Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 20 (ފަހުބައި)

shooty Level 310 Stories100 Comments
October 17, 2016 11 Mins Read
93 Comments

ލޯބިވަން ޔާރާ އޭ 20

 

“އައި ލަވް ޔޫ ސޯ މަޗް މިޝީ. އަހަރުމެނަށް ބޭބީ އެއް ލިބެނީ. ދެން ތިހެން ނޯވެ ހޭލަބަލަ. އައި އެމް އޯލްރެޑީ މިސިންގް ޔޫ. ކިރިޔާ ބިރުން ހަލާކު ނުވީ. މިޝް އަށް ގޮތެއް ވީ ނަމަ ދުވަހަކުވެސް އަހަރެން ނަކަށް އަހަރެންގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ. އައި ލަވްޔޫ.” އީތަން މިޝެލްގެ މޫނާ ދިމާއަށް ގުދުވެލަމުން އެ މޫނުގައި ބޮސްދިން އިރު އީތަންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި މިޝެލްގެ ތުންފަތް މައްޗަށް ވެއްޓުނެވެ. މިޝެލް އަށް ނިދާ އިންޖެކްޝަން ދީފައި އޮތުމުން އީތަން ކިޔާ އެއްޗެއް އަޑު ނީވޭނެ ކަން އިނގި ހުރެވެސް އީތަން އަކަށް އެ ބަސްތައް ބޭރު ނުކޮށެއް ނުހުރެވުނެވެ. އެއަށްވުރެ އެ ހިތުގައި މިޝެލް އަށް ޓަކައި ވާ ޖަޒުބާތު ތައް މިހާރު ވަނީ މާ ވަރުގަދަ ވެފައެވެ. އީތަން މިޝެލްގެ މޫނަށް ކިތަންމެ ވަރަކަށް ބެލިޔަސް ވެސް ފޫހި ނުވާ ފަދައެވެ. އީތަން މިޝެލްގެ ބަނޑުގައި ފިރުމައިލީ ވަރަށް ލޯބިންނެވެ. އޭނާ އަށް ހުރިހައި އުފަލެއް މިޝެލް ގެ ސަބަބުން ލިބިއްޖެއެވެ.

ސޫޒަން ގެއަށް ދިޔައީ އަލްހާން ގުޅުމުންނެވެ. ސޫޒަން އަކީ އާއްމު ކޮށް ބޭރަށް ނުކުމެ އުޅޭ މީހެއް ނޫން ކަމުން އަލްހާންގެ ސުވާލު ކުރިމަތި ވާނޭ ކަން ސޫޒަން އަށް އިނގެއެވެ. ނަމަވެސް މިއަދަކު އޭނާ ފަހަތަކަށް ނުޖެހޭނެ އެވެ. ކޮންމެވެސް އެއް ކޮޅެއްގައި އެކަން ޖައްސާފައި ނޫނީ ސޫޒަން މިއަދު ދުލެއް ނުކުރާނެއެވެ. ސޫޒަން ފުން ނޭވާއެއް ލަމުން އެތެރެ އަށް ވައިން އިރު އަލްހާން އިނީ ސިޓިންގް ރޫމް ސޯފާގައެވެ.

“ކޮންތާކުން ތި އައީ؟ ތީ އަހަރެން ބުނެގެން ޖޫސް ތަށި ބަލާ ދިޔަ މީހަ” އަލްހާންގެ އަޑުގައި ވަނީ ނުރުހުމެވެ. ދަރިންގެ ކަންތަކާ އައިސްފައި ހުރި ރުޅި އަލްހާން ސޫޒަން އަށް ވެސް ދައްކައެވެ. ސަބަބަކީ ސޫޒަން ދަރިން ނާ އެއް ކޮޅަށް ހުންނަ ކަމެވެ.

“އަހަރެން މި އައި ތަން އަލްހާން އަށް ނޭނގުނިއްޔާ ދެން އިނގޭނީ ވަކި ކާކަށް ތަ؟” ސޫޒަން ރުޅިވެރި ކަމާއިއެކު ވާހަކަ ދެއްކިއެވެ.

“އަލްހާން ނުބައި ރޭވުންތައް ޓެރެސް މަތީ ހުރެގެން ރޭވި އިރަކު ހިތަކަށް ނާރާ ދޯ އަހަރެން އަދި މިގޭ ގައި އުޅޭކަން” ސޫޒަން އަލްހާން ފާޑަކަށް ބަލަން އިނުމުންް ހިތްވަރުއައިސްގެން އިތުރަށް ވާހަކަ ދެއްކިއެވެ.

“ސޫޒަން ތި ކިޔާ އެއްޗެއް އަހަރެންނަކަށް ނޭނގެ. އަހަރެން ކޮން ރޭވުމެއް ރޭވީ ތަ؟” އަލްހާން ގެ ހިތް ބިރުން ތެޅިގަތް ނަމަވެސް އެކަން ނުދައްކާން އޭނާ މަސައްކަތް ކުރިއެވެ.

“އަދިވެސް އޮޅުވައިލަން އެބަ މަސައްކަތް ކުރެއެއްނު. އަލްހާން ދެއްކި ވާހަކަ އަހަރެންގެ ދެ ކަންފަތުން އަޑު އެހީ. އަހަރެން މީ އަލްހާން ހާ ނުވިސްނޭ ނުބައި ނުލަފާ މީހަކަށް ނުވާތީ އަހަރެން ދިޔައީ އަހަރެންގެ ދަރިފުޅުގެ އަނބި މީހާ ސަލާމަތް ކުރަން. އިވިއްޖެތަ؟” ސޫޒަން ހަޅޭއް ލަވައިގަތެވެ.

“ސޫޒަން…” އަލްހާން އެއްޗެކޭ ބުނަން އުޅުމުން ސޫޒަން އަތުގެ އިޝާރާތުން މަޑުން އިނުމަށް ބުންޏެވެ.

“އަޑު އަހާ!! އަހަރެން ނަށް އިނގިއްޖެ މިޝެލް އަކީ އަހަރެންނަށް ބޮޑުދައިތަ ކިޔާ ކުއްޖެއްކަން. އަލްހާން އެ ދެކުދިން ދެކެ އެހާ ރުޅިއައީ އެއީ މާއިރާގެ ކުދިން ނަށް ވާތީކަން އަހަރެން ނަށް އިނގިއްޖެ. އެކަމު ބުނަން ވާހަކައެއް، އަލްހާން އާ އަހަރެން ދެވަނަ ފަހަރަށް ގުޅުނީކީ އަލްހާން އަށް ޓަކައެއް ނޫން. އީތަން އަށް ޓަކައި. ދޮންތަ ރުޅިއައުން ހައްގު ވީމަ އަލްހާން ދެކެ ރުޅިއައީ. އަލްހާން އަހަރެންނަށް ބޭ ވަފާތެރި ވެފަ އެކަން އިނގުނީމަ ދޮންތަ ދެކެ ރުޅި އަންނާކަށް ނުޖެހޭ. ތީ ކޮންކަހަލަ މީހެއްތަ؟” އައިސްފާ ހުރި ރުޅިންނާއި ވެފައި ހުރި ދެރައިން ސޫޒަން ހީވަނީ ދެންމެ ދެންމެ ރޮއިގެންފާނެހެނެވެ.

“ސޫޒަން އަހަރެން މި ދައްކާ ވާހަކަ އަޑު އަހާބަލަ” އަލްހާން ދެވަނަ ފަހަރަށް ވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

“ނޫން.ނޯ.ނޯ.ނޯ. ޔޫ ލިސަން ޓު މީ. އަލްހާންގެ ތި ނުބައި ރޭވުން މާތްﷲ ކާމިޔާބެއް ނުކުރެއްވި. މިޝެލް އަކީ ނަސީބު ގަދަ ކުއްޖެއް. އެކުއްޖާގެ މެއަށް ވަޅި ހެރި ކަމުގައި ވިޔަސްު އެ ކުއްަޖާގެ ހިތަކަށް ނަސީބަކުން އަސަރެއް ނުކުރޭ. ހިތް އިނީ ވަރަށް މަދު މީހަކަށް ދިމަވާ ހެން ކަނާތް ފަޅީގަ. އަދި ބުނަން. އެކުއްޖާ ބަނޑުބޮޑު، އެއީ އަހަރެންގެ މާމަ ދަރިއެއް. އިތުރަށް އެދެކުދިން ކުރެ އެއް ކުއްޖަކަށް ގެއްލުމެއް ދޭން އުޅުނަސް އަލްހާން ބޭޒާރު ކޮށްލާނަން. އަހަރެން އަތުގަ އަލްހާން އެ މީހަކާ ދެއްކި ވާހަކައިގެ ރިކޯޑިން އެބައޮތް” ސޫޒަން ދޮގެއް ހަދާލިއެވެ. ނަމަވެސް އެއީ އަލްހާން ރަނގަޅުވޭތޯ ސޫޒަން ހެދި ދޮގެކެވެ.

