Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (23 ވަނަ ބައި)

Liaa
October 15, 2016
6 Mins Read
60 Views
17 Comments

“ކަލޭ ތި ދޮރުން އެންމެ ފިޔަވަޅެއް އެޅިޔަސް ކަލެއަށް މަހަދާލާނެ ގޮތް އިނގޭނެ… ކަލެއަށް މިހާރު ވަރަށް ރަނގަޅަށް އިނގޭނެ މަށަށް ކުރެވޭނެ ކަންކަން…” ޒުލޭހާ އެހެން ބުނެލުމުން އާޔާގެ ހިނިތުންވުން ފަނޑުވިއެވެ. އެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިއައެވެ.

އާޔާ ފަހަތަށް އެނބުރި ބަލާލިއިރު ޒުލޭހާ އުނަގަނޑުގައި އަތް އަޅައިގެން ހުރެ ތެދުވަނީއެވެ. މި ޒުލޭހާ ކައިރިން ފަސޭހައިން ސަލާމަތް ނުވެވޭނެއޭ ހިތަށް އެރުމުން އާޔާގެ ދަތްކުނޑި ވިކިގެން ދިއައެވެ.

“ދެން މިހާރު މަ ކީއްތަ ކުރަންވީ؟ ދެން މަ ކަލެއާ އެކު އުޅޭކަށް ބޭނުމެއް ނޫން… ކަލޭގެ މުޑުދާރު ރޭވުން ކާމިޔާބު ކުރަން ކަލެއާއެކު މަށެއް ނޫޅެން…” އާޔާ އެހެން ބުނެލުމުން ޒުލޭހާގެ މޫނުގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ.

“ކަލޭ މަށަށް ވުރެ ބޮޑުވެގެން މަށާ ދިމާއަށް ގަދަ ބަސް ނުބުނާތި އިނގޭ… ދެން ބުނެފިއްޔާ ކުޅި ދައްކާލާނަން…” ޒުލޭހާ އެހެން ބުނެލުމުން އާޔާ ބަސްއަހާ ކުއްޖެެއް ފަދައިން އިސްޖަހާލިއެވެ. އޭނާއަށް ޒުލޭހާގެ ރޭވުމުގައި ބައިވެރިވުން ނޫން ގޮތެއް ނެތެވެ. މިއީ އޭނާ އަމިއްލައަށް ބޮއި ބޮނޑިއެކެވެ. ފުރަތަމަވެސް އަންޖޫދާ އާ ރާހުލް ދުރުކުރުމަށް ޒުލޭހާގެ އެހީ ނުހޯދުނު ނަމަ ރަނގަޅުވީހޭ އޭނާގެ ހިތަށް އެރިއެވެ.

***

ނަޝްފާމެންގޭ ސޯފާގައި ރާހުލް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މެންދުރުގެ އެވަގުތު ނަޝްފާއާ ޞާބިރާ ބަދިގޭގައި ކައްކަން އުޅެއެވެ. ރާހުލް އެހީވާން އެތަނަށް ދިއުމުންވެސް އެމީހުން އޭނާ ކޮންމެވެސް އެއްޗެކޭ ކިޔާފައި އެތަނުން ފޮނުވާލަނީއެވެ. އަބަދުހެން މަސައްކަތުގައި އުޅޭ ރާހުލްއަށް ކަމެއް ނުކޮށް ހުރުން މިހާރު ވެފައި ވަނީ އުނދަގޫ ކަމަކަށެވެ.

ރާހުލް ސިހުނީ މީހަކު ފަހަތުން އައިސް އޭނާގެ ދެލޮލުގައި އަތް އެޅުމުންނެވެ. އެއަތުގައި ހިފައި ނައްޓުވާލަމުން ފަހަތް ބަލާލިއިރު ހީލައިގެން ހުރި ނަޝްފާ ފެނުމުން ރާހުލްގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.

“ކޮން ހިޔާލެއްގައި؟” ނަޝްފާ އައިސް ރާހުލް އާ ދާދި ގާތުގައި އިށީންނަމުން އަހާލިއެވެ.

“ކައްކާ ނިމުނީތަ؟” ރާހުލް ވެސް ކޮށްލީ ސުވާލެކެވެ. ކުރިން ނަޝްފާ ކުރި ސުވާލުގެ ޖަވާބު ދޭން އޭނާ ބޭނުން ނުވާ ކަހަލައެވެ.

