Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 19

shooty Level 310 Stories100 Comments
October 16, 2016 7 Mins Read
46 Comments

ލޯބިވަން ޔާރާ އޭ 19

ސޫޒަން މިޝެލް ގާތު އިނދެ ރޮމުން ކަރުން ހަންދާ ވަރަށް ގޮވައިލީ އަލްހާން އަށެވެ. އެ އަޑުގައި ނަފުރަތާއި ރުޅިވެރިކަން ވިއެވެ. މިފަހަރު ސޫޒަން އަށް އާދެވުން ލެއް ލަސްވި ކަމަށް ޓަކައި އަމިއްލަ ނަފްސުވެސް ސޫޒަން އަށް ކުއްވެރި ކުރެވުނެވެ.

އެމްބިއުލޭންސް އިން ބޭލުއްވި ޕޭޝެންޓެއް ކައިރި އަށް ޑޮކްޓަރަކާއި ނަރުހުންތަކެއް ކައިރި ވާތަން ބްރޭކަށް ދާން ނުކުތް ޔޫލީ އަށް ފެނުނެވެ. އެތަނުން ސޫޒަން ފެނުން ހެން ހީވެގެން ޔޫލީ ހިތް އަވަސް ވެފައި ހުރެ އެދިމާލަށް ހިނގައިގަތެވެ.

“ޑޮކްޓާރ ޕްލީޒް މަގޭ ދަރިފުޅު ސަލާމަތް ކޮށްދީ” ސޫޒަން ރޮމުން ޑޮކްޓަރު ކައިރީ އާދޭސް ކުރިއެވެ. ނަރުހުން ނާއި ޑޮކްޓަރުން މިޝެލް އަށް ފަރުވާ ދިނުމަށް ޓަކައި  އަވަސްވެގަތެވެ. ޔޫލީ އަށް މިޝެލްގެ މޫނު ފެނުމުން މޭގައި އަތް އަޅައިލެވުނެވެ. އެއާއި އެކު ރޮއި ރޮއި ހުރި ސޫޒަން އާ ދިމާއަށް ޔޫލީ އަށް ދުއްވައިގަނެވުނެވެ.

“މަންމާ.” ޔޫލީގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ސޫޒަން ފަހަތް ބަލައިލިއެވެ. ފެންކަޅިވެފައި ހުުރި ޔޫލީ ފެނުމާއި އެކު ސޫޒަން އަށް ގޮސް ޔޫލީ ގައިގައި އޮޅުލައި ގަނެވުނެވެ.

“ދަރިފުޅާ.. މި..މީޝެ..މިޝެލް. އެކުއްޖާ..” ސޫޒަން ގެ ސިކުނޑި އަށާއި ހިތައް ކޮށްފައިވާ އަސަރެއް ގެ ސަބަބުން ރަނގަޅަކަށް ވާހަކަ އެއް ވެސް ނުދެއްކެއެވެ. ޔޫލީ ރިސެޕްޝަނާއި ދިމާއަށް ދުއްވައިގަތީ ދާއިން އަށް ގުޅުމަށް ޓަކައެވެ. އަވަސް އަވަހަށް ނަމްބަރު ޖަހައިލުމާއި އެކު ޔޫލީ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ދެތިން ފަހަރަކު ރިންގުވުމާއި އެކު ދާއިން ފޯނު ނަގައިފިއެވެ.

“ޑޭން..” ޔޫލީ ގެ އަޑު ތުރުތުރު އަޅައެވެ.

“ޔޫލް، ވަޓްސް ރޯންގް؟ ކީއްވެ ޔޫލްގެ ނަމްބަރުން ނުގުޅީ؟” ދާއިން ހާސްވެފައި އަހައިލިއެވެ.

“ޑޭން ޕްލީޒް، ހަމަ މިވަގުތު ހޮސްޕިޓަލަށް އާދޭ. މިޝް އަށް ކޮންމެސް ކަމެއް ވެއްގެން ޔޫލް މަންމަ މިޝެލް ގެނައީ. ރޮވޭ ވަރުން މޮމް އަކަށް ވާހަކަ އެއް ނުދެއްކެ. ޕްލީޒް ކަމް ސޫން” ޔޫލީ ގެ ޖުމްލަ އިވުމާއި އެކު ހަމަ މިހާރު މިދަނީ އޭ ދާއިން ބުންޏެވެ. އެއާއި އެކު ޔޫލީ ފޯން ބާއްވަމުން ގޮސް ސޫޒަންގެ އަތުގައި ހިފައިގެން ގޮނޑިއެއްގައި ބޭންދިއެވެ.

“މަންމާ..ހަމަ ޖެހިބަ. ވީގޮތް ކިޔައިދީބަ އަޅުގަނޑަށް”  ޔޫލީ އޯގާތެރި ކަމާއިއެކު އަހައިލިއެވެ. ސޫޒަން ނޭފަތް ދަމަމުން ކަރުނަތައް ފޮހެލިއެވެ.

