 10, 2014 at 9:40 pm

    Vv rythi mi bai vs….dhn kondhuhukun anne bai ??? Avaha upload kuracheyy ingey 🙂 gudnyt

  4. Aju says:
    May 11, 2014 at 4:10 am

    Shereen ge hivvara assari bahaai saabas. Beautiful story

  5. Aju says:
    May 11, 2014 at 4:12 am

    .Shereen ge hivvara assari bahaai saabas. Beautiful story

  6. fan says:
    May 12, 2014 at 11:21 pm

    Vvvvvvvvvvvvvvvvvvvv salhi :* ♥♥♥♥♥♥♥

  7. ainth says:
    May 13, 2014 at 1:16 pm

    Xaahy aky GA villigili kuhjeh noon…

  8. what ever says:
    May 13, 2014 at 2:32 pm

    what ever
    konme rasheh ge kuhjakas
    hageegathah bunan beynun nuvaathy ehnu aslu rah nubunanyy
    dhn knmehen rashaa behen jehey tha
    vaahaka kyma nimuniinu
    v foohi vey ekahala myhun dheke
    dhn keeh tha knme rasheh viyas ainth

    1. ainth says:
      May 13, 2014 at 6:31 pm

      Dhogu nuhadhaa bunyma kihinehtha vee? Ehen noony buneba bunan beynun nuvaa vaahaka..

  9. mode says:
    May 13, 2014 at 6:34 pm

    Wat ever ah kon kameh..

  10. mal says:
    May 14, 2014 at 12:51 am

    Thi vaahaka aharu ehkoh kiyaifin..kommeves ehen ehchakun….zaahee dhen kochakah vaahakauplosd kursnee

Comments are closed.


All Right Reserved!