
ހިތް ފަނާވެދަންދެން… 6
އަރްޝީ ފެންވަރާލައިގެން ނިކުމެޑްރެސިން ޓޭބަލް ކައިރީ މަޑުކޮއްލިއެވެ. ޔޫނާ އާއި ހަސީބާ ސިޓިންރޫމްގަވާހަކަ ދައްކަން ތިބި އަޑު އިވެމުން ދިޔައެވެ. ރަބީއު އެ ކޮޓަރީގެ ދޮރުގަޓަކިޖަހާލާ އަރްޝީގެ ސަމާލުކަން ހޯދިއެވެ.
” ބޭރަށް ދަނީތަ؟” ރަބީއު ކޮޓަރިއަށް ނުވަދެ މަޑުކޮއްލީ ހުރި ފިޔަވަޅުގެ މަތީގައެވެ.
އަރްޝީ ޖަވާބު ދިނީ ބޯ ހަލުވާލަމުންނެވެ. ” ކާކު އާއި އެކު؟” ރަބީއުގެ މޫނުމަތި ބަދަލުވެގެން ދިޔައެވެ.
” އަހަރެން ބޭރަށް ދާނެ ވަރަށް ބައިވަރު މީހުން ތިބޭތަ؟” އަރްޝީގެ ރާގުގަވަނީ ރުންކުރު ގޮތެވެ. އަރްޝީ އިސްތަށިގަނޑު އޮމާންކޮއްލުމަށްފަހުމިނިވަންކަމާއި އެކު ވަޔަށް ދޫކޮއްލިއެވެ. ލައިގެން ހުރި ރަތްކުލައިގެހެދުން ރަނގަޅުކޮއްލުމަށްފަހު ފައިވާނަށް އަރާ ހިނގައިގަތީ ބޭރަށްނިކުންނާށެވެ.
ބޭރު ދޮޜާށި ކައިރީ މަޑުކޮއްލައިގެން ހުރި ޒައިދުއަށް އަރްޝީ ފެނުމުންހިނިތުންވެވުނެވެ. ” ހާދަ ލޯތްބޭ…..” ޒައިދު އަށް ބަލާލަމުން އަރްޝީހިނިތުންވެލިއެވެ. ” މިއަދު އިންޓަރވިއު ރަނގަޅުތަ؟” ޒައިދު ހިނގައިގަތީކުރިއަށެވެ. ” އާން……ޖޮބް ޔަޤީނުންވެސް ލިބޭނި މަށަށް……..”އަރްޝީ ފަހުރުވެރިވެލިއެވެ. ” އެ ކިހިނެއް އެނގެނި…އަދި ކުދިންގެއިންޓަރވިއުގެ މާރކްސް ޝީޓް ފާއިޤް ބަލާ އޭނަ ސެލެކްޓް ކުރާނި…..”ޒައިދު ހައިރާންވިއެވެ.
” ނޫން…….ސަލޫމް ބުނި އަހަރެންނަށް ލިބޭ ވާހަކަ……މަޤާމަކީ އޭނަގެޕާރސަނަލް ސެކެއްޓްރީއަށް ވެފަ އޭނައެއްނު ސެލެކްޓް ކުރާނި………….”އަރްޝީ ސަލޫމް ދެއްކިވާހަކަތައް ހަނދާންކޮއްލިއެވެ. ޒައިދު ވަކި އެއްޗެއްނުބުނެ ހިމޭންވިއެވެ. ސަލޫމް އަރްޝީއަށް މާ ޚާއްސަކަމެއް ބެހެއްޓި ސަބަބާއިމެދު ވިސްނާލިއެވެ. އަރްޝީއަށްވުރެ މާ ރަނގަޅު ނަތީޖާ ލިބުނު ކުދިންވެސްއެ އިންޓަރވިއުގަ ބައިވެރިވިއެވެ.
” ހާދަ ބޮޑު ވިސްނުމެއްގަ…..” ސަލޫމް ހުއްޓުނީ ޝެރީންގެ ކައިރިއަށެވެ.ބެލްކަނީގަ ހުއްޓިގެން ހުރި ޝެރީންގެ ނަޒަރު ހުއްޓިފައިވަނީ ބަގީޗާތެރޭހައްދާފައިވާ ގަސްތަކަށެވެ. ” މެރީ ކުރުމާއި ބެހޭގޮތުން ވިސްނަނީތަ؟ޝެރީންގެ ވިޔަފާރި ކުރިއަށް ދާތީ ދެން ލަސްކުރާނެކަމެއްނެތޭ ބައްޕަވެސްބުނުއްވި…….” ސަލޫމް އޭނަގެ އަތްގެންގޮސް ޝެރީންގެ ކޮނޑުމަތީބާއްވާލިއެވެ.
