ދީފިމޭ އޯގާވޭ ގެންދާށޭ ލޯބިވާ
ދެވަނަ ބައި_ 02
“ތޭން ގޯޑް.. މަ ރޮއެފަ ހުރިކަން މަންމައަށް ނޭންގުންކަން..” ދޮރުލައްޕާލަމުން އިސްތަށިގަނޑުގައި އެއްއަތްހިނގާލާ އަނެއްއަތުން މޭގަ އަތްއަޅާލަމުން ރައިނާ ބުނެލިއެވެ. ރައިނާއަށް ނޭންގުނުކަމަކީ ނިޔާސާއަށް ރައިނާ ރޮއެފަހުރިކަން އެނގިހުރެ ރުއީ ކޮންކަމަކާތޯ ސުވާލު ނުކުރީ ރައިނާ ފާޑަކަށް ތެޅިގަތުމުންކަމެވެ.
ގަމީސްލަމުން ކޮޓަރިން ނިކުމެ ދޮރުޖަހާލުމަށްފަހު ރިޔާން ހިނގައިގަތީ ކާކޮޓަރިއާދިމާއަށެވެ. ކާކޮޓަރީގަ ބެހެއްޓިފަހުރި ބޮޑު ބިއްލޫރިމޭޒުމަތީގައި ކާތަށިތައް އެތުރުމުގަ އަވަދިނެތި އުޅެމުންދިޔަ ނިޔާސާ ދޮރާދިމާއަށް ބަލައިލީ އެވަގުތުއެވެ. ދޮރުމަތީ ގަމީހުގެ ގޮށްތައް އަޅުވަން ހުރި ރިޔާން ނިޔާސާ ބަލައިލުމުން ހިނިތުންވެލިއެވެ. ” އާދޭ ދަރިފުޅު ދެން.. ކާންވެސް ހަދާ ނިމުނީމި.. ކޮބާތަ ރައި..” ރިޔާންއަށް ހިނިތުންވެލަމުން ނިޔާސާ ރިޔާންގާތު ކާންއައުމަށް އެދުނެވެ. ފުރުޖު ކައިރިއަށްގޮސް ޖޫސްޖަގު ނަގައިގެން އައިސް މޭޒުމަތީ ބަހައްޓަމުން ރައިނާ ކޮބާތޯ ސުވާލު ކުރިއެވެ.
” ރައި ނުނިކުމޭތަ އަދިވެސް ބޭރަކަށް؟؟..” މޭޒުކައިރީން ގޮނޑި ދުރައްޖައްސާލި ރިޔާން ނިޔާސާއާ ސުވާލު ކޮއްލީ ހައިރާންވެ ހުރެއެވެ. ” މަންމަ ކޮންތާކަށް؟؟” ކާކޮޓަރިން ނިކުންނަންދިޔަ ނިޔާސާއާ ރިޔާން ސުވާލު ކުރިއެވެ. “ރައި ބަލައެއްނު..” “ނޫން މަންމަ އިނދެބަ މިތާ.. އަންނާނަން ރައި ގޮވައިގެން..” ނިޔާސާ ގެނެސް ގޮނޑިއެއްގައި ބައިންދަމުން ރިޔާން ރައިނާ ބަލައިދިއުމަށް ހިނގައިގަތެވެ. އެ ބޮޑު ކޯރިޑޯ ހުރަސްކޮށް ރިޔާން ގޮސް ރައިނާގެ ކޮޓަރީގެ ދޮރުކުރިމަތީ ހުއްޓެމުން ޓަކިޖަހާލިއެވެ.
