އަހަރެން ވެއްދުނީ ބޮޑު ކޮޓަރިއަކަށެވެ. ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައިވާ ފެންވަރުރަނގަޅު ރީތި އެނދު ފެނުމާއިއެކު އަހަރެން ބޭނުންވީ އެއެނދުގެ މަޑުކަމުގެ ތެރެއަށް ގެނބިގެންދާށެވެ. އެއާއިއެކު ގޮސް އެނދުތެރެއަށް ވެއްޓިގަނެވިއްޖެއެވެ. އޭރު އެނދާއި ދިމާލަށް ފަރިހިނގުމެއްގައި އަންނަމުންދިޔަ ނަޝީއަށް އަހަރެންގެ ލޯހުއްޓާލެވިފައި އޮތްއިރު ނަޝީގެ މަސްތުން ފުރިފައިވާ ދެލޮލުގެ ދަޢުވަތަށް ހިތާހިތުން މަރުހަބާކިޔެމުންދިޔައެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއ އެކު ލޮލަށް ދިޔައީ ބަރުވެ މަންޒަރު ކެނޑެމުންނެވެ. އަހަރެންގެ ޖިސްމުގައި ހުޅުރޯކުރަމުން މަޑުހިނގުމެއްގައި ކައިރިވަމުން އައި ނަޝީގެ ހެނދުން ކޮނޑުން ނައްޓާލުމާއިއެކު ބިމަށް ވެއްޓިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. އެއާއިއެކު އަހަރެންގެ ސިކުނޑިއަށްވެސް ކުރަމުންދިޔަ ހަނގުރާމަ ނާކާމިޔާބުވެ ހޭވެރިކަން ގެއްލިއްޖެއެވެ.
އަހަރެންނަށް ހޭވެރިކަމެއްވީ ހުޅުވާލެވިފައިވާ ކުޑަދޮރުން އެއްވެސް ހުރަހެއް ނެތި އަހަރެންގެ މޫނަށް އެޅެންފެށި އިރުގެ އަލީގެ ސަބަބުން އުނދަގޫ ވެގެންނެވެ. އޭރު އަހަރެންގެ ބޮލުގައި ރިހޭވަރުން ހީވަނީ ފަޅާލާފައި އެއްޗެއް ނިކުންނަން އުޅޭހެނެވެ. އަހަރެން ލައިގެން ހުރި ގަމީހުގެ ގޮށްތައް އޭރު ހުރީ ނައްޓާލެވިފައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންނާއި ޖެހިގެން އެނދުމަތީގައި ނިދާލާފައި އޮތް ނަޝީއެވެ. ބަންޑުން ބާލީހެއްގެ މަތީގައި ބޯއަޅާލައިގެން އޮތްއިރު ބުޑުމަތީގައި ހުރަސްވެފައި އޮތް ހުދު ބްލޭންކެޓް ނޫނީ އެހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިއާއެވެ. އަހަރެންނަށް އަނގަމަތީ އަތްއަޅާލެވުނީ ސިހިފައެވެ. އޭރު ރޭގައި ހިނގާދިޔަ ކަންތައްތަކުގެ ވަކި ވަކި މަންޒަރުތައް އަހަރެންގެ ސިކުނޑީގައި ބިރުވެރި ހުވަފެނެއް ފަދައިން ތަކުރާރު ވަމުން ދިޔައެވެ.
ވަގުތުން އަހަރެން ތެދުވެގެން ގަމީހުގެ ގޮށްތައް އަޅުވާލާފައި ނަޝީއަށް ހޭލެވުމުގެ ކުރިން ނިކުމެގެން ދިޔައީމެވެ. އެހިސާބަކީ ކެމްޕަހާ މާ ދުރުނޫން ހިސާބެއްކަމުން އަހަރެން ޓެކްސީއެއްގައި ކެމްޕަހަށް ދިޔައީމެވެ. އޭރުވެސް އަހަރެންނަން ވިސްނެމުން ދިޔައީ އެރޭ އަހަރެންނާއި ނަޝީއާއި ދެމެދު ހިގައިދިޔަ ކަންތައްތަކާއި ދޭތެރޭގައެވެ. އަހަރެންގެ ހަނދާނަށް އައި އެންމެ ފަހު މަންޒަރަކީ ނަޝީގެ ހެނދުން ބިންމައްޗަށް ވެއްޓުނު މަންޒަރެވެ. އޭގެފަހުން ހިނގައިދިޔައެއްވެސް ކަމެއް އަހަރެންގެ ހަނދާނަކަށް ނާދެއެވެ. އެހެންކަމުން އަހަރެން އިތުރަށް ހާސްވާ ގޮތް ވިއެވެ. އޭގެފަހުން ހިނގައިދިޔައީ ކޮންކަމެއްބާއެވެ. އަހަރެންނަށް ނޭގިހުރެ ފާފައަކަށް އަރައިގަނެވުނީ ބާއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. ކޮޓަރިއަށް ދެވުމާއިއެކު އަހަރެން ފެންވަރާލައި ހަދާލައިގެން ނިކުމެ ނަމާދު ކޮށްލީމެވެ. އެއަށްފަހު އަހަރެންނަށް ރޭގައި ކުރެވުނު ކަންތަކާއިމެދު ހިތާމަކުރާޙާލު ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ. ނަމާދުކޮށް ނިމުނު އިރު އަހަރެންގެ ހިތަށް ވަނީ ހިސާބަކަށް ހަމަޖެހުން ލިބިފައެވެ. ނަމަވެސް އަހަރެންނަށް ނޭނގުނީ ކުއްލިއަކަށް އަހަރެންގެ ބޮލަށް ތަދުވެފައި ވާންފެށި ގޮތެވެ. އަހަރެންގެ އިޚްތިޔާރުންބޭރުގައި ކުރެވުނު ކަންތަކެވެ. އަހަރެންގެ ސިކުނޑި އެނބުރިގެން ދިޔަ ގޮތެވެ. ނަމަވެސް އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ވީ ކަންތައް ހަނދާން ނައްތާލާށެވެ.