“އަހަރެން މިގެއިން މި ދަނީ. އަލްހާން އަށް ކުރެވުނު ކަންތައް އިހުސާސް ވަންދެން އަހަރެން ހުންނާނީ އީތަން އާއި މިޝެލް ކައިރީ” ސޫޒަން ކޮޓަރިއަށް އަންނައުނުކޮޅެއް ބަލާ ވަންނަން އުޅެފައިވެސް މަޑު ކޮށްލީ އަދި އެއް ވާހަކަ ބުނާށެވެ.

“އަދި އެއް ވާހަކަ. އީތަން އަށް ވެސް އެއީ އަލްހާން ކުރި ކަމެއް ކަން އިނގިފަ އޮންނާނީ. ޕޮލިހުން އެ ކޭސް ފައިލް ކުރަން ވެސް އައި. އެކަމަކު އަލްހާން ގެ އެ ދަރިފުޅު އެކަން ދޫކޮށްލީ އަހަރެން ނާ އަލްހާން ދުރު ނުކުރާންވެގެން. އެކަމު އަހަރެން މި ދަނީ. އަލްހާން އަށް ވިސްނުން ދުވަހަކުންއަހަރެން އެނބުރި އަންނާނަން.” ސޫޒަން ލޮލުން ފޭބި ކަރުނަތައް ފުހެލަމުން ކޮޓަރިއަށް ވަދެ އަންނައުނުކޮޅެއް ކުޑަ ފޮށްޓަކަށް އަޅައިގެން ނުކުތް އިރުވެސް އަލްހާން ހުރިތާ ގަބުވެފައި ހުއްޓެވެ. ލޯބިވާ ފިރިމީހާއާ ދިމާލަށް ބަލައިލުމެއްނެތި ސޫޒަން ނުކުމެގެން ދިޔައީއެވެ.

އަލްހާން އަށް ސޯފާގައި އިށީނދެވުނީވެސް ގަބުވެފައި ހުރެއެވެ. އޭނާ އަކީ ކޮންކަހަލަ މީހެއްހެއްޔެވެ. އަމިއްލަ އެދުމައިގެންގޮސް ފޯވެފައި ހުރި މީހެކެވެ. އަމިއްލަ ދަރިންގެ އުފަލަށް ނުވިސްނި އަމިއްލަ އެދުން ބޮޑު މީހެކެވެ. ތެދުވެރި އަނބިމީހާ އަށް ބޭވަފާތެރި ވި ނުބައި މީހެކެވެ. އެކަން ސޫޒަން އަށް މާއިރާގެ ފަރާތުން އިނގުމުން އެއްވެސް ހައްގަކާ ނުލާ މާއިރާ އާއި ސޫޒަން ގެ ރަހިމުގެ ގުޅުން ކެނޑުވި ނުބައި އިންސާނެކެވެ. އޭނާގެ ސަބަބުން އޭނާ އަށް ލިބެން އުޅޭ ކާފަ ދަރިފުޅު މިދުނިޔޭން ވަކި ނުވީ ކިރިޔާއެވެ. އީތަން ކިހައި ރަނގަޅުހެއްޔެވެ. އޭނާ ބަލި ވީ ދުވަހު އެ ބޮޑު ވިޔަފާރި ބަލަހައްޓައިދިނީ އޭނާ އަށް އެއް ކަމެއްވެސް ނުޖައްސައެވެ. ނަމަވެސް އެ ކުއްޖާ އާ މެދު އަލްހާން އަށް ކަންތައް މި ކުރެވުނީ ހާދަ ގޯސްކޮށެވެ. އޭނާ ޖަލަށް ދާވަރުގެ ކަމަކުން ވެސް ސަލާމަތް އެވީ އީތަން ގެ ސަބަބުން ނެވެ.

އަނެއްކޮޅުން ދާއިން އާއި ޔޫލީ ގުޅެން ނުގަބޫލުވީ އިރު ދާއިން ދުވަހަކުވެސް އަލްހާން ކުރި މަލާމާތަކަށް ވެސް ރައްދެއް ދީފައެއް ނުވެއެވެ. ޔޫލީ އަށް ގެއަށް ވަނުން މަނާ ކޮށް އޭނާ އަށް ނުކުރެވެނީ ކޮން ކަމެއް ހެއްޔެވެ. އަލްހާން އަށް ބޮލުގައި ހިފައްޓައިލެވުނެވެ. އަދި އެތައްފަހަރަކު އަޑުގެ ނެތްކޮޅަށް ހަޅޭއް ލަވައިގަނެވުނީ ކުރެވުނު ކުށްތަކުގެ ސަބަބުން ނުތާހިރު ވެފައި ވާ ނަފްސަށް ލުޔެއް ލިބޭތޯއެވެ.

“ނޫން..ނޫން.. އަހަރެން އަހަރެންގެ އާއިލާ ބޭނުން. ކުރީގެ އުފާވެރި ދިރިއުޅުން ބޭނުން. ސޫޒާން….”އަލްހާން އަޑުގެ ނެތްކޮޅަށް ސޫޒަން އަށް ގޮވައިލަމުން ރޮއިގަނެވުނީ ބޭއިހްތިޔާރުގައެވެ. އަލްހާން ހީވީ މޮޔަވެފައި ހުރި މީހެއްހެނެވެ. ބާރު ބާރަށް އަޑުން އަޑު ނަގާ ރޮމުން ދިޔައީ ހެއްދެވި ފަރާތަށް ފާފަ ފުއްސެވުމަށް އެދި ދަންނަވަމުންނެވެ. އާނއެކެވެ. ހަގީގަތުގައި ވެސް ސޫޒަން އާއި އޭނާގެ ދެކުދިން ނެތި އަލްހާން އަކީ މީހަކަށް ނުވީހެވެ.

ހަފްތާ އެއް ފަހުން މިޝެލް ގެއަށް ދޫކޮށްލިއެވެ. މޭގައި ރިހުން ހުއްޓަސް އީތަން އާއި މިޝެލްދެކެ ލޯބިވާ އާއިލާގެ އެހެން މީހުންގެ ސަބަބުން މިޝެލް އަށް އެ ތަދުވެސް އިހުސާސް ނުވާ ފަދައެވެ. އީތަން ވެސް ގިނަވަގުތު ގޭގައި އުޅެވޭތޯ ބަލައެވެ. އޮފީހުގައި އޭނާ ކުރާ މަސައްކަތްތައް އީތަން ގެއަށް ބަދަލު ކުރީ މިޝެލް މުޅީން ފަސޭހަ ވަންދެނެވެ. މީޓިން އަކަށް ދާން ވުމުން ނޫނީ އީތަން އޮފީހަކަށް ނުދެއެވެ.

“ހޭއި މައި ލަވްލީ ވައިފް. ކިނެތްތަ ހާލު މިއަދު؟” އީތަން ޑްރެސިންގް ޓޭބަލް ކައިރީ މީޓިން އަކަށް ދާން ތައްޔާރު ވާން ހުއްޓައި މިޝެލް ގޮވައިލުމުން ފަހަތަށް އެނބުރިލަމުން އަހައިލިއެވެ.

“ރަނގަޅު. ދެން އީތަން އަބަދު އުޅޭ ގޮތުން ހީވަނީ އަހަރެން މީ ބަލި މީ…” މިޝެލް އަށް ބުނެވުނީ އެހާ ހިސާބަށެވެ. އޯކާ ދަމަމުން އެނދުން ތެދުވެ ފާހާނާ އާ ދިމާއަށް ދުއްވައިގަތެވެ. އީތަން މިޝެލް ފަހަތުން ގޮސް އެހީތެރިވެދިނެވެ. މިޝެލް ހޮޑު ލާ ނިމުމުން އީތަންގެ ގައިގައި ލައްވެލީ މޫނުމައްޗަށް އަނދިރި ވާހެން ހީވުމުންނެވެ. އީތަން މިޝެލްގެ އިސްތަށިގަނޑުގައި ބޮސްދެމުން ހިނިތުންވެލިއެވެ.

“ތެންކިޔު މައި ލަވް” އީތަން މިޝެލް އެ ހަށިގަނޑުގައި ލައްކޮށްލައިގެން ފާހާނާ އިން ނުކުންނަން ހިނގައިގަތެވެ.

“ކޮންކަމަކަށް ތަ ތި ޝުކުުރު އަދާ ކުރަނީ. ކޮންމެ ދުވަހަކު ހޭލާފަ ހޮޑު ލާތީ ތަ؟” މިޝެލް ބަލި އަޑަކުން އަހައިލިއެވެ.

“އަހަރެންގެ ބޭބީ އެއް އުފަންކޮށްދޭން ތި އުޅޭ ހާލުން” އީތަން އެނދުގައި އިށީންނަމުން މިޝެލް ގެނެސް އެ އަތުތެރެއަށް ލިއެވެ.