ޑްރެސިންގް ޓޭބަލް ކުރިމަތީ ހުރެ އެއްއަތުން އިސްތަށިގަނޑު ފަހަތަށް ޖައްސާލަމުން ރައިނާ އެނބުރި ބަލައިލީ ދޮރުގަ މީހަކު ޓަކިޖެހުމުންނެވެ. ” ޔަގީނޭ ދޮންބެގަނޑު އައީކަން.. ދެން ހަމަ ޓަކިތަޅާފާނެ ހުރެގެން..” ރައިނާއަށް ނުގޮވަ އެގޮތަށް ޓަކިޖަހާނީ ރިޔާންކަން ރައިނާއަށް އެނގުމުން ތުންދަމާލަމުން ބުނެލިއެވެ. އެންމެ ފަހުން ލޮލުގަ އައިލައިން އަޅާލަމުން ގޮސް ދޮރުހުޅުވާލީ ރުޅިއައިސް ހުރެއެވެ.
” ކީއްވެ ފާޑަކަށް ތިބަލަނީ..” ރައިނާ ބަލަން ހުރިގޮތުން ރިޔާން ގާތަށް ހިނިއަންނަން އުޅުންނަމަވެސް ހިނިގަނޑު މަތަކުރަމުން ކޮޓަރިއައްވެދެ އެނދުމަތީ ޖައްސާލަމުން ޖީބުން ފޯނުނަގައިގެން ކުޅެންފެށީ އިތުރަށް ރައިނާ ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް ރައިނާ ރިޔާންއަށް ސަމާލުކަން ނުދީ އަނެއްކާވެސްގޮސް ޑްރެސިން ޓޭބަލް ކައިރީހުރެ ރީތިވާންފެށިއެވެ. ” ރަ..” ފޯނުން ނަޒަރު ވަކިކޮށްލަމުން ރިޔާން ރައިނާއަށް ގޮވާލަން އުޅެފަވެސް ފެންނަން ނެތުމުން ފުންމައިގެން ތެދުވެ އަނެއްކާ ދިޔައީބާއޭ ހިތަށްއަރާ ހިނގައިގަތެވެ.
ނަމަވެސް ހުއްޓެވުނީ ޑްރެސިން ޓޭބަލްކައިރީ ރައިނާ ރީތިވާން ހުރިތަން ފެނިފައެވެ. ” އޭއް ކޮންތާކަށްދާން މާވަރަކަށް ރީތި ތިވަނީ..” ” ނައު އައިމް ރެޑީ..” އެވަގުތު ރައިނާ ބުނެލިއެވެ. “ވަޓް..” ރިޔާންއަށް ބާރަކަށް އެހެން ބުނެވުމުން ރައިނާ ސިހުނެވެ. ރައިނާއަށް ވީގޮތް ފެނިފައި ރިޔާން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލީ ހެވުމުންނެވެ. ” އޯކޭ އައިމް ސޮރީ.. ކޮންތާކަށްދާން ރެޑީއޭތިބުނީ.. ކާކާ ތި ވާހަކަ ދައްކަނީ..” މާފަށް އެދެމުން ރިޔާން ކޮޓަރި ވަށައިގެން ނަޒަރު ހިންގާލީ އެތާ އިތުރު މީހެއްހުރިތޯ ބަލައިލަމުންނެވެ.