އަހަރެން އަޔާން އާއި ޒާނިޝްއަށްވެސް އެވާހަކަތައް ކިޔައިދިނީމެވެ. އެދެމީހުން އަހަރެންނަށް ވަރަށް ހިތްވަރުދިނެވެ. އަދި އެކަމުގެ އަހަރެންގެ ކުށެއް ނެތް ކަމަށް ބުންޏެވެ. އަހަރެންނަށް ވަރަށް ބޮޑު ހިތްވަރެއް އަޔާންއާއި ޒާނިޝްގެ ފަރާތުން ލިބިގެން ދިޔައެވެ. ނަމަވެސް އަހަރެންނިންމީ ނަޝީކުރެން އެރޭގައި ވީކަންތައްތައް އޮޅުންފިލުވާށެވެ. އަހަރެންނަށް ނަޝީގެ މިޒާޖެއް ކަމަކުނުދެއެވެ. އަދި ނަޝީގެ އެއްވެސް އުޅުމެއް ނެތްކަން އެނގުމުން އަހަރެން އިތުރަށް ނަޝީއާއި އެކު އެއްވެސް ކަހަލަ ގާތް ގުޅުމެއް ބާއްވަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން ނަޝީއާއި ބައްދަލުކުރީމެވެ. ޔުނިވަރސިޓީގެ ކޮމްޕައުންޑްގައި ހުރި ބެންޗެއްގައި އަހަރުމެން ދެމީހުން ވާހަކަ ދައްކަން ތިބީމެވެ. ނަޝީހުރީ އަހަރެން އޭނާއާއި ބައްދަލުކުރުމުން ވަރަށް އުފަލުން ކަން އަހަރެންނަށް އޭނާގެ މޫނުމަތިން ހާމަވިއެވެ. ކިތަންމެ ބޭނުން ނުވިޔަސް އަހަރެންނަކަށް ނަޝީކައިރީގައި އަހަރެންގެ ނިންމުމުގެ ވާހަކަ ނުބުނެއެއް ދެނެއް ނުހުރެވޭނެއެވެ.
“ނަޝީ.. ރޭގަ އަހަރެންނާއި ނަޝީއާއި ދެމެދު އެއްވެސް ކަހަލަ ނޭދެވޭ ގުޅުމެއް ހިނގިތަ.. ” އަހަރެންގެ ސުވާލުން ނަޝީއަށް އެއްވެސް ކަހަލަ ހައިރާންކަމެއް ނުލިބުނެވެ. ނަޝީގެ އަޑުގައި ވީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
“އުނހު.. ނޭދެވޭ އެއްވެސް ގުޅުމެއް ނުހިނގާ.. ވީ ޑިޑް ވަޓް ވީ ވޯންޓެޑް..” ނަޝީގެ ޖުމްލައާއިއެއްކޮށް ހީވީ މީހެއް އަހަރެންގެ ކަންކަށިމަތީގައި އެތިފަހަރެއް ވީއްލައިލިހެނެވެ.
“ތީގެ މާނައަކީ އަހަރުމެން ދެމީހުންގެ ދޭތެރޭގަ ފިޒިކަލް ގުޅުމެއް ހިނގިއޭތަ ރޭގަ..” އަހަރެންނަށް ހާސްވިވަރުން ކޮޅަށް ތެދުވެވުނެވެ. އަހަރެންގެ އަޑުގައި އެކުލެވިފައިވި ހާސްކަން އެނގުމާއިއެކު ނަޝީގެ މޫނުމަތިންވެސް ސީރިއަސް ކަމުގެ އަސަރު ފާޅުވިއެވެ.
“ކިހިނެއްވެ ތިހެން ތިއެހީ.. ހިނގި ހުރިހާ ގުޅުމެއްވެސް ހިނގީ ޝޯން ބޭނުންވެގެންނެއް ނޫންތަ.. އެންޑް އައިމް ހެޕީ އެބައުޓް ދަޓް.. ކޮޒް އައި ލަވް ޔޫ..” އަހަރެންގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލުމަށްފަހު އަހަރެންގެ މޫނު ނަޝީއާއި ދިމާލަށް އަނބުރާލަމުން ނަޝީ ބުނި ޖުމްލައާއި އެކު އަނެއްކާވެސް އަހަރެންނަށް ނަޝީއަށް ބަލައިލެވުނީ ހައިރާންވެފައެވެ. ނަޝީ އަށް އެހާބޮޑު ފާފައަކަށް އަރައިގަނެވުނުއިރުވެސް އެއީ އެއްވެސް ކަމެކަށް ނުވިއެވެ. ނަމަވެސް އެ ގުޅުން އެގޮތަށް ހިނގީކީ އަހަރެން ބޭނުންވެގެނަކުންނެއް ނޫނެވެ. އަހަރެންނަށް އެނގިގެންވެސް ކުރެވުނު ކަމެއް ނޫނެވެ.
“ވަޓް އެވަރ ހެޕަންޑް، އިޓް ވޯޒް އަ ހިއުޖް މިސްޓޭކް..” އަހަރެން ނަޝީގެ އަތް ފޮޅުވާލަމުން ވާހަކަދެއްކީމެވެ. “އަހަރެންނަށް ކުރެވުނު އެއްވެސް ކަމެއް ހަނދާނެއް ނެތް އަދި ކުރެވިފަ އޮތްނަމަވެސް އެއީ އަހަރެންނަށް ކުރެވުނު ވަރަށް ގޯސް ކަމެއް..! އަދި އަހަރެން ބޭނުންވެގެނެއްވެސް ނޫން އެކަމެއް ކުރެވުނީކީއެއް.. އަހަރެން ބޭނުމެއް ނޫން ދެން އެވާހަކަ ތައް އިތުރަށް ދައްކާކަށް ވެސް.. އަހަރެންނަށް ކުރެވުނުކަންތަކަށް މާފް ކޮށްދޭނެކަމަށް ހީކުރަން.. އައި ޑޯންޓް ލަވްޔޫ.. އެން ވީ ޝުޑް ނޮޓް ސީ އީޗް އަދަރ އެނީ މޯރ..” އަހަރެން ނަޝީދެކެ ވެފައި ހުރި ފޫއްސެއްގެ ބޮޑުކަމުން ކުރިމަތީގައި ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރު ކޮށްލާފައި ހިނގައިގަތީމެވެ. އޭރު ނަޝީގެ ތުންފަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އަދި ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފަށައިފިއެވެ. ނަޝީއަށް ހުރީ ވަރަށް އަސަރުކޮށްފައިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ވީކަމެއް އެވީ ނަޝީގެވެސް ކުށުންނެވެ. އަދި އެކަހަލަ ކަމެއް ތަކުރާރުކުރާކަށް އަހަރެން ނޭދެމެވެ.