“ތިހެން ނުބުނެބަލަ. ތިހެން ބުނީމަ ދެން ހީވަނީ މީ އެކަނި އީތަންގެ ބޭބީއެއްހެން” މިޝެލް ރުޅިއަންނަ ކަމަށް ހެދެމުން ތުންފިއްތާލިއެވެ. އެއާއި އެކު އީތަން ފާޑަކަށް ހީގަންނަމުން މިޝެލްގެ ކޮލުގައި ހިފާލުމާއި އެކު އެތަން ރަތްވެގެން ދިޔައެވެ. މިޝެލް ދޮން ކަމުން ކިރިޔާ ބާރަށް ހިފާލިޔަސް އެތަނެއް ރަތްވެއެވެ.

“ކޮބާތަ މަންމަ؟” މިޝެލް އީތަންގެ ކަނދުރައިގާ ދެއަތުން ވަށައިލަމުން އަހައިލިއެވެ.

“މިޝް މާ ކާހިތުން އުޅޭ ކޮންމެސް ފޮނިއެއްޗެއް ހަދަން އެބައުޅޭ” އީތަން މިޝެލްގެ މޫނާ ގާތްވެލުމާއިއެކު މިޝެލް ދުރަށްޖެހިލިއެވެ.

“އައްޗީޑި އީތަން. ދެންމެ އޭ އެކަމު މިޝް މިއައީ ހޮޑުލައިގެން. ނޮޓް ނައު” މިޝެލް މޫނަށް ގޮތެއް ހަދާލަމުން ވާހަކަ ދެއްކީވެސް އަޑު ތޫލިކޮށްލާފައެވެ.

“އަހަރެންނަން ހެވޭ. މިޝް ކޮންމެ ގޮތަކަށް ހުއްޓަސް ތީ މިޝެލް ވެއްޖެއްޔާ އަހަރެން ފަކުރެއް ނުގަންނާނެ.” އީތަން ގެ ޖުމްލައިން މިޝެލް އަށް ހެވުނެވެ.

“އޯކޭ.. މި ދަނީ ފެން ވަރާލައިގެން ނުކުންނަން. ވަރަށް ބަނޑުހައި ވެއްޖެ.” މިޝެލް އީތަންގެ ނޭފަތުގައި ދަތްއަޅާލަމުން އެ އަތުތެރެއިން ވީއްލިގެން ފާހާނާއަށް ވަންނަން މިސްރާބު ޖެހުމާއި އެކު އީތަން އަނެއްކާވެސް މިޝެލް ގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ގުޑްބާއި ކިސް އެއް ނުދޭނަން ތަ؟” އީތަން ގެ ލޮލުގައި ވަނީ ލާނެއްކަމެވެ. މިޝެލް ލަދުރަކި ގޮތަކަށް ހިނިތުންވެލަމުން އީތަން އާ ގާތްވެލިއެވެ. އެއާއިއެކު އީތަން މިޝެލްގެ ކޯތާފަތުގައި ބޮސްދެމުން ތިރިވެ މިޝެލްގެ ބަނޑުގައި ވެސް ބޮސްދިނެވެ.

“މަންމީ އަށް އުނދަގު ނުކުރައްޗޭ.” އީތަން ޅަ އަޑަކުން ވާހަކަ ދެއްކުމުން މިޝެލް އަށް މަޖާވެގެން އަޑުގެ ނެތްކޮޅަށް ހީގަތެވެ.

“ފޯ ގޯޑް ސޭކް އީތަން. އަދީ އެންމެ މަންތެކޭ މި ވީ.” މިޝެލް ހިނިގަނޑު ކޮންޓްރޯލް ކުރަމުން އީތަން ގެ މޭގައި ޖަހައިލިއެވެ.

“އެންމެ މަންތަކަސް އޯކޭ. އެއީ އަހަރެންގެ ބޭބީ އޭ. ދަނީ އިނގޭ. ޓޫ އަވާ ފަހުން އަންނާނަން. ލަވްޔޫ ސޯމަޗް.” އީތަން މިޝެލްގެ ގައިގައި ބައްދާލަމުން ނުކުންނަން ހިނގައިގަތް މަންޒަރު ބަލަން މިޝެލް ހުރީ ހިނިތުންވެލައިގެންނެވެ. އީތަން ދޮރު ލެއްޕުމާއިއެކު މިޝެލް ބަނޑުގައި ފިރުމާލަމުން ފާހާނާއަށް ވަނެވެ.

އޮފީހަށް ދިއުމުގެ ކުރިން އީތަން ޑައިނިންގް ރޫމަށް ވަދެލީ ކޮފީއެއް ބޯލައިގެން ދާށެވެ. އަވަދިނެތި އުޅޭ ސޫޒަން ފެނުމުން އީތަން ހިނިތުންވެލިއެވެ. މޭޒުމަތީ ހުރި ކޮފީ ތަށީގައި އީތަން ތުންޖަހާ ދަމާލީ އެ ހިހޫ ވެފައި ހުރުމުންނެވެ.

“މޮމް ހާދަ ރަނގަޅޭ. މިޝް އެކަނި ކޮށްލާފަ ދާންވެސް މިކެރެނީ މޮމްގެ ސަބަބުން.” އީތަން ލޯބިން ސޫޒަން އަށް ބަލައިލިއެވެ.

“ދެން މަންމަ އަށް މާމަ ކިޔަން އުޅޭ އިރު މިހެން ނު އުޅޭނީ. ކޮބާތަ މިޝް؟ މިއަދު ރަނގަޅުތަ؟”ސޫޒަން ސުވާލު ކޮށްލިއެވެ.

“ލައްބަ. އެކަމު ހޭލި ގޮތަށް ހޮޑު ލައިފި. މަންމަ މިޝް އަށް ގަދަކަމުން ވިޔަސް ހެލްތީ އެއްޗިސް ކާންދެއްޗޭ އިނގޭ. އަބަދު އައިސްކްރީމް ބޮއި ބޮއި އެ ހުންނަނީ. އަޅުގަނޑު ދަނީ. ވަރަށް އަވަހަށް އަންނާނަން. ލަވްޔޫ މޮމް.” އީތަން ސޫޒަންގެ ނިތްކުރީގައި ބޮސްދެމުން ނުކުތްތަން ބަލަން ސޫޒަން ހުރި އިރު އަލްހާން މަތިން ވަރަށް ހަނދާން ވިއެވެ. އަލްހާން ހަމަ އޭނާ ބަލާ ނާންނާނެ ބާއޭ ސޫޒަން ހިތައް އެރިއެވެ. އީތަން އެއީ އަލްހާން ޒުވާން އިރުގެ ކޮޕީއެކެވެ. އުޅުން ވެސް ހަމަ އެއްގޮތެވެ.

އަލްހާން އަމިއްލަ އަށް ކޮފީއެއް ހަދަން ހުރި އިރު ސޫޒަން މަތިން އިންތިހާއަށް ހަނދާން ވިއެވެ. ކިތަންމެ ފަހަރަކުވެސް ދާން ހިތަށް އަރާފައި އަލްހާން އަށް ކަންތައްތައް ކުރެވުނު ގޮތް ހިތަށް އެރުމުން ދާން ފަސްޖެހެވެނީއެވެ. ނަމަވެސް އަލްހާން މިއަދުގެ ވަގުތެއްގައި ދާން ނިންމިއެވެ. ކުށް ކުރެވޭނީވެސް އިންސާނުން ނަށެވެ. މާފަށް އެދި ތައުބާ ވުން އެއީ އެންމެ ރަނގަޅުގޮތެވެ. މިވީ ހަތްދުވަސް ތެރޭ އަލްހާން އަދި ހަރުއެއްޗެއް ނުކައެވެ. ސޫޒަން ނެތުމުގެ ސަބަބުން ކާހިތްވެސް ނުވަނީއެވެ. އެކީގައި އުޅޭ އިރު މުހިިންމުކަން އިހުސާސް ނުވިޔަސް ވަކިވެގެން ދިއުމުން ކޮންމެ މީހަކަށްވެސް އެމީހެއްގެ މުހިންމުކަން އިހުސާސް ވެއެވެ.

ޔޫލީ އާއި މާއިރާ އަދި ދާއިން އީތަންމެން ގެއަށް ހަވީރު ދިޔައީ މިޝެލްގެ ހާލު ބަލައިލާށެވެ. މިޝެލް އުޅޭ ގޮތުން ކަމެއްވީހެންވެސް ހިއެއްނުވެއެވެ. ތެދުވެގެން ހެލިފެލިވެ އުޅޭތަން ފެނިފައި ޔޫލީވެސް އަޖައިބުވިއެވެ. ފަހަރެއްގައި ޒަހަމު އެހައި ފުން ނޫނީ ކަންނޭނގެއެވެ. ސޫޒަން އެންމެނަށް ސައިހެދިއެވެ. ސައިބޯން ތިބިއިރުވެސް އީތަން އާއި މިޝެލް ދެބަސް ވާއިރެއްގައި ހީވަނީ އެހެން ފަދަ ކަމެއްހެނެވެ. އެ ދެކުދިން އުޅޭ ގޮތް ފެނުމުން ސޫޒަން އާއި މާއިރާ ތިބެނީ ހީލަހީލައެވެ. އީތަން މިޝެލް ކާން އިން ވެނީލާ އައިސްކްރީމް ތަށި އަތުލިމުން މިޝެލް ގާތަށް ރުޅިއައެވެެ.

