Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތަށް ލޯބިދޭށޭ… 2

Ishu
October 14, 2016
4 Mins Read
47 Views
10 Comments

“އަނގަވެސް ހުޅުވޭނެ..ސޮނިވެސް ވެއްޓޭނެ..ލޮލުގެ ކަޅިވެސް ވެއްޓޭނެ.. ރިއްޕެ ކަލެއަކަށް ނުފެނޭތަ އަޒާން އެއްއިރެއްގަ ގެންގުޅުނު ވަތުކިބައެއް..” ނާޝިދު މިހެން ބުނުމުން ރިފާއުވެސް އެކި އެކި ދިމާއަށް ކަޅި އުކައިގަތެވެ.

“މޭން..އަނެއްކާ ހަމަތަ..؟ މަށަކަށް ނުފެނޭ އޭނައެއް…” ރިފާއުއަށް މިހެން ބުނެވުނީ އެއަންހެންކުއްޖާ އެހެން ގޯޅިއަކަށް އަޅައި ދިޔަ ފަހުންނެވެ. އޭރުވެސް އަޒާން ހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އަތުގައި އޮތް ސިނގެރޭޓް ރޯކުރަންވެސް ހަނދާން ނެތިފައެވެ. އަޒާންއަށް ހޭވެރިކަންވީ ނާޝިދު ކޮނޑުގައި ބާރަކަށް ޖަހާލުމުންނެވެ.

“އޭ..އަޒާން..އޯކޭތަ މޭން..؟ އެމަންޖެ ގެއްލިއްޖެ.. ހިނގާބަ އޭނަ ފަހަތުން ދާން ރިއްޕޭ..” ނާޝިދު ދާން ހިނގައިގަތުމުން އަޒާން އޭނަ ހުއްޓުވިއެވެ. އަދި ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ރިފާއުއާ ނާޝިދު އެއްޗެކޭ ނުބުނެ މަގުގެ އަނެއްފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލާ ދިމާލަށް ހިނގައިގަތެވެ. އަޒާންވެސް ޖީބަށް ދެއަތް ޖަހާލުމަށްފަހު އެމީހުން ފަހަތުން ހިނގައިގަތެވެ.

ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ގޯތިތެރޭގައި އެލުވާފައި ހުރި އުނދޯލީގައި ޝަރީފާ އިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. މުޅި ގޯތިތެރޭގައި ވަނީ އެކި ވައްތަރުގެ މާ ގަސް އިންދާފައެވެ. މަދުން ނަމަވެސް ފިނި ވައިރޯޅި ޖެހެއެވެ. ސާދަވިލޭރޭގެ ހަނދުގެ އަލިން ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދެއެވެ.

ޝަރީފާއަކީ ރިޝްމީގެ މާމައެވެ. އެއީ ޝަރީފާގެ ހަމައެކަނި ހުރި މާމަ ދަރިފުޅެވެ. އެހެންކަމުން ރިޝްމީއަށް ވަނީ ހާއްސަ ލޯތްބެއް ދެވިފައެވެ. ގޭގައި ޝަރީފާ އާއި ރިޝްމީގެ އިތުރުން އުޅެނީ ޝަރީފާގެ ދޮށީ ފިރިހެން ދަރިފުޅު އައިމަންއާ އޭނަގެ އަންހެނުން ޔުމްނާއެވެ. އައިމަން ވަޒީފާ އަދާ ކުރަނީ ރިސޯޓެއްގައި ކަމުން މާލެ އާދެވެނީ މަހަކު ދެތިން ފަހަރުއެވެ.