“ނިމެނީ… މަންމަ އެބައުޅޭ… ދެން ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫނެއްނު ދޯ…” ރާހުލްގެ ކޮނޑުގައި ޖަހާލަމުން ނަޝްފަ ބުނެލިއެވެ. އެއާއެކު ރާހުލް ދުރު ބަލާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

“ރާހުލް… ވާހަކައެއް އަހާލަންތަ؟” ރާހުލް އެހެން ހެދުމުން ކުޑަކޮށް ދެރަވެފައި ނަޝްފާ އަހާލިއެވެ. ރާހުލް ހޫ ލައްވާލަމުން ބޯ ޖަހާލިއެވެ.

“އަންޖޫދާ ކީއްވެތަ އެހެން ހެދީ؟ އެންމެންގެ ތެރޭގައި… ރާހުލްއޭ ކިޔައިގެން ދޮގު ހެދީ…” ނަޝްފާ ނާހަން ހުރެފައިވެސް އަހާލީ އެ ސުވާލުގެ ޖަވާބު އޭނާ ކޮންމެހެން ބޭނުންވާތީއެވެ.

“ނޭނގެ… އެއީ އޭނަގެ ވައްތަރެއްނު…. ކުރިންވެސް އަހަންނަށް އެނގޭ އޭނަ އަހަރެން ދެކެ ލޯބި ނުވާނެކަން… އެކަމު… އެކަމު ހާދަ އެކްޓު ކުރަން ވެސް މޮޅޭ… އަހަރެން… އަހަރެން ހީކުރީ،…” އެހާ ހިސާބަށް ބުނެވުނުތަނާ ރާހުލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ކަރުނަތައް އޮއްބަން މަަސައްކަތް ކުރަމުން އޭނާ ދުރުބަލާލިއެވެ. މަންޒަރު ބަލަން ހުރި ނަޝްފާ ދެރަވިއެވެ. ރާހުލްއަށް އަންޖޫދާ މަތިން ހަނދާން ނައްތާލުމަކީ އުނދަގޫ ކަމެއް ކަމުގައި އޭނާއަށް ވިސްނުނެވެ.

“ރާހުލް އަދިވެސް އަންޖޫދާ ދެކެ ލޯބިވޭދޯ؟” އިސްޖަހާލަމުން ނަޝްފާ އަހާލިއެވެ. ރާހުލް އަންޖޫދާ ދެކެ އެވަރަށް ލޯބިވާއިރު އޭނާ ކައިރީ އިންނަން އެހީ ކީއްވެބާއޭ އެހިތަށް އެރިއެވެ.

“އެނގޭ ރާހުލް އަންޖޫދާ ދެކެ ވަރަށް ލޯބިވާކަން….” ރާހުލް އެއްޗެއް ނުބުނެ ހުރުމުން ނަޝްފާ ބުނެލިއެވެ. ރާހުލް ނަޝްފާގެ ފެން ކަޅިވެފައިވާ ދެލޮލަށް ފުންކޮށް ބަލާލިއެވެ. “ރާހުލް… އަހަންނާ އިންނަން ހަމަ އަސްލުވެސް ބޭނުންތަ؟” ނަޝްފާ ކުރެހިފައިވާ އަޑަކުން އަހާލިއެވެ. އޭރު އޭނާގެ ދެކޯތާފަތް މައްޗަށް ކަރުނައިގެ ރޮނގެެއް ފައިބާފައި ހުއްޓެވެ.

ނަޝްފާ ރޯތަން ފެނުމުން ރާހުލް ދެރަވިއެވެ. އޭނާ ނަޝްފާގެ މޫނުގައިވާ ކަރުނަތައް ފުހެލިއެވެ. އަދި ދެއަތުން އެ މޫނުގައި ހިފަހައްޓާލިއެވެ.