“މަންމާ ބަލާބަ އީތަން” މިޝެލް މާއިރާ އަށާއި ސޫޒަން އަށް ބުނެލީ ތުންދަމައިގެންއިނދެއެވެ.

“ދޮންބޭ. އެހެން ހަދާކަށް ނުވާނެ. ޕްރެގްނެންޓް ވީމަ ކާހިތްވާ އެއްޗިހި ކާން ހުއްދަ ދޭން ވާނެ.” ޔޫލީ އީތަން އަށް ބުނެލިއެވެ.

“ތިކަން އިނގެ އޭ ދޮންބެއަށް. އެކަމު މިއަދު އަދި ރަނގަޅު އެއްޗެއްނުކައި އެ އުޅެނީ. ސޯ.. މިޝް އަށް މި ތަށި ލިބޭނީ މިލްކް ތަށި ބުއީމަ” އީތަން މިޝެލް ގެ ކުރިމަތީ އިން ކިރު ތައްޓަށް އިޝާރާތް ކޮށްލިއެވެ.

“ދެން އީތަން. އައިސްކްރީމްގަވެސް މިލްކް ހުންނާނެއޭ.” މިޝެލް އީތަން އަށް ލޯ އަޅާލަމުން ވެސް ކިރުތަށި ބުއީ އީތަން ގޮތުގައި ހިފައްޓާނެކަން އިގޭތީއެވެ. އެ މަންޒަރު ބަލަން ހެވިފައި އިން ދާއިން ޔޫލީގެ ކަންފަތް ބުޑުގައި ލާނެތް ޖުމްލައެއް ބުނެލުމުން ޔޫލީގެ މޫނު ރަތްވެގެން ދިޔައެވެ. އެންމެން އެކި ސަކަރާތުގައި ތިއްބާ ގޭގެ ދޮރުގެ ބެލް ރިންގު ވާ އަޑު އިވުނެވެ. އީތަން ތެދުވެގެން ދޮރުހުޅުވަން ހިނގައިގަތީ މިވަގުތު އަންނާނީ ކާކުބާއޭ ހިތައް އަރުވަމުންނެވެ. ދޮރު ހުޅުވާލުމާއި އެކު ކުރިމަތީ ހުރި އަލްހާން ފެނި އީތަން އަށް ހައިރާން ކަމެއް ލިބުނެވެ.

“ޑޭޑް” އީތަން ގެ ދުލުން މަޑުމަޑުން ކިޔާލީ ގަބޫލު ނުކުރެވިފައި ހުރެއެވެ.

“ބައްޕަ އަށް އެތެރެ އަށް ވަންނަން ދައުވަތެއް ނުދޭނަން ތަ” އަލްހާން ފެންކަޅިވެފައި ހުރެ އަހައިލިއެވެ. އީތަން ބޯ ހޫރާލަމުން އެތެރެއަށް ވަންނަން ބުންޏެވެ. އަލްހާން އެތެރެ އަށް ވައިން އިރު ޑައިނިންގް ރޫމް ގައި އުޅޭ މީހުން ވާހަކަ ދައްކާ އަޑު އިވިއިވި ހުއްޓެވެ. އީތަން އަލްހާން އަށް ސޯފާގައި އިށީންނަން ބުނަމުން ޑައިނިންގް ރޫމާ ދިމާލަށް ދާން ހިނގައިގަތެވެ. ނަމަވެސް އަލްހާން ގޮވައިލުމުން އެނބުރި ބަލައިލީ ކީކޭ ހެއްޔޭ އަހާލާ ފަދަ ނަޒަރަކުންނެވެ.

“މިވަގުތު ބައްޕަ ބޭނުމީ އެކަނި މަންމަ އާ ބައްދަލު ކޮށްލަން” އަލްހާންގެ ޖުމްލައަށް ބޯ ޖަހައިލަމުން އީތަން އެތެރެއަށް ވަދެ ސޫޒަން ގެ މޫނަށް ބަލައިލިއެވެ.

“މޮމް. ޑޭޑް އިޒް ހިޔާ. މަންމަ އާ މީޓް ކޮށްލަން ބޭނުމޯ.” އީތަން ހިނިތުން ވެލަމުން ސޫޒަން އަށް ބުނެލިއެވެ.

އަލްހާން އެކި ދިމަ ދިމާއަށް ނަޒަރު ހުއްޓަމުން ދިޔައެވެ. އީތަން އާއި މިޝެލްގެ ބޮޑު ފޮޓޯ ލޯގަނޑު އަލްހާން އަށް ފެނުމުން ހިނިތުންވެލެވުނެވެ. އެދެކުދިން ނުހަނުގުޅެއޭ އަލްހާންގެ ހިތަށް އެރިއެވެ. އަލްހާން އަށް ޑައިނިންގް ރޫމް އާ ދިމާއަށް ބަލައިލެވުނީ މީހަކު ނުކުތްހެން ހީވެފައެވެ. ސޫޒަން މަޑުމަޑުން ހިނގާފައި އައި އިރު އަލްހާން ގެ ހިތް އަވަސް ވަމުން ދިޔައެވެ. ސޫޒަން އޭނާ އަށް މާފު ކުރާނެ ބާއެވެ؟

“އަލްހާން. ކީއްކުރަނީ މިގޭގަ؟” ސޫޒަން އިސްޖަހައިގެން ހުރެ ވާހަކަ ދެއްކި އިރު އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

“މީ އަހަރެންގެވެސް ދަރިއެއްގެ ގެއެއްވީމަ. އަދި މިގޭގަ މަގޭ އަންހެނުން އުޅޭތީ ބަލާ މިއައީ” އަލްހާން ހިތްވަރު ކޮށްލާފައި ވާހަކަ ދެއްކިއެވެ. ސޫޒަން އަށް އަލްހާން އާ ދިމާލަށް ކުއްލިއަކަށް ބަލައިލެވުނީ ހައިރާންވެފައެވެ. އަލްހާން އަށް ވިސްނުނީ ހެއްޔެވެ؟

“އަހަރެން ބުނިން ދޯ އަލްހާން ގާތު، އަހަރެން އެނބުރި ދާނީ އަލްހާން ބަދަލުވީ ދުވަހަކުން ނޭ” ސޫޒަން ދެބުމަ ގޮށްޖަހައިލަމުން ހަށަންބަނދެލިއެވެ.

“ސޫޒަން. އަހަރެން މި އައީ ތައުބާ ވެގެން. އެކަމު އަދިވެސް އަހަރެންގެ ހިތަކަށް މުޅިއަކުން ހަމަ ޖެހުމެއް ނުލިބޭ. ސޫޒަން އާއި އަހަރުމެންގެ ދެ ކުދިން ގާތުން މާފަށް ނޭދެވޭތީ. އެހެން ވީމަ އަހަރެން މިއައީ އެކަން ކުރަން. އަދި ސޫޒަން ވެސް ބަލާ” އަލްހާން ކޮޅަށް ތެދުވަމުން ސޫޒަންގެ ކޮނޑުގައި ހިފައިލިއެވެ. ސޫޒަން އަލްހާންގެ ލޮލަށް ބަލައިލިއިރު އެ ލޮލުން ސޫޒަން އަށް ފެނުނީ ވޭނެވެ. ސޫޒަން އަށް އިސްޖަހައިލެވުނީ އަލްހާން އާ ދިމާލަށް ބަލަން ކުޅަދާނަ ނުވެގެން ނެވެ.

“އަހަރެން އަބަދުވެސް އަލްހާންއަށް މާފު ކުރާނަން. ހަގީގަތުގަ އަލްހާން މާފަށް އެދެން ޖެހޭނީ އެ ކުދިން ކައިރިން. އެކުދިން އަލްހާން އަށް މާފު ކުރާނެކަން އަހަރެންނަށް ޔަގީން. އެކަމަކުވެސް…” ސޫޒަން ގެ ޖުމްލަ ފުރިހަމަ ވުމުގެ ކުރިން އަލްހާން ވާހަކަ ދެއްކިއެވެ.

“އަހަރެން އެކުދިން ގާތުން މާފަށް އެދޭނަމޭ. ކޮބާތަ އީތަން. އޭނަ ގެނެސްބަލަ” އަލްހާންގެ އެދުމަށް ސޫޒަން ބޯ ޖަހައިލަމުން ގޮސް ގޮވައިގެން އައީ އެކަނި އީތަން އެއް ނޫނެވެ. ޔޫލީ އާއި މިޝެލް އަދި ދާއިން ވެސް މެއެވެ. އަލްހާން އެ ކުދިންނަށް ބަލަން ހުރި އިރު އެ ލޯ ވަނީ ފެންކަޅިވެފައެވެ. މިހާ ލޯބި އާއިލާ އެއް އޭނާގެ ސަބަބުން ހަލާކުވެގެން ނުދިޔައީ ކިރިޔާއެވެ.