ރިޝްމީގެ މަންމަ ވަނީ ހާޓްއެޓޭކެއް ޖެހިގެން ނިޔާވެފައެވެ. ރަޒީނާ މަރުވިތާ އަދި ވާނީ އެންމެ ހަމަހެވެ. ރިޝްމީގެ ބައްޕަ ވަނީ  ރިޝްމީގެ އުމުރުން އެންމެ ތިން އަހަރުގައި ދޯންޏެއް ދަށުވެ ނިޔާވެފައެވެ. އެހާ ޅައުމުރެއްގައި ބައްޕައެއްގެ ލޯބިން މަހްރޫމްވެފައިވާތީ ރިޝްމީ އިންތިހާއަށް ދެރަވެއެވެ. ރަޒީނާ އިތުރު ކައިވެންޏެއް ނުކޮށް ހުރީވެސް ރިޝްމީއަށް ދެރައެއް ލިބިދާނެތީއެވެ. އެއީ އޭނަގެ ހަމައެކަނި ހުރި ދަރިފުޅު ވީމައެވެ.

“މާމާ..ކައިގެންތަ ތީނީ..؟” ޝަރީފާ ސިހުނީ ރިޝްމީ ގޮވައިލުމުންނެވެ. ޝަރީފާ ހީލަމުން ބޯ ޖަހާލިއެވެ. ރިޝްމީ ގޭތެރެއަށް ވަންނަ އުޅުމުން ޝަރީފާ ގޮވާލިއެވެ.

“ދަރިފުޅާ..އިހަށް އާދެބަލަ މާމަ ގާތަށް..” ރިޝްމީ އައިސް އުނދޯލީގައި އިށީނުމުން ޝަރީފާ ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅާ ރިޝްމީ..ދަރިފުޅު ކީއްވެތަ އަބަދު ދެރަވެފަ ހުންނަނީ.. މާމައަށް ދަރިފުޅު ދެރަވާ ކަހަލަ ކަމެއް ނޫނީ އެއްޗެކޭ ބުނެވުނީތަ..؟ މަންމަ ނިޔާވި ފަހުން ދަރިފުޅު ހީލާތަން ވެސް ގިނަ ފަހަރު ނުފެނޭ…” ރިޝްމީގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން ޝަރީފާ ވާހަކަ ދެއްކިއެވެ. ރިޝްމީ މާމަގެ ކޮނޑުގައި ބޯ އަޅާލިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭން ވަތުކޮޅެކެވެ.

“ދަރިފުޅާ ކީއްވެ އެއްޗެކޭ ނުބުނީ..” ރިޝްމީގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަ ދެއްކީ ޝަރީފާއެވެ.

“މާމާ..އަހަންނަށް އެއްވެސް ކަމެއް ނުވެޔޭ.. މާމަ އަހަރެން ދެރަވާ ވަރުގެ އެއްވެސް ކަމެއް ނުކުރޭ..ތީ ހަމަ އަހަރެންގެ ލޯބި ލޯބި މާމައެއްނު.. އަހަރެން މާމަ ދެކެ ވަރަށް ލޯބިވޭ.. މާމަ މާބޮޑަށް ތި ވިސްނަނީ.. އަހަރެން ވަރަށް ދެރަވާނެ މާމައަށް ދެރަގޮތެއް ވިއްޔާ..”

ރިޝްމީ ޝަރީފާގެ ހިތްހަމަޖައްސައިދިނެވެ. ހަގީގަތުގައިވެސް އޭނަގެ ލޯބިވާ މާމައަށް ދެރަ ގޮތެއް ވާކަށް ނޭދެއެވެ. ލޯބިވާ މަންމަ ދުނިޔެ ދޫކުރީވެސް ރިޝްމީގެ ސަބަބުން ކަމަށް އޭނަ ދެކެއެވެ. އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“މާމާ އަހަރެން ވާހަކައެއް އަހާލަންތަ..؟ މަންމަ ނިޔާވީ އަހަރެންގެ ސަބަބުންތަ..؟ އެދުވަހު ވީ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން ދޯ.. އަހަރެންމީ ހަގީގަތުގައިވެސް ވަރަށް ގޯސް މީހެއް..” ރިޝްމީ ދައްކަން ފެށި ވާހަކައަކުން ޝަރީފާގެ ހިތަށް ތަދުވިއެވެ.

