Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިެ ދިރުމޭ (5)

Aaran Level 110 Stories
October 14, 2016 2 Mins Read
19 Comments

“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ.

ރަޔާލަށް ބަލާލަމުން ހުއްޓުނު ޔާސީންގެ ތުންފަތް މަތީގައިވަނީ ރީތި ހިނިތުން ވުމެކެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ރަޔާލްވެސް މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޔާސީން ދޮރު އެއްކޮށް ހުޅުވާލުމަށްފަހު ބޭރުން ގޮނޑިއެއް ގެނެސް އޭގައި އިށީނދެއްޖެއެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިވާ ބައިބަރު ސުވާލުތައް އެބަހުއްޓެވެ. ކުރާނެ ގޮތަކާމެދު ޔާސީން ވިސްނަމުން ދަނިކޮށް ރަޔާލް އަނެއްކާވެސް ބަލާލައިފިއެވެ. އެމޫނުން ފެންނަނީ ބިރުގަނެފައިވާ ވަރެވެ. އަދިވެސް ހަމައަކަށް ނޭޅޭކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އަނެއްކޮޅުން އެމީހަކު މިގެއަށް ވަނީ ކިހިނެއް ކަމާމެދު ސުވާލުވެސް އުފެދުނެވެ.

“ރަޔާ… އިނގޭތަ އެއީ ކާކުކަން؟” ޔާސީން ދުރުގައި އިން އެނދުގައި އިށީދެގެން އިން ރަޔާލް ކައިރީގައި އަހާލައިފިއެވެ. އިސްޖަހާލައިގެން އިނުމަށްފަހު އޭނާ ހޫރުވާލީ ބޮލެވެ.

“ރަޔާ ވާހަކަ ދެއްކީމަ އަހަންނަށް ހެލްޕެއް ވެވޭނީ…” ދެވަނަ ފަހަރަށް އެހެން އަހާލުމުން ރަޔާލް އިސްއުފުލާ ބަލާލައިފިއެވެ. ތުންފަތް ހަރަކާތް ކޮއްލި ނަމަވެސް އަޑެއް ނުނިކުތެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ރަޔާލް އޭނާ ނިއްކުރީގައި ހިއްލާފައިވާ ދާތައް ފުހެލަމުން އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތް ކުރަން ފަށައިފިއެވެ.

“ހީ ނިއު މައި ޑްރީމްސް….” ރަޔާލްގެ ދުލުން ބޭރުވި އެޖުމްލައާއިއެކު ޔާސީންގެ ހިތުގެ ހިނގުމަށް ހުއްޓުން އެރި ކަހަލައެވެ. މީހަކަށް ހުވަފެނުން ފެންނަ ކަމެއް އެހެން މީހަކަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް އެކަމާއި ޔާސީން ސުވާލެއް ނުކުރިއެވެ. ރަޔާލް އިތުރަށް ބިރުގަތުމަކީ އޭނާއަށް ލިބޭނެ ނާކާމިޔާބީއެކެވެ.

އެތަށް އިރަކު ދެމީހުން އެހެން ތިބުމަށްފަހު އެންމެ ފަހުން ޔާސީން ނިންމީ ރަޔާލް ގެއަށް ގެންދިއުމަށެވެ. ކާރު ދުއްވަމުން ދިޔައިރު ޔާސީނަށް ވިސްނެމުން ދިޔައީ ރަޔާލް ބުނި އެއްޗަކާ މެދުގައެވެ. އެމީހަކީ ކާކުކަން ކޮންމެހެންވެސް ބަލަން އެބަ ޖެހެއެވެ. އެމީހަކު ރަޔާލްގެ ފަހަތުން އެގެއަށް އައިގޮތެއްވެސް އޮންނާނެ ނޫން ހެއްޔެވެ؟ އެކި ހިޔާލު ތަކުގައި އިން ޔާސީން ސިހުނީ ރަޔާލް އެޗެކޭ ބުނުމުންނެވެ. ރަނގަޅަށް އަޑު ނީވުމުން ޔާސީން ހޫމް ސެކޭ ލައްވާލައިފިއެވެ.