“ދަރިފުޅުމެން ބައްޕަ އަށް މާފުކުރޭ. ބައްޕަ އަކީ ދަރިފުޅުމެންގެ ކުއްވެރިއެއް” އަލްހާން ރޮވިފައި ހުރެ ވާހަކަދެއްކުމުން އެންމެ އަސަރު ކުރީ ޔޫލީ އަށެވެ. ބައްޕާއޭ ކިޔާފަ ޔޫލީ ގޮސް އަލްހާން ގެ ގައިގައި ބައްދާލިއިރު ރޮވިއްޖެއެވެ. އީތަން ވެސް އަލްހާން އަށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.

“ޑޭޑް އަށް ވިސްނުނީމަ އަޅުގަނޑުމެން ވަރަށް އުފާވެއްޖެ. އަޅުގަނޑު މެންގެ ހިތަކު ނެތް ޑޭޑް އާ މެދު އެއްވެސް ކަހަލަ ރުޅިވެރިކަމެއް. ހަމައެކަނި ބޭނުމީ އަޅުގަނޑުމެންގެ ލައިފް ޕާޓްނާސް އެކްސެޕްޓް ކުރުން.” އީތަން އަލްހާންގެ ކޮނޑުގައި އަތް އަޅުވައިލަމުން އިޝާާރާތް ކުރީ ދާއިން އާއި މިޝެލް އަށެވެ. އަލްހާން ދާއިން މެނާ ގާތްވެލަމުން މާފަށް އެދުނެވެ. މިޝެލްގެ ލޯވެސް ވަނީ ކަރުނައިން ފުރިފައެވެ. އެންމެން އަލްހާން އަށް މާފު ކުރާ މަންޒަރު ބަލަން ޑައިނިންގް ރޫމް ދޮރު ކައިރީ ހުރި މާއިރާގެ ތުންފަތްމަތީ ވަނީ އުފާވެރި ހިނިތުން ވުމެކެވެ. ރޫޅިފައިވާ އާއިލާ އެއް ގުޅުމުން މާއިރާ ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ. އޭނާވެސް ދުރުގައި ބަލަން ނުހުރެ ގޮސް އެ އުފަލުގައި ބައިވެރި ވިއެެވެ.

އީތަން އާއި މިޝެލް އަލްހާން މެނާއި އެކު ކާރާ ހަމައަށް ދިޔައެވެ. ސޫޒަން މިޝެލް ގައިގައި ބައްދާލަމުން ބަލައިގެން އުޅެން ބުންޏެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު މިޝެލް ގާތަށް އަންނަން ވަޢުދު ވިއެވެ. އަލްހާން ވެސް މިޝެލްގެ ބޮލުގައި ފިރުމައިލަމުން ކާރަށް އެރީ އުފާވެފައި ހުރެއެވެ. އަލްހާން މެނާއި މާއިރާމެން ދިއުމުން އީތަން މިޝެލް ގަޔާ ކައިރި ކޮށްލައިގެން ހުރެ އެތެރެއަށް ވައިން އިރު ދެމީހުންގެ ތުންފަތުގައި ވެސް ވަނީ އުފާވެރި ހިނިތުން ވުމެކެވެ.

4 މަސް ފަސް

އީތަން މިޝެލްގެ އަތުގައި ހިފާލައިގެން ގްރީސްގެ ރަށެއް ކަމަށް ވާ ‘އިކޭރިއާ’ ގެ ‘ނަސް’ ގޮނޑުދޮށުގައި ހިނގާލާފައި ދިޔައިރު އެ ދެމަފިރިން ފެންނަނީ ނުހަނު ރީތިކޮށެވެ. ވަށައިގެން އުސް ފަރުބަދަ ތައް ފެންނަ އިރު ކުރިމަތީގައި އޮންނަ ސާފު މޫދަށް ކޮންމެ މީހަކުވެސް އެރިލަން ބޭނުން ވާނޭ ކަން ގައިމެވެ. މިޝެލް އިން ހާލުން އީތަން އެތަނަށް މިޝެލް ގޮވައިގެން އައީ ކުޑަ ކެނޯ އެއްް ކަހަލަ އެއްޗެއް ގައެވެ. ހުދުކުލައިގެ ހެދުމާއި އެކު މިޝެލް އަޅާލައިގެން ހުރީ ހުދު ތޮތްޕެކެވެ. އަދި އިތަންވެސް ހުދު ޓީޝާޓަކާއި އެކު ހުދު ޖީންސެއް ލައިގެން ހުރި އިރު ފެންނަ ކޮންމެ މީހަކުވެސް ތައުރީފު ކުރާހާ ރީއްޗެވެ. ސީޒަން ތެރެ ނޫން ކަމުން ފަތުރުވެރިން އެ ހިސާބުގައި ވަރަށް މަދެވެ.

“އޯހް ހާދަ ރީއްޗޭ މިތަން. އެކަމު މައްސަލަ އަކީ ޑޭޑް ގެ ފެމިލީ އެކަކުވެސް ނޭނގޭތީ.” މިޝެލް މާޔޫސްކަމާއި އެކު ބުންޏެވެ. އީތަން މިޝެލްގެ ގައިގައި ބައްދާލަމުން ދެރަ ނުވާން ބުންޏެވެ.

“މިހާރު އަސްލު މިޝީގެ ޑޭޑް ގެ ގައުމަށް ވެސް އާދެވުނީ. ދެން ދެރަ ނުވެބަ.” އީތަން މިޝެލްގެ ގައިގައި ބައްދާލައިގެން ހުއްޓާ ދަރިފުޅު ތޮޅެލި ކަމުގެ އިހުސާސް އީތަން އަށް ވިއެވެ.

“ބޭބީ އުޅެނީ ވަރަށް ރުޅިކޮށް. މޮމީ ގައިގަ ބައްދާލީމަ ވެސް ކިކް ކޮށްލީ އެ.” އީތަން މިޝެލް ގެ ބަނޑުގައި ފިރުމައިލިއެވެ.

“އެހެންނޭ ވާނީ. އަބަދު އީތަންގެ ބޭބީއެކޭ ބުނަންޏާ ބޭބީވެސް ރުޅިވާނެ ދޯ. މީ ޑެޑީ ގެ އާ މޮމީގެ އާ ދެކުދިންގެ ބޭބީ އެކޭ ދޯ” މިޝެލް ބަނޑުގައި ފިރުމަމުން ޅަ ގަތަކަށް ވާހަކަ ދެއްކިއިރު އީތަން އަށް ކަޅި ޖަހާނުލާ ބަލަން ހުރެވުނެވެ. ބަނޑު ބޮޑު ވީ ފަހުން މިޝެލް އިތުރަށް ރީތި ހެން އީތަން އަށް ހީވިއެވެ. އަނެއްކާވެސް މިޝެލްއާ ދުރުގައި ނުހުރެވިގެން އީތަން މިޝެލް އެ މޭގައި ފޮރުވައިލިއެވެ.

“ހިނގާ ދާން އަވަހަށް. މިހާރު އިރު އޮއްސެން އެ އުޅެނީ.” އީތަން މިޝެލްގެ މޫނުގައި ބޮސްދެމުން ހިނގައިގަތީ އެ އަތުގައި ހިފައިގެން ނެވެ.

4 މަސް ފަސް

މިޝެލް ނުވަ މަހުގެ ބަނޑާއި އެކުވެސް އުޅެލަނީ ނުހަނު ހަލުވިކޮށެވެ. ބަނޑުބޮޑުވެގެން ވާންފެށި އުނދަގޫތައް ހަތަރު މަހުން ފެށިގެން މުޅިން ހެން ކެނޑިއްޖެއެވެ. ބަނޑު ބޮޑު ވުމުން މިހާރު މިޝެލް ފެންނަނީ ކުރިއަށް ވުރެ ހަށިގަނޑު ރަނގަޅުވެލާ ލޯބިކޮށެވެ. ގޯތީގެ ހުސް ތަންކޮޅުގައި އިންދާފައި ހުރި މާ ގަސް ތަކަށް ފެންދޭން މިޝެލް ހުއްޓާ އީތަން ގޮސް ފަހަތުން ބައްދާލިއެވެ. ބަނޑުގައި އީތަން ފިރުމާލަމުން މިޝެލް އަތުގައި އޮތް ފެން ހޮޅި އީތަން އަތުލިއެވެ.