“ދަރިފުޅާ..ކިތައް ފަހަރު ބުނާނީ އޭގަ ދަރިފުޅުގެ އެއްވެސް ކުށެއް ނުތޭ…އެދުވަހު ކަންތައްވީ ގޮތް ހަމަ ރަނގަޅަށް ދަރިފުޅަށް އެނގޭނުން..ދެން ކީއްވެތަ އަބަދު ތިކަހަލަ ވާހަކަ ދައްކަނީ..ދަރިފުޅަށްވެސް އެނގޭނުން މަންމައަކީ ހިތުގެ މައްސަލަ ހުންނަ މީހެއްކަން..އެހެން ނޫނަސް ކޮންމެ މީހަކީވެސް އެމީހެއްގެ މަރު އައިސް ޖެހުމުން މަރުވާނެ މީހެއް..އެވަރު ދަރިފުޅަކަށް ނުވިސްނޭތަ..” ޝަރީފާ ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“އެކަމަކު މަންމައަށް އެހެން ދިމާވީ އަހަރެންގެ ސަބަބުން..އަހަރެ..” ރިޝްމީގެ ވާހަކަ ފުރިހަމަ ނުވަނީސް ޝަރީފާ ވާހަކަ ދައްކަން ފެށިއެވެ.

“އަނެއްކާ ތިއުޅެނީ ރޯން..ދެން ވީ ކަމެއް ދަރިފުޅު ހަނދާން ނައްތާލަން ވެއްޖެއެއްނު.. ތިއެއް ނޫނެ..ކޮބާތަ ދޮނާ..؟” ޝަރީފާ ވާހަކަ އޮޅުވާލިއެވެ.

“ދޮނާ އެބައިން ޓީވީ ބަލަން.. މާމަ ބޭސް ކައި ގަޑިއެއްނު މީ..ހިނގާ އެތެރެއަށް ބޭސް ކާން” އުނދޯލިން ތެދުވަމުން ރިޝްމީ ބުންޏެވެ. ރިޝްމީ ޔުމްނާއަށް ލޯބިން ކިޔަނީ ދޮނާ އެވެ. ރިޝްމީ ދެކޭ ގޮތުގައި ޔުމްނާއަކީ އޭނަގެ އެއްބަނޑު އެއްބަފާ ދައްތައެވެ. އެހާވެސް ޔުމްނާ ރިޝްމީއަށް ރަނގަޅެވެ. އުޅޭ އުޅުމުގައި ހީވަނީ ދެރައްޓެހިންހެންނެވެ. އެދެމީހުންގެ ހުންނަ ގާތްކަން ފެނި ޝަރީފާމެން ތިބެނީ ވަރަށް ހިތްހަމަޖެހިފައެވެ.

ޝަރީފާއަށް ބޭސް ދިނުމަށްފަހު ރިޝްމީ އިނީ ޔުމްނާއެކު ޓީވީން ދައްކާ ހިންދީ ޑްރާމާއެއް ބަލާށެވެ. ވަރަށް ޝައުގުވެރިކަމާއެކު ޓީވީ ބަލަން ތިއްބާ ދެމީހުން ސިހުނީ ޔުމްނާގެ ފޯނު ރިންގްވި އަޑަށެވެ. ގުޅަނީ އައިމަންކަމަށް ވުމާއެކު ފޯނު ހިފައިގެން ޔުމްނާ ނިކުތީ ބެލްކަންޏަށެވެ.