“ނަޝްފާ… އަންޖޫދާ އެއީ ބޮޑު މަކަރުވެރިއެއް… އަހަރެން އަންޖޫދާ ދެކެ ލޯތްބަށް ވުރެ ބޮޑަށް މިހާރު ރުޅިއާދޭ… ނަޝްފާ ތީ ކިހާ ރަނގަޅު ކުއްޖެއް… ނަޝްފާ އަހަންނަށް ދުވަހަކު ވެސް ދެރައެއް ނުދޭނެކަން އަހަންނަށް ހަމަ ޔަޤީން… މި ރަށުން ވެސް އަހަންނަށް އެންމެ ހެވީ ނަޝްފާ…. އަހަރެންގެ ކަންތަކަށް އަޅާލާ އަހަންނަށް އަބަދު އެހީތެރިވަނީ ހަމަ ނަޝްފާއެއްނު؟ އަހަރެން ބޭނުން ނަޝްފާ އުފަލުގަ ބަހައްޓާދޭން… އަހަރެން ނަޝްފާއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން… ޕްލީސް… ޓްރަސްޓް މީ…” ރާހުލް އޯގާތެރި ކަމާއެކު އެހެން ބުނެލުމުން ނަޝްފާ ކުޑަކޮށް ހިނިތުންވެލިއެވެ. އަދި ބޯ ޖަހާލަމުން ރާހުލްގެ އަތުގައި ހިފާލިއެވެ.

ބަދިގެއަށް ވަންނަ ދޮރު ކައިރީގައި  ނަޝްފާ މެންނަށް ބަލަހައްޓައިގެން ހުރި ޞާބިރާގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އެވަގުތު ނަޝްފާގެ ދިރިއުޅުން އަބަދަށް އުޖާލާކޮށްދެއްވުން އެދި އޭނާ ހިތާހިތުން ދުޢާކޮށްލިއެވެ.

“ދެކުދިން އާދޭ ކާން…” ޞާބިރާގެ އަޑަށް ރާހުލް އާ ނަޝްފާ އެދިމާ ބަލާލިއެވެ. ޞާބިރާ ބަދިގެ ތެރެއަށް ދިއުމާއެކު ރާހުލް ވެސް ނަޝްފާ އާއެކު އެދިމާއަށް ހިނގައިގަތެވެ.

ކާން އިންއިރު ނަޝްފާ އާ ރާހުލްގެ ދެމެދުގައި މާ ގިނަ ވާހަކަ އެއް ނުދެކެވެއެވެ. ނަމަވެސް ޞާބިރާގެ އަނގަ ނުހުއްޓެއެވެ. ރާހުލް އާ އެކި ސުވާލު ކުރަމުން އޭނާ ގެންދިއައެވެ. އިރުކޮޅަކުން ރާހުލްގެ ފޯނު ރިންގުވާން ފެށިއެވެ. ޖީބުގައި އޮތް އޭނާގެ ފޯނު ނަގައި އަވަސް އަވަހަށް ހަލޯއޭ ބުނެލީ އޭނާގެ ގެއިން ގުޅާތީއެވެ. ފޯނު ނަގައި ވާހަކަ ދައްކަން ފެށީ ރިޔާއެވެ. ނަމަވެސް ރިޔާ ދިން ހަބަރަކުން ރާހުލްއަށް މުޅި ދުނިޔެ ހުއްޓުނުހެން ހީވިއެވެ. އަތުގައި އޮތް ފޯނު ގޮސް ބިންމަތީގައި ޖެހުނުއިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ.

ނަޝްފާ އިން ތަނުން ތެދުވެގެން ގޮސް ރާހުލް ގާތު ކީއްވީތޯ އަހަމުން ދިޔައިރު އޭނާގެ އަޑުގައި ވަނީ ހާސްކަމެެވެ. ނަމަވެސް ރާހުލްއަށް ނަޝްފާ ދައްކާ އެއްވެސް ވާހަކައެއް އަޑުއިވޭ ހެނެއް ހިޔެއް ނުވެއެވެ. އެއަށް ވުރެ ބޮޑަށް އޭނާގެ ސިކުނޑިއަށް ކޮށްފައިވާ ބާރު މާ ބޮޑެވެ. އޭނާގެ މަންމަ ހަމަ ނިޔާވީ ހެއްޔެވެ؟ ރާހުލް ދެއަތުން އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. އޭނާގެ މަންމަ އެ ނިޔާވީ އޭނާއާ ހެދިއެވެ. މަންމަ ރަނގަޅުކުރަން ބޭނުންވާ ވަރަށް ފައިސާ އޭނާއަށް ނުހޯދުނީއެވެ. ކައިރީގައި ކޮޅަށް ހުރި ނަޝްފާގެ އުނަގަނޑުގައި އޭނާ ބައްދާލީ ކުޑަ ކުއްޖެއް ހެން ރޮމުންނެވެ. ޞާބިރާވެސް ވެގެން މިއުޅެނީ ކީއްކަން ނޭނގި ރާހުލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