“ހިނގާދާން އެތެރެއަށް ދާން. ތިއޮށް ބޮޑު ބޯޅަ އާ އެކީ މިޝެލް ގާތު މަސައްކަތް ނުކުރާށޭ ބުނީމަ ވެސް އަޑެއް ނީވޭ ދޯ” އީތަން ހަގީގަތުގައި ވެސް ހުންނަނީ މިޝެލްގެ ގޮތްދޫ ނުކުރާ މިޒާޖުގެ ސަބަބުން ކަންބޮޑުވެފައެވެ. ބަނޑުބޮޑު ވީމަ ހޯމޯންސް ތައް ހާދަ ވަރުގަދައެވެ.

“ބޯޅައޭ ބުނާއިރު މީ އީތަން އާ ހެދި ވީ ކަމެކޭ” އީތަން ގެ އަޑުގައިވާ ހަރުކަށިކަން އިހުސާސް ވުމުން މިޝެލް އަށް ރޮވުނެވެ. އީތަން އަވަސް އަވަހަށް މިޝެލް ހަމައަކަށް އަޅުވަން އުޅެގަތެވެ.

“އައި އެމް ސޮރީ ލަވް. އެކަމު މިހާރު ކުރިން އުޅުންހެން ނޫޅެވޭނެތީ އޭ އީތަން މި އެގޮތަށް ބުނީ. ދެން ނުރޮއިބަލަ. މިޝީ އާ ދޭތެރޭ ވިސްނާތީ އޭ އެހެން ބުނެވުނީ” އީތަން ކުޑަ ކުއްޖެއް ހެން މިޝެލް ހަމައަކަށް އަޅުވަން އުޅުނެވެ. މިޝެލް އީތަންގެ އަތުތެރޭން ވީއްލިގަނެގެން ދާން ހިނގައިގަތްތަނާ އުނަގަނޑާއިއެކު ބަނޑަށް އަރައިގެންދިޔައީ ތޫނު ތަދެކެވެ. ބަނޑުގައި ހިފައްޓާލަމުން މިޝެލް އަށް އީތަން އަށް ގޮވައިލެވުނީ ވެސް ވަރަށް ހާލުންނެވެ. އީތަން މިޝެލް އާ ދިމާއަށް ދުވެލާފައިގޮސް ވީގޮތް އަހައިލިއެވެ.

“އީތަން. އައި ތިންކް.. އާހް..” މިޝެލް އަށް ތަދުވާވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

“އެކަމު މިޝީ އަދި ޑޭޓް ޖެެހެން ވީކެއް އޮބޭތެއްނު” އީތަން މިޝެލް އެ އަތްމައްޗަށް ނަގަންއުޅެނިކޮށް ބިންގަނޑު ތެމުން ތަން ފެނިފައި ވީގޮތް ނަގައިގަނެވުނެވެ. ބަލާކަށް ނުހުރެ އީތަން މިޝެލް އަތްދަނޑި މައްޗަށް ނަގަމުން ގެންގޮސް ކާރަށް އެރުވިއެވެ. އީތަން ކާރަށް އަރަމުން މިޝެލް އަށް ހިތްވަރު ދިން އިރު އޭނާގެ ހިތްވެސް ވަނީ އަވަސް ވެފައެވެ. މިޝެލް އަށް ވަމުންދާ ވަރު ފެނިފައި އީތަން އިނީ ނޭވާ ހިފައްޓާލައިގެންނެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލަށް ދިއުމާއިއެކު މިޝެލް ލޭބާ ރޫމަށް ވެއްދިއެވެ. އެވަގުތު އިީތަން އެންމެނަށް ގުޅާފަ މިޝެލް ވިހަން ވެއްދި ވާހަކަ ބުންޏެވެ. އެންމެ ފުރަތަމަ ވެސް އައީ އަލްހާން އާއި ސޫޒަންއެވެ. އަލްހާން އީތަން ކަންބޮޑުވެފައި ހުރިކަން އެނގުމުން ދަރިފުޅަށް ހިތްވަރުދިނެވެ. ބޭބީ އަށް ބޭނުންވާ ސާމާނު ހިފައިގެން ދާއިން އާއި ޔޫލީ އަދި މާއިރާ އައީ އީތަން އަށް ހަނދާން ނެތިގެން އެ އެއްޗިހި ބަހައްޓާފައި އާދެވުމުންނެވެ.

“ހޭއި ބަޑީ. ހާސް ނުވޭ. ހުރިހާ ކަމެއްވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ.”ދާއިން އީތަންގެ ކޮނޑުގައި ޖަހައިލަމުން ހިނިތުންވެލިއެވެ. ގާތްގަނޑަކަށް ގަޑިއިރެއް ފަހުން ނަރުސް ކުއްޖަކު ލޯބިލޯބި ފުށްކޮޅެއް ކަަހަލަ އަންހެންކުއްޖަކު ރަޖާ ގަނޑަކަށް ލައިގެން ނުކުތެވެ.

“ކޮންގްރެޖުލޭޝަންސް. އިޓްސް އަ ގާލް” ނަރުސް ކުއްޖާ ހިނިތުން ވެލަމުން އީތަންގެ އަތުތެރެ އަށް އެކުއްޖާ ލައިދިނެވެ. އީތަންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ވެއްޓުނެވެ. އީތަން އެ ލޯބި ކުޑަކުޑަ މޫނު ކޮޅުގައި ބޮސްދެމުން އުފާވެފައި އެންމެންގެ މޫނަށް ބަލައިލިއެވެ.

” ނާސް،ހައު އިޒް މިޝެލް” އީތަން ނަރުސްކުއްޖާ ގާތު އަހައިލުމުން ރަނގަޅު ކަމަށްބުންޏެވެ. އެންމެން އީތަން އަށް މަރުހަބާ ކިޔަމުން ދިޔައިރު މުޅި ހަޔާތުގައި ވެސް އީތަން މިހާ އުފާވީ ދުވަހެއް ނާދެއެވެ.

މިޝެލް ރޫމަށް ބަދަލު ކުރުމުން އެތަން ފުރާލާފައި ވަނީ އާއިލާ މީހުން ނާއި ދެމީހުންގެ ރަހުމަތްތެރިން ނެވެ. އީތަން މިޝެލް އާއި އެކު އެކަނިވެލަން ބޭނުންވެފައި ހުރެވެސް ކެތް ކޮށްލައިގެން ހުރީ މީހުން ތައް ދަންދެނެވެ. އެންމެ ފަހުން އީތަން ބޭނުންވާ ފަދަ ފުރުސަތެއްލިބުނީ ދަންވަރުވެސް ވީފަހުންނެވެ. މާއިރާ ނިދަން ފޮނުވުމުން މިހާރު އެ ތާނގައި ތިބީ އީތަންގެ ކުޑަ އާއިލާއެވެ.

“އައި ލަވްޔޫ ސޯ މަޗް މިޝީ. ޔޫ ކޮމްޕްލީޓެޑް މައި ލައިފް” އީތަން މިޝެލް ގެ އަތްތިލައިގައި ބޮސްދެމުން މިޝެލްގެ އަތުތެރޭ އޮތް ދަރިފުޅުގެ ކުޑަ އަތްތިލައިގައި ފިރުމައިލިއެވެ.

“ސޯ ވަލްނަރަބަލް” މިޝެލް އީތަންގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ.

“އަހަރުމެންގެ ބޭބީ އަށް ކިޔާނީ މިޝެލިން. މާނަ އަކީ ކުރިއެރުން. ޕްރޮގްރެސް” އީތަން މިޝެލް އާ ގުޅޭ ނަމެއް ކިއުމުން މިޝެލްގެ ތުންފަތްމަތީ އުފާވެރި ހިނިތުންވުމެއް ކުޅެލިއެވެ.

“ވަރަށް ލޯބި ނަމެއް. އައި ލަވް ޔޫ އީތަން” މިޝެލް އީތަންގެ އަތުގައި ހިފާލިއިރު އެ ލޯ ވަނީ އުފާވެރި ކަމުގެ ކަރުނައިން ފުރިފައެވެ.

ނިމުނީ

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ރިޔާޝާ (4ވަނަ ބައި)

Next

އަހަރެންގެ ހިތުގެ މިލްކްވެރިޔަކީ ހަމަ އަހަރެންނެވެ. (1 ވަނަ ބައި)

Next
October 17, 2016

އަހަރެންގެ ހިތުގެ މިލްކްވެރިޔަކީ ހަމަ އަހަރެންނެވެ. (1 ވަނަ ބައި)

Previews
October 17, 2016

ރިޔާޝާ (4ވަނަ ބައި)

93 Comments!

  1. Aishoo says:
    October 17, 2016 at 2:27 pm

    Am first… V nyc ?????