“ރިޝް..ދޮންބެ އެބަ އާދޭ ހުކުރު ދުވަހު.. ވަން ވީކަށް މިފަހަރު އަންނަނީ..އޭމް ސޯ ހެޕީ..” ސޯފާގައި އިށީންނަމުން ޔުމްނާ ބުނެލިއެވެ. ޔުމްނާގެ މޫނުމަތީގައި އުފާވެރިކަމެވެ. ލޯބިވާ ފިރިމީހާ ދެ ހަފްތާއަށްފަހު އަނެއްކާވެސް ފެންނަން އުޅޭތީ ޔުމްނާ ހުރީ އިންތިހާއަށް އުފާވެ ހިތްހަމަޖެހިފައެވެ. ދެމީހުން އިނދެގެން އުޅޭތާ ތިން އަހަރުވީއިރުވެސް ކުއްޖަކު ނުހޯދައެވެ. އެމީހުން ދެކޭގޮތުގައި ކުއްޖަކު ހޯދަން އަދި މާއަވަހެވެ. ޔުމްނާ އުއްމީދުކުރި ވަރަށްވުރެން އައިމަން މާބޮޑަށްވެސް ރަނގަޅެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ ހެޔޮ ފިރިއެއް ދެއްވިކަމަށްޓަކައި ހެއްދެވި ފަރާތަށް އަބަދުވެސް ޝުކުރުވެރިވެއެވެ.

“އަސްލުވެސްތަ..؟ ވަޓް އަ ގުޑް ނިޔުސް.. މާމަވެސް ވަރަށް އުފާވާނެ ވަން ވީކްއަށް ވީމަ.. އެހެންނޫނީ ވީކެންޑްގަ މަޑުކޮށްލާފަ ފުރައިގެން ދަނީ ވިއްޔާ..” ރިޝްމީވެސް ޔުމްނާގެ އުފަލުގައި ބައިވެރިވެލިއެވެ.

“އާން..މަންމަވެސް ވަރަށް އުފާވާނެ.. އަބަދުވެސް ޝަކުވާ ކުރޭ އައިމަން މަންމަ ގާތު ގިނަ ދުވަހަށް މަޑުނުކޮށްދާތީ.. ” ޔުމްނާ ހީވަނީ އުފަލުން އެހެން ކަމެއްހެންނެވެ. އިރުކޮޅެއް ވަންދެން ދެމީހުން ވާހަކައިގައި ތިބެފަ ނިދަން ކޮޓަރިއަށް ދިޔައީ އެގާރަ ޖަހަން އުޅެނިކޮށެވެ.

އާދުވަހަކަށް އިރުއަރައިގެން އައީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. ހެނދުނުގެ ބޮޑުބައި އަޒާން ހޭދަކުރީ އޮފީހުގެ ބުރަ މަސައްކަތުގައެވެ. މަސައްކަތްތައް ނިމި ނޭވާ ލެވޭ ވަރުވީ މެންދުރު އަނބުރާ ބާރަޖަހަން ގާތްވަނިކޮށެވެ. ހަމަޖެހިލައިގެން ގޮނޑީގައި ޖައްސާލީ އަރާމުކޮށްލުމަށެވެ. އިރުކޮޅެއް ނުވަނީސް އަޒާންގެ ކެބިންތެރެއަށް ވަނީ ނާޝިދުއެވެ. އަޒާން ގޮނޑީގައި އިން ގޮތް ފެނި ނާޝިދުގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

“މިހާރު ކިހިނެއްވީ…؟” ނާޝިދު މާވަރަކަށް ހޭތީ އަޒާން ރުންކުރުގޮތަކަށް އަހާލިއެވެ.

“ހެއްހެއް.. މަނިކުފާނު ގޮނޑީގައި އިން ގޮތުން… ހީވަނީ ކާއެއްޗެއް ނުލި ބޮޑު ހިތާމައެއް ކުރަން އޮތްހެން.. ތިއޮތީ މުޅި ގޮނޑިއަށް ވެޑުވިފައެއްނު..” ހެމުން ހެމުން ނާޝިދު ބުނެލިއެވެ.