“މީހަކު މިޝެލް އަށް.. އެ.. އެޓޭކް ކުރީ..ވަ ވަޅިން.” ސޫޒަން ހިތްވަރު ކޮށްފައި ބުނެލި ޖުމްލައިން ޔޫލީގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

“އަދި މަންމަ އަށް ޔަގީން އެކަން ކުރީ ބައްޕަކަން” ސޫޒަން އެހެން ބުނެލި އިރު އެ އަޑުގައިވީ ނަފުރަތު ޔޫލީ އަށް އިހުސާސް ވިއެވެ. ސޫޒަން ރޮމުން މިއަދު ވީ ކަންތައް ޔޫލީ އަށް ކިޔައި ދިން އިރު ޔޫލީ އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭނާގެ ބައްޕަ ހަމަ އެހާ ދަށު ދަރަޖަ އަކަށް ވެއްޓިދާނޭ ބާއޭ ޔޫލީ ހިތަށް އެރިއެވެ. ޔޫލީ އަށް އަނގައިން ނުބުނެވި އިންދާ ދާއިން ދުވެފައި އަންނަ ތަން ފެނުނެވެ. ކިތަންމެ ހިތްވަރެއް ކުރިޔަސް ޔޫލީ އަކަށް ވެސް ކަރުނަ ތަކެއް ނުހިފެއްޓުނެވެ. އޭނާއަށް ދާއިން އާއި މާއިރާ އަދި އީތަން އަށް ކުރާނެ އަސަރު އިހުސާސް ވެއެވެ.

“ކޮބާ މިޝް؟ ކިހިނެތްތަ ވީ ޔޫލް. އީތަން ކޮބާތަ؟” ދާއިން ހާސްވެފައި ސުވާލު ކުރިއެވެ. ޔޫލީ ރޮމުން ދާތީ ދާއިންގެ ހިތައް އިތުރަށް ބިރުވެރިކަންވަނެވެ.

މީޓިން ނިމުމާއި އެކު އީތަން ފޯނު ބަލައިލި އިރު ސޫޒަންގެ ތިން މިސްކޯލް އިނުމުން މަންމަ އަށް ގުޅަން އަވަސްވެގަތެވެ.

އިސް ޖަހާލައިގެން އިން ސޫޒަންގެ އަތުގައި އޮތް ފޯނު ރިންގު ވާން ފެށުމުން ދާއިން އާއި ޔޫލީ ވެސް ސޫޒަން އާ ދިމާލަށް ބަލައިލިއެވެ. ލޯ ފުހެލަމުން ސޫޒަން ފޯނު ނެގުމާއި އެކު އެކޮޅުން އީތަން ވާހަކަ ދެއްކިއެވެ.

“މަންމާ. މާ ވަރަކަށް ގުޅާފަ އޮތީމަ. ކިހިނެތްތޯވީ؟ މޮމް..” އީތަން ސުވާލު ކޮށްގެން ވެސް ސޫޒަންގެ ޖަވާބެއް ނައުމުން އީތަން ހާސް ވާން ފެށިއެވެ.

“މޮމް. ކަމެއް ދިމާވީ ތަ؟ ޑޭޑް ބަލި ވީ ތަ؟ ވާހަކަ ދައްކަބަލަ” އީތަން ހާސްވާން ފެށިއެވެ.

“ދަރިފުޅާ. މިޝެލް. މިޝެލް އަށް ކަމެއް..” ސޫޒަން ނޭފަތް ދަމާލަމުން ހިތްވަރު ކޮށްފައި ވާހަކަ ދެެެއްކޭތޯ މަސައްކަތް ކުރިއެވެ.

“މޮމް. ކޮންތާކު ތިހިރީ؟ މިޝެލް ކޮބާ؟” އީތަން ބާރު ބާރަށް އަހައިލިއެވެ.

“އޭ.ޑީ.ކޭ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ކައިރީ. އަވަހަށް އާދޭ” ސޫޒަން އެހެން ބުނެލުމާއި އެކު އީތަން ފޯނު ކަނޑައިލިއެވެ.