” ބައްޕައެއް ނޫން އެކަން ޑިސައިޑްކުރާނި……މެރީ ކުރަނީ އަހަރެމެންދެމީހުން…އަހަރެން ކުރިންވެސް ބުނިން އަހަރެންގެ ވިޔަފާރި ކުރިއަށްގޮއްސިއްޔާ އަހަރެންނަށް ބޭނުން ދުވަހަކަށް ކއިވެނިފަސްކުރެވިދާނެއޭ…..އަދި ދެ އަހަރު ދުވަސް…..” ޝެރީން ދެ އިނގިލި ނަގާދޭއް ދައްކާލިއެވެ. ސަލޫމްގެ ނިއްކުރިއަށް ގިނަވި ކުދި ރޫތައް ޝެރީންއަށްފާހަގަވިއެވެ.
” ކީއްކުރާ ދެ އަހަރެއް….ޝެރީންގެ ކެރިއާރ ހަމަޖެހިއްޖެ….ދެންއިތުރަށް މަޑުކުރަންވީ ކީއްވެ؟” ސަލޫމް ޝެރީން އޭނަ އާއި ދިމާލަށްއަނބުރާލިއެވެ.
އަދުހަމްގެ އުނގުގަ އިށީދެ އިން ބޭރު އަންހެން ކުއްޖާގެ އިސްތަށިގަނޑުގައަދުހަމް ފިރުމަމުން ދިޔައެވެ. އަދުހަމްގެ ފޯނަށް ޖައުޒާ ގުޅަން ފެށުމުންއަދުހަމް އެ އަންހެން ކުއްޖާގެ ކައިރިން ދެ މިނިޓަށް އެދެމުން ދުރަށްހިނގައިގަތެވެ.
” ރިސޯރޓަށް ގޮސް އަހަރެންގެ މަތިން ހަނދާންނެތުނީތަ؟”’ ޖައުޒާ ޝަކުވާކޮއްލިއެވެ. ” ދެން ލޯބިވާ މީހެއްގެ މަތިން ހަނދާން ނެތޭނެތަ…ނޭވާލާންހަނދާން ނެތުނަސް ޖައުޒާގެ މަތިން….ނޫން ދުވަހަކުވެސް ނުނެތޭނެ….”އަދުހަމްގެ ޝާއިރީ ބަސްތަކުން ޖައުޒާގެ ހިތް ފަތަހަ ކޮއްލިއެވެ. ”މައްސަލައެއްނެތް….މިރޭ ވަރަށް ޚާއްސަ ޕާރޓީއެއްއޮންނާނެ….އަހަރެންނާއި ދާން އަންނާތި…” ޖައުޒާ އެދުނެވެ.
” މައްސަލައެއް ނެތް….ޖައު ވިއްޔަ އަހަރެން ނުގޮސް ހުންނާނެތަ؟” އަދުހަމް ބުނެލިއެވެ.
ވަޖީހް ކޮޓަރިތެރޭގަ އިނެވެ. އޭނަގެ ކުރިމަތީ ހުރި މޭޒެއްގަ ދޮށުގަ ބަދީހާފަހަން އިނެވެ. ” ހާޝިޔާ ކޮބާ؟” ވަޖީހް އަހާލިއެވެ. ބަދީހާ މަސައްކަތްހުއްޓާލުމަށްފަހު ވަޖީހްއަށް ބަލާލިއެވެ. ” ބޭރަށް ގޮސް ވެއްޖެ…..”
” ހާޝިޔާ ސްކޫލަށް ނުދާތާ ކިހާ ދުވަހެއް ވެއްޖެ…..ބަދީހާ އޭނައަށްނަސޭހަތް ދީބަލަ…..އެހެން އުމުރުގެ ދުވަސްތައް ބޭކާރު ކޮއްލާކަށްނުވާނެ………..” ވަޖީހްގެ ވާހަކައިގެ ރާގު ހުރީ ބަދީހާއަށްވިސްނައިދިނުމުގެ ގޮތަށެވެ. ” ހާޝިޔާނުކިޔަވަން ހުރި އެއްޗެއްއަހަންނަށް ގަދަކަމުން ކިޔަވައިދެވޭތަ؟ އެހެން ނޫނަސްއަންހެން ކުއްޖަކުކިޔަވައިގެން ކޮންކަމެއް ކުރާނި…..” ބަދީހާގެ ވިސްނުން ހުރި ގޮތުންވަޖީހް ހައިރާންވިއެވެ.