ރިޔާން ނިތް އަރުވާލުމުން ރައިނާ މޫނު ހަދާލާފައި ވައަތްފަޅިން ކުރިމައްޗަށް ގެނެސްފަވާ އިސްތަށިކޮޅު އެއްފަރާތަކަށް ޖައްސާލަމުން ކަންފަތައް ޖަހާފަވާ ބްލޫޓޫތް ހެޑްސެޓް ދައްކާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އެވަގުތު ނިޔާސާ ކޮޓަރިއައް ވަނެވެ. ” މަންމާ ރައި ކޮންމެސްތާކަށް ދާންވެގެން އެއުޅެނީ..” ނިޔާސާ ކައިރިއަށް ޖެހިލަމުން ރިޔާން ވާހަކަ ދެއްކިއެވެ. ” ދެން ދަރިފުޅު އައިނަމަ ކާން ރައި ބަހައްޓާފަ.. ބޮޑެއްނުވެ ދޯ އަދިވެސް ދަރިފުޅެއް..” ރިޔާންގެ ބޮލުގަ ޖަހާލަމުން ނިޔާސާ ބުނެލިގޮތުން ރިޔާން ހީލަމުން އިސްޖަހާލިއެވެ. “ހަމަ އައިސްގެން ދޮރުގަ ތަޅަނީ.. ވަރެއްގެ ފިރިހެނެކޭ.. ކާން އިނދެފަތަ އެއައީ؟؟” ރައިނާ ރިޔާންއާ ދިމާލަށް މޫނުން ގޮތެއް ހަދާލަމުން ނިޔާސާއާއި ސުވާލު ކުރިއެވެ. ނިޔާސާ ހީލަމުން ބޯޖަހާލިއެވެ. ” ދަރިފުޅު ކޮންތާކަށް ދާށޭ ތިއުޅެނީ.. މަންމަގާތު ބުނެވެސް ނުލަމެއްނު..” ނިޔާސާ ރައިނާގެ އަތުގަ ހިފާލަމުން ސުވާލު ކުރިއެވެ. އެވަގުތު ރިޔާންއަށް ފޯނެއް އައުމުން ކޯރިޑޯ ހުރަސްކޮށް ޓެރެހަށް ރިޔާންއަރާ ރެއިލިން ކައިރީ ހުރެ މަގަށް ނަޒަރު ހިންގާލީ ފޯނަށް ޖަވާބުދާރީ ވަމުންނެވެ.
” ނަމާދުކޮށް ނިމުނުތަނާ ވިޒޫ ގުޅި.. ބުނީ މިހުރީ މާލޭގަޔޯ.. ފޫހިވާތީ ބޭރަށް ނިކުމެލަންވެގެން އެހެންވެގެނޯ.. ދާހިއްނެއްވާހަކަ ބުނީމަވެސް ގޮތެއް ދުލެއްނުކުރި އެހެންވެ.. ރެޑީވެވެންދެން ހުރީ ގުޅާފަ އަނެއްކާ..” ރައިނާ ނިޔާސާއާއި ވާހަކަ ދެއްކީ ސިޑިން ފައިބަމުންނެވެ. ” ވިޒްނާތަ؟؟” ނިޔާސާއަށް ނޭންގުމުން ސުވާލުކޮށްލިއެވެ. ” ރައި ވިޒޫ އައީތަ؟” ނިޔާސާއަށް ޖަވާބުދޭން އަނގަހުޅުވާލި ރައިނާ ސިޑީގެ މައްޗަށް ބަލައިލީ ރިޔާންގެ އަޑުއިވުމުންނެވެ. އޭރު ރިޔާން އެމީހުނާ އަރާ ހަމަކޮށްފިއެވެ.
“އޯ.. މަންމާ.. މީހަކަށް ހާދަ ވަރެއްވެގެނޭ މިއުޅެނީ ވިޒޫއައިކަން އެނގުނީމަ..” ” އޯކޭ އޭ ރައި..’ ރައިނާ ދިމާކުރާ ފާޑަކަށް އެހެން ބުނުމުން ރިޔާން ގޮތްދޫކޮށްފަ ގޮސް ސޯފާގައި އިށީއިނދެލިއެވެ. ” އައްދެ ދަރިފުޅު ކޮންކަމަކާ ހިތްހަމަ ނުޖެހުނީތި؟” ރިޔާންއަށް ވީ ގޮތުން ނިޔާސާ ސުވާލުކޮށްލިއެވެ. ކަމެއްވެއްޖެކަން އޭނަގެ ހިތްބުނަންފެށިއެވެ. ރިޔާންގެ އަނެއްފަޅިގަ ނިޔާސާ އިށީއިނދެލަމުން ރިޔާންގެ އަތުގަ ފިރުމާލިއެވެ.
