ހަނދާން ހުންނަން ފެށި އިރުވެސް ރިޔާޝާގެ ދިރިއުޅުން ވަރަށް ނިކަމެއްޗެވެ. ދިރިއުޅެމުން ދިޔައީ މާލޭގައި ހުންނަ ރިޔާޝާގެ ބައްޕަ ހަމީދުގެ ގޭގައެވެ. ނަމަވެސް ރިޔާޝާގެ އުމުރުން އެންމެ 7 އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ދެން ހުރީ އޭނާގެ މަންމަ އަމީނާއެވެ. އަމީނާ ފިޔަވައި އޭނާގެ އެކަކުވެސް މިދުނިޔެއަކު ނެތެވެ. ނަމަވެސް އަމީނާއަށްވެސް ރިޔާޝާ ވެފައިވަނީ ބޮޑު ބުރައަކަށެވެ. އޭނާ އަބަދުވެސް އުޅެމުންދަނީ އޭނާގެ އަމިއްލަ އުފާތަކައިގެންނެވެ. ހަމީދު ނިޔާވި ފަހުން އެއްވެސް އިރެއްގައި ރިޔާޝާއަކާއި މާބޮޑު އަޅާލުމެއް ނުބަހައްޓައެވެ.
ގޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކަނިމާއެކަނި ކުރަމުން ކިޔެވުން ކުރިއަށް ގެންދިޔުން ރިޔާޝާއަށްވީ ދަތި ކަމަކަށެވެ. ނަމަވެސް އޭނާ ގަދަ ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން އޯ’ ލެވެލް އިމްތިޙާނުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އެވަރުންވެސް ރިޔާޝާއަށް އަމީނާގެ ހިތް އަތުލެވޭ ގޮތް ވަނީ ނުވެފައެވެ.
“މީ ކަލޭ ބައްޕަގެ ގެއެއްނު. މިގޭގަ ކަލޭ އުޅޭ. މީހަކާ އިނދެގެންވެސް މަށަކަށް ނެތެއްނު އުޅެވޭކަށް. މަށެއް ނޫޅެން މިތާނގަ އުޅޭކަށް. މަ މިދަނީ ރަޝީދުގެ ރަށަށް. އަދި ބުނަން. މިގޭގަ ކުއްޔަށް ދީފަ އެހެރަ 4 ކޮޓަރިންކުރެ 3 ކޮޓަރީގެ ކުލި ބަލާ، އަހަރެން ކޮންމެ މަހަކުވެސް މީހަކު ފޮނުވާނަން. މަގޭ ތިރީތި ދަރިފުޅަށް މިބޮޑު މާލޭގަ ފައިސާ ހޯދާކަށް މާކަ ދައްޗެއް ނުވާނެ.” އޭ’ ލެވެލް ކިޔެވުމުގެ ފޮނި އުންމީދުގައި ހުއްޓާ ރިޔާޝާ ދޫކޮށްލާފައި އަމީނާ ދިޔައީ އޭނާގެ ފިރިމީހާގެ ރަށަށެވެ. ރިޔާޝާ މުޅިން މާޔޫސް ކޮށްލާފައެވެ.
މިހާރު ރިޔާޝާގެ ކަމަކީ އޭނާގެ މުސްތަޤުބަލާއި ދޭތެރޭ ވިސްނާ ފިކުރުކުރުމެވެ. “ރިޔާޝާ! އަބަދު ތިހެން އޮވެ ފިކުރުކުރުން ދޯ ކަމަކީ؟” ފިކުރުގެ ކަނޑަކަށް ގެއްލިފައި އޮއްވާ ނާދިރާގެ އަޑަށް ރިޔާޝާ ދިޔައީ ސިހިގެންނެވެ. ނާދިރާއަކީ ގޭދޮށު އަވަށްޓެރިއެކެވެ. ހަމީދުގެ މާ ގާތް ރައްޓެއްސެކެވެ. ނަމަވެސް އަމީނާގެ ހުންނަ މީހުންނާއި ނުގުޅޭ މިޒާޖާއި ޝައްކުކުރުމުގެ ނުބައި އާދައިގެ ސަބަބުން އެގެއަށް ނައިސް ހުރެފައި، އެއައީ އަމީނާ ރަޝީދުގެ ރަށަށް ބަދަލުވިކަން އެނގިގެންނެވެ. އޭނާ އަބަދުވެސް ރިޔާޝާއަށް ހެޔޮއެދެއެވެ. ރިޔާޝާ އުޅޭ ޙާލު އެންމެ ގާތުން ދެކޭ މީހަކީވެސް ޚުދު ނާދިރާއެވެ.