” މި ޒަމާނުގަ ނުކިޔަވާ ހުރި މީހަކަށް ގެއެއްގެ މަސައްކަތު މީހެއްގެވަޒީފާއެއްވެސް ނުލިބޭނެ…ކިޔަވައިގެން ވަޒީފާއަކަށް ދިޔާމަފައިދާވާނީވެސް އެކުއްޖަކަށް…..ބަދީހާ ހާޝިޔާއަށް ވިސްނައިދީބަލަ……”ވަޖީހް ބުނެލިއެވެ. ” އޭނަ ބޭނުމެއް ނުވޭ ކިޔަވާކަށް….ދެންވަޒީފާއަކަށް ދާނި އެކަކު ކުރާ މަސައްކަތުން ދެކޮޅު ނުޖެހޭނަމަތާ…..އެއަލްސަންއަކީ މުއްސަދި މީހެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު….އެގޭގަ ހާޝިޔާ އުޅޭނި ރާނީއެއް ފަދައިންއަރާމުގަ…..އަހަރެމެންނަށްވެސް މި ނޫން ގޮތެއް ހަމަޖައްސައިދޭނެ……”ބަދީހާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
” ތި ހުރިހާ ފޮންޏެއް ކަނޑާފަ ހުރި އަންހެން ދަރިފުޅު ޖަހައިގަނެގެންގެންދާނި ކަށިކުބުރު ޖަންގައްޔަކަށް…..އަލްސަން އަކީ މާ ރަނގަޅުކުއްޖެއްގެ ވައްތަރެއް ނުޖަހާ….އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫންހިލޭ މީހެއް ކުރާ މަސައްކަތުން ބައިރުފިޔާއެއްވެސް…..” ވަޖީހް އެނދުގައޮށޯވެލިއެވެ.
” ތިއީ ބޮޑު މޮޔައެއް…..މުއްސަދިވުމުގެ ހުވަފެން ނުދެކޭނީ ކާކުތަ؟އަހަރެން ހަމަ ގައިމުވެސް ބޭނުން…އަލްސަން ބުނި އަހަރެމެން މި ގުރާކޮށިން ނެރެދޭނަމޭ…” ބަދީހާ ތެދުވެ ބޭރަށް ހިނގައިގަތެވެ.
ހާޝިޔާ އިށީދެ އިނީ އަލްސަން އާއި ޖެހިގެންނެވެ. ނޫރާ އާއި ޝާރިއު ތިބީ އެމީހުންނަށްވުރެ ތަންކޮޅެއް ދުރުގައެވެ.
” އަލްސަންގެ ގެއަށް އަހަރެން ގެންދާނި ކޮންއިރަކުންތަ؟ އަހަރެން ބޭނުންއަލްސަންގެ މައިންބަފައިންނާ ބައްދަލުކޮއްލަން….” ހާޝިޔާ ބޭނުންވާ ގޮތްކިޔައިދިނެވެ. ”’ އަދި މާ އަވަސް…އަހަރެންނަށް އެނގޭނެ ގެންދަންވީމައޭރުން ގެންދާނަން….ތިހާ އަވަސްއަރުވާލައިގެން ނޫޅުނަސް ވެދާނެ….”އަލްސަން ހާޝިޔާގެ އިސްތަށިކޮޅާ ކުޅެލިއެވެ.
އެތަނުން ހުރަސްކޮއްލި ޒައިދު އާއި އަރްޝީއަށް އެ މަންޒަރު ފެނުނެވެ.ޕޮލިސް ޖިޕެއް އަންނަ އަޑަށް އަލްސަން ތެޅިގެން ގޮތް ޒައިދުއަށް ފެނިޒައިދުގެ ހިތުގަ އުފެދެމުން އައި ޝައްކުތަކުގަ ކުލަޖެހުނު ކަހަލައެވެ.ޕޮލިހުން ފެނި އަލްސަން މޫނު ފޮރުވާލާ ހެދިގޮތުން ޒައިދުއަށް ނުބައެއްއުޅޭކަން ޔަޤީންވެއްޖެއެވެ. އެކަމަކު ހާލަތު ރަނގަޅު ނޫންކަމުން ވަކިއެއްޗެއް ނުބުނެ މަޑުކޮއްލީއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އޮފީސްތެރެ ހަލަބޮލިވެފައިވަނީކުރަންޖެހިފައިވާ މަސައްކަތް ބޮޑުކަމުންނެވެ. މިރެއަށް ހާއްސަކުރެވިފައިވާއޮފީސް ޕާރޓީއަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރި އާއި އެކުކުރަމުން ދިޔައެވެ. އަރްޝީވެސް ސަލޫމްގެ ކެބިންގަ އިދެ ސަލޫން ކުރަންއަންގާ މަސައްކަތް ކުރަމުން ގެންދިޔައެވެ.