“ޔޫ ސަންއޮފްއަ ބިޗް.. އެހުރިހާ ގަނޑެއް ގަނެފަތަ އެނގުނީ ތިހެން ބުނަން…! ޔޫ ކާންޓް ޑޫދިސް ޓުމީ.. ޝޯން..!! ޔޫ ކާންޓް ލީވްމީ..!!” އަހަރެންނަށް ހުއްޓެވުނީ ނަޝީ ހަޅޭއްލަވައިގަތް އަޑަށެވެ. އޭރު ނަޝީ ހުރީ ރުޅިއައިސް ރަތް ވެފައެވެ. ނަޝީއަށް ރޮވެނީއެވެ. ގިސްލެވެމުން ދިޔައިރު ގައިގާ ތުރުތުރު އަޅަމުން ދިޔައެވެ. އަހަރެންނަށްވެސް ނަޝީދެރަވާނެކަން އެނގެއެވެ. ނަމަވެސް ވީ ހުރިހާކަމެއްގައި ނަޝީގެވެސް ހިއްސާ އެބައޮތެވެ. އެހެންކަމުން އަހަރެން ނަޝީގެ އެއްވެސް ވާހަކައަކަށް ފަރުވާލެއް ނުބަހައްޓާ އެތަނުން ދިޔައީމެވެ. އޭރު ނަޝީ ހަޅޭއްލަވައިގަތް އަޑަށް އައިރެން އައިސް ނަޝީ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
އޭގެ ފަހުން އެތައްފަހަރެއްގެ މަތިން ނަޝީ އަހަރެންނަށް އެޕަރޯޗްކުރަން މަސައްކަތް ކުރިއެވެ. އަހަރެންނަށް ބިރުދައްކައިގެންވެސް ނަޝީގެ ބަހަށް ހައްލާލެވެތޯ މަސައްކަތް ކުރިއެވެ. ނަޝީ އަހަރެންދެކެ ލޯބި ވާވަރުންނާއި އަހަރެންނަށް އޭނާއާއިއެކު ކަންތައް ކުރެވުނުގޮތުން އޭނާ ކުރަމުން އައިކަމެއް ކަމުން އަހަރެން އެއިން އެއްވެސް ކަމަކާ އަޅައެއް ނުލަމެވެ. އަދި އެރޭގެ މަތިން ހަނދާން ނައްތާލެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ކިޔެވުން ނިމުނުހާ އަވަހަކަށް ރާއްޖެއަށް އައީވެސް އެހެންވެއެވެ. އާދެވުމާއިއެކު ނަމްބަރުވެސް ބަދަލުކުރަން ޖެހުނީ ނަޝީގެ މަތިން ހަނދާން ނައްތާލާ އެހަނދާންތަކާއި ދުރަށް ދިއުމުގެ ބޭނުމުގައެވެ.
ނަމަވެސް އަހަރެން ކުރިހުރިހާ މަސައްކަތަށްފަހު މިހާރު އަހަރެންނަށް މިއިވުނު އަޑަކީ އަހަރެން ކުޑަކޮށްވެސް އަހަން ތައްޔާރުވެގެން ހުރި އަޑެއްނޫނެވެ. ނަޝީ ބަނޑުބޮޑު ވާނެކަމަށް އަހަރެން ކުޑަކޮށްވެސް އުންމީދެއް ނުކުރަމެވެ. އަހަރެން ހިތް ބުނަމުން ދިޔައީ އަހަރެންނަށް އެކަހަލަ ކަމެއް އެރޭ ކުރެވިފައި ނުވާނެ ކަމަށެވެ. އެއީ ނަޝީ އަހަރެން ހައްލާލުމަށް ދެއްކި ޙަޤީގަތެއް ނެތް ވާހަކައެއް ކަމަށެވެ. ނަމަވެސް މިހާރު އަހަރެންނަށް އެވާހަކަތައް ޤަބޫލު ކުރެވިއްޖެއެވެ. އަހަރެންނަށް ނަޝީއާއިއެއްކޮށް ކުރެވުނު ފާފައާއި މެދު އަހަރެންގެ ހިތް ރޮއިލިއެވެ.
“ޝޯން ސްޓޮޕް އިޓް..” އަހަރެންނަށް ހޭވެރިކަމެއް ވީ ޒާނިޝް އައިސް އަހަރެންގެ އަނގަޔަށް އޮއްސަމުން ދިޔަ ފެން ފުޅި އަތުލުމުންނެވެ. އޭރު އެފުޅީގެ ފުލުގައި އިނީ ތިކެކެވެ. އަހަރެންގެ ބަނޑުފުރިގެން އޭރު ބަންޑުންވާން ވަނީ ތައްޔާރަށެވެ. އޯކަށް ދަމައިގަތުމާއިއެކު އަހަރެންނަށް އަވަހަށް ގޮސް ފާހާނައަށް ވަދެވުނީ ކިރިޔާއެވެ. ފާހާނަ ތަށިފުރެންދެން ހޮޑުލެވުނުއިރު އަހަރެންގެ ބަނޑުގައި އެކަތިކޮޅުވެސް ނެތެވެ. އެނބުރުން އަރާފައި ހުރިވަރުންނާއި ވަރުބަލި ވެފައި ހުރިވަރުން އަހަރެންނަށް ގޮސް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އެއާއިއެކު ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.