“ނާއްތަ ބުނެބަލަ ދެން އަހަރެން ކުރާނެ ވަކި އެހެން ކަމެއް.” ރިޔާޝާގެ ޖަވާބުންވެސް އޭނާ މާޔޫސްވެފައިވާ މިންވަރު ނާދިރާއަށް ވިސްނުނެވެ. އެހެންކަމުން އޭނާ ރިޔާޝާއަށް ހިތްވަރުދޭން މަސައްކަތްކުރިއެވެ. “ނާއްތަ ބުނަންތަ ވާހަކައެއް؟ ދިރިއުޅުމުގަ ވަރަށް ގިނަ، ތަފާތު ކަންތައްތަކާ ދިމާވާނެ. ހިތްވަރު ކުރަންވާނެ. އެހާ އަވަހަށް އުންމީދު ކަނޑާލާ މާޔޫސްވާކަށް ނުވާނެ. އެހާ އަވަހަށް ކަންކަމުން އަތް ދޫކޮށްލާނީ ފިނޑިން. ނާއްތައަށް ހަމަ ޔަޤީން. ރިޔާޝާވެސް ބޭނުމެއް ނުވާނެ ފިނޑިންގެ ލިސްތުގަ ހިމެނޭކަށް. އެކޮއިގެ މުސްތަޤުބަލު އަދި އޮތީ ކުރިއަށް. އެކޮއި އަދި ކިޔަވަންވެސް ބޭނުމެއްނު.” ނާދިރާގެ ވާހަކައަށް ރިޔާޝާ ބޯ ޖަހާލިއެވެ.
“އާނ. އަހަރެން އަދި ކިޔަވަން ބޭނުން. އެކަމަކު ކީއްކުރާނީ ނާއްތާ؟ އަހަރެންގެ ނަސީބު މާ ދެރައީ. ނާއްތައަށްވެސް އެނގޭނެ އަހަރެންގެ ދިރިއުޅުން ކުރިއަށް ދިޔަ ގޮތް. އެކަނިމާއެކަނި ދިރިއުޅުމުގެ ހުރިހާ ބުރައެއް އުފުލާނެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް.” ރިޔާޝާ އޭނާގެ ލޮލުން ނީރާލި ކަރުނަތައް ފޮހެލިއެވެ. “އެކޮއި ނުރޮއި. ނާއްތަ ސާބަސްދެން އެކޮއިގެ ހިތްވަރުގަދަކަމާ ކެތްތެރިކަމަށް. އެކޮޔަށް އަދިވެސް ވާނެ. ހިތްވަރާއެކު ކުރިއަށްދޭ. އެކޮޔަށްވެސް އަދި ކިޔަވާލެވޭވަރުގެ ލާރިކޮޅެއް ލިބެއެއްނު. އެކޮއި ކިޔަވަން ހުރިއްޔާ، އެކޮއި އޭ’ ލެވެލް ކިޔެވުމަށް ނާއްތަ އެހީތެރިވެދީފާނަން.” ރިޔާޝާ ބޯ ޖަހާލިއެވެ. “ނާއްތަގެ ތި ހެޔޮކަން އަހަރެން އަބަދުވެސް ހަނދާން ކުރާނަން.” އެތައް އިރަކު ވާހަކަ ދައްކަން އިނދެފައި ނާދިރާ ދިޔައީ ރިޔާޝާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލާލަދީފައެވެ.