“މަންމަ… މަންމަ… މަންމަ މަރުވެއްޖެ…” ވަރަށް އުނދަގުލާއެކު ރާހުލް ނަޝްފާ ގާތު ބުނެލިއެވެ. ރާހުލްގެ ވާހަކަ އަޑުއަހާފައި ނަޝްފާ ދެރަވިއެވެ. ރާހުލްގެ އަތުގައި ހިފައިގެން ނަޝްފާ ދިއައީ ކޮޓަރިއަށެވެ. އެނދުގައި އޮށޯވެލުމަށް އޭނާ އެދުމުން ރާހުލް ބަސްއަހާ ކުއްޖެއް ފަދައިން ނަޝްފާ ބުނި ގޮތަށް ކަންތައް ކުރިއެވެ. ނަޝްފާ ރާހުލްގެ މަގަތުގައި އިށީނުމަށްފަހު ރާހުލްގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިއައެވެ. ދެލޯ މަރައި ފިއްތައިގެން އޮތް ރާހުލްގެ އެސްފިޔަތައް ފޫދުއްވާފައި ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ނަޝްފާ ފުހެދެމުން ދިއައީ އޯގާތެރިކަމާއެކީގައެވެ. އެގޮތުގައި އެތަށް އިރެއް ވީ ފަހުން ރާހުލްއަށް ނިދުނީ ސިކުނޑިއަށް ކޮށްފައިވާ ބާރެއްގެ ބޮޑުކަމުންނެވެ. އެންމެ ލޯބިވާ ދެމީހުން އެއް ދުވަހު ގެއްލުމުން ދެރަނުވާނީ ކާކު ހެއްޔެެވެ؟

ރާހުލް އަށް ނިދުމުން ނަޝްފާ މަޑުމަޑުން އެކޮޓަރިން ނިކުތެވެ. ސިޓިންގރޫމުގައި އިން ޞާބިރާއާ ދިމާއަށް އޭނާ ބަލާލީ ހިތާމަވެރިކަމާއެކީގައެވެ. ރާހުލްއަށް ލިބޭ ކޮންމެ ހިތާމައަކީ އޭނާގެ ވެސް ހިތާމައެއް ކަމުގައި ނަޝްފާ ޤަބޫލުކުރެއެވެ.

“މަންމާ… ރާހުލް ވަރަށް ދެރަވާނެ ދޯ..” ނަޝްފާ  ޞާބިރާ ގާތު މަޑުމަޑުން އަހާލިއެވެ.

“އާން… ދަރިފުޅާ… ރާހުލްއަށް ހިތްވަރު ދެވޭތޯ ބަލާތި..” ޞާބިރާ އެހެން ބުނެލުމުން ނަޝްފާ ބޯ ޖަހާލިއެވެ. ރާހުލްއަށް މި ދަނޑިވަޅުގައި އޭނާގެ އެހީ އިންތިހާއަށް ބޭނުންވާނެކަން އޭނާއަށް ވިސްނުނެވެ.

***

ރާހުލްއަށް ސިއްސައިގެން ގޮސް ހޭލެވުނު އިރު މުޅި މީހާ އޮތީ ދަލުން ފޯވެފައެވެ. ސީލިންގް ގައި ހަރުކޮށްފައި ހުރި ފަންކާ ފެނުމުން އޭނާއަށް މިއޮވެވުނީ ކޮންތަނެއްގައިބާއޭ ހިތަށްއެރިއެވެ. ފުންމައިގެން ތެދުވެފައި އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. މިއީ ނަޝްފާގެ ގެކަން އެނގުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ހިނދުކޮޅެއް ފަހުން އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. މަންމަ ނިޔާވުމުން އޭނާއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ފަހުފަހަރަށް މަންމަގެ މޫނު ދެކިލުމަށް އޭނާ ބޭނުންވިއެވެ. ފޯނު ނަގައި ގޭ ނަންބަރަށް ޑައިލްކޮށްލުމުން ރޔާ ފޯނު ނެގިއެވެ. ރާހުލް އަންނަ ނަމަ ކަށުނަމާދުގެ ކަންތައް މާދަމާއަށް ލަސްކުރެވިދާނެ ވާހަކަ ރިޔާ ބުނުމުން ރާހުލްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިއައެވެ. އޭނާ ބޭނުންވީ ވަގުތުން ފުރާށެވެ.