” އަރްޝީ މި ނަންބަރަށް ގުޅާފަ ބުނެބަލަ ދެންމެ އޯޑަރ ދިން މާތައްގެންނާނެކަމެއްނެތޭ…….ކެންސަލްކޮއްލާފަ އަހަންނަށް އަންގާލާތި……”ގަނޑުކޮޅެއްގަ ލިޔެފަ އިން ނަންބަރެއް އަރްޝީގެ އަތަށް ދިއްކޮއްލަމުންސަލޫމް ހިނގައިގަތީ ކެބިންގެ ބޭރަށެވެ. އަރްޝީ އެ ނަންބަރަށް ގުޅާލާ އޯޑަރކެންސަލްކުރިއެވެ.
އޮފީހުގެ ޖަލްސާ ކުރާ ހޯލްގަ ހުންނަ ފަރުނީޗަރުތައް ގުދަނަށްގެންދިއުމަށްފަހު ޕާރޓީއަށް ތައްޔާރުކުރަންފެށިއެވެ. އެކަމުގަ އެންމެއިސްކޮން އުޅުނީ ޒައިދުއެވެ.ފާއިޤް ދޭތެރެއަކުން އައިސް ޒައިދު ކުރާމަސައްކަތްތައް ބަލާލާ ހަދައެވެ.
” ވަރަށް ހިތްހަމަޖެހޭ…..ވަރަށް ފުރިހަމަ މަސައްކަތެއް…..” ފާއިޤްޒައިދުއަށް ތައުރީފް ކުރީ ޝެރީންގެ ކައިރީގައެވެ. ޝެރީން އުފާވެފައިޒައިދުގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. މިރެއަކީ އޮފީހުގެ އަހަރީ ދުވަސްފާހަގަ ކުރާ ދުވަހުގެ އިތުރުން ޝެރީން ހުޅުވި ފިހާރައިގެ އިޝްތިހާރުކުރާރެއެވެ . އޮފީހުގެ މުވައްޒަފުންގެ އިތުރުން މަޝްހޫރު އެތައްވިޔަފާރިވެރިންނެއް މި ހަފްލާގަ ބައިވެރިވާނެއެވެ.
މުޅި ދުވަހުގެ ބުރަ މަސައްކަތަށްފަހު އެ މަސައްކަތް ނިމުނީ އިރުއޮއްސުނުފަހުންނެވެ. ތަން ތައްޔާރުކޮށް ނިމުމާއި އެކު ކޮންމެ މީހަކުވެސް އެމީހެއްގެގެއަށް ދިޔައީ ތައްޔާރުވުމަށެވެ. ޒައިދު އާއި އަރްޝީ އޮފީހުން ނިކުތީއެކުއެކީގައެވެ. ޝެރީން އާއި ސަލޫން ނިކުތީ އެމީހުންގެ ފަހުންނެވެ.
” ޒައިދު ކާރުގެ ތަޅުދަނޑި އަހަރެން އަތަށް ދީބަލަ….މިއަދު ޝެރީންގޮވައިގެން ގެއަށް ދާނީ އަހަރެން….” ސަލޫމްގެ އަތަށް ޒައިދު ތަޅުދަނޑިދިނެވެ. ސަލޫން އެހެން ބުނިކަން އެއީ ޒައިދުގެ ނަސީބެވެ. ޒައިދު ބޭނުންވަނީއަރްޝީ އާއި އެކު ގެއަށް ދާށެވެ.
” އަހަރެން އަންނާނަން މިރޭ ބަލާ….އަހަރެން އަންނަންދެންމަޑުކޮއްލާތި…” ޒައިދު އަރްޝީގެއަށް ވަންނަނިކޮން ބުނެލިއެވެ. އަރްޝީއެކަމަށް އެއްބަސްވިއެވެ.