އީތަން އޭނާގެ ކެބިން އިން ދުވެފައި ނިކުތް މަންޒަރު ބަލަން މުވައްޒަފުން ތިބީ ހައިރާން ވެފައެވެ. އަވަސް ކުރަން ބޭނުން ވެފައި ހުރި ވަރުން އީތަން ލިފަޓަށް އަރާކަށް ވެސް ބޭނުމެއް ނުވިއެވެ. ހަލުވި ކަމާއިއެކު ސިޑީގެ ހަރުފަތްތައް ކަޑައްތު ކޮށްލުމަށް ފަހު އީތަން ޕާކު ކޮށްފާއޮތް އޭނާގެ ކަޅު ކާރަށް އަރާ ދުއްވާލިއިރު މުޅި މީހާ ދާހިތްލަން ފަށައިފިއެވެ. މިޝެލް އަށް ވީ ގޮތް ނޭނގުނަސް އީތަން އަށް ބޮޑު ކަމެއް ވެއްޖެ ކަން ޔަގީންވިއެވެ. ބާރަށް ދުއްވައިގެން ހަތަރު ވަރަކަށް މިނެޓުތެރޭ އީތަން އަށް ހޮސްޕިޓަލަށް ދެވިއްޖެއެވެ. އީތަން އަވަސް އަވަހަށް ކާރުން ފައިބަމުން އެތެރެ އަށް ވަންނަން ދުއްވައިގެން އިރު އެ މަންޒަރު ބަލަން ތިބި މީހުން ނަކަށް އޭނާ އަށް ފަރުވާލެއް ނެތެވެ. ‘އިންޓެންސިވް ކެއާ ޔުނިޓް’ ކައިރިއަށް ދެވުން އިރު ދާއިން އާއި ސޫޒަން އަދި ޔޫލީ ތިބި ތަން ފެނިފައި އީތަން ބާރު ބާރަށް ގޮސް ހުއްޓެމުން އެންމެންގެ މޫނަށް ބަލައިލިއެވެ.

“ކޮބާ މިޝެލް؟” އީތަން ގެ އަޑު ތުރު ތުރު އަޅައެވެ. އެކަކު ވެސް ޖަވާބު ނުދިނުމުން އީތަން ރުޅިއަންނަ ގޮތްވިއެވެ.

“ކޮބާހޭ މިޝެލް؟ އަޑު ނީވެނީ ތަ؟ ޔޫލީ ޓެލް މީ” އީތަން ހަޅޭއްލަވައި ގަތުމާއި އެކު ދާއިން ގޮސް އީތަންގެ ކޮނޑުގައި ހިފައިލީ ހިތްވަރު ދިނުމުގެ ގޮތުން ނެވެ.

“އީތަން. މިވަގުތު ރުޅި ގަދަވެގެން ކަމަކު ނުދާނެ. އާދޭ މިތާ އިށީންނަން. އޭރުން ވީ ގޮތް ކިޔައިދޭނަން.” ދާއިން މަޑުމައިތިރި ކަމާއި އެކު ވާހަކަ ދެއްކުމުން އީތަން ވެސް މަޑު މަޑުން ގޮސް ގޮނޑިއެއްގައި އިށީނެވެ. ދާއިން ޔޫލީ މީގެ އިރު ކޮޅެއް ކުރިން ކިޔައިދިން ވާހަކަ ކިޔައިދެމުން ދިޔަ އިރު އީތަންގެ ލޯ ފުސްވަމުން ދިޔައީ ކަރުނައިން ނެވެ. އަލްހާންގެ ވާހަކަ ދާއިން އީތަން އަށް ސިއްރު ކުރީ އަންނަ ރުޅީގައި އީތަން ގޯހެއް ހަދާފާނެތީއެވެ.

ދާއިން އެކަން ސިއްރު ކުރި ނަމަވެސް އީތަން ގެ ސިކުނޑި އަށް ވިސްނުނެވެ. އަލްހާން އެފަދަ އިންޒާރެއް ދީފައި ވަނިކޮށް މިޝެލް އެގޮތަށް ދޫކޮށްލެވުމުން އީތަން އަމިއްލަ ނަފްސަށް ވެސް މަލާމާތް ކުރިއެވެ. މިޝެލް އަށް ކަމެއް ވެއްޖެ ނަމަ އޭނާ އަކަށް ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ އެވެ. އީތަން ދެއަތުން މޫނު ފޮރުވައިލަމުން ހެއްދެވި ފަރާތަށް ދުޢާ ކުރިއެވެ. ފަސްވަރަކަށް މިނެޓުގެ ހަމަހިމޭން ކަމަށް ފަހު ޑޮކްޓަރަކު ނުކުތުމުން އެންމެން ނަށްވެސް ކޮޅަށް ތެދުވެވުނީ މިޝެލް ގެ ހާލު އެނގެން ބޭނުން ވެފައި ތިބިލެއް ބޮޑު ކަމުންނެެވެ.

“ތީ ޕޭޝެންޓްގެ ފެމިލީ ތޯ؟ އަޅުގަނޑު މީ ޑރ.ސުޖާއު” ޑޮކްޓަރު ސުވާލު ކޮށްލުމާއި އެކު އެންމެނަށް ބޯ ޖަހައިލެނުނެވެ.

“ވެލް. ޕޭޝެންޓް ވަރަށް ލަކީ. ހަގީގަތުގަ ހަމަލާ އަރާފަ އިނީ ހިތް އިންނަ ފަޅިއަށް. ނަމަވެސް މިޝެލްގެ ހިތް އިނީ ރައިޓް ސައިޑް ގައި ކަމުން ޝީ އިޒް ސޯ ލަކީ. އެފަދަ ހާލަތް ތަކަށް ކިޔަނީ ޑެކްސްޓްރޮކާޑިއާ ސައިޓަސް އިންވާސަސް. މީ ވަރަށް މަދު ފަހަރަކު ދިމާވާ ހާލަތެއް. ނަމަވެސް ބައިވަރު ލޭ ބޭރު ވުމުގެ ސަބަބުން އޭ ޕޮޒިޓިވް ލޭ ބޭނުން ވާ ވާހަކަ ބުނެލަން އަޅުގަނޑު މި އައީ. ލޭ ނުލިބިއްޖެ ނަމަ ޝީވިލް ލޫޒް ހާ ބޭބީ” ޑޮކްޓަރުގެ ޖުމްލައިން އީތަން އަށް ޝޮކެއް ޖެހުނު ފަދައެވެ.