ރާހުލް ބޭރަށް ނިކުތްއިރު ސޯފާގައި ނިދިފައި އިން ނަޝްފާ ފެނި އޭނާގެ މޫނުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ނަޝްފާގެ ގާތު އިށީންނަމުން އޭނާ ނަޝްފާގެ މޫނަށް ފުމެލިއެވެ. އެއާއެކު ނަޝްފާ ތެޅިގަތް އިރު ހީވީ ބިރެއް ފެނިގެން އުޅުނު ހެންނެވެ. ކައިރީގައި ހެވިފައި އިން ރާހުލް ފެނުމުން ނަޝްފާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން ދިއައެވެ.

“ނަޝްފާ… އަހަރެން ބޭނުން މަންމަގެ މޫނު ދެކިލަން…. ވީހާވެސް އަވަހަށް އެކޮޅަށް ދާން ބޭނުން..” އިރުކޮޅެއް ފަހުން ރާހުލް އެހެން ބުނެލިއިރު އެ އަޑުގައިވި ވޭން ނަޝްފާއަށް ރަނގަޅަށް ވެސް އެނގުނެވެ.

“ދެން އަހަރެންނޯ؟” ނަޝްފާއަށް އޭނާގެ ހިތުގައި ވީ އެތި ބޭރުކޮށްލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ރާހުލް އެކޮޅަށް ގޮސްފައި އެނބުރި ނައިސްދާނެ ކަމުގެ ބިރު އެހިތުގައި އުފެދެން ފެށިއެވެ.

“ރާހުލް އަދި އަންނާނަން ދޯ މިކޮޅަށް؟” ހަމަޖެހެން މަސައްކަތް ކުރަމުން ނަޝްފާ އެހެން ބުނެލި ނަމަވެސް ރާހުލް އެއްޗެކޭ ނުބުންޏެވެ. ރާހުލްގެ މި ހިމޭންކަމުން ނަޝްފާ ހިތުގައި ޖެހުނެވެ.

“ރާހުލް.. އަހަރެންވެސް ގޮވައިގެން ދޭ…” އާދޭހުގެ ރާގެއްގައި ނަޝްފާ އެހެން ބުނެލުމުން ރާހުލް ނަޝްފާގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލާލިއެވެ. ނަޝްފާ ދޫކޮށްލާފައި ދިއުމުން ނަޝްފާ ވާނެ ދެރަ އޭނާއަށް އަންދާޒާ ކޮށްލެވުނެވެ.

“އެކަމަކު ނަޝްފާގެ މަންމަ އެއްބަހެއް ނުވާނެއެއްނު ފޮނުވާކަށް؟” ރާހުލް ބުނެލިއެވެ. އެއާއެކު ނަޝްފާ އިސްޖަހާލިއެވެ. ދެލޮލުގައި ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބައި ގަތެވެ.

“ނޫނޭ.. މަންމަ ފޮނުވާނަން…” ޞާބިރާގެ އަޑަށް ނަޝްފާ ބޯ ހިއްލާ ބަލާލިއެވެ. އޭރު ޞާބިރާ އެދިމާއަށް ހިނގާފައި އާދެއެވެ.

“މަންމައަށް އެންމެ ރަނގަޅު ނަޝްފާ ދިޔަޔަސް ރާހުލް މިކަމަށް އެއްބަހީޔާ…”ޞާބިރާ ނަޝްފާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނެލި ގަޑީގައި ނަޝްފާ ޞާބިރާގެ ގައިގައި ބައްދާލިއެވެ.

“ކޮން އިރަކު ދާން ތި ގަސްތު ކުރަނީ؟” ޞާބިރާ ސުވާލުކޮށްލީ ރާހުލްއާއެވެ.

“ވީހާވެސް އަވަހަކަށް ދާން ބޭނުން…” ރާހުލް މަޑުމަޑުން ބުނެލިއެވެ.