ސާދަވިލޭރޭގެ ހަނދު މެދު އުޑުގަ އިނެވެ. އޭގެ ރިހިއަލި މުޅި ދުނިޔެއަށްފޯރުކޮއްލައިދިނެވެ. ޒައިދު އަށްގަޑި ބައިވުމުގެ ކުރިން އަރްޝީގެ ގެއަށްދިޔައެވެ. ޒައިދު އަރްޝީގެ ފޯނަށް ގުޅާލީ ޒައިދު އައިސް ހުރިކަންއަންގާލުމަށެވެ. އަރްޝީ ފޯނު ބިޒީކޮއްލުމަށްފަހު ނިކުތެވެ.
އަރްޝީ ލައިގެން ހުރި މަޑުވައިލެޓް ކުލައިގެ މިޑީ އާއި ކަރުގަ އޮޅާލާފައިވާގަދަ ވައިލެޓްކުލައިގެ ފޮތިގަނޑުގެ ސަބަބުން އަރްޝީގެ ރީތިކަންދައްކައެވެ. އިސްތަށިގަނޑު އެއްފަރާތަށް އެއްކޮއްލުމަށްފަހު ގަދަވައިލެޓްކުލައިގެ ރިބަންކޮޅަކުން އައްސާލާފައިވާލެއް ނުހަނު ހިތްގައިމެވެ.ޒައިދުއަށް ހީލަމުން އަރްޝީ ހިނގާފަ އަންނަތަން ފެނި ޒައިދުއަށް ހީވީހިލައިގެ ބުދެއް ފަދައިން އޭނަ ގަޑުވިހެންނެވެ. އަރްޝީޒައިދު އާއިއަރާހަމަވުމުންވެސް ނުހުއްޓި ކުރިއަށް ހިނގައިގަތެވެ. ޒައިދު ފަސްއެނބުރިބަލާލި އިރު ނަބީހް ސައިކަލްގަ އިނެވެ. އަރްޝީ ގޮސް އެރީ ނަބީހްގެފަހަތަށެވެ. އަރްޝީ އާއި ނަބީހް ގޮސް އެގޯޅިން ލަނބާލަންދެން ޒައިދުހުއްޓުން އަރާފަ ބަލަން ހުރެވުނީއެވެ. އަރްޝީ އެހެން ކަންތައްކޮއްފާނެއެކޭއެއްފަހަރުވެސް ހިތަކަށް ނާރައެވެ.
ޒައިދު މަޑު ހިނގުމެއްގަ ކުރިއަށް ދިޔައެވެ. ފަހަތުން އިވުނު ކާރުގެ އަޑަށްޒައިދު ފަހަތް ބަލާލިއެވެ. ކާރުގެ ކުރީ ސީޓް ލޯގަނޑު ތިރިކޮއްލުމަށްފަހުފާއިޤް ބޭރު ބަލާލިއެވެ. ” ޒައިދު..އަރާބަލަ ފަހަތަށް….” ފާއިޤްބުނުމާއި އެކު ބަސްއަހާ ކުއްޖެއް ފަދައިން ޒައިދު ފަހަތަށް އެރިއެވެ.ކަންދިމާކުރި ގޮތުން ޒައިދުއަށް އިންނަންޖެހުނީ ޝެރީންގެ ކައިރީގައެވެ،ކުރީގަ ކާރު ދުއްވަން އިނީ ސަލޫމްއެވެ.
ޕާރޓީ ހޯލަށް ދެވުނު އިރު ގިނަ އަދަދެއްގެ މެހެމާނުންވަނީ އައިހެވެ. ފާއިޤްއަވަސްވެގަތީ އެ މެހެމާނުންނަށް ޝެރީން ތަޢާރަފްކޮއްދިނުމަށެވެ. ޒައިދުއެއްކައިރީގަ މަޑުކޮއްލާ ދެކޮޅު ހޯދާލިއެވެ. އަރްޝީ ފެނޭތޯއެވެ.ކޯކުތަށިތައް ހުރި މޭޒުގެ ކައިރީ ނަބީހް އާއި އަރްޝީ ހުރިތަން ފެނުމުންޒައިދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އަރްޝީ ސާބިތު ކޮއްދެންބޭނުންވަނީ ކޮންކަމެއް ބާއެވެ؟ ދެއިރު ދެދަޅައަށް ޖެހޭ ވައިފަދައިންއަރްޝީއަށް އަންނަ ބަދަލުގެ ސަބަބުން ޒައިދު ހާސްކޮއްލައިފިއެވެ. އިއްޔެއާއި މިއަދު އަރްޝީއަށް އައި ބަދަލާއި މެދު ޒައިދު ހައިރާންވެއްޖެއެވެ.