“ކީކޭ ތޯ؟” އީތަން ޔަގީން ކޮށްލުމުގެ ގޮތުން އަހައިލިއެވެ.

“މިޝެލް ޕްރެގްނެންޓް. ވީމަ ލޭ މަދުވާކަމަށް ވަންޏާ ބޭބީ އަށް ނުރައްކާ އޮބެއް.” ޑޮކްޓަރު އޮޅުން ފިލުވައިދިނެވެ.

“ޑޮކްޓާ އަޅުގަނޑުގެ ހުންނަނީ މިޝެލް އާ އެއް ޓައިޕެއް. އަޅުގަނޑު ލޭ ދޭނަން” އީތަން ބުންޏެވެ.

“އޯކޭ ކަމް ވިތްމީ” ޑޮކްޓަރު ބޯ ޖަހައިލަމުން އީތަން އަށް އިޝާރާތް ކޮށްލިއެވެ. އެންމެނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ މިޝެލް ރަނގަޅު ކަން ޔަގީން ވުމުން ނެވެ. ދާއިން ލަސް ނުކޮށް މާއިރާ އަށް ގުޅި އެވެ. އަދި ކާރަކަށް އަރައިގެން ހޮސްޕިޓަލަށް އައުމަށް އެދުނެވެ. ދާއިން ހުރީ މިޝެލްގެ ހާލު ޔަގީން ކޮށްފައި ނޫނީ މާއިރާ އަށް ނުގުޅާށެވެ. ޔޫލީ ދާއިން ކައިރިއަށް ޖެހިލަމުން ދާއިންގެ ކޮނޑުގައި ފިރުމައިލަމުން އެނބުރި ޑިއުޓީ އަށް ދާ ވާހަކަ ބުނެލިއެވެ.

“އޯކޭ. ޑޭން އާ މަންމަ އާ ތިބޭނަން..” ދާއިން ޔޫލީ އަށް ހިނިތުން ވެލަމުން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. ޔޫލީ ދިޔަތާ އިރުކޮޅެއް ފަހުން އެތަނަށް ޕޮލިހުން އައީ މައްސަލަ ތަހުގީގު ކުރުމަށެވެ. ވީގޮތް ސޫޒަން ގާތު އެހުމުން ސޫޒަން ބަލައިލީ ދާއިން ގެ މޫނަށެވެ.

“އަޅުގަނޑުމެނަށް އެހަށް ވަގުތު ކޮޅެއް ދެއްވާ. އިރުކޮޅަކުން ގޮތް ނިންމާނެ ފަރާތް މި ތަނަށް އަންނާނެ.” ދާއިން ސޫޒަންގެ އަތުގައި ފިރުމައިލަމުން އޮފިސަރަށް ބުންޏެވެ.

ލޭ ދީފައި އީތަން ނުކުތް އިރު އެތާ ޕޮލިހުން ތިބި ތަން ފެނުމުން ތަންކޮޅެއް ބާރަށް ހިނގާފައި އީތަން ގޮސް އެތާ ހުއްޓުން އިރު ބުމަ ވަނީ ގޮށްޖެހިފައެވެ. އޮފިސަރު ހަމަ ސޫޒަން މެން ގާތު ކުރި ސުވާލު އީތަން އާ ކުރިއެވެ.

“މިޝެލް އަށް ހަމަލާ ދިނީ މޫނުު ނިވާ ކޮށްގެން ހުރި މީހެއް. އިތުރު އެއްޗެއް އަޅުގަނޑު މެންނަކަށް ނޭނގެ. އެހެން ނޫނަސް އަޅުގަނޑު މި ކޭސް ފައިލް ކުރާކަށް ބޭނުމެއް ނޫން. ޕްލީޒް ގިވް އަސް ސަމް ޕްރައިވެސީ” އީތަން ގެ އަޑުގައި ހަރުކަށި ކަމެއް ހުއްޓެވެ. އޮފިސަރު ބޯޖަހައިލަމުން އެތަނުން ދިއުމުން އީތަން އަށް ސޫޒަން ބަލައިލިއެވެ.

“ދަރިފުޅަށް ހަގީގަތް ހާމަ ކުރުމުގެ އިހްތިޔާރު އޮބެޭތެއްނު. ކީއްވެ ބައްޕަ ދިފާއު ކުރަނީ؟” ސޫޒަން ފެންކަޅިވެފައި އިނދެ އަހައިލިއެވެ. އީތަން ފުން ނޭވާއެއް ލަމުން ގޮސް ސޫޒަން ކައިރީ އިން ގޮނޑީގައި އިށީނެވެ. އަދި އަތުގައި ހިފައިލަމުން އެ އަތުގައި ބޮސް ދިނެވެ.