“ޔޫ ތިންކް އިޓްސް ޔޫ. . ” އަހަރެންނަށް ކުއްލިއަކަށް އައި ބަދަލުގެ ސަބަބުން ޔަޤީން ކޮށްލުމުގެ ގޮތުން އަޔާން އަހައިލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“އައި ޑޯންޓް ނޯ.. އައިރެން ބުނިތަ އެއީ ކާކުގެ ދަރިއެއްކަން..” އަހަރެން ޒާނިޝް އާއި ދިމާލަށް ބޯ އަނބުރާލަމުން އަހައިލީމެވެ.
“ޝީ ޑިޑްންޓް ސޭ.. ހާލު އަހާލައިފަ ވާހަކަދެއްކީ ދެން ނިންމާލަމުން ބުނީ ޝޯން ކައިރީ ބުނާށޯ ނަޝީ ޕްރެގް ވާހަކަ.. އަހަރެން ހީކުރީ އެއީ ޑޭނީގެ ކަމެއް ކަމަށް..” ޒާނިޝް ވީގޮތް ކިޔައިދިނުމުން އަހަރެންނަށް ޔަޤީން ކުރެވުނެވެ.
“ޑޭނީ އާއި އެދެމީހުން އިންއަ ރިލޭޝންއޭ ކިޔާފަ ޕޯސްޓް ކުރީވެސް މިކޮޅަށް އަންނަން އޮތް ދުވަހުގެ ކުރިން ރޭ.. އެހެން ވީއިރު އެހާއަވަހަކަށް ނުވެސް އެނގޭނެއެންނު..” އަޔާން އިތުރުކޮށްލިއެވެ. އެއީ ތެދެކެވެ. އަހަރެންނަށް އެއްވެސް ޝައްކެއް ނެތެވެ. ދަރިފުޅުގެ ބައްޕައަކަށް ވާނީ އަހަރެންނެވެ. އަހަރެން ހަދާނެ ގޮތް ހުސްވެއްޖެއެވެ.
“ގޯޑް އައިމް ސްކްރޫޑް އަޕް..” އަހަރެންގެ ލޯފުރިގެން އައި ކަރުނަތައް ލޯމަތީ ހުރަސްކޮށްލާފައި އޮތް އަތްދަށުން ދެމިގަނެގެން އަހަރެންގެ މޫނު ހުރަސްކޮށް އިސްތަށިގަނޑުތެރެއަށް ހިނދިގެންދިޔައެވެ. “މައި ލައިފް.. އެވްރިތިންގް ވޯޒް ޖަސްޓް ޕާރފެކްޓް.. މީގެ ފަސްމިނެޓެއްހާއިރު ކުރިއާއި ޖެހެންދެން.. ބަޓް…” އަހަރެންގެ އަޑުގައި ތުރުތުރު ލާން ފަށައިފިއެވެ. އަހަރެންނަށް މިހާތަނަށް ކުއްޖެއް ދެކެ ލޯބިވެވުނު މީ ފުރަތަމަ ފަހަރެވެ. ޝާޔާއަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. ޝާޔާދެކެ އަހަރެން ވަނީ ޙަޤީގީ ލޯތްބެވެ. ޝާޔާވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން ގައިމެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަހަރެންނަށް އިތުބާރު ކުރެއެވެ. ނަމަވެސް މިޔަދު އަހަރެން ޝާޔާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މިއަދު އަހަރެން ކުރިމަތިލާން ޖެހިފައި މިވަނީ އަހަރެން ދުވަހަކުވެސް އުންމީދު ނުކުރާކަހަލަގެ އަދިރި ޙަޤީގަތަކާއިއެވެ. އަހަރެން ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަކަށް ޝާޔާގެ ހިތްހަލާކު ކޮށެއް ނުލެވޭނެއެވެ. އަދި މުޅިދުނިޔެ ހެކިވާނެ ޙަޤީގަތެއް ދޮގެއްވެސް ނުކުރެވޭނެއެވެ. އަހަރެންގެ ހިތް ފުރިގެން ދިޔައީ މޮޅިވެރިކަމާއި ވޭނާއި ހިތްދަތިކަމުންނެވެ. ހިތުގައި ކުޅެވެމުންވިޔައީ ވޭނީ ރާގެކެވެ.
“އެހޯދި އުފާތަކާ..
އެރޭތައް ގެއްލުނީ. .
ނަޔާ މޫސުމް ބަހާރު
މިލާ ގޮސް މޯޅިވީ…
އެވީ މަޖުބޫރުގާ..
އެތައް އަދު ވެއްޖެޔޭ..
އުފާތައް ގެއްލިފާ
ވަށާވީ ބަނަކަމޭ. .
އުދާހާ ކަރުނަޔާ..
ވަނީ މިހަޔާތުގާ. .
ނިމެންވީހޭ….ވޭނުން.. މިވޭނުން”
“ގާއިސް.. ޓެލް މީ.. އަހަރެން ދެން ކިހިނެއް ހަދަންވީ..؟” އަހަރެން ދެލޯ ފުހެލުމަށް ފަހު އަނެއް ފުށުންޖެހި އެނދުގައި އުޅަނބޮށި ވިއްދައިލަމުން ބާލިހުގައި ބައްދާލީމެވެ. އަދި އެކަމުގައި ދެން ކުރިޔަށް ދާންވީގޮތަކާއި ދޭތެރޭ ޒާނިޝްމެންގެ ޚިޔާލެއް ލިބޭތޯ އަހައިލީމެވެ.