“އަދި ކިރިޔާވިއްޔާ ހަމަ ނޭވާއެއް މިލެވުނީ މިއަދު އޮފީހަށް އައި ފަހުން.. ހޫނު ގަދަކަމުން ބޭރަށްވެސް ނިކުންނަ ހިތްނުވެފަ މިހުންނަނީ.. ” އެ އިން ގޮތަށް އިނދެ އަޒާން ބުނެލީ ފޫހިކަމާއެކުގައެވެ.

“އެއްކަލަ ފިރިހެނާ.. ތިހެން ވައިވެފަ ނީނދެ ހިނގާބަލަ ލަންޗަކަށް ދާން.. ހެނދުނު ސައިވެސް ނުބޮއެ މިހުރީ.. އޭ އަދި ހަނދާން ނެތިފައޭ މިހުންނަނީ… އެ މަންޖެ ފަހުން ފެނުނުތަ..؟ އެކަމަކާ ނުވިސްނަންތަ..؟ ” ނާޝިދު އެދައްކަނީ ކޮން ވާހަކައެއްކަން އަޒާންއަށް އެނގުނެވެ. ވަގުތުން މޫނުގެ ކުލަވަރު ބަދަލުވިއެވެ.

“ނުދެކެން.. ރޭގަ އެކަމާ ވިސްނަން ހަދައިގެން ރަނގަޅަށް ނުވެސް ނިދުން.. ބޯ ގޮވާފަ މިހުންނަނީ.. ހިޔެއްނުކުރަން އެހާ ދުވަސްފަހުން ފެނިދާނެއެކޭ.. ނަސީބެއް އެމަންޖެއަށް މަ ނުފެންނަކަން.. ފެނުނު ނަމަ ނޭނގެ އެމަންޖެއަށް ވާނެ ގޮތެއްވެސް..” ގޮނޑިން ތެދުވަމުން އަޒާން ބުނެލިއެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައިކަން ނާޝިދަށް ނަގައިގަނެވުނެވެ.

“އަޒާން..ކަލޭ އަދިވެސް ރިޝްމީ ދެކެ ލޯބިވޭތަ..؟ ނާޝިދު ކޮށްލި ސުވާލަކުން އަޒާންއަށް ސިހުން ލިބުނެވެ.

އެހާ ދުވަސް ފަހުން ރިޝްމީގެ ނަން އިވުމުން ހިތަށް ފާޑެއްގެ ގޮތެއްވިއެވެ. ނާޝިދު އެކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. އޭނައަށް އެސުވާލަށް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ.

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ishu

Other Articles

Previous

ލޯބިވަން ޔާރާ އޭ 17

Next

ލޯބިވަން ޔާރާ އޭ 18

Next
October 15, 2016

ލޯބިވަން ޔާރާ އޭ 18

Previews
October 14, 2016

ލޯބިވަން ޔާރާ އޭ 17

10 Comments

  1. aik says:
    October 14, 2016 at 8:21 pm

    vv reethi..

  2. naaj says:
    October 14, 2016 at 8:25 pm

    alhe thankolheh dhigu kohbbala

  3. yaana says:
    October 14, 2016 at 8:31 pm

    vv reethi

  4. LIP says:
    October 14, 2016 at 9:28 pm

    Kurin bayah vure dhigu kuraanamey bunefa ebayah vure kuru thi kohly.. ekam ves dhn ok.. varah salhi mi prt ves. Kyp da gud wrk up.. laaav ya.. :*

  5. Aash says:
    October 14, 2016 at 10:21 pm

    V nice story .

  6. Hooooo. says:
    October 14, 2016 at 10:24 pm

    Adie varah salhi. Update soooooon ??

  7. Ekkala Kujjaa says:
    October 14, 2016 at 11:35 pm

    Vv reethi.. When nxt prt?? Update soon plx..

  8. Mary says:
    October 15, 2016 at 3:38 pm

    Nice

  9. Awwww says:
    October 15, 2016 at 4:16 pm

    OMG? Haadha reechey??❤️ When next part?

  10. ### says:
    October 15, 2016 at 7:22 pm

    V reethi update soon

Comments are closed.

All Right Reserved!