“އަޅުގަނޑު މަންމަ ދެކެ ލޯބިވާ ވަރަށް ޑޭޑް ދެކެ ވެސް ލޯބިވާތީ. މޮމް އަށް ޑޭޑް ގެއްލެން ބޭނުން ނުވާތީ. މިޝްގެ ހާލު ރަނގަޅު ވީމަ އަޅުގަނޑު އެކަން ބޮޑު ކޮށްލަން ބޭނުން ނުވީ. އޯލް ތޭންކްސް ޓު ޔޫ. ހެއްދެވި ފަރާތް މިޝެލް ސަލާމަތް ކޮށްދޭން މެދުވެރިއަކަށް މަންމަ ހެއްދެވީ. އަޅުގަނޑުގެ ހިތުގައި ޑޭޑް އަށް ކިތަންމެހައި ވެސް ޝަކުވާ އޮބެއް. އެކަމު އަޅުގަނޑު ޑޭޑް އަށް ވިސްނޭތޯ މި ޗާންސް ދިނީ” އީތަންގެ އަޑުގައި ވަނީ ސޫޒަން އަށް ޓަކައި ވާ ލޯތްބެވެ. ސޫޒަން ހިނިތުންވެލަމުން އީތަންގެ ބުރަކަށީގައި ފިިރުމާލި މަންޒަރު ބަލަން ހުރި ދާއިން އަށް ވެސް ހިނިތުން ވެލެވުނީ އީތަން ކަހަލަ ވިސްނޭ މީހަކު މިޝެލްއަށް ލިބުން ކަމަށްޓަކައި އުފާކުރާ ހާލުގައެވެ.

“މަންމާ” ދާއިން އަށް އެއްލި ކަޅިއަކުން މާއިރާ އަންނަތަން ފެނިފައި ގޮވައިލެވުނެވެ. ސޫޒަން ވެސް ދާއިންެ މަންމާއޭ ކިޔާފައި ގޮވާލުމުން އެކޮޅު ބަލައިލި އިރު ފެނުނު މޫނަކުން ހައިރާން ވެގެން ކޮޅަށް ތެދުވެވުނެވެ. މާއިރާ އަށް ވެސް ވީ އެވަރެވެ. ސޫޒަން ފެނުމާއި އެކު މާއިރާ ގަނޑު ވި ކަހަލައެވެ.

“ސޫޒަންތަ؟” މާއިރާ ހައިރާން ވެފައި ހުއްޓެއް ކަމަކު އެ އަޑުގައި އުފާވެރި ކަމެއް ވެސް ވިއެވެ. އީތަން އާއި ދާއިން ވެސް އެކަކު އަނެކަކަށް ބަލައިލަމުން ސޫޒަން އާއި މާއިރާ އަށް ބަލަންތިއްބެވެ.

“ދޮންތާ. ތީ ހަމަ ދޮންތަ ތަ؟” ސޫޒަން މާއިރާ އަށް ދޮންތަ ކިއުމުން ދާއިން އާއި އީތަންވެސް ތިބީ ހައިރާންވެފައެވެ. ސޫޒަން ހިނިތުންވެފައި ހުރެ ގޮސް މާއިރާގެ އަތުގައި ހިފައިލިއެވެ. މާއިރާ ބޯ ޖަހައިލަމުން ސޫޒަން އާ ދިމާއަށް ހިނިތުން ވެލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

“މަންމަ މިޝެލްގެ މަންމަ ދަންނަންތަ؟” އީތަން ގޮސް މާއިރާ މެން ގާތަށް ހުއްޓެމުން ސުވާލު ކޮށްލިއެވެ.

“ކީކޭ؟؟ އީތަން ގެ މަންމަ ތަ ސޫޒަން މީ؟” މާއިރާގެ އަޑުގައި ވީ ހައިރާންކަމެވެ. ސޫޒަން ބޯ ޖަހައިލަމުން ދާއިން އަށް ބަލައިލިއެވެ.

“ދާއިން އަށް އިނގޭތަ. މީ މަންމަގެ ދޮންތަ” ސޫޒަން އުފަލުން ހުރެ ދާއިން އަށް އޮޅުން ފިލުވައިދިނެވެ. ދާއިން ފާޑަކަށް ހުރެފައި ގޮސް މާއިރާގެ ކޮނޑުގައި އަތް އަޅުވައިލިއެވެ.

“އެންޑް ޝީ އިޒް މައި މޮމް. އޭގެ މާނަ އަކީ..؟؟” ދާއިން ބުނެލި ޖުމްލައިން ސޫޒަން ލޯ ބޮޑު ކޮށްލަމުން މާއިރާގެ މޫނަށް ބަލައިލިއެވެ.