ނާދިރާގެ އެހީތެރިކަމުގައި ރިޔާޝާ އޭ’ ލެވެލް ކިޔެވުމުގެ މަސައްކަތް ފެށިއެވެ. ނުހަނު ފޮނި އުންމީދުތަކަކާ އެކުގައެވެ. ﷲއަށް ޙަމްދުކުރާ ޙާލު، ހިތާހިތުން ނާދިރާއަށް ޝުކުރު އަދާކުރީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އޭނާ ހުރީ އެހާވެސް އުފާވެ ހިތްހަމަޖެހިފައެވެ.
އޭ’ ލެވެލް ކިޔަވަން ދާން ފެށުން ވެގެންދިޔައީ ރިޔާޝާގެ ޒަޚަމްވެފައިވާ ހިތަށް ލިބުނު އިތުރު ވޭނަކަށެވެ. ކުލާހަށް ދިޔަ ފުރަތަމަ ދުވަހުވެސް ކުލާސް ކުދިންގެ ފަރާތުން ރައްދުވީ މަލާމާތާއި ފުރައްސާރައެވެ. މިކަން ތަކުރާރުވަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ކުލާސް ކުދިންގެ އެތައް މަލާމާތަކާއި ގޯނާތަކާއި ކުރިމަތިލާން ޖެހެއެވެ. އޭނާގެ ހުންނަ “ކަޓު” އާދަތަކުގެ ސަބަބުންނެވެ. ޒަމާނާއި އެއްގޮތަށް “ފިޓް” ނުވާތީއެވެ. އޭނާއަކީ ނިކަމެއްޗަކަށް ވާތީއެވެ. އެއިން ކޮންމެ ކަމަކަށްވެސް ރިޔާޝާ ކެތްތެރިވަމުން ދިޔައީ ކިޔެވުމަށް ކުރަމުންދާ ފޮނި އުންމީދެއްގެ ސަބަބުންނެވެ.
ރިޔާޝާގެ ކުލާސް ތެރެއިން އޭނާއާއި ދިމާކުރަމުންދާއިރު، އެ ހުރިހާ ކަމެއްގައިވެސް އެންމެ އިސްކޮށް އުޅެނީ ކުލާހުގެ “ހީރޯ” އަޔާޒެވެ. އަޔާޒަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. މުޅި ރާއްޖެއަށް ބެލިއަސް ރީތީގެ ގޮތުން ކުރީ ސަފުން ޖާގަ ލިބޭނެކަން ޔަޤީނެވެ. ދިގު އިސްކޮޅަކާއި ބައިމަތި ފުޅާ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ކުލަ އަލި އޮމާން ހަންގަނޑެއް ލިބިފައިވެއެވެ. ކަޅުކުލަ ގަދަ ރީތި ބުމަޔާއި ބޯ އެސްފިޔަތަކުން ފްރޭމް ކުރެވިފައިވާ މުށިކުލައިގެ ތޫނު ދެލޮލުގެ ވެރިއެކެވެ. ހީލުމުން ކޮލަށް އެޅިގެންއެދަނީ ހިތް ހަލާކުކޮށްލާފަދަ އަޑިކޮޅެކެވެ. ތުނިކޮށް ސްޓައިލް ކޮށްލެވިފައިވާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.
އަޔާޒަކީ ޒުވާން އެތައް އަންހެން ކުދިންނެއް އޭނާއަށްޓަކައި ފިދާވާން ތައްޔާރަށްހުރި ޒުވާނެކެވެ. ބައެއްކުދިން އޭނާގެ ރީތިކަމުގެ ޖާދޫގައި ޖެހިގެންނެވެ. ބައެއްކުދިން އޭނާގެ މުއްސަނދިކަމަށް ފެންބޮވައިގަނެގެންނެވެ. އަދި އަނެއްބައި ކުދިން އޭނާދެކެ ލޯބިންނެވެ. އެތައް އަންހެން ކުދިންނެއްގެ ލޯބީގެ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް އަޔާޒު އެކުދިންނަށް ދެނީ ބީރު ކަންފަތެކެވެ. އޭނާ ހިތް އެދޭފަދަ އަންހެން ކުއްޖަކާ އަދި ދިމާނުވާ ކަމަށް ބުނެއެވެ.