“އަހަރެންގެ ތިމާގެ މީހަކު އުޅޭނެ އެއަރޕޯޓުގައި… އޭނައަަށް ގުޅައިގެން ހަމަޖައްސަންތަ؟” ޞާބިރާ އެހެން ބުނެލުމުން ރާހުލް ޝުކުރުވެރި ގޮތަކަށް ބޯ ޖަހާލިއެވެ. ޞާބިރާ ފޯނުން މީހަކާ ގުޅައިގެން ވާހަކަ ދެއްކުމުން ހީކުރި ވަރަށް ވުރެ އަވަހަށް ދެ ޖާގަ ހަމަޖެހުނެވެ. މެންދަމު ބާރައިގެ ފްލައިޓުން ޖާގަ ލިބުނު ނަމަވެސް ރާހުލް ހިތާ ހިތުން ހަމްދުކޮށްލިއެވެ. ހަވީރުވެފައި ވުމާއެކު ނަޝްފާ އާ ރާހުލްވެސް އެކޮޅަށް ދިއުމުގެ ތައްޔާރީތައް ވަމުން ގެންދިއައެވެ.

“ރާހުލް…” އެނދުމަތީގައި ދެއަތުން ބޮލުގައި  ހިފަހައްޓައިގެން އިން ރާހުލް އިސްއުފުލާ ބަލާލީ ދޮރުހުޅުވާލާފައި އެކޮޓަރިއަށް ޞާބިރާ ވަނުމުންނެވެ. ޞާބިރާ އައިސް ރާހުލް ގާތުގައި ހުއްޓި ވާހަކަ ދައްކަން ފެށިއެވެ.

“ރާހުލް… ނަޝްފާ ރަނގަޅަށް ބަލާތި… އޭނާއަށް ދެރަގޮތެއް ވެއްޖިއްޔާ އަހަރެން ވަރަށް ދެރަވާނެ…” ޞާބިރާ އޭނާގެ ލޮލުން ފޭބި ކަރުނަތައް ފުހެލަމުން ރާހުލް ގާތު ބުނެލިއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އޭނާގެ ލޯ ކުރިމަތިން ދުރަށް ފޮނުވާ މިއީ ފުރަތަމަ ފަހަރެވެ.

“ދައްތާ… އަހަރެން ނަޝްފާއަށް ދެރަގޮތެއް ނަހަދާނަން… އެކޮޅަށް ގޮސް ހަމަޖެހޭއިރަށް ކައިވެނީގެ ހުރިހާ ކަމެއް ނިންމާނަން..” ރާހުލް ޔަޤީންކަމާއެކު އެހެން ބުނެލުމުން ޞާބިރާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިއައެވެ.

ޞާބިރާގެ ހަރަދުގައި ލޯންޗެއް ހިފައިގެން ނަޝްފާއާއި ރާހުލް މާލެ ދާން ނައްޓާލީ އެރޭ 8 ޖެހި އިރެވެ. އެ ލޯންޗު އޭނާގެ ލޮލުގެ ކޮޅަށް ގެއްލެން ދެން ވެސް ޞާބިރާ ބަނދަރު މަތީގައި އެދިމާ ބަލަހައްޓައިގެން ހުއްޓެވެ.

***

“ކީކޭ މަންމާ؟ ނަޝްފާ ރާހުލް އާ އެކީ ފުރީއޭ؟ ދެން… ދެން… އަހަންނަށް ރާހުލް އެއް ނުފެންނާނެތަ؟” ރޮވިފައި ހުރެ އަންޖޫދާ އާމިނާ އާ ވާހަކަ ދެއްކިއެެވެ. ރާހުލް މިރަށް ދޫކޮށް ދިއުމުން އަންޖޫދާގެ ހިތް ކުދިކުދިވި ފަދައެވެ. އޭނާ ހީކޮށްގެން ހުރީ ރާހުލް މިރަށް ދޫކޮށް ދިއައީ އޭނާއާ ހެދި ކަމަށެވެ.

ރާހުލް ރަށުން ފުރުމުން އާމިނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުން އެހާވެސް ބޮޑެވެ. އަންޖޫދާގެ ހަޔާތުން ރާހުލްގެ ހިޔަނިވެސް ނެތި ދިއައީ ކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް އާމިނާއަށް ނުވިސްނުނީ އަންޖޫދާ ކިތަންމެ މަސައްކަތް ކުރި ނަމަވެސް އޭނާއަށް ރާހުލް މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމެވެ.