“ވީ އާ ކަޒިންސް ދޯ.؟” އީތަން މޫނަށް ފާޑެއްގެ ގޮތެއް ހަދައިލަމުން ބުނެލި ޖުމްލައިން ސޫޒަން އަށްވެސް ހިނިތުން ވެވުނީ ނޭނގުމެއްގެ ތެރޭގައި ނަމަވެސް އާއިލާ ގުޅިފައިވާ ތަން ފެނިފައެވެ. މާއިރާ އާއި ސޫޒަން އެކަކު އަނެކަކުގެ ގައިގައި ބައްދާލަމުން އެކި ވާހަކަ ތައް ދައްކަމުން ގޮސް އިށީނެވެ.

އީތަން ދާއިން ކައިރިއަށް ޖެހިލިއިރު ހުރީ ހިނި އައިސްފައެވެ.

“ކިހިނެތްތަ މިވީ؟ މިޝެލް އެއީ މަގޭ ކަޒިން” ދާއިން ފާޑަކަށް އީތަން އަށް ބަލައިލިއެވެ. އަދި އީތަން އަށް ރައްދު ދިނެވެ.

“އެންޑް ޔޫލީ އިސް މައިން.” އީތަން މޫނަށް ގޮތެއް ހަދައިލަމުން ދާއިންގެ ކޮނޑުގައި ޖަހައިލިއެވެ.

“ދޮންތާ އަހަންނަށް މާފު ކުރޭ. އަލްހާން އަހަރެންނަށް ދޮންތަ އާ ވާހަކަ ދެއްކުން މަނާ ކުރީ. އެއް ގޮތަކަށް ވެސް އަހަރެން ދޮންތަ ދެކެ ރުޅިއެއް ނާދޭ.” ސޫޒަން މާއިރާގެ އަތުގައި ހިފަހައްޓައިގެން އިން އިރު ހީވަނީ މާއިރާ ގޮސްދާނެތީ ބިރުން އުޅޭ ހެން ނެވެ.

“އިނގޭ ތިކަން. އަދި ވެސް އަލްހާން ހަމަ އެހެން ދޯ. ޔޫލީ ވަރަށް ދެރަ ވެފަ ހުންނަނީ އޭނަގެ މަންމަ އާ ބައްޕަ މަތިން ހަނދާން ވާ ވަރުން.” މާއިރާ ދެރަވެފައި ބުންޏެވެ.

“އަހަރެން ޝުކުރު ކުރަން ދޮންތަ ކަހަލަ މަންމަ އެއް ޔޫލީ އަށް ލިބުނީ ތީ. އަހަރެން ނަށް އިނގޭ ދޮންތަ ޔޫލީ އަށް ދެރަ ގޮތެއް ނުހަދާނެކަން. މިއަދު ގެއަށް ގޮސް ފުރަތަމަ ވެސް އަހަރެން ކުރާނެ ކަމަކީ އަލްހާން ގާތުން ވަރިއަށް އެދުން” ސޫޒަން އެހެން ބުނި އިރު އެ އަޑުގައި ވަނީ ހިތާމަވެރިކަމެވެ. ސަބަބު ނޭނގި އިން މާއިރާ އެއީ ކީއްވެތޯ އަހައިލުމުން ސޫޒަން އަށް ވިސްނާލަން މަޖުބޫރު ވިއެވެ. އަލްހާން މިޝެލް މަރާލަން އުޅުން ކަން އިނގިއްޖެއްޔާ މާއިރާ އަނެއްކާވެސް އޭނާ އަށް ގެއްލިދާނެއެވެ.

“ގޮތް ދޫ ނުކުރާތީ. މިޝެލް އެއީ އީތަންގެ އަންހެނުން. އެކަމު އެ ކުއްޖާ އެހާލުގައި އޮތްކަން އިނގޭ އިރުވެސް ހާލު ދެކިލަން ނައިމަ އަހަރެން ވަރަށް ފޫހިވެއްޖެ” ސޫޒަން ވިސްނާލާފައި ބުންޏެވެ.

“އަލްހާން ގަބޫލު ނޫން ވީމަ އެހެން ވެސް ވާނެ. އެކަމު އެހާ ގިނަދުވަސް ވީ ކައިވެންޏެއް ރޫޅާލާކަށް ނުވާނެ އެއްނު. ދާއިން ބުނި މިޝެލް އަށް މާ ބޮޑުވަރު ނުވާ ވާހަކަ. ދޮންތަ އަކަށް ނުފެނޭ ތީ އެންމެ ރަނގަޅު ގޮތް ކަމަކަށް. އަލްހާން އަށް ވިސްނައިދީ” މާއިރާ ސޫޒަން އަށް ނަސޭހަތް ދިނެވެ.