” ކާކު ހޯދަނީ؟” ޒައިދުގެ ސަމާލުކަން ހޯދީ ޝެރީން އެވެ. ދުރުގަ ފޮޓޯނަގަން ސަލޫމް ހުއްޓެވެ. ” މީހަކު ނުހޯދަން…ދެން ކާކު ހޯދާނި؟” ޒައިދުއަހާލިއެވެ.
” ތިއެއް ނޭނގެ…ހިތްއެދޭ ކުއްޖަކު ހުރެއްޖެއްޔާ ހޯދާފާނެ…” ޝެރީންހީލިއެވެ. ޒައިދު ޖަވާބު ދިނުމުގެ ބަދަލުގަ ހީލުމަކުން ފުއްދާލީއެވެ.ޝެރީން ބޭނުންވީ ޒައިދު ހުރީ ހުސްކޮންތޯ ޔަޤީންކޮއްލާށެވެ.، އެކަމަކުޒައިދު ކައރީ އިސްވެ އެކަހަލަ ސުވާލެއް ކުރަން ނުކެރޭތީ އެކަހަލަޖުމްލައެއް ބުނަނީއެވެ.
” ހިތްއެދޭ އެތައް ކަމެއް ނުވެވެސް ހުންނާނެ….” ޒައިދު ބަލާލީ އަރްޝީއަށެވެ. ” ތިޔަ ބުނީ ތެދެއް….އަހަރެން ވަރަށް މަސައްކަތްކޮއްފިންސަލޫމްއަށް ހަޤީޤަތް ކިޔައިދިނުމަށްފަހު ވަކިވަން………..އެކަމަކުއެވަރު ހިތްވަރެއް އަދި ނެތް….އަހަރެން ބުނަން ބޭނުން އަހަރެން ލޯބިނުވާވާހަކަ………” ޝެރީން ދެއްކީ ކުރީ ދުވަހުދެއްކި ވާހަކައެވެ.
” ފަހުން ބުނަން ލަސްކުރާނެކަމެއްނެތް……މިހާރުވެސް ގޮސްބުނެބަލަ……ދުނިޔޭގަ ނަސީބު ހޯދޭނީ އެކަމަށް މަސައްކަތް ކުރި ބަޔަކަށްއެކަނި…..ކެރިގެން އެކަމަށް އެދުނީމަ…….” ޒައިދު ޝެރީންއަށްހިތްވަރު ދިނެވެ. ޝެރީން ސަލޫމް އާއި ދިމާލަށް ހިނގައިގަތުމުން ޒައިދުއަށްއަމިއްލަ ނަފްސާއި ސުވާލު ކޮއްލެވުނެވެ. ޝެރީން ފަދައިން އޭނަ އަކީވެސްފިނޑިއެކެވެ. އަރްޝީއަށް އެ ބަދަލު އަންނަނީ ކީއްވެތޯ އަހާލާނެ ހިތްވަރެއްއޭނައަށްވެސް ނުލިބެއެވެ.
ޝާޒްއަށް ނެޕީ ގަންނަން ނިކުތީ ޝާޒް ނިންދުވާލާފައެވެ. ކައިރީގަ ހުންނަފިހާރައަކަށް ވަތްއިރު ނެޕީ ނެތުމުން ލީލާ މިސްރާބުޖެހީ ތަންކޮޅެއް ދުރުގަހުރި ފިހާރައަކަށެވެ. މަގުގަ މީހުން ގިނަ ރެއެކެވެ. ތަންތަންކޮޅުންޓްރެފިކު ލައިޓްގަ ޖެހޭތީ ކުރިއަށް ދިއުމަށް ދަތިވާ ފަހަރުވެސް މަދެއްނޫނެވެ. މަގު ހުރަސްނުކޮއްލެވި އުޅެނިކޮން މި ފަހަރުވެސް ޓްރެފިކުގަޖެހުނެވެ. ލީލާ މަގުގެ އެއްކައިރީ މަޑުކޮއްލައިގެން ހުރެ މަގުމައްޗަށްބަލާލިއެވެ. މަގުގެ އަނެއްފަރާތުގަ އަންހެން ކުއްޖެއްގެ އަތުގަހިފަހައްޓާލައގެން ހުރި އަދުހަމް ފެނުމުން ލީލާއަށް ޤަބޫލުކުރަންދަތިވިއެވެ. އެކަމަކު އޭނަގެ ދެލޯ އޭނައަށް ކެހިނުދޭނެކަން އޭނައަށްޔަޤީނެވެ. އަދުހަމް އަތުގަ ހުރި ހިފަހައްޓައިގެން ހުރި އަންހެއްކުއްޖާއަކީޝާޒް ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހުވެސް ފެނުނު ކުއްޖާއެވެ.