“…ޝީ އިޒް ރިޗް.. އިފް ޝީ ވޯންޓް ޝީކެން ޑޫ އެބޯޝަން އެއްނު..” އަޔާންގެ ޖުމްލަ ހީވީ އަހަރެންގެ ބޮލުގައި މީހަކު ވީއްލާލި އެތިފަހަރެއްހެނެވެ. އަހަރެންގެ ހިތަށް ކެތްނުވީ ލިބެން އުޅެނީ އަހަރެންގެ ވެސް ދަރިޔެއްކަމުންނެވެ. އަހަރެންގެ އެންމެ ފުރަތަމަ ދަރިފުޅެވެ. އަހަރެންގެ ލެއެވެ. އެއްފާފަ ކުރުމަށްފަހު ލިބެންއުޅޭ އަހަރެންގެ ދަރިފުޅު މަރާލާކަށް އަހަރެންނަށް ލާހިކެއް ނޫނެވެ.
“ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އަހަރެންގެ ދަރިފުޅުގެ ވާހަކައޭ ތި ދައްކަނީ!..” އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށް ވެސް މެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އަހަރެންގެ ހިތުގައި އެދަރިފުޅާއިމެދު އިންތިހާ ލޯބި އުފެދިގެން ހިގައްޖެއެވެ. އެދަރިފުޅަށް ކިތަންމެ ކުޑަގޮތެއް ނަމަވެސް ވާކަށް އަހަރެންގެ ހިތަކަށް ނޭދެވޭނެއެވެ. މީހެއްގެ ބަދު ބަހެއް ވެހެވެ.
“ޑޫޑް.. ޔޫ ޑޯންޓް ނޯ ޔެޓް.. ފަހަރެއްގަ އެއީ ނަޝީ ޝޯން ހައްލާލަންވެގެން ހަދަހަދައިގެން ދައްކާ ވާހަކައަކަށްވެސް ވެދާނެއެއްނު..” އަޔާން އަނެއްކާވެސް އަޔާންއަށް ވިސްނޭ ގޮތް ހާމަކުރިއެވެ. ނަމަވެސް އަހަރެންގެ ހިތް ބުނަމުން ދަނީ އެއީ ތެދުވާހަކައެއްކަމަށެވެ. އަހަރެންނަށް ވަނީ ފާފަ ކުރެވިފައެވެ.
“ނޯ އާން.. އައި ހެވް ސިންޑް.. އަހަރެންނަށް ފާފަ ކުރެވިއްޖެ.. މި ދަރިފުޅަކީ އޭގެ ކައްފާރާ ކަމުގައި ވަންޏާ އަހަރެންނަށް ފަހަށް ޖެހެވޭނެތަ..؟ ޑޫޔޫ ތިންކް އައި ހެވް އަ ޗޮއިސް.. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބާލިސް ފޯކުރަމުން ދިޔައެވެ. އޭރު އަހަރެންގެ ނޭފަތް ވެސް ވަނީ ބެދިފައެވެ.
“ޝޯން ތިބުނީ ދެން ޝޯން ޝާޔާ ދޫކޮށްލާފަ ނަޝީ އާއި މެރީ ކޮށްގެން އެދަރިފުޅު ބަލާނީއޭތަ….؟” ހައިރާން ކަމާއިއެކު ޒާނިޝް އަހައިލިއެވެ. ޒާނިޝް ބޭނުންވީ އަހަރެންގެ ނިންމުން ޔަޤީންކުރާށެވެ. ޒާނިޝްގެ ސުވާލާއިއެކު އަހަރެންގެ ހިތް އެތައް ހާސް ބަޔަކަށް ފޮތި ފޮތި ވެގެން ދިޔައެވެ. އަހަރެން ޝާޔާ ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ޝާޔާއަށް މިފަދަ ވޭނެއް، ހިތްދަތިކަމެއް ދޭނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ކުށަކާ ނުލާ ޝާޔާގެ ހިތްހަލާކުކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ޝާޔާގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެން އެނދުން ތެދުވީމެވެ. ފާހާނައާއި ދިމާލަށް ދިޔައީ އަހަރެންގެ ހިތުގައި ވީ ހުރިހާ އުދާހެއް ބޭރުކޮށްލަން ބޭނުންވުމުންނެވެ. ފާހާނައިގެ ދޮރާއި ހަމައަށް ދިއުމަށްފަހު އަހަރެން ބޯޖަހައިލީމެވެ. ޒާނިޝްގެ ސުވާލުގެ ޖަވާބެއްގެ ގޮތުންނެވެ. އެއާއިއެކު އަހަރެންގެ ކުދިކުދި ވެފައިވާ ހިތުގައި އަޅަމުންދިޔަ ވޭން އެހެން މީހަކަށް ފެންނަން ނޭދޭތީ އަހަރެން ފާހާނައަށް ވަދެ ދޮރު ލެއްޕީމެވެ. އިސްކޫރުން ފުލް ސްޕީޑްގައި ފެން ދޫކޮށްލުމާއިއެކު އަހަރެންގެ ހިތުގެ އެތިއެތިކޮޅުތައް ކަރުނައިގެ ސިފައިގައި އަހަރެންގެ ލޮލުން ކޯދުލާފައި ނިކުންނަން ފެށިއެވެ. ކެތްކުރަން ބޭނުމެވެ. ނަމަވެސް އެނެމެފަހުން އަޑުންއަޑުނަގައި އަހަރެންނަށް ރޮއެގަނެވުނީ ކެތްތެރިކަން ކޮޅުންލުމުންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެންގެ ދިރިއުޅުމަށް މިއައީ ކޮންކަހަލަ އަޑިނޭނގޭ ވަޅުގަނޑެއް ބާއެވެ. އަހަރެންގެ ޙަޔާތުން އުފާވެރިކަން ގެއްލުނީ ބާއެވެ. އަހަރެންނަށް ޝާޔާގެ ލޯބިން އެއްވެސް ފޮނިކަމެއް މިންވަރު ކުރައްވާފައި ނެތިބާއެވެ؟ ކޮންފަދަ ނާއިންސާފެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި ވި ހުރިހާ އުދާހެއް ބޭރުކޮށްލެވުނުއިރު ދެލޯ ރަތް ލޭކޮޅެއް ފަދައެވެ. ލޯކައިރި ވަނީ ދުޅަވެފައެވެ. ގައިގެ ވަރުވަނީ ދެރަވެފައެވެ. އަހަރެން ހުރީ ގޮތް ހުސްވެފައެވެ.