  2. ken? says:
    October 17, 2016 at 2:28 pm

    ohhh shoooty…i ll miss ur story…n really like de way u hav described each n every part of the story…hope to c ur another story soon..☺☺ good luck dear…n keep writing more…may god bless u

  3. Zaa says:
    October 17, 2016 at 2:29 pm

    V reethi

  4. shooty says:
    October 17, 2016 at 2:32 pm

    Uhhhg.. Finally 😀 … Story is finished.. Mi vaahaka ah thi dhin support ah varah bodah thanks huruhaa readers ah.. Thikudinge support ge sababun alhugandah varah bodu hiyyvareh libunu.. Special thanks to my family and friends and of course readers.. Varah avahah ehen story eh kiyaalan libeyne inasha allah, keep waiting and yes, comment nukuraa kujjakas mi partah commenteh dhinun edhen.. That will help me to improve my next story..

  5. Sheeby says:
    October 17, 2016 at 2:45 pm

    Yeyyyy???? varah nice mi story… New story ehge inthixaaruga mi hiry??

  6. Luyoona says:
    October 17, 2016 at 2:49 pm

    wow nice ingey me 2nd dhw

  7. Saba says:
    October 17, 2016 at 2:50 pm

    Varah reethi mi vaahaka.. Feshunyhsuren kiyan comment nukuriyas ? shooty ge ithuru vaahaka eh v avahah kiyaalan libeyne kamah ummeedhukuran ?

  8. laimaan says:
    October 17, 2016 at 2:52 pm

    Wow, v vs loabi story eh miee. Konme dhuhuku up veytho bala bala innany n finally nimuny dhw. Hope v avahah shooty ge mihaa reethi story eh kiyaalan libeyne kaman. Best of luck.

  9. Amu says:
    October 17, 2016 at 2:55 pm

    Wow varah salhi ?? Will miss eethan nd mishal ??

  10. Reen says:
    October 17, 2016 at 2:56 pm

    Nice story

  11. comment nukuraa kuhjja says:
    October 17, 2016 at 2:59 pm

    V salhi. V kiyaahithun keee

  12. comment nukuraa kuhjja says:
    October 17, 2016 at 2:59 pm

    V salhi. V kiyaahithun keee

  13. Rsy says:
    October 17, 2016 at 2:59 pm

    VVVVVVVVVVVV lobi…?????????????
    Superb shooty….

  14. D@h@@ says:
    October 17, 2016 at 3:02 pm

    Vvv salhii….hykuran dhn anna story vx mihaa rythi vaane kama…

  15. Same says:
    October 17, 2016 at 3:02 pm

    V reethi. U are a great writer. ?

  16. Shaa says:
    October 17, 2016 at 3:09 pm

    oh my god !!! varah salhi.. rovijje hama.. varah varah nice.. mikahala reethi vaahaka eh kiyaalan libeyne kamah varah hope kurevey.. ??????

  17. Anee says:
    October 17, 2016 at 3:09 pm

    Wow v v v salhi mi story..i dnt usually comment but story salhi vyma hama nukoh nuhurevuny..waiting for ur next story shooty..

  18. Axu says:
    October 17, 2016 at 3:10 pm

    Wow… it is so sweet love it…

  19. hyma says:
    October 17, 2016 at 3:15 pm

    vrh reethi

  20. Mona says:
    October 17, 2016 at 3:16 pm

    Awesome work shooty….
    U r really a gud writter….
    Next story miyah vure ves furihama vaane kamah hoppe kuran….

  21. Princess says:
    October 17, 2016 at 3:18 pm

    Wow v reethi mi vaahaka☺

  22. Shaa says:
    October 17, 2016 at 3:21 pm

    Wow so nice story keep it up???

  23. naanijaan says:
    October 17, 2016 at 3:26 pm

    Wow. Varah reethi vaahaka.

  24. Me says:
    October 17, 2016 at 3:28 pm

    Vrh vrh reethi

  25. jasmine says:
    October 17, 2016 at 3:29 pm

    jasmine mi vaahakaige hurihaa part eh ves kee varah kiyaa hithun. vaahaka varah varah varah reethi.. shooty ge next story ah inthizaaruga mihury

  26. fathun says:
    October 17, 2016 at 3:31 pm

    superrr,varah reethi feshun ves nimun ves…. mulhi story ves v reethi v furihama.shooty ge ehn story akah varah bomdah inthixaaru kuran…ethan v miss vaane heheh

  27. Mai says:
    October 17, 2016 at 3:33 pm

    Wow v NYC story… Waiting for next story… Thanks shooty for the lovely story..

  28. Rsy says:
    October 17, 2016 at 3:39 pm

    VVVVVVVVV lobi stry….
    Superb shooty…..

  29. niha says:
    October 17, 2016 at 3:40 pm

    wow.. finally stry nimuni….
    VVVVVVVV reethi….??????????????????
    Welldone shooty……..?????

  30. Asha says:
    October 17, 2016 at 3:48 pm

    Ahh! v nice story. happy endig eh dhw I love this story thank you so much shooooty for this perfect story☺☺☺☺

  31. Aaf says:
    October 17, 2016 at 3:54 pm

    Wow vvv nice umeedukuran new story kiyaalhan lhibyny kamah

  32. New girl says:
    October 17, 2016 at 4:02 pm

    Nice?????

  33. Sim says:
    October 17, 2016 at 4:03 pm

    Story v nice. Foohi kameh nethi kiyaalan libunythi v bodah thanx. Shooty eh second story ah inthizaaru kuran.

  34. Sim says:
    October 17, 2016 at 4:04 pm

    Story v nice. Foohi kameh nethi kiyaalan libunythi v bodah thanx. Shooty ge second story ah inthizaaru kuran.

  35. Shaa xee says:
    October 17, 2016 at 4:04 pm

    Wow v nice mi story shooty…… mihaaruhsure waiting ga mihiree dhen anna shooty ge story ah. Hehehe aslu vx v v v molhu ingey shooty…. maasha allah…

  36. Reethi says:
    October 17, 2016 at 4:10 pm

    V.v reethi

  37. Naju?? says:
    October 17, 2016 at 4:10 pm

    Oh god! it was just amaaaaaaazzzziiiinnngg ❤❤❤❤ varah reethi. Best stry. when ehn story eh upload kuraany???

  38. Shamy says:
    October 17, 2016 at 4:11 pm

    Vvv nice story, waiting for next story

  39. sanodes says:
    October 17, 2016 at 4:12 pm

    it was an awesome story.. looking forward from u talented writer

  40. bunny says:
    October 17, 2016 at 4:37 pm

    mi story varah nice.
    Dhen ulhey love triangle story eh gennan. i wanna read that kinda story.

  41. zee says:
    October 17, 2016 at 4:37 pm

    Nice

  42. Hassu says:
    October 17, 2016 at 4:39 pm

    Masha Allah..vvvvvvvvvv reethi keep it up.??❤?

  43. xprincess says:
    October 17, 2016 at 4:51 pm

    Nimmun heekuri varah vure hadi….
    Ekam stry is good.. keep itvup

  44. Anonymous says:
    October 17, 2016 at 4:53 pm

    Sweet story e ❤️

  45. Mar Sha Marsha says:
    October 17, 2016 at 5:07 pm

    V rythi stry eh mi nimuny.. hithah araa adhives 10 varakah eps in namaey.. and dhaain n yooly ves preg kollaafa ninmaali nama ehnu shooty.. anyways liked the story vv much… inthizaaring for a new story from u soon shooty.. gud luck..

    1. shooty says:
      October 17, 2016 at 6:06 pm

      Thanks maasha.. I am a big fan of yours.. 😀

    2. Mar Sha Marsha says:
      October 17, 2016 at 7:15 pm

      Ehentha… so happy.. mi story ge first 2 eps kiyaalaafa marsha ves shooty ge fan akah vejje… u r v talented.. n most writers r readers first dho… thats how we start this… u r very talented… love ur work… hope to c a nw story asap… ????

  46. mal says:
    October 17, 2016 at 5:22 pm

    shooty bunyma mi comment kohly miadhu.. alhugadu mi baraabarah mi story ky kujjeh… v supeb….. mi dhuvas kolhu ky ehme bst story mi… thanks shooty…..

  47. NaNa says:
    October 17, 2016 at 5:31 pm

    Vrh salhi mi story Masha Allah.. Waiting for your next story..?

  48. NaNa says:
    October 17, 2016 at 5:34 pm

    Vrh salhi mi story Masha Allah.. Waiting for your next story?

  49. no one care says:
    October 17, 2016 at 5:38 pm

    WELLDONE, SUPERB, BEUTIFUL………………… <3 <3 <3

  50. liu says:
    October 17, 2016 at 5:52 pm

    Masha Allah……..
    VVVVVVVVVVVVVVVVVVVVVVVVVVV reethi nimun….