***

“ނޫން! ނޫން! ނޫން!” ޒުލޭހާ މުއްކަވާފައިވާ އޭނާގެ ދެއަތުން ފާރުގައި ތަޅައިގަތެވެ. ” ރާހުލް ހަމަ ދިއައީތަ؟ ޔަގީންތަ އޭނާ ދިއައީ ބަންގްލަދޭޝްއަށްކަން؟” ރުޅިއައިސް ރަތް ވެފައި ހުރެ އޭނާ ވާހަކަ ދެއްކީ އާޔާ އާއެވެ.

“އާއެކޭ… ގޮސް ނަޝްފާ އާ ކައިވެެނި ކުރާށޯ އެއުޅެނީ…” އާޔާ އޭނާއަށް އެނގުނު ގޮތަށް ކިޔައިދިނެވެ. އައި ރުޅިން ޒުލޭހާ ސިޓިންގްރޫމްގައި ހުރި ގޮނޑި ނަގާ ފާރާ ދިމާއަށް ހޫރާލިއެވެ.

“މަ ބޭނުމޭ އޭނާގެ ކިބައިން ބަދަލު ހިފަން! މަ ބޭނުން! މަބޭނުން..!” ހަޅޭއްލަވަމުން ޒުލޭހާ ގޭތެރޭގައި ހުރި އެއްޗެހި އަތުގެ ކޮޅަށް އުކަމުން ދިޔައިރު އޭނާ ތުރުތުރު އަޅައެވެ. މަންޒަރު ބަލަން ހުރި އާޔާ ވެސް ބިރުގަތެވެ. ގޭގައި ހުރި ޓީވީއަށް ދަންދެން ޒުލޭހާ ތަޅާލިއެވެ. އެއަށްފަހު ފުން ނޭވާ ތަކެއް ލަމުން އޭނާ ބިން މައްޗަށް ތިރިވިއިރު ހީވަނީ މޮޔައެއް ހެނެވެ. އާޔާ ބިރުން ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތީ އެގެއިން ނިކުންނާށެވެ. ނަމަވެސް ޒުލޭހާ ދެލޯ ބޮޑުކޮށްގެން ހުރެ އާޔާ އާ ދިމާއަށް ބަލާލުމުން އޭނާ ހުރި ފިޔަވަޅު މަތީ ހުއްޓުނީ ގަތް ބިރެއްގެ ސަބަބުންނެވެ.

ޒުލޭހާގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ބޮޑު ވަޅިއެވެ. ކުއްލިއަކަށް އެ ވަޅި ހިފައިގެން އޭނާ އާޔާ އާ ދިމާއަށް ޖެހިގަތެވެ. އާޔާގެ ހަޅޭކުގެ އަޑު މުޅި އެގޭގައި ހިފާލިއިރު ހަމަ އެ ހިނދު ޒުލޭހާގެ ނުލަފާ ހުނުމުގެ އަޑުވެސް ހިފާލިއެވެ.

ޒުލޭހާ އާޔާގެ ކަރުގައި ބާރަކަށް ހިފަހައްޓައިގެން ހުރި ގޮތުން އާޔާއަށް ނޭވާ ލުމަށް ދަތިވިއެވެ. އެއްއަތުން އޭނާ ޒުލޭހާގެ ގައިގައި އަޅާ ކޮއްޕާލަން މަސައްކަތް ކުރި ނަމަވެސް ޒުލޭހާގެ ގަޔަށް އަރާފައި ހުރީ ފާޑެއްގެ ބާރެކެވެ. އޭނާ ވަޅި ނަގައި އާޔާގެ ބަނޑަށް ހަރާލުމުން އާޔާގެ އަނގައިން ނިކުންނަމުން ދިޔަ އަޑު ހުއްޓިގެން ދިއައެވެ. ބަނޑުގައި އަތް އަޅައިގެން އާޔާ ދޮރު ބުޑަށް ތިރިވިއިރު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިފައި ވިއެވެ. ޒުލޭހާގެ މޫނުގައި އޭރު ވަނީ ނުލަފާ ހިނިތުންވުމެކެވެ. އަނެއްކާ ވެސް އޭނާ ތިރިވެ އާޔާގެ ގައިގެ އެތަން މިތަނަށް ވަޅި ހަރަމުން ދިއައީ މޮޔައެއް ހެނެވެ.