“އަޅުގަނޑު….”

“އަޅުގަނޑު ތިކިޔަނީ އޯ… ތިންކް އޭސް އަމް ޔުއަރ ފޮރެންޑް..” ރަޔާލްގެ ކުރި މަރާލަމުން ޔާސީން އެހެން ބުނެލީ ރުޅި މޫނެއް ދައްކާ ލަމުންނެވެ.

“އައި ލައިކް ރެއިން…ވަރަށް ވަރަށް ގަޔާވޭ ވާރެއާ” ދެފަރަކާ ރަޔާލް އެހެން ބުނެލީ ބޭރަށް ބަލާލަމުންނެވެ.

“ކުޑައިރު ވާރޭގަ ކުދިން ތަކަކާއެކު އުޅުނު ހނަދާންވި އެދުހު..” ކިރިޔަ އަޑު ނިކުންނަ ވަރަށް އެހެން ބުނި ނަމަވެސް އެބުނި އެއްޗެސް ޔާސީނަށް އަޑު އިވުނެވެ.

“ދެން ކީއްވެ ބިރު ގަންނަނީ ވާރޭ ދެކެ؟” ޔަސީން ކޮއްލި ސުވާލުން ރަޔާލް ބަލާލި އޭނާއާއި ދިމާލަށެވެ. އޭގެއަށް ދޭނެ ޖަވާބެއް ރަޔާލަކަށް ނުވިސްނުނެވ. އޭނާ ވާރޭދެކެ ބިރު ގަންނަންވި ސަބަބެއްވެސް އޮންނާނެ ނޫންހެއްޔެވެ؟ ފުރަތަމް އެކަން ވިސްނުނު ރަޔާލް ސިކުނޑިއަށް ބަރުލީ އޭނާ ވާރޭދެކެ ބިރު ގަންނަ ސަބަބު ހޯދާށެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އެކި ހިޔާލުތަކުން ބަރު ވަމުން ދިޔަ ސިނކުނޑއަށް ލުޔެއް ލިބުނީ ޓްރެފިކަށް ކާރު މަޑުކޮއްލަމުން ޔާސީން ގޮވާލުމުންނެވެ. ދޭނެ ޖަވާބެއް ނޭނގުމުން ރަޔާލް ނިންމީ ބަހެއް ނުކިޔާ އިންނާށެވެ.

އެރޭގައި އެއްގޮތަކަށްވެސް ޔާސީންގެ ލޮލަކަށް ނިންޖެއް ނައެވެ. މީހަކު އަނެއްކާ ރަޔާލްގެ ފަހަތުގައި އަޅުވާލައިގެން އުޅެނީ ހެއްޔެވެ؟ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލައިފިއެވެ. ޒުހައިރާ ދެ ސަބްމެރީން ލާފައިވާ ކޮތަޅު ދައްކާލުމުން އޭނާ ހިނިތުން ވެލައިފިއެވެ.

“މިއަދު މިގެއަށް ބަޔަކު އައޯ؟” ދިމާކޮށްލާފަދަ ރާގަކަށް ޒުހައިރާ ބުނެލައިފިއެވެ.

“ކާކު ބުނީ ؟”” ޔާސީންވެސް އޭގެން އެތިކޮޅެއްގައި ދަތްއަޅައި ނައްޓާލަމުން ބުނެލައިފިއެވެ.

“ބައްޕަ އެއްނު ބުނާނި.. ބުނި ބައްޕަ ބޭރަށް ނިކުންނަން އުޅުނު ގަޑީގައޭ އައީ..” ހީލަމުން އެހެން ބުނި ނަމަވެސް ޔާސީންގެ މޫނުގައި އުފަވެރިކަމެއް ނުވާކަން ޒުހައިރާ ދެނެގަތެވެ.