” ދޮންބޭ ވިޒޫ އައިއްސި.. މިދަނީ ވިޒޫއާ އެއްކޮށް ބޭރަށް.. ” ނިޔާސާ ބޮލުގެ އިޝާރާތުން ރައިނާއަށް ދިއުމަށް އެންގުމުން ރައިނާ ރިޔާން ކައިރިއަށް ޖެހިލަމުން ވިޒްނާ އައިވާހަކަޔާ ބޭރަށްދާ ވާހަކަ ބުނެލުމަށްފަހު ގެއިން ނިކުތެވެ.
ރިޔާން ސޯފާގައި ދިގުދަމާލާ އޯށޯވެލީ ނިޔާސާގެ އުނގުގަ ބޯއަޅާލަމުންނެވެ. ރިޔާންގެ ހަރަކާތްތައް ހުރިގޮތުން ކޮންމެސްކަމެއް ގޯސްވެއްޖެކަން ނިޔާސާއަށް ޔަގީންވިއެވެ. އެހެންނޫންނަމަ ރިޔާން އެހާ ހިމޭނެއްނުވާނެއެވެ. ” ދަރިފުޅާ..” ނިޔާސާ ރިޔާންގެ ބޮލުގަ ވަރަށް ލޯބިން ފިރުމާލަމުން ގޮވާލިއެވެ.
ރިޔާން ލޯމަރާލީ މަންމަ ނިޔާސާ ކުރަން އެއުޅޭ ސުވާލަށް ޖަވާބުދޭނެ ގޮތެއް އެސިކުނޑިއަށް ނުވިސްނުމުންނެވެ. ” މަންމަގެ ޔާންއަށް ކިހިނެއްވެގެންތަ މިއުޅެނީ..؟؟” ރިޔާންގެ އަމަލުތައްހުރި ގޮތުން ނިޔާސާ ހާސްވިނަމަވެސް ހިތްވަރު ކުރަމުން ސުވާލު ކުރިއެވެ. “ޔާން” އެއީ ނިޔާސާ ރިޔާންއަށް ލޯބިން ކިޔާ ނަމެވެ.
އެނަމުން ނިޔާސާ ރިޔާންއަށް ގޮވައިފިނަމަ ރިޔާން އަބަދުވެސް ހިތްވަރާއެކު އޭނައަށް ދިމާވާ ކަންތަކުގެ ވާހަކަ ނިޔާސާއާއި ހިއްސާކުރާނެއެވެ. އެއީ ރިޔާންގެ ބައްޕަގެ ފަރާތުން ރިޔާންއަށް ވާރުތަކޮށްފަ ހުރިކަމެކޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ.
” މަންމާ” ރިޔާންގެ އަޑުގައިވި ރިހުން ހަމަރަނގަޅަށްވެސް ނިޔާސާއަށް އިހްސާސްކުރެވުނެވެ. ” ބުނެބަލަ މަންމަ ކައިރީ..” ނިޔާސާ ދެރަވިނަމަވެސް ހިތްވަރުކުރިއެވެ. ރިޔާން ލޯމަރާލައިގެން ނިޔާސާގެ އަތުގަ ހިފަހައްޓަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
” ދެންމެ އޮފީހުން ފޯންކުރީމަ ޓެރަސްއަށް މިދިޔައީ.. ފޯނަށް ވާހަކަ ދައްކާ ނިންމާފަ އެނބުރިގަންތަނުން ފެނުނީ.. ފެނުނީ ޝެނާ.. ޝެނާ އެހެން ފިރިހެންކުއްޖަކާ އެއްކޮށް..” ރިޔާންއަށް އެމީހުން ތިބިގޮތް ކިޔައިދޭން އުނދަގޫކަމުން ތެދުވެ މޫނުމަތީއަތް އަޅާލިއެވެ. އެރީތި ދެލޮލުގަ އޭރު ކަރުނަތައް ވިދަންފަށައިފިއެވެ.