އުމުރުން 18 އަހަރު ވީއިރުވެސް އޭނާ ދިރިއުޅުމާއި ދޭތެރޭ ސީރިއަސްއެއް ނުވެއެވެ. އޭނާ ދެކޭ ގޮތުގައި ޅައުމުރުގައި މީހުންނާއި އިނުމަކީ މާ ކުރީ ޒަމާނުގެ ކަމެކެވެ. މީހާގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެކެވެ. ވިސްނަންޖެހޭ ކަންތައްތައް ގިނަވެ ބޯ ހާސްކުރުވާ ކަމެކެވެ.
ރޭގަނޑުގެ ވަގުތެވެ. އަޔާޒް ގޭގައި އޮތީ ކުރާނެ ކަމެއް ނެތުމުން ފޫހިވެފައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝިފާންއަށް ގުޅާގުޅާ ފޯނެއް ނުނެގިއެވެ. ޝިފާން ވާނީ އޭނާގެ ލޯބިވެރިޔާ ކައިރީގައި މާފޮޅުވަން ގޮހޭ ހިތަށް އެރުމުން އަޔާޒް ގާތަށް ހިނިވެސް އައެވެ. ފިލްމްތަކުގައި ފެންނަހެން ނުކުރެވޭނެހާ ކަންތައްތަކަށް ދާންދެން ކޮށްދޭނެކަމަށް ބުނެ ވާހަކަދައްކާނެއެވެ. އަދި އެ އަންހެންކުދިންވެސް ހާދަ މޮޔައޭ އޭނާގެ ހިތަށް އަރައެވެ. އެހެން ދައްކާލާ ކޮންމެ ވާހަކައެއް ޤަބޫލުވެސް އެބަ ކުރޭ ވިއްޔާއެވެ.
ހިތާހިތުން ޝިފާނަށް އެއްޗެހި ކިޔަމުން އަޔާޒް ބޭރަށް ނުކުތީ ސައިކަލު ދުއްވާލަން ދާށެވެ. ފޫހިކަން ފިލާތޯއެވެ. ވަކި މިސްރާބެއްނެތި މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ދުއްވަމުން ދަނިކޮށް ކުއްލިއަކަށް އޭނާއަށް ސައިކަލު ހުއްޓާލެވުނީ، މާދުރު ނޫން ހިސާބެއްގައިހުރި ފިހާރައަކުން ނުކުތް ރިޔާޝާ ފެނިފައެވެ. އާދައިގެ މަތިން މިރޭވެސް ރިޔާޝާ ލައިގެންހުރީ ދޯޕައްޓާ ހެދުމެކެވެ. ރިޔާޝާ ފެނުމާއެކު އަޔާޒްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ރަނގަޅު ލަނޑެއް ދޭނަމޭ ހިތަށް އެރުމުން އަވަހަށް ސައިކަލު ދުއްވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.






looking forward 🙂
ޝުކުރިއްޔާ!
maa gayaa vaa gothei nthei kamaku hope kuran fahun nyc vaane kamah… then bunaaney good ey feshun….
ޝުކުރިއްޔާ! ތިޔަ ޚިޔާލު ބަލައިގަނެފިން
Maa bodah kuru veema ves foohi..
Next part dhigu kohlaane kamah ummeedhu kuran 🙂
އިންޝާ ﷲ… ދެން އޮތް ބައި ދިގުކޮށްލާނަން
E thoofaany rey ge copy eh.. word to word dialogues..