ޒުލޭހާ ތެދުވިއިރު މައިނޭވާ ލެވެއެވެ. އޭނާ ލައިގެން ހުރި ފެހި ކުލައިގެ ހެދުން ލެއިން ކަޅިވެފައި ވީއިރު ކަނާއަތުން ހިފަހައްޓައިގެން ހުރި ވަޅިން ލޭތިކި ޖަހަމުން ދިއައެވެ. މުށިތައް މައްޗަށް އޭނާ އެވަޅި ވައްޓާލި ގަޑީގައި ބާރު އަޑެއް ކިޔައިގެން ދިއައެވެ. ހަރަަކާތް ހުއްޓިފައި އޮތް އާޔާ އަށް ބަލަމުން ޒުލޭހާ ބާރުބާރަށް ހޭން ފެށިއެވެ.

#ނުނިމޭ#

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ލޯބިވަން ޔާރާ އޭ 18

Next

ރިޔާޝާ (2ވަނަ ބައި)

Next
October 15, 2016

ރިޔާޝާ (2ވަނަ ބައި)

Previews
October 15, 2016

ލޯބިވަން ޔާރާ އޭ 18

17 Comments

  1. Liaa says:
    October 15, 2016 at 7:12 pm

    hi guys.. here is the next part.. hope u enjoy it 🙂
    Next part veehaaves avahah up kuraanan…

  2. Nern.. says:
    October 15, 2016 at 7:16 pm

    Nukiyanees reethi vaane kan egey.. madu kohkahcheyy kiyaalaafa comment eh kohlaanan..

  3. Nern.. says:
    October 15, 2016 at 7:28 pm

    Haadha reehcheyy.. ekam thankolheh kuru.. next part avas kohlahcheyy varah kehmadhu vejje kiyaa hithun..

  4. girl :))) says:
    October 15, 2016 at 7:28 pm

    ooh mi gooddd….kihineh evi ?

  5. Nern.. says:
    October 15, 2016 at 7:28 pm

    N me first dhw.. yayy..

  6. Same says:
    October 15, 2016 at 7:41 pm

    Alhe Aayaa maraalytha. Aayaa ah anju kairin maafah edhen chance ehves nulibunu dhoa. Ekamves story hama awsome.

  7. lai says:
    October 15, 2016 at 7:50 pm

    Vv reethi next part konirakun v kiyaa hithun indha nimuny

  8. She says:
    October 15, 2016 at 8:36 pm

    Vvv reethi mi part vx…? next part avahah up khdhehchey..

  9. star says:
    October 15, 2016 at 9:51 pm

    ???Wow…. next part avahah up khdhehchey….???

  10. Thoo says:
    October 15, 2016 at 9:55 pm

    E vaany dream akah

  11. Aish says:
    October 15, 2016 at 10:06 pm

    Omg! Zuleha moyavee?

  12. Love says:
    October 15, 2016 at 10:24 pm

    Dream akah nuvviyyaa Rangalhu… Dhen zuleyhaa gendhaany jail ah… Hahaha.. ?????
    Story hama obiness to the max.. Ummuah..❤❤❤❤??

  13. Liaa says:
    October 15, 2016 at 11:18 pm

    Thankyw all 🙂 Lets see if it a dream or not dhw … hehe

  14. Munchkin ? says:
    October 16, 2016 at 12:52 am

    Wow wow ???

  15. metal 01 says:
    October 16, 2016 at 2:27 pm

    Bodah vahthary dream akaa
    Nice waiting for next part

  16. zuleyha says:
    October 18, 2016 at 10:08 am

    e vee kihineh….rahul aa hedhi eyna moya ve dhw.. dhn maraalaanee anjoodhaa kannneyge…

  17. Ushaa says:
    December 10, 2016 at 7:24 pm

    Eyna e ee kaaku rahul ge avaiga jehigen bangladesh ah vx gosdhaane badhal hifan… varugadha anheneh sahaadheh.. btw liaa itsss sooo gud..

Comments are closed.

All Right Reserved!