“މައު އެއްޗެކޭ ބުނީތަ؟” ޒުހައިރާ ހީކޮއްގެން ހުރީ ޔާސީންއާއި މައުވާއާއި ދެމެދުގައި ގުޅުމެއް އިންނަ ކަމަށެވެ. ޔާސީން ފާޑަކަށް ބަލާލަމުން ބޯހޫރާލައިފިއެވެ.

“އިޓްސް ރަޔާލް..” ޔާސީންގެ އެހެން ބުނިއިރު އެއަޑުގައިވަނީ ހަމްދަރުދީއެވެ.

“ކިހިނެއްވީ؟ އަނެއްކާ ރަޔާއާއި ލައިކް ވަނީތަ..” ޒުހައިރާ ދިމާކޮށްލުމުން ޔާސީން ހީލަމުން އިންތަނުން ތެދުގެން ދުރަށް ހިނގައި ގަނެއްޖެއެވެ. އެމޫނުގައިވި ކުލަވަރުތަކުން ޒުހައިރާ ހިނިތުންވެލީ އޭނާ އެބުނި އެއްޗެއް ތެދަކަށް ވެދާނެތިއެވެ.

“އިޒް އިޓް؟” އަނެއްކާވެސް ޒުހައިރާ ސުވާލު ކޮއްލައިފިއެވެ.

“ނޭނގެ މަންމާ… އަޅުގަނޑު މާބޮޑަށް ސިމްޕަތީ ވަނީ ކަންނޭނގެ ދޯ..” ޔާސީން ދެއަތުން މޫނު ފޮރުވާލަމުން ތިރިވެ އޭނާގެ  މަންމަގެ ކައިރީގައި އިށީންދެއްޖެއެވެ.

“މަންމަ ކީކޭބުނަންވީ؟” ޒުހައިރާ ޔާސީންގެ ބޮލުގައި އަތް ޖައްސާލަމުން ފިރުމާލައިފިއެވެ. މިއަދު އނާގެ ދަރިފުޅު ބޮޑު ވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކޮއްފިއެވެ.

“މަންމަ ބުނެބަ ހަމައެކަނި އަޅުގަނޑު ރަޔާއަށް ހަމްަރުދީ ވަނީއޭ..” ޔާސީންގެ ހިތަށް އަރަމުންދިޔަ އެއްޗަކުން އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. އޭޏާގެ ބައްޕަގެ ފަރާތުން ރަޔާލަށް ގެއްލުމެއް ލިބިފައިވާނަމަ އޭނާާ އަމިއްލަ ނަފްސަށް ދުަވަހަކުސް މާފް ނުކުރާނެއެވެ. އޭނާ ރަޔާލަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟

ޒުހައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔާސީންދެ ލޮލަށް ޖަމާވި ކަރުނަތައް ފެނިފައި ޒުހައިރާ ބިރުގަންނަ ގޮތްވި ނަމަވެސް އެއްޗެކޭ ނުބުނެއެވެ. އުމުރުން 12 އަހަރުން ފެށިގެން އަދި ޔާސީން އޭނާގެ ކުރިމަތީގައި ރޮއެފައެއް ނުވެއެވެ. އެހެން ޔާސީންގެ ބޮލުގައި އަތްއަޅާލައިގެން އިނުމުން ޔާސީންވސް ހަމައަކަށް އެޅިދާނެއެވެ. އެކި ހިޔާލުތަކުގައި އިނދެ ޒުހައިރާ ކުޑައިރުގެ ވާހަކަތައް ދައްކަން ފެށުމުން ޔާސީންގެ މޫނަށް ހިނިތުން ވުމެއް ވެރިވެއްޖެއެވެ.