ލީލާ ފޯނު ނަގާ އަދުހަމްއަށް ގުޅާލިއެވެ. އަދުހަމް ފޯނު ރިންގުވާންފެށުމުންފޯނަށް ބަލާލިއެވެ. އެކަމަކު ބިޒީކޮއްލުމަށްފަހު އަނެއްކާވެސް ޖީބަށްލިއެވެ. ލީލާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލެވުނީކިރިޔާއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލަމުން އައިކޮޅަށް އެނބުރި ދިޔައީއައި ބޭނުންވެސް ހަނދާންނެތުނު މީހެއް ފަދައިންނެވެ.
ޝެރީން ގޮސް ހުއްޓުނީ ސަލޫމްގެ ކުރިމައްޗަށެވެ. ” ސަލޫމް އަހަރެންވާހަކައެއް ދައްކާލަންވެގެން…….” ޝެރީން ސަލޫމް އަތުން ކެމެރާ އަތުލާމޭޒުމަތީ ބާއްވާލިއެވެ. ސަލޫމް ސީރިއަސްވެފަ ޝެރީންގެ މޫނަށްބަލަހައްޓައިގެން ހުއްޓެވެ. ” އަހަރެން ބޭނުން ވަރަށް ބޮޑު ހަޤީޤަތެއްކިޔައިދޭން…..” ޝެރީންގެ ވާހަކަތައް ހުއްޓުވާލީ ފާއިޤްއެވެ.
” ޝެރީން……ސަލޫމް މިކޮޅަށް އާދެބަލަ….” ފާއިޤް ގޮވާލުމާއި އެކުސަލޫމް ހިނގައިގަތީ ޝެރީންގެ އަތުގަ ހިފައިގެންނެވެ. ފާއިޤްގެ ކައިރީހުއްޓުމުން ފާއިޤް މައިކު ނަގާ ވާހަކަ ދެއްކިއެވެ. ޕާރޓީއަށްވަޑައިގެންނެވި މެހެމާނުންނަށް ޝުކުރު އަދާކުރަމުން މިރޭގެ ހާއްސަ ވާހަކަދެއްކިއެވެ.
” މިރޭ އެންމެ ހާއްސަކަމަކީ އަހަރެން ދަރިފުޅު ޝެރީންގެ ކައިވެނީގެ ތާރީޚްރަސްމީކޮން އިއުލާންކުރާތީ…” ޝެރީން އަށްހީވީ އޭނަގެ ކަންފަތުގަ ބޮމެއްގޮއްވާލި ހެންނެވެ. އޭނަ ކައިރީ އަހާވެސް ނުލާ ފާއިޤް އެކަހަލަ ކަމެއްނިންމާ މިހާ އާންމުކަން ބޮޑުގޮތަކަށް އިއުލާންކޮއްފާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. ޝެރީން ސިއްސުވާލީ އޭނަގެ ލޮލުން ފޭދިގެން އައި ކަރުނަތިކިކޯތާފަތްމަތީ ޖެހުމުންނެވެ.
” މާރޗް މަހުގެ އެއްވަނަ ދުވަސް….އެއީ އަހަރެންގެ ހަޔާތަށް އަންނައެންމެ އުފާވެރި ދުވަސް……..އަދިޝެރީންގެ ހަޔާތަށްވެސް……” ފާއިޤްމައިކު ތިރިކޮއްލީ ޝެރީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައްފެނިފައެވެ.
” ނުރޮއި ހުއްޓާލާ ދަރިފުޅާ….ބައްޕައަށް އެނގޭ މިއީ ދަރިފުޅު އެންމެބޭނުންވި ގޮތްކަން….މިދުވަހަށް ދަރިފުޅު އިންތިޒާރުކުރާކަން….ތި ލޮލުންފައިބަމުންދާ އުފާވެރިކަމުގެ ކަރުނައަކީ އެކަމުގެ ހެއްކެއް…..” ފާއިޤްޝެރީންގެ ބޮލުގަ ފިރުމާލިއެވެ. ޝެރީން ފާއިޤްގެ އަތްފޮޅުވާލިއެވެ.އަނގަމަތީ އަތްއަޅާލަމުން ދުއްވައިގަތީ ޕާރޓީ ހޯލުން ބޭރަށް ނިކުންނާށެވެ.