” ގުޅިން އެގަޑީގަ ޝެނާއަށް.. ތިން ހަތަރު ފަހަރަށްވެސް ގުޅީމަ ކަނޑާލީ.. ދެން އަނެއްކާވެސް ގުޅީ ފޯންނަގާނެ ކަމަކަށް ނޫން.. ބުނީ ބޭނުމެއް ނޫނޯ އުޅޭކަށް.. މީގެ ފަހުން ނުގުޅައްޗޯ.. ކީއްވެތަ ޝެނާ އަބަދު އެގޮތަށް ކަންތައް ކުރަނީ..” ވީގޮތް ކިޔައިދީ ނިންމާފަ ރިޔާން ލޯފޮހެލަމުން ނިޔާސާއާ ދިމާއަށް އެނބުރި ސުވާލު ކުރިއެވެ.
ނިޔާސާވެސް އިނީ ދެރަވެފައެވެ. ރިޔާންއަށް އަބަދު އެގޮތަށް ދިމާވަނީ ކީއްވެ ހެއްޔެވެ؟ ރިޔާންގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟ އެދެމެދުގަވާ ލޯބި އަބަދުމެ އިމްތިހާނު ކުރެވެނީ ކީއްވެ ހެއްޔެވެ؟ ނިޔާސާގެ ފަރާތުން ޖަވާބެއް ނުލިބުމުން ރިޔާން މަންމަގެ އަތުގަހިފާ ތަޅުވާލަމުން ގޮވާލިއެވެ.
” ދެން ދަރިފުޅު ކީކޭ ބުނީ..؟” ނިޔާސާ ބޭނުންވީ ރިޔާންގެ ބަހެއް ހޯދާށެވެ. ” ނޭންގެ.. އެގަޑީގަ ރުޅިއާދެވުނު ވަރުން ބުނެވުނު ކޮންމެސް އެއްޗެކޭ.. އެކަމް މިއަދުން ފެށިގެން އަހަރެންގެ ދިރިއުޅުމުން ޝެނާ ނެރެލައިފިން މަންމާ..ދެން ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ދިރިއުޅުމަކަށް ޝެނާއެއް ނުގެންނާނަން..” ރިޔާން ކޮޅަށްތެދުވެ ދެޖީބަށް އަތްޖަހާލަމުން ޔަގީންކަމާއެކު ބުނެލިއެވެ.
ވަރަށް ކެއްކުރެވިއްޖެއެވެ. މިހުރިހާ ދުވަހު ޝެނާޖެހި ކޮންމެބެރަކަށް ރިޔާންއަށްވާވަރަށް ނެށިއްޖެއެވެ. ދެންކުރިއައް އޮތީ ޝެނާ ނަށާނެ ދުވަހެވެ. އެދުވަހަކަށް މުޅިއުމުރުގަވެސް ރިޔާން އިންތިޒާރު ކުރާނެއެވެ. ރިޔާން އެންމެ ދެރަވީ ރިޔާންއަށް ފެނުނު މަންޒަރު ވިޒްނާއަށްވެސް ފެނުމުންނެވެ. ” އައި ހޭޓް ޔޫ ޝެނާ…” ރިޔާން ކޮޓަރިއައްވަދެ އެނދުމަށްޗަށް ފޯނު ހޫރާލަމުން ބުނެލިއެވެ.
12 Comments!
Comments are closed.

??????nice storyyyyyyyy……..
thanqiu shaa <3
Nyc …. vvvv rythi ????
thanqiu 🙂
Nice story! Waiting 4 the next part!
thanqiu mishko insha allah next part vrh avahah up khdheynan
🙂
Wow.. Nice varah.. Waitting fir next part.. Upload it soon.. Keep up your hard work..
thankc maee 🙂
next part vrh avahah upkhdheynan insha allah..
thank yuuh sooo much.. :* <3
Vaanyvaa kuda koh olhijje ?
oh yar r…l
oh yar r…l
oh yar r…l