*******

ރާބިޔާ ގޭތެރޭގައި ދެކޮޅަށް ހިނގަ ހިނގައި އިނީ ފައިސަލް ކުރިން ދުވަހެއްގައި ބުނެފައުވާ ވާހަކަ އަކުންނެވެ. ރޫބީ ދުނިޔޭގައި ހުރެއްޖެނަމަ އޭޏާގެ ހަޤީޤަތް އެންމެނަށް ފަޅާ އަރާނެއެވެ. އޭޏާ ރިޔާޒް ކައިރިއަށް ގޮސްފިނަމަ ރޫބީއަށް އޭނާ އެނގޭނެ ހެއްޔެވެ؟ ރާބިޔާ އިސްތަށިގަނޑުގައި ހިފައި ދަމާލީ އޭނޭ އެއްވެސް ހާލެއްގައި އެގޮތް ބޭނުން ނުވާތީއެވެ. އޭނާގެ މޫނުގައި ވިދަމުންދިޔަ ދާތިކި ތަކުން އެކަނިެސް އެމޫނަށް ވެރިވެފައިވާ ބިރުވެރިކަން ހާމަ ކޮއްދެއެވެ. ފޯނު ނަގައި ދެފަހަރު ފައިސަލަށް ގުޅާލުމުންވެސް އޭނާ ފޯނެއް ނުނެގިއެވެ. އެރި ރުޅިމަތީގައި ރާބިޔާ ފޯނު ފާރާއި ދިމާލަށް އެއްލާ ލައިފިއެވެ. މިދެން ކޮންފަދަ ކަމެއް ހެއްޔެވެ. އޭނާއަށް ގޮތެއް ވަންޏާމު އެކަމުގެ ހުކުމުގައި ފައިސަލްވެސް ގެންދާނެއެވެ.

ޖީބުންނެގި ސިގިރޭޓު ރޯކޮއްލަމުން އޭނާ އެ ތުނބުގައި ޖަހާލައިފިއެވެ. އެރޯކޮއްލަމުން އެތެރެއަށް ދަމާލި ގޮތުން ހީވީ ފިލިޓަރާއި ޖައްސާލަފާނެ ހެންނެވެ. ފިރިހެނެއްވެސް އެހައި ކުޅަދާނަ ނުވާނެ ކަންނޭނގެއެވެ. ރުޅިވެރި އެމޫނުގައިވަނީ މީގެ އެތައް އަހަރެއް ކުރީގެ ނުބައި ފާފައެކެވެ. މީހާ ބަލާލަން ކިތަންމެ ރީތި ނަމަވެސް  އެމީހެއްގެ ގޮތެއް ނޭނެގޭނެއެވެ. މީހަކާއެކު އެތައް އަހަރެއް ހޭދަކުރެވުނު ކަމުގައި ވިއަސް އަހަރުމެނަށް އެމީހާގެ ގޮތް ނޭނގިދާނެއެވެ. ރާބިޔާވެސްވީ އެކަހަލަ މީހަކަށެވެ. ރިޔާޒް ކައިވެނި ކޮއްގެން ދެވަރަކަށް މަހުގައިވެސް ނޫޅެވުނެވެ. އޭނާ ދެރަވީ ކައިވެނި ރޫޅިފައި އޭނާ ބަލިވެ އިންކަން އެނގުމުންނެވެ. ރިޔާޒަށް އެނގުމުންވެސް އޭނާއާއި އަޅައެއް ނުލިއެވެ. އޭގެ ބަދަލުގައި އޭނާ ރިޔާޒަށް ލިބުނު ކުއްޖާ އަކާވެސް އަޅައެއް ނުލިއެވެ. ދެލޯ މަރާލުމުން އަދިވެސް އޭނާާއަށް ފެންނަމުން ދިޔައީ އެރޭގެ ހަނދާންތަކެވެ. އޭނާގެ އަތުން ކުރެވުނު ކަންތަކެވެ.