އިރުކޮޅަކުން ޑޮކްޓަރު ނުކުމެފައި ކޮންމެވެސް އެކަކަށް ވަދެވޭ ވާހަކަ ބުނުމުން އީތަން އަށް އުފަލުން ގޮސް ހުރެވުނު ތަންވެސް ނޭނގުނެވެ. ދާއިން އީތަންގެ ކޮނޑުގައި ޖަހައިލަމުން އަވަހަށް ދާށޭ ބުނެލިއެވެ.

މިޝެލް ގެ ސޫރަ ފެނުމާއި އެކު އީތަންގެ ހިތަށް ބަޔާންކުރަން ދަތި ހަމަ ޖެހުމެއްލިބުނެވެ. އީތަން މިޝެލްގެ މަޑު އަތްތިލައިގައި ހިފައިލިއެވެ.

“އައި ލަވް ޔޫ ސޯ މަޗް މިޝީ. އަހަރުމެނަށް ބޭބީ އެއް ލިބެނީ. ދެން ތިހެން ނޯވެ ހޭލަބަލަ. އައި އެމް އޯލްރެޑީ މިސިންގް ޔޫ. ކިރިޔާ ބިރުން ހަލާކު ނުވީ. މިޝް އަށް ގޮތެއް ވީ ނަމަ ދުވަހަކުވެސް އަހަރެން ނަކަށް އަހަރެންގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ. އައި ލަވްޔޫ.” އީތަން މިޝެލްގެ މޫނާ ދިމާއަށް ގުދުވެލަމުން އެ މޫނުގައި ބޮސްދިން އިރު އީތަންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި މިޝެލްގެ ތުންފަތް މައްޗަށް ވެއްޓުނެވެ. މިޝެލް އަށް ނިދާ އިންޖެކްޝަން ދީފައި އޮތުމުން އީތަން ކިޔާ އެއްޗެއް އަޑު ނީވޭނެ ކަން އިނގި ހުރެވެސް އީތަން އަކަށް އެ ބަސްތައް ބޭރު ނުކޮށެއް ނުހުރެވުނެވެ. އެއަށްވުރެ އެ ހިތުގައި މިޝެލް އަށް ޓަކައި ވާ ޖަޒުބާތު ތައް މިހާރު ވަނީ މާ ވަރުގަދަ ވެފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

އައިޝާ

Next

އަހަރެންގެ ކުށް (ފުރަތަމަ ބައި)

Next
October 16, 2016

އަހަރެންގެ ކުށް (ފުރަތަމަ ބައި)

Previews
October 16, 2016

އައިޝާ

46 Comments!

  1. niha says:
    October 16, 2016 at 1:23 pm

    VVVV reethi vana abaduhanvas…..
    love shooty …
    komaduvahaku up kodathi….

  2. maya says:
    October 16, 2016 at 1:28 pm

    so cute

  3. shooty says:
    October 16, 2016 at 1:29 pm

    Thank you niha.. Hope everyone will like this part too.. Story nimen varah kairi vejje ingey.. Thank you for reading and supporting me. I love you all sooooo much.. You guys are the reason of me writing this story. Keep supporting and feel free to leave a comment about this part also.. Love you 😀

  4. Shaf says:
    October 16, 2016 at 1:40 pm

    Waiting 4 next part..i luv to read ur stories shooty..

    1. shooty says:
      October 16, 2016 at 9:26 pm

      Thankyou shaf.. 😀

  5. Sheera says:
    October 16, 2016 at 1:41 pm

    Wow varah nice mi part vx next part avahah upkohdhehchey

    1. shooty says:
      October 16, 2016 at 9:27 pm

      Next part will upload tomorrow..

  6. Shaaa says:
    October 16, 2016 at 2:16 pm

    Salhi varah

  7. Saandy says:
    October 16, 2016 at 2:17 pm

    ވަރަށް ވަރަށް ރީތި… ވަރަށް އަސަރުގަދަ… އީތަންއަށް ހާދަ ވިސްނެޔޭ ދޯ… އެކަހަލަ ދަރިން ބޭނުންވަނީ… ސިފަކުރުންތައްވެސް ވަރަށް ކަމުދޭ… ހީވަނީ ހަމަ އެތާ ހުރެވޭހެން… 20ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 20ވަނަ ބައި އަވަސްކޮށްލައްޗޭ

    1. shooty says:
      October 16, 2016 at 11:42 pm

      Thanks saandy. Happy to see a comment of yours.. 20th episode will upload tomorrow.. Insha allah..

  8. Chapii says:
    October 16, 2016 at 2:22 pm

    Wow nice

  9. aishuu.. says:
    October 16, 2016 at 2:25 pm

    Alhey..v rythi mi part vx..kiyaa hithun inyma kanneyge v kuruhen heevany…

    1. shooty says:
      October 16, 2016 at 9:28 pm

      Aan dhw aishuu.. Thank you.. Maadhan v dhigukoh genesdheynan insha allah..