ދުވެފަ ދިޔަ ޝެރީން ގޮސް ވަނީ ސައިކޮޓަރިއަށެވެ. ސައިމޭޒުކައިރީ އިށީދެމޭޒުގަ ބޯ އަޅާލިއެވެ. ޝެރީންގެ ފަހަތުން ދުވަމުން އައި ސަލޫމްއަށް ޝެރީންގެއްލުނީ މައި އޮފީހަށް ވަތްފަހުންނެވެ. ފަހަރަކު ކެބިންއެއް ބަލަމުންދިޔައިރުވެސް ޝެރީން ނުފެނުމުން މާޔޫސްވެ ހުރެ ޝެރީން ނުފެނުނު ވާހަކަފާއިޤް ކައިރީ ބުނެލިއެވެ.
ޕާރޓީ ނިމި އެންމެން ގެއަށް ދިއުމަށް ހިނގައިގަތުމުން ޒައިދުވެސްހިނގައިގަތެވެ. އަރްޝީ އާއި އަރާހަމަކޮށް އަރްޝީގެ އަތުގަ ހިފާ ބާރަށްހިނގައިގަތެވެ.
” ދޫކުރޭ އަހަރެން އަތުން…” އަރްޝީ އޭނަގެ އަތް ދަމައިގަތެވެ. އޭރުއެމީހުންނަށް ތިބެވުނީ ހަމަހިމޭން މަގެއްގެ މެދުގައެވެ. ” ކީއްވެތަ ތިހެންތި ކަންތައް ކުރީ؟” ޒައިދު އަހާލީ މަޑުމަޑުންނެވެ. ”’ އަހަރެންކީއްކުރީ؟” އަރްޝީ ނޭނގޭކަމަށް ހަދާލިއެވެ. ” އަހަރެން ބަލާދާނަމޭ ބުނެފައޮއްވަ ޖެހޭތަ ނަބީހް އާއި އެކު އަންނަން؟” ޒައިދު އަހާލީ ރުޅިވެރިކަމާއިއެކުއެވެ.
”ޒައިދުއަށް ކޮންކަމެއް؟ އަހަރެން އަމިއްލަ ކަމެއް އެއީ……ޒައިދުއަށްއަހަންނަށް އިތުބާރު ނުކުރެވެނީތަ؟” އަރްޝީ ވާހަކަ ދެއްކީ ދުވަހަކުވެސްވާހަކަ ނުދައްކާހާ ރުންކުރުގޮތެވެ. ” އަހަރެން އަރްޝީއަށް އިތުބާރުކުރަން…..އެކަމަކު އަހަރެން ބަލާ އައީމަ އަރްޝީ ދިޔައީނު…..” ޒައިދުހިތްހަމަ ނުޖެހުނެވެ.
” އަރްޝީއަށް ކޮންމެވެސް ބަދަލެއް އަންނަން ފަށައިފި….ބުނޭ އަހަރެންކައިރީ…….” ޒައިދު ގަދަކަމުން އަރްޝީގެ ކޮނޑުގަ ހިފާ އޭނަގެކައިރިއަށް ދަމާލިއެވެ.
(ނުނިމޭ)
7 Comments!
Comments are closed.
arshyyyyy
dhn vaa gotheh bune bala zaidh kairyy
eyrun nehnu hithah hama jehumeh libeynyy
hama hure fa eggothah kanthah kuraa kah nuvaane
ANW this part is totally amxing
hope u will upload it soon
🙂
Masgaa Allah v nice mi part.. keep itt up..
its more than amazing…. i love it 😀
Varah nice. I think arshyyyyge step father behuneehen.
nice
arshy ves maa foni nuve thiya vy goiy zaid kairy bunyma arshy ah faseyha vaani,, aharemenakah noon :0 arshyy ehen ulhey sababuzaid kairy nubunejjeyya nayaal rulhi ais raiy vedhaane 😛 ingey dhow xaahyy cuty arshyy ves mihaaru thiya vyugoiy bunanvy
xaahy kon rasheh? i am from h.dh kulhudhuffushi pls xaahyy sweety javaabeh dheythi