  51. Saandy says:
    October 17, 2016 at 6:19 pm

    ވާވް! ވަރަށް ވަރަށް ރީތި… ފެށުނީއްސުރެ ނިމެންދެން ފޫހިކަމެއްނެތި ކިޔާލެވުނު ވާހަކައެއް މީ… ޝޫޓީގެ ކުރިއަށް އޮތް ވާހަކަވެސް ހަމަ މިހާ ރީތިވާނެކަމަށް އުންމީދުކުރަން

  52. Misheee says:
    October 17, 2016 at 6:19 pm

    V salhi snooty. Love it. BT adhi miah vure nice vees kanneynge.. Adkga vissa iru husband or mom ah chance ovey vannan. So eethan vehdhi nama maa bodah nice bees hen hyvanyy… As ethaa onna rule VMA. Sifa v Igmh… Bt story ga iny ADK ehenve buneley…. Hykuran ehvx hiyburakamah noannekamah mi comment ah. Hama hithah ery neyngunyma kanneynge yey so bunelyyy…. Story hama habeys.. Waiting 4 the next story.

    1. Saandy says:
      October 17, 2016 at 6:21 pm

      މިޝީ ތިބުނީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް… ޝޫޓީއަށްވެސް ތިޚިޔާލު ހަމަ ވަރަށް ކަމުދާނެހެން ހީވަނީ

    2. shooty says:
      October 17, 2016 at 7:42 pm

      Yah misheee.. Actually I forgot about that 😀

  53. samm says:
    October 17, 2016 at 6:45 pm

    thiss is just great ummmmmmmmmmmwwwwwwwaaaah

  54. rose says:
    October 17, 2016 at 6:49 pm

    Maasha alloah vvvvvvvvvv reethi….. ekam maa avaha thininmaalii. Ekamves varah reethi ingey ?????????????

  55. enaash says:
    October 17, 2016 at 7:04 pm

    Adhi alah shooty ge story eh mi kiyaaly…, naash bunelaany u r the best ey…

  56. Hajja says:
    October 17, 2016 at 7:24 pm

    Midhuvas kolhu mi situn kiyun enme nice story mEe.. Fantastic.. Speechless.. Inthizaaring new story… I luv u shooty.. comment nukuriyas mi story kiyan baraabarah..

  57. Naxy says:
    October 17, 2016 at 7:39 pm

    Mi story hama v habeys. Snooty ge new story ah v inthizaaru Eba kurevey. Gud luck n god bless u. ????❤❤❤❤

  58. Aishaaaa says:
    October 17, 2016 at 8:32 pm

    Finally…? vaahaka nimuny dhw…vvvvv reethi vaahaka nimunugoiyves..keep it up shootyyy…. ❤❤❤

  59. Roohy says:
    October 17, 2016 at 8:40 pm

    Vvv rythi unmeedhu kuran shooteege biruveri vaahaka eh kiyaalan libynekamah

  60. aisha says:
    October 17, 2016 at 9:08 pm

    reethi vahaka eh. ekamu point kurevunu fahakah ais varah bodah nimman hifaafa hurihen. heevanee kurugalhuvaafa nunimigen ulhunyhen. dhn aneh point akee eethan geyga camera harukoffa huri vahaka bunyma hithah ery valhi jehi myhaa hoadhan kanthah gandeh hingaalaaney. aisha ah heevany liyuntheriyaage hiyaalu thafaathu vefa hen vahakaige nimun genesdheefa in gothun. vahaka ithurah furihamavis thankolheh dhigu kurinama.
    mee mivahaka ah alhugandu ge furathama comment. dhn baeh kalaha jumla thakuga sukun massala ves konmes varakah hurikan point kurevunu. aneh hen vahaka hama varah reethi. kuri ah liyaa vahaka fashaairu mikanthakah visnalache engey shooty.

    1. shooty says:
      October 17, 2016 at 9:52 pm

      Thanks.. Aisha.. I will try to improve those things ingey <3

  61. shif says:
    October 17, 2016 at 9:20 pm

    Awlheyyy varah reethi mi vaahaka shooty ???
    shif mihaaru mi shooty ge fan eh.. ❤❤
    shooty ge next vaahaka ah varah inthizaaru kureveyne…
    best of luck.. ???
    love it hama ??

  62. love says:
    October 17, 2016 at 9:21 pm

    Wow! Nice..

  63. Zuma says:
    October 17, 2016 at 10:10 pm

    V dhera vefa mihiry nimuneema.. ekam Dhen Anna vaahaka ves mihaa reethivaanekamah ummeedhukuran..??

  64. ~Arfau~ says:
    October 17, 2016 at 10:15 pm

    Vv reethi feshuneesure nimendhen mi vaahakavyn u are a great writer shooty love u heekuran v avahah shooty ge story eh kiyaalan libeyne kamah

  65. Rym says:
    October 17, 2016 at 10:26 pm

    Varah reethi mi vaahaka….waiting for a new story of urs…uly ves preg kohffa nimaali nama…varah salhi story…great????

  66. Rym says:
    October 17, 2016 at 10:28 pm

    Am a big fan of urs..3 dhuvahge therey part 1 in feshigen 20 aa hama ah kiyaalee hama evves foohi kameh nethi…shooty haa molhu meehe dhen noolheyne hen mashah heevany…varah salhi story eh

  67. Leem says:
    October 17, 2016 at 10:32 pm

    Thnk u so much shooty…. Mihaa rythi story eh kiyaalan libuneethee…… N waiting ur new story…

  68. Sabeeha says:
    October 17, 2016 at 11:00 pm

    v reethi mi story…?

  69. Haly says:
    October 17, 2016 at 11:21 pm

    Very nice story

  70. zaish says:
    October 18, 2016 at 12:00 am

    hei shooty welldone..
    have read ur stroy from the begining itself.. but this is the first time m comenting on ur story…love evry episode of this story
    ???
    good luck nd waiting for a new story of urs.. ☺

  71. ully says:
    October 18, 2016 at 12:05 am

    So sweet… V reeti… N dhaain ge life ah vaagoteh balan beynun….. Soo amazing.. love you dear ???

  72. Anonymous says:
    October 18, 2016 at 12:45 am

    Story v v v salhi ❤

  73. Anonymous says:
    October 18, 2016 at 12:46 am

    Shooty vvvv obi story eh …. Hes kiyaafa salhi adhi vx shootyge story eh kiyalan beynun… ?????????:?
    ???????
    ???????
    ???????
    ???????
    ???????
    ???????
    Miss you so much!
    Eethan. Mishel yooli dhaain

  74. ellie says:
    October 18, 2016 at 12:48 am

    omg Ikaria ♥ It takes about 10 hours by ferry to get there from where I live, and mish and ethan ge beach scene kiyaafa dhaahih vejje despite the distance. 😀
    This is one of the best stories I’ve read so far, kept me captivated from the start. You did an awesomely good job, shooty. I especially loved the cute moments between the two couples. Good luck for any upcoming stories. Sending you loads of love from this side of the world 😀 ♥♥♥♥♥♥

    1. shooty says:
      October 18, 2016 at 12:52 am

      Ellie thy greece ga ulhey kujjeh tha?????

    2. ellie says:
      October 18, 2016 at 12:20 pm

      Yeah, living in Athens 🙂

  75. Naash.. says:
    October 18, 2016 at 10:45 am

    Vvv reethi story eh mi.. Konme dhuvahaku inthizaaru kurevey mi story ah… God bless you shooty.. You are a wonderful writer…. Waiting for your next story… ?

  76. zoe says:
    October 18, 2016 at 10:51 am

    hey. do u plan on writing a second season for this story?? varah rythi ingey shootyy.. xoxo

  77. New one? says:
    October 18, 2016 at 11:15 am

    V reethi story ah. Shoory ge ehen story akah ainthizaaru kuran

  78. Fangirl says:
    October 18, 2016 at 2:34 pm

    ??? v reethi.. shooty ur best.. I know u would become sacuessful writer.. _lots of love_

  79. Ham says:
    October 18, 2016 at 2:37 pm

    Mi v salhi story eh.. bt baeh kanthah ragalhu kollun feney.. misaalakah story feshi iru eynage mishel ge friend describe koddyfa fahun neyge v gotheh.. n drug dealer ves altealt konmeves gotheh v kan angala li nama ithurah story salhi vys.. bt u r very talented. N most important ly the timing was awsome..

  80. xenn says:
    October 18, 2016 at 8:33 pm

    Mis vany mi story…..

  81. Fathima says:
    November 7, 2016 at 7:02 pm

    Shooty. V nice loved it

  82. Someone says:
    November 20, 2016 at 3:58 pm

    Very nice story n happy ending??

  83. Khajja says:
    January 1, 2017 at 1:00 pm

    Omg Vvv reethi story Shooty thanks Aaaharah mruhabaa mi aharuves reethi story thakeh liyaanekamuge ainthizaarugai mihuree??

  84. S#@#U says:
    February 26, 2017 at 6:33 pm

    Wow. Jst wow. ?? v kamudhey. Ithuru kuri erumah edhen.

  85. Sarah says:
    March 24, 2017 at 3:27 pm

    OMG..haadha rychey..Keep up the gud wrk…Shooty u will become a successful writer one day..??

  86. zabaa says:
    May 13, 2018 at 9:33 am

    but emyhunge kaiveni rangalhu nuwaane dhw? sharuthehge mathyga marry kuryma?

Comments are closed.



All Right Reserved!