  10. vishaa says:
    October 16, 2016 at 2:25 pm

    vara reeeeeethi…waiting for next part …ur the best shoooty:-)

    1. shooty says:
      October 16, 2016 at 11:32 pm

      Thank you vishaa

  11. Depika says:
    October 16, 2016 at 2:26 pm

    V loabi

  12. Amu says:
    October 16, 2016 at 2:40 pm

    Varah salhi mi part vxx… Dhn avahah mishal heyaruvaaa…. Nd yeah nxt part kiyaa hithun hurevenii eh nooon mihaaru… Thankolheh avahah nxt part up koh dhehchey…. Luv yew shooty ????

    1. shooty says:
      October 16, 2016 at 11:33 pm

      Thankyou so much.. Keep waiting

  13. Hooooo. says:
    October 16, 2016 at 2:45 pm

    Update soon.
    Can’t wait any more

    1. shooty says:
      October 16, 2016 at 11:39 pm

      Hehe.. Hooooo. Madhama ah wait kohlla ingey.. Insha allah will upload soon..

  14. Thaiza says:
    October 16, 2016 at 2:47 pm

    Vvvv reethi

  15. Thaiza says:
    October 16, 2016 at 2:48 pm

    update plx plx plx

  16. Rsy says:
    October 16, 2016 at 3:22 pm

    VVVVVVV lobi mibaivas…..???????????
    Waiting…..

  17. Axu says:
    October 16, 2016 at 3:39 pm

    Good job sooty… vara nice waiting for next episode…. update soon :-*

    1. shooty says:
      October 16, 2016 at 11:35 pm

      Than you azu

  18. Shaa says:
    October 16, 2016 at 4:23 pm

    alhe wow.. varah salhi.. next part please avas kohdhehchey

  19. Khajja says:
    October 16, 2016 at 4:39 pm

    Wow masha allah vvv rythi eeethan kahala kudhin komme family akah ves allah minvaru kuravvaashi aameen n alhaan avves heyovisnun dhevvaashi nxt prt ah v inthizaaru kuran

    1. shooty says:
      October 16, 2016 at 11:38 pm

      Ohh khajja.. Thank you so much.

  20. lai says:
    October 16, 2016 at 6:03 pm

    shooty … we are pround of you …

    1. shooty says:
      October 16, 2016 at 11:37 pm

      Thanks lai.. For being in my side friend 🙂

  21. Aishaaaa says:
    October 16, 2016 at 6:24 pm

    Haaaa.. neyvaahifaata laigen indhe mibai mi kiyaalevuny…vvvvv furihama… thnx shootyyy ❤ ❤ ❤. . Vaahaka nimeytha v dheravey ? adhives ummeedhu kuran shootyyy ge reethi loabige asaru gadha vaahaka thah kiyaalan libeyne kamah….

  22. Aishaaaa says:
    October 16, 2016 at 6:24 pm

    Haaaa.. neyvaahifaata laigen indhe mibai mi kiyaalevuny…vvvvv furihama… thnx shootyyy ❤ ❤ ❤. . Vaahaka nimeytha v dheravey ? adhives ummeedhu kuran shootyyy ge reethi loabige asaru gadha vaahaka thah kiyaalan libeyne kamah….

    1. shooty says:
      October 16, 2016 at 11:36 pm

      Thanks aishaaaa. Michelle survive v dhw hehe <3

  23. Afoo says:
    October 16, 2016 at 8:13 pm

    Wow amazing..

  24. Amish says:
    October 16, 2016 at 8:52 pm

    So borin

    1. shooty says:
      October 16, 2016 at 9:31 pm

      Ehen tha.. Sorry for that.. But thanks alot for reading. Next part kiyaalahchey.. Borin eh nuvaane iraadha kureviyya 🙂

  25. Zupi says:
    October 16, 2016 at 8:55 pm

    ???

    1. shooty says:
      October 16, 2016 at 11:41 pm

      Oh zuppi dhera v tha.. Thanks alot for reading..:-)

  26. yaana says:
    October 17, 2016 at 7:32 am

    vv reethi

  27. fathun says:
    October 17, 2016 at 9:26 am

    wow wow wow wow varah ves reethi,asarun furigen vaa reethi vahaka eh.lurrrrv the story n waiting for the next part…… fathun ge hiyy ves mihaaru Ethan ah dhevijje hehe ehaa ves rom.anyways v reethi story eh

  28. Luyoon says:
    October 17, 2016 at 11:50 am

    Wow v salhi. Dhemme kiyan feshy mi story. Furathama episode in feshigen 19 ah kiyaafin. Vvvvvv salhi. ☺☺☺

  29. Zaanaa says:
    October 17, 2016 at 11:55 am

    Avaha up koh deeba kehmaduvefaa me thibenee keyaa hethun

  30. shaya says:
    October 17, 2016 at 12:36 pm

    Snooty kobaatha next part

  31. mishel says:
    October 17, 2016 at 1:41 pm

    Shooty please please update soon ??

  32. vishaa says:
    October 17, 2016 at 2:16 pm

    shoooty waiting for next part 🙂

  33. yaani says:
    October 17, 2016 at 10:33 pm

    Koba up nukurantha next part

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 20 (ފަހުބައި)←


All Right Reserved!