ނޫނޭ… ވާހަކަ އިތުރަށް ކިޔާލީމަ އިނގޭނެ ކޮޕީއެއް ނޫންކަން
ކުޑަ ތަންކޮޅެއް ކިޔާލާފަ ކޮޕީއެއްކަމަށް ނުނިންމާށޭ ބުނެލަން ބޭނުންވަނީ… އަދި މިއީ ހިންދީ ފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައި އޮތް ވާހަކައެއްކަންވެސް މައުލޫމާތަށްޓަކައި ބުނެލަން… އުންމީދުކުރަން ކުރިއަށްހުރި ބައިތަށްވެސް ކިޔާލާނެކަމަށް… ޝުކުރިއްޔާ
Reethi vaane Kaman umeedhukuran mi part thankholey kuru next part avahah up kohladhechey
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ ދެން އޮތް ބައި އަޕްލޯޑް ކޮށްލާނަން… ދެންހުރި ބައިތައް ދިގުވާނެ… އިންޝާﷲ
Kiyun therin ge negative comments ah nubalaa vaahaka ninmaa lumakee Saandy ge mi story ah shauguverikan ufedhifaivaa mi kiyun theriyaa ge vrh bodu edhumeh ? Look forward for the story ?
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ދެވަނަ ބައި މާދަމާ ގެނެސްދޭނަން
hope mi vaahaka adhi iturah reethi vaane kanma…
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ ރީތި ކުރެވޭތޯ މަސައްކަތް ކުރާނަން
Salhi dhn hope kuran nimendhn up kuraane kmh
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ވާހަކަ ނިމެންދެން ގެނެސްދޭނަން
Nice startng..looking forward..
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ވާހަކަ ނިމެންދެން ގެނެސްދޭނަން
Herkuran adhi ragalhi vaanr kamh. Adhi thankolheh dhigu kohllan feney
އިރާދަކުރެއްވިއްޔާ ދެންހުރި ބައިތައް ދިގުވާނެ
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ދެންހުރި ބައިތައް ދިގުވާނެ
Mi vaahaka update vaany kn dhuvas thakehga pls tell me and v nice feshun
ޝުކުރިއްޔާ! ކަމެއް ދިމާނުވަންޏާ ކޮންމެ ދުވަހަކު އަޕް ކޮށްދޭނަން… އިންޝާ ﷲ
Mee film ehge copy eh
ޝުކުރިއްޔާ ވާހަކަ ކިޔާލީތީ… އަދި ތިކިޔުނީ ވާހަކައިގެ ކުޑަ ތަންކޮޅެއް… ކުޑަ ތަންކޮޅެއް އެގޮތަށް އޮތަސް އަދި ކޮޕީއެއްކަމަށް ނުނިންމާށޭ ބުނެލަން ބޭނުންވަނީ… އަދި ކުރިން ބުނެފަ އޮންނާނެ މީ ފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފަ އޮތް ވާހަކައެކޭ… ކުރިއަށް ހުރި ބައިތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަން
Aslu vx ethoofaaneerey ge copy eh…
ވާހަކަ ކިޔާލީތީ ޝުކުރިއްޔާ
Reethi ?
ޝުކުރިއްޔާ
Mi vaahaka v reethi..kuriah oiy baathsh ves v reethi vaane kamah ummeedhu kuran..
ޝުކުރިއްޔާ… އިރާދަކުރެއްވިއްޔާ ރީތިވާނެ
Nyc.. Kn irakn dhn onna part
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިއަދު އަޕްކޮށްލާނަން
Yagyn mivaahaka rythivaanekan. Feshun vvvv rythi. Bodu kamakah nuvanya mivaahaka binakuri film ge name buneladhufinama v rangalhu.
ޝުކުރިއްޔާ! އައްކީ! ވާަހަކަ ނިމުނީމަ ފިލްމުގެ ނަން ބުނާނަން… އޯކޭ 🙂
Ok hadhaanuga bahahttathi
ހޫމް… ހަނދާން ހުންނާނެ
V fahi
ޝުކުރިއްޔާ
mi story vvvvv reethi.hope kuran next part maalasnuve kiyaalan libeyne kamah.varah interested vejje.keep it up.
ޝުކުރިއްޔާ! 2ވަނަ ބަޔާއި 3ވަނަ ބައި އަޕްކޮށްލާފަ އިންނާނީ
Nice One
Keep it Up bro
ޝުކުރިއްޔާ
So nice story