#   #   #   #

ފައިސަލް ކާރު ޕާކު ކޮއްލަމުން އޭގެ ފަހަތު ސީޓުގައި އިން ރޫބީގެ އަތުގައި ހިފާ ލަތްކެއް ޖަހަމުން ނެރެފިއެެވެ. އެހާ ބާރަށް ދަމާލުމުންވެސް އެކުއްޖާ އަނގައަކުން ބަހެއް ނުބުންޏެވެ. މޭމަތިން އިރައިގެން ގޮސްފައިވާ ހެނދުމުގައި ބައި އޮތީ އޭރު އެލިފައެވެ. އެވަރުގެ ކުއްޖެއްގެ މޫނުގައި ހުންނަން ޖެހޭ ކަހަލަ އުފާވެރިކަމެއް ރޫބީގެ މޫނުގައި ނެތެެވެ. ދިރި ހުރި ނަމަވެސް އެކުއްޖާވަނީ މަރުވެފައޭ ބުނުމަކުން ގޯހެއް ނުވާނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aaran

Level 110 Stories

Other Articles

Previous

ލިންކު ރޯޑު

Next

ރިޔާޝާ (1 ވަނަ ބައި)

Next
October 14, 2016

ރިޔާޝާ (1 ވަނަ ބައި)

Previews
October 14, 2016

ލިންކު ރޯޑު

19 Comments!

  1. aik says:
    October 14, 2016 at 8:26 am

    Reethi..?

  2. Aish says:
    October 14, 2016 at 8:34 am

    Sentence thakuge ehbai nufene ennu

  3. ish says:
    October 14, 2016 at 8:49 am

    Aan dhw….. Vedhaane phonun read kuraathee kamah…. Btw stry is very nice…. Keep it up aaran

  4. Aaran says:
    October 14, 2016 at 9:35 am

    Yeah there is a problem. 4ne ekani nun kanneyge. Next time will upload with that part too.

  5. RaM says:
    October 14, 2016 at 9:37 am

    Haadha kurey mi part

  6. xenn says:
    October 14, 2016 at 10:20 am

    Baehfaharu vaaanuva neyge

  7. yaana says:
    October 14, 2016 at 11:23 am

    vv reethi

  8. Amee says:
    October 14, 2016 at 11:25 am

    Vara nice mi vaahaka.. When are you going to upload??? Upload it soon.. Waiting.. Keep up hard work.. ??

  9. new says:
    October 14, 2016 at 11:44 am

    Wow v vv reethi maakuy

  10. new says:
    October 16, 2016 at 8:49 pm

    V vv reethi maakury

  11. Shaan says:
    October 22, 2016 at 8:34 am

    When is next part. Waiting……☺

  12. maee says:
    October 22, 2016 at 6:34 pm

    Aran.. When are you going to upload next part.. I can’t wait now.. Why it’s taking too long.. I know something may happen.. Still waiting..

  13. Ainy says:
    October 23, 2016 at 7:40 pm

    Haadha lahey mi stry vx upp vaaleh….anehkaa stry mihisaabunn nunimmaalahchey …

  14. hanaan says:
    October 26, 2016 at 12:48 am

    mi story miyahvure thankolheh avahah upload kohlevennaa kiyuntheringe tharuheebuves boduvaanehen heevanee… upload kohleveyleh maa las igey… heekuran avas kohlaane kamah… 🙂

  15. Anonymous says:
    October 31, 2016 at 9:43 pm

    kobaa next part kondhuvahakun genes dhenee…

  16. Shaan says:
    November 1, 2016 at 1:00 am

    Kon dhuvahakun tha next part genesdheny? I am waiting for next part. Plx upload soon ?

  17. ... says:
    January 17, 2017 at 6:50 pm

    aaran plx mivaahaka nimendhen upload kohdheebala.. varah reethi mivaahaka.. varah dhuvas vejje mivaahaka up veythw hunnany.. nuvyma mi comment kury.. i really want to read this story.. plx aaran.. ummydhu kuran varah avahah mivaahakaige dhen oiy baithah kiyaalan libeyne kamah..

    1. ... says:
      January 17, 2017 at 6:58 pm

      aaran engey knmes kujjeh aaran kairyga bunedheebala mivaahaka up kohdheyshey plx… mi vaahaka kiyaahivvaaleh bodukamun mivarah aadheys kureveny.. ?

  18. Nina says:
    February 11, 2017 at 4:15 am

    still next part update nukuraneetha? :O

Comments are closed.

Next Episodeހިތާ ފުރާނައިގެ ދިރުމޭ (1)←


All Right Reserved!