އަހަރެންނަށް އެރޭގެ ބޮޑުބައެއް ހޭދަކޮށްލެވުނީ ނުނިދިގެން އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލައެވެ. އަހަރެންގެ ސިކުނޑީތެރޭގައި އަހަރެން ޝާޔާއާއި އެކުގައި ހޭދަކުރި ކޮންމެ ހިނދުކޮޅެއް ފިލްމެއްގެ މަންޒަރެއްފަދައިން ރިޕީޓްވޭވޭ ހުއްޓެވެ. އެއިން ކޮންމެ މަންޒަރަކީ އަހަރެންގެ ޙަޔާތުގައި ހޭދަވި އެންމެ އަގުބޮޑު ވަގުތުތަކެވެ. އެންމެ އުފާވެރި ވަގުތުތަކެވެ. އެހަނދާންތައް އާވުމުން އަހަރެންގެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. އަހަރެންނަށް ނިދުނު އިރު ތިނެއް ޖަހައި ބޮޑުވެއްޖެއެވެ.
ޝާޔާއަށް ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. މޫނުމަތީގައި ވަނީބާލިހެއް އަޅައި ބާރުކޮށްލާފައެވެ. ބާރުގަދަ ދެއަތުން ޝާޔާގެ މޫނުގައި ބާލިސް އަޅާއި ހާސް ކުރަމުންދާއިރު ޝާޔާ ނޭވާ ލުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވަމުންނެވެ. އެއަތުގެ އެތަން މިތާނގައި ނިޔަފަތިއަޅައި ލޭކޮށަމުން ޝާޔާދިޔައީ މަރުން ސަލާމަތް ވުމަށެވެ. އެބާލިސް ލޯމަތިން އެއްފަރާތްވިވަގުތު ސިންގާއެއްފަދައިން ޝާޔާގެ ފުރާނަ ލުހެލަން ދިމާކޮށްފައިވާ ޝައިހާގެ ރުޅިވެރި ދެލޯ ފެނުނެވެ.
“ޝާޔާ….!!!” ފުންމައިގެން އަހަރެންނަށް ތެދުވެވުނީ ހަޅޭއްލަވައިގަންނަމުންނެވެ. އަހަރެންގެ މޭގަނޑު އަނގައަށް ނައިސް އިނީ ހަމަ ކިރިޔާއެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭރު އަހަރެންނަށް މާނޭވާ ލެވެއެވެ. އަހަރެންގެ އަޑަށް ކައިރީގައި ނިދާފައި އޮތް އަޔާން އާއި ޒާނިޝްއަށް ވެސް ސިހިފައި ހޭލެވުނެވެ. އަހަރެންނަށް އެފެނުނު ހުވަފެނަކީ ދޮގެކަށް ވާނެނަމައެވެ. އެއީ ހިނގާނެ ކަމެއްކަން ގައިމެވެ. އަނެއްކާ މިހާރު، މިވަގުތު ޝާޔާދަނީ ޝައިހާގެ ވަކިތަކުގެ ދަށުވެ އެންމެ ފަހުގެ ވަގުތުތައް ގުނަމުން ނޫން ބާވައެވެ. އެހެން އަހަރެންގެ ހިތަށް އެރުމާއިއެކު ގައިގެ ހުރިހާ ލޯލި ތަކެއް ކޮޅައް ޖެހިގެން ދިޔައެވެ.
“ޝޯން. . ވަޓްސް ރޯންގް..” ޒާނިޝް އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވާލުމާއިއެކު އަހަރެންނަށް ހޭވެރިކަމެއް ވިއެވެ.
“ޝާޔާ.. ޝީޒް އިން ޓްރަބަލް. .” އަހަރެންނަށް ބުނެވުނީ އެހިސާބަށެވެ. ވަގުތުން އަހަރެން ތެދުވެ ބޮލަށް ޓީޝާޓެއް މަހައިލީމެވެ. އެންމެ ފަޅި ސިކުންތެއްވެސް ބޭކާރު ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޝާޔާ ސަލާމަތް ކުރެވޭނީ އަހަރެންނަށެވެ. އަހަރެންކޮޓަރީގެ ދޮރުހުޅުވާފައި ނިކުތް އިރު މަންމަވެސް އަހަރެންގެ އަޑަށް ނިކުތީއެވެ.
“ދަރިފުޅާ ކިހިނެއްވީ… އޭ ދަރިފުޅު މަޑުކޮށްބަލަ.. ކިހިނެއްވީ..” އަހަރެންނަށް މަންމަގޮވި އަޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންނަށް ހަމައެކަނި ބުނެވުނީ “ޝާޔާ..” މިހެންނެވެ. އޭރު އަހަރެންގެ ފަހަތުން ނިކުތް އަޔާން އާއި ޒާނިޝް ވެސް އައިސް މަންމައާއި އަރާ ހަމަކުރީއެވެ. އަހަރެން އެދިޔަބާރުމިނުގައި ގެއިން ނިކުމެ ދޮރުލައްޕައިލީމެވެ. އަހަރެންގެ މިސްރާބަކީ ޒަބަރުޖުދުގެއެވެ. އަހަރެންގެ ގައިގައި ބާކީ ހުރި ހުރިހާ ވަރެއް ދެފަޔަށް ލާފައި އަހަރެން ދުއްވައިގަތީމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
51 Comments!
Comments are closed.




Wowww mirey ummi first ..hehe nuves kiyaa comment kohlii miii 🙂 thanks dear
Thanks Ummi. . Nukiyaa adhi comment kuriyas kiyaanamennu. .;) eyrun GuDu happy ey
Dhn kondhuhukun anne bai??? Avaha genesdhechey…vv rythi mi bai ves 🙂
Good evening Guys. .
u knw what..
after i started writing this story, i have gained 3KG. . 😉 thankew all for ur unconditional love and support. .
and now finally this story hits its
INTERMISSION
So, i would like to inform all that i am taking a break of one week. .
So i will bring u guys a whole new part on 17th May 2014. .
I am very sorry i had to take a break. .
but i will definetly not let u down. . and when i come back i will bring u the rest of the story just like i brought u all the other parts. .
🙂
Thank You All Once again
Good Night
Oh v sad.. Wyk akah inthizaaru krantha mi jeheny.. Gudu plz shoan n shaayaa dhuru nukohlahchey.. Mimmi dheravegn maruvedhaane.. Gudu haadha molhey story liyan.. Kyp it up
Thanks Mimmi. . 😀 Mimmi ge coment eh libuny ma v.happy ingey mirey. . dhen vaane gotheh vx neynge andhaazaa kollaakah vx. . GuDu vx adhi 16th part liye ninmaa nulevigen adhi mi ulheny. . liyan feshyma engeyny dhen vaane gotheh bunan vx. .
saabas..brake eh noon..break..
thats v.kind of u aisha. . Thanks 😉
such a sad news after such a heartbreaking scene :'(!! then mioh thanakah keekuran genai hitlor eh, alhe ehen noon nama shaya and shon nulaahiku loabin ulhenikoh mi ai thoofaneh. varah reethi mi part ves. aneh part genes dhey iru than kolheh happy part eh genes dhehchey. habeys, ur the best i will miss this story so much 🙁 luking forward to the next part tc until then :D.
Thankew buddy. . I’ll miss u all so much. . dhen vx kuriyah huri baithakuge thereyga hunnaane happy parts thah vx. . In Sha Allah.. and i assure u a happy ending. . 😀 gud nyt
I guess Shaya ge fahu neyvayah Shawn ah dheveyni,..
If the baby is to Shawn he better to marry nashy…
Nashy ah thikamun lesson eh libi ragalhu kolla eyrah kujjaku hama magah Elhi islaaah v thaaa..ekam.nashy ge kanthah human gothun kihineh bunan ingeyni Shawn ge kamekey…
I guess Shaya ge fahu neyvayah Shawn ah dheveyni,..
If the baby is to Shawn he better to marry nashy…
Nashy ah thikamun lesson eh libi ragalhu kolla eyrah kujjaku hama magah Elhi islaaah v thaaa..ekam.nashy ge kanthah human gothun kihineh bunan ingeyni Shawn ge kamekey…
noo .. dnt let it be a truth… shaaya maraa nulaathi gudu.. plxx dhn kiyaalan libeynyy 17 ga dhw 🙁 ..haadha dhigu inthixaareh kuran thi jeh see .. 🙁 … i think its nw intermission like u said … hehehe… aslu shaon ah vure kurinvx hure dhaane ennnu eyna ehn firihenununaa gulhun hingaafa… so maybe preg vaan jahaa injection noony beys kaigen vex vedhaanennu … hiyeh nuvey eii shoan ge dhariyeh heneneh.. eyna shoan aa gulhen beynun vaathy jahaali malhi eh kamah vaanyy…. ekam gudu ehaa gina dhuvahaku wait eh nukureveyne … i week .. .ahhh.. ekam vx wait kuran thaa dhw jehey nyy .. i’m eagerlyy waiting to 17 th to read the next part 🙂 …. mi part vx v v v v v v nice … most beautiful storyy ever 🙂 …. n adhi vx bunelaany shaaya maraa nulah cheyy gudu … plxx …. dhn ney ge bunaane ehcheh vx …. gud nyt gudu … sweat dreams…n best of luck…. 🙂
n naj mi part kiyaafa nurovunyy kiriyaa … heart touching 🙁 ….shoan ge e bai haadha hithaama veri yeyy…… shoan n shaaya gulhuvahcheyy gudu…
ehehehe. . Naj thankew so much for the lovely comment.. and believe me i will miss u all this week. . and balaanan Naj happy vaakahala news thakeh vx gene veytho storyge kuriyah huri parts thakuge therein. . 🙂
Gud nyt and sweet dreams. .
such a hrt breaking news?oh my god……dhn gudu…. wyk akah wait kuranvytha?????no no …..dhn mi nashy ge vaahaka insha allah vaany dhohakah….dhn gudu……haadha dhera ey…….approx kitha prts innaanetha mi vaahakaiga…… 🙁 🙁 😕
Thankew liuu . . 4 the coment. . and im thinking to write 15 more parts MAX. . but hama kuriyah dhaa gothakun eah vure avahah vx nimidhaane. . will c. .
Oh hadhee ge b’day ga….. Thnx guduu…. V salhi ingey gendha goiy…… Keep it up
hahaha hadhee vx May dhw. . YeY!!! ehehe
oh noooooooooooooooo!!!!!!!! alhe dhn shaya ah gotheh nahadhahcheyyy…..dhn shone ehaa warah rueemawes hiy kudhi kudhi wehje!!!! shaiha nd nashy eh walhakah laafa fas jahaalaa 😛 nd gudu u gained 3kg???? haha tht means u r becum “moti gudu” by the time u finish writing this story 😛 nd thts gud news!!! u r gonna tale a break!! cox our exams r starting nd gonna b difficult to read the story every day 😀 so waiting for the nxt part ekam warah curious kohlaafa hithuge thelhun awas kohlaafa mi part thi nimmaaly 😛 hope everything’s gonna b ok 😀 gud nite
ehehe. . Thanks naza. . i can imagine the “Moti GuDu” ehehe ehen ve kuda koh hikilan vegen mi ulheny. . 😛 3 kg dhuvvaalaafa annaanan ingey 😉 In Sha Allah everythings gonnan b alright
hahaha soo this is the secret of this brek dhww 😛 3kg dhuhwaalan 😛 nt bad….yeah will b waiting patiently 😀
mean while u can always check out my fb page for any changes in plans or other news on my whereabouts. . and some sneak peeks of the upcoming parts. . hahaha sounds like fun right
tooo bad tht i dont use fb 🙁 bt shiu hunnaane ehnun dhw updates dheyn 😛
Story hama v rythi…. Thanks thanks..☺ but haadha dhigu inthixaarekey thi Jessy … Gonna miss you brother…
And enjoy your break…
awww.. haadha dhigu inthizaareh kuruvan thi jehsee .. adhi thi ninmaali thanakun inthizaaru varah dhigu laigen dhaane.. mibaives habeys inge.. varah touching.. and enburi anna iru 6kg varu lui kohlaagen annathi 😛 tvgc.. enjoy ur break..
mi part kiyaafa hama rovih je..but vv reethi ingay
alhe nun gudu exam fehteyne ey 18th ga mom shai ge lap nagane kahneynge 17th v sad news eh waiting for the nxt part v salhi….
haadha molhey vaahaka liyan kiya kiya foohi nuvey,, Alhe 17th v ma haadha dhuvahekey can’t wait omg,, i love this story
mi bai vx v reethi ingey.. i like the twist bt dnt let shon n shaaya apart.. i really like them 🙂 … kuree baithakah comment nukuriyas i hav read ingey all three parts ehkoh.. bt jux nw story mi kiyunee… sumthing wrong with the net.. ummm about the break i will wait for 17th bt curious to knw dhn vaane gothaka medhu.. take care gudu 🙂 bi
kihineh vaan ba miulheny? alhey gudu nme haftha aky vx hadha gina dhuvahekey….nme 3 kg baruvumaky massala eh nooney
alhey miulheni kihineyvaantha..haxu ah yagyn e nuvaane shwnge dhari akah.. kihinehtha ingenii nasy ehen myheiy kairiah nudhaakameh.. huh v foohivey… kurin part ah coment nukohlevuni net kadaalaafa huryma. bt dhn mi part ah coment kohli mi.. alsu mi story haxu ah reethivaa emme bodu sababaky boy kujjehge feelings thah genes dhyfa hunnaathi.. dhn vvv salhi mi part vx.. lava eh genes dhyfa innathi adhi emme furihama ee.. dhn gud luk <3
[:-)]
alhey!! Shawn and Shaya dhuru nukurachey!! hope to see the nxt part soon…keep up the gr8 work 😀
reeethi mi part ves
KOBA ANEH PAAAAAAAAAAAAAAAAAAAART
hehe gudu test duvas kolhah vaahaka medhu kandaali dhw.. dhn ekmu ves owk.. alhr gudu shaayaa ah dhera gotheh nahadhahchey.. ehenaa ekujja fakeerah vaane goiy i can’t imagine… hehehe.. btw v v v habeys mi part ves.. dhn knme gotheh vias waiting 4 the nxt part.. hehe.. dhn rangalhu gudu ves jeheyne dhw break eh nagan.. dhn aadhe 9 varakah kg lui kohlaigen.. ehehe <3 love this story <3
16 ވަނަ ބައި ގެ ތެރެއިން….
” ޝާޔާ !!! ” އަހަރެންނަށް އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އަހަރެންގެ އަޑަށް ގޭތެރެއިން މީހަކު އެއްޗެއްގައި ތަޅަން ފެށި އަޑު އިވުނެވެ. ވަގުތުން އަހަރެންގެ ގައިގައި ހުރިބާރެއްލައިފައި ފައިން ދޮރުގެ ތަޅާދިމާލަށް އަރުވާލި އެތިފަހަރާއިއެކު ތަޅު ލުހިގެން ދޮރު ހުޅުވިގެން ދިޔައެވެ. އޭރު ޝާޔާ ގެ އަތުން އެނދު މަތީގައި ތަޅަމުން ދަނީއެވެ. ޝާޔާގެ ގައި މައްޗަށް ސަވާރުވެ ޝާޔާގެ ފުރާނަ ލުހެލަން މަސައްކަތް ކުރަމުން ދިޔަ ޝައިހާ ފެނުމާއިއެކު ވައިރޯޅިއެއްހާ ހަލުއިކޮށް އަހަރެން ގޮސް ޝައިހާގެ އަތުގާ ހިފާ އެނދުމަތިން ހޫރާލީމެވެ.
omg
mii gudu view kohfaa in ehcheh
16 vana bai ge therein 🙂
i have that pic also
but in cmmnt i cant atach the picture
mi gudu ge fb page ga in ehcheh 😉
yaa haxu ves dhushin thythi fb in naj.. hei yaan u r back the haxu ah adhi mi fenuni yaan ge comment eh.. hws was u r unit test n comp project.. r u r ready in 4 exam.. gud luk in ur exam sis.. luv u sis <3 happy 2 see u r comment 🙂 .
Alheyyy ehn nuhadhaba nashy nugenes bala v borin vaane shiange baby akah vehjiya
koba haadhalahakun upload kuranyyyyyyyy inthizaar koh koh varubalivejjjjjje plxxxxxxxxxxxxxxxxxxxxxxxxxx
Toin toin gudu aky boy ehtha I cnt believe boyx ah nengeyne liyan mihaa rythi vaahaka how possible jee hykury miohaa dhuvahu anhenehkakama bt I chek just nw I search on fb e ♥♥♥♥♥♥♥ohno im shoked any way itx beautiful story awsom
Haha I thought umeena jahaafa inkamah ew aneem dhwamilla ah moya hyvanii hykuren gothn hahahha
????keeve story up nuvanee
yaa haxu i m back bt term test anika feshijje.. unit test thah hama baraabaru n comp project submit kohfinn.. dhn othy term test n let see wt happen? i m also happy to see u haxu<3
alhe kn irakunthr up vaanyyy? mihaaru next part kiyaa hithun hurevenyyy eh nun. guggu lhe avas kohla dhyybrr
Adhi ves update nukurany tha ..plx …kiyaa hithun hurevenky nun
..v nice mi story…I love it
Avahah up kohba can’t wait to read next part….v nice mi story..i luv it
Avahah up kohba can’t wait to read next part….v nice